
ސިއްރު 16 ފަހުބައި
“އަނހަ ދަރިފުޅު ކޮބާ ސާރާ ގޮވާ. ބުނޭ ކާން އަންނާށޭ.”
ހުސްނާ މީރާ ކާރީ ބުނެލިއެވެ.
“ލައްބަ ދައްތާ މިހާރު މިގޮވަނީ”
މިހެން ބުނެލަމުން މީރާ ކޮޓަރިޔާ ދިމާލަށް ހިގާގަތެވެ. އެވަގުތު ސާރާ ވެސް ކޮޓަރިން ނިކުމެގެން އެދިމާލަށް އަންނަނީއެވެ.
“ބަލަ ބޭބެ އަދި ތައްޔާރެއް ނުވަމުތަ؟”
ސާރާ މުރާދު ކާރިޔަށް ހުއްޓިލަމުން ބުންޏެވެ.
“ކޮއްކޯ އެވެ. ޓުރޭން އޮތީ ހަވީރު 5 އަކުން ކަން ނޭގުނީ ހެއްޔެވެ. އަދި ކިރިޔާ އެޖެހީ 01 އެކެވެ.”
މުރާދު ހިނިތުން ވެލަމުން ސާރާޔަށް ކިޔާ ދިނެވެ.
“ބަލަ ތިޔަ ތަނަށް ދަނީ ކޮންބައެއް ހެއްޔެވެ؟”
ކަރީމު ތުންފަތުން ސިގްރެޓް ކަށިގަޑު ނައްޓާލަމުން ބުނެލިއެވެ.
“އަޅުގަޑާ ބޭބެޔާ މީރާ ދޯ؟.”
ސާރާ ދާމީހުންގެ ކުޑަލިސްޓު އަތުގެ އިގިލި ތަކުން ދައްކާލަމުން ކިޔާލިއެވެ.މުރާދު އާއި މީރާ އެކަކު އަނެކަކަށް ބާލާލާފަ ހިނިތުން ވެލިއެވެ. އާނއެކޭ މިއީ އަހަރެމެން ވެސް އެދޭ ގޮތޭ ބުނެ ދެމީހުން ގެ ހިތުން ވެސް ކިޔާލިއެވެ. ވަރަށް ފުރިހަމަ ޔަށް ފަސް މީހުން ކައިނިމިގެން ތެދުވިއެވެ. އަދި މީރާ ސާރާޔާ ދެމީހުން ދަތުރަށް ތައްޔާރުވާން ދިޔައީ އެވެ.
ސާހިލް އަކީ ކުޑަ ދުވަސް ކޮޅެއްތެރޭ މަޝްހޫރު ލަވަ ކިޔުންތެރިޔަކަށް ވިއެވެ. ވިއާމާ އޭނާގެ ހުރިހާ ވަގުތެއްމެ ހުސްކުރީ ސާހިލްގެ ކަންތަކުގައެވެ. އެއްވެސް ކަމެއް އުނިނުވާގޮތަށެވެ. ކުރިޔަށް ހުރި ޕޮރްގުރާމްތަށް ސާރާ ވިއާމާޔަށް ކިޔާދިނެވެ.ޖެހިގެން އަންނަ ހަފްތާ ސާހިލް އިންޑިޔާ އަށް ގެންދިޔުމުގެ ހުރިހާ ކަމެއް މިހާރު އޮތީ އެއްކޮށް ނިމިފައެވެ. އެއްދުވަހު ވިއާމާ ބޭރުން ގެޔަށް އައިއިރު ސާހިލް ހުރީ ވަރަށް ބޮޑަށް ކަމަކާ ރުޅިއައިސްފައެވެ.
“ވިއާމާ. އަހަރެން އިންޑިޔާ އަކަށް ނުދާނަަން.”
“ނޫނެ. ސާހިލް . މިހާރު އަހަރެމެން ދެމީހުން އިންޑިޔާ އަށް ދާން އަހަރެން ޓިކެޓް ވެސް ނާގާފީން. އަދި ސާހިލްގެ އެކައުންޓަށް ވިޝާމް މެން ފައިސާ ވެސް ޖަމާ ކޮށްފި. މާދަމާގެ ރެކޯޑިން ކާމިޔާބު ވެއްޖެއްޔާ އިތުރަށް އަހަރެމެންގެ ޙަޒާނާ މުއްސަދި ވާނެެ..ތިޔައީ ހަމަ ހީރޯ އެއް.”
ވިއާމާގެ މިއިން އެއްވެސް ވާހަކަޔަކުން ސާހިލްގެ ހިތް ހަމަޖެހޭ ގޮތެއްނުވިއެވެ. އެވަގުތު ފޯނު ރިންގުވާން ފެށިއެވެ. ސާހިލް އިނީ ފޯނު ކާރީގާ ކަމުން ވަގުތުން އޭނާ ފޯނު ނެގިއެވެ. އަދި ވާހަކަ ނުދެއްކިގެން އުޅެނިކޮށް އެކޮޅުން ވާހަކަ ދައްކާން ފެށިއެވެ. އޭނާޔަށް އިވުނު އަޑަކީ ހަމަ ގައިމުވެސް އޭނާގެ ސާރާގެ އަޑެވެ.ސާހިލް އަވަހަށް ވިއާމާ ސާހިލް އަތުން ފޯނު އަތުލިއެެވެ. އޭނާޔަށް ހަމަ އެކަނި އިިވުނު ހާ ވެސް އަޑަކީ ޓިކެޓް ކޮންފޯމް ކުރީ ކޮންދުވަހަކަށް ތޯއެވެ. އެކަމަކު މިއީ ސާރާގެ އަޑެވެ. ނޫނީ މަލްހާ ގެ އަޑެވެ. އެހެންވެއްޖެއްޔާ މަލްހާޔަށް އަހަރެން އިންޑިޔާ އަށް ދިޔުމާމެދު އޮތީ ކޮން ވާހަކަ އެއްބާވައެވެ. މިއީ ސިއްރު ނޭނގޭ އޮޅުން ބޮޅުމެކެވެ. ސާހިލް ވިސްނަމުން ދިޔައެވެ. ވިއާމާ ފޯނު ހިފައިގެން ދިޔައީ ދުރަށް ކަމުން އެދެމީހުން ދެއްކި އެއްވެސް ވާހަކައެއް ސާހިލް އަކަށް ނީވުނެވެ.
ވިއާމާ ފޯނު ހިފައިގެން ކޮޓަރިން ބޭރަށް ނިކުތެވެ.
“މަލް. ފޯނު ނެގީ ސާހިލް އެވެ. ކަލޭ ވާހަކަ ދެއްކި އަޑު ހަމަ ރީތިކޮށް އިވޭނެ އެކަމަކު އަދި ސުވާލެއްނުކުރޭ”
“ނާހަމަ ތެދެއްތަ؟. ވިއާމާ. މިސިއްރު ބޭޒާރު ނުކޮށް ހިފަހަށްޓަދޭތި”
ދެން އެދެމީހުން ދެއްކި ވާހަކަ އެއްދެއްކީ ވަރަށް ސިއްރުން ނެވެ. ހަމަ އެކަނި އިވޭހާވެސް އަޑަކީ ވިއާމާ އާނ ހޫނ އެއްލައްވާ އަޑާއި އެހެންދޯ އެކޭ ކިޔާލާ އަޑެވެ. އެވަގުތު ސާހިލް ޕުރެކްޓިސް ކުރަމުން ދިޔަ ލަވައިގެ އަޑު އިވެން ފެށިއެވެ
ވިއާމާ ފޯނު ކަޑާނުލާ ސާރާޔަށް އެއަޑު އިއްވާން އެތެރެޔަށް ދިޔައެވެ.
“ސަތޭކަ ފަހަރު އަހަރެން ދުނިޔެއަށް ކަލާޔަށް ޓަކާ އަންނާނަމެވެ.
ސަތޭކަ ފަހަރު އަހަރެން ފަނާވިޔަސް ވަރިހަމަ އެވެ.
އޭލޯބިވެރިޔާ އެވެ. ދެންވެސް އަހަރެން ކަލެޔަކާ ވަކިނުވާނަމެވެ.
އަހަރެމެންގެ ނަސީބް އަހަރެމެން މިގޮތަށް ދުރު ކުރުވާނީ ކިހާދުވަހަކު ހެއްޔެވެ
އޭލޯބިވެރިޔާ އެވެ. ސަތޭކަ ފަހަރު އަހަރެން ދުނިޔެއަށް އަންނަން ޖެހުނަސް އަންނާނީ ހަމަ ކަލާޔަށްތަކާ އެވެ.
މިލޯތްބަށް ޓަކާ ތެދުވެރިކަމުގެ ނަމޫނާޔަކަށް އަހަރެން ވާނަމެވެ.
ކަލާގެ ފައިތިލާގެ ނިޝާން ހޯދަމުން އަހަރެން ކަލާ ހޯދާނަމެވެ.
އެއީ މަގޭ މަންޒިލް ކަމަށް ވެސް މަ ހަދާނަމެވެ.
ލޯބިވެރިޔާ އެވެ. އަހަރެން ކަލާ ޔާ ދުރަކަށް ނުދާނަމެވެ.
މިއީ ހަމައެކަނި ވަގުތީ ވަކިވުމެކެވެ.
އަހަރެންގެ ހިތުގައި ކަލާޔަށް ޓަކާ އުއްމީދުގެ ބައްތިތަކެއްވެއެވެ
ސަތޭކަ ފަހަރު އަހަރެން ދުނިޔެއަށް ކަލާޔަށް ޓަކާ އަންނާނަމެވެ.
ސަތޭކަ ފަހަރު އަހަރެން ފަނާވިޔަސް ވަރިހަމަ އެވެ.”
ސާހިލް ލަވަކިޔަމުން ކުރިޔަށް ދިޔައެވެ.
ވިއާމާ ސާހިލްގެ ލަވައަޑުއަހަން ހުއްޓެވެ.
ވިއާމާޔާ ސާރާ ފޯނު ބޭއްވީ ކުރިޔަށް ހުރި ޕޮރުގުރާމް ރަނގަޅަށް ވިއާމާޔަށް ކިޔާދިނުމަށް ފަހުގައެވެެ. ވިއާމާ ފޯނު ބޭއްވުމަށްފަހު މޭގައި އަތް އަޅާލިއެވެ. އަދި ފުންނޭވާއެއްލިއެވެ. ސާހިލް އެލޯބިވަނީ ސާރާދެކެ ކަން ވިއާމާޔަށް އެގެއެވެ. އެކަމަކު އޭނާ ވިއާމާ ކާރިން ސާރާ ކޮބާތޯ އަހާވެސް ނުލައެވެ. މިވީތަނަށް އެއްވެސް ނުދަންނަ މީހަކު ސާހިލް އާއި ބައްދަލު ކޮށްފަ ވާހަކަ ނުދައްކައެވެ. ސާހިލްް އަކީ ހަމައެކަނި ލަވަ ކިޔުންތެރިއެއްކަން އެންމެން ދަނެއެވެ. ކޮޓަރިއަށް ގޮސް ވިއާމާ ދޮރު ލައްޕާލިއެވެ.
މީރާ ޔާ މުރާދު މަދުރާއީގެ ބަގީޗާގައި އަތާއި އަތްގުޅުވައިގެން ހިގާލަންދިޔައެވެ. އެތަށް ދުވަހަކަށްފަހު މީރާގެ އުއްމީދު ފުރިހަމަ ވީއެވެ. އާއެކެވެ. މިއަދު މުރާދު އޭނާދެކެ ލޯބިވާވާހަކަ ބުނެ އިޢުތިރާފްވިއެވެ.
“މީރާ. އަހަރެންގެ މަންމަ މެން މީރާޔާ ވަރަށް ޤަބޫލު. އަހަރެން ބޭނުންވަނީ މީރާގެ އިއުތިރާޒެއްނެތީއްޔާ. މީރާގެ ބައްޕަޔާ ބައްދަލު ކުރުމަށް މާލެ ދާން ދަތުރު ފެށުމަށް”
މީރާ ލަދުން މޯޅިވެލިއެވެ. މުރާދު މީރާގެ އަތްމޫނުން ނައްޓުވާލިއެވެ. އަދި ކުރިމަތިވާގޮތަށް ހުއްޓިލައިގެން ސުވާލު ކުރިއެވެ.
“މީރާ އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށް ވުމަށް ރުހި ޤަބޫލްތަ؟”
މީރާ އާނއެކޭ ބުނާހެން ބޯޖަހާލިއެެވެ. އަދި ދުއްވައިގަތެވެ. އެވަގުތު ދުރުން ރިތި ލަވައެއްގެ އަޑުއިވެމުންވެސް ދިޔައެވެ.
މީރާ މަޑުހިގުމެއްގައި އައިސް މުރާދުގެ މޭގައި ލައްވެލިއެވެ.
ސާރާ މަދުރާއީ އަށް އައިއްސުރެ އުޅެނީ ވަރަށް ބުރަކޮށެވެ. ތަފާތު ހޮސްޕިޓަލްތަކުގައި އަތްފުނާ އެޅިއެވެ. އެންމެ ފަހުން ލޮލުގެ ޑޯނާއެއް ހޯދިއެވެ. އޭނާ ބަލިވުން ޤަބޫލް ނުކުރާ ކަހަލައެވެ. އެންމެ ފަހުން ހަމަ ކާމިޔާބުވެސް އޭނާގެ އަތުގައި ހިފީއެވެ. ކުއްލި ގޮތެއްގަ ހާޓްއެޓޭކެއް ޖެހިގެން ނިޔާވި މީހުންގެ އާއިލާ ބޭނުންވީ އެނިޔާވި މީހާގެ ލޯ ހަދިޔާ ކުރާށެވެ. އަބަދުވެސް އެލޯ ދުނިޔޭގައި ބަަހައްޓާށެވެ. އިއްތިފާގުން ސާރާޔާ ސޫރަޖްގެ ލޭވެސް ގުޅެއެވެ. އެގޮތުން ސޫރަޖް އަށް މިލޯ ގުޅޭނެކަން ސާރާޔަށް އެނގުނެވެ.
ވިއާމާ ސާހިލް އަށް އާދޭސް ކޮށްކޮށް ވަރުބަލި ވެއްޖެއެވެ. ސާހިލް އިންޑިޔާއަށް ދާކަށް ގަބޫލެއް ނުވިއެވެ.ވަގުތަކީ ކޮންމެވެސް ކަމަކު އާދިލް އެގެޔަށް ކަމަކު އައިސްވަދެލިވަގުތެވެ. ވިއާމާ އަށް އޮތީ ކުރިންވެސް އާދިލް ފެނިފައެވެ. އަދި އެއީ މުރާދުގެ ގާތް ރައްޓެއްސެއްކަންވެސް އެގެއެވެ.
“އަނހަ ވިއާމާ ކޮންދަތުރެއްގަ އައިސް ތިއުޅެނީ”
ކާރިޔަށް ހުއްޓިލަމުން އާދިލް ސުވާލު ކުރިއެވެ. ވިއާމާ އާދިލް ގޮވާގެން ބޭރަށް ނިކުތެވެ. އަދި ކުރުގޮތަކަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. އަދި ސާހިލް އިންޑީޔާއަށް ދިޔުމަށް ދެކޮޅު ހަދާ ވާހަކަ ވެސް ބުނެދިނެވެ.
އާދިލް ވިއާމާޔާ އެކު ސާހިލް ކާރިޔަށް ދިޔައެވެ. އަދި ސާހިލް އަށް ވިސްނާދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެހުރިހާވަގުތަކު އާދިލްގެ ނަޒަރު ހުއްޓިފަ ހުރީ ވިއާމާ ކުރަމުން ދިޔަ މަސައްކަތުގައެވެ. ސާހިލްގެ ހެދުންތަށް ތަރުތީބުކުރުމާއި ގޭތެރޭގެ ތަފާތު ކަންތަކެވެ.
ވިއާމާ ވީ އާދިލް ވަރަށް ގަބޫލް ކުއްޖަކަށެވެ. ވީހާ ގިނަގިނައިން ވިއާމާޔާ ބައްދަލުކުރުމަށް ހިތްއެދެން ފެށިއެވެ. އެކަމަކު އެއްވެސް އެއްޗެކޭ ވިއާމާ ކާރީ އާދިލް ނުބުނެއެވެ.
މުރާދު އާއި މީރާ އަދި ސާރާ އެމީހުންގެ މަދުރާއީ ދަތުރު ފުރިހަމަ ކުރުމަށްމަށްފަހު ކެރަލާ އަށް އެނބުރިއައެވެ. ހުސްނާޔާ ކަރީމް މިތިން ކުދިންނާ އިސްތިގުބާލު ކުރިއެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ކާމިޔާބީގެ ކުލަވަރެވެ.
“މަންމާ. ބައްޕާ. އަޅުގަނޑު ވާހަކައެއްނަންގަންނަން ބޭނުން.”
ސާރާ މަންމަގެ އަތުގައި ހިފަހައްޓައިގެން ހުރެ ބައްޕަޔަށް ބަލާލަމުން ބުނެލިއެވެ. ހުސްނާ ހައިރާން ކަންއެކުލެވިފައިވާ ނަޒަރަކުން އެއްފަހަރު މުރާދަށް އަނެއްފަހަރު ކަރީމު އަށްބަލާލިއެވެ. ސާރާ މަންމަ މެންނާ އެކު ހިގާފަ ގޭތެރެޔަށް ވަނެވެ.
ގޭތެރޭގެ މާހައުލު ވަރަށް ހަމަ ހިމޭނެވެ. ސާރާ މަންމަ މެނާ ކުރިމަތިވާގޮތަށް އިށީދެ ހުރިހާ ވާހަކަ އެއްވަރަށް ތަފްސީލު ކޮށް ކިޔާދީފިއެވެ. ސާރާގެ ކޮންމެ ވާހަކައެއް އަޑުއަހާފައި ހައިރާންވެ އަންތަރީސް ވެފާ ހުސްނާ މެން ތިއްބެވެ. ކޮންމެ މީހެއްގެ ދުލުން ބުނަމުން ދިޔައީ “ހަމަ އަސްލުތަ؟”
ސޫރަޖް އާއި މެދު ކަންތަށް ވީހުރިހާ ގޮތެއް މިއަދު އެމީހުންނަށް އޮޅުން ފިލާއިފިއެވެ. ހުސްނާ އޭނާގެދަރިފުޅުގެ ހިތްވަރުގަދަ ކަމަށްޓަކާ ތައުރީފް ކުރިއެވެ.
ވިއާމާ ސޫރަޖް ގޮވާއިގެން ފުރަން އައީ އާދިލް އާވެސް އެކީގައެވެ. އެވަގުތަކު އާދިލް އެއރޕޯޓަށް އައީ ފުރާން ކަމެއް ވިއާމާ ޔަކަށް ނޭގެއެވެ. ވިއާމާ ހީކުރީ މުރާދުގެ ރައްޓެއްސެއްކަމަށް ވާތީ ފުރުވަން އައީ ކަމަށެވެ.
“އަނހަ އާދިލް ކަލާވެސް ފުރާނީތޯ؟”
ވިއާމާ ހއިރާންކަމުން ފުރިގެން ވާގޮތަކަށް އާދިލް އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.
“ވިއާމާ. އަހަރެންވެސް ކުޑަކަމެއް އޮތީމާ އެކޮޅަށް ޖައްސާލަނީ. އަނެއްކާ ހިތްހަމަ ނުޖެހުނީ ތަ؟”
އާދިލް ވިއާމާގެ ކަންފަތް ދޮށަށް ގުދުވެލަމުން ހިނިތުން ވެފަ ބުނެލިއެވެ. ވިއާމާ ލަދުވެތި އަދާއަކާއެކު ހީލިއެވެ. އަދި ނޫނެކޭ ބުނާގޮތަށް ބޯހޫރާލިއެވެ. އެކަމާ ވިއާމާ އުފާވީ ކީއްވެބާވައެވެ، ވިއާމާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އާދިލްގެ ކުޑަހަރަކާތަކުން މިއަދު ވިއާމާ ގެ ހިތްތެޅިލީ ސިއްރު ވެރި ގޮތަކަށެވެ. ޙުދު ވިއާމާޔަކަށް ވެސް އެސިއްރެއް ނޭގުނެވެ. އެހެނަސް އެއީ އަރާމެއްކަން އެއީ ޖަޒުބާތެއް އުފެދިފާވާ ތެޅިލުމެއްކަން އަދި ސާދާ ފެށުމެއްކަން ވިއާމާޔަށް އިހްސާސް ވިއެވެ.ބޯޓަށް އަަރަން އާދިލް ވިއާމާޔާ ދިމާލަށް އަތްދިއްކޮއްލިއެވެ. އިހްތިޔާރަކާ ނުލާ ވިއާމާ އެއަތުގައި ވިއާމާގެ މަޑު އަތްތިލަ ބާއްވާލިއެވެ.
“ހާދަ ފިނިވެފަ ބިރުންތަ ތިހިރީ؟”
އާދިލް ނުހަނު ލޯތްބާއެކު ވިއާމާ ކުރެން އަހާލިއެވެ.ވިއާމާ ލަދުވެތިކަމާ އެކު ބޯހޫރާލިއެވެ.
“މިއަތުގައި ތިޔަގޮތަށް އަބަދުވެސް ހިފަހައްޓާލަދޭނަން ހެއްޔެވެ.”
އާދިލް ވިއާމާ ކާރިޔަށް ގުދުވެލާފަ އަހާލިއެވެ.
“ލައްބަ”
ވިއާމާ ވެސް ބުނެލިއެވެ. އެހެނަސް އެއްވެސް އަޑެއް ނުނިކުތެވެ. ހަމަ އެކަނި އިންޑިޔާ މީހުން ހަދާހެން ބޯ ހަލުވާލެވުނީއެވެ. ލަދުވެތި ކަމުގެ ފަރުދާއެވެ.
ވިއާމާ މަޑުމަޑުން އާދިލްގެ އަތުން ދޫކޮށްލިއެވެ. ހުރިހާ ފަސިންޖަރުން އެތެރެޔަށް ވަންނަން އެންގުމުންނެވެ. އެހާއިރަށް ސޫރަޖް ވެސް އިންތަނުން ތެދުވެގެން އެމީހުން ކާރިޔަށް އަތުވެއްޖެއެވެ. ވިއާމާގެ ހިނިތުން ވެފާވާ މަންޒަރުން ވިއާމާ ގަބޫލްކަން އާދިލް އަށް އެނގުނެވެ. އާދިލް އާއި ވިއާމާ އެކަކު އަނެކަކުގެ ލޮލުން އެތަށް ވާހަކައެއް ދެއްކިއެވެ. ކަމަކަށް ވަގުތުގަ ދެމީހުންވެސް ހިނިތުން ވަމުންދިޔައެވެ. އެދެހިތުގައި ތެޅެމުން ދަނީ އެއްމިޔުޒިކޭކޭ ބުނާ ކަހަލައެވެ.
ދަބަސް އެއްއަތުން ހިފާފަ އާދިލް ސޫރަޖްގެ އަތުގައި އަނެއްއަތުން ހިފިއެވެ. އަދިމަޑުމަޑުން ޗެކިން ކައުންޓަރާދިމާލަށް ދިޔައެވެ. އަދި ތުމުން ރާގެއްފުމެމުން ދިޔައެވެ.ދަތުރުގެ ހުރިހާ ކަމެއް އާދިލް ހަމަޖެއްސިއެވެ. ވިއާމާ ޔާ ސޫރަޖް މަޑުކޮށްގެންތިބީއެވެ. މީހަކު ކަންތަށް ކޮށްދޭން ހުރުމުން ފަސޭހަ ކަން މިއަދު ވިއާމާޔަށް އެނގުނެވެ. އެހެންނޫނަސް އާދިލް އަށްޓަކާ އޭނާގެ ހިތުން ކޮންމެވެސް ޖާގައެއް ހުސްކޮށްލެވުން އެއީ އިއްތިފާގެއްބާވައެވެ. ގަދަ އޮއިވަރުގައި ފަތަމުން ދިޔަ މީހަކަށް މަންޒިލެއް ލިބުނީއޭވެސް ބުނެވިދާނެއެވެ.
އެވަގުތު ސޫރަޖް ވާހަކަ ދައްކަން ފެށިއެވެ.
“ވިއާމާ. އަހަރެން އެނބުރި ރަށަށް ދާހިތްވަނީއެވެ. އަހަރެން ހިތްހަމަނުޖެހޭގޮތެއް އެބަވޭ.”
ސާހިލް އިށީދެގެން އިންފަރާތް ނޫން ފަރާތަކަށް އެނބުރިލަމުން ބުނެލިއެވެ.
“ސާހިލް. ވިޝާމް މެން ބޭނުން ވަނީ ސޫރަޖްގެ ލޯ ރަނގަޅު ވުމަށް.ހުރިހާ ޑޮކްޓަރން ވެސް ބުނިގޮތުން ލޮލެއް ލިބުމާއެކު ތިޔަ ލޮލުގެ އަލިކަން ލިބޭނެ. ފަހަރުގާ ތިޔަ ލޮލުގެ އަލިކަން އެހެން މީހަކަށް ހިތްހަމަޖެހުމަކަށް ވެސް ވެދާނެ.”
ވިއާމާ މިހެން ބުމާއިރަށް ސާހިލް އަތްމަށްޗަށް ނަގާފަ ވިއާމާ ހުއްޓުވާފިއެވެ. “ވިއާމާ އަހަރެންގެ ލޯ އަނދިރިޔެއް ނޫން އަހަރެންގެ ލޮލުން ހުރިހާ ތަނެއްފެނޭ”
ސާހިލްގެ މިޖުމްލައިން ވިއާމާ ސިއްރުވެރިގޮތަކަށް ހިނިތުން ވެލިއެވެ. ސާހިލް އެބުނީ ތެދެކެވެ. އޭނާގެ ލޮލުން ހުރިހާ ތަނެއް ފެނެއެވެ. އެހެނަސް އެއި ސިއްރެކެވެ.
އާދިލް ހުރިހާ ކަމެއް ނިންމާލާފަ އައިސް ވިއާމާ މެން ކާރީ އިށީނެވެ.
ސޫރަޖް ވެސް ދެންއިތުރު ވާހަކައެއް ނުބުނެ ހިމޭނުން އިނެވެ.
ފުލައިޓްގައިވެސް ވިއާމާ ޔާ އާދިލް ތިބީ ޖެހިޖެހިގެން އިން ގޮޑީގައެވެ. އަތާ އަތް ގުޅާލައިގެނެވެ.
ސުރަޖް ވަރަށް ހިމޭނުން އިނެވެ.އޭނާގެ ހިތުގައި ތަފާތު ހައިޖާނުތަށް އުފެދެމުން ދިޔައެވެ. ސާރާގެ ހުރިހާ ހަނދާން ތަކެއް އޭނާޔަށް އުދަގޫވަމުން ދިޔައެވެ. އެންމެ ފަހުން އޭނާ މޫނުގައި އަތްއެޅުމަށްފަހު ގޮނޑީގައި ލެނގިލިއެވެ.
“ކިހިނެއްވި އަނެއްކާ”
ވިއާމާ ވަގުތުން ސުވާލު ކުރިއެވެ.
” ކުޑަކޮށް ބޮލުގައި ރިއްސާލާ ކަހަލަ ގޮތެއްވި”
ސާހިލް ހިމޭން އަޑަކުން ބުނެލިއެވެ.
އިންޑިޔާގެ ވައިގެ ބަދަރުގައި ފުލައިޓް ޖެއްސި ކަމުގެ އީއްލާން ކުރިއެވެ. ވިއާމާ ހިނދުކޮޅެއްގެ ތެރޭ އޭނާގެ ފޯން އޮން ކުރިއެވެ. ސާރާގެ އެއްވެސް މެސެޖެއްއޮތްތޯ ޗެކްކޮށްލާން ވެގެންނެވެ. އަދި ލިބުނު މެސެޖްތަކުން ހިނިތުން ވެލިއެވެ.
ވިއާމާ މެން ވިޝާމް މެނާ ބައްދަލުވީ ލައުންޖް އިންނެވެ.
“ވިއާމާ. ކާރު އެއޮތީ ތައްޔާރު ކޮށްފަ. އަވަހަށް ހިގާ.”
ވިޝާމް ދަބަސްތަށް ނަގަމުން ބުނެލިއެވެ.އެންމެން ކާރަށް އެރިއެވެ. އެކާރަކީ ވެސް އެދުވަހަށްޓަކާ ސާރާ ތައްޔާރު ކުރުވި ކުލީ ކާރެކެވެ.
ރޫބީ އެވެނިއުގެ ޕޯޓިކޯ ތެރެއިން ކާރު ވަނުމާއެކު ޔުނިފޯރމް ލާފަ ހުރި މީހަކު ކާރުގެ ދޮރު ހުޅުވާދިނެވެ. އަދި ދުވާހާ ގުޅޭގޮތުން މަރުހަބާ ކިޔެވެ. ދޮރުގެ އެއްފަރާތުގައި ސާރާ ހެވިފަ ބަލަހަށްޓައިގެން ހުއްޓެވެ. ވިއާމާޔަށް ސާރާ ފެނުމާއެކު އުފަލުން ހަޅޭއްލަވައިގަންނަން އުޅުނެވެ. ނަމަވެސް އެހިނދުކޮޅު ސާރާ އަތުގެ އިޝާރާތުން ވިއާމާ ހުއްޓުވިއެވެ. އާދިލް ވެސް ބޮލުގެ އިޝާރާތުން ސާރާޔާ ސަލާމް ކުރިއެވެ. ސާރާވެސް ހަމަ އެގޮތަށް ޖަވާބު ދިނެވެ.
“ވިއާމާ އެވެ. އަހަރެމެން މިއައީ ކޮންތާކަށް ހެއްޔެވެ؟
ސާހިލް ހިމޭން އަޑަކުން އަހާލިއެވެ.
” އަހަރެމެން މިއައީ ރޫބީ އިން އަށް. މާދަމާ ހެނދުނު މަދުރާއީ އަށްދާން ފުރާނީ.”
ވިއާމާ ސާރާޔާ ދިމާލަށް ހިނިތުން ވެލަމުން ސޫރަޖް ކާރީ ބުނެލިއެވެ. ސާރާ އެއްބަސް ވުމުގެ ގޮތުން ބޯހަލުވާލިއެވެ. އެކަމަކު ވާހަކައެއް ނުދައްކައެވެ.
ސާހިލް ކޮޓަރި ނެގީ އާދިލް އާއެއްކޮށް ހުންނަ ގޮތަށެވެ. އެއީ ސާހިލް އެދިގެންނެވެ. މުޅި ރޭގަނޑު ސާހިލް އާދިލް އާއި ވަރަށް ވާހަކަ ދެއްކިއެވެ. އެހެނަސް އެއްވެސް ކަމެއް އޮޅުންފިލާގޮތެއް ނުވިއެވެ. ސާހިލް ނިދުމާ އެކު އާދިލް ދިޔައީ ވިއާމާގެ ކޮޓަރިއަށެވެ. ދެމީހުން ތަފާތު ވާހަކަތަށް ދެއްކިއެވެ. ވަޢުދުތަކާ އަހްދު ތަށް ވިއެވެ. ލޯބިހުށައެޅި ވިއާމާ ލޯބި ގަބޫލްވެސް ކުރިއެވެ. ސާހިލް ރަނގަޅުވެގެން މާލެދާއިރަށް ކާއިވެނި ކުރުމުގެ ފޮނި އުއްމީދުގައި އާދެލޯބިވެރިން ވަކިވިއެވެ.
މުރާދު އާއި ސާރާ ވެސް މަދުރާއިއަށް ދާން ތައްޔާރުވިއެވެ. މިހާރު އެއްވެސް ކަމެއްސާރާ އެކަނި ކުރާކަށް ނުޖެހޭނެއެވެ. ހުރިހާ ކަމެއްގަ ސާރާގެ ބޭބެ މުރާދު އެހީވާނެއެވެ. މިކަމުން ސާރާޔަށް ބުނަންނޭގޭ ހިތްހަމަޖެހުމެއްލިބުނެވެ.
ވިޝާމް މެން ހެނދުނު ސާހިލްމެން ގޮވައިގެން ދަތުރު ފެށިއެވެ. ސާރާޔާ މުރާދުވެސް ހިމޭންކަމާއެކު އެމީހުންގެ ފަހަތުގައި ތިއްބެވެ. މުރާދުވެސް ސާރާވެސް ވާހަކަ ނުދައްކަ އެވެ. ހަމިހުންގެ މައްޗަށް އެކުލެވޭ ކުޑަގާފިލާ މަދުރާއީގެ އައިކެޔާރ ހޮސްޕީޓަލަށް ވަންއިރު ޑޮކްޓަރ ޝިލްޕާ އެމީހުންގެ އިންތިޒާރުގައި އިނެވެ.
ސާހިލް އަށް ލޮލުގެ ޑޯނާވެސް ސާރާވަނީ އިންތިޒާމު ކޮށް ހަމަޖައްސާފައެވެ. ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަ ކޮށެވެ. ސާހިލް އަށް ލުބުނު ލޮލަކީ އިންޑިޔާގެ ސިފައިންގެ މީހެއްގެ ލޮލެވެ. އޭނާ ޝަހީދުވުމުން އޭނާގެ ލޯހަދިޔާ ކޮށްފައޮތީމާ ފުރަތަމަ ސާރާ ޓެސްޓުކޮށްފަ އޮތީމާ ސާހިލްގެ ލޮލާގުޅުނީ އެވެ. މިކަމުގާ ހިނގި ހުރިހާ ހަރަދެއް ކުރީ ސާރާއެވެ. ދެދުވަހެއްގެ ތެރޭ
ސާހިލްގެ ލޯ އޮޕަރޭޝަން ކުރެވިއްޖެއެވެ. ސާރާގެ މަންމަ މެންވެސް މަދުރާއީއަށް އަތުވެއްޖެއެވެ. ސާހިލް އޮޕަރޭޝަން ކޮށްފަ އޮއްވާ ބަލަން ވެސް ދިޔައެވެ. އެކަމަކު އެމިހުން ސާހިލް އާއި ވާހަކަ ނުދައްކައެވެ. އެއީ ސާރާ އެގޮތަށް ބުނެފަ އޮތީމައެވެ. ނަމަވެސް އެވަގުތަކީ ސާހިލް ނިދިފަ ވާ ވަގުތެއްކަމުން އޭނާޔަކަށް އެކަމެއް ނޭގުނެވެ.
މިއަދަކީ ސާހިލް އާދެ ސޫރަޖްގެ ބެންޑޭޖް ނައްޓާލެވޭ ދުވަހެވެ. މިދުވަހަށްޓަކާ ސާރާވަނި އެތަށް މަހެއްގެ ދިގު އިންތިޒާރެއް ކޮށްފައެވެ. ކެއްތެރިކަމެއްނެތިއެވެ.
ސާރާ މުޅިން ތަފާތު ގޮތަކަށް ތައްޔާރު ވަމުން ދިޔައެވެ. ވަރަށް ގިނަ ފަހަރު މީރާ އައިސް އުނދަގޫ ކުރިއެވެ.
“އައްދޭ. ލޯބިވާ ހާދަނަލައެއްތިވަނީ”
މީރާ ސާރާޔާ ދިމާކޮށްލިއެވެ.
“ހޫނ ބެހިލާނެ އެހެންމީހަކު ނުވީދޯ މަށާ ތިބެހެން ފެށީ”
ބުރުގާ އަޅަން ހުރެފަ ސާރާ ބުނެލިއެވެ.
“އެކަމަކު ހީވަނީ ފުއްކަފަ ޖެހި ބަޖިޔަލެއް ހެން ދެން ތިވަރަށް ފުށް ނުޖަހަންޏާ ނުވޭތަ؟ ސޫރަޖް ފުރަތަމަ ޖެހޭނީ ތި ފުށެއްނު ސާފު ކުރަން”
މީރާ އިތުރަށް ސާރާޔާ ދިމާކުރިއެވެ. އެންމެ ފަހުން ސާރާ މީރާ ކޮޓަރިން ނެރެފަ ދޮރު ލައްޕާ ތަންޑު އެޅުވިއެވެ. ހެމުން ހެމުން މީރާ ދެން ދިޔައީ މުރާދު ކޮޓަރިޔަށެވެ. މުރާދުގެ ހެދުން ރެޑީ ކުރާށެވެ. އެވަގުތު މުރާދުވެސް ހެދުން ނަގަން ކޮޓަރިޔަށް އައިވަގުތެވެ. މީރާ ފެނުމާއެކު މުރާދު ފަހަތުން މީރާގެ ގައިގާ ބައްދާލިއެވެ.
” މަގޭ ކޮޓަރިޔަށް ވަދެގެން ތިޔަ އުޅެނި ކީއްވެެ؟”
މުރާދު އަހާލިއެވެ.
” އަޅުގަނޑު މިއައީ ކަލާގެ ހެދުން ތައްޔާރު ކޮށްދޭން.”
މުރާދު އާއި ދިމާލަށް އެނބުރިލަމުން މީރާ ބުނެލިއެވެ. މުރާދުގެ ގައިން މީރާޔަށް ވަރަށް މީރުވަސް ދުވިއެވެ.
“ފެންވަރާ ގަޑީގަވެސް ސެންޓުޖަހަނީތޯ؟”
މުރާދުގެ ގައިން ވީއްލިގަންނަމުން މީރާ ބުނެލިއެވެ.
“ތިއެއް އެނގޭނީ މަށާ އެކު ފެންވަރަން އަންނަ ނަމަ ނޫންތަ؟”
މުރާދު އަނެއްކާވެސް މީރާގެ އަތުގައި ހިފާ މުރާދާ ކާރިޔަށް ދަމާލިއެވެ. އަދި މީރާގެ މޫނާ ދިމާލަށް ގުދުވެލިއެވެ. އެވަގުތު މީރާ ދޮރާ ދިމާލަށް އިޝާރާތް ކޮއްލުމުން މުރާދަށް ހިވީ ދޮރުކާރީ މީހަކު ހުރީ ހެންނެވެ. އަދި ވަގުތުން މީރާގެ އަތުންވެސް އޭނާ ދޫކޮށްލިއެވެ. ލިބުނު ފުރުސަތުގައި މީރާ ހެމުން ހެމުން އެކޮޓަރިން ނިކުތެވެ.
ހުރިހާ އެންމެން ސާހިލްގެ ކޮޓަރީގައި ތިއްބެވެ. ސާހިލް ގެ ލޮލުގެ ބެންޑޭޖް ނަގާނެ ވަގުތަކަށް އިންތިޒާރު ކުރުމުގައެވެ. ކޮޓަރިވަނީ ފަނޑުއަލިކަމެއްގެ ތެރޭގައެވެ.
“ކަލާ ގެ މިވަގުތުގެ އިހްސާސަކި ކޮބާތޯ”
ވިއާމާ ސާހިލް ކާރިން އަހާލިއެވެ. ސާހިލް ހިނިތުން ވުން ފިޔަވައި އިތުރު އެއްވެސް ހަރަކާތެއް ނުކުރެއެވެ.
ޑޮކްޓަރ ދުރުވެ ބޭނުންވާ ހުރިހާ ވާހަކައެއް ނަރުސް ކުއްޖާ އަށް ކިޔާދިނެވެ. އަދި އައިސްތިބި މެހްމާނުންނަށް ވެސް ހަމަޖެހިލެއްވުމަށް އިޝާރާތް ކުރެއްވިއެވެ. ޑޮކްޓަރ ގަޑި ބެއްލެވިއެވެ. އަދި އައިސްތިބި މިހުންނާ ދިމާލަށް ހިނިތުން ވެލިއެވެ. ސާރާވެސް ހާސްކަމާއެކު ހުއްޓެވެ. އެންމެ ފަހުން ޑޮކްޓަރ ސާހިލްގެ ބެންޑޭޖް ނައްޓަވާލިއެވެމަޑުމަޑުން ސާހިލް އާއި ވާހަކަ ދައްކަމުން ނެވެ. އަދިލޯމަޑުމަޑުން ހުޅުވާލުމަށް ޑޮކްޓަރ ނަސީހަތް ދެއްވިއެވެ. ސާހިލް ބިރުން އިނދެމެ ލޯހުޅުވާލިއެވެ. ނަރުސް ކުއްޖާ ކޮޓަރީގެ އަލި މަޑުމަޑުން ގަދަކުރިއެވެ. ސާހިލް ވަށައިގެން ހޯދާލިއެވެ. އޭނާއަށް ފެނުނެ ކަންތަކުން ހައިރާންވެފަ އަލުން އޭނާ ލޯމަރާލިއެވެ. ގިނަ މޫނުތަކަކީ އޭނާއަށް އާމޫނުތަކެވެ.
” ޑޮކްޓަރ. އަޅުގަޑަކަށް ނުފެނޭ. މިތަން މިހާ އަނދިރީ ކީއްވެތަ؟.”
ސާހިލް މޫނުގައި އަތް އެޅުމަށްފަހު ރޯންފެށިއެވެ. ހަމައެވަގުތު ސާރާ ވެސް އޭނާގެ މަންމަގެ ގައިގާ އޯޅުލައިގަތުމަށްފަހު ރޯންފެށިއެވެ.
“ނޫން. މިއީ އެކަށީގެންވާކަމެއްނޫން އަހަރެންގެ އެއްވެސް ކޭސްއެއް މިގޮތަކަށް ދިމާނުވެ. ސާހިލް ޓުރައިކޮށްބަލަ މަޑުމަޑުން ލޯ ހުޅުވަން”
ޑޮކްޓަރ ހާސްކަން އެކުލެވިފައިވާއަޑަކުން ސާހިލްގެ ލޯ ބައްލަމުން ބުނަމުން ދިޔައެވެ.
ވިއާމާވެސް ސާރާޔަށް ހިތްވަރު ދެމުން ދިޔައެވެ. އަނެއްކާވެސް ލޯ ޗެކައަޕް ކުރުމަށްޓަކާ ހުރިހާ އެންމެން ބޭރަށް ނިކުތެވެ. ސާރާ ގޮޑިގައި ބޭންދުމަށްފަހު ހުސްނާމެން ވެސް ސާރާ ކާރީ އިށީނެވެ. އަދި ހިތްވަރު ދޭންފެށިއެވެ.
ޑޮކްޓަރ ތަފާތު ގޮތްގޮތަށް ޗެކްއަޕް ކުރިއެވެ ނަމަވެސް ސާހިލް އަށް ނުފެންނަން ޖެހޭ އެއްވެސް ސަބަބެއް ޑޮކްޓަރ އަކަށް ނުފެނުނެވެ. ސާހިލްގެ ލޮލަށް ބޭސް އެޅުމަށްފަހު ޑޮކްޓަރ ވެސް ދުރުވީ ސާރާ ކާރިޔަށެވެ.
“އަޅުގަޑަށް ޔަގީން އޭނާޔަށް ރަނގަޅުވާނެކަން”. ސާހިލް އޮތް ކޮޓަރީގެ ބޭރުގައި ވިއާމާޔާ ސާރާ ވާހަކަ ދައްކަން ތިއްބެވެ.އެކޮޓަރި ތެރޭ ސާހިލް އިން އިރު ވިއާމާ އާއި ސާރާ ދެއްކި ހުރިހާ ވާހަކައެއް އަޑު އިވުނެވެ. ގޮޑިޔެއްގައި ސާހިލް ބައިންދައިގެން ނަރުސް ކުއްޖާ އައިއިރު ދޮރުކާރީ ރީތި ދެއަންހެން ކުދިން ތިއްބާ ސާހިލް އަށް ފެނުނެވެ. ސާހިލް ލޯމަރައިގެން ކަމަށް ހެދިގެންއިނެވެ. ދެންމެ ވާހަކަ ދެއްކީ އެދެކުދިން އޭނާއަށް އެނގުނެވެ. ސާހިލް ކޮޓަރިޔަށް ވައްދާ އެނދުގައި އޮށޯތުމާއެކު ނަރުސް ކުއްޖާ ދިޔައި އެވެ.
ސާރާ ކާރިޔަށް ޖެހިލާފަ ސާހިލްގެ ބެޑްޝީޓް ފައިން ފެށިގެން ގައިގާ އަޅާލަ ދިނެވެ.
“ކާކު…؟”
ސާހިލް އަހާލިއެވެ. އެވަގުތު ސާރާ ދުރަށް ޖެހިލިއެވެ.
” އަޅުގަނޑު. ވިއާމާ..”
ވިއާމާ ކާރިޔަށް ޖެހިލަމުން ބުނެލިއެވެ. ސާރާގެ ލޯކަރުނުން ތެމިފާ ވާ މަންޒަރު ރީތި ކޮށް ސާހިލް ދެކުނެވެ. މަލްހާއަށް ވެގެންވެސް އުޅުނީ ހަމަ ސާރާކަން ސާހިލް އަށް އެނގުނެވެެ. ކުރިން އޭނާއަށް ކުރެވުނީ ޝައްކެކެވެ މިހާރު ޔަގީން ވިއެވެ.
މިހާރު ސާހިލް އަށް އެއީ ސާރާކަން ޔަގީން ވެއްޖެއެވެ. ތެދެކެވެ. އެއީ އޭނާގެ ސާރާ އެވެ. މިއަދު ސާރާ އެބަލަނީ އޭނާގެ ލޮލުންނެވެ.
“ވިއާމާ. ފެންފޮދެއް ދީބަލާ”
ސާހިލް އެދުނެވެ. އެވަގުތު ސާރާ ފެންތައްތަށް އަޅާފަ ވިއާމާ އަތަށް ދިއްކޮށްލިއެވެ. ވިއާމާގެ އަތުން ސާހިލް އަށް ދިއްކޮށްލިއެވެ. ސާހިލް އަށް ހުރިހާ މަންޒަރެއް ރީތިކޮށް ފެނުނެވެ. އަދި ސިއްރުން ފުރިގެންވާ ހިނިތުންވުމެއް ހީލިއެވެ.
“ވިއާމާ. އެއްކަލަ މަލްހާ ކޮބާތަ މިހާރު؟”
ކުއްލިއަކަށް ތަށި ވިއާމާ އަތަށް ދިއްކޮށްލަމުން ސާހިލް އަހާލއެވެ. އެވަގުތު ނުބުނާށޭ ބުނާހެން ސާރާ އިޝާރާތް ކޮށްލި ތަންވެސް ސާހިލް ދެކުނެވެ.
“އޭނާމިދުވަސް ކޮޅު ބޭސް ފަރުވާ އަކަށް އިންޑިޔާ އަށް އައިސް އެބައުޅޭ.”
ވިއާމާ އަޅަ އަޅާއި ގަންނަމުން ބުނެލިއެވެ.
“ބުނައްޗޭ އޭނާ ކާރީ އަންނާށޭ އަހަރެން ދެކެލަން އިނގޭ”
ސާރާ ހިތާމައިން ފުރިގެން ވާ ގޮތަކަށް ސާހިލް އާއި ދިމާލަށް ބަލާލިއެވެ. ސާހިލް ލޯމަރައިގެން އެނދުގައި އޮތެވެ.
ވިއާމާވެސް ސާރާ ސާހިލް ކާރީ ބައިންދާފަ އާދިލް އާއެކު ގެޔަށް ދިޔައީއެވެ. ސާރާ ސާހިލް ކާރީ އެކަނިވީއެވެ.
އިރުކޮޅަކުން ސާހިލް ލޮހުޅުވާލިއެވެ. އަދި ވާހަކަދައްކަން ފެށިއެވެ.
“ކާކު؟”
“އަޅުގަނޑު … މަލްހާ..”
ސާރާ ނުހަނު އުނދަގުލުން ޖަވާބުދިނެވެ.
“މަލްހާ މިކޮޅުގަ ކީއްކުރަނީ؟”
ސާހިލް އިށީދެލާފަ އަހާލިއެވެ.
” ވިއާމާ ބުނި ސާހިލް ހޯދިޔޭ ދެން ބޮޑަށް މިއަދު ހޮސްޕިޓަލަށް އާއި ގަޑީގަ ވިއާމާއާއި ދިމާވެގެން އެނގުނީ ސާހިލް މިކޮޅުގައި ހުރިކަން އަޅުގަނޑުވެސް އައީ ބޭސް ފަރުވާއަކަށް”
ކުޑަދޮރާއި ދިމާލަށް ހިގައި ގަންނަމުން ސާރާ ބުނެލިއެވެ. އެވަގުތު ސާރާ ޔާ ސާހިލް ގުރާދޫގެ ތަފާތު އެތަށް ވާހަކަ އެއްދެއްކިއެވެ ހަނދާންތަށް އާކުރިއެވެ. ސާރާ ބަގީޗާއަށް ނަޒަރު ހުއްޓާލައިގެން އިނެވެ. އެއޮތް ހުރިހާ އިރު ސާހިލް އިނީ ކަޅިވެސް ޖަހާ ނުލާ ސާރާޔަށް ބަލަހަށްޓައިގެނެވެ. އެވަގުތު ސާރާގެ މަންމަ ހުސްނާ އެކޮޓަރިޔަށް ވަނެވެ. އަދި ސާރާޔަށް ގޮވާލިއެވެ
“ސާރާ. ބޭރުގައި ޑޮކްޓަރ ސާރާޔަށް އެބަ ގޮވާލަައްވާ ދާންވީނު ބަލާލަން”
އެވަގުތު ސާރާ އަތުގެ އިޝާރާތުން މަންމަ ހުއްޓުވިއެވެ. މިމަންޒަރު ސާހިލް އަށް ވެސް ފެނުނެވެ. އެހެނަސް ސާހިލް އަނެއްފަރާތަށް އެނބުރުނީއެވެ.
ހުސްނާ ސާހިލް އާއި ދިމާލަށް ބަލާލިއެވެ. އެހެނަސް އެއްޗެކޭ ނުބުނެއެވެ. ސާހިލްގެ ލޮލުން ހޯސްލާފަ ކަރުނަ ފައިބަން ފެށިއެވެ. ސާރާ ދަމުން ދިޔައީ މަންމަ ވެސް ގޮވައިގެނެވެ.
ސާހިލް ވިސްނާލިއެވެ. ތެދެކެވެ. އޭނާޔަށް ހީވީ ހަމަ ރަނގަޅަށެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. އޭނާގެ ސާރާއެވެ. އެއީ އޭނާގެ ލޮލުގެ އަލިކަން ދެވުނު އޭނާގެ ސާރާއެވެ. މިއަދު އޭނާއަށް ލޮލުގެ އަލިކަން ހޯދާއެދިނީ ސާރާއެވެ. އެވަގުތު ކުއްލިއެކަށް ސާރާ ދޮރުހުޅުވާލިއެވެ. ސާހިލްގެ ރިޕޯޓްތައް ހިފައިގެންނެވެ.ސާހިލް ކުޑަދޮރު ކާރީ ހުރެފަ ސާރާ އެކޮޓަރިއަށް ވަނީމާ ސާހިލް އެނބުރި ސާރާޔާ ދިމާލަށް ބަލާލިއެވެ.
“ސާރާ…”
ސާހިލް އޭނާގެ ދެއައްސާރާޔާ ދިމާލަށް ދިއްކޮށްލިއެވެ. ސާރާ ހައިރާންވެފަ ސާހިލް އާއި ދިމާލަށް ބަލަހަށްޓައިގެން ހުއްޓެވެ.ސާހިލް އަންނާށޭ ބުނާހެން އަނެއްކާވެސް އިޝާރާތް ކޮށްލިއެވެ.
” ސޫރަޖް ކަލާއަށް ފެނޭތޯ؟.”
ސާރާ ސުވާލު ކޮށްލިއެވެ.ސާހިލް އާނއެކޭ ބުނާހެން ބޯޖަހާލިއެވެ. އަދި އަންނާށޭ ބުނާހެން އިށާރާތް ކޮށްލިއެވެ.
ސާރާ މީހަކު ކޮށްޕާލީމާ ދާއުސޫލުން ގޮސް ސާހިލްގެ މޭގައި ލައްވެލިއެވެ.
“ކަލާ އަށް ފެނިލައްވާއިރު ނުފެންނަ ކަމަށް ހެއްދެވީ ކީއްވެތޯ؟”
ސާހިލްގެ މޭގައި ބޯއަޅާލައިގެން ހުރެ ސާރާ ބުނެލިއެވެ.
” އަހަރެންނަށްޓަކާ ފިދާވަމުންދާ ކުއްޖާ ފިދާވަމުންދާ މަންޒަރު އަމިއްލަ ލޮލުން ދެކިލަން ބޭނުން ވުމަކީ ގޯހެއްނޫން ދޯ. ހާދަ ސިއްރު ވެރި ރޭވުންތަކެއް ދަސްކޮށްފިޔޭދޯ ”
ސާރާގެ ބޮލުގައި ފިރުމާލަމުން ސާހިލް ބުނެލިއެވެ އަދި ސާރާގެ މޫނުގައި ހިފާ މައްޗަށް އުފުލާލަމުން
“ސާރާ.. އަހަރެންގެ ސާރާ..”
“ސޫރަޖް ކަލާވެސް ސިއްރު ކުރެއްވީމެއް ނޫންތޯ”
ދެމީހުންނަކަށްވެސް ޖުމްލަ ފުރިހަމަ އެއްނުކުރެވުނެވެ.
އަދި އަނެއްކާވެސް ސޫރަޖް ވާހަކަ ދައްކަން ފެށިއެވެ.
“ސާރާ. އަހަރެންގެ ލޮލުގައި ބެންޑޭޖް އަޅާފަ ހުއްޓާ މުރާދު އައި. އަދި އަހަރެންނާ ބައްދަލުކޮށް ހުރިހާ ވާހަކަ އެއް ކިޔާދިން. އެހެނަސް ލޮލުގެ އަލިކަން ލިބުމުންވެސް ނުފެންނަ ކަމަށް ހެދީ ޔަގިން ކޮށްލުމަށް ވަގުތު ބޭނުންވާތީ”
ސޫރަޖް ހިނިތުން ވެގެން ހުރެ ހުރިހާ ވާހަކައެއް ކިޔާދިނެވެ.
އެވަގުތު ހުރިހާ މިހުން އެކޮޓަރިޔަށްވަނެވެ.ސާރާ ސޫރަޖް އާއި ދުރަށް ޖެހިލިއެވެ.
ހުސްނާ ވެސް ސޫރަޖް ގައިގާ ބައްދާލާމުން ކަރުނަ އޮހޮރުވިއެވެ. އެހެނަސް އެއީ އުފާވެރިކަމުގެ ކަރުނަ އެވެ.
ހުރިހާ މީހުން ގެއަޔް ދިޔައެވެ. ގެޔަށް ދިޔުމާ އެކު ދެންފެންނަމުންދިޔައީ ކާވެނީގެ ކަންތަށް ތައްޔާރުވަމުން ދާތަނެވެ. އެންމެ މީހެއްގެ އެއްނޫނެވެ. އާދެ ސާރާޔާ ސޫރަޖް ގެއެވެ. މުރާދު އާއި މީރާ ގެއެވެ. އަދި ވިއާމާޔާ ގެ އާއި އާދިލް ގެއެވެ. މިކަމަށްޓަކާ ވިއާމާގެ މައިންބަފައިންނާ މީރާގެ ބައްޕަ ވެސް ޙާއްސަ ގޮތެއްގާ ގެނައެވެ. ސާރާ ގެގައިގާ ވިއާމާގެ މަންމަ ބައްދާލަމުން ނިންމަށްޗަށް ބޮސްދިނެވެ. އެމީހުންގެ ދަރިފުޅުވެސް އެއްޗަކަށް ހެދީ ހަމަ ސާރާއެވެ. ވިއާމާއަށް ނޭނގި ސާރާ ވިއާމާގެ މަންމަމެންނަށް އެހީވިއެވެ. ވިއާމާ ކިޔަވާ ދޭށެވެ. ސާރާ ވަރަށް ލޯބިން ވިއާމާ ގައިގާ ބައްދާލިއެވެ.
ފަޒުނާ އާއި އެގޭ ހަތަރު ކުދިންވެސް އިންޑިޔާއަށް އައެވެ. މުޅި ގާފިލާ ހީވަނީ އުފަލުން ފުރިދާނެހެންނެ.
އަދި މީރާގެ ދޮންމަންމަ ވެސް އައިސް މީރާ ކައިރިން މާފަށް އެދުނެވެ.
“ދަރިފުޅާ. މަންމަޔަށް މާފު ކުރޭ ދަރިފުޅާމެދު މަންމަމެން ކަންތަށް ކުރީ ވަރަށް ގޯސްކޮށް މަންމަޔަށް މާފު ކުރޭ ދަރިފުޅާ.”
ކަރުނައިން ފުރިފަ ވާހާލު މީރާގެ ދޮންމަންމަ ބުނެލިއެވެ.
“މަންމާ. އަޅުގަނޑުގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތް މަންމަ މެންމައްޗަށް. މުރާދު އާއި އެކު އައުމުން އަޅުގަނޑަށް މުޅި އާއިލާ ލިބިއްޖެ ﷲ އަށް ހަމްދު ކުރަން. ”
ހިނިތުންވެގެން ހުރެ މީރާ ބުނެލިއެވެ.
ވަރަށް އުފާވެރި މާހައުލެއްގައި އެންމެންގެ ކައިވެނި ނިމި ހަނީމޫނަށް އެމީހުން ދަތުރު ފެށީ އޫޓީއަށެވެ. މިއަދު އެއިން ކޮންމެ މީހެއްގެ ހިތްވަނީ އުފަލުން ފުރިފައެވެ. ކަރީމް އާއި ހުސްނާ އެކަކު އަނެކަކަށް ބަލާލާފަ ހީލިއެވެ. އާއެކެވެ. މިއަދު އެމީހުންގެ އުއްމީދުވެސް ފުރިހަމަ ވިއެވެ. އެމީހުންގެ އަންހެން ދަރިފުޅުގެ ހިތްވަރުގަދަކަން އެމީހުން ﷲއަށް ޝުކުރު އަދާކުރިއެވެ. އުފާވެރި ނިމުމަކަށް ވިއެވެ. އަދި ބާއްޖަވެރި އާ ހަޔާތްތަކެއް ފެށުނީ އެވެ. އެހުރިހާ މީހުންނަށް ކައިވެނީގެ މަރުހަބާ ކިޔަމުން ވާހަކަ ނިންމާލަމެވެ.
މިވާހަކަޔަށް ތަރުހީބު ދިން ފަރާތްތަކަށް ވަރަށް ޝުކުރު ވެރިވަން.
ނިމުނީ
42 Comments!
Comments are closed.
Varah salho. Adhi mikahala ithuru vaahakathekeh kiyaaan libeyne kamah uhmeedhu kuran
Varah salhi. Adhi mikahala vaahaka eh kiyan libeyne kamah uhmmedhu kuran
Thank Adam
V v reethi vaahakaeh.. v kiyaahithun mivaahaka kiyaa mi ninmaaly. Keep it up rozy.. love it..
Thank you Lee 🙂
Ann dhw vaahaka thakuge tharujama nerefa amilla ehchehkey bunyma e nimuny. Rangalhah dhivehi bas dhakuran feney
Hehehhe
Vedhaane ennu sifainge myhaa shaheedhuvy heart attack jehigen kamah.. ???
Vaahaka kiyaalyma hyvany dhemeehun ge Loa saahil ah hoadhyheh. Sifainge meehaku shahydhu vamun libun lolakaa adhi heat attack jehun meehegge lolakaa. Dhekolhu jassany kihineh?
Vedhaane ennu sifainge myhaa shaheedhuvy heart attack jehigen kamah.. ???
maasha allah. story varah rythi. and v thafaathu.
maasha allah. story varah rythi. and v thafaathu.
Thank you Shaai.. hope you will read my other stories too ingey 🙂
Maasha allah story varah rythi and v thafaathu
v reethi mi vaahaka , adhi ehaagina dhuvahu inthi zaaru nukon vaahaka nimuneemaa v hinhama jehey. mihen mibunee ginavaahakathan nunimi hureema adhives..
Ree thank you so much my every story hunani feshumaeku nimifa…thank you for the suport
Dhivehi vanthakan kudaee
Mivaahaka v furihama v interesting myge ehenvaahaka akah inthizaaru kuran n thank u so much rozy
Thank you so much khajja your comments make me motivate and write this story…your love was very important for this long story? love you
Huriha kudhinna vara boda thanks mi storyya support kurithi thi kudhinge hivaru dhinumun mi story liyevuni thank you to all special thanks to kajja, Aisha..
love you All 🙂
V rythi Vaahaka eh…v thafaathu..I love it
Thank you Jee
Wow v reethi ending well done my dear roxy ????????? mi vaahaka asarugadha kamun rovihje ???????????????? avahah new story eh libene kamah uhmeedhu kuran
Thank you Nux yes Insha Allah a new story i will update soon. love you all
Vaeh nuvaneh neyge :/
Kaina eko huriha pate kinama engunis.. 🙂
next time will be better sure
this is a copyyyyyyy….mee hama copy eh u bitch rosy
Thank you
v reethi…?
Thank you Sabee
Wowowowowwooowo Masha Allah vrh reeeeeeethiiiiii
Thank you Ndmsjsnfn
V salhi v furihama
Thank you Xuhu
Zuhudha ah mi zuhudhage faraathun salaam
V reethi. V emotional.
Thank you Same
Vvvv salhi theaks rozy
Thank you Khajaa vara inthizaru kurifahuntha nimnuni noon dho maavaha nimuni dho 🙂
wow what a super story vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvsalhi wow super keep it up
Rozy adhi salhi story aeh gened dheebala
varah reethi