Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާ… 52

Anaq Level 310 Stories
September 4, 2026 4 Mins Read
1 Comment

” ޒާނާއަށް ހެޔޮވަރުވާނެހެން ހީވަނީ… ހެޔޮވަރު ނޫނިއްޔާ ހެޔޮވްރު ކޮށްލިޔަސް މައްސަލައެއް ނެތް…..” ޔޫސުފް ޖަލީލް ލުއި ހިނިތުންވުމެއް ދިނެވެ. އަހަރެން މަޑުމަޑުން ބޯ ޖަހައިލީމެވެ.

ހެދުމާއި އެކު ނަވީންގެ މަންމަ ބޭނުން ކުރި ފައިވާނާއި ބޮލުގައި ޖެހި މާގަނޑުވެސް ޔޫސުފް ޖަލީލް އަހަރެންނަށް ދިނެވެ. އަހަރެންނަށް އެވަގުތު އެތަކެއް ހަޤީޤަތް ތަކެއް ފަހުމް ވިއެވެ. . ޔޫސުފް ޖަލީލްގެ ހިތުގައިވެސް ނަވީންއެކޭ އެއްފަދައިން އަހަރެންނަށް ވަނީ ވާރަށް ހާއްސަ މަޤާމެއް ދެވިފައެވެ. އަދި އަހަރެންނަކީ އެދެބަފައިންގެ ވަރަށް ބޮޑު އުއްމީދެއްގެ ފެށުމެވެ.

*********

 

މުޅިން އާ ދުވަހަކަށް މަރުހަބާ ކިޔަމުން އިރު ފެނުން ތޮޅިލިއެވެ. އަހަރެންގެ ހަޔާތުގައި އަދި ނަވީންގެ ހަޔާތުގައިވެސް އަންނާނެ އެންމެ ހާއްސަ އަދި އެންމެ އުފާވެރި ދުވަހަށް ތަހުނިޔާ ކިޔަމުންނެވެ. ކައިވެނީގެ ވަގުތު ކުޑަވަމުން އައިއައިހެން އަހަރެންގެ ހާސްކަން އައީ އިތުރުވަމުންނެވެ. ނަމަވެސް ކުރަމުން އައި އިންތިޒާރަށް ނިމުމެއް އަންނަން އުޅޭތީ ހިތަށް ބުނެދޭން ނޭނގޭ ފޮނި މީރު ކަމެއްވެސް ދަނީ ލިބެމުންނެވެ.

ކޮޓަރިތެރޭގައި މޭކަޕް އާޓިސްޓުންނާއި އާއިލާ އާއި ގާތްތިމާގެ މީހުންނާއި ރައްޓެހިން، ކައިވެނީގެ ހަފްލާއަށް ޒީނަތްތެރިވުމަށް ހަރަކާތްތެރިވަމުން ދިޔައެވެ. ބްރައިޑް މެއިޑްސް އެމީހުންގެ ރީތި ހެދުން ތަކުގައި ނަލަކަން ދައްކަމުން ދާއިރު ކުޑަކުދިންތައްވެސް ތީމާއި ގުޅޭނެހެން ލައިފައިވީ މަޑު ކުލަކުލައިގެ ހެދުން ތަކުގައި ދުވެ ފުމެ ސަކަރާތް ޖަހާތަން ފެނެއެވެ. މޭކަޕް އާޓިސްޓުން އެމީހުންގެ ހުނަރުތައް ދައްކައިލުމުގައި އަވަދިނެތި އުޅެމުން ދެއެވެ.

ދެކޮޓަރި ގުޅޭނޭހެން ގުޅުވާލާފައި އިން ބިއްލޫރިގަނޑުން އަހަރެން މިހުރިހާ މަންޒަރެއް ބަލަން ހިނިތުންވެ އިނީމެވެ. ހިތަށް ބުނެދޭން ނޭނގޭހާ އުފާވެރިކަން މި މަންޒަރުތަކުން ލިބެމުން ދިޔައެވެ.

އެންމެންނާއި ހިލާފަށް މި ހާއްސަ ދުވަހު އަހަރެން ބޭނުންވީ ޖަނާ ރަތް ހެދުމެއް ލައްވާށެވެ. އެއީ އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް ވުމުގެ އިތުރުން އަހަރެންގެ ހަޔާތުގެ ކަޅާއި ހުދުގެ ދުވަސްތަކުގައި އަހަރެންގެ ގާތުގައިވި ހަމައެކަނި މީހާއަށް ވުމުންނެވެ. ދެގޮތެއް ނުވެ މިއަދާއި ހަމައަށް އަހަރެންނާއިއެކުގައި ވީތީއެވެ.

” ނާރވަސް…..؟” އަހަރެންގެ ގާތުގައި ހުއްޓިލަމުން ޖަނާ އަހައިލިއެވެ. ޖަނާއާއި ދިމާއަށް އެނބުރިލަމުން  އަވަސް އަވަހަށް ބޯ ޖަހައިލަމުން އަހަރެން ޖަނާގެ ގައިގާ ބައްދައިލީމެވެ.

” ހޭއި ޒާނާ…. ކިހިނެތް ވަނީ…؟” ޖަނާ އަހަރެންގެ ގައިން ދޫކޮށް ނުލައި ހުރެ އަހައިލިއެވެ….

” ނޭނގެ…. ހަމަ ހާސްވަނީ…. އެކަމަކު ވަރަށް އުފާވެސް ވޭ….މިކުރެވޭ އިހުސާސްތައް ބުނެދޭކަށްވެސް ނޭގޭ….” އަހަރެންގެ ހަމަ އެހުރި ގޮތަށް ހުރެ ބުނެލީމެވެ.

” ޒާނާ ކައިވެނީގެ ދުވަހު ކޮންމެ އަންހެން ކުއްޖެއްވެސް ހާސްވާނެ… އަހަރެންވެސް ވަރަށް ހާސްވި… ޒާނާއަށް ފެނުނޭނުން ދޯ… ހަމަ އެހާ އުފާވެސް ވި… އެގޮތަށް ޒާނާއަށްވެސް ތިވަނީ… އެކަމަކު އެއީ ކުރެވޭ އުއްމީދުތަކެއްގެ ސަބަބުން… މުސްތަޤުބަލަށް ޓަކައި…” ޖަނާ އަހަރެން ގަޔާއި ދުރުކޮށްލަމުން އަހަރެންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. ހިތުގައިވީ ވާހަކަތައް  ބުނާނެ ގޮތެއް ނޭނގިގެން އަހަރެންނަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. އަހަރެންގެ އެ އަމަލަށް ޖަނާގެ ނަޒަރު ހުއްޓުނެވެ.

” ޒާނާ…. ކިހިނެތްވީ…؟ ކަމެއް ގޯސްވީތަ…؟” ޖަނާ ކުޑަކޮށް ހާސްވެފައި އަހައިލިއެވެ.

” ހިތަށް އަރަނީ ނަވީންއަށް އަހަރެން ކަމުނުގޮސްދާނޭ މިހާރު…….. މިބުނީ އަނެއް ގޮތަށް….” ވަރަށް ލަދުން ހުރެ އަހަރެންގެ ހިތުގައި އޮތް ބިރުވެރިކަން އަހަރެން ހާމަކޮށްލީމެވެ.

” އެއީ ކީއްވެ ކަމުނުދާންވީ…؟ ނަވީންގެ ގޮތް ޒާނާއަށް އެނގިފަނުން އޮތީ މާ ކުރިން ވެސް….” ޖަނާ ބުނެލިއެވެ.

” ނޭނގޭ…. އޭރުގަ އެއީ ވަރަށް ކުޑައިރޭނުން އަސްލު…. ހީވަނީ މިހާ ދުވަސް ވީމަ ފަހަރެއްގަ ބައެއް ކަންކަން ބަދަލުވެފަ ކުރާ އުންމީދުތައްވެސް ބޭނުންވާ ކަންކަން ވެސް ބަދަލުވެފަ ހުރެދާނޭ… ނަވީން ބޭނުންވާހާ އަހަރެން ފުރިހަމަ ނުވެއްޖެއްޔާއޯ… ދެން ހަދާނީ ކިހިނެތް…؟” އަހަރެން އަހައިލީމެވެ.

” އަހަރެން ކުރީގަހާ ނަވީންއަށް ރީތި ނުވެއްޖެއްޔާ….؟” އަހަރެން ބުނީމެވެ.

” ނޫން ނޫން… ޒާނާ އަކީ ރީތި ކުއްޖެއް… ތިހާ އިންސެކުއާ ނުވެބަ… ރަނގަޅުވާނޭ…. ނަވީން އަށް އެނގޭނުން ޒާނާގެ ގޮތްވެސް…” ޖަނާ އަހަރެންނަށް ވިސްނައިދިނެވެ.

” ޖަނާ… ރުހާމްގެ އަނިޔާތަކުން ގައިގަ ލައިފަ ހުރި ލަކުނުތައް ފެނިއްޖެއްޔާ ނޭނގޭ ނަވީން ކަންތައް ކުރާނެ ގޮތެއްވެސް…” އަހަރެންގެ އަސްލު ހާސްވުން ހާމަކޮށްލީމެވެ

” ޒާނާ… ނަވީންއަކީ ވިސްނޭ މީހެއް… އޭނަ ނުވިސްނައެއް އެއްވެސް ކަމެއް ނުކުރާނެ… އެހެން ނޫނަސް ނަވީންއަކީ ބޭރު ފުށުގެ ރީތި ކަމަށް ވިސްނާނެ މީހެއް ނޫން… ޒާނާ މުހިންމުވެ ޒާނާދެކެ ލޯބިވާތީ މިހާ ދުވަސް ފަހުންވެސް ޒާނާ ކައިރިއަށް އައިސް އެހުރީ… އެ ހިތުގައިވީ ލޯތްބާއި ދޭތެރޭގައި ޝައްކު ނުކުރޭ ޒާނާ…ނަވީން ޒާނާ ދެކެ ވާ ލޯބި އަހަރެންނަށް ހުރީ ހަމަ ރަނގަޅަށްވެސް ފެނިފަ…. މި އުފާވެރި ދުވަހު ބޭކާރު ވިސްނުންތައް ދޫކޮށްލަމާ…. ދޯ…” ޖަނާގެ ވާހަކަ ތަކުން އަހަރެން ކުޑަކޮށް ހަމައަކަށް އެޅުނެވެ. އަމިއްލަ ނަފްސަށް އޮތް އިތުބާރު ބޮޑުވިއެވެ.

ހަމަ އެހިނދު ދޮރުގައި މީހަކު ޓަކިދިން އަޑަށް އެންމެންގެ ނަޒަރު ދޮރަށް ދަތުރު ކޮށްލިއެވެ. ޖަނާ އަވަސް އަވަހަށް ގޮސް ކުޑަކޮށް ދޮރު ހުޅުވައިލަމުން ބޭރަށް ބޯ ދިއްކޮށްލިއެވެ. ކޮންމެވެސް ވާހަކަތަކެއް ބޭރުގައި ހުރި މީހާއާއި ޖަނާ ދެއްކިއެވެ. ނޯ ނޯ އޭ ބުނި އަޑުވެސް އިވުނެވެ. ބޭރުގައި ހުރީ ނަވީންއޭ އަހަރެންގެ ހިތް ބުނެލީ ކީއްވެ ކަމެއް ހަމަ އެއްގޮތަކަށް ވެސް ނޭނގުނެވެ.

ކުޑަ އިރުކޮޅަކަށްފަހު ދޮރުލައްޕައިލަމުން ޖަނާ އަހަރެންގެ ގާތަށް ލާނެތް ހިންޏެއް އައިސްފައި ހުރެ އައެވެ.

” އެއީ ނަވީން… ކަމަނާފާނު ނުފެނިގެންނުން އެ އުޅެނީ…. ދެކިލާ ހިތުން ނުހުރެވިގެން ކަންނޭނގެ އެއައީ… އަގެއް ކިޔާފަ ވިޔަސް އެންމެ ފަހަރަކު ވިޔަސް ދައްކާލަބަލާށޯ… އަހަރެން ހަމަ ހިލާ އެއްބަސް ނުވިން…. ” ޖަނާ ހެމުން ހެމުން ބުނެލިއެވެ. އެއާއިއެކު މުޅި މާހައުލުގައި އަހަރެންނާއި ދިމާ ކުރުމާއި ހީ ސަކަރާތުގެ އަޑު ގަދަވެގެން ދިޔައެވެ.

“އައްދޭ ހާދަ ކެތްތެރިކަމެއް ނެތޭދޯ…. މިރޭ ކިހާވަރަކުން ދާނެބާ….” ބްރައިޑް މެއިޑްސް އިން ކުއްޖަކު އަހަރެންނާއި ދިމާ ކޮށްލިއެވެ.

“އަހަރެންގެ ޒާނާ ފަކީރަށް ލޮލު ފިޔައެއް ޖެހުނަވެސް އެސޮރު ނުދޭނެ ކަންނޭނގެ މިރޭ…..” އެންމެންގެ ހުނުމުގެ އަޑު ގުގުމާލިއެވެ. ރަކިވެގެން އަހަރެން އިސްޖަހައިލީމެވެ. މިރޭގެ ހިޔާލުތަކުން އަހަރެންގެ ހިތުގެ ތެޅުން އަވަސް ވެގެން އައެވެ. ލަދުވެތިކަން އައިސް ވަށައިލުމާއިއެކުވެސް ހާސްކަމެއްވެސް ވެރިވެގެން ދިޔައެވެ. ނަވީންއާއިއެކު މިއީ އާފަހަރު ކަމަށް ނުވިޔަސް، ނަވީން “އެނގި ދަސްވެފައި ވިޔަސް” އަހަރެންގެ ހިތުގައި އުފެދުނު ހާސްކަން ކުޑަ ކޮށްލެވޭނެ ގޮތެއް ނުވިއެވެ. މާޒީގައި އެކުގައި އުޅުނު ރޭތައް މަތިން ހަނދައިންވެ ޖަޒުބާތީ ވެވުނެވެ. ފުރާވަރުގައި ހެދުނު “މިސްޓޭކްތައް” މަތިން ހަނދައިންވެފައި ހިތުގައިވީ ލޯބި އުތުރި އެރިއެވެ. ނަވީންއާއިއެކު އުޅެވުނު ކެތްތެރިކަމެއް ނެތް ގޮތްގޮތް ހަނދައިން ވެފައި ލަދުގަނެވުނެވެ.

” އެހެން ވާނުން… ހަތް އަހަރު އެސޮރު އިންތިޒާރު ކޮށްފިޔޭ.. އަޅެ އަހަރެންނަށްވެސް އެކަހަލަ ލޯތްބެއް ލިބޭނެ ނަމަ. މިޒަމާނުގައި އެހާ ތެދުވެރިން ލިބޭނީ މަދުބަޔަކަށް… ޒާނާގެ ނަސީބު ގަދަ…” އެ މީހުންގެ ހީސަމާސާ ކުރުންތަކާއި ދިމާކުރުން ތަކުން އަހަރެންގެ ހާސްކަން ކުޑަކޮށް ކުޑަވާގޮތް ވިއެވެ. ލޯތްބަށް އޮތް އިތުބާރު ބޮޑުވަމުން ދިޔައެވެ.

އަދިވެސް އެއްފަހަރު ވެޑިން ޑްރެސްއަށް އަހަރެން ބަލައިލީމެވެ. ނަވީންގެ މަންމަގެ ހެދުން އަހަރެންނަށް ހުރިހާ ގޮތަކުންވެސް ހެޔޮވަރު ވުންވީ އަހަރެންވެސް ހައިރާން ކޮށްލި ކަމަކަށެވެ. އަދި ޔޫސުފް ޖަލީލްގެ ބަސް ތެދުކަން ހާމަކޮށްދިން ކަމަކަށެވެ. އެހެންކަމުން ހެދުމަށް އެއްވެސް ބަދަލެއް ގެންނާކަށް އަހަރެންނަކަށް ނުޖެހުނެވެ. އެއީ އަހަރެން ބޭނުންވެސް ވި ގޮތެވެ. ނަވީންގެ މަންމަގެ އެއްޗެއް އެއީ އަހަރެންނަށްވެސް ވަރަށް ހާއްސަ އެއްޗެކެވެ.

އަހަރެންގެ ދިގު އިސްތަށިގަނޑު ދެފަރާތު ކޮނޑުމަތިން  ގެނެސް ކުރިމައްޗަށް ވައްޓާލާފައި ވީއިރު ބޮލުގައި ޖަހާފައިވީ ޔޫސުފް ޖަލީލް އަހަރެންނަށް ދިން ނަވީންގެ މަންމަގެ މާގަނޑެވެ. އަހަރެން ހުރި ގޮތާއި މެދު އަހަރެން ވަރަށް ހިތްހަމަޖެހުނެވެ. އަދި ހެދުމުގެ ސާދާ ކަމުންނާއި ޖަނާ ކޮށްދީފައިވީ ލުއި މޭކަޕުގެ ސަބަބުން އެގޮތުގައި އަހަރެން އިތުރަށް ފުރިހަމަވިއެވެ. މި ހާއްސަ ދުވަހު ނަވީންގެ މަންމަގެ ހެދުން ލުމުގެ ޝަރަފް ލިބުނީތީ އަހަރެން ހުރީ ވަރަށް ހިތްހަމަޖެހި އަދި އުފާވެފައެވެ.

” ދަރިފުޅާ….” މަންމަގެ އަޑަށް އަހަރެން ބަލައިލީމެވެ.

” އާން… ދާންވީ ދޯ….” އަހަރެން އަހައިލީމެވެ.

“އާން ދާންވީ….ދަރިފުޅު އުފާވޭތަ….؟” މަންމަ އަހައިލިއެވެ.

” ޔެސް ވަރަށް އުފާވޭ…. ” އަހަރެން ބުނީމެވެ.

” މިދުވަސް ދެކެން ބައްޕަ ދުނިޔޭގަ ހުރި ނަމަ ވަރަށް އުފާވީސް…’ މަންމަ ބުނެލިއެވެ. އަހަރެންނަށް އިސްދަށަށް ޖަހައިލެވުނީ ބައްޕަގެ ހަނދައިން ތަކުންނެވެ.

” ދަރިފުޅު ހާދަ ރީއްޗޭ މިއަދު… އަދި މި ހީވަނީ ދަރިފުޅު ދިރިއުޅުމެއް ފަށަން އުޅޭހެން….ކުރިން ރުހާމްއާއި އިން އިރު ހީވީ ފުރާނަހުރި މައްޔިތެއް ހެން….” މަންމަ މާޒީގެ ހަނދާންތަކުން ދެރަވެފައި ބުނެލިއެވެ.

” މަންމާ އެވާހަކަ ނުދައްކަމާ ދެން… އިރާދަ ކުރެއްވީތީ އަހަރެން ބޭނުންވި މީހާއާއި މި އިނދެވެނީ…” އަހަރެން މަންމަގެ ގައިގާ ބައްދައިލަމުން ބުނީމެވެ.

“އާން ދަރިފުޅާ…. މިއަދު ދެން ނޭނގެ ދަރިފުޅާއި ވާހަކަ ދައްކާލާނެ ވަގުތު ކޮޅެއް ލިބޭނެ ކަމެއްވެސް… އެހެންވެ މިއައީވެސް…. ދަރިފުޅާ ނަވީންގެ ބަސް އަހައިގެން އުޅެއްޗޭ އިނގޭ… ފިރިމީހާއަށް ކިޔަމަންތެރި ވާތި… މަންމައަށް އެނގޭ ދަރިފުޅު ބަސްއަހާނެ ކަންވެސް… އެކަމަކަ މަންމައެއްގެ ހައިސިއްޔަތުން މިބުނީ…..” މަންމަ ބުނެލިއެވެ. އަހަރެން ހިނިތުނެވެ ހުރެ ބޯ ޖަހައިލީމެވެ.

” މަންމަ އެކަމާ ހާސްނުވޭ… އަހަރެން ވަރަށް ރަނގަޅަށް އުޅޭނަމޭ…” އަހަރެން ހަމަޖެހިލަމުން ބުނީމެވެ.

” ދަރިފުޅާ….. ނަވީންއަކީ ވަރަށް ރަނގަޅު ކުއްޖެއް… ހަތް އަހަރު ފަހުންވެސް ދަރިފުޅު ދެކެވީ ލޯތްބަށް ބަދަލެއް ނައި… ދަރިފުޅު ދަރިފުޅުގެ ގޮތުގައި ބަލައި ގަނެފި… ދަރިފުޅު ހިމާޔަތްކޮށް ރައްކާތެރި ކުރާނެ މީހަކަށް ނަވީން ވާނެ…” މަންމަ ބުނެލިއެވެ. އަހަރެން އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލީމެވެ.

އެންމެ ފަހު ފަހަރަށް ހެދުމާއި މޭކަޕް ރަނގަޅުތޯ ބަލައިލަމުން ކޮޓަރިން އަހަރެން ނިކުތީ ނަވީންގެ އަންބަކަށް ވުމުގެ ފޮނި ހުވަފެންތަކާއިއެކުގައެވެ. އަހަރެންގެ ހަޔާތުގައި އަންނާނެ އެންމެ ތާރީހީ އަދި އެންމެ އުފާވެރި ދުވަހާއި ކުރިމަތިލުމަށެވެ. އަހަރެންގެ ކަނާތް ފަރާތުގައި މަންމަ ހުރި އިރު އަހަރެންގެ ވާތް ފަރާތުގައި ޖަނާ ހިނިތުންވެފައި ހުއްޓެވެ. ކުރިއަށް ނަގަމުން ދިޔަ ކޮންމެ ފިޔަވަޅަކާއިއެކު އަހަރެންގެ  ހިތުގައި އުފެދެމުން ދިޔަ ޖަޒުބާތުތައް އުތުރި އަރަމުން ދިޔައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anaq

Level 310 Stories

Other Articles

Previous

ލޯބި-46

Previews
September 4, 2026

ލޯބި-46

One Comment

  1. Anonymous says:
    September 5, 2026 at 6:05 am

    ❤️

Comments are closed.

Next Episodeގާތުގާ… 3←


All Right Reserved!