ހަޤީޤަތް ނޭނގެނީ ކީއްވެބާ…؟ (4 ވަނަ ބައި)
“މީހުން ބުނެ އުޅެނީ ތެދެއް. ދަރި ވާނީ މައި ގޮތަށް.” ޝާނިމްގެ އަޑަށް އެދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. އޭރު ދޮރުކުރިމަތީ އޭނަ ހުއްޓިގެން ހުރި އިރު އެ މޫނުމަތީގަ ލުއި ހިނިތުންވުމެއް ހުރިއެވެ. “ކިތަށް ފަހަރު ބުނާނީ ގޭގަ އަހަރެންގެ ފަޅިއަށް ނާރާށޭ؟” ޝާހިން ނުރުހިފަ އަހާލިއެވެ. “އަަހަރެން އައީ ކަމަކު އެދެން. އެކަމަކު ތި ދެ ލަވްބާރޑްސަށް ވަގުތު ދޭން ޖެހޭނެއެއް ނޫން.” ޝާނިމް ބުނެލިއެވެ. “ދެން ތި ފޮނި ވާހަކަތަށް ނުދައްކާ ވެގެން އުޅޭ ގޮތް ބުނެބަލަ.” ޝާހިން އެދުނެވެ. “އަހަރެންގެ ދަރިފުޅު…” “ހެޔޮނުވާނެ ތި ދަރިފުޅުގެ ވާހަކަ އަހަރެން ގާތު ނުދައްކާ. އޭނައަށް ދޭނެ ވަގުތެއް އަހަރެންގެ އަތުގައެއް ނެތް.” ޝާނިމް ގެ ޖުމްލަ މެދުކަނޑަމުން ޝާހިން ބުނެލިއެވެ. “ކީއްވެ ޝާހިނާއި ދިމާލަށް ދަރިވާނީ މައިމީހާ ގޮތަށޭ ބުނީ؟” ޝާނިމް ނިކުމެގެން ދާން އުޅުމުން ރޭޝްމާ އޭނަ ހުއްޓުވަމުން އަހާލިއެވެ. އެހެނަސް އެއަށް ޖަވާނެއް ނުދީ ޝާނިމް އަވަސް އަވަހަށް ނިކުމެގެން ދިޔައެވެ. “ކީއްވެ ޖަވާބެއް ނުދީ އެދިޔައީ. ރޭޝަށް ޔަޤީން ހީ މެންޓް ސަމްތިންގް.” ރޭޝްމާ ބުނެލިއެވެ. “އޭނަ ދައްކާ ވާހަކަތަކަށް އެހާ ބޮޑު ސަމާލުކަމެއް ނުދޭ. ކޮންމެދުވަހަކުވެސް ކޮންމެވެސް އެއްޗެކޭ ކިޔަމުން އަންނާނެ އަހަރެންގެ ސަމާލުކަން ހޯދަން.” ކަބަޑެއްގެ ތެރެއިން ކްރާފްޓްސް ހަދަން ބޭނުންވާ އެއްޗެހި ނަގަމުން ޝާހިން ބުނެލިއެވެ. ރޭޝްމާ ބޯޖަހާލިއެއް ކަމަކު އޭނަގެ ބުއްދި ދިޔައީ އެކަމާއި މެދު ވިސްނަމުންނެވެ.
11 ޖަހަން ދެން އެ މަސައްކަތް ކުރަން ތިބެފަ ރޭޝްމާ ގެޔަށް ދިޔުމުން ޝާހިން އޮށޯތީ ނިދަން ކަމަށެވެ. އެހެނަސް ނިދިވީ އޭނަ އާއި ދުރު އެއްޗަކަށެވެ. ހަޔާތަށް އައި ބަދަލުތަކާއި މެދު ވިސްނެނީއެވެ. އޭނަގެ ބަލިއަކީ އާއިލާ އަށް ސިއްރުކުރެވޭ ވަރަށް ވުރެން ވެސް ބޮޑު ބަލިއެކެެވެ. އެހެނަސް އެ ބަލީގެ ވާހަކަ ދައްކައިގެން މިހާރު އެއްވެސް ގޮތެއް ވާނެހެންނެއް ހީއެއްނުވެއެވެ. ޝާނިމް އައުމާއި އެކު ގޭގެ ހާލަތުވަނީ ބަދަލުވެފައެވެ. ޝައުފާ އާއި ފައިހާ ޝާނިމާއި އެއްވެފަ ވާއިރު ހިޝާންގެ ދެމެފިރިންވީ ޝާހިނާއި އެއްކޮޅަށެވެ. އެކަމަކު އެހެން ވާންވެސް އޭނައެއް ނޭދެއެވެ. އޭނަގެ ސަބަބުން އާއިލާގެ ހަމަޖެހުން ގެއްލެން ބޭނުމެއް ނޫނެވެ.
އެކި ޚިޔާލުތަކުގައި އޮތް ޝާހިނަށް ނިދުނު އިރެއްވެސް ނޭނގެއެވެ. އޭނަ ހޭލެވުނީ ފަޒީލްގެ އަޑަށެވެ. “މަޑުން މިއީ އޮވެ ނިދާލާތޯ ކި…” “ނިދޭތަ ތި ކިޔާ ލަވައެއްގެ ސަބަބުން؟” ޝާހިން ލޯ ހުޅުވަމުން އަހާލިއެވެ. “އަދި ބަލާބަލަ މީނަ ނިދަން މި އަރުވާ ފޯރިއެއް. 9 އެ ޖަހަނީ. ޔު ގެ ޚަބަރެއް ނުވެގެން ރޭޝް ކަންބޮޑުވާވަރުން އަހަރެން މި އައީ.” ފަޒީލް ބުނެލިއެވެ. “ގޭތެރެއިން ލާފަތަ ތި އައީ؟” ޝާހިން އަހާލިއެވެ. “އާނ. ކޮންމެވެސް ބަޔެއް ލައްވާ އެ މަސައްކަތް ކުރުވަން އެބަ އުޅޭ. ޔާޝް ދޮންތަ އެގެޔަށް ލާ ދިނުމަށްފަހު ހިޝާންބެ ވެސް ޑިއުޓީ އަށް ހިނގައްޖެ.” ފަޒީލް ބުނެލިއެވެ. “އަވަހަށް ހިނގާ ނިކުމެވޭތޯ ބަލަން.” ޝާހިން ބުނެލިއެވެ. މުޅި ދުވަސް އަޔާނީގެ އެންގޭޖްމެންޓަށް ތައްޔާރު ކުރަން ހުރެފަ ޝާހިން ގެޔަށް އައީ ހަވީރުއެވެ. އެއަށްފަހު އެރެޔަށް ލާންވީ އެއްޗެއްހި ނަގައިގެން އޭނަ ދިޔައީ ފަޒީލްގެ ގެޔަށެވެ. ކުލަގަދަަ ކޮށް ބޭއްވި އަޔާނީގެ އެންގޭޖްމެންޓް ނިމުމުން ގެޔަށް ދިޔުމުގެ ބަދަލުގައި އޭނަ މަޑުކޮށްލީ ފަޒީލްގެ ގޭގައެވެ. ރިއާގެ އުފަންދުވަސް ކަމުން ގެޔަށް ދާން ބޭނުން ނުވުމުންނެވެ.
ދެމަސްފަހެވެ. ޓެސްޓަށްފަހު މިހާރު ޝާހިންގެ ވިސްނުން ގޮސް ހުރީ އޭނަގެ ބައްޔަށެވެ. ކޮންމެ ދެ ހަފްތާއަކުން ޑޮކްޓަރަށް ދައްކަން ގޮސް ހަދާއިރު ޑޮކްޓަރު އޭނަ ގާތުގައި އޮޕަރޭޝަން އަވަސް ކުރުމަށް ނޭދޭ ދުވަހެއް ނާދެއެވެ. އެހެނަސް އޭރު އެއީ ޓެސްޓު ދުވަސްވަރު ކަމުން އެކަމާއި މެދު ވިސްނަންވެސް އޭނަ ބޭނުމެއް ނުވީއެވެ. އެހެނަސް މިހާރު ޓެސްޓު ނިމުމުން އޭނަ ވިސްނަނީ ހިޝާނާއި ފަޒީލް މެންނަށް އެ ޚަބަރު ދޭނެ ގޮތަކައި މެދުއެވެ. އޭނަގެ ބައްޔާއި މެދު ފަޒީލާއި ރޭޝްމާ ޝައްކުވެފައިވާ ކަން ޝާހިނަށްވެސް އެނގެއެވެ. އެހެނީ ބަލީގެ އަލާމަތްތަށް އެމީހުންނަށް ވަނީ ފެނިފައެވެ. އެ ތިން މީހުން ފިޔަވައި އެހެން ބައެއްގެ ގާތުގައި އެވާހަކަ ދައްކަން ޝާހިން ބޭނުމެއްވެސް ނޫނެވެ. އެހެނީ 9 މަސްވަންދެން ބަނޑުގަ އަޅާ ވިހެއި މަންމައަށް ވެސް މުހިއްމުވީ އޭނަގެ ނުޤަބޫލުގައި އެހެންމީހަކާއި ދެ އަންބަތް އިން ފިރިމީހާ އާއި އޭނަގެ ދަރިފުޅެވެ. ޝާހިން އެ ދުވަހު އެ މީހުންނަށް އެހީނުވުމުން ފައިހާ ހުރީ ރުޅިއައިސްގެންނެވެ. ޝާހިނާއި ކަޅި ހަމަކުރަން ވެސް އޭނަ ބޭނުމެއް ނުވެއެވެ.
ފަތިސް ވަގުތެވެ. ގަހުގެ ހިޔާ ދަށުގައި އިށިނދެގެން އިން ޝާހިން ސިއްސައިގެން ދިޔައީ ބޭބެ ގެ އަޑަށެވެ. ބެލުމެއްވެސް ނެތި އޭނަ ހިޝާނަށް ޖަވާބު ދިނެެވެ. އިރުކޮޅަކުން ހިޝާން އައިސް ޝާހިން ކައިރީ ބެންޗުގައި އިށީނެވެ. އެއަށްފަހު އޭނަ ޝާހިނާއި ދިމާ ދިއްކޮށްލި ފައިލް ފެނުމުން އޭނަގެ ދެލޯ ބޮޑުވިއެވެ. ބޭބެ ވަދެނޫޅޭ އޭނަގެ ސްޓަޑީ ރޫމްގެ ކަބަޑެއްގެ ތެރެއަށް ލާފަ އޮތް އޭނަގެ މެޑިކަލް ފައިލް ބޭބެގެ އަތަށް އައި ގޮތެއް އޭނައަކަށް ނުވެސް ވިސްނުނެވެ. “މޫދަށް ދާން ޝާހިނަށް ގޮވަން ކަމަށް ކޮޓަރިއަށް ވަންއިރު ނުފެނުނު. ދެން ސްޓަޑީ ރޫމްގަ ބޮކި ދިއްލާފަ ހުރުމުން އެތާ ޝާހިން ހުރީ ކަމަށް ހީކޮށް ވަންއިރު މޭޒުމަތީ އޮތްވާ ފެނުނީ.” ހިޝާން ބުނެލިއެވެ. އިރުކޮޅަކަށް ހިމޭނުން ހުރެފަ ޝާހިން ހިނިތުންވެލިއެވެ. “ތަޤްދީރު ނިކަން ދެކި ބަލަ. ބޭބެ އަށް ތި ޚަބަރު ދޭނެ ގޮތެއް ނޭނގިގެން އުޅެނިކޮށް ފައިލް ތި ފެނުނީ. މީގެ ތިން މަސް ކުރިން ތި ކަން އެނގުނެއް ކަމަކު އަހަންނަށް މުހިއްމުވީ ތިން އަހަރުގެ ބުރަ މަސައްކަތުގެ ނަތީޖާ އެނގޭ އިމްތިހާނު. އެހެންވީމަ، އޭރު އެއްވެސް މީހެއް ގާތު ބުނަން ވެސް ނޫޅުނީ. އެނގޭ ބުނެފިނަމަ މުހިއްމު ވާނީ ސިއްހަތުކަން. އަހަންނަށް މާފު ކުރޭ ބޭބެ. އަހަރެން އަސްލު ވާންޖެހޭނެ ބޭބެ ގާތު ބުނަން.” ޝާހިން ލުއި ހިނިތުންވުމަކާއި އެކު ވާހަކަ ދެެއްކިއެވެ.
“ބޭބެ ގާތުން މާފަށް ނޭދޭ ޝާހިން. އެކަމަކު އަމިއްލަ ނަފްސަށް އެދޭ. ޝާހިނަށް އެނގެއެއް ނޫން މި އޮޕަރޭޝަން ލަސްކުރުމުން ގެއްލުންވެސް ލިބޭނީ ޝާހިނަށް ކަން. އަޅެ ޓެސްޓުގަ ފަހުން ވެސް ބައިވެރިވެވިދާނެ. ޝާހިންގެ ނިންމުމާއިމެދު ބޭބެ ހިތްހަމަނުޖެހުނަސް ޝާހިންގެ ތި ހިތްވަރަށް ބޭބެ ސާބަސް ދެން.” ޝާހިންގެ ވާހަކައާއި ގުޅުވާފަ ހިޝާން ބުނެލިއެވެ. “އެކަމަކު ބޭބެ މިއަދު ވަރަށް އުފާވެއްޖެ. ޝާހިން އަމިއްލަ ނިންމުމެއް ނިންމުމުން.” ހިޝާން އިތުރަށް ބުނެލިއެވެ. “އެ ނިންމުމާއި މެދު ބޭބެ ހިތްހަމަނުޖެހުނަސް؟” ޝާހިނަށް އަހާލެވުނެވެ. “މި ހަޔާތުގަ ޝާހިން ނިންމާ ކޮންމެ ނިންމުމެއް ބޭބެއަށް ކަމުނުގޮސްފާނެ. އެއީ ބޭބެގެ ނަޒަރިއްޔަތު. ކިތަންމެ ގާތް ދެބަޔަކަށްވިޔަސް ކަންކަމުގަ ހިޔާލު ތަފާތުވެދާނެ. އެހެން މީހުން ހިޔާލުތަކާއި އެކު ވިޔަސް ތިމާގެ ހަޔާތް ބައްޓަން ކުރާނީ ތިމާ ހިތްއެދޭ ގޮތަށް. އާނ ބޭބެ ތި ނިންމުމާއި މެދު ދުވަހަކުވެސް ހިތްހަމަނުޖެހޭނެ. އެކަމަކު، ޔު ފޮލޯޑް ޔޯރ ހާރޓް. އެހެނަސް ބުއްދި އާއި ނުލާ.” ޝާހިނަށް ވިސްނައިދޭފަދަ ގޮތަކަށް ހިޝާން ވާހަކަ ދެއްކިއެވެ.
“ދެން ކީއްތަ ކުރާނީ؟” ޝާހިން އަހާލިއެވެ. “އިރާދަކުރެއްވިއްޔާ މިއަދު ޑޮކްޓަރާއި ބައްދަލުކުރާނީ. އެއަށްފަހު ދެން ގޮތެއް ނިންމާނީ.” ހިޝާން ބުނެލިއެވެ. “ބޭބެ އާއި ނުލާ އަހަރެން ކިހިނެތްތަ އުޅޭނީ؟ އަހަންނަށް ހަަމަ ޔަޤީން މި ދުނިޔެއިން އަހަންނަށް ލިބުނު އެންމެ ބޮޑު ނިޢުމަތަކީ ތިއީ ކަން.” ޝާހިން ހިނިތުންވެލަމުން މިހެން ބުނެލުމުން ހިޝާން އޭނަ ގައިގަ ބައްދާލިއެވެ. އޭރު އެދެލޯ ވަނީ ފެންކަޅިވެފައެވެ. ޝާހިން އުޅޭ ބަލި ހާލު އެނގުމުން އޭނައަށް ކުރި އަސަރު ބަޔާން ކޮށްދޭންވެސް ދަތިއެވެ. އެ ރިޕޯޓް ފެނުމުން އިރުކޮޅެއްވަންދެން އޭނާގެ ހިއްސުތަށްވެސް މަސައްކަތްނުކޮށް މަޑުޖެހުނު ކަހަލައެވެ. އެހެނަސް މިއަދު އޭނަގެ ހިތްވަރު ދެރަވެގެން ނުވާނެއެވެ. ޝާހިންގެ ހުރިހާ ކަމެއް ކޮށްދޭން ހުރީ އޭނައެވެ.
ހަވީރު ސަޔަށް އިންސާފު ކުރަން ތިބި މީހުން ސިހުނީ އެގޭތެރެއަށް ވަދެގެން އައި ފަޒީލް މާ ބާރަކަށް ޝާހިނަށް ގޮވުމުންނެވެ. އޭނަގެ މޫނުމަތިން ހިތްހަމަނުޖެހުމާއި އެއްވަރަށް ހަމްދަރުދީ ފެންނަން ހުއްޓެވެ. “ކިހިނެތްވީ؟” މޭޒުދޮށުން ތެދުވަމުން ޝާހިން އަހާލިއެވެ. “އާދެ ބަލަ ނިކަން ކޮޓަރިއަށް.” ފަޒީލް ކޮޓަރިއަށް ދާން ހިނގާގަންނަމުން އެދުނެވެ. އިރުކޮޅެއްވަންދެން ހުރެފަ ޝާހިންވެސް ކޮޓަރިއަށް ދާން ހިނގާގަތެވެ. ކޮޓަރިއަށް ގޮސް ވަން ޝާހިނަށް މަރުހަބާ ކީ މާ ކުރިން އެތަނަށް ވަދެފަ ހުރި ރޭޝްމާ އެނދުމަތިން ނަގާފަ އެއްލި ބާލީހެވެ. “ރޭޝް މޮޔަވީތަ؟” ބާލިހުގަ ހިފަމުން ޝާހިނަށް އަހާލެވުނެވެ. “މޮޔަވީ ރޭޝްތަ؟ ނޫނީ ޝާހިންތަ؟” ފަޒީލް އަހާލިއެވެ. “ސޯ ބޭޑް ޝާހިން. ރޭޝްމެން ގާތު ނުވެސް ބުނޭ.” ރޭޝްމާ ދެރަވެފައި މިހެން ބުނުމުން ޝާހިންގެ ދެލޯ ބޮޑުވިއެވެ. ހިޝާނަށް އެނގުނު ގޮތަށް ރޭޝްމާ މެންނަށްވެސް އޭަނަގެ ބަލި އެނގުނީ ހެއްޔެވެ؟ “މިހާ. މިހާރު އަހަރެން ކޮން ކަމެއް ސިއްރު ކުރި ވާހަކަތަ ތި ދައްކަނީ؟” ޝާހިނަށް ކަންބޮޑުވެފައި އަހާލެވުނެވެ. އެއާއި އެކު އެދެމީހުން ބިދިބިދިފަ ހޭން ފެށީ ޝާހިން އިތުރަށް ހައިރާންކުރުވަމުންނެވެ. “ތި ވަރަށް ކަންބޮޑު ތިވީ އަނެއްކާ ހަޤީޤަތުގަވެސް ކަމެއް ސިއްރުކުރަނީތަ؟” ރޭޝްމާ އައިސް ޝާހިން ގައިގަ ކުޑަކޮށް ބައްދާލަމުން އަހާލިއެވެ. “އެއްވެސް ކަމެއް ސިއްރުކުރަން ބޭނުމެއް ނޫން.” ޝާހިން މާނަވީ ގޮތަކަށް މިހެން ބުނުމުން ރޭޝްމާ އޭނަ އާއި ދުރަށް ޖެހިލަމުން ސީދާ އެ ލޮލަށް ބަލާލިއެވެ. “ކިހިނެތްވީ ހުރިހާ ކަމެއް ރަނގަޅުތަ؟” ރޭޝްމާ އަހާލިއެވެ. ޝާހިން ހިނިތުންވެލަމުން ބޯޖަހާލިއެވެ. “ރޭޝަށް އެނގޭ ޝާހިން ތި ހަދަނީ ދޮގުކަން. ދެވަނަ ފަހަރަށް ރޭޝް މި އަހަނީ ހުރިހާ ކަމެއް ރަނގަޅުތަ؟” ރޭޝްމާ އަހާލިއެވެ. “ތިހާ ކަންބޮޑުނުވެބަލަ. އަހަރެން ރަނގަޅު. ރަނގަޅު ނޫނީ ގޭގެ ހާލަތު.” ޝާހިން ބުނެލިއެވެ. “ޓްރެއިންޑް ސްޕައި.” ރޭޝްމާ ހަނދާންކޮށްދޭފަދަ ގޮތަކަށް ބުނެލިއެވެ. “އެތަށް އަހަރެއްގެ އެކުވެރިކަން. އެވެސް އިތުބާރުގެ މައްޗައް ބިނާވި.” ޝާހިން ބުނެލިއެވެ. “އެހެންވީމަ އެ އިތުބާރު ގެއްލުވާނުލާތި.” އެންމެފަހުން ފަޒީލް ބުނެލިއެވެ. “ދުވަހަކުވެސް.” ޝާހިން ހިނިތުންވެލަމުން ބުނެލިއެވެ. “ދެން ތި މީހުން މާ ފޯރި އަރުވާފަ ތި އައީ ކީއްކުރަންތަ؟” ޝާހިން ހަނދާންވެގެން އަހާލިއެވެ. “ވެލް. މިއަދަކީ ވަރަށް ޚާއްސަ ދުވަހެއް ނޫން؟” ރޭޝްމާ ހަނދާން ކޮށްދޭ ފަދަ ގޮތަކަށް އަހާލިއެވެ. އިރުކޮޅެއްވަންދެން ވިސްނަން ހުރެފަ ޝާހިނަށް ފެށުނީ ހޭށެވެ. “އައި ހޭޓް ޔު ބޯތް.” ޝާހިން އެ ދެމީހުން ގައިގަވެސް ބައްދައިގަންނަމުން ބުނެލިއެވެ. “އަހަރެމެންވެސް.” ރޭޝްމާ ބުނެލިއެވެ. “އެކަމަކު ކާކުތަ ތި މީހުން ގާތު ބުނީ؟” ޝާހިން އަހާލިއެވެ. “ރީޝް ޒައިނާ ގާތު އެހެން ބުނި އަޑުއެހީ.” ފަޒީލް ބުނެލިއެވެ. “އޯހ. ތި ދެމީހުންގެ ފުރަތަމަ އޮފިޝަލް ޑޭޓް.” ރޭޝްމާ ހިނިތުންވެލަމުން ބުނެލިއެވެ. “އެކަމަކު ތި ދެމީހުން ވާދޯ؟ އަހަރެން ހީކުރީ އެހެން ކަމެއް ވީކަމަށް.” ޝާހިން ބުނެލިއެވެ. “ބަލަ އަހަރެމެން ގާތު ނުބުނެ އަހަރެމެންގެ އެކުވެރިޔާ ތިކަހަލަ ކަން ކުރާނަމަ އަހަރެމެން ވެސް ކުރާނީ މިކަހަލަ ކަންތައްތައް.” ފަޒީލް ބުނެލިއެވެ.
“އެކަމަކު އަހަރެން ވަރަށް ފަސްއެބަޖެހޭ.” އޭނަގެ ބަލި މަތިން ހަނދާންވުމުން ޝާހިނަށް ބުނެލެވުނެވެ. “ދެން ޑަމްޕް ހާރ.” ރޭޝްމާ ވަރަށް ހަމަޖެހިލައިގެންހުރެ ބުނެލިއެވެ. އެ ދެފިރިހެނުންގެ ނަޒަރު އޭނައަށް ދިޔައެވެ. “ސޮރީ. ރޭޝް އެހާ ލައިކްވާ މީހެއް ނޫން.” ރޭޝްމާ އަށް ބުނެލެވުނެވެ. “އޫހ. ޝާހިން. ޔުގެ ބެސްޓް ފްރޭންޑް ޔުގެ ޖީއެފް ދެކެ ލައިކެއް ނުވޭ.” ފަޒީލް ބުނެލިއެވެ. “އޯހ ރޭޝް. ޖެލަސް ވީތަ؟ އަހަރެން ބުނީމަ ޤަބޫލުކުރޭ. އަހަރެން މީހަކާއި މެރީ ކޮށްގެން ދަރިން ލިބުނަސް ތިއީ އަހަރެންގެ ލައިފްގަ އަބަދު ހުންނާނެ މީހެއް.” ރޭޝްމާގެ ކޮނޑުމައްޗައް އަތް ވައްޓާލަމުން ޝާހިން ބުނެލިއެވެ. “ދެން ރޭޝްގެ ލައިފްގަ ތި މީހުން ތިބޭނަންތަ؟” ރޭޝްމާ މިހެން އެހުމުން އެދެފިރިހެނުން އެކަކު އަނެކަކަށް ބަލާލިއެވެ. “ދުވަހަކުވެސް ރޭޝްގެ އަތުން ދޫކޮށްނުލާތި. އެއީ ދޫކޮށްފިނަމަ އަނބުރާ ރޭޝްމާ އެއް ނައަންނާނެ.” ރޭޝްމާ ބުނެލިއެވެ. “ތިހާ ޖަޒުބާތީ ނުވޭ.” ޝާހިން އޭނަ ގާތް ކޮށްލަމުން ބުނެލިއެވެ.
އެރޭގަ ކުއްލިއަކަށް ނަމަވެސް ބޮލިކޮށް ވާރޭވެހެން ފެށުމުން ޝާހިނަށް ޖެހުނީ އޭނަ އާއި ރީޝްގެ ބައްދަލުވުން ފަސްކުރާށެވެ. މި ޚަބަރު ލިބުމުން ރޭޝްމާ ކިތަންމެ އުފާވިޔަސް އޭނަ އެކަމެއް ޝާހިނަށް ނުދައްކައެވެ. އެ ކަމާއި މެދު ދެރަނުވުމަށް ޝާހިން ގާތު އެދެމުން ފޯން ބޭއްވި އިރު ރޭޝްމާގެ މޫނުމަތީވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. “މާ ހެވިފަ ތި ހުރީ ކީއްވެ؟” ކުއްލިއަކަށް އެކޮޓަރި ތެރެއަށް ވަން އިޔާޝް އައިސް ރޭޝްމާ ކައިރީ އިށީންނަމުން އަހާލިއެވެ. “ބައްޕަ ރޭޝަށް އަޅާދިން ގެޔަށް ބަދަލުވުމުގެ ހުއްދަ ލިބުމުން.” ރޭޝްމާ ދޮގެއް ހަދާލިއެވެ. “އެކަމަކު ރޭޝަށް އަށާރަ ވަންދެން އާލީ ދޮންތަ އެ ގޭގަ ހުންނާނެ” އިޔާޝް ބުނެލިއެވެ. “އާނ. އެކަމަކު ރޭޝްގެ ގެޔެއް ނޫން.” ރޭޝްމާ ބުނެލިއެވެ. “ތިހާ އަވަހަށް އަހަރެމެން ދޫކޮށްފަ ދާން ނޫޅޭ.” ރޭޝްމާ ގައިގަ ރަޖާ ގަނޑު އަޅަމުން އިޔާޝް ބުނެލިއެވެ، “ބުނަން އޮތީ އަބަދުވެސް ބުނާހެން ރޭޝް ދޫކޮށްނުލައްޗޭ. ނޫނީ އަނބުރާ ރޭޝެއް ނައަންނާނެ.” ރޭޝްމާ މިހެން ބުނުމުން އިޔާޝް ހިނިތުންވެލަމުން އޭނަގެ ނިތަށް ބޮސްދިނެވެ. “ގުޑްނައިޓް ކްރީޕީ.” ދޮރާއި ހަމަވެ ބޮކިތަށް ނިވާލަމުން އިޔާޝް ބުނެލިއެވެ. “ނައިޓް ބްރޯ.” ލޭމްޕް ޖައްސާލަމުން ރޭޝްމާ ބުނެލިއެވެ. އިޔާޝް ނިކުތުމުން ރޭޝްމާ އޭނަގެ ފޯން ނަގާ ދޮރު ތަޅުލިއެވެ. އެއަށްފަހު ތެދުވި ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓި އޭނަ ލައްވާފަ ހުރި ނޫ ކުލައިގެ ލެންސް ނެގުމަށްފަހު ބޮލުގަ އަޅާއިގެން އުޅޭ ގަދަ މުށި ކުލައިގެ ރާޅު ބާންޏެއް ފަދަ ހެއާރ ވިގް ނެގިއެވެ. “އަހަންނަށް ލަނޑުދީފި ނަމަ އެނބުރި އަންނާނީ މީނަ. ރޭޝްމާ އެއް ނޫން.” ލޯގަނޑުން އޭނަގެ ސިފައަށް ބަލަމުން ރޭޝްމާ ވާހަކަ ދެއްކިއެވެ.
7 Comments!
Comments are closed.
just stop writing for gods sake
Just stop reading this for gods sake
Y. …… Mi vaahaka v reethi ……waiting for next part…….
Vaahaka kamu nudhanyaaa kamu nudhaaa kudhin nukiyaaaa thibyma vyyynun…..mi vaahaka vrh vrh vrh reethi…keeep it uppp dear
I agree with pherthum ……vaahaka v v reethi
yeah even i agreed this is a nice story at the beginning i was little confused but now k .hey dear Anonymous may be u dont like this story but its not gud comment that rude after all authr is a human sorry if this commet hurt u
Thanku all 🙂