ޒިޔާ…(11 )
” ދަރިފުޅާ ! ބައްޕަ ނުހަނު އޯގާތެރިކަމާއިއެކު ބުނަންފެށިއެވެ. ބައްޕަ މެން އެދެނީ ދަރިފުޅާ ލޫތު އާއި ދެކުދިން ކައިވެނިކުރަން. ޒިޔާއަށް ލޫތުއާއި ދިމާލަށް ބަލާލެވުނެވެ. އެވަގުތު ލޫތުވެސް އިސްއުފުލާ ޒިޔާއާއި ދިމާލަށް ބަލާލިއެވެ. ޒިޔާ ގާތަށް ހިނިއަންނަން އުޅުނެވެ. ” ލޫތު އޭ ! އަހަރެން ދެކެނީ އެއީ ހަމައެއްބަނޑު އެއްބަފާ ބޭބެއެއްކަމަށް. ޒިޔާ ބުނެލިއެވެ.
” ކޮންމެ ގޮތެއްވިޔަސް ތިއީ ހަމަ ކައިވެނި ހެޔޮވާ ދެކުދިންނެއްނު.” ޒިޔާގެ ދޮންމަންމަ ބުނެލިއެވެ.
ކަމުގެ ހަގީގަތް ޒިޔާގެ ސިކުނޑިއަށް ވިސްނެންފެށީ އެހިސާބުންނެވެ. އޭނާ ބޭބެއެއްގެ ގޮތަށް ބަލަމުން އައި ލޫތު އާއި ކައިވެނީ ގެ ގޮތުން ގުޅެންޖެހުނީއެވެ. ލޫތު އެއީ ބޭބެއް ނޫންކަމަށް ދުވަހަކުވެސް ގަބޫލުކުރެވިދާނެ ހެއްޔެވެ. އަނބި ފިރިވަންތަ ކަމުގެ ގުޅުން އެދެމެދުގައި އުފެދޭނީ ކޮންފަދަ އަކުން ހެއްޔެވެ. ޒިޔާ އަށް ހަތަރުއުދަރެސް ފެނުޖެހުނު ކަހަލައެވެ. ބައްޕަގެ ކުރިމަތީގައި މިވީހާތަނަށް ދުވަހަކުވެސް ބައްޕައާއިދެކޮޅަށް އެއްޗެއް ނުބުނެއެވެ. އެހެނަސް މިއަދު ޒިޔާ އަށް އަގައިންނުބުނެ ނުހުރެވޭނެއެވެ.
” ނޫން ބައްޕާ …! އެތަށް އިރަކަށްފަހު ޒިޔާ ޖަވާބުދިނެވެ. ނުކެރޭނެ.. ލޫތު އަކާއި ނީންނާނަން. ” ކުއްލިއަކަށް ޒިޔާ ދެރަވިއެވެ. އޭނާގެ ދިރިއުޅުން ކުރިއަށް ގެންދިއުމުގައި އަމިއްލަ އިޚްތިޔާރު ލިބިގެން ނުވާކަމަށްޓަކައެވެ. އެވަގުތު ޒިޔާ އޭނާގެ މަންމަ މަތިން ހަނދާން ވިއެވެ. ޔަގީނެވެ . މަންމަ ދުނިޔޭގައި ހުރިނަމަ މިފަދަ ދުވަހެއްގައި ޒިޔާ އަށް އެހީތެރިވާނެއެވެ. ޒިޔާ އަށްވެސް އެގެއެވެ. ކޮންމެ އަންހެން ކުއްޖެއްގެވެސް ހަޔާތުގައި މިދުވަސް ދެކެން ޖެހެއެވެ. އެހެނަސް މިފަދަ ގޮތަކަށް ނޫނެވެ. ލޯބިނުވާ މީހަކާއިއެކު މުޅިދިރިއުޅުން ވޭތު ކުރުމަށްވުރެވެސް މިކަން ޒިޔާއަށް ކަންބޮޑުވިއެވެ. ބޭބެއެއް ފަދަ ލޫތު އާއިއެކު ޒަވާޖީ ހަޔާތެއް ކުރިއަށް ގެންދިއުމަކީ ދިރިހުއްޓާ އޭނާވަޅުލުން ފަދަ ކަމެކެވެ. ޒިޔާ ބައްޕަ ގެ ކުރިމަތީ ގައި މިކަމާއި ދެކޮޅުހެދިއެވެ. ޒިޔާ ލޫތު އަށް ބަލާލިއެވެ. ލޫތު ވެސްއިނީ އިސްޖަހާލައިގެންނެވެ. މިކަމާއިމެދު އޭނާ އެއްވެސް އެއްޗެއްނުބުނެއެވެ. އެއީ ކީއްވެގެން ބާވައޭ ޒިޔާގެ ހިތަށް އެރިއެވެ. ލޫތުވެސް މިކައިވެންޏާ އެއްބަސް ނުވާނެކަން ޒިޔާއަށް ޔަގީންވިއެވެ. ލޫތު އުޅެނީ މަލްހާއާއި ލޯބީގެ ގޮތުން ގުޅިގެން ކަން އޭނާއަށް އެނގެއެވ. އަދި މިކަން ދޮންމަންމަ އަށްވެސް އިގޭނެކަން ހަމަރަނގަޅަށްވެސް ޒިޔާއަށް އެނގެއެވ.
“ޔަގީން …. ލޫތުވެސް ދެކޭނީ މިއީ ހަމަ ކޮއްކޮއެއްގެ ގޮތުގަ..! ޒިޔާ މިހެން ބުނުމުން ލޫތު އަނެއްކާވެސް އިސްއުފުލާ އޭނައާއި ދިމާލަށް ބަލާލިއެވެ. ކޮންމެވެސް އެއްޗެއް ބުނަން އުޅުނުހެންވެސް ހީވިއެވެ.
” ދަރިފުޅާ.! ލޫތު އެހުރީ ކައިވެނިކުރަން ތައްޔާރަށް. އިނދެގެން ދުވަސްކޮޅަކު އުޅެންފެށީމަ ހޭނޭނެ.” ޒިޔާގެ ބައްޕަ ވާހަކަދެއްކިއެވެ. ޒިޔާ އަށް އެވާހަކަ ގަބޫލުކުރަން ދަތިވިއެވެ. ލޫތު ހަމައެގޮތަށް އެއްބަސް ވެދާނެބާވައެވެ. ޒިޔާ ބަލަންފެށުމުން ލޫތު އަނެއްކާވެސް އިސްދަށަށް ޖަހާލިއެވެ. ޒިޔާ ފެންކަޅިވާގޮތްވިއެވެ. މިއީ ދޮންމަންމަގެ ރޭވުމެއްހެން ޒިޔާ އަށް ހީވާން ފެށުނެވެ.
ކޮންމެވެސް ގޮތަކުން އޭނާގެ ބައްޕަގެ މުދަލުން އޭނާއަށް ވާނޭ ގޮތްހޯދުމަށް ރޭވިރޭވުމެކެވެ. ޒިޔާ ގާތަށް ރުޅިއަންނަގޮތްވިއެވެ. ލޫތު އޭނާގެ ދިފާއުގައި އެއްމެ ލަފުޒެއްވެސް ބޭރުނުކުރީތީއެވެ.
ޒިޔާ ތެދުވިއެވެ. ” ހެޔޮ ، އަހަންނެއްނުއުޅެން ތިކަން ކުރާކަށް، މިހާރު އަހަރެންގެ ކޯސް އެއޮތީފަށަންވެފަ، ކިޔަވާނިމިގެން ނޫނީ މީހަކާއި ނީންނާނަން. ” ޒިޔާގެ އަޑުގަދަވިއެވެ. ” ދަރިފުޅާ އިހަށްމިތާ އިށީނދެބަލަ ! މިކިޔާއެއްޗެއް އަޑުއަހާ ބަލަ! ޒިޔާ ގެ ބައްޕަގެ އަޑުވެސް ހަރުކަށިވިއެވެ. މިއީ ދަރިފުޅަށް ރަނގަޅަށް ދައްކާވާހަކައެއް! ބައްޕަގެ އެދުމަށް ފުރަގަސްދެންޏާ ބައްޕަ ގެ ކުރިމައްޗަށް ދެންނާންނާތި !.” އިތުރަށް ދެއްކިއެއްވެސް ވާހަކައެއް އަޑުއަހާކަށް ޒިޔާ މަޑެއްނުކުރިއެވެ. ދުވަމުންކަހަލަ ގޮތަކަށް އެގެއިން ނިކުތެވެ. މަގުމަތިންލާފައި ގެއަށްއައީ ހަމަރީތިކޮށް ރޮމުންނެވެ. ގެއަށްއައިގޮތަށް އައިސްކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތެވެ. އެއާއިއެކު ޒިޔާ އަށް ބާރުބާރަށް ރޮވުނެވެ. މިދުނިޔެއަކީ ކޮންކަހަލަ ތަނެއްހެއްޔެވެ. މިއަދު މިހާތަނާއި ޖެހެންދެން އެހާ އުފަލުން އެއްވެސް ޚިޔާލެއް ފިކުރެއްނެތި އުޅުނު ޒިޔާ މިއަދު އެވަނީ ދިރިއުޅުމޭމިކިޔާ ހަނގުރާމައިގެ މައިދާނަށް ނުކުންނަން ޖެހިފައެވެ. އަދި އެވެސް މިހާ ހިތިކޮށެވެ. އުއްމީދުވެސް ނުކުރާކަހަލަ ގޮތަކަށެވެ. އެއްކޮޅުން އޭނަ ފުރާނަފަދައިން ލޯބިވާ ބައްޕައެވެ. އެބައްޕަގެ އުއްމީދުތަކެވެ. ހިތާއި ދެކޮޅަށްނަމަވެސް އެބައްޕަގެ ހިތުގައި ޖެއްސުމަކީ ޒިޔާ ގެ ހިތަށް ވަރަށް ވެސް ދަތިކުރުވިކަމެކެވެ. ޒިޔާ ގެ ހިތް ކުދިކުދިވިކަހަލައެވެ. އެންމެފަހުން ވަރުބަލިވެގެން ގޮސްނިދުނީއެވެ.
ޒިޔާއަށް ހޭލެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. ހެނދުނުއްސުރެންރަނގަޅަށް ނުކައި ހުރުމުގެ ސަބަބުން ޒިޔާ އޮތީ ވަރަށް ބަނޑުހައިވެސް ވެފައެވެ. އެހެންނަމަވެސް ތެދުވާ ހިތެއްނުވިއެވެ. އޭނާ އަށްކުރިމަތިވި މިހުށަހެޅުމާއިމެދު ވިސްނާލަން އޮތީއެވެ. އެހެން އޮއްވާ ވަރަށް މަޑުމަޑުން މީހަކު ދޮރުގައި ޓަކިޖަހާލިހެން ހީވެގެން ދޮރުހުޅުވައިލިއެވެ. ކޮޓަރީގެ ދޮރުހުޅުވާލައިގެން އެތެރެއަށް ވަންނަން ނުކެރިފައި ކަހަލަގޮތަކަށް ހުއްޓިހުރީ ލޫތު އެވެ. ވަގުތަކީ އިރުއޮއްސި މޫނުއަނދރިވަމުން އަންނަ ވަގުތުކަމުން ލޫތު އެތާހުރިކަން އެގޭކަމަށްވެސް ނަހަދާ ޒިޔާ އޮތްގޮތަށް އޮތީއެވެ. ޒިޔާ އޮތީ ލޫތު ދެކެވެސް ރުޅިއައިސްފައެވެ. ލޫތުވެސް އޭނަގެ ދިފާޢުގައި އެއްވެސް އެއްޗެއް ނުބުނީމައެވެ.
“ޒިޔާ!” ލޫތު ގޮވާލިއެވެ. އަދި މަޑުމަޑުން އެތެރެއަށް ވަނެވެ. ޒިޔާ އަކަށް ނޯވެވުނެވެ. ފުންމައިގެން ކަހަލަގޮތަކަށް އެނދުންތެދުވިއެވެ.
“މިތަނުން ދާންއުޅޭ..! އަހަންނެއްނޫޅެން ލޫތުއާއި އިންނާކަށް ! ކުއްލިއަކަށް ޒިޔާގެ އަޑުއިވުމުން ލޫތު ސިހޭގޮތްވިއެވެ. އެހެން ނަމަވެސް ފަސްނުޖެހުނެވެ. ހިނގާލާފައިއައިސް ޒިޔާގެ އެނދުގައި އިށީނެވެ.
” އަހަންނަށް އިނގޭ .. ޒިޔާ ތިހުރީ އަހަރެންދެކެވެސް ރުޅިއައިސްފަކަން . އެހެންވެ ވަރަށްޖެހިލުންވެހުރެ މިއައީވެސް . ލޫތު ވާހަކަދެއްކިއެވެ. ޒިޔާ ބޯހޫރާލިއެވެ. އެމީހުންފޮނުވައިގެން އަހަރެން ރުއްސަން އަންނާނެކަމެއްނެތް. ތިކަމެއްނުވާނެ. ! ” ޒިޔާ ވާހަކަދެއްކީ ވަރަށްވެސް މަޑުންނެވެ. އަހަރެން ހިޔެއްނުކުރަން ލޫތު އެކަހަލަ ކަމަކަށް އެއްބަސްވާން ކެރޭނެކަމެއް.! އަހަންނާއި ދޭތެރޭ އެކަހަލަ ޚިޔާލުކުރާކަމެއް..! ޒިޔާ އަށް އަނެއްކާވެސް ރޮވެންފެށުނެވެ. ” ބޭބެއެއްހެން އެހާގާތްކޮށް އުޅެ އިތުބާރުލިބުމުން.” ޒިޔާ ރޮމުންރޮމުން މޫނުމަތީ އަތްއެޅިއެވެ. ޒިޔާ ގެ އެކުދިކުދިވެފައިވާ ހިތުގެ އަޑު ލޫތު އަށް އިވުމުން ވަރަށްވެސް ދެރަވިއެވެ. ލޫތު ޒިޔާ ކައިރިއަށް ޖެހިލިއެވެ. އަދި މަޑުމަޑުން އޭނާގެ ކޮނޑުގައި އަތްޖައްސާލިއެވެ. ލޫތުގެ އަތް ޖެހުމާއިއެކު ޒިޔާ ދުރަށްޖެހުނުލެއް އަވަސް ކަމުން ލޫތު ދިޔައީ ސިއްސްއިގެންނެވެ. ލޫތުގެ ނިޔަތް ނުބައެއްނޫނެވެ. އޭނާގެ ކޮއްކޮ ރޯތީވެ ހިތްހަމަޖައްސައިދެވޭތޯ މަސައްކަތް ކުރީއެވެ. އެކަމަކު ޒިޔާ އަށް މިޢަމަލު ނަގައިގަނެވުނީ މުޅިންއެހެން ގޮތަކަށެވެ. ލޫތުއަށް ވިސްނުނެވެ.
“ޒިޔާ ހުއްޓާލާ..! އަހަރެން މިބުނާ އެއްޗެއް އަޑުއަހާބަލަ ! ލޫތު ބުނަންފެށިއެވެ.
“ނޫން އެއްވެސް އެއްޗެއް އަހާކަށް ބޭނުމެއްނޫން ” ޒިޔާ ލޯފުހެލާފައި ވާހަކަދެއްކިއެވެ. އަހަންނެއް ނުއުޅެން އެކަކާވެސް އިންނާކަށް.! ޒިޔާ އެދުން ތެދުވަމުން ތަންކޮޅެއް ދުރަށްދިޔައެވެ. އަހަރެން މިހާރުވެސް މިއުޅެނީ ބައްޕަ އާއި ދުރުގަ، އެހެންވީމަ ބައްޕަ ގެ އެހީއެއް ނެތަސް ކޮންމެވެސް ގޮތަކަށް އުޅެވޭނެ. ! ކޮންމެހެން އަހަންނާ ނީނަސް ބައްޕަގެ މުދާގަނޑަށް ކަލޭމެން ބޭނުންހާގޮތެއް ހަދާ… ! އަހަންނެއް ނުބެހޭނަން. ” ޒިޔާގެ ހިތުގައިވާ ހުރިހާއެއްޗެއް އޭނާ ބޭރުކޮށްލިއެވެ. އަހަންނަށް އެގޭ މިއީދޮންމަންމަގެ ރޭވުމެއްކަން. ! ޒިޔާމިހެން ބުނުމުން ލޫތު ފުންމައިގެން ތެދުވިއެވެ.” އަހަރެންގެ މަންމަ ނުބައިމީސް ނުކުރޭ !”
ލޫތު ރުޅި އައެވެ. މިއުޅެނީ ތިހީކުރާކަލަގޮތަކަށް މުދާ ގަނޑުގެ ދަހިވެތިކަމަކު ނޫން. ޒިޔާގެ ބައްޕަގެ އެއްމެ ފައިސާފޮއްޗެއްގަ ނުޖެހިވެސް އަހަންނަށް އުޅެވިދާނެ. އަހަންނަށް ވަޒީފާދޭނެ އެތަށްބަޔަކު އެބަތިބި.! މިއީ އަހަރެންގެ މަންމަގެ އެދުމެއްނޫން ! މިއީ ޒިޔާގެ ބައްޕަ ބޭނުންވާގޮތް ! ލޫތު މިހެންބުނެފައި ބާރުބާރަށް ދޮރުލައްޕާ ލުމަށް ފަހު ކޮޓަރިންނިކުތެވެ. !
ލޫތު ދިއުމުން ޒިޔާ އަނެއްކާވެސް އެނދުމައްޗަށް ވެއްޓިގަތެވެ. ކުރިއަށް ވުރެ ބާރަށް ޒިޔާއަށް ރޮއިގަނެވުނެވެ. ޒިޔާ އެހެން އޮއްވާ ކުޑާއްތަ އެތަނަށް އައެވެ. ޒިޔާ ރަނގަޅަށް ވިސްނާލަބަލަ.! ލޫތުއަކީ ކިހާރަނގަޅު ކުއްޖެއް.. އަނެއްހެން ބަލާކަށްވެސް އެހާ ހުތުރެއްނޫން. ހުންނާނީ އަބަދުވެސް ރީތިވެލާފަ.. މިވާހަކަ ދިޔަގޮތުން ބައްޕަ ކުޑާއްތައަށްވެސް ގުޅާފައި ހުރިހާވާހަކައެއް އޮޅުންފިލުވައި ދީފައިވާކަން އެގުނެވެ. ޒިޔާ ކުޑާއްތަގެ ވާހަކަތަކަށް މާކަބޮޑު ސަމާލުކަމެއްނުދެއެވެ. އެނދުން ތެދުވެގެން އަލަމާރި ހުޅުވާލުމަށްފަހު ހެދުމެއްނެގިއެވެ. ކޮޓަރީގެ އެއްކަނެއްގައި ބަހައްޓާފައިވާ އިސްތިރި ކުރާ ބޯޑާއިދިމާލަށް ދިޔައެވެ. ޒިޔާ އަގައިންވެސް ނުބުނުމުން ކުޑާއްތަ އަނެއްކާވެސް ވާހަކަދެއްކިއެވެ. ޒިޔާ ! ކުޑާއްތައަށް ޔަގީން .. މިކަހަލަ ޒަމާނެއްގައި ލޫތު ކަހަލަ މަޑުމައިތިރި ހިތްހެޔޮ ، ދީންވެރި ޒުވާނުން ވަރަށްވެސް މަދުވާނެކަން .. ލޫތު ތިކައިވެންޏާއި އެއްބަސް ވާނަމަ ތިއީ ޒިޔާގެ ނަސީބު. ކުޑާއްތައަށް ވެސް ފެންނަނީ ތިކަން ކުރަން.” ކުޑާއްތަގެ ވާހަކަ އެހިސާބަށް ދިޔައިރު ޒިޔާ ފެންވަރަން ފާޚާނާއަށް ވަދެއްޖެއެވެ. ކުޑައިރުއްސުރެ ޒިޔާ ގެންގުޅެމުން އަންނާތީ ކުޑާއްތަ އަށް ޒިޔާގެ އެ މިޒާޖު ރަނޅަށް އެގެއެވެ. އެހެންކަމުން ދެން އިތުރަށް އެއްވެސް އެއްޗެއް ނުބުނެ އެކޮޓަރިން ނިކުތެވެ. ޒިޔާ ފެންވަރާލައިގެން ނިކުތީ ބަދިގެ ފަރާތަށެވެ. ކުޑާއްތަ ވީ އިޝާނަމާދުގައެވެ.
ޒިޔާ އައިސްއަލަމާރި ހުޅުވާލީ ފެންފުޅިއެއް ނެގުމުގެ ބޭނުމުގައެވެ. އެވަގުތު އެއިވުނީ ފޯނުރިންގްވާއަޑެވެ. ޒިޔާ ސިޓިންގްރޫމާއި ދިމާއަށް ދިޔައެވެ. އެވަގުތު ވީ ކުޑާއްތަވެސް ކޮޓަރިން ނުކުމެގެން ފޯނާއިދިމާއަށް ދިޔަވަގުތަށެވެ. ޒިޔާ އަށްވުރެ ކުރިން ކުޑާއްތަ ފޯނު ނެގިއެވެ. ވަރަށް ހާސްވެފައި ޒިޔާއާއި ދިމާއަށް ބާލާލަމުން ފޯނު ބާއްވާލިއެވެ. ކުޑާއްތަ ސުވާލު ކުރިއެވެ. ޒިޔާ ގެ ފޯނުކޮބައިތޯ އެހިއެވެ. ކުޑާއްތަ ގެ އެސުވާލުން އަދިކިރިޔާ ޒިޔާ ފޯނުމަތިން އެހަނދާވީއެވެ. މެންދުރު ބައްޕަގެ ގެއިން އެއައިގަޑީގައި ފޯނުވެސް އެނދުމައްޗަށް އެއްލާލެވުނީއެވެ. ރިންގް އޮފް ކޮށްފައިއޮތުމުން ޒިޔާއަށް ގުޅާފައޮތްކަމެއް ނޭގެއެވެ. ޒިޔާ ކުޑާއްތައަށް އޮޅުންފިލުވައި ދިނެވެ. އެއާއިއެކު ވީކީއްތޯ ސުވާލު ކުރިއެވެ. ކުޑާއްތަ ވަރަށް ހިތްހަމަނުޖެހި ހުރެ ބުނެލިއެވެ. އަނެއްކާވެސް ޒިޔާގެ ބައްޕަ ހޮސްޕިޓަލަށް ގެންގޮސްފި .. ވަރަށް ހާލު ދެރަ.. އެ ގުޅީ ދޮންމަންމަ.. ޒިޔާ އަވަހަށް ހޮސްޕިޓަލަށް އަންނާށޯ.. ކުޑާއްތަގެ އެވާހަކަތަށް އަޑުއިވުމާއިއެކު ޒިޔާ ގެ ދެފައި ގަނޑުވިކަހަލައެވެ. ހިތުގެ ވިންދު އަވަސްވެ ނޭވާ ހާސްވިއެވެ.
ޒިޔާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެވަނީ އޭނާގެ ކޮޓަރިއަށެވެ. އޭނާގެ ފޯނު ހޯދުމަށެވެ. ޒިޔާ ފޯނު ބަލާލިއިރު ހަތަރުވަރަކަށް ފަހަރު އެގެއިން ގުޅާފައިއޮތެވެ. އެހެން ކަމުން ވަރަށް ބޮޑުކަމެއްވީކަން ޒިޔާ އަށް ވިސްނުނެވެ. އެއާއިއެކު ޒިޔާ ބޭރަށް ނިކުތެވެ. މަގުމަތިން ޓެކްސީއެއް ނެގުމަށް ފަހު ހޮސްޕިޓަލަށް ދިޔައެވެ. ޒިޔާ އަށް ބައްޕަގެ ހާލަތު ނޭގޭތީވެ ހުރީ ވަރަށް ކަންބޮޑުވެފައެވެ. އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ވަދެވުމާއިއެކު ޒިޔާ ގެ ދެފައި ތުރުތުރު އަޅާލިއެވެ. ނޭނގޭ ބިރުވެރިކަމެއް ހިތަށް ވެރިވިއެވެ. ބައްޕަ ބާއްވާފައި އޮތް ތަނެއްވެސް އޭނާ އަކަށް ނޭގެއެވެ.
އެހެންކަމުން ދޮންމަންމަ ގެ ފޯނަށް ގުޅާލިއެވެ.ދެފަހަރަކު ގުޅާލުމުންވެސް ބުނަނީ އެފޯނު އޮތީ ނިއްވާފައެވެ. ނޫނީ ގުޅޭސަރަހަށްދުން ބޭރުގައި ކަމަށެވެ. ޒިޔާ ކަންބޮޑުވިއެވެ. އެހެނަސް ލޫތުއަށް ގުޅާކަށް ނުކެރުނެވެ. ލޫތު ހުންނާނީ އަދިވެސް ޒިޔާދެކެ ރުޅިއައިސްފަ ކަން އޭނާއަށް އެގޭތީ އެވެ. އެހެންކަމުން ޒިޔާ ދިޔައީ ކުރިންވެސް ބައްޕަ ބާއްވާލާފައި އޮތް ވޯޑާއި ދިމާލަށެވެ. ނަސީބު ރަނގަޅުކަމުން ޒިޔާއަށް މިދެވުނީ ހަމަ ބައްޕަ ގެ ކައިރިއަށެވެ. ދިމާ ކުރިމަތީ ފެންނާން ހުރި އެނދުގައި ބަލިގޮތަކަށް ދެލޯމެރިފައި އެއޮތީ އޭނާގެ ލޯބިވާ ބައްޕައެވެ. ވައަތުގައި އައިވީ ގުޅާފައިހުރިއިރު މޭމަތީގައިތަތްކޮށްފައި ހުރި “ލީޑްސް” ތަކާއެކު ފެންނާން އެއޮތީ އެކިކުލަކުލައިގެ ވަޔަރ ތަކެކެވެ. ކުރިމަތިން ފެނަނާން އެހުރި “ކާރޑިއެކްމޮނީޓަރ” އިން ބައްޕަގެ ހިތުގެ ހާލަތު ވަރަށް ރަނގަޅަށް އެބަފެނެއެވެ. ފަހަރަކަށް ވުރެ ފަހަރެއް އެ ހިތުގެވިންދު ލަސްވަމުން ދާހެން ޒިޔާ އަށް ހީވިއެވެ. ޒިޔާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަންފެށިއެވެ.
ބައްޕަގެ ކައިރީގައި އިން ދޮންމަންމަ ވާހަކަ ދެއްކިއެވެ. ޒިޔާ އެގެއިން ދިޔަތަނާހެން ބައްޕަ ގެ ހާލަތު އިތުރަށް ގޯސްވެ ނޭވާވެސް ލާން އުނދަގޫވާތީވެ ހޮސްޕިޓަލަށް ގެނައީއެވެ. ދޮންމަންމަގެ ވާހަކަ މިހިސާބަށް ދިޔަތަނާ ބައްޕަ ބަލިގޮތަކަށް ލޯހުޅުވާލިއެވެ. ޒިޔާ އަށް ގޮވާލިއެވެ. ” ދަރިފުޅާ !އާދެބަލަމިތާ ބައްޕަކައިރިއަށް ޒިޔާ މަޑުމަޑުން ކުރިއަށްޖެހިލިއެވެ. ދޮންމަންމަގެ މޫނުމަތިންވެސް ކަންބޮޑުވުމުގެއަސަރުފެންނާންހުއްޓެވެ. ޒިޔާ އަށް ތަންދެއްކުމަށްފަހު ދޮންމަންމަ ނިކުތީބޭރަށެވެ.
ޒިޔާ ހީކުރީ ދޮންމަންމަވެސް އޭނާދެކެ ރުޅިއައިސްގެންދިޔައީކަމަށެވެ. ޒިޔާ އެތަނަށް ވަނުމާއިއެކު އެންމެން ބޭރަށްނިކުތެވެ. ލޫތު އެތާ ކައިރީ ފެންނާކަށްވެސްނެތެވެ. ޒިޔާ އޭނަގެ ބައްޕަ ގެ އެނދު ކައިރީ ހުރިގޮނޑީގައިއިށީނެވެ. އަދިނުހަނުލޯތްބާއެކުބައްޕަގެއަތުގައިފިރުމާލަމުންވާހަކަދެއްކިއެވެ.
ބައްޕާ! އަޅުގަނޑު މިއަދު ވީކަންތަކަށްވަރަށްބޮޑަށް މަޢާފްއަށްއެދެން އަޅުގަނޑަށް އިގޭ ބައްޕަ ބަލިވީ އަޅުގަނޑާއިހެދިކަން ބައްޕައަވަހަށްރަނގަޅުވޭ! ބައްޕަތިގޮތަށް ބަލިވީމަ ޒިޔާވަރަށްދެރަވޭ! ބައްޕަ ދެކެޒިޔާވަރަށްލޯބިވޭ ! ބައްޕަ ބުނާގޮތަކަށް އަޅުގަނޑު އެކައިވެންޏަށް އެއްބަސް… އަޅުގަނޑުލޫތުއާއިކައިވެނިކުުރާނަން! .. ބައްޕަ އަވަހަށް ރަނގަޅުވޭ!….. ޒިޔާރޮވިފައިވާއަޑަކުންވާހަކަދެއްކިއެވެ.އެއާއިއެކުބައްޕަ
ވަރަށްލޯބިން ޒިޔާގެބޮލުގައިފިރުުމާލަމުން ބަލިއަޑަކުން ވާހަކަދެއްކިއެވެ.
ދަރިފުޅު މާބޮޑަށް ދެރަނުވައްޗޭ!ކެތްތެރިވާންވާނެ. މިހާރުތީބޮޑުކުއްޖެއްނު. އެކަކުވެސް ބައްޕަގެ ބަލީގެވާހަކަ ދަރިފުޅުގާތުގައިނުބުނޭދޯ! ޒިޔާކަންބޮޑުވިއެވެ.އެބޮޑުދެލޯކަރުނުންފުރުނެވެ.
އެހެންވެ ބައްޕަދުނިޔޭގަހުއްޓާދަރިފުޅުދިރިއުޅުމެއް ފަށާތަންދެކެންބޭނުންވަނީ.. މިއީ ދަރިފުޅުގެ މަންމަގެވެސް އެދުމެއް.. ބައްޕަ އަށް ފެންނަގޮތުން ލޫތު ދަރިފުޅަށް ވަރަށްރަނގަޅަށް ބަލާނެ. ބައްޕަ އަށް ހިޔެއްނުވޭ އޭނަ ދަރިފުޅަށް ދެރަގޮޮތެއް ހަދާފާނެއޭ.. ބައްޕަ ލޫތު އަށް ވަރަށް އިތުބާރު ކުރަން… އެހެންވެ އެގޮތަށް އެކަންކުރަންމިނިންމީ ވެސް… ބައްޕަ ގެ ވާހަކަ މިހިސާބަށް ދިޔަތަނާ ލޫތު އެވޯޑުގެ ތެރެއަށް ވަނެވެ. އެހެނަސް އެވަގުތުއެތަނަށް އައި ނަރުސް ކުއްޖަކާއި ވާހަކަ ދައްކަމުން ބޭރަށް ނިކުތެވެ. އޭގެ ފަހުން އޭނަގެ ޚަބަރެއްނުވިއެވެ. އެހެންކަމުން ޒިޔާ ނިންމީ ބައްޕަގެ ގާތުގައި މިރޭމަޑުކުރުމަށެވެ. ކިތަންމެ ލަސްވިޔަސް ލޫތު އެނބުރި އެތަނަށް އަންނަންދެން ޒިޔާ މަޑުކުރުމަށް ނިންމިއެވެ. ޒިޔާ ބައްޕަގެ އަތްމަތީގައި ކަހަލަގޮތަކަށް ބޯއަޅާލައިގެން އޮތެވެ. ބައްޕަ އަށް އޮތީ ނިދިފައިކަމުން ޒިޔާ އެއްވެސް އެއްޗެއް ނުބުނެ އެހެން އޮތުމުން އޭނާއަށްވެސް ކުޑަކޮށް ނިދުނެވެ.
ކުއްލިއަކަށް ޒިޔާ ސިއްސައިގެން އެދިޔައީ އޭނަގެ ކޮނޑުގައި މީހަކު އަތްލިހެން ހީވެގެންނެވެ. ޒިޔާ ސިހިފައި ފަހަތް ބަލާލިއެވެ. އޭރު ޒިޔާއާއި ދާދިގާތުގައި ލޫތު ހުއްޓެވެ. ލޫތު މަޑުމަޑުން ބުނެލިއެވެ. ޒިޔާ ގެއަށް ދާންވީނުން…! މިހާރު އެގާރަގަޑި ބައިވަނީ.. އަހަރެން ބައްޕަ ކައިރީ ގައި މަޑުކޮށްލާނަން. ! ހިގާ ޓެކްސީއެއް ހޯދަން.. ދުރު ބަލަހައްޓައިގެން ހުރެ ލޫތު ވާހަދެއްކިއެވެ. އަދި ބޭރަށްދިއުމަށް ހިގައިގަތެވެ. ކުޑަތަންކޮޅަކަށް ގޮސްފަ ފަހަތްބަލާލިއިރު އަދިވެސް ޒިޔާ ހަމައެހުރިތަނުގައި ހުރީއެވެ. ލޫތު އަނެއްކާވެސް ވާހަކަދެއްކިއެވެ. ޒިޔާގެ މޫނަށް ނުބަލާ ދުރުބަލަހައްޓައިގެން ހުރެއެވެ. ޒިޔާ އަށް ފުރަތަމަ ފަހަރަށް އޭނާއަކީ ދުރުހިލޭ މީހެއްކަމުގެ އިހްސާސް ކުރުވިއެވެ. “ކީއްވެތަ އަހަރެން މިތަނުން ފޮނުވާލަން ތިއުޅެނީ…! އެއީ އަހަރެންގެ ބައްޕަ އޭ..! ޒިޔާތަންކޮޅެއްހަރުކަށިގޮތަކަށްބުނެލިއެވެ.އެވަގުތު ލޫތުވެސްހަމައެރާގުގައިި ވާހަކަދެއްކިއެވެ. އެހެންވިއްޔާ ޒިޔާ މަޑުކޮށްލާ ! އަހަރެން ދަނީ..! ޒިޔާގެބައްޕަ ވިއްޔާ…! ލޫތު އެތާ ކަބަޑުމަތީގައި އޮތް އޭނާގެ ސައިކަލުތަޅުދަނޑި ނަގަމުން ބުނެލިއެވެ. ލޫތު މިގޮތަށް ވާހަކަދެއްކުމުން ޒިޔާ އަނެއްކާވެސް ފެންކަޅިވިއެވެ. ލޫތު އޭނާ އެހާދުރުހިލޭކޮށްލުމުން އެހިތަށް ތަދުވިއެވެ. ލޫތު ފަސްއެނބުރި ބަލާވެސް ނުލާކުރިއަށް ހިގައިގަތެވެ.އެއާއިއެކު ޒިޔާ ލޫތު ގެ ފަހަތުންގޮސް އޭނާގެ އަތުގައިހިފިއެވެ. އެވަގުތު ލޫތު އަށް ޒިޔާގެމޫނަށް ބަލާލެވުނެވެ. އެވަށް ދޮންމޫނު ވަނީމިލާފައެވެ. ބޮޑުދެލޯ ކަރުނައިން ފުރިފައިވާއިރު ނޭފަތާއި ލޯކައިރި ރަތްވެ ދުޅަވެފައި ވުމުން ވަރަށްގިނައިރު ރޮއެފައި ވާކަންއެގެއެވެ. އަޖައިބެއް ފަދަ އަންހެންކުއްޖެކެވެ.ދާދި ދެންމެ އަކާއި ޖެހެންދެން ލޫތު ދެކެ އެހާ ރުޅިއައިސްފަހުރި ޒިޔާ އަށްމިހާރުމިވީ ކީއްހެއްޔެވެ. ލޫތުގެ ހިތަށް އެރިއެވެ. ލޫތުގެ އަތުގައި ހިފަހައްޓައިގެން ހުރި ޒިޔާއަށް ރަނގަޅަށް ވެސްރޮވެންފެށުނެވެ. އޭނާގެ ވައަތުގެ ނުފުށުން ކަރުނަތަށް ފޮހެމުން ބެދިފައިވާއަޑަކުންޒިޔާވާހަކަދެއްކިއެވެ”.ލޫތު..އަހަރެންއެކަނިކޮށްފަދަނީތަ؟އަހަރެންގެނެތްއެކަކުވެސް…މަންމަ ވެސް އަހަރެންވަރަށްކުޑައިރު ދޫކޮށްފަދިޔައީ.. .ދެންމިިހާރު ލޯބިވާ ބައްޕަވެސް………..” ޒިޔާއަށް މިހިސާބަށްވާހަކަ ދިޔަތަނާ އޭނާގެކެތްތެރިކަން ކޮޅުންލީކަހަލައެވެ. ކުއްލިއަކަށް ލޫތުގެ އެތަނަވަސްމޭމަތީގައިބޯއަޅާލަމުން ޒިޔާ އޭނާގެ މޫނުފޮރުވާލިއެވެ. ޒިޔާގެ ލޮލުން އޮހޮރުނު ތާޒާ ހޫނު ކަރުނައިން ލޫތުގެ ގަމީސް ތެއްމަމުންދިޔައެވެ. .ލޫތު އަކަށް ދެންއިތުރަކަށް ކެތްނުކުރެވުނެވެ……………
6 Comments
Comments are closed.
Masha allah v v rythi whn nxt prt gud nyt ly?????❤❤❤❤????????
Vaaloabi ingeynamah ge cpy eh thy
Viremundhaa hiyymagey . Evaahakaige copy eh. V degrade kameh. Author do u have copy rights?
Varah kiyaahithun indhaa enimuneee varah reethi
Keeve baa up nuvanii… Kiyaa komme vaahaka eh vaki hisaabakah aide hutteny ?
Mi vaahakaaage next part kn irakun up kondheynijii… Mihaaru kn dhuhei.. Know 2weeks dhiya e mi… Avahan up kohla dhybala…. N ans eh vx kohla dhenun v edheh… Eyrun dhw ingeyniii kiyun therein nas vx v goiii……………..!!!!!!! ??????