Skip to content
އެސްފިޔަ

ހިތް ދެވިއްޖޭ ކަލާއަށްޓަކައި – 32

Listen to this story Audio · 11:36 Powered by Esfiya Voice
0:00 11:36

ބަސްތަކަށް ފަހު އައިކަން އެ ކްލާސްރޫމުން ނުކުމެގެން ދިޔައެވެ. އައިކަން ނުކުމެގެން ދިޔަ ދިމާލަށް ބަލަހައްޓައިގެން ޒިވްޔާއަށް ހުރެވުނީއެވެ. އޭރުވެސް އޭނާގެ ކަންފަތްދަށުގައި އައިކަންގެ ބަސްތައް ތަކުރާރު ވަމުން ދިޔައެވެ. ހާއްސަކޮށް އެންމެފަހު ބަހެވެ.

“އައި ވިލް ގެޓް ޔޫ ޓު ޓޯކް ޓު މީ އެވެންޗުއަލީ، ޑަރލިން.”

====================

 

އައިކަންގެ ދެލޯ ޒިވްޔާއަށް އަމާޒުވެފައި ވީއިރު، ޒިވްޔާ ބަލަހައްޓައިގެން އިނީ އައިކަން ނުކުމެގެން ދިޔަދިމާއަށެވެ. އިޒިކިއަލް އެންމެ ދެރަވީ އެ ހުރިހާ ކަމަކަށް ފަހުވެސް ޒިވްޔާގެ ދެލޯ ދެން ވެސް ހޯދަނީ އައިކަން ކަމަށްވީތީއެވެ. އައިކަން އޭނާގެ މޫނު އަނބުރާލީ ގަދަކަމުންނެވެ. އަދި ޒިވްޔާގެ ފޮތުގައި ދެފަހަރަކު ކޮށްޓާލިއެވެ.

“އެނީވޭ.. ޔުއާ އެސައިންމެންޓް ލުކްސް ޓެރިބަލް.” އިޒިކިއަލް އޭނާގެ މޫނުމައްޗަށް ގަދަ ކަމުން ހިނިތުންވުމެއް ވެރި ކުރުވިއެވެ.

ޒިވްޔާ ދޮރާއި ދިމާއިން އޭނާގެ ނަޒަރު ވަކިކޮށްލަމުން އިސްއުފުލައި އިޒިކިއަލަށް ބަލާލިއެވެ. “އިޓްސް ނޮޓް މައިން.” ޒިވްޔާގެ ތުންފަތްމައްޗަށް ފަނދު ހިނިތުންވުމެއްވެރިވިއެވެ. އިޒިކިއަލް އެސްފިޔަ ޖަހާލިއެވެ.

“އޮހް.”

ޒިވްޔާގެ ހިނިތުންވުން ފެނިފައި އިޒިކިއަލްގެ ހިނިތުންވުން ވެސް އިތުރަށް ފުން ވެގެން ދިޔައެވެ. އޭނާގެ ހިތުގައިވީ ވޭން އެއްފަރާތް ކޮށްލަމުންނެވެ. ހަނދާންނައްތާ ލަމުންނެވެ. ސަބަބަކީ ޒިވްޔާގެ ހަޔާތުން އޭނާއަށް ޖާގައެއް ލިބުމަކީ ޒިވްޔާގެ ހިތް އެހެން މީހަކަށް ހަދިޔާ ކުރާ މަންޒަރު ބަލަން ޖެހުން ކަމުގައި ވިޔަސް…

އިޒިކިއަލްގެ ނިންމުމަކީ އަބަދުވެސް ޒިވްޔާއަށް ޓަކައި ހުރުމެވެ.

ޒިވްޔާ އުފަލުގައި ހުރިހާ ހިނދަކު އޭނާއަށް އެއްވެސް މައްސަލައެއް ނެތެވެ. އެއީ އިޒިކިއަލާއި އެކުގައި ނޫން ކަމަށް ވިޔަހެވެ.

———————–

 

ދުވަސްތަކެއް ފަސް

 

މޭގައި ފޮތެއް ލަށްކޮށްލައިގެން ހުރެ ޒިވްޔާ ހިނގާލާފައި ދިޔައީ ބާސްކެޓްބޯޅަ ކޯޓު ކައިރިންނެވެ. އޭރު އެދިމާ ފުރިފައި ވަނީ ކޮލެޖުގެ އެކި ދިމަދިމާއަށް ގޮސް އުޅޭ މީހުންނާއި، ބާސްކެޓްބޯޅަ ކުޅޭތަން ބަލަން އައިސް ތިބި މީހުންނެވެ. ހިނގާފައި ދިޔަ އިރު ޒިވްޔާ އެއިން އެއްވެސް މީހަކަށް ބަލާވެސް ނުލައެވެ.

ޒިވްޔާގެ ފިޔަވަޅުތަކަށް ހުއްޓުމެއް ގެނައީ ކުއްލިއަކަށް ލަވައެއް އިވެން ފެށުމުންނެވެ. އެއްކަލަ ރިންގްޓޯނެވެ. ޒިވްޔާގެ މުޅި ހަށިގަނޑު އެއްކޮށް ގަނޑުވި ކަހަލައެވެ. ޒިވްޔާގެ އިނގިލިތައް އޭނާގެ ފޮތުގައި ބާރަށް ހިފަހައްޓާލިއިރު، އޭނާއަށް ނޭވާ ލާން އުނދަގޫ ވާން ފެށިއެވެ. އޭނާއަށް ހީވީ އޭނާގެ ފައިން ފެށިގެން ކުދިކުދި ރަތްހިނިތަކެއް އޭނާގެ ގަޔަށް އަރަމުން ދިޔަ ހެނެވެ. އޭނާ އަޑުގެ ނެތްތަނަށް ހަޅޭލަވައިގަންނަން ބޭނުންވިއެވެ. އެ ހިނިތައް ފޮޅާލަން ބޭނުންވިއެވެ. ނަމަވެސް ހަމަ ހިލާ އޭނާގެ އަޑު ބޭރު ނުވި ތާނގައި، އެއްވެސް ގުނަވަނެއް ވެސް ގުޑުވައެއް ނުލެވުނެވެ.

ކުއްލިއަކަށް އޭނާއަށް ހީވީ މުޅިތަން އަނދިރިވެގެން ދިޔަ ހެނެވެ. އޭނާގެ ހަށިގަނޑުގައި ދެއަތްތިލަ ބީހޭ ކަހަލަ އިހުސާސެއްވިއެވެ. އެ ބީހުމުގައިވީ ވަހުޝީ ކަމެވެ. ނުބައި ނުލަފާ ކަމެވެ. އެއަތް އޭނާގެ މުޅި ހަށިގަނޑުގައި ބީހެމުން ދިޔައެވެ. ޒިވްޔާ ހަޅޭލަވައި ގަންނަން އުޅެ އުޅެ އަޑެއް ބޭރެއް ނުވިއެވެ. އޭނާގެ އަތްފައި ގުޑައެއް ނުލެވުނެވެ. އޭނާގެ ވަށައިގެން ވަނީ އަދިރި ކަމެވެ. އެއްވެސް މީހަކު ނެތެވެ. އޭނާއަށް އިހުސާސް ވަނީ އެ ދެއަތްތިލަ އެކަންޏެވެ. އެހެނަސް އެ އަނދިރިގަނޑުގެ ތެރެއަށް އޭނާ ކިތަންމެ ބާރަށް ހަޅޭލަވައިގަތަސް އަޑުއަހާނެ މީހެއް ވާނެ ހެއްޔެވެ؟

އެ އަތްތިލަ ތިރިއަށް ދާން ފެށިކަން ޒިވްޔާއަށް އިހުސާސް ކުރެވުނެވެ. އޭނާގެ ބުރަކަށިން، އުނަގަނޑުން ލާފައި އައިސް އޭނާގެ ބަނޑުގައި އެދެއަތްތިލަ ވަށާލިއެވެ. އޭނާގެ ހެދުން މައްޗަށް ނޭގުނު ކަމުގެ އިހުސާސްވިއެވެ. ޒިވްޔާއަށް އިހުސާސް ކުރެވުނީ އޭނާއަށް ހުރެވުނީ އޭނާގެ ސިކުނޑި ތެރޭގައި ތާށިވެފައި ކަމެވެ. އަދި އޭނާގެ ސިކުނޑި ވަށައިގެން ތޭރި ޖަހާފައި ހުރި ކަމެވެ. އޭނާގެ ހަށިގަނޑުގައި އޭނާގެ އެއްވެސް ބާރެއް ނެތެވެ. ކިތަންމެ ވަރަކަށް ރޮއެ ހޭރުނަސް އެއަޑު އޭނާގެ އަރުތެރެއިން ބޭރުވެސް ނުވިއެވެ.

ކުއްލިއަކަށް އެތަނުން އެއްއަތްތިލަ އޭނާގެ ބަނޑުގައި ހިފައި ބާރުކޮށްލިއެވެ. އެެއަތްތިލައިގެ ނިޔަފަތިތައް އޭނާގެ ބަނޑަށް ހެރިގެން ދިޔައެވެ. އަދި އޭނާގެ ހަރުވާޅު ތިރިކޮށްލުމަށްފަހު.. އެހިސާބުން ޒިވްޔާއަށް ރޮއެގަނެވުނެވެ. ނަމަވެސް ދެންވެސް ހިލާ އެންމެ އަޑެއް ވެސް ބޭރެއް ނުވިއެވެ.

އޭނާއަށް އިހުސާސްވީ ނިޔަފަތިގަނޑެއް އޭނާގެ ފޫޅު ކައިރިއަށް ހަރާލި އިހުސާސެވެ. އަދި އެ ހުރިގޮތަށް އޭނާގެ ބަނޑުގެ ނާޒުކު ހަންގަނޑުގެ ތެރެއިން ގޮސް މަސްގަނޑުގެ ތެރެއަށް ހެރި، އެނިޔަފަތިގަނޑު ތިރިއަށް ދާންފެށިއެވެ. އަވަސް އަވަހަކަށް ވެސް ނޫނެވެ. ލަސް ލަހުންނެވެ. ހީވާ ކަހަލައެވެ. އެމީހަކު ބޭނުންވަނީ ޒިވްޔާއަށް އެތަދު އެންމެ ފުރިހަމައަށް އިހުސާސް ކުރުވާށެވެ. އެ ވޭނުގެ ހުރިހާ ސިކުންތެއް ވެހެވެ. އެ ނިޔަފަތިގަނޑު ގޮސް ހުއްޓުނީ އޭނާގެ ދަށްބަނޑުގެ އެތައް ހިސާބެއް ތިރިއަށެވެ. އޭރު އޭނާގެ ފޫޅާއި ހިސާބުން ތިރިއަށް ދިޔައީ ދިލަ ވޭން އަޅަމުންނެވެ.

އޭނާގެ އަޑު ހުރި ނަމަ މިވަގުތު އޭނާ ދިޔައީހީ އަޑުގެ ނެތްތަނަށް ހަޅޭލަވަމުންނެވެ. ރޮއެ ހޭރެމުންނެވެ. ސަލާމަތަށް އެދި އާދޭސް ކުރަމުންނެވެ. ހިތުގައި އިންސާނިއްޔަތު ކަމުގެ ޒައްރެއްގެ މިންވަރުވެސް ހުރި މީހަކާއި ހަމައަށް އޭނާގެ އަޑު ފޯރާނެ ތޯއެވެ. ނަމަވެސް އޭނާގެ އަޑު ހަމަ ހިލާ ބޭރެއް ނުވިއެވެ.

ޒިވްޔާއަށް ހުނުމުގެ އަޑު އިވުނު ކަހަލައެވެ. އެއަށްފަހު ކޮންމެވެސް މީހެއްގެ ނޭވާގެ އަޑެވެ. އެވޭނުގެ ތެރޭގައި އޭނާއަކަށް އެއަޑެއް ނަގައެއް ނުގަނެވުނެވެ.

 

ކުއްލިއަކަށް އެތަދު ފިލައިގެން ދިޔަ ކަހަލައެވެ. ނުވެސްވާ ކަމެއް ފަދައިނެވެ. މުޅި މާޙައުލު އަލިވެގެން ދިޔައެވެ. އޭނާއަށް ހުރެވުނީ އަދިވެސް ބާސްކެޓްބޯޅަ ކޯޓު ކައިރީގައެވެ. ޒިވްޔާގެ އަތް އެންމެ ފުރަތަމަ ވެސް ދިޔައީ އޭނާގެ ދަށްބަނޑަށެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ޒިވްޔާ އަވަސް އަވަހަށް އެތަނުން ދާން ހިނގައިގަތެވެ. އޭރު އޭނާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް ވިއެވެ. އެހިނދު ޒިވްޔާއަށް ކަމެއް ޔަގީންވިއެވެ. އޭނާއަށް އެފެނުނީ އޭނާ ހަނދާން ނެތިފައިވާ އެރޭގެ ހާދިސާގެ ބައެކެވެ.

ޒިވްޔާ ހުއްޓުން އެރިއެވެ. އަނެއްކާވެސް އެ ރިންގްޓޯނުގެ އަޑު އިވުނެވެ. ޒިވްޔާ އަވަސް އަވަހަށް އެއަޑު އައި ދިމާއަށް ބަލާލިއެވެ. އެހިނދު އޭނާއަށް ޒުވާނަކު ފެނުނެވެ. ބާސްކެޓްބޯޅަ ކޯޓު ކައިރީގައި ޖާޒީއެއް ލައިގެން ހުރި ޒުވާނާ ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ.

އެޒުވާނާގެ މޫނު ފެނިފައި ޒިވްޔާއަށް ހީވީ އޭނާގެ ބަނޑު ތެރެއަށް ބޮޑު ބަރެއް ވައްޓާލި ހެނެވެ.

އެޒުވާނާގެ ދެލޮލެވެ. ފޯނު ނަގައި ވާހަކަ ދެއްކި އިރު އޭނާގެ އަޑެވެ. ކޮންމެވެސް ސަބަބަކާ ހުރެ ޒިވްޔާއަށް އެއީ އޭނާ ދަންނަ އަޑެއްހެން ހީވިއެވެ. އެހެންނަމަވެސް އެއީ މީގެ ކުރިން ދުވަހަކު ވެސް ޒިވްޔާ ދަންނަ ޒުވާނެއް ނޫނެވެ. ވީއިރު، އޭނާއަށް އެޒުވާނާ އެނގޭހެން ހީވީ އެއީ ކީއްވެ ހެއްޔެވެ؟

އެޒުވާނާ ފޯނު ކަންފަތާއި ދުރުކޮށްލި ހިނދު ޒިވްޔާގެ ލޮލާއި އޭނާގެ ލޮލާއި ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ވަގުތުން ޒިވްޔާ ދުރަށް ބަލާލިއެވެ. އަދި އަވަސް އަވަހަށް ދާން ހިނގައިގަތެވެ. ކުރިއަށް ވުރެ ވެސް ބާރަށެވެ. އޭރު އޭނާގެ ހިތް ހީވަނީ މޭފަޅާފައި ނުކުމެދާނެ ހެނެވެ.

ޒިވްޔާ ވިސްނާ ވިސްނާ އެއީ ކާކު ކަމެއް ހަމަ ހިލާ ނޭނގުނެވެ. އޭނާއަށް އެޒުވާނާ ފެނިފައި އެގޮތަށް ކަންތައް ކުރެވުނީ ކީއްވެ ކަމެއް ވެސް ނޭނގުނެވެ. އެޒުވާނާ ފެނިފައި އޭނާ ވީ އެންމެ އަވަހަކަށް ގައި ހުރި ބާރެއްލާފައި ދުވެ ފިލަން ބޭނުންވީ ކީއްވެ ކަމެއް ވެސ ނޭނގުނެވެ. އޭނާއަށް އެނގުނީ އެންމެ ކަމެކެވެ.

އޭނާއަށް އެޒުވާނާ ނޭނގުނަސް، އެއީ އޭނާއަށް ކޮންމެވެސް ތާކުން ފެނުނު މީހެއް ކަމެވެ.

——————

 

“ޝަހުދު!” އެޒުވާނާ ގޮވާލި އަޑު އިވުނެވެ. އެއާއެކު އެހެން ޒުވާނަކު އައިސް އަރާ ހަމަ ކުރިއެވެ. “ކީކޭ؟”

“ކޯޗު ގުޅާފަ ބުނީ ދޭ ބަލާށޯ ހިޒް އޮފީހަށް.” އެޒުވާނާ ޝަހުދު ކިޔާ ޒުވާނާއަށް ބުންޏެވެ. އަދި ފަސް އެނބުރި ޒިވްޔާއަށް އެއްފަހަރު ބަލާލުމަށްފަހު ގޮސް ބާސްކެޓްބޯޅަ ކުޅެން ފެށިއެވެ. ޝަހުދު ފެންފުޅިއެއް ހިފައިގެން ހިނގައިގަތެވެ. ޒިވްޔާގެ ކައިރިން ލާފައި ދިޔައިރު ބަލާވެސް ނުލައެވެ.

ޒިވްޔާ ގޮސް އިސް އޮބާލި އިރު ބާސްކެޓްބޯޅަ ކުޅެން ހުރި އެއްކަލަ ޒުވާނާ ހުރީ އެދިމާއަށް ބަލަހައްޓައިގެނެވެ. ކުޑަ ހިނދުކޮޅަކަށް އޭނާ ޒިވްޔާ ދިޔަ ދިމާއަށް ދާން އުޅުންހެން ހީވިއެވެ. އޭނާ ބާސްކެޓްބޯޅަ ކޯޓުން ނުކުމެ އެދިމާއަށް ދުއްވައިގަތެވެ. ނަމަވެސް އެވަގުތު ޒިވްޔާ ދިޔަ ދިމާއިން ނުކުމެގެން އައީ ވިޝާލެވެ. ވަގުތުން އެޒުވާނާ ހުއްޓުން އެރިއެވެ.

“ހޭ މޭން. ކޮންތާކަށް ތިދަނީ؟” ވިޝާލް އެޒުވާނާގެ ކޮނޑަށް އަތް ވައްޓާލިއެވެ. “ކަލޭ ތަތް ކަމުން ހޯދަން ދާން މިއުޅުނީ ހަމަ.” އެޒުވާނާ ހިނިގަނޑެއް ޖަހާލިއެވެ. “މަ ދޯ އަދިވެސް ތަތީ؟ ހެއްވާ މީހެކޭ މިވެސް މީ.” ވިޝާލް މަޖަލަކަށް އެޒުވާނާގެ ގައިގައި އަޅާ ކޮށްޕާލިއެވެ.

“ހުންން ސާބަސް.”

“ކޮބާ ޝަހުދު؟”

“އޭނަ ގޮއްސި ކޯޗު ބުނެގެން އޮފީހަށް. ފެށޭ މަހު އޮތް މެޗާ ބެހޭގޮތުން ވާހަކަ ދައްކަން ކަންނެ.” އެޒުވާނާ ވިޝާލާ އެކު ކޯޓާއި ދިމާއަށް އަނބުރާ ހިނގައިގަތެވެ. އޭނާ ފަސް އެނބުރި ޒިވްޔާ ދިޔަ ދިމާއަށް ބަލާލިއެވެ.

“ކޯއްޗެއްތަ ތިބަލަނީ ތިވަރަށް އެނބުރި އެނބުރިފަ؟ މާ ރީތި ބިޓެއް ފެނުނީތަ؟” ވިޝާލް ހިނިގަނޑެއް ޖަހާލަމުން އަހާލިއެވެ.

“އުހުން. އެހެނެއް ނޫން. މަމީ ކަލެއެއް ނޫނޭ. ކަލޭ ދާހާ ތާކުން އުޅެނީ ހަޔާލް ނުފެނިގެން ވިއްޔަ. އަންލައިކް ޔޫ އައި އެކްޗުއަލީ ހޭވް ބެޓާ ތިންގްސް ޓު ޑޫ ދޭން އިންވޯލްވް މައިސެލްފް ވިތު ގާލްސް.” އެޒުވާނާ ޖަވާބުގައި ބުނެލިއެވެ. ނަމަވެސް އޭނާގެ މޫނުމަތީގައި ތަފާތު ކުލަ ވަރެއް ދަތުރުކޮށްލިއެވެ.

“ޕިސް ޕިސް. ކަލޭ ވެސް ދޯ. އަހަރެން ހަޔާ ފަހަތުން އުޅުނަސް ޝީ ޑަޒްންޓް ލައިކް މީ ބެކް އޭ.” ވިޝާލް އަމިއްލަ ކަރުގައި އަތް ހިންގާލަމުން ބުނެލިއެވެ. އެއާއެކު އެ ޒުވާނާ ހޭން ފެށިއެވެ. “ދެން ތި ހަޔާލް ދޫކޮށްލަންވީނު. އެހެން މީހެއް ހޯދަބަލަ. ރީތި ކުދިން މަދީކީ ނޫން ވިއްޔަ.”

“މަށެއް ނޫޅެން ހަޔާ ނޫން މީހެއް ހޯދާ ހިތަކުން.”

“ސަޗް ލަވް. ޔޫ މޭކް މީ ވޯންޓް ޓު ވޮމިޓް މައި ގަޓްސް އައުޓް. އިޓްސް ޑިސްގަސްޓިން.” އެޒުވާނާ ގުދުވެފައި ހޮޑުލާ ކަމަށް ހަދަން ފެށިއެވެ. ދެން ފެނުނީ ވިޝާލް އެޒުވާނާގެ ބުރަކަށީގައި ފައިން ޖަހައި ކޮށްޕާލި ތަނެވެ. އެޒުވާނާ ވެއްޓުމާއެކު ފެށީ ހޭށެވެ. “ކަލޭ ވެސް ދޯ! ދެރަ ކަމެއްނު! ހަހަހަ! ނަގާދީބަލަ.”

ވިޝާލް އެޒުވާނާ ނަގާދިނެވެ. “އޭ ވިޝާލް. ސުވާލެއް ކުރަންތަ؟” އެޒުވާނާ އަހާލިއެވެ.

“ސިންސް ވެން ޑޫ ޔޫ އާސްކް ފޯ ޕާމިޝަން ބިފޯ އާސްކިން ކުއެޝަންސް.”

“އޭ ދެން ސީރިއަސް އެއްޗެކޭ.”

“އޯކޭ އޯކޭ އަހާބަލަ ދޯ ދެން.”

 

“ޒިވްޔާ ކިހިނެއްތަ މިހާރު؟” އެޒުވާނާ އަހާލިއެވެ. ވިޝާލް ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. “ނޮޓް އޯކޭ ދޯ ދެން. ބަޓް ޔަޝް ބުނީ ކުރިއަށް ވުރެ ކުޑަކޮށް އޯކޭ އޭ މިހާރު..” ދެރަވެފައި ވިޝާލް ބުނެލިއެވެ. “އަހަރެން އެރޭ ސަކަރާތް ބޮޑު ކުރީމަ ވީ ކަމެއް އެއީ.”

“ކައެ މައްސަލައެއް ނޫނޭ އެއީ. ދެން ބުނެބަލަ. އޭނާގެ ހަނދާންތައް އަދިވެސް ނާދޭތަ؟”

ވިޝާލް އެ ޒުވާނާއަށް ބަލާލިއެވެ. “ހުމް. އަދިވެސް ނާދޭ.”

އެޒުވާނާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ވިޝާލަށް ވެސް ނޭނގޭ ވަރަށެވެ. “މޭ ބީ އިޓްސް ފޯ ދި ބެސްޓް.”

“ތިބުނީ؟” ވިޝާލްގެ ދެބުމަ ގޮށް ޖެހުނެވެ.

“ކަލޭ ދުށީމެއްނު އެރޭ އޭނާ އޮތްގޮތް. މަށަށް ޔަގީން އެއިން އެންމެ ހަނދާނެއް ވެސް ސަހަލަ ނުވާނެ ކަން. ޒިވްޔާ އުޅެން ޖެހޭނީ އަދި މާ ވޭނުގަ އޭނާއަށް ހަނދާން ވެއްޖެއްޔާ.” އެޒުވާނާ އަވަސް އަވަހަށް ޖަވާބު ދިނެވެ. ވިޝާލް ވިސްނާލިއެވެ. “ހުމް.. އައި ގެސް ދެޓް މޭކްސް ސެންސް…… އެކަމަކު އޭރުން ކަލްޕްރިޓް ވިލް ބީ އައުޓް ދެއަ ސްޓިލް ދޯ. އައި ވޯންޓް ހިމް ބިހައިންޑް ދި ބާސް.” ވިޝާލް އެހެން ބުނެލިއެވެ.

އެޒުވާނާ ވިޝާލާއި ދިމާއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. “ޔެއަ، ދި ކަލްޕްރިޓް… ހީ ޝުޑް- ހީ އޮރް ޝީ.. ހުއެވާ އިޓް އިޒް ޝުޑް ޕޭ ފޯ ދި ކްރައިމް.”

Comments (6)

  1. Shyyyms

    Dear readers, This episode may say 36th episode. But it is actually 32nd episode.

    After I published the episode the episode number was changed. I do not knw why yet. But it is the correct episode.

  2. Shyyyms

    Quick question for the readers.. who do you think is the culprit? 🤔

    1. Daniel🍇
      Shyyyms

      Dhaanish or hishaam. Cux zivee ah egotha v iru thibee 7 people. N they r yashmee, hayaal, shayaal, vishaal, izikiel, Dhaanish and hishaam. N we all know that shayaal, izikel, vishaal woudnt do that. N no girl will do that. So, the culprit is Dhaanish or hishaam. (this is my theory)

      Anyways mi prt vrh reethi. Ma
      Love you

  3. ehkala kuhjja

    i think the culprit is hishaam,
    cux he is obviously vishaal mn ge frnd eh…n erey there was izekiel, vishaal, shayaal n hishaam,
    shayaal was bxy flirting with yashmee, n its obv not izekiel or vishaal,…..so my guess is hishaaam….

  4. Who

    Whoah. This episode was intense. Also I can’t tell exactly who the culprit is. But it is definitely not shayal vishal or izikiel. So that leaves hisham and dhanish. And my gut says hayal is involved too.

  5. Her

    I feel like author is leaving clues around. But I can’t seem to pinpoint exactly what. ☹️
    Yageen bodu plot twist eh kanne annaanii. I think it is hayal and someone

Comments are closed.