ލޯބި-49
*”ޕްލީޒް. އިހަށް މިތަނުން ދޭ.” ރީހާން އާއި ދިމާލަށް މާޔާ ބުންޏެވެ.*
“ކިހިނެއްވީ؟ ނުބައި އެއްޗެކޭ ބުނެވުނީތަ؟” މައުސޫމު ގޮތަކަށް ރީހާން އަހައިލި އެވެ.
“ނޫނޭ. އަހަރެމެންގެ ޅިޔަނަށް ކިހިނެއް ނުބައި އެއްޗެކޭ ބުނެވޭނީ. އެހާ ވިސްނުންތޫނު ޅިޔަނެއް އަހަރެމެން ހޯދާނީ ވެސް ކޮންތާކުން. މަ ހިތައް އަރަނީ ތިއްތަ ކަލޭ އާއި އެކީ އުޅެނީ ވެސް ކިހިނެއްބާއޭ. އެހާ ވެސް ވިސްނުންތޫނު.” މިންހާ ޖެއްސުމުގެ ރާގަކަށް ބުންޏެވެ.
“މަށަށް މަލާމާތް ކުރަނީތަ؟” ރީހާން އަހައިލި އެވެ.
“ދެން އެނޫން ކީއްތަ ކުރަންވީ؟ ތިއްތަ ގޮވައިގެން ޑޮކްޓަރ އަށް ދައްކަން ދާށޭ ބުނީމަ ތިބުނީ ދޮންތި ހުރީ ގޭގައޭ. ދޮންތި ލީވް ގަ ހުއްޓަސް އައިޒާ ހުންނާނެއްނު.” މާޔާ ބުންޏެވެ.
“އެނގެއޭ. އެކަމަކު މަ ބޭނުމީ މައި ގޮވައިގެން ޑރ. މިންހާ ކައިރިއަށް ދާން.” ބޯކަހައިލަމިން ރީހާން ބުންޏެވެ.
“ދެން ހެވޭ. ކަލޭ މިތަނުން ދޭ.” މާޔާ ބުންޏެވެ.
“އޯކޭ. މިދަނީ. ކަލޭމެން ދައްކާ ވާހަކަ އެއް ދައްކާ. މާ ހުރީމަ ނުދެއްކޭ ވާހަކަ އެއްނު.” ރީހާން ކުދިކިޔަމުން ގޮސް ގޭތެރެއަށް ވަނެވެ.
އެރެއެވެ. މިންހާ ބޭރަށް ދާން ތައްޔާރު ވަމުން ދިޔައިރު މާޔާ އޮތީ މިންހާގެ އެނދުމަތީގައި އޮށޯވެލައިގެންނެވެ.
“ދެން ދުވަސް ކޮޅަކުން ދާން ދޯ ތިއުޅެނީ. އަހަރެން ހާދަ ފޫއްސެއް ވާނޭ.” މާޔާ ބުންޏެވެ.
“އަންނާނަމޭ ދޭތެރެއަކުން.” ހީލަމުން މިންހާ ބުންޏެވެ.
“އަހަރެން ވެސް ބޭނުމީ އެހެން ތަނަކަށް ދާން. އެހެން ރަށަކަށް ބަދަލުވާން ވީ ކަންނޭނގެ. މިގޭތެރޭ ކިހިނެއް އުޅޭނީ.” މާޔާ އޭނާގެ ހިތުގައި ވީ އެއްޗެއް ބޭރު ކޮއްލި އެވެ.
“ކިހިނެއް އައި ވިސްނުމެއް؟” މިންހާ ހައިރާންވޭފައި މާޔާ އާއި ދިމާލައް ބަލައިލި އެވެ.
“ބޭބެ އުޅޭނީ މިގޭގައޭ މާމަ ބުނި ހިސާބުން އައި ވިސްނުމެއް އެއީ.”
“ނޮޓް އަ ބޭޑް އައިޑިއަރ. އެހެން ބަޔަކާއި އެކީގަ ވެސް ވޯކް ކޮއްލަން ލިބޭނެ. އެކަމަކު މާޔާ އެކަނި ގޮސްގެން ކިހިނެއް އުޅޭނީ.”
“ދެން އައި ވިލް މެނޭޖް. ކޮންމެސް ގޮތެއް ހަދާނީ. އެކަމަކު މި ނަރަކައިން ނުކުންނަން ބޭނުމީ.”
“މާޔާ. ތިހެން ބުނާކަށް ނުވާނެއެއްނު. އެނގެއެއްނު ބައްޕަމެން ވެސް މާމަ އާއި ދެކޮޅުކަން.” މިންހާ އައިސް މާޔާގެ މަގަތުގައި އިށީންދެލިއެވެ. “އެންޑް…އަދިޔަން އެއްޗެކޭ ބުނިތަ؟”
“ނޯ. އަދިޔަން ކީކޭ ބުނަންވީ؟” ސީލިންގާއި ދިމާލަށް ބަލަހައްޓައިގެން އޮވެ މާޔާ ބުންޏެވެ.
“ރޭގަ ބުނި މާޔާ އާއި ވާހަކަ ދައްކާލާނަމޭ. އެހެންވެ އަހާލީ.”
“ހެނދުނު ނުކުމެގެން ދިޔަ ގޮތަށް އަދި ނުދެކެން. ކޮން ވާހަކަ އެއް ދައްކަން؟” މާޔާ ތެދުވެ އިށީންދެލިއެވެ.
“ނޭނގެ. ހީ ލުކްޑް ވޮރީޑް ރޭގަ. އައި ޑޯންޓް ނޯ.” މިންހާ ދެކޮނޑު އަރުވާލަމުން ބުންޏެވެ.
“ދެން ވާހަކަ ދައްކަން ބޭނުމިއްޔާ ވާހަކަ ވެސް ދަްްކާނެއެއްނު. ދޮންތި ރެޑީ ވެބަލަ. ނާއިލް އަންނައިރު ވެސް ދޮންތި އޮންނާނީ ތިހެން.” މާޔާ މިންހާގެ އަތުގައި ހިފައިގެން ތެދުވި އެވެ.
“ލަސްވިއަސް އޯކޭ ވާނެ. އައި ނީޑް ޓު މޭކް ޝުއަރ އޮފް ޔޫ އަރ އޯކޭ.” ލޯގަނޑު ކުރިމައްޗަށް ހުއްޓިލަމުން މިންހާ ބުންޏެވެ.
“އައިމް ފައިން. ދައްކަބަ އަހަރެން ދޮންތިގެ ފުނާ އަޅުވާ ދޭނަން.” ޑްރެސިންގް ޓޭބަލް މަތީގައި އޮތް ފުނާ ނަގަމުން މާޔާ ބުންޏެވެ.
“މިރޭ ކޮން ލޯތްބެއް އެރީ؟” ހިނިއައިސްފައި ހުރެ މިންހާ އެހިއެވެ.
“ދޮންތި ދާން އުޅޭތީ އޭ.”
ދެކުދިން ސަކަރާތް ޖަހަމުން މިންހާ ތައްޔާރުވެ ނިމުނެވެ.
“ބަލާލަ މިރޭ ދޮންތި ރީތިކަން.” ފުޅާ ހިނިތުންވުމަކާއި އެކު މާޔާ ބުންޏެވެ.
“ދޮންތީ…ވާވު.” ވަދެގެން އައި ހަނާ ބުނެލިއެވެ.
“ތަންކޮޅެއް އޯވާ ކޮއް ކަންނޭނގެ، މާޔާ.” ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލަމުން މިންހާ ބުންޏެވެ. މޫނުގައި ފާޑު މޭކަޕް އެއް ކުރެވިފައި ވީއިރު އިސްތަށިގަނޑު ވެސް ވަނީ ރީތި ގޮތަކަށް ސްޓައިލް ކޮއްލެވިފައެވެ.
“ނޫނޭ. ވަރަށް ރީތި. އަސްލު މިއައި ނާއިލްބޭބެ އައިސް ހުންނަތާ އިރުކޮޅެއް ވެއްޖެއޭ ބުނަން.” ހަނާ ބުންޏެވެ.
“އައިސް ހުންނަތާއޭ؟ އެތެރޭގަތަ ހުރީ؟ އެހެންނޫނީ ދޮންތި ބޭރައް ނުކުންނާނީ. ކިހިނެއްވީ؟” މާޔާ ހައިރާން ވެފައި އަހައިލިއެވެ.
“ކުރިއާ އެއްގޮތެއް ނޫނޭ މިހާރަކު.” މިންހާ ބުންޏެވެ.
“އޯހ. ހިމް. ރަނގަޅު. ނަސީބަކުން ބައްޕަ މިގަޑީ ގެއަކު ވެސް ނޫޅޭ. އެހެން ނޫނަމަ ފަށާނެ ލެކްޗަރެއްދޭން.” ހަނާ ލޯ އަނބުރާލަމުން ބުންޏެވެ.
“އެންޑް އެކަނި އެގޮތެއް ނުކުތުން ވެސް ސޭފް އެއް ނޫން.” މާޔާ އިތުރު ކޮއްލި އެވެ.
“ދެން ތިދެމީހުން ވެސް ބަލައިގެން އުޅޭނީ. މާޔާ. އެކަނި އޮދޯއްޔައް ނުކުމެ ނޯންނާތި.” އިންޒާރުވެރި ގޮތަކަށް މިންހާ ބުންޏެވެ.
“އޯކޭ. އޯކޭ. ދެން ހިނގާބަލަ ބޭރަށް. އެބުނީ ނާއިލް އައިސް ހުންނަތާ އިރުކޮޅެއް ވެއްޖެއޭ. އެހާ ގިނައިރު އިންތިޒާރު ކުރުވާކަށް ވެސް ނުވާނެ އެއްނު.” ހެމުން މާޔާ ބުންޏެވެ.
“ނާއިލް ހުރެދާނެ މަޑުކޮއްގެން. ތިދެމީހުންނައް ރަނގަޅަށް ނަސޭހަތް ދޭންޖެހެއޭ.” ކޮޓަރިން ނުކުންނަމުން މިންހާ ބުންޏެވެ.
“ނާއިލް މަޑުކުރާނެކަން އެނގެއޭ. އެހެންވެ އެއްނު މިދުވަސް ވެސް މިފެންނަނީ.” މިންހާގެ ފަހަތުން ނުކުންނަމުން މާޔާ ސަމާސާގެ ރާގަކަށް ބުންޏެވެ. ހަނާ ވެސް ހޭންފެށިއެވެ. ނަމަ ވެސް މިންހާ އަކަށް މަޖައެއް ނުވިއެވެ.
“ސޮރީ. ދެން އެހާ ސީރިއަސް ނުވެބަލަ. މަޖަލަކަށް ބުނި އެއްޗެކޭ.” މިންހާ ހިތްހަމަނުޖެހުނުކަން އެނގުމުން މާޔާ ބުންޏެވެ. އިތުރު އެއްޗެކޭ ނުބުނެ މިންހާ ސިޓިންރޫމަށް ނުކުތެވެ.
“މިހުރީ ތިޔަ އިންތިޒާރު ކުރާ ކުއްޖާ.” މިންހާގެ ފަހަތުން ސިޓިންރޫމަށް ނުކުން މާޔާ ބުނެލިއެވެ. އޭރު އެތާގައި ނާއިލް އާއި ރީހާންގެ އިތުރުން ހަސަން އާއި ވިއާމް ވެސް ތިއްބެވެ.
ސަމާސާއަކަށް ބުނި ނަމަ ވެސް ބައްޕަ އިނުމުން މާޔާ ލަދުގަތެވެ. ވަގުތުން މާޔާގެ މޫނު ރަތްވި އެވެ.
“ކީއްވެތަ ނުބުނީ އެންމެން ތިބި ވާހަކަ؟” ހަނާގެ ކަންފަތް ދޮށުގައި މާޔާ އަހައިލި އެވެ.
“ނޭނގެއޭ. އެގަޑިއަކުނެތޭ.” ހަނާ މަޑުމަޑުން ބުންޏެވެ.
“މާޔާ. ތަންކޮޅެއް ވިސްނައިލައިފަ ވާހަކަ ދައްކަން ވެއްޖެއެއްނު.” ނުރުހިފައި ހަސަން ބުންޏެވެ.
“ސޮރީ.” އިސްޖަހައިގެން ހުރެ މާޔާ ބުނެލިއެވެ.
“ވަރަށް ރަނގަޅު. އަދިވެސް އުޅޭތި ސަކަރާތް ޖަހަން.” މިންހާ މަޑުމަޑުން މާޔާ އާއި ދިމާލަށް ބުންޏެވެ. މާޔާ މިންހާ އާއި ދިމާލަށް ލޯއަޅައިލިއެވެ.
“ހިނގާ ދާން.” ނާއިލް ބުނެލި އެވެ.
“ނާއިލް ނުކުމޭ. އަހަރެން މިދަނީ.” މިންހާ ބުންޏެވެ. އެއްބަސްވުމުގެ ގޮތުން ބޯޖަހައިލައިފައި ނާއިލް ނުކުތެވެ.
“މިންހާ. މާމަ އަށް އެނގުމުގެ ކުރިއަށް އަންނަންވާނެ.” ހަސަން ބުނެލި އެވެ.
“އަލަކަށް ނޫނެއްނު މިދަނީ. މާމަ އަށް ވެސް އެނގޭނެ އެކަން.” މިންހާ ބުންޏެވެ.
“ބޭބެ އަށް އެނގުމުގެ ކުރިން އަންނާތި.” ހަސަން ބުންޏެވެ.
“ބައްޕަ ވެސް ކީއްވެތަ ބޭބެ ދެކެ އެހާ ބިރުގަންނަނީ. ބޭބެ އަކަށް ނޭނގޭނެ. އަހަރެން އުޅެނީ ކޮޓަރީގޭ ބުނީމަ ނިމުނީނު.” މިންހާ ޝަކުވާ ކޮއްލި އެވެ.
“މާމަ ގޮސް ޗެކް ކުރާނެ.” މާޔާ ހަނދާން ކޮށްދިނެވެ.
“މިއީދެން އަޖައިބެއް ކަހަލަ ކަމެއް. ކުރިން ވެސް މާމަ އަށް އެނގިގެން ދަނީ. ބޭބެ އާއި ފަހުން މާމަ އަށް ވެސް މައްސަލައަކަށް ވެއްޖެ. ބޭބެ އައިސް މާ މާތް މީހަކަށް ވެގެން ވާހަކަ ދައްކަން ފެށީމަ މާމަ ވެސް ހުންނާނެ ވަރަށް ވެފަ. ޔަގީނޭ އަހަރެން ނެތް ކަން އެނގިއްޖެއްޔާ މާމަ ގޮސް ބޭބެ ކައިރީ ކިޔާނެކަން. އެމީހާ އަށް ކިޔެއްތަ.” މިހެން ބުނެފައި މިންހާ ބާރަށް ހިނގާފައި ގޮސް ގެއިން ނުކުތެވެ.
“ދޮންތި އެހުރީ ވަރަށް ރުޅި އައިސްފައި.” ހަނާ މާޔާ ގާތު ބުނެލި އެވެ.
“އާނ. ގޮސް ނާއިލް އާއި ދިމާލަށް އެއްޗެކޭ ނުބުނެ ފިއްޔާ ރަނގަޅު. ހިނގާ ދާން އެތެރެއަށް.” މާޔާ ބުންޏެވެ.
“ކޭން ވީ ވޯކް؟” ނާއިލް ގާތުގައި މިންހާ އަހައިލި އެވެ.
“މިން ބޭނުން ގޮތެއް.” މިހެން ބުނެފައި ނާއިލް މިންހާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
މިންހާ ގޮވައިގެން ނާއިލް މިސްރާބު ޖެހީ ޖެޓީ އާއި ދިމާލަށެވެ. ދިޔަ މަގުމަތީގައި މިންހާ ބެލީ ވީހާ ވެސް އާދައިގެ ގޮތަކަށ އޭނާގެ ވާހަކަތައް ބެހެށްޓޭތޯއެވެ. ނަމަވެސް މިންހާގެ ހަރަކާތްތަކަށް އައިސްފައިވާ ބަދަލު ނާއިލް އަކަށް ނުފޮރުވުނެއްކަމަކު ނާއިލް ސުވާލެއް ވެސް ނުކުރެއެވެ.
“ކީއްވެ ނުބުނީ؟” ޖެޓީ ކޮޅުގައި އިށީންދެގެން ތިބެ އެކި ވާހަކަތައް ދައްކަމުން ގޮސް ނާއިލް އަހައިލި އެވެ.
“ކޯއްޗެއް؟” ސުވާލުގެ ނަޒަރަކުން ނާއިލް އާއި ދިމާލައް ބަލައިލަމުން މިންހާ އަހައިލިއެވެ.
“މިންގެ ބޭބެ އައިސް އުޅޭއޭ.”
މިންހާ ބަލައިލީ ދުރަށެވެ. އޭނާ އުޅުނީ އެވާހަކަ ބުނާށެވެ. ނަމަވެސް އޭގެ ކުރިން ނާއިލް އައް އެނގުމުން ހައިރާންވި އެވެ.
“ރޭގަ މިން ވާހަކަ ދެއްކީ ފާޑަކަށް. ޓަޔަޑް ވެފަ ހުރީމަ އޭ ބުނީ. ބަޓް އައި ނިއު ސަމްތިންގް އެލްސް ހެޕެންޑް.” ނާއިލް ބުންޏެވެ.
“ދެން… ކިހިނެއް އެނގުނީ…؟” އަނެއްކާވެސް ނާއިލް އާއި ދިމާލަށް ބަލައިލަމުން މިންހާ އެހިއެވެ.
“އައި ވޯޒް ވެއިޓިން ފޯ ޔޫ. ދެން ވާހަކަ އެއްގެ ތެރެއިން ރީހާން ބުނީ.”
“އޯހ. އަހަރެންނާއި ހެދި ވަރައް ގިނައިރު ހުންނަންޖެހުނު ދޯ؟”
“އިޓްސް އޯކޭ. މިން އައްޓަކާ ކިތަންމެ ގިނައިރު ވެސް ވެސް މަޑު ކޮއްފާނަން.” މިންހާގެ އަތުގައި ހިފައިލަމުން ނާއިލް ބުންޏެވެ. ” ޔޫ ލުކް ޑިފަރެންޓް ޓު ނައިޓް.”
“ތަންކޮޅެއް އޯވަރ ވެފަ ދޯ. މާޔާ ކުރިކަމަކޭ.”
“ނޯ. ވަރަށް ރީތި.”
މިންހާ ލަދުން އިސްޖަހައިލިއެވެ.
“ކޮބާ މިންހާ. މައިހާގެ ދެމަފިރިންނެއް ވެސް ނެތް.” ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމައް ކާމޭޒު ދޮށައް އެންމެން އެއްވެ ތިބެ މަރިޔަމް ބުންޏެވެ.
“ދޮންތި ބުނީ ނުކާނަމޭ މިރެއަކު.” ހަނާ ބުންޏެވެ. އޭނާ އެހެރީ ދޮގެއްކަން މަރިޔަމް އާއި ޒައިދު ފިޔަވައި އެހެން ހުރިހައި އެންމެންނަށް އެނގެއެވެ.
“ކޮންމެ ވަގުތަކު ވެސް ރަނގަޅަށް ކަންވާނެ. ޒުވާން ކުދިން ތިޔައީ.” މަރިޔަމް ނަސޭހަތުގެ ރާގައް ބުންޏެވެ.
“ފަހުން ކާން ބޭނުމިއްޔާ އައިސް ކާނެއެއްނު. އަޅާ ނުލާ.” ރިޝްފާ ބުންޏެވެ.
“ކޮންމެ ވަގުތަކު ވެސް ކާންވާނީ އެންމެން އެއްކޮށް. ދެން ކޮބާ މައިހާ އާއި ރީހާން؟” މަރިޔަމް ހިތްހަމަނުޖެހިފައި އެހިއެވެ.
“ހޮސްޕިޓަލަށް ދިޔައީ.” ރިޝްފާ ޖަވާބުދިނެވެ.
“ހޮސްޕިޓަލަށޭ؟ ކިހިނެއްވީ؟” މަރިޔަމް ކަންބޮޑުވިއެވެ.
“ނޭނގެ. މައިހާ މާބޮޑަށް ބަލިވީ ކަންނޭނގެ.” ރިޝްފާ ބުންޏެވެ.
“ހިމް. ފަހުން ދާން މަޑުނުކުރެވެނީތަ؟” މަރިޔަމް ނުރުހުން ފާޅުކުރިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

