ބީނިޝް….. 02
“މަހާއްކޮ މިފަހަރު ހީވަނި ވަރަށް ހާއްސަ މީހެއްގެ އިންޓަރވިއު ނަގަން އުޅޭހެން، އެހެންނާ އުޅޭވަރައްވުރެއް ބޮޑަށް މިފަހަރު އެބައުޅޭ ވިއްޔަ”. އަގައަށް ރޮށިކޮޅެއް ލަމުން މަހާގެ ދައްތަ މާހީ އަހައިލިއެވެ. “ޔެސްސްސް… ޝީއިޒް ރިއަލީ ސްޕެޝަލް”..
“އަސްލު ދޮނާ އަށް އިގޭތަ، ސްޕެޝަލް އަށްވުރެއްބޮޑަށް ތަފާތީ. ވަރަށް ތަފާތު ކުއްޖަކާ މިފަހަރު އިންޓަރވިއު ކުރަނީ. އެހެންނާ ރާއްޖޭގެ ކޮންމެވެސް މަޝްހޫރު މީހަކާނު މިއިންޓަރވިއު ކުރަނީ، އެކަމް މިފަހަރު މިއުޅެނީ ޖަލުގަހުރި ކުއްވެރިއެއްގެ ވާހަކަގެނެސްދޭން”. މަހާ މިހެންބުނުމާއެކު ހިމޭން ކަމާއެކު ކަމުންދިޔަ އާއިލާގެ މެންބަރުން މަހާގެ ވާހަކައަށް ސަމާލުވެލިއެވެ. “ކުއްވެރިއެކޭ؟؟؟؟؟ ކަާކު؟؟ އެހެންނޫނަސް ކުއްވެރިއެއްގެ ވާހަކަ ކޮންތަފާތެއްވާނީ. ހުރިހާ ކުއްވެރިންގެވެސް އޮންނާނީ ސޭމްސްޓޯރީ އެއް. ކުށްކޮއްފަ އެކަން ފޮރުވަން ކޮންމެވެސް ބަހަނާއެއް ދަައްކާނެ”. ކުށްވެރިއެއްގެ ވާހަކަ ބުނުމާއެކު މާހާގެ ކޮއްކޮ ޖައިޝާން ބުނެލިއެވެ. “ޖައިއްކޯ.. ތިހެންބުނާކަށް ނުވާނެ. ކުޑާވެސް ފުރަތަމަ ތިހެން ހީކުރިން. އެކަމް އެކުއްޖާ ޖަލުގަ އުޅޭ ގޮތުގެވާހަކަ އަޑުއާހާފަ ކުޑާ އަށްވެސް އިގުނު އެކުއްޖާގެ ވާހަކަ ތަފާތުވާނެކަން. އެހެންވެ އެކުއްޖާގެ ވާހަކަ ގެނެސްދޭން ނިންމީވެސް. އެހެންނޫނަސް އެންމެން އެއްގޮތެއްނުވާނެ”. ޖައިޝާންގެ ބަހަށް ރައްދެއްދެމުން މަހާ ބުނެލިއެވެ. “ކާކު ދަރިފުޅަށްދިން ހިޔާލެއްތީ؟ އެކުއްޖާ ތަފާތުވި ގޮތެއް ނިކަން ބައްޕަ މެންނަށްވެސް ކިޔައިދީބަލަ”. ހިނިތުންވުމާއެކު އަހުސަނުވެސް އެކުދިންގެ ވާހަކައިގައި ބައިވެރިވެލިއެވެ. “މީ އަޅުގަނޑުގެ ފްރެންޑެއް ދިންހިޔާލެއް. އިގެއެއްނު ޕޮލިސް ނިޔާޒް، މިހާރު އޭނަ އެޅެނީ މާފުށީ ޖަލުގަ. އޭނަ މިހާރު އެތާންގަ އުޅޭތާ ޓޫ އެންޑް ހާފް އިޔާރސް ވެދާނެ. އޭނަ އެކުއްޖާގެ ވާހަކަ އަޅުގަނޑު ކައިރީބުނީ. ހަނދާންވޭތަ މީގެ ހަތަރު އަހަރު ކުރިން މިނިސްޓަރެއް މަރާލި ޒުވާން އަންހެންކުއްޖެއްގެ ވާހަކަ. އެކުއްޖާގެ ވާހަކަ މިދައްކަނީ”. މަހާ ބައްޕައަށް ބަލާލަމުން ބުނެލިއެވެ. “އާން.. ބައްޕަ ހަދާންވޭ. އެއީ މިނިސްޓަރ އަކުރަމް”. ހަނދާންވާފަދަ ގޮތަކަށް ބޯޖަހާލަމުން އިހުސާން ބުނެލިއެވެ. “ނިޔާ ބުނި އެއީ ވަރައްތަފާތު ކުއްޖެކޭ. މިހާ ދުވަސްވީއިރުވެސް ނުދެކެމޯ މީހުންނާ ޒުވާބު ކުރާ ތަނެއް. ވަރަށް މަޑުމަޑުންނޭ ބުނި ހުންނަނީވެސް. ނަމާދުކޮށް ޤުރުއާން ކިޔަވާ، އެތާންގަ ކުރަންދޭ ހުރިހާ މަސައްކަތެއް ބަރާބަރައްނިންމާ. އަބަދުވެސް ފޮތެއްހިފައިގެން އެކަނިއޯ ހުންނަނީ. އަދި ވަރަށް ހިތާމަ ކުރާތަން ފެނެއޯ އެ ފޮތައް ބަލާފަ. އެކަމް ގައިދީންނާއެކު އުޅޭއިރު ވާހަކަ ނުދެއްކިޔަސް މީހުންނަށް ބަލާލާނީވެސް ހިނިތުންވެ ހުރެއޯ. އަދި އެންމެ ހައިރާންވަނީ އޭނަ އެތާ އުޅޭ ގޮތުގެ ބިހޭވިޔާރ އަށް ބަލާފަ އޭނަޔަށް ފުރުސަތު ލިބުނޭބުނި މިނިވަންވާންވެސް. ނޫނިއްޔާ އޭނަގެ އުމުރު ދުވަހުގެ ހުކުމް އެއަށްވުރެއް ލުއި ކުރަންވެސް. އެކަމް އޭނަ ބޭނުމެއްނުވިއޯ. އެކަންވެސް ދޫކޮއްލިވާހަކަ ބުނީ”. ވަރަށް ޝައުގުވެރި ކަމާއެކު މަހާ އޭނާގެ ވާހަކަ ކިޔައި ނިންމާލިއެވެ. އޭރު އެންމެންވެސް ތިބީ ނާސްތާކޮއްނިމިފައެވެ. “ހޫމް.. އިންޓްރަސްޓިން އިގޭ. ގުޑްލަކް، އޭ މަހާއްކޯ.. ކޮންނަމެއްތަ އެކުއްޖާއަށް ކިޔަނީ”. ބަދިގޭން ނިކުންނަމުންދިޔަ މަހާއަށް ގޮވާލަމުން މާހީ އަހައިލިއެވެ. “ބީނިޝް”.. މަހާ މަޑުކޮއްލުމަށްފަހު ހަދާންކުރާ ގޮތަކަށް ލޯމަރާލާ ބޯހަލުވާލަމުން މަހާއަށް ޖަވާބު ދިނެވެ. އަދި އަނެއްކާވެސް އެތަނުން ނުކުތުމަށް ހިގައިގަތެވެ.
…………………………………
މާފުށީ ޖަލުގެ ގޮޅިއެއްގެ ތެރޭ ފޮތެއް މޭގައި ޖައްސާލައިގެން ހިޔާލަކަށް ގެއްލިފައި އިން، އަންހެންކުއްޖާ ސިއްސައިގެންދިއައީ އެތަނުގެ ދޮރު ހުޅުވުނު ބާރު އަޑުފައްގަޑާ އެކުއެވެ. އޭރު އެތަނުގެ ޖަލު ބަލަހައްޓަމުންދާ، އިކްޒާ އާއި ނިޔާޒް އެތަނަށް ވަންނަނީއެވެ. “ބީނިޝް” ހިނިތުންވުމާއެކު އިކްޒާ އެކުއްޖާކައިރީގައި އިށީންނަމުން ގޮވާލިއެވެ. “ކިހިނެއް؟” އަނެއްކާވެސް އިކްޒާ ސުވާލުކޮށްލިއެވެ. “އަޅުގަނޑު ރަނގަޅު. އެހެންނާ ނާންނަ ގަނޑިޔަކުތިދުރުވީ އަނެއްކާ ކަމެއްދިމާވީތޯ؟” ބީނިޝް ވެސް ހައިރާންކަމާއެކު އިކްޒާއަށް ބަލާލަމުން ސުވާލުކޮށްލިއެވެ.
“ނޫނޭ، ކަމެއްދިމާވީކީނޫން، މި އައީ ބީނިޝްއަށް ކަމެއް އަންގާލަން. މިއަދު ހަވީރު ބީިނިޝްއާ ބއްދަލުކުރުމަށް އަންނާނެ ކުއްޖެއް. އެހެންވެ ރެޑީވެހުންނާށޭ ބުނެލަންމިއައީ” އިކްޒާ މިހެންބުނުމުން ބީނިޝްގެ މޫނުމަތީގައިވާ ހައިރާންކަން އިތުރުވެގެން ދިޔައެވެ. “އަޅުގަނޑާތޯ؟ ކާކު އަޅުގަނޑާ ބައްދަލް ކުރަން އަންނާނީ” ހައިރާންކަމާއެކު އަމިއްލަމޭގައި ޝަހާދަތް އިގިލި ޖައްސާލަމުން ޤަބޫލް ނުކުރެވޭފަދަ ގޮތަކަށް ބީނިޝް އަހައިލިއެވެ. ވާނީވެސް އެހެންތާއެވެ، މިވީ ހަތަރު އަހަރު ދުވަސްތެރޭ ޖަލުގައި ހޭދަ ކުރީއިރުވެސް އެއްވެސް މީހަކު އެގޮތަށް އޭނާ އާއި ބައްދަލް ކުރަން އައިސްފައެއް ނުވެއެވެ. އަދި ބައްދަލު ކުރަން އަންނަވަރުގެ މީހަކު ނެތްކަން އިގޭތީވެސްމެއެވެ.
“އަޅުގަނޑުގެ އާއިލާމީހެއްތޯ؟ އަޅުގަނޑުގެ ރަށުންތޯ؟” ހަމަ އެސިކުންތުގައި މޫނު މައްޗަށް އުފާވެރިކަންގެންނަމުން ބީނިޝް އިކްޒާގެ އަތުގައި ހިފާލަމުން އަވަސްއަވަހަށް އަހާލިއެވެ.
…. ނުނިމޭ ….
16 Comments
Comments are closed.
Mi part vx v v reethi..ekam adhivx kuruhn heevey….thankolheh dhigukoh genes dheyne kamah hope kuran kuriah huri bai thah..
Thank u Anonymous. In Shaa Allah kuriyah huribaithah dhigukoh genes dheynan
Varah salhi bt thankolheh kuru next part dhigu kohlahchey
Thank u Adam… In Shaa Allah dhenhuri baithah dhigukoh genes dheynen
Vaahaka v reethi .. Ekam thankolheh kuru … Digukohlaane kamah unmeed kuran .. N gud luck black beauty …
Thank u pinkish.. In Shaa Allah dhenhuei baithah dhigukoh genes dheynen
Reethi ekamaku dhivahi vaahaka liyaa irun English bass thah beynun kuraathy v aslu vaahaka dhibahi vantha nuvany mi alhugandu ge hiyaalu English vaahaka in dhivahi bass eh nufeny
thank u Reet.. dhenhuribaithah liyaairu ekamah samaalikandheegen liyaanee
HAADHA KUREY DHEN :/
Vrh reeth vaahakaeh.
mi baives hàadha kurey varahfoohi
Wow nice nxt prt dhigu kohlahchey.?
Wow vvvv reethi
❤❤❤?????????nxt part digukolaathi and beenish ge name badhalu kolaba reathi namakah plx plx waiting for nxt part……..
Salhi..maa kuree…
Beeneesh v reethi mi name.. Story ves v salhi.. Break eh nugenes story nimendhen genesdheyne kah unmeedhu kuran
Vaahaka v reethi. Waiting foe the next part