
ހަތިޔާރު (ނިމުމުގެ ފެށުން: ފަސްވަނަ ބައި)
ޝެނިން
އެމީހުން އިރަމްގެ މަންމަ ކައިރިއަށް ދިޔަތާ މާގިނައިރެއް ނުވެއެވެ. އިތުރު ގާރޑުތަކެއް އެދިމާލަށް ދުވަން ފެށި އިރަށް ކަންތައް ގޯސްވީކަން އެނގުނެވެ. ވާނެ ގޮތަކީވެސް އެއީއެއް ނޫން ހެއްޔެވެ؟ އެހެން ގޮތެއް ވާނެ ކަމަށް އަހަރެން އުންމީދު ކުރަންވީވެސް ކީއްވެ ހެއްޔެވެ؟ އެނގިހުރެ އަލިފާންގަނޑަށް ވަދެ ނުއަނދާ ނުކުމެވޭނެހެއްޔެވެ؟
އަހަރެން އަދިވެސް މިއޮތީ އެމީހުން އަހަރެން ބަނދެފައި ބާއްވާފައިވާ ތަނުގައެވެ. އެގޮނޑީގައެވެ. އެހާ ބޭކާރު ހެން އަހަރެންނަށް ހީވަނީ ކީއްވެ ހެއްޔެވެ؟ ޖަވާބު އަހަރެންނަށް އެނގެއެވެ. ސަބަބަކީ އަހަރެންނަކީ ކަމެއް ވާ މީހަކަށް ނުވީމައެވެ. މިއީ އަހަރެން ވާން ބޭނުންވި މީހެއް ނޫނެވެ. މީހުން އައިސް ސަލާމަތް ކުރަން ޖެހޭ ކަހަލަ މީހެކެވެ. އަހަރެން ބޭނުމީ އަހަރެންނަކީ އަހަރެންގެ އަމިއްލަ ދިފާއު ކުރެވޭ ކަހަލަ މީހަކަށް ވާށެވެ. ނަމަވެސް އެކަމެއް އަހަރެންނަކަށް މި ގޮނޑީގައި ކުރެވޭކަށް ނެތެވެ.
އަހަރެން “ކޮންސެންޓްރޭޓް” ކުރަން ފެށީމެވެ. އަހަރެންވެސް ދެއަތް އުރައިލައިގެނެއް ނުހުންނާނަމެވެ. އިޝް. ބަނދެވިގެންނެވެ. އޮށޯވެގެންނެނެވެ. އަހަރެން އަހަރެންގެ އަމިއްލަ ހީރޯ އަށް ވާނަމެވެ. ނަމަވެސް އަހަރެންގެ ބާރާއި ކުޅެން ފެށުމާއި އެކު އެއްކަލަ ތަދު އެރިއެވެ. އެމީހުންގެ ބޭހުގެ މޮޅުކަމެވެ. ޓެކްނޯލޮޖީގެ އަނދިރި ފަޅިއެވެ. ބިރުވެރި ޓެކްނޯލޮޖީއެވެ.
އެއީ ދުވަހަކު އަހަރެން އިޙްސާސް ކުރި ފަދަ ވޭނެއް ނޫނެވެ. މުޅި މައިބަދައިގައި ހުޅުހިފާ ކަހަލައެވެ. ނަމަވެސް ލޮލެއް ފުހެއް ނުވެއެވެ. މާނައަކީ އެ ބޭހުގެ ބާރު ކެނޑެނީއެވެ. އަހަރެން ގޮނޑިއަށް ޖެހުނީމެވެ. ބޮލެވެ. އެއަށްފަހު ދޮރާއި ދިމާލަށް ބަލާލީމެވެ. ދުވަހަކުވެސް ހިސާބަކަށް މޮޅެއް ނޫނެވެ. ނަމަވެސް ދިރިހުރުރުމާއި މަރާއި ނަމަ އަހަރެންވެސް ކުރެވުން އެންމެ ރަނގަޅަށް ކަންތައް ކުރާނަމެވެ.
ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް އަހަރެން ވިސްނަން ޖެހޭނެއެވެ. ލޯ ގޮސް އަޅައިގަތީ ބިންމަތީގައި އޮތް ދަބަހަށެވެ. އިރަމްގެ ދަބަހެވެ. ކައިރީ ކުޑަ ފުޅިއެއް އޮތްތަން އަހަރެންނަށް ފެނުނެވެ. އަހަރެންނަށް ލިބެން އޮތް ސަލާމަތް ކަމެވެ. ހޫމް….. އެ އަހަރެންނާއި ހިސާބަށް ގެންނަން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ބާރާއި އަނެއްކާވެސް ކުޅެން ފެށީމެވެ. ވަކި މީހަކަށް ނުގޮވަމެވެ. ނަމަވެސް ހަމަ އެހީއަކަށެވެ. މައިބަދައިގައި އަޅާ ވޭން މިހާރު މުޅި ގަޔަށް ކުރަން ފަށައިފިއެވެ. މުޅި ގައި ހީވަނީ އެތެރެއިން ރޯވާހެންނެވެ. ނަމަވެސް ހުއްޓަން އަހަރެން ދެކޮޅު ހެދީމެވެ. ނޭފަތްކައިރި ތެމެންވެސް ފަށައިފިއެވެ.
ތެތްކަން ނޭފަތް ކައިރިން ފުރޮޅެމުން ގޮސް ކޮލުގައި ފެތުރޭ ކަމުގެ އިޙްސާސް ކުރެވެން ފެއްޓެވެ. ވަރަށް ބައިވަރު ލެޔެވެ. ނަމަވެސް އަހަރެންނެއް އަދި ހުއްޓާކަށް ތައްޔާރެއް ނޫނެވެ. “ހުއްޓަފާނަންތަ؟ ބޮލަށް ނޮހޮރުއްޕާން ވޭއެބަ!” އަހަރެން ސިއްސައިގެންގޮސް ވަގުތުން ލޯ ހުޅުވީ މީހަކު ހަޅޭލަވައިގެއް އަޑަށެވެ. ހަމަގައިމުވެސް މަރުވެފައިވާ މީހެކެވެ. “ހީވަނީ އެއްހާސް ކުޅަނދުރު ކަންފަތް ކައިރީ ހަޅޭ ލަވާ ހެންނެ.” އޭނާ އަހަރެން ލޯހުޅުވުމުން ބުންޏެވެ.
އަހަރެންނަށް އެކަން އެނގުނީ މިވީ ތިންމަސް ދުވަސްތެރޭގައެވެ. އަހަރެން ހަމައެކަނި ވިސްނަނީއެވެ. ނަމަވެސް އެމީހުންނަން އިވޭނީ ވަރުގަދަ އުނދަގޫ ކުރާ އަޑެކެވެ. ދެން ހަކުރަށް މެހި އަންނަ އުސޫލުން އަހަރެން ހޯދާނެއެވެ. ނަމަވެސް އަހަރެންނާއި ދިމާލަށް ދުވަހަކުވެސް އުނދަގޫ ވާ ވާހަކައެއް ނުބުނެއެވެ. މިފަހަރު މާ ބާރަށް ގޮވުނީއެވެ. ނަމަވެސް އަނގަ ހުޅުވުންހާ އަވަހަކަށް އަހަރެން އެހީއަށް އެދުނީމެވެ. “އަހަރެންނަށް މި އެއްޗެހި ނައްޓާ ދީފާނަންތަ ޕްލީޒް! އަހަރެން ކޮންމެ ކަމެއްވެސް ކޮށްދޭނަން.” އަހަރެން އާދޭހުން ބުނީމެވެ. “ކޮންމެ ކަމެއްވެސް؟” އޭނާ ބުންޏެވެ. އަހަރެންނެއް ނުވިސްނަމެވެ.
އެހެން ނޫނަސް އޭނާއަށް އެދެވޭނީ މާ ބޮޑު ކަމެއް އޮންނާނެ ހެއްޔެވެ؟ “ޑަން. ޕްލީޒް އަވަސްކޮށްލަ ދީބަލަ.” އަހަރެން ވަގުތުން އެއްބަސްވީމެވެ. ފަހުން މިވީ އެއްބަހުން އަހަރެންގެ ގައިގައި އަނބުރާ ދަތްނާޅައިފިއްޔާ އެންމެ ރަނގަޅެވެ. ނަމަވެސް މިވަގުތު އަހަރެން ބޭނުމީ މި އަލިފާންގަނޑުން ސަލާމަތް ވުމެވެ. “އެޒް ޔޫ ވިޝް.” އޭނާ ބުންޏެވެ. އެއާއި އެކު އަތުގައި އަދި ފައިގައި ބެލްޓު ގޮތަށް އަޅުވާފައިވާ ލެދަރތައް ކަނޑައިން ދިޔައެވެ.
ފުންމައިން އަހަރެން ތެދުވީމެވެ. ލައިން ހުރި ޓީޝާޓުގެ އަތްކުރިން ނޭފަތުން އައިސް ހުރި ލޭތައް ފޮހެލީމެވެ. “ތެން-” އަހަރެންނަށް އެހީވި މީހަކަށް ބަލައިލަން އެނބުރުނީމެވެ. ނަމަވެސް އެކަކުވެސް ނެތެވެ. އޭނާގެ މޫނު ނުބަލާލެވުނީމައި ވަރަށް ދެރައެވެ. ހަމައެކަނި އެނގެނީ އެއީ އަންހެއް ކަމެވެ. “ކްސް؟” އަހަރެން ވަޔަށް ބުނީމެވެ. ނަމަވެސް އަދި އޭނާއާއި ދިމާވާނެ އެއްނުން ހެއްޔެވެ؟
އަވަހަށް ބިންމަތިން ދަބަހާއި ފުޅި ނެގުމަށްފަހު އަހަރެން އެ ހުދު ކޮޓަރިން ނުކުތީމެވެ. ކައިރީ ދެގާރޑުން ދޮރު ބޭރުގައި ތިއްބެވެ. ނަމަވެސް އެ ދެމީހުން އެއީ ކޯއްޗެއް ހެއްޔެވެ؟ ލިވީ އަހަރެންނަށް އައު އެއްޗެހި ތަކެއްވަނީ ދަސްކޮށްދީފައެވެ. އެކަކު ހުރީ ތަންކޮޅެއް ދުރުގައި ފޯނެއްގައެވެ. އަހަރެންނާއި ފުރަގަސް ދީގެންނެވެ. ޕާރފެކްޓް. އެހެން ކަމުން ކައިރީ ހުރި މީހާގެ ފުރަގަހުންގޮސް ވަރަށް އަވަހަށް ދެތިން ފަހަރަކު އެމީހާގެ ކޮނޑުގެ މެދުގައި ބާރަށް ޖެހީމެވެ. “ޕްރެޝަރ ޕޮއިންޓް”އެވެ. އޭނާއަށް އެނބުރެންވެސް ފުރުސަތު ނުލިބެއެވެ. ވެއްޓިއްޖެއެވެ.
ނަމަވެސް އެއީ އަހަރެންނަށް ފައިދާ ވާނެ ކަމެއް ނޫނެވެ. ސަބަބީ އަޑު އިވުންހާ އަވަކަށް އެމީހަ އެނބުރުނެވެ. އަނެއް މީހާއަށް ގުޑާ ނުލެފައި އަދި އިރުކޮޅެއް ވަންދެން އޮންނާނެއެވެ. ތަޅުންގަނޑު ހަދާފައި ހުރީ މުށިންނެވެ. އޮފީސްތަކުގައި ހުންނަ ކަހަލަ ކައްސާ މުށްޓެވެ. ސްވީޓް! އަހަރެންނާއި އަރާ ހަމަވާން އުޅެނިކޮށް އަހަރެން ތިރިން ކައްސާލީއެވެ. ބޭނުންވި ގޮތަށެވެ. އެކްޝަން ފިލްމެއްގެ ބަތަލާހެން އަހަރެން އެވަގުތު ހިތައް އެރިއެވެ. އައިމް ބޭޑްއޭސް! ވަގުތުން ތެދުވީމެވެ. ނަމަވެސް އޭނާ ހުރީ އަހަރެންނާއި ދިމާލަށް އެނބުރިއެވެ. މިހާރަކު އެހެން ހިޔެއް ނުވެއެވެ.
ނަމަވެސް ލިވީ ދަސްކޮށްދިނީ އެންމެ ކަމެއް ނޫނެވެ. މިފަހަރު އެކަން އަމަލީ ގޮތުން ތަޖުރިބާ ކުރެވޭނެއެވެ. އަހަރެން ކުރިއަށް ދިޔައީމެވެ. އޭނާ ހަމަ ހުރި ތަނުގައި ހުއްޓެވެ. އުނަގަނޑުގައި އިން ބަޑި ނެގީ ދެނެވެ. އަހަރެން ވަގުތުން ގަނޑުވިއެވެ. ދާނެ އިތުރު އެއްވެސް ދިމާލެއް ނެތެވެ. އަހަރެންނާއި ދިމާލަށް ބަޑި ދިއްކުރިއެވެ. ހަމައެކަނި…
ކޮނޑުގައި އިން ދަބަސް މަތިން ހަނދާންވީ ދެނެވެ. ޚިޔާލެއް ވަގުތުން އައެވެ. “އެނގޭދޯ އަހަރެން މަރާލައިގެން ސަލާމަތެއް ނުވާނެކަން.” ވަގުތު ހޯދަމުން އަހަރެން ބުނީމެވެ. “އައި ނޯ. ކާކުތަ ބުނީ މަރާލާ ވާހަކަ؟ ފަޔަށް ޖަހައިން މަރެއް ނުވާނެ.” އޭނާގެ ބަޑި އަހަރެންގެ ފަޔަށް އަމާޒުކުރަމުން ބުންޏެވެ. އޭނާގެ ނަޒަރުވެސް ހުއްޓި ހުރީ އެތާގައެވެ. ނައު.! އަހަރެން ދަބަސް އަވަހަށް ކޮނޑުން ނެގުމަށްފަހު އަތުގައި ހުރި ބާރެއް ލުމަށްފަހު އޭނާގެ މޫނާއި ދިމާލަށް ހޫރާލީމެވެ.
އަހަރެންގެ އަމާޒު ސީދަލެވެ. އެވަގުތު އަހަރެންގެ ދޮރަށް ބަލާ އޭނާއާއި ކައިރިއަށް އަރާ ކޮނޑުގައި އަވަސްކޮށް ޖެހީމެވެ. އޭނާވެސް ސިކުންތުގެ ތެރޭގައި ބިންމައްޗަށް ޖެހުނެވެ. “އައި ވިލް ޓޭކް ދިސް.” ދަބަސް ނަގަމުން އަހަރެން ބުނީމެވެ. ވަގުތުން ހާވަން ފެށީމެވެ. ފުންނޭވާއެއް ލެވުނެވެ. ސިރިންޖެއް ނުކަނޑާ އުރައެއް ތެރޭގައި އޮތެވެ. އަވަސް އަވަހަށް ނެގުމަށްފަހު އަހަރެން އެ ކަނޑާލީ ދަތުންނެވެ. އަހަރެންގެ އަތުން އެކަނި އެކަން ކުރާ ވަރަށް ވުރެ އަތް ތުރުތުރު އަޅައެވެ.
ސިރިންޖަށް އެ ފުޅީގައި ހުރި ބިއްލޫރި ކުލައިގެ ސާފު ދިޔަ އެޅުމަށްފަހު އަހަރެން އިށީނީމެވެ. ފާރުގައި ލައްވެލަމުންނެވެ. ތުރުތުރު އަޅާ ދެއަތުން އަހަރެންގެ ފަލަމަސްގަނޑަށް އެޖެހުމަށްފަހު އަހަރެން އެ ހުސްކޮށްލީމެވެ. ވަގުތުން ލޯމަތި އަނދިރިވިއެވެ. އަހަރެން ލޯ މެރިމަށްފަހު އިރުކޮޅަކު ހުރުމަށްފަހު ލޯ ހުޅުވީމެވެ. ރަނގަޅެވެ.
އަވަސް އަވަހަށް އަހަރެން އަނެއްކާ ލޯ މެރީމެވެ. ހިތުން އެލީޝާއަށް ގޮވީމެވެ. މިފަހަރަކު ތަދެއް ނުވެއެވެ. “ނަސީބެއް މަރު ނުވާކަން.” އެލީޝާގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއި އެކު އަހަރެން ލޯ ހުޅުވީމެވެ. މަރުވެފައި ހުރި މީހަކު ފެނިފައި އަހަރެން މިހާ އުފަލެއް އަދި ނުވެއެވެ. އަތް ލެވޭނަމަ ގައިގައި އޮޅުލައި ގަތީމުހެވެ. “އެލީ ބުނެބަލަ ހަދަން ވީ ގޮތެެއް. އެމީހުން އެބަތިބި އެތެރޭ. ޔަގީން މިހާރު އެމީހުންވެސް ތިބޭނީ ބަނދެފައި ކަން. ކިހިނެއް ހަދާނީ.؟” އަހަރެން އެލީޝާ ކައިރީ އެހީމެވެ.
އޭނާ ވިސްނަން ފެއްޓެވެ. އެއަށްފަހު އަހަރެންނަށް އޭނާ ވަރަށް ފާޑަކަށް ބަލަން ހުއްޓެވެ. “މަކައިރީ އެހީދޯ. މިއީ މަށަށް ފެންނަ ގޮތް ހަމައެކަނި.” އަހަރެންނާއި ދިމާލަށް އަންނަމުން އެލީޝާ ބުންޏެވެ. “ކޯއްޗެކޭ ތި ކި-“
އެލީޝާ
މިއީ ގަބޫލް ކުރަންވެސް އުނދަގޫ ވާވަރުގެ އިޙްސާސެކެވެ. ހަމަގައިމުވެސް އެހެން މީހެއް ގައިގެ ތެރެއަށް ވަންނައިރަކު މިހާ ބާރުތައް ގަދައެއް ނުވެއެވެ. ނަމަވެސް މިއަށްފަހު އަހަރެންނެއް ނުހުންނާނެއެވެ. އެކަމުވެސް ހެވެވެ. ބަޔަކުގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން އޮތް ކަމަކީ މިއީ ކަމަށް ވަންޏާ ދެން ވަރިހަމައެވެ.
އަހަރެން މީހެއް ގަޔަށް ވަނީ އެންމެ ފަހަރަކުއެވެ. އެފަހަރު އިސްތަށިގަނޑުން ބައެއް ހުދުވެ ފޭބީއެވެ. އެއީ އަދި އެންމެ ފަސްވަރަކަށް ސިކުންތެވެ. މިފަހަރު ހަމަގައިމުވެސް މަރުވާނެއެވެ. އާރ. ރަނގަޅަށެވެ. ނަމަވެސް ހަށިގަނޑުގެ ތެރޭ ހުންނަ އިރު އެއިން އެއްވެސް އިޙްސާސެއް ނުކުރެވޭނެއެވެ. އަދި ޝެނިންގެ ބާރު ތަކާއި އެކު އަހަރެންގެ ބާރުތައްވެސް ހީވަނީ ފަސް ގުނައަށް ޖައްސާލައިފައި ހުރި ހެންނެވެ.
އިންސާނެއް ހެން އަހަރެންނަށް އިޙްސާސް ކުރެވެއެވެ. އަމިއްލަ ގައިގައި އަތް ލީމެވެ. އެއް ހަން އަނެއް ހަމުގައި ޖެހުމުގެ އިޙްސާސެވެ. ހޫނު ވުމުގެ އިޙްސާސެވެ. ހަންގަނޑަށް ވައި ޖެހުމުގެ އިޙްސާސެވެ. ވަގުތު ކޮޅަކަށްވެސް ވިޔަސް އަހަރެން މީގެ ބޭނުން ހެޔޮ ގޮތުގައި ކުރާނަމެވެ.
ކައިރީގައި ހުރި ދޮރު ހުޅުވާލުމަށްފަހު އަހަރެން ވަނީމެވެ. ހުސް ހުދުކުލައެވެ. ލޮލަށް އުނދަގޫވޭއެބައެވެ. އިރަމް އާއި ލިވީ ދެ ގޮނޑީގައި ބަނދެވިފައި އޮތެވެ. ދެމީހުންވެސް ހޭވެރި ކަމެއް ނެތެވެ. މުސްކުޅި މީހާ- އިސްމާއިލް އިދުރީސް- އަށް އަހަރެން ފެނުނީ ދެނެވެ. ކުޑަކޮށް ފަހަތަށް ޖެހުނެވެ. ޖެހިލުން ވީ ހެއްޔެވެ؟
އޭނާއަށް އަހަރެން ފެންނަނީ ކީއްވެ ހެއްޔެވެ؟ އޯހް…. މިއީ ޝެނިންގެ ހަށިގަނޑެވެ. އެހާ އަވަހަށް ހަނދާން ނެތުނީ ހެއްޔެވެ؟ ހަމަގައިމުވެސް އަހަރެންގެ- ޝެނިން- ގެ ލޯމަތި ހުރި ގޮތުން އޭނާ ފަހަތަށް ޖެހުނީއެވެ. ފިލްމީ ވެލާ ހިތްވީ ދެނެވެ. ކުރު ކުރު އިސްތަށިގަނޑުގައި ޖަހާފައި އިން ރަބަރު ނައްޓާލީމެވެ. އިސްތަށިތައް އުދުހެން ފެއްޓިކަހަލައެވެ. ކުރިއަށްވުރެ ބޮޑަށެވެ. މައްޗަށް އަރަނީއެވެ. ބާރުތަކުގެ ސަބަބުންނެވެ.
“ބިރުގަތީތަ؟” އަހަރެން އެހީމެވެ. އައީ އަހަރެންގެ އަޑެވެ. ޝެނިންގެ އަޑެއް ނޫނެވެ. އަހަރެންގެ އަސްލު އަޑެވެ. ހިނިގަނޑެއް ޖަހާލެވުނެވެ. ނަމަވެސް އަހަރެންގެ ނަޒަރު ހުއްޓުނީ އިސްމާއިލްގެ ފުރަގަހުގައި ހުރި ޝަހުދަށް ދެނެވެ. “ޔޫ ލިރްލް ބިޗް! ބުރަކަށްޓައް ވަޅި ހަރާފަ ހުރިހާ އެންމެންގެ!” އަހަރެން ހަޅޭ ލަވައިގަތީމެވެ. ޝަހުދް ދިޔައީ ވިއްސައިގެންނެވެ. ފާރުގައި ޖެހުމަށްފަހު އޭނާ ވަގުތުން ހޭ ނެތިގެން ވެއްޓުނެވެ. އިތުރަށް އެނބުރި އަހަރެން އޭނާއާއި ދިމާލަކަށް ނުބަލަމެވެ.
އަހަރެންގެ ހުރިހާ ޝައުގެއް އިސްމާއިލަށް އަނބުރާލީމެވެ. “ސޯ. ކިހާ ހިސާބަކު އަހަރެމެން ތިބީ؟ އޯހް.. ކިހާވަރަކަށް ބިރުގަނެފަތޯ ބެލީ ދެންމެ.” އަހަރެން ބުނީމެވެ. މަޑުމަޑުން އޭނާއާއި ދިމާލަށް ދަމުންނެވެ. މިފަހަރަކުވެސް ފަހަތަކަށް ނުޖެހެއެވެ. “ގާރޑް!!!” އޭނާ ހަޅޭލަވައިގަތެވެ. އެހެން ދޮރަކުން ބައިވަރު މީހުން ތަކެއް ވަންނަމުން ދިޔައެވެ. އިރުކޮޅަކުން އަހަރެން ވަށައިލިއެވެ. “ތިއުޅެނީ އަހަރެންގެ ބާރު ހުރިވަރު ނޭނގިގެން!” މީހުންތައް ވަށާ ލުމުން އޭނާ ދުރުގައި ހުރެ ހަޅޭލަވައިގަތީމެވެ. ދިހަވަރަކަށް ގާރޑުން އެބަ ތިއްބެވެ.
މިކަމެއް އަހަރެންނަކަށް އެކަންޏެއް ނުވާނެއެވެ. ދެމީހުން އިތުރު ކުރަން ޖެހޭނީއެވެ. އިރަމް މެނާއި ދިމާލުގައި ހުރި ދެމީހުން އަތުގައި ހުރި ބާރެއް ލުމަށްފަހު ފޮޅާލީމެވެ. މިއީ މޮޔަ ފިޔަވަޅެކެވެ. ނަމަވެސް އަހަރެން ތައްޔާރު ވީމެވެ. އަހަރެންނަށް ގެއްލެވޭތޯ ބެލީމެވެ. ވަގުތުން އަހަރެން ގެއްލުނީމެވެ. އަހަރެންގެ އަމާޒައް އަހަރެން އައީމެވެ. އެއީ އެމީހުންގެ ފަހަތުގައި އިން ބިއްލޫރި ދޮރުލީ ކަބަޑެއްގެ މައްޗެވެ. އަހަރެން ރީތިކޮށް އިށީނދެލީމެވެ. “ކޮބާ އޭނާ!؟” ގާރޑުން އެކަކު ހަޅޭލަވައިގަތެވެ. އަހަރެން އިސްމާއިލަށް ބަލާލީމެވެ. އޭނާގެ ބޮލުން ބޮތްކެއް ދިއްލުން ކަހަލައެވެ.
“އޭނާ ގަޔަށް އެހުރީ މަރުވެފައި ހުރި މީހަކު ވަދެ. ބަލާތި. ވަރަށް ބާރު ގަދަވާނެ. އަދި ހަނދާން ކުރާތި، އޭނާ އަތްލިޔަކަ ނުދޭތި.” އިސްމާއިލް ބުންޏެވެ. އަތްލިޔަކަ؟ ތި ޖެހުނީ ވަގުތުން ތިއެއް ބަލާށެވެ. އަހަރެން އިންތާ އިނުމަށްފަހު އިރަމް އާއި ލިވީގެ އަތުގަޔާއި ފައިގައި ހުރި އެއްޗެހި ކަނޑާލީމެވެ. އެތަނުން މީހަކަށް ފެނުނީ ދެނެވެ. “އޭނީ.!” އެމީހާ ހަޅޭލަވައިގަތެވެ. ހުރިހާ އެންމެން ބަޑިތައް އަހަރެންނަށް އަމާޒުކޮށްލިއެވެ. އެއަށްފަހު…..
ހުރިހާ އެންމެން ގަނޑުވިއެވެ. “ދެޓްސް ރައިޓް! އައިމް ބެކް.” ލިވީ ބުންޏެވެ. އެމީހުންގެ ލެޔާއި ކުޅެނީއެވެ. އެއީ ސަޅީ ގޮތެކެވެ. ނަމަވެސް ލިވީ އެހާއި ބިރުވެރިއެވެ. ހަގީގަތުގައި އެއީ ފެނެވެ. އެހެންވީމާ ލޯ ނޫކުލައިން ދިއްލިފައި ހުއްޓެވެ. ނަމަވެސް ލޮލުގެ ހުދުބައި ހުރީ ލެއިން ފުރިފައި ކަހަލަ ގޮތަކަށެވެ. ލޭ ރަތް ކުލައިގައެވެ. އަހަރެން އިން ތަނުން ތެދުވީމެވެ. ފުންމާލީމެވެ.
“ސޯ. ކިޔާބަލަ. އަހަރެން މިއިން މީހަކު ގައިގައި އަތްލައިފިއްޔާ ވާނީ ކިހިނެކޭ؟” ގާރޑެއް ކައިރީ އެނބުރެމުން ބުނީމެވެ. އަހަރެން ވިސްނާކަށް ނުހުންނަމެވެ. އަތްލީއެވެ. މުޅި މީހާ ވަގުތުން ފިނިވިއެވެ. ތެޅިފޮޅެން ފެއްޓެވެ. އަހަރެން ފަހަތައް ޖެހުނީމެވެ. އިރުކޮޅަކުން އޭނާ އަހަރެންނާއި ދިމާލަށް އެނބުރުނެވެ. އަހަރެންނާއި ދިމާލަށް ބަޑި ދިއްކުރިއެވެ. “އޭ! މަށަކަށް އޭނައެއް ނުހިފެހެއްޓެ.!” ލިވީ ހަޅޭލަވައިގަތެވެ. އަހަރެން ވަގުތުން ފަހަތަށް ޖެހުނީމެވެ.
އިސްމާއިލް ހޭން ފެށީ ދެނެވެ. “ކަލޭމެން ތިއުޅެނީ މަށަށްވުރެ މޮޅުވާންތަ؟ މަށަށް ވުރެ!!!!” އޭނާ ވަރަށް ބުންޏެވެ. “ހަނދާން ނެތުނީތަ؟ ކަލޭމެން ހެދީ މަށޭ!” އޭނާ ހަޅޭ ލަވައިގަތެވެ. އަހަރެން އަތުގައި ހުރި ބާރެއް ލުމަށްފަހު އޭނާ ފޮޅާލެވޭތޯ ބެލީމެވެ. ނަމަވެސް ކަހާ ބިހި ކަހާލި ހެންވެސް ހީނުވެއެވެ. ފުރަތަމަ ފަހަރަށް ބިރުގަތީ ދެނެވެ.
“އޯހް. ދެޓްސް ރައިޓް! ކަލެމެން އެކަކަށްވެސް އެއްކަމެއްވެސް މަށަކަށް ނުކުރެވޭނެ.” އޭނަ ބުންޏެވެ. އޭނާ އިރަމް އާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. ކަރުގައި ހިފާ އުސޫލުންނެވެ. ނަމަވެސް ދުރުގައި ހުރެގެންނެވެ. އެހެންވިޔަސް ހެވެވެ. އިރަމް ތެޅިފޮޅެން ފައްޓައިފިއެވެ. ފައި ބިމުން ނެއްޓުނެވެ. ނަމަވެސް އަދިވެސް އިސްމާއިލް އޭނާ ގައިގައި އަތްވެސް ނުލައެވެ. “ދޫކުރޭ އޭނާ!” އަހަރެން ހަޅޭލަވައިގަތީމެވެ.
އަހަރެން ހައިރާންވީ ދެނެވެ. ޝެނިން އަހަރެންނަށް ބާރު ފޯރުވަމުން ދިޔައީމައެވެ. ބިއްލޫރިތައް ތަޅައިން ދާން ފެއްޓެވެ. ބޮޑެތި ހޮޅިބުރިތައް ނިވި ދިއްލެން ފެއްޓެވެ. އެއްބައި އެއްޗެހި ފަހަތުން ވެއްޓޭ އަޑުވެސް އިވެން ފެއްޓެވެ. އަހަރެންނަށް އަންނަން ނުޖެހޭ ވަރުގެ ރުޅިއެއް އަންނަން ފެއްޓެވެ. ޝެނިންގެ އިޙްސާސްތަކެވެ. ހަމަގައިމުވެސް ޝެނިން އިރަމް އަށް އޮންނަނީ ވަރަށް ވަރުގަދަ އިޙްސާސެކެވެ.
“އިތުރަށް ހަޅޭލަވާ!” އޭނާ ބުންޏެވެ. ލިވީ ހުރިހާ އެންމެން ދޫ ކޮށްލިއެވެ. އެއާއި އެކު ނަމަވެސް އިރުކޮޅަކަށެވެ. ކައިރީ ހުރި އިސްކުރިން ފެން ދަމާފައި އޭނާއާއި ކައިރިއަށް ގެނައީއެވެ. ފެން ބޯޅައަކަށް ހަދާލުމަށްފަހު ކުރިމައްޗަށް ގެނައެވެ. ފުރަތަމަ އޭނާ ފުމެލީއެވެ. ގާރޑުންތައް ބުރުއްސައިގެން ގޮސް ފާރުގައި ޖެހުނީއެވެ. ވަގުތުން ބޯޅައަށްވެސް ފުމެލިއެވެ. ވަގުތުން ފަޅައިންގޮސް ބުރުއްސައިގެން ގޮސް ފަޅައިގެން ދިޔައީ އެމީހުން ގަޔަށެވެ. ފެންތައް ގަނޑުވިއެވެ. އެމީހުން ތިބިތާގައި ތާށިވީއެވެ. އިރުކޮޅަކަށެވެ.
އަހަރެން ކައިރީ އަދިވެސް އެއް ގާރޑު އެބަހުއްޓެވެ. އޭނާއަކަށް އެއްކަމެއްވެސް ނުވެއެވެ. އޭނާގެ ލޮލުގެ ކަޅިއެއް ނެތެވެ. އެއްކޮށް ހުދެވެ. ލިވީއަށް އަހަރެން ބަލަން ހުރީމެވެ. އަދި އޭނާއެއް ނުނިމެއެވެ. ބަލަން ހުއްޓާ ވައިގެ ތެރެއިން ހަތަރު ފެން ރޮނގު ދަމާލިއެވެ. އެއަށްފަހު އެ ހަތަރު ފެން ރޮނގު އޭނާގެ އިނގިލީގައި އޮޅާލިއެވެ. ބަލަބަލާ ހުއްޓާ އެ ގަނޑުވިއެވެ. އަތް އެއްވަރު ކޮށްލުމަށްފަހު އަތް ފޮޅާލިއެވެ. ގަނޑުވެފައިވާ ތިން ފެންގަނޑު އައިސް ހެރުނީ އަހަރެންގެ ކުރިމަތީގައި ހުރި ގާރޑުގެ ގަޔަށެވެ. ކަނދުރާގައި އިން ކަށިގަނޑަށެވެ. އޭނާ އިރު ކޮޅަކު ރީތިކޮށް އަހަރެންނަށް ބަލައިން ހުއްޓެވެ. އެއަށްފަހު ކަނައިގެން ވެއްޓުނު ރުކެއްހެން ޖެހިއްޖެއެވެ.
“އަހަރެމެން ވެސް އެހާ ދެރައެެއް ނުވާނެ ދޯ ޝެނިން.” ލިވީ ބުންޏެވެ. އަހަރެން ހަމަ އެއްޗެކޭ ނުބުނެ ހުރީއެވެ.އެހެން ކަމުން އިސްމާއިލް އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނު ކަން ވެސް އެނގުނީ މާ ފަހުންނެވެ. އަހަރެން އަތުގެ ހުރި ބާރެއް ލުމަށްފަހު އޭނާ ކޮއްޕާލީމެވެ. ނަމަވެސް އޭނާ ގުޑާވެސް ނުލިއެވެ. އަހަރެންގެ ނިތްކުރީގައި ތިން އިނގިލި ހުރަހަށް ޖެއްސީ އަހަރެންނަށް ތައްޔާރުވެސް ނުވެވި ހުއްޓައެވެ.
އަހަރެން ހަމަ ހުރީއެވެ. ލިވީ ކަމެއް ކުރޭއެބައެވެ. ފެން ކޮޅެއް ނެގުމަށްފަހު އަނގައަށް އެޅީއެވެ. އަނގައާއި ކައިރީ އަތުން އަލިފާން ކޮޅެއް ނެގިއެވެ. އެއަށް ފަހު އަލިފާނާއި ދިމާލުން ފެން ބުރުވާލީ އަނގައިންނެވެ. މުޅިތަން އަލިވެގެން ދިޔައީ އަލިފާނުގެ ކުލައިންނެވެ. އިރުކޮޅަކަށް އިސްމާއިލް އެނބުރުނެވެ. އަހަރެން ދަނޑިވަޅުގެ ބޭނުން ކުރީމެވެ. އިސްމާއިލް ގައިގައި ޖެހީމެވެ. ނަމަވެސް ކުރިއެކޭ އެއްފަދައިން ނާކާމިޔާބެވެ.
މިފަހަރަކު އިސްމާއިލް އަހަރެންނާއި ދިމާލަކަށް ނުބަލައެވެ. ނަމަވެސް ލިވީ މައްޗައް އަރަން ފެއްޓެވެ. ކުއްލިއަކަށް ލިވީ އަތުން އަލިފާން މުޅި ތަނަށް ބުރައިން ދިޔައެވެ. ނޫން. ނޫން. ނޫން. ނޫން. އަހަރެން ފުރަތަމަވެސް ދުއްވައިގަތީ އޮކްސިޖެން ފުޅިއާއި ދިމާލަށެވެ. އޮކްސިޖަން ފުޅިއެއް ކުރިން މިތާ އިން ކަން އަހަރެންނަށް ނޭނގުނީ ކީއްވެ ހެއްޔެވެ؟ ނަމަވެސް އަހަރެންނަކަށް ނުދެވެއެވެ. އަލިފާން ފުޅީގައި ޖެހުމާއި އެކު އިވުނީ ވަރުގަދަ އަޑެކެވެ. އެއާއި އެކު…….
(ނުނިމޭ)
10