Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގެ ޙިމާޔަތުގައި (ދެވަނަ ބައި)

Rau Level 210 Stories100 Comments100 Login
September 22, 2017 4 Mins Read
15 Comments

އާޝިޔާ އިށީން ގޮނޑިޔާ ޖެހިގެން އޭނާއަށް ބަލަހައްޓައިގެން ޒަފަރު އިނީ ހިނިއައިސްފައެވެ. ކޮޅަށް ތެދުވެ އިތުރު ގޮނޑިއެއް ހުހަށް އިންތޯ އާޝިޔާ ހޯލުތެރެ ހޯދައި ބަލައިލީ، ޒަފަރުގެ ގާތުގައި އިންނަން ބޭނުޭޜންނުވާތީ އެވެ.

” ކޮންފަދަ މުސީބާތެއް..!!.” އާޝިޔާގެ ދުލާ ހަމައަށް އެ ޖުމްލަ ނަޔަސް، އޭނާގެ ހިތުގެ އަޑިން ޒަފަރުއާ ދިމާއަށް އެތައް އެއްޗެއް ގޮވިއެވެ. އިތުރު ގޮތެއް ނެތުމުން އާޝިޔާ ގޮނޑީގައި އިށީނެވެ. ޕްރޮފެސަރގެ ފިލާވަޅުތަކަށްވުރެ ޒަފަރުގެ ސަމާލުކަން ހުއްޓިފައިވަނީ އާޝިޔާ އަށެވެ. އަމުދުން އާޝިޔާ އެހާ ރުޅިއައިސްފައި އިންނާތީ ޒަފަރު އާޝިޔާއާ ސަމާސާ ކުރާހިތްވިއެވެ. ރީތި އަންހެން ކުދިންނަކީ އަބަދުވެސް ބޮޑާ ކަމާއި ކިބުރުވެރިކަމުގެ އިންތިހާ، ލިބިފައިވާ ބައެއް ކަމުގައި ޒަފަރު އަބަދުވެސް ދެކެއެވެ. އޭނާއަކީ އަންހެން ކުދިން ނަފުރަތު ކުރާނެފަދަ ހުތުރު ސިފައެއް ލިބިފައިވާ މީހެއް ނޫނެވެ. އޭނާގެ އެންމެ އިޝާރާތަކަށް އެދި އެދި ތިބި ކިތައްމެ ޒުވާނެއް އޭނާގެ ވަށައިގެންވެއެވެ. ނަމަވެސް އާޝިއާ އެ ހުރިހާ ކުދިންނާ ތަފާތެވެ. ތުއި ކަމާއި ރަނޑާލި ކަމެއްނެތް މިއަންހެން ކުއްޖާ އެފަދަ އެންމެ ނަޒަރަކުންވެސް ބަލައި ނުލީތީ ޒަފަރުގެ ފިރިހެންވަންތަކަން އޭނާއަށް މަލާމަތް ރައްދުކުރިފަދައެވެ. އެއާއެކު އޭނާގެ އެތެރެ ހަށީގައި ހިނގައިގަތީ މުޅީން އެހެން ޖަޒުބާތެކެވެ. ހާޞިލްކުރުމާއި އަމިއްލަ ކުރުމުގެ ދީވާނާއަކުން އޭނާގެ ޚިޔާލާ ފިކުރު ވަނީ ދީވާނާ ކުރުވައިފިއެވެ.

އިރު މެދުޖެހެމުން ދިޔަ ވަގުތެވެ. ޔުނިވާރސިޓީގެ ގޯތިތެރޭގައި ބަހައްޓާލާފައިވާ ލަކުޑި ބެންޗް ތަކުގެ ތެރެއިން ބެންޗެއްގައި އިށީނދެލައިގެން އާޝިޔާ އިނެވެ. މެންދުރުގެ ވަގުތަށްވިޔަސް އަމިއްލަ ޤައުމުން ލިބޭފަދަ ހޫނުކަމުގެ އިހްސާސެއްނެތި ސްނޯއިން ހުދުވެ، ފެހިކަން ކެނޑިފައިވާ ގަސްތަކަށް އޭނާގެ ސަމާލުކަން ހުއްޓިފައިވެއެވެ. ހާއްސަކޮށް ރީނދޫ ކަރުގަނޑަކާއެކު މަޑު ފިޔާތޮށި ފިޔަތަކަކުން ވަށާލެވިފައިވާ މާތަކަކުން ފުރިފައިވާ ޗެރީބްލޮސަމް ގަސްތަކުގެެ ރީތިކަން ހަމަލޮލުން ދެކިލުމަކީ އޭނާ ކުރި އުންމީދެކެވެ. ފިނިމޫސުމުގެ ދިރުމަކީ މިރީތި މާމެލާމެލިން ޖަރީވެފައިވާ އެގަސްކަމުގައި ފިނިމޫސުމުގެ ތަޖުރިބާނެތް އާޝިޔާގެ ސިކުނޑި ބުނެދެމުން ދިޔައެވެ. އެ ހިތްގައިމުކަމާ ރީތިކަން ފެނި އޭނާ އިނީ އާޝޯޚްވާގޮތްވެފައެވެ.

” ފިނިމޫސުމް މި ނޫނީ ތަޖުރިބާއެއް ނުކުރަންދޯ؟..” ޚިޔާލީ ކިޑިކީގެ ތެރެއިން ވިސްނުން ބޭރުވެ، އެތައް ހިސާބަކަށް އެ ޚިޔާލުތަކައިގެން އާޝިޔާ ކުރަމުންދިޔަ ފިކުރީ ދަތުރު ނިންމާމާލީ އޭނާއާ ނުހަނު ގާތުން އެ އިވުނު ފިރިހެންވަންތަ އަޑުންނެވެ. އެއިރު، އޭނާ އާ ނުހަނު ގާތުގައި، ޒަފަރު ސީދާ އޭނާގެ މޫނަށް ބަލަހައްޓައިގެން އިނީ ހިނިތުންވެފައެވެ. އާދައިގެ ވަރަކަށް ކޮށާލެވިފައިވާ ކަޅު ދިހުން ކުލައިގެ އިސްތަށިކޮޅާއި ޒުވާންކަމާއި، ފިރިހެންވަންތަކަން އެކުލެވިފައިވާ އެ މޫނަށް ފުރަތަމަ ފަހަރަށް އާޝިޔާއަށް ފުންނަޒަރަކުން ބަލައި ލެވުނެވެ. ޒަފަރު ކިތައްމެހާވެސް ރީއްޗެވެ. އައިބުކަމެއްނުވާ ފިރިހެންވަންތަ ހަށިގަނޑެކެވެ. ދިގު އިސްކޮޅާގުޅޭ ރޫފައެކެވެ.

” އާއިލާ މަތިން ވަރަށް ހަނދާންވޭދޯ؟…” އާޝިޔާ އެއްޗެއް ނުބުނުމުން ދެވަނަ ފަހަރަށްވެސް ޒަފަރުކޮށްލީ ސުވާލެކެވެ. މަޑުމައިތިރިކަމާއެކު ހަމަޖެހޭ ގޮތް ދައްކާލަމުންނެވެ. އާނއެކޭ ބުނުމުގެ ގޮތުން އާޝިޔާ ބޯޖަހާލިއެވެ. އަމިއްލަ ވަޒަނާ އެތައް މޭލެއްގެ ދުރުމިނުގައިވާ މި ގައުމުގައި އޭނާއަކީ އެކަނިވެރިއެކެވެ. މި ވީ މަދު ދުވަސްކޮޅުގެ ތެރޭގައި އޭނާގެ ރައްޓެހިން މަދެވެ. އާޝިޔާއަކީ ޒަމާނީ އަންހެންކުއްޖަކަށްވާތީ، މި މާހަވްލަށް ހޭނުން އޭނާއަށް އުނދަގޫ ކަމަކަށް ނުވިނަމަވެސް، އިތުބާރަކީ ކޮންމެ ކޮންމެ މީހަކަށް އޭނާ ކުރަން ބޭނުންވާ އެއްޗެއް ނޫނެވެ. އަމިއްލަ ނަފްސުގެ އަގު، ޒަމާނުގެ ތަހުޒީބަށްވެސް އަދާކޮށް ނުދެވޭނެތީއެވެ.

” އަދިވެސް ތިއިނީ ހިތްހަމަނުޖެހިފަތަ؟… އޯކޭ… އެހެންވީމަ، ދެން ދަނީ އިނގޭ…” އާޝިޔާ އެއްޗެއް ނުބުނުމުން ޒަފަރު އެތަނުން ދިއުމަށްޓަކައި ކޮޅަށް ތެދުވިއެވެ. އެވަގުތު ބޭއިޚްތިޔާރުގައި އާޝިޔާއަށް ޒަފަރުގެ އަތުގައި ހިފާލެވުނެވެ. އާޝިޔާގެ އެ ޢަމަލުން ޒަފަރުގެ ތުންފަތަށް ވެރިވީ ލުއިހިނިތުންވުމެކެވެ. އާޝިޔާ އަވަސް އަވަހަށް އެއަތުން ދޫކޮށްލިއެވެ.

” އެކަމާ ރުޅިއެއް ނާދޭ… އެވަރުކަމެއްވެސް ނޫން އަސްލު އެއީ… ޙަގީގަތުގަ އަހަރެން ޖެހޭނެ ޝުކުރިއްޔާ އޭ ބުނަންވެސް… އެހެންވީމަ ވަރަށް ބޮޑަށް ޝުކުރިއްޔާ…” ޒަފަރަކީ އޭނާގެ އިތުބާރު ދޭން ރަނގަޅު މީހެއްކަމުގައި އާޝިޔާގެ ހިތް ބުނެދޭން ފެށުމުން ވެދިޔަ ކަންތައް ހަނދާން ނައްތާލުމަށްފަހު، އެކުވެރިކަމުގެ އަތް ދިއްކޮށްލަން އޭނާ ނިންމިއެވެ.

ތަފާތު ދުނިޔެވީ ވާހަކަތަކުގައި، އާޝިޔާއާއި ޒަފަރު، ސަރާސަރު ދިގު މަގެއް ކަޑަށްތު ކުރަމުންދިޔައިރު، ލައިގެން ހުރި ބޯ ސްވެޓަރަށްވެސް، މާހައުލުގެ ފިނިކަމުން ޢާޝިޔާ ހިމާޔަތެއް ނުކުރެވުނެވެ. ޒަފަރުގެ ވިސްނުންތެރިކަމުން އެކަން ދެނެގަނެ، އޭނާލައިގެން ހުރި ޖެކެޓުން އާޝިޔާގެ ހަށިގަނޑު ފިނިން ޙިމާޔަތް ކޮށްދިނެވެ. ޒަފަރުގެ މި ކުޑަ ޢަމަލުން އާޝިޔާގެ ހިތުގައި ޒަފަރުއާމެދު އިޙްތިރާމުގެ އައު ބާބެއް ފަށައިދިންކަހަލައެވެ.

ޒަފަރުގެ ވާހަކައިން އޭނާއަކީ މާލޭގެ މުއްސަނދި ޚާންދާނަކަށް ނިސްބަތްވާ ޒުވާނެއް ކަން އާޝިޔާއަށް އެނގުނެވެ. ނަމަވެސް، އާޢިލާގެ އެ މުއްސަނދިކަމާއި ތަނަވަސްކަމާ ވަކިން އަމިއްލަ މިނިވަންކަމުގައި އޭނާ އުޅެމުންދިޔަ ސަބަބު ބުނެނުދީ އާއިލީ ވާހަކަތައް ދެއްކުން ޒަފަރު ހުއްޓާލިއެވެ. އޭނާގެ ޟަމީރު ޤަބޫލުނުކުރާ ސަބަބަކާހެދި އާއިލާއާ އޭނާއާ ދެމެދު ކެނޑިފައިވާ ގުޅުމުގެ ވާހަަކަ އިތުރަށް ދައްކަން ބޭނުންނުވާތީއެވެ. އޭނާގެ އާއިލާއާ ގުޅޭ އެއްވެސް ސުވާލެއް މީގެ ފަހުން ނުކުރުމަށް އާޝިޔާގެ ކިބައިން އޭނާ އެދުނެވެ. އެނގެން ބޭނުންވާކަމެއް ވަކި ހިސާބަކަށް އެނގި ހަގީގަތުގެ އަނެއްބައި ފަރުދާވެއްޖެނަމަ، އެ ހަގީގަތް ހޯދުމުގެ ޝައުޤުވެރިކަން ހިތުގައި އުފެދެނީ ދަހިވެތިކަމެއްގެ ސިފައިގައެވެ. އާޝިޔާއަށްވެސްވީ އެހެންނެވެ. އެހާ ތަނަވަސް ޚާންދާނަކަށް ނިސްބަތްވާ ޒުވާނަކު، ގަދައަޅައި މަސައްކަތްކޮށްގެން ކިޔެވުމުގެ ފުރުސަތު ހޯދައި، އާދައިގެ ހޮސްޓެލްއެއްގައި އުޅެން ޖެހުނު ހަގީގަތަކަކީ ކޮބައިބާވައޭ އާޝިޔާގެ ހިތް އޭނާއާ ސުވާލުކުރަމުން ދިޔައެވެ.

ދުވަސްތައް ފާއިތުވަމުންދިޔަވަރަކަށް ދެ ޒުވާނުންގެ ގާތްކަން ދިޔައީ ބޮޑުވަމުންނެވެ. އާޝިޔާގެ ހުވަފެންތަކުގެ ރަސްގެފާނަށް ޒަފަރް ބަދަލުވެގެންދިޔައީ ބަސްބުނާ ހިނދުންނެވެ. އެ އޯގާތެރިކަމާއި، ސަކަ މިޒާޖާ ގަޔާވެވި އާޝިޔާގެ ހިތް ޒަފަރްއަށް ދެވުނީ ކިހިނެތްކަން ޚުދު އޭނާއަށް ވެސް ނޭނގުނެވެ. އާޝިޔާގެ ގައިގޯޅިކަމާއި، އޭނާއާ އެކު ވުމަށް އެދެމުންދިޔަވަރުން އެހިތުގައި ޒަފަރަށްޓަކައި ލޯބީގެ ނެރުތައް ފަޅައި ފޯދެމުންދާކަން ޒަފަރުއަށް ވަންހަނާއެއް ނުވިއެވެ.

******

“ކޮން ކަމަކާ ތިވިސްނަނީ؟؟…” މޭޒުމަތީގައި އޮތް ރަތް ފިނިފެންމަލުން އާޝިޔާގެ ކޮލުގައި ޖަހާލަމުން ޒަފަރު އެހެން ބުނެލުމާއެކު އާޝިޔާ ސިހުނެވެ. އަދި ރީތި ހިނިތުންވުމެއް ރައްދުކޮށްލަމުން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ޒަފަރުގެ ރައްޓެއްސެއްގެ ކާރުގައި ދިގު ދަތުރަކަށް އެމީހުން ނުކުތް އިރު، މިފަދަ ކަމެއް ޒަފަރު އޭނާއަށްޓަކައި ރާވާފައިވާކަން ކުޑަކޮށްވެސް އޭނާއަކަށް ނޭނގެއެވެ. މި ހާއްސަ ވަގުތުކޮޅަށް ކެތްތެރިކަމެއްނެތި އޭނާ އުންމީދު ކުރަމުން ދާތާ ކިތައްމެ ދުވަހެކެވެ. ޒަފަރުގެ ދުލުން އެ ހާއްސަ ލަފުޒު ބޭރުވާނެ އިރަކަށް އޭނާ އިނީ ބަލަ ބަލައެވެ. ދެމީހުން އެކުގައި ފެށި ތަޢުލީމީ ދަތުރު ނިންމާލުމަށްފަހު އެނބުރި ޤައުމަށް ދިއުމާ ދެމެދު މިއޮއްކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ އުފާވެރިކަން ހާސިލް ކުރަން އޭނާ ކޮންމެހެންވެސް ބޭނުންވިއެވެ.

“ކީއްކުރަންތަ އަހަރެން މިތަނަށް ގެނައީ؟..” ޒަފަރު އެއްވެސް އެއްޗެއް ނުބުނެ އާޝިޔާއަށް ބަލަން އިންގޮތުން ލަދުން އިސްޖަހާލަމުން އޭނާ އެހިއެވެ. ޒަފަރުގެ ހިތުގައި އޭނާއަށްޓަކައި އެއްވެސް އިހްސާސެއްވާނަމަ، އެކަން ޒަފަރުގެ ދުލުން ބަޔާންކުރާނެ އިރަކަށް އާޝިޔާ އިންތިޒާރުކުރަމުންދިޔައެވެ. އެއިން ގޮތަށް އިނދެ ޒަފަރް ދެން ބުނަންފެށި ބަސްތަކުން އާޝިޔާގެ ދުނިޔެ އުފާވެރިކަމުން ފުރާލަދިނެވެ. އާޝިޔާއާ އެއްފަދައިން ޒަފަރުގެ ހިތުގައިވެސް އާޝިޔާއަށްޓަކައި ހާއްސަކަމެއްވާކަން އޭނަ ބުނެދިނެވެ.

ނިއުޒީލެންޑްގެ ފިންޏާއި ހޫނުގައި އެމީހުން ހޭދަކުރީ އުފާވެރި ދުވަސްތަކެކެވެ. އެ ފެހީގެ ވާދީތަކާއި، އުސް ފަރުބަދަތަކުން ފެތުރިފައިވާ ޤުދުރަތީ އަޖައިބު ކުރުވަނިވި ހިތްގައިމުކަން ދޫކޮށް، ހިމުން ހުދު ދޮންވެލީގެ ގޮނޑުދޮއްތަކާއި ވިލުނޫންކުލައިގެ މޫދުގެ ސަބަބުން ސުވަރުގޭގެ ގޮތުގައި މުޅިދުނިޔެއަށް ސިފަވެފައިވާ އަމިއްލަ ވަޒަނަށް އާޝިޔާއާއި ޒަފަރު ދަތުރުފެށީ އެކުއެކީގައެވެ. މުސްތަޤުބަލަށްޓަކައި ކުރަހާފައިވާ ހަގީގީ ދިރިއުޅުމުގެ ތަސްވީރުތައް ރީތި ކުލަތަކަކުން ފުރާލުމަށް އާޝިޔާ އުންމީދުކުރަމުން ދިޔައެވެ. ހިތުގައި އުފެދިފައިވާ އަލަތު ލޯބީގެ ފޮނި ފޮނި އިހްސާސްތަކާއެކުގައެވެ.

ފަތިހުގެ ހަމަހިމޭންކަމުގައި މާލޭގެ ހަލަބޮލި މަގުތައް ފަޅުވެފައިވެއެވެ. ކޮނޑުގައި ކަޅުދަބަހެއް އަޅުވައިގެން، ޒަފަރު ސައިކަލުގައި މިސްރާބު ޖެހީ މާލޭ އިރުމަތީ ފަރާތަށެވެ. އިރު އަރާ މަންޒަރު އޭނާގެ ކެމެރާގައި ޤައިދުކޮށް، އެމަންޒަރުން ހިތްއުފާކޮށްލުމަށްޓަކައެވެ. އިރުވައި މޫސުމުގެ ހިކިދިޔަވަރުން ކަނޑުގެ ސަތަހައިގައިވަނީ ކޫރުމެއްނެތް އޮމާން ކަމެކެވެ. އިރުގެ ދޯދިތައް މަޑުމަޑުން އުދަރެހުން ނުމުމެ ފައުޅުވާން ފެށުމުން، ޒަފަރް ކެމެރާ ނަގައި އިރާދިމާއަށް އަމާޒުކޮށްލިއެވެ. އުދަރެހުން ފާޅުވަމުންދިޔަ ކުލަތަކާއެކުވެ ކަނޑުގެ ލޮނުގަނޑަށް އެޅެމުންދިޔަ އުދަރެހުގެ ހިޔަނިން މަންޒަރަށް އިތުރު ފުރިހަމަ ކަމެއް ގެނުވަދީފައިވެއެވެ. އުދަރެހުން އިރުގެ ދެބައިކުޅަ އެއްބައި ނުކުމެ ފާޅުވެލި ވަގުތު ގުދުރަތީ މިހިތްގައިމު މަންޒަރަށްޓަކައި ދީވާނާވެފައިވާ ފަދައިން ޒަފަރް ފޮޓޯނަގަމުންދިޔައެވެ. އެވަގުތު ކެމެރާއާއި އިރާދެމެދުން ކަރުތާފެނުގައި ހުރެ ބޯހިއްލާލި އަންހެން ކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތީ ކަޅު ހިޔަންޏެއް ފަދައިންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

ސިއްރުން މިހިތާ ކުޅެނީހޭ (ޓްރެއިލާ)

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ބައްތިރީސްވަނަ ބައި)

Next
September 22, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ބައްތިރީސްވަނަ ބައި)

Previews
September 22, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ޓްރެއިލާ)

15 Comments!

  1. Dhivehi vaahaka by RAUHA says:
    September 22, 2017 at 4:30 pm

    Hi all.. Hope you guys will like this part too… 😀

  2. Mansh says:
    September 22, 2017 at 4:35 pm

    Wow interesting. Love it

    1. Rau says:
      September 23, 2017 at 7:34 am

      Thnx dear

  3. Irusha says:
    September 22, 2017 at 6:23 pm

    Mi parties v nice. Kudakoh kuru. Ray thankolheh dhigukoh genes dhyba.

    1. Rau says:
      September 23, 2017 at 7:35 am

      Insha Allah next part dhigukuraanan

  4. Reader says:
    September 22, 2017 at 6:26 pm

    Vaahaka up kuraairu vaahakaige nan fennan neenaatee neynge non vaahakae kame

  5. Reen says:
    September 22, 2017 at 6:30 pm

    Nice

  6. Iml says:
    September 22, 2017 at 7:28 pm

    Salhi mi baivezz!

    1. Rau says:
      September 23, 2017 at 7:36 am

      Thnx

  7. Ifaaaa says:
    September 22, 2017 at 7:30 pm

    Maaaaaaaaaaaaaa kuru

  8. Xxxx says:
    September 23, 2017 at 10:19 am

    Wooooowww..?????

  9. Addu manje says:
    September 23, 2017 at 10:38 am

    Varah reethi.. 🙂

  10. Saakko says:
    September 23, 2017 at 1:07 pm

    Story ga in pic ehaa kamaku nudhey… ehaa young baeh vahthareh nujaha.. but story is nice

  11. Hafeez says:
    September 24, 2017 at 8:06 pm

    Next part thankolheh dhigu kohdhinun edhen. Mi part vess hama varah nice. Waiting for next part.

    1. Rau says:
      September 25, 2017 at 1:37 pm

      dear, 3 vana part innaane up kohfa 23rd septmbr ga…ehen foto eh inyma neynguny dhw…

Comments are closed.

Next Episodeލޯބީގެ ޙިމާޔަތުގައި (ތިންވަނަ ބައި)←


All Right Reserved!