Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާއަށް އާދޭސް 19…

kamana
December 14, 2016
5 Mins Read
128 Views
19 Comments

ޝީރީންގެ ފަހަތުން ނިކުތް އަޔާނާއަށް މަގު ހުރަސް ކުރަން އުޅުނު ޝީރީން ފެނި ދުއްވައިގަތީ ޝީރީން ކައިރިއަށް ދިޔުމަށެވެ. އެވަގުތު ބާރު ސްޕީޑެއްގައި އައި ސައިކަލެއް މަނިކުގެ ލޮލުގައި އަޅައިގަތީ ދުވަމުން ދިޔަ އަޔާނަށް ބަލަނިކޮށެވެ. “ބައްޕިގެ އަޔާނާ……” މަނިކުގެ އަޑު މުޅި މަގުމަތީގައި ވަނީ ގުގުމާލެވިގައެވެ. އޭރު ދުރުގައި ވެއްޓިފައި އޮތް އަޔާނާ ދިޔައީ ރޮމުންނެވެ. “ބިއްބީ…..” ގަސްގަނޑެއްގެ ބުޑަށް ވެއްޓިގައި އޮތް މަނިކު ފެނި އަޔާނާއަށް ދިޔައީ އިތުރަށް ގިސްލެވެމުންނެވެ.

“މަގޭ ދަރިފުޅާ….” ޝީޔާމާއަށް ދުއްވައިގަނެވުނީ މަނިކުއާއި ދިމާލަށެވެ.

އެމްބިއުލެސް އައިސް މަޑުކުރިއިރުވެސް ޝިޔާމާ އިނީ ލެއިން ތެމިފޯވެފައި އޮތް މަނިކު އެ އުނގުމަތީގައި ބާއްވައިގެންނެވެ. ޝިޔާމާ ގިސްލާ ރޮމުން ދިޔައީ މަނިކަށް ގޮވަމުންނެވެ. އޭރު އަޔާނާ އުރައިލައިގެން އައިސް އިން ސަމްސިއްޔައަށް ވެސް ވަނީ ރޮވިފައެވެ.

“އެކްސްކިޔުސް…” ދެތިން ފިރިހެން ނަރުހުންވެގެން މަނިކު ޝިޔާމާގެ އުނގުން ނެނގީ ވަރަށް މަސައްކަތުންނެވެ. އެ އެންމެންވެސް ބެލީ މަނިކަށް އިތުރު ލޮޅުމެއްނައިސް އެ ހަށިގަނޑު އެ އެނދުމަތީގައި ބޭއްވޭތޯއެވެ.

އެންބިއުލޭންސް އަށް މަނިކު ލުމާއެކު އަފީފް އޭގެތެރެއަށް ދެމި ގަތީ ޝީޔާމާ ގޮވައިގެން ކާރެއްގައި އަންނާށޭ ބުނަމުންނެވެ. އެހެނީ މަނިކު އޮތް ހާލު ފެނި ޝިޔާމާއަށް އިތުރު ވޭންތަކެއް ނޫނީ ނުލިބޭނެކަން އެނގޭތީއެވެ. ބާރު ދުވެލީގައި ދުއްވަމުން ދިޔަ އެމްބިއުލެންސްގެ ތެރޭގައި އޮތް މަނިކަށް އަފީފް ބަލާލިއެވެ. މަނިކުގެ ކަނާތު ކޮލުކަށިގަނޑު ވަނީ ބޭރަށް ނިކުމެފައެވެ. ތުންފަތް އެއް އަރިމަތިން އިރައިގެން ގޮއްސަ ހުރި އިރު ބޮލުން ދިޔައީ ހުއްޓުމެއް ނެތި ލޭ އަންނަމުންނެވެ. އެމްބިއުލޭންސް ތެރޭގައި ތިބި ނަރުހުން ދިޔައީ މަނިކަށް އަވަސް ފަރުވާދެމުންނެވެ. މަނިކަށް ނޭވާލާން އުނދަގޫވުމުން އެމީހުންވަނީ މަނިކުގެ ކޮލު ކަށިގަނޑު ނިކުމެފައިވާ ސަރަހައްދަށް ކަތުރެއް ކޮއްޕާ އެތަނުން ނޭވާލެވޭގޮތް ހަދާފައެވެ. ބަލާލާ މީހަކަށް މަނިކު އޮތީ މަރުވެފައި ކަމެއް ނުވަތަ ނޫންކަމެއް ނޭނެގޭނެއެވެ.

އޭޑީކޭ ހޮސްޕިޓަލްއަށް އެމްބިއުލޭސް ކައިރިކޮއްލުމާއެކީ ދުވެފައި ކަހަލަ ގޮތަކަށް ދެތިން ނަރުހުންނާ އެމެޖެންސީ ޑރ އައެވެ. މަނިކު އޮތް ހާލު ފެނި ޑރ އަށްވެސް އެވަގުތު ގޮތެއްވިކަން އަފީފްއަށް އެނގުނެވެ.

“ބޭރުގަ މަޑުކޮއްލައްވާ އެނގޭތޯ…” ޑރ އަފީފް ކައިރި މަޑުކުރުމައް ބުނުމައްފަހު ވަނީ އެމެޖެންސީ ކޮޓަރިއަށެވެ.

“މަގޭ ދަރިފުޅު… މަގޭ ދަރިފުޅު ކޮބާ އަފީފޫ… ކޮބާހޭ މަގޭ ދަރިފުޅު…” ޝިޔާމާ ދުވެފައި އައިސް އަފީފްގެ އަތުގެ މުލައްދަނޑީގައި ހިފާ ތަޅުވަމުން ކިޔަމުން ދިޔައެވެ. ޝިޔާމާ ރޮއި ގިސްލަމުން ދިޔަ އިރުވެސް ދިޔައީ އެ ސުވާލު ތަކުރާރު ކުރަމުންނެވެ. “ޝިޔާމާ މީ ކެއްތެރިވާންވީ ވަގުތު…” ޝިޔާމާގެ ކޮނޑުގައި ހިފާލަމުން ސަމްސިއްޔަ ބުންޏެވެ.

“މަނިކުވީ އެމެޖެންސީ ކޮޓަރީގަ… ޑރ ވެސް ވެއްޖެ އެތެރޭގައި…..” އިތުރަށް ބުނާނެ އެއްޗެއް އަފީފްއަކަށް ނޭނގުނެވެ. “އެމީހާ މަގޭ ދަރިފުޅު ގައިގަ ޖެއްސީ… ކޮބާ އެމީހަ… އެމީހައަށް މަގޭ ދަރިފުޅު ހެދީ ކޮން ގޮތެއް… ހެޔޮ ވާނެތަ އެހެން ހަދަން.. މަގޭ ދަރިއަކީ މީހަކަށް ދުވަހަކުވެސް ދެރައެއްދިން ކުއްޖެއްނޫން…. އަހަރެން ދުވަހަކުވެސް އެމީހާއަކަށް ނުކުރާނަން މައާފެއް…” ޝިޔާމާ ރުޅިއައިސްފައި ހުއްޓަސް އެ އަޑުވަނީ ބެނދިފައެވެ. އެ އަޑު ނިކުންނަނީ ކިރިޔަ ކިރިޔާއެވެ.

“ޝިޔާމާ އެކުއްޖާގެ ކޮން ކުށެއް އޮތީ… އެކުއްޖާވެސް އެމެޖެންސީގައެއް ނޫންތަވީ….. އެއީ ކޮން ގެއެއްގެ ކާކުކަންވެސް އެނގެނީއެއް ނޫން…” ރޮވިފައި ހުރި ސަމްސިއްޔަ ބެލީ ޝިޔާމާއަށް ވިސްނައި ދެވޭތޯއެވެ. ޝިޔާމާ ބަހެއް ނުކިޔައި ހުރިތަނަށް ތިރިވީ ގިސްލާ ރޮމުންނެވެ.

…….

“ލާލާ ބައްޕި އަށް އައްދޯއި ވީތަ…… ޔާޔާއަށް ފެނުނޭ ބައްޕި ވެއްޓިފައި އޮތްތަން….” ލައިލާގެ އުނގުގައި އިށީދެގެން ލައިލާގެ މޭމަތީގައި ބޯ އަޅައިލައިގެން އޮތް އަޔާނާ ދިޔައީ ލައިލާއާއި ސުވާލުކުރަމުންނެވެ. “ލާލާ ޔާޔާ އާ ހެދިތަ ބައްޕިއަށް އެހެން އެވީ….” އެތަށް އިރެއް ވަންދެން އެއްޗެކޭ ނުބުނެ އިން ލައިލާ ކުއްލިއަކަށް އަޔާނާގެ މޫނު މައްޗަށް ހިއްލާ ލައިލާގެ މޫނާ މޫނު ސީދާ ކޮއްލިއެވެ.

“ޔާޔާ ތިހެން ބުނާކަށް ނުވާނެ….ޔާޔާ ދެކެ ބައްޕި ވަރަށް ލޯބިވާކަން އެނގެއެއްނު….” ލައިލާގެ ދެލޮލުން ކަރުތަށް ވިދަމުން ދިޔަ އިރުވެސް ލައިލާ މަސައްކަތް ކުރީ ނުރޮއި ވޭތޯއެވެ. އަޔާނާ ހުއްޓުވާލަން ލައިލާ ވަނީ ވަރަށް މަސައްކަތް ކޮއްފައެވެ. އަޔާނާ އެގޮތަށް ހުއްޓައި ލައިލާ ރޯންފަށައިފިއްޔާ އަޔާނާވެސް ރޯންފަށާނެކަން ލައިލާއަށް ޔަގީނެވެ. “ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ޔާޔާ ބޭބީ…..” ލައިލާ އެހެން ބުނީ އަޔާނާއަށް ވިސްނައިދޭންކަމެއް ނުވަތަ އަމިއްލަ ޒަމީރަށް ވިސަނައިދޭންކަމެއް ހުދު ލައިލާއަކަށް ވެސް ނޭނގެއެވެ.

….

“ނިދީތަ އަޔާނާ…..” ނަދީމްގެ އަޑަށް ލައިލާ ބަލާލިއެވެ. ޕޮލިސް ޔުނީފޯމްގައި ހުރި ނަދީމް ފެނި ލައިލާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ޕޮލިސް ޔުނީފޯމުގައި ލައިލާއަށް ނަދީމް ފެނުނު މީ ފުރަތަމަ ފަހަރެވެ. “ލައީ ” ނަދީމް އަތުން ހަނާ އަޅާލުމުން ލައިލާ ހޫމް އޭ ބުނެވުނީވެސް ދެލޯ ބޮޑުކޮއްލަމުންނެވެ. އެވަގުތު ނަދީމްއަށް ހިނިތުންވެވުނީ ލައިލާއަށް ވީގޮތް ފެނިއެވެ.

“ލައީ ހޮސްޕިޓަލްއިން މިއައީ… އަފީފްބެ ބުނެފި ގޭގަ އިންނާނީ ލައި އެކަންޏޭ… ބަލާލަ ދޭށޭ… އެއްވެސް ކަމެއް ބޭނުންތަ…. އެއްވެސް އެއްޗެއް…” މަނިކުގެ ހާލަތަށް ނަދީމް ކިތައްމެ ދެރަވިޔަސް ލައިލާ އާއި އަޔާނާގެ ހާލު ބެލުންމީ ނަދީމްގެ ޒިންމާއެއްކަމަށް ނަދީމް ގަބޫލު ކުރެއެވެ. މަނިކު ހެޔޮ ހާލުގައި ހުއްޓަސް ލައިލާއަށާއި އަޔާނާއަށް ދެރަގޮތަށް ވާން ނޭދޭނެކަން ނަދީމްއަށް އެނގެއެވެ.

“ނޫން ބޭނުމެއްނޫން… މަނިކު ކިހިނެއް.. ރަނގަޅުތަ.. ވަރަށް ދާ ހިތްވޭ މަނިކު ކައިރިއަށް…. އެކަމަކު….” ލައިލާ ހިފަހައްޓައިގެން ހުރި ކަރުނަތަށް ފައިބަން ފެށީ ހޯސްލާފައެވެ. “ލައީ ޕްލީޒް…. އިރާދަ ކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ… އަހަރެންނަކަށްވެސް މާބޮޑު އެއްޗެއް ނޭނގެ… ގައިދީއަކު ގޮވައިގެން ހޮސްޕިޓަލްގައި ހުއްޓާ އަހަންނަށްވެސް ޝިޔާމައްތަމެން ފެނުނީ… ލައީ މި ވާނެ ޕޮލިސް ކޭސް އަކަށްވެސް… އެކަމަކު ހީނުވޭ ދުއްވި މީހާއަށް އެއްވެސް އަދަބެއް ލިބޭނެހެން.. އެއީ އޭނަ ދުއްވީ ގަވައިދާ އެއްގޮތަށް… އެކަމަކު ކުއްލިއަކަށް މަނިކު ކުރިމައްޗަށް އެރީމަ މިހެން މިވީ… ލައީ ދެރަނުވައްޗޭ… ދެރަގޮތެއް ނުވާނެ…” ލައިލާ އެމޭމަތީގައި ފޮރުވާލަމުން ނަދީމް ލައިލާގެ ބޮލުގައި ފިރުމާލިއެވެ. ލައިލާ ހިތްފުރޭ ވަރަށް ރުއިމައްފަހު ނަދީމްގެ މޭމަތިން ބޯ ހިއްލާލިއެވެ.

“ނިމުނީތަ…. ޔުނީފޯމް އެއްކޮށް ތެމުނީނު…. ލައީ އަހަރެން މަޑުކުރަންވީ މިރޭ މިކޮޅުގަތަ؟….” ލައިލާ އެކަނި އޮންނަން ބިރުގަނެފާނެތީ ނަދީމް އަހާލިއެވެ. “ނޫން.. އޯކޭ ވާނެ… ނަދީމް ދިޔަޔަސް އޯކޭ…” ލައިލާ އެހެން ބުނުމުން ނަދީމް ބުމަ ހިއްލާލީ ޔަގީންހޭ އަހާލާ ފަދަ ގޮތަކަށެވެ. “އަސްލޭ… ލައީ މިރޭ ޔާޔާ ކައިރީގައި އޮންނާނީ…” ލައިލާ އެވަރަށް ބުނުމުން ނަދީމް ދާން މިސްރާބު ޖެހީ ކަމެއް ވެއްޖެއްޔާ ލަސްނުކޮށް ގުޅަން ތަކުރާރުކޮށް ބުނަމުންނެވެ.

………..

“ސަމްސިއްޔަ ދާންވީނު ޝިޔާމާ ގޮވައިގެން ގެއަށް….. މިހާރު އެޔޮށް ބާރަޖަހަނީ…..” އަތުކުރީ ގަޑިއަށް ބަލާލަމުން އަފީފް ބުންޏެވެ. “އަހަރެން ނުދާނަން.. އަހަރެންގެ ދަރިފުޅު ނުފެންނަނީސް ނުދާނަން….” ސަމްސިއްޔަ ޝިޔާމާ ނަގަން ހެދުމުން ޝިޔާމާ ދެކޮޅު ހެދިއެވެ. “ޝިޔާމާ އަދި ވާނީ ކިހާ އިރެއް ކަމެއް ނޭނގެ… ދެންމެ އެތާ އެތެރެއަށް ވަން ނަރުހަކު ބުންޏެއްނު އަދި ވާނެ އިރެއް ނޭނގެއޭ…. ޝިޔާމާ އަހަރެން މިތާ މަޑުކުރާނެމޭ… ދެން ދޭ އެއްޗެއް ކައި އޮށޯވެލަން….” އޯގާތެރި ކަމާއެކު އަފީފް ވާހަކަ ދެއްކިއެވެ. “އަހަރެންގެ ދަރިފުޅު މަރާ ހަނގުރާމަ ކުރަމުން ދާ އިރު އަފީފްމެން ތިބުނީ މި މަންމަ އެދަރިފުޅު މަރާ ހަނގުރާމަ ކުރަން ދޫކޮއްލާފަ މި މަންމަ ދިރިހުންނާށޭތަ….” ޝިޔާމާ އެހެން ބުނެލީ މޭގައި އަތުން ގޮއްމުށުން ޖަހާލަމުންނެވެ. އެވަގުތު އަފީފްގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ފެނި ސަމްސިއްޔަވެސް ފެންކަޅިވިއެވެ.

“ޝިޔާމާ އަހަރެންނަށް މައާފު ކުރޭ… އަހަރެމެންގެ ދަރީގެ ސަބަބުން… އަހަރެން ޝިޔާމާއާއި ހަތަރުކަޅި ހަމަކުރަން މިއަދު ލަދުގަނޭ….” ޝިޔާމާ އިށީދެގެން އިން ގޮނޑިއާ އެއްހަމައަށް ތިރިވަމުން އަފީފް އިސްޖާހާލީ އެދެލޮލުން ވެއްޓެމުންދާ ކަރުތަށް އިތުރުމީހަކަށް ފެނުނަ ނުދޭންށެވެ. އަފީފް އެ އިންގޮތަށް އިން އިރު ޝިޔާމާ އަގަޔަކުން ބަހެއް ނުބުންޏެވެ. އިސްއުފުލާ އަފީފް ޝިޔާމާއަށް ބަލާލިއިރު ޝިޔާމާ އިނީ އެމެޖެންސީ ކޮޓަރީގެ ދޮރާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެވަގުތު އަފީފްގެ ހިތަށް ކުރި އަސަރުން ފާހަނައާއި ދިމާލަށް މިސްރާބު ޖެހީ އިތުރަށް އެތާގައި ކެއްކުރަން ނުކުޅެދުމުންނެވެ.

……

ގޮނޑީގައި އެއް އަރިއަކަށް ނިދިފައި އޮތް އަފީފްއަށް ހޭލެވުނީ ޑރ އައިސް އަފީފްގެ ކޮނޑުގައި ކޮއްޓާލުމުންނެވެ. ދެލޯ ރަނގަޅަށް ހުޅުވުމާއެކު އަފީފް ގޮނޑިން ތެދުވީ ޑރ ބުނަން އުޅޭ އެއްޗެއް އަޑު އެހުމަށެވެ.

“ޕޭޝެންޓް ކްރިޓިލް ސްޓޭޖްއިން މިހާރު ވަނީ ބޭރުވެފައި….. އެކަމަކުވެސް އެއްޗެކޭ ބުނަން އަޅުގަނޑުމެންނަށް އެނގޭނީ ޕޭޝެންޓް ހޭ އެރީމަ….. ތިޔަ ބޭފުޅުންނައްވެސް އެނގިލައްވާނެ ޕޭޝެންޓް ގެނައި އިރު އޮތް ހާލު… ސިކުނޑިއަށް ހުރީ ލޭވެސް އެޅިފައި… އަޅުގަނޑު ތިން ގަޑި އިރުން ތިން ގަޑި އިރުން އަންނާނަން ޕޭޝަންޓް ޗެކް ކުރަން.. އަޅުގަނޑު ނެތިއްޔާ ސީނިޔާ ނަރުހަކު ހުންނަވާނެ… އެކަމަކު ފަހަރަކު ބޭފުޅަކަށް ވަދެވޭނީ… ދެރަގޮތެއް ނުވާނެ…” ޑރ ދިޔުމުން އަފީފް އަތުކުރީ ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން ހެދުނު ހައެއް ޖަހަނީއެވެ.

“ކޮބާ ޝިޔާމާ….” އަފީފް އާއި ދިމާލަށް ހިނގާފައި އަންނަ ސަމްސިއްޔަ ފެނި އަފީފް އަހާލީ ކަންބޮޑުވެ ހުރެއެވެ. “އެބައިން ނަމާދަށް… ފަތިސް ނަމާދަށް އެރި ގޮތަށް އެބައިން އިށީދެގެން….. ” ސަމްސިއްޔަގެ އަޑުންވެސް ދެރަވެފައިވާ މިންވަރު ހާމަވެއެވެ. “ސަމްސިއްޔަ މަނިކު ހާލު ކުރިއަށް ވުރެއް ރަނގަޅޯ ޑރ ބުނީ…. މަނިކު ހޭ އަދިވެސް ނާރަ… ހޭ އެރީމަ އިތުރަށް އެއްޗެކޭ ބުނެވޭނީ…. އަދި ބުނި ފަހަރަކު މީހަކަށްށޯ ވަދޭވޭނީ.. ޝިޔާމާ އައިމަ ނަރުހަކަށް ގޮވާފަ ބުނޭ އެނގޭ ޝިޔާމާ ވައްދާދޭށޭ…. އަހަރެން އަންނާނަން ނަމާދު ކޮއްލައިގެން” އަފީފް އެހެން ބުނުމުން ސަމްސިއްޔަ އަވަހަށް ބޯ ޖަހާލިއެވެ.

މަޑު ހިނގުމެއްގައި ހިނގާފައި އައިސް ހުއްޓުނު ޝިޔާމާގެ މޫނުމަތިން އުޖާލާކަން ފެނުނީ ސަމްސިއްޔަ ދިން ހަބަރުންނެވެ. އަވަސް އަވަސްކޮށް ނަރުސް ކުދިން ދިން ހެދުން، ލައިގެން އިން ހެދުން މަތިން މަހާލަމުން ޝިޔާމާ މަނިކު ކައިރިއަށް ވަނެވެ.

މަނިކުއޮތް ތަނަށް ވަދެވުމާއެކު އިވެންފެށީ އެކި އަޑު އަޑެވެ. އެކި ވާތަށް ގުޅާފައިވާ މެށިނުން އެކި ވައްތަރުގެ ރޮނގުތަށް އަރަމުން ދިޔައެއް ކަމަކު ޝިޔާމާއަށް އެއީ ކޯޗެއްކަން ނޭނގުނެވެ. އެހެން ނަމަވެސް އެ ދެލޮލުން ފެންއައީ މަނިކުގެ ބާލާފައިވާ ބޮލާއި ކޮލާއި ނޭފަތާ ދެމެދަށް ޖާހާފައިވާ ފަލަ ހޮޅި ފެނިއެވެ. ތުންފަތް ކައިރީގައި ބޮނޑު މަލަން ގަނޑެއް އަޅާފައި ވީއިރު އެ ފަކީރުއަށް ވާނެ ތަދު އެ މައިމީހާއަށް އިހްސާސް ކުރެވޭކަހަލައެވެ.

“މަގޭ ދަރިފުޅާ….” މަނިކުގެ ބޮލުގައި މަޑުމަޑުން ފިރުމާލަމުން މަނިކުގެ އަތުގައި ޝިޔާމާ ހިފީ ވަރަށް ވެސް ބަލައިގެންނެވެ. އެއަތުގައި ގުޅާފައިވާ އެއްޗެހި އެ ހަށިގަނޑަށް ވުރެއް ގިނައޭ ޝިޔާމާ ހިތަށް އެރިއެވެ. “މަންމަގެ ދަރިފުޅާ ކެއްކުރަންވާނެ… ދަރިފުޅު ތިގޮތަށް ހިއްވަރުކުރަންވާނެ… މަންމައާއި އަޔާނާއަށްޓާކާ ނަމަވެސް… ދަރިފުޅާ ނުލާ ކިހިނެއް މަންމަމެން އުޅޭނީ… ދަރިފުޅާ…. މަގޭ ދަރިފުޅާ…. ބައްޕަވެސް މިހާރު އުޅޭނެ އަންނަން… މަންމަ ކައިރީގައި ބުނި ވީއެންމެ އަވަހަކަށް މި އަންނަނީއޯ… ދަރިފުޅާ… ދަރިފުޅު ތީ އަޔާނާ ކަހަލަ ހަމަ ހިތްވަރުގަދަ ކުއްޖެކޭ….” ޝިޔާމާއަށް އިތުރަށް ވާހަކަ ނުދެއްކުނުވެ. މަނިކުގެ އަތުގައި ހިފައިގެން ގިސްލާ ރޮމުން ދިޔައީ ހެއްދެވި ފަރާތަށް ދުއާ ކުރާ ހާލުގައެވެ. ދެން އިވެން ފެށި އަޑުން ޝިޔާމާއަށް ބިރުން ފަހަތަށް ވެސް ޖެހިލެވުނެވެ. ދެތިން ނަރުހުން އައިސް ޝީޔާމާ އެތަނުން ނެރުނީ އަވަސް ހަރަކާތްތަކެއް ކުރަމުންނެވެ.

އެވަގުތު ޝިޔާމާއަށް އެ ހަށިގަނޑާއި ފުރާނާ ވަކިވި ކަހަލަ އިހްސާސްއެއް ކުރެވުނެވެ.

ނުނިމޭ….

32
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

ވަންހަނާ (6)

Next

ތާޝާ (ފަހުބައި)

Next
December 14, 2016

ތާޝާ (ފަހުބައި)

Previews
December 14, 2016

ވަންހަނާ (6)

19 Comments

  1. kamana says:
    December 14, 2016 at 10:02 pm

    Heyy guyxxxc i hope mibaivx hurihaa kudhinnah kamudhaanr kamah ??

  2. Sweety says:
    December 14, 2016 at 10:13 pm

    Wow!!!!

    1. kamana says:
      December 15, 2016 at 9:44 am

      ??

  3. Thaathi says:
    December 14, 2016 at 10:44 pm

    Vvvvv reethi and bibbi bappi ah change kohleema thanks v bodah v nice and luv u ummmmahhhjjhhj

    1. kamana says:
      December 15, 2016 at 9:45 am

      Thnk yu so much thaathi. Yaa i m tryn readers beynun vaagothah vx vaahaka geneveytho. N lov u too ummmwa??

  4. Hooooo. says:
    December 15, 2016 at 12:41 am

    Waiting for a fast update. Yeah

    1. kamana says:
      December 15, 2016 at 9:46 am

      Will try to up soon??

  5. Appy says:
    December 15, 2016 at 11:38 am

    V rythi mi bai vx dhn in bai vx avas kohdhehchey kamana

  6. Shew says:
    December 22, 2016 at 5:55 pm

    Koba story.??? Kamana eagerly waiting for your story.. ?

  7. Sim says:
    January 12, 2017 at 12:40 pm

    Koba nxt part? Kurin kamana nikan avahah vaahaka up kohdhey. Bt nw!! Plx avahah up kohdhybala.

  8. purple handi says:
    January 13, 2017 at 2:00 pm

    v avahey nun up kuri leh… eh dhuvas kolhehga ulhun iru hyvi raatas laafa ninmaalan ulhun hn… ragalhah vahaka liyan iguneh kamaku readers kuraa ithubaara gadharu thi veyya modelany amilla ah.. gaimu maheh v viyya.. mi dhn kihaa bodu kameh…up nukurevey thaaga v gotheh vx angaalyma dhw egeynyy…. pis pis

  9. Anonymous says:
    January 15, 2017 at 1:22 am

    When??

  10. Kiuntheri eh says:
    January 15, 2017 at 1:23 am

    When?? Meetha emme fahu part akee

  11. BELL says:
    February 13, 2017 at 11:15 am

    KOBAA THA STORY.. DHEN UP NUKURANY THA? WAITING…

  12. kamana says:
    April 8, 2017 at 1:35 pm

    guys will upload this story from tmrow onwards.. sorry for late updates.. :*

  13. ... says:
    April 13, 2017 at 12:23 am

    kobaatha adhivex up nuvey…

  14. Anonymous says:
    June 2, 2017 at 12:01 am

    Tomorrow eh na eynun. Gina writers haalathu my

  15. Why says:
    May 11, 2018 at 3:34 pm

    Its been a year

  16. keydee says:
    May 16, 2019 at 12:09 am

    mihaaru 3 aharu dhuvas v!

Comments are closed.

All Right Reserved!