Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 49

Itxlevender
Itxlevender Level 410 Stories100 Comments100 Login
September 24, 2026 4 Mins Read
7 Comments

ބޭސް އަޅާ ކޮޓަރީގައި އެނދުގައި ލިއާ އޮށޯވެ އޮތް އިރު އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ޑޮކްޓަރު އެކި ސުވާލު ކުރަމުން ދިޔައެވެ. ބޭސްގަނޑު ތެމިފައި ވީތީ އޭނާ ހުރީ ހިތްހަމަނުޖެހިފައެވެ. މާހައުލުގައި ހިފާލާފައި ވަނީ އެކި ވައްތަރުގެ ބޭސް ވަހެވެ. ނަރސް ކުއްޖަކު ބޭސް އަޅާ ސާމާނުތައް އަތް ގާތްކޮށްދެމުން ދިޔައެވެ. ކައިލް ހުރީ ލިއާ އޮތް އެނދުގެ ބޯކޮޅުގައި ހުއްޓިލައިގެންނެވެ. އޭނާގެ ސަމާލުކަން ދެވިފައިވަނީ ލިއާއަށެވެ. ނަރސް ދެފަހަރަކު ލިއާގެ ހާލު ރަނގަޅުކަމަށް ބުނެފިއެވެ. އެހެންވިޔަސް ކައިލް އެ ހުރި ތަނުން ގުޑާނުލިއެވެ. ތެމިފައިވާ ސަރަހައްދު ޑޮކްޓަރު ސާފުކުރަން ފެށުމާއެކު ލިއާއަށް ލޯ މަރާ ފިއްތާލެވިއްޖެއެވެ. އެވަގުތު ލިއާގެ އަތުގައި މީހަކު ހިފާލިކަން އިހުސާސްވިއެވެ. އެ އަތުގައިވި ހޫނުކަމާއި ލިއާގެ އަތަށް އެ އަތުން ބާރުކޮށްލި ވަގުތު ލިބުނު ހިތްހަމަޖެހުމުން ލިއާއަށް އެއީ ކައިލްކަން އިހުސާސްކޮށްދީފިއެވެ. ބޭސް އަޅާ ނިމެންދެން ލިއާ އޮތީ އެ އަތުގައި ހިފާއްޓައިގެންނެވެ.

ބޭސްއަޅާ ނިމުމުން ޑޮކްޓަރ ލިއާއާއި ވާހަކަ ދެއްކިއެވެ. ލިބިފައިވާ ޒަހަމާ ދޭތެރޭ ފަރުވާތެރިވާން ޑޮކްޓަރ ނަސޭހަތްތެރިވިއެވެ. ލިއާ އެ ވާހަކަތަކަށް ބޯ ޖަހާލަމުން އެނދުން ފޭބިއެވެ. ކައިލް ލިއާއަށް އެހީތެރިވީއިރު ކައިލްގެ ހަރަކާތްތަކުގައި ހުރި އަޅާލުން އެންމެންނަށްވެސް ފާހަގަވިއެވެ.

ލިއާއާއި ކައިލް ބޭސްއަޅާ ކޮޓަރިން ބޭރަށް ނިކުތުމާއެކު ގޮނޑިބަރީގައި އިންތިޒާރުގައި އިން ކައިރާ އަވަސްއަވަހަށް ތެދުވެގެން އައިސްފިއެވެ. ކައިރާ ފަހަތުން އިޝާންވެސް އައެވެ.

“މަޗް ބެޓާރ…” ލިއާގެ ބޮލުގައި އޮތް ބޭސްގަނޑަށް ބަލާލާފައި ކައިރާ ބޮޑުވައި އިނގިލި ދައްކާލިއެވެ.

“ތޭންކްސް…” ލިއާ މަޑުމަޑުން ބޭސްގަނޑުގައި އަތް ޖައްސާލިއެވެ. އޭރުވެސް ބޮލުގައި ރިހުމެއް ހުއްޓެވެ.

ލިއާއާއި ކައިރާ ކުރީގައި ތިބެގެން ވާހަކަ ދައްކަމުން ނިކުންނަން ދިޔައިރު ކައިލް އާއި އިޝާން ފަހަތުގައި ތިބެގެން އާދެއެވެ. އިޝާން ދައްކަމުން ދިޔައީ މިއަދުގެ މެޗުގެ ވާހަކައެވެ. ދެޖީބަށް އަތްޖަހައިގެން ހުރެގެން ލަސް ހިނގުމެއްގައި ކުރިޔަށް އައި ކައިލް އެ ވާހަކަތަކަށް ބޯ ޖަހަމުން ދިޔައެވެ. ހަމަ އެވަގުތެވެ. އެ ޒުވާނުންނަށް ދޮރުން ނިކުމެވި ހުއްޓާ ފަހަތުން މީހަކު ކައިލްއަށް ގޮވާލައިފިއެވެ.

“ދަރިފުޅު މިތަނުގައި ކީއްކުރަނީ…؟” ކައިލްގެ ކައިރިއަށް އައިސް ހުއްޓުނީ އަކީލްއެވެ. ޑޮކްޓަރ ކޯޓުގައި ހުރިއިރު ނުހަނު ޝަހުސިއްޔަތު ވަރުގަދަކަމަށް ދައްކައެވެ. އަދި ފެންނަލެއް ޒުވާންކަމާއި ފިރިހެންވަންތަކަމުން އަމިއްލަ ދަރިފުޅު ކައިލް އާއި އާލިކްއަށް ދޫނުކުރެއެވެ. އެ ބަރު އަޑުން އެކަނިވެސް ގައިން ހީބިހި ހަލުވާލާނެއެވެ.

ކައިލްއަށް ހަށިގަނޑު ސީދާކޮށްލެވުނެވެ. ޖަވާބު ދިނުމުގެ ކުރިން އޭނާއަށް ބަލާލެވުނީ އިޝާންއަށެވެ. ކައިލް ވާހަކަ ދައްކަން އުޅުމާއެކު އަކީލް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “މެޗު ނިންމާފަ އަދިވެސް ގެޔަށް ނުދަނީތަ…؟ ނޫނީ އަނެއްކާ ކުޅުމުގެ ތެރޭ އަނިޔާއެއް ވީތަ…؟” ކައިލް މިވަގުތު ހޮސްޕިޓަލުން ފެނުމުން އަކީލްއަށް ވިސްނުނީ އެފަދައިންނެވެ. އެ އަޑުގައި ކަންބޮޑުވުން ވިއެވެ.

ކައިލް ޖަވާބު ދިނުމުގެ ކުރިން އަކީލްގެ ނަޒަރު އެ ޒުވާނުންނަށް ވަކިވަކިން ހިންގާލިއެވެ. އެވަގުތު ކުއްލިއަކަށް މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. މޫނުމަތީގައި މީގެ އިރުކޮޅެއްކުރިން ހުރި ކަންބޮޑުވުމާއި ސުވާލުގެ ކުލަވަރު ފިލައިފިއެވެ. އޭނާގެ ލޮލުގައި ކައިރާގެ ފަހަތުގައި ހުރި ލިއާ އަޅައިގަތީއެވެ. އަވަސްއަވަހަށް މޫނުމަތީގައިވި ނުރުހުމުގެ އަސަރު ފަރުދާކޮށްލި ނަމަވެސް ލިއާއަށް އެ ބެލުން ފާހަގަނުވެ ނުދިޔައެވެ. އަކީލްގެ މޫނުމަތީގައިވި ހަމަޖެހުން އެކީ ގެއްލިގެންދިޔައިރު ދަތްތަކަށް ބާރުކޮށްލިކަން އެ މޫނަށް އައި ހަރަކާތުން ހުރީ ފާޅުވާށެވެ. އެ ލޮލުން ރުޅިވެރިކަމުގެ ހޫނު ފާޅުވިއެވެ.

ލިއާއާއި އެކު ކައިލް ހުރިތަން ފެނުމުން އަކީލްގެ ހިތުތެރޭގައި ނޭނގޭ ރުޅިވެރިކަމެއްގެ ހުޅު ފަޅައިގެން ދާން އުޅުނުކަހަލައެވެ. ކައިލް ލިއާއާއި އެކު މިވަގުތު މިތަނުން ފެންނަންވީ ކިއްވެހެއްޔެވެ؟ އަކީލްއަށް އިހުސާސްވީ ކައިލްގެ ކުރިމަތީގައި، އޭނާ މީގެ ދުވަސްކޮޅެއް ކުރިން ދެއްކި ވާހަކަތަކުގެ އެއްވެސް އަގެއް ނެތްފަދައަކުންނެވެ. ކައިލް ހުންނަ ތަނަކު ލިއާ ހުންނާކަށް އަކީލް ބޭނުމެއް ނޫނެވެ. އެ ދެމެދުގައި ކޮންމެފަދަ ގުޅުމެއް އޮތަސް އެ ގުޅުން އިތުރަށް ކުރިޔަށް ދިއުމަކީ އަކީލް ބޭނުންވާ ގޮތެއް ނޫނެވެ. ނަމަވެސް ހާލަތުގެ ގޮތުން އަކީލް އަމިއްލަ ނަފްސަށް މަޖުބޫރުކުރީ ހަމަޖެހިލައިގެން ހުރުމަށެވެ. އޭނާ މިވަގުތު އެހުރީ ވަޒީފާ އަދާކުރާ ތަނުގައެވެ. އަމިއްލަ ތަނެއް ކަމަކު އެ ހޮސްޕިޓަލަކީ އެތައް ބައެއްގެ ގަދަރާއި އިހުތިރާމް ލިބިފައިވާ ތަނެކެވެ. އޭނާގެ ހިތުގައިވި ހައިޖާންގަނޑު ބޭރުކުރަން ވެއްޖެނަމަ އަމިއްލަ އިއްޒަތަށް އުނިކަމެއް އައުމަކީ ގާތްކަމެކެވެ.

މާހައުލުގަވި ނުތަނަވަސްކަމަށް ނިމުމެއް އައީ ކައިރާ ކުރިޔަށް ޖެހިލާފައި އަކީލްގެ އަތު މުލައްދަނޑީގައި އޮޅުލައިގަތުމުންނެވެ. “ހޭ މައި ފޭވެރިޓް އަންކަލް…” ޖޯޝާއި އެކު ކައިރާ ގޮވާލީ ކުޑަކުއްޖެއް ފަދައިންނެވެ. އަކީލްގެ ނަޒަރު ކައިރާއަށް ހުއްޓުނުއިރު މިފަހަރު އެލޮލުގައިވަނީ ކުލުނުވެރިކަމެވެ.

“ލިއާ ޕޫލަށް ވެއްޓިގެން ބޭސްގަނޑު ތެމުނީމަ ޗޭންޖްކޮށްލަން ވެގެން މިއައީ…” ކައިރާ އެ ފޯރީގައި ވާހަކަ ދެއްކިއިރު އަކީލްގެ ހިތުގައި އޮތީ ކީކޭކަމެއް ނޭނގެއެވެ.

“އޯހ…” ފިނި އަޑަކުން އަކީލް ބުނެލިއިރު އެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވީ ގަދަކަމުންނެވެ. އޭނާގެ ނަޒަރު ދެން ހުއްޓުނީ ލިއާއަށެވެ. މިކަން ފާހަގަވެ ލިއާގެ ހިތް ނުބައި ގޮތަކަށް ތެޅިގަތެވެ.

“އާރ ޔޫ އޯކޭ…؟” އަކީލްގެ ފިނި އަޑު ޖެހުމުން ލިއާގެ ހިތް ނުތަނަވަސްވިއެވެ. އަކީލް އެ ސުވާލު ކުރިގޮތުން ހީވަނީ މަންޒަރު ރީތިކޮށްލުމުގެ ގޮތުން ކުރި ސުވާލެއްހެންނެވެ.

“ލަ…ލައްބަ…” އަތްފައި ފިނިވެފައި ހުރެ ލިއާ ޖަވާބު ދިނީ ވާހަކަ ނުދައްކާ ހުރުން ރީތިކަމަކަށް ނުވާނެތީއެވެ. އެހެން ނޫނަސް ހިތުގައި ކޮންމެފަދަ ބިރެއް އޮތްކަމަކު މިފަދަ އިއްޒަތްތެރިން ވާހަކަ ދެއްކުމުން އަޅާނުލާ ހުންނާކަށް އޭނާގެ އޮތީ ކޮން ފެންވަރެއްހެއްޔެވެ؟

“ގުޑް…” އަކީލް ޖަވާބު ދިންގޮތުން ލިއާއަށް ސިފަވީ ކައިލްއެވެ. ކައިލްވެސް ހަމަ މިފަދައިން ޖަވާބުދޭ މަންޒަރު ސިފަވިއެވެ. އަކީލްގެ އަޑު އައީ މަޑުމައިތިރިކޮށް ކަމަށްވިޔަސް އެ ލޮލުގައި އަކީލްގެ އަޑުގައި ވާފަދަ ހިމޭންކަމެއް ނެތެވެ. އެތަނުގައި ބާކީ ތިބި ޒުވާނުންނަށް ފާހަގަ ނުވާނެ ފަދައިން އަކީލް އޭނާގެ ލޮލުގެ ޒަރީއާއިން ލިއާއަށް ނުރައްކާތެރި އިންޒާރުގެ ނަޒަރެއް ދިނެވެ. އަކީލް ލިއާގެ ހާލު އޮޅުންފިލުވުމުގެ ބޭނުމަކީވެސް ލިއާގެ ސަމާލުކަން ހޯދުމެވެ. އޭނާ ދޭން ބޭނުންވި މެސެޖު ލިއާއަށް ދިނީ އެ ލޮލުގެ ޒަރީއާއިންނެވެ.

އަކީލްގެ ނަޒަރު ކައިލްއިން ލިއާއަށް ހުއްޓިފައި އަނެއްކާވެސް ކައިލްއަށް ހުއްޓުނު މަންޒަރު ލިއާއަށް ފެނުނެވެ. ލިއާއަށް އެ ލޮލުން ފެނުނީ ޑިނަރ ނައިޓް އޮތް ރޭގައިވެސް އެ ލޮލުން ފެނުން ނުރައްކާތެރި ފިނިކަމެވެ. އެރޭ ލިއާގެ ހިތަށް ކުރެވުނު އުނދަގޫ އިހުސާސް މިވަގުތުވެސް ކުރެވުނެވެ. ލިއާއަށް ދެއަތްދެއަތާ މޮޑެވުނެވެ. އަކީލް މިހާ ލިއާދެކެ ނުރުހެނީ ކީއްވެބާއެވެ؟

މާހައުލުގައިވި ނުތަނަވަސްކަމުގެ ހިލަމެއް ނުވާހާލު ކައިލް ހުރީ ހިމޭންވެފައެވެ. އަކީލް ކައިރާއާއި ވާހަކަ ދައްކާލުމަށްފަހު ކައިލްއަށް ނަޒަރު ހުއްޓާލިއެވެ. “ކެލް…! އަވަހަށް ގެޔަށް ދާތި…!” އަކީލް ބުނެލިއެވެ. “އައި ވިލް…” ކައިލް ބޯ ޖަހާލުމުން އިޝާންގެ ކޮނޑުގައި ޖަހާލާފައި އަކީލް ދާން ހިނގައިގަތެވެ.

އަކީލް ދާ މަންޒަރަށް ބަލަހައްޓައިގެން ހުރިއިރު ލިއާގެ އަތްފައި ވަނީ ފިނިވެފައެވެ. ކައިލްއަށް ލިއާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ލިއާގެ ލޮލުގައިވި ޖެހިލުންވުން ކައިލްއަށް ފާހަގަވިއެވެ. އޭނާއަށް ލޯ ހަނިކޮށްލެވުނެވެ.

“ލިއާ…ކަމެއް ގޯސްވީތަ…؟” ކައިލްއަށް ލިއާ ގާތަށް ޖެހެވުނެވެ. އޭނާއަށް ހީކުރެވުނީ ލިއާއަށް ތަނަކަށް ތަދުވުންކަހަލަ ކަމެއް ވަނީ ކަމަށެވެ.

“ނޫން…” ލިއާއަށް އަވަސްއަވަހަށް ބުނެވުނެވެ. ކައިލްއަކަށް އެ ޖަވާބު ގަބޫލެއް ނުކުރެވުނެވެ. އޭނާ ލިއާގެ މޫނުމަތީގައިވި ކުލަވަރު ދިރާސާކުރަން އުޅުނެވެ. ނަމަވެސް ލިއާ ބަލާލީ ދުރަށެވެ. އޭނާގެ ހިތުގައިވާ ކަންކަން ދެނެގަތުމުގައި ކައިލްއަށްވުރެ ކުޅަދާނަ މީހެއް ނެތެވެ. ކައިލްއަށް ލިއާގެ މޫނުގައިވި އަސަރުތައް ފާހަގަވާން ލިއާ ބޭނުމެއް ނުވެއެވެ.

ގެއަށް ދިއުމަށް ސައިކަލުގައި އިންއިރު ލިއާއަށް އިނދެވުނީ އިނދެވޭނެ އެންމެ ދުރުގައެވެ. އެހެން އިނދެފައި ކައިލް ސްޕީޑް ބާރުކޮށްލި ވަގުތު އެއްލައިގެން ދާގޮތްވުމުން ކައިލްގެ ޔުނީފޯމްގައި ހިފައިގަނެވުނެވެ. އަދި އެހާމެ އަވަހަށް ދޫކޮށްލައިފިއެވެ. ކައިލްއަށް މިކަން ފާހަގަވި ނަމަވެސް އެއްޗެއް ނުބުނެއެވެ. ދެ ޒުވާނުންނަށްވެސް ކުރީގެ ހަނދާންތަކެއް އާކޮށްދިން ކަމެއް ކަމުގައި އެކަންވިއެވެ. ވެރިވި ނުތަނަވަސްކަން ގެއްލުވާލުމުގެ ގޮތުން ކައިލް ވާހަކަދެއްކިއެވެ. ލިއާ ގާތު ބަލައިގެން އުޅުމަށާއި އަމިއްލަ ނަފްސަށް ފަރުވާތެރިވުމަށް ކައިލް ބުނެލިއިރު ލިއާއަށް މަޑުމަޑުން ހޫމް އަޅުވާލެވުނެވެ.

ގެއަށް އައިސް ވަދެވުނު އިރުވެސް ލިއާގެ މުޅި ނަފްސު ހިމޭންކަމެއްގައި ވާފަދައެވެ. މީގެ އިރުތަކެއް ކުރިން ރިހާންއާއި ގުޅިގެން އުޅުމާމެދު ހިޔާލު ތަފާތުވެފައި ހުއްޓާ އަކީލްގެ އެންމެ ނަޒަރަކުން ލިއާގެ ހިޔާލު ބަދަލުވެއްޖެއެވެ. ލިއާއަށް ޔަގީނާ ގާތަށް އަކީލް އޭނާއާއި ނުރުހޭކަން އެނގެއެވެ. އެ ނުރުހުން އެންމެ ބޮޑަށް ފާޅުވަނީ ލިއާ އާއި އެކު ކައިލް ވާ ވަގުތުތަކުގައެވެ. ލިއާއާއި ކައިލް އެކުގައި ފެންނަ ކޮންމެ ފަހަރަކު އަކީލްގެ ލޮލުން އެ ނުރުހުން ފާޅުވާން ޖެހޭ ސަބަބެއް ލިއާއަކަށް ނުވިސްނެއެވެ. އަނެއްކާ…… ހިތަށް އެރި އެއްޗަކުން ލިއާ ފިނިވާގޮތްވިއެވެ. އަކީލްއަށް ކައިލްގެ ހިތުގައި ލިއާއާއި މެދު ވާ އިހުސާސްތައް އެނގެނީބާއެވެ؟ މިހެން ހިތަށް ނާރަންވީ ސަބަބެއް ނެތެވެ. އަކީލް އޭނާ ދެކެ ނަފްރަތު ކުރަން ޖެހޭ އިތުރު ސަބަބެއް ނޯންނާނެއެވެ. ލޯމަރާ ފިއްތާލަމުން ލިއާ މޫނުގައި ބާލީސް އަޅާ ބާރުކޮށްލިއެވެ. އިރުކޮޅެއް ވަންދެން ހިމޭނުން އޮވެފައި އޭނާ ނިންމުމެއް ނިންމިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 410 Stories100 Comments100 Login

A girl lost in pages and feelings ✨

Other Articles

Previous

ނޭދެން ވަކިވާކަށް 39 ވަނަ ބައި

Next

މުޅި ހިތް ބޭޤަރާރު ވެއްޖޭ-29

Next
September 25, 2026

މުޅި ހިތް ބޭޤަރާރު ވެއްޖޭ-29

Previews
September 24, 2026

ނޭދެން ވަކިވާކަށް 39 ވަނަ ބައި

7 Comments!

  1. Anonymous says:
    September 24, 2026 at 8:00 pm

    ❤️

    1. Itxlevender Itxlevender says:
      September 24, 2026 at 9:35 pm

      💗

  2. ޚިޔާލުފާޅުކުރާމީހާ says:
    September 24, 2026 at 9:16 pm

    ވާހަކަ ރީތި އެކަމަކ ވަރަށް ބޮޑު ގުޅަ މިސްރާބަކަށް ދަނޫ…މިބުނޫ އަބަދުވެސް މުއްސަދި ޕޭރަންޓުން ހުންނަ ކޫދު މައިންބަފައިން ރުޅި އަންނާނީ ފަގީރު ކޫދާ…އަބަދު ވާހަކަތަކުން ފެންނަނީ އެޔާގޮތަށް..ދެން ލިޔާއަށް އޮންނަނީ އަނިޔާވެފައ އަބަދު ކައިލް ޓު ދީ ރެސްކިޔު..

    1. Itxlevender Itxlevender says:
      September 24, 2026 at 9:35 pm

      ދެއްވި ހިޔާލަށް ޝުކުރިއްޔާ ☺️ ތި ހީކުރާ ގޮތަށް ހަމަ ނުވެވެސް ދާނެ..އަދި ވާހަކަ ކުރިޔަށް އޮތީނޫންތޯ..؟ އުއްމީދުކުރަނީ ވާހަކަ ކިޔަމުންދާވަރަކަށް، ކިޔުންތެރިން އުއްމީދުކުރާފަދަ ހާދިސާތަކެއް ފެނިދާނެކަމަށް ☺️💗

  3. aiha says:
    September 24, 2026 at 10:12 pm

    vrh salhi

    1. Itxlevender Itxlevender says:
      September 24, 2026 at 10:49 pm

      Thank you 💗

  4. strawberrry says:
    September 24, 2026 at 11:30 pm

    gurllllll…….i have a feeeling kail ge dad is gonna do smt eyhh…..n uk reehaaan ge ehee aa ekoh…..but at the end he mind let kail n lia date as kail may experience smt due to smtt????
    anyway this part is also very niceeee…

Comments are closed.

Next Episodeލޯބިން ބުނާތީ 5←


All Right Reserved!