Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފިރިމީހާގެ ހައްޤުގައި (25)

shafu
February 25, 2017
16 Mins Read
69 Views
35 Comments

ވެއްޓުނީ ކޮން އެއްޗެއްތޯ ބަލާލުމާއެކު މެހެކް އަށް ލިބުނީ ހައިރާންކަމެކެވެ. އަޖާއިބުވެފައި ހިނދުކޮޅަކު އޭނާ އަށް އިނދެވުނީއެވެ. ޓީޝާޓް ތެރެއިން އެވެއްޓުނީ އާހިލްގެ ފޯނެވެ.

” އާހިލްގެ ފޯން މިތާ ކީއްވެބާ؟” މަޑުމަޑުން މެހެކްއަށް ބުނެލެވުނެވެ. އެފޯން އެތާނގައި އޮންނަންވީ ސަބަބަކާއި މެދު އޭނާ ވިސްނާލިއެވެ.

ފޯންގެ ސްކްރީން ވަނީ ކޮންމެވެސް ވަރަކަށް ތެޅިފައެވެ. ކުރިއަކުން އެ ފޯނެއް އެހެނެއް ނުއޮންނާނެއެވެ. އާހިލް އަނެއްކާ އެ ފޯން ފާރުގައި ޖެހީބާއެވެ؟ ނޫނީ އެއްލާލީބާއެވެ؟ ޔަޤީނެވެ. އެވީ އެހެންނެވެ. އައި ގަދަ ރުޅީގައި އާހިލްގެ އަތުން އެފަދަ ކަމެއް ނުވި ނަމަ ފޯންގެ ސްކްރީން ތެޅިފައި އޮތިސް ހެއްޔެވެ؟ އަންނައުނުތައް އަލަމާރި ތެރެއިން އާހިލް އެއަޅާލީ ފޯން މައްޗަށް ކަންނޭނގެއެވެ. އެހެން ނޫން ނަމަ އެފޯން އެތާނގައި އޮންނާނެ ހެއްޔެވެ؟ . ބޮޑުބޭބެ ހުރިހާ އެއްޗެއް އެއްފަހަރާ ފޮއްޓަށް އަޅާލިއިރު ފޯން ވެސް އޭގެތެރެއަށް ލެވުނީއެވެ.

އާހިލް އެހެން އެހެދީ އަނެއްކާ… މެހެކް އަށް ނޭނގޭ ހަޤީޤަތް ފޮރުވިފައިވަނީ އެ ފޯންގަ ބާއެވެ؟ އާހިލް އެ ފޯން ނުލާ ދިޔައީ ކީއްވެ ބާއެވެ؟ ހިތްހަމަނުޖެހިފައި ހުރިވަރުން އާހިލް ފޯން މަތިން ހަނދާން ނެތުނީބާއެވެ؟ ހައްތަހާވެސް ސުވާލެވެ.

މެހެކް ފޯން ހުޅުވޭތޯ މަސައްކަތްފެށިއެވެ. ވަގުތުން ފޯން ހުޅުވުނެވެ. އެއާއެކު މެހެކް ގެ އިތުރުން އެކި މީހުން އެފޯނަށް ގުޅާފައި ހުރި “މިސްޑްކޯލް” މެސެޖް ތައް އަންނަން ފެށިއެވެ. އެކަމަކަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ.

މެހެކްގެ ހިތުގެ ވިންދް އަވަސް ވަމުން ދިޔައެވެ. ކޮންމެވެސް ކަމެއް ވާން އުޅޭހެން އޭނާއަށް ހީވާން ފެށިއެވެ.

ފުރަތަމަވެސް އޭނާ ދިޔައީ “ކޯލް ލޮގް ” ބަޔަށެވެ. ސްކްރީން ތެޅިފައިވި ނަމަވެސް ފަސޭހަ ކަމާއެކު ފޯނާ ކުޅެވެއެވެ. ހުރިހާ އެއްޗެއްވެސް ސާފުކޮށް ކިޔަން އެނގެއެވެ.

ކޯލްލޮގް ބަޔަށް ދިޔައިރު ކޮންމެވެސް ނުދަންނަ ނަންބަރަކަށް އާހިލް ވަރަށް ގިނަ ފަހަރު ގުޅާފައި އޮތެވެ. އެއީ އަނެއްކާ ކާކުބާއެވެ؟ މެހެކް އަވަސް އަވަހަށް ބަލާލިއިރު އާހިލް އެނަންބަރަށް ގުޅާފައިވި ކޮންމެ ކޯލެއްވަނީ ” ކެންސަލް” ވެފައެވެ. އޭގެ މާނަ އަކީ އެނަންބަރުން ފޯން ނުނަގަނީއެވެ. ނުވަތަ އެނަންބަރަށް އާހިލް އަށް ނުގުޅެނީއެވެ.

އިތުރުކަމެއް ފެނޭތޯ އޭނާ މެސެޖު ބަޔަށް ވަދެލިއެވެ. ފުރަތަމައަށް އޮތް މެސެޖް ހުޅުވާލިއެވެ. އެ މެސެޖު ފެނި އޭނާ ހައިރާންވިއެވެ. މެސެޖުގައިވަނީ ދެންމެ ކޯލްލޮގުން ފެނުނު ނުދަންނަ ނަންބަރ ރެޖިސްޓްރީ ކޮއްފައިވަނީ ކޮން ނަމެއްގައިތޯ އާހިލް ބަލާފައިވި މެސެޖެކެވެ. ނަމަވެސް އެއީ ކޮން ނަމެއްގައި ރެޖިސްޓާރ ކޮއްފައި އޮތް ނަންބަރެއް ކަމެއް ނޭނގެއެވެ.

އެކަން ބަލަން މެހެކްގެ ޝައުގުވެރިކަން އިތުރުވި ވަރަކަށް އޭނާގެ ހިތަށް ވެރިވަމުން ދިޔައީ ބުނެދޭން ނޭނގޭ ކަހަލަ ނުތަނަވަސްކަމެކެވެ. ދެން އޭނާ ހުޅުވާލީ ވައިބާރ އެވެ. ފުރަތަމައަށް ވެސް އޮތީ އެ ނުދަންނަ ނަންބަރެވެ. ކޮންމެވެސް ވާހަކަތަކެއް ދެކެވިފައި ހުއްޓެވެ.

އެމީހަކު އާހިލްއަށް އެނގެނީއެވެ. ނޫނީ އެމީހަކަށް އާހިލް އެނގެއެވެ. ނޫން ނަމަ ޗެޓް ކުރާނެ ހެއްޔެވެ؟

ދައްކާފައި ހުރި ވާހަކަތައް ބަލާލުމަށްޓަކައި އޭނާ އަވަސް އަވަހަށް އެ “ޗެޓް ލޮގް” ހުޅުވާލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ހައިރާންވެގެން ގޮސް އަނގަމެޅުނެވެ.

އޭގައި އެވަނީ ކޮންފަދަ ބޮޑު އޮޅުވާލުންތަކެއް ހެއްޔެވެ؟ އެ އެއްޗެހި ބަލަމުން ގޮސް އޭނާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ.

ފުރަތަމަ އެމީހަކު އާހިލް އަށް ފޮނުވާފައިވަނީ ފޮޓޯއެކެވެ. އެފޮޓޯގައި ތިބީ މެހެކް އާއި އިވާންއެވެ. އެއީ އެދެމީހުން ސަލްޓަންޕާރކަށް ދިޔަ ދުވަހު ސިއްރުން ކޮންމެވެސް މީހަކު ނަގާފައި ހުރި ފޮޓޯއެކެވެ.

” ކަލޭ ބޭނުންތަ ކަލޭގެ އަނބިމީހާ އުޅޭ ގޮތް ބަލާލަން. ހަނު ހުރެގެން ބަލަން ކެރިއްޖެނަމަ އެއީ ކާކުކަން ހެއްކާއެކު ކަލެއަށް ދައްކަދޭނަން”.

ފޮޓޯގެ ތިރީގައި ލިޔެލާފައިވަނީ އެހެންނެވެ.

އެޖުމްލައާއި އެކު މެހެކްގެ ހިތުގެ ހިނގުން ހިނދުކޮޅަކަށް މަޑުޖެހިގެން ދިޔަ ކަހަލައެވެ.

” ހޫ އާރ ޔޫ؟” އާހިލް ލިޔެލާފައި އޮތެވެ.

” އަދިވެސް މަމީ ކާކުތޯ ތަ ތިބަލަނީ. މިހާރުވެސް އާދެބަލަ ސިޓްރަން އަށް. ކަލޭގެ އަނބިމީހާ އެބައިން ފޮޓޯގައި އެއިން ފިރިހެންމީހާޔާ އެކު އެތާނގައި”. ދެން އޮތީ އެހެންނެވެ.

އިވާން އަކީ ކާކުކަން އާހިލްއަށް އެނގޭނއެވެ. އެދުވަހު ހޮސްޕިޓަލުންވެސް އިވާން އާހިލްއާއި ވާހަކަ ދައްކާ ތަޢާރަފްވެސް ވިއެވެ.

“ފެނިއްޖެތަ؟” ބައިގަޑިއެއްހާއިރުފަހުން ފޮނުވާފައި އޮތް މެސެޖެއްގައި ލިޔެލާފައި އޮތެވެ.

އާހިލް އެއްވެސް ޖަވާބެއް ނުފޮނުވައެވެ. ނަމަވެސް އެމެސެޖުން އެރޭ އާހިލް ސިޓްރަން އަށް ދިޔަކަން މެހެކް އަށް އެނގުނެވެ.

އެރޭގެ ހަނދާންތައް އޭނާގެ ސިކުނޑީގައި ކުއްލިއަކަށް ދައުރުވާންފެށިއެވެ. މެހެކް އެތަނަށް ދިޔައީ މީޓިންގް އެއް އޮތް ވާހަކަ އާހިލް ގާތުގައި ބުނެފައެވެ. އެހެންވީމަ އެއީ ދޮގެއްކަން އާހިލް އަށް އެރޭ އެނގޭނެކަން ޔަޤީނެވެ. އެތަނަށް ދިއުމުގެ ކުރިން އާހިލް އުޅުނީ ކިހާ ލޯބިން ހެއްޔެވެ؟

މެހެކް އަށް ގެއަށް އާދެވުނު އިރު އާހިލް އޮތީ ނިދާފައެވެ. ނޫނެކެވެ. ނިދިކަމަށް ހެދިގެންނެވެ. ކޮންމެވެސް ކަމަކާ އާހިލް ވަރަށް ފުންކޮށް ވިސްނިކަން އެރޭވެސް މެހެކް އަށް ފާހަގަވިއެވެ. އޭގެ އަނެއްދުވަހު އާހިލް ފާހާނާ ތެރޭގައި ހުރެ ރުއި އަޑުވެސް މެހެކް އެހިއެވެ. އެދުވަހުވެސް އެކަހަލަ އެއްވެސް ވާހަކައެއް އާހިލް ނުދެއްކީ މެހެކް އުޅޭގޮތް ބަލަން ބޭނުންވާތީ ތާއެވެ.

އިވާން އާއި މެހެކްގެ ކޮންމެ ބައްދަލުވުމެއް އާހިލްއަށް ފޮޓޯގެ ސިފާގައި ލިބިފައި ހުއްޓެވެ. އެންމެ ހައިރާންވި ކަމަކީ އާހިލް އަށް ލިބިފައިވި ކޮންމެ ފޮޓޯއެއްގައި ވެސް މެހެކް އާއި އިވާން ތިބެނީ ހެވިލާފައެވެ. ބަލާބެލުމަށް މެހެކް ހީވަނީ ވަރަށް އުފާވެފައި އިންނަހެންނެވެ. އެފޮޓޯތައް ނަގާފައިވަނީ އެފަދަ ދަނޑިވަރުތައް ބަލައިގެންކަން މެހެކް އަށް ފާހަގަ ވިއެވެ.

އެފަދަ އެއްވެސް ވާހަކައެއް މެހެކް އާއި ހިއްސާ ނުކުރި ނަމަވެސް، އާހިލްގެ އުޅުމަށް އަންނަމުން ދިޔަ ބަދަލުތައް ހަނދާނަށް އަންނަންފެށިއެވެ. ފަހުން ފަހުން އައިސް އާހިލް މާ ބޮޑަށް ރުޅިގަދަވެފައި ހުންނަ ކަމެވެ. އަބަދު ބައްޔާއި ބެހޭ ގޮތުން ވާހަކަ ދެއްކުމެވެ. މިހާރު އެނގިއްޖެއެވެ. އާހިލް އަށް ހީވަމުން އެއައީ މެހެކް އާހިލް އާއި ދުރަށް އެދަނީ އާހިލް ބަލިވީމައި ކަމަށެވެ. އުފާ ނުދެވޭތީ ކަމަށެވެ. އެކަމާ އެއްދުވަހު އާހިލް މަޢާފަށް ވެސް އެދުނެވެ. ކޮންފަދަ ބޮޑު އޮޅުމެއް ހެއްޔެވެ؟

 

” ކަލެއަށް އެނގޭތަ. އެދެމީހުންނަކީ ކުރިންވެސް ކައިވެނި ކުރަން ހުރިހާ ކަމެއް ނިމިފައި ތިބި ދެމީހުން.. އެކަމަކު ކަލޭ އައީމަ ކަލޭ ބަލިކަމުން އާދޭސް ކުރި ވަރުން ކައިވެނި ކުރީ ކަންނޭނގެ.. އެގޭ އެންމެނަށް ވެސް އެނގޭނެ އެކަން. ބަލާބަލަ”

އެއަށް ފަހު ތިރީގައި ހުރީ އިވާން އާއި މެހެކް އެގެއިން އެކީގައި ނުކުންނަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ. އެއީ އާހިލް އާއި ކައިވެނި ކުރިފަހުން އެގެއަށް އެދެމީހުން ދިޔަ ދުވަހުއެވެ. ސުބްހާނަﷲ އެވެ. ކޮންފަދަ ބޮޑު ރޭވުމެއް ހެއްޔެވެ؟

މެހެކް ގެ ހަނދާނަށް ކުއްލިއަކަށް އައީ ޝަހަފްގެ ވާހަކައެވެ. އެދެމަފިރިން އެގެއަށް ދިޔަ ދުވަހު އިވާން އާއި ބެހޭ ގޮތުން ޝަހަފް ކުރި ސުވާލެވެ. އެއަޑު އާހިލް އަށް އިވުނީއެވެ. އެދުވަހުވެސް އާހިލް އުޅުންހުރީ ކިހާ ތަފާތުކޮށް ހެއްޔެވެ؟

 

” އަދި އެއްކަމެއް ދައްކަ ދޭނަން. ބަލަން ބޭނުމިއްޔާ އާދޭ މާބުލް ގެސްޓްހައުސް ކައިރިއަށް”. އެދުވަހަކީ މެހެކް އިވާންމެންގެ އެދުމަށް އެ ގެސްޓްހައުސްއަށް ދިޔަ ދުވަހެވެ. އެދުވަހުވެސް މެހެކް އާހިލްގެ ގާތުގައި އެކަހަލަ އެއްވެސް ވާހަކައެއް ނުބުނެއެވެ. ޕާޓީއަކަށް ދާ ވާހަކަ ނުބުނީ އާހިލް ދެރަވެދާނެތީއެވެ.

” ކޮބާ ދެމީހުން އެއްކޮށް ގެސްޓްހައުސް އަށް ވަންތަން ފެނިއްޖެތަ؟” އިރުކޮޅެއް ކޮއްލާފައި އަނެއްކާވެސް އެމީހަކު އަހާފައި އޮތެވެ.

އާހިލް އެދުވަހު އުޅުނު ގޮތްވެސް މެހެކްގެ ހަނދާނަށް އައެވެ.

ގެއަށް އައިސް މެހެކް އާހިލް ގައިގައި ބައްދާލިއިރު އެތައް އިރަކު ރޮއިފައި ހުރިކަން އެދުވަހު ފާހަގަވިއެވެ. އަދި މެހެކް ބައްދާލުމުން އަވަސް އަވަހަށް ގެތެރެއަށް ވަދެގެން ދިޔަ ހަނދާން އާވިއެވެ.

” ކަލޭގެ ބައްޔަކީ ވަރަށް ބޮޑު ބައްޔެއް. ދުނިޔޭގައި ހުންނާނެ ކަމުގެ އުންމީދު ގެއްލެމުންދާ ބައްޔެއް. އެކަން ކަލޭގެ އަނބިމީހާ އެވަނީ ކަލެއަށް ސިއްރު ކޮއްފައި. ކަލޭ މަރުވީމަ ދެން އެދެމީހުން އުފަލުގަ އުޅެވޭނެ އެއްނު. ބަލާބަލަ މިހާރުވެސް ކިހާ ލޯބިކޮށް މިއޮއް އުޅެނީ”.

އެ މެސެޖުގެ ފަހަތުގައިވަނީ ވީޑިއޯ އެކެވެ. އެންމެ ފަހުން ފޮނުވާފައިވާ އެއްޗަކީ އެއީ އެވެ. އެ ވީޑިއޯ ފޮނުވާފައިވަނީ މެހެކް އަށް އިވާން ފައިސާ ހަވާލު ކުރި ދުވަހުއެވެ. އެ ފެނިފައި އޭނާގެ ހިތްބިރުގަންނަން ފެށިއެވެ. އެވީޑިއޯ މެހެކް “ޕްލޭ” ކޮއްލިއެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވެ ހޯސްލާފައި ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ފައިބައިގަތެވެ. އެއީ މާބްލް ގެސްޓްހައުސްއަށް ދިޔަ ދުވަހު އިވާންގެ ގައި މައްޗަށް މެހެކް ވެއްޓިފައި ވަނިކޮށް ކޮށްފައިއޮތް ކުޑަ ވީޑިއޯ ކޮޅެކެވެ. އޭގައި ދެމީހުން ތިބި ގޮތުން ހީވަނީ ކޮންމެވެސް ނުބައި ޢަމަލެއް ކުރަމުންދާ ހެންނެވެ.

އިތުރަކަށް ބަލާކަށް އޭނާ އަކަށް ކެތެއްނުވިއެވެ. ލަދުންގޮސް މޫނުމަތީގައި ދެއަތް އަޅާލެވުނެވެ. އެވަގުތު ބާރުބާރަށް އޭނާއަށް ރޯން ފެށުނެވެ.

އާހިލް މެހެކް ގާތު އެކަހަލަ އެއްވެސް ވާހަކަ އެއް ނުދައްކާ ސިއްރު އެކުރީ މެހެކް ކޮންމެ ފަހަރަކުވެސް އިވާން އާއި ބައްދަލު ކުރީ އާހިލް ގާތުގައި ކޮންމެވެސް އެހެން އެއްޗެއް ކިޔައިގެންކަމަށް ވާތީކަން އޭނާއަށް ވިސްނުނެވެ. އެކަމުގެ ހަޤީޤަތް ބަލަން އާހިލް ވެސް ބޭނުންވީއެވެ. އެންމެ ފަހުން އާހިލްއަށް ކެތްނުވީއެވެ. އެފަދަ ގޯސް ޢަމަލެއް ހިންގަމުން ދިޔަ މީހަކާ އެކު ދިރިއުޅެން ބޭނުންވާނީ ކޮން އިންސާނެއް ހެއްޔެވެ؟ އާހިލްގެ ނަޒަރުގައި މެހެކް އަކީ ކިހާ ގޯސް މީހެއް ހެއްޔެވެ؟

މެހެކް އިންޑިއާ ގައި ކިޔަވަން ހުރި ދުވަސްވަރު އާހިލްގެ ފޯނުން އަންހެނަކު އޭނާ އާއި ވާހަކަ ދެއްކިއެވެ. އާހިލްގެ އަނބިމީހާ ކަމަށް ބުނެ މެސެޖް ކުރިއެވެ. އެދުވަހު އޭނާވެސް ކިހާ ހިތްދަތި ވި ހެއްޔެވެ؟ އެންމެ ފަހަރަކުވެސް އާހިލްގެ ކުށެއް ނުއޮންނާނެ ކަމަކަށް ވިސްނައެއް ނުލެވުނެވެ. މިއަދު އާހިލް އަށް ވެސް އެވީ އެހެންނެވެ. އަދި އާހިލް އަށް އެވިސްނުނީ މާ ގޯސްކޮށެވެ. އެކަމަކީ އެދެމަފިރިން ދުރުކުރުމަށް ބަޔަކު ރާވާފައިވި މޮޅު ރޭވުމެކެވެ.

ހިތުގައި ސުވާލުތައް ފުނި ޖެހެން ފެށިއެވެ. އެއީ ކާކު ކުރިކަމެއް ބާއެވެ؟ އެމީހަކު މެހެކް އާއި އާހިލް ދުރުކުރަން ބޭނުންވަނީ ކީއްވެ ބާއެވެ؟ އެމީހަކަށް އެކަމުން ހާސިލްވީ ކޮން މަޤްސަދެއް ހެއްޔެވެ.؟ އަނެއްކާ….އަނެއްކާ އިވާންގެ ރޭވުމެއް ބާއެވެ. ނޫނެކެވެ. އިވާން އެހާ ގޯސް މީހަކަށް ނުވާނެއެވެ.

އަނެއްކާ އެއީ ނޫރީން ކުރި ކަމެއް ބާއެވެ؟. ނޫރީން ނޫން އެހެންމީހަކަށް އެކަންކަމެއް ނުކުރެވޭނެ އެވެ. މެހެކް އާއި އިވާންގެ އިތުރުން އެ ހުރިހާ ކަމެއް އެނގޭ މީހަކީ ނޫރީން އެވެ. ހަމަގައިމުވެސް އެ ވީޑިއޯ ކުރެވޭނީ ނޫރީން އަށެވެ. އެކަމަކު ނޫރީން އެކަން އެކުރީ ކީއްވެ ބާއެވެ؟ މެހެކް އާއި އިވާން ކުރީގައި އޮތް ގުޅުން ނޫރީން އަށް އެނގެނީ ބާއެވެ؟ ނޫނީ އިވާން މެހެކް އަށް އެހާ ބޮޑު އެހީއެއް ދޭން ނިންމީމައި ބާއެވެ؟

ކަރުނަތައް ފޮހެލަމުން މެހެކް، މޫނުމަތީގައި އަތް ހާކަން ފެށިއެވެ. އޭރު އޭނާގެ އަތް ތުރުތުރު އަޅައެވެ. މުޅި މީހާ ވަނީ ދާ ހިއްލާ ފޯވެފައެވެ.

މެހެކް އަވަސް އަވަހަށް އޭނާގެ ފޯން ނެގިއެވެ. އޭނާ ބޭނުންވަނީ އިވާން އަށް ގުޅާށެވެ. އެ ހުރިހާ ވާހަކައެއް ކިޔާދޭށެވެ. އެއީ ކޮންމެ މީހެއްގެ ކަމަކަށް ވިޔަސް އޭނާއަށް ހެވެއެވެ. އެވާހަކަތައް އިވާންއަށް ކިޔާދީފައި ފޮޓޯތައް ދެއްކީމައި ވާ ގޮތެއް އެނގިދާނެއެވެ. ނޫރީންގެ ކަމެއް ވިޔަސް އެކަން އެންމެ ފަސޭހައިން ހޯދޭނީ އިވާން އަށެވެ.

ފަސްފަހަރު އޭނާ އިވާންގެ ފޯނަށް ގުޅި އިރުވެސް ފޯނެއް ނުނަގައެވެ. ފޮނުވީ މެސެޖެކެވެ.

” މެހެކް އައި އޭމް އިން އަ މީޓިންގް.. ވަރަށް ވަރަށް ބިޒީ ވާނެ މިރޭ. އަދި މިރޭ އޮތީ ވެސް އަހަރެންގެ ދަންވަރު ޑިއުޓީ… އެހެންވީމަ އެބަޖެހޭ ހުޅުމާލެ ދާން ވާއިރަށް އޮފީހުގެ ހުރިހާ ކަމެއް ނިންމަން. ނިމުނުހާ އަވަހަށް ގުޅާނަން އިނގޭ”.

އިވާން ގެ މެސެޖްގައި އޮތީ އެހެންނެވެ. ނަމަވެސް މެހެކް އަކަށް ކެތެއް ނުވިއެވެ. އޭނާ ވެސް މެސެޖެއް ފޮނުވިއެވެ.

” އިވާން ވަރަށް ވަރަށް ބޮޑު ކަމެއް ވެއްޖެ”.

އެ މެސެޖް ފޮނުވިފަހުން އިވާންގެ އެއްވެސް ޚަބަރެއް ނުވިއެވެ. މާ ބޮޑަށް ބިޒީ ވީ ކަންނޭނގެއެވެ. މެހެކް އެވާހަކަތައް މެސެޖުގައި ލިޔަން ވެސް އުޅުނެވެ. ނަމަވެސް އެއަށް ވުރެ އިވާން އާއި ބައްދަލު ކުރުން މާ ރަނގަޅުވާނެ ކަމަށް އޭނާ އަށް ވިސްނުނެވެ.

އޮބިނޯންނަ ވަރަށް މެހެކްގެ ހިތް ތެޅެމުން ދިޔައެވެ. ދެއަތުން ދެ ފޯން ހިފާލައިގެން ދެ ކޮޅަށް ހިނގާލަ ހިނގާލަ އޭނާ ހުއްޓެވެ. ދެލޯ ވަނީ ކަރުނައިން ފުރިފައެވެ. ހިތުގައިވަނީ އެތައް ހާސް ސުވާލެކެވެ. ދެކޮޅަށް ހިނގަ ހިނގާ ހުރެފައި އެނދުމަތީގައި އޭނާ އިށީ އިނދެލިއެވެ. އިރު އިރުކޮޅުން ގަޑި ބަލާލައެވެ. ފޯނަށް ބަލާލައެވެ. ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރެވެމުން ދިޔައީ އިވާންގެ ކޯލަކަށެވެ. އެފަދަ ހާލުގައި ދެގަޑިއިރު ފާއިތުވެ ދިޔައީއެވެ. އިވާންގެ އެއްވެސް ޚަބަރެއް ނުވިއެވެ.

ކުއްލިއަކަށް މެހެކްގެ ޚިޔާލަށް އައީ އިވާން ބުނި އެއްޗެކެވެ. އެމީހުން ގެ އޮފީސް ހުންނަނީ އެގެ ހުންނަ އިމާރާތުގައެވެ. އެގެއަށް މެހެކް ދުވަހަކު ނުދިޔަ ނަމަވެސް އެގެ ހުންނަތަން އޭނާ އަށް އެނގެއެވެ. އެހަނދާން އާވެ އިންތަނުން އޭނާ ތެދުވިއެވެ. އެގެއަށް ދާން އޭނާ ބޭނުމެވެ. އެހެންނޫނީ މީޓިންގް ނިމޭ ގޮތަށް ހުޅުމާލެ ދާން ލޯންޗަށް އަރާފައިވެސް އިވާން ގުޅާފާނެއެވެ. އެހެންވާކަށް މެހެކް ނޭދެއެވެ. މިރެއިން މިރެއަށް އެކަން ކުރި މީހަކު ހޯދުމަށްޓަކައި އޭނާގެ ހިތްވަނީ ކެތްތެރިކަން ކުޑަވެފައެވެ. އެކަމުގައި އިވާން ގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާނެއެވެ. އެއީ ނޫރީން ކުރިކަމެއް ކަމަށް ޝައްކު ކުރެވޭތީއެވެ.

ލައިގެން ހުރި ކުރު މަތިކޮޅު ބޭލުމަށްފަހު ދިގު ހެދުމެއް އޭނާ ލިއެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓިލަމުން މޫނުމަތީގައި ދެއަތް ހާކާލިއެވެ. ދެން އިސްތަށިގަނޑު އެއްވަރުކޮއްލުމަށްފަހު، އަތް ދަބަހަށް ދެ ފޯން ވައްޓާލިއެވެ. އަވަސް ފިޔަވަޅުތަކުގައި ގެއިން ނުކުންނަން އޭނާ މިސްރާބު ޖެހިއެވެ.

ގެއިން ނުކުމެ މުޅި ހިސާބުގަނޑަށް އޭނާ ނަޒަރު ހިންގާލިއެވެ. އުޑުމަތި ބަނަ ކޮއްފައިވީ އިރު ބައެއް ފަހަރުވިދާލައެވެ. ވައިވެސް ގަދައެވެ. ޔަޤީނުންވެސް މިރޭ ވާނީ ވިއްސާރަ ރެއަކަށް ކަން ޔަޤީނެވެ. ޓެކްސީއަކަށް މެހެކް އެރިއިރު ކުޑަކުޑަކޮށް ވާރޭ ކަނި ޖަހައެވެ. އެކަމަކަށް އޭނާ ފަރުވާލެއް ނެތެވެ. ދާނެތަން ބުނެލުމާއެކު ޑްރައިވަރު މަންޒިލަށް ދިއުމަށްޓަކައި މިސްރާބު ޖެހިއެވެ.

އެދަތުރުވެސް މެހެކް އަށް ހީވީ ދިގުވާ ހެންނެވެ. ކާރުގައި އިނދެ ދެފަހަރު އިވާންގެ ފޯނަށް އޭނާ ގުޅިއެވެ. މިހާރު އެފޯނަކަށް ނުވެސް ގުޅެއެވެ. ދިހަ ވަރަކަށް މިނެޓް ދުއްވުމަށް ފަހު ކާރު އައިސް އެގޭ ކައިރިއަށް މަޑުކޮއްލިއެވެ. އެގެއަށް ފަސޭހަ ކަމާއެކު ވަދެވޭނެ ހެނެއް އޭނާ އަކަށް ހިއެއް ނުވެއެވެ.

އޭރު ވަރަށް ބޯކޮށް ވާރޭވެހެއެވެ. އެންމެ މިނެޓަކު ބޭރުގައި މަޑު ކުރި ނަމަވެސް ތެމި ފޯވާނެހާ ވަރަށެވެ. ކާރުގައި އިނދެފައި އެކިދިމަދިމާއަށް އޭނާ ނަޒަރު ހިންގާލިއެވެ. އެގެއާއި ޖެހިގެން ބޮޑު ރެސްޓޯރެންޓެއް ހުއްޓެވެ. ވާރޭ ތުނިކޮއްލަންދެން އެތާގައި މަޑުކުރަން ނިންމުމަށް ފަހު އޭނާ ކާރުން ފޭބިއެވެ.

މާބޮޑަށް ތެމިދާނެތީވެ)) އަތް ދަބަހުގައި ހިފަހައްޓާލައިގެން ދުވަމުން ކަހަލަ ގޮތަކަށް މެހެކް ރެސްޓޯރެންޓަށް ވަނެވެ. އެއީ ރީތި ފެންވަރުގެ ރެސްޓޯރެންޓެކެވެ. ކޮންމެ މޭޒެއްވެސް ވަނީ ” ޕާޓިޝަން” ޖަހާ ވަކިކޮއްފައެވެ. އެތަނަށް ވަން އިރު ކޮންމެވެސް ވަރަކަށް އޭނާ ތެމިއްޖެއެވެ. ރެސްޓޯރެންޓް ތެރޭގައި ހުރީ ފަނޑު އައްޔާއެކު އެތަން ފެންނަލެއް ވަރަށް ހިތްގައިމެވެ. މީހުންވެސް މަދެވެ.

މެހެކް ގޮސް އިށީ އިނދެލީ ކަނެއްގައި ހުރި މޭޒެއްގައެވެ. އޭސީގެ ގަދަ ފިނީގައި އޭނާ ހީކަރުވަން ފެށިއެވެ. އޭރު ބޯކޮށް ވާރޭ ވެހެމުން ދިޔައިރު ދޭތެރެއަކުން ގުގުރި ޖަހާލާ އަޑު އިވެއެވެ. ވެއިޓާރ އައިސް ކައިރިއަށް ހުއްޓިލުމާއެކު ކޮފީ އަކަށް އޭނާ އޯޑަރ ކުރިއެވެ. އެއްޗެއް ކިތަންމެ ބޭނުން ނުވި ނަމަވެސް ރެސްޓޯރެންޓަށް ވަދެވުމުން ކޮންމެވެސް އެއްޗެއް ގެންނަން މަޖްބޫރު ވިކަހަލަ އެވެ.

މެހެކް މާ ނޭވާ އެއް ދޫކޮއްލިއެވެ. ހިތުގައިވި ހާސްކަމާއި ނުތަނަވަސް ކަމަށް ކުޑަ ނަމަވެސް ލުޔެއް ލިބޭތޯ އެވެ. ނަމަވެސް އެހެންވާނީ ކިހިނަކުން ހެއްޔެވެ؟ އޭނާގެ ބޮލުގައި ރިއްސަމުން ދިޔައެވެ. އިރުއިރުކޮޅުން ނިއްކުރިމަތީގައި އަތް ހިންގާލެވެއެވެ. އެފޮޓޯތައް ހިތަށް ސިފަވަމުން ދިޔަ ވަރަކަށް އޭނާގެ ހަށިގަނޑުގެ އެތެރެއިން ހިތުގައި އަޅަމުން ދާ ވޭން އިތުރުވަމުން އައެވެ. އެއާއެކު ތުންފަތުގައި ދަތް އަޅާލަމުން ދެފަރާތަށް ބޯ ހޫރުވާލެވުނެވެ.

 

ކުއްލިއަކަށް ކޮންމެވެސް މީހަކު އެތެރެއިން ހީލި އަޑު އިވުނެވެ. އެއީ މެހެކް އިން މޭޒަށް ވުރެ ތަންކޮޅެއް އެތެރޭގައި ހުރި މޭޒެއްގައި އިން މީހެކެވެ. އެއަޑަކީ އޭނާ ދަންނަ އަޑެކެވެ. އެއަޑަށް ސަމާލުކަން ދެމުން އޭނާ ވިސްނާލިއެވެ. އަނެއްކާ އެއީ…. އެއީ އިވާންގެ އަޑު ހެއްޔެވެ؟ ދެލޯ ބޮޑު ކޮއްލަމުން ސިއްރު ސިއްރުން އޭނާ އެދިމާއަށް ނަޒަރު ހިންގާލިއެވެ.

އެވަގުތު ފެނުނު މަންޒަރުން އޭނާ ހުއްޓުން އެރިއެވެ. އިންތަނަށް ގަނޑުވި ކަހަލައެވެ. އެއީ ހަމަ އިވާން ހެއްޔެވެ؟ އާއެކެވެ. ޤަބޫލުކުރަން ދަތިވި ނަމަވެސް ރެސްޓޯރެންޓްގައި ހުރި ފަނޑުއަލީގައި އެއީ އިވާން ކަން މެހެކް އަށް ރަނގަޅަށް އެނގުނެވެ. ތުނބުގައިވި ސިނގިރޭޓް ނެގުމަށް ފަހު އިވާން ދުންތައް ފޮނުވާލި މަންޒަރު އޭނާ އަށް ޤަބޫލެއް ނުކުރެވުނެވެ.

އިވާން ސިގިރެޓް ބޯ ހެއްޔެވެ؟ އޭނާ އިނީ މީޓިންގް ގައި ނޫން ހެއްޔެވެ؟ ހިތަށް ވެރިވި ބިރުވެރި އިޚްސާސްތަކާއި އެކުވެސް އެމަންޒަރު ބަލަން މެހެކް ޝައުގުވެރިވިއެވެ. އިވާން ހީހީފައި ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔައެވެ. އެ ޢަމަލުން އިވާންގެ ކުރިމަތީގައި މީހަކު އިންކަން އޭނާއަށް އެނގުނެވެ. ނަމަވެސް އެއީ ކާކު ބާއެވެ؟ އެމީހަކު ބަލަން އޭނާ ބޭނުމެވެ.

ސިއްރު ސިއްރުން މެހެކް ބޯ ދިއްކޮއްލިއެވެ. ފުރަގަހަށް ވާ ގޮތަށް އިވާން އިންއިރު ކުރިމަތީގައި އިން މީހާފެނި މެހެކްގެ ހައިރާންކަން އިތުރުވިއެވެ. ފިރިހެނެއްގެ ގައިގައި ބައްދާލައިގެން އެއިނީ ދެވަނަ ދެމީހެއް ނޫނެވެ. އެއީ ނޫރީން އެވެ. ޤަބޫލު ކުރަން ދަތިވުމުން ދެފަރާތައް އޭނާއަށް ބޯ ހޫރުވާލެވުނެވެ. އެމީހުން ތިބީ ވާހަކައިގެ ތެރެއަށް ގެއްލިފައި އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެންނެވެ. އަވަސް ފިޔަވަޅުތަކުގައި އެމީހުންގެ ކައިރީ ހުރި މޭޒުގައި މެހެކް ގޮސް އިށީއިނދެލިއެވެ. ޕާޓިޝަން ޖަހާފައި ހުރިކަން ނަސީބެކޭ އޭނާގެ ހިތަށް އެރިއެވެ. އެނާ އެމީހުންނަށް ނުފެނުނު ސަބަބަކީ އެއީއެވެ.

ކޮފީވެސް އައީ ހަމަ އެވަގުތުއެވެ. މެހެކް އެހެން މޭޒެއްގައި އިންތަން ފެނުމާއެކު ވެއިޓާރ އައިސް ކޮފީތަށި ބަހައްޓާލާފައި ދިޔައެވެ.

” އަސްލުވެސް އަޒްމީ އަށް ތަޢުރީފް ކޮށް ހުސްނުވާނެ ދޯ އަޔާނާ”. އިވާން ހެމުން ބުނެލިއެވެ.

” އަޔާނާ؟” މެހެކްގެ ހިތުގައި ސުވާލު އުފެދުނެވެ. އެއީ އަޔާނާ ހެއްޔެވެ؟

” ކޮބާތަ އަހަރުމެންގެ ފައިސާކޮޅު؟” ފިރިހެންމީހާ ސުވާލު ކުރިއެވެ. އެވަގުތު ކޮންމެވެސް ޒިބެއް ކަހާލިއަޑު އިވުނެވެ. ޔަޤީނުންވެސް އެއީ ފައިސާ އަޅާފައިވާ ދަބަސް ކަންނޭނގެއެވެ.

” މިއޮތީ އެއްލައްކަ ރުފިޔާ. ކަލޭ ދެން އެކައުންޓަށް ޖަމާ ކުރޭ”. އިވާން އެހެންބުނުމާއެކު، އެމީހާ ހިނިގަނޑަކުން ފުއްދާލިއެވެ.

” އެންމެ ބޮޑު ޝުކުރެއް ހައްޤުވަނީ އަޔާނާ އަށް އިނގޭ. އަހަރެންގެ، ވައިފްގެ ރޯލް ކުޅެލިގޮތް މޮޅުކަމުން. އަޔާނާ އެހާ މޮޅަށް އެރޯލް ނުކުޅެދިން ނަމަ ކިހިނެއް ގެސްޓް ހައުސްގަ އެކަން ކުރާނީވެސް؟”

އެއަޑަށް މެހެކް ހުއްޓުން އެރިއެވެ. އެއީ ހަމަ ތެދަކަށް ވެދާނެ ހެއްޔެވެ؟ އިވާން އަކީ އެހާ ބޮޑު މަކަރުވެރިއެއް ހެއްޔެވެ؟

” އަސްލު މިކަން ކޮއްގެން ދެން ކަމެއް ހާސިލް ވާނީ ކޮން އިރަކުންތަ؟” އަޔާނާ ސުވާލުކޮއްލިއެވެ.

” އަސްލު އަހަންނަކަށް ކެތެއް ނުވި އެދެމީހުން އެކީގައި އުޅޭތަން ބަލާކަށް. އެހެންވީމަ އެތިބީ ދުރުކޮއްލާފަ.. އާހްހްހް….އަހަރެންގެ ބޭނުމަކީ މެހެކް އަށް ދުވަހަކުވެސް އަހަރެންގެ ކުށެއް ނުފެންނާނެހެން މިކަން ނިންމާލުން. މިކަން އޭނައަށް ފަޅާ އެރިއަސް މީ ނޫރީންގެ ނުބައިކަމުން ވީ ކަމެއްކަން ވިސްނޭނެހެން މިކަން އޮންނަންވާނީ. ޑޯންޓް ވޮރީ އަޔާނާ. ބޭނުން ވަރަކަށް ލިބޭނެ އިނގޭ ތިދެލޯބިވެރިންނަށް”. އިވާންގެ އަޑުން އޭނާ އިނީ ފިސާރި ހަމަޖެހިފައިކަން އިނގެއެވެ.

” އަހަރެން ހާހެއް ނުވޭ”. އަޔާނާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

” ކޮބާ ދެން ކޮން ފޮޓޯއެއް ނަގަން އޮތީ ކުރިއަށް؟ ދެމީހުންގެ ކައިވެނި ފޮޓޯތަ؟.” އަޒްމީ ލާނެއް ގޮތަކަށް ބުނެލިއެވެ. އެއާއެކު އިވާން ހީލިއަޑު އިވުނެވެ.

” އަދި އަހަރެން ޖެހޭނީ ކެތްކޮއްލަން… މިގޮތަށް..”

” ކިހާ ދުވަހެއް ވަންދެން؟” އެދެމީހުން އެއްފަހަރާހެން ސުވާލު ކުރިއެވެ.

އިވާންގެ އަނގައިން ބަހެއް ބުނާ އަޑު ނީވި އިރުކޮޅެއް ވިއެވެ. އޭރު މެހެކް އިނީ އެބުނަން އުޅޭ އެއްޗެއް އަޑު އަހާ ހިތުން ކެތްމަދުވެފައެވެ. އޭނާގެ ހިތް ތެޅޭއަޑު ބާރުބާރަށް އިވެމުން ދިޔައެވެ. ހޫނު އާވި އަރަމުން ދިޔަ ކޮފީ ތަށިވެސް ހުރި ގޮތަށް ކުރިމަތީގައި ހުއްޓެވެ.

” އެ އާހިލް މަރުވާނެ ދުވަހަކަށް”. ކުއްލިއަކަށް އިވާން ބުނެލި ޖުމްލަ އާއި އެކު މެހެކް ހުއްޓުން އެރިއެވެ. އޭނާގެ ހިތް މޭތެރޭގައި ފިތެމުން ދާ ފަދަ އިހްސާސެއް ކުރެވުނެވެ. ސަހަރޯއެވެ. އިވާން އަކީ އިންސާނެއް ބާއެވެ؟

“ހުރިހާވެސް މައްސަލައަކީ މެހެކް އެ އާހިލް ދެކެ އެހާ ލޯބިވާކަން. އެކަމަކު ދެން.. އޭނަ އަކީ މިހާރު އުންމީދު ނެތެމުން އަންނަ މީހެއް. މަރުވީމަ ނިމުނީނު. ދެން އަހަރެން ކައިވެނި ހުށައަޅާނީ. އޭރަށް މެހެކް ހުންނާނީ ވަރަށް އެކަނިވެފަ. ޔަޤީން އެއްބަސް ވާނެކަން”. އިވާންގެ ކުރިއަށް އޮތް ރޭވުން ކިޔާދެމުން ދިޔައެވެ. ވަރަށް ސިއްރުންނެވެ. ނަމަވެސް އެކަން އެދަނީ ފަޅާ އަރަމުން ކަމެއް އިވާން އަކަށް ނޭނގެއެވެ.

އައި ރުޅީގައި މެހެކްގެ ލޭ ހޫނުވި ކަހަލައެވެ. އޭނާއަށް ދަތްކުނޑިވިކާލެވުނެވެ. ނަމަވެސް އެސިކުންތުގައި އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. އެންމެ ކައިރީގައި އެންމެ ހެޔޮ އެދިގެން އުޅުނު މީހާގެ އަމިއްލަ އެދުން އެހާ ބޮޑުވެދާނެ ކަމަށް އޭނާގެ މޮޔަ ހިތަށް ނުވިސްނުނީތީ އަމިއްލަ ނަފްސް ދެކެ ރުޅި އާދެވުނެވެ.

މިއަދު އޭނާ އަކީ މުޖުތަމަޢުގައި އެންމެންގެ އިޚްތިރާމް ލިބިފައި ހުރި ޑޮކްޓަރެކެވެ. އެންމެންނަށް އޭނަ އަކީ ކާކުކަން މިހާރު އެނގޭނއެވެ. އެހެން ނޫން ނަމަ މިއަދު މި ރެސްޓޯރެންޓުން އޭނާ ނުކުތީހީ އިވާން ހަނދާނުން ފިލާ ނުދާނެ ވަރުގެ މެސެޖެއް ދީފައެވެ.

” އޭ ގައިސް ހިނގާދަމާ ބާރަ ޖަހަނީ. މިރޭ ދަންވަރު ޑިއުޓީ.. އަދި މަގޭ ލަވް އަށް ވެސް ގުޅާލަން ޖެހޭނެ މިރޭ”. އެމީހުން ނުކުންނަން އުޅޭހެން ހީވުމުން މެހެކް އަވަސް އަވަހަށް އޭނާގެ ވޮލެޓުން ފަސްސަތޭކަ ރުފިޔާ ނެގުމަށްފަހު މޭޒު މަތީގައި ބާއްވާލިއެވެ. އެވަގުތު އޭނާގެ އަތުގައި ޖެހުނު އެއްޗަކީ އެއީއެވެ.

ބާރުބާރަށް އޭނާ އެތަނުން ނުކުންއިރު ބޯކޮށް ވެހެމުންދިޔަ ވާރެއަކަށް ބަދަލެއް ނާދެއެވެ. އިތުރަކަށް ހިޔާވާކަށް އޭނާ ބޭނުމެއް ނޫނެވެ. ބޭނުންވީ ވާރެ އާއި ތެމޭށެވެ. ކިތަންމެ ވަރަށް ރުޔަސް އޭނާގެ ކަރުނަތައް ފެންނާނީ ކާކަށް ހެއްޔެވެ؟

މެހެކް އަދިވެސް ހައިރާންވަނީއެވެ. އިވާން އުޅެމުން ދިޔަ ގޮތް އޭނާގެ ހަނދާނަށް އަންނަނީއެވެ. އާހިލް ސަލާމަތް ކުރަން އެފައިސާވެސް އެދިނީ މަކަރުންތާއެވެ. އެއްކޮޅުން އާހިލް އެހާވަރަށް ރުޅިއަރުވަމުން އަނެއްކޮޅުން މެހެކް ރުއްސިއެވެ. އިވާން އަކީ މަކަރުވެރިއެކެވެ. ހީލަތްތެރިއެކެވެ.

ވިސްނުންތަކުގައި ހުރެ ރޮމުން ގެއަށް އާދެވުނުއިރު އޭނާގެ އަތް ދަބަސް އެމި ފޯވިކަން ވެސް އޭނާގެ ހަނދާނުގައި ނެތް ކަހަލައެވެ. ގެއަށް ވަދެވުމާއެކު އޭނާ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. ކޮޓަރިއަށް ވަންނަމުން ސިޓިންރޫމްގެ ފާރުގައި ހުރި ގަޑިއަށް އޭނާ ބަލާލިއެވެ. އޭރު އެގާރަ ގަޑި ބައިވީއެވެ. ދަންވުމުން އެންމެން ނިދީ ކަންނޭނގެއެވެ.

ކޮޓަރިއަށް ވަދެވުމާއެކު އޭނާ އަށް ރޮވެން ފެށުނެވެ. ބާރުބާރަށެވެ. އާހިލް އެ އޮޅުން ބޮޅުން ގަނޑުގެ ތެރޭގައި ހުރެގެން ކިހާ ހިތާމައެއް ކުރާނެ ހެއްޔެވެ؟ އާހިލް އުޅޭނީ ކޮންފަދަ ހާލެއްގައި ކަންވެސް މެހެކް އަކަށް ނޭނގެއެވެ.

އެދެމަފިރިންނަށް މިހުރިހާ ހިތާމައެއް ދިނީ އިވާންއެވެ. ލޯބިން އުޅުނު ދެމަފިރިން އިވާން އެ ދުރުކުރީ ކޮން މޮޅެއް އޭނާ އަށް ލިބޭނެ ކަމަށް ހެއްޔެވެ؟ ހިތްދަތިވެގެން ގޮސް މެހެކްއަށް ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. އެވަގުތު އިވާން އާއި ދޭތެރޭ އޭނާގެ ހިތުގައި އަންދަން ފެށީ ނަފްރަތުގެ އަލިފާންގަނޑެކެވެ. ދެލޮލުން ފޭބި ހޫނު ކަރުނަތައް ފޮހެލަމުން އޭނާ ތެދުވިއެވެ. އިވާން އާއި ބައްދަލު ކުރަން އޭނާ ބޭނުމެވެ. އިވާން އާއި މެދު އޭނާގެ ހިތް ނަފްރަތުން ފުރިއްޖެކަން އަންގާލުމަށްޓަކައެވެ.

އަތް ދަބަހުން އޭނާ ފޯން ނެގިއެވެ. ފޯން އޮތީ ނިވިފައެވެ. އަވަސް އަވަހަށް ފޯން ޗާރޖައް ޖަހާލިވަގުތު މީހަކު ދޮރުގައި ޓަކި ޖަހާލިއެވެ. މޫނުމަތި ފޮހެލަމުން ކުޑަކުޑަކޮށް އޭނާ ދޮރު ހުޅުވާލިއެވެ.

ދޮރުމަތީގައި ހުރީ ޝިނާއެވެ. ” މެހެކް.. މަންމަ ތަންކޮޅެއް ސަކަރާތް ވެގެން..”

” ކިހިނެއްވީ އަނެއްކާ؟ އަހަރެން މި އަންނަނީ އިނގޭ ވަރަށް އަވަހަށް”. ނަފީސާ އަށް ވީގޮތް ބަލާލަން ދާން ތެއް ހެނދުން ބަދަލު ކޮއްލުމަށްޓަކައި މެހެކް ކޮޓަރި ލައްޕަން އުޅުނު ވަގުތު ޝިނާ އަނެއްކާވެސް ގޮވާލިއެވެ.

” މެހެކް.. މަންމަ ބޭނުންވަނީ ހޮސްޕިޓަލަށް ދާން”. ޝިނާ އިސްޖަހާލަމުން ބުނެލިއެވެ.

” އެ..އެހެންތަ”. އިރުކޮޅަކު ޝިނާގެ މޫނަށް ބަލަން ހުރެފައި މެހެކް ބުނެލިއެވެ.

އެވަގުތު އޭނާ އިންތިހާއަށް ދެރަވިއެވެ. އެގޭގައި އޭނާ ހުއްޓާ އެ ވިއްސާރަ ރޭ ހޮސްޕިޓަލަށް ދާން އުޅެފާނެ ކަމަށް އޭނާ ހިއެއް ނުކުރެއެވެ.

” އަސްލު އަހަރެން މިއައީ އެހެން ވާހަކައެއް ބުނަން. މިއަދު ހަވީރު ޝަހަފްއަށް ނިދުނީ.. ދެން ވަރަށް ލަހުން ހޭލީ. އެހެންވެގެން އޭނަ އެއިނީ އަދިވެސް ނުނިދަން ހިފާފަ. ޓީވީ އަޅުވާފަ ސިޓިންގްރޫމް ގަ ބައިންދާފަ އަހަންނާއި ބައްޕަ މިދަނީ މަންމަ އާއި އެކު. އެހެންވެ ޝަހަފް ބަލާލަ ދެއްޗޭ ބުނަން މިއައީ”.

ޝިނާ އެހެން ބުނެލުމާއެކު އާއެކޭ ބުނުމުގެ ގޮތުން މެހެކް ބޯ ޖަހާލިއެވެ. އޭރު އޭނާ ހުރީ ލޮލުން ކަރުނަ ހިލިފައެވެ.

” އަހަރެން އެބަ ނުކުންނަން ވަރަށް އަވަހަށް. އެންމެން ގޮސްލާ. ޝަހަފް ބަލާނަން އަހަރެން”. މެހެކް އެހެން ބުނެލުމާއެކު ކުޑަކޮށް ހިނިތުންވެލާފައި ޝިނާ ދިޔައެވެ.

ދޮރުލައްޕާލާފައި އޭނާ މިސްރާބު ޖެހީ ފާހާނާ އާއި ދިމާއަށެވެ. ތެއް އެއްޗެހި ބަދަލުކޮއްލައިގެން ނުކުމެ އޭނާ ފޯން ހުޅުވާލިއެވެ. އޭރު ގަޑިން ބާރަ ޖަހަނީއެވެ. ކޮންމެ ގޮތެއް ވިޔަސް އިވާން އަށް ހަޤީޤަތް އެނގުނުކަން ނާންގާ އޭނާގެ ހިތަކަށް އެއްވެސް އަރާމެއް ނުލިބޭނެއެވެ.

ފޯން ނަގާފައި އިވާންގެ ނަންބަރަށް ގުޅާ ނުލެވެނިސް އަނެއްކާވެސް ދޮރުގައި ޓަކި ޖަހާލިއަޑު އިވުނެވެ. ޓަކި ޖަހާގޮތުން އެއީ ޝަހަފްކަން މެހެކް އަށް އެނގުނެވެ.

” ޝަހަފް ދޫނީ.. މެހެކް ދައްތަ މާ ލަސްވީ ދޯ..؟”. ހިތާމަތައް ފޮރުވަމުން މެހެކް ހިނިތުންވެލިއެވެ. މަޑުމަޑުން ޝަހަފްގެ ކޮލުގައި ހިފާލަމުންނެވެ.

” މެހެކް ދައްތާ.. އިވާން ބޭބެ އެބަހުރި އައިސްސަ ސިޓިންރޫމްގަ އެބަހުރި.. ބުނީ މެހެކް ދައްތަ އަށް ގޮވާލަ ދޭށޭ”. ޝަފަހް ބުނެލި ޖުމްލައާއި އެކު މެހެކްގެ ހިތުގައި ބާރުބާރަށް ވިންދް ޖަހަން ފެށިއެވެ. އޭނާ ރުޅި އަންނަން ފެށިއެވެ. ބޭނުންވި ވަގުތު އައިސް ޖެހުނީއެވެ.

” ދޭބަލަ އިވާން ބޭބެ ކައިރީ ބުނަން މެހެކް ދައްތަ ބުންޏޭ އާދެބަލާށޭ”. ކުޑައިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި މެހެކް ޝަހަފްގެ ގާތަށް ގުދުވެލަމުން ބުނެލިއެވެ.

އެއާއެކު ޝަހަފް ބޯ ޖަހާލާފައި ދުއްވައިގަތެވެ.

ކޮޓަރީގެ ދޮރު ހުޅުވާލައިގެން އެތެރޭގައި ހުރި އިރު މެހެކް ހުރީ ފުރަގަހަށް ވާ ގޮތަށެވެ.

” މެހެކް”. ކުއްލިއަކަށް އިވާންގެ އަޑު އިވުމާއެކު އޭނާގެ ކަންފަތައް އުނދަގޫ ވިއެވެ. ފަސްއެނބުރި ބަލާލިއިރު ދެޖީބަށް އަތް ޖަހާލައިގެން އިވާން ހުރީ ކުޑަކޮށް ހިނިތުންވެފައެވެ. އެމޫނުމަތީގައިވި ރީތި ހިނިތުންވުމުގެ ފަހަތުގައިވި މަކަރުވެރިކަން މެހެކް އަށް ފަޅާއަރައިފިކަން އެނގިއްޖެ ނަމަ އިވާން އަށް ވާނީ ކިހިނެއްބާއޭ މެހެކްގެ ހިތަށް އެރިއެވެ.

” މެހެކް.. އަހަރެން ހާދަ ވަރަކަށް ގުޅީމޭ ތިފޯނަށް.. އެކަމަކު ނުއެއް ގުޅޭ.. ފަހުންވެސް މެހެކް ތިން ފަހަރު ގުޅާފަ ބޮޑުކަމެއް ވެއްޖެ ވާހަކަ ބުނެފަ އޮތް މެސެޖްފެނި އަހަރެން ވަރަށް ހާސްވި. ދުވަހަކުވެސް މެހެކް އަހަންނަކަށް އެވަރަކަށް ނުގުޅާ ވިއްޔަ.. ވަރަށް ލަހުން މީޓިންގް ނިމުނީ. މެސެޖާއި ކޯލްތައް ފެނުނީ އެގަޑީގަ.. ފޯން އޮތީ ސައިލެންޓްގަ.. ވިއްސާރަކަމުން މިރޭ މިކޮޅުގައި މަޑުކުރާ ގޮތަށް މިހަދާލީ.. ފޯނަށް އެއްގޮތަކަށް ވެސް ނުގުޅުނީމަ މިއައީ.. ބައްދަލުވާނެ ކަމަކަށް ވެސް ނޫން.. އެކަމަކު ޝަހަފް ދޮރު ހުޅުވީ.. “. އިވާން އެހާ ފަސޭހަ ކަމާއެކު ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަމުން ދިޔައިރު މެހެކް އަށް ދަތްކުނޑިވިކާލެވުނެވެ.

ކޮން ބޮޑުކަމެއް ވީ؟ ހުރިހާ ވާހަކައެއް ދެއްކުމަށް ފަހު އިވާން އަހާލިއެވެ. ވަރަށް އޯގާތެރިކަމާއެކުއެވެ.

” ވަދެބަލަ އެތެރެއަށް” މެހެކް އެހެންބުނެލުމާއެކު އިވާން އެތެރެއަށް ވަނެވެ. ބޮޑުބޭބެމެން އައުމުގެ ކުރިން އިވާން ފޮނުވާލަން އޭނާ ބޭނުމެވެ. ނަމަވެސް އޭނާ އެކުރަން އުޅޭ ކަންތައް ޝަހަފް އަށް އެނގި ބިރުގަނެދާނެތީވެ އިވާން އެތެރެއަށް ވަދެލުމާއެކު މެހެކް ކޮޓަރީގެ ދޮރު ލައްޕާލިއެވެ.

” މެހެކް..” މެހެކް ގެ ޢަމަލުތައް ހުރިގޮތުން ހައިރާންވެ ހުރެ އިވާން ގާތަށް ހިނިއައެވެ.

ހެވިލާފައި ހުރި އިވާންގެ މޫނުފެނި މެހެކްގެ ރުޅިގަނޑު ކޮންޓްރޯލެއް ނުވިއެވެ. އިވާންގެ ކޯތާފަތް މައްޗަށް ހޫނު އެތިފަހަރެއް އޭނާ ފޮނުވާލިއެވެ.

” ހައު ޑެއަރ ޔޫ އިވާން”. ބާރުބާރަށް އެހެން ބުނެވުނު އިރު މެހެކް އަށް ރޮވިއްޖެއެވެ.

” މެހެކް…. ވައި؟” އިވާން މަޑުމަޑުން އަހާލިއެވެ. މޫނުމަތިން އޭނާ ހިތްހަމަނުޖެހިފައި ހުރިވަރު ދޭހަވެއެވެ.

” ޗީ… އިވާން އަށް ކެރޭތަ އަނގަ ހުޅުވަން. ތީ އިންސާނެއްތަ؟ ހުންނަ ނުލަފާކަން..”. މެހެކް ބާރުބާރަށް ބުނެލިއެވެ.

އިވާން ފާޑަކަށް މެހެކް އާއި ދިމާއަށް ބަލަން ހުރީއެވެ. އަނގައިން ބަހެއް ބުނަން އޭނާ އަށް ނުކެރުނީ ކަންނޭނގެއެވެ.

” އިވާންގެ ވިސްނުމުގެ ފެންވަރު ދައްކަމުން އަހަރެން ހަމަ ހައިރާން ވެއްޖެ”.

” އިވާން.. އަހަންނަށް އިވާންގެ ހުރިހާ ސިއްރެއް އެނގި ނިމިއްޖެ… އަހަންނާއި އާހިލް ދުރުކުރީ އިވާންގެ ވަރަށް މޮޅު ރޭވުމަކުން ކަންވެސް އަހަންނަށް އެނގިއްޖެ. ވައު އިވާން…”.

މެހެކް ރޮމުން އިވާންގެ މޫނަށް ބަލާލިއެވެ.

” މެހެކް… ތީ މެހެކްގެ ވަރަށް ބޮޑު ކުއްހީއެއް.. އަހަރެން އެއްވެސް ކަމެއް ނުކުރަން”. އިވާން އެހެން ބުނެލުމާއެކު، ލޮލުން ކަރުނަތައް ފައިބަމުން ދިޔަ ނަމަވެސް މެހެކް ގާތައް ހިނިއައެވެ.

” އަހަރެން ހީކުރީ ތީ އަހަންނަށް ހާދަހާ ހެޔޮ އެދޭ މީހެކޭ.. އެކަމަކު އެންމެ ކައިރީގައި އެންމެ ހެޔޮ އެދިގެން ހުރި އަހަރެންގެ އެންމެ ބޮޑު ހަސަދަވެރިޔާ ތީ”. މެހެކް އިވާން އާއި ދިމާއަށް އިނގިލި ދިއްކޮއްލިއެވެ.

” ބަލަ އިވާން އަހަރެން ދެ ކަންފަތުންނޭ އަޑުއެހީ ދެންމެ ރެސްޓޯރެންޓެއް ތެރޭގައި ތިބެ ދެއްކި ވާހަކަ”.

މެހެކްގެ ރުޅި ގަދަވަމުން ދިޔައެވެ.

” އިވާން ހީކުރަނީ ހުރިހާ އެއްޗަކީ ފައިސާ ކަމަށްތަ؟ ކަލޭމެން މުއްސަދިންނަށް ހީވެފައި އޮންނަނީ ފައިސާއަށް ލޯބިވެސް ގަނެވޭނެ ކަމައްތަ؟”

” އެހެންވިއްޔާ ރަނގަޅަށް އަޑުއަހާ އިވާން…. އަހަންނަކީ ހަމައެކަނި އާހިލްގެ މީހެއް.. އާހިލްގެ ހައްޤެއް… އާހިލްގެ މިލްކެއް…”

އާހިލް މި ދުނިޔެއިން އަހަންނަށް ވުރެ ކުރިން ދިޔަ ނަމަވެސް އަހަރެން މުޅި އުމުރު ހޭދަކުރާނީ އަހަރެންގެ ލޯބިވާ ފިރިމީހާގެ ހައްޤުގައި…”

“އިވާން ހީކުރަނީތަ އަހަރެން އިވާން އާއި ގުޅޭނެކަމަށް.. އަހަރެން އިވާން އާއި ގުޅި ދާނެ ކަމަށް ވިސްނުން ވެސް އެއީ އިވާންގެ ވަރަށް ބޮޑު ކުއްހީއެއް.”.

” ރަނގަޅަށް އަޑު އިވިއްޖެތަ؟ ދެން މިތަނުން ނުކުމޭ.. ގެޓް ލޮސްޓް”. މެހެކް ގެ ފަހު ޖުމްލަ އިއްވާލިއެވެ

މެހެކް ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަމުން ދިޔައިރު އިވާން ހުރީ ރުޅިގަދަވެފައެވެ. ނަމަވެސް އޭނާ އިތުރު ބަހެއް ނުބުނެއެވެ. އެވާހަކަތައް މެހެކް އަށް ފަޅާއެރުމުން ބުނާނެ އެއްޗެއް ނޭނގުނީ ކަންނޭނގެއެވެ.

އަވަސް ފިޔަވަޅުތަކުގައި އިވާން ގޮސް ދޮރު ހުޅުވާލިއެވެ. އޭރު ތަންކޮޅެއް ފަހަތުގައި ދޮރާ ދިމާއަށް ބަލަހައްޓައިގެން މެހެކް ހުއްޓެވެ. އެވަގުތު އޭނާގެ ދެލޯ ބޮޑުވިއެވެ. އިވާން އަށް ދޮރު ހުޅުވާލާފައި ނުކުމެވުނީ ބޮޑުބޭބެ އާއި ނަފީސާ އަދި ޝިނާގެ ކުރި މައްޗަށެވެ.

އިރުކޮޅަކު އެމީހުންގެ މޫނަށް ބަލަން ހުރެފައި އިވާން އެގެއިން ނުކުންނަން ހިނގައިގަތެވެ. އެވަގުތު ނަފީސާ މެހެކް އާއި ދިމާއަށް ބަލާލިއެވެ. އޭނާގެ ރުޅިވަނީ އިންތިހާއަށް ގަދަވެފައެވެ.

ނަފީސާ މެހެކްގެ ކޮޓަރިއާއި ދިމާއަށް އަންނަން ފެށުމާއެކު މެހެކް އަށް ހިންދިރުވާލެވުނެވެ. ނަފީސާ އޭނާގެ ބަލިވެސް ހަނދާން ނެތް ކަހަލައެވެ.

” މިހިރަ ނުލަފާ ހަޔާތްކުޑަ އިންސާނާ.. ލަދެއް ނުގަނޭތަ މީހަކާ އިނދެގެން ހުރެ ހިލޭ ފިރިހެނަކު ވައްދައިގެން ފާހިޝް ޢަމަލުތައް ކުރާކަށް.. ”

ނަފީސާ ހަޅެއްލަވައިގަތެވެ. ނަފީސާ ހީވަނީ އެފަދަ ފުރުސަތަކަށް ބަލަބަލާ ހުރި ހެންނެވެ.

އެވަގުތު މެހެކް އަށް ލޯ މަރާލެވުނެވެ. ދުވަހަކުވެސް ޚަޔާތުގައި އެހާވަރަށް އޭނާއަށް ލަދުވެތިކަން އިޚްސާސް ނުވެއެވެ. ބޮޑުބޭބެ ވެސް ހުއްޓައި ތަނެއް ދޮރެއް ނޭނގޭ ހާލު ނަފީސާ އޭނާގެ ބޮލުގައި އެއެޅުވީ ކޮންފަދަ ބޮޑު ބަދުނާމެއް ހެއްޔެވެ؟ ނަމަވެސް މިއަދު އޭނާ ދައްކާ ވާހަކައެއް އެކަކުވެސް ޤަބޫލެއް ނުކުރާނެއެވެ.

ބޮޑުބޭބެ ވެސް އެއްޗެއް ނުބުނެ ގޮސްވަނީ ކޮޓަރިއަށެވެ. ނަފީސާ ކިޔާނެ އެއްޗެއް ކިޔަން ދޫކޮއްލާފައެވެ.

” ކަލޭ ތި ޢަމަލު ހިންގާތާ މިހާރު ކޮން ދުވަހެއް؟ ތުއްތު ކުއްޖަކު މިތާ ބޭރުގައި އިންދާ ކަލޭ ލަދެއް ނުގަނޭތަ؟ ތި ނުލަފާ ކަންތައް ކުރަން އެހެން ތަނަކަށް ދާން އުޅޭ.. ހަމަ މިހާރު މިގެއިން ނުކުމޭ.. ހަމަ މިހާރު ނުކުމޭ..” ރުޅި އައިސްގެންގޮސް ނަފީސާ ތުރުތުރު އަޅައެވެ.

” މަންމާ ދެން އާދޭ ދާން”. ޝިނާވެސް ރުޅި މޫނު ދައްކައިގެން ހުރެ ނަފީސާ ގޮވައިގެން އެކޮޓަރިން ނުކުތެވެ. އޭރު މެހެކް ގިސްލަ ގިސްލާފައި ރޮނީއެވެ.

” ބުނަން ވާހަކައެއް.. ކަލޭ މާދަމާ އިރު އެރުމުގެ ކުރިން މިގެއިން ނުނިކުމެފިނަމަ އަހަރެންގެ ނުބައިކަން ދައްކާލާނަން”. ނަފީސާ ނުކުންނަމުން މެހެކް އަށް އިންޒާރު ދިނެވެ.

އެންމެން ދިއުމާއެކު މެހެކް ރޮމުން ހުރިތަނަށް ތިރިވިއެވެ. އޭނާ ދާނީ ކޮންތާކަށް ހެއްޔެވެ؟ ދުވަހަކުވެސް މީހަކަށް މޫނު ދައްކާލަން ނުކުރޭ ވަރުގެ ބަދުނާމެއް އެންމެ ފަހުން އޭނާގެ ބޮލުގައި އެޅުނީއެވެ. ބޮޑުބޭބެ ވެސް އޭނާ އާއި ނުރުހުނީއެވެ.

ރޮމުން ރޮމުން އޭނާ ޝަކުވާ ކުރިއެވެ. މިގޭގައި ކީއްކުރަން ހެއްޔެވެ؟ މި ދުނިޔޭގައި ހުންނަން ވެސް މިހާރު އޭނާ ބޭނުމެއް ނުވާ ކަހަލައެވެ.

މަޑުމަޑުން ތެދުވެ މެހެކް ކަރުނަތައް ފޮހެލިއެވެ. ކުއްލިއަކަށް ނަސީރުބެ އާއި ޝިޔާމައްތަގެ މަތިން ހަނދާންވިއެވެ. އެމީހުންނަކީ އޭނާއަށް ހެޔޮއެދޭ ބައެކެވެ. އޭނާގެ މަންމަ އާއި ބައްޕަ ފަދަ ހިތްހެޔޮ ދެމީހުންނެވެ. އެމީހުންގެ ފަރާތުން އެހީއެއް ލިބޭނެ ކަމުގެ އުންމީދުގައި އޭނާ ފޯން ނެގުމަށްފަހު ޝިޔާމައްތަގެ ނަންބަރަށް ގުޅާލިއެވެ. އޭރު ގަޑިން އެކެއް ޖަހަނީއެވެ.

މާ ގިނައިރުތަކެއް ނުވެ ޝިޔާމައްތަގެ އަޑު ކަންފަތުގައި ޖެހުމާއެކު މެހެކްއަށް ބާރުބާރަށް ރޮވެން ފެށިއެވެ.

” ޝިޔާމައްތާ. އަހަރެން…އަހަރެން އެއްކޮށް އެކަނި ވެއްޖެ…” މެހެކް ރޮމުން ގޮސް އަޑު ބެދުނެވެ.

” ސުބްހާނަﷲ.. ދަރިފުޅާ… ކޮން ކަހަލަ ވާހަކައެއް ތިޔަ ދައްކަނީ؟” ޝިޔާމައްތަ ހުއްޓުން އެރިއެވެ.

” އާ ޝިޔާމައްތާ… ޝިޔާމައްތަ އަށް އެނގޭތަ؟ އިވާން އަކީ ވަރަށް ނުލަފާ މަކަރުވެރިއެއް.. އޭނާގެ ރޭވުމަކުން އަހަރުމެން ދެމަފިރިން ދުރުކުރީ…” މެހެކް އާހިލް އާއި މައްސަލަ ޖެހިގެން އެގެއަށް އައި ވާހަކަ މަންމަ ކުރިން ޝިޔާމައްތަ އަށް ކިޔައިދީފައިވާކަން މެހެކް އަށް އެނގެއެވެ.

ރޮމުން ވެދިޔަ ހުރިހާ ކަމެއް ޝިޔާމައްތަ އަށް މެހެކް ކިޔާދިނެވެ.

” ޔާ ރައްބީ… އެކަމަކު ދަރިފުޅު ބުނީމެއްނު އިވާން ދަރިފުޅަށް އެހީދިން ވާހަކަވެސް.. އެހެންވެގެން އިހަށް ޝިޔާމައްތަމެން ދޭން އުޅުނު ފައިސާ ބަހައްޓާށޭވެސް ބުނީމެއްނު….” ޝިޔާމައްތަގެ ހައިރާންކަން އިތުރުވިއެވެ.

” އާ ޝިޔާމައްތާ.. އެއީވެސް އިވާންގެ މަކަރު.. ”

” ޔާ ރައްބީ”. ޝިޔާމައްތަ އަށް ބުނެލެވުނެވެ.

” ދަރިފުޅާ އަވަހަށް އާދޭ ޝިޔާމައްތަގެ ގާތަށް.. މިހާރު ޓިކެޓް ކަންތައް ހަމަ ޖައްސަން މި މަސައްކަތް ފަށަނީ. ދަރިފުޅު ހާސްނުވޭ.. އިރާދަކުރެއްވިއްޔާ ދަރިފުޅުގެ ފިރިމީހާ ޝިޔާމައްތަމެން ހޯދާނަން. ޝިޔާމައްތަމެން ދަންނަ ބޮޑެތި މީސްމީހުން ތިބޭނެ ތިތާނގައި..ޝިޔާމައްތަ ބޭނުންވަނީ ދަރިފުޅު ޝިޔާމައްތަގެ ގާތުގައި ހުންނަން.. އެއީ ތިފަދަ ހާލުގައި ހުރީމަ.. މަންމަ ވެސް މެހެކް ގާތުގައި މިހާރަކު ނެތެއްނު…އާހިލް މިތަނަށް ގެނެސް ފަރުވާ ކުރާނީ. ކެންސަރު ޖެހުނު ކުއްޖާވެސް މިހާރު ރަނގަޅު އިރާދަކުރެއްވިއްޔަ. އެމީހުން މިހާރުވީ ރާއްޖޭގަ.. އަވަހަށް އާދޭ ދަރިފުޅާ.. ހުރިހާ އެހީއެއްވެސް ވާނަން.. ތިތާ ހުންނާނެ ކަމެއް ނެތް”. ޝިޔާމައްތަގެ ބަސްތަކުން މެހެކްގެ ހިތަށް ހަމަޖެހުން ލިބެން ފެށިއެވެ. ނަމަވެސް ކުއްލިއަކަށް ރާއްޖެ ދޫކޮށް އާހިލް އާއި އެހާ ދުރަށް ދާން އޭނާ ޖެހޭނީ ވިސްނާށެވެ.

އާހިލް ހޯދަން އޭނާ ރާއްޖޭގައި ހުރެގެން މަސައްކަތް ނުކޮށް ދިއުން ރަނގަޅުވާނެބާއެވެ؟ އާހިލްގެ ބައްޔަކީ އުންމީދު ނެތެމުންދާ ބައްޔެކެވެ. އާހިލް އުޅޭ ހާލެއް އޭނާއަކަށް ނޭނގެއެވެ. އޭނާގެ ރަހުމަތްތެރިން އެބަތިއްބެވެ. ބައެއް ޑޮކްޓަރުންނާވެސް އޭނާއާއި މިހާރު ގާތް ރަހުމަތްތެރިކަމުގެ ގުޅުން އޮވެއެވެ. ނަމަވެސް އާހިލް ހޯދާން މަސައްކަތް ކުރާނީ އެމީހުންގެ ގާތުގައި ކީކޭ ކިޔައިގެން ހެއްޔެވެ؟ އޭނާގެ ފިރިމީހާ ދޫކޮށް ދިޔަ ތަނެއް ނޭނގެ އޭ ކިޔާފައި ހެއްޔެވެ؟ އޭރުން މީހުން އެދެމަފިރިންނާއި ދޭތެރޭ ދެކޭނީ ކިހިނެއް ހެއްޔެވެ؟ ނޫނެކެވެ. އެންމެ ރަނގަޅު ގޮތަކީ ޝިޔާމައްތަމެން ބުނާ ގޮތް ހެދުމެވެ. އިރާދަކުރެއްވިއްޔާ އެމީހުން އޭނާއަށް ދެރަގޮތެއް ވިޔަކަ ނުދޭނެއެވެ. އަދި އާހިލްގެ ކަންކަމުގައި ފަރުވާތެރިވާނެކަން ޔަޤީނެވެ.

” ދަރިފުޅާ މެހެކް..” ޝިޔާމައްތަ ގޮވަލިއެވެ.

” އަ..އާ ޝިޔާމައްތާ އަހަރެން ދާން ތައްޔާރު”. މެހެކް މަޑުމަޑުން ބުނެލިއެވެ. ދުވަސްކޮޅަކަށް ނަމަވެސް އޭނާ ދާން ބޭނުންވިއެވެ. އާހިލް އާއި އެހާ ދުރަށް ދާން ހިތް ނޭދުނު ނަމަވެސް އޭނާ އަށް މަޖުބޫރުވި ކަހަލައެވެ.

” އެހެންވިއްޔާ ދަރިފުޅު އަވަހަށް ޕާސްޕޯޓް ނަންބަރު ފޮނުވާ…ޓިކެޓް ހަމަ ޖައްސާފަ އެބަގުޅަން” އެހެންބުނުމަށްފަހު ޝިޔާމައްތަ ފޯން ކަނޑާލިއެވެ.

އޭގެ ބައިގަޑިއެއް ހާއިރުފަހެވެ. ޝިޔާމައްތަ ގުޅަންފެށިއެވެ.

” ދަރިފުޅާ ވަރަށް ރަނގަޅަށް ދިމާވީ.. މާދަމާ ހެނދުނު ހައެއް ޖަހާއިރު ފުރާ ފްލައިޓުން ޓިކެޓް ހަމަޖެހިއްޖެ. އަވަހަށް އާދޭ ދަރިފުޅާ”. ޝިޔާމައްތަ ލޯތްބާއެކު ބުނެލިއެވެ.

” ޝުކުރިއްޔާ ޝިޔާމައްތާ”.

 

ފުރަން ހަމަޖެހުނީ ހެނދުނު ނަމަވެސް، ދަތުރު ތައްޔާރުކޮއްގެން އެގަޑީގައި މެހެކް އެގެއިން ނުކުތެވެ. އޭނާ ކުއްލިއަކަށް ޤައުމާއި ދުރަށް ދާން އެނިންމީ އެއްވެސް ގޮތެއް އޭނާ އަށް ނެތުމުންނެވެ. އާހިލް އަށް ފަރުވާ ކުރުމުގައިވެސް ދެން އިތުރަށް އޭނާއަށް އެހީއެއް ދެވޭނީ އެދެމަފިރިންނަށް ކަމަށް އޭނާއަށް ވިސްނުނެވެ.

” ބޮޑުބޭބޭ އަހަރެން މެސެޖް މިކޮއްލީ ދެވާހަކައެއް ބުނެލަން.. އަހަރެން މިދަނީ ދާން ގެއިން ނުކުމެގެން.. އަދި މާތް ރަސްކަލާނގެ ގަންދީ ހުވާ ކޮއްފަ ބުނަން އަހަރެން އެއްވެސް ގޯސް ޢަމަލެއް ނުހިންގަން.. ވަރަށް ސަލާން ބޮޑުބޭބޭ”. ދާތަނެއް ނުބުނެ މެހެކް ބޮޑުބޭބެ އަށް މެސެޖެއް ކޮއްލިއެވެ.

އެ މެސެޖް އޭނާ ލިޔުނީ އެއާރޕޯޓަށް ދިއުމަށްޓަކައި ފެރީގައި އިނދެގެންނެވެ. އޭރު އޭނާގެ ޓިކެޓް ވައިބާރ މެދުވެރިކޮށް ޝިޔާމައްތަ ފޮނުވައިފިއެވެ. މެސެޖް ލިޔެލުމަށްފަހު އޭނާ ފޯންގެ ސިމް ނެގިއެވެ. އިތުރަކަށް މީހެއްގެ ކޯލެއް އަދި މެސެޖެއްވެސް އަންނާކަށް މިހާރު އޭނާ ބޭނުމެއް ނޫނެވެ. ހިތްދަތިވެފައިވީވަރުން ކަނޑުގައި ނަގަމުންދިޔަ ރާޅުތައް ތެރެއަށް ސިމް އެއްލާލިއެވެ.

ހެނދުނު ވަންދެން އެއާރޕޯޓްގައި އޭނާ އިނެވެ. ގަޑި ޖެހުމާއެކު އިންޑިއާގެ ބެންގަލޫރަށް ދިއުމަށްޓަކައި މިސްރާބު ޖެހިއެވެ.

މިއަދު އޭނާ އެހުރީ އެ ހިތްހެޔޮ ދެމަފިރިންގެ ހިމާޔަތުގެ ދަށުގައެވެ. އެއްވެސް ޚިދުމަތަކުން އޭނާ އުނި ނުވި ނަމަވެސް އާހިލް އާއި ނުލާ އޭނާ އަށް އުފަލެއް ލިބޭނެ ހެއްޔެވެ؟ އެތަނަށް އައުމަށް ފަހު އޭނާ ވަޒީފާ ދޫކޮއްލިއެވެ. އިންޑިއާގައި އޭނާ ހުންނަތާ މިހާރު ހަތަރުމަސް ދުވަސް ފާއިތުވެ ދިޔައީއެވެ.

ޝިޔާމައްތަމެން، ބަޔަކު މެދުވެރިކޮއްގެން ހޯދި ހޯދުމުން އެނގުނީ އާހިލް ރާއްޖޭގައި ނެތްކަމެވެ. އޭނާވީ ތައިލެންޑްގެ ބެންކޮކްގައިކަމެވެ. މެހެކް އެކަމާ އަޖާއިބުވިއެވެ. އެތަނަށް އާހިލް އަށް އެދެވުނީ ކާކުގެ އެހީގައި ބާއެވެ؟ މެހެކްގެ ދުޢާ އަކީ އަދި އުންމީދަކީ ކޮންމެ ތަނެއްގައި ހުރި ނަމަވެސް އާހިލް ހެޔޮހާލުގައި ލެއްވުމެވެ. އަދިވެސް އާހިލްއަކީ އޭނާގެ ފުރާނަފަދަ ލޯބިވާ ފިރިމީހާއެވެ.

*********************************************************

އިރުއޮއްސެމުން ދާތީވެ އަނދިރިވަމުން ދިޔަ ކޮޓަރީގެ ލައިޓް ޖައްސާލުމާއެކު، މުޅި ކޮޓަރިތެރެ އަލިވިއެވެ. ލައިޓް އެޖެއްސީ ޝިޔާމައްތަކަން ޔަޤީނެވެ. މެހެކް އަށް ޚިޔާލުތަކުން އެންބުރި އާދެވުނީ އެވަގުތުއެވެ. މާޒީގެ ހިތާމަވެރި ފޮތް ލައްޕާލެވުނު ކަހަލައެވެ. އޭނާގެ ލޯވަނީ ފުރިފައެވެ. އޭރު ވާރޭ ހުއްޓި ނަމަވެސް ކޮންމެވެސް ވަރަކަށް ވާރޭ ކަނި ޖަހަމުން ދާތަން ކުޑަދޮރުން ބޭރުން ފެންނަމުން ދިޔައެވެ

(ނުނިމޭ)

34
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shafu

Other Articles

Previous

އިންތިޒާރުގައި ހުރިން 6

Next

ފުން ލޯބި (26)

Next
February 25, 2017

ފުން ލޯބި (26)

Previews
February 25, 2017

އިންތިޒާރުގައި ހުރިން 6

35 Comments

  1. shafu says:
    February 25, 2017 at 11:20 am

    ehme fahun mehek ah hiyaaluthakun enburi aadevuny.. mibaives kamudaane kamah hykuran kudhinnah.. sorry lasveethee.. ehenve digukoh genesdiny.. love u all..

  2. Zen says:
    February 25, 2017 at 11:33 am

    Hehehe….me first….mi episide ves varah nice…thank u shafu….

    1. shafu says:
      February 27, 2017 at 8:36 pm

      Thank u zen ah ves v bodah ?

  3. Aayath says:
    February 25, 2017 at 11:40 am

    V reethi . Next part kon irakun

    1. shafu says:
      February 27, 2017 at 8:37 pm

      Thank u aayath ?

  4. asraa says:
    February 25, 2017 at 11:52 am

    v v reethi

    1. shafu says:
      February 27, 2017 at 8:38 pm

      Thank u asraa ?

  5. 404 Error! says:
    February 25, 2017 at 12:02 pm

    wow ????❤
    varah reethi???
    keep it up!
    nxt part thankolheh avas kohdhyba plx☺

    1. shafu says:
      February 27, 2017 at 8:39 pm

      Thank u 404 error.. ?

  6. Petite says:
    February 25, 2017 at 12:09 pm

    Woowwww.. speechless.. rovijje hama. . Varah varah furihama.. next part avahah up kohdhdhehchchey ❤❤❤

    1. shafu says:
      February 27, 2017 at 8:47 pm

      Thank u petite always supporting me ?

  7. Axeenalily says:
    February 25, 2017 at 12:15 pm

    Mi story ga adhi kithah episode ebain tha

    1. shafu says:
      February 27, 2017 at 8:49 pm

      Miadhu alhugand up kuri part nulaa 1 part iny..

  8. mau says:
    February 25, 2017 at 12:25 pm

    Masha Allah mi part vx vvvvv reeethi….. Dhn next part knirakntha??? Inthizaaruga???????????

    1. shafu says:
      February 27, 2017 at 8:50 pm

      Thank u mau.. ❤?

  9. Kamana says:
    February 25, 2017 at 12:25 pm

    Wow salhi mehek vmolhu .
    Hama asluves rovijj
    A yoh loabi 2 kudjin dhuru kuruveema eevaan vedinge
    Kulareethi huvafen belijjen
    Hehehee yageen viyyaa eevaan beyheddeegen hedhi goy nookameh vesneyge.
    Vvsalhi 26 up kuraanee kon dhuvahakun?

    1. shafu says:
      February 27, 2017 at 8:51 pm

      Hehe.. Thank u kamana..?

  10. destiny says:
    February 25, 2017 at 12:38 pm

    V SALHI. ANEHBAI AVAS KOH DHEHCHEY . PLX.

    1. shafu says:
      February 27, 2017 at 8:52 pm

      Thank u destiny.. ?

  11. nash says:
    February 25, 2017 at 1:50 pm

    Varah furihama…. masha Allah…

    1. shafu says:
      February 27, 2017 at 8:54 pm

      Thank u nash ?

  12. Thas says:
    February 25, 2017 at 3:00 pm

    Wowww varah reethi next part kon erakun ?? Plx plx enehbae avaskoh dhehchey..

    1. shafu says:
      February 27, 2017 at 8:55 pm

      Thank u thas..❤

  13. Dhondhooni. says:
    February 25, 2017 at 6:04 pm

    Woww???varah varah
    reethi..v ufaavehje thihaa dhigukongenesdhineema thank you shafu?next part konirakun?❤

    1. shafu says:
      February 27, 2017 at 8:56 pm

      Thank u dhondhooni ah vx ❤

  14. someone says:
    February 26, 2017 at 3:09 pm

    masha allah. v reethi vaahaka eh. may allah bless u

    1. shafu says:
      February 27, 2017 at 8:57 pm

      Thank u someone.. thibaa ahvx ❤❤

  15. Riff Rif says:
    February 26, 2017 at 8:12 pm

    Alhey….avahah vaahaka up khdhybala……haadha foohsey dhn lasvaathy….??

    1. shafu says:
      February 27, 2017 at 9:30 pm

      ❤

  16. Naas says:
    February 26, 2017 at 9:50 pm

    Mirey dhn up kohlla dheeba plz ?

    1. shafu says:
      February 27, 2017 at 9:31 pm

      Thankolheh las veema sorry ingey

  17. Petite says:
    February 27, 2017 at 3:49 am

    Shafu mihaaru mi story feshigen ves ethah faharaku kiyijje.. mi part ves 10 varakah faharu kiyijje ? comment thavves knmme dhuvahaku 4 times eba beley shafuge habareh veytho.. dhn avahah next part up kolla dheeba .. mi story varah ves reethi .. ❤❤❤❤?

    1. shafu says:
      February 27, 2017 at 9:34 pm

      Petite vv happy vejje.. story thankolheh las vany alhugand kuda baby eh gengulheythyve aslu.. eyna nidhyma story mi liyany.. hehe.. habareh nuvevunyma sorry

  18. Petite says:
    February 28, 2017 at 2:35 am

    Alhey aslu tha? Masha Allah. .. baby ah petite ge faraathun umma eh.. hehe.. soo time vee varakun up kolla dhineema okay vaane.. varah varah reethi mi story.. ❤ ❤

    1. shafu says:
      February 28, 2017 at 5:43 pm

      Thankx alot petite.. ??.. ❤.. umma?

Comments are closed.

All Right Reserved!