Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުމެދާށޭ ދޫނި މަގޭ (1)

Fathimath Shamha Level 1
October 31, 2017 3 Mins Read
8 Comments

މެންދަމުގެ ހަމަހިމޭން ވަގުތެވެ. ފަޒާ ތެރޭގައި ފަނިފަކްސާގެ އަޑު ހިއްޕާލައިފައިވެއެވެ. ދުނިޔޭގެ އެންމެން ނިދީގެ މީރުކަން ދެކެމުން ދެއެވެ. ނަމަވެސް އަޔާޒް އޮތީ އެހެން ދުވަސްތަކެކޭ އެއްފަދައިން ހިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ. ނިދީގެ ކުޑަވެސް ކަންފުޅެއް އޭނާގެ ލޮލުގައި ފެންނާކަށް ނެތެވެ. ކުޑަދޮރުން ވަންނަމުން ދިޔަ ފިނިފިނި ވައިރޯޅި ގައިގައި ބީހިލަމުން ދެއެވެ. އެއާއެކު އޭނާގެ ފަން އިސްތަށިގަނޑު މޫނު މައްޗަށް އެޅެމުން ދެއެވެ. ނަމަވެސް އެކަމުގެ އެއްވެސް އިޙްސާސެއް އަޔާޒަށް ވާހެނެއް ހީނުވެއެވެ. ނޫކަޅިން ފުރިހަމަކޮށްދޭ އޭނާގެެ ދެލޯ މެރިލާ ކޮންމެ ފަހަަރަކު ދިޔައީ ކަރުނަ ފައިބަމުންނެވެ. އެ ތާޒާ ހިނިތުންވުންވަނީ މިލާ މޯޅިވެގެން ގޮސްފައެވެ. ވާނީވެސް އެހެންތާއެވެ. ޢެ އުފާވެރި ދުވަސްތައް ދެންމެވީ ކަމެއްހެން ލޯ ކުރިމަތީ ސިފަވަމުން ދެއެވެ. އެހަނދާންތަކާ ދުރަށްދާނީވެސް ވަކި ކިހިނަކުން ހެއްޔެވެ؟

“އަޔާޒް! އަޔާޒް! ދޮރުހުޅުވަބަލަ! މިހާރު އެއޮށް ފަތިސް ނަމާދަށް ބަންގި ގޮވަން އުޅެނީ!”

ދޮރުގައި ޓަކި ޖަހަމުން އަޔާޒްގެ މަންމަ، އާނިސާ ގޮވަން ފެށިއެވެ. އަޔާޒަށް ހިޔާލީ ދުނިޔެއިން ބޭރުވެވުނީ ދެނެވެ. ދުވަހެއް ނިމިދިޔައީ ކަން އެނގުމުން ގަނޑިއަށް ބަލާލިއެވެ. ފަތިހު ހަތަރެއް ޖަހަނީއެވެ. ނިދިން މަހްރޫމުވެގެން ދިޔަ ދުވަހުގެ އަދަދު އަނެއްކާވެސަ އިތުރުވެއްޖެކަން ރޭކާލީ ދެނެވެ. މަންމަގެ އެދުމަށް ފަސްނުޖެހުމަށްޓަކައި އަވަސް އަވަހަށް އެނދުން ފައިބާ އަޔާޒް ހިނގައިގަތީ ދޮރާ ދިމާލަށެވެ. މީގެ ތިން އަހަރެއްހާ ކުރީގެ ހަނދާންތައް ފޮރުވިފައިވާ އެކޮޓަރި ތެރެއަށެވެ. ހަނދާންތައް އާވެލާ ކޮންމެ ވަގުތަކު އަޔާޒް ހުއްޓުން އަރައެވެ. ދެލޯ ފެންކަޅިވެ މީހާ ތުރުތުރު އަޅައެވެ.

“އަޔާޒް!”

އަނެއްކާވެސް މަންމަ ގޮވާލިއަޑު ކަންފަތުގައި ޖެހުނެވެ. ހުއްޓުން އަރާފައިހުރި އަޔާޒް އަނެއްކާވެސް ކުރިއަށް ހިނގައިގަތެެވެ. މޫނުމަތީ ވަނީ ހިތާމައާއި މޮޅިވެރިކަމެވެ. ހިތާމައިގެ އަސަރުތައް ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް އޭނާވަނީ އެކަމަށް ނުކުޅެނދިފައެވެ. އަވަސް ހިނގުމެއްގައިގޮސް ދޮރު ހުޅުވާލިއިރު މަންމަ ހުރީ ކުޑަކޮށް ނުރުހުންވެފައެވެ. އަޔާޒްގެ އިންތިޒާރުގައި ގިނައިރުތަކެއް މަޑުކުރަން ޖެހުމުންމެވެ. މިއަދު މަންމައާއި ހަތަރު ކަޅި ހަމަކޮށް ބަލާލަން އަޔާޒްވަނީ ޖެހިލުންވެފައެވެ. އޭނާގެ ހިތުގައި އަޅަމުންދާ ވޭނާއި ހިތާމައިގެ އަސަރުތައް ތަކުރާރުކޮށް ފައުޅުވާ މަންޒަރު މަންމައަށް ފެނި ހިތުގައި ޖެހެން ނޭދޭތީއެވެ. އެހެންކަމުން އިސްޖަހައިގެން ހުރެ މަޑުމައިތިރިކަމާއެކު މިދަނީ ތައްޔާރުވާންކަމަށް ބުނެ އަޔާޒް ހިނގައިގަތީ ފާހަނާއި ދިމާލަށެވެ. އަވަސް އަވަހަށް މޫނުދޮވެ ވުޟޫކޮށްލައިގެން ނިކުތީ އާދައިގެ މަތިން ވާޖިބުތައް ފުރިހަމައަށް އަދާކުރުމުގެ ނިޔަތުގައެވެ. ދުވަހަކީ ރަނގަޅު ދުވަހަކަށް ވެދާނެކަމުގެ ކުޑަވެސް އުއްމީދަކާއި އެކުގައެވެ.

މިސްކިތައްވަދެ ދުވަހުގެ ފުރަތަމަ ވާޖިބު އަދާކުރުމަށްފަހު އަޔާޒް މިސްރާބުޖެހީ އަތިރިމައްޗާއި ދިމާލަށެވެ. ގުދުރަތީ ރީތި މަންޒަރުތައް ބަލާލުމަށެވެ. ފުރިހަމަކަން ގެނުވާލަދޭ އިރުއަރާ މަންޒަރާވެސް އެކުގައެވެ. މިއީ އަޔާޒްގެ ކޮންމެ ދުވަހެއްގެވެސް އާދައެވެ. އާދައިގެ މަތިން އަޔާޒް އަތިރިމަތީގެ ރީތި މަންޒަރުތައް ބަލަން ގަޑިއިރެއްހާއިރު ހޭދަކުރިއެވެ. އެކުވެގެން ދިޔަ ވަޔާއި ދޮންވެލި ގޮނޑުދޮށުގައި ބީހެމުން ދިޔަ ރާޅުތައް ކުޅެމުން ދިޔަ ނަލަނަލަ ރާގުތައް އަޑުއަހާލުމަށްފަހު އަޔާޒް ހިނގައިގަތީ އެނބުރި ގެެއަށް ދިއުމަށެވެ. އޭނަގެ މަންމަ ތައްޔާރުކޮށްފައިވާ ހެނދުނުގެ ނާސްތާ ނެގުމަށެވެ. މަންމައާއި އެކު ދުވަހުގެ ސައި ފުރިހަމަވެގެން ދިޔުމަކީ އަޔާޒަށް ލިބިގެންދާ ބޮޑު އުފަލަކަށެވެ. ވާނީވެސް އެހެންތާއެވެ. އަޔާޒަށް ކިރިޔާވެސް އުފަލެއް ލިބެމުން އަންނަނީ މަންމަގެ ސަބަބުންނެވެ.

މަޑު ހިނގުމެއްގައިގޮސް އަޔާޒް ގެއަށްވަނީ އޭނާގެ ހިޔާލީ ދުނިޔެއަށް ގެއްލިހުރެއެވެ. ވަށައިގެންވާ މާހައުލު އޭނާއަށް ވަންހަނާވެފައިވާ ކަހަލައެވެ. ކޮޅަކަށް ބަލާވެސް ނުލާ އޭނާ ގެއަށް ވަނެވެ.

“ދަރިފުޅާ އަޔާޒް. ކޮބާ އާދޭ ސައިބޯން. މިހާރު އެއޮށް އޮފީހަށްދާން ގަޑި ޖެހެނީ!”

އަޔާޒަށް ގަޑިއަށް ބަލާލެވުނީ ދެނެވެ. 7 ޖަހަނީއެވެ. އަވަސް އަވަހަށް ނާސްތާ ނެގުމަށްފަހު އަޔާޒް ތައްޔާރުވެގެން އޮފީހަށް ދިޔައެވެ.

ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިތައް ގައިގައި ކެނޑިޅޭނި ބީހެމުން ދިޔައެވެ. އަޔާޒްގެ ފަން އިސްތަށިގަނޑު އިރުކޮޅުކޮޅުން ދުރަށް ލައެވެ. ރީތިކަމުގެ ލާމަސީލު މިސާލެކެވެ. މަޑު ހިނގުމެއްގައި އޮފީހަށް ގޮސް އަޔާޒް އޭނާގެ މޭޒުކައިރީ އިށީނެވެ. ދުވަހުގެ މަސައްކަތް ފެށުމަށެވެ.

“އަޔާޒް ކޮބާ ކިހިނެއް؟ އިރުކޮޅަކުން އޮންނާނެ އިނގޭ މީޓިންގެއް. އަންނާތި އިނގޭ!”

ކޮނޑުގައި ކޮއްޓާލުމަށްފަހު އޮފީހުގެ ބޮޑު މީހާ، އަދި އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާ ނަވާފް ބުންޏެވެ. ހަފްތާގެ ފުރަތަމަަ ދުވަސް ކަމަށް ވުމުން މުޅި އޮފީސްތެރެ ފެންނަނީ ހަލަބޮލިކޮށެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ މަސައްކަތައިގެން އުޅޭއިރު ހީވަނީ ނީސްތައްޓަަށް އަރައިގަނެގެން އުޅޭ ހެންނެވެ.

“ނައްވޫ!”

އަޔާޒް ކައިރިން ލާފައި ނަވާފް ދިޔަވަގުތު އަޔާޒް ގޮވާލިއެވެ. ބައްދަލުވުމަށް ދާން ހިނގާށޭ ބުނެ ނަވާފާއެކު އަޔާޒް ހިނގައިގަތެވެ. އިތުރު ދެމީހުން ތިބި ޖަލްސާ ކުރާ ކޮޓަަރި އަށް އަޔާޒް ވަދެގެންދިއައެވެ. މުޅި މާހައުލުގައި ވަނީ ހަމަހިމޭންކަމެވެ. ކޮޓަރިތެރެ ފަޅުފިލުވާލަދޭ އެ ދިގު ކަޅު މޭޒު ދޮށުގައި އެންމެން އެއްވެގެން ތިބީ މަޑުމައިތިރި ކަމާއި ކެތްތެރިކަމާއި އެކުގައެވެ.

އިރުކޮޅެއްފަހެވެ. ގަޑިން އަށެއް ޖެހުމާއިއެކު ނަވާފް ތެދުވެ އެންމެނާއި މުހާތަބު ކުރިއެވެމ ކުޑަ މަސައްކަތެއްގައި މެލޭޝިއާއަށް ދަތުރެއް ކުރަން ޖެހިއްޖެކަމަށް އޭނާ ބުންޏެވެ. އެކި މަސައްކަތުގައި ރާއްޖެއިން ބޭރަށް ދާން ޖެހުނު ނަމަވެސް ކުއްލި އިއުލާނުގެ ސަބަބުން އެންމެން ހައިރާންވިއެވެ.

“މިކަމުގައި އެންމެ އިސްކޮށް ހުންނާނީ އަޔާޒް! މިރޭ ނުވައެއްގެ ފުލައިޓުން ތި ތިން މީހުން ދަތުރު ކުރާނެ. މަސައްކަތް ފަށާނީ ދެދުވަސް ފަހުން. އަހަރެން ހުރިހާ ކަމެއް އަޕްޑޭޓް ކުރަމުން ދާނަން. އަދި އަހަންނަށްވެސް އަޕްޑޭޓް ކޮށްދޭންވާނެ. މީގައި އޮންނާނެ ކަންތައް ކުރަންވީ ގޮތް. ކިރިޔަ ކަމެއް ވިޔަސް ކޯލް މީ!”

ފެހި ކުލައިގެ ފައިލެއް ދިއްކޮށްލަމުން ނަވާފް ބުނެލިއެވެ. ހައިރާންވެ އަންތަރީސް ވެފައިވާ ހާލު އަޔާޒް ގެއަށް ހިނގައިގަތީ ދެން މިއަދަށް އޮފީހުގެ މަސައްކަތް ނިމުނުކަން އެންގުމުންނެވެ. ވާން އުޅެނީ ކިހިނެއްކަމެއްވެސް އޭނާއަކަށް ކުޑަކޮށްވެސް ހިތަކަސް ނަގައެއް ނުގަނެވެއެވެ. ގެއަށްވަދެ މަންމައަށް އެ ހަބަރު ދިނުމަށްފަހު އޭނާވަނީ ކުޑަކޮށް ތައްޔާރުވެލާށެވެ. 24 ގަޑިއިރުވެސް ނެތުމާއި އެކުގައެވެ.

ރޭގަނޑު އަށެއް ޖަހަނީއެވެެ. އާމަންޒިލަކަށް ދަތުރުކުރުމުގެ ފޮނި އުއްމީދުގައި އަޔާޒް އެއާޕޯޓަށް ވަދެގެން ދިޔައެވެ. ސިކުނޑީގެ ތެރެއަށް ގިނަވެފައިވާ މާޒީގެ ހަނދާންތަކާއި ކުޑަވެސް ވަގުތުކޮޅަކަށް ދުރަށްދެވޭތޯއެވެ. އޮފީހުގެ ބައިވެރިން އެއްވުމާއިއެކު ފްލައިޓަށް އަރާ ދެން އޮތް މަންޒިލަށް ދިއުމަށް ދަތުރުފެށިއެވެ. އައު ކަންތައްތަކާއި ކުރިމަތިލާން ޖެހޭނެކަން ދަނެެގެނެވެ.

އަޔާޒްގެ ސިކުނޑިތެރެ އަދިވެސް ވާނީ ހިޔާލުތަކުން ފުރިފައެވެ. މިކަމާ ދުރަށްދެވޭތޯ އޭނާ ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައެވެ. ގަނޑެއްގައި ކުރަހައިގެންނެވެ. ނޫނީ ބޭރު ބަލައިގެންނެވެ. ނަމަވެސް މީގެމް ކަމަކުން ހައްލެއް ނުލިބުމިން އަޔާޒް ފޯނުނަގާ ހެޑްސެޓް ޖެހުމަށްފަހު ލަވަޖެހިއެވެ. ހިޔާލުތަކާއި ހާސްކަމާއި ދުރަށް ދިޔުމަށެވެ.

“ބީވެެގެން ދިޔައިމާ ކަލާ، ދެރަވަނީއެ ޖެހި އަބަދު ހިތުގާ، އިންތިޒާރުގައި ވާނަމޭ، އެކުވެގެން ދެހިތް ދާނެ ކަމަށް..”

ފުރަތަމަވެސް އަޑު އިވުނު ލަވައިން އަޔާޒްގެ ގައިގައި ހީބިހި ނަގައިގަތެވެ. މާޒީގެ ހަނދާންތަކަށް އޭނާ އިތުރަށް ގެނބިގެންދިޔަ ކަހަލައެވެ. އެހިޔާލުތަކުގައި އޭނާއަށް ގެއްލި ނޭނގި ހުއްޓާ ލޮލުން ކަރުނަ ފާދާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fathimath Shamha

Level 1

Other Articles

Previous

ސިއްރު ސިއްރުން ހިތޭ… (3)

Next

ހިތުގެ ވިންދު 3

Next
October 31, 2017

ހިތުގެ ވިންދު 3

Previews
October 31, 2017

ސިއްރު ސިއްރުން ހިތޭ… (3)

8 Comments!

  1. Yal v says:
    October 31, 2017 at 3:28 pm

    Reethi Feshumeh kon dhuvas thakehga up vaaniii
    Waiting….

    1. Fathimath Shamha says:
      October 31, 2017 at 4:35 pm

      Thankyou ? friday ga up vaane in sha allah. ?

  2. Shi says:
    October 31, 2017 at 3:31 pm

    feshun v salhi…. keep it up… next part up kohlaani konirakun… me first dhw

    1. Fathimath Shamha says:
      October 31, 2017 at 4:38 pm

      Thankyou. ?Hehe yah sure. In sha allah friday ga up vane next part. ?

  3. Pinky shifoo says:
    October 31, 2017 at 4:13 pm

    Wow shamm… Story vvv nice ingey… Keep it up… Waiting….

    1. Fathimath Shamha says:
      October 31, 2017 at 7:33 pm

      Thankyou. ?

  4. Adam says:
    October 31, 2017 at 11:04 pm

    Salhi feshumeh keep it up

    1. Fathimath Shamha says:
      November 2, 2017 at 5:38 pm

      Thankyou ?

Comments are closed.

Next Episodeނުމެދާށޭ ދޫނި މަގޭ (2)←


All Right Reserved!