
އެއީ ކީއްވެ؟
މުސައްނިފާ ރޯޒީ ޝަރީފް
ވާހަކަ: އެއީ ކީއްވެ..؟
02.01.2017
މިއީ އަންހެނެއްގެ ހަޔާތުގައި ދިމާވެފައިވާ ހިތާމަވެރި ކަންތައްތަކާއެކުވެސް އޭނާ ކުރިއަރައިގެން ދިޔަގޮތް ހާމަ ކޮށްދޭ ވަރަށް ޢިބުރަތްތެރި ފިލާވަޅުތަކެއް ލިބިގެން ދާ ވާހަކަ އެއް.. ލޮލުން ކަރުނަ ނުހިކޭ އެކަމަކު އަޒުމު ވަރުގަދަ!!!!..
މަޝްހޫރު އާށާ އޭނާގެ ހައިބަތުގައި މީހުންނާ ސަލާމް ކުރަމުން މުބާރަކްބާދް ހޯދަމުން އެހާމެ ޒީނަތްތެރި ކޮށްފައިވާ ހޯލަކަށް ވަދެގެން ދިޔައެވެ. މިހޯލުވެސް އޭނާއަށްޓަކައި ތައްޔާރު ކޮށްފައިވާ ކަހަލައެވެ. ހަމަޔަޤީނުންވެސް ކޮންމެވެސް ބޮޑު ކަމަކަށް ތައްޔާރު ކޮށްފައިވާކަން ދޭހަވެއެވެ. އެހެންނުވާންވީ ކީއްވެ ހެއްޔެވެ. އެހަފްލާއަކީ އޭނާގެ 125 ވަނަ ފޮތް މާކެޓަށް ނެރެނީއެވެ.
އޭނާގެ ޤަލަމުން އެތަށް ފޮތެއް އޭނާ ލިޔެފިއެވެ. ތަފާތު ނަންތަކުގަ އޭނާ ފޮތްތަށް ލިޔުނެވެ. ސުކޫލްތަކުގެ ލައިބްރަރީއަށް ހަދިޔާ ކުރިއެވެ. އޭނާ އަކީ ހުނަރުވެރި މުސައްނިފާއެކެވެ. ގިނަ ނޫސްތަކެއްގެ ފަލަ ސުރުޙީތަކުގަވެސް އޭނާގެ ފޮތްތަކުގެ ވާހަކަ ލިޔެވެނީމަދެއްކޮށްނޫނެވެ. މިއަދުގެ އެޙަފްލާއަށް ސޮސައިޓީގެ ގިނަ ބޮޑެތި މީހުންނާ އާއި ވިޔަފާރި ވެރިންނަށް ދަޢުވަތުދެވި އެމީހުންވެސް އައިސްތިއްބެވެ.
މިހަފްލާގައި އަޝާ ވާހަކަ ދައްކަން ޖެހުނެވެ. މައިކް ކާރީ ހުރެ އޭނާ ވަށައިގެން ހޯދާލިއެވެ. ކޮންމެ ވެސް މީހަކު ފެނޭތޯ ކަންނޭގެއެވެ. އަދި އޭނާ ވާހަކަ ދައްކަންފެށިއެވެ.
“ތިޔަ އެންމެހާ ބޭފުޅުން އަޅުގަނޑުގެ ފޮތަށާއި އަޅުގަޑަށް ދެއްވާ ތަރުހީބަށް ފަށް ފަށުން ޝުކުރު ދަންނަވަން. އަޅުގަނޑުގެ ފޮތްތަކުގެ ސޮފްހާތަކުގައި ވަރަށް ގިނަ ވާހަކަ އަޅުގަނޑު ލިޔެފަ ހުންނާނެ. އަދި ބައެއްފަހަރަށް ޙުދު އަޅުގަނޑާއި ބެހޭ ވާހަކަ އެފޮތްތަކުގެ ސޮފްހާތަކުގައި ފަވާލެވިފައިވާނެ އެކަމަކު އަޅުގަނޑު އަސްލު ބުނަންބޭނުންވިޔަސް ނުބުނެވިފައިވާ ގިނަ ވާހަކަ އަދި ލިޔަން އުޅުނަށް ނުލިޔެވިފައިވާ ގިނަ ވާހަކަތަށް އަޅުގަނޑު މިއަދުގެ މިހަފްލާގައި ބުނަން ބޭނުންވޭ. ކޮންމެ މީހެއްގެ ހަޔާތުގެ ސޮފްހާތަކުގައި އެތަށް ހާސް ވާހަކަ ފެވިގެން ގޮސްފައި ހުންނާނެ ކޮންމެ ގަޑެއް ހިއްލާލުމާއެކު ހަޔާތުން ދުވަހެއް މާޒީއާއި އެކުވެގެން ދިޔައީ އެމާޒީތަކުގަ ސޮފްހާތަކުގައި އުފާވެރި މާޒީގެ ހަނދާންތަކާއި ފޮނި ހަނދާންތަކާއި ހިތި ހަނދާންތަށް ފެވިގެން ގޮސްފައިވާނެ. މިއިން ބައެއްވާހަކަ ތަކަކީ މީހާއަށް ޒަޙަމް ތަކެއް ގެނެސްދެވޭ ވާހަކަ ތަކެއް. އޭނާގެ ޒަހަމްތަށް ބޭރަށް ނެރެ ދައްކާލެވެނީ މަދުބަޔަކަށް.. ގިނަފަހަރަށް ޅެމެއް ހަދާލިޔަސް ބުނެވޭނީ އެޅެމުގެ މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑުގައޭ.. ހަމަ އެގޮތަށް އަޅުގަނޑުގެ ފޮަތްތަކުންވެސް މާނަ ހޯދުމަކީ އެކިޔާމީހާއަށް ޝައުގުވެރި ކަމާއެކު ނުކިޔާނަމަ އޮޅުން އަރާނެ ބައެއް ވާހަކަތަށް. އަޅުގަނޑު ގެ މިފޮތަކީ ވަރަށް ތަފްސީލުކޮށް އަޅުގަނޑާއިވެސް ގުޅުވައިގެން އަޅުގަނޑު ލިޔެފައިވާ ފޮތެއް.އަޅުގަނޑު މިފުރުސަތުގަ އަޅުގަނޑުގެ އެންމެ ގާތްއެކުވެރި ނަބީލްއަށް ސުޓޭޖަށް އައުމަށް ދަޢުވަތު ދެން އަދި މިފޮތަކީ އަޅުގަނޑުގެ ފަރާތުން އޭނާއަށް ދެވޭ ހަދިޔާއެއް.. ނަބީލް ސުޓޭޖަށް ވަޑައިގަންނަވާ..”
ޖަލްސާއަށް އައިސް ތިބި މެހްމާނުންގެ ތެރެއިން އެއްބޭފުޅަކު ތެދުވެގެން އައިސް އިސްޓޭޖަށް އެރިއެވެ. އެއީ ނަބީލް އެވެ. ނަބީލް އަކީ ޕޮޓޯ ގުރާފަރެކެވެ. ޓީ.ވީއެމްގެ ޕޮރުގުރާމްތަކުގެ ރެކޯޑިންވެސް ހަދައިދޭ ސީނިޔަރ މުވައްޒަފެކެވެ.
“ނަބީލް މިއީ އަޅުގަނޑު ބުނަން އުޅެފައި ނުބުނެވިފައިވާ ވާހަކަތަށް ލިޔެފައިވާ ފޮތް. ”
ނަބީލް އެފޮތް އެހަފްލާތެރޭ އާޝާ އަތުން ހޯދާ ޝުކުރު އަދާކުރިއެވެ.
އެމީހުން ހަފްލާ ނިންމާލީ ބިލެއް މީރު ކުރުމަކުންނެވެ. ނަބީލް ގެޔަށް އައުމާއެކު ދަބަހުން އާޝާ ދިންފޮތްނެގިއެވެ. ވަރަށް ރީތިކޮށް ރިހި ކުލައިގެ ގަޑެއް ލާފައިވާ ފޮތެކެވެ. ފޮތުގެ ބޭރުގައި އަންހެން މޫނެއް ކުރަހާފައި ހުއްޓެވެ އަދި އޭގެ ތިރިން ރަންއަކުރުން އެފޮތުގެ ނަން އޮތެވެ.
“އެއީ ކީއްވެ؟” ނަބީލް ދެތިންފަހަރު މިނަންކިޔާލާފަ ފޮތް ހުޅުވާލިއެވެ. އަދި ފޮތްކިޔާ ލައިޓް ޖައްސައިގެން އާޝާ ދިން ފޮތުގެ ތެރެއަށް ސަމާލުކަން ދިނެވެ. އޭނާގެ ކުރިމަތީ އެފޮތުގައިލިޔެފައިވާ ވާހަކަތަށް ސިފަވެގެން އަންނަންފެށިއެވެ.
އަހަރެންގެ އަވަށަކީ މީސްކޮޅު މަދު އަވަށެކެވެ. އެހާމެ ރީތި ގުދުރަތުގެ ލާމަސީލު ނަމޫނާއެކެވެ. ފެހިކަން ގަދަ ނުހަނު ސާފު ރިކުލައިގެ ދޮންވެލި ހުރި ސުވަރުގެއެއްފަދަ އަވަށެކެވެ. އަވަށުގެ ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލިއަސް އެއްތަނަށް ވުރެ އަނެއްތަން ރީއްޗޭ ބުނާހާ މިތަނުގައި ވެއެވެ. ގިނަ ފަތުރުވެރިންގެ މަންޒިލަކީވެސް މިއީއެވެ.
އަވަށުގައި މިއޮންނަނީ އެންމެ ޢާއިލާއެކެވެ. ވަރަށް އެއްބައިވަންތަ އެެވެ. އެކަކު އަނެކަކަށް އެހީވުގައިވެސް މިސާލެއް ނެތެވެ. އެއްބަޔެއްގެ އުފަލާ ހިތާމައިގަ އަމިއްލަ ފަރުދުން ތަކެއް ހެން ބައިވެރި ވަމުން ދިޔައެވެ.
އަހަރެންގެ މަންމަޔާ ބައްޕަ ނިޔާވީ ކިހިނެއް ކަމެއް އަހަރެން މިހާރު ހަނދާނެއް ނެތް. އަހަރެންގެ މައިންބަފައިން ނިޔާވުމާއެކު އަހަރެން ބަދަލުވީ އައްޑު އަތޮޅު ހިތަދޫއަށް. އެރަށަކީވެސް އަހަރެންގެ ރަށް ސ. ހުޅުދޫ ކަހަލަ ފެހިކަންގަދަ ރަށެއް. ރަށުގެ އާބާދީ ބޮޑުވެފަ ފެންނަނީ ހުސް ބީރައްޓެހިން އަހަރެން ހާސްވި ހުސްނުދަންނަ މީހުންގެ ތެރެއަށް އާދެވުނީމާ.. އަހަރެންގެ ރަށުގެ ގިނަ ރަހްމަތްތެރިން އަހަރެންކާރީ މިއަލަށް އާދެވުނު ރަށުގެ ވާހަކަ ވަރަށް ތަފްސީލުކޮށް ކިޔާދީފައި ވެއެވެ.
ސާޖިދާ ބުނީ އެރަށުގެ މީހުން ނުބައި ވާނެކަމަށެވެ. ލަމްރަތު ބުނީ އެރަށުގެ މީހުން ވަރަށް އެކަކު އަނެކަކާއި ހަސަދަވެރި ވާނެކަމަށެވެ. ޝާދިޔާ ބުނީ މިރަށުގެ މީހުން ވަރަށް އަނިޔާވެރިވެސް ވާނެކަމަށެވެ. އަހަރެން އެރަށައް އައީ ވަރަށް ބިރުންނެވެ. އިތުރު އެހެން ގޮތެއް ނެތީމައެވެ. އަހަރެންގެ ޢުމުރަކީ 9 އަހަރެވެ. ކުޑަކުޑަ ކުއްޖަކު އެކަނި ފަޅުގެއެއްގަ ނުބަހަށްޓަންވެގެން ބޮޑުދައިތަ އަހަރެން ހިތަދުއަށް ގެނައީއެވެ. ކޮންމެވެސް ކަމަކާ އަހަރެން ހުރީ ވަރަށް ޙާސްވެ ކަންބޮޑު ވެފައެވެ.
އަޑުއިވިފައިވާ ގޮތާއި ވަރަށް ތަފާތެވެ. ބޮޑުދައިތަ އަހަރެން ފެންނައިރަށް ބައްދާލިއެވެ. އަހަރެންގެ ގައިގާ ބައްދައިގެން ވަރަަކަށް ރުއިއެވެ. އަހަރެންގެ މަންމަމެންގެ ހަނދާން ކުރަމުންނެވެ. އަހަރެންގެ އަނގައިގަ ލައްވާ ކާންދިނެވެ. މަންމައެއްހެން އޯގާތެރިއެވެ.
ބޮޑުދައިތަވެސް ވަނީ ހުވަފަތްވެފައެވެ. ބޮޑުދައިތަގެވެސް އަހަރެންނާއި ދާދި އެއްޢުމުރުގެ އަންހެންހެން ކުއްޖެއް ހުއްޓެވެ. އެއީ ދުންޔާއެވެ. ދުންޔާ ވެސް އަހަރެންނަށް ވަރަށް ރަނގަޅެވެ. ދައްތާއޭ ކިޔާފަ އަހަރެންގެ ފަހަތުން ދުވެ ދުވެފަ އުޅެއެވެ. އަހަރެންދެކެ ދުންޏާވެސް ވަރަށް ލޯބިވެއެވެ. އަހަރެންވެސް ދުންޏާދެކެ ވަރަށް ލޯބިވެއެވެ. ދެމީހުން ދަނީވެސް އެއް އިސްކޫލަށެވެ އަދި އެއްގުރޭޑެއްގައެވެ. މިކަމުން ދެމީހުން ފިލާވަޅު ދަސްކުރުމުގައި އާއި ކިއެވުމުގެ ވާދަވެރިކަމެއް އުފެދުނެވެ. އަބަަދުވެސް ކޮންމެ ގުރޭޑަކުންވެސް އެއްވަނަ ލިބި ފާސްވަނީ އަހަރެންނެވެ. މިކަމާ ކޮންމެވެސް ވަރަކަށް ބޮޑުދައިތަ ހިތްހަމަ ނުޖެހޭކަން އަހަރެންނަށް އެނގެއެވެ. އެއީ ބޮޑުދައިތަ ތައުރީފްގެ ބަހެއްވެސް ބުނެނުލާނެއެވެ. ކިޔެވުމަށްވުރެ ދުންޏާ އިސްކަންދިނީ ފެށަންއާއި މޭކަޕް ކުރުމަށެވެ. ތަފާތު ގޮތްގޮތަށް ހެދުން އެޅުން އެއީ އޭނާ އެންމެ ކުރާހިތްވާ ކަމެވެ. އަހަރެން ކިޔެވުމުގެ މުހިންމު ކަމުގެ ވާހަކަ ދުންޏާއަށް ކިޔާދެމެވެ. ގަދަކަމުން ފިލާވަޅު ދަސްކުރަން ބައިންދަމެވެ. އެހެނަސް ކިޔަވާކަށް އެހާބޮޑު އަހައްމިޔަތު ކަމެއް އޭނާ ނުދިނެވެ. އަބަދުވެސް އަހަރެންނަށް ހީވަނީ އަހަރެންނަކީ ބޮޑުދައިތަމެންނަށް ބުރައެކޭއެވެ. އަހަރެން ބޭނުންވީ ވީހާ މޮޅަށް ކިޔަވައިގެން އަހަރެންގެ އަމިއްލަ ރަށަށް ދާށެވެ. ކޮންމެ ގޮތެއްވިޔަސް
ބޮޑުދައިތަމެން ރަނގަޅަސް އެގެޔާމެދު އެމީހުންނާމެދު އަމިއްލަވަންތަކަމެއް އަހަރެންނަށް އިޙްސާސެއް ނުކުރެވުނެވެ. ދުވަސްތަށް މަސްތަކަށް މަސްތަށް އަހަރުތަކަށް ބަދަލުވިއެވެ. އަހަރެންގެ ޢުމުރުން 17 އަހަރެވެ. އޯލެވެލްގައި ގަދަ ދިހައެއްގައި ހިމެނިގެން އަހަރެން ފާސްވިއެވެ. ދުންޏާ ކިރިޔާ ފާސްވީއެވެ. ވާނީ އެހެންނޫން ހެއްޔެވެ އޭނާ މުޅިން އެިސްކަންދެނީ މޭކަޕް އަށެވެ. އަހަރެން ގެންގުޅެނީ އެންމެ ބޮލުގައި ލާން ތެޔޮފުޅިއަކާއި މޫނުގަ ޖަހާ ފުށްދަޅެއް އެކަންޏެވެ.
އަހަރެންގެ މޭޒުމަތި މުއްސަނދި ވެފައިވަނީ ފޮތްތަކުންނެވެ.ސުކޫލުއިން އަހަރެންނަށް ވަރަށް ގާތް ރަހްމަތްތެރިއަކު ލިބުނެވެ. ގުރޭޑް 5 އިން ފެށިގެން އަހަރެންނާ އަބާ އާއި ސުކޫލް މަސައްކަތްކޮށް ވަނީ ވަރަށް ގާތް ރަހުމަތްތެރި ކަމެއް އުފެދިފައެވެ. އަނެއްހެން ބުނަންޏާ އަބާ އަކީ އަހަރެންގެ ބެސްޓު ފުރެންޑެވެ. އަހަރެން ރަށުން އައިފަހުން ސުކޫލުން އަބާއާއި ދިމާވެ މިހާރު ދެމީހުން އެކީގައި ކިޔެވުންވެސް ނިމުނިއެވެ. އަބާ އަކީ ވަރަށް ތަފާތު އަންހެން ކުއްޖެކެވެ. އޭނާ ކިޔެވީ ހަމައެކަނި ނަމަކަށެވެ. ނޫނީ މައިންބަފައިންނަށް ކޮށްދޭ ކަމެއްގެ ގޮތުގައެވެ. އޭނާ ޤަބޫލް ކުރާ ގޮތުގައި އަންހެން ކުދިން މާމަށްޗަށް ކިޔެވުމަކީ ބޭނުން ކަމެއް ނޫނެވެ. ފިރިމީހާ ކިޔަވައިގެން ހުރީމާ ނިމުނީއެވެ. ލިޔަން ކިޔަން އަދި ހިސާބު އެނގުނިމާ ނިމުނީއެވެ. ހިސާބުން ފައިސާބޭނުން ކުރަންވާ ގޮތް އެނގޭނެއެވެ.
އަބާ އޭނާ ބުނިހެން ކައިވެނި ކުރީއެވެ. ރަށުގެ ކަމުވޮށިވެގެންވާ މީހަކާއެވެ. އަބާގެ ފިރިމީހާ ބޮޑު ހަފްލާއެއް ބޭއްވިއެވެ. ހުރިހާ އަންހެންކުދިން މި ހަފްލާގައި ބައިވެރި ވިއެވެ. އަހަރެންނާ ދުންޏާވެސް ބައިވެރިވީމެވެ. ހުރިހާ މީހުން ވަރަށް މަޖާ ކުރިއެވެ. އަބާގެ ފިރިމީހާ ގެ ރަހްމަތްތެރިންގެ ފައުޖާއި އާއިލާ މީހުންވެސް މިހަފްލާއަށް ބައިވެރި ވިއެވެ. ހުރިހާ މީހުން ވަރަށް އެކުވެރިއެވެ.
އަހަރެންނަށްވެސް އަދި ޝާހިދު އަށްވެސް އަހަރެން ފެނުނީ އެ ހަފްލާގެ ތެރެއިންނެވެ. ޝާހިދު އަކީ އަބާގެ ފިރިމީހާ ޔޫނުސް ގެ ގާތް އެކުވެރިއެކެވެ.އަަހަރެންނަށް އޭނާއާއި މެދު އެއްވެސް ޝަޢުގުވެރިކަމެއް ނުވެދުނު. އެހެނަސް އޭނާ އަހަރެން ކާރިޔަށް އައިސް އަތާއަތްޖޯޑުކޮށް ސަލާމްކުރި. އެދުވަހު އެންމެން އެކަކު އަނެކަކު ގަޔަށް ފެންޖަހާ ވަރަށް މަޖާކުރިއެވެ. ޝާހިދު ގަސްތުގަ އަހަރެން ތެންމާލިއެވެ. މިމަންޒަރު ބަލަންހުރެފަ ދުންޏާ އައިސް ޝާހިދު ތެންމާލިއެވެ. އަބާގެ ކާވެނީގެ ހަފްލާއާއި ޕާރޓީ ނިމުނީ ވަރަށް މަޖާކުރުމަށް ފަހުއެވެ. ޕާރޓީ ނިންމާފަ އަހަރެންނާ ދުންޏާ އައީ ގެޔަށެވެ. ގެއަށް އައިމަގުމަތީ ދުންޏާ ވަރަށް ޝާހިދުގެ ވާހަކަ ދެއްކިއެވެ
“ދައްތާ އަޅެ އޭނާ ހާދަ ސުމާރޓޭ ދޯ” ދުންޏާ ގެއަށް ވަންނަމުން ބުނެލިއެވެ. އަހަރެން ހަމައެކަނި ހީލީ އެވެ. ސަބަބަކީ އަދި ދެންމެ ފެނުނު މީހަކާ ބެހޭގޮތުން މާގިނަ ތަޢުރީފް ކުރަން އަހަރެން ބޭނުންނުވާތީއެވެ.
“ދައްތަޔަށް އެނގޭތަ އެއްފަހަރުން އަހަރެންނަށް އޭނާ ދެކެ ލޯބިވެވިއްޖެ.ދައްތަ ބަލަން ހުންނާތި އޭނާ ކޮންމެވެސް ދުވަހަކުން އަހަރެންގެ ކައިވެންޏަށް އެދިގެން އަހަރެންގެ މަންމަ ކާރިޔަށް އަންނާނެ. އިވިފަ ވާގޮތުން އެއީ ވަރަށް މުއްސަނދި މީހެއްވެސް މެ” ދުންޏާ ވަރަށް އުފާވެފަ ޝާހިދުގެ ވާހަކަ ދައްކަމުން ދިއައެވެ. އެކަމަކު އޭނާ ނިސްބަތް ކުރާ މީހާއާއި ބެހޭ އެއްވެސް ސައްހަ މައުލޫމާތެއް އަހަރުމެން އެކަކަށްވެސް ނުމެއެނގެއެވެ.
“ދެން ރަނގަޅުތާ ގޭގަ ތިހެން އިންދާ މާބޮޑު ކަމަކާނުލާ މުއްސަނދި ބައިވެރިއެއްވެސް މަގޭ ދުންޏާއަށް ލިބުނީ ކިހާ ނަސީބު ރަނގަޅު” ބޮޑުދައިތަ ދުންޏާއާއި ދިމާކުރަމުން ބުނެލިއެވެ. ބޮޑުދައިތަ އަކީ މަޖާ މިޒާޖެއްގެ މަންމައެކެވެ. ދުންޏާގެ ގާތް އެެކުވެރިއެއްގެ ބައި އޭނާ ދުންޏާއަށް ފުރިހަމަ ކޮށްދެއެވެ.
ޖެހިގެން އައިދުވަހު އަބާގެ ފަރާތުން އަހަރެންނަށް ކެއުމުގެ މެންދުރު ކެއުމުގެ ދަޢުވަތު ލިބުނެވެ. ބޮޑުދައިތަގެ ހުއްދަ ހޯދައިގެން އަހަރެންނާ ދުންޏާ އެގެއަށް ދިއައީމެވެ.
“ނިޝާ ވެސް ކައިވެންޏަށް އަވަހަށް ރަނގަޅު ކުއްޖަކު ހޯދާ ފަހަރެއްގައި މިއަދުގެ ހަފްލާއިން ނިޝާއަށްވެސް ކުއްޖަކު ސެޓްވެދާނެނު” ބޮޑުދައިތަ އަހަރެމެން އެގެއަށް ދަނިކޮށް ގޮވާލާފަ ބުނެލިއެވެ. އަހަރެން ހަމައެކަނި ހިނިތުން ވެލީއެވެ. ބޮޑުދައިތަގެ ފަރާތުން މިކަހަލަ ހަޖޫ ކިޔުމާއި މަލާމާތް ކުރުން މިއީ އަހަރެންނަށް އާކަމެއް ނޫނެވެ.
އެއްގޮތަކަށްވެސް އަވަހަށް ކައިވެނި ކުރާކަށް މީހަކާ ހިތާވާކަށް މިއީ އަހަރެންގެ މެނިފެސްޓޯގައި ހިމެނޭ ކަންތަކެއް ނޫނެވެ. އަހަރެންގެ އުންމީދުތަކާއި ހުވަފެންތަކުގެ ސައިލާބު މާބޮޑެވެ. މާދިގެވެ.
އެހަފްލާއަށް އަހަރެމެންނަށް ދެވުނު އިރު މީހުން ކާންވެސް ފަށައިފިއެވެ. އަހަރުމެން ޓުރެފިކްގައި ޖެހިގެން ތަންކޮޅެއް ލަސްވީއެވެ.
އަހަރެމެން ވަދެގެން ދިޔައިރު ކުރީދުވަހު ކައިވެނީގެ ހަފްލާއިން ފެނުނު ޒުވާނާވެސް އެއްފަރާތުގައި ހުއްޓެވެ. ދުންޏާ އަހަރެންގެ ގައިގަ ކޮއްޓާލާފަ އެމީހާ މަށައްދައްކާލިއެވެ. އެއީ ކުރީދުވަހު ފެނުނު މީހާ ކަމުގައި ސިއްރުން ބުނެލިއެވެ. އަހަރެން އަޅާވެސް ނުލާ ދިއައީ ބަދިގެ ފަރާތުގައި ހަރަކާތްތެރި ވަމުންދާ އަންހެން ވެރިން ކާރިޔަށެވެ.
“އަހަރެންނަށް މީހުން ކިޔާއުޅެނީ ޝާހިދު، ތިޔައީ ކުރީދުވަހު ކައިވެނީގެ ހަފްލާއިން ފެނުނު އަންހެންކުއްޖެކޭ ހަނދާންވަނީ” ޝާހިދު ދުންޏާ ކައިރިއަށް ގޮސްސަ ވާހަކަ ދައްކަން ފެށިއެވެ.
“އަހަރެންގެ ނަމަކީ ދުންޏާ.. ވަރަށް އުފާވެއްޖެ މިއަދުވެސް ދިމާވީމާ” ދުންޏާ ވެސް ޝާހިދު އާއި ސަލާމް ކޮށްލަމުން ބުނެލިއެވެ.
“އެދުވަހު އެނގިފަ އޮތީ ތިޔައީ ދުންޏާ ކަން.. ކޮބާތަ ދެން ރަތް ހެދުން ލައިގެން ހުރި އަންހެންކުއްޖާ ދުންޏާގެ ކާރީ އަބަދު އެކުއްޖާ ހުރީ. ފެނިފަ އެކަމަކު ގެއްލިއްޖެ އެހާއަވަހަށް” ޝާހިދު އަހާލިއެވެ.
“ހޫން އެއީ އަހަރެންގެ ދައްތަ ނިޝާ”
“އަސްތާ އެއީ ވަރަށް ލޯބި އަންހެންކުއްޖެއް ކުއްޖާގެ ރީތި ކަމާއި އެއްވަރަށް ނަންވެސް ރީތި.. މިއަދު ކޮބާތަ އޭނާ ނުވެސް އާދޭތަ ދުންޏާއާއި އެކު؟” ޝާހިދު ވަށައިގެން ހޯދާލަމުން ބުންޏެވެ.
ޝާހިދުގެ މިތަޢުރީފް ކުރުމުން ދުންޏާ ދެރަވާގޮތްވިއެވެ. ސަބަބަކީ ޝާހިދު ތަޢުރީފް ކުރީ ދުންޏާގެ ދައްތައަށް ކަމެވެ. ދުންޏާއަށް ނޫންކަމެވެ. އެކަމަކު ރޭއްސުރެ ދުންޏާ އެހުންނަނީ ޝާހިދުއާއި ހެދި އަރާހިކިފަވިއްޔާއެވެ.
“އޭނާ ވަނީ ބަދިގެ ފަރާތުގައި ތިބި އަންހެންވެރިން ކައިރިޔަށް.” ދުންޏާ ފޫހިގޮތަކަށް ޖަވާބުދިނެވެ.
އެވަގުތު އަހަރެން ބޭރަށް ނިކުތްތަން ފެނިފަ އެޒުވާނާ އަހަރެން ކާރިޔަށް އައެވެ. އަބާވެސް އެވަގުތު އަހަރެން ކާރީ ހުއްޓެވެ.
“އަބާ ހާދަ ގޯހޭ މިކަހަލަ ރީތި އެކުވެރިން ތިބޭއިރު އަހަރެމެންނަށް ދައްކާވެސް ނުލާ ތައާރަފް ވެސް ކޮށެއްނުދޭ” ޝާހިދު މާ މަޖާވެފަ އަހަރެމެން ކާރިޔަށް އައިސް ބުންޏެވެ.
“އަސްތާ އެހެންދޯ ނުކުރާ ކުށަކަށް މާފް އެދެން މިއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ނިޝާ…ނީޝް.. މިއީ ބުޗާ ދޮންމަނިކުގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ޝާހިދު ހުރިހާ އެއްޗެއް ސެންސަރު ކޮށްފަ މިބުނީ މިއީ ޝާހިދު” އަބާ ހިނިތުން ވަމުން އަހަރެންނަށް ޝާހިދު އަދި ޝާހިދު އަށް އަހަރެން ތައާރަފް ކޮށްދިނެވެ. އަހަރެން ހަމަ އެކަނި ސަލާމް ގޮވާލީއެވެ. އަދި ހިމޭނުން ހުރީމެވެ.
“އަބާ މީނާ މާޝާﷲ ވަރަށް ރީތި އެކަމަކު މީނާގެ ކޮންމެވެސް ބައެއް އުނިކަމަށް އަހަރެންނަށް ފާހަގަ އެބަކުރެވޭ އަޅެ އަބާމެންނަކަށް އެކަމެއް ފާހަގަ އެއްނުކުރެވޭތަ؟” ޝާހިދު ހަށަން ބަންނަމުން އަހަރެމެން ކާރީ ހުއްޓިލަމުން ބުނެލިއެވެ. އަބާ އާއި އަހަރެން ހައިރާންވެފަ ޝާހިދު އަށް ބެލީމެވެ.
“އެއީ އަނެއްކާ ކޮންއުނިކަމެއް… އަހަރެންގެ ނަޒަރުގަ އޭނާ ހަމަ ވަރަށް ފުރިހަމަ މާޝާﷲ” އަބާ ބުނެލިއެވެ. އަހަރެން ރުޅިވެރިކަމާއެކު ޝާހިދު އާއި ދިމާލަށް ބަލަން ފެށީމެވެ.
“އަސްތާ ކާލާފާނެހެން ހީވާކަހަލަ ބެލުމަކުން އަޅުގަޑާއި ދިމާލަށް ބަލާނެ ކަމެއްނެތް..އަޅުގަނޑު އެހެންބުނީ އަޅުގަނޑާއި ވާހަކަ ނުދެއްކީމާ މަންމަނު ކުއްޖެކޭ ހީކޮށް”
“ޝާހިދު އަހަރެންގެ އެކުވެރިޔާ އަކީ މަންމަނު ކުއްޖެއް ނޫން މާތް ﷲ އޭނާއަށް ވަނީ ރީތި އަޑެއް ދެއްވާފަ އަދި ސުކޫލްގެ ލަވަ މުބާރާތުގައި މުޅި ސުކޫލުން އެއްވަނައަށްވެސް ދިޔައީ ހަމަ އަހަރެންގެ މި އެކުވެރިޔާ،މައުލޫމާތަށްޓަކައި ބުނެލީ”
“އެހެންވެއްޖެއްޔާ ބުނެބަލަ ތިޔަ އެކުވެރިޔާ ކާރީ މި ހަފްލާޔާ ގުޅޭ ލަވައެއްކިޔާދީބަލާށޭ”
އަބާ އަހަރެންނަށް އިށާރާތް ކޮށްލިއެވެ. އަދި ލަވަކިޔާދިނުމަށް އާދޭސް ކުރިއެވެ.
ދުންޏާ އަހަރެންގެ އަތަށް މައިކް ލާދިނެވެ. އަހަރެން ގެއްލިފައިވާ މީހެއް ހެން ލަވަކިޔަންފެށީމެވެ.
“ހަވީރުގެ ވަގުތުގައި ދިމާވި އެޒުވާނާ އަހަރެންގެ ހިތް ފަތަހަ ކޮށްފިއެވެ…
ލަދުން އަހަރެން މޯޅިވާގޮތަށް މިއަދު އޭނާ އަހަރެންގެ ހިތް ފަތަހަ ކޮށްފިއެވެ
އުފާވެރި ދުވަސްތަކަކަށް އަހަރެންގެ ހިތް އެދެމުން ދަނީއެވެ.
ހަވީރުގެ ވަގުތުގައި ދިމާވި އެޒުވާނާ އަހަރެންގެ ހިތް ފަތަހަ ކޮށްފިއެވެ.”
އަހަރެންގެ ލަވަނިމުމާއެކު އަތްތިލަބަޑީގެ އަޑުން މުޅި ތަން ގުގުމާލިއެވެ. ހުރިހާ މީހުން އަހަރެންނަށް ތައުރީފް ކުރިއެވެ. އަހަރެމެންނަށް ގެޔަށް އާދެވުނީ އިރުވެސް އޮއްސުނު ފަހުންނެވެ.
ޝާހިދުގެ އެކުވެރި ރަމްޒީ ސިޓީ ބޮނޑި ތަކެއް ހިފައިގެން ޝާހިދު ކާރިޔަށް އޭނާގެ ގެޔަށް އައެވެ.
“އެކުވެރިޔާ ނިކަން މިސިޓީ ތަކުގެ ޖަވާބު ދީބަލަ.. މިއީ ހާދަ ބޮޑު ވޭނެކޭ މިކުދިން ކަލެއަށް މަޑުކޮށްގެން އެތިބެނީ އުފަންވީއްސުރެ ތޯއްޗެއް”
ރަމްޒީ ހުރިހާ ކަރުދާހެއް ޝާހިދުގެ ކުރިމައްޗަށް ޖެހިއެވެ.
ނުނިމޭ
15 Comments!
Comments are closed.
haahahahaaa.. haadha majaley.. but vrh reethi… next part avahah up kohdheh cheyy….
kaaku ulheny kaley liyaa vaahaka thah kiyaa hithun ..hama gaimu masheh noolhen …… meena ge name mi site in fenunas bolah undhagoo !!!!!!!!!!!!!
Sukuriyya thi devi commenta…
By rozy
Thiyah vure reethikohnvs buneveyne dho hinhamanujehey kameh vaahka ga othya..
You are disgusting sum sum..
Rozy don’t b sad..ur stories are beautiful
V reethi next part koniraku
Next week insha Allah
Astha… thiya huriha befulun ge sababun ithuru hivaru mi story liyumuga libije… thank you every body…i also know who has send bad comment… it was my own family… so sad… but now im happy… sukuriyya
sum sum bunantha vaahaka eh.. rozy ge vaahaka kiyaa hiy nuvanyaa nukeema e nimunee. name fenigen bolah undhagoo vanyaa keekkuran balany…. thikahala meehun ulhen jeheynee mi site aa dhuruga.. vaahaka varah reethi rozy. hama habeys.. avahah next part up kolla dheee..
Haadha dherakamekey eves meehaku hadhi huthuru bahun muaamalaathu nukurey eves sababenethi meehakaa dhimaa ah e meehaa hiyhamanujehey gotha bas bas bunumakee hithaamahurikame e liyuntheriyaaves neh evs kiuntheriyaku hiyhamanujehey bahebunefa aharamenakee ihuthiraamaekee anekaa ah muaamalaathu kuraa bayakahvamaatho
Next week!!!!! Can’t wait . Up the story every day. Plzplz
Alhe vara benun tomorrow ekamu still not finished…. just wait ingey… hafathage kuru vahaka zaman gotha… old is gold …kike tho bunani? Hope more positive comments i will get during this week… with love to all of you? by rozy
Rozy.. your stories are awesome?…Ravu Adduonline in vx kiyan roxy ge stories thah..hama habeys!!? waiting for the next part!! avahah up kohladheythi ingeyy!☺️☺️
Thank you Insha Allah I will do it soon
🙂
reethi varah interesting ” ekam dunyaa liyeba naviyani liyuneema it sounds like bird
Thibuni dhalu noonu dho yaviyanige badal…okey correct kolanan next part ga
Thank you