Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަޤުދީރު-19

Vaahaka_by_Az
Vaahaka_by_Az Level 110 Stories
August 22, 2026 5 Mins Read
2 Comments

ބާރު އަޑުފައްގަނޑަކާއެކު މީހެއްގެ ހަޅޭކުގެ އަޑު އިވުނީ މާމަމެން އުޅޭ ބައިންނެވެ. ޔަލްވީ އާއި ލިއަމް އެކަކު އަނެކަކުގެ މޫނަށް ބަލާލަމުން ގޭތެރެއަށް ދުއްވައިގަތެވެ. އޭރު އަޒާން ވެސް އައިސް ގޭތެރެއަށް ވަންނަނީއެވެ. ގޭތެރެއަށް ވަތް ޔަލްވީ މާމައަށް ގޮވަމުން ހަޅޭއްލަވައިގަތެވެ. މާމަ އޮތީ ތަޅުންގަނޑުމަތީގައި ހަބަރު ހުސްވެފައެވެ. ފޮތްހަރު އޮތީ މާމަގެ ފައިމައްޗަށް ވެއްޓިފައެވެ.  ކައިރީގައި މާމަ ގެންގުޅޭ ކާށިތެޔޮފުޅި ތަޅައިގެންގޮސް ތެޔޮތައް މުޅިތަނަށް އެޅި ބިއްލޫރިކޮޅުތައް ބުރައިގެން ގޮސްފައި ހުއްޓެވެ. ލިއަމް އަވަސްވެގަތީ ފޮތްހަރު ދުރުކޮށް މާމަ ނެގުމަށެވެ. ޔަލްވީ ދިޔައީ ބައްޕަމެނަށް ގުޅައި ޙަބަރު ދޭށެވެ. އަދީލް އާއި ޔާސިރުވީ ފެކްޓްރީ ގައެވެ.

ލިއަމް މާމަ ގޮވައިގެން ނުކުތްއިރު އަޒާން ކާރު ނެރެފިއެވެ. ކާރުގައި ދިޔައީ އަޒާން އާއެކު ލިއަމް އާއި ޔަލްވީއެވެ. އެލްޖޭ މެޑް ހޮސްޕިޓަލް ގެ އަވަސް ފަރުވާދޭ ކޮޓަރިއަށް މާމަ ވެއްދިތާ 10 ވަރަކަށް މިނެޓު ތެރޭގައި އާއިލާގެ ދެންތިބި އެންމެން ވެސް ހޮސްޕިޓަލަށް އަތުވެއްޖެއެވެ. ވެއިޓިން އޭރިއާގެ ގޮނޑިއެއްގައި ކާފަ ގާތުގައި  އާޔަތު އާއި މަހީރް ތިއްބެވެ. ލިއަމްގެ ހުއްދަ އާއެކު ޔަލްވީ މާމަ އާއެކު އެތެރެއަށް ވަނެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ނުތަނަވަސް ކަމެވެ. އެކި މީހުން އެކި ތަންތަނުގައި ފާރަށް ލެގިލައިގެން  އިންތިޒާރު ކުރަމުން ދިޔައީ މާމަގެ ޙާލު އެނގޭނެ އިރަކަށެވެ.

އިންރިޒާރުގައި ތިބޭތާ 30 ހަކަށް މިނެޓް ތެރޭގައި ދޮރުހުޅުވާލާފައި ޑޮކްޓަރަކާއި ނަރުހެއް ނުކުތެވެ. ”ބަލި މީހާގެ ހާލު ރަނގަޅު….ބޯ ޖެހުނު ގޮތުން ފަޅައިގެން ގޮސްފައި އިނީ…..އަނެހެން ނެތް އިތުރު ގެއްލުމެއް  ވެފައެއް….. 24 ގަޑިއިރު އޮބްޒަވޭޝަންގައި ބާއްވާއި ދޫކޮށްލެވޭނެ“ ޑޮކްޓަރު ދިން ޙަބަރުން އެންމެންގެ ހިތަށް ވެސް ތަސައްލީއެއް ލިބުނެވެ. ބޮޑު ގެއްލުމެެއް ނުވިކަމަށްޓަކާ އެކަލާނގެއަށް ޙަމްދު ކުރިއެވެ.

މާމަ ޕްރައިވެޓް ކޮޓަރިއަކަށް ބަދަލު ކުރަން ލިއަމް ހަމަޖެއްސިއެވެ.

”ބޭބެމެން ދެން ގެއަށް ގޮސްލާ އަޅުގަނޑުމެން މަޑުކޮއްލާނަން މާމަ ކައިރީގަ“ އަޒާން އެދުނީ އަދީލް ގާތު ގެއަށް ގޮސް އަރާމް ކޮއްލުމަށެވެ.

”ނޫނޭ ބޭބެމެން މިވަގުތު މަޑު ކޮއްލާނަން ތިކުދިން ދެން ގޮސްލާ“ އަދީލް ކުރު ނުކުރުމުން އަޒާން އާއި ލިއަމް އަދި މީކައިލް ރޭގަނޑު އައުމަށް ގެއަށް ދިޔައެވެ. ހޮސްޕިޓަލްގައި މަޑުކުރީ ޔާސިރު އާއި އަދީލް އަދި މިމްރާހް އެވެ. ޒީނާ ހޮސްޕިޓަލްގައި މަޑު ކުރުމުން ޖޫލިޔާ އާއި ރާމިޒާ ގެއަށް ދިޔައީ ކާއެއްޗެހި ހިފައިގެން އަންނާނެ ކަމަށް ބުނެފައެވެ.

ކާފަ ގޮވައިގެން އާޔަތު އާއި ޔަލްވީ އަދި މަހީރް މަޑުކޮއްލީ ކާފަގެ އެދުމުގެ މަތިންނެވެ.

………………………..

ގަޑިން ރޭގަނޑު 11 ޖެހީއެވެ. މަހީރް ނުކުތީ ހޮސްޕިޓަލަށް ދިއުމަށެވެ. އާޔަތު އާއި ޔަލްވީ އޭރުވީ ހޮސްޕިޓަލްގައެވެ.

”ހެލޯ ދޮންބޭ…..އާދެބާ މިންމި ބަލާ ހޮސްޕިޓަލްއަށް ދާން ވެގެން…“ މަހީރް ފޯނު ނަގައި  ޔުވާންއަށް ގުޅާލީ ޔުވާން އޮތީ މަހީރް ހޮސްޕިޓަލަށް  ގެންގޮސްދޭނެ ކަމަށް ބުނެފައެވެ. މާޔޫސީ ގޮތަކަށް ކަރުއެލުވާލަމުން ފޯނު ޖިންސުގެ ޖީބަށްލީ ޔުވާން ބިޒީވެގެން ނާދެވޭނެ ވާހަކަ ބުނުމުންނެވެ.

ގޭޓު ލައްޕާލަމުން މަހީރް ނުކުތީ ފައިމަގުގައި ހޮސްޕިޓަލަށް ދާށެވެ. ބޯގަންވިލާގެއާއި ހޮސްޕިޓަލް ހުންނަނީ ފުދޭވަރަކަށް ދުރުގައެވެ. މަގުމަތި ފެންނަނީ އަނދިރިކޮށެވެ. މަގު މެދުގައި ޖަހާފައި ހުންނަ ބޮކިދަނޑި ތަކުން މާބޮޑު އަލިކަމެއް ނުލިބެއެވެ. ބިރުން ހުރެ މަހީރް މަޑުމަޑުން ހިނގަމުން ދިޔައީ ކިތަންމެ ގިނައިރަކުންވެސް ހޮސްޕިޓަލްއަށް ފޯރާތޯއެވެ. މަހީރް ޔުވާންއާއެކު ފަހުން ދާނެ ވާހަކަ ބުމުން އާޔަތުމެން ތަންކޮޅެއް ކުރިން ހޮސްޕިޓަލަށް ދިޔައީއެވެ.

ކުދި ދޫނި ސޫފި ގޮވާއަޑާއި ކޮވެލި ގޮވާ އަޑުން މަހީރް ބިރުން  ކުރުސި ކިޔަވަމުން ކުރިއަށް ހިނގަމުން ދިޔައެވެ. މަގުގެ ވަކި ހިސާބަކަށް ދެވުނު ހިނދު  މަގުގެ އެއްފަރާތެއްގައި ސައިކަލު ތަކެއްގައި ބަޔަކު ތިބިތަން ފެނެއެވެ. ބަލާބެލުމަށް ވައްތަރީ އެމީހުންގެ އިސްތަށިގަނޑާއި އަންނައުނު ހުރި ގޮތުން ކޮންމެވެސް ގޭންގަކަށް ނިސްބަތްވާ ބަޔަކުހެނެވެ.ކަންތަކާޖެހުނީއޭ މަހީރްގެ ހިތަށްއެރިއެވެ. ޖިންނިޝައިތާނުން ދެކެ ގެންފައި ހުރި ބިރުގެ އިތުރުން މި ގޭންގު ފިރިހެނުން ޖެއްސުމެއް ކޮއްފާނެތީ އިންތިހާއަށް ކަންބޮޑުވިއެވެ. ފުން ނޭވާއެއް ބޭރުކޮއްލުމަށްފަހު މަހީރް އިސްޖަހައިގެން ހިނގައިގަތެވެ.

”އޭ ލޯބީ…..މިޔޮއް ރޭގަނޑު ކޮންތާކަށް ތިދަނީ….އާދޭ މަ ސައިކަލުގައި ގެންގޮސްދީފާނަމޭ…..މިޔޮއް ފިނިފިނި ރޭ ހިނގާބަ މަށާ އެކު…..“ ކަންވީ މަހީރް އަށް ހީވިގޮތަށެވެ. އެތަނުން ފިރިހެނަކު މަހީރްގެ ފަހަތުން އަންނަނީއެވެ. މަހީރްގެ ހިތް ނެގިނެގިފައި ޖެހެނީއެވެ. އެހީއަށް އެދި ގޮވާނެ މީހަކުވެސް ނެތެވެ. ހިސާބު ގަނޑަކީ ފަޅުކޮށް އޮންނަ ގަސްބޯ ހިސާބެކެވެ. ގޭގެ މަގުން ނުކުމެ މައި މަގަށް ވެސް އަދި ނުނުކުމެވެއެވެ. އެފިރިހެން މީހާ ހިފީ މަހީރްގެ އަތުގެ ކުޑަހުޅުގައެވެ. ”އައްޗީޑި ދޫކުރޭ“ މަހީރް އަތައް ލުތްކެއް ޖަހައި އޭނާގެ އަތް ފޮޅާލިއެވެ. އަދި އެމީހާގެ ގައިން ދުވި ސިގިރޭޓު ވަހުން އޯކާ ދެމެންފެށިއެވެ.

”އޭ ބްރޯ އާދޭ ދާން…..ކޮންމެވެސް މީހަކު އެބަ އާދޭ…. ކަމަކުން ކަމަކާނުލާ ޕޮލިހުން އަތްދަށުވެދާނެ“ އެތާގައި ކުރުކޮށް ފަލަކޮށް ހުރި މީހާ އެކޮޅުން އައި ސައިކަލަށް އިޝާރާތް ކުރަމުން ބުނެލިއެވެ. ސައިކަލު އައިސް މަޑުކޮއްލީ މަހީރް ގާތުގައެވެ. ”ބޭބީ….. އަރާ ދާން“ މީކައިލް ސައިކަލަށް އިޝާރާތް ކޮއްލުމުން މަހީރް އަވަހާ ފަހަތަށް އެރިއެވެ. ކައިރީ ހުރި ފިރިހެން މީހާ އަނގަޔަށް ވައްތަރެއް ޖައްސާލަމުން އޭނާގެ އެކުވެރިން ގާތަށް ދިޔައެވެ.

ސައިކަލުގައި މީކައިލް ދިޔައީ މަހީރް ގޮވައިގެން ރަށުގެ ބޮޑުމަގު އަތިރިމައްޗަށެވެ. ”އާ ޔޫ އޯކޭ ބޭބީ ގާރލް؟……ޑިޑް ހީ ހާމް ޔޫ؟“ މަހީރްގެ ދެކޯތާފަތުގައި ހިފާލަމުން މީކައިލް މަހީރްގެ މޫނަށް ފުންކޮށް ބަލާލިއެވެ. ”އިޓްސް އޯކޭ ލަވް…..ނުވާނެ އެއްވެސް ކަމެއް….އެމީހުނަކަށް އެއް ކަމެއް ވެސް ނުކުރެވޭނެ“ ފެންކަޅިވެފައި ހުރި މަހީރްގެ ލޯ ފޮހެލަމުން އުނަގަނޑުގައި ދެއަތް ވަށާލިއެވެ. މަހީރް ވެސް މީކައިލްގެ މޭގެތެރޭގައި ބޮނޑިވެލީ ރައްކާތެރިކަން އިހުސާސް ވުމުންނެވެ.

”ބައިދަވޭ…..މައި ބޭބީ ގާރލް އިޒް ސޯ ބްރޭވް…. މިހާ ރޭގަނޑުވެސް އެކަހަލަ ބައެއް ކުރިމަތީ ޔޫ ޑިޑިންޓް ފްރީކްއައުޓް“ މީކައިލް މަހީރްއަށް ތައުރީފު ކޮއްލީ މަހީރް ހެެއްވާލުމަށެވެ. އެކަން ކާމިޔާބުވެސް ވިއެވެ.

މަހީރްގެ އަތުގައި ހިފައިގެން ގޮނޑުދޮށަށް ފޭބިއެވެ. މަހީރްގެ ފޯނަށް އާޔަތު ގުޅާފައި އޮތުމުން އިރުކޮޅެއްތެރޭގައި ދާނެކަމަށް ބުނެ މެސެޖެއް ފޮނުވާލިއެވެ.

އަތުގައި ހިފައިގެން ގޮނޑުދޮށުގައި ހިނގަމުން ދިޔައިރު ގައިގަ ބީހިލާ ތެތްފިނި ވައިރޯޅި ތަކުން ހަށިގަނޑަށް އަރާމް ލިބިގެންދެއެވެ. ހަނދުވަރުގެ ރިހި އަލިން މުޅިއުޑުމަތި އަލިވެފައި ވެއެވެ. ތަރިތައް ވިދާ ބަބުޅާއިރު ޖަރީ ކޮއްލާފައިވާ މުތީ ތަކެއް ފަދައެވެ. ބަލާ ފޫހި ނުވާހާ ހިތް ގައިމު ގުދުރަތީ މަންޒަރެކެވެ. އެކަލާނގެ ކުޅަދުންވަަންތަކަމެވެ.

ހިނގަމުން ގޮސް ދެމީހުން ގޮނޑުދޮށުގައި ރާޅު ޖަހާ ހިސާބު އިށީނެވެ. ”ކައި ބިރެއް ނުގަނޭތަ މިހާ ރޭގަނޑު…..އައި ވޯޒް ސޯ ސްކެއާޑް…..ދޮންބެ ނާދެވޭނޭ ބުނީމަ އެކަނި ދާން ޖެހުނީތީވެ….ކިހިނެއް ކައި އަށް އަހަރެން ފެނުނީ؟“

”އަހަރެންވެސް ހޮސްޕިޓަލްގައި ހުރެފައި ޒީނާ ދައްތަ ބުނެގެން މާމަގެ ބައެއް އެއްޗެހި ބަލާ އައީ….. ބިއްދޮށު މަގުން އައިރު ފެނުނީ  ލަވް އެކޮޅަށް ދާތަން…..ވަރަށް ގޮވިން އެކަމް އަޑެއްވެސް ނީވުނު….ދެން މާމަ އެއްޗެހިތައް ހިފައިގެން އައިރު ފެނުނީ އެމީހުން ފޮށޭތަން…..އެނީވޭސް ދެން ނުދާތި އެކަނި އަހަރެންނަށް ގުޅާނީ އަބަދުވެސް ކަމެއް ވެއްޖިއްޔާ….. އަހަރެން އަބަދުވެސް ހުންނާނަން….“ މީކައިލް މަހީރްގެ އަތަށް ބޮސްދިނެވެ.

”އެ ކީއްވެ އަބަދުވެސް ހުންނަނީ؟ އަހަރެން ހަމަ އެހާ ސްޕެޝަލް ތަ؟“ މަހީރް ބޭނުންވީ ނުސީދާކޮށް މީކައިލްގެ ހިތުގައި އޮތް އެއްޗެއް ބަލާށެވެ.

”ޔެސް….ޔޫ ވިލް އޯލްވޭޒް ބީ ސްޕެޝަލް ފޯ މީ“

”ބަޓް ވައި؟؟“ މަހީރް ބަލާލީ ސީދާ މީކައިލްގެ ލޮލަށެވެ. އެ ދެލޮލުން މަހީރް ހޯދަން ބޭނުންވާ ސުވާލު ތަކުގެ ޖަވާބު ލިބޭތޯއެވެ. އެކުވެރިކަމުގެ ނަން ދެވިފައިވާ އެގުޅުމަކީ އެއަށްވުރެ ގާތް ގުޅުމެއްކަން މަހީރްއަށް އެނގެއެވެ. މީކައިލް އަބަދުވެސް ވާހަކަ ދައްކަނީ ވަރަށް ގާތްކޮށެވެ. ދުވަހަކުވެސް ނަމުން މުޙާތަބު ކޮއްފައެއް ނުވެއެވެ. ނަމަވެސް  މަހީރް އެބަސްތައް އަޑުއަހަން ބޭނުންވީ މީކައިލްގެ ދުލުންނެވެ.

” ޔޫ ވޯންޓު ނޯ ވައި؟…… އައި ޑޯންޓްނޯ ހައު ޓު އެކްސްޕްލެއިން ދަ ވޭ އައި ފީލް……. ފުރަތަމަ ފަހަރުވެސް ފެނިލުމުން ހީވީ ޕަރީއެއް ފެނިލިހެން…..އިތުރު ތަނަކަށް ބަލާލަން ވެސް ބޭނުމެއްނުވި….އެހާ ޗާލު…އެހާ ފުރިހަމަ…. ހިތު ވިންދު އަވަސްވެ ބުނެދޭން ނޭގޭ ކަހަލަ އިހްސާސްތަކެއް މެޔަށް ވީ….. ތިމޫނު ފެނިފާ ހަނދުގެ އަލިވެސް ހީވަނީ ފަޑުވާހެން….. ތި ތޫނު ދެލޯ ވިދާއިރު ހީވަނީ ތަރިތައް ބަބުޅާހެން….ތި ހިނިތުންވުން ފެނިފާ މިހިތް ވިރިގެން ފައިބާހާ ފުރިހަމަ…. މާޝާالله ތި ފުރިހަމަކަން“ ލަދުން އިސްޖެހިފައި އިން މަހީރްގެ ދަތްދޮޅީގައި ހިފައި މީކައިލް އުފުލާލިއެވެ. އެފުރިހަމަ ރޭގައި ވަށައިގެންވާ  ޤުދުރަތީ ކަންކަމުގެ ތެރޭގައި އެކަކު އަނެކަކުގެ މޫނަށް ބަލަން ގެއްލިފައި ތިބެވުނީއެވެ. އެހޭދަވި ވަގުތު ކޮޅަކީ މަހީރްއަށް ވަރަށް ޙާއްސަވި ވަގުތު ކޮޅެކެވެ. ފުރަތަމަ ފަހަރަށް އެހިތުގައި ލޯބީގެ ހުޅުކޮޅެއް ރޯވިއެވެ. މީކައިލްގެ ދުލުން ބޭރުވި ކޮންމެ ބަހެއް މަހީރްގެ ހިތުގައި ބިންވަޅު ނެގިއްޖެއެވެ.

އެގޮތުގައި އިރުކޮޅަކު ތިބުމަށްފަހު ދެމީހުން ހޮސްޕިޓަލާއި ދިމާއަށް މިސްރާބު ޖެހީ ލަސްވެގެން އާޔަތު ގުޅަން ފެށުމުންނެވެ.

…………………………

މަހީރް މާމަ ބާއްވާފައި އޮތް ކޮޓަރިއަށް ވަތްއިރު އާޔަތު އާއި ޔަލްވީ އަދި އަޒާން ހުއްޓެވެ. ބޭނުންވާ ބައެއް ބޭސް ނެގުމަށް ބޭރުގައި ހުރި ފާމަސީއަށް ލިއަމް ދިޔައެވެ. މަހީރް އައިސް ވަނުމުން އަޒާން ނުކުތީ މީކައިލް ގޮވައިގެން ބޭރުގައި މަޑުކޮއްލާނެ ކަމަށް ބުނެފައެވެ. ހުޅުވޭ ގޮތަށް ހުރި ކުޑަ ސޯފާގައި ޔަލްވީ އިންއިރު ގޮނޑިއެއްގައި އާޔަތު އިނެވެ.

”މިންމި ހާދަ ހެޕީވެފަ ހުރިހެން ހީވޭ….އަނެއްކާ ކިހިނެއްވީ ބާ؟“ ޔަލްވީ ނުހުރެވިގެން މަހީރްއާއި ދިމާ ކޮއްލިއެވެ. މަހީރް އައި މަގުމަތީގައި ވީ ހުރިހާ ކަމެއް ކިޔައިދިނެވެ. މީކައިލް އާއި ދެމީހުން ދޭތެރޭ ހިނގި ކަންތައް ފިޔަވައެވެ. މަހީރް ބޭނުންވީ  ހުރިހާ ކަމެއް ހަމައަކަށް އެޅެންދެން އެވާހަކަ ސިއްރެއް ގޮތުގައި ބާއްވާށެވެ. މަގުމަތީގައި ހިނގި ހާދިސާ އެނގުމުން އާޔަތު އާއި ޔަލްވީ ނުހަނު ކަންބޮޑުވިއެވެ. އެކަނި ރޭގަނޑު ބޭރަށް ނުކުތުމުން ހިތްހަމަ ނުޖެހުނެވެ. މީކައިލް  ވަގުތަށް ދިޔަކަމުން އެކަމަށް ޝުކުރު ކުރިއެވެ.

ދަންވަރުގެ ވަގުތަށް ވުމުން މާމަ އޮތީ ނިދާފައެވެ. ތިންބެއިން މާމަ ގާތު މަޑުކުރުމަށް އެދުމުން މަންމަމެން އެއްބަސްވީ ލިއަމް އާއި އަޒާން އަދި މީކައިލްވެސް މަޑު ކުރާނެ ވާހަކަ ބުނުމުންނެވެ.

………………………

ސޯފާގެ އެއްފަރާތުގައި ނިދިޖެހިފައި އިން ޔަލްވީ ތެދުވެ މޯޅިއަކަށް ދެމިލިއެވެ. އޭރު މަހީރް އޮތީ ސޯފާގެ އަނެއް ފަރާތުގައި ކުރުގެޅިގެން ނިދާފައެވެ. އާޔަތު ފޯނުން ވާހަކައެއް ހުޅުވައިގެން ކިޔަން އިނެވެ. އާޔަތު ގާތު ކޮފީއެއް ގަނެގެން އަންނާނެ ވާހަކަ ބުނެފައި ޔަލްވީ ބޭރަށް ނުކުތެވެ.

………………………

ލިއަމް އާއި އަޒާން އަދި މީކައިލް ތިބީ ހޮސްޕިޓަލްގެ ކެފެޓީރިއާގައި ކޮފީ ބޯށެވެ. ”އޭ ބްރޯ…..ޔަުވީ މިހާރު ހާދަ ފާޑަކަށޭ އެއުޅެނީ…. މިރޭވެސް އަހަރުންނާ އެކީ ހޮސްޕިޓަލްގައި މަޑުކުރާނަމޭ ބުނެފައި ބުނީ ކަމެއް ޖެހިގެންނޭ މިރޭ ނުހުރެވޭނޭ“ ލިއަމް އެކުވެރިޔާ އާމެދު ކަންބޮޑުވުން ފާޅުކުރިއެވެ.

”އާން….އެހެންޏާ ޔޫވީ އެހެން ނުހަދާނެ…..އާއިލާގެ ކަމަކަށް ވުރެ އިތުރު ކަމެއް މުހިންމެއް ނުވާނެ…..އަދި ޙާއްސަކޮއް މާމަ އާއި ކާފަގެ ކަންކަމުގައި އޭނަ ފަރުވާ ކުޑައެއް ނުކުރާނެ“ އަޒާންވެސް ޔުވާން އަށް އައިސްފައިވި ބަދަލު ފާހަގަ ކުރިއެވެ.

”އަހަރެން ގެއިން މާމަގެ އެއްޗެހި ބަލާ ދިޔައިރު ދުށިން ގެސްޓް ހައުސް ކައިރީ ޔުވާންގެ ކާރު އޮތްތަން…..ހީވަނީ އެތެރޭގައި އުޅޭހެން“ މީކައިލް އަށް ފެނުނުގޮތް ވެސް ހާމަކުރިއެވެ.

”ލިއާ…..އެޔޮއް އަންނަނީ ތީނަގެ ޕްރިންސެސް….ދޭބަލަ ކިހިނެއްވީ ތޯ ބަލަން“ ހިނިގަނޑެއް ޖަހާލަމުން އަޒާން ލިއަމް އާ ދިމާކޮއްލިއެވެ. މީކައިލްވެސް ހުނުމުގައި ބައިވެރި ވިއެވެ.

”ސާބަސް ކަލޭމެނަށް ނުވާނެ ތިނޫން ވަރެއް“ ޔަލްވީ ގާތަށް ދިއުމަށް ލިއަމް ތެދުވިއެވެ.

ލިއަމް ދިއުމުން އަޒާން ފޯނު ނަގައި އާޔަތު އަށް މެސެޖެއް ކޮއްލިއެވެ. ”އޯލްގުޑް  ޑާލިން؟…..ކޮފީ އެއް ގެނެސްދެން ތަ؟“

”ޔެސް ޕްލީޒް“ ކުޑަ އިރުކޮޅެއް ތެރޭގައި އާޔަތުގެ މެސެޖެއް ލިބުނެވެ. ހިނިތުން ވެލާފައި ފޯނު ޖީބަށް ލަމުން އަޒާން ތެދުވީ ކޮފީއެއް ގަތުމަށެވެ.

……………………..

ކޮފީ ހިފައިގެން ޔަލްވީ  އެތެރެއަށް ވަނުމުން މީކައިލް އާއި ލިއަމް އަދި އަޒާން ބޭރުގައި މަޑުކޮއްލިއެވެ. މަހީރް ނިދާފައި އޮތުމުން މަހީރް އަށް ނުގޮވީއެވެ. އާޔަތު އާއި ޔަލްވީ ކޮފީ ބޮއި ނިންމާލިއިރު ބަންގި ގޮވަނީއެވެ.

”ދަރިފުޅޫ…..މާމަ ބޭނުން ވުޟޫ ކޮއްލަން“ މާމަ މަޑުމަޑުން ތެދުވަން އުޅުނެވެ. އާޔަތު އާއި ޔަލްވީ މާމައަށް ވުޟޫ ކުރަން އެހީވިއެވެ. މާމަގެ އެދުމަށް މަހީރްއަށް ގޮވައި ނެގީ ނަމާދު ކުރުމަށެވެ.

ވުޟޫ ކޮއްލައިގެން އައިސް ތިން ކުދިން މާމަ އާއެކު ނަމާދު ކުރިއެވެ. މާމަ ނަމާދު ކުރީ ގޮނޑިއެއްގައި އިނދެއެވެ.

Share Article

Vaahaka_by_Az
Follow Me Written By

Vaahaka_by_Az

Level 110 Stories

Pages that feel like alternate realities, where every chapter feels personal!

Other Articles

Previous

ހަޑިމިލޭރު – 6

Next

މަލާމާތް ލޯބި – 19

Next
August 22, 2026

މަލާމާތް ލޯބި – 19

Previews
August 22, 2026

ހަޑިމިލޭރު – 6

2 Comments!

  1. Zdmr says:
    August 22, 2026 at 11:03 pm

    Ohh how i love this story💗💗 mi ep ves vrh reethi. Thankolheh avahaa next part up kohdhehchey!!

  2. zahra says:
    August 22, 2026 at 11:09 pm

    Ahhhh!!! I love this sm!!! 💗💗💗

Comments are closed.



All Right Reserved!