Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާނަން ލޯބިން އުމުރަށް

_MuXo_
_MuXo_ Level 110 Stories
September 12, 2026 6 Mins Read
4 Comments

ޗެޕްޓާރ 7:-މާހިން

އޮނދޯލީގައި އޮތް އިޒްދާން ފެނި އަހަރެން ގާތަށް ބޮޑަށް ރުޅި އައެވެ. ބަފަޔާ އަމާގެ ލެކްޗަރު އަޑުއަހަން ޖެހުނީ ޔޫރާ އާއި ހެދިއެވެ. އަަހަރެން އިޒްދާން އަށް ކޮންމެގޮތެއް ހެދިޔަސް އަޅެފަހެ ޔޫރާ އަށް ކިޔެއް ހެއްޔެވެ؟ މަންމަ ބުނީ އިޒްދާން ކާރީ ސޮރީ ބުނާށެވެ. ނުބުނެފިއްޔާ އަދަބު ލިބޭނެއެވެ. އަދަބު ލިބޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އިޒްދާން އާއި އަރާހަމަވުމުން އޭނާ އެއްލޯ ހުޅުވާ ބަލާލިއެވެ. އަހަރެންކަން އެނގުމުން ތެދުވެއްޖެވެ. އޮނދޯލީގަ އަހަރެން ވެސް އޮށޯތީމެވެ. އިޒްދާން އިނީ އަހަރެންނަށް ބަލާށޭވެ. ވާހަކަ ފަށަންވި ގޮތެއް އަހަރެންނަކަށް ނޭނގުނެވެ. ހަމަ ސޮރީ ބުނެލާށެވެ. ގަމާރެކެވެ. ކޮންމެހެން ބޮޑު ވާހަކަގަނޑެއް ފަށާކަށް ނުޖެހެއެވެ.

“އަމްމް.. އައިމް ސޮރީ ރޭގަ.. އެހާ ހަޑިކޮށް ވާކަދެއްކުނީމަ..” އަހަރެން ބުނީމެވެ. އިޒްދާން ހިނިތުންވެލިއެވެ. އޭނާ އުފަވީ ހެއްޔެވެ؟ އެއްޗެކޭ ނުބުނެ އޭނާ އޮށޯވެލިއެވެ. އިޒްދާން ބަހެއް ނުބުނެ އެވެ. އޭނާ ހަމަ އޮތީއެވެ.

“ޑޫ ޔޫ ހޭވް އެނީ ގާރލް ފްރެންޑް..؟” އެސުވާލު އަހަރެންގެ ދުލުން ބޭރުވީ ކިހިނެއް ކަމެއް ވެސް ނޭނގެއެވެ.

“ޕިސް..” އޭނާގެ ޖަވާބު ކުރެވެ. އެއީ އަނެއްކާ ތެދެއްހެއްޔެވެ؟

“ޑިޑް ޔޫ..؟” އަނެއްކާ ވެސް އެހީމެވެ.

“އެހާ އިންޓްރެސްޓް އެއް ނެތް ތިކަހަލަ ކަމަކާ..” އިޒްދާން ބުންޔެވެ.

“ވެލް ބްރޯ ޔުއާރ މިސިން އައުޓް..” އަހަރެން ހިނިގަނޑެއް ޖަހާލީމެވެ. އިޒްދާން ހަމަ ރަގަނޅަށް ވެސް ހަމަ ގަމާރީއެވެ.

“ޑޫ ޔޫ ހޭވް އެނީ ފްރެންޑްސް..” އަހަރެން ބޭނުމީ އިޒްދާން އާއި ބެހޭ ހުރިހާ އެއްޗެއް އެނގޭށޭވެ. ނަމަވެސް ކީއްވެ ހެއްޔެވެ؟

“ޔާރ.. ބެސްޓް ފްރެންޑް އެއް ހުރޭ.. އެކަމު މިހާރު ލޯނގް ޑިސްޑް..” އެއަޑުގައި ހިތާމަ އެކުލެވިފައި ވެއެވެ. އަނެއްކާ އެ ބެސްޓް ފްރެންޑް އަކީ ކާކު ހެއްޔެވެ؟ އިޒްދާން އޮތީ ދެލޯ މަރާގެންނެވެ. އަހަރެންގެ ހިތުގެ ކަނެއްގައި ރިއްސާލިއެވެ.

“ސޭޑް..” ބުނަންވި އެއްޗެއް ނޭނގިފައި ހުރެފައި ބުނީމެވެ.

ދެމީހުން އެހެން އޮށްވައި އަހަރެންނަށް ނިދުނެވެ. ހޭލެވުނީރު އިޒްދާން އޮތީ ނިދާފައެވެ. ގަނޑިން ވީއިރެއް ނޭނގެއެވެ. އިޒްދާން އަށް ގޮވަންވީ ހެއްޔެވެ؟ އެއީ ކީއްކުރަންހެއްޔެެވެ؟ ބޭއްވީމަ ވީނޫން ހެއްޔެވެ. ގޭތެރެއަށް ވަދެ ގަނޑި ބަލާލީމެވެ. ތިނެއް ޖަހާފިއެވެ. އެކަކު ވެސް އަހަރެންނަށް ނޮގޮވީ ކީއްވެ ހެއްޔެވެ؟ ގޮވަން ޖެހޭނެއް ނޫންހެއްޔެވެ؟ އިޒްދާން އަށް ގޮވަންވީ ހެއްޔެވެ؟ އެފަކީރު އެކަނި އެހެން ބާއްވާކަށް ނުވާނެއް ނޫންހެއްޔެވެ؟ އިޒްދާން އަށް ގޮވީމެވެ. ދެމީހުން އެއްކޮށް ގޮސް ކޮޓަރިއަށް ވަނީމެވެ. އިޒްދާން އަނެއްކާ ޖެހިގަތީ އެނދަށެވެ. މީއްޗަކު މިއަދަކު އެނދުން ހިއްލައެއް ނުލާނެވެ. އެއީ ޔަޤީންކަމެކެވެ. އަހަރެން ފޫހި ވިއެވެ. އަހަރެންގެ ރައްޓެހި ކުދިން ވެސް ރަށަކު އުޅެނީކީ ނޫނެވެ. އެއްބަޔަކު މާލޭގައެވެ. އަނެއް ބަޔަކު އެހެން ތާކު އެވެ. އަބަދު އެލީޝާ އާއި އެކީ ވެސް ނުދެވޭނެއް ނޫންހެއްޔެވެ؟ ވަރަށް ފޫއްސެވެ. ހުސްމެން އިޒްދާން ކަންތަކެވެ.

މުޅި ދުވަސް އޮންނަން ޖެހުނީ ގޭގައެވެ. ކިތައްމެހާ ވެސް ފޫހި ވިއެވެ. އިޒްދާން ގެންގުޅޭ ވާހަކަފޮތެއް އޭނާ އަތުން ޖަހައިގަނެގެން އެކިޔަން ފެށީމެވެ. ވާހަކަ ކިޔުމަކީ އަހަރެން އެހާ ކުރާ ހިއްވާ ކަމެއް ނޫނެވެ. ނަމަވެސް އިޒްދާން ގެންގުޅޭ ވާހަކަތައް އެހާ ވެސް ސަޅިއެވެ. އެހާ ވެސް ސްޕައިސީ އެވެ.

ޗެޕްޓާރ8:- އިޒްދާން

ބޮޑު ބަންދު ނިމި ސުކޫލު ހުޅުވާފިއެވެ. އަހަރެން ހީއްކުރީ އަހަރެން އާކުއްޖަކަށްވީމައި އެކުވެރިން ނުުލިބޭނެ ކަމަށެވެ. ވާހަކަ ދައްކާލާނެ ކުއްޖަކު ނުވާނެ ކަމަށެވެ. ނަމަވެސް އެއީ ހުސްމެން ކުއްހީއެވެ. ވަރަށް ގިނަކުދިން އަހަރެންގެ އެކުވެރިއަކަށް ވުމަށް އެދުނެވެ. އަހަރެން ހުރީ އުފަލުންނެވެ. އަހަރެން ކާރީ އިންނަ ކުއްޖާ އަަހަރެންނާ ވަރަށް ގިނަ ސުވާލު ކުރިއެވެ. ދެމީހުން ވަރަށް އަވަހަށް އެކުވެރިވިއެވެ.

“އިޒްދާން ހީވަނި ބޭރު ކުއްޖެއްހެން..” އިންޓަވަލް ގަނޑީ ބޭރުގައި އުޅެނިކޮށް ކުއްޖަކު ބުނެލި އަޑު އިވުނެވެ. ބާވަރެއް ކުދިން އަހަރެންނަށް ބަލަން ހުންނާތީ އަހަރެން ލަދުގަތެވެ. އެއްލި ކަޅިއަކުން ފެނުނީ މާހިން އާއި އެލީޝާ އެވެ. އެދެމީހުން ތިބީ އަހަރެންނަށް ބަލާށެވެ. މާހިން ހީވަނީ އަރާކާން އުޅޭ ފުރޭތަ އެއް ހެންނެވެ. އެލީޝާ އިނީ ހިނިތުންވެލާގެންނެވެ. އޭނާ ހަނާ އަޅާލިއެވެ. އެއްމެން ގަނޑު ތެރޭ ހަނާ ނާޅަން ވެގެން އަހަރެން ގޮސް ކްލާހަށް ވަނީމެވެ. ސުކޫލު ނިމި ގެޔަށް ދިއުމުން މަންމަ ސުވާލު ކުރަން ފެށިއެވެ. އެހުރިހާ ސުވާލުތަކަށް ޖަވާބުދިނީ ޔޫރާ އާއި ތާޔާ އެވެ. މަންމަ ބުނީ ނުވައެއްގެ އަހަރު ކަމުން ވަރަށް މަސަށްކަތް ކުރަން ވާނެ ކަމަށެވެ.

އެއްދުވަހު ސުކޫލު ނިމި ދެމީހުން ތިބީ ފިލާވަޅު ހަދާށެވެ. މިއަދު މާހިން ހީވަނީ މާ ރުޅި އައިސް އިންނަ ހެންނެވެ. އަހަރެން އަޅައެއް ނުލަމެވެ. ފިލާވަޅު ހަދާ ނިމުނު ތަނާ ހުޝާމް ގުޅަން ފެށިއެވެ. އަހަރެންނަށް ފޯން ނެގުމުގެ ކުރިން މާހިން އެޖަހައިގަތެވެ. އަހަރެން އިނީ އާޝޯހް ވެފައެވެ.

“ހަލޯ.. މީކާކުތޮ ބަލާނެ ކަމެއް ނެތް.. އިޒްދާން އިނީ ފިލާވަޅު ހަދަން..” އެހެން ބުނި ގޮތަށް ފޯން ކަޑާލިއެވެ. އަހަރެން ހިތްހަމަ ނުޖެހުނެވެ. އަހަރެން ފިލަވަޅުތަށް ހަދާ ނިމިއްޖެއެވެ. ދެން ލޮލުގައި އަޅާގަތީ ކެމިސްޓްރީ ވޯކްޝީޓް އެވެ.

“ކީއްތިކުރީ..؟” އަހަރެން އަހާލީމެވެ. މާހިން އިސްއުފުލާ ބަލާލީ ލަސްލަހުންނެވެ. އޭނާގެ ކަޅިރަވަ ތޫނު ކަމުން އަހަރެންގެ ގައިން ހީބިހި ނަގާގެން ދިޔައެވެ.

“ފިލާވަޅު މެދުތެރޭން މީހުންނަށް ގުޅާ ޗެޓް ކުރީމަ ފޯކަސް ގެއްލޭނެ..” މާހިން ބުންޏެވެ. އަހަރެންނަށް ލޯއަނބުރާލެވުނެވެ. އޭނާ އަށް އައި ފޯނެއް ވެސް ނޫނެވެ. ފޯކަސް ގެއްލޭނީ އޭނާގެ އެއް ނޫނެއް ނޫންހެއްޔެވެ؟ އަހަރެންނަށް ޔަގީނެވެ. މިހާރު ވެސް އެލީޝާ ގުޅާބަލާށެވެ. ފޯނުނަގައި ގަހު ކުރިޔަށް އަރައި އޮންނާނެވެ. ބޮޑު ބަލާ އެކެވެ. މާހިން އާއި ހެދި އެހެން މީހަކަށް ދިރިނޫޅެވޭނެ އެވެ. އެކަމާ ނުވިސްނާ އަހަރެން ބެލީ ފިލާވަލު ނިއްމޭތޯ އެވެ.

ފިލާވަޅުތަށް ހަދާ ނިއްމާފައި ތިރިޔަށް ފޭބީރު ގަނޑިން ދެގަނޑި ބައިވެއްޖެއެވެ. މާހިން ވެސް އަހަރެންނާ އެކު ތިރިޔަށް އައެވެ. މާއަޑުގަަ ވެގެން ބަލާލީރު ޔޫރާ އާއި ތާޔާ ތިބެގެން ހެނީއެވެ. ތާޔާ ހީވަނީ ދެއްމެ ދެއްމެ ބިންމައްޗަށް ދެމިދާނެ ހެންނެވެ. ވީ ކިހިނެއް ކަމެއް ނޭނގެއެވެ. ދޮންތަބެ އެހެނީ ތާޔާ ބައްޕައިނީ އަނގަނަގާ އަތަށް ލައިގެން ބަލާށެވެ. މާހިން އަހަރެންގެ އަތުގައި ހިފައިގެން ނުކުތީ ބޭރަށެވެ. ބޮނޑު އޮނދޯއްޔާ އަރާހަމަ ވެފައި އޭނާ އަހަރެންގެ އަތުން ދޫކޮށްލިއެވެ. އަހަރެން ގޮވާގެން މިތަނަށް އައީ ކީއްކުރަން ހެއްޔެވެ؟

ޗެޕްޓާރ9:- މާހިން

“ކީއްކުރަން އަހަރެން ގޮވާގެން މިތަނަށް އައީ..؟” އިޒްދާން އަހާލިއެވެ. އަހަރެންނަށް އެޔަށް ޖަވާބެއް ދޭކަށް ނޭނގުނެވެ. އިޒްދާން މިތަނަށް ގެނައީ ތާޔާ އާއި ޔޫރާ އާއި އެކީ އިޒްދާން ގޮސްދާނެތީއެވެ. އެކަމު އެމީހުންނާއި އެކު އިޒްދާން ދިޔައަސް އަހަރެން އަސްލު އަޅާލާކަށް ނުޖެހޭނެއެވެ. އަހަރެންގެ ހިތް ހާދަ ދެފުއްކެހެރިއެވެ.

“އިޒްދާން އާއި އެކީ ގިނަ ވަގުތު ހޭދަ ކުރަން ބުނެފިއްޔާ އޯ..؟” އަހަރެން ދެއްކީ އެހެން ބަހަނާއެކެވެ. އިޒްދާން ބަހެއް ނުބުނެ އިނީ ބަލާށެވެ. އަހަރެން ބޭނުންވީ އިޒްދާންގެ އިސްތަށި ގަނޑުގައި ހިފައި ދަމައި ގަންނާށެވެ. ބިމަ ޖަހާށެވެ. އެމޫނުގައ ދެތިން ބޮނޑިއެއް އަޅާލާށެވެ. އެކަމު އެހެން ހަދާކަށް ނުވާނެއެވެ. އެއީ ވެސް އަހަރެންގެ ކޮއްކޮ އެކެވެ.

“ދޮގެއް.. އެއްމެނަށް ވެސް އެނގޭ މާހިން އަހަރެން ދެކެ ރުޅި އަންނަކަން..” އިޒްދާން ބުނެލިއެވެ. އަހަރެން ބޭނުންވީ އޭނާގެ ކަންކަށި މަތި އިރާލާށެވެ.

“ސަލާމަތެއް އެއްގޮތެއް ވެސް ނެތެއްނު..” އަހަރެން ގާތަށް ރުޅި އައެވެ. އިޒްދާން އަހަރެން ކާރީ އިންނަން ބޭނުން ނުވަނީ ކީއްވެހެއްޔެވެ؟ އަހަރެންމީ ހަމަ އެހާ ނުލަފާ ގޯސް މީހެއް ހެއްޔެވެ؟

ދުވަސްތަށް އާދައިގެ ގޮތަކަށް ދިޔައިރު އަހަރެން ގިނަ ވަގުތު ހޭދަ ކުރަން ޖެހުނީ ސުކޫލުގައެވެ. ޖީސީ ބޯމަތިވެފައޭ ކިޔާފައެވެ. އެވެސް ތެދެކެވެ. ގިނަ ވަގުތުހޭދަކުރަން ޖެހުނީ ކިޔެވުމަށެވެ. އެލީޝާ އަބަދުހެން އަހަނީ އިޒްދާން ވާހަކައެވެ. އަހަރެން ބޮލަށް އުނދަގޫވެއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ހުންނަނީ މިގުޅުން ނިމިދާކަށް އަަހަރެން ނޭދޭތީއެވެ.

އެއްދުވަހު ހަވީރުގެ ވަގުތެވެ. އެލީޝާގެ އެދުމުގެ މަތިން އަހަރެން ދިޔައީ ގޮނޑުދޮށަށެވެ. ޖެހޭ ހިތްގައިމު ވައިރޯޅިން ސިިކުނޑިއާއި ހިތް އުފާ ކޮށްދެއެވެ. މިހާރު އަހަރެންނާއި އެލީޝާގެ ގުޅުމަށް 11 މަސްވީއެވެ. މަންމަމެން ކާރީ ބުނަންވީ ހެއްޔެެވެ؟ މަންމަ ކާރީ ބުނާނަމެވެ. ބައްޕަ ކާރީ ބުނަން އަދި މާއަވަހެވެ. އޭރުން ބޮލަށް ފަސޭހަވާނެއެވެ. އަތިރި މައްޗަށް ފޭބުމާއި އެކު ފެނުނު މަންޒަރުން އަހަރެންގެ ދެފައި ހުރި ފިޔަވަޅު މައްޗަށް ގަނޑުވިއެވެ. ލޭގަނޑު ކެކިގަތެވެ. ދެލޯ މަރާ ބާރުކޮށްލާފައި އަނެއްކާ ވެސް ހުޅުވީމެވެ. މިއީ ހަމަ ތެދެއްތޯ ބެލުމަށެވެ. އާއެކެވެ. އަހަރެންގެ ލޮލެއް އަހަރެންނަކަށް ދޮގެއް ނަހަދާނެއެވެ. އެއީ ހަމަ އިޒްދާން އެވެ. އޭނާ އިނީ އެލީޝާގެ މޫނުގައި ހިފާއްޓާގެންނެވެ. އިޒްދާން އަހަރެންގެ ލޯބިވެރިޔާ ފޭރިގަތީ ހެއްޔެވެ؟ ބަލަ އޭނާގެ މައްސަލަ އަކީ ކޮބާ ހެއްޔެވެ؟ އެޅާ ފަހަތުން ދުވާ އެތަކެއް އަންހެން ކުދިން އުޅެއެެވެ. އެކަމުު ވެސް އިޒްދާން ބޭނުންވީ އަހަރެންގެ އެލީޝާ  އެވެ.

ދިގު ފިޔަވަޅު ތަކެއްގައި ގޮސް އިޒްދާންގެ ޓީޝާޓްގެ ކަރުގައި ހިފައި ދުރު ކުރުވީމެވެ. އޭނާ ވެސް އަދި އެލީޝާ ވެސް ދިޔައީ ސިއްސާގެންނެވެ. އަހަރެން ގޮތް މުއްކަވާ ބަހައްޓާފައި އިޒްދާންގެ މޫނުމަތީ ޖެހީމެވެ. އެއްފަހަރަކު ނޫނެވެ. ދެފަހަރަކު ނޫނެވެ. ނަމަވެސް ތިން ފަހަރު އެވެ. ޖެހިލެއް ބާރުކަމުން އަހަރެންގެ އަތަށް ވެސް ތަދުވިއެވެ. އަނެއްކަ ފަހަރަށް ޖަހަން އަތްމަޅާލި ތަނާހެން އަހަރެންގެ ލޮލުގައި އަޅައިގަތީ އިޒްދާންގެ އަނގައާއި ނޭފަތުން އައި ލެޔެވެ. ޑިޑް އައި ކޮރޮސްދި ލައިންންންން… އަހަރެންގެ ސިކުނޑި ކިޔާލިއެވެ. އަހަރެން ހުއްޓުން އެރިއެވެ. ކަންބޮޑުވިއެވެ. އިޒްދާން އަށް ތަދުވެއްޖެއެވެ. އަނިޔާ ވެއްޖެއެވެ. އަހަރެންގެ އަތުންނެވެ. މަޑުމަޑުން އަހަރެން އިޒްދާންގެ ޓީޝާޓް އިން ދޫކޮށްލީމެވެ. އޭނާ އެއްއަތުން ނޭފަތުގައި ޖައްސާލައި އަތުގައި ހުރި ލޭތަށް ފެނުމުން އަހަރެންނާއި ދިމާއަށް ބަލާލީ އެހެން ނަޒަރަކުންނެވެ. ދުވަހަކު ވެސް އަހަރެންނާ ދިމާއަށް ނުބަލާ ނަޒަރަކުންނެވެ. ރުޅި ވެރިކަމުގެ ނަޒަރުންނެވެ. އިޒްދާން އަހަރެންދެކެ ރުޅި އައީ އެވެ. އޭނާ ބާރު ބާރަށް ހިނގައިފައި ދިޔައެވެ. އަހަރެންނަށް ހުރެވުނީ އޭނާ އާއި ދިމާއަށް ބަލާށެވެ.

 

“މާހިން..” އަނެއްކަ ފަހަރަށް އެލީޝާ ގޮވާލިއެވެ. އަހަރެން އޭނާ އަށް ބަލާލީމެވެ.

“މާހިން ކީއްތިކުރީ.. އެއީ މާހިން ފެމެލީ ކުއްޖެކޭ.. އެއީ މާހިންގެ ކޮއްކޮ އެއް.. ހައުކޭންޔޫ ބީ ދިސް ވައޮލެނޓް..” އެލީޝާ ހުރީ ރުޅި އާސް އެވެ. ނަމަވެސް ދެންމެ އަހަރެންގެ ލޭގަނޑުގައި ކެކެމުން ދިޔަ ރުޅިވެރިކަމުގެ އެއްމެ ތަންފުކެއް ވެސް ނެތެވެ.

“ހީވޯސް ޓަޗިންޔޫ..” އަހަރެން ބުނީމެވެ. އެލީޝާ މޭމަތީ އަތް ހުރަސްކޮށްލިއެވެ.

“ބިކޯސް އައި ލެޓް ހިމް.. މާހިން އައި ތިންކް ވީ ކާންޓް ބީ ޓުގެދާ.. އައި ކާންޓް ބީ ވިތް ސަމްވަން ހޫއިޒް ދިސް ވައޮލެންޓް އެންދް އެގްރެސިވް.. މާހިން ވީ އާރ ނޯމޯ އަ ތިންގް..” އެލީޝާގެ އެބަސްތަ އަހަރެންގެ ސިކުނޑި ގާނަމުން ދިޔައެވެ. މިގުޅުން ނިމިދިޔައީ އެވެ. އެކަމު އެހެން ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެލީޝާ އިޒްދާން އޭނާ ގަޔަށް އަތްލަން ދިނީ ހެއްޔެވެ؟ އެލީޝާގެ ހިތުގައި އަހަރެން މީ މިހާރު އެއްވެސް މީހެއް ނޫނެވެ.

“އައި ވޯސް ޖަސްޓް ޕްރޮޓެކްޓިންޔޫ.. ކީއްވެ..؟” އަހަރެން ބެލީ އެލީޝާ އަށް ވިސްނައި ދެވޭތޯއެވެ. އަހަރެން އަދި ވެސް އެލީޝާ ބޭނުންވާ ވާހަކަ ބުނީމެވެ.

“ކާކު ކާރިން.. ކާކުު މާހިން.. އައި ލެޓް ހިމް ޓަޗްމީ.. ބިކޯޒް އައި ވޯންޓެޑް އިޓް.. ކޮސް އައި ނޯ ލޯންގާރ ލަވްޔޫ އޯރ ލައިކް ޔޫ.. އައިމް ނޮޓް އިންޓް ރަސްޓެޑް..” އެލީޝާ އޭނާގެ އެއްމެ ފަހުބަސް އިއްވާފައި ދިޔައެވެ. އަހަރެންނަށް ހުރެވުނީއެވެ. އެލީޝާ އަަހަރެންދެކެ ލޯތްބެއް ނުވެއެވެ. އަހަރެންމީ އެއް ވެސް މީހެއް ނޫނެވެ. އެލީޝާ އަހަރެންނާ އެކީ އުޅުނީ މަޖަލަކަށް ހެއްޔެވެ؟ އޭނާގެ ފޫހި ފިލުވާ ދޭނެ ކުޅޭ އެއްޗެއްގެ ގޮތުގައި ހެއްޔެވެ؟ އެއީ ކީއްވެ ހެއްޔެވެ؟ އަހަރެން އެލީޝާ އާއި ވަރަށް ގަޔާވީމެވެ. ނަމަވެސް އަނބުރާ އެލީޝާ އަހަރެންނަށް ދިނީ ހިތާމަ އެވެ. އިޒްދާން ފެނުމުން އޭނާ އެދުވީ އިޒްދާން ފަހަތުންނެވެ. އަހަރެން ވެސް އެނބުރި ހިގަގައިތީ ގެޔާ ދިމާއަށެވެ. އިޒްދާން ކޮބާ ހެއްޔެވެ؟ އޭނާ ރަގަނޅު ހެއްޔެވެ؟ އެލީޝާ އަހަރެންނާ ވަކި ވެގެން ދިޔައަސް އިޒްދާން އަހަރެންނާ ވަކި ވާކަަށް އަހަރެން ބޭނުމެއް ނޫނެވެ. ހަޤީޤަތުގައި ބުނާނަމަ އެލީޝާ އަށް ތުރެ އަހަރެންނަށް މުހިންމީ އިޒްދާން އެވެ. އެކަން އެނގުނީ ހަމަ ދެންމެއެވެ. ގޭތެރެ އަށް ވަނީރު އިޒްދާން ފެންނާކަށް ނެތެވެ. ކައްކާ ބަޔާއި ބަދިގެ ބެލީމެވެ. އޭރުު އިޒްދާން އިނީ ޝީޓް ކައިރީއެވެ. އައިސް ފުޑުކުރާށެވެ. އޭނާ އިނީ އަހަރެންނާއި ފުރަގަސްދީގެންނެވެ. އަހަރެން ދިޔަ ގޮތަށް ގޮސް އިޒްދާންގެ އަތުގައި ހިފައި އަހަރެންނާ ދިމާއަށް އަނބުރާލީމެވެ. ވަގުތު ބޭރުކޮށްނުލާ އަހަރެން އިޒްދާން އަހަރެންގެ މެޔާލާ ބޮނޑިކޮށްލީމެވެ. އަހަރެން ދެރަވިއެވެ. ވީގޮތް ނުވެސް ބަލައިލައި އަހަރެން އިޒްދާން ގައިގައި ޖެހީއެވެ. އިޒްދާންގެ ކުށެއް ނެތްކަމަށް ވެސް ވެދާނެއް ނޫންހެއްޔެވެ؟ އަހަރެންގެ ހިތް ބަރުވިއެވެ. އިޒްދާން އަށް ތަދުވިއެވެ. އަހަރެންގެ ސަބަބުންނެވެ. މަޢާފަށް އެދެން ބޭނުމެވެ. ގަބޫލު ކޮށްފިއްޔާ ސާބަހެވެ.

“އައިމް ސޯ ސޮރީ.. އައިމް ރިއަލީ ސޮރީ އިޒްދާން.. އައިމް ސޯ ސޮރީ..” އަހަރެން އިޒްދާންގެ ގަޔަށް ބާރުކޮށްލަމުން ވާހަކަދެއްކީމެވެ.

“އާރޔޫ އޯކޭ.. އެއްވެސް ތަނަކަށް ތަދުވިތަ..؟” ދުރުވެލާފައި އަހަރެން އޭނާގެ މޫނަށް ނަޒަރު ހިންގާލީމެވެ. އޭނާގެ ދެލޯ ވަނީ ރަތްވެފައެވެ. ނޭފަތް ވަނީ ރަތްވެފައެވެ. ތުންފަތް ވަނީ ފަޅާގެން ގޮސްފައެވެ. އެމޫނަކު އެއްވެސް ދިރުމެއް ނެތެވެ. އަހަރެންގެ ހިތަށް ހެރުނީ އެހެން ތީރެކެވެ.

“އިޒްދާން..” އޭނާ އެއްވެސް އެއްޗެކޭ ނުބުނުމުން އަހަރެން ގޮވާލީމެވެ. ނަމަވެސް އިޒްދާން އަޅައެއް ނުލައެވެ. ބަހެއް ބުނެބަލާށެވެ. މަޢާފް ކޮށްފީމޭ ބުނެބަލާށެވެ.

“ޕްލީޒް..” ހީވީ ސިއްރެއް ބުނަން އުޅުނު ހެންނެވެ. އަހަރެން ކުރިޔަށް ފިޔަވަޅެއް އަޅާލީމެވެ. އިޒްދާން އަހަރެން ހުއްޓުވިއެވެ.

“އައިމް ސޮރީ..” އަނެއްކާ ވެސް ތަކުރާރު ކޮށްލީމެވެ. އިޒްދާން އަޅާނުލާ އަނެއް ފަރާތަށް އެނބުރުނެވެ. އޭނާ އެއްޗެކޭ ނުބުނެ އެހުރީ ދެރަވީމަކަންނޭގެއެވެ. އިޒްދާން އަށް ވަގުތުދީފައި އަހަރެން ދިޔައީ ކޮޓަރިއަށެވެ. ދާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް މަޖުބޫރުވީއެވެ. މީގެން ދުވަހަކު އިޒްދާން އަހަރެންނާ ވާހަކަ ދައްކާފިއްޔާ ސާބަހެވެ. އަހަރެން ގޮސް އެނދުގައި އޮށޯވެ ފޯން ހުޅުވާލީމެވެ. އިންސްޓާ އަށް ވަނީރު އެލީޝާ އަހަރެން އިނީ ބްލޮކް ކޮށްލާފައެވެ. ދެރަވިއެވެ. ހިތުގައި ޖެހިއްޖެއެވެ. ކުރިން ރީއްޗަށް އެވާހަކަ ބުނިނަމައެވެ. ގައިމުވެސް މިދުވަސް ދެކޭކަށް ނުޖެހުނީސް އެވެ.

*ނުނިމޭ*

 

Share Article

_MuXo_
Follow Me Written By

_MuXo_

Level 110 Stories

Other Articles

Previous

ތަޤްދީރު-25

Next

ޒާރާ ސީޒަން 2 (8)

Next
September 12, 2026

ޒާރާ ސީޒަން 2 (8)

Previews
September 12, 2026

ތަޤްދީރު-25

4 Comments!

  1. Lunive says:
    September 12, 2026 at 10:06 pm

    Wait two boys cheating I meant x 💔

    1. _MuXo_ _MuXo_ says:
      September 12, 2026 at 11:13 pm

      They are not cheating

  2. Lunive says:
    September 12, 2026 at 10:07 pm

    Well Another tale comnt that’s sorry muxo sis

    1. _MuXo_ _MuXo_ says:
      September 12, 2026 at 11:13 pm

      💙

Comments are closed.



All Right Reserved!