ޤުރުބާން ވުމީ މިހިތުގެ އުފާ 35 ވަނަ ބައި
“ހޫނ ހޫން… ދެން ހެވޭ… ” އަބްޔާން ސައިކަލު އިސްޓާޓުކޮށްލަމުން ބުނެލި އެވެ. “ކަލޭ ބޭނުމިއްޔާ ކަލޭ އެކަން ކުރޭ.”
“މަގޭ ޒިޔާދާ ހުއްޓާ މަށަކަށް އެހެން ކަމެއް ނުވާނެ.” ނޫރު ހިނިގަޑެއް ޖަހާލަމުން ބުނެލި އެވެ. އަބްޔާން ބޯޖަހާލަމުން އިތުރު އެއްޗެއް ނުބުނެ އެވެ.
ދެމީހުން ގޮސް ވަނީ ކައިރީގައި ހުރި ކެފޭ އަކަށް ހެދުނުގެ ނާޝްތާ ކުރާށެވެ. ދެމީހުން ވެސް ތިބީ ވަރަށް ހާންތި ވެފައި ކަމުން ގަދައަށް ކާލަން ލައްކަ ސާމާނަށް އޯޑަރު ދިނެވެ.
“ކަލޭމެން މެރީ ކުރާނީ ކޮން އިރަކު؟” އަބްޔާން ހަމަ ޖެހިލާފައި ނޫރު ކައިރީ އަހާލި އެވެ.
“އަދި ނޭގެ ޒިޔާދާ ކޯސް ނިމުނީމަ އިންނާނީ… އަދި ފައިނަލް އެސެސްމެންޓް އެބަ އޮތޯ.”
“އެހެންތަ… ދެން ރަށުގަ ހުންނާނެތާ ފެޝަން ޑިޒައިނަރ އެއް ވެސް ދޯ.” އަބްޔާން ހީލަމުން ބުނެލި އެވެ.
“އާން، އާލިޔާ އައިމަ ބިއުޓީޝަނެއް ވެސް ހުންނާނެނު.”
“އެބުނާހެން… ދެން ވެޑިން ތަކަށް ތައްޔާރުވާކަށް މާ ދުރަށް ދާކަށް ނުޖެހޭނެނު… ރަށުން ހުރިހާ ކަމެއް ކުރެވޭނެ. ދެން ލީކްސް ރެސްޓޯރެންޓުން ކޭޓަރިން ކޮށްދޭނަމަ އެނިމުނީ ދޯ.” އަބްޔާން ވެސް މަޖާ ވެލާފައި ބުނެލި އެވެ.
“އައްދެ ކޭޓަރިންނާ މެދުވެސް ވިސްނާކަށް ނުޖެހޭނެނު… ޖަންނަ އެބަ ހަދާނު ކޭޓަރިން ކޯހެއް.” ނޫރު މަޖާ ވެލާފައި ބުންޏެވެ. އަބްޔާން ނޫރުއަށް ބަލައިލި އެވެ. ޖަންނަގެ ނަން ބުނެވުމުން ނޫރު ވެސް ފާޑަކަށް އަބްޔާންއަށް ބަލައިލި އެވެ. “އަބީ އަކަށް ނޭގެ ދޯ؟” ނޫރު އިންގޮތަށް އިނދެ ނޭގޭ ކަމަށް ހަދާލާފައި އަވަހަށް ބުނެލި އެވެ.
“އާން، އަހަންނަކަށް ނޭގެ… އިގެން ބޭނުމެއްވެސް ނޫން.” އެހެން ބުނެފައި އަބްޔާން ކާން ފެށި އެވެ. ނޫރު ވެސް އެއްޗެއް ނުބުނެ ކަމުން ގެންދެ އެވެ. އަބްޔާން އާއި ދިމާއަށް ނޫރު ބަލައިލަ އެވެ. އަބްޔާން ފުން ހިޔާލެއްގައި އިނދެގެން ކަމުން ދިޔަ އެވެ. ޖަންނަތުގެ ނަން ބުނެވުމުން ނޫރު އިނީ މުޅިން ސަކަރާތް ވެފަ އެވެ. އަބްޔާންގެ މޫޑު އޭނައާ ހެދި ބަދަލުވީ ކަމުގައި އޭނައަށް ހީވެގެނެވެ.
“ކޮން އިރަކުން އާލިޔާގެ ސެލޫން ހަދަނީ؟” ނޫރު އަވަހަށް މަޢުލޫ ބަދަލު ކޮށްލެވޭތޯ އުޅެނެވެ.
“ބައްޕަ އެބަ އުޅޭ އެކަމާ… މިހާރު އެތަން ސާފުކޮށްފަ އޮންނާނީ… ބަޔަކު ހޯދަނީ.” އަބްޔާން ބުންޏެވެ.
“އާލިޔާ ނިމެން ވާ އިރަށް އެތަން ހަދަން ދޯ ތިއުޅެނީ.”
“އާން، އެހެންތާ ވާނީ… އޭނަ ނިމޭނެ އަންނަ އަހަރު.”
“ސަޅި… ކޮބާ އަބީގެ ކޮޓަރި ހަދަން އޭރު ހޯދީމެއްނު ގުރޫޕެއް… ކޮބާ އެ ގުރޫޕު؟”
“ފަހުން އަހަރެން އެމީހުނަކަށް ނުގުޅަން… ކަންތައް ވީ ގޮތުން ކޮޓަރި ނުހަދަމެއްނު.” އަނެއްކާވެސް އެމީހުންގެ ވާހަކަ ގޮސް ހުއްޓުނީ ޖަންނަތު އާ ގުޅުން އޮތް ހިސާބަށެވެ. ނޫރު އަބްޔާންއަށް ބަލައިލި އެވެ. އަބްޔާން އަނެއްކާ ވެސް ވިސްނަން އިންތަން ފެނި ނޫރު ބޯ ހޫރާލި އެވެ.
“އަބީ، ކަލޭ ދެން އެހެން ކަމެއް ފަށާ… އަބަދު ޖަންނަގެ ހިޔާލުގަ ތިހެން ނޫޅެވޭނެނު.” ނޫރު އެންމެ ފަހުން އެ މަޢުލޫ ފެށި އެވެ. އަބްޔާން ނޫރުއަށް ފުންކޮން ބަލައިލި އެވެ. އަދި ފުން ނޭވާއެއް ލި އެވެ.
“ނޫރު ތިބުނީ ރަގަޅު ވާހަކައެއް… ނޫރު ވެސް ދެން ދުވަސް ކޮޅަކުން މެރީ ކުރާނެ… އޭރުން ދެން ބާކީ ހުންނާނީ އަހަރެން އެކަނި… އެމީހެއްގެ އާއިލާ އާއި އެކު އެމީހަކު ބިޒީ ވާނެ… ”
“ތިބުނީ ތެދެއް… އަބީ، އަހަންނަށް ފެންނަނީ ކަލޭ ވެސް ދެން ލަސްނުކަށް ބިޓެއް ނަގަން.”
“އާލިޔާ އައިމަ އަހަރެން ކިޔަވަން ދާނީ… އަހަރެން ނުނިންމަ އައިބައި ފުރިހަމަ ކުރަން… އެހާ އަވަހަށް ދިރިއުޅުމެއް ފަށާކަށް އަހަރެން ބޭނުމެއްނޫން… އަނެއްކާ އަނެއްކޮޅުން ބައްޕަގެ މަސައްކަތުގަ އުޅެން ހުންނާނެ މީހަކީ އަހަރެން އެކަނި… ޔާން ދެން ހިޔެއް ނުވޭ މިކޮޅަށް އަންނާނެ ހެނެއް.”
“އެޔޯ؟” ނޫރު ހައިރާން ވެފައި އެހި އެވެ.
“ޔާނު އުޅެނީ މިހާރު ސިންގަޕޫރު ކުއްޖަކާ ސީރިއަސްކޮން ރައްޓެހިވެގެން. އެތަނުން ޖޮބެއް ވެސް ހޯދަން އުޅެނީ… ބުނި އެމަންޖެއާ އިންނާނަމޭވެސް. ރަގަޅު ވާނީ ވެސް މެރީކޮށްގެން ދުރުގަ އުޅުނިއްޔާ… އެހެން އަންނަ ކޮންމެ ކޮންމެ އަންހެން ކުއްޖަކަށް ނޫޅެވޭނެ އަހަރެން މަންމައާ އެއްކޮނެއް. މިހާރު ގޭގަ އެއުޅޭ ލަންކާމީހާ، އަރީކާެ… އޭނަ އަށް ވެސް ރަގަޅު އެއް ކަމެއް ވެސް ނުކުރެވޭ… ދޭތެރެއަކުން އަރީކާ ރޯން ހުއްޓާ ފެންނާނީ.” އަބްޔާން ބުންޏެވެ. ނޫރު ބޯޖަހާލަމުން އަބްޔާންއަށް ބަލައިލި އެވެ.
“އާލިޔާ ކުއްޖަކާ ރައްޓިއްސެއް ނުވޭތަ؟”
“ތިޔެއް ނޭގެ… ހަފްހަފްއާ ކޮންމެވެސް ކަހަލަ ގުޅުމެއް އޮވޭ ކަންނޭގެ. އޭނަގެ ގޮތެއް އެއް އިރަކުވެސް މަށަކަށް ނޭގޭނެނު… މަށާ އެކަހަލަ ވާހަކަ ހިއްސާ ކުރާ މީހެއް ނޫން އެއީ.”
“އާޔަތު ބުނި އޭނަ ކިޔަވާ ނިމިގެން އަބީ މެންގެ ބިޒްނަސްއާ ޖޮއިން ކުރާ ވާހަކަ…” ނޫރު ބުންޏެވެ.
“އާން، އާޔާ އެހެން ކިޔާފަ ބިޒްނަސް އެ ކިޔަވަނީ ވެސް. އެއާއިލާގެ ވެސް ފެކްޓްރީނު އެއީ… އެމީހުންގެ ތެރެއިންވެސް އެކަކު އެތަނާ ހަވާލުވާން ޖެހޭނެނު.” އަބްޔާން ބުންޏެވެ.
“ތިހެންވިއްޔާ މުސްތަޤްބަލުގައި ތި ފެކްޓްރީ ހިންގަން ތިބޭނީ އާޔާ އާ އަބީ އާ ދޯ.” ނިކަން މާނަފުންކޮން އަބްޔާންއަށް ބަލައިލަމުން ނޫރު ބުންޏެވެ. ނޫރުގެ ތުންފަތަށް އައިސްފައި ވާ ލާނެތް ހިނިތުން ވުމުން އަބްޔާން ފާޑަކަށް ނޫރުއަށް ބަލައިލި އެވެ.
“ކަލޭ އަދިވެސް މަށާ އާޔާއާ އަޅުވާ ކިޔަނީ ދޯ؟”
“ނޫނޭ، މަ ނުކިޔަން… މަ އަޅުވާ ނުކިއެއް އެކަމު އެއީ ދެން ކުރާކަށް ގޯސް ކަމެއް ނޫނެއްނު.” ނޫރު ހީލަމުން ބުންޏެވެ.
“މަ ބޫނީމެއްނު ތިހެން ނުކިއްޔައްޗޭ އެއީ މަގޭ ކޮއްކޮ އެއް ކަހަލަ ކުއްޖެކޭ… އަނެއްކާ އޭނަވެސް އަހަންނަށް ކިޔަނީ އަބީބެ. އެހެން ވީމަ އޭނަ ހިތުގަ ވެސް ތިކަހަލަ ކަމެއް ނޯންނާނެނު.”
“ތިޔެއް ނޭގެ… އަހަރުމެން ރަށު އާދަނުބޭ އަށް އޭނަ އަންހެނުން ގުރޭޝާ އަދިވެސް އެކިޔަނީ އާދަނުބޭ… އާ އެހެންޏާ ޤުރޭޝާ ގެ ކާފަގެ ބޭބެ، ޖައުފަރުގެ ދަރިއެއް ވިއްޔާ އާދަނުބެ އަކީ.”
“ނޫރު ކަލޭ ކޮންމެސް ގޮތަކުން ދެން ތިހެން އުޅޭނެ ކަމެއްނެތް. މަށެއް ނޫޅެން ތިކަމަކާ.” އަބްޔާން ބުންޏެވެ. ނޫރު އިތުރަށް އަބްޔާންއާއި ދިމާކޮށް ކޮށްފައި އުޅުނެވެ. އަބްޔާން ފަހުން އަޅާ ނުލާހުރީ ނޫރު އެކަން ނުހުއްޓާނެކަން އިނގޭތީ އެވެ.
އެތަނުން ދެމީހުން ނުކުމެގެން މިސްރާބު ޖެހީ ނަސީރު މާލޭގައި ހިފާފައި ހުންނަ ގެޔާއި ދިމާލަށެވެ.
ގޭތެރެ ސާފުކޮށްލާފައި ޖަންނަތު ފެންވަރާލި އެވެ. އޭރު ޒައިދާން ލެޕްޓޮޕުން ގެސްޓް ހައުސްގެ ލިޔެކިއުންތަކުގެ ކޮންމެވެސް މަސައްކަތެއް ކުރަން ބޭރުގައި އިނެވެ. ހަވީރުގެ ފިނި ރޯޅިތައް ވާންފެށުމުން ޒައިދާން ހީކަރުވާ ގޮތް ވިއެވެ. ފިނިމޫސުމަށް މާހައުލު ތައްޔާރުވަނީ ކަން ގަސްތަކަށް ބަލައިލުމުން އިނގެ އެވެ. ހުރިހާ ގަހެއްގެ ފަތްތައް ވަނީ އޮރެންޖުކުލައާއި މުށިކުލަ އަރާފަ އެވެ. ގަސްތައް ދޮށަށް ފައިބާފައިވާ ފަތްތައް ވެސް މަދެއް ނޫނެވެ. ކޮންމެ ދުވަހަކު ސާފުރާއިރުވެސް މަދެއް ނުވެ އެވެ. ޒައިދާން ގޭޓާ ދިމާއަށް ބަލައިލި އެވެ. ކޮންމެވެސް ވަރަކަށް އެހިސާބުގައި އޭރު މީހުން އުޅެ އެވެ. މިދުވަސް ކޮޅު އެތަނަށް ވަރަށް ދުވަސް ކުރުވެފައި ރޭނގަނޑު ދިގެވެ. ރޭގަނޑު ވުމުން ދުންފިނީގެ އަސަރުވެސް ކުރާތީ މީހުންތައް އަވަހަށް އަނދިރިވާން ވާއިރަށް ގެއަށް ވަދެވޭތޯ ބަލަ އެވެ. މަގުމަތީ ހިގާބިގާވެ ދުއްވާ އުޅުން އެދުވަސްކޮޅު އުނދަގޫވީމަ އެވެ.
ޒައިދާން ލެޕްޓޮޕް ހިފައިގެން އެތެރެއަށް ވަދެ ބޭރު ދޮރު ތަޅުލި އެވެ. ދެން އެރޭ ބޭރަށް ދާން ޒައިދާންގެ ހިތަކު ނެތެވެ. އެވަގުތު ޖަންނަތު ކޮޓަރިން ތާޒާ ވެލައިގެން ނުކުތެވެ. ތެތް އިސްތަށިތައް ނިތް ކުރިއާއި ކަންފަތް ކައިރީ ތައްވެފައި ވާއިރު ލައިގެން ހުރި ރޭގަނޑުގެ ގައުންއިން ޖަންނަތުގެ ރީތިކަން އިތުރުވެފައި ވާ ކަހަލަ އެވެ. ކަޅި ޖަހާނުލާ ޖަންނަތުއަށް ބަލަން ޒައިދާންއަށް ހުރެވުނީ އެވެ.
“ކާން ހަދަންވީ ދޯ.” ޖަންނަތު އައިސް ޒައިދާން އާއި ދާދި ގާތުގައި ހުއްޓިލަމުން އެހި އެވެ. ޒައިދާން އަށް ހޭވެރިކަން ވީ އެހާ ހިސާބުންނެވެ. ޒައިދާން ކަރުކެހިލަމުން އަވަހަށް ބޯ ޖަހާލީ ޖަންނަތުއަށް ކަމެއް އިނގިދާނެތީ އެވެ.
“ވަރަށް ފިނިވޭ އެބަ… ދަށްކޮން ހީޓަރު ޖައްސާލަން ވީނު.” ޒައިދާން ބުންޏެވެ. ޖަންނަތު ބޯ ޖަހާލަމުން ބަދިގެއާއި ދިމާލަށް ދަމުން ހީޓަރު ޖައްސާލި އެވެ. ޒައިދާން ޖަންނަތު ދިޔަ ދިމާލަށް ބަލަން ހުއްޓެވެ.
“އަހަންނަށް ކެތްވާނީ ކިހާ ދުވަހަކުބާ؟ ޖަންނައަށް ކޮންމެވެސް ގޮތަކުން އަހަރެންގެ ހިތުގެ ހާލު އަންގަން ވީ ކަންނޭގެ… ޖަންނަގެ ހިތުގައި ޖާގަ ނެތަސް އަހަރެންގެ ހިތް އޮތްގޮތް އޭނައަށް އިނގެން ޖެހޭނެކަންނޭގެ.” ޒައިދާން ހިތާ ހިތާ ވާހަކަ ދައްކާލި އެވެ.
ޒީނަތު ވިހަން ވެއްދީ ހެދުނުގެ ވަގުތެއްގަ އެވެ. މޫސަގެ މަންމައާއި ބައްޕައާއި އާޔަތުއާއި އާޒަތު ހޮސްޕިޓަލްގެ ވެއިޓިން ރޫމުގައި މަޑުކޮށްލައިގެން ތިއްބެވެ. ހޮސްޕިޓަލުގެ ކެންޓީނުން މޫސައާއި އެކު އަބްޔާންއާއި ނޫރު ކޮފީއެއް ބޮއެގެން އައި އިރު އިރު ޖަންނަތު އުޅެނީ އާޔަތުއަށް ވީޑިއޯ ކޯލެއް ކޮށްގެނެވެ. އޭރު އާޒަތު ވެސް ޖަންނަތުއާ ވާހަކަ ދައްކަނީ އެވެ.
“މިހިރީ މޫސަބޭ.” މޫސަ އައުމުން އާޔަތު މޫސައާއި ދިމާއަށް ފޯނު ދިއްކޮށްލި އެވެ. އެވަގުތު އަބްޔާންއަށް ފޯނުގެ އިސްކުރީނުން ޖަންނަތު ފެނުނެވެ. ދުވަސް ތަކަކަށް ފަހު އެގޮތަށް ފެނިލި ވެސް އެއީ ފުރަތަމަ ފަހަރެވެ. އަބްޔާން ފޯނުގެ އިސްކުރީނަށް ބަލަހައްޓައިގެން ހުއްޓެވެ. ޖަންނަތުއަކަށް އަބްޔާންއެއް ނުފެނެ އެވެ.
“މޫސާ، ކޮބައިތަ ހަބަރަކީ މިހާރު؟” ޖަންނަތު ނިކަން ހެވިލާފައި މޫސަ ކައިރިން އެހި އެވެ.
“ލޭބަރ ރޫމްގަ ވީ… ރިއްސާ ކަމަށް ބުނީ… އަދި ވިހާނެ އިރެއް ނޭގެ… ބޭބީ ވެސް ޒީ ވެސް ރަގަޅު.” މޫސަ ބުންޏެވެ. ޖަންނަތު ހިނިތުން ވެލައިގެން އިނެވެ.
“މަށަށް ހަބަރު ވެލައްޗޭ… އަދި ގުޅާނަން.” ޖަންނަތު އެހެން ބުނެފައި ކަނޑާލި އެވެ. އަބްޔާން މަޑުމަޑުން ގޮސް އިށީނެވެ. އަބްޔާން ގާތު ހުރި ނޫރު ވެސް އަބްޔާން ފަހަތުން ގޮސް އިށީނެވެ.
“ކަލެއަށް ތިވަރުވަންޏާ މަށަށް ފެންނަނީ ޒައިދާން އާއި ވާހަކަ ދައްކައިގެން ތިކަމަށް ހައްލެއް ގެންނަން.” ނޫރު ނިކަން މަޑުމަޑުން އަބްޔާންއަށް އިވޭ ވަރަށް ބުނެލި އެވެ. އަބްޔާން ނޫރުއަށް ބަލައިލާފައި ބޯ ހޫރާލަމުން ތެދުވި އެވެ. އަދި އެތަނުގައި ނުހުންނަން ބޭރަށް ނުކުތެވެ.
އަބްޔާން ނުކުމެގެން ހިގަމުން ހިގަމުން ގޮސް އަތިރި މަތީ މޫދާ ދިމާލަށް ކުރިމަތިވާ ގޮތަށް ތޮށިގަނޑު މަތީ ޖައްސާލި އެވެ. އޭރު ދުނިޔެ މައްޗަށް ހޫނުވަމުން އައިސް ދިލަ އަތްވެއް ދީފައި އޮތެވެ. އަބްޔާންއަށް ހޫނުވާ ހެނެއް ވެސް ހިޔެއް ނުވެ އެވެ.
“އަހަރެން ދެން ޖަންނަގެ ދިރި އުޅުމަކަށް ނުދާނަން… ކިތަންމެ ދެރަ ވިޔަސް، ކިތަންމެ ހިތުގަ ޖެހުނަސް، އަހަރެން ކެތް ކުރާނަން… ޖަންނަ ނިންމި ނިމުމާ އަހަރެން ދެކޮޅެއް ނުހަދާނަން… ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް އަހަރެން ދެން އެހާ އަވަހަށް މީހަކާ ރައްޓިއްސެއް ވެސް ނުވާނަން… އަދި މީން ދުވަހަކު މީހަކާ ވެސް ނީންނާނަން…” އަބްޔާން އަމިއްލަ ހިތާ ވާހަކަ ދައްކަމުން ދިޔަ އެވެ.
“ޖަންނަ އުފަލުގައި ހުރިއްޔާ އަހަރެންވެސް އިރާދަ ކުރެއްވިއްޔާ ހުންނާނީ އުފަލުގަ… ކޮންމެ ގޮތެއް ވިޔަސް އަހަންނަށް ދުވަހަކު ވެސްޖަންނަ މަތިން ހަދާން ނައްތައެއް ނުލެވޭނެ… ، އަނެއްކާ މިހާރު ކުރިމަތީ އަބަދު ޖަންނަގެ ސޫރައިގައި އާޔާ ފެންނަން ފެށުމުން ކިހިނެއް…. ޖަންނާ ކިހިނެއް އަހަރެން މި ކެތް ކުރަނީ؟ ކިހިނެއް އަހަރެން ކެތް ކުރާނީ؟” އަބްޔާންގެ ލޮލުން ކަރުނަ ނިރާލި އެވެ. އަބްޔާން ތެދުވެ ތޮށިގަނޑު މަތިން މަޑުމަޑުން ހިނގަން ފެށި އެވެ. ރަތްދަކަ އަވީގަ އެވެ. ދިލަ ހޫނުގަ އެވެ. އޭނައަށް ހޫނު އިހުސާސް ވާހެނެއް ހިޔެއް ނުވެ އެވެ. އާވާރާ އެއްހެން ހިގަމުންގޮސް ރަސްފަންނާ ހިސާބަށް ދެވުމުން އަނެއްކާވެސް އަބްޔާން އިށީނެވެ. އޭރުވެސް އޭނާގެ ހިތް ވަނީ ބޭގަރާރު ވެފަ އެވެ. ޖަންނަތުގެ ހަދާންތަކާއި ހިޔާލުތަކުން ފުނިޖެހެމުންދާ ސިކުނޑި ފުރިގެން ހިތަށް އޭގެ ހުރިހާ އަސަރެއް ކުރަމުން ދިޔަ އެވެ. އަބްޔާން މޫނު ފޮހެލީ ލޮލަށް ގިނަވަމުން ދިޔަ ކަރުނަތަށް ފޮހެލުމަށެވެ. ފުން ނޭވާއެއް އަބްޔާން ދޫކޮށްލި އެވެ.
“ޖަންނަ އެއީ އަހަރެންގެ މިލްކެއް ނޫނެވެ. އެހެން މީހެއްގެ މިލްކެއް އަހަންނަށް ލިބޭނީ ކިހިނަކުން ހެއްޔެވެ. އެއީ ހަމަ އެކަނި ފެންނަ ދަންނަ އެކުވެރި އެކެވެ. އެޔަށް ވުރެން ކައިރިއެއް ނުވާނެ އެވެ. އަހަރެން ޖަންނައާ ކުރިމަތި ލާނަމެވެ. ވާހަކަވެސް ދައްކާނަމެވެ. ނަމަވެސް ލޯބިވެރިއެއްގެ ހައިސިއްޔަތުންނެއް ނޫނެވެ. އެކުވެރިއެއްގެ ހައިސިއްޔަތުންނެވެ. ނޫނީ އެކުވެރިޔާގެ އަނބިމީހާކަން ދެކިގެންނެވެ. އަހަރެން ހިތްވަރު ކުރާނަމެވެ. ހުރިހާ ހިތާމައެއް ހިތުތެރޭ ހިންދާލާނަމެވެ.” އަބްޔާން އެތަކެއް އިރު އަމިއްލަ ޒަމީރަށް ވިސްނައިދޭން އެތާނގައި އިށީނދެގެން އިނެވެ.
ޖަންނަތު ދަންވަރު ވީ އިރުވެސް ނުނިދާ ހޭލާ އިނީ ޒީނަތުގެ ހަބަރެއް ވެލަން ދެނެވެ. ޒީނަތު ވިހޭ ހަބަރު ނުދެނީސް ނުނިދާށެވެ. ޒައިދާން ނިދަން ގޮސް އޮވެ އޮވެ ނުނިދިގެން ތެދުވެގެން އައިސް ލެޕްޓޮޕް ހުޅުވައިގެން އިނެވެ.
“ކީއްވެ ނުނިދަ ތި އައީ؟” ޖަންނަތު ޒައިދާން ކުރަން އަހާލި އެވެ.
“އަދި ދެތިން މަސައްކަތް އޮތީމަ… އެވެސް ނިންމާލާފަ ނިދާނީ…” ޒައިދާން ގަސްތުގައި ދޮގެއް ހަދާލި އެވެ. ޖަންނަތު ޓީވީ އަޅުވައިގެން އިން އިރު ތަން ކޮޅެއް ދުރުގައި ފަހަތުގައި އިން ކުޑަ މޭޒެއް ކައިރީ ޒައިދާން އިނެވެ.
އާޔަތު ގުޅަން ފެށީ އެގަޑީގަ އެވެ. ޖަންނަތު އަވަހަށް ފޯނު ނެގީ ނިކަން އުފާވެލާފައި ހުރެ އެވެ.
“ތުއްތާ… ގާރލްއެއް… ދެންމެ އެ ވިހީ… އިރުކޮޅަކުން ނެރޭނަމޯ… ކޯލް ޔޫ ލޭޓަރ.” ޖަންނަތުއަށް އެއްޗެއް ނުބުނެވި އުޅެނިކޮން ހަބަރު ދީފައި އާޔަތު ފޯނު ބޭއްވި އެވެ. އަދި ގުޅާނަން ކަމަށް ބުނުމުން ޖަންނަތު ފޯނު އަތައް ލައިގެން އިނެވެ.
ގަޑިއިރެއް ފަހުން އަނެއްކާ ވެސް އާޔަތު ގުޅި އެވެ.
“ހެލޯ، ތުއްތާ،” އާޔަތު ގެ އަޑުން ވެސް ނިކަން އުފާވެފައި ވާކަން އިނގެ އެވެ. “ވީޑިއޯ ޖައްސަބަލަ.” އާޔަތު ބުންޏެވެ. ޖަންނަތު ވީޑިއޯ ޖެއްސި އެވެ.
“ކޮޓަރިއަށް ގެނައީތަ؟” ޖަންނަތު އެހި އެވެ.
“އާން، މިއޮތީ ދޮންތަ.” އާޔަތު ޒީނަތާއި ދިމާއަށް ފޯނު އަނބުރާލި އެވެ. ޒީނަތުގެ މޫނުމަތިން ވަރުބަލިކަން ފެންނަން ހުއްޓަސް ޒީނަތު އޮތީ ވަރަށް އުފަލާ އެކު ހިނިތުން ވެލައިގެނެވެ.
“ދޮންތާ، ކިހިނެއް؟ މިހާރު މަންމައަކަށް ވެފަ ތިއޮތީ… ”
“އާން، ދޮންތަ ވެސް ބޭބީ ވެސް ރަގަޅު… ޖަންނަ އައި ނަމަ ކިހާ މަޖާ ވާނެ…”
“ކޮބައިތަ ބޭބީ؟” ޖަންނަތު އެހި އެވެ. އާޔަތު އަނެއްކާވެސް ފޯނު އަނބުރާލީ ކުޑާ އެނދުގައި ނިދާލާފައި އޮތް ދޮންދޮން ފުށްކޮޅެއް ކަހަލަ ތުއްތު ކުއްޖާއާއި ދިމާލަށެވެ.
“މިޔޮތީ.”
“މާ ޝާﷲ… ބަލާ ލޯބިކަން… ދޮންތަ އާ ވައްތަރީ ދޯ… ދޮން ދޮން ފުށް ކޮޅެއް.” ޖަންނަތު ބުންޏެވެ. އެވަގުތު ދުރުގައި އިން ޒައިދާން ވެސް އައިސް ޖަންނަތުގެ ފޯނުން އެކުއްޖާ ބަލައިލި އެވެ.
“ޒައިދާންބޭ، ބޭބީ ލޯބި ދޯ.” އާޔަތުއަށް ޒައިދާން ފެނުމުން އެހި އެވެ.
“އާން، ވަރަށް ލޯބި… ކޮބާ މޫސަ؟” ޒައިދާން އެހި އެވެ.
“މަވެސް އެބަ ހުރިން.” މޫސަ ފޯނާ ދިމާލަށް ގުދު ވެލަމުން ޒައިދާންއަށް ފެނިލި އެވެ.
“ކޮންގްރާ ބްރޯ… ވަރަށް ސަޅި އިހުސާސްއެއް ދޯ ކުރެވެނީ…”
“އާން. ކަލޭ ބުނިހެން ފިރިހެނަކަށް އަންނާނެ އެންމެ އުފާވެރި ދުވަހަކީ ދަރިއަކު ލިބޭ ދުވަސް… މިއޮތީ އެދުވަސް އައިސްފަ.” މޫސަގެ މޫނުމަތިން ވެސް އުފާވެފައި ވާ ވަރު ފާޅުވާން ހުއްޓެވެ. ޒައިދާން ހިނިތުން ވަލައިގެން ހުއްޓެވެ.
“ދެން ކޮން ބައެއް ތިތާ ތިބީ؟” ޒައިދާން އަހާލި އެވެ.
“މިތާ އެބަތިބި ބައިވަރު މީހުން…” އާޔަތު އެހެން ބުނަމުން ފޯނު ގެންގޮސް ފަހަރަކު މީހަކާ ދިމާލަށް ދިއްކޮށްލަ އެވެ.
“މީނީ ނޫރުބެ،” ނޫރު އަތް ނަގާ ހަނާ އަޅާލި އެވެ. “މީނީ މޫސަބޭގެ މަންމަ، ދެން މީނީ ބައްޕަ… ދެން މީނީ މޫސަބޭ… ދެން މީނީ ދޮންބެ ދެން މީނީ އަބީބެ.” އާޔަތު އަބްޔާންއާއި ދިމާއަށް އަނބުރާލުމުން ޖަންނަތުއާއި އަބްޔާންގެ ހަތަރު ކަޅި ބައްދަލުވެ އެތަކެއް ޝުޢޫރުތަކެއް އެ ކުޑަ ހިނދުކޮޅުގައި ދެމީހުން ދޭތެރޭ ބަދަލުކޮށްލި އެވެ.
“ޒައިދާން،…. ޖަ…ޖަންނާ، ކިހިނެއް؟” އަބްޔާން އާޔަތު އަތުން ފޯނު އަތުލަމުން ނިކަން ހިތްވަރު ކޮށްފައި ނިކަން އުނދަގުލުން އަހާލި އެވެ. އެވަގުތު މުޅި ކޮޓަރި ތެރެއަށް ވެސް ހަމަ ހިމޭންކަން ވެރިވެގެން ދިޔަ އެވެ. އަބްޔާންގެ ހިތުގެ ރިހުން އެންމެނަށް ވެސް އިނގޭ ކަހަލަ އެވެ.
“ރަގަޅު… އަބީ ކިހިނެއް؟” ޒައިދާން އެއްޗެއް ނުބުނެ ހުރުމުން އެންމެ ފަހުން ނިކަން ހިތް ވަރުކޮށްފައި ޖަންނަތު ވެސް ޖަވާބު ދިނެވެ.
“ބީ ހެޕީ.” އަބްޔާން ބޯ ޖަހާލި އެވެ. އަދި އަވަހަށް ފޯނު އާޔަތު އަތަށް ދިނެވެ.
“އާޔާ، ތުއްތަ ފަހުން ގުޅާނަން… މިކޮޅަށް މިހާރު ވަރަށް ދަން ވެއްޖެ. އެހެންވެ. ގުޑް ނައިޓް އިނގޭ.” ޖަންނަތު އެވަގުތު އަވަހަށް އެހެން ބުނެ ފޯނު ކަނޑާލި އެވެ. އަދި ޒައިދާންއާއި ދިމާލަށް އެނބުރުނެވެ.
“ކީއްވެތަ ވާހަކަ ނުދައްކަ ހުރީ؟” ޖަންނަތު ހިތްހަމަ ނުޖެހިފައި އެހި އެވެ.
“އަބީ ޖަންނައާޔޭ ވާހަކަ ދެއްކީ.”
“ޒައިދާންގެ ނަން ވެސް ބުންޏެއްނު.”
“ޖަންނަ ވާހަކަ ދެއްކުމެކޭ އަހަރެން ވާހަކަ ދެއްކުމެކޭ ތަފާތެއް ނެތެއްނު.”
“އެކަމުވެސް… އަބީއާ ވާހަކަ ދައްކަން އަހަންނަށް ފަސޭހަ ނުވާނެކަން ޒައިދާންއަށް އިނގޭނު.”
“އެހެންވީމައޭ… އަބަދު ތިހެނެއްވެސް ނޫޅެވޭނެނު… ކޮންމެސް ދުވަހަކުން އަބީއާ ވެސް ފޭސް ކޮށްގެން ދޯ އުޅެވޭނީ… އަވައްޓެރި ގެއެއްގަ އުޅޭ މީހެއް. ކޮންމެ ދުވަހަކުވެސް ފެނި ދެނިވެ އުޅޭނީ… އަނެއްކާ އަހަރުމެން އަބަދު މިތާކު އުޅޭނީއެއްވެސް ނޫނެއްނު.”:
ޒައިދާން އެގޮތަށް ވާހަކަ ދެއްކުމުން އިތުރަށް ޖަންނަތު އެއްޗެއް ނުބުނެ އެވެ. ޒައިދާންއާއި ދިމާލަށް ބަލައިލާފައި ނިދަން ދަނީ ކަމަށް ބުނެ ގޮސް ކޮޓަރިއަށް ވަނެވެ. ޒައިދާން އިރުކޮޅަކު އެތާ މަޑުކޮށްލައިގެން ހުއްޓެވެ. ޖަންނަތު އެދިޔައީ ހިތްހަމަ ނުޖެހިގެން ކަން ޒައިދާންއަށް އިނގުނެވެ. ޒައިދާން ކޮޓަރިއަށް ދާކަށް ބޭނުމެއް ނުވި އެވެ. ޓީވީ ހުޅުވައިގެން ސޯފާ މައްޗަށް ވެއްޓި ގަތެވެ. ފިނި ރެއެއް ކަމުން އިސާހިތަކު ނިދިއަންނަން ފެށި އެވެ. ޒައިދާން ޓީވީ ނިވާލާފައި ކޮޓަރިއަށް ދާން ހިތަށް އަރާފައި ވެސް ތެދުވާ ހިތެއް ނުވި އެވެ.
“ކޮޓަރިއަށް ދިޔަސް ނިދަން ޖެހޭނީ ހަމަ މިކަހަލަ ސޯފާ ގަނޑެއްގަ… ކީއްކުރަން ކޮޓަރިއަށް ދާންވީ… މިރޭ މިތާ އޮންނާނީ.” ޒައިދާން ހިތާހިތާ ކިޔާލަމުން ލޯ މަރާލި އެވެ. ލޯމަރާލިކަމެއް ނޭގެ ވީ ނުވީއެއް ނޭގި ނިދިއްޖެ އެވެ.
ނިދާލާފައި އޮތް ތުއްތު ތުއްތު ކުއްޖާއަށް ބަލަހައްޓައިގެން އާޔަތު ކުޑަ އެނދު ކައިރީ ހުއްޓެވެ. “ބަލާލަ އޮތް ލެއްލޯބިކަން..”
އަބްޔާންއާއި މޫސަ އެވަގުތު ފެންފުޅި ތަކެއް ގަނެގެން އައިސް ކޮޓަރިއަށް ވަނެވެ. ގޮނޑީގައި އިން ނޫރު އެތަނުން އެއް ފެންފުޅި އަތުލި އެވެ.
“މީނަ މަށަށް ކިޔާނީ ކީކޭ ދޮންތާ؟” އާޔަތު އަހާލި އެވެ.
“އާޔާ ކިއުއްވި އެއްޗެއް ކިޔާނެ.” ޒީނަތު އޮވެފައި ބުންޏެވެ.
“ޔަޒަންވެސް ކިޔަނީ އާޔާދައްތަ… އެހެންވެ މީނަ ލައްވާ ވެސް އެހެން ކިޔުއްވާނީ.” އާޔަތު ބުންޏެވެ.
“މަށަށް ކިޔަން ވާނީ ދޮންބެ…” އާޒަތު އިނދެފައި ބުނެލި އެވެ.
“މަށަށް ކިޔާނީ ކީކޭ؟” ނޫރު އިނދެފައި އެހި އެވެ.
“ނޫރުބޭ.” އާޔަތު ބުނެލި އެވެ.
“އެންމެން ނޫރުބެ…” ނޫރު އެހިސާބަށް ބުނިތަނުން އަބްޔާން ވާހަކަ ދައްކަން ފެށުމުން ނޫރު ފެން ފުޅީގައި އަނގަ ޖެހި އެވެ.
“އާން އެކޭ… އެންމެން މަށަށް ވެސް އަބީބެ ކިޔަނީ… ރަށުގަ ނެތް އެހެން ނުކިޔާ އަންހެން ކުއްޖެއް… ދެން ކިހިނެއް އަހަރެން އޭގެން ކުއްޖެއް ކައިރީ އިންނަން ވެސް އަހާނީ.” އަބްޔާން ސަމާސާ ރާގަކަށް އެހެން ބުނެލި ތަނުން ފެންފުޅީގައި އަނގަޖަހައިގެން އިން ނޫރު ކޮށިއަރައި ގަތެވެ. ނޫރު ކޮށިއަރައި ގަތުމުން މޫސަ ކައިރިއަށް ވެސް ހިނި އައެވެ. އާޔަތު ފާޑަކަށް އެމީހުނަށް ބަލަން ހުއްޓެވެ. ޒީނަތު ހިނިތުން ވެލައިގެން އެމީހުންގެ ސަމާސާގައި ފޮރުވިފައި ކޮންމެވެސް ސިއްރެއް ވާކަން ދެނެގަތެވެ.
ނޫރުގެ ބުރަކަށީ ތަޅާލަމުން އަބްޔާން ނޫރު ގޮވައިގެން އެކޮޓަރިން ނުކުތެވެ. މޫސަ ވެސް އެމީހުން ފަހަތުން ނުކުތެވެ. ނޫރު މިހާރު ހެނީ އެވެ. އަބްޔާން އުކުޅުގައި އަތްވިއްދާލަމުން ނޫރުއަށް ބަލައިލި އެވެ.
“ކަލޭ ތިބުނީ ހަމަ ބުނަން ވީ އެތި.” ނޫރު ހެމުން ބުނެލި އެވެ. މޫސަ ނޫރުއަށް ބަލައިލި އެވެ. މޫސައަށް ވެސް މިހާރު ނޫރު އަބަދު އާޔަތުއާއި އަބްޔާން އަޅުވާ ކިޔާ ކިޔާ އެކަންތައް ކުޑަކޮން އިނގެ އެވެ.
“ކަލޭ އާޔާ ކައިރީ އަހަންވީނު އިންނަން… ޖަންނައާ ވެސް އެހާ ވައްތަރު… ތަންކޮޅެއް ޅަޔަސް އުޅެނީވެސް ހަމަ އެކަހަލަ ގޮތަކަށް.” މޫސަ ބުނެލި އެވެ.
“ހޫނ އަނެއްކާ އަނެކަކު… ކަލޭމެނަށް ތިބެނީ ބައްޔެއް ޖެހިފަތަ؟” އަބްޔާން ނުރުހިފައި ބުނެލި އެވެ. އަދި އެތަނުން ދިއުމަށް ހިގައި ގަތެވެ. މޫސައާއި ނޫރު ދެމީހުން އެކަކު އަނެކަކަށް ބަލައިލާފައި ހިނިތުން ވެލި އެވެ.
“އަޅުވާ ކިޔާ ކިޔާ ގޮސް ދެމީހުން ގުޅޭވަރު ކުރަން މަ ބޭނުމީ… އަދި މިހެން އުޅެފަ އާޔާ އާވެސް ދިމާކުރާނަން.” މޫސަ ކޮނޑަށް އަތް ވައްޓާލައިގެން އަނބުރާ ކޮޓަރިއަށް ވަންނަން ދަމުން ނޫރު ބުނެލި އެވެ. މޫސަވެސް އެކަމަށް ވަރަށް ތާއީދު ކުރި އެވެ.
ހަމަހިމޭން ފަތިހުގެ ވަގުތުގައި ޖަންނަތުއަށް ހޭލެވުނީ މާބޮޑަށް ފިނިވެގެންނެވެ. ޖަންނަތު ތެދުވެ ބާލީސް ކައިރީ އޮތް ފޯނު ނަގާ ގަޑި ބަލައިލި އެވެ. ފަތިހު ފަހެއް ޖަހާ ބޮޑުވެއްޖެ އެވެ. ޖަންނަތު ތެދުވެ ބަލައިލި އިރު ޒައިދާން ފެންނަން ނެތުމުން މާކުރިން އޭނާ ހޭލީކަމަށް ހިތާ އަވަހަށް ފާހާނާއަށް ވަދެ ތައްޔާރުވެލައިގެން ވުޟޫ ވެސް ކޮށްލައިގެން އައިސް ނަމާދަށް އެރި އެވެ.
ނަމާދުކޮށްލައިގެން ކޮޓަރިން ބޭރަށް ނިކުމެ ހީޓަރު މަތިކޮށްލި އެވެ. އަދި ޒައިދާން ކޮބައިތޯ ހޯދަމުން ފެންޑާއަށް ނުކުތްއިރު ސޯފާގައި ގުޅަ ވެށިގެން ޒައިދާން އޮތީ އަރާމު ނިންޖަކުން ނިދާލާފަ އެވެ. ރޭގައި ކޮޓަރިއަށް ވެސް ނުވަންނަނީކަން އެވަގުތު ޖަންނަތުއަށް އިނގުނެވެ. ޖަންނަތު ގޮސް ކޮޓަރިން ރަޖައެއް ހިފައިގެން އައިސް ޒައިދާން ގައިގައި އަޅައި ދިނުމަށް ގުރުވެލި އެވެ. އެވަގުތު ޒައިދާންއަށް ލޯހުޅުވާ ލެވުނެވެ. ޖަންނަތުއަށް އެވަގުތު އޮވެވުނީ ރަޖާ އެޅުމަށް ޒައިދާންގެ މޫނާ ދިމާލަށް ގުދުވެލައިގެނެވެ.
ޒައިދާން ގެ ލޮލާއި ހަތަރުކަޅި ހަމަވި ވަގުތު ބުނަން ނޭގޭ ގޮތްތަކެއް ޖަންނަތުއަށް ވެގެން ދިޔަ އެވެ. ޒައިދާންއަށް ޖަންނަތުގެ މައުސޫމު ލޮލާއި ދިމާއަށް ބަލަން އަނގައިން ނުބުނެވިފައި އޮތީ އެވެ. އެގޮތަށް ޒައިދާން ބަލާތީ ގަތް ލަދުން ޖަންނަތު އަވަހަށް ތެދުވެ އެތަނުން ދާން އުޅުނެވެ. ނަމަވެސް ހުށިޔާރު ކަމާ އެކު ކުއްލިއަކަށް ޒައިދާން ޖަންނަތުގެ އަތުގައި ހިފެހެއްޓި އެވެ. ޖަންނަތު ފަހަތައް ބަލައިލި އެވެ.
“މީ ހުވަފެނެއްތަ؟” ޒައިދާންއަށް މަޑުމަޑުން އަހާލެ ވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
39 Comments!
Comments are closed.



Yeyyeye..
Next part ion irakun
Alhey abee aai Janna gulhuvabala v dhera ehen nuvaathee
Wow zaidhaan n janna ?❤?
wow nice
I want next part.
And mihaaru daagoy varah salhi.
Zaidhaan and janna ❤️❤️
Vrh hadi mihaaru….dhn janna emme kudairun feshign abee dheke loabivefa mihaaru zaidhan aa gulhuvan….kamaku nudhey kamaku nudhey….
Asluves kamakunudhey. Ekamaku aharemenge hiyaal gabul nukurey aasi eh. Zaidhaan tiha ragalhu myhe nama e dhemyhun gulhuvys. Nujehey aayath nd abi gulhuvaaka. Fuhi vara. Janna ragalhu myhaka vaane abi aai marry kogen hidaya ge ruhun hodhinama..fake dhn vara..gurubaan vegen jannath hithuge ufaa raglaha hodhaifi..abi ekani tedhuveri loabivy. Dhn fahun aasi bunaane janna ya just abi rythi vegen feel vy yey..hageegy loabi vy zaidhaan dheke yey. Abi ah hurt vaa vare jannath aka feel nuvey..aayath mena eha heyo iru ves ekakuves eynayaka heve neydhey..foohi dhn. Dhn oi bai kiyan.magey ves hitha tadhuvey
.coz zaidhan nd jannath gulheny viyaa
Dhen enmenakah emeehegge first love eh kaamiyaabeh nuvaanenu! Gaimuves mashakah nuvi! Ehenveema mivaahaka hama habeys!!
V best Zaidhaan & zanna
Waiting for nest part???
Aasi cover change kolaa..kykuran mihaaru e zaidhanu gadu dhuruga bahatany..eynaya jannath hasil.vaane eh nun.next part ga.. V.fuhi dhn
.eyna abi ah heyo edheynama hithuge haal ihusaas vaane. All.are using abi..aayath nd abi gulhuvyma v.hadi vaane..
vaahaka hama habeysss……..vaahakaige namun vx ngey abee n janna nugulheynekan….dhn reethi vaany vx zaidhaan n janna gulhuvyma…. e 2 part gina kohlachey nxt part ga…cant wait to read nxt part…hykuran avahah kiyaalan libeynekamah
V reethi
V dhera abee ah thi hen hadhathy
Ma thaaeedhu fathun ah.. mihaaru vaahaka feshuma nimun ehgothahkah vex dhimaeh nivey and vaahakaige name aa vaahaka akaa ves nugulhey.. mihaaru Aasi mulhin ehen vaahakaeh feshy kanneyge..
varah reethi mihaaru oeh goeh
dhn enmen beynun vaahaa gothah vaahaka eh nuliyeveyne dhw. accept what is there happily.
V foohi Abby an Janna nugulheythee…
Ehbayaku benun vany abi aa janna aa gulhen aneh bayaku benun vanee zaidhan aa gulhen. Emmen benun vaa gotheh kihineh hadhaanee… aasi ah fenna gotheh hadhaa…. aasi ge vaahakaiga aasi ah fenna gothehthaa vaan jeheynee.
Komme vaahaka akee e vaahaka kiyaa enmen hiiy ruhey gothakah badal kuramun kuriah dhaan v vaahaka akah vany nama liyuntheriya ge hiyaalaa, eyna foaru kohdheyn beynun vaa msg e vaahaka akun libeyne heneh hiyeh nuvey. Annekka dhuvahakuves hurihaa enmenge hiiy hama jehey gothakah nuliyeveyne. Mi vaahakaige namun adhi feshumun ves dheyha vey kanneyge abee aaa janna aa gulhumaky naadhiru kameh kan. Dhiri ulhumuga ves komme myhakah emyhaa loabi vaa myhaa nulibi dhey. Hiiy neydhey myhakaa eky ves ulhen jehey. Eku ulhen feshumun loabi ves ufedhey. Myhun.badal.ves vey. Ehn noon nama komme myhaku ves innaany emyhakah enme furathama rahtehi vevey myhaka kanneyge dhw. So mi vaahaka dheke ehaa foohi vanya continue nukurun kanneyge enme molhu.gothaky. mi vaahaka kiyaafa amilla ah hiiy hama nujehi rulhi gadha vumah vureh. Learn to.respect what the writer wants to.convey even if it is not what we actually want. This is her story
Aby aiy janna aiy gulhen jeheyney. Konme gotheh viyas aby and janna ah ehkoh happy koh ulheveynee. Yaan ves e diyaenu singapore girl eh govaigen singapofe ga ulhen. Hama e gothah aby mehnahves vane dw. Plus zaidhan and Janna never. Then aaya janna aiy vahtharey kiyafa aby aiy gulhunyma… chee
fan u r totally right. i agree with u
Fan u also agree with u…
Story vrh nice keep it up!!
I also**
Mi vaahaka liyanee aasi.. vaahaka kuriah dhaane goiyy vess ingeynee aasi ah.. aharemen kiuntherin beynun vaahaa gotheh kihineh hadhaanee… liuntheriyaage kuri marainulaaa…
mihaaru vaahka v foohi. zaidhan aa janna aa.
kiyaahitheh neh.
vaahakaeh rythivany kiyuntherin beynunvaagothah vahaka kuriah dhaanama..e shauguverikan hifehehtumaky liyuntheriyaage kameh..mivahaka ah dhimaavegen ulhey mahssala aky vaahakaige bathal aa bathal nulibey mahssala..e ee gina kiyuntherinnnah balaigahnnan v undhagu kameh..ehenvma liyjntheriya e varu visnaigen vahaka kuriah gendhiyana e mahssala eh dhima nuvis..janna n aby aky mi vahaige dhirun..e dhemyhun dhuru kuryma mivahaikaige dhiruma shauguverikan dhany gehlemun..mivahaka adhives rythi kureveyne goithah ebahuri..dats my idea
28 comments thereyn 18 comment kohfa thibi kudhinnah mi vaahaka kuriah dhaa goiy kamudhey. So maana aky vaahaka migothah kuriah dhiyaima rythi vaa kudhin ves eba thibbey. Hurihaa kudhinnah kamudhaa gothakah kithamme molhu kithamme mashooru liyuntheri akah ves nuliyeveyne dhw. Not saying liyuntheriyaa liyaa konme ehcheh enmennah rythi vaanry. But ba eh commenters bunaahen aby and janna hama gulhuvanshey jeheynee kyma hama eh nujehey dhw,.
alhey vvvv salhi pls avas next part thikuraa hiy varah saabas
Wow…xaidhaan n jannna…? plx dhemeehun gulhuvaidhy….they r made for each other…
Wow…xaidhaan n jannna…? plx dhemeehun gulhuvaidhy….they r made for each other…
Fan ebuny v rahgalhu vaahaka ey…kiyun therin nakah eygothakah ves hiyhama jehey gothakah nuliyeveyne….
Wow vaahaka varah reethi.next part avaskoh up kohladhehchey
Koba asi story
v reethi story??? zaidhan n zanna ge lvu story??. Waiting for next part..
yes… Zaidhaan and janna. . edhemyhun gulhunyma dn salhi vaany. .. abi eaky past.. zaidhaan aa janna ge bai ginain genesdhehchey. .. waiting for next part.. and story is wonderful. .. keep it up aasi. . ☺☺
zaidhaan and janna. so matching. wow
Dhen oth bai kihaa irh vaane aasi than fukeh avas kohbba