Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ…..(10)

Dhippi Level 4100 Comments10 Stories
September 10, 2017 6 Mins Read
21 Comments

“މިރުސް ހުސްވީތަ ޖަޔާ؟” އަފީފާ އަހައިލިއެވެ. “މެޑަމް އަހަރެން، ހަނދާން ނުހުންނަނީ ބުނަން” ޖަޔާ އިނީ ވަރަށް ބިރުންނެވެ. “ކީއްވެ ކުރިން ނުބުނީ؟ ބާޒާރު ކުރާމީހާޔަށް ނޭނގެނީދޯ ޖަޔާ ނުބުނަނީމަ؟ ” އަފީފާ ހިތްހަމަ ނުޖެހި ހުރެބުނެލިއެވެ. ހިތްހަމަ ނުޖެހެނެތާ މިއަދަކީ މެޑަމް ބަދިގެއަށް ވެންނެވި ދުވަސް ވިއްޔާއެވެ. “އަލްޔާ ދޭބަލަ ތިރީ ފިހާރަޔަށް ގޮސްފަ އަންނަން،، ނޭނގެ މިހާރު ބަންދު ނުކުރާކަމެއް ވެސް، ބަންގި ދޭން ވިއްޔާ އެއުޅެނޭ” އަފީފާ ލާރީ ދިނުމުން އަލްޔާ އަވަހަށް ހިނގައިގަތީ ބަންދު ކުރުމުގެ ކުރިން މިރުހެއް ލިބޭތޯއެވެ. އަލްޔާ ދުވެފައި ސިޑިން ފައިބަނިކޮށް އަޅާއިގަތީ ސިޑިން މައްޗަށް އަރަން އައި ވިނާން ގައިގައެވެ. ” ސާބަސް އަލް! ބަލައިގެން އުޅެބަލަ ނަސީބެއް ނޫން މަށަށް ހިފުނުކަން އެހެން ނޫންނަމަ ބޮޑު އަނިޔައެއް ލިބުނީހެއްނު ” ވިނާންގެ ބާރުގަދަ އަތުން އަލްޔާގެ އަތުގައި ހިފަމުން ބުނެލިއެވެ. ވިނާންއަށް ނުހިފުނުނަމަ އަރި އަޅާފަ އަލްޔާ ވެއްޓުނީހެވެ. “ސޮރީ އަވަސް ކުރަން ހަދައިގެން މާބާރަށް ދުވެވުނީ، ނޭނގެ މިހާރު ބަންދު ނުކުރާކަމެއް ވެސް ” އަލްޔާ ދެރަވެފައި މާފަށް އެދުނެވެ. . “އޯކޭ އޯކޭ، ދެން ފަހަރަކުން ވެސް ބަލައިގެން އުޅޭތި ” އެހެން ކިޔާފަ ވިނާން މައްޗަށް އަރަން ފެށުމުން އަލްޔާ ވެސް އަވަހަށް ނިކުތީ ބޭރަށެވެ. ނަސީބު ރަނގަޅު ކަމުން އަދި ފިހާރަ ބަންދުނުކުރެއެވެ. އަލްޔާ އަވަހަށް މިރުސް ގަނެގެން ގެއަށް ވަންނަން ވެގެން ދޮރޯށި ހުޅުވައިލިއިރު ވިނާން ފެނުމުން ދިޔައީ ސިއްސާގެންނެވެ. “ޕަސް!!” އަލްޔާ ބިރު ގަންނަވަން ވެގެން ވިނާން ޕަސް އަޅައިލިއެވެ. ވިނާން ޕަސް އެޅިއެއް ކަމަކު އަލްޔާ އެއްވެސް ވަރަކަށް ބިރެއް ނުގަތެވެ. އަލްޔާއަށް ވިނާން ފެނުނު ފަހުން ޕަސް އެޅިއަކަސް ބިރު ނުގަންނާނެތާއެވެ. “ރުޅިއާއީތަ؟ އަސްލު އަލްޔާގެ ލޯބި މޫނު ދެކެލާހިތުން މަޑުކުރީ، ދެން ތި ލޯބި ތުންފަތަށް ދޮނެއް ދޭހިތުން” ވިނާން އަލްޔާ އާ ދިމާލަށް ލޯ ހަނި ކުރަމުން ހެވިލައިފަ ބުނެލިއެވެ. “ހޫމް ވަރަށް ފޫހިވޭ!” އަލްޔާ ތުއިވެފަ ތުން އަބުރާލައިފަ ބުނެލިއެވެ. “އޯ… މިހާރު ވަކިން ލޯބި، އަސްލު ބުނެބަލަ ކިހާވަރަކަށްތަ ފޫހިވަނީ؟” ވިނާން މާލާމާތުގެ ރާގަކުން އަހައިލިއެވެ. “މަޖަލެއް ނޫންއިނގޭ! މިހާރުވެސް ދައްތަ ހުންނާނީ ލަސްވެފަ، އެހެން ނޫނަސް ތިހެން އުޅުނީމާ މީހުން ހީކުރާނީ ކީކޭ؟ ފެންނަ ކޮންމެ މީހަކު ވެސް ބުނާނެ އަހަރުމެން ގުޅުމެއް އޮންނަނީއޭ، އަހަރެން ބޭނުމެއް ނޫން އެހެންވާކަށް ” އަލްޔާ ސިޑިން މައްޗައް ބަލަމުން ބުނެލިއެވެ. އަލްޔާ އަހެން ބުނިއިރު އޭނަގެ އެޑުންވެސް އެކަމަށް ބިރު ދޭހަވެއެވެ. ކޮންމެ ގޮތެއް ވިޔަސް މިހާރު އަލްޔާއަށް ލިބެމުންދާ ލޯތްބާ އަޅާލުން ބީވެގެން ދާކަށް އަލްޔާ ބޭނުމެއް ނުވެއެވެ. “އޯކޭ އޯކޭ ދޫންޏާ އަވަހަށް ދޭ މައްޗަށް ވިނާން ދާނަން އިރުކޮޅަކުން ” އަލްޔާއަށް ތަން ދައްކަމުން ވިނާން ބުނެލިއެވެ. އަލްޔާވެސް އިތުރު އެއްޗެއް ނުބުނެ މަޑު މަޑުން ސިޑިން މައްޗަށް އަރައިގެން ހިނގައްޖެއެވެ.

“މަންމާ ސިޓިން ރޫމް ހާދަ ބަދަލް ކޮއްފައޭދޯ މިހިރީ؟!” އެކިތަންތަން ބަލަމުން ހައިރާންވެގެން ވަޒުނާ އަހައިލިއެވެ. ހައިރާން ވާނެތާއެވެ. އޭނާ ފުރައިގެން ދިޔަ އިރު ހުރިގޮތާ މިހާރު ވަރަށް ތަފާތު ވިއްޔާއެވެ. “އާނ ތީދަރިފުޅުގެ ކުޑަބެގެ ކަންތައް އޭނަޔަށް ރީތި ގޮތަށް ހަދައިފަ ތިހިރީ” ވިނާން އާ ދިމާލަށް ބަލަމުން އަފީފާ ބުނެލިއެވެ. “ހެހެ… އަޅެ ހަޑިތަ ކޮއްކޮއަށް؟! ގައިމުވެސް ކުޑަބެއަށް ވަރަށް ރީތި” އެކިތަންތަނަށް ލޯ އެއްލަމުން ވިނާން އަހައިލިއެވެ. “ހެެހެ ރީތިވީމައެއް ނޫންތަ މިއެހީވެސް؟ ހޫމް ތިއެއް ނޫނޭ ކޮންއިރަކުންތަ ކުޑަބެ މީހަކާ އިންނަނީ؟ ތިހެން ހުއްޓާ މުސްކުޅިވެދާނެ ” ވަޒުނާ ސަމާސާ މޫޑެއްގައި އަހައިލިއެވެ. “ކުޑަބެ އިންނަން ބޭނުން ވާކަހަލަ ލާލް ޕަރީއެއް ލިބުނީމައެއް ނޫން އިނދެވޭނީވެސް” ވިނާންއާ ދިމާކުރަން ވެގެން އޭނަޔާ ދިމާލަށް އެއްލޯ މަރަމުން އަފީފާ ބުނެލިއެވެ. “މީހުންނަށް ޖެއްސުން ކުރަން އެއްވަނަ މަންމަ، މަންމަ އަތުގައި އޮންނާނެ އެކަމުގެ އެވޯރޑެއްވެސް!” ސައުދު ވެސް އެމީހުން ކުރާ ސަމާސާއިގައި ބައިވެރިވާން ވެގެން ބުނެލިއެވެ. އެވަގުތު އެއްމެން ދިޔައީ ހިނި ފަޅައިގެންނެވެ. އަފީފާވެސް އާއިލާ އެންމެން ހަމަ ވުމުން ވަރަށް މަޖާވެގެން ހީހީ ހެދިއެވެ. އެވަގުތަކީ އަލްޔާ ޓިއުޝަން ފެށޭ ގަނޑި ކަމުން އޭނަވެސް ބޭރަށް ނިކުތެވެ. “މަންމާ އަދި ހަނދާން ނެތުނީއޭ އެއީ ކޮން ކުއްޖެއްތަ؟! ” އަލްޔާ ކިޔަވާ ކޮޓަރިއަށް ވަނުމުން ކުއްލިއަކަށް ހަނދާން ވުމުން ވަޒުނާ އަހައިލިއެވެ. “އެއީ މަންމަ ރައްޓެހި ވެލިދޫ ބައެއްގެ ކުއްޖެއް” ވަޒުނާ އެހެން އެހުމުން އަފީފާގެ މޫޑު އެއްކޮށް ބަނަވިއެވެ. ނަމަވެސް އިތުރު މީހަކަށް އެކަން ފާހަގައެއް ނުވެއެވެ. “އެހެންތަ؟ ކީކޭތަ ކިޔަނީ؟ އާނ އަލްޔާދޯ؟” ނަން އަހަން އުޅެފަ ހަނދާން ވުމުން ވަޒުނާ ބުނެލިއެވެ. އަލްޔާ ކޮޓަރިއަށް ވަންތަން ބަލާއިގެން ވިނާން ހުރީ ހިނި އައިސް އެވެ. އޭނާ ހެވުނުތަނެއް އެއްވެސް މީހަކަށް ނުފެންނާނެއެވެ. ސަބަބަކީ އޭނާ އެދިމާލަށް ބަލައިގެން ހުރީ ވަރަށް ވަގުންނެވެ. އެވަގުތު ޓިއުޝަން ނަގާދޭ މުދައްރިސް ވެސްއައިސް ވަނެވެ. މުދައްރިއްސް އައި އިރު އެއްމެން ބޮޑު ކޮޓަރީގައި ތިބުމުން އެމީހުންނަށް ހިނިތުން ވުމެއް ދީފަ ގޮސް ވަނީ ކިޔަވާ ކޮޓަރިއަށެވެ. “އެއީ ކާކު މަންމާ؟” މުދައްރިސް އެތެރެއަށް ވަނުމުން ވަޒުނާ އަހައިލިއެވެ. “އެއީ އަލްޔާގެ އެދުރު” ވިނާން ހެމުން ބުނެލިއެވެ. ” ޕިސް ޕިސް! އަޅެ މަންމާ ހެޔޮނުވާނެ މި ކުޑަބެ މިހާރު ބޯހަމަ ޖެހޭތަ؟ މަށަށް ޝައްކު” ވިނާން ގައިގައި ޖަހައިލަމުން ވަޒުނާ ބުނެލިއެވެ. ވަޒުނާ އެހެން ބުނުމުން އެއްމެން ވެސް ދިޔައީ ހިނިގަނޑު ފަޅައިގެންނެވެ. ކުޑަބެ ހިނގާބަލަ ދަތުރެއް ރާވަމާ ހާދަ ދުވަހެއް ވެއްޖެޔޭ މޫދައްވެސް އެރި ނުލާތާ . ” ވަޒުނާ ތުން އޫކޮއްފައި ބުނެލިއެވެ. ” ތިއީ ވަރަށް ސަޅި ކަމެއް ކުޑަބެ ކުރިންވެސް ދާން އުޅެފީމޭ އެކަމަކު ކޮއްކޮ އައިމަ ދާން ވެގެން މަޑު ކޮއްލީ” ވިނާން ބުނެލިއެވެ. އެވަގުތު ބޭރަށް ގޮސްލަނީ ކަމަށް ބުނެ ސައުދު ތެދުވެގެން ހިނގައްޖެއެވެ. “އޯވް ހާދާ ލޯބި ލޯބިއޭ ދޯ؟ ” ވިނާން އާ ދިމާ ކުރަން ވެގެން ވަޒުނާ ބުނެލިއެވެ. “އާނ ދެން ލޯބިވާނެތާ؟ މަންމަ އިތުރު ކޮއްކޮ އެއްވެސް ހޯދާ ނުދޭވިއްޔާ” އަފީފާ ޔާ ދިމާލަށް ބަލަމުން ވަޒުނާގެ ގައިގައި ކޮށްޓަމުން ވިނާން ބުނެލިއެވެ. “ހެހެ މަންމަ ވަރަށް ވަރު ބަލިވެއްޖެ މިދަނީ ކުޑަކޮށް ޖައްސާލަން، މި ވިނާންވެސް މިހާރު ވަރަށް ލާނެއްވެއްޖެ” އެހެން ކިޔަމުން އަފީފާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އަފީފާ ދިއުމުން ވަޒުނާ ވެސް ދަނީ ކަމަށް ބުނެ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އެދެމައިން ދިއުމުން ވެސް ވިނާން އޮތީ ކަންނެތް ފާޑަށް ސޯފާޔަށް ޖެހިފައެވެ. އެވަގުތު ތަނުގެ ހަމަހިމޭންކަން މެދު ކަނޑާލުމަށް ފަހު އިވުނީ ކިޔަވާ ކޮޓަރިން އަޑު ގަދަވާއަޑެވެ. އެއަޑަށް ވިނާން ތެދުވެގެން ގޮސް ދޮރު ހުޅުވާލި އިރު އޭނަގެ ދެލޯ ދިޔައީ ތަރި ބުރައިގެންނެވެ.

“ކަލޭގެ ލަދު ހަޔާތް ކުޑަކަން ބަލައިބަލަ” ވިނާން ކަރުގެ ނެތްތަނަށް ހަޅޭއްލަވައި ގަތެވެ. އަދި ހަމަ ވަގުތުން މުދައްރިސްގެ ގަމީހުގެ ގިރުވާނުގައި ހިފައިދާމާގަތެވެ. ކަލެގެ އަމާ ހަނދާންވެގެންތަ ތިތެޅެނީ؟” އެހެން ކިޔާ ވިނާން އަތުގައި ހުރި ބާރެއް ލައި މުދައްރިސްގެ ކަންކަށިމަތީ ޖެހިއެވެ. އޭރު އަލްޔާގެ ހެދުމުގެ އިރައިގެން ގޮސް ހުރި ތަނުގައި އަތް އަޅައިގެން ފޮރުވަމުން އަލްޔާ އަޑުން އަޑުނަގައި ރޮނީއެވެ. “ހަމަމިހާރު މިގެއިން ނިކުމޭ! ހުރިލަދުހަޔާތް ކުޑަކަން ބަލާބަލަ، ކާކު ކަލޭއަށް ތިވަރުގެ ހިތްވަރެެއް ދިނީ؟ މިއީ މި ބޭރު އެއްޗެހިންގެ ވައްތަރޭހަމަ! ކިތައްމެ ރަނގަޅަކަށް ކަންތައް ކުރިޔަސް ނޭނގޭނެ އުޅޭކަށް، ކަލޭ މީގެ ފަހުން އޮޅިގެން ވެސް މިގެއަށް ނުވަންނާތި، ކަލޭ ވަނދެއްޖެނަމަ މިވަރެއް ނޫން ކުރާނީކީ ހަނދާން ކުރާތި!” ވިނާން ރުޅި އައިސް ހަޅޭއް ލަވަމުން އަނެއްކާވެސް ހައެއްކަ އެތިފަރު ޖަހަމުން ގޮސް ގެއިން އެމީހާ ނެރެލިއެވެ. އެއަޑަށް ވަޒުނާވެސް ދުވެ ތިރިއަށް ފައިބައިފިއެވެ. އަފީފާއަށް ވެސް ގޭތެރޭގައި އަޑުގަދަ ވެގެން އުޅުނު އަޑު އިވެއެވެ. އެކަމަކު ނޭނގޭ ކަމަށް ހަދައިގެން ހުއްޓެވެ. ފަހަރެއްގައި މާވަރުބަލިވެފައި އޮތީމަ އޮވެވުނީ ކަމަށް ވެސް ވެދާނެއެވެ. އެވަގުތު އަލްޔާ ހުރި ހާލު ފެނި ދުވެ އަލްޔާގެ ކޮޓަރިއަށް ގޮސް އޭނަގެ ތުވާލި ގަނޑު ހިފައިގެން އައިސް އޭނަގެ އަތަށް ވަޒުނާ ދިނެވެ. “އަލްޔާއަށް ކިހިނެއް ވެފަތަ މިހިރީ؟!” ވަޒުނާ ދިން ތުވާލި ގަނޑުން އަލަޔާގެ ގައި ނިވާ ކުރަމުން ހައިރާންވެގެން ވަޒުނާ އެހައިލިއެވެ. އަނގައިން ވެސް ނުބުނެ އަލްޔާއަށް ވާވަރަކީ ވަޒުނާގެ ގައިގައި އޮޅުލައިގަތުމެވެ. އޭރު ވަޒުނާއަށް ކޮންމެވެސް ވަރަކަށް ވެގެން އުޅޭގޮތް ރޭކައިފިއެވެ. އެކަމަކު ވީ ކީއްކަމެއް ނޭނގެއެވެ. “ކުޑަބެ ކިހނެއްތަ ވެގެން މިއުޅެނީ؟!” ވިނާން ރުޅި އައިސް ފުފިފުފި ސޯފައިގައި އިނުމުން ވަޒުނާ އަހައިލިއެވެ. “މިނަށް ވުރެހަޔާތް ކުޑައީ! ކުޑަބެއަށް ވަނދެވެވުނީ އަލްޔާގެ ނަސީބަށް އެހެން ނޫންނަމަ އެފަކީރުގެ ދުވަސް ދާނެ، އަލްޔާ ކުރެން އަހައިބަލަ އޭރުން އިނގޭނެ ވީގޮތް” އެެހެން ކިޔާފަ ވިނާން ވަނދެގެން ދިޔައީ ބަދިގެއާ ދިމާލަށެވެ. އޭރު ވެސް އަލްޔާ ހަމަ ރޮނީއެވެ. “ދެން ނުރޮއެ ހުއްޓާލާ، ބުނެބަލަ ވީގޮތެއް” އަލްޔާގެ ބޮލުގައި ފިރުމައި ލަމުން ވަޒުނާ އަހައިލިއެވެ. “އޭނަ… އޭނަ އުޅުނީ އަހަރެންގެ ގަޔަށް އަރަން ވެގެން، ވިނާން ނެތް ނަމަ މިއަދު އަހަރެންގެ ދުވަސް ދިޔައީސް!” ރޮމުން އަލްޔާ ކިޔާދިނެވެ. އެވަގުތު ވަޒުނާގެ އަނގަމަތީ އޭނަގެ ޝަހާދަތް އިނގިލި އަޅައިލެވުނީ ހަމަ ހައިރާން ވީވާރުންނެވެ. ވަޒުނާ ހުރީ ބުނާނެ އެއްޗެއް ނޭނގި އާށޯހު ވެފައެވެ. “އަލްޔާ ދޭ އަވަހަށް ހެދުން ބަދަލް ކޮއްގެން އަންނަން، ވަޒޫ އަންނާނަން ޖޫސްތަށްޓެއް ހިފައިގެން” ވަޒުނާ އެހެން ބުނުމުން މަޑު މަޑުން ހިނގައިފައި އަލްޔާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ވަޒުނާ ވަނީ ބަދިގެއަށް ޖޫސް ތަށި ގިރާށެވެ.

އަލްޔާ ހެދުން ބަދަލް ކޮއްގެން ނިކުތްއިރު ސައުދުއާ ވިނާން ތިބީ ބޮޑު ކޮޓަރީގައެވެ. އެދެމީހުންގެ މޫނުމަތިން ވެސް ފެންނަން ހުރީ ރުޅިވެރިކަމާއި ހަމްދަރުދީއެވެ. އަލްޔާ މަޑު މަޑުން އިސްޖަހައިގެން ހުރެއައިސް ސޯފައިގައި އިށީނދެއްޖެއެވެ. އެވަގުތު ވަޒުނާ ޖޫސް ތަށި ހިފައިގެން އަންނަނީއެވެ. ވަޒުނާ އައިއިރު ސައުދު ހުރުމުން ކުޑަކޮށް ހައިރާންވެފައި ހުރެ އަލްޔާގެ އަތަށް ޖޫސް ތަށި ދިތް ކޮއްލިއެވެ. އަލްޔާ އެއްކޯވަރުން ޖޫސްތަށި ބޮއެ ނިއްމާލިއެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ އަމިއްލަ ނަފުސު ސަލާމަތް ކުރުމަށް ޓަކައި ތެޅި ތެޅި ހުންނާނީ ވެސް ލައްކަ ކަރު ހިތްކާފަތާއެވެ. “ތިހުރިހާ ކަމެއް ހިނގި އިރު މަންމަ ކޮބައިތަ؟” އަލްޔާ ޖޫސްތަށި ބޮއެ ނިމުމުން ސައުދު އަހައިލިއެވެ. އޭނަ ހުރީ އަލްޔާ ޖޫސް ތަށި ބޮއެ ނިމެންދެނެވެ. “އަޅުގަނޑަށް ހީވަނީ މަންމަ އޮތީ ނިދާފަހެން، އެއްމެން މިތާ ތިބެފަ އެތެރެއަށް ވަދެވުނު ތަނާހެން މިކަމެއްވީ” ސޯފައިގައި އިށީނދެ ހަމަ ޖެހެމުން ވަޒުނާ ބުނެލިއެވެ. ” ކުޑަބެއެއް ނުވަންނަން އެތެރެއަކަށް ވަޒޫމެން އަތެރެއަށް ދިޔާމަ ކުޑަބެ އޮތީ މިތާގަ ފޯނާކުޅެން، ކުޑަބެއަށް މިތާ ހުރެވުނީ އަލްޔާގެ ނަސީބައް” އަލްޔާގެ ބޮލުގައި ފިރުމައިލަމުން ވަޒުނާ ބުނެލިއެވެ. “ކީކޭ؟! ކޮންކަމެއް ނަސީބެކޭ އެއްމެން ތިކިޔަނީ ” އަފީފާ ސިނޑިން ފައިބަމުން އަަހައިލިއެވެ. ” އަފީފާ އަކައް ނޭނގޭތަ މިގޭތެރޭގައި މިވަރުގެ ބޮޑު ކަމެއް ހިނގައިގެން އުޅޭ އިރުވެސް ” އަފީފާ އައިސް ސޯފައިގައި އިށީނުމުން ހިތްހަމަ ނުޖެހިހުރެ ސައުދު އަހައިލިއެވެ. “ކަމެކޭ ؟!ކޮންކަމެއްތަ؟! ކިހިނެއްވެގެންތަ މިއުޅެނީ؟!، މަ އޮތީ ލޮލަކަށް ޖެހިފަ، ހޭލެވުނު އިރު ސައުދު ވާހަކަ ދައްކާ އަޑަށް މިއައީ” އަފީފާ ހައިރާން ވެގެން ބުނެލިއެވެ. އޭރު ވެސް އަލްޔާ އިސް ޖަހައިގެން ރޮނީއެވެ.

” ބައްޕާ އެކަމަކު އެއީ ހާދަ ހަޔާތް ކުޑަ ގޮތް ކުޑަ މީހެކޭ، ވަރަކަށް ތަޅާވެސްލިން!” ވިނާން އެހެން ބުނި އިރު އޭނާ ރުޅި އައިސް ހުރިވަރު ދޭހަ ވެއެވެ. “އަޅެ ދެން ތިވެގެން އުޅޭގޮތެއް ބުނަންވެއްޖެއެއްނޫން؟!” އަނެއްކާވެސް ހައިރާންވެގެން އަފީފާ އަހައިލިއެވެ. އޭރު އެއްމެންގެ މޫނަށް ވަކި ވަކިން ހައިރާންވެގެން އަފީފާ ދިޔައީ ބަލަމުންނެވެ. “ވީގޮތަކީ، އަލްޔާއަށް ކިޔަވައިދޭން އަންނަ މީހާ އަލްޔާގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލަން އުޅުނީ، ވިނާން ނެތްނަމަ އެކުއްޖާގެ ދުވަސް ދާނެ” ސައުދު ދަރިން ތިބީތީ ބުނެދެވެން އޮތް ވަރަށް އޮޅުން ފިލުވައި ދިނެވެ. އެވަގުތު ވަޒުނާ މަޑު މަޑުން އަފީފާއަށް އެވާހަކަ ކިޔާދިނެވެ. “ޔާރައްބީ ތީހަމަ ތެދެއްތަ؟!” އަފީފާގެ ދެލޯ ދެ އާފަލް ހާ ބޮޑު ކުރަމުން އަހައިލިއެވެ. ” ސުބުހާނައްލާހި،އެއީ ތެދެއްތަ އަލްޔާ!؟” އަފީފާ ހައިރާންވެ އަންތަރީސް ވެގެން އަލްޔާ ކުރެން އަހައިލިއެވެ. އަލްޔާ އާއޭ ކިޔާ ބޯޖަހައިލިއެވެ. “ލާހިކެއްނޫން ދެން އެ ފުރޭތަޔަކަށް މިގޭތެރެއަށް ވަންނާކަށް، ހުރި ލަދުހަޔާތް ކުޑަކަން ބަލާބަލަ؟ އަޅެ މަހިތައްވެސް ނާރައޭ އެއެއްޗެއް ބަލާފަ އޭ އެކަަހަލަ ޝައިތާނެކޭ، ނަސީބެއް ނޫން މިކުއްޖާ ސަލާމަތް ވިކަން ” އަލްޔާގެ ބޮލުގައި ފިރުމައި ލަމުން އަފީފާ ބުނެލިއެވެ. އަފީފާ އެހެންބުނުމުން އެއްމެން ވެސް އޭތެދެކޭ ކިޔާ އެކަމަށް އެއްބަސް ވިއެވެ. “އެހެން ނޫނަސް ބޭރު މީހުންނަކީ ވަރަށް ހަޔާތް ކުޑަ ގޮތެއް ފޮތެއްނެތް ބައެއް، އެއްވެސް މީހަކު ދެން ނުގެންނާނަން” އަފީފާ ރުޅި އައިސް ބުނެލިއެވެ. އަފީފާ އެހެން ބުނުމުން އެކަމާ ވެސް އެއްމެން އެއްބަސް ވިއެވެ. މުޅި އެދުވަހު އެގޭތެރޭގައި އޮތީ އެކަމާ ބަހުސް ކުރުމެވެ. އޭރު ވެސް ވަރަށް ހަނި ގޮތަކަށް ވިނާން އެކަމާ ވިސްނަމުން ދިޔައެވެ. ވިނާންގެ ހިތް ބުނާ ގޮތުން ވިއްޔާ އެކަމުގެ ފަހަތުގައި ކޮންމެވެސް ނުބައެއް އެބަ އުޅެއެވެ. އެކަމަކު އަދި ހަމަ އޭނަގެ ސިކުނޑިން އެކަމާ ވިސްނަނީއެވެ. އެއްވެސް މީހަކާ އެކަން ހިއްސާ ކުރުމެއް ވެސް ނެތިއެވެ. ކޮންމެ ގޮތެއް ވިޔަސް އަލްޔާގެ ކިޔެވުން ހުއްޓޭކަށް ވިނާންއެއް ނޭދެއެވެ.

…..ނުނިމޭ…..

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ތި ލޯތްބަށްޓަކައި (6)

Next

02:30 ތޭވީސްވަނަ ބައި

Next
September 10, 2017

02:30 ތޭވީސްވަނަ ބައި

Previews
September 10, 2017

ތި ލޯތްބަށްޓަކައި (6)

21 Comments!

  1. Adam says:
    September 10, 2017 at 4:29 pm

    Ummeedhu Kuran mi part ves kamudhaane kamah

  2. annoying reader says:
    September 10, 2017 at 4:41 pm

    afeefa act kurumun award dhey haa vey. yagyn eyna ge atheh vaane kan mi kamuga. v foohi meeheh. alya dhera gotheh nahadachey please. waiting for next part

    1. Adam says:
      September 10, 2017 at 4:47 pm

      Neyge dhw higaa balamaa… alyaa ai ragalhugotheh adhi vaane….

  3. Hawwa says:
    September 10, 2017 at 5:11 pm

    Hama huvaa afeefa bunegen thi hurihaa kameh thivy haadha nulafaa meehekey dhw hehe v nice mi prt ves ?❤?

    1. Adam says:
      September 10, 2017 at 5:16 pm

      Hehe Thanks hawwa

  4. ®@@ñ! says:
    September 10, 2017 at 6:38 pm

    Varah varah nice mi part vx its awesome ??? waiting for nxt part

    1. Adam says:
      September 10, 2017 at 6:51 pm

      Thanks @@n

  5. Alvyn says:
    September 10, 2017 at 6:52 pm

    Awwhh!!! vinaan haadha rangalhey dhw… Mi part vex v nice.

    1. Adam says:
      September 10, 2017 at 7:32 pm

      Hehe dhw thanks alvyn

  6. nux says:
    September 10, 2017 at 8:00 pm

    afeefage moonyga soteh jahan v ????v reethi mipartvess well done dr ??????next part avass kohlahchey

    1. Adam says:
      September 10, 2017 at 8:06 pm

      Hehe adhi jahaane thorcheh thanks. Nux insha Allah maadhan up kuraanan

  7. saadhu says:
    September 10, 2017 at 8:15 pm

    Adam u r tha best???.v reethi mi part ves.v kiyaahithun mihuree . avaha up kodheeba.

    1. Adam says:
      September 10, 2017 at 8:49 pm

      Wow thanks saadhu insha Allah maadhan up kuraanan wait kuraathi??

  8. sana says:
    September 10, 2017 at 9:08 pm

    Wow! so nice keep it up

    1. Adam says:
      September 10, 2017 at 9:11 pm

      Thanks sana

  9. khajja says:
    September 10, 2017 at 11:02 pm

    Masha allah v v rythi stry??? v hyvey thikamuga afeefaage athevvaahen aee alyaa ah ilmeh liben eynabeynumennuveyviyya ? ekam vinaan haadharangalhey vinaan hurey alyaa aadheytherey gotheh dhw ehen v maves vaane ehen anyway stry v v habeys whn nxt prt avaskolladhybala alyaa ah dhera eh nudhechchey gud nyt ly??❤❤?????

    1. Adam says:
      September 11, 2017 at 6:24 am

      Thanks khajja afeefa thalhalan vee v udhagoa bodu anheneh e ey and alya ah ves annan vaanetha dhw mi noon dhuvaheh abdhu sad veema kamaku nudhàaneetha dhw

  10. Nikko says:
    September 11, 2017 at 12:32 pm

    Alhey varah reethi adyga hury afeefa dhw .. haadha goaheh avahah uo kohdhehchey .. mihaaru mi web ga enmeh reethi ehvaahaka me ..

    1. Adam says:
      September 11, 2017 at 2:34 pm

      Wow wow thanks Nikki insha Allah mirey kuraanan

  11. Nadheema says:
    September 11, 2017 at 2:41 pm

    Nalakan to the max?????❤?????????❣

    1. Adam says:
      September 11, 2017 at 3:35 pm

      Hehe thanks nadheema

Comments are closed.


All Right Reserved!