Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގޮއްޔެ (ބާބު2) ހަވަނަ ބައި

saana Level 110 Stories
August 29, 2017 4 Mins Read
16 Comments

ދެން އައި ޚިޔާލަކުން އަނެއްކާ އެނދުން ތެދުވެއްޖެއެވެ. އަލަމާރި ހުޅުާލާފައި ކުޑަކޮށްކޮރާލާފައި އަލަމާރި މަތީބައިން ބެޑްޝީޓުތަކެއް ބަހައްޓާފައި ހުރި ދިމާގައި އިރުގަނޑަކު އަތްކާތާ ކާއްތާފައި ނެގީ ތަޅުދަނޑިއެކެވެ. ދެން އަލަމާރި އެންމެ ތިރީބައިގައި ހުރި ވަތްގަނޑަށް އެތަޅުދަނޑި ޖަހާލުމާއެކު ފަސޭހައި ހުޅުވިގެން ދިޔައެވެ. ސަލްމާއަށްހީވީ ޓިޖޫރީއެއްގެ ދޮރުފަތް ހުޅުވާލެވުނު ހެނެވެ. ތުންފުގައި ދުވެލީ ނިކަން އުފާވެރި ހިނިތުންވުމެކެވެ. ދެލޮލުންވެސް އެކަން ދޭހަވާން ހުއްޓެވެ. ފުރަތަމަ އުޅުނީ އެދިމާލު ތަޅުންގަނޑުމަތީ އިށީންނާށެވެ. އެކަމަކު އަނެއްސިކުންތުގައި އަވަހަށް ގޮސް ކޮޓަރި ދޮރުތަޅުލިއެވެ. ފަހަރެއްގައިވެސް އެވަތްގަނޑު ހުޅުވައިގެން އިންދާ އެކުދިންކުރެ ކުއްޖަކަށް އެކޮޓަރިއަށް ވަދެވިދާނެތީއެވެ. ދެން ހަމަ ޖެހިލާފައި ގޮސް ވަތްގަނޑުދޮށުގައި އިށީނދެ ބަލާލިއެވެ. މަތީގައި އޮތީ ސިޓީއުރަތަކެކެވެ. އެއެއްޗެހި އެއްފަރާތް ކޮށްލާފައި އެޔަށްވުރެ އަޑި ކޮނެލިއެވެ. ރަތްކުލައިގެ މަހުމާފޮއްޓެއް އަތަށްނެގިއެވެ. މަޑުމަޑުން އެފޮށިމަޓީގައި އަތުން ފިރުމާލިއެވެ. އެހާލޯބިން މީހެއްގެ ގައިގާވެސް ފިރުމާލާނެބާއެވެ. ފޮށިހުޅުވާލުމާއެކު ފެނުނީ ހިތެއްގެ ބައްޓަމަށް ހަދާފައިގޮތް ލަކުޑިކޮޅެކެވެ. އެއީ ނަސީރުގެ އެންމެ ފަހުގެ ހަނދާނެވެ. ސަލްމާއެ ލަކުޑި ހިތް އަތައް ނަގާފައި މުއްކަވާލާ މެޔާލާ ބޮނޑިކޮޑިކޮށްލެވުނީ ބޭއިހްތިޔާރުގައެވެ. މުޅިހަށިގަނޑު ތުރު ލައިގެން ދިޔައެވެ. ކަރުބުޑުން ވޭނީ ގިސްލުމެއްގެ އަޑު ނިކުތެެވެ. އެކަމަކު އަވަހަށް ދެތުންފަތް ފިތާލާ އެއަޑު އޮއްބާލަން މަސައްކަތް ކޮށްލިއެވެ. އެހެން ނަމަވެސް ކަރުނައިގެ މައްޗަކަށް ބާރެއް ނުފޯރުވުނެވެ. ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބައިގަތީ ސަލްމާއަށްވެސް އެނގުމަކާނުލައެވެ. އާނއެކެވެ. ޒަމާންގަނޑަކަށް ފަހު އެނެގީ ލޯބިވާ ނަސީރުގެ ހިތެވެ. އެހިތް އެއީ ނަސީރުގެ ހިތެވެ. ފަހުދާއި އިނދެގެން އައިފަހުން އެހިތް އެއޮންނަނީ އެވަތްގަނޑު ތެރޭގައިއެވެ. އެފޮށިއެއީ ފަހުދު ގެ މަންމަ އާބިދާ ސަލްމާއަށް ކައިވެނީގެ ހަދިޔާއަކަށް ދިން ރަންއަނގޮއްޓި ލާފައި އޮތް ފޮއްޓެވެ. ސަލްމާ މާލެ ބަދަލުވީފަހުން އެއްފަހަރުވެސް އަދި އެފޮށި ހުޅުވާލާފައެއް ނޯންނާނެއެވެ. އެއީ ފިރިމީހާއަށް ވަފާތެރި ވުމުގެ ގޮތުންނެވެ. ލޯބިވެރިޔާގެ އެއްވެސް ހަނދާނެއް ކުރަންވެސް ސަލްމާ ބޭނުން ނުވަނީ އެވެ. އެހެން ނަމަވެސް ހަނދާނަކީ އޭގެއަމިއްލަ ބާރެއްވާ އެއްޗެކެވެ. އެންމެ ހީނުކުރާ ވަގުތު އެއްޗެއް ހަނދާނަށް ގެނުވަފާނެއެވެ. އަދި ހީވެސް ނުކުރާހާ އަވަހަށް ކަމެއް ހަނދާން ނެތިވެސް ހިގައިދާނެއެވެ. ސަލްމާގެ ހިތުގައި ބިންވަޅުނެގިފައިވާ ނަސީރުގެ ހަނދާން ތަކަކީ ތާއަބަދު އެހިތުގައި ވާ ހަނދާން ތަކެކެވެ. ހަށިގަނޑުގައި ލޭ ދައުރުވާފަދައިން އެހަނދާންތައް ހުރެއެވެ. ނޭވާލާ ކޮންމެ ފަހަރަކު ނަސީރުގެ ޖިސްމުގެ މީރުވަސް އެނޭފަތާ ހަމަ އަށް ގެނުވާ ކަހަލަ އެވެ. ހިތުން އެނަން ކިޔާލެވެނީ ކިތއްފަހަރުކަން ހުދު ސަލްމާއަށް ވެސް ނޭނގެއެވެ. ފިރިމީހާއަކީ ސަލްމާދެކެ އިންތިހާއަށް ލޯބިވީ މީހެކެވެ. އޭނާގެ އޯގާތެރިކަމާ އަޅާލުން ފެނިފައި ސަލްމާ ލަދުގަންނަ ފަހަރު ވެސް އާދެއެވެ. އެއީ ސަލްމާއަށް އެފަދަ މަތިވެރި ލޮތްބެއް ފަހުދު ދެކެ ނުވެވޭތީއެވެ. ފަހުދުގެ އެ ބާރުގަދަ ލޮތްބަކަށްވެސް ސަލްމާގެ ހިތް ފަތައެއް ނުކޮށްލެވުނެވެ. ސަލްމާއަށް ވެސް އަމިއްލަ ހިތް އެހެންދިމާއަކަށް އަނބުރާ ނުލެވުނެވެ. އެހެނެއް ކަމަކު ސަލްމާ މަސައްކަތް ކުރީ ވީހާވެސް ނަސީރުގެ ހަނދާނާ ދުރުގައި ހުންނާށެވެ. ފަހުދަށް ޓަކައި އެވަރު ސަލްމާ ކޮށް ދިނެވެ. ނަސީރަށް ފޮނުވީ އެންމެ ސިޓީއެކެވެ. ފަހުދުގާތު ރަށު ރައްޓެއްސަކަށް ފޮނުވާ ސިޓީއެއްގެ ގޮތުގައި ލިޔުނު ސިޓީއެކެވެ. ސަލްމާއަށް ކުރާ އިތުބާރަކުން އިތުރު އެއްވެސް ސުވާލެއް ނާހައި އެސިޓީ ދޯނީގެ ކައްޕިއާއި ހަވާލުކޮށްދޭންވެސް ދިޔައީ ފަހުދުއަމިއްލައަށެވެ.

ސަލްމާ އެތައް އިރަކު “ހިތް” އަތުތެރެ އަށް ލައިގެން އިނެވެ. ހިތައް ތަދުކުރުވަމުން ދިޔައީ ނަސީރާއި ބައްދަލުވި ވަގުތުތަކުގެ ޙިޔާލެވެ. ލޮލަށް ފެންނަމުން ދިޔައީ ނަސީރުގެ ސޫރައެވެ. އެއީ މީގެ ކިތައް އަހަރު ކުރިބާއެވެ. ސަލްމާހިތާ ހިތާ އުމުރު ގުނާލިއެވެ. އެންމެ ނޫކަށި ފުރައިގެ ދުވަސް ވަރެވެ. ސާދަ ފަނަރަ އަހަރެވެ. ފުރަތަމަ ލޮތްބެވެ. އެޔަށްވުރެ ބުނަންވީ އަލަތު ލޯބި ކަމުގައެވެ. މީހުން ބުނާތީ އިވެނީ އަލަތުލޯބި ދުވަހަކުވެސް ހިތުން ނުފިލާ ކަމުގައެވެ. އެއީ ދޮގެއްނޫނެވެ. ސަލްމާ ފަހުދު ދެކެވެސް ލޯބި ވިއެވެ. އެހެން ނަމަވެސް ނަސީރަށް އެ ހިތުން ދެވިފައި އޮތް ލޮތްބަަކަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ. ހަމަ އެލޯބި އެގޮތުގައި ހިތުގެ ކޮންމެވެސް ހިސާބެއްގައި ރައްކާ ކުރެވިފައި އޮތީއެވެ. ލޮތްބަކީވެސް އަމާނާތެއްބާއެވެ. ނޫނީ ނަސީރަށްޓަކައި އަދިވެސް އެހިތް އިންތިޒާރު ކުރަނީ ބާއެވެ. އެއީ ވުން އެންމެ ދުުރު ކަންތަކެވެ. ނަސީރު މިހާރު އުޅޭނީ ވަރަށް އުފަލުގައެވެ. ހަތަރު ފަސް ދަރިންވެސް ލިބިދާނެއެވެ. ނޫނީ ދިހަކުދިން ވެސް ލިބިދާނެއެވެ، އެޔާއެއްވަރަށް ކާފަވެސް ކިޔާފާނެއެވެ. މިޚިޔާލުން ސަލްމާގެ ތުންފަތްމައްޗައް ލުއި ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ. ނަސީރުގެ ތަސްވީރު ކުރެހިގެން ދިޔައީ ލޮލު ކުރިމަތީގައި ހޭލާ އިންދައެވެ. އެރީތި ފަން އިސްތަށިގަނޑު ފުނާ އަޅާލާއިފައި އޮތްގޮތެވެ. މަޑު ނޫކުލައިގެ ގޮޅިޖެހި ގަމީހާއި މުށިކުލައިގެ މުންޑު އަނދެލާފައި ހުންނައިރު ނަސީރުގެ ފުރިހަމަ ކަން ފާޅުވެއެވެެ . ހިތް ވެސް އެހާ ސާފެވެ. އޯގާތެރި ކެއްތެރި މީހެކެވެ. ސަލްމާދެކެ އެވީ ލޯބިން ސަލްމާއަށް ޓަކައި އެވީ ބޮޑު ގުރުބާނީ ހަދާނުން ނުނެތެއެވެ. އެހެން ފިރިހެނަކު ނަމަ އެދުވަހު އެކައިވެނި ހުއްޓުވީހެވެ. ނޫނީ އެންމެން ގެކުރިމަތީީ ސަލްމާހިތާވަނީ ނަސީރުއާކަން ސާބިތު ކޮށްދޭނެއެވެ. އޭރުން ސަލްމާ ކިހާވަރަކަށް ރަށުތެރެއަށް ފަޟީހަތްވީސް ހެއްޔެވެ. އެހެން ނަމަވެސް ނަސީރު ހަމަ ހުރީ ކެތްކޮށްލައިގެނެވެ. ސަލްމާގެ ހިތް ގަބޫލުކުރާގޮތުގައި މިއަދު ނަސީރު ކިތައްމެ އުފަލުގައި ކައިވެނި ކޮށްގެން އުޅުނެއް ކަމަކު ސަލްމާ ނަސީރު މަތިން ހަދާން މިވާވަރަށް ނަސީރުވެސް ސަލްމާ މަތިން ހަނދާން ވާނެއެވެ. އެއީ ސަލްމާ ވަރަށް ގިނައިން ހިތައް އަރާ އެއްޗެކެވެ. ދެހިތުގައިވެސް އަދިވެސް ޖަހަނީ އެއްވިންދެކޭ ބުނެދޭ ކަހަލަ އެވެ. މުސްކުޅިވުމަކުން ލޮތްބަށް ބަދަަލު ނާންނަކަން ސަލްމާގަބޫލު ކުރަނީ ކަންނޭގެއެވެ.

ލަކުޑި ހިތް އަތަށް ލައިގެން އިނދެ އެތައް ޚިޔާލެއް ސަލްމާ ކުރިއެވެ. އޭރުގެ ފޮނި ހަނދާން ތަކުން ލޯކަރުނުން ފުރުނެވެ. ދެން އަލުން އަނބުރާ އެހިތް އޮތްގޮތަށް އެފޮށި ތެރެއަށް ލީ ވަގުތު ކުއްލިއަކަށް ބޭރުން މީހަކަު ވަރަށް ބާރަށް ރޮއެގަތް އަޑު އިވުނެވެ. ފަޅިސިކުންތެއްގެ ތެރޭގައި އެއީ ރީނާގެ އަޑުކަން ސަލްމާއަށް ނަގައި ގަނެވިއްޖެއެވެ. އެޔާއެކު އިންތަނުން ތެދުވެގެން ބޭރަށް ދުއްވައި ގަތެވެ.

“މާމާ ރީނާއަތަށް ތިނޯސްވަނީ” ސަމާވަރަށް ހާސްވެފަ ބުނެލިއެވެ. އޭރު ރީނާ ހުރީ ކަނާތުން ވައަތުގެ ޝަހާދަތްއިނގިލި ކޮޅުގައި ހިފާ ބާރުކޮށްލައިގެން ނެވެ. ލޮލުން ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރު ހުރީ ފެންނާށެވެ.ރީނާއާއި ސަމާ އެކަން ހިގާދިޔަގޮތް ކިޔާދެމުން ދިޔައިރު ސަލްމާ ރީނާގެ އިނގިލީގައި ބޭސް އަޅާދެމުން ދިޔައެވެ.

*******

ހެނދުނު ދިހައެއް ޖަހަންވީއިރު ރަށުގެ މަލަމަތި ފެންނަން ފަށައިފިއެވެ. ރީނާއާއި ސަމާ ހުއްޓުމެއްނެތި ހޮޑުލާލާފައި މިހާރު އޮތީ ކުޑަކޮށް ނިދިފައެވެ. ފަރުޝާއާއި ފަރީޝާވެސް އެއްފަހަރުވެސް އޮތްތަނުން ބޯ ހިއްލާނުލައެވެ. އިތުރު ބައިގަޑިއިރެއްހާއިރު ދުއްވާފައި ރަށުގެ ފަޅަށް ދޯނިވަންނަން ފެށުމުން ފަޅުވެރި އަކަށް އުޅޭ އިއްބެ އައިސް ސަލްމާއަށް ގޮވާފައި ފަޅަށް ވަންނަނީ ކަމުގައި ބުންޏެެވެ. ސަލްމާ އަވަހަށް ތެދުވެ ކައިރީގައި ހުރި ފެންފުޅިން މޫނު ދޮވެލާފައި އިސްތަށިގަނޑު ރީތިކޮށްލިއެވެ. ދެން ކައިރީގައި ނިދާފައި ތިބި ކުދިންނަށް ގޮވާ މޫނުދޮއްވާހަދަން ފެށިއެވެ. މާދުރުންވެސް ފާލަންމަތީ ހުރި ސުލައިމާނު ސަލްމާއަށް ފާހަގަ ކުރެވުނެވެ. އެތައްޒަމާނަކަށްފަހު އެއްބަނޑު އެއބަފާކޮއްކޮ ފެނުމުން ލޮލުން ކަރުނަ ހިލުނެވެ. އެއްބަނޑު އެއްބަފާ ހުރި ހަމަ އެކަނި މީހަކީ އެއެވެ. މިހާރު ސަލްމާގެ ފުށުން ތިމާގެ މީހަކު ހުރިއްޔާ އެއީ ހަމަ އެކަނި ސުލައިމާނެވެ.ހަމަ ރަށުގެ ފަސްގަނޑުގައި ފައި ޖެހުމާއެކު ރީނާއާއި ސަމާ ހީވީ އުފަލުން ފޮޅުނުހެނެވެ. ސުލައިމާނުގެ ކުދިންނާވެސް ވަރަށް ގުޅާލިއެވެ. އެކުދިންނަށް ގެނައި ހަދިޔާތައް ބަހާހެދީ ރީނާއާއި ސަމާއެކުގައެވެ. ދެން ބޭނުންވީ ރަށުތެރެ ބަލާލަން ދާށެވެ. އެގޭ ގޯތިތެރޭގައި ހުރި ކުންނާރު ގަހުން ކުންނާރު ބިންނަން ގަހަށް އެރީ ރީނާއެވެ. ސަމާއަކަށް ގަހަކަށް ނޭރުނެވެ. ރީނާއާއި ބަލާއިރު ސަމާހުންނަނީވެސް ނުލާހިކު ހިމަތޮޅިކޮށެެވެ.

“ސަމާ ، މިގޮފިގަނޑުގަ ހިފަހައްޓާފަ އެގޮފިގަނޑަށް ފައި އެއްލަބަލަ” ރީނާ ހެދިގޮތް ކިޔާދިނެވެ. “ރީނާ ކުންނާރު ބިނދެބަލަ، އަހަރެން ހުންނާނަން މިތާ”

ދެކުދިން އުޅޭ ނޫޅޭގޮތް ބަލަން ސަލްމާ މެން ތަންކޮޅެއް ދުރުގައި ދަތުރުވާޅު ފިލުވާލަން ތިއްބެވެ. ސުލައިމާނު ރަށުގެ ޚަބަރު ދަބަރު ކިޔާދެމުން ދިޔައިރު ފަރުޝާމެން އީދުގެ ކަންކަން އެރަށުގައި ރޭވިަފައި އޮތް ގޮތް އަހަމުން ދިޔައެވެ.

“އައްދެ ކޮއްކޯ!! މިއަހަރު މިއަންނަނީ ޢީދު އިނގޭ! ވަރަށް ކަންކަން އެބައޮތް، ބަނޑިޔާޖެހުން އެބައޮތް ޢީދުވިލޭރޭ. ޢީދު ނަމާދުން އަންނަ ގޮތަށް އޮންނާނީ ސައިބޮއެގެން ގޮސް ބަށިކުޅުން، ،ފިރިހެނުން ވާދައަށް އަތޮޅު ފުޓުބޯޅަވެސް އެބައޮތް، ހަވީރު ބޮޑުމަސް ނެރުމާ ތިންމުގޯލި ވެސް އެބައޮތް. އަނެއްދުވަހުވެސް އެބަކިޔާ ކޯޑިކެނޑުން އެބައޮތޭ…ދަރިފުޅުމެނަށް ތިޔައާދެވުނީ ވަރަށް ފޯރިގަދަވާނެ ޢީދެއްގަ އިރާދަކުރެއްވިއްޔާ” ސުލައިމާނު ކުރުނބާ އިހަލުން ކުރުނބަޔެއް ކަނޑާފަ ދިއްކޮށްލަމުން ބުނެލިއެވެ. އެޔަށް ފަހު އެންމެންވެސް ބޭނުންވީ ރަށުތެރެ ބަލާލަން ދާށެވެ.

**********

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

saana

Level 110 Stories

Other Articles

Previous

ތި ލޯތްބަށްޓަކައި (2)

Next

އައިކާ (11)

Next
August 29, 2017

އައިކާ (11)

Previews
August 29, 2017

ތި ލޯތްބަށްޓަކައި (2)

16 Comments!

  1. Nicky says:
    August 29, 2017 at 12:42 pm

    V nyc…bt v kuru

    1. saana says:
      August 29, 2017 at 12:44 pm

      nooney thee hama heevi goi..hama normally story ge mingandu mee. btw, first hoodhee dho

  2. TCgirl says:
    August 29, 2017 at 12:45 pm

    Hey me first tha??? Maroon n Sjkj ah vure kurin dhw…….
    My first comment 2 to this beautiful story
    Kyp it up!

    1. TCgirl says:
      August 29, 2017 at 12:47 pm

      Ow…. I’m not first..??

    2. saana says:
      August 29, 2017 at 12:47 pm

      thank u TCgirl, varah ufaa veheje comment kohleema. Maroon men kobaa baa ye hithah araa. anehka salma aa eki dhathuru dhiyaee kanneyge dho

    3. TCgirl says:
      August 29, 2017 at 12:50 pm

      Yap maybe!! ??I readlly want to join that trip…. love old age stories ?

    4. maroon says:
      August 29, 2017 at 2:35 pm

      12:35 haairu story kiyaafin. Ekam comment nukury sjki ah first dheyn.. story v v awesome. Dhen anna episodakah v v wait kurevey. Finally two love birds are going to meet after ages.. yes saana edhathuru v v dhaahiyvey. Maybe u can add me ?

    5. Song joong ki... KOREAN says:
      August 29, 2017 at 4:41 pm

      Hehe. Thanks maroon. But hurihaa dhuvahaku mi vaahaka up veytho bala balaafa check nukurevunu dhuvahu up vefa othy. Ehen noon nama first hoadhys.. Saana.. Hope then u’ll keep updating upcoming parts everyday.. 🙂

    6. Song joong ki... KOREAN says:
      August 29, 2017 at 4:49 pm

      Woww. Adhivx goyye hama kaahtey dheke dhw loabi vaany. So sweet.. Varah Varah varahhhh reethi mi part vx. Especially ibaaraaiyythah genessa huri goih v salhi.. Oh finally, both of them are going to meet, I guess.. Well, waiting for that moment. 🙂 Saana. SJK vx e dhathuruga baiverikohba.. Hehe v dhaahiyyvey.. 🙂 Kudahuvadhoo dhw aee?? 🙂

  3. ????? says:
    August 29, 2017 at 1:01 pm

    Saana .. this story is beautiful ??? I really like this n waiting for the next part. ….. hey maroon and song … where r u both???????

    1. saana says:
      August 29, 2017 at 1:07 pm

      thank u dear, mihaaru mi try kuranee maadhan next part upkureveytho…inthizaaru kurahchey

    2. ????? says:
      August 29, 2017 at 1:29 pm

      Yes will wait ingey….. try to get first ??? dhenme school in ais balaali iru inee up vefa…

  4. Shahi says:
    August 29, 2017 at 3:33 pm

    Esfiya ge hurihaa vaahaka ah ves kiyan ekamu comment kuraa furatama faharu mi eves mi vaahaka ah v reeti vaahaka umurun duvas v meehege lobi ge hayaathuga vaanuvaa varah egen beynu vegen mi vaahaka kiyeny ves umeedh kuran V reeti vaane kamah kuriah huri Bai tahves….

  5. Adha? says:
    August 29, 2017 at 4:12 pm

    Woow! Goyye still love kaahtey.. haadha furihama dhe loabiverinney dw..??
    Waitingss ❤❤❤❤

  6. click a shot ? says:
    August 29, 2017 at 6:31 pm

    Superb saana
    Adhives goyye ge hih edheney kaahthey aa gaathugaa vumah dhw
    Hehe
    Varah salhi mi part ves.. Keep it up saana

  7. khajja says:
    August 29, 2017 at 7:32 pm

    Ohh wow stry v rythi v awsome when nxt prt avaskollaadhybala ?????❤❤❤??????❤❤

Comments are closed.

Next Episodeގޮއްޔެ(ބާބު2) ހަތްވަނަ ބައި←


All Right Reserved!