ގޮއްޔެ (4)
އެވަގުތުވެސް ހަނދާނަށް އައީ ނަސީރު ބުނެލިވާހަކައެވެ. ފަތިހު ކުނި ކަހާފައި ކުނިއުކާލަންދާއިރު ފާރައަށް ހުންނަ ވާހަކައެވެ. އަވަސް އަވަހަށް މަގުގެ ދެކޮޅަށް ކަޅި ހިންގާލެވުނެވެ. ދުރުން އެހެރަ އަންނަނީ ޖެހިގެން މިހިރަގޭ މަރިޔަބެވެ. މަގުގެ އަނެއް ފަތާރުގައި އެކަކުވެސް ފެންނާކަށްނެތެވެ. އަނެއްކާ ނަސީރު ފިލާ ހުންނަނީ ކޮންދިމާލަކުބާއެވެ. ސަލްމާ ވަށައިގެން އަދި އެއްފަހަރު ހޯދާލިއެވެ. އެކި ގޭގޭން އަންހެންވެރިން ދިގު އިލޮށިފަތިތަކުން ގޭދޮށް ކަހަމުންދަނީއެވެ. މުޅިހިސާބު ގަނޑަށް ދުންބުރާފައިާހަކަލައެވެ. ވިއްސާރަ ނުވެ ގިނަ ދުވަސްތަކެއްވެފައި އޮތުމުން ބިންގަނޑު އޮތީ މުޅިން ހިރަފުސްވެފައެވެ. އެހެނަސް ޖައްވުގައިވާ ތެއްފިނި ކަމުން ހިރަފުސްގަނޑު މާބޮޑަށް ވައިގެ ތެރެއަށް އަރައިގެނެއް ނުދެއެވެ. ސަލްމާ ދެ އުކުޅުގައި އަތް ވިއްދާލާފައި އުޑާ ދިމާ މައްޗައްބަލާލިއެވެ. އިރުގެ ދޯދިތައް މިހާރު ވަށައިގެން މުޅި އުޑުމަތިން އަލިކުރަމުން ދަނީއެވެ. ފަތިހުގެ ދޫނި ތައް އެސޮރުމެންގެ ކާނާހޯދަން ނިކުމެގެން އުޅެއެވެ. ދާދިގާތުގައި ހުރި ފޭރު ގަހެއްގައި ދެތިން ކާޅެއް ބޮލަށް ތުރާވާވަރަށް ހަޅޭއް ލަވަމުން ދެއެވެ.
ސަލްމާ ކުއްލިޔަކަށް ސިއްސައިގެން ދިޔައީ ސުލައިމާނުގެ ސަކަރާތާ ހެދިއެވެ، ފަހަތުން އައިގޮތަށް އައިސް ސިއްސުވާލީއެވެ. އަދިވެސް މިއުމުރުގައިވެސް ސުލައިމާނާއި ސަލްމާގެ ކުޅިވަރާ ސަކަރާތް ޖެހުން ހުއްޓައެއް ނުލައެެވެ. ދެކުދިން ދެމެދު މާބޮޑު އުމުރުގެ ތަފާތެއް ނުހުރުން ވެފައި ވަނީ އެކުދިންގެ ގުޅުން ބޮޑުވެގެންދާ ކަމަކަށެވެ. އެއްކުއްޖަކު އަނެއް ކުއްޖަކަށް ޖެއްސުންކޮށް ގޯނާކޮށް ހަދާނެއެވެ. ބައެއް ދުވަސް ދުވަހު ސުލައިމާނާ ހެދި ސަލްމާރޯންވެސް ޖެހެއެވެ. އެހެންނަމަވެސް މިދެކުދިންގެ ދެމެދު އުފެދިފައި ވަނީ ވަރަށްވެސް ވަރުގަދަ ލޭގެ ގުޅުމެކެވެ. ސުލައިމާނުގެ ސަމާސާ މިވަގުތަށް ސަލްމާއަކަށް ކަމަކު ނުދިޔައެވެ. ދެފަރާތަށް ތުންއަނބުރާލާފައި ދެބުމަ ގޮއްޖަހާލިއެވެ. އެވަރުންވެސް ސުލައިމާނު ކަހެރުވަކޭވެސް ހީނުވުމުން ސަލްމާ މުޅޯށި ބިންމައްޗައް އެއްލާފައި އިލޮށިފަތި ހިފައިގެން ސުލައިމާނު ފަހާ ދުއްވައި ގަތެވެ. ސުލައިމާނު ދުވަމުން ގޮސް ވަލުމަގަށް އެޅިއެވެ. ސަލްމާވެސް ވަކި ދޫކުރާ ހިޔާލެއް ނުގެންގުޅެއެވެ. ސަލްމާ އިލޮށިފަތި ހިފައިގެން ސުލައިމަނު ފަހާދުވަމުން ދާމަންޒަރުބަލަން ކަހަން އޮތް ދެތިން މީހަކުކެހުން ހުއްޓާލާފައި ތިއްބެވެ. އެމީހުނަށްވެސް އެކަންވީ ހެއްވާ ކަމަކަށެވެ. ދުވެ ދުވެ ވަރުބަލިވެގެން ސަލްމާ ހުއްޓުު އިރު ދެކުދިން ތިބީ ވަލުތެރޭ މެދެއްހާ ހިސާބުގައެވެ. ގުދަށް އޮވެ މާނޭވާލަމުން ސަލްމާ ވާހަކަ ދެއްކޭތޯ އުޅުނެވެ.
“މަހުވާކޮށްފަ މިބުނީ ދެންމެ އަތުޖެހުނު ނަމަ މި އިލޮށިފަތީ ގަ އެންމެ އިލޮއްޓެއްވެސް ނުބެހެއްޓީމުސް” އެހެންބުނެފައިބާރު ހިނިގަނޑެއް ޖަހާލީއެވެ. ސުލައިމާނުވެސް ބާރު ހިނިގަނޑެއް ޖަހާލިއެވެ. މީ ދައްތަޔާއެކު މިހެން މަޖާ ނެގޭނެ ފަހުދުވަސްކޮޅުކަން ސުލައިމާނު ދެނެހުއްޓެވެ. އެކަމާ ދެރަވެ ރޮއިވެސް ހަދައިފިއެވެ. ދައްތަ މީހަކާ އިންދެ މާލެ ބަދަލުވާތީ އެންމެ ދެރަވަނީ ސުލައިމާނެވެ. އެހެންވެއްޖެ ނަމަ ސުލައިމާނު ކިހާ އެކަނިވާނެ ހެއްޔެވެ. ހިނިގަނޑު މަތަކުރަމުން ސުލައިމާނު ކައިރި ރުކެއްގައި ލައްވެލިއެވެ. އަދި ނިކަން ރަގަޅަށް ދައްތަޔާ ދިމާއަށް ބަލާލިއެވެ.
“ދައްތަ ދެން ހަމަ މާލެދާނީތަ.”
އެއޮއް ވަރަށް ސަކަރާތުގަ އުޅެފަ އެހާއަވަހަށް ސުލައިމާނުގެ ތޮބީއަތު މުޅިން ޚަރާބުވެއްޖެއެވެ. ލޮލުން ކަރުނަ ހިލުނެވެ. ސަލްމާއަށްވެސް ވީ އެކަހަލަ ގޮތެކެވެ. ހިތް މަޑު ކަފަކޮޅަކަށް ވިފަދައެވެ. އެއްބަނޑުއެއްބަފާ ކޮއްކޮ ދޫކޮށްދާން ޖެހޭ ވަގުތު ކުޑަތަންވެއްޖެ ކަމުގެ އިހްސާސް އަނެއްކާވެސް އާވެއްޖެއެވެ. ލޯބިވާ މާމައާއި ކާފަ ދޫކޮށް މުޅިން ބީރައްޓެހި ބަޔެއްގެ ގާތަށް ދާންޖެހިއްޖެއެވެ. ހިތާމަ ހުއްޓެވެ. މަޑުފިޔަވަޅު ތަކެއް ނަގަމުން ސަލްމާގޮސް ކޮއްކޮގާތު މަޑުކޮށްލިއެވެ.
“ކޮއްކޯ! ދައްތަ ދާކަށް ބޭނުމެއްނޫން..ކޮއްކޮއަށް ދައްތައާއެކު ނުދެވޭނެތަ. ދައްތަ މެންނާއެކު އެގޭގަ އުޅެން ދާން ހިނގާ”
ސުލައިމާނު ދެފަރާތައް ބޯހޫރާލިއެވެ. “ބަލާބަލަ ދައްތަ އާއެކު އުޅުނު އާރިފާވެސް. ބާ އަތޮޅުމީހަކާ އިނދެގެން ދިޔައީ ނުން. އެގޭ ހުސޭނެއް ނުގެންދޭ. ހުސޭނު ވަރަށް ދެރަވެގެން އެހެންކި މަގާތު. ”
ސުލައިމާނު އެކަމާ ޚިޔާލުކުރާވަރު ސަލްމާއަށް އިހްސާސް ވެގެން ދިޔައެވެ. ކޮއްކޮއަށް ޓަކައި ހިތް ހަމްދަރުދީއިން ފުރުނެވެ. ހުދު ސަލްމާވެސް މިކުރެވެން އުޅޭ ނީ ކިހާ ވަރެއްގެ ކަމެއްކަމެއް އިނގެނީއެއްނޫނެވެ. ދެންވާނީ ކިހިނެތްބާއެވެ. ރަށަށް އާދެވޭނެބާއެވެ. ބަލިވީމައި މާމަގެ އަޅާލުން ނުލިބޭނެއެވެ. ކާފަޔާއެކު ކާފަގެ ކުޑައިރުގެ ހަނދާންތައް އާކޮށްކޮށްފައި އެކިޔާދޭ ވާހަކަތައް ދެން އަޑުއަހާލަން ލިބޭނީ ކޮންއިރަކުންބާއެވެ.
“ދައްތަ މިހާރުވެސް ބައިވަރު ކަންތައް ތައް އެބަ ސިއްރުކުރޭ!”
ހިޔާލުގެ ތެރޭގައި ހުރި ސަލްމާއަށް ބަލާލެވުނީ އެބުނީކީކޭބާއޭ ހިތައް އަރަމުންނެވެ.
“މަ ކޮންކަމެއް ކޮއްކޮއަށް އޮޅުވާލީ”
“އޮޅުވާލީއެކޭނޫނޭ މިބުނީ…މިބުނީ ސިއްރުކުރެޔޭ.” އިރުކޮޅަކު މަޑުން ހުރެލާފަ އަނެއްކާވެސް ސުލައިމާނު ބުންޏެވެ. “ރޭ އިރާކޮޅު އަތިރިމަތީ ކީއްތަ އެކުރީ”
ވަރަށް ނޫންކަމަށް ހުރެވެސް ސުލައިމާނު އެވާހަކަ ބުނެލިއެވެ. ސަލްމާއަށް ކުއްލިއަކަށް އެވީ ކިހިނެތް ހެއްޔެވެ. ދެފަޔަށް ހިނިއަރައިގެން މީހަކު ތެޅިގަތް ހެން ތެޅިގަނެވިއްޖެއެވެ. ސުލައިމާނުގެ އަތު މުލައްދަނޑީގައި އޮޅުލައިގަތް ގޮތަށް ދޫކޮށް ނުލާހުރެ ކިޔޭ ނުކިޔޭއެއް ނޭނގި ހުރެ ބުނަމުން ދިޔައެވެ
“ކޮއްކޯ ސުލައިމާނު…މަށަށް އެހެދުނީ ގޯހެއް.ވަރަށް ބޮޑުގޯހެއް.ދެން ދުވަހަކުވެސް އެހެނެއް ނޫޅޭނަން .. ހެޔޮނުވާނެ ..އާދޭސް ކޮށްފައި ބުނަން މީހެއްގާތު ތިޔަވާހަކަ ނުބުނާތި…މާމައަށް ނީއްވާތި…ކާފަހުއްޓާ ނުބުނާތި”
ސަލްމާ ދެފައި އެއްތާކު ނުޖެހެއެވެ. މުޅިމީހާ ރޫރޫ ލަނީއެވެ. ސުލައިމާނުގާތަށް އައީ އަމަށަކު ހިންޏެއްނޫނެވެ. އެހެން ނަމަވެސް ބަނޑަށް ހިނިގަނޑު ހިންދާލިއެވެ. އައީ މޮޅުވެގެން ވީ މޮޅު ޚިޔާލެކެވެ. މިފަހަރު މިއޮތީރަގަޅު ފުރުސަތެއް ލިިފައެވެ. އިލޮށިފަތި ހިފައިގެން މަ ފަހާ މުޅި އަަވަށުގަ ދުވެއްޖެއެއްނުން ހެއްޔެވެ. ދެން ނިކަން ހުރެބަލާށެވެ.
“ކޮންގޮތަކަށް އުޅުނީތަ…ކީކޭތަ ތިކިޔަނީ” ސުލައިމާނު ދެނަހުރި ކަމަށްވެސް ހަދާނުލާ މިހެންބުނުމުން ސަލްމާ ހައިރާންވެއްޖެއެވެ. ސުލައިމާނަށް އެނގެނީ ކިހާވަރަކަަށް ބާއެވެ. ފެނުނީ އަނެއްކާ ކޮންމަންޒަރެއްބާއެވެ.
“ތިބުނީ ނުން އަތިރިމަތީ ކީއްހޭ ކުރީ…” ކުޑަކޮށް މަޑުޖެހިލާފައި އެއްޗެއް ވިސްނުންހެން އަނެއްކާވެސް ސަލްމާ ބުނެލިއެވެ. “ކޮއްކޮ ހުރީ ކޮންތާކު، އެދިމާލުގަ ކީއްކުރީ”
ސުލައިމާނުގެ މޫނުމަތިން ނުހަނު ކަންބޮޑުވުން ދައްކުވަމުން ރޭ އެވީގޮތް ހަދާން ކުރަން މީހަކު އުޅޭހެން ހަރަކާތްތައް ގެންނަމުން ސަލްމާއަށް ކިޔައިދޭން ފެށިއެވެ.
” ރޭވިއިރުވެސް ދައްތަ ގޭދޮށަށް ނައީމަ މާމަ ބުނެގެން ދައްތަވީތަނެއް ހޯދަމުން ދަނިކޮށް ދަނިކޮށް ފެނުނީ އެދިމާ އަތިރިމަތީ ފަސްގަނޑުގަ އެކަނި އިނދެ ވާހަކަ ތަކެއް ދައްކަނިކޮށް. އަހަރެން ދައްތަ ކައިރިއަށް ދާންވެސް އުޅުނިން. އެކަމަކު ދައްތަ ހުރީ ޖިންނިމޮޔަވެފައޭ ހިތައް އަރާފަ ބިރުން ގެޔަށް އައީ”
މިހެން ބުނެ ނިންމާލާފައި ސުލައިމާނު އޭނާގެ ދައްތައާ ދިމާއަށް ބަލާލި އިރު ސަލްމާގަނބުއަރާފައި ހުރިތަން ފެނުމުން ދެކޮނޑުގަ ހިފާ ތަޅުވާލިއެވެ. ދައްތަ ހަމަ އަސްލަށްވެސް ޖިންނި މޮޔަވީހެއްޔެވެ. އެއީ އޭނަ މަޖަލަކަށް ދެއްކިވާހަކައެކެވެ، އޭނާވެސް އެހެން ވާކަށް ބޭނުމެއްނޫނެވެ.
“ދައްތާ!،……. .. ދައްތާ!….ކިހިނެތްވެފަ ތިހިރީ..ދައްތާ!”
“ހުނނ….” ސަލްމާ އަށް ކިރިޔަ ކިރިޔާ އަޑެއްލައްވާލެވުނެވެ. ސުލައިމާނު ނިކަން އަވަހަށް ގޮތް ހުސްވިއެވެ. ތިބެވުނީ ވަލުގައިކަން ހަނދާންވެސްވީ ދެނެވެ. ދައްތަ މިކަމުން ސަލާމަތް ނުކުރެވިއްޖެއްޔާ ސުލައިމާނުގެ ދުވަސް ދިޔައީއެވެ. ނިކަން ހިތްވަރުލާފައި އަނެއްފަހަރު ދައްތަ ދެކޮޑުގައި ހިފާފައި ތަޅުވައި ގަތެވެ. އެޔާއެކު ސަލްމާ ރޯންފެށިއެވެ.
“ކޮއްކޯ، ދެން ކިހިނެތް ހަދާނީ ، މަމިހިރީ ޖިންނި މޮޔަވެފަ” ދެކުދިންގެ ޅަކަމާ ހުރެވެސް މީހަކު އަންތަރީސް ވެދާއެވެ. ސަލްމާ ހީކުރީ އޭނަ އެހެރީ ޖިންނި އަވަލާފައި ކަމަށެވެ. ސުލައިމާނު ސަމާސާ ދޫކޮށްލާފައި ސަލްމާ ގެ ރުއިން ހުއްޓުވަން އުޅުނެވެ.
“ދައްތާ އެއީ ދޮގެއް. މަށަށް ފެނުނީ ދައްތަ ކޮންމެވެސް ފިރިހެނަކާ ވާހަކަ ދައްކަން ހުރިތަން، މަ އެދިމާއަށް ހަމަ ދެވުނު ތަނުން ދައްތަމެން ގޭދޮށަށް ދާން ހިގައި ގަނެފި. އަހަންނަށް މާފްކުރޭ. ދައްތަ ފުރައިގެން ދާންވެފަ އޮއްވާ ވަރަށް ދެރަކޮށް ލެވިއްޖެ…ދެން ހިތްހެޔޮކޮށްދީ” ސަލްމާއަށް އޭނާގެ ކޮއްކޮ އެހެދީ ދޮގެއްކަން އެނގުމުން ދެލޯއަޅާލި ނަމަވެސް ކޮއްކޮ ދެރަވެފައި މައާފަށް އެދުމުން ދެރަވިއެވެ، ދައްތައަކު ކޮއްކޮއަކަށް އަބަދުވެސް ހިތް ހެޔޮވާނެޔޭ ބުނެލީ ނުހަނުލޯބިން ބޮލުގައި ފިރުމާލާފައެވެ.
“ދެން އެއީ ކޮން ފިރިހެނެއްތަ” ސުލައިމާނު އެގެން ބޭނުންވީ އެމީހެއްގެ މައުޟޫމާތެއެވެ. ސަލްމާވެސް ދެކޮޅު ހެނދުމެއް ނެތި ރީއްޗަށް ކަންވީ ގޮތް ކިޔާދިނެވެ. ނަސީރުއާ ދިމާވި ގޮތާ އެދެމީހުންގެ ދެމެދު ދެކެވުނު ބައެއް ވާހަކަ ތަކެވެ. މިއަދު ހަވީރުންވެސް އެތަނަށް ދިއުމަށް ނަސީރި އެދުނުވާހަކައެވެ.
“ދެން މިއަދު ދާއިރު މަވެސް ގޮވައިގެން ދާންވީނުން”
“އެކީއްކުރަން”ސަލްމާ ނިތައް ރޫއަރުވާލާފައި އަވަހަށް ސުވާލު ކޮށްލިއެވެ.
“މަށާވެސް ރައްޓެހިވާން ވާންނުން”
” ނޫޅެން އަމްދަކުން މަށަކު އެތާކަށް ދާކަށްވެސް..އެހެންނޫނަސް އެބުނާ މުޙައްމައިދީއަކު އެބައާދޭ މަބަލާ… މަ ހުންނާނީ މިއަދު ގޭގަ. ނުދާނަން އެތާކަށް”
ސުލައިމާނަށްވެސް ދައްތައާ އެއްބައިވުމުގެ ގޮތުން ބޯ ޖަހާ ލެވުނެވެ. އެބުނީ ވެސް ދޮގެއް ނޫން ވިއްޔާއެވެ. ދައްތަ އެއުޅެނީ މާލޭގެ ގަދަރުވެރި ގެއެއްގެ ބޭފުޅަކާ އިންނަން ވިއްޔާއެވެ. ދެން އެ ނަސީރު ފަހާ ދުވުމެއް ނެތެވެ.
“ދެން ހިނގާ ދަމާ..މާމަ މިހާރު ހޯދާނެ” ދެކުދިން އެކުގައި ވަލުތެރޭން ނިކުމެގެން އައި އިރު ނިކަން ކަންބޮޑުވެފައި ހުރެގެން ކާފައަންނާތީ ފެނުނެވެ.
“ގޮއްޔެމެން އަޅެ ކޮންސަކަރާތެއް ޖަހާފަ ތިޔަ އައީ، މާމަ އެބަހުރެ ރޮއި” އެހެންޏާ ނުބުނާހާ ވަރުގެ ހަރުކަށިކަމަކާއެކު ކާފަ ބުނެލި ޖުމްލައިން ދެކުދިން ހިތް ބިރުން ވިރިއްޖެއެވެ. އިސްއޮބާލައިގެން ތިބެ ކާފަފަހަތުން ގެޔަށް ގޮސްވަދެއްޖެއެވެ.
******
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
33 Comments!
Comments are closed.


Hahaha…ma huvaa kohffa bunan fisaari reethi mi part???? v funny.
thank you Xna
Varah fakkaa bas mageh meega mihuree. Hama ihuge vattafaalhi gandu. Mashah varah salhi furathama paragraph ga ” dhethin kaalheh bolah thuraavaa varah halhey lavamun dhe e” mi jumla. Mee fisaari nala vaahaka eh.
varah bodah shukurihyaa Kamana, mi balanee veehaa ves kamana men kiyaa hihvaane gothah neges dheveytho.
Wow masha allah fisaari rythi vaahaka eh???? ihuge goiygandaai faaduverikan hama fisaari nalakan faahagavey v hiygaimu when nxt prt avahah up kollah chey ???❤❤❤❤???????
thank you Khajja, InShaAllah maadhan morning ga next part genes dheveytho balaanan
hahaha v salhi mi paryvx. kuryge goih gandu hunnaathy v majaa 😀
thank you songjoong ki…
Varah majaa mi part ves….?
Waitingss ❤❤❤❤
haha salmaage kaashi theyokolhu jinni akah nuvikan naseebennu dhw Adha .. hehe 😀
Adha thank you…dhen anehkaves maadha maa aneh part genes dheveytho mibalaneee. hehe, naseebeh dho kaashi thelun jinni vas nudhuvikan @songjoong
Hehehe.. aan naseebehnu dw jinni akah nuvikan..??ehen noonnama salmaa fakeeru haalathu hunnaane goiyves neyngey..?
Eyrun salmaa vaany kaahtakah dhw. Lol
Hahaha yeah saana
hahah eyrun salma vaany kaahtakah kanneynge. 😉 😀
Maroon ah heevany jinni dhuvi vahun filee kanneyge ?
Hahaha..?
hahaha so true maroon 😀 jinni ahv ehen veema kaashi thelun nubaivas dhuvi varun dhw mi fily. 😉
Hama ehen kamah lafaa kureveny ?
Sana tmrw dhw next part… pls make it complicated… but salma ah nasyru libey goiy hadhahchey. They are going to be a cute romantic couple ?
Love every little detail ?
hehe..ya dho
yeah. KAASHI THEYO COUPLE dhw. 😀 varah gulheyne dhw 🙂 😉
Nice couple name song joong ?
hehe yaa 😉 😀
V v reethi mi story….
shukuriyya iru
V reethi sana… ❤
Varah reethi mibai ves… adhi ehaa majaa ?
Next part avahah up koh dheeee ?
thank you Dhiye
V nice (*_*)
Maa Shaa ALLAH. V reethi v furihama mibaives. Ekamaku. Kurudhoa saana. V kiyaahithun mi kiyanee.
thank you i_far…heevanee kuruhen dho. ehaa kureh noon dho aslu. hehe… aslu konme dhuvahaku genes dhey iru ehaa dhigu koh genes nudhevenee… kiyun therin ufaavey kon me dhuahaku genes dhineemaves dho.
sana dhooni 5th episode view nukurevey. kihineh vefa ehery.
Maa Sha Allah.. V. Reethi thafaathu vaahakaeh.. V. Interesting..