Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ބީނިޝް… 04

BlackBeauty Level 1
September 28, 2017 One Min Read
9 Comments

” ނީޝްގެ އުފާވެރިކަން ދެގުނައަށް ބަދަލްވީ ދޮންތަގެ 20ވަނަ އުފަންދުވަހު ދޮންތަ އަކްރަމްބެ އާއި އިންނަން އުޅޭކަން ޢިއުލާން ކުރުމުން”                            ————————————————————————————————————————

“އަކްރަމްބެ އާއި ދޮންތަ ރައްޓިހިވެގެން އުޅޭތާ އޭރު 2 އަހަރު ވާނެ… އަކްރަމްބެ އަކީ އޭރުގެ ޔޫތު މިނިސްޓަރ…. އަކްރަމްބެ އޭރު ވަރަށް ރަގަނޅުވާނެ….. އާއިލާ މީހުންނަށް އެކިކަންކަމުގަ އެހީވެދީހަދާ އެންމެންނާ އިވެސް ވަރަށް ގުޅިގެން އުޅުނީ….. ދެރަ އާއި ހިތާމައަކީ ކޯޗެއްކަމެއް އޭރަކު ނީޝް އަކަށް ނޭންގޭ، އަބަދުވެސް ހުރީ އުފަލުން. މުޅި ގެއިންވެސް އަބަދު އިވިއިވި ހުންނާނީ ހުނުމުގެ އަޑު. އެކަމް އެހުރިހާ އުފަލެއް ދެމިހުރީ 14އަހަރު ވަންދެން….”

********************

“ހެޕިބާރތްޑޭ ޓުޔޫ، ހެޕިބާރތްޑޭ ޓުމައި ޕްރިންސަސް….” އެސީގެ ފިނިކަމާއެކު މަޑު ތަންމަތީގައި ނިދާފައި އޮތް ބީނިޝް ނިދިބަރު ގޮތަކަށް ލޯ ހުޅުވައިލީ ކޮޓަރީގެ ތެރެއިން އިވެމުންދާ އުފަންދުވަހުގެ ތަހުނިޔާ ލަވަ އަޑުއިވިފައެވެ. ހަމަ އެސިކުންތުގައި ފުޅާ ހިނިތުން ވުމަކާއި އެކު ފުންމައިގެން ތެދުވީ ކުރިމަތިން ފެންނަންހުރި ދަނބު ކުލައިގެ ބޮޑު ޕާރިސަލް އާއި ބޮޑު ލެވެންޑާ މާބޮނޑި ފެނިފައެވެ. އަވަސް އަވަހަށް އެދުންފައިބާ މާބޮނޑި ނެގުމަށްފަހު ނޭފަތް އެތެރެއަށް ދަމާލީ އޭގެ ވަސް ބަލާލާ ހިތް އޮތްލެއް ބޮނޑު ކަމުންނެވެ. އެވަގުތު ބީނިޝްގެ ލޯ މެރިގެންދިޔައީ މާބޮނޑިން ދުވި ލުއި މީރުވަހެއްގެ ސަބަބުންނެވެ.

“ބައްޕާ”، މާބޮނޑީގެ މީރުވަހުން ހިތްފުރިފަހުރެ ބޯ އެތްފަރާތަކަށް ކުޑަކޮށް އަރިކޮށްލާ ބީނިޝް އޭނާގެ ބައްޕައަށް ގޮވާލީ ކޮޓަރީގެ ތެރެއިން އަޑު އިވެމުންދިޔަ ތަހުނިޔާ ލަވައިގެ އަޑު ކެޑުމުންނެވެ. އެވަގުތު އެތަނުގައިހުރި އަލަމާރީގެ އަނެއްފަރާތުން ނިކުތް ބަޝީރު ފެނި ބީނިޝްގެ މޫނުމަތީގައިވާ ހިނިތުންވުން ފުންވެގެން ދިޔައެވެ. އަދި އަވަސް އަވަހަށްގޮސް އޭނާގެ ގައިގަ ލޯބިން ފުރިގެންވީ ގޮތަކަށް ބައްދައިލީ އެކަމަށް ބޭނުން ވެފައިހުރިލެއް ބޮޑުކަމުންނެވެ. “ހެ..ހެ..ހެ.. ދަރިފުޅަށް ކިހިނެތްތަ އިގުނީ ބައްޕަކަން. ބައްޕަ ނުބުނަމެއްނު މިއަދު އަންނަ ވާހަކައެއްވެސް.” ހިނިތުންވެހުރެ ލޯތްބާއެކު ބީނިޝްގެ ބޮލުގައި ފިރުމާލަމުން ބަޝީރު އަހައިލިއެވެ.

“އަޅުގަނޑަށް އެނގެއޭ މީބައްޕަގެ ކަމެއްކަން. އަބަދުވެސް ބައްޕައެއްނު އަޅުގަނޑަށް ފުރަތަމަ އުފަންދުވަހުގެ ތަހުނިޔާ ކިޔާނީ #. ބައްޕަނޫން އަހެންމީހަކު ފުރަތަމަ ކިޔާކަށް ބޭނުމެއްވެސްނޫން.” ބަޝީރުގެ ގައިގައި ބައްދައިލައިގެންހުރެ ޅަ ގޮތަކަށް ބީނިޝް ބުނެލިއެވެ. “އެކަމް ރޭގަ އަޅުގަނޑު ގުޅީމަވެސް ބުނީމެއްނު ނާދެވޭނެއޭ. ދެންނުދާނަންދޯ އެހާއަވަހަކަށް.” ކަމެއް ހަދާންވާފަދަ ގޮތަކަށް ދުރުވެލަމުން އަނެއްކާވެސް ބީނިޝް އަހައިލިއެވެ. “ދެންހީވޭތަ ބައްޕަގެ ރާނީގެ އުފަންދުވަހު ބައްޕަ ނައިސްހުންނާނެހެން. ހަމަ ސަޕްރައިސް އެއް ދޭހިތުން ދަރިފުޅުގެ ކައިރީއެހެން ބުނީ. ކަމުދޭތަ ސަޕްރައިސް”. ލޮތްބާއެކު ބަޝީރު އެހެން ބުނެލީ ބީނިޝްގެ ދަތްދޮޅީ ގައި ހިފާލަމުންނެވެ. “ލައްބަ، ވަރަށް ވަރަށް  ކަމުދޭ. ޝުކުރިއްޔާ.” ދެވަނަބުރަށްވެސް އަތުގައިވާ މާބޮނޑިން ވަސްބަލާލަމުން ބީނިޝް ބުނެލީ އޭނައަށް ލިބިފައިވާ ހަދިޔާ އާއިމެދު ވަރަށް ހިތްހަމަޖެހި ހުރެއެވެ. “އެހެންވީމަ އަވަހަށް ތައްޔާރުވެލައިގެން އާދޭ ސައިބޯން. ދަރިފުޅުއައީމަ ފަށްޓާނީ.” ބިނިޝްގެ ކައިރީގައި ތައްޔާރުވެގެން ނިކުންނަން ބުނަމުން ބަޝީރް އެކޮޓަރިން ނިކުމެގެން ދިޔައީ އަދިވެސް އެއްފަހަރު ލޯބިވާ ދަރިފުޅުގެ ގައިގަ ބައްދާލަމުންނެވެ.

ބަޝީރު އެކޮޓަރިން ނިކުތުމުން ބީނިޝް އަވަސްވެގަތީ އަތުގައިވާ މާބޮނޑި މާޓުކުރިޔަށް ޖެހުމަށެވެ. ސައިޑްޓޭބަލް ކައިރިޔަށްޖެހިލާ ކުޑަކޮށް އެނދުގައި އިށީންދެލަމުން އެކުޑަ މޭޒުމަތީ ބަހަށްޓައިފައިހުރި، މާޓުކުރިން މަސްނޫޢީ މާތަށް ނަގަންފެށިެއވެ. އަދި އަގައިން މަޑު ރާގެއް އަޅުވައިލަމުން ލެވެންޑާ މާބޮނޑިން ފަހަރަކު މަލެއް ނަގާ މާޓުކުރިޔަށް ޖަހަންފެށިއެވެ.

ރީތި ރާގެއް އަޅުވައިލައިގެން މާޓުކުރި ޒީނެތްތެރިކުރުމަށް ގެއްލިފައި އިން ބީނިޝްއަށް ސިހުންވެރިކަމެއް ގެނުވީ މޭޒުމަތީގައި ބާއްވާލައިފައި އޮތް އޭނާގެ ފޯންގެ ރިންގުންނެވެ. ފޯން ނަގައި ބަލާލަމުން ހިނިތުންވެހުރެ ބީނިޝް ކަންފަތާ ފޯން ކައިރިކޮށް ލިއެވެ. “ވަރަށް އުފާވެރި އުފަން ދުވަހަކަށް އެދެން މަގޭ ލޯބިވާ….. ދެން އަވަހަށް އަހަންނަށް މީރު ކެއުމެއްދެއްވާށި…….” ބީނިޝް އަށް ބޭއިހްތިޔާރުގައި ބާރަށް ހީގަނެވުނީ އޭނާގެ އެންމެ ގާތް އެކުވެރިއާ އުލްވާ އޭނާޔަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާލި ގޮތުންނެވެ. “ސާބަސް، އެރި އިރާ އެއްކޮށް ގުޅާފަ ކާ ވާހަކަ ތިދައްކަނީ، މިއަދު އަދި ސީމައްތަ ސައިނުދޭތީ ދޯ………” ބީނިޝް ވެސް މަޖާވެލާފައި މަހާއަށް ބުނެލިއެވެ. “ފޫހި އަންހެނެއް…. އަޅެ ތިހެންބުނުމުގެ ބަދަލު ކީއްތަވާނީ ކެއުމަކަށް ދަޢުވަތު ދިނިއްޔާ…. މިއަދު ހައްގުވާނެ ދިނުންވެސް………” މޫނުމަށްޗަށްފޫހި ވައްތަރެއް ޖައްސާލަމުން އުލްވާ އިއްވައިލިއެވެ. “ހޫމް… ކެއުންދޭނަމޭ… ތިއެއްނޫނޭ އިގޭތަ މައަދު……” “ހޫމް… އިނގޭ، ބަޝީރުބޭގެ މޮޅު ހަދިޔާއެއް ލިބުނީދޯ” ބީނިޝްގެ ވާހަކަ ފުރިހަމަ ނުވަނީސް އަވަސް އަވަހަށް އުލްވާ ބުނެލިއެވެ. “ހެ….ހެ…ހެ… ހޫމް، އިގޭތަ ލެވެންޑާ މާބޮޑިއެއް….” ދެލޯ ބޮޑު ކޮށްލާ ފުޅާ ހިނިތުންވުމާއި އެކު ބީނިޝް އެހެން ބުނެލިގޮތުންވެސް ފޯންގައި ހުރި އުލްވާ އަށް އޭނާގެ އެކުވެރިޔާ އުފާ ވެފައި ހުރި މިންވަރު އިހުސާސްވެގެން ދިޔައެވެ. “އާޗާ…. ތިފޮނިވެފަ ހުރި ގޮތުންވެސް ހީވިއޭ އެހެން…. އަޅެ ގައިމު އަހަންނަށްވެސް ތިކަހަލަ ބައްޕަ އެއް ލިބޭނަމަ….” އެކުވެރިޔާގެ އުފަލަށްޓަކާ އުފާކުރާ ހާލު އުލްވާވެސް އެކުވެރިޔާގެ އުފަލުގައި ބައިވެރިވެލިއެވެ. “އެކަހަލަ އެހެން ބައްޕައެއް ނުލިބޭނެ… އެއީ ހަމައެކަނި ނީޝްގެ ބައްޕައެއް… ނޯ ކޮޕީސްސް… އަދި އެއްވާހަކަ… އުލްގެ ބައްޕައަކީ ގޯސް މީހެއްނޫން އިގޭ… ދެވަނަދުވަހު އުސްމާނުބެއާ އެހެން މީހުންނާ އަޅާ ނުކިޔައްޗޭ… އަޑު އިވިއްޖެ…” އުލްވާއަށް އިންޒާރެއް ދޭފަދަ ގޮތަކަށް ބީނިޝް ބުނެލިއެވެ. “ހެ…ހެ…ހެ… އޯކޭ މަގޭ މާމާ….. ދެންއިހަށް ބާއްވާލަނީ އިގޭ… ފަހުންދާނެން ތިގެއަށް…” މިހެންބުނެ އުލްވާ ފޯން ކަޑައިލުމުން ބީނިޝް ތުވާލި ހިފައިގެން އަވަހަށް ފާހާނައާއި ދިމާލަށް ދުއްވައިގަތީ، އޭނާގެ އިންތިޒާރުގައި  އެންމެން ސައިނުބޮއެ ތިބޭނެކަން ހަދާން ވުމުންނެވެ.

އަވަސް އަވަހަށް ފެންވަރާލައިގެން ރީތިވެހުރެ ކޮޓަރިން ނިކުތް ބީނިޝް އަށް އޭނާގެ އިންތިޒާރުގައި އާއިލާގެ ހުރިހާ މެންބަރުން ތިބިތަންފެނި އެންމެންނަށްވެސް ހިނިތުން ވެލިއެވެ. “ދަރިފުޅު ހާދަލަސްވީ” ބީނިޝް ކޮޓަރިން ނުކުތުމާ އެކު އަތުކުރީވާ ގަނޑިއަށް ބަލައިލަމުން ބަޝީރު ސުވާލު ކޮށްލިއެވެ. “ލައްބަ.. އުލް ގުޅީ އެހެންވެ ކުޑަކޮށް ލަސްވީ… އަޅުގަނޑު މާފަށް އެދެން އަޅުގަނޑުގެ އިންތިޒާރުގައި ތިގޮތަށް ތިބެންޖެހުނީތީ….”ބީނިޝް އޭނާގެ ބައްޕަގެ ކިބައިން މާފަށް އެދުނީ ގިނައިރު އޭނަގެ އިންތިޒާރުގައި އެންމެން ތިބެންޖެހުމުން ދެރަވީ މައެވެ. “ދެންހިގާބަ އަވަހަށް ކާމޭޒު ދޮށަށްދާން…… މިހާރު އަޅުގަނޑުގެ ބަޑުތެރޭގަ ހީވަނީ ކޮކާ އުދުހޭހެން….. މި ނިޝްކޮ ތަތް ކަމުން  ވާހައި  ގޮތޭމީ….” ބީނިޝްގެ ވާހަކަ ނިމުމާއެކު ގޮނޑިން ތެދުވަމުން ޝިމާނާ އެހެން ބުނެލީ ހަގީގަތުގައިވެސް ބަޑުހައިވެފަހުރި ވަރުންނެވެ. “އަޅުގަނޑު ތަތީކީނޫން…. ދޮންތިގެ ބަޑު ފޫވެއްޓިފަހުރީމަ ވާގޮތެއްދޯ އެއީ ބައްޕާ…..” ބައްޕަ އަށް ދޯ ދެމުން ބީނިޝް އެހެން ބުނެލީ ޝިމާނާ އާއި ދިމާ ކޮށްލުމުގެ ގޮތުންނެވެ.

ބަޝީރު އައިލާ ގޮވައިގެން ކާމޭޒު ދޮށައްދާން ހިގައިގަތީ، ދެބޭން ކޯޅެމުންދާ މަންޒަރުފެނި ހިނިއައިސްސަ ހުރެއެވެ. ކާމޭޒު ދޮށުގައި އިށީންދެ ބަޝީރު ފުރަތަމަވެސް އަވަސް ވެގަތީ އޭނަގެ ދަރިންގެ ތައްޓަށް ކާއެއްޗެހި އަޅައިދިނުމަށެވެ. އެއަށްފަހު ބީނިޝް އަށް ކާންދޭ މަންޒަރުފެނި ބަޝީރުގެ އަންހެނުން ގުރައިޝާއަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ zusätzliche hinweise. “ބީނިޝް އަޅެ މިހާރުތި 14 އަހަރިވީ… ތީ މިހާރު ކުޑަކުއްޖެއްނޫންނެއް ނޫންތަ އަތުން ނުކެވޭވަރުގެ…. އެއްޗެކޭ ނުބުނާގޮތަށް ބީނިޝް އަކަށް ހަމަނޭންގޭނެ އުޅޭކަށް……” ނުރުހުންވެހުރެ ގުރައިޝާ ބުނެލި ބަސްތަކުން ބީނިޝްގެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލި ގުރައިޝާ އާއި ދިމާލަށް ބަލާލީ އޭނާގެ ދެލޯ ބޮޑުކޮށްލަމުންނެވެ. ބީނިޝްގެ އެއަމަލުފެނި ބަޝީރަށާއި ޝިމާނާ އަށް ބީނިޝް އާއީ ދިމާލަށް ބަލާލެވުނީ އޭނާ އާއިމެދު ހަމްދަރުދީ ވާހާލުގައެވެ. “ގުރޭ މާބޮޑަށް މަ އަތުން ކާހިތްވީމަދޯ ތިހެން ތިބުނީ……” އަނބި މީހާގެ ސަބަބުން ހިންހަމަނުޖެހިފައި ހުރެވެސް ބަޝީރު އެހެން ބުނެލީ ދަރިންގެ ކުރިމަތީގައި އެކަން ދައްކަން ބޭނުން ނުވާތީއެވެ. ބަޝީރު އެހެން ބުނުމާއިއެކު އެތާތިބި ދެއަންހިން ކުދިންގެ ހީވީ ބަޑިފަޅައިގެން ދިޔަހެންނެވެ. ދެރަވެ ހުރެވެސް ބީނިޝްއަށް ހީގަނެވުނީ ބައްޕަ ބުނެލިބަސްތަކުން ހިނި ކޮންޓްރޯލް ނުވީމައެވެ. ބީނިޝްއާއި ޝިމާނާގެ ހިނިތުންވުންފެނި ބަޝީރު އަނެއްކާވެސް ނާސްތާ ކުރުމާއިގެން މަޝްޢޫލުވެލިއެވެ. ގުރައިޝާވެސް ބޯހޫރުވާލަމުން އިތުރައް އެއްޗެކޭ ނުބުނެ ކާންފެށީ އެކަމުން އިތުރަށް އޭނާއަށް ކުރި ނޭރޭނެކަން އިގޭތިއެވެ.

ބަޝީރާއި ގުރައިޝާ އަކީ ރާއްޖެތެރޭ ރަށެއް ކަމަށްވާ ލ.ގަމަށް އުފަންދެމީ ހުންނެވެ. ދެމީހުންގެ ކައިވެންޔަށްފަހު ގުރައިޝާ ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން އިގުމުން ރަށުގަދިރިއުޅެމުންދާ ގެ ކުއްޔަށް ދިނުމަށްފަހު މާލެ ބަދަލްވީ ދަރިންނަށް ރަގަނޅު ތަޢުލީމެއ،ް ހޯދައިދޭން ބޭނުން ވާތީއެވެ. ބަޝީރަކީ މިހާރު ސަރުކާރު ވަޒީފާ އެއް އަދާކުރަމުންދާ މީހެކެވެ. އޭނާ އަކީ ހިތްތިރި މީހުންނަށް އެހީތެރިވާ ރަގަނޅު މީހެކެވެ. އޭނާގެ ހުންނަ މިޒާޖުގެ ސަބަބުން އޭނާއަށްވަނީ އެތަށް ބައެއްގެ އިހްތިރާމާއި ލޯބި ލިބިފައެވެ. ބަޝީރް ކިތަންމެ ބުރަކޮށް ވަޒީފާގައި އުޅެންޖެހުނަސް އަބަދުވެސް އާއިލާއާއިއެކީ ވަގުތު ހޭދަކުރުމަށް އިސްކަމެއްދެއެވެ. ބަޝީރުގެ އާއިލާއަކީ މާލޭގައި ފުދިގެން އުޅޭ އާއިލާ ތަކުގެތެރެއިންވާ އުފާވެރި އާއިލާ އެކެވެ.

ކައި ނިމްމާލުމަށްފަހު ސިޓިންރޫމްގައި އެންމެންވެސް ވާހަކަ ދައްކާލަން  ތިބީ އެއީ އެގޭގެ އާދައެއްކަމަށް ވާތީއެވެ. އެވަގުތު ބަޝީރު ދިޔައީ އޭނާ މާލެގައި ނެތް ދުވަސްކޮޅުގައި އަނބި މީހާއާއި، ދަރިންގެ ދުވަސްތަށް ދިޔަގޮތް ބަލާ އެކަން ކަމާއިމެދު ސުވާލު ކުރަމުންނެވެ. “ދަރިފުޅާ ޝިމާނާ… ކޮބާ މިއަދު އަކްރަމް…. ހަބަރެއްނުވޭ ތަ؟ އެހެންނާ މިގަޑީ އޭނަ މިގެއަށް އަންނާނެ….. ބައްޕަ ސިންގަޕޫރުގަ ހުރީ އިރުވެސް ގުޅި ހާލު ބަލާލަން…” ބަޝީރް އޭނާގެ ވާންއުޅޭ ދަނބިދަރިފުޅާއި ބެހޭ ގޮތުން ޝިމާނާ އާއި ސުވާލު ކޮށްލިއެވެ. އަކްރަމް އަކީ ޝިމާނާގެ ލޯބިވެރިއާއެވެ. ދެމީހުން ރައްޓިހިވެގެން އުޅޭތަ 2 އަހަރު ފަހުން ކައިވެނި ކުރަން ނިންމައި އެކަން އިއުލާން ކުރީ މީގެ ދެތިންމަހެއް  ކުރިން ޝިމާނާގެ އުފަންދުވަސް ފާހަގަކުރަން ބޭއްވި ހަފްލާއެއްގެ ތެރެއިންނެވެ. ދެމީހުން ކައިވެނި ކުރަން އޮތީ ކުރިޔަށް އޮތް 2015 ވަނައަހަރު ޝިމާނާ ކިޔަވަމުންދާ ހިޔުމަން އެންޑް ރިސޯސަސްގެ ޑިޕްލޮމާ ކޯސް ނިމުނީމައެވެ. “ނޫނޭ، މިހާރު އަންނަން އުޅޭނެ…. މިގެއަށް ނުވަދެ މިގަޑީ ގެއަކަށް ނުދާނެ….”

“އައްސަލާމް ޢަލައިކުމް saudemasculina.pt….” ޝިމާނާ އެހެން ބުނުމާއެކު އެންމެންނަށްވެސް ދޮރާއި ދިމާލަށް ބަލާލެވުނީ ސަލާމް ގޮވައިލި އަޑު އިވިފައެވެ. އޭރު ދުރުމަތީގައި ކޯޓް ފަޓްލޫނުގައި ފުޅާ ހިނިތުންވުމަކާއި އެކު ހުއްޓިލައިގެން ހުރީ އަކްރަމްއެވެ. ” އަހަ… މިއޮއްއައީނު…. އަވަހަށް އާދޭ އިށީންނަން….. ދަރިފުޅުގެ ވާހަކަ ދައްކަނިކޮށޭ ތިއައީ…. މަންމަ އަންނާނަން ޖޫސް ތައްޓެއް ހިފައިގެން….” ގުރައިޝާ އަކުރަމް ފެނުމުން އެތެރެއަށް އައުމަށް ދައުވަތުދީ އަވަސްވެގަތީ އޭނާއަށް ފިނި ބުއިމެއް ތައްޔާރުކޮއް ދިނުމަށެވެ. ގުރައިޝާ އަކްރަމްއަށް ކަންތައް ކޮށްދޭނީ އަމިއްލަ ފިރިހިންދަރިއެއް ހުރިނަމަ އެކުއްޖާ އަށްވެސް ކޮއްދޭނެހާ ލޯބިންނެވެ. އަމިއްލަ ގެއިން ހިދުމަތްތައް ލިބޭވަރަށްވުރެއްވެސް މާފުރިހަމައަށް އަކްރަމް އެގެއަށް އައީމަ ގުރައިޝާ އޭނާ އަށް ކަންތައްތައް ކޮށްދެއެވެ. ވާނީވެސް އެހެންތާއެވެ. އަބަދުވެސް ފިރިހެން ދަރިޔަކަށް އެދިއެދި ހުރި ގުރައިޝާ އަށް އަކްރަމް ފެނުމުން ވަނީ ދަރިކުލުނު ޖެހިފައެވެ. މިހާރު ގުރައިޝާ އިންތިޒާރު ކުރަމުންދަނީ އޭނާގެ ދަނބިދަރިއަކަށް ވެގެން އަކްރަމް އެގެެއަށް އެއްކޮށް ބަދަލުވާނެ ދުވަހަކަށެވެ.

“ބައްޕަ ކޮންއިރަކު އައީ……. ދަތުރު ކިހިނެއް……” ޝިމާނާ އިން ސޯފާއާއި ޖެހިގެން ވަކިން އެންމެ މީހަކަށް އިދެވޭ ގޮތަށް  ހުރި ސޯފާގަ އިށީންދެލަމުން އަކްރަމް ބަޝީރްގެ ހާލު އޮޅުންފިލުވާލިއެވެ. “އަލްޙަމްދު ލިއްލާހި…. ދަތުރު ހަމަ ވަރަށް ބަރާބަރު…. ނީޝްގެ އުފަންދުވަސްވެގެން ބައްޕަ ހަމަ ތަންކޮޅެއް އަވަހަށް އައީ…..”  ބަޝީރް މިހެން ބުނުމާ އެކު އަކްރަމް އަށް ބަލައިލެވުނީ އެތަނުގައި ހެވިދިލިފައިހުރި ބީނިޝް އަށެވެ.

 

 

 

 

Share Article

Follow Me Written By

BlackBeauty

Level 1

Other Articles

Previous

ތި ލޯތްބަށްޓަކައި (13)

Next

ޢެދެމޭ އުފާ….(21)

Next
September 28, 2017

ޢެދެމޭ އުފާ….(21)

Previews
September 28, 2017

ތި ލޯތްބަށްޓަކައި (13)

9 Comments!

  1. song joong ki..KOREAN says:
    September 28, 2017 at 3:23 pm

    nice 🙂 when next part???

  2. binnu says:
    September 28, 2017 at 3:38 pm

    Reethi??❤❤?

  3. boduwaru says:
    September 28, 2017 at 3:58 pm

    kuru!! fooohi dhen

  4. ipher says:
    September 28, 2017 at 4:02 pm

    Maasha allah …v reethi…kniraku nxt part up kurany

  5. haha says:
    September 28, 2017 at 4:29 pm

    So proud l.Gan ey bunyma. Varah happy vey mifahakah ais Varah gina vaahaka thakuga Mi rah include kuraathy.. By the way Varah salhi ingey vaahaka.. Masha Allah ?

    1. Rishu says:
      September 30, 2017 at 6:37 pm

      Akiyal aharemen rah dhw?

    2. Rishu says:
      September 30, 2017 at 6:42 pm

      Sry ..Aee adhi ehn vaahakaeh dhw… olhuny..

  6. zoo says:
    September 29, 2017 at 1:34 am

    v reethi vaahaka

  7. Rishu says:
    September 30, 2017 at 6:34 pm

    L.gan kn avasheh baaa……

Comments are closed.


All Right Reserved!