
ލޯބިން ބުނާތީ – 57

“ކީއްކުރަންތަ ތި ޓީޝާޓު ލީ…؟ އެ ނުލާ ހުރީމަ މާ ރީއްޗޭ…!” ސިއެރާ ކުސްތަޅާލާ ގޮތަކަށް ބުނެލިއެވެ. ދެން ވެރިވެގެން ދިޔައީ ހިމޭންކަމެވެ. ކައިދަން ތުންފަތް ފިއްތާލީ ހެވިދާނެތީއެވެ. ކައިލްގެ ނަޒަރު މަޑުމަޑުން ސިއެރާއަށް ހުއްޓުނެވެ. އޭނާ ދިން އިންޒާރުގެ ނަޒަރަކީ އެތައް ބަޔަކު ހިމޭންކޮށްލަން ފުދޭނެ ހަތިޔާރެކެވެ. އެހެނަސް ސިއެރާ އެ ލިސްޓަކު ނުހިމެނުނެވެ. އޭނާ ކައިލްއަށް ބަލަން ހުރީ އާވާރާވެފައިވާ މޮޔައެއް ފަދައިން ހިނިތުންވެލައިގެންނެވެ.
“ޔޫ ރިމައިންޑް މީ އޮފް މައި ލިޓްލް އެނޮއިން ސިސްޓަރ ކައިރާ…” ކައިދަން ކަރުކެހިލަމުން ސިއެރާއަށް ބުނެލިއެވެ.
ކައިދަންއަށް ބަލާލި ކައިލް ލޯ ހަނިކޮށްލިއެވެ. ކައިދަން ވަގުން ތުންފަތުގައި ޒިޕް ދަމާލިކަން އަންގާލިއެވެ. އޭރުވެސް ސިއެރާ ހުރީ އާވާރާވެފައި ހުރި މޮޔައެއް ފަދައިން ކައިލްއަށް ބަލާށެވެ.
“ޔޫ ނޯ ޔޫ ރިއަލީ ނީޑް ޓު ސްޓޮޕް ހައިޑިން ޔުއަރ…-“
“ސިއެރާ…!” ކައިލް ހަރުކަށި ކަމާއެކު ގޮވާލިއެވެ.
“ވާޓް…؟!! އައެމް ކޮމްޕިލިމެންޓިން ޔޫ…” ސިއެރާ ތުން އޫކޮށްލަމުން ބުނެލިއެވެ.
“ޔޫ ނޯ އައި ޑޯންޓް ލައިކް ވެން ޔޫ ޓޯކް ލައިކް ދެޓް…!” ކައިލް ބުނެލިއެވެ. އެ އަޑުގައި ހިމޭންކަން ވިއެއް ކަމަކު އެ ލޮލުގައިވާ އިންޒާރު ސިއްރެއް ނުވެއެވެ. ސިއެރާ އެންމެފަހުން ކައިލްގެ މެދު ހަށިން ދޫކޮށްލައިފިއެވެ. މައުސޫމު ކަމާއެކު ކައިލްއަށް ބަލަން ހުރެފައި އޭނާ ދުރަށް ޖެހިދާނޭ ހީވި ވަގުތުކޮޅެއް އައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ކައިލްގެ އަތު މުލައްދަނޑީގައި އޮޅުލައިގަނެފިއެވެ. އޭނާ އެކޭ އަށްޓަމަހެކޭ އެއްވަރެވެ.
“ލެޓް ގޯ…!” ކައިލް ސިއެރާއަށް އިންޒާރުގެ ބެލުމެއް ދިނެވެ.
“ޔޫ އަރ ސޯ މީން…!” ސިއެރާ ފެންކަޅިވާގޮތް ދައްކާލިއެވެ.
“އައި އޭމް…ތޭންކްސް…!” ކައިލް ބުނެލީ ފިނި އަޑަކުންނެވެ.
މަންޒަރު ބަލަން އިން ކައިދަންގެ ހިނިގަނޑު ފަޅައިގެން ދިޔައީ ދެނެވެ. އޭނާ ސޯފާއަށް ވެއްޓިގަނެގެން އޮވެ ހެމުން ދިޔަ މަންޒަރަށް ބަލާފައި ކައިލް ލޯ އަޅާލިއެވެ. “ވަޓް…؟” ބޮލަށް އުނދަގޫވެފައި ހުރި ފަދައަކުން ކައިލް ބުނެލިއެވެ. ކައިދަން ހުނުން މައިތިރިކުރަން މަސައްކަތް ކުރަމުން ސޯފާގައި ލެނގިލާފައި ފުން ނޭވާއެއް ދޫކޮށްލިއިރު މޫނުމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ.
“ސީރިއަސްލީ ކައިލް…ޔޫ ޝުޑުންޓް ބީ އެ ޗިލްޑްރެންސް ޑޮކްޓަރ…ކައިލް ވާންވީ ހިތުގެ ޑޮކްޓަރަކަށް…އެވްރީ ގާލް އިން ބޮސްޓޮން ނީޑްސް ހާރޓް ޓްރީޓްމެންޓް ފްރޮމް ޔޫ…” ކައިދަން މަޖާވެ އިނދެ ވާހަކަ ދެއްކިއެވެ. ސިއެރާގެ ނަޒަރު ހުރީ ކައިލްއަށް ހުއްޓިފައެވެ.
“ވެރީ ފަނީ ކޭޑެން…” ކައިލް ލޯ ތެރޭ ކަޅި އަނބުރާލި ގޮތުން އެ ހަރަކާތާއެކު އެ ވަރުގަދަ ބުމަ ހަރަކާތްކޮށްލި ގޮތުންވެސް ސިއެރާ އާގަމަވާގޮތްވިއެވެ.
“އަސްލު މަޖާ އިނގޭ ހަމަ…ޔޫ ބްރޭކް ހާރޓްސް ފޯރ އެ ލިވިންގް އެންޑް ޔޫ އެކްސްޕެކްޓް ޕީޕަލް ޓު ބިލީވް ޔޫ އަރ އަ ޕީޑިއެޓްރިޝަން…” ކައިދަން ކަރުގައި އޮތް ސްޓެތޯސްކޯޕް ނަގަމުން ބިއްލޫރި މޭޒުމަތީ ބާއްވާލިއެވެ.
“އައި އެމް އެ ޕީޑިއެޓްރިޝަން ބިކޯޒް އައި ލައިކް ޗިލްޑްރަން މޯރ ދޭން އެޑަލްޓްސް…އައި ޑޯންޓް ވޯންޓް ޓު ލިސެން ގްރޯން އެޑަލްޓްސް ކޮމްޕްލެއިން…” ކައިލް ފޫހިކަމާއެކު ވާހަކަ ދެއްކިއެވެ. ފަސް އަހަރު ތެރޭގައި އޭނާ ކުރިހާވެސް ކަމަކީ ހޭބޯ ނާރާ ކިޔެވުމެވެ. މުޅި ދިރިއުޅުން ހުސްކޮށްލީ އެކަމަށެވެ. ކައިލްގެ އަމާޒަކީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކަށް ވުމެވެ. އަދި މުސްތަގުބަލުގައި މިއަށްވުރެ ކުރިއަރައިދާން އޭނާ ވިސްނައެވެ. ހީވަނީ ކައިލްގެ މުޅި ދިރިއުޅުން ބިނާވެފައިވަނީ އޭނާގެ ކެރިއާގެ މައްޗަށްހެންނެވެ.
“ކައިލް ހިތުގެ ޑޮކްޓަރަކަށް ވެއްޖެއްޔާ އަހަރެން ވާނަން ކައިލްގެ ޕާމަނެންޓް ޕޭޝަންޓަކަށް…” ސިއެރާ ހުރެފައި ބުނެލި ވާހަކައިން ކައިދަން ހޭންފެށިއެވެ. ކައިލް އިސްތަށިގަނޑުގައި އަތުން ފުނާ އަޅާލީ ބޮލަށް އުނދަގޫވެފައި ހުރި ފަދައަކުންނެވެ.
“އަސްލު ކައިލް ހާދަ ބޯ ރަނގަޅޭ…އަންހެންކުދިން ކައިރިން ސަލާމަތްވާން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކަށް ވީ…އޭރުން އަންހެން ކުއްޖަކު އަޔަސް އަންނާނީ ހާރ ބޭބީ ގޮވައިގެންތާ…! ނޯ ޗާންސް ވިތް ކައިލް…” ކައިދަން ހީހީފައި ވާހަކަ ދެއްކުމުންވެސް ކައިލް ސަމާލުކަމެއް ނުދީ ގޮސް ކައްކަން ހާއްސަ ކުރެވިފައިވާ ބަޔަށް ވަނެވެ. ދަގަތްފާނަށް ދަގަނޑު ދަމާހެން ފަހަތުން ސިއެރާވެސް ގޮސް ވަނެވެ.
“އަޅެ ދެން ކެލް…ޑިޑް ޔޫ ހިއަރ ވަޓް އައި ސެޑް…؟” ކައިލް ފްރިޖު ދޮރު ހުޅުވާލުމާއެކު ސިއެރާ ކުސްތަޅާގޮތަކަށް ވާހަކަ ދެއްކިއެވެ. ކައިލް އޭރު ފްރިޖުން އެއްޗެއް ހޯދަމުން ދިޔައެވެ.
“އަންފޯޗުނެންޓްލީ…” ސިއެރާއަށް ބަލާލުމެއް ނެތި ކައިލް ބުންޏެވެ.
“ސޯ ވަޓް ޑޫ ޔޫ ތިންކް…؟” ސިއެރާ އޭނާގެ ދިގު ނިޔަފަތީގައި ދަތް އަޅާލިއެވެ.
“އެބައުޓް ވަޓް…؟” ކައިލް އެނބުރުނުއިރު އޭނާ އަތުގައި އޮތީ ފެހި އާފަލެކެވެ.
“މީ ބީއިން ޔުއަރ ޕާމަނެންޓް ޕޭޝަންޓް…؟” ސިއެރާ އެބަސްތައް ބުނި އިރު ލޮލުގައި ވަނީ ތަފާތު ވިދުވަރެކެވެ. އެ ބަސްތަކުގައި ފުން މާނައެއް އެކުލެވިގެން ވެއެވެ. ކައިލްއަށް ރަނގަޅަށް އޭނާގެ މަގުސަދު ސާފުވެއެވެ.
“އައި ތިންކް ޔޫ ނީޑް އެ ހޮބީ…” ކައިލް ބުނެލީ ބޮލަށް އުނދަގޫވެފައި ހުރި ފަދައަކުންނެވެ. ސިއެރާ މޭގައި އަތް އަޅާލީ ޑްރެމެޓިކް ގޮތަކަށެވެ.
“ޔޫ ކުޑް ބީ މައި ހޮބީ…” ސިއެރާ ފުން ނަޒަރަކުން ކައިލްއަށް ބަލާލިއިރު ތުންފަތުގައި ވަނީ މާނަފުން ހިނިތުންވުމެކެވެ.
ކައިލް ފެންކޯވަރެއް ބޯލުމާއެކު ލަގޮނޑި ހަރަކާތްކޮށްލި މަންޒަރު ބަލަން ސިއެރާ ހުރީ ތަލިން ކުޅުހިކިފައެވެ. ކައިލް މޭޒުމަތީ ފެންފުޅި ބަހައްޓާލީ ފުދޭވަރަކަށް ބާރަކަށެވެ.
“ގެޓް އަ ޖޮބް…!” ކައިލްގެ އަޑުން ގައިން ހީބިހި ހަލުވާލާވަރު ވެއެވެ. އެވަގުތު އަތް ޖަހަމުން އައިސް ކައިދަން އެ ބަޔަށް ވަދެއްޖެއެވެ. ހީހީ ގޮސް އޭނާގެ ލޮލުން ފެން އައިސްފައި ވެއެވެ.
“ކައިލް ޔޫ ނީޑް އެ މެޑަލް…!” ކައިދަން ބުނެލީ ހެމުންނެވެ. ސިއެރާ ތުން އޫކޮށްލުމާއެކު ދެއަތް އުރާލިއެވެ.
“ޔޫ ނޯ…؟ ޔޫ އާރ އޮންލީ އެކްޓިން ލައިކް ދިސް ބިކޯޒް ޔޫ އަރ އެފްރެއިޑް އޮފް ފޯލިން އިން ލަވް ވިތް މީ…” ސިއެރާގެ ޖުމްލައިން މިފަހަރު ކައިލްގެ ސަމާލުކަން ލިބި ކައިލްގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. އެ ނޫކުލައިގެ ދެލޯ ފެނި ސިއެރާގެ ހަށިގަނޑުގައި ފިނި ރާޅެއް ދުވެލި ކަހަލައެވެ.
ވާހަކަ ނުދައްކާނޭ ހީވި ވަގުތުކޮޅަށްފަހު ކައިލް އެނބުރި ލިވިންރޫމަށް ދާން ހިނގައިގަތެވެ. “ވަޓްއެވަރ ހެލްޕްސް ޔޫ ސްލީޕް އެޓް ނައިޓް…!” ކައިލް ސިއެރާ ގާތުން އަޅާފައި ދަމުން ބަލާލުމެއްވެސް ނެތި ބުންޏެވެ. ކައިލް ނިކުމެގެން ދިޔައިރު ފުރަގަހުން އެ ބައިމަތިފުޅާ ހަށިގަނޑު ފެންނަމުން ދިޔަ ގޮތަށް ސިއެރާ ބަލަމުން ދިޔައެވެ.
“އެނގޭތަ މިވީ ފައިވް މިނެޓްސް ތެރޭ ކައިލް ކިތައް ފަހަރު އިރާ ކަޑަކޮށްލައިފިކަން…؟” ކައިދަން ކަރުކެހިލަމުން އައިސް ސިއެރާ ގާތަށް ހުއްޓުނެވެ. ސިއެރާ ބޯ ޖަހާލިއެވެ.
“އެންޑް ޔޫ އަރ ސްޓިލް ސްމައިލިން…؟” ކައިދަން އެއްބުމަ ހިއްލާލިއެވެ. “އޮފްކޯޒް…” ސިއެރާ މޫނުމައްޗަށް ވެއްޓިފައި އޮތް ބުޅިކޮޅަކާއި ކުޅެލިއެވެ. ކައިދަންއަށް ލޯ ހަނިކޮށްލެވުނެވެ. “ވައި…؟”
“ކައިލް ކޮންމެވެސް ދުވަހަކުން ވިލް ލުކް އެޓް މީ ޑިފަރެންޓްލީ…” ސިއެރާގެ އަޑުގައި ވަނީ ޔަގީންކަމެވެ. ކައިދަން ދޫކޮށްލީ ފުން ނޭވާއެކެވެ.
“އިރާ…އައެމް ހިޒް ކަޒިން…އަހަންނަށް ވަރަށް ރަނގަޅަށް ކައިލް އެނގޭ…އަހަރެން ހިތެއް ނުބުނޭ އިރާއަށް ތިކަން ކާމިޔާބުވާނޭ…” ކައިދަންގެ އަޑުގައި މިފަހަރު ވީ ސީރިއަސްކަމެވެ. އެހެންވިޔަސް ސިއެރާގެ އަޒުމަކަށް ބަދަލު އައި ތަނެއް ނުފެނެއެވެ.
“އައެމް ނޮޓް ގިވިން އަޕް ކޭޑް…” ސިއެރާ ބުނެލިއެވެ. އެ ހިތުގައި ކައިލްއަށްޓަކާ ވާ އިހުސާސްތައް ފޮރުވާކަށް ސިއެރާ މަސައްކަތެއް ނުކުރެއެވެ. ކައިލް އެންމެ ފުރަތަމަ ފެނުނު ވަގުތުން ފެށިގެން އޭނާގެ ހިތަކީ އޭނާގެ ބާރު ހިނގާ އެއްޗެއް ނޫނެވެ.
“ޔޫ ނީޑް ޕްރޮފެޝަނަލް ހެލްޕް…” ކައިދަން ދޫކޮށްލީ ފުން ނޭވާއެކެވެ.
“ކައިލް ކެން ޓްރީޓް މީ…” ސިއެރާ ކައިލްގެ ގާތަށް ދިއުމަށް ހިނގައިގަތެވެ. ފަހަތުން ކައިދަންވެސް އައެވެ. އޭރު ބޭރަށް ނަޒަރު ހުއްޓާލައިގެން ސޯފާގައި ކައިލް އިނީ އާފަލު ކާލަކާލައެވެ. އެ ތޫނު ހުދު ހުދު ދަތްތަކުން އާފަލުގެ އެތިއެތިކޮޅު ނައްޓަމުން ދިޔައީ ފަރިތަކަމާއެކުއެވެ. ސިއެރާ އައި ގޮތަށް ކައިލްގެ ގާތުގައި އިށީނެވެ. ކައިލް ފުން ނޭވާއެއް ދޫކޮށްލަމުން ކައިދަންއަށް ނަޒަރެއް ދިނެވެ. ކައިދަން ބޯ ޖަހާލީ ސިއެރާއަށް ނޭނގޭ ގޮތަށެވެ.
ކައިލް ފޯނު ނަގާ ކުޅެން ފެށީ ސިއެރާއަށް ސަމާލުކަން ދޭން ބޭނުންނުވާތީއެވެ. އެ ހޭވިފައިވާ އިސްތަށިކޮޅު ނިތުމައްޗަށް ވެއްޓިފައި ވެއެވެ. ބިއްލޫރި ދޮރުން ފާއްދާލާފައިވާ އަލިފާންކުލަ ކައިލްގެ ހަތަރެސްކަން މޫނަށް އެޅި އެ ކޮލުގެ ކަތުރުކަށިގަނޑު ފާޅުވާން ހުރުމުން ނުހަނު ފިރިހެންވަންތައެވެ. ސިއެރާއަށް ކައިލްއަށް ބަލަން އިނދެވުން އިރު ދުނިޔެ މަތީގައި އެއަށްވުރެ ފުރިހަމަކަމެއް ނުވާފަދައެވެ. އެއްޗެކޭ ނުބުނެ އޭނާއަކަށް ނީނދެވުނެވެ.
“ކައިލް…!” ސިއެރާ ގޮވާލުމާއެކު ބަލަން އިން ކައިދަން ނިތްކުރީގައި އިނގިލި ހާކާލިއެވެ. ކައިލް ބަލާލުމެއްވެސް ނެތި ހމމ ލައްވާލިއެވެ.
“ކެން އައި އާސްކް ޔޫ ސަމް……”
“ނޯ…!” ސިއެރާ އަނގައިގަ އެއްކޮޅު އޮއްވާ ކައިލް ބުނެލިއެވެ. ސިއެރާ މަޑުމަޑުން އެސްފިޔަ ޖަހާލިއެވެ. ދެވަނަ ސިކުންތުގައި އޭނާ ހޭންފެށިއެވެ.
“އަހަރެން ވާހަކަ ފުރިހަމަކުރިޔަކަވެސް ނުދޭ ދޯ…އެނީވޭ، އައި ވޯޒް ގޮނަ ޓެލް، އައި ހެވް ނެވަރ ސީން ސަމްވަން ދިސް ގުޑް ލުކިން ހޫ އެވޮއިޑްސް ގާލްސް ދިސް މަޗް…” ސިއެރާއަކީ ހިތަށް އެރުމާއެކު އެ ވާހަކައެއް ބޭރުކޮށްލާ ޒުވާނެކެވެ. ކައިދަން ކަރުކެހިލުމާއެކު އަނގަމަތީ އަތް ޖައްސާލިއެވެ. ފޯނުގައި އެއްކޮޅުން އަނެއްކޮޅަށް ހިންގަމުން ދިޔަ ކައިލްގެ އިނގިލިތައް މަޑުޖެހުނެވެ. އޭނާގެ ނަޒަރު ސިއެރާއަށް ހުއްޓުނު އިރު އެ ލޮލުގައި ވަނީ ހީބިހި ހަލުވާލާހާ ފިނިކަމެކެވެ. ސިއެރާ ހިނިތުންވެލީ މައުސޫމް ގޮތަކަށެވެ.
“އައި މީން ލުކް އެޓް ޔޫ…ޔޫ އަރ ލިވިން އިން ބޮސްޓޮން…ޔޫ އަރ ރިޗް…ޔޫ އަރ ޑޭންޖަރަސްލީ ހޭންޑްސަމް އެންޑް ގުޑް ލުކިން…ޔޫ އަރ އަ ޑޮކްޓަރ އެންޑް ޔޫ ހޭވް ދޯސް ޝާރޕް އޯޝަން ބްލޫ އައިސް…” ސިއެރާ އިހުނަށްވުރެ ކައިލްއާއި ގާތްވިއެވެ. “ޔެޓް ޔޫ ބިހޭވް ލައިކް އެވްރީ ގާލް ހޫ އެޕްރޯޗްސް ޔޫ އިޒް ޓްރައިން ޓު ސްޓީލް ޔުއަރ ކިޑްނީ…”
ކައިދަން ހިފަހައްޓައިގެން އިންދާވެސް ހުނުން ބޭރުވާން އުޅުމުން ކޮށިއަރާގޮތްވިއެވެ. އޭނާއަށް ކައިލް ބަލާލިއިރު ދެބުމަވަނީ ގޮށްޖަހާލާފައެވެ. “ސަމްތިން ފަނީ ކޭޑެން…؟” ކައިލް އެހިއެވެ.
“ނޯޕް…” ކައިދަން ކަރުކެހިލަމުން ހަމަޖެހިލެވޭތޯ އުޅުނެވެ. ސިއެރާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެހެންނަމަވެސް ކައިލް ދިން އެންމެ ނަޒަރަކުން ދެމީހުން ހިމޭންވެއްޖެއެވެ. އެގޮތުގައި އިރުކޮޅެއް ފާއިތުވިފަހުން ކައިލް ތެދުވެ، ބިއްލޫރި ދޮރު ކައިރިއަށް ދިޔައެވެ. ސިއެރާ ތެދުވީ އޭގެ އިރުކޮޅެއް ފަހުންނެވެ.
“އަދި އެބައިން ހިތަށް އަރާ ކަމެއް…” ސިއެރާ އައިސް ކައިލްގެ ފުރަގަހުގައި ހުއްޓުނެވެ.
“ކީޕް ވޮންޑަރިން…!” ކައިލް ދެޖީބަށް އަތް ޖަހާލައިގެން ބޭރު ބަލަން ހުރިއިރު މޮޑެލް އޭޖެންސީއިން ދަހިކުރުވާހާ ފުރިހަމައެވެ. ސިއެރާގެ ހިތުގެ އެންމެ ފުންމިނަށް އެ ފިރިހެންވަންތަކަމުން އަސަރުކުރުވިއެވެ.
“އާރ ޔޫ އެކްޗުއަލީ އެ ވާރޖިން…؟” ސިއެރާ އަހާލީ ހަމަޖެހިލާފައެވެ.
ދެން ވެރިވެގެން ދިޔައީ ހިމޭންކަމެވެ. ކައިދަންވެސް ހުއްޓުން އަރާފައި އެ ދެމީހުންނަށް ބަލަން ހުރިއިރު ނޭވާ ލާން ހަނދާން ނެތްކަހަލައެވެ. ހީވީ ސިއެރާ ތިންވަނަ ބޮޑު ހަނގުރާމަ އިއުލާންކޮށްގެން ބަލަމުން ދިޔަހެންނެވެ.
ކައިލް މަޑުމަޑުން ސިއެރާއަށް ނަޒަރު ހުއްޓާލީއިރު އެ ލޮލުގެ ތޫނުކަމުން ހިތްތައް ފޫ އަޅުވާލާނެ ކަހަލައެވެ. އެ މޫނުގައިވަނީ ނުރައްކާތެރި ސީރިއަސް ކުލަވަރެކެވެ. ސިއެރާ ހިނިތުންވެލައިގެން ހުރި ކަމަކު އެ ސީރިއަސް ކުލަވަރާއެކު ކައިލް ފެންނަލެއް ފުރިހަމަކަމުން ފައިން ވާގި ދޫވާ ގޮތްވިއެވެ.
“މައިންޑް ޔުއަރ ބިޒްނެސް…!” ކައިލް އިންޒާރު ދިނެވެ.
“އިޒް ދެޓް އެ ޔެސް…؟” ސިއެރާ ކައިލްއަށް ބަލަން ހުރެ އެހިއެވެ. ކައިލް ވަކި ޖަވާބެއް ނުދީ ސިއެރާއަށް ބަލަން ހުއްޓެވެ. ސިއެރާ އަނގަމަތީ އަތް އަޅަމުން ލޯ ބޮޑުކޮށްލިއެވެ.
“މައި ގޯޑް…އިޓްސް އެ ޔެސް…!” ސިއެރާ ހީގަންނަމުން ސޯފާ ކައިރިއަށް ދިޔައެވެ. އެވަގުތު ކައިދަން ތެދުވެގެން މޫނުގައި އަތް ހާކާލުމާއެކު ކައިލްގެ ގާތަށް އަންނަން ހިނގައިގަތެވެ. “ހީ އިޒް އެ ވާރޖިން ބިކޯޒް ހީ އިޒް ސޭވިން އިޓް ފޯރ ސަމްވަން ސްޕެޝިއަލް…!” ކައިދަން ސިއެރާއާއި އަރާ ހަމަވެފައި ބުނެލި ވާހަކައިން ސިއެރާގެ ހުނުން ހުއްޓުނެވެ. ކައިލްގެ ނަޒަރުވެސް ކައިދަންއާއި އަމާޒުވިއެވެ.
“ކައިލް…؟ ސީރިއެސްލީ…؟ މި ހުރިހާ ދުވަސް ވީއިރުވެސް ނޮޓް އީވެން ވަން ގާރލް މެނޭޖްޑް ޓު ސްޓީލް ޔުއަރ ހާރޓް…؟” ސިއެރާގެ ސުވާލުން އެމީހުންނަށް ފާހަގަ ނުވިނަމަވެސް ކައިލް ގަނޑުވާގޮތްވިއެވެ. އެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ކައިދަންއަށް މިކަން ފާހަގަވެ ވަގުތުން މޫނަށް ސީރިއަސްކަން ވެރިވިއެވެ. ކައިލްއަށްޓަކާ އެއީ ނާޒުކު މައުލޫއެކެވެ. އެކަން ވަރަށް ރަނގަޅަށް ކައިދަން ދަންނާތީ ކައިލްގެ ރައްދު އަންނާނެ ގޮތަކާމެދު ކައިދަން ކަންބޮޑުވިއެވެ.
ދެޒުވާނުންނަށް ބަލަން ހުރި ސިއެރާގެ ހިތުގެ ތެޅުން އަވަސްވިއެވެ. އާއްމުކޮށް ކައިލް ޖަވާބު ނުދިނަސް ކައިދަންއަކީ އޭނާ ބުނާ ވާހަކަތަކަށް ރައްދު ނުދީ ހުންނާނެ ޒުވާނެއް ނޫނެވެ. މާހައުލުގައިވި ނުތަނަވަސްކަމަށް ސިއެރާއަށް ވިސްނާލެވުނީ އަދި ކިރިޔާއެވެ. އޭނާ ކައިލްއާއި ކުރި ސުވާލާމެދު އުފެދިގެން އައި ހިމޭންކަމުން ލިބިދިން ޖަވާބުން އެހިތް ތެޅިލީ ނުބައި ގޮތަކަށެވެ.
“ކައިލް…” ސިއެރާ މަޑުމަޑުން ކައިލް ގާތަށް އައިއިރު އެ މޫނުގައިވި ހުރިހާ ލާނެއް ކުލަވަރެއް ވަނީ ފިލާގޮސްފައެވެ. ކައިދަން ފަހަރަކު މޫނަކަށް ބަލަމުން ދިޔައީ ކަންބޮޑުވުމާއެކުއެވެ.
“ހޫ އިޒް ޝީ…؟” ސިއެރާ ކައިލްގެ ގާތަށް ހުއްޓުނެވެ.
“ދެއަރ އިޒް ނޯ ޝީ…!” ކައިލްގެ އަޑު ނިކުތީ ހަރުކަށިކަމާއެކުއެވެ. ކައިދަންގެ މޫނުމަތިން ކައިލްއަށްޓަކާ ހަމްދަރުދީ ފާޅުވިއެވެ. ސިއެރާއަށް ފާހަގަ ނުވިޔަސް ކައިދަންއަށް ކައިލްގެ ޖީބަށް ޖަހާލެވިފައިވާ ދެއަތް މުއްކަވާލެވިފައިކަން ފާހަގަވިއެވެ. ސިއެރާ ކައިލްގެ މޫނުގެ ކުލަވަރަށް ބަލަމުން ދިޔައިރު އޭނާގެ ހިތަށް ތަދުވިއެވެ. އޭނާ ކައިލްގެ އެ ވާހަކަ ގަބޫލުކުރަން ބޭނުންވިއެވެ. އެހެންނަމަވެސް މާހައުލުގެ ނުތަނަވަސްކަމުން ބުނެދެނީ އެހެން އެއްޗެކެވެ.
“ފައިން…ކީޕް ޔުއަރ ސީކްރެޓްސް…އަހަރެން ކޮންމެސް ދުވަހަކުން ތި ހުރިހާ ކަމެއް ހޯދާނަން…!” ސިއެރާ ބުނެލިއެވެ. އެވަގުތު ކައިދަން ސިއެރާއަށް ގޮވާލިއެވެ. އެ އަޑުގައި މިފަހަރު ވަނީ ސީރިއަސްކަމެވެ. ސިއެރާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެހެން އަންހެންކުއްޖަކު ކައިލްގެ ހިތް މިލްކު ކޮށްފައިވާކަމުގެ ހިޔާލުން ސިއެރާގެ ހިތަށް ތަދުވަމުން ދިޔައީ އުއްމީދު ނުކުރާހާ ބޮޑަށެވެ.
ސިއެރާއަށް ނޭނގުނީ ކައިލްގެ މާޒީގައި، އެހެން އެއްވެސް ކަމަކުން ނުވާ ވަރަށް ކައިލް ހިމޭންކޮށްލަން ފުދޭނެ ނަމެއް ދިރި ވާކަމެވެ. ހަޔާތުން އެ ނަން ބީވެ ދިޔަ ނަމަވެސް އެނަމުގެ ވެރިޔާ ދެކެ ކައިލް ވާ ލޯތްބަކަށް ބަދަލު ނާންނަކަމެވެ. އެމީހެއްގެ ހަނދާންތައް އަދިވެސް ތާޒާކަމާއެކު ކައިލްގެ ހިތާއި ސިކުނޑީގައި ދިރިވެއެވެ. މިވީ ފަސް އަހަރު ތެރޭގައި އޭނާއަށް ލޯބިވުން ނުހުއްޓުނު ފަރާތެއް ދެކެ ލޯބިވުމަކީ ކޮންކަހަލަ ވޭނީ އިހުސާސެއްކަން ކައިލް ދަނީ ތަޖުރިބާ ކުރަމުންނެވެ. ދުނިޔެއަށް ކައިލް އަކީ ބޮސްޓޮންގައި ދިރިއުޅެމުން އަންނަ ކާމިޔާބު ކުޅަދާނަ ޑޮކްޓަރެއް ގޮތުގައި ފެނުނަސް އެކަކަށްވެސް ނޭނގުނު ކަމަކީ މިހިސާބަށް ކައިލްއަށް އެ އާދެވުނީ އެ ހިތް ކިހާވަރަކަށް ޒަހަމްވެގެން ކަމެވެ. ހުދު ސިއެރާއަކަށް ވެސް އެކަން ނޭނގެއެވެ. އެ ލޯތްބަކީ މިއަދާ ހަމަޔަށްވެސް ބަދަލެއް ނައި، އެ އަންހެން ކުއްޖާ ލިބޭނެ ކަމުގެ އުއްމީދުގައި ކައިލް އިންތިޒާރުގައި ހުރި ލޯތްބެވެ. ކައިލްގެ ލިއާއެވެ. އަމުދުން ކައިލް އިޒީކިއެލް އަކީ ފަސޭހައިން ގޮތް ދޫކުރާނެ ޒުވާނެއް ނޫނެވެ.
ބޮސްޓޮން އާއި އެތައް މޭލު ދުރުގައި ހިމޭން އަތިރިއެއްގެ ހުދު ދޮންވެލިގަނޑުމަތީ އިށީނދެލައިގެން ލިއާ އިނެވެ. އޭނާގެ އުފާވެރި ހީލުމުގެ އަޑާއި އެ ހިނިތުންވުމުގެ ހަނދާން އާކުރަމުން ދިޔަ ޒުވާނެއް އޭނާއާއި އެތައް މޭލު ދުރުގައި ވާކަމުގެ ހިލަމެއް ލިއާއަކަށް ނުވެއެވެ. ދިރިއުޅުމަކީ ކޮބައިކަން ހަނދާން ނެތިފައިވާ ލިއާގެ ކިބައިން ފެންނަނީ ހިމޭންކަމެވެ. ލޯ ކައިރިން ފަނޑު ކަޅު ދާއިރާއެއް އުފެދިފައި ވީއިރު، ކޯތާފަތް ވަނީ ވަޅުވަދެފައެވެ. ދިރިހުރި މައްޔިތެއް ފަދައެވެ. ހިމޭންކަމާއެކު އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން އިނީ ދިރި ހުރީތީ ނޭވާ ލާ ފަދައަކުންނެވެ.
ކަނޑުގެ ސަތަހައިގެ ތެރެއިން އިރު ތޮޅިލުމާއެކު ލިއާ މަޑުމަޑުން ތެދުވިއެވެ. ލައިގެން ހުރި އަތްދިގު ޓީޝާޓުގައި ވައި އަޅުވާލި ގޮތުން އެ ހަށިގަނޑު ނިކަމެތިވެފައި ވާ ވަރު ހާމަވެގެން އައެވެ. ވަޔާއި އެކު އުދުއްސައިގަނެގެން ގޮސްފާނެ ކަހަލައެވެ. ހިމޭންކަމާއެކު ލަސް ފިޔަވަޅުތަކެއްގައި ހިނގަމުން ދިޔަ ލިއާގެ މިސްރާބު ހުރީ ގެއާއި ދިމާލަށެވެ. އޭރު މާހައުލަށް އިރުގެ އަލިކަން ފާއްދާލައިފިއެވެ.
ބަދިގެއަށް ވަދެފައި އޭނާގެ ދުވަހީ މަސައްކަތައް ތައްޔާރުވެލިއެވެ. ފްރިޖުން ނެގި ރޯމަސްތައް ގަނޑު ފިލުވަން ބަހައްޓާފައި ރޮށި ފިހުނެވެ. އެ މަސައްކަތް ނިންމާފައި މަސްތައް ކޮށާލުމާއެކު ފެށީ ކުޅިމަސް ހަދާށެވެ. އިރުކޮޅެއް ފަހުން ބަދިގެ އެއްވަސްވީ ކުޅު ދިޔާވާފަދަ މީރު ވަހަކުންނެވެ. އެ ހުރިހާ ކަމެއް ކުރަމުން ދިޔައިރުވެސް އެ މޫނުގެ ކުލަވަރަކަށް ބަދަލެއް ނާދެއެވެ.
އިރުކޮޅެއް ފަހުން ބަދިގެއަށް ވަދެގެން އައީ ރިއާނާއެވެ. ހެދުން އަޅާފައި ހުރި ގޮތުން ވަޒީފާއަކަށް ދާން އުޅޭކަން ހާމަވެއެވެ. ސައި ހެދިފައި ހުރުމުން އެ މޫނުން ހިތްހަމަޖެހުން ފާޅުވިއެވެ. ގޮނޑީގައި އިށީނދެފައި ފޯނާއި ކުޅެމުން ތައްޓެއް ގާތްކޮށްލިއެވެ.
“ލިއާ…! މަށަށް މިލްކް ކޮފީއެއް ގިރައިދީބަލަ…ވަރަށް ލަސްވޭ…!” ރިއާނާ ލިއާއަށް ގޮވާލިއިރު ލަސްވެޔޭ ބުނި މީހާ އިނީ ފޯނު ހާވާށެވެ. ލިއާ އެއްޗެއް ބުނުމެއް ނެތި ތަށިތައް ދޮންނަން ހުރެފައި އަތް ދޮވެލަމުން ގޮސް ރިއާނާއަށް ކޮފީ ތައްޔާރުކޮށްދިނެވެ.
ކައްކާ ނިމިފައި ހުރުމުން އުނދުނާއި ބަދިގެތެރެ ސާފުކޮށްފައި ލިއާ ކާބަޔަށް ނިކުތްއިރު ރިއާނާއެއް ނެތެވެ. އޭނާ ކެއި ތަށިތައް މޭޒުމަތީ ހުއްޓެވެ. ފުން ނޭވާއެއް ދޫކޮށްލި ލިއާގެ މޫނުމަތީގައިވީ ވަރުބަލިކަމެވެ. އެ ތަށިތައް ނަގާ ދޮވެފައި މޭޒުމަތި ސާފުކުރުމަށްފަހު ބަދިގެއިން ނިކުތެވެ.
ގޯތިތެރެއާއި މަގުމަތި ކުނިކެހުމަށްފަހު ކުނި އަޅާ ގޯނި ގެނެސް ގޭގެ ފާރު ކައިރި ލިއާ ބެހެއްޓިއެވެ. އަތް ދޮވެލުމާއެކު ގޭތެރެއަށް ވަދެގެން ދިޔަ ގޮތަށް ކޮޓަރިއަށް ވަނެވެ. ކޮޓަރީގައިވި އަނދިރިކަމުގެ ތެރެއިން ބަންޑުން ނިދާފައި އޮތް ރިހާން ފެނުނެވެ. އެކަމަށް ސަމާލުކަން ދިނުމެއް ނެތި ލިއާ ގޮސް ފާހާނާއަށް ވަނެވެ. އޮހެމުން ދިޔަ ފެންތަކުން ވަރުބަލިވެފައި ހުރި ހަށިގަނޑަށް ތާޒާކަން ލިބުނެވެ. ގިނައިރުތަކެއް ނުކޮށް ފެންވަރައިގެން ލިއާ ފާހަނައިން ނިކުތެވެ.
ބޮލުގައި ފުނާ އަޅާ ނިމުންއިރަށް ރިހާން ތެދުވެ މޯޅިއަކަށް ދެމިލި މަންޒަރު ފެނުނީ ލޯގަނޑުންނެވެ. އެކަމަށް ލިއާގެ ސަމާލުކަމެއް ނުލިބުނެވެ. އަލަމާރި ކައިރިއަށް ޖެހިލާފައި އޭނާ ރިހާންގެ ޓީޝާޓަކާއި ސޯޓެއް ނަގާ އެނދުމަތީ ބާއްވާލިއެވެ. އެ ހުރިހާއިރު ރިހާންގެ ނަޒަރު ވަނީ ލިއާއަށް ހުއްޓިފައެވެ.
“ސައި ހެދީތަ…؟” ލިއާގެ ސަމާލުކަމެއް ނުލިބުމުން ރިހާން ވާހަކަ ދެއްކިއެވެ. ލިއާ ބަލާލުމެއް ނެތި ހމމ ލައްވާލިއެވެ. ރިހާނަށް ބޮލުގައި އަތް ހާކާލެވުނެވެ. ލިއާގެ ހަމަހިމޭންކަމުން ދައްކާނެ ވާހަކައެއް އޭނާއަކަށް ނުވިސްނެއެވެ.
“ލިއާ…!” ކޮޓަރިން ނިކުންނަން ދިޔަ ލިއާއަށް ރިހާން ގޮވާލިއެވެ. ލިއާ ހުއްޓިފައި އަސަރެއް ނެތް ބެލުމަކުން ރިހާނަށް ބަލާލިއެވެ. “ބޭސް ކެއިން…؟” ރިހާން ލިއާ ގާތު އެހިއެވެ. ލިއާ މޫނު އަނބުރާލުމާއެކު ބޯ ޖަހާލަމުން ކޮޓަރިން ނިކުތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (28)
Comments are closed.
Mihaaru aslu vaahaka mathin foohi vehje. Liya and kail nugulheythy. dhen reehaan jeheytha liya dheke loabi vaan. varah foohi vey
aslu vx dhw. mhr aslu vhk kiyaa hitheh vx nuvey. if lia and kyle is not getting together whats the use
Hehe but who said the story was supposed to go smoothly? 👀😭 Sometimes things have to fall apart before we understand why they happened…And remember the story hasn’t ended yet… there’s still so much you don’t know 💗🫣
Woow kyle still loves her ? That’s true lovee 🥹 but kyle aa Sierra aa nugulhuvahcheyy 🤓 and whats happening to leah ? Beys keii hey rihaan ehyma dhww. btw vhk vrh reeeethiii masha allah ❤️
Awww yesss 😭💗 Kyle still loves Leah so much 🥹 don’t worry let’s see what happens with Sierra 👀😭 Thank you so much for readinggg 💗
gurrllllll this part is sooo crazyyy like i dk how to discribeee…alhey leah n lyle……make them be togetherrr urghh…..but i have a feeling that leah is preg n kyle kudakudhin ge doc akah ven rahjje anna iru leah ah leah ge baby govaan dheveyny he kaai ah henn…urgh but leah n kyle plsssss, that rihaan gandhuu vx dhwww…anyyywayyy keep it upppp
Not you coming up with all these theories 😭😂💗 I love how your mind works hehe…thank you so much for reading and supporting the storyyy 💗
Whensssss nexttttt
I’m trying to upload soon ☺️
Asluves mihaaru foohivejje Ekamaku kohme dhuvahakuves mathi mathi kiyaalan kail n liaa gulheyne kahala hintehves libeytho
Well……
Thank you so much 💗☺️
Wait… Whyy is lia eating medicine???? What happened to her??
You’ll know 💗
Istg these people 😭😭 you read stories expecting nothing but happy moments and couple being together 24/7?? 😭💀 STORIES ARENT SUPPOSED TO GO SMOOTHLY ALL THE TIME AND THATS LITERALLY THE POINT 😭 If Leah and Kyle supposed to be together and the if they got together without all the heart break and drama WHAT WOULD WE EVEN BE READING FOR??? 😭
Anyway this story is a masterpiece and I’m actually loving how everything is going ❤️😘
Let the author cook 🔥❤️😘
Literallyyy 😭💗 finally someone gets it!! Let me cook we’re not even done yet 😂🤭💗 Thank you sooo much whoever you are…this means a lot to me 🥹💗🫂
Vx reethi ingey 😊😍💗
Thank you ☺️💗
When nextt plsss im bored now i just started reading this story 5 days kurin nowww e koyaa nimuny its soo reethi ingeyy pls upload sooonnn🥲🥲🥲
im bored now i just started reading this story 5 days kurin nowww e kiyaa nimuny its soo reethi ingeyy pls upload sooonnn🥲🥲🥲
Thank you ☺️💗 its up
Ik adhi knmes dhuvahakun Leah AA Kyle dhimaavaane.. edhuvahehge inthixaaruga mihiry.. mi part vx vrh vrh vrh vrhhh reethi.. keep it up..🫶🫶
Hehe let’s see…Thank you ☺️💗
Whensss nextttt???? Can you up today??? curiously waitingggggggg. Vvvvvvv reeethiiiii I want Kyle and Lia gulhenn. Plcxxxxxx
It’s up 💗
When is nextt ep
It’s up 💗
When next??
It’s up 💗