Skip to content
އެސްފިޔަ

ޔާރުމިވަނީ ލޯތްބޭ ޙަޤީގީ (ފަންސަތިރީސްވަނަ ބައި)

މިޝަލްގެ، އިންތިޒާރަށް ނިމުން އައީ، ޝިއުރީމެން ދަތުރުކުރި ލާންޗް ބަނދާރައި ގާތްކުރުމުންނެވެ. ރަތްކުލައިގެ ޝޯލެއް އަޅައިލައިގެން ހުރި ޝިއުރީ، ލާންޗުން ފައިބާން އަންނަތަން ފެނުމުން، މިޝަލަށް ކޮޅަށް ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ.

________________________________________

 

ކުރިއާއި މާ ބޮޑު ތަފާތެއް ނެތްނަމަވެސް، އޭރަށްވުރެ، ޝިއުރީ ދޮންވެފައި، ހިކިހެން ހީވެއެވެ. އެހެނަސް، އެ ރީތިކަމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. މިޝްޔާމެންނާއި ވާހަކަދައްކަން ހުރެފައި، ޝިއުރީ ހީލިތަން ފެނުމުން މިޝަލްގެ ހިތަށް އެނގުންވެލިއެވެ. ޝިއުރީގެ ގާތަށް ދިއުމަށް އޭނާގެ ހިތް އެދި ގޮވަނީއެވެ. އެހެނަސް، އޭނާއަށް އެފަދަ ހިތްވަރެއް ކުރާކަށް ނުކެރުނެވެ. ޝިއުރީދެކެ ވާ މަތިވެރި ލޯތްބެއްގެ ސަބަބުން، އޭނާ ހިތްހަމަ ނުޖެހޭކަމެއް ކުރާކަށް މިޝަލްގެ ހިތެއް ނޭދެއެވެ. މިޝަލް ދެކޭ ގޮތުގައި ޝިއުރީގެ ހިތްހަމަ ޖެހުމަކީ، އޭނާގެވެސް ހިތްހަމަ ޖެހުމެވެ. އެކަމުން އޭނާގެ ހިތަށް ކޮންމެފަދަ އަނިޔާއެއްވިޔަސް ވެހެވެ. ޙަޤީގީ ލޯތްބަކީ އެއީއެވެ.

********************

 

“އަޅޭ…… ވަރަށް ގިނަ ދުވަސްކޮށްލާފަ އެންމެން އެއްކޮށް މި ދިމާވީ….. ވަރަށް މިސްވި….” ތިން ކުދިންގެ ގައިގައި ވަކިވަކިން ބައްދާލަމުން ޝިއުރީ ބުނެލިއެވެ. ދުވަސްތަކަކަށްފަހު، އެކުވެރިން ފެނުމުން، އޭނާގެ ހިނިތުންވުން ފިލައި ނުދެއެވެ.

“ޝިއު ތި ހުންނަނީ މާލެ ދިޔަ ގޮތަށް ރަށަށް ނާންނާކަންނު…..” އައިނު ރަނގަޅުކޮށްލަމުން އަޔާނީ ބުނެލިއެވެ. އޭނާ ހުރީ ރުޅިއައިސްފައިކަމަށް ހެދިގެންނެވެ. ތުންފިއްތައިގެން ހުރި ގޮތުން ޝިއުރީގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެންމެން ހޭން ފެށުމުން، އަޔާނީއަށްވެސް އެ ގޮތުގައި ނުހުރެވުމުން، އޭނާވެސް ހޭން ފެށިއެވެ. ހިނިއައިސްފައި ހުރި ޝިއުރީ، ލޯބިގޮތަކަށް އަޔާނީގެ ނޭފަތު ކުރީގައި ހިފާލިއެވެ.

“ޝިއުވެސް ދެން މި ރަށުން ވަޒީފާއެއް ހޯދަން އުޅޭ….. އޭރުން އަހަރެމެންނާއި އެކީ ރަށުގައި އުޅެވޭނެއެއްނު…. އަޅައިގެން ހުރި ނޫކުލައިގެ ޝޯލް، ވަޔާ އުދުހޭތީ، އޭގެ ކަނުގައި ހިފަހައްޓާލައިގެން ހުރެ ޔަލްވީ ބުނެލިއެވެ.

“ތިކަމާ އުޅެންވީ…. އަހަރެން ހާދަ ހަނދާންވެއޭ ސްކޫލް ދުވަސްވަރު މަތިން…. އަބަދު ސްކޫލްގައި އުޅެން ޖެހޭނެނަމަ ދޯ… އޭރުން އަބަދުވެސް އެންމެން ގާތުގައި ހުރެވޭނެއެއްނު….. އެކަމަކު، މައްސަލައަކީ އިމްތިހާންތައް ހަދަން ޖެހޭތީ….” ޝިއުރީ މިހެން ބުނުމުން އެންމެން މަޖާވެފައި ހޭންފެށީ އެކަމަށް ތާއީދު ކުރަމުންނެވެ.

ކުޑަކުދިންތަކެއް ފަދައިން ހަތަރު ކުދިން އަތުގުޅާލައިގެން ތިބެ، ގެއަށް ދާން ހިނގައިގަތީ، ޝިއުރީގެ ފޮށި ހިފައިގެން ދިޔަ އޭނާގެ ބައްޕަ، ހާރޫންގެ ފަހަތުންނެވެ. ދިޔަ މަގުމަތީ ސްކޫލް ދައުރުގައި ހިނގި އެކި މަޖާ ކަންތައް ހަނދާންކޮށް އެ ވާހަކަތައް ދައްކާ، ހީ ސަމާސާ ކުރިއެވެ.

“އޭ….. އޭނަ އަދިވެސް މި ރަށުގައިތަ އުޅެނީ…..؟؟؟ މިހާރު، ހާދަ ސްމާޓްހެން ހީވޭ…” ގެއަށް ދިޔަ މަގުމަތީ، ފިހާރައެއްގެ ކައިރީގައި ހުރި ރާހިލް ފެނުމުން ޝިއުރީއަށް އަހައިލެވުނެވެ.

“ހޫމް….. މި ރަށަށް އައި ގޮތަށް ދާން ނޭނގިފައި އެ ހުންނަނީ…. ހިތް ކިޔާ ކުއްޖަކު ފެނުނީމަ، ދެން ވާނީވެސް އެހެންތާ…. އަނެއްކާ ޝިއު އޭނައަށް ހިތްކީތަ…..؟؟؟؟؟؟ ހިތްކިޔަސް ލިބޭނެހެނެއް ހިޔެއްނުވެ…. އެ ސޮރުގެ ހިތް މިރަށުގެ މަންޖެއަކަށް ދީފި….” ޝިއުރީގެ ގައިގައި ކޮށްޓާލުމަށްފަހު، މިޝްޔާއަށް އިޝާރާތްކޮށްލަމުން މަޖާވެލާފައި ޔަލްވީ ބުނެލިއެވެ. ޔަލްވީ ބުނަން އުޅޭ އެއްޗެއް ދޭހަވުމުން، ދެ ލޯ ބޮޑުކޮށްލައިގެން ހުރި ޝިއުރީއަށް އޭނާގެ އަނގަމަތީ އަތް އަޅައިލެވުނެވެ.

“ވަގު މަންޖެ…. އެ ކަހަލަ ކަންތައްގަނޑެއް ހިންގާލިއިރު އަހަންނަށް އަންގާވެސް ނުލާ……” ހިނގުން ހުއްޓާލުމަށްފަހު، މިޝްޔާގެ އަތުގައި ހިފާލަމުން، ރާގު އަޅުވާލާފައި ޝިއުރީ ބުނެލިއެވެ. ކަންތައްގަނޑެއް ނުހިންގަމޭ ބުނެ، އެ ވާހަކައަށް ސަމާލުކަމެއް ނުދީ މިޝްޔާ ކުރިއަށް ހިނގައިގަތެވެ. ވާ ނުވާ ނޭނގިފައި ހުރި ޝިއުރީ، ޔަލްވީއަށް ބަލައިލަމުން ލޮލުގެ އިޝާރާތުން ކިހިނެއްވީހޭ އަހާލިއެވެ.

“އެ ތެދެއް…. އޭނައެއް ކަންތައްގަނޑެއް ނުހިންގައޭ…. މިޝް، ކިޔަވާ ނިންމާފަ ރަށަށް އައިފަހުން، ރާހިލް ހުންނަނީ އޭނައަށް ވާވަރު ބަލަބަލާ…. މިޝް ލިބޭތޯ ކަންނޭނގެ، މިޝަލްވެސް ވަރަށް ގާތްކޮށްލައިގެން އުޅެނީ….. މިހާރު ލޯބިވެސް ހުށަހަޅައިފި…. އެކަމަކު، މި މަންޖެ ވަގުތުން އިންކާރު ކުރީ….. އެހެންވިޔަސް، އަހަންނަށް ހީވަނީ އޭނަ ހުއްޓާލާނީ މިޝް ކާމިޔާބުކޮށްފަހެން…..” ޝިއުރީމެންނާއެކު، މިޝްޔާގެ ފަހަތުން ހިނގައިގަންނަމުން އަޔާނީ ކުރުގޮތަކަށް ކިޔައިދިނެވެ.

“އަސްލުވެސްތަ؟؟؟؟ އަޅެ ތި މީހުން ހާދަ ގޯހޭ….. އަހަންނަށް އެ ވާހަކަ ނުވެސް ކިޔައިދޭ….. އަހަރެން ރުޅި ތި މީހުންނާ…..” ކުޑަކުއްޖެއް ފަދައިން ތުން ދަމާލަމުން ޝިއުރީ ރުޅި ހަދާލިއެވެ. ޝިއުރީ، ތުންކޮޅު ހަދާލައިގެން ހުރި ގޮތުން ތިން ކުދިން އެއްފަހަރާ ހޭންފެށިއެވެ.

“އަހަންނަށް ހީވަނީ، މީނާ ރަށަށް ނައިސް މާލޭގަ ހުރެގެން ޑްރާމާ ކުޅެން ދަސްކުރީހެން…. ހީވަނީ ހަމަ ޑްރާމާ ކްއީންއެއްހެން…. އެކްޓް ކުރަން، ވަރަށް މޮޅު އެނގޭ…… ދެން ތިހާ ވަރަށް ނުފުއްވަ ހިނގާބަލަ….. މިޝް އެހާ ހިތްހަމައެއް ނުޖެހޭނެ އެ ވާހަކަ ދައްކާކަށް…. އެހެންވެއޭ އަހަރެމެންވެސް އެ ވާހަކަ ނުދައްކަނީ…. މިއަދު ދެން އޭނަ ފެނުނީމަ އަހަރެންނަށް އެ ވާހަކަ ފެށުނީ މި…..” ޝިއުރީގެ އަތުގައި ހިފައިގެން ހުރެ ކުރިއަށް ދަމުން އަޔާނީ އޮޅުން ފިލުވައިދިނެވެ.

މިޝް، ކީއްވެތަ އޭނަގެ ހުށަހެޅުމަށް އިންކާރު ކުރީ…..؟؟ ކިހާ ރަނގަޅު މީހެއް އެއީ…. އަނެއްކާ މިޝްއާއި ނުލާހިކު ގުޅޭ…..” ޝިއުރީ ބުނަން ބޭނުންވީ އޭނާ ޒިކާނާއިވެސް ވައްތަރު ވާހަކައެވެ. އެހެނަސް ،މިޝްޔާގެ އުފާވެރި މޫޑު ޚަރާބުކޮށްލަން ބޭނުން ނުވާތީ، އެ ބަސްތައް އޭނާގެ ހިތުތެރޭގައި ފޮރުވާލީއެވެ.

“ހަމަ ޝިއުތަ އެހެން ތި އެހީ….؟؟؟؟  އެހެންވީއިރު، ޝިއު ކީއްވެތަ ދޮންބެގެ ލޯތްބަށް އިންކާރުކުރީ….؟؟؟ ގައިމުވެސް ދޮންބެއަކީ ގޯސް މީހެއްނޫން…. ނުލާހިކު ރީތި… އަޚްލާގު ރަނގަޅު… ވަޒީފާއެއްގައި އުޅޭ މަޑުމައިތިރި، އޯގާތެރިއެއް…. ޝިއު ދޮންބެއާއި ނުގުޅުނީ، ދޮންބެގެ ކޮން ސިފައެއް ކަމުނުގޮސްގެންތަ…..؟؟؟؟؟” ފިޔަވަޅުތައް މަޑު ޖައްސާލުމަށްފަހު، ޝިއުރީއަށް ބަލަން ހުރެ، މިޝްޔާ، އެތައް ސުވާލެއް އޭނާއާއި ކުރިމަތިކުރުވިއެވެ. އެ ސުވާލުތައް އިވިފައި ޝިއުރީ، ހިމޭންވިއެވެ. އަޔާނީއާއި، ޔަލްވީ، އެކަކު އަނެކަކަށް ބަލާލީ، އެއީ އެ މީހުންނަށް އަދި ނޭނގޭ ވާހަކައަކަށް ވުމުން، ހައިރާންވީވަރުންނެވެ.

“މިޝަލް ކޮންއިރަކު ޝިއު ގާތު ރައްޓެހިވާން އެހީ….؟؟؟ އެއްފަހަރު މިޝްޔާގެ މޫނަށް އަދި އަނެއް ފަހަރު ޝިއުރީގެ މޫނަށް ބަލައިލަމުން ޔަލްވީ ސުވާލުކޮށްލިއެވެ. އަޔާނީވެސް އެ ދެމީހުންނަށް ބަލަން ތިބީ ޖަވާބެއްގެ އިންތިޒާރުގައެވެ.

“އެއީ މީގެ ފަސް އަހަރުކުރީގެ ވާހަކައެއް… އެކަމާ، މިކަމާ ހާސްބައި ތަފާތު…. އަހަންނަށް މިޝަލާއި ދޭތެރޭ ދެކެވެނީ ބޭބެއެއްގެ ޙައިޞިއްޔަތުން…. އެހެން ނޫނަސް އަހަރެން މިޝަލްދެކެ ލޯތްބެއް ނުވެ…. ލޯބި ނުވާ މީހަކާ ގުޅިގެން ކިހިނެއް އުޅޭނީ…..؟؟؟” ޔަލްވީގެ ސުވާލަށް ޖަވާބު ދިނުމަށްފަހު، ޝިއުރީ މިޝްޔާއަށްވެސް ޖަވާބުދިނެވެ.

“ތީ އަހަރެންވެސް ބުނަން މިއުޅޭ ވާހަކައަކީ…. ކިތަންމެ ރީތިވެފައި، ރަނގަޅުވިޔަސް، ލޯބި ނުވާ މީހަކާއެކީ، ކިހިނެއް އުޅޭނީ…..؟؟؟ ރާހިލްގެ ލޯތްބަށް އަހަރެން އިންކާރުކުރީ އެހެންވެ….. އަހަންނަށް އެނގޭ ޝިއުވެސް ދޮންބެއާއި ނުގުޅުނީ ދޮންބެދެކެ ލޯބި ނުވާތީކަން…. އެހެންވެ، އެކަމާ ބެހޭގޮތުން، އަހަރެން ޝިއުއާއި ވާހަކަ ނުދެއްކީ…. އެކަމަކު، ވަރަށް ތެދަށް، އަހަރެން ބުނަންތަ ވާހަކައެއް…..އަހަންނަކަށް ހިއެއް ނުވެ، ދޮންބެ ޝިއުދެކެ ލޯބިވާ ވަރަށް، މި ދުނިޔޭގެ އެކަކަށްވެސް ޝިއުދެކެ ލޯބިވެވޭނެހެންނެއް….. ޝިއުދެކެ ލޯބި ވެވުނީއްސުރެ މިއަދާ ޖެހެންދެންވެސް ދޮންބެ އެ ހުންނަނީ ޝިއުގެ އިންތިޒާރުގައި….. ޙަޔާތުން ދުވަސްތައް ފާއިތުވެގެން ދާއިރުވެސް އެހެން އަންހެން ކުއްޖަކާ ނުގުޅެން އެ ހުންނަނީ ދޮންބެ ޝިއުދެކެ ވާ މަތިވެރި ލޯތްބެއްގެ ސަބަބުން….. އެންމެ ފަހަރަކުނަމަވެސް، ވަރަށް ފުންކޮށް ޝިއު އެކަމާ ވިސްނާލަބަލަ… ” ޝިއުރީއަށް ބަލަން ހުރެ މިޝްޔާ އެތައް ވާހަކައެއް ދެއްކިއެވެ. ޝިއުރީ އިސްޖަހާލީ، މިޝްޔާ އެ މައުޟޫއަށް ވާހަކަ ދެއްކުމުންނެވެ. އެ ވާހަކަތައް އަޑު އަހަން ބޭނުން ނުވިކަމުގައިވިޔަސް މިޝްޔާ ހުއްޓުވާކަށް އޭނާއަކަށް ނުކެރުނެވެ.

“އަހަންނަށްވެސް ހީވަނީ މިޝް އެ ދެއްކީ ރަނގަޅު ވާހަކަތަކެއްހެން…. އަދި އަދަށް ދާންދެންވެސް މިޝަލްގެ ޙަޔާތަށް އަންހެންކުއްޖަކު އައިކަމެއް އަހަންނަށް އެނގިފައެއް ނެތް…. މިޝް ބުނިހެން އޭނަ އެހުންނަނީ ހަމަ ޝިއުގެ އިންތިޒާރުގައި ކަންނޭނގެއެއްނު…. ޝިއު އެކަމާ ފުންކޮށް ވިސްނާލަން ފެނޭ….” ޝިއުރީގެ އަތުގައި ހިފާލަމުން އަޔާނީ މިހެން ބުނުމުން ޝިއުރީ ވަކި އެއްޗެއް ނުބުނެއެވެ.

********************

 

ހަނދުވަރުގެ ރިހިއަލި މޫދަށް އެޅިފައިވާއިރު، ފެންނަނީ ނުހަނު ހިތްގައިމު ގޮތަކަށެވެ. އޮއިގަދަކަމުން ރާޅުތައް އުފުލިފައިވާ ތަންތަންކޮޅަށް ހަނދުވަރުގެ އަލި އެޅިފައިވުމުން، ހީވަނީ ކުދި މުތީތަކެއް ވިދާ ބަބުޅަމުންދާހެންނެވެ. ރަށުގެ ތުނޑީފަރާތުގެ އޮލަ ފަސްގަނޑުމަތީ އިށީނދެލައިގެން ތިބި އަޔާނީއާއި އަފްލާކް، ޤުދުރަތުން ފުރިގެންވީ އެ ހިތްގައިމު މަންޒަރުން އުފާ ހޯދަމުން ދިޔައެވެ. އަޔާނީ އިނީ އަފްލާކްގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ. އަފްލާކް އިނީ ފުރަގަހުން އަޔާނީގެ ކޮނޑުގައި ހިފަހައްޓާލައިގެންނެވެ.

“ޔާނީ…..  މި ގޮތަށް ސިއްރުން ބައްދަލްކުރާކަށް، ދެން އަހަރެން ބޭނުމެއް ނޫން….؟؟؟ އަހަރެން ބޭނުންވަނީ، ވީ އެންމެ އަވަހަކަށް މި ގުޅުމުގެ ވާހަކަ މަންމަމެންނާއި ހަމައަށް ގެންދަން….  މިހާރު، ކިޔަވައި ނިމިގެން ޔާނީ ތި އުޅެނީ ވަޒީފާގައި….. އެހެންނޫނަސް މަންމަމެން ބުނީ ކިޔަވާ ނިމެންދެން ދުރުގައި ތިބުމަކަށްނު…. މިހާރު ދެން މި ދެމެދަށް ކިޔެވުންވެސް ހުރަހެއް ނާޅާނެ…. އަހަރެން ބޭނުން ވީހާވެސް އަވަހަށް ޔާނީއާއި ކައިވެނި ކުރަން…..” އަޔާނީގެ މަޑުމަޑު އަތްތިލައިގައި ހިފާލަމުން، އޭނާގެ ދެލޮލަށް ބަލަން އިނދެ އަފްލާކް ބުނެލިއެވެ. އަފްލާކަށް ބަލާލުމަށްފަހު، ކޮޅަށް ތެދުވެ އަޔާނީ ހިނގައިގަތީ ރާޅުޖަހާ ހިސާބަށެވެ. ދެ ޖީބަށް އަތް ޖަހާލައިގެން ހުރެ، އަފްލާކްވެސް އަޔާނީގެ ގާތަށް ގޮސް އޭނާއާއި އެއްހަމައެއްގައި މަޑުކޮށްލިއެވެ. ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިން ހަށިގަނޑު ރޫރޫ އަޅައިގަތުމުން އަޔާނީއަށް މޭ މަތީ ދެ އަތް ހުރަސްކޮށްލެވުނީ ފިނިވީ ވަރުންނެވެ. ހަނދުވަރުގެ ރިހި އަލިން ޖަރީވެފައިވާ މޫދަށް ބަލަން ހުރި އަޔާނީ ފުންނޭވާއެއް ބޭރުކޮށްލަމުން، އަފްލާކަށް ބަލާލިއެވެ. އޭރު އަފްލާކްވެސް ހުރީ އަޔާނީގެ ޙަރަކާތްތަކަށް ބަލާށެވެ. އަޔާނީގެ މޫނަމަތިން އަފްލާކަށް ފެނުނީ ނުތަނަވަސްކަމެވެ. އެކަމާއި ބެހޭގޮތުން ސުވާލުކުރުމުން، އޭނާ އަނެއްކާވެސް ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ.

“ކީއްވެގެން ކަމެއް ނޭނގެ… އަހަރެންގެ ހިތްބުނަނީ މަންމަމެން އަނެއްކާވެސް އެހެން ބަހަނާއެއް ދައްކާނޭ އަހަރެމެން ދުރުކުރުވަން…. އެހެންވެ މަންމަމެންނަށް އަންގަން ބޭނުން ނުވެގެން މި އުޅެނީ…. އަހަރެންވެސް ބޭނުން ދެން ލަސްނުކޮށް ކައިވެނި ކުރަން……އަފޫގެ އަންބަކަށް ވުމަށް އެދި، އަހަރެން މި ދެކޭ ހުވަފެންތަކުގައި، ޙަޤީގީ ކުލަ ޖެހެން އަހަރެންވެސް ބޭނުންވޭ…. އެކަމަކު، އަނެއްކާވެސް މަންމަމެން އަހަރެމެން ދުރުކުރުވަން އުޅެފާނެތީ، ބިރުގަންނަނީ…. ” އަފްލާކްގެ މޫނަށް ބަލަން ހުރެ އަޔާނީ، އޭނާގެ ހިތުގައިވާ އުދާސްތައް ބޭރުކޮށްލިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރުތަކުންވެސް ނުތަނަވަސްވެފައިވާވަރު ދޭހަކޮށްދެއެވެ.

“ޔާނީ މާ ބޮޑަށް ހާސްވަނީއޭ….. މަންމަމެން އޭރު އަހަރެމެން ދުރުކުރުވީ ޔާނީ ކިޔަވާތީއެއްނު…… މިހާރު ތި ހުރީ ކިޔަވާ ނިމި މޮޅު ނަރުހަކަށްވެފައި….. އަހަންނަކަށް ހިޔެއްނުވެ، މަންމަމެން ދެން އަހަރެމެން ދުރުކުރަން އުޅޭނެހެންނެއް….. އެހެން ނޫނަސް ކައިވެންޏާއި ހަމައަށް ދެވޭނީވެސް މަންމަމެންނާ ވާހަކަ ދައްކައިގެންނު ދޯ….” އަޔާނީގެ ދެ ކޮނޑުގައި ހިފަހައްޓާލަމުން އަފްލާކް ބުނެލިއެވެ.  އެ ވާހަކަތަކަށް އެއްބަސްވުމުގެ ގޮތުން އަޔާނީ ބޯ ޖަހާލިއެވެ. އަފްލާކް އަޔާނީގެ ގައިގައި ކުޑަކޮށް ބައްދާލުމުން، އަޔާނީ، އަފްލާކެގެ މޭގައި ބޯ އަޅާލިއެވެ. އަޔާނީގެ ބޮލުގައި ދަތްދޮޅި ޖައްސާލައިގެން ހުރެ އަފްލާކް ވިސްނަމުން ދިޔައީ، އަމްހާމެންގެ ގާތުގައި އެ ވާހަކަތައް ދައްކާނެ ގޮތަކާއި މެދުއެވެ.

********************

 

މިޝްޔާއަށް ދިނުމަށްޓަކައި، މާލެއިން ގެނައި ހަދިޔާ ކޮތަޅުތައް ހިފައިގެން، އެ ގެއަށް ވަންނަން ދިޔަ ޝިއުރީއަށް ހުއްޓެވުނީ ގެއިން ނުކުންނަން އައި މިޝަލް ފެނުމުންނެވެ. އޭރު ދެ މީހުންނަށްވެސް ތިބެވުނީ ދޮރު ކައިރީގައި، އެކަކު އަނެކަކަށް ކުރިމަތިވާގޮތަށެވެ. މިޝަލް، އެ ހުރި ފިޔަވަޅުމަތީ، ޝިއުރީއަށް ބަލަން ހުރީ، ހުއްޓުން އަރާފައެވެ. އޭނާގެ އަމިއްލަ ނަފްސު އޭނާގެ އިޚްތިޔާރުން ބޭރުގައިވާ ކަހަލައެވެ.  އެތެރެއަށް ނުވަދެވިފައި ހުރި ޝިއުރީ އިސްޖަހާލީ، މިޝަލްގެ ބެލުންތަކުން އުނދަގޫވާން ފެށުމުންނެވެ. އެވަގުތު، ކޮޓަރިން ނުކުތް މިޝްޔާއަށް މި މަންޒަރު ފެނުމުން، އެ ދެމީހުންނަށްޓަކައިވެސް، އޭނާގެ ހިތުގައި ޙަމްދަރުދީ އުފެދުނެވެ. މިޝަލް، ޝިއުރީދެކެ އިންތިހާއަށް ލޯބިވާކަމާއި، ޝިއުރީ ނުލިބުމުން، އޭނާ ދެރަވާނެވަރު މިޝްޔާއަށް އަންދާޒާކޮށްލެވެއެވެ. ހަމަ އެހެންމެ، އެފަދަ ޙާލަތެއްގައި ޝިއުރީއަށް އުނދަގޫވާނެވަރުވެސް، އޭނާއަށް ވިސްނެއެވެ. ސަބަބަކީ، މިވަގުތު އޭނާވެސް އެފަދަ ފައްތަރެއްގައި ވާކަމެވެ.

“ޝިއު، އާދޭ އެތެރެއަށް…..” މިޝްޔާގެ އަޑަށް ދެ މީހުންނަށް ސިހިފައި އެ ދިމާއަށް ބަލައިލެވުނެވެ. މިޝަލަށް ކުރެވުނު ކަންތައް ރޭކާލީ ދެނެވެ. ޝިއުރީއަށް އެތެރެއަށް ވަނުމަށް ތަންދެމުން، އޭނާ އެއްފަރާތްވެލިއެވެ. މިޝަލަށް ބަލާލުމެއްވެސް ނެތި، އެތެރެއަށް ވަންގޮތަށް ޝިއުރީ މިސްރާބުޖެހީ އަނެއް ފަރާތަށް ދިއުމަށެވެ. ދެރަވެފައިހުރި،  މިޝަލް މިޝްޔާއަށް ބަލައިލަމުން ގަދަކަމުން ހީލިއެވެ. ޝިއުރީގެ ޢަމަލުތައް ހުރިގޮތުން މިޝަލްގެ ހިތަށް އަސަރުކޮށްފައިވާވަރު މިޝްޔާއަށް ސިއްރުކުރަން ބޭނުންވާތީއެވެ. އެހެނަސް މިޝްޔާއަށް އެކަންތައް ސިއްރެއް ނުވެއެވެ.  މިޝަލް ނުކުމެގެން ދިޔަތަން ބަލަން ހުރެފައި މިޝްޔާވެސް ޝިއުރީގެ ގާތަށް ދިޔައެވެ.

********************

 

މިޝްޔާ، ފިހާރައިން ނުކުތީ މެންދުރަށް ކައްކަން ބޭނުންވާ ބައެއް ސާމާނު ގަނެގެންނެވެ. ވަކި ހިސާބަކަށް ނުދެވި އުޅެނިކޮށް، މީހަކު އައިސް ދާދި ގާތުގައި މަޑުކޮށްލުމުން އޭނާ ބަލައިލިއެވެ. އޭރު މިޝްޔާގެ ގާތުގައި ހުރި ރާހިލް އޭނާގެ ލޮލުގައި އަޅާފައި އިން އަވިއައިނު ނަގަނީއެވެ. ރާހިލް ހިނިތުންވެލުމުން، މިޝްޔާވެސް ހިނިތުންވެލީ، އެނޫން ގޮތެއް ނެތިގެންނެވެ. ރާހިލް ފެންނަ ކޮންމެފަހަރަކު، ޒިކާން މަތިން ހަނދާންވާތީ، މިޝްޔާއަށް އުނދަގޫވަނީއެވެ. ރާހިލް ފެންނަ ހިސާބުގައި ހުންނަން ބޭނުންވިކަމުގައިވިޔަސް، އެއީ ރާހިލް ދެކޭހިތުން ނޫންކަން އޭނާވެސް ދަނެއެވެ.

ރާހިލްގެ ލޯތްބަށް، މިޝްޔާ އިންކާރުކުރީ، އޭނާއަށް ރާހިލް، ކަމުނުދާތީއެއް ނޫނެވެ. ރާހިލާއި، ޒިކާންގެ ސިފަ އެއްގޮތް ވުމުންނެވެ. ލޯބިނުވާއިރު، ހަމައެކަނި ޒިކާނާއި ސިފައެއްގޮތްވުމުގެ ސަބަބުން، ރާހިލާއި ގުޅިއްޖެނަމަ، މިޝްޔާ ދެކޭ ގޮތުގައި އެއީ، ރާހިލަށް އޮޅުވާލެވުނީއެވެ. އެއްވެސް މިހަކަށް އޮޅުވާލައިގެން ގުޅިގެން އުޅޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އެފަދަ ގޮތަކަށް ފެށޭ ގުޅުމެއް މާ ގިނަ ދުވަހަށް ދެމި އޮންނާނެކަމަކަށް އޭނާ ނުދެކެއެވެ. ރާހިލާއި ދުރުން އުޅެން މިޝްޔާ މަސައްކަތް ކުރާ ސަބަބަކީ އެއީއެވެ. އެހެނަސް، ފާޅުގައި އެހެން ބުނާން ކެރޭނީވެސް ފަހެ ކިހިނަކުން ހެއްޔެވެ.

 

ރާހިލަށް ހިނިތުންވެލަމުން، ހަލުވި ހިނގުމެއްގައި މިޝްޔާ ހިނގައިގަތީ، އޭނާގެ ކިބައިން އަވަހަށް ސަލާމަތްވުމަށެވެ. އެހެނަސް، ރާހިލް ހުރީ އެހާ ފަސޭހައިން މިޝްޔާގެ ފަހަތުން ނެއްޓޭގޮތަކަށް ނޫނެވެ.

“ޕާސްތާ ހަދަންތަ ތިއުޅެނީ….؟؟؟” މިޝްޔާއާއި އެއްހަމައެއްގައި ހިނގަމުން ދިޔަ ރާހިލް ސުވާލުކޮށްލީ މިޗްޔާގެ އަތުގައި އޮތް ކޮތަޅު ފެނުމުންނެވެ. ރާހިލަށް ބަލައިލުމެއްނެތި، މިޝްޔާ ބޯ ޖަހާލިއެވެ. އޭނާއާއި ވާހަކަ ދައްކަން ޖެހުމުން މިޝްޔާ ހުރީ އުނދަގޫވާގޮތްވެފައެވެ.

“އަހަރެންނަކަށް ނުލިބޭނެތަ…..؟؟؟؟” މިޝްޔާގެ މޫނަށް ބަލާލަމުން ރާހިލް އަހާލިއެވެ. މިޝްޔާއަށް ރާހިލާއި ދިމާއަށް ބަލާލެވުނީ ވާހަކަދެއްކުމުގައިވެސް ޒިކާނާއި އެއްގޮތް ގޮތެއް ހުންނާތީއެވެ. އެފަދަ ވަގުތުތަކުގައި، ޒިކާން ގާތުގައި ވާ ކަހަލަ އިޙްސާސެއް އޭނާއަށް ކުރެވެއެވެ.

“އޭއި ހާދަ ވަރަކަށް ތި ވިސްނަނީ…..” ރާހިލްގެ މޫނަށް ބަލަހައްޓައިގެން ހުރި މިޝްޔާ ސިހުނީ، ރާހިލް، އޭނާގެ މޫނު ކުރިމަތީ އަތްހިންގާލުމުންނެވެ.

“ނޫނޭ… ކާން އަންނާތި…..” ރާހިލް އެހާ ރީތިކޮށް އެހުމުން މިޝްޔާއަށް އިންކާރުކުރާކަށް ނުކެރުނެވެ.

“އޯކޭ…. މިޝަލްއާއި އެކީ ދާނަން….” މިޝްޔާއާއި ދިމާއަށް އެއް ލޯ މަރާލަމުން، މިހެން ބުނެފައި އޭނާ ދިޔައީއެވެ. މީހާ ހަމައަކަށް އެޅުމަށްޓަކައި، މިޝްޔާ، ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ހީވަނީ އެތައް އިރަކު ނޭވާ ހިފަހައްޓާލައިގެން ހުރެފައި ދޫކޮށްލިހެންނެވެ.

********************

 

“ޔާލް ހާދަ އަވަހަކަށް ތި ނުކުތީ…. އަންނަ ހަފްތާގައެއްނު ޗުއްޓީ ހަމަވާނީ……” ޔަލްވީ އައިސް ސްކޫލް އޮފީހަށް ވަނުމާއިއެކު ކައުންޓަރުގައި އިން  ޒިހުނާ ސުވާލުކޮށްލިއެވެ.

“ހޫމް…. ބައްޕަ މިހާރު ވަރަށް ބޮޑުތަން ރަނގަޅުވެއްޖެ…. އެހެންވެ އެ ރަށުގައި ހަފްތާއެއްކޮށްލާފައި ހުކުރު ދުވަހު ހެނދުނު ރަށަށް އައިސްފިން….. ދެން ރަށުގައި ހުރިއްޔާ ގޭގަ ހުންނާނެކަމެއް ނެތްތާ ދޯ…..” “ފިންގަރ ޕްރިންޓް އެޓެންޑެންސް މެޝިނަށް” އޮބާލުމަށްފަހު، ކައުންޓަރު ކައިރިއަށް އައިސް މަޑުކޮށްލަމުން ޔަލްވީ ބުނެލިއެވެ. އޭނާއާއި އެއްބަސްވުމުގެ ގޮތުން ކައުންޓަރުގައި އިން ޒިހުނާވެސް ބޯ ޖަހާލިއެވެ.

“ޔާލް ދެން ނުޖެހޭނެ ފޫހިވެގެން އުޅޭކަށް…. މިދިޔަ ހަފްތާގައި އައި.ޓީ ޓެކްނީޝަންވެސް ވަޒީފާއަށް ނުކުމެއްޖެ…..” ޔަލްވީގެ އަތުގައި ހިފާލަމުން ހިނިއައިސްފައި އިނދެ ޒިހުނާ ބުނެލިއެވެ.

“ކޮން ބައެއްތަ އެ މަޤާމަށް ކުރިމަތިލާފައި ތިބީ….؟؟؟؟ ކާކު ހޮވުނީ….. މި ޒިހޫމެން ސިއްރުވެރިކަމުން އެކަހަލަ އެއްޗެއްވެސް ނުބުނެދޭނެ…..” ޒިހުނާގެ ގައިގައި މަޑުމަޑުން ޖަހާލަމުން ޔަލްވީ މިހެން ބުނެލުމުން އޭނާ ފެށީ ހޭށެވެ.

“ހެހެހެ….. ކީއްކުރަންތަ އެ މަޤާމަށް ކުރިމަތިލީ ބަޔަކު ބަލަނީ……؟؟؟؟ ހޮވުނު މީހާ އިންނާނެ ޕްރިންޓިންގ ރޫމްގަ…. އަމިއްލައަށްގޮސް ބަލާބަލަ އެއީ ކާކުތޯ…. އޭނަ ފެނުނީމަ ޔާލް ހޭ ނެތިގެން ނުވެއްޓޭނެކަމެއްވެސް ނޭނގެ…. އެހާވެސް ރީތި ބިޓެއް އެއީ…. އަހަރެން ހިތަށް އަރާ ޔާލްގެ ބަދަލުގައި އަހަންނަށް އެތާ ގޮސް އިނދެވޭނެނަމައޭ……” މަޖާވެފައި ވާހަކަ ދައްކަމުން ދިޔަ ޒިހުނާ ފަހު ޖުމްލަ ބުނެލީ ހުވަފެނީ ގޮތަކަށެވެ. ޔަލްވީގެ ގާތަށް ހިނިއައީ އެހެންވެއެވެ. ހަމަ ދުނިޔޭގައި އިންނާށޭ ބުނެ، އަތްދަބަހުން ޒިހުނާގެ ގައިގައި ޖަހާލުމަށްފަހު، ޔަލްވީ އެ ތަނުން ނުކުތީ، ޕްރިންޓިންގ ރޫމަށް ދިއުމަށެވެ.

 

ޕްރިންޓިންގ ރޫމްގެ ދޮރު ތަޅުގައި ހިފާލި ވަގުތު، ޖެހެލި ވައިރޯޅިއާއިއެކު، ޔަލްވީ އަޅައިގެން ހުރި ޝޯލް، މޫނުގައި އެޅުނެވެ. މޫނު މަތިން ޝޯލް އެއްފަރާތްކޮށްލަމުން، ޔަލްވީ އެތެރެއަށް ވަނެވެ. ޝޯލްގައި ޖަހާފައި އިން ޕިން، ކުޑަކޮށް ނެއްޓިފައި އިނުމުން، އެ ރަނގަލުކޮށްލުމަށްފަހު، އިސް އުފުލާ ބަލާލިވަގުތު، އެތެރޭގައި، އޭނާއާއި ދިމާއަށް ބަލަހައްޓައިގެން، ހުރި ޒުވާނާ ފެނުމުން، ޔަލްވީއަށް ހައިރާންކަމެއް ލިބުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (82)

  1. Jumma

    Thanks eem…. story is obiness to the max ?????

    1. Jumma
      Jumma

      Aee shaun dhww…. eem when nxt prt? ?? Waitingssss n avas kohdhehche ?????

    2. Eemyaa
      Jumma

      U r most wc Jumma ?
      Thanks a lott dear ☺☺☺
      Hehe lets see dw ?
      Yeah, Eem ah v enme avahakah up kohladheynan

  2. Eemyaa

    Assalaam Alikum ?
    Kiyuntherinnah mi part ves kamudhaane kamah heekuran ?
    Rangalhu kohlan vaa than than faahaga kohlaidhehchey ?
    Have a nice day TGC Lov u all ???

    1. song joong ki..KOREAN
      Eemyaa

      woww eeem haadha rangalheyy, adhi nuvx kiyan. 🙂 🙂

    2. Eemyaa
      Eemyaa

      Hehe ?

  3. Nish

    Yeyy me first.. kiyaalafa comment eh kohlaanan..?

    1. Nish
      Nish

      Not me jumma dhw..☺

    2. Eemyaa
      Nish

      Nish mifaharu second dw ?

    3. Nish
      Nish

      Yah..first comment nufenuni..hehe.?

    4. Eemyaa
      Nish

      Effahara comment kurevifa approve vaaleh las v ma ehn ves vaane dw Nish ?

  4. Nish

    Woow..?mi part ves vvv salhi can’t wait next part hehe..☺ shaun kahneyge e yeyyy..waiting for next part..??

    1. Eemyaa
      Nish

      Thanks Nish ☺☺☺
      Lets see dw ?

  5. song joong ki..KOREAN

    heyyy you!! yes you!! the cute one, holding this phone or whtever… i think………….we should give an award to you.. THE BEST STORY WRITER EVER!! 😉 😉 😉 mihury hama bas huhtifa.. mi part ga ibaaraaiyytha genessa huri goihvx habeyys. hithah varah asaruvx kohfi.. eeem u’re so talented.. masha allah.. vvvvvvvvvvv reethi mi part. kiyaa nimmi iru neyvaivx laan neyngi indhevunyy 😀 aslahvx eeem ah award eh haggu.. mi part thi nimmaali gothun mi jehuny varhhhhhh bodu inthixaareh kuran.. kaakahbaa vaany dhw.. so curious to see. woww i just love this story.. no words to express it.. u’re the best.. love you vvvv much. waitingsss.. avahah up kohlahchyyy plxxxx. tc 🙂 🙂 😀

    1. Eemyaa
      song joong ki..KOREAN

      Song ❤❤ wat a lovely comment ?
      Thanks a lott dear ☺☺☺
      Hehe award eh nudhinas mi kahala loabi comment eh libunyma v hiyyhama jehijje ?
      LY too dear Song ??
      Will try to upload it asap ? u too

    2. song joong ki..KOREAN
      song joong ki..KOREAN

      welcome my dear loving eem 🙂 🙂 😉

  6. Zish

    Eii Shaun dhw..vvv hyvey….and raahil eii zeek he twin brother kanneyge dhww…ehenve kanneyge ehaa vahthry…raahil aa zeek as dhemyhunna dhemyhun neygeny kanneyge..hehehehhe…
    BTW mi part ves vvv reethi…?ly??

    1. Eemyaa
      Zish

      Hehe lets see dw ?
      Thanks a lott Zish ☺☺☺
      Ly too ???

  7. Shiu

    Wowwww….vvvvvvvvv reethi mi part ves…..poor mishal…shiu ah dhn mishal dheke loabiveveyne nama dhw…raahil adhi mish set kuraane..yaany bunaahen anekka ves e amhaa knmes bahanaa eh dhakkaane..hmmm shaun dhw ei..yaal ge hiy nuhuhtijiyya vedhaane…again hiy thalhuvaalaafa dhw thi ninmaaly…waiting for the next part eemoo..grt job..keep it up..??♡♡

    1. Eemyaa
      Shiu

      Thanks Shiu ☺☺☺
      Hehe shiu ah hama loabi vevives dhaane dw.. dhn balaalama dw ??
      Hehe lets see dw ??
      Eyrunnu bodah kiyaa hiyy vaany dw ?
      Thanks a lot Shiu ???

  8. First comment

    Awlhey eem mee hardha lwbi story ekey… Alhugandu mee abadhu wx story nimuniima kiyaa kujjeh… Ekam mi vaahakaige in pic fenifa wx kiyaa hithun stry nuwex nimenees kiyan eba… Konme part eh wx hama kiyaalan ekam adhi alah mi commen kollii…. Mii warah inthixaaru kurewey stry eh… Awahah up kohdhehchey… Luv yuh eeeem…????

    1. Eemyaa
      First comment

      Asluvestha dear ❤
      V ufaa vejje dear ge comment eh libunyma ?
      Yeah i’ll try to uplaod it asap ?
      Ly too dear ???

  9. mal

    woww.. eem …hiy thalhuvaalaafi hama ragalhah vx.. when next part dhoonyaa

    1. Eemyaa
      mal

      Hehe baeh faharu vaane dw hiyy thalhuvaalan ves ☺☺☺
      Next part on Saturday ga In Sha Allah ???

  10. Dee

    Dhn mishal ah ehen vaathee v foohi vejje. Shiury thihen hutta ma mishal athu alhuvailaanan. Balan hunnaathi.. Ehn noony mashakah mashekey nukiyaane. I hate shiury ?

    1. Eemyaa
      Dee

      Awwn ? Dee foohi nuvahchey adhi rangalhuvaane kamah balama dww ☺?
      Hehe ??
      Adhi fahun shiu dheke maa bodah ves loabi vevidhaane story ga vaa gothakun ?
      Btw Dee ge name feshenee D akuntha?

  11. azeen

    v salhi

    1. Eemyaa
      azeen

      Thanks azeen ☺☺☺

  12. shabee

    nice
    when next part?

    1. Eemyaa
      shabee

      Thanks shabee ☺☺☺
      Next part on Saturday In Sha Allah ?

  13. Laii

    Wowwwwwwww ???

    1. Laii
      Laii

      Waiting for the next part..

    2. Eemyaa
      Laii

      Thanks Laii ☺☺☺

  14. saara

    hi ………….. ei shaun dhw? saara ah yageen ei shaun kamah . hehehehe ………… any way …………. just waiting next part ..

    1. Eemyaa
      saara

      Hei saara ☺
      Hehe lets see dw ??
      Thanks ???

  15. Lam

    Ooo…salhi…waiting

    1. Eemyaa
      Lam

      Thanks Lam ☺☺☺

  16. Sha in

    Mee v drama bodu vaahaka eh…

    1. song joong ki..KOREAN
      Sha in

      dhigu vaahakaeh veema drama hunnan jeheynu.. ehn noonas drama huriyas hunnany ehaa kiyaa hiyy vaa gothah.. 🙂 🙂 🙂

    2. Eemyaa
      Sha in

      Hehe
      Sha in eem ah v rangalhu drama gina ey thi buna sababu bunedhiniyya eyrun dw rangalhu kuran viyas engeynee

      Nd Song buna hen vaahaka eh viyya drama ves hunnaane dw specially characters gina long story eh vejjiyya
      ☺☺

    3. song joong ki..KOREAN
      Sha in

      yeah.. aee mahsalaeh nuun. drama nethiyya vaahakayakah nuvx vaanennu dhw eeem 🙂 🙂

    4. Eemyaa
      Sha in

      Yeah ☺

  17. reader

    Hey Eem, Eii Shaun tha?

    1. Eemyaa
      reader

      Reader ah heevany a e
      SHAUN ey tha ?
      E kaakukan eem bunedheefaanan next part up v ma ?? k tha ?
      Ly reader ???

  18. Im

    Nish rangalha balaalbala….. Vara salhi….

    1. Nish
      Im

      ??

    2. Eemyaa
      Im

      Comment thah lahun approve vaathy Nish ah neyguny dw Nish ☺☺
      Thanks Im ☺☺☺

    3. Nish
      Im

      Yah ☺

  19. Zuam

    Varah reethi. …❤❤❤❤

    1. Eemyaa
      Zuam

      Thanks Zuam ☺☺☺

  20. Maii

    Alhe haadha kureyyy next part thankolheh dhigukoh genes dhenchey…. And plxx avas kohla dhenchey I can’t wait to read next part…..

    1. Eemyaa
      Maii

      Maii mi part kurutha ?? ?
      Yeah i’ll try ☺☺☺

  21. Some one

    Yagiiney e vaaanii shaun ah! Woww! V salhi! Assu es hama kiyaaa iru sifa vaahaa riithi mi stry! V v lwbi! N husha alhaa dhey goiy es! Emmen ge bai es aadhey! N thafaathu 4 cpl ulheythii assu! V unique! Whn nxt prt? Can’t wait …

    1. Eemyaa
      Some one

      Hehe lets see dw ??
      Thanks a lott dear ☺☺☺???
      Next part on Saturday In Sha Allah ?

  22. mai

    wow just awesome mipart wes… mai ah heewny yaal ah efenuny shaun hen… hama award eh dheywaruwey eem ah… dhen ekam mishal nuthalhuwaba ewwarah… i feel sad for him…he is miwaahakaige one of my favorite character…. next bai sunday ga dhw dhen genesedheynyy… cant wait to read next episode… ly :*

    1. Eemyaa
      mai

      Thanks mai ☺☺☺
      Hehe lets see dw??
      Hehe award eh nudhinas mi kahala comment eh libunyma eem hiyhama jehey vrah bodah ???
      Hehe will think abt it
      Hehe asluves.. vMishal
      ge character a eem ves v v like vaa character ah..
      Nooney next part on Saturday In Sha Allah ☺☺☺
      Ly too dear ???

  23. b

    great story waiting for next part

    1. Eemyaa
      b

      Thanks b ☺☺☺

  24. Sidhu

    Yalvee hairaan avee shaun fenigen… yalvee aa aky work kuran eh offihehga shaun….eam hama zikaan maraaleetha…ekamaku sidhu ah hyvany zikaan adhi annaaneye..nooni raahil aky zikaan a… hadhaan nethifa kanneyge aheri……story v salhi…..mishal ah ehn nuhadhabaa shiu….ehaa loabi vaa meehun madhuvaane

    1. Eemyaa
      Sidhu

      Lets see dw ?
      Thanks Sidhu ☺☺☺
      Asluves ey dw ???

  25. Boabi

    I think it’s gonna be intersting that you took a 5 years leap. Curious to know what’s gonna happen. As usual this part is also awesome ?

    1. Eemyaa
      Boabi

      Hehe ???
      Thanks Boabi ☺☺☺

  26. Adha?

    Shiu ves dw? dhen ulhey gotheh.. mishal mithaa eba ulhey mishal dheke varah loabi vaa kudhin like u feel for shiu.. ekudhinge hiy halaaku nukoh u can choose one of em.. adha ves laigen.. hehe???
    Nd amhaa mommy dhen ehen bahanaathakeh dhahkaafa again yaany nd afu dhuru kuraanykee noon?
    Nd i think that’s shaun…
    Mi part ves hama fabb!?
    Waitingss ❤❤❤❤

    1. Eemyaa
      Adha?

      Shiu loabi nuvanyaa keekuraany dw Adhaa ??
      Haha a e thedhekey dw.. ? guru laigen libey kujjakah mishal dheyn v dw shiu beynun nuny aa ????
      Thanks Adhaa ☺☺☺???

  27. Ram

    Its shaun.. yayy… alhe amhaa mifaharu ok vahcheyy.. v salhi mi part vx.. ?

    1. Eemyaa
      Ram

      Lets see ??
      Thanks Ram ☺☺☺

  28. Minn

    Burugaa elhyma anehkaa alhugandah olhijje mihaaru kudhin kudhin..
    Hama ekani ayaani engenii..
    Plx plx kiyaaladheeba kudhinkolhu….

    1. Eemyaa
      Minn

      Ayaanyge thiryga red shawl alhaafa a e shiu right side ge mathyga a e Mish nd thiryga Yaal ?

  29. Dee

    Yah eem!!! Its dina

    1. Eemyaa
      Dee

      Nice name dina ❤

  30. Ainee

    I want zikaan back.

    1. Eemyaa
      Ainee

      Awwn ?

  31. Anonymous

    yaany aee ainu alhaigen. emeehunna dhimaalun thireega aee yaal and shaun. kanaaifaraathun mathyga aee mishal and shiuree. emeehunna dhimaalunthireega aee mishya and zikaan

    1. Eemyaa
      Anonymous

      Yes yaany a e ainu alhaafa
      Eyge thiryga red shawl ga a e shiu dhn right side in mathyga mish nd thiryga blue shawl ga yaal

  32. Story lover

    Varah reethi mi part vx …keep it up the good work????

    1. Eemyaa
      Story lover

      Thanks Story lover ☺☺☺

  33. Some one

    Eem nmbr aneh hen es jahaalahchey! Thihen jahaafa! Eyrah kudhinnah dhasvaaniii! Engeynii es! ?❤❤ plx don mnd!

    1. Eemyaa
      Some one

      Okay ☺

  34. click a shot ?

    MIhaathanah eem mi storyin liyunu episode thakutherein enme enme reethi ep mi.?..varah varah salhi mi part..obiness to the MAX EEM..??.yalvy ah efenuny shaun kaneyge…?mifaharu yaanyge mom kon bahanaaeh baa dhakaany…sifakuruntha varah furihama…alhey yalvymen shawl alhaafa thibeyiru haadha cute vaaney…☺️the best story I’ve ever read in this site…shiu thihen nuhure mishal ge love accept kohba…eem..four couples ge wedding ga click hunaanan ingey camera ready kohgen photo nagan..hehe..???love you eem..❤️?Waiting..

    1. Eemyaa
      click a shot ?

      Thanks click☺☺☺
      Hehe lets see ??
      Awwn ???
      Haha ?? nice idea
      LY too dear ❤

  35. Malsha

    Alhey mal ah ves hyvany raahil ae zikaanhen. .I want zyk back. .mal ge enme favourite couple ey mish and zyk aky. .I just love both..shaun kanyageen ae. .eem I love you so so so much..Saturday ga dhw dhen up kohlaany? ? Saturday ga ves avahah up kohdhehchey. .plx plx.mihaaruves kiyaahithun miulhenee. .hithah araa eem surprise koh next part avahah genesdheyne namaey. .Adhi hithah araa mi vaahaka ehkoh kiyaalan libeyne namaey..hahaha haha. .BYE.ly

    1. Eemyaa
      Malsha

      Ehentha Mal ?
      Hehe lets see dw ???
      LY too dear ???
      Yaa next part on tomorrow In Sha Allah
      Hehe ??? surprise ves lineyne adhi ❤

Comments are closed.