Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް މިއެދޭ ސޫރައޭ ތީމަގޭ (8 ވަނަ ބައި)

SJK...KOREAN Level 2100 Comments100 Login10 Stories
November 19, 2017 6 Mins Read
52 Comments

އަޔާންއަށް މަޑުމަޑުން ހިތުގައި ފިރުމާލެވުނީ ތޫނު ތަދެއް އެރިކަހަލަ އިހުސާސެއް ކުރެވުމުންނެވެ. “އުންމީދުކުރަން ޔާލްއަަށް ޔާލްގެ ލޯބި ލިބޭނެކަމަށް… ދެން ދަނީއޭ…” ޝާނިމް ވާހަކަ ނިންމާލުމަށްފަހު ދިޔައެވެ. ޔާލްއިނީ އަދިވެސް ގަބުއަރާފައެވެ. ގޮތް ހުސްވެފައި އިން މީހެއް ފަދައިންނެވެ. ވިސްނަން އިނދެ އިނދެ ބޯގޮވާވަރު ވުމުން ޔާލް ކެބިންއަށް ދާން މިސްރާބުޖެހިއެެވެ. ޔާލް ދިއުމުން އަޔާން ގަސްކާރީ ހުރެފައި އެނބުރި އައިސް އިށީނީ ޔާލްއިން ގޮނޑީގައެވެ. އެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަންފެށީ އިހްތިޔާރަކާ ނުލައެވެ. ލޯބި ބީވީ ކަމުގެ އިހްސާސް އެވަގުތު އަޔާންއަށް ކުރެވުނެވެ. ލޯތްބަކީ ހަމަ މިހާ ވޭންދެނިވި ޖަޒުބާތެއްހެއްޔެވެ؟؟؟އަޔާން ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ. ޔާލްއާއި ދުރުން އުޅުމަށެވެ. ކުރީގެ ގޮތަށް ހަރުކަށިމީހެއްގެ ގޮތުގައި ޔާލް ކުރިމަތީ އުޅުމަށެވެ. ޔާލް އުފަލުގަ ހުރިއްޔާ އޭނަވެސް ހުންނާނީ އުފަލުގައެވެ. ނަމަވެސް އެ ލޯބި ކުޑަކޮށްވެސް ފަނޑުވެގެން ދާނެ ކަމާމެދު އަޔާންއަށް ޝައްކެވެ. އުމުރުން 22 އަހަރު ވީރުވެސް ލޯބިވެވިފައި ނުވާއިރު ހިތް މިހާރު އެދެމުން ދަނީ ލިބެން ނެތް ސޫރައަކަށެވެ. ކީއްވެހެއްޔެވެ؟؟ އަހަރެން ލޯބީގައި ފުރަތަމަ ފަހަރަށް ބަދުނަސީބު ވެރިއަކަށް ވެއްޖެއެވެ.

ކެބިންއަށް ވަތް ޔާލް ފުރަތަމަވެސް ބަލާލީ އަޔާން ފެނޭތޯއެވެ. ނަމަވެސް އެއްވެސް ދިމާލަކުން އަޔާންގެ ހިލަމެއް ނުވުމުން ޔާލް ގޮސް ގޮނޑީގައި އިށީނދެލިއެވެ. ނޫރާ އާއެކު ނިންމި ފަދައިން މާދަމާ ޒާއިންއަށް ސަޕްރައިޒްދޭނެ ގޮތެއް ޔާލް ވިސްނާލިއެވެ. ނަމަވެސް ޝާނިމްއަށް އެކަން އެނގުމުން ވާނީ ކިހިނެއްހެއްޔެވެ؟؟ ޔާލް ދާހިތްލާ ގޮތްވީ ދެފަރާތުންވެސް ޔާލް ބެދިފައިވުމުންނެވެ. ބޮލުގައި ހިފަހައްޓައިލައިގެން ހުރި ޔާލްގެ ސިކުނޑިއަށް ރަނގަޅު ހިޔާލެއް އައެވެ. ދެން އެންމެ ރަނގަަޅުވާނީ އަޔާންއަށް ހުރިހާ ވާހަކައެއް ކިޔާދިނުމެވެ. އޭރުން މާ ބޮޑަށްވެސް ފަސޭހަވެގެން ދާނެއެވެ. ޔާލް އިންތިޒާރުކުރަމުން ދިޔައީ އަޔާން އަންނާނެ އިރަކަށެވެ. ޔާލްގެ އިންތިޒާރަށް ނިމުމެއްއަައީ ދޮރު ހުޅުވާލާއިފައި ވަދެގެން އައި އަޔާން ފެނިފައެވެ. ޔާލް ކޮޅަށް ތެދުވެލަމުން ހިނިތުންވެހުރެ އަޔާންއަށް ގޮވާލިނަމަވެސް އެ ހިނިތުންވުން ފަނޑުވީ އަޔާން އޭނަހުރި ކަމަށްވެސް ހަދާނުލާތާ އަޑުއިވުނު ކަމަށްވެސް ހަދާނުލުމުންނެވެ. ” އަހަރެން އެބައޮތް ވާހަކައެއް ދައްކާލަންވެފަ…” ” އަހަރެންނަކަށް ނެތް ބޭކާރު ވާހަކަ އަހާނެހާ ވަގުތެއް…. ” ޔާލްގެ ޖުމްލަ ނުނިމެނީސް އަޔާން ފަރުވާކުޑަކޮށް ބުނެލިއެވެ. އިއްޔަ ވަރަށް މަޖާކޮށް އެކީގައި އުޅުނު އަޔާންއަށް މިބަދަލު އަންނަން ޖެހުނު ގޮތެއް ޔާލްއަކަށް ނުވިސްނުނެވެ. ލޮލުން ކަރުނަ ނިރާލީ އަޔާން ޔާލްއާއި ދިމާލަށް ބަލާވެސް ނުލުމުންނެވެ. ކަރުނަތަށް ފޮރުވަމުން ޔާލް ފަސްއެނބުރި ހިނގައިގަތީ ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެެވެ. އަޔާން އެއްފަހަރު ނަމަވެސް ޔާލްގެ ލޮލަށް ބަލާލިނަމަ އެ ދެލޮލުގައި އަޔާންއަށްޓަކައިވީ ހަގީގީ ލޯބި ހާމަވެގެން ދިޔައީސްއެވެ…

ގެޔަށް ވަދެގެން ދިޔަ އަޔާން ހުއްޓުން އެރީ ކުއްލިއަކަށް ކަަރަންޓު ދިއުމުންނެވެ. ފޯނު ނަގައި އަޔާން އަލިކޮށްލީ ތަނެއް ދޮރެއް ނުފެންނާތީއެވެ. “ސަޕްރައިޒް!!!! ” ކުއްލިއަކަށް މުޅިތަން ދިއްލިގެން ދިޔައެވެ. އަޔާން ސިހުނު ނަމަވެސް ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވީ ކުރިމަތީ ހުރި އޭނަގެ ލޯބިވާ ކޮއްކޮ ފެނުމުންނެވެ. އަޔާން ދުވެފައި ގޮސް މަލްހާ ގައިގައި ބައްދައިގަތެވެ. އަޔާން ހުރީ އުފަލުން ނަށާލަން ބޭނުންވެފައެވެ. އެތަށް އަހަރުތަކެއް ފަހުން ލޯބިވާ ކޮއްކޮ ފެނުމުން އުފާ ނުވާނީ ވަކި ކާކު ހެއްޔެވެ؟؟؟
“ބަލާބަލަ…. ނުވެސް ބުނެއެންނު ތިއައީ…. އަދަބު އޮންނާނެ އިނގޭ….” އަޔާން ހެވިފައި ހުރެ މަލްހާގެ ނޭފަތުގައި ހިފާލިއެވެ. “މަލް ބޭނުންވީ ދޮންބެއަށް ސަޕްރައިޒްއެއް ދޭށޭ.. އެހެންވެ މޯމްމެން ގާތުވެސް ބުނީ ނުބުނައްޗޭ… ” ސާދިޔައަށް ބަލާލަމުން މަލްހާ ވާހަކަދެއްކިއެވެ. “މަންމައަށްވެސް އިނގޭދޯ… ވަރަށް އަންފެއަަރ އިނގޭ.. ” އަޔާން ގޮސް ގޮނޑީގައި އިށީނދެލިއެވެ. “އުހޫމް…ދެން ދޮންބެވެސްދޯ… ވަރަށް ލޯބި އެއްޗެއް އިންނާނެ ގެނެއްސަ… ހިނގާބަ…” އަޔާންގެ އަތުގައި ހިފާ ދަމަމުން މަލްހާ ބުންޏެވެ. ” ސޮރީ ސްވިޓީ… މާދަންދޯ… މިގަޑީ ވަރަށް ވަރަށް ޓަޔާޑް… މިދަނީ އެހެންވެ ފެންވަރާލައިގެން ނިދާލަން… މާދަމާރޭ ތިގެނައި ސަޅި އެއްޗެއް ބަލަން ދާނަމޭ.. ” ސިޑިން އަރަމުން އަޔާން މަލްހާއަާއި ދިމާލަށް ވައްތަރު ޖައްސާލިއެވެ. ބަދަލުގައި މަލްހާވެސް ދޫ ދިއްކޮށްލިއެވެ. ސާދިޔާ ހުރީ އޭނާގެ ދެދަރިން އުޅޭލެއް ލޯބިކަމުން ހީލަހީލައެވެ.
ހަގީގަތުގައި އަޔާންހުރީ މަލްހާއާއެކު ދާށެވެ. ނަމަވެސް ޔާލްގެ ހިޔާލުތަކުން މުޅި މޫޑު ހުރީ އޮފް ވެފައެވެ. އެހެނަސް ކޮއްކޮ އައުމުން އަޔާންއަަށް ބަޔާންކުރަންދަތި ހިތްހަމަ ޖެހުމެއް ލިބިގެންދިޔައެވެ….

ކޮޓަރީ އެނދުގައި ދެއަތަށް ފުރޮޅިލާ އޮތް ޔާލަގެ ނިދިވަނީ ބީރަށްޓެހިވެފައެވެ. މިއަދު އަޔާން ކަންތަށްކުރި ގޮތުން ޔާލް ވަރަށް ހިތުގައި ޖެހުނެވެ. އަދި އެ ވިސްނުމުން ދުރުވަމުން ޔާލް ނިދަން މަސައްކަތްކުރީ މާދަމާ އަކީ ބުރަދުވަހަކަށް ވާނެތީއެވެ..

އެނދުގައި ބަނޑުން އޮތް ނޫރާ އޮތީ ޒާއިން އޮންވާނެ ވަގުތަކަށް ބަލަބަލައެވެ. ގާތްގަނޑަކަށް ކޮންމެ ރެޔަކުހެން މިހާރު ނޫރާ ޒާއިންއާ ވާހަކަ ދައްކައެވެ. މާގިނައިރު އިންތިޒާރެއް ކުރާކަށް ނުޖެހުނެވެ. ޒާއިން އޮންލައިން ވުމުން ނޫރާ ހާއި ޖަހާލިއެވެ. އަދި ވަަރަށް ގިނައިރު ވަންދެން ވާހަކަ ދެއްކުމަށްފަހު މާދަމާ ރަސްފަންނުން ބައްދަލު ކޮށްލަން ބޭނުންކަމަށް ބުނެލިއެވެ. ޒާއިންވެސް ބައްދަލުކޮއްލަން ބޭނުން ވާހަކަ ބުނުމުން ނޫރާގެ ހިތް އުފަލުން ފޮޅުނެވެ. ޒާއިންވެސް އޭނަދެކެ ލޯބިވަނީ ބާއެވެ… މާ ލަސްވުމުން ނިދަނީ ކަމަށްބުނެ ޒާއިން ފޮނުވި ގުޑް ނައިޓް މެސެޖުގައި ވަަރަށް ގިނަ ހިތްތަކެއް ހުއްޓެވެ. ނޫރާވެސް އުފަލުންހުރެ ޒާއިންއަށް ހިތްތަކެއް ފޮނުވާލުމަށްފަހު މޭގައި ފޯނު ޖައްސާލީ ހިތަށްލިބުނު ހިތްހަމަ ޖެހުމަކުންނެވެ. މާދަމާ އޭނަ ޒާއިންއަށް ލޯބި ހުށައަޅާނެއެވެ. އެހެން ނޫންނަމަ ޒާއިން ގެއްލިދާނެކަމުގެ ބިރު އަބަދުވެސް ނޫރާގެ ހިތުގައި ރަސްކަންކުރަމުން ދެއެެވެ..

ފެންވަރައިލައިގެން އައިސް ހަރުގަނޑުގައި އެއްޗެހި އަަޅުވަން އަޔާން މަޑުކޮށްލިއެވެ. އަދު ދޮންނަން ގެންދަންވީ ގަމީހާއި ފަޓުލޫމު ހިފައިގެން ނުކުންނަން ހިނގައިގަތް އަޔާން ހުއްޓުނީ ފަޓުލޫނު ޖީބުގައި އެއްޗެއް އޮތްހެން ހީވުމުންނެވެ. ގަމީސް މޭޒުމަތީ ބޭއްވުމަށްފަހު ފަޓުލޫނުގެ ޖީބުގައިވާ އެތި އަޔާން ނެގިއެވެ. ނަމަވެސް ހަމަ އެސިކުންތުގައި އޭތި ކާރީ ހުރި ޑަަސްޓްބިންއަށް އެއްލާލީ މާޔޫސްކާމާއި ރުޅިވެރިކާމާއެކީގައެވެ. ޔާލްގެ އެ ކުޑަ ނޯޓުފޮތް އެދުވަހު ކިތަންމެ ކިޔާލާހިތުން ގެނައި ނަމަވެސް މިހާރު އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. ” ހުއް… އެވެސް ވާނީ އެލޯބިވެރިއަކަށް އަމުނާފަހުރި ޅެންތަކެއް ލިޔެފަ ހުރި ފޮތަކަށް.. ” އަޔާން ޑަސްޓްބިންތެރޭ އޮތް ފޮތަށް ނަޒަރު ހިންގާލަމުން ވާހަކަ ދެއްކީ އަމިއްލަ ނަފްސާއެވެ. އެ ކިޔައިފިނަމަ އަޔާންގެ ހިތުގައި ޒަހަމްވެފައި ހުރި ތަންތަނުގައި އިތުރަށް ލޮނުމިރުސް އެޅޭނީ ނޫންހެއްޔެވެ؟؟ މިއީ އަޔާން ދެކޭ ގޮތެވެ. ނަމަވެސް އަޔާންއަށް ނޭނގުނު ކަމަކީ އޭގައިވަނީ އޭނަގެ ނަންކަމެވެ. އަދި ހަމަ އެކަނި އޭނައަށްވީ ލޯބީގެ ޅެންތަށްކަމެވެ. އެއްފަހަރުވެސް އަޔާން ެއެ ހުޅުވާ ކިޔާލިނަމައެވެ. ދާވަށިގަނޑަށް އެއްޗެހިތަށް ލުމަށްފަހު ފޯން ހުޅުވާލި އަޔާން ބަލާލީ އައްސައިން ރިމައިންޑާއަށެވެ. އޭގައި ވަނީ **”ހެޕީ ބާތްޑޭ ބަޑީ ޝާނިމް..”** މިހެންނެވެ. އަޔާން އަވަސް އަވަހާ ކަލަންޑަރު ބަލާލިއެވެ. ތެދެކެވެ. މާދަން ނޫން އަނެއްދުވަހަކީ ޝާނިމްގެ އުފަންދުވަހެވެ. އަޔާންވަނީ ޝާނިމްގެ އުފަންދުވަހު އޭނައަށް ނޭނގި ސަޕްރައިޒްއެއް ދިނުމަށް މާކުރިންވެސް ނިންމާފައެވެ. އެހެންކަމުން މާދަން އެކަމާ އުޅެންޖެހޭނެތާއެެވެ.

“ދޮންބޭ… މިއަދު ސަލާމް ބުނިނަމަ.. މަލް ޖެހޭނީ ފޫހިވެފަ އިންނަން… އެހެންނުވާނީ ދޮންބެވެސް އަބަދު އޮފީހުގަ…” ތުން ދަމާލަމުން މަލްހާ ބޮޑާ ހާކާލިއެވެ. “ހެހެ.. އަދިވެސް ހާދަ ބޭބީއޭދޯ…. މިހާރު ތިއޮއް 19 އަހަރު ފުރުނީ ވިއްޔާ….” އަޔާން ޓައި ރީތި ކޮށްލަމުން އައިސް މަލްހާގެ ކޮލުގައި ހިފާލިއެވެ. އަދި މަލްހާއާއެކު ކާގެއަށް ދިޔައީ ސާދިޔާ ސައިހެދި ވާހަކަ ބުނުމުންނެވެ. ” އާނ.. ކުރިއަށް އޮތް ތިން ދުވަހުވެސް ނެތް ސަލާމް ބުނެވޭކަށް… އެކި ކަންކަން އެބައޮތް… ދޮންބެގެ ބެސްޓީގެ ބާތްޑޭ ފާހަގަ ކުރުންވެސް އޮތީ… ސޯ ކާންޓް ގްރޭންޓް އެނީ ލީވް ދޯ.. ” އަޔާން މިހެން ބުނުމުން މަލްހާ ތުން އަނބުރާލިއެވެ. “އެހެންވިއްޔާ މަލް ގެންދަންވާނެ ތި ބާތްޑޭ ޕާޓީއަށް…އޯކޭތަ؟؟؟ ” ދަތްޕިލަ ދައްކާލަމުން މަލްހާ އަހާލިއެވެ. “ހެހެ… ހޫމް. އޯކޭ. ” މަލްހާ އާއި އަޔާން އެކި ވާހަކަތަކުގައި ތިބެ ސައިބޮއެ ނިންމާލުމަށްފަހު އަޔާން އޮފީހަށް ދިއުމަށް ކާރު ދުއްވާލީ މިއަދު ނޫރާމެން ގާތު ޝާނިމްގެ އުފަންދުވަސް ފާހަގަ ކުރުމުގެ ވާހަކަ ދެއްކުމަށް ނިންމައިގެންނެވެ.

އޮފީހަށް ވަދެގެން އައި ޔާލް ގޮސް ލިފްޓަށް އެރީރު ހީވީ ފަޔަށް ހިނި އަރައިގެން އުޅޭ މީހެއްހެނެވެ. އަދި ތިންވަނަ ފްލޯއަށް ގޮސް ނޫރާގެ އިންނަ ކެބިންގެ ދޮރުގައި ޓަކިޖަހާލިއެވެ. “ވަދޭ ވަދޭ… މިއަދު މަވަަރަކަށް ޓަކި ޖަހަފަ ތިވަނީއޯ؟؟؟ ” ނޫރާ ލެޕްޓޮޕް ލައްޕާލިއެވެ. ނޫރާގެ މޫނުމަތިން ހިންހަމަޖެހުމުގެ އަސަރު ފާޅުވާން ހުއްޓެވެ. “ކީއްވެޔޯ މާ ހަމަޖެހިލާފަ މިއަދު..؟؟ ނާވަސްކަން އެއްކޮށް ދިޔައީތަ؟؟ ” ގޮނޑީގައި އިށީނދެލަމުން ޔާލް އަހާލިއެވެ. ނޫރާ ޔާލްއަށް ރޭގެ ހުރިހާ ވާހަކައެއް ކިޔާދިނެވެ. “ހޫމް.. ސޯ މިއަދު ހަތަރެއް ޖަހާއިރު ދޯ … ގުޑް ލަކް…” “ހޫން ކޮން ގުޑްލަކެއް… ޔާލްވެސް ދާންޖެހޭނެ އަހަންނާއެކު…” ނޫރާ މިހެން ބުނުމުން ނޫރާ އެކަނިއެއް ނޫންހޭ ދާނީ ޔާލް ބުނެލިއެވެ. ” ނޫން ޔާލްވެސް ވާނޭ ދާން..ދެން ޕްލީޒް…” ނޫރާ ޔާލްގެ އަތުހިފައި އާދޭސް ކުރަން ފެށިއެވެ. “ދެމީހުން މާ ވަރަކަށް ކޮންތާކަށްދާން ތި ޕލޭން ކުރަނީ؟؟؟” ހެވިފައި ހުރެ އެތެރެއަށް ވަދެގެން އައި ޝާނިމް ފެނި ޔާލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.. ” ހެހެ.. އެއީ ވަރަށް ބޮޑު ވާހަކައެއް… އާދެބަލަ ޝާނިމްވެސް…” ނޫރާ އެކަން އެކަކަށަވެސް ސިއްރު ކުރާކަށް ބޭނުމެއްނޫނެވެ. “އަސްލު އިނގޭތަ… އަހަރެން މިއުޅެނީ…”
“ނޫ އެއުޅެނީ މިއަދު އަހަންނާއެކު ވަރަށް ގަދަ ޝޮޕިންއެއް ކޮށްލަންދާންވެގެން.. ” އަވަސްވެފައިވާ ހިތަކާއެކު ޔާލް އެހެން ބުނެލިއިރު ނޫރާގެ ޖުމްލަ ނުވެސް ނިމެއެވެ. ހައިރާންވެ ހުރެ ނޫރާ ޔާލްގެ މޫނަށް ބަލާލިއެވެ. ޔާލް މަޑުމަޑުން ބޯހޫރުވާލީ އެވާހަކަ ނުބުނާށޭ ބުނާފަދަ ގޮތަކަށެވެ. ނޫރާވެސް ޔާލް އެހެން ހެދުމުން އަނގަ މައިތިރި ކޮށްލިއެވެ. “އެހެންތަ… ގުޑް… ” ޔާލް އާއި ނޫރާގެ ހަރަކާތްތަށް ޝާނިމްއަށް ނުފެންނުކަން ނަސީބެވެ. “ނޫ…މީތި ޓައިޕް ކޮށްލައްޗޭ… އަހަަރެން މިދަނީ ބޭންކަށް ދާން… ކުޑަ މައްސަލައެއް ޖެހިގެން އެކަން ހައްލުކޮށްލަން… ” ނޫރާއާއި ދިމާލަށް ޝާނިމް ބަލާލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. ނަމަވެސް އެވަގުތު ނޫރާގެ ލޯ އަމާޒުވެފައި ހުރީ ޝާނިމް އަތުގައިހުރިގަނޑުތަކަށެވެ. އެހެންނޫންނަމަ މިއަދު ނޫރާއަށް އެކަން ފަޅައެރީސްކަން ގައިމެވެ. ޝާނިމް ނިކުމެގެން ދިއުމުން ނޫރާ ދެބުމަ އަރުވާލުމަށްފަަހު ކީއްވީހޭ އަހާލިއެވެ. “ދެން ނޫގެވެސް ބޯ ކުޑަކަންދޯ…. އަދި އެވާހަކަ ދައްކަން މާ އަވަހެންނު… އަދި ތިއުޅެނީ ތިދެމީހުން އެކަކު އަނެކަކުގެ ހިތުގެ ހާލަތުވެސް ނޭނގިގެން “ޔާލް ނޫރާގެ ބޮލުގައި ޖަހާލަމުން ބުނެލި ޖުމްލަ ޒާއިން އަށާއި ޝާނިމްއަށްވެސް ރައްދުވެއެވެ.

އަޔަންބެލީ ވީހާވެސް ބޮޑަށް ޔާލްއާއި ދުރުން އުޅުމަށެވެ. ޔާލް ކެބިންގަ އިންނަ ގިނަ ވަގުތުތަކުގައި އަޔާން އަބަދުވެސް ބަލަނީ ބޭރުގައި އުޅެވޭތޯއެވެ. އަޔާން އޮފީހުގައި އޭނައާއެއްކޮށް އާންމުކޮށް އުޅޭ 15 ވަރަކަށް މުއަށްޒަފުންނަށް ކެބިންއަށް އައުމަށް ބުނީ ޔާލް ނެތް ވަގުތު ބަލާފައެވެ. އަދި އެންމެނާ ޝާނިމްގެ އުފަންދުވަހު ސަޕްރައިޒްއެއް ދޭނެ ގޮތަކާމެދު މަޝްވަރާކުރިއެވެ. ކުރިއަށް އޮތީ އޮފް ދެ ދުވަސް ކަމަށް އަޔާން ނިންމީ އޮފީހުގެ މާބޮޑު ކަމެއް ނިންމަން ޖެހިފައި ނެތުމުންނެވެ. އެންމެންގެ މަޝްވަރާގެ މަތިން އަޔާން ނިންމީ އޮފީހުގައި ސަޕްރައިޒް ބޭއްވުމަށެވެ. “އެކަމު ކޮންމެސް ޝާނިމް އޮފީހަށް އަޔަ ނުދެތި… މިހާރު ހަދަންވީ ގޮތަކީ ގުރޫޕެއް ބެހިލަންވީ… އެއް ބަޔަކު އުޅޭނީ ރެޑީ ކުރަން… ދެން އަނެއް ގުރޫޕުކުރަންޖެހޭ އެހެނިހެން ކަންކަން ބަލަހައްޓާނީ… އޯކޭ ޑަން..”
“ނޮޓް ޑަން… އެހެން މީހުން އޮފީހަށް އައިސް އުޅެންޏާ ޝަނިމްވެސް ޔަގީން އަންނާނެކަން… އައިއްސިއްޔާ މިޝަން ފްލޮފް… ޝާނިމް ކުޑަކޮށް މައިތިރި ކުރަންޖެހޭނު އެބަ ކޮންމެސް ޕްލޭންއެއް ރާވައިގެން….” ނޫރާ ވަރަށް ވިސްނަން އިނދެފައި ބުނެލިއެވެ. ” އާނ. ހަނދާން ނެތުނީއޭ… ސޯ ހަނދާން ކޮށްދިން މީހާ ޖެހޭނީ ތި ޓާސްކްގަ އުޅެން.. އޯކޭ..؟؟ ” އަޔާން ހީލަމުން އެހެން ބުނުމުން ނޫރާވެސް ބޯޖަހާލީ ހިނިތުންވެ ހުރެއެވެ. “ސޯ… ނޫރާ ޖެހޭނީ ޝާނިމް ޕއާއެކު ވިލިނގިއްޔަށް ދާން…. ދެން ކޮންމެވެސް އެއްޗެކޭ ކިޔައިގެން ގެންދަންވީ.. ދެޓް ޑިޕެންޑްސް އޮން ޔޫ… އޭރަށް އަހަރެމެން ރެޑީ ވާނަން.. އޯކޭނުދޯ..” އެންމެނަށް ބަލާލަމުން އަޔާން ހީލިއެވެ. “އޯކޭ..” ހުރިހާ އެންމެންވެސް ތިބީ އަޔާންގެ ނިންމުމާމެދު ހިތްހަމަޖެހިފައެވެ. “އަޔާން… ޔާލް ކޮބާ… އޭނަ ކާރީ ނުބުނަންތަ؟؟” ހުރިހާ އެންމެން ނިކުތުމުން ނޫރާގޮސް އަޔާންގެ މޭޒުކާރީ މަޑުކޮށްލިއެވެ. “އަމްމް.. ފަހުން ދެން ބުނެލާނީ..” އަޔާން ހަމަ ޖެހިލަމުން ބުނެލިއެވެ.

އޮފީހުން ނިކުތް ނޫރާއާއި ޔާލްއާ ދިމާވީ ދޮރުމަތިންނެވެ. ނޫރާ މިއަދުގެ ކުރި މީޓިންގަ ދެއްކި ވާހަކަތަށް ޔާލްއަށް ކިޔާދިނެވެ. އަދި މާދަން އޭނަ ޝާނިމްއާއެކު ވިލިނގިލިގައި އުޅެންޖެހޭ ވާހަކަވެސް ބުނެލިއެވެ. ހުރިހާ ވާހަކައެއް ދައްކައި ނިމުމުން ޔާލްގެ ހިތުގައި އަޔާންއާމެދު ޝަކުވާ އުފެދުނީ އޮފީހުގެ ގިނަ ބަޔަކު ބައިވެރިވި މަޝްވަރާއެއްގައި ޔާލް ބައިވެރި ނުކުރުމުންނެވެ. އަޔާން މިހާރު އުޅޭ ގޮޔުން ޔާލް ހުންނަނީ އަބަދު ހިތުގައި ޖެހިފައެވެ. އެންމެ ލޯބިވާ މީހާ އެގޮތަށް ކަންތަށް ކުރުމުން އަސަރު ނުކުރާނެ ހިތެއް ވާނެހެއްޔެވެ؟؟ ނޫރާ ދަމުން މިއަދު ހަވީރު އަންނަންޖެހޭ ގަޑި ހަނދާކޮށްލަދިނެވެ. ޔާލްވެސް ބޯ ޖަހާލަމުން އެތެރެއަށް ވަނެވެ. ޔާލްގެ ހިތަށް އަރަމުން ދިޔައެވެ. މާދަން ޝާނިމްއަށް ކިހާ ހިތްހަމަ ޖެހުމެއް ލިބޭނެ ހެއްޔެވެ؟؟؟ ނުރާއާއެކު މުޅި ދުވަސް ހޭދަކޮށްލަން ލިބުމުން އެހިތް އުފަލުން ފޮޅޭނެ ނޫންހެއްޔެވެ.؟؟ ނަމަވެސް އެ ހިތަށް ޒަހަރުލެވޭކަށް މާގިނަ ވަގުތެއް ދެންނެތެވެ. ޔާލް ބާރު ހިނގުމެއްގައިގޮސް ކެބިންގެ ދޮރުހުޅުވާލުމަށްފަހު އަަޔާންގެ ކުރިމަށްޗަށްގޮސް ހުއްޓިލިއެވެ. “ކީއްވެ އަހަރެން އެ މަޝްވަރާގަ ބައިވެރި ނުކުރީ… އަހަރެންވެސް މީ މިއޮފީހުގެ މުއައްޒަފެއް އެން އަޔާންއަށްވެސް އިނގޭނެ ޝާނިމްއަކީ އަހަރެންގެވެސް އެކުވެރިއެއްކަން… އަހަންނަކަށް ނޭނގެ މިހާރު އަޔާން ތިއުޅޭ ގޮތެއް… ކަމަކާ ރުޅިއަޔަސް ބޮޑުވަރެންނުތީ… އަހަރެން އަމިއްލައަށް ވަޒީފާއިނަޕް ވަކިވެގެން ގޮސްދާނަމޭ އަހަރެންނާހެދި އަޔާންއަށް އުނދަގޫ ވަންޏާ… ” ޔާލްގެ އަޑުގައި ހިތާމައާއި ރުޅި އެކުލެވިގެންވެއެވެ. ޔާލް އެހެން އަހާނެކަން އެނގޭއިރު އަޔާން ހުރީ އެސުވާލަށް ޖަވާބުދޭން ތައްޔާރުވެގެނެވެ. ނަމަވެސް އެހުރިހާ ވާހަކައެއް ޔާލް ދެއްކުމުން އަޔާންއަށްވެސް އާދެވުނީ ރުޅިއެވެ. އަޔާން ކުއްލި ހަރަކާތަކާއެކު ޔާލްގެ އަތުގައި ހިފައި ގެންގޮސް ފާރުގައި ލައްކޮށްލިއިރު ޔާލްހުރީ އަޔާންގެ ހޫނު ނޭވައިއެޅޭހަ ގާތުގައެވެ. “އަހަރެން ނުޖެހޭ ކޮންމެހެނެއް ޔާލް ހުރިތަނަކުން ހޯދައިގެން އެވާހަކަ ބުނާކަށް..އެހެންނޫނަސް މިހާރު އިނގިއްޖެއްނު ނިންމި ގޮތްވެސް.. އަހަަންނަށް އިނގޭ ނޫރާ ކިޔާދޭނެކަން.. ސޯ ދެން އިތުރަށް ޝަކުވާކުރުމުގެ ބޭނުމެއް ނެތް….. އަދި އެއްވާހަކަ! އަހަރެން ނުބުނަންދޯ ޔާލްއާއިހެދި އުނދަގޫވި ވާހަކައެއް… ބޭނުމިއްޔާ ދާންވީނު ވަޒީފާއިން ކެނޑިގެން…. އަހަރެންނަށް ކީއް! ތިމާވަރުގެ މީހެއް ނެތިގެން ނުޅެއްޗޭ. ދެން އެންމެ ރަނގަޅު ދިޔަޔަސް..” އަޔާން މިހެން ބުނެ ޔާލްގެ ގައިން ދޫކޮށްލުމަށްފަހު އަނެއްފަރާތަށް އެނބުރި ހިނގައިގަތެވެ. ހަގީގަތުގައި އަޔާން ޔާލްއާ އެގޮތަށް ވާހަކަ ދައްކަނީ މަޖުބޫރުވެގެނެވެ. އެއްގޮތަކަށްވެސް ޔާލްއާމެދު ހިތް ގޯސްވެގެނެއް ނޫނެވެ. އަޔާން ބޭނުމީ އެނާގެ ހިތުން ޔާލްގެ ނަން ފޮހެލާށެެވެ. އެއީ ރުޅި އިސްކޮށްގެން ކަމުގައިވިޔަސް ހެވެވެ. ޔާލްގެ ދުލުން އެހެން މީހެއްދެކެ ލޯބިވާ ވާހަކަ ބުނުމުން އަޔާން ބޭނުންވީ އޭނަގެ ލޯބި ގުރުބާންކުރާށެވެ. ރޮވެން ފެށުމުން ޔާލް އަނގަމަތީ އަތްއަޅައިގެންހުރެ ދުއްވައިގަތީ އަޔާންއަށް އެނަ ރޯކަން ނާންގާށެވެ…

(ނުނިމޭ)

(ނޯޓް؛ މާދަމާ އަޕް ނުކޮށްދެވިދާނެތީ މި ޕާޓް ތަންކޮޅެއް ދިގުކޮށް ގެނެސްދިނީ ?? ހުރިހާ ކުދިންނަށްވެސް ކަމުދާނެކަމަށް އުންމީދުކުރަން.. ❤❤❤ )
.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SJK...KOREAN

Level 2100 Comments100 Login10 Stories

a girl who loves reading and writing dhivehi stories..and to read the sweet comments of the readers < 3 <3 <3

Other Articles

Previous

ވިންދު ލޯބިން ޖެހި ހިތެއްގައި (31)

Next

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ހަތްވަނަބައި)

Next
November 19, 2017

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ހަތްވަނަބައި)

Previews
November 19, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (31)

52 Comments!

  1. PRINCESS AFU says:
    November 19, 2017 at 9:04 pm

    this part is just amazing ???
    kyp it up dear ☺
    LYSM ????

    1. SJK...KOREAN says:
      November 20, 2017 at 7:21 am

      Thankyou soo much dear ???lover u more ❤❤

  2. unaal says:
    November 19, 2017 at 9:10 pm

    reethi vrh

    1. SJK...KOREAN says:
      November 20, 2017 at 7:22 am

      Thankyou so much unaal???❤

  3. Awa says:
    November 19, 2017 at 9:34 pm

    Hey SJK love.. va habeys… waiting

    1. SJK...KOREAN says:
      November 20, 2017 at 7:23 am

      Hey love?Thankyou so much awa???❤☺??

  4. annoying reader says:
    November 19, 2017 at 9:43 pm

    alheyyyy kihineh mi vi? i thought for sure ayan yal ge foh kiyane ey. miharu hageegah ves neynguni, so many twists at once. i m holding my breathe to see wat happens next. waiting for the next part <3 love it

    1. SJK...KOREAN says:
      November 20, 2017 at 7:25 am

      Hey annoying reader?
      Hehe baeh faharu u should hold it???Thankyou so much dear???❤☺

  5. Rsh says:
    November 19, 2017 at 10:02 pm

    V Salhi??
    waiting for next….

    1. SJK...KOREAN says:
      November 20, 2017 at 7:26 am

      Thankyou so much dear Rsh???❤☺

  6. Limsha says:
    November 19, 2017 at 10:08 pm

    Varah rythi mi part ves

    1. SJK...KOREAN says:
      November 20, 2017 at 7:26 am

      Thankyou so much dear Limsha ???❤☺

  7. Nish says:
    November 19, 2017 at 10:11 pm

    Haadha dhera gothekey dhw mi vany..bt adhi rangalhu vaane☺ dear mi part ves vvv reethi?awlheyy mi story vv reethi mi site in kiyaa story thereyn eh lovely story mi? keep it up dear! Waiting for the next part..LY?

    1. SJK...KOREAN says:
      November 20, 2017 at 7:27 am

      Alhey Thankyou so so much Nish ???❤☺luv u much more ??❤❤

  8. Yaal says:
    November 19, 2017 at 10:12 pm

    Ayaan please read the book ?…
    The story is ? Awesome ??

    1. SJK...KOREAN says:
      November 20, 2017 at 7:29 am

      Lets see what ayaan is going to do ?
      Thankyou so much N
      Yaal ???❤☺

  9. Roo says:
    November 19, 2017 at 10:14 pm

    Wowww varah reethi.. ekam dhen ayaan ves dhw e notebook balaali nama ? story gendhaa goi varah salhi ?? waiting for next part.. Love you ?❤️?

    1. SJK...KOREAN says:
      November 20, 2017 at 7:30 am

      Dhwww?
      Thankyou so much Roo ???❤luv u much more ??

  10. Zuam says:
    November 19, 2017 at 10:25 pm

    Varah reethi…… waiting…..❤❤❤❤❤❤❤❤

    1. SJK...KOREAN says:
      November 20, 2017 at 7:31 am

      Thankyou so much zuam ???❤❤❤❤

  11. Friends says:
    November 19, 2017 at 10:33 pm

    Hey SJK…….stry hama vvvvvvvvv salhi ingey….
    Waiting 4 next part….
    Upload sooon ingey dear..
    Gud nyt SJK….????

    1. SJK...KOREAN says:
      November 20, 2017 at 7:33 am

      Helw Friends ?aw Thankyou so much Friends ???❤❤ yes.. Insha allah soon ?
      Hehe now I have to say GUD MORNING ???

  12. Hafeez says:
    November 19, 2017 at 11:04 pm

    Enme inthizaaru kurevey ehvaahaka mee. Varah salhi mi part vess. Wainting for next part. Avahah up kohdhechchey. Gud nyt SJK….????

    1. SJK...KOREAN says:
      November 20, 2017 at 7:35 am

      GUD MORNING ??? thankyou so much dear hafeez ? happy to know that ❤? yes insha allah nxt part soon ?

  13. Yaloo says:
    November 19, 2017 at 11:04 pm

    Stry vvv reethi n waiting for nxt prt..nxt prt kn irakun up khdheynyy???

    1. SJK...KOREAN says:
      November 20, 2017 at 7:36 am

      ?? thankyou so much yaloo ❤? yes insha allah nxt part soon ?

  14. Pop says:
    November 20, 2017 at 12:19 am

    Alhe hadha salhi hisabakunney thi ninmaly.. Dhen next part ah inthizaaru kuranvy. That’s the hardest thing.. Kiyaa hih vefa hunnany.. Mi story varah reethi me ah

    1. SJK...KOREAN says:
      November 20, 2017 at 7:38 am

      ?? thankyou so sooo much pop ❤dhn wait kohlaany dhw?inthizaaruge nimun varah fonivaaney buneynu ?☺☺? n yes insha allah nxt part soon ?. Loves❤❤❤

  15. NAASY says:
    November 20, 2017 at 8:24 am

    Varah reethi mipart ves .alhey dhen ayaan efoh kiyaalinama dhow eyrun egynethaa yaal ge hithuha oh ehche .dhen next part avahah up kohdheebala kiyaahithun mihiree.

    1. SJK...KOREAN says:
      November 20, 2017 at 9:53 am

      Dhw.?
      Thankyou so much NAASY❤❤?
      Insha allah nxt part avahah up kohdheveytho balaanan ingey ?? keep waiting ?

  16. Minnie✨ says:
    November 20, 2017 at 8:55 am

    Masha Allah…❤ varah loabi mi bai ves…? Dhn alhe ayaan ehaa rulhi gadha vegen noolhebala dhw… ?
    Waiting. Upload soon inge.?
    Love you..❤❤❤

    1. SJK...KOREAN says:
      November 20, 2017 at 9:54 am

      Ayaan vx maa rulhi gadhaeydhw ??
      Thankyou so much Minnie ❤❤?
      Insha allah nxt part soon ?? keep waiting ? love u too??

  17. Shudha says:
    November 20, 2017 at 9:27 am

    edhemyhun haadha dhuru kolly thi! shanim aa malha dhw gulheyny… v reethi inge mi part ves… keep up the good work 😀 loves <3

    1. SJK...KOREAN says:
      November 20, 2017 at 9:56 am

      Dhn hingaa dhw balamaa kihinehtho vany??
      Thankyou so much dear shudha ???❤❤
      Loves more ??

  18. BaboO says:
    November 20, 2017 at 10:05 am

    V loabi… thanks

    1. SJK...KOREAN says:
      November 20, 2017 at 11:58 am

      Thankyou so much dear ?? n wc❤❤

  19. Min says:
    November 20, 2017 at 10:34 am

    Alhey kihineh e vee ?? vv dheravey eba e dhekudhinah vaa gothun so sad????min heekury Ayaan e book kiyaane kamah can’t wait to read the next part any way kon irakun tha next part?????story hama habeys ly dear ???❤❤

    1. SJK...KOREAN says:
      November 20, 2017 at 2:01 pm

      ?dhw
      Thankyou so much dear ❤❤ insha allah today ?? ly 2

  20. sana says:
    November 20, 2017 at 11:14 am

    Wow!nice story……When next part?

    1. SJK...KOREAN says:
      November 20, 2017 at 11:58 am

      Thankyou so much sana ??insha allah today ❤❤

  21. sama says:
    November 20, 2017 at 11:17 am

    Ayaan pls pls pls read the book

    1. SJK...KOREAN says:
      November 20, 2017 at 11:59 am

      ??Thankyou so much sama ?❤❤

  22. Eemyaa says:
    November 20, 2017 at 11:20 am

    Hei dear SJK ??
    Eem ah adhi kiriyaa mi story kiyaalevuny ☺
    V v v v reethi mi story ??????
    Yaal eh dw mi ulheny mi storyga ves nd kihineh vaanbaa mi ulheny ???
    Heevany zaain nooraa dheke loibeh nuvaane hen dhn lets see… waiting for the next parr ?
    LY nd ur lovely story ❤❤❤

    1. SJK...KOREAN says:
      November 20, 2017 at 12:02 pm

      ???
      Hiii Eeem.. ??
      How’s u???? ?
      Missed u so much☺☺
      Thanks a lottt eem❤❤❤ hope eem ge fahathun abadhuvx support libeyne kamah??
      N yes. Hama yaal eh dhw. Hehe ??
      Let’s see what happens ??
      Keep waiting ?
      Love you much more eem?❤❤❤❤

    2. SJK...KOREAN says:
      November 20, 2017 at 12:04 pm

      *faraathun

    3. Eemyaa says:
      November 20, 2017 at 4:54 pm

      Eem ge support n lov abadhuves SJK ah libeyne ?❤❤❤❤

  23. Nau says:
    November 20, 2017 at 12:28 pm

    Hey love.. Mi part vx hama habbu.. V wait kurevey mi stry ah.. Hehe.. Alhe dhn ekudinnah eh nahadhabala.. Ayaan ah kei nuvegen e book kiyaane nama dhw.. Hehe?.. Waiting.. Love u dear.. ❤❤

    1. SJK...KOREAN says:
      November 20, 2017 at 2:03 pm

      Hey nau??
      Hehe dhw. Namakun dhn kehkeyne rihaeh neih ????
      Thankyou so much nau??
      Love u more.❤❤

  24. Xidhan says:
    November 20, 2017 at 1:20 pm

    SJK im loving this story… ??
    Keep uploding more parts…
    Im wating to see what will happen next ?

    1. SJK...KOREAN says:
      November 20, 2017 at 2:04 pm

      Thankyou so much xidhan??
      Keep waiting ❤❤❤

  25. Ram says:
    November 20, 2017 at 10:52 pm

    Emme fahun dww comment mi kohlevunyy.. sorryy igeyy.. hehehe.. v salhi mi part vx.. hama obiness to the maxx ??

    1. SJK...KOREAN says:
      November 21, 2017 at 7:59 am

      Hey Ramko ☺☺
      It’s ok yeyy??no need to be sorry.. Fahathun first libijje ehnu dhw???
      Thankyou soo much dear loving Ramko ❤❤❤❤

Comments are closed.

Next Episodeހިތް މިއެދޭ ސޫރައޭ ތީމަގޭ (9 ވަނަ ބައި)←


All Right Reserved!