ހިތް މިއެދޭ ސޫރައޭ ތީމަގޭ (9 ވަނަ ބައި)
ޔާލް ދުވެފައިގޮސް އޮފީހުން ނިކުތްއިރު ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. އަޔާންގެ ރުޅިވެރި ބަސްތަކުން މިއަދު އެ ހިތް ފޮތިފޮތި ވެއްޖެއެވެ. ގިސްލަމުން ރޮމުންދިޔަ ޔާލް މަގު ހުރަސްކޮށް ދިޔައިރު މަގުގެ އެއް އަރީގައި އޭނައަށް ބަލަން މީހަކު ހުރިކަމެއް ނޭނގެއެވެ.
“ހެއި ޑާލިން…” ގެއަށް ވަތް ޔާލް ސިއްސައިގެން ދިޔައީ ކުރިމަތީހުރި ފައިޒާން ފެނިފައެވެ. އަވަސްއަވަހާ ލޮލުގަ ހުރި ކަރުނަތަށް ފޮހެލުމަށްފަހު ތުންފަތްމަށްޗަށް ހިނިތުން ވުމެއް ވެރިކޮށްލީ ލޯބީވާ ކޮއްކޮ ފެނުމުންނެވެ. ފައިޒާން މެލޭޝިޔާގައި ކިޔަވަން ހުރެފައި އެއައީ 2 އަހަރު ފަހުންނެވެ. ޔާލް ގޮސް ފައިޒާންގައިގައި ބައްދާލުމަށްފަހު މިހާރު ހާދަ ދޮންވެއްޖެދޯއޭ ބުނެލީ ސަމާސާ ރާގަކަށެވެ. އިއްޔަ ފައިޒާން ވަނީ އޭނަ އަންނަ ވާހަކަ އެންމެން ގާތު ބުނެފައެވެ. ނަމަވެސް އަދި އެއްކޮށް ކިޔަވާ ނުނިމޭތީ އެހާ ގިނަދުވަހު މާލޭގައި ހުރެވޭކަށް ނެތެވެ. ” ބަލާބަލަ… އަދިވެސް ހަމަ ތިއްތަގެ ތި ދިމާކުރުންތަކުން ސަލާމަތް ވެވޭ ވަރެއް ނޫނެންނު އަހަންނަކަށް… މަންމާ ނިކަން ޓޭޕު ރޯލެއް މި ތިއްތަ އަނގަމަތީ އަޅާބަލަ…ހެހެ ” ހިނގަނޑެއް ޖަހާލަމުން ފައިޒާން އޭނަ މަންމަ ނަސީމާއަށް ބަލާލިއެވެ. “އެހެންނުވާނީ… ދަރިފުޅު ދިޔަފަހުން އަބަދުވެސް ތިއްތަ ހުންނަނީ ފޫހިވެފަ… ” ނަސީމާވެސް އެ ސަމާސާގައި ބައިވެރިވެލިއެވެ. “ވަރަށް ވަރަށް މިސްވި އިނގޭ…. ތިއްތަ ނެތީމަ ލަނޑެއް ދޭނެ މީހެއްވެސް ނެތްވިއްޔާ….” ފައިޒާން އެމީހުން ކުރިން އުޅުނު ދުވަސް ތަކުގެ މަތިން ހަނދާން ކޮށްލިއެވެ. “ދެން މިހާރު ލަނޑުދޭން ތިއްތަ މިހުރީނު… ހެހެ…އަޅޭ ކިތަށް ދުވަހަށް ތިއައީ؟؟؟ ބައްޕަ ކާރީ ބުނިންތަ އައި ވާހަކަ؟؟” ޔާލް އަހާލިއެވެ. “ހޫމް… އެންމެ މަންތަކަށް މިއައީ… ހަމަ އެންމެން މަތިން ހަނދާންވާތީ… އާނ ބައްޕައޭ ބުނީވެސް އެއްދުވަހަކު ގުޅާފަ ދާންވީނޫންހޭ މަންމަމެން ގާތަށް…. ސޯ ” ބުމަ އަރުވާލަމުން ފައިޒާން ޔާލްގެ އަތުހިފައިގެން އޭނަގެ ކޮޓަރިއަށް ދިޔައެވެ. ނަސީމާވެސް ހެވިފައިހުރީ އެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާވަރު ފެނިފައެވެ.
“މިއޮތީ ތިއްރައަށް ހާއްސަކޮށް ގަނައި ގިފްޓެއް…. ” ޔާލްގެ އަތަށް ޕެކް ކޮށްފައި އޮތް ޕާރުސަލެއް ދެމުން ފައިޒާން ބުންޏެވެ. “ކޯއްޗެއް މީ؟؟؟؟ ” ފޮށި ތަޅުވާލަަމުން ޔާލް އަހާލިއެވެ. ” ދެން ކަނޑާބަލަ… އޭރުންދޯ އެނގޭނީ.” ފައިޒާން ހީލިއެވެ. ޔާލް އެ ކަނޑާލިއިރު އޮތީ ވަރަށް ލޯބި ފަށެކެވެ. ޔާލްގެ ދެލޯ ބޮޑުވިއެވެ. އޭގެ ރީތިކަން ފެނިފައެވެ. ރިހި ފަށުފުލެއް ލެވިފައި ވާއިރު އެކި ތަންތާނގައި އެސްތަކުން ޖަރީ ކުރެވިފައިވެއެެވެ. ފެންނަ ފެނުމަށްވެސް ވަރަށް އަގު ބޮޑު އެއްޗެއްކަން އެނގެއެވެ. “އަޅޭ… މީ ކިހާ ވަރަކަށް..؟؟؟ މިހާ އަގުބޮޑު އެއްޗެހި ނުވާނެ ގެންނާކަށް…” ޔާލް ފައިޒާންއާއި ދިމާލަށް ބަލާލިއެވެ. “ދެން ތިއްތާ… ހަދިޔާދޭ މީހާގެ ނިޔަތަށޭ ބަލާނީ… އަގަކަށް ނޫން… ކަމުދޭދޯ ؟؟؟ ” ފައިޒާން ޔާލްގެ ކޮލުގައި ހިފާލިއެވެ. ” ހޫމް… ވަރަށް ބޮޑަށް ކަމުދޭ… ވަރަށް ލޯބި… ތެންކިޔޫ ސޯމަޗް.. ” ފައިޒާންގެ އަތުގައި ހިފާލަމުން ޔާލް ވާހަކަ ދެއްކިއެވެ. އަދި ޔާލްގެ ލޮލުން ކަރުނަ ނިރާލީ ފައިޒާން އޭނަދެކެ ލޯބިވާވަރު ފެނިފައެވެ. “ހޫމް… ސޯ އަދި ސުވާލެއް އެބައޮތޭ… ދެން ތިއްތައަށްވެސް އިނގޭނު ތި ދެލޮލުން އަހަންނަށް އެއްވެސް ކަމެއް ނުފޮރުވޭނެކަން ލިތަންމެ ދުރުގައި ހުރެފައި އަޔަސް.. ކީއްވެ ދެންމެ ރޮމުންއައީ؟؟؟ ކާކު ކީއްކުރީ؟؟” ފައިޒާން ބަލާލީ ސީދާ ޔާލްގެ ދެލޮލަށެވެ. ޔާލް ފައިޒާން ކާރީވެސް އަޔާންގެ ވާހަކަ ދައްކާކަށް ބެނުމެއް ނޫނެެވެ. އޭނަ ބޭނުންވަނީ އެ ލޯބި ފާޅާ ނާރަނީސް ފަސްލައި ވަޅުލާށެވެ. ނަމަވެަް އެ ހިތަށް ކެތްވާނެ ހެއްޔެެވެ؟؟ ” މީހަކު ކަމެއް ނުކުރޭ…. މާބޮޑު ކަމެއް ނޫން އެއީ.. ” އެންދުން ތެދުވަމުން ޔާލް ބޭރަށް ދާން ހިނގައިގަތީ ރޮވިދާނެތީއެވެ. އޭނަ ފައިޒާންގެ ކުރިމަތީ ރޯކަށް ބޭނުމެއް ނޫނެެވެ. އެހިތަށް އޭރުން ވަރަށް އަސަރުކުރާނެކަން ގައިމެވެ. “ނޫން… ނުދެވޭނެ… ކީއްވެތަ ތިއްތަ ތެދައް ނުބުނަން ތިއުޅެނީ..؟؟ ” ފައިޒާން ގޮސް ދޮރުލައްޕާލިއެވެ. “ޕްލީޒް ފައި… ތިއްތަ ބޭނުން އެކަނި ވެލަން… ” ޔާލްގޮސް ފައިޒާން ކުރިމަތީ ހުއްޓިލިއެެވެ. އޭރު އެ ދެލޮލުން ކަރުނަތަށް ފައިބަން ހުރީ ތައްޔާރަށެވެ. “ނޫން… އަަހަރެންނަށް އިނގޭ ވަރަށް ބޮޑު ކަމެއް ވެއްޖެކަން… ބުނެބަލަ… އަހަރެންނަށްވެސް އެހީ ވެވޭނީ އޭރުންދޯ..” ފައިޒާން އައިސް ޔާލްގެ އަތުގައި ހިފާލިއެވެ. ޔާލްއަށް ކެތްވީ އެހިސާބަށެވެ. ކުއްލިއަކަށް ފައިޒާންގައި ބައްދައިގަތީ ދެން އެހިތަށް އިތުރަށް ކެތް ނުވުމުންނެވެ. އެކަހަލަ އަޅާލުމަކަށް ފެން ބޮވައިގަނެފައި ހުރުމުންނެވެ. ގިސްލަ ގިސްލާފައި ރޮމުންދިޔަ ޔާލްގެ އަޑު ފައިޒާންގެ ކަންފަތުަގައި ޖެހޭ ކޮންމެ ފަހަރަކު އެ ހިތް ނެގިނެގިފައި ޖެހެއެވެ. އޭނާގެ އެއްބަނޑު އެއްބަފައި ދައްތަ އެހާލުގައި ރޯތަން މިފެނުނީ އަދި އަލަށެވެ. ހަމަ ގައިމުވެސް އެހާ ބޮޑުކަމެއް ވެގެންނުނީ ޔާލް ނުރޯނެކަން ފައިޒާންއަށް ޔަގީނެވެ. ފައިޒާންވެސް ޔާލް ހަމައަކަށް އަޅެންދެން އެބޮލުގައި ފިރުމަންހުއްޓެވެ. ޔާލް ބޭނުންވަރަކަށް ރޯން ވަގުތު ދީގެނެވެ.. “ހުއްޓާލަ ދެން.. ބުނެބަލަ ކީއްވީތަ..؟؟ ” ޔާލް ގަޔާ ދުރުކޮށްލަމުން ފައިޒާން ލޯތްބާއެކު އަހާލިއެވެ. “ނުވޭ ކަަމެއް… އަހަރެން މިދަނީ ދާން…ހަވީރު އެބައޮތް ކުޑަކަމެވެސް… މިވަގުތު ތިވާހަަކަ ނުދައްކަ ދެން… އެއީ ތިއްތައަށް ދައްކަން މާ ފަސޭހަވާހަކައެއް ނޫން… ” ދެލޯ ފޮހެލާފައި ޔާލް ފައިޒާންގެ މޫނަށް ބަލާލިއެވެ. “ދެން ކަމެއް ނުވާނަމަ ނުރޯނެކަން އިނގެނީ އަހަންނަށް… އެންމެ ރަނގަޅު ފަަހުން ތިވާހަކަ ދައްކާނީ…” ފަައިޒާންވެސް އެއްބަސްވިއެވެ. ނަމަވެސް އޭނަހުރީ ވަރަށް ކަންބޮނޑުވެފައެވެ. “މަންމަ ގާތު ނުބުނައްޗޭ އެއްވެސް ކަމެއްވީ ވާހަކަ…” ނިކުންނަމުން ޔާލް ފަސް އެނބުރި ބަލާލިއެވެ. ފައިޒާންވެސް ބަދަލުގައި ބޯޖަހާލިއެވެ.
ނޫރާ ހުރީ 4 ޖެހިއިރަށް ރަސްފަންނަށް ގޮހެވެ. އިރުކޮޅެއް ނުވެ ތަންކޮޅެއް ދުރުން ސައިކަލުގައި އައި ޒާއިން ފެނުނެވެ. ފިރިހެންވަންތަ ހިނގުމެއްގައި ޒާއިން އައިސް ނޫރާ ކުރިމަތީ ބަލާލިއެވެ. ނޫރާ އިނީ ކަޅިޖަހާލަން ނޭނގިފައެވެ. ޒާއިން ކުރިއާ މިހާރު ވަރަށް ތަފާތެވެ. މީގެ ދެމަހެއްހާ ދުވަސް ކުރިން ލަންޑަނަށް ގޮސްފައި އައުމުން ހަންގަޑު ސާފުވެފައި ދޮނެވެ. ” ހެއި.. ދެނަ ތިހެން ބަލަން ތިބޭނީތަ ހަމަ ދެމީހުަނ ދެމީހުނަށް..؟؟” ޔާލް އައިސް އެދެމީހުން ކާރީ މަޑުކޮށްލީ އެވަގުތުއެވެ. އެވަގުތު ޒާއިން ލޮލުގައިއިން ރޭބަން އައިނު ނަގައި ޔާލްއަށް ފުންކޮށް ބަލާލިއެވެ. ޔާލް ސަލާމަށް އަތް ދިއްކޮށްލުމުން ހިނިތުންވުމަކާއެކު ޒާއިން ސަލާމް ކޮށްލިއެވެ. “ކޮބާ މިހާރު އެއްކަލަ ޖޯކު ގޮތްގަނޑު ކެނޑުނީތަ؟؟” ޔާލްވެސް ހެވިފައި ހުރެ އަހާލިއެވެ.. ޒާއިން ހީލަމުން ބޯޖަހާލިއެވެ. “މިހާރު ހުރިހާ ކަމެއް ބަދަލުވެއްޖެ… ވަރަށް ބޮޑަށް…. ” ޒާއިން ބުނެލި ޖުމްލައާއި ދޭތެރޭ ޔާލް ވިސްނާލިއެވެ. “އޭތް ދެން ތި މީހުން ދޭބަލަ ދެން… އަހަރެންގެ ކަމަކުއެއް ނޫންދޯ މިތަނަށް އައީކީ..” ޒާއިންގެ ތޫނު ނަޒަރު ސީދާވެފައި ވުމުން ޔާލް އަވަސް އަވަހާ ނޫރާގައިގައި ބޮނޑިއެއް އަޅާލަމުން ބުނެލިއެވެ. ޔާލް މިހެން ބުނުމުން ނޫރާ ޒާއިން އާއެކު ދުރަށް ހިނގައިގަތެެވެ. ޔާލް އެދެމީހުން ދިޔަ ދިމާލަށް ބަލަން އިނުމަށްފަހު ގޮސް ތަނެއްގައި އިށީނދެލިއެވެ.
ޒާއިމްއާއި ނޫރާ ހިނގަމުން ގޮސް މީހުން މަދު ހިސާބެއްގައި މަޑު ކޮށްލިއެވެ. “އަމް… ޒާއިން.. އަަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން…” ޒާއިންގެ އަތުގައި ހިފަމުން ނޫރާ ބުނެލިއެވެ.. “އަހަރެންވެސް ބޭނުން ވާހަކައެއް ބުނަން..”ޒާއިން ނޫރާއަށް ބަލާލަމުން ބުނެލިއެވެ. “އެހެންވިއްޔާ ޒާން ކުރިންބުނެ..” ނޫރާ ބުނެލިއެވެ. “ޒާން… އަހަރެންނަށް ތިނަމުން ގޮވާނީ އަހަރެންދެކެ ވަަރަށް ލޯބިވާ މީހުން.. ” ޒާއިން ނޫރާގެ ލޮލަށް ބަލާލަަމުން ބުންޏެވެ. އެހެން ބުނުމުން ނޫރާގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. “އައްދެ… ހާދަވަރަކަށް ތި ބްލަޝް ވަނީ…” ޒާއިން ހީލިއެެވެ. “ދެން ބުނެބަލަ ބުނަން އުޅުނު ވާހަކަ. ” ނޫރާ ލަދު ނުގަންނަންވެގެން ޒާއިން ގައިގައި ވިކައިގަތެވެ. “ހޫމް… އަހަރެން ބުނީ….. އެންމެ ކުރީއްސުރެވެސްް އަހަރެންނަށް ނޫ ވަރަށް ކަމުދެޔޭ…. އެކަމު އެވާހަކަ ބުނާނެހާ ހިތްވަރެއް އަހަރެންނަކަށް އޭރަކު ނުލިބުނު…. އަހަރެން ވަރަށް ލޯބިވޭ ނޫދެކެ.. އަބަދުވެސް.. ” ޒާއިން ވާހަކަ ދެއްކިއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ދުރުގައި އިން ޔާލްއަށެވެ. އެ ހުރިހާ ބަސްތަކެއް ޔާލްއަށް ރައްދުކުރަން ބޭނުންވާ ކަހަލައެވެ. ނޫރާ އިސްޖަހައިގެން ހުރުމުން ޒާއިން ބަލަންހުރި ދިމާލެއް ނުފެނެއެވެ. ޒާއިން ލޯބިވާ ވާހަކަ ބުނުމުން ނޫރާ އިސްއުފުލާ ޒާއިންއާއި ދިމާލަށް ބަލާލީ އުފާވެރި މޫނަކާއެކުއެވެ. ޒާއިންވެސް ނޫރާގެ މޫނަށް ނަޒަރު ހުއްޓަާލިއެވެ. “ނޫ… ވިލް ޔޫ ބީ މައި ގާލްފްރެންޑް؟؟” އެއް ކަކޫ މައްޗަށް ތިރިވެލަމުން ޒާއިން ދިއްކޮށްލީ އަނގޮޓިއެކެވެ. ނޫރާ އަށް އުފަލުން ފުންމައިނުގަނެވުނީ ކިރިޔާއެވެ. “ޔެސް ޔެސް….. އައި ލަވް ޔޫ ޓޫ.. ” ނޫރާ އަތް ދިއްކޮށްލުމަށްފަހު ބުނެލީ އުފާ ހިނިތުންވުމަކާއެކުގައެވެ. ޒާއިން އަނގޮޓި އަޅުވާދިނުމުން ނޫރާ އޭނަގައިގައި ބައްދާލިއެވެ. ލޯބި ކާމިޔާބުވުމުން އުފާ ނުވާނީ ކާލުހެއްޔެވެ؟؟ ނޫރާގައިގައި ކުޑަކޮށް ބައްދައިލައިގެން ހުރި ޒާއިންގެ މޫނުމަތިން ފެންނަނީ ތަފާތު އަސަރެކެވެ. ތުންފަތުގައިވީ މާނަ ނަގަން ނޭނގޭފަދަ ހިނިތުންވުމެކެވެ.
ތަންކޮޅެއް ދުރުގައި ނޫރާމެންނަށް ބަލަހައްޓައިގެން ހުރި ޔާލްވެސަ ހިނިތުންވެލިއެވެ. ނޫރާއަށް އޭނަގެ ލޯބި ކާމިޔާބު ވުމުން އެކުވެރިޔާއަށްޓަކައި ހުރީ ވަރަަަށް އުފަލުންނެވެ. ނަމަވެސް………
ޝާނިމްއަށް މިކަން އެނގުމުން ވާނީ ކިހިނެއްހެއްޔެވެ؟ ހަމަ ގައިމުވެސްް ޔާަލް ކުއްވެރިވާނެއެވެ. ޝާނިމްގާތު ތެދަށް ހުރިހާ ވާހަކައެއް ނުބުނެވުނީތީއެވެ. ޔާލްއަށް އަމިއްލަ ނަފްސު ކުއްވެރިކުރެވުނު ވަރެއްވެސް ނޭނގުނެވެ.
އޭގެ އަނެއްދުވަހު އޮފީހުގައި ބުރަކޮށް މަސައްކަތް ކުރެވެމުން ދިޔައީ ޝާނިމްގެ އުފަންދުވަހަށް ރެޑީ ވުމުގެ ގޮތުންނެވެ. ޕްލޭން ކުރެވުނު ގޮތާ އެއްގޮތަށް ނޫރާވެސް ޝަނިމް އޮފީހަށް ދިޔަނުދިނުމަށް އޭނައާއެކު ރައްޓެއްސެއް ދެވިދާނެހޭބުނެ ޝާނިމްއާއެކު ހެނދުނު ހެނދުނާ ވިލިނގިއްޔަށް ފުރިއެވެ. ޝަނިމްވެސް ވަގުތުން އެކަމާ އެއްބަސްވިއެވެ. ވާނެއްނޫންހެއްޔެވެ؟؟؟ ނުރާއަކީ އޭނަގެ ހިތުގެ ވިންދެވެ.
އަޔާން ދިޔައީ އޮފީހުގައި ވަރަށް ބުރަކޮށް އުޅެމުންނެވެ. “އެސްކިއުޒް” އަޔާން ފަހަތް ބަލާލީ ފިރިހެނެއްގެ އަޑު އިވުމުންނެވެ. ފަހަތް ބަލާލިއިރު ކުރިމަތީ ހުރި ޒުވާނާ ހުރީ ސަލާމަށް އަތް ދިއްކޮއްލައިގެންނެވެ. “ހާއި. އަމް ޒާއިން.. ނޫރާ ބުނީ މިތަނަށް ކުޑަ ހެލްޕެއް ވެދޭން ދެވިދާނެހޯ. އެހެންވެ މިއައީ… ތި އަޔާން ދޯ..” އަޔާންއާއި ސަލާމް ކޮށްލަމުން ޒާއިން ތައާރަފް ވެލިއެވެ. “ތީ…. ނޫރާގެ ބޭބެ؟ އޯރ ވަޓް؟؟” އަޔާަން ކުރަންހުރި މަސައްކަތް ހުއްޓާލަމުން އަހާލިއެވެ. “ހެހެ.. ނޯ.. ބޯއީ ފްރެންޑް..” ޒާއިން ހިނގަނޑެް ޖަހާލިއެވެ. “އެހެންތަ… ނޭނގޭނު… ސޯ ހަމަ ދާންވީ އެންމެނާ ބައިވެެރިވެލަން..” އަޔާން އެތާތިބި މުއައްޒަފުނަށް އިށާރާތް ކޮށްލަމުން ވާހަކަ ދެއްކިއެވެ.
އަމް… ތީ ކުރިން ދުވަހު އައި .. ” އެތަނުގައި އިން މަސައްކަތު މީހަކު ޒާއިންއާ ދިމާލަށް އިށާރާތް ކޮށްލަމުން އެއްޗެއް ބުނަން އުޅުނެވެ. “މީ…. އަހަރެން މިދަނީ އެކޮޅަށް… ” އެމީހާ ވާހަކަ ދައްކާ ނުނިމެނީސް ޒާއިން އެހެން ބުނަމުން ހިނގައިގަތެވެ. އަދި ދަމުން ދިޔައީ އެމީހާއަށް ބަލާލަމުން ތުންފަތުގައި އިނގިލި ޖައްސާލަމުންނެވެ. ޒާއިން ދިއުމުން އަޔާން އައިސް ކާރީހުރި ޝޭން ގާތު ހުއްޓިލިއެވެ. “އޭނަ ދަންނަންތަ.. ދޮގު ނުހަދާތި..!! ” އަޔާން ހަރުކަށިކޮށް އެހެން އަހާލުމުން ޝޭން އަށް އެކަން ފޮރުވާކަށް ނުކެރުނެވެ. “ލައްބަ… އެއޫ އެދުވަހު މާބޮނޑި ހިފައިގެން އައި މީހަކީ.. އޭނަ ބުނީ އެއްވެސް މީހެއްކާރީ ނުބުނާށޭ އެވާހަކަ..” ޝޭން އިސްޖަހާލައިގެން އިނދެ ވާހަކަ ދެއްކިއެވެ. އެއާއެކު އަޔާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެހެންވިއްޔާ އެއީ މި ޒާއިންތާއެވެ.! ނަމަވެސް ނޫރާގެ ލޯބިވެރިޔާ ޔާލްއަށް މާބޮނޑި ދިނުމުގެ ބޭނުމެއް އަޔާންއަކަށް ނުވިސްނުނެވެ. މިވީ ގޮތުން ޒާއިންއަށް ވަރަށް ރަނގަޅަށް ފާރަލާން އަޔާން ނިންމިއެވެ. އަދި ޔާލްއާއި ޒާއިންގެ އޮތީ ކޮން ގުޅުމެއްކަން ޔާލް ކާރީ އަހައިގެން ހޯދަންވެސް ނިންމިއެވެ. އެވަގުތަކީ ޔާލް އައިސް އޮފީހަށް ވަދުނު ވަގުތެވެ. ޔާލްއަށްވެސް އަދޮ އަޔާންއަސްވެސް ބަލާލެވުނީ އެއްވަގުތެއްގައި ކަމުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ..
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
66 Comments!
Comments are closed.




Yeyy first dhw☺adhi nus kiyan..?
Awlheyy vvv nice mi part ves? zaain mi nubaibaa roal kulhey meeheh hen hyvani dhw sjk? dhen kihineh baaey vaani hithah arani sooo interesting…waiting waiting!loves??
Yes u first?
Thankyou so much Nish❤❤
Hehe vedhaane dhw. Lets see? loves more??
U v rangalhu.. Adhi nukiyan kiyaafa comment eh khlaanan
Hehe ☺okay?
Vaahaka vrh reethi
Thankyou so much Nuuu?❤❤
Vvvvvvvvv vvvvvvvvv reethi??.. .really hama amazing ingey…??????
Aww ?Thankyou so much dear?❤❤
woow when nxt prt
Thankyou so much dear Nahu?❤❤ insha allah sooon
Zaain kanneynge dhw goas vaany…. And Zaaain aslu loabi vany Yaal dheke?? OMG..? Alhe dhn kihineh baa vaany….? Anyways story hama vvvv reethi….??? Waiting… Next part kon irakun up kohdheynee??
Ly…???
Heevany nxt part in engeyne hen varah bodu ehcheh. Lets see dhw.. ?Thankyou so much dear Minnie ?❤❤ insha allah nxt part sooon
Ly more❤❤
V nice mi part ves ❤❤❤ zaain mi ulheny rangalhu niyathaku nun kanneyge.. SJK dear noo ah ves adhi yaal ah ves dhera gotheh nahadhahchey ?
Dhoonyaa ishaaraai kiyaa iru innaany “shaviyani” eh nun “sheenu” nd vadhunu nukiyaane vai iru kiyaany.. hope mi mistakes rangalhu kohlaane kamah.. keep going dear In Sha Allah u’ll become a successful writer LY ❤❤❤
Hey eem?
Dhn vaa gotheh balamaa dhw??
Thankyou soo much for noticing the mistakes ???
N thanks a lottt for the support ??
Ly more my dear eem❤❤❤❤❤❤
Woooooowww ???? v.nice ??????????
Thankyou so much dear ??? ❤❤❤
Vaahaka Varah loabi v salhi hama
Thankyou so much Limsha? ??❤❤❤
Hey SJK…
Stry vvvv salhi…but some typing mistake faahagavi mi part ga dear…waiting 4 next part..upload soon dear..
??????
Hey friends ?
Yes dear. Couldn’t check before publishing ? dhn rangalhu kohlaanan insha allah ? thankyou so much dear ?????
Oh no kihiney mi vani zaain yaal dheke loabi vaairu keehve noora dheke loabi veye buni keehkuran baa mi zaain mi ulheyni zaain yaal dheke loabi vaakan egunima noora aa yaal aa varah mahsala jeheyne hen heevani ehen veema story ge villan aki zaain dho waiting for the next part???
Hehe ?Hama vedhaanennu dhw thihenvx.. Lets seee??? thankyou so much dear ❤❤???
Alhey neynge bunaane ehcheh vx ehaa vx stry salhi…whn nxt prt?? Waiting….
Alheyy? thanks a lottt dear yaloo.. ??
Btw, love the name “yaloo” ???
Hehehe thnkxx:-):-):-
you’re most welcome??
Masha Allah….. varah varah varah reethi…..????❤❤❤❤❤❤❤❤
thankyou so much zuam??❤❤❤
Laaa loabi ..
I love this story.
Awahah aneh part up kohlaa please ????
Thanks a lot dear??? nxt part insha allah varah avahaa kiyaalan libeyne ❤❤❤
Wowwwwwwwwwwwwwwww
Story Hama obinexx to the max ?????
Alhey sjk haadha molhey vaahaka Liyan masha allah ??
And now this story is my favorite story in esfiya ??
Kyp it up dear ?
LYSM ???
awwn. sooo happy to know that dear..thankyou so much princess afu??❤❤❤
luv u more??
Ohhhhh zaain loabivany aslu yaal dheke dhw.. eyna kanneynge dhw ehenvyma eyna dhw villain aky.. varaaaaaah reethi masha allah ?❤️❤️ Love youu dear ???
leta see dhw☺☺thankyou so much Roo??❤❤❤
luv u more??
Hey SJK lovee… you writing skill hama obi….. inshaAllah one day u will become a successfull writer.. ?? ly???
hey loves ?thankyou sooo much awa??❤❤❤
luv u more??
Maashaa Allah vvv.Reethi
thankyou so much NAASY??❤❤❤??
VVV Reethi ???????
???
thankyou so much Rsh??❤❤❤??
ooo mmaaaii gaaaadd… a lot is happening now… whats with zaain anyway?? Maasha Allah v reethi inge sjk… next part kn irakun?? keep it up.. loveeeeeeeeeeessss <3 😉
hi shudha?
hehe zaain ah vaagotheh ingeyne vaahaka kuriah dhaavarakah..??
thankyou so much dear??❤❤❤?? loves more
next part insha allah soon??
:-*
??❤
OMG ?? KIHINEH E VEE ????????? I’M SHOKED??zaain is such a devil?????.
Hehe ?? Thankyou so much dear ??
Adhi alah mi story mi kiyaaly.. V ves furihama rythi story eh.. SJK age ah visnaalaafa meehaku nuves bunaane thihaa hunaru huredhaane ekeyves.. Ekam hama thaureefge bas husnuvaahaa ves rythi.. V v v v ves molhu n v ves rythi mi story.. Masha Allah
??❤❤❤❤
Adhi alah mi kiyaaly sjk ge mi story.. Ekam story rythikamuge n furihama kamuge vaahaka dhahkaa husnuvaane.. Sjk ge age aa balaafa haadha molhey story liyan.. V v v ves rythi mi story.. Masha Allah
Alheyy thanks a lottt dear shann. So happy to see your comment ????? ❤❤❤
This is my 1st comment,but i read the parts regularly which are uploaded…mi part ves v.nice..love it…??? Its a habbit of me 2 ask every ones age.. crazyy meee??? hmm what is ur age..with LOL to my loving SJK❤❤❤ kyp going?
Aww thanks a lottt dear ????? ❤❤ varah ufaa vejje comment kohlyma??
Hehe. My age is 16??
Loves❤❤
V reethi story eh.. Waiting
thanks a lottt dear unuu ??
?? ❤
Zaain yaal dheke loabivanyaa shaanim ah konmes irakun nooraa libeyne henn heevanee. Dhen mi vee gothun ayaan aa yaal aa dheytherey fight kurun ithuruvee. Btw…stry hama fabulous. Mihaarakah aiss varah inthizaar kurevey stry eh mee. Adhi daily koh up kohdheythee varah bodah thank you. Keep it up dear SJK.
Next part veehaaves avahakah up kohdhechchey. Waiting.
Lets see dhw???
Thankyou so much dear ❤❤? and you’re most welcome ??
Thankolhe dhigu koh genes dhehchey next prt… v rythi stry eh…❤❤
Yes. Nxt part dhigukoh n varah avahaa kiyaalan libeyne ingey??
Thankyou so much dear ❤❤❤
hey when nxt prt
Today insha allah. varah avahaa kiyaalan libeyne ?
Avas khlahchey ☺
Vadhunu vaguthu ” miheneh nukiyeyyne ingeyyy.. vaiy vsgutheyy bunan vaanee ingeyy.m.m