Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ހަޤީޤަތް ނޭނގެނީ ކީއްވެބާ…؟ ( 3 ވަނަ ބައި)

Ernth Level 1
November 4, 2017 4 Mins Read
4 Comments

ހޮސްޕިޓަލަށް ގޮސް ރިޕޯޓް ނަގައިގެން ޑޮކްޓަރަށް ދެއްކި ޝާހިނަށް ލިބުނީ އުމުރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ސިހުމެވެ. އޭނަގެ ދިރިއުޅުން މުޅި ބަދަލުކޮށްލި ސިހުމެކެވެ. ލޮލަށް ޖަމާވި ކަރުނަތަށް ހިފަހައްޓަމުން ޝާހިން ދެން ދުއްވާލީ ރޭޝްމާގެ ގެޔާ ދިމާލަށެވެ. އޭރު ޔަލީނާގެ އުފަންދުވަހުގެ ޕާޓީއަށް މީހުން އައިސްފަ ތިބިއެވެ. ދެއްކުންތެރި ހިނިތުންވުމުމަކާއި އެކު އެންމެންނާއި ވާހަކަ ދައްކަމުން އޭނަ މިސްރާބު ޖެހީ ރޭޝްމާ ފެނޭތޯ އެެވެ. މިއަދު ދެއަހަރު ފުރުނު އޭނަގެ ބައްޕަ ފަރާތު ބޮޑު ދައިތަގެ ދަރިފުޅު ޔަލީނާ އުރާލައިގެން ނިކުތް ރޭޝްމާ އަށް ޝާހިން ފެނުމުން އޭނަ ގާތަށް އައެވެ. ފަޒީލަށްވެސް އޭނަ ފެނުމުން އައެވެ.

“ކޮބާ؟ ކީކޭ ޑޮކްޓަރު ބުނީ؟” ރޭޝްމާ އަހާލިއެވެ. ފަޒީލާއި އެކު އުޅޭތާ އުމުރުން ވީހާ ދުހަވެއްވެފަ އަދި ރޭޝްމާ އާއި އެކު އުޅޭތާ 8 އަހަރު ވެފަ ވާ އިރު މިވީ އަހަރުތަކު ތެރޭގައި ދޮގެއް ހަދައިގެން އޭނަ ބޭޒާރު ނުވެއެއް ނުހުރެއެވެ. އޭނަ ބުނެލާ ގޮތަކުން ވެސް އެއީ ދޮގެއްކަން އެމީހުންނަށް އެނގިދާނެއެވެ. “ޑޮކް. އަހަ.” ޝާހިނަށް ކިޔަންވީ އެއްޗެއްވެސް ނޭނގުނެވެ. ތެދު ހާމަކޮށް އެމީހުންގެ އުފާވެރިކަން ނަގާލަން ބޭނުންނުވާއިރު ދޮގެއް ހަދައި އެކުވެރިކަން ރޫޅެންވެސް ބޭނުމެއް ނޫނެވެ. ނޫނަސް ހަދަންވީ ދޮގެއްވެސް އޭނަ އަކަށް ނުވިސްނުނެވެ. އޭނަ ހީކޮށްގެން ހުރީ އެމީހުން އެކަން ހަނދާން ނުހުންނާނެ ކަމަށެވެ.

“ޝާހިން ދެން ހިތް ނުތަޅުވާ ތި ވެގެން އުޅޭ ގޮތެއް ބުނެބަލަ.” ފިނިވެފައިވާ ޝާހިންގެ އަތުގަ ހިފާލަމުން ރޭޝްމާ ކަންބޮޑުވެފަ އެދުނެވެ. ތުއްތު ޔަލީނާވެސް ޝާހިނަށް ބަލާލުމަށްފަހު ބުމަ އަރުވާލަމުން ބޯޖަހާލިއެވެ. އިރުކޮޅެއްވަންދެން ކަންބޮޑުވެފައި ތިބި އޭނަގެ ދެ އެކުވެރިންގެ މޫނަށް ބަލަން ހުރެފަ ޝާހިން ފެށީ ހޭށެވެ. “އަހަންނަށް އެއްވެސް ކަމެއް ނުވޭ.” ޝާހިން މިހެން ބުނުމުން ފަޒީލާއި ރޭޝްމާ އެކަކު އަނެކަކަށް ބަލާލީ ޝާހިންގެ ވާހަކަ ޤަބޫލުކުރަން ދަތިވެގެންނެވެ. “އަސްލުވެސް. އަހަރެން ބޭނުންވީ ތި މީހުން ހާސްކުރުވަން.” ޝާހިން އަނެއްކާވެސް ދޮގެއް ހަދާލިއެވެ. އެ ވާހަކަ އެ ހިސާބުން ނިންމާލަން ޖެހުނީ އިޔާޝާއި އިޒާލް އެތަނަށް އައުމުންނެވެ. އިޒާލް އެ މީހުންނަށްވުރެ އަހަރަކަށް ދޮށީވެފަ އޭނަގެ މިޒާޖު ސަކަވިޔަސް އެ މީހުންނަށްވުރެން 7 އަހަރަށް ދޮށީ އިޔާޝް އަކީ ވަރަށްވެސް ސީރިއެސް މިޒާޖެއް ގެންގުޅޭ މީހެކެވެ. “ޝާހިން. ކިހިނެތްތަ؟” އިޔާޝް އަހާލިއެވެ. “އިރާދަކުރެއްވިއްޔާ އަހަރެން ރަނގަޅު.” ޝާހިން ބުނެލިއެވެ. “އެކަމަކު ހާދަ ހީއެއް ނުވެއޭ.” އިޒާލް ބުނެލިއެވެ. “ތިއީ އިޒާލަށް ހީވާ ގޮތް.” ޝާހިން ހިނިތުންވެލަމުން ބުނެލިއެވެ. ރޭޝްމާ ޔަލީނާ ގޮވައިގެން މެހެމާނުންނާއި ބައްދަލު ކުރަން ދިޔުމުން އެ ހަތަރު ފިރިހެނުން ފެށީ އެކި ކަންކަމާއި ބެހޭ ގޮތުން ވާހަކަ ދައްކާށެވެ.

ރޭގަނޑު ވަޤުތެވެ. ރޭޝްމާ ގޮވައިގެން ޝާހިން ގެޔަށް އައީ ކުޑަކަމެއްގަ ރޭޝްމާގެ އެހީ ހޯދުމަށެވެ. އޭރު ގޭގެ އެންމެން ބޮޑުކޮޓަރީގަ ތިބިއެވެ. “ޝާހިންގެ ބައްޕަ ގައިގަ ހާދަ ބޮޑާ ވައްތަރެއް އެބަ ހުރި އޭ.” ޝާނިމަށް ބަލަމުން ރޭޝްމާ މަޑުމަޑުން ބުނެލިއެވެ. “އޭނަގެ ބޮޑާ ކަމާއި ރަހުމު ކުޑަކަން މިހާރު އެނގެއެއް ނޫން. އަހަންނަށް ނޭނގޭ އަހަރެންގެ ކޮން ކުށެއް އޮވެގެން ކަމެއް އޭނަ އަހަންނަށް ނަފްރަތު ކުރަނީ.” ޝާހިން ބުނެލިއެވެ. “އާނ ދެން ތި ދެމީހުންނަށް ބިރު ދެއްކުމުން ޖެހޭނީ ކިޔާ ދޭން ނޫން. އެ ނޫންނަމަ ރޭޝް ގާތު ނުވެސް ބުނާން ދޯ؟ ހަމަ އެހާ ދުރުކޮށްލީތަ؟” ރޭޝްމާ ނުރުހިފަ އަހާލިއެވެ. “ނޫން. އެކަމަކު ރޭޝަށް ބޮލު ރިހުމެއް ދޭން ބޭނުންނުވީ.” ޝާހިން ބުނެލިއެވެ. “ރޭޝް އަށް އެކަން ސިއްރުކުރުުމުން ރޭޝް މާ ދެރަވެއްޖެ.” ރޭޝްމާ ބުނެލިއެވެ. “އަހަރެން މާފަށް ނޭދެންތަ؟” ޝާހިން އަހާލިއެވެ. “ނޫން. އެކަމަކު އެހާ އަވަހަށް މާފު ކުރާ ހިތް ނުވީ. ޑީއެންއޭ ޓެސްޓު ހަދާބަލަ.” ރޭޝްމާ އެދުނެވެ. “އަހަރެން މި އުޅެނީ ނަސްލު ނޭނގިގެންނެއް ނޫނޭ.” ޝާހިން ބުނެލިއެވެ. “އާނ. އޮޅިގެންވިއްޔާ ތި އުޅެނީ.” ރޭޝްމާ ބުނެލިއެވެ. “ކީކޭ ތި ބުނީ؟” ޝާހިން އަހާލިއެވެ. “މާތް ރަސްކަލާނގެ ބުއްދިއެއް ދެއްވީ ކަމަކުއެއް ނޫން. އެ ބޭނުން ކޮށްބަލަ. ނޫނަސް ކަމެއްގެ ހަޤީޤަތް ހޯދަން ބޭނުން ނަމަ ކުރަންވީ ކަން އެނގެއެއް ނޫން. އިންޓެލިޖެންސަށް ތަމްރީނު ތި ކުރަނީ ކަމެއްގައެއް ނޫން.” ރޭޝްމާ ބުނެލިއެވެ. “ސާބަހޭ. ދޮރު މަތީ ތި ސިއްރު ވާހަކަ ދައްކަން ނުތިބެ އެތެރެއަށް ވަދެބަލަ.” ދޮރުމަތީ އެ ދެމީހުން ވާހަކަ ދައްކަން ތިބިތަން ބަލަން ހުރެފަ އެންމެ ފަހުން ހިޝާން އެދުނެވެ. “އަހާނ. އެންމެފަހުން ހިޝާންބެގެ ހިޔަނިވެސް ފެންނަވަރު ވެއްޖެ.” ރޭޝްމާ ބުނެލިއެވެ. “އަހަންނަށްވުރެން އަހަރެންގެ ހިޔަނި ދޯ ބަލާ ހިތްތިވީ؟” ހިޝާން ބުނެލިއެވެ. “އާނ ހިޔަނި ދެކެ ރޭޝް ވަނީ މާ ޚާއްސަ ލޯތްބެއް ވިއްޔާ.” ޝާހިން ބުނެލިއެވެ. “ހީމް. ހިޔަނި ކަންތައް ސިއްރު ނުކުރާނެ ވިއްޔާ.” ޝާހިނަށް ކަޅިއެއް އަޅާލަމުން ރޭޝްމާ ބުނެލިއެވެ. “ތި ދެމީހުންނަށް ކިހިނެތްވީ؟” ޔާޝްމީ އަހާލިއެވެ. “މާ ބޮޑު ކަމެއް ނުވޭ. ސިއްރުތަށް ގިނަވީ.” ރޭޝްމާ ބުނެލިއެވެ. “މިހާރު ނެތެއް ނޫން ސިއްރެއް. އަންލެސް ރޭޝް ކަމެއް ސިއްރުކުރާނަމަ.” ޝާހިން ބުނެލިއެވެ. “ރޭޝް ސިއްރު މިކުރަނީ ތި މީހުންވެސް ރޭޝަށް ސިއްރުކުރާ ކަން.” ރޭޝްމާ މާނަވީ ގޮތަކަށް ބުނެލިއެވެ.

“އަހާނ. ރޭޝް. ދަރިފުޅު ތި އައީ ރަނގަޅު ވަގުތަކަށް. އަވަހަށް އާދޭ ކާން.” ބަދިގެ ތެރެއިން ބޯ ދިއްކޮލަމުން ފައިހާ ބުނެލިއެވެ. “އަހާނ. އަހަރެންގެ މަންމައަށްވެސް ފެނުނީ ރޭޝް ދޯ؟ ތިހާ ލޯބިން ދުވަހަކުވެސް އަހަރެން ގާތު ކާން އައުމަކަށް ނޭދޭ.” ޝާހިން ބުނެލިއެވެ. “ހީމް ދެން މިހާރު ފައިހާ ދައްތަ އެއްކަމެއްވެސް ކޮށްދިން ކަމަކަށް ނުވާނެ.” ބަދިގެ އާއި ދިމާއަށް ހިނގާގަތް ރޭޝްމާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. “ތުއްތު؟” ރޭޝްމާގެ ފަހަތުން ބަދިގެ އަށް ވަންނަން ދިޔަ ޝާހިން ހުއްޓުނީ ރިއާގެ އަޑަށެވެ. “އެހެން ކުދިންގެ އުފަންދުވަސް ފާހަގަ ކޮށްދޭ އިރު ކީއްވޭ ރިއާގެ އުފަންދުވަސް ފާހަގަ ކޮށްނުދެނީ؟” ރިއާ މައުސޫމު ގޮތަކަށް މިހެން އެހުމުން ޝާހިން ގާތަށް އައީ ރުޅިއެވެ. ޝައުފާމެންގެ މޫނުތަކަށް ބަލާފަ އެއީ އެ މީހުން ކުރާ ކަމެއް ކަމަށް ނިންމާފައެވެ. “ތުއްތު؟ އަހަރެން ވާހަކަތަ؟” ޝާހިން ވިސްނަންހުރެފަ އަހާލިއެވެ. ރިއާ ބޯޖަހާލިއެވެ. “ކޮއްކޮ ތި އުޅެނީ އޮޅިގެން. މިއީ، ކޮއްކޮގެ ތުއްތުއެއް ނޫން އަދި ތިއީ އަހަރެންގެ ކޮއްކޮއެއްވެސް ނޫން.” ޝާހިން ވިސްނައިދޭފަދަ ގޮތަކަށް ބުނެލިއެވެ. “އެކަމަކު ބައްޕަ ބުނި ތިއީ ކޮއްކޮގެ ހާފް ބްރަދާރ އޭ.” ރިއާ ބުނެލިއެވެ. “ބައްޕަ؟ އެކަމަކު އެއީ އަހަރެންގެ ބައްޕައެއް ނޫން. ދެން ކިހިނެތް ކޮއްކޮގެ އެއްބަފާ ބޭބެއަށް ވާނީ؟” ޝާހިން އަހާލިއެވެ. ރިއާ ކުޑަކޮށް ނުރުހިފަ ޝާނިމަށް ބަލާލިއެވެ. “ބައްޕާ ކީއްވެ ކޮއްކޮ ގާތު ދޮގު ހަދަނީ؟” ރިއާ އަހާލިއެވެ. “ތެދެއް ބައްޕާ. ކީއްވެ ތި ކަހަލަ ބޮޑު ދޮގު ހަދަނީ؟” ޝާހިން ވަރަށް ހެވިފައި ހުރެ އަހާލިއެވެ. ޝާނިމް ޗޮކެއް ކަނޑާލަމުން ދެކޮޅަށް ބޯހޫރާލިއެވެ.

ކެއުމަށްފަހު އިރުކޮޅެއް ވަންދެން ބޮޑުކޮޓަރީގަ ތިބެފަ ޝާހިން ވަނީ ކޮޓަރިއަށް ފެންވަރާށެވެ. “ޕްރޮޖެކްޓެއް އެއްޗެއް ހަދަންތަ އައިސް ތި ހުރީ؟” ތަނަށްވެރިވި ހިމޭންކަން ކަނޑުވަމުން ޝައުފާ އަހާލިއެވެ. “ނޫނޭ. ކްރާފްޓެއް ހަދަން.” ރޭޝްމާ ބުނެލިއެވެ. “ކިހިނެތްތަ ކިޔެވުން ކުރިއަށް ދަނީ؟” ހިޝާން އަހާލިއެވެ. ސުކޫލް އަދި ކުރިއަށް އޮތް ބޮޑު އިމްތިހާނާއި ބެހޭގޮތުން ވާހަކަ ދައްކަން ތިބި މީހުން މަޑު ޖެހުނީ މޭޒުމަތީ އޮތް ޝާހިންގެ ފޯން ރިންގް ވާ އަޑަށެވެ. “އީލަން.” ރޭޝްމާ އަތަށް އެ ފޯން ދެމުން ހިޝާން ބުނެލިއެވެ. ރޭޝްމާ ފޯނަށް ޖަވާބު ދިނުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. އެކި ވާހަކަތަކުގައި ހުރެގެން އެންމެފަހުން ރޭޝްމާ ގޮސް ޝާހިންގެ ކޮޓަރިއަށް ވަނީ މިހާރު އޭނަ ފެންވަރައިގެން ނިކުމެދާނެ ކަމަށް ނިންމާފައެވެ. އެހެނަސް އީލަން ފޯން ބޭއްވި އިރުވެސް ޝާހިން ނިކުންނަން ނޫޅެއެވެ. ޝާހިންގެ ޚަބަރެއް ނުވެ ލަސްވުމުން އޭނަ އަށް ގޮވަން އުޅުނުތަނާ ފާޚަނާއިގެ ދޮރު ހުޅުވުނު އަޑުއިވުނެވެ. އެއާއި އެކު ރޭޝްމާ އަށް ދުވެފަ ގޮސް ޝާހިން ގައިގަ ހިފާލެވުނީ އޭނަ ވެއްޓެން ދިޔުމުންނެވެ. ފުންކޮށްނޭވާތަކެއް ލަމުން ޝާހިން ދާތަން ފެނުމުން ރޭޝްމާ ކިތަންމެ ހާސްވިޔަސް އޭނަގެ އަޑެއް އެހެން މީހުންނަށް ނީވޭނެ ކަން އެނގޭތީ ރޭޝްމާ އަވަސް ވެގަތީ ނޭވާ ހަމައަކަށް އެޅުމުގައި ޝާހިނަށް އެހީވުމަށެވެ. ޝާހިން ގޮވައިގެން ގޮސް އެނދުމަތީ ބައިންދަމުން ރޭޝްމާ އެތާ ހުރި ފެންފުޅިން ފެންފޮދެއް އަތަށް އަޅަމުން ޝާހިންގެ މޫނުގަ ހާކާލިއެވެ.

ޝާހިން މަޑުމަޑުން ހަމައަކަށް އެޅެމުން އަންނަތަން ފެނުމުން ރޭޝްމާއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. “މިހާރު ރަނގަޅުތަ؟” ރޭޝްމާ އިރުކޮޅަކުން އަހާލިއެވެ. ޝާހިން އާނ އެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. “އެކަމަކު ކީއްވެ ޕެނިކް އެޓޭކެއް ޖެހުނީ؟” ރޭޝްމާ އަށް އަހާލެވުނެވެ. “ރޭޝް. އެއީ އެ ވަރު ކަމެއް ނޫން. އަަހަންނަށް މާބޮޑަށް މިގޭގެ ކަންތަކާއި މެދު ވިސްނުނީ.” ޝާހިން ބުނެލިއެެވެ. “ރޭޝަށް އެނގޭ ޝާހިން ތި ހަދަނީ ދޮގު ކަން. އެކަމަކު ރޭޝް އިންތިޒާރު ކުރާނަން ޝާހިން ރޭޝަށް ތެދުހާމަ ކޮށްދޭނެ ދުވަހަކަށް.” ޝާހިންގެ މޭގަ ބޯޖައްސާލަމުން ރޭޝްމާ ހިތާހިތުން ބުނެލިއެވެ. “ދެން އަހަރެން ތެދު ބުނެފި ނަމަ ރޭޝަށް ވާނީ ކިހިނެތް؟” ރޭޝްމާގެ ބޮލުގަ ފިރުމަމުން ޝާހިންވެސް ހިތާހިތުން ބުނެލިއެވެ. “މީހުން ބުނެ އުޅެނީ ތެދެއް. ދަރި ވާނީ މައި ގޮތަށް.” ޝާނިމްގެ އަޑަށް އެދެމީހުން ދިޔައީ ސިއްސައިގެންނެވެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ernth

Level 1

Other Articles

Previous

ވޭންތަކުން ދިން ހިތި މާޒީ (10)

Next

އެވްލީންގެ ކިޔުންތެރިންނަށް

Next
November 4, 2017

އެވްލީންގެ ކިޔުންތެރިންނަށް

Previews
November 4, 2017

ވޭންތަކުން ދިން ހިތި މާޒީ (10)

4 Comments!

  1. Aal says:
    November 4, 2017 at 6:38 pm

    Me first dhww….. Kiyaalaafai comment eh kohlaanun….

    1. Ernth says:
      November 5, 2017 at 5:03 pm

      yes it is. thanku

  2. Harley quinn says:
    November 4, 2017 at 6:51 pm

    Woww amazing. Mi vaahaka v reethi. Ekam thankolheh lahee up vaaleh. Pls pls avahah up khla dhahchey next part.. Am begging.. Love this. Keep it up.. ❤️❤️

    1. Ernth says:
      November 5, 2017 at 5:04 pm

      thanku. will update it tomorrow

Comments are closed.

Next Episodeހަޤީޤަތް ނޭނގެނީ ކީއްވެބާ…؟ (4 ވަނަ ބައި)←


All Right Reserved!