Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވަން ޔާރާ އޭ 16

shooty Level 310 Stories100 Comments
October 13, 2016 6 Mins Read
36 Comments

ލޯބިވަން ޔާރާ އޭ 16

ގެއަށް ގޮސް ވެދެވުމާއި އެކު އީތަން ދިޔަ ގޮތަށް ގޮސް ވަނީ އެހެން ކޮޓަރިއަކަށެވެ. އަދި އެތެރޭން ތަޅުލީ އޭނާ ބަލިކަށި ފިރިހެނަކަށް ވެގެން ރޯ މަންޒަރު މިޝެލް އަށް ދައްކަން ބޭނުން ނުވާތީއެވެ.

އީތަން މައްޗަށް ނާރާ ތިރީބައިގެ ކޮޓަރި އަކަށް ވަނުމުން މިޝެލް ހާސް ވާ ގޮތް ވިއެވެ. އެހެން ކަމުން މިޝެލް އީތަން ވަން ކޮޓަރީގެ ތަޅުގައި ގޮސް ހިފައިލީ ދޮރު ހުޅުވުމުގެ މަގުސަދުގައެވެ. ނަމަވެސް އެތަން ތަޅުލާފައި ހުރުމުން މިޝެލް އަށް ޖެހުނީ އީތަން އަށް ގޮވާށެވެ.

“އީތަން ޕްލީޒް މި ދޮރު ހުޅުވަބަލަ.” މިޝެލް އީތަން އަށް ގޮވަމުން ދޮރުގައި އެތައް އިރަކު ތެޅުމުން ވެސް އީތަން ދޮރު ހުޅުވާ ހިޔާލެއް ނުކުރިއެވެ. އެންމެ ފަހުން މިޝެލް އަށް ރޮވޭ ގޮތްވިއެވެ. އީތަން އަނެއްކާ އަމިއްލަ ނަފްސަށް ގެއްލުމެއް ދީފާނެ ބާއެވެ. އެތައް އިރަކު ވިސްނުމަށް ފަހު މިޝެލްގެ ތުންފަތަށް ހިނިތުން ވުމެއް ވެރިވިއެވެ. ލޯ ފޮހެލަމުން މިޝެލް ދުއްވައިގަތީ ބޭރަށެވެ.

ކޮޓަރިއަށް ވައިން ގޮތަށް އީތަން އެ ކޮޓަރީގައި ވާހާ އެއްޗެއް ބިމާ ހަމަ ކުރިއެވެ. އެވަރުން ވެސް އެ ހިތަށް ކޮށްފައިވާ އަސަރު ކުޑައެއް ނުވިއެވެ. އީތަން ހުރި ތަނަށް ތިރި ވަމުން އަޑުގެ ނެތްކޮޅަށް ހަޅޭއް ލަވައިގަތެވެ. ހަމަ އެއާއި އެކު އެ ދެލޯ ފޫއަޅުވާލާފައި ކަރުނަތައް ނުކުތީ އީތަންގެ އިހްތިޔާރުން ބޭރުގައެވެ. ބައްޕަ ދެކެ އީތަން އިންތިހާއަށް ލޯބިވާ އިރު އެ ބައްޕަ އޭނާގެ އުފަލާއިމެދު ނުވިސްނުމުން އީތަންގެ ހިތުގައި ވަނީ އެތައް ޝަކުވާއެއް ފުނި ޖެހިފައެވެ. އީތަން މޫނުގައި އަތް އަޅައިގެން އިނދެ ރޮމުން ދިޔައެވެ. އިރުކޮޅަކު އެހެން އިނުމަށް ފަހު އީތަން ސިއްސައިގެންް ދިޔައީ ބާރު އަޑުފަށް ގަނޑަކާއި އެކު ކުޑަ ދޮރު ތަޅައިގެން ދިޔަ އަޑު އިވުމުން ނެވެ. އީތަން ކުޑަ ދޮރާ ދިމާއަށް ބަލައިލި އިރު މިޝެލް ތަޅާލެވިފައިވާ ކުޑަ ދޮރުން އެތެރެ އަށް ވަދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އީތަން ވެފައި އިން ދެރަ ރުޅިވެރިކަން ހިޔާރު ކުރީ މިޝެލް ކުރަމުން ދިޔަ މޮޔަކަންތައް ފެނިފައެވެ. ރުޅިއައިސް ރަތްވެގެން ދެ ބުމަ ގޮށް ޖަހައިލަމުން އިންތަނުން ތެދުވެގެން ގޮސް ކުޑަ ދޮރު ކައިރީ  އީތަން ހުއްޓުނެވެ.

“މިޝެލް ތީ ކުޑަ ކުއްޖެއްތަ ތިކަހަލަ މޮޔަ ކަންތައް ތިކުރަނީ؟ ހަމަ މިހާރު ތިތަނުން ދުރަށްދޭ” އީތަން ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ.

“ދޮރު ނުހުޅުވަންޏާ މިތަނުން ހަމަ ވަންނާނީ. ހެޔޮ ބިއްލޫރި ކޮޅުތައް ގަޔަށް ހެރުނަސް.” މިޝެލް ގެ އަޑުން އޭނާވެސް ގޮތް ދޫ ނުކުރާނެ ކަން އީތަން އަށް އެނގުނެވެ.

“އަހަރެން މި ނުކުންނަނީ މިތަނުން. ގޭތެރެ އަށްވަދޭ. އަނެއްކާ މާދަމާ މިތަން މަރާމާތް ކުރާކަށްނު މިޖެހުނީ” އީތަން ނުކުންނަން އެއްބަސްވުމުން މިޝެލް ބޭރުގައި ނުހުރެ ދުއްވައިގަތީ އެތެރެ އަށް ވަންނާށެވެ.

މިޝެލް އެތެރެ އަށް ވައިން އިރު އީތަން އިނީ ސިޓިން ރޫމް ސޯފާގައެެވެ. ހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލަމުން މިޝެލް ގޮސް އިސް ޖަހައިގެން އިން އީތަން ގެ މޫނު ފެންނާނޭ ހެން ޓައިލްސް ތައް މަތި އިށީނެވެ. އީތަންގެ ލޯ ރަތްވެފްއި ވާ ތަން ފެނި އީތަން ރުއި ކަން މިޝެލް އަށް ޔަގީންވިއެވެ. ކިތަންމެ ހިތް ހަރުި މީހަކަސް މާ ބޮޑަށް ލޯބިވާ މީހަކު ދުރު ކޮށްލުމުން ދެރަވެ ރޮވިދާނެއެވެ. އީތަން އަށް ވެސް އެ ވީ އެހެނެވެ.

“ހޭއި އީތަން. ހިނގާ ކޮންމެސް އެއްޗެއް ކާން. ތީނީ އަދި ނުކައެއްނު ދޯ.” މިޝެލް ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ. ނަމަވެސް އީތަން އެއްވެސް އެއްޗެކޭ ނުބުނެ އިނީއެވެ.

“ޕްލީޒް އީތަން. ތީ އެހާ ފިނޑި މީހެއް ނޫނެއްނު. އަދި އީތަން ގެ ޑޭޑް ވެސް އޯކޭ ވާނެ. ހުރިހައި ކަމަކަށް ވެސް ވަގުތު ބޭނުން ވާނީ” މިޝެލް މަޑުމަޑުން ލޯބިން ވާހަކަ ދައްކަން ފެށުމުން އީތަން ކުޑަކޮށް ހިނިތުން ވެލި އިރުވެސް އެ ލޯ ހުރީ ފެންކަޅިވެފައެވެ. ދެރަވާ ވަގުތު ތަކުގައި މީހަކު މާ އޯގާތެރި ވުމުން ވަކިން ބޮޑަށް ދެރަ ވެ އޭ ބުނާ ވާހަކަ އަކީ ދޮގެއް ނޫންކަން އީތަން އަށް ގަބޫލު ކުރެވުނެވެ.

“ޕްލީޒް މިޝެލް މިވަގުތު އެކަނިވެލަން އަހަރެން ބޭނުމީ” އީތަން ބޭނުން ވާ ގޮތް ހާމަ ކުރިއެވެ.

“އީތަން ހަމަ ތިހެން ބުނަން ވާއިރަށް ހީވަނީތަ އަހަރެން އީތަން ދޫކޮށްލާފަ ދާނެއޭ؟ މިވަގުތަކު އަހަރެން އީތަން ދުލެއް ނުކޮށްލާނަން.” މިޝެލް ރުޅިއައިސް ތުން ދަމަމުން ތެދުވެ އިށީނީ އީތަން އާ ދުރުގައެވެ. މިޝެލްގެ އެ އަމަލުންވެސް އޭނާ ގޮތުގައި ހިފައްޓާނެކަން އީތަން އަށް އިނގުނެވެ. އެހެން ކަމުން އިރުކޮޅަކު ވިސްނަން އިނދެފައި އެ ހަށިގަނޑު ސޯފާއަށް ދަމާލަމުން އިތަންގެ ބޯ މިޝެލްގެ އުނގުގައި އަޅައިލަީ އޯގާތެރި އަތެއްގެ އެހީ އަށް ބޭނުން ވެފައި ހުރިލެއް ބޮޑު ކަމުންނެވެ.

“ޕްލީޒް ސްޓޭ ވިތް މީ” އީތަން މިޝެލްގެ އަތުގައި ހިފައިލަމުން ތުންފަތުގައި ޖައްސާލިއެވެ. މިޝެލް ދެރަވެފައި އިނދެ ވެސް ހިނިތުންވެލީ އީތަންގެ އެ ލޯބި ސިފަ ފެނިފައެވެ. ކިތަންމެ ރުޅިގަދަ ހަރުކަށި މީހަކަށް އީތަން ހެދިގެން އުޅުނަސް ބައެއް ވަގުތު ތަކުގައި އީތަން ވެސް ކުޑަ ކުއްޖެއްހާ ނާޒުކެވެ.

“ނިދާލެވޭތޯ ބަލާބަލަ. އައި ވިލް ވެއިޓް ހިޔާ” މިޝެލް އީތަންގެ ބޯ އިސްތަށިގަނޑު ތެރެއަށް އެ ހިމަހިމަ އިނގިލިތައް ލައްވައިލަމުން މަސާޖް ކޮށްދޭންފެށުމުން އީތަން އަށް ނިދޭކަށް މާ ގިނަ އިރެއް ނުނެގިއެވެ.

ސޯފާއަށް ލެނގިލައިގެން ނިދިފައި އިން މިޝެލް އަށް ހޭލެވުން އިރު ކަނދުރާގައި ކުޑަކޮށް ރިއްސައެވެ. ހަށިގަނޑު ސީދާ ކޮށްލަމުން މިޝެލްގެ އުނގުގައި ނިދާފައި އޮތް އީތަން އަށް ބަލައިލަމުން މިޝެލް ހިނިތުންވެލިއެވެ. އެތެރެއަށް ކުޑަކޮށް އަލިވެފައި ވާތީ މިޝެލް ފާރުގައި ހަރުކޮށްފައި އިން ބޮޑު ގަޑިއަށް ބަލައިލި އިރު ހައެއް ޖެހީއެވެ. އީތަން އަށެއް ޖަހަން ވާއިރަށް އޮފީހަށް ދާނެތީ މިޝެލް ބޭނުން ވީ އިތުރަށް މަޑު ނުކޮށް ނާސްތާ ތައްޔާރު ކުރަން ދާށެވެ. އެހެން ކަމުން ވަރަށް މަޑު މަޑުން ބަލައިގެން ތެދުވީ އީތަން އަށް އުނދަގުވެގެން ހޭލަފާނެތީއެވެ. ސޯފާއިން ފައިބައިގެން މިޝެލް މަޑުމަޑުން ހިނގާފައި ގޮސް މައްޗަށް އެރީި ފާހާނާ އަށް ވަދެ  ތާޒާވެލުމަށެވެ.

އީތަން އަށްެ ހޭލެވުން އިރު ހުރީ ބޮލުގައި ރިއްސާފައެވެ. ގަޑި ބަލައިލަމުން އީތަން ތެދުވީ ކޮޓަރިއަށް ދާށެވެ. ނަމަވެސް ކޮޓަރިއަށް ނުގޮސް އީތަން ޑައިނިންގް ރޫމަށް ވަނީ މިޝެލް އަވަދި ނެތި އުޅޭ ތަން ފެނިފައެވެ.

“ގުޑް މޯނިންގް ލަވް” އީތަން އުނދުން ކައިރީ ބިސްގަނޑު އަޅަން ހުރި މިޝެލް ގެ އުނަގަނޑުގައި ފަހަތުން ގޮސް ދެ އަތް ވަށައިލިއެވެ.

“ގުޑް މޯނިންގް. މިހާރު އޯކޭ ވެއްޖެތަ؟” މިޝެލް ބިސްގަނޑު ނަގާ ތައްޓަކަށް ލަމުން އީތަން އަށް ކުރިމަތި ލިއެވެ.

“ހޫމް. ތިކަހަލަ ވައިފް އެއް ލިބުނީމަ އޯކޭ ނުވެ ވާކަށް ނޯންނާނެއެއްނު ދޯ.” އީތަން ހަމަޖެހިފައި ހުރިތަން ފެނި މިޝެލް ހިނިތުންވެލަމުން އީތަން ގެ ކޮލުގައި ބޮސްދިނެވެ.

“ދޭބަ ރެޑީ ވެލައިގެން ސައިބޯން އަންނަން. ވަރަށް ބަނޑުހައި” މިޝެލް ބަނޑުގައި އަތް ކާއްތާލަމުން މޫނަށް ގޮތެއް ހަދާލިއެވެ. އީތަން ހިނިގަނޑެއް ޖަހައިލަމުން ދަމުން ދިޔައީ މިޝެލް ގެ ނޭފަތުގައި ހިފައި ރަތް ކޮށްލާފައެވެ.

އީތަން އަންނަން ވާއިރަށް މޭޒުމަތި ތައްޔާރު ކުރަން ހުރި މިޝެލް ދޮރުގެ ބެލް ޖަހާ އަޑު އިވުމުން މިގަޑީގައި އަންނާނީ ކާކުބާއޭ ހިތަށް އެރިއެވެ. ދެތިން ފަހަރަކު އެ އަޑު ތަކުރާރު ވުމުން މިޝެލް ކޮފީ ޖަގު މޭޒުމަތީ ބަހައްޓައިލަމުން ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވާލިއެވެ.

“ދޮންބޭ” މިޝެލް އުފަލުން ހަޅޭއް ލަވައިގަންނަމުން ދާއިން އަށްު އެތެރެ އަށް ވަންނަން ދައުވަތު ދިނެވެ. ދާއިން ހިނިތުން ވެލަމުން އެތެރެ އަށް ވަނެވެ. އަލްހާން ގެ ގެއަކަށް އެންމެ ތަންކޮޅެއްވެސް ދުލެއް ނުކުރެއޭ ދާއިން ގެ ހިތައް އެރިއެވެ.

“ކޮބާ އީތަން؟ މިހާރު ހަމައަކަށް އެޅިފަތަ ހުރީ؟” ދާއިންގެ ސުވާލުން މިޝެލް އަށް ބަލައިލެވުނީ ދެލޯ ބޮޑު ކޮށްލަމުންނެެވެ. ދޮންބެ އަށް ހުރިހައި ކަމެއް އެނގުނީހެއްޔެވެ.

“ދޮ..ދޮންބެ އަށް.. ކިހި.. ކިހިނެ..” މިޝެލް އަޅަ އަޅައިގަންނަމުން ވަހަކަ ދައްކަން މަސައްކަތްކުރިއެވެ.

“މިޝް ނުބުންޏަސް ދޮންބެއަށް ވެސް އިނގިދާނެ ގޮތެއް އޮވެދާނެ އެއްނު” ދާއިން ހީލަމުން މިޝެލް އާ ސަމާސާ ކޮށްލިއެވެ.

“ދޮންބެ އަޅުގަނޑު ދެކެ ރުޅިއެއް ނާދޭ ތަ؟” މިޝެލް ކުއްވެރި އެއް ފަދައިން ސުވާލުކޮށްލިއިރު ހަގީގަތުގައި ވެސް އިނީ ދެރަވެފައެވެ.

“ރުޅި އެއް ނާދެ.އެކަމު ދެރަވި މިޝް ދޮންބެ އަށް އިތުބާރު ނުކުރީމަ” ދާއިން ގެ ޖުމްލައިން މިޝެލް އިސް ޖަހައިލިއެވެ.

“އައިއެމް ސޮރީ ދޮންބޭ! އަޅުގަނޑަކަށް ވެސް އޭރަކު ނޭނގެ އީތަންގެ ފެމިލީ ނުގަބޫލުކަމެއް” މިޝެލްގެ އަޑުން އެނާ ދެރަވެފައި އިން ކަން ދާއިން އަށް ނަގައިގަނެވުނެވެ.

“އިޓްސް އޯކޭ އޭ މިޝް. ދޮންބެ މި އައީ ޔޫުލީ ބުނެގެން އީތަން އޯކޭތޯ ބަލައިލަންވެގެން. އެންޑް މިޝް، މަންމަ ވަރަށް ޝަކުވާ ކުރޭ މަންމަ ގާތަށް ގޮސްނުލާތީ. މިއަދު ނަމަވެސް އީތަން އާ އެކު ގެއަށް އައިސްލައްޗޭ” ދާއިން މިޝެލްގެ ބޮލުގައި ފިރުމައިލަމުން ތެދުވީ ދާން ހިތަށް އަރުވައިގެން ނަމަވެސް އީތަން ދާއިން އަށް ގޮވައިލުމުން މަޑު ކޮށްލިއެވެ. ސިޑިން ފައިބައިގެން އައި އީތަން ގެ ތުންފަތުގައި ހިނިތުން ވުމެއް ވިއެވެ. އީތަން ދާއިން އާ ސަލާމް ކޮށްލަމުން އައީ ކީއް ކުރަންތޯ ސުވާލު ކޮށްލިއެވެ.

“ޔޫލް ބުނެގެން އީތަންގެ ހާލު ބަލައިލަން. ” ދާއިންގެ ޖުމްލައިން އީތަން ހިނިތުން ވެލަމުން އޭނާ ރަނގަޅުކަމަށް ބުނެލިއެވެ.

“ދާއިން ދަނީ ތަ؟ އާދޭ ސައި ބޮއިގެން ދާން” އީތަން ދާއިން ދާން އުޅޭހެން ހީވުމުން އެދުނެވެ.

“އެ ތެދެކޭ ދޮންބޭ. އައިސްފަ ދެން ސައި ނުބޮއި ނުއެއްދެވޭނެ” މިޝެލް ވެސް އީތަންގެ ޖުމްލަ އަށް ބާރު ދިނުމުން ދާއިން އޯކޭ އޭ ބުނަމުން މިޝެލް މެނާއި އެކު ޑައިނިންގް ރޫމަށް ވަނެވެ.

ސައިބޯން ތިބިއިރު ގިނައިން ވާހަކަ ދެއްކި އީތަން އާއި ދާއިން އެވެ. މިރޭ ރަންކިޔަން އުޅޭ ވާހަކަ ބުނުމުން މިޝެލް އާއި އީތަން ވެސް ދާއިން އަށް މަރުހަބާ ކިއެވެ.

“ޑޭޑް އެހައި ރުޅި އަންނަންވީ ސަބަބެއް ހަމަ އެއް ގޮތަކަށް ވެސް ނޭނގުން. އެކަމު ދެން އަދި ދެކޮޅުން ވެސް އެއް ފެމިލީ އެއް ވީމަ ކަންނޭނގެ އެހާ ރުޅިއެއް އެ އައީ” އީތަން ގެ ވާހަކަ އަށް ދާއިން ބޯ ޖަހައިލިއެވެ.

“ދެން ހުރިހައި ކަމެއް ވެސް ދާނީ ރަނގަޅަށް. އިރާދަ ކުރެއްވިއްޔާ އަދި އީތަންމެންގެ ޑޭޑް އަށް ވެސް ވިސްނޭނެ. އެކި މީހުންގެ ހުންނާނީ އެކި މިޒާޖު ކަން ގަބޫލު ކުރަންވާނެ.” ދާއިން ބުނެލި ޖުމްލަ އަށް އީތަން ވެސް ބޯ ޖަހައިލިއެވެ.

އަލްހާން އިނީ ޓެރެސް ގައި ކޮފީއަކަށް އިންސާފު ކުރާށެވެ. ސޫޒަން އަލްހާން އަކާ ވާހަކައެއް ނުދައްކައެެވެ. ނަމަވެސް އަލްހާން ގެ ހިތަކު ޝަކުވާއެއް ނެތެވެ. އޭނާ ދެކޭ ގޮތުގައި ދަރިން ބަލައި ބޮޑެތި ކުރީ އެތައް ގުރުބާނީއެއް ވެގެން ކަމުން އެ ދަރިން ވެސް އެކަމުގެ އަގު މައިންބަފައިން ނަށް އަދާކޮށްދޭން ޖެހޭނެއެވެ. ސޫޒަން އަށް ނުވިސްނެނީ އެވެ. އެހެން ނޫނަސް ދާއިން އާއި މިޝެލް އަކީ މާއިރާގެ ދަރިން ކަން އިނގުމުން އަލްހާން ގެ ހިތުގައި ވާ ނަފްރަތުި ވަކިން ބޮޑުވެއްޖެއެވެ. ސޫޒަން އަށް ކޮންމެވެސް ދުވަހަކުން އެއީ މާއިރާގެ ދަރިން ކަން އިނގޭނެ ކަން ވެސް އަލްހާން އަށް އިގެއެވެ. ނަމަވެސް އޭނާގެ ދުލުން އެވާހަކަ ސޫޒަން ގާތު ނުބުނާން އަލްހާން އަޒުމް ކަނޑައެޅިއެވެ. އިނގުނަސް އަލްހަން އަށް ވާނީ ކީއްހެއްޔެވެ. އޭނާ ކުރަން ރާވަމުން ދާ އެއް ކަމެއްގެ ހިިލަމެއްވެސް އެކަކަށް ވެސް ވިޔަކަ ނުދޭނެއެވެ.

މާއިރާގެ ސަބަބުން އަލްހާން އާއި ސޫޒަން ގެ މެދުގައި ބޮޑު މައްސަލަ ގަނޑެއް ޖެހުނެވެ. އެ ފަހަރު ނަސީބު އަލްހާންގެ ކޮޅަށް ބުރަވީ ކާކުގެ ބަދުނަސީބެއް ކަމެއް ނޭނގެެ އެ ވެ.ު މާއިރާ ގްރީސް މީހަކާ ކައިވެނި ކުރުމުން އެ އާއިލާ މާއިރާ އާ ގުޅުން ކަނޑައިލި އިރުވެސް ސޫޒަން އާއި މާއިރާގެ ގުޅުން ދެމިއޮތެވެ. އެ ދެބެއިން ނަކީ ކޮއްކޮއާއި ދައްތަ އަށް ވުރެ ގާތް ރަހުމަތްތެރިން ފަދައެވެ. އަލްހާން މާއިރާ އަށް ނަފުރަތު ކުރަން ފެށީ އަލްހާން އެހެން އަންހެނަކާ ބާއްވަމުން ދިޔަ ގުޅުން މާއިރާ އަށް ފަޅާ އެރި ހިސާބުންނެވެ. މާއިރާގެ ސަބަބުން އަލްހާން ގެ ކައިވެނި ނުރޫޅުނީ ހަމަ ކިރިޔާއެވެ. އެ ވާހަކަ ސޫޒަން ގާތު މާއިރާ ދެއްކީ މަންޒަރު ލޮލުން ދެކެފައެވެ. ކޮއްކޮ އަށް އެވަރުގެ ލަނޑެއް ދޭތަން ބަލަން ހުންނަން މާއިރާ އަށް ކެތް ނުވީ އެެވެ. އެހެން ކަމުން ހެއްކާއިއެކު ސޫޒަން އަށް އެކަން މާއިރާ ޔަގީން ކޮށްދިނެވެ. ވަގުތުން ސޫޒަން ބޭނުން ވީ ވަރިވާށެވެ. އަލްހާން އެހެން އަންހެނަކާ ގުޅުން ހިންގިޔަސް އޭނާގެ ހިތުގައި ލޯބިވަނީ ސޫޒަން އަށް ކަމުން އަލްހާން މާއިރާދެކެ އިންތިހާ އަށް ރުޅިއައެވެ. ސޫޒަން ކޯޓަށް ފޯމުވެސް ލިއެވެ. ނަމަވެސް އޭނާ އީތަން އަށް ބަލިވެއިން ކަން އިނގުމުން ސޫޒަން ދަރިފުޅުގެ ހައްގުގަ އާއި އަލްހާން ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އަލްހާން އަށް އިތުރު ފުރުސަތެއް ދޭން ނިންމީ އެވެ. އެކަމާ ހިތްހަމަ ނުޖެހިގެން މާއިރާ ސޫޒަން އާ ވާހަކަ ދެއްކިކަން އިނގުމުން އަލްހާން ސޫޒަން އަށް އަމުރު ކުރީ މާއިރާ އާ އޮތް ހުރިހައި ގުޅުމެއް ކަނޑައިލުމަށެވެ. ނޫނީ ވަރި ކުރާނޭ ކަމަށް ބުނުމުން ސޫޒަން އަށް މަޖުބޫރު ވިއެވެ. ދަރިފުޅުގެ މައްޗަށް ދައްތަ އިސްކުރާކަށް ސޫޒަން އަށް ނުކެރުނީއެވެ.

އަލްހާން އަށް ޑޭވިޑް ދާއިން އާ ބެހޭ މައުލޫމާތު ދިން ދުވަހު ދާއިން އަކީ މާއިރާގެ ދަރިއެއްކަން އިނގުން ހިސާބުން އެކަން ހުއްޓުވަން އިންޒާރު ދޭން އަލްހާން އެ ފޯންކޯލް ކުރުވީ އަލްހާން އާ ގުޅުން އޮންނަ ޑްރަގް ޑީލަރެއް ލައްވައެވެ. އެ މީހަކީ އާލިމް އެވެ. ދާދި ފަހުން މަސްތުވާތަކެތިގެ މައްސަލާގައި އާލިމް ހައްޔަރު ކުރުމުން އަލްހާން އެހެރީ އަދި މަޑު ކޮށްގެން ނެވެ. އާލިމް ސަލާމަތްކުރަން އަލްހާން ކުރަމުން ދާ މަސައްކަތް މިއަދު ކާމިޔާބު ވާނެއެވެ. އެހެން ކަމުން އަލްހާން އިނީ ނުލާހިކު ހަމަ ޖެހިފައެވެ. އަލްހާން އެ ހިޔާލުގައި އިންދާ އޭނާ ގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅާ މީހާގެ ނަން ފެނުމުން އަލްހާންގެ ތުންފަތަށް ވެރިވީ ނުބައި ހިނިތުން ވުމެކެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shooty

Level 310 Stories100 Comments

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

ސިއްރު 16 ފަހުބައި

Next

ތި ލޯބި އެދިގެން.. ފަހުބައި

Next
October 13, 2016

ތި ލޯބި އެދިގެން.. ފަހުބައި

Previews
October 13, 2016

ސިއްރު 16 ފަހުބައި

36 Comments!

  1. Love says:
    October 13, 2016 at 9:20 pm

    Adhi nuei kiyan.. Ingey reethi vaanekan..

    1. Love says:
      October 13, 2016 at 9:27 pm

      Wowwwwwwwwwwwwwwww…. It’s sooooooo nice.. Just love it..??????

  2. shooty says:
    October 13, 2016 at 9:25 pm

    hehe thanks love.. hey guys here is 16th episode.. this episode is quite short.. but I am still not so well and hope you guys will understand.. I love you all for your support.. keep supporting.. and thigothuga support kuranya I cant stop writing hehe.. I love you all.. god bless you all.. enjoy 😉

    1. Love says:
      October 13, 2016 at 9:28 pm

      It’s ok.. Gws

    2. Love says:
      October 13, 2016 at 9:29 pm

      And me first.. Yeyyy

    3. lovely girl says:
      October 16, 2016 at 6:05 pm

      Get well soon

  3. shara says:
    October 13, 2016 at 9:30 pm

    varah reethi. btw holhu ashi dhiya thaneh engey myhaku eba ulheytha???

    1. keke says:
      October 13, 2016 at 9:36 pm

      koh holhu ahteh tha ??

  4. Anonymous says:
    October 13, 2016 at 9:33 pm

    meege fahn vahaka nukiya comment nukuraathi

  5. Zeev says:
    October 13, 2016 at 9:33 pm

    V reethi

  6. sonaalee says:
    October 13, 2016 at 9:52 pm

    Vvvvvvvvvvvvvvvvvvreeeeeethi…..thnx shooty

  7. Akky says:
    October 13, 2016 at 9:53 pm

    Vvvv rythi. Avahah next part upkohdhy.

  8. Aishaaaa says:
    October 13, 2016 at 10:27 pm

    Finally☺ mibaives kiyaalevijje…vvv furihama…thnx shootyyy ❤ ❤ ❤

  9. no one care says:
    October 13, 2016 at 10:29 pm

    get well soon dear… v reethi mi vaahaka.. <3

  10. Azuna says:
    October 13, 2016 at 10:40 pm

    ❤❤❤❤❤❤❤❤

  11. Lol says:
    October 13, 2016 at 10:57 pm

    ????????????????

  12. Shafy says:
    October 14, 2016 at 12:05 am

    Alhaan ge reyvun Kaamiyaabu Viya nudheythi ?????i hate alhaan v reethi mibaivess gl shooty ??

  13. Hooooo. says:
    October 14, 2016 at 12:38 am

    Varah salhi.

  14. Mishel says:
    October 14, 2016 at 2:58 am

    V rythi ❤ dhen anna baeh ge inthizaaruga

  15. Shahittey says:
    October 14, 2016 at 3:35 am

    Varah reethi. Keep it up shuhakko.

  16. niha says:
    October 14, 2016 at 7:47 am

    VVVVV reethi…

  17. �?0yaana y says:
    October 14, 2016 at 9:07 am

    VV REETHI

  18. thooo says:
    October 14, 2016 at 10:27 am

    Vaahaka v reethi bt soozan n maira dheben nah nuhedhinam. 1cousins mery kohgrn v ma

  19. sorry to say says:
    October 14, 2016 at 10:46 am

    thats not a problem.. dheenah dhw balan jeheyny. dheenuga kaiveni huddha vaane cousins r.. ehn v ma thats not a problem.. kithanme dhivehi story ehgga ehen hadhaafa hureyy..

    1. Lammo says:
      October 14, 2016 at 10:58 am

      Salhi story eh

    2. Eeko says:
      October 14, 2016 at 11:50 am

      I agree with u…by the way nice story shooty

  20. yaana says:
    October 14, 2016 at 11:26 am

    vvvv reethi

  21. Ais says:
    October 14, 2016 at 12:29 pm

    Vvvvvvvvvvvvvvvv salhi love this story avaha up kuraathi n get well soon

  22. Rsy says:
    October 14, 2016 at 1:37 pm

    VVVVVVVVVVVVVVVVVVVVVVVVVVVVVVVVV lobi…….
    Waiting………….

  23. shaya says:
    October 14, 2016 at 2:06 pm

    Miadhu vaahaka update vaanetha

  24. shaya says:
    October 14, 2016 at 4:25 pm

    Kobaatha Shootee… Mi vaahaka kiyaahithun keh madhuvefa…pls avahah update kolla dheeba

  25. Awwww says:
    October 14, 2016 at 5:09 pm

    Alhaan akee ibilis dhw? Vaahaka hama habeys ingey shooty kolhaa??

  26. niha says:
    October 14, 2016 at 5:18 pm

    Koba konirakutha vahaka up vani….

  27. Roohy says:
    October 14, 2016 at 5:25 pm

    Vvvvv salhi abadhu kiyaahivvanee mistory alhe keevgen ulhey alhaanah hasadha in hulhufalhaaf fooh meehaaeh dhari kudhi kurevey iru ves neyga shooty haadha dheravey mishelah ah dhergotheh viyanudhehchy. ekahala hoonvaguthuthakuga eethaangehivvaru gadha baaraa kolhadhaana firihen vanth kan fennaane kamah v hithah araafa mihaaru kevvnee eh nn. keekkuraaneedhw pls pls pls pls dhigukobbila mihaareeth story eh esfiyain annee haahkun vaahakeh dhen hunnee koosani lunthah reethi story ahaakuru pls dhigu kon genes dhee bi shootee ah hamaahsaribahaasaabas????????

  28. Shooty says:
    October 14, 2016 at 5:37 pm

    Irukolhakun eba up kuran guys

  29. CHoOpYo says:
    October 14, 2016 at 11:32 pm

    Warah obi… ????

Comments are closed.

Next Episodeލޯބިވަން ޔާރާ އޭ 17←


All Right Reserved!