Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 48

Itxlevender
Itxlevender Level 410 Stories100 Comments100 Login
September 19, 2026 10 Mins Read
4 Comments

މެޗު ފެށިގެން އިރުކޮޅެއް ނުވަނީސް ކައިލްގެ ޓީމުން ކުއްޖަކު ޖެހި ގޯލާއެކު މާހައުލު ހަލަބޮލިވެއްޖެއެވެ. ކައިރާ ފުންމައިގަންނައިރު އިރުއިރުކޮޅާ ލިއާގެ އަތުގައި ހިފާ ކޮޅަށް ނަގައެވެ. ލިއާ އިނީ ލަދުންނެވެ. އެހެން ކުދިން ފަދައިން ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ހަޅޭއްލަވާ އަޑުގަދަ ކުރާކަށް އޭނާއަކަށް ނުކެރެއެވެ.

ކައިލްއަށް ބޯޅަ ލިބޭ ކޮންމެފަހަރަކު އެންމެންވެސް ބަލަން ތިބެނީ އާޝޯހުވެފައެވެ. ކައިލްގެ މޮޅު ކުޅުމުގެ ހުނަރާއެކު އެ ފިރިހެންވަންތަ ކޮންމެ ހަރަކާތަކުން ބަލަން ތިބި އަންހެންކުދިންގެ ހިތްތައް އަވަސްކުރުވައެވެ. މެޗު ރިކޯޑްކުރުމުގެ ނަމުގައި ތިބެ ގިނަ އަންހެންކުދިން ނަގަމުންދިޔައީވެސް ކައިލްގެ ވީޑިއޯއެވެ. ދަނޑު އިތުރަށް ހަލަބޮލިވެގެން ދިޔައީ ކައިލް ޖަހާލި ގޯލާއެކުއެވެ. އަންހެންކުދިންތައް ލަދެއް ނެތި ކައިލްގެ ނަމުން ގޮވާހެދިއެވެ. އިދިކޮޅު ޓީމް ސަޕޯޓަރުންގެ ތެރެއިން އަންހެން ކުދިންތައްވެސް ކައިލްއަށް ގޮވަން ފެށުމުން އެ ޓީމްގެ ފިރިހެން ކުދިން ބެލީ ނުރުހުންވެފައެވެ.

ފުރަތަމަ ހާފް ނިމެންވިއިރަށް ކައިލް ދެ ލަނޑު ޖަހައިފިއެވެ. ދެވަނަ ލަނޑާއެކު ކައިލް ދުވެލާފައި ދިޔައީ އޭއޭއެޗްއީގެ ސަޕޯޓަރުން ތިބި ދިމާލަށެވެ. ފަހަތުން އައި ޓީމް ކުދިންނާއި އެދިމާލުގައި ތިބި ފިރިހެންކުދިންތައް ކައިލް އައުމާއެކު ކައިލްގެ ގައިގަ އޮޅުލައިގަނެފިއެވެ. މީހުންގަނޑުގެ ތެރެއިން ފުރޭނިގެން އައި ނައި ގޮތެއް ނޭނގި ކައިރާވެސް ދެމިގަނެގެން އައި ގޮތަށް ކައިލްގެ ގައިގަ ބައްދާލިއެވެ. މި މަންޒަރު ބަލަން އިދިކޮޅު ޓީމް ސަޕޯޓަރުން ތިބީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ގިނަ އަންހެންކުދިންގެ ހަސަދައިގެ އަލިފާނުގެ ނަޒަރު ކައިރާއާއި އަމާޒުވެފައި ހުއްޓެވެ.

“ހުހް…ކާކުތަ އެއީ…؟”

“ކައިލްގެ ޖީއެފް ކަންނޭނގެ…”

“އަޅެ އަހަރެންވެސް ބޭނުން ކައިލް އާއި ހަގް ކުރަން…”

އަންހެންކުދިންތަކުގެ ޗުކުޗުކު ލެއްވުމުގެ އަޑު އިވިހުއްޓެވެ. ކައިރާ ގައިގަ ދެއަތުން ވަށާލައިގެން ހުރެ ކައިލް އިސްއުފުލާލިއެވެ. އެވަގުތު ކައިލްއާއި ލިއާ ހަތަރުކަޅި ހަމަވެގެން ދިޔަވަގުތު ލިއާ ހިނިތުންވެލަމުން ބޮޑުވައި އިނގިލި އުފުލާލިއެވެ. އެކަމުގެ ސަބަބުން ކައިލްއަށް އެހެން އެއްވެސް މީހެއް ފަރާތުން ނުލިބޭފަދަ ހިތްވަރެއް ލިބުނެވެ.

ކައިލްމެން އެނބުރި ދިއުމާއެކު ކައިރާ ލިއާ ގާތަށް އިށީންނަން ދަމުން އަނެއް ޓީމް ސަޕޯޓަރުންނަށް ލޯ އަޅާލިއެވެ. އަދި އެމީހުންނަށް އަޑު އިއްވާލުމުގެ ގޮތުން “ދެޓްސް މައި ބްރާދާ” އޭ ބުނުމުން ބައެއް އަންހެންކުދިން ރަނގަޅަށްވެސް ރަކިވިއެވެ.

މެޗު ނިމިގެންދިޔައީ ކައިލްމެންގެ ޓީމުން މުޅި ޖުމްލަ ފަސް ލަނޑު ޖަހައިގެންނެވެ. އިދިކޮޅު ޓީމަށް ޖެހުނީ އެންމެ ދެ ލަނޑެވެ. މުބާރާތުގެ މޭން އޮފް ދަ މެޗް ލިބުނީވެސް ކައިލްއަށެވެ. އެންމެންގެ ދުލުކުރީގައިވަނީ ކައިލްގެ ނަމެވެ. ނަމަވެސް ލިބުނު ކާމިޔާބީ ފާހަގަ ކުރާ މަންޒަރެއް ކައިލްގެ ފަރާތުން މާ ބޮޑަކަށް ނުފެނެއެވެ. ކައިލް ހުރީ ހަމައެކަނި ފަނޑު ހިނިތުންވުމެއްގައެވެ. އެންމެން ކައިލްގެ ނަމުން ގޮވަމުން ދިޔައިރު ލިއާއަށްވެސް ނުބަލަން ހުއްޓަސް ކައިލްއަށް ބެލެމުން ދިޔައެވެ.

ޓީމްގެ އެހެން ކުދިންނާއެކު ކައިލް އެތެރެއަށް ވަދެގެން ދިޔަފަހުން އިރުކޮޅެއް ވެއްޖެއެވެ. ވާހަކައިގަ ތިބެފައި ލިއާއާއި ކައިރާ ދާން ހިނގައިގަތީ އެތައް އިރެއްވެ ކުދިންތައްވެސް މަދުވިފަހުންނެވެ. ހިނގަމުންދިޔައިރު ކައިރާ ދައްކަމުންދިޔައީ މެޗުގެ ވާހަކައެވެ.

ކެންޓީނު ހުރަސްކޮށްފައި ދަމުން ލިއާ މަޑުޖެހިލިއެވެ. ކައިރާވެސް މަޑުކޮށްލީ ލިއާގެ ފިޔަވަޅުތައް ހުއްޓުމުންނެވެ. ލިއާ ބަލަން ހުރި ދިމާލަށް ކައިރާ ބަލާލިއެވެ. އޭރު އިފާ އެކަނިމާއެކަނި ކެންޓީން ރޫމްގެ ކަނެއްގައި ހުރި މޭޒެއްގައި އިށީނދެ އިނެވެ. އެ މޫނުމަތި ވަނީ މިލާފައެވެ. އިށީނދެ އިންއިރު ނަޒަރު ހުއްޓިފައިވަނީ ގުޅުވާލެވިފައިވާ ދެއަތަށެވެ.

“އިފާއަށް ކިހިނެއްވެފަ އެއިނީ…؟” ލިއާއަށް އެހުނެވެ. ގާތުގައި ކައިރާ ހުރެފައި ޗަސްޖަހާލިއެވެ.

“އަޅާނުލާބަލަ…ހޫ ކެއަރސް…؟” ކައިރާ ފޫހިގޮތަކަށް ބުނެލިއެވެ.

“އެކަމަކު ވަރަށް ބޮޑު ކަމެއް ވެފައި އިންހެން ހީވަނީ…” ލިއާއަށް ބުނެވުނެވެ. އިފާ ކޮންމެ ގޮތަކަށް ލިއާއާއި ދޭތެރޭ ކަންތައްކޮށްފައި ވީނަމަވެސް ލިއާގެ ހިތްހެޔޮކަމުން އިފާ އެފަދަ ހާލަތެއްގައި އިނުމުން އަޅާނުލާ ހުންނަން ނުކެރުނީއެވެ.

“ލިއާ ނޯ…” ކައިރާ ގޮވަގޮވާ ހުއްޓާ ލިއާ އެތެރެއަށް ވަދެއްޖެއެވެ.

“ހިއާރ ވީ ގޯ އެގެއިން…” އަމިއްލައަށް ކުދި ކިޔަމުން ފޫހިވެފައިހުރެ ކައިރާވެސް ލިއާ ފަހަތުން ވަނެވެ.

ވަގުތުގެ ގޮތުން ލުއި ބުއިމެއް ހޯދަން އައިސް އުޅޭ ދެތިން ކުދިންނާއި ކެންޓީނުގައި މަސައްކަތްކުރާ ވެއިޓަރުންގެ އިތުރުން އިތުރު ބަޔަކު އެވަގުތު ކެންޓީނުގައި ނެތެވެ. ލިއާ ހިނގަމުން ގޮސް ހުއްޓިލީ އިފާ އިށީނދެ އިން މޭޒުގެ ކުރިމައްޗަށް ވާގޮތަށެވެ. ފަހަތުން އައި ކައިރާވެސް ދެއަތް އުރާލައިގެން ލިއާގެ ފަހަތުގައި ހުއްޓުނެވެ. އިފާ އިސްއުފުލާލީ ބައެއްގެ ހިލަން ވުމުންނެވެ.

“ލިއާ…؟” އިފާ ހައިރާންކަމާއެކު ބުނެލިއެވެ. ލިއާއަށް ފާހަގަވީ އިފާގެ ރަތްވެފައިވާ ދެލޮލެވެ.

“ހުރިހާ ކަމެއްވެސް ރަނގަޅުތަ…؟” ހިސާބަކަށް ޖެހިލުންވެހުރެ ލިއާ އަހާލިއެވެ. އިފާ ޖަވާބެއް ނުދީ އިސްޖަހާލިއެވެ. ލިއާއަށް ބަލާލެވުނީ ފަހަތުގައި ހުރި ކައިރާއަށެވެ. ލިއާ ބަލާލި ވަގުތު ކައިރާ ލޯތެރޭ ކަޅި އަނބުރާލީ ވެފައި ހުރި ފޫހިކަން ދެއްކުމަށެވެ. ލިއާ ފުން ނޭވާއެއް ދޫކޮށްލަމުން ގޮނޑިއެއް ކައިރިކޮށްލާފައި އިފާ ގާތު އިށީނެވެ.

“ބުނެބަލަ…އަހަންނަށް ހެލްޕް ވެވޭ ވަރު ކަމެއް ވިއްޔާ ހެލްޕް ވާނަން…” ލިއާ މަޑުމަޑުން ވާހަކަ ދެއްކިއެވެ. އިސްޖަހައިގެން އިރުކޮޅެއް ވަންދެން އިނދެފައި އިފާ ދުރުބަލާލިއެވެ. ދެން އިވުނީ ނޭފަތް ދަމާލި އަޑެވެ. ލިއާ ކަންބޮޑުވެ އިނދެ ސުވާލުކުރަން އުޅެނިކޮށް އިފާ ވާހަކަ ދައްކަން ފެށިއެވެ.

“ކައިލްއަށް އެނގިއްޖެ އަހަރެން ލިއާ ގާތު މާފަށް އެދުނުކަން…ކްލާސް ގަޑިތައް ނިމުނު ވަގުތު ލައިބްރަރީއަށް ދާން އުޅެނިކޮށް ހީ ކޭމް އެޓް މީ…” އިފާ ލޮލުން އައި ކަރުނަ ފޮހެލިއެވެ.

“ހީ ތިންކްސް މީ އެޕޮލޮޖައިޒިން ޓު ޔޫ އިޒް ސަމް ކައިންޑް އޮފް ޓްރިކް އެގެއިން…ކައިލް އަނެއްކާވެސް އިންޒާރު ދީފި…” އިފާ ވާހަކަ ދައްކަމުން ދަނިކޮށް ލިއާ ވާހަކަ ދައްކަން ފެށިއެވެ.

“ކޮންކަމަކަށް އިންޒާރު ދޭންވީ…؟” ލިއާގެ އަޑުން ހައިރާންކަމާ އެއްވަރަށް ސީރިއަސްކަން ހާމަވެއެވެ. އިފާ ހިންދިރުވާލިއެވެ.

“ކައިލް ބުނީ ލިއާއަށް ކަމެއް ވެއްޖެނަމަ ދެން މި ސްކޫލުން ވަކިކުރާނެކަމަށް…އައި ނޯ ހީ ކެން ޑޫ ދެޓް…ކައިލްގެ ބައްޕައަކީ މިތަނުގެ އޯނަރއެއްނު…ކައިލް ހޭޒް އިންފްލުއެންސް ހިއަރ…އަހަރެން ލިއާ ގާތު މާފަށް އެދުނީ ހަގީގަތުގައިވެސް ކުރެވުނު ކަންތަކާ ދެރަވާތީ…އެކަމަކު ކައިލްއަށް އެކަން ގަބޫލެއް ނުކުރެވޭ…” އިފާ އިސްޖަހައިގެން އިނދެ ވާހަކަ ދެއްކިއެވެ. ލިއާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ރަނގަޅަށް ކައިލް އެހެދީ…” ލިއާ ސިހުނީ ކައިރާގެ އަޑު އިވުމުންނެވެ. އިފާ ދެއްކި ވާހަކައިން އޭނާ އެހުރީ ކައިރާ އެތަނުގައި ހުރިކަންވެސް ހަނދާން ނެތިފައެވެ. ކައިރާގެ ވާހަކަ އިވިފައި އިފާ އިހުނަށްވުރެ ބޮޑަށް އިސްއޮބާލައިފިއެވެ.

“ކައި…” ލިއާ ހިތްހަމަ ނުޖެހުމާއެކު ގޮވާލިއެވެ.

“ވަޓް…؟ އަހަރެން މިބުނީ ދޮގެއް ނޫނޭ…ލިއާ އެހާ ފަސޭހައިން މީހުންނަށް އިތުބާރު ކުރިޔަސް އަހަރެމެން ނުކުރާނަން…ލިއާއަށް އެނގޭތަ އެދުވަހު ލިއާ އޮތް ހާލު…؟ އަހަރެން ބަލަން ހުރި މީހާވެސް ކިރިޔާ މޮޔަނުވީ…ކައިލްއަށް އެދުވަހު އެފެކްޓްވެފައި ހުރި ވަރު ލިއާއަށް ނޭނގިދާނެ…އަހަރެން ބުނާނީ ކައިލް އެ ކުރާވަރު އަދިވެސް ކުޑައޭ…” އަބަދުވެސް ހިމޭނުން ހުންނަން އުނދަގޫ ކައިރާ ވާހަކަ ދެއްކިއެވެ. ނުރުހުމާއެކު އޭނާ ހާމަކޮށްލީ އިފާމެންނާމެދު ހިތުގައިވާ ރުޅިވެރިކަމުން އެއްބައެވެ. ނަމަވެސް އެވަގުތު ލިއާ އާދޭހުގެ ނަޒަރަކުން ބަލާލުމާއެކު ކައިރާ ވައްތަރެއް ޖައްސާލާފަވެސް ހިމޭންކަން އިހުތިޔާރުކުރިއެވެ.

ލިއާގެ ސިކުނޑި ވަނީ ހަލަބޮލިކަމެއްގައެވެ. ލިއާއަށްވެސް ކައިލް އޭނާއާއި ދޭތެރޭ ބަހައްޓާ ސަމާލުކަން ފާހަގަވެއެވެ. އަދި ދިމާވި ކަންތަކުން ކައިލްއަށް އަސަރުކޮށްފައިވާ ވަރުވެސް ނަގައިގަނެވެއެވެ. ނަމަވެސް މިފަދަ ގޮތަކަށް އިފާއަށް އިންޒާރު ދިނީތީ ލިއާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިއްޖެއެވެ.

“ކޮބާ ކައިލް…؟” އިރުކޮޅަކު ހިމޭނުން އިނދެފައި ލިއާ އެހިއެވެ. އިފާ މަޑުމަޑުން ބުނެލީ ނޭނގޭ ކަމުގައެވެ. އެވަގުތު ލިއާ ގޮނޑިން ތެދުވި ގޮތަށް ހިނގައިގަނެއްޖެއެވެ. ކައިރާއަށް ލިއާގެ މޫނުމަތީ ހުރި ކުލަވަރު ފެނި ލޯ ބޮޑުކޮށްލެވުނެވެ.

“މައި ގޯޑް…ކައިލް އިޒް އިން ޓްރަބަލް…” ގުންފައި ޖަހާފައި ދިޔަ ލިއާއަށް ބަލަން ހުރެ ކައިރާއަށް ބުނެވުނެވެ. އިފާއަށް ސަމާލުކަމެއް ނުދީ ކައިރާއަށް ދުވެފައި ލިއާގެ ފަހަތުން ދެވުނެވެ.

ލިއާ ދިޔައީ ފިރިހެންކުދިންގެ ލޮކާރ ރޫމް ހުރި ދިމާލަށެވެ. ހިނގާފައި ދިޔަލެއް ބާރުކަމުން ކައިރާއަށް ޖެހުނީ ލިއާއާއި އެއްވަރުކުރަން ދުވާށެވެ. ލިއާގެ މޫނުމަތި ރަތްވެފައިވަނީ އައިސްފައިހުރި ރުޅިންނެވެ. ލިއާއަށް ލޮކާރ ރޫމާއި ހަމަޔަށް ނުދެވެނީސް އެދިމާލަށް އަންނަ އިޝާން ފެނިއްޖެއެވެ.

“އިޝާން…!” ލިއާ ގޮވާލި ގޮތުން އިޝާން ކަޅިއަރައިގެން ނުދިޔައީ ކިރިޔާއެވެ. މިހާ ބާރަށް މީގެ ކުރިން ލިއާގެ އަޑު އިޝާންއަށް އިވިފައެއް ނުވެއެވެ. ސްޕޯރޓްސް ޔުނީފޯމާއި ޓްރެކްޝޫޓްގައި އިޝާންހުރިއިރު އިސްތަށިގަނޑުގައި ވަނީ ތެތްކަމެވެ.

“ހމްމް…؟” އިޝާން އެއްބުމަ އަރުވާލިއެވެ.

“ކޮބާ ކައިލް…؟” ލިއާ އަހާލީ އަވަސްއަރުވާލާފައެވެ. އިޝާން ހައިރާންވީ ލިއާ އައިސްފައިހުރި ރުޅި ފެނުމުންނެވެ. އޭނާއަށް އަވަހަށް އިނގިލި ދިއްކޮށްލެވުނީ ޕޫލަށް އެރެން ހާއްސަކޮށްފައިވާ ސަރަހައްދަށް ވަންނަން ހުރި ދޮރާއި ދިމާލަށެވެ. ލިއާ ބާރު ހިނގުމެއްގައި ގޮސް އެ ދޮރު ހުޅުވާލުމާއެކު އިޝާންގެ މޫނުމަތިން ފާޅުވީ ލާނެއް ހިނިތުންވުމެކެވެ.

ކައިރާއަށް އިޝާން އާއި އަރާ ހަމަކުރެވުނީ ލިއާ އެ ދޮރުން އެތެރެއަށް ވަތްފަހުންނެވެ. ކައިރާއަށް އިޝާން ލާނެއް ގޮތަކަށް ހެވިފައި ހުރިތަން ފެނުމުން ލޯ ހަނިކޮށްލެވުނެވެ. “ލިއާ ގާތު ކީކޭ ބުނީ…؟” ކައިރާ އެހިއެވެ. އިޝާން މައުސޫމުކަން ދައްކަމުން ދެއަތް އުފުލާލަމުން އޭނާ އެއްވެސް އެއްޗެއް ނުބުނަމޭ ބުނެލިއެވެ. ނަމަވެސް ކައިރާ ކުސްތަޅައިގަތުމާއެކު އިޝާން ހެމުންހެމުން ކައިރާގެ ކޮނޑުގައި ހިފާ ކައިރިކޮށްލާފައި ސިއްރުން ވާހަކައެއް ބުނެލިއެވެ. ދެލޯ ބޮޑުވެގެން އައި ކައިރާ އަނގަމަތީ އަތް އެޅުމާއެކު ބާރަށް ހީގަނެއްޖެއެވެ.

ދޮރު ކޮއްޕާލާފައި ބާރު ހިނގުމެއްގައި އެތެރެއަށް ވަދެގެން ދިޔަ ލިއާ ހުއްޓުން އަރައިގެން ދިޔައީ ފެނުނު މަންޒަރުންނެވެ. މަތި ހަށި ހާމަކޮށްލައިގެން ހުސް ގަޔާ ތިބި އެތައް ފިރިހެންކުދިންނެއް ފެނުމުން ލިއާއަށް ހީވީ ހަށިގަނޑުގައި ވީހާ ލެޔެއް މޫނަށް ޖަމާވިހެންނެވެ. މޫނުމަތީގައިވި ކުލަވަރު ބަދަލުވެ ދެލޯ ބޮޑުވެގެން އައިއިރު ބޮލަށް އެނބުރުން އަރައިގެން ނުދިޔައީ ކިރިޔާއެވެ. ޝޮކުވި ވަރުން ހަރަކާތެއްވެސް ނުކޮށްލެވުނެވެ.

ބޮޑޮ ހޯލެއް ވަރުގެ ޕޫލް އޭރިއާގައި ގަދަ ނޫކުލައިގެ މާބްލް ތަޅުމެއް އަޅާފައި ވާއިރު އެކި ދިމާލުގައި ބީޗް ޗެއަރތައް ބަހައްޓާފައި ވެއެވެ. ޕޫލަށް އެރެން އަންނަ ކުދިންނަށް ހާއްސަކޮށް އެއް ބިތުގައި ބޮޑު ލޮކަރ އެއް ބަހައްޓާފައި ހުއްޓެވެ. ގިނަ ފިރިހެންކުދިންތައް ތިބީ އެތަނުގައެވެ. އެއްބަޔަކު ތުވާލިން ގައި ހިއްކަމުން ދިޔައިރު އަނެއްބަޔަކު އުޅުނީ ގަޔަށް ސްޕޯރޓްސް ޓީޝާޓު މެހުމުގައެވެ. ޖުމްލަ ދިހަވަރަކަށް ކުދިން އެތަނުގައި ތިއްބެވެ.

“އަމްމް…ވރޯންގް ރޫމް…؟” ލިއާ ކައިރިން އަޅާފައި ދަމުން އެތަނުން ލާނެއް ޒުވާނަކު އަހާލިއެވެ. ލިއާއަށް ހަމަބިމަށް އާދެވުނު ވަގުތު އަވަސްއަވަހަށް ދުރު ބަލާލެވިއްޖެއެވެ. ގަންފައި ހުރި ލަދުން އެތަނުން ނިކުންނާކަށްވެސް ހަރަކާތެއް ކޮށްލާކަށް ނުކެރުނެވެ. ލިއާއަށް ބަލަމުން ހެމުން ހެމުން އޭރު ދެތިން ޒުވާނަކު އެތަނުން ނިކުމެއްޖެއެވެ.

“ލިއާ ކަމަކުތަ…؟” ސްޕޯރޓްސް ދަބަސް ކޮނޑުގައި އަޅުވަމުން ބާކީ ތިބި ޒުވާނުންނާއެކު ނިކުންނަން އައި އަނަފް އަހާލިއެވެ. ވާހަކަ ނުދައްކާ ހުރުން ރީތި ކަމަކަށް ނުވާނެތީ ލިއާ ޖަވާބު ދޭން އުޅުނެވެ. ނޫނީ މި ޒުވާނުން ހީކުރާނެ އެއްޗެއްވެސް ނޭނގެއެވެ.

“މީ…ކައި…ލް…” އަޅައަޅައިގަންނަމުން ލިއާ ވާހަކަދެއްކިއެވެ. އޭނާ ހުރީ ލަދުން ބިންފަޅާ އަޑިޔަށް ދާން ބޭނުންވެފައެވެ.

“އެއޮތީ ޕޫލްގަ…” އަނަފް ހެމުން އިޝާރަތްކޮށްލީ ޕޫލަށެވެ. ލިއާ ހުރިތަނާ ޕޫލާ ދެމެދު ފަނަރަވަރަކަށް ފޫޓު ދުރުމިން ހުއްޓެވެ. އަނަފް ގުޑްލަކްއޭ ބުނެލާފައި ދެން ތިބި ޒުވާނުންނާއެކު ނިކުންނަން ދިޔައެވެ.

ޕޫލާއި އަރާ ހަމަވިއިރަށް ލިއާގެ ނޭވާ ހިފާއްޓާލެވިއްޖެއެވެ. ހުސް ގަޔާ މަތި ހަށި ހާމަކޮށްލައިގެން ޕޫލްގައި ފީނަމުން ދިޔަ ކައިލް ފެނުމުން ލިއާގެ ބަނޑުތެރޭ ކޮކާތަކެއް އުދުހިގަތް ކަހަލަ އިހުސާސެއް ކުރެވުނެވެ. ކުރިންވެސް ރަތްވެފައި ހުރި މޫނު އިހުނަށްވުރެ ރަތްވެގެން ހިނގައްޖެއެވެ. ކައިލްގެ ބާރުގަދަ ހަށިގަނޑު ފެންނަމުންދިޔައީ މޮޔަވާހާ ފިރިހެންވަންތަކޮށެވެ. މި ސިފައިގައި ކައިލް ފެނުމުން ރަނގަޅަށްވެސް ލިއާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.

ލިއާ ފެނުމާއެކު ޕޫލްތެރޭ ފަތަމުން ދިޔަ ކައިލްއަށް ލިބުނު ހައިރާންކަމާއެކު ހަރަކާތްތައް މަޑުޖެހިއްޖެއެވެ. ދެވަނަ ސިކުންތުގައި އެއްމިޔަކަނުން ތުންފަތް ދެމިލީ އޭނާ ފެނި ލިއާއަށް ވެފައިހުރިގޮތް ފެނިގެންނެވެ. އެ ހަށިގަނޑަށް ލިއާ ބަލަން ހުރިގޮތް ކައިލްއަށް ފާހަގަވިއެވެ.

“ލިއާ…؟” ކައިލް ގޮވާލި ވަގުތު ލިއާ ހޭވެރިކަން ވެފައި އަވަސްއަވަހަށް މޫނުގައި އަތް އަޅައިފިއެވެ. އޭނާއަށް ނޭވާ ހިފާއްޓާލެވުނީ ކައިލް ޕޫލުން އަރަން އުޅޭހެން ހީވުމުންނެވެ.

“ޑޯންޓް…!” ލިއާއަށް ބޭއިހްތިޔާރުގައި ބުނެވުނެވެ. ކައިލްއަށް އެއްބުމަ ހިއްލާލެވުނެވެ. “ޑޯންޓް ވަޓް…؟”

ލިއާ ފުން ނޭވާއެއް ދޫކޮށްލަމުން ހަމަޔަކަށް އެޅޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އޭނާގެ ސިކުނޑިން ކައިލްގެ އެ ފިރިހެންވަންތަ ސިފަ ފިލައިގެންދާގޮތެއް ނުވިއެވެ. ހަމަލޮލަށް މިފަދަ ފުރިހަމަކަމެއް ފެނުމުން ލިއާއަށް ހީވަމުންދިޔައީ ފިލްމެއްތެރޭ އުޅެވޭހެންނެވެ. އޭނާގެ ހިޔާލުތައް ކިޔަމަންކުރަން މަސައްކަތްކުރަމުން އޭނާ ކައިލް ހޯދަން އައި މަގުސަދު ހަނދާންކުރިއެވެ.

“އަހަރެން މިއައީ ކައިލްއާއި ވާހަކައެއް ދައްކަން…” އަޑަށް ރުޅިވެރިކަން ގެންނަން މަސައްކަތްކުރަމުން ލިއާ ބުނެލިއެވެ. “އެބައުޓް…؟” ކައިލް އެއްބުމަ އަރުވާލި ގޮތުންވެސް ލިއާ ހިތްހުއްޓޭގޮތްވިއެވެ. ތެމިފައި ހުރިގޮތުން ކައިލް ފެންނަލެއް ހިތްހުއްޓޭހާ ފުރިހަމައެވެ. ލިއާއަށް އޭރު ހުރެވުނީ ޕޫލާއި ނުހަނު ކައިރީގައެވެ. ދެންމެ ޕޫލުން އަރައިގެން ދިޔަ މީހުންގެ ގައިން ފޭބި ފެންތަކުން ޕޫލްގެ އަރިމަތީގައި ފެންގަނޑު ހެދިފައި ވެއެވެ. ލިއާ ނުވިސްނާ ހުރެ ފިޔަވަޅު އެޅިއިރަށް ފެންތަކު މައްޗަށް އެރި ކާއްސާލައިފިއެވެ. ސިހިގެން އައި ވަގުތު ބާރަކަށް ހަޅޭއްލަވައިގަނެވުނުއިރު ލިއާގޮސް ޖެހުނީ ޕޫލްތެރެއަށެވެ.

ލިއާ ފެންގަނޑުގައި ޖެހުނު އަޑާއެކު ކައިލްއަށް ބަލާލެވުނެވެ. ދެވަނަ ސިކުންތުގައި ކައިލްއަށް ހެވުނެވެ. މަދު ފަހަރަކު ނޫނީ ނީވޭ ފިރިހެންވަންތަ ހުނުމުގެ އަޑު ލުއި މިއުޒިކެއް ފަދައެވެ. ކައިލްއަށް ކުއްލިއަކަށް ހުނުން ހުއްޓާލެވުނީ ލިއާގެ ހަރަކާތްތައް ހުރިގޮތް ފާހަގަވުމުންނެވެ. ފެންގަނޑު މަތީ މޫނު ބަހައްޓަން މަސައްކަތްކުރަމުން ލިއާ އަތްފައި ތަޅުވަމުންދިޔަ ގޮތުން ލިއާއަށް ފަތަން ނޭނގޭކަން ކައިލްއަށް އެނގުނެވެ. އޭރު ކައިލްއަށް ހުރެވުނީ އެ ދިގުދިގު ޕޫލްގެ އެންމެ އެކޮޅުގައެވެ. އެންމެ ސިކުންތެއްވެސް ބޭކާރު ކުރުމެއް ނެތި ކައިލް ފަތައިގަތީ ލިއާ ގާތަށް ދިއުމަށެވެ.

އަޑިއަޑިން ހަލުވިކަމާއެކު ފީނާލާފައި އައިގޮތަށް ކައިލް ލިއާގެ ހިމަ އުނަގަނޑުގައި ހިފާ އުފުލާލައިފިއެވެ. އޭރު ލިއާއަށް ވަނީ ފުދޭވަރަށް ގިނައިން ފެންބޮވިފައެވެ. ފެނުން މައްޗަށް މޫނު އުފުލިގެން އައި ހިނދު ލިއާ ކޮށިއަރައިގަތެވެ. ކައިލް އަވަސްއަވަހަށް ޕޫލް ވަށައިގެން ޖަހާފައިހުރި ޓައިލްސްތައް މަތީ ލިއާ ބޭންދިއެވެ. ކެއްސަމުންގޮސް ލިއާގެ ލޮލުން ކަރުނަ އޮހެމުންދިޔައެވެ. ހާސްވެ ކަންބޮޑުވެފައި ހުރި ކައިލް އަވަހަށް ލިއާ ގާތަށް ޖެހުނެވެ. އެވަގުތު ކުއްލިއަކަށް އޭނާ ހުއްޓުން އަރާގޮތްވިއެވެ.

ތެމިފައި ހުރުމުގެ ސަބަބުން އެތެރެއިން ލާފައި ހުރި ހުދު ޔުނީފޯމްގެ ތެރެއިން ލިއާގެ ތުނިތުނި ހަށިގަނޑު ފާޅުވާން ހުއްޓެވެ. ލިއާއަކަށް މިކަމެއް ނޭނގެއެވެ. މި ނާޒުކު ވަގުތުކޮޅުވެސް ކައިލްގެ ހިއްސުތައް ހަލަބޮލިކޮށްލައިފިއެވެ. ކައިލްއަށް ހިންދިރުވާލެވުނީ އުނދަގޫ ގޮތަކަށެވެ. އެނބުރުން އަރާފައި ހުރުމުން ލިއާ އުޅުނީ ޓައިލްސްމަތީ އިންނަން އުނދަގޫވެގެންނެވެ. އިށީނދެ އިންގޮތުން ލިއާގެ ދެފައި އޮތީ ޕޫލްގެ ފެންގަނޑު ތެރޭގައެވެ. ކައިލް ވިސްނަން ނުހުރެ ކުއްލިއަކަށް ލިއާ އަތްދަނޑިމައްޗަށް އުފުލާލައިފިއެވެ. ލިއާ ސިހިފައި ކައިލްގެ ކަނދުރާގައި އެއް އަތް އަތްއަޅުވާލެވުނެވެ. އެ ހާލަތުގައި ކައިލްގެ އަތުތެރޭ އޮންނަންވުމުން ލިއާ ލަދުން މަރުވާވަރުވިއެވެ. ތެމިގެން ހުއްޓެއް ކަމަކު ކައިލްގެ ހަށިގަނޑުގެ ހޫނުކަން ލިއާއަށް އިހުސާސްވިއެވެ. ކައިލް ގޮސް ބީޗް ޗެއަރއެއްގައި ލިއާ ބޭންދިއިރު އެ ހަށިގަނޑަށް ނުބަލަން މަސައްކަތްކުރަމުން ދިޔައެވެ. ޔުނީފޯމްގެ ބޭރުން ލައިގެންހުރި ލިއާގެ ޔުނީފޯމްގެ ޖެކެޓުގެ ދެފަރާތުގައި ހިފާ ކައިރިކޮށްލާ އެ ހަށިގަނޑު ނިވާކޮށްދިންއިރު ކައިލްގެ ލޭގެ ހިނގުން އަވަސްވެއްޖެއެވެ.

ލިއާ ބައިންދާފައި ކައިލް ހިންދެމިލުމާއެކު ލިއާއަށް ޖެކެޓުގެ ދެފަރާތުގައި ހިފާ ގާތްކޮށްލައިގެން އިނދެވުނީ ހާމަވެފައިވާ ކައިލްގެ ފިރިހެންވަންތަ ހަށިގަނޑަށް ބަލަން ނުކެރިފައެވެ. އޭރު އޭނާ ލަދުން ހަލާކުވަނީއެވެ. މިއަދުމީ އޭނާއަށް ބަދުނަސީބު ދުވަހެކެވެ. މިއަދު މުޅިންވެސް މި ދިމާވަނީ ލަދުން ހަލާކުވާވަރު ކަންތަކާއެވެ. ލިއާގެ ޖެކެޓު ކައިރިކޮށްލާ ކައިލް އެ ހަށިގަނޑު ނިވާކޮށްދިން ވަގުތު ލިއާއަށް ކިތައްމެހާވެސް ރަނގަޅަށް އެވަގުތު ކައިލްގެ ހާލަތު ނަގައިގަނެވުނެވެ. އޭނާ އިތުރަށް ލަދުގަތީ އެހެންވެއެވެ.

“އާރ ޔޫ އޯކޭ…؟’ ލޯ މަރައިގެން ލިއާ އިންގޮތުން ކައިލްއަށް ނުހުރެވިގެން ލިއާއާއި ދިމާލަށް ކުޑަކޮށް ތިރިވެލަމުން ސުވާލުކުރިއެވެ.

“އައި…އައި އެމް ފައިން…އެކަމް ބޭސްގަނޑު ތެމުނީމަ…” ލިއާ ލަދުން އިނދެވެސް އިޝާރަތްކުރީ ބޮލުގައި އަޅާފައިވާ ބޭސްގަނޑަށެވެ. އޭރު ބޮލުގައި ރިހުމެއް ހުއްޓެވެ. ކައިލް ހާސްވާގޮތްވިއެވެ. އެއަށްވުރެ ބޮޑަށް ލިއާ ކަންތައް ބޮޑުވެފައި އިނީ ކައިލް އެހާލަތުގައި ލިއާ ކުރިމަތީ ހުރުމުންނެވެ.

“ލެޓްސް ގެޓް ޔޫ ޓު ދި ހޮސްޕިޓަލް…ފަތަން ނޭނގޭ އިރުވެސް މިތަނަށް އަންނަން ވެއްޖެ ވިއްޔާ…” ކައިލް އުޅުނީ އެއްޗެހި ބަދަލުކުރަން ދާށެވެ. “އަހަންނަށް ކިހިނެއްތަ އެނގޭނީ އަހަރެން ވެއްޓޭނެ ކަމެއް…؟” މަޑުމަޑުން ލިއާ ބުނެލިއެވެ. ލަދުން ހަލާކުވާވަރުވެފައި ހުރިއިރު އެވަގުތު މައުލޫ ބަދަލުކޮށްލަން ލިއާއަށް ފެނުނީ އެންމެ ގޮތެކެވެ.

“ކައިލް…ޑިޑް ޔޫ ވޯރންޑް އިފާ…؟” ކައިލް ގޮސްފާނެތީ ހިފެހެއްޓުމުގެ ގޮތުން ލިއާ ސުވާލުކުރިއެވެ.

“ޔެސް…” ކައިލް ޖަވާބު ދިނީ ނުހަނު ފަސޭހައިންނެވެ.

“ކީއްވެ…؟” ލިއާ ނުރުހުމާއެކު އެހިއެވެ.

“ތީ ދެން މުހިއްމު ވާހަކައެއްތަ…؟ ތި ވާހަކައަށްވުރެ އަހަންނަށް މިވަގުތު ލިއާ މުހިއްމު…” ކައިލްގެ ބަރު އަޑު ޖެހުމުން ލިއާގެ އަތްފައި ފިނިވިއެވެ. ނަމަވެސް އޭނާ ދައްކަން އުޅޭ ވާހަކައަށް ސަމާލުވިއެވެ.

“އިފާ އަހަރެން ގާތު މާފަށް އެދުނޭ…” ލިއާ ކައިލްއަށް ބަލާލިއެވެ.

“އައި ނޯ…” ކައިލް ބުނެލިއެވެ.

“ދެން ކީއްކުރަން އަލުން އޭނާއަށް އިންޒާރު ދީ ބިރު ދައްކަނީ…؟” ލިއާ ވާހަކަ ދެއްކިއިރު އަޑަށް ހިތްހަމަނުޖެހުން ގެންނަން ޖެހުނީ މަސައްކަތްކުރާށެވެ. އެހާ ގާތުން ކައިލްގެ ފިރިހެންވަންތަ ހަށިގަނޑު ފެންނަމުންދިޔަ ގޮތުން މޭފަޅާ ހިތް ނިކުންނަން އުޅޭކަހަލައެވެ.

“ބިކޯޒް، މާފަށް އެދުމަކުން އަހަންނަކަށް އޭނާ ކުރި ކަންތަކެއް ހަނދާން ނައްތައެއް ނުލެވޭނެ…” ކައިލް ނުރުހުންވެ ހުރެފައި އެ އައިގޮތަށް ލިއާގެ ގާތަށް ތިރިވެލަމުން ލިއާގެ ދެފަރާތުން ބީޗް ޗެއަރގައި ދެއަތް ވިއްދާލިއެވެ. ލިއާގެ ނޭވާ ހުއްޓުނުކަހަލައެވެ. މިފަދަ ވަގުތެއްގައިވެސް ކުއްލިއަކަށް ލިއާގެ ހިޔާލުތައް އެނބުރުނީ ދުވަސްކޮޅެއް ކުރިން، ލައިބްރަރީގައި ކައިލްއާއި އެކު ހިނގައިދިޔަ ކަންތަކަށެވެ. ކައިލްގެ ބޮސްދިނުން ސިފަވެގެން އައި ހިނދު ބޭއިހްތިޔާރުގައި ޖެކެޓަށް ބާރުކޮށްލަމުން އަތް މުއްކަވާލެވުނެވެ. މިއިން ކަމެއްގެ ހިލަމެއް ނުވާ ހާލު ކައިލް ވާހަކަ ކުރިޔަށް ގެންދިޔައެވެ.

“އޭނާ މާފަށް އެދުނެއް ކަމަކު ދެޓް ޑަޒަންޓް ޗޭންޖް އެނީތިންގް ލިއާ…ޝީ ކެން އެޕޮލޮޖައިޒް…ޔޫ ކެން ފޮގިވް ހާރ…ދެޓްސް ޔުއަރ ޗޮއިސް…” ވާހަކަ ދައްކަމުން ކައިލް ފުން ނަޒަރަކުން ލިއާގެ ލޮލަށް ބަލާލިއެވެ. “ބަޓް ޕްރޮޓެކްޓިން ޔޫ އިޒް މައިން…!”

ކައިލްގެ ފަހު ޖުމްލަ އަޑު އިވިފައި ލިއާގެ މޫނުގައިވި ނުރުހުންތެރިކަން ފިލައިގެން ދިޔައީ އަޖައިބެއް ފަދަ ގޮތަކަށެވެ. އެ ފިރިހެންވަންތަ އަޑު އިވިގެން ދިޔައީ ހަށިގަނޑުން ހީބިހި ހަލުވާލާފައެވެ. “ކައިލް…”

“ލިއާއަށް މީހަކު އަނިޔާވެރިވާނަމަ އަހަންނަކަށް މަޑަކުން ނުހުރެވޭނެ…އަހަރެން ބުނަންވާ އެއްޗެއް ބުނާނަން…ވޯރނިން ދޭން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނަން…” ލިއާ ގޮވާލުމުންވެސް ސަމާލުކަމެއް ނުދީ ކައިލް އޭނާގެ ނިންމުން އިއްވާލިއެވެ. ލިއާއަށް މަޑުމަޑުން ދެފަރާތަށް ބޯހޫރާލެވުނެވެ.

“ޔޫ ކާންޓް ކީޕް ޑުއިން ދެޓް…” ލިއާ ބުނެލިއެވެ.

“އައި ކޭން…! އެންޑް އައި ވިލް…!” ކައިލް ބުނެލީ ޔަގީންކަމާއެކުއެވެ. ކައިލްގެ ރައްދު އަންނަމުން ދިޔައީ ވަގުތު ބޭކާރުކުރުމެއް ނެތިއެވެ.

“ކައިލްއަށް އަހަރެން ގާތު އުޅޭ އެންމެން ކޮންޓްރޯލް ކުރެވޭނެތަ…؟” ލިއާ އެހިއެވެ.

“ނޫނޭ…” ކައިލް ދުރުވެލަމުން ހިންދެމިލި ވަގުތު އެ ހަށިގަނޑުގެ ބާރުގަދަ މަސްލްތައް ހަރަކާތްކޮށްލިއެވެ. ލިއާއަށްވެސް އަވަހަށް ގޮނޑިން ތެދުވެވުނީ އިތުރަށް އެ ހަށިގަނޑަށް ބަލަން އިންނަން ވެއްޖެނަމަ އޭނާ އަނބުރައިގަނެފާނޭ ހީވާތީއެވެ. ކައިލް އެކަމަށް ފަރުވާލެއް ނެތި ލިއާ ގާތަށް ފިޔަވަޅު އެޅިއެވެ.

“ބަޓް އައި ކެން މޭކް ޝުއަރ ދޭ ނޯ ދެއަރ އާރ ކޮންސެކުއެންސެސް އިފް ދޭ ޑެލިބެރޭޓްލީ ހާރޓް ޔޫ…” ކައިލްގެ އަޑުގައިވީ ނުރައްކާތެރި ސީރިއަސްކަމެވެ. ލިއާ ރައްކާތެރި ކުރުމުގައި އޭނާ ފަހަތަކަށް ނުޖެހޭނެކަން ހާމަކޮށްދެމުންދިޔައެވެ. ވާހަކަ ދައްކަމުން ކައިލް ކުރިޔަށް ފިޔަވަޅު އަޅަމުންދިޔައިރު ލިއާ ސިހިފައި ހުރެ ފަހަތަށް ޖެހެމުން ދިޔައެވެ.

“އަހަ…އަހަރެން ކައިލް ގާތު ތިކަން ހުއްޓާށޭ ބުނެފިއްޔާ…؟” ލިއާ މަސައްކަތް ކުރަމުން ދިޔައީ ކައިލް އެ ހާލަތުގައި ހުރުމުން އޭނާއަށް އަސަރު ނުކުރާކަން ދެއްކުމަށެވެ. ދެކެވެމުން ދިޔަ ވާހަކަވެސް ހުއްޓާނުލީ އެހެންވެއެވެ. ނަމަވެސް އޭނާ ނާކާމިޔާބު ވަމުން ދިޔައެވެ.

“ލިއާ ބުންޏަސް އަހަރެން ނުހުއްޓާނަން…” ކައިލް ވާހަކަ ދައްކަމުން ފުން ނޭވާއެއް ދޫކޮށްލަމުން ދުރު ބަލާލިއެވެ. އަދި އެއަށްފަހު ލިއާއަށް ނަޒަރު ހުއްޓާލިއިރު އެ ލޮލުގައިވި ނުރައްކާތެރި ކުލަވަރާއެކުވެސް ރިހުމެއްގެ އަސަރު ފެނިލިއެވެ. “އައި ހެވް އޯލްރެޑީ ވޮޗްޑް ޔޫ ގެޓް ހާރޓް ވަންސް…އައެމް ނޮޓް ގޮއިން ޓު ސްޓޭންޑް ދެއަރ އެންޑް ޕްރެޓެންޑް އައި ޑޯންޓް ކެއަރ ޖަސްޓް ބިކޯޒް ޔޫ ޓެލް މީ ޓު…!” ކައިލްގެ ވާހަކަ އިވިފައި ލިއާގެ ހިތަށް ފިނި ވައިރޯޅިއެއް ޖެހިލިފަދައެވެ.

“ލިއާ މި ނިންމުމާ އެއްބަސް ނުވިޔަސް އަހަންނަށް އޯކޭ…އައެމް ނެވަރ ގޮއިން ޓު ސްޓޮޕް ޕްރޮޓެކްޓިން ޔޫ…!” ކައިލް އޭނާގެ ނިންމުން އިއްވާލިއެވެ. އިތުރަށް އެކަމާ ބެހޭގޮތުން އޭނާއާއި ޖަދަލު ކުރުމަކީ ބޭކާރު ކަމެއްކަން ލިއާއަށް އަންގައިދީފިއެވެ.

ކައިލްގެ ލޮލަށް ބަލަން ހުރިއިރު ލިއާގެ ބަސްހުއްޓިފައި ވެއެވެ. އޭނާއަށް ކައިލްގެ ވާހަކަތަކުން ހާމަވީ އެންމެ ކަމެކެވެ. ކައިލް މިއަދު ލިއާދެކެ ލޯބިވާކަން ހާމައެއް ނުކުރެއެވެ. އެކަން އަކުރުން އަކުރަށް ހާމަކުރުމުގެ ބޭނުމެއްވެސް ނެތީއެވެ. ކައިލް ލިއާއަށް ބަލާލާ ގޮތުން އެކަނިވެސް ލިއާއަށް އެ ލޯބި ފެނެއެވެ. އަދި ދާދި ދެންމެއަކު ކައިލް ދެއްކި ކޮންމެ ވާހަކައަކުން ސާބިތުކޮށްދިނީ ލިއާދެކެ ކައިލް ވާ ލޯތްބެވެ. ލިއާގެ ހިތް ހީވަނީ ފިތި ބާރުވެފައި ވާހެންނެވެ. އޭނާގެ ހިތަށް ސިފަވީ ރިހާނެވެ. ކައިލް މި ވާ ދަރަޖައަށް ރިހާން ދުވަހަކުވެސް އޭނާދެކެ ލޯބިވެދާނެ ބާއެވެ؟ އޭނާ ދެކެ މިހާ ލޯބިވާ ފަރާތެއް ދޫކޮށްލެވުމަކީ އަނެއްކާ ކުރެވުނު މޮޔަކަމެއްހެއްޔެވެ؟

ފަހަތަށް ޖެހެމުންގޮސް ލިއާއަށް ހުރެވުނީ ލޮކަރތައް ހުރި ބިތުގައި ބުރަކަށި ޖައްސާލައިގެންނެވެ. އޭރު ކައިލް އައިސް ލިއާގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ. ތެމިފައި ހުރިއިރު ލިއާގެ ދިގު އެސްފިޔަތަކާއި އެ އޮމާން މޫނު ފެންނަމުންދިޔަގޮތުން ކައިލްގެ ހިތުގެ ތެޅުން އަވަސްވިއެވެ. ތެމިފައި ހުރުމުން ކުލަ ގަދަވެފައިވާ ލިއާގެ ތުނި ތުންފަތަށް ނަޒަރު ހުއްޓި ކައިލްގެ ހިއްސުތައް ހަލަބޮލިވިއެވެ. އެ އިހުސާސްތައް ކިޔަމަން ކުރަން މަސައްކަތްކުރަމުން ކައިލްއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ ލިއާގެ މޫނަށް ބަލަން ހުރެއެވެ. ދެވަނަ ފަހަރަށް އެފަދަ ގޯހެއް ހެދޭކަށް އޭނާ ބޭނުމެއް ނޫނެވެ. ކައިލްގެ އެ ހަރަކާތުން ލިއާގެ ހިތުގައި ހީލިކެރުވުމެއް އުފެދުނެވެ. ހާމަ ނުކުރިކަމުގައިވިޔަސް ކައިލް އަމިއްލަ ނަފްސު ހިފަހައްޓަން މަސައްކަތްކުރަމުން ދިޔަގޮތް ލިއާއަށް ފާހަގަވެއްޖެއެވެ. އޭނާ އިތުރަށް ލަދުގަތީ އެހެންވެއެވެ. މިހާރުވެސް ހުސްގަޔާ ކައިލް އެހާ ގާތު ހުރުމުން ލިއާ ހުރީ ނޭވާ ލާން ދަތިވެފައެވެ. ހަމައެކަނި ސޯޓެއްގައި ހުރިއިރު މޭލް މޮޑެލްއެއް ފަދައެވެ.

ކައިރާ އާއި އިޝާން ވަދެގެން އައުމާއެކު ކައިލް އަވަސްއަވަހަށް ލޮކަރއެއްގެ ދޮރު ހުޅުވާލާފައި ނެގި ހުދުކުލައިގެ ބޮޑު ތުވާއްޔަކުން ލިއާގެ ގައިގައި ވަށާލަދިނީ އަވަސް ހަރަކާތާއެކުއެވެ. އިޝާން އާއި ކައިރާގެ މޫނުމަތިން ނުލަފާ ހިންޏެއް ފާޅުވީ ކައިލް ހުސްގަޔާ އެހާ ލިއާ ގާތު ހުރުމުންނެވެ.

“ފާޑުފާޑު އެއްޗެހި މައިންޑަށް ވައްދާނެކަމެއް ނެތް…ލިއާ ކައްސާލައިގެން ޕޫލަށް ވެއްޓުނީ…ބޭސްގަނޑު ތެމިފަ ހުރީމަ އަވަހަށް ހޮސްޕިޓަލަށް ދެވޭތޯ މިއުޅެނީ…” ކައިރާއާއި އިޝާން އެއްޗެއް ބުނުމުގެ ކުރިން ކައިލް ވާހަކަ ދެއްކިއެވެ. އޭރު ލިއާ ހުރީ ހިމޭންވެފައެވެ.

ކައިލްގެ ވާހަކަ އިވިފައި އިޝާން އާއި ކައިރާގެ މޫނުމަތިން ކަންބޮޑުވުން ފެނުނެވެ. ދެވަނަ ސިކުންތުގައި ކައިރާ ވައިސޫރިއެއްހެން އައިސް ހުރީ ލިއާ ގާތުގައެވެ. ލިއާ ގާތު އެއްވެސް އުނދަގުލެއް ވޭތޯ ސުވާލުކުރުމުން ލިއާ ޖަވާބުގައި ކުޑަކޮށް ބޮލުގައި ރިއްސައޭ ބުނެލިއެވެ. އޭނާ އާދައިގެ ގޮތަކަށް އެހެން ބުންޏަސް ކައިލްގެ ހަރަކާތްތައް އަވަސްވެއްޖެއެވެ. ލޮކަރުން ނެގި އެއްޗެހި ހިފައިގެން ކައިލް އަވަސް ހިނގުމެއްގައި ގޮސް ފާހަނަ ބަރިއަށް ވަނެވެ. އެވަގުތު ކައިރާ ލިއާ ގާތު މަޑުކޮށްލާށޭ ކިޔާފައި ދުވެފައި ގޮސް އެތަނުން ނިކުތެވެ. މިނެޓެއް ނުވަނީސް އޭނާ އައީ އޭނާގެ ސްޕޯރޓްސް ޔުނީފޯމާއި ޓްރެކްޝޫޓް ހިފައިގެންނެވެ. ލިއާ ގާތު ތެތް އެއްޗެހި ބަދަލުކުރާށޭ ބުނެފައި ކައިރާ އިޝާރަތްކުރީ އަންހެންކުދިންގެ ފާހަނަ ބަރިއާ ދިމާލަށެވެ.

ލިއާ ނިކުތްއިރު ކައިލްވެސް ނިކުމެ ހުރީ އިންތިޒާރުގައެވެ. ވަގުތު ބޭކާރު ކުރުމެއް ނެތި ހަތަރު ޒުވާނުން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ސްކޫލުން ބޭރަށް ނިކުތެވެ. އޭރުވެސް ސްކޫލް ގޯތިތެރޭގައި ކޮންމެވެސް ވަރަކަށް އިދިކޮޅު ޓީމްގެ ސްކޫލް ކުދިން އުޅެއެވެ. ސްޕޯރޓްސް ޔުނީފޯމްގައި ހުރި ކައިލް ފެނި އަންހެންކުދިންތައް މޮޔަވި ކަހަލައެވެ. އާގަމަވެފައި ތިއްބާ ކައިލް ސަމާލުކަމެއް ނެތި ގޮސް ސައިކަލަށް އަރައިފިއެވެ. ހަދާނެ ގޮތް ހުސްވެފައި ހުރި ލިއާއަށް ކައިލް ގޮވާލުމާއެކު ލިއާވެސް ފަސްޖެހިފައި ހުރެ ކައިލްގެ ފަހަތަށް އެރިއެވެ. އެވަގުތު ބަލަން ތިބި އަންހެންކުދިންނަށް ހީވީ ހިތި ބޭހެއް ބޮވުނުހެންނެވެ. ގަބޫލުކުރަން ދަތި ނަޒަރަކުން ކައިލްއާއި ލިއާއަށް ބަލަމުން ދިޔައީ ކައިލްފަދަ ފުރިހަމަ ޒުވާނަކާއި އެކަށީގެން ނުވާ އަންހެން ކުއްޖަކު ކައިލްގެ ސައިކަލު ފަހަތަށް އެރުމުންނެވެ. އެ ނަޒަރުތަކުން ލިއާގެ ހިތަށް ދަތިކަން ލިބުނެވެ. ނަމަވެސް ދުވަސްގަނޑެއް ފަހުން ކައިލްއާއެކު ސައިކަލުގައި އިންނަން ޖެހުމުން ހިތް ތެޅެމުންދިޔައީ ވަކިވަރަކަށް ނޫނެވެ. ކައިލް ސައިކަލު ދުއްވާލުމާއެކު އެ ސައިކަލު ފަހަތުން އިޝާންވެސް ސައިކަލުގައި ކައިރާ ގޮވައިގެން އައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 410 Stories100 Comments100 Login

A girl lost in pages and feelings ✨

Other Articles

Previous

އާރާ 4

Previews
September 19, 2026

އާރާ 4

4 Comments!

  1. ... says:
    September 19, 2026 at 2:59 pm

    Waaau…this story is just awesome…KAILLLLL 🥹💕

    1. Itxlevender Itxlevender says:
      September 19, 2026 at 4:00 pm

      Yeah…Kyle 😮‍💨🔥

  2. red rose says:
    September 19, 2026 at 3:27 pm

    omg this part is so intresting🙂👍🤍
    whn nxt
    cant wait to see what happen nxt😮

    1. Itxlevender Itxlevender says:
      September 19, 2026 at 4:01 pm

      Thank you ☺️💗 I’m glad you liked this part 💗

Comments are closed.

Next Episodeލޯބިން ބުނާތީ 5←


All Right Reserved!