ތަޤުދީރު-20
މާމަ ހޮސްޕިޓަލުން ދޫކޮށްލީ އެދުވަހު ހެނދުނު 10 ޖަހާބޮޑުވިފަހުންނެވެ. މާމަ ގާތު އަރާމް ކުރުމަށް ބުނެފައި އޮތުމުން ޔާވިން އާއި މައުރާ އަދި ރާޔާ ތިބީ މާމަ އަރާމް ކުރޭތޯ ބެލުމާ ހަވާލުވެގެންނެވެ. ތިން މީހުން މާމަގެ ކޮޓަރީގައި ތަޅުންގަނޑުމަތީ ކުނަލެއް އަޅައިގެން ކެރަމް ކުޅެން ތިއްބެވެ. އޭރު މަންމަމެން މުރަނގަ ފަތް ފިލުވުމުގައި އުޅުނެވެ. އެ އާއިލާ އަކީ ކޮންމެ ކަމެއް ކުރިކަމުގައި ވިއަސް ވަރަށް ގުޅިގެން އުޅޭ އާއިލާއެކެވެ. ބޮޑެތި ކެއުންތައް ކެއްކުމާއި އީދަށް ކާޖާ ތައްޔާރު ކުރުމުގައި އެންމެންވެސް ބައިވެރިވެއެވެ. ބޮޑު ފަތިހާ އަދީލް ގޮސް މުރަނގަ ފަތް ދަނޑުން 3 ގޯނި ފަތް ބިނދެގެން ގެނައެވެ.
އަނބުގަސް ދޮށުގައި ހުރި ޖޯލިފަތީގައި މަންމަމެން ފަތް ފިލުވަން ތިބިއިރު އާޔަތު އާއި ޔަލްވީ އަދި މަހީރް ތިބީ ބޮޑު އަށީގައެވެ.
”ރާމިއްތާ ކޮބާތަ މެހެކް؟…. ނާދޭތަ ފަތް ކޮޅެއް ފިލުވާލަންވެސް….އެކުދިން ވަރަށް ބަލާހިތްވާނެ މިކަހަލަ ރަށްފުށު އާދަކާދަތައް….މާލޭ ކުދިންވީމަ އެވަރަކަށް ނުފެންނާނެ އެެއްނު މިކަހަލަ ކަންކަން“ ޒީނާ ރާމިޒާ ކުރެން އެހިއެވެ.
”ނޭގެ އަދި މިއަދު ސައިބޯން ވެސް ނާދޭ…..ރޭގަ ޔުވާން އާއެކީ ހޮސްޕިޓަލްގަ މަޑުކުރީމަ ވަރުބަލިވެގެން ނުހޭލެވުނީ ކަންނޭގެ ދޯ“ ރާމިޒާ ހީކުރީ ރޭގަ މެހެކް ހޮސްޕިޓަލްގައި މަޑު ކުރިކަމަށެވެ. ޔުވާން އޮތީ ކުރިން ހޮސްޕިޓަލްއަށް ދާނެ ވާހަކަ ބުނެފައެވެ.
”އެކަމް ތިއްތާ…ދޮންބެ ހޮސްޕި….“ މަހީރްގެ ވާހަކަ މެދު ކެނޑުނީ ޔަލްވީ ބޮލުން އިޝާރާތް ކޮއްލުމުންނެވެ. އެކަން އާޔަތުއަށް ވެސް ފާހަގަވިއެވެ. ނަމަވެސް މަންމަމެން ކުރިމަތީގައި އާޔަތު ހިމޭންކަން އިޚްތިޔާރު ކުރިއެވެ.
މެހެކްގެ ހަޤީގަތް ހަމައެކަނި އެނގެނީ ޔަލްވީއަށެވެ. ކުރިން ޔަލްވީ ހިމޭނުން ހުރީ ލިއަމް އާއި މެހެކްގެ ދެމެދުގައި ގުޅުމެއް ވާކަމަށް ހީކޮށެވެ. މެހެކް ބުނި ގޮތުން ވެސް ހީވަނީ ލިއަމްއާއި އަާއިލީ ގުޅުމުގެ އިތުރުން ޙާއްސަ ގުޅުމެއް އޮތްހެނެވެ. އެހާދިސާއަށް ފަހު ޔަލްވީ ނިންމީ އެދެމެދަށް ނުވަނުމަށެވެ. ނަމަވެސް ތަޤުދީރުގެ ނިޔާ ނިކަން ދެކިބަލާށެވެ. މެހެކް އަކީ ޔުވާންގެ ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ހޮވި ކުއްޖާއެވެ. ދުވަސް ކޮޅަކުން މެހެކް އެ އާއިލާގެ މެމްބަރަކަށް ވެގެންދާނެއެވެ. ހަޤީގަތުގައި ވެސް މެހެކް އަށް ވިސްނުނީ ހެއްޔެވެ؟ ކުރީގެ އުޅުން ބަދަލުވެ އިސްލާހުވީ ހެއްޔެވެ؟ އެހެންވެއްޖެނަމަ ކިތަންމެހާވެސް ރަނގަޅެވެ. އެހެންނޫން ނަމަ ޔަލްވީ އާއިލާ ސަލާމަތް ކުރުމަށް ފަހެއް ނުޖެހޭނެއެވެ. ޔަލްވީ އެހުންނަނީ މެހެކް އާއި ވާހަކަ ދައްކާނެ ފުރުސަތެއް ނުލިބިފައެވެ. ކަންކަން ރަނގަޅަށް އޮޅުން ނުފިލަނީސް އެހެން މީހެއްގެ ގާތުގައި ބުނުން ބުއްދިވެރިއެއްނޫނެވެ.
………………………….
”ދައްތަމެން ކޯއްޗެއް ތިހަދާލަނީ“ މީކައިލް އައިސް ހުސްކޮށް ހުރި ޖޯލީގައި އިށީނެވެ. ”މިއުޅެނީ މުރަނގަ ފަތްފިލުވަން ވެގެން ……އެކަނިތަ ތިއައީ؟ ކޮބާ އަޒާން އާއި ލިއަމް؟“ ރާމިޒާ ހިނިތުންވެލިއެވެ.
”އެ ދެމީހުން ވެއްޖެ ޔާސިރު ބޭބެ މެނާއެކު ދޯނި ދޮށަށް މަސް ބަލާގޮސް…..ޔުވާން ނިދާފައި އޮތީމަ އަހަރެން ގާތު ބުނީ ދައްތަމެން ކަމެއް ބޭނުންވިއްޔާ ކޮއްލަދޭން މަޑުކުރަން…..ދައްކަބަލަ އަހަރެންވެސް ވެއްޖެ ފަތް ފިލުވަން ދަސްކުރަން“ ރާމިޒާ އަތުން ތަށި ނަގައިގެން މީކައިލް ފަތް ފިލުވަން ފެށިއެވެ.
”ކީއްވެތަ މިންމިއަށް މި ހެވެނީ……މަޖާ ކަމެއް ވީތަ….ނިކަން ކިޔާދީބާ ދޯ“ މަޑުމަޑުން އިނދެ މަހީރް ހޭންފެށުމުން އާޔަތުއަށް ވެސް މަޖާވިއެވެ.
”ބަލާބަލަ މިހިރަ މީހަކު ތަނޑި ތަކާއެކީ އެޔޮއް ފިލުވަނީ“ މީކައިލް ފަތް ފިލުވާގޮތުން މަހީރް ހޭންފެށިއެވެ.
”ބަލަ އެއީ މައްސަލައެއް ނޫނޭ…އެސޮރު އަދި ދަސްކުރަނީއޭ ދޯ….އެމީހުން ކިޔާއެއްޗެއްސަށް އަޅާނުލާ“ ފަރީދާ މީކައިލްގެ ބުރަކަށީގައި ފިރުމާލިއެވެ. މީކައިލް މަހީރްއަށް ބަލާލަމުން އެއްލޯ މަރާލިއެވެ.
”މަންމީ ބަލާބަ އިޔޫގެ ކާފަ ޗޮކްލެތު ގަނެދިނީ“ ހެވިފައިހުރެ ދުވަމުން އިޒްޔަން ކާފައާއެކު ފިހާރައަށް ގޮސްފައި އައެވެ.
އިޒްޔަން މީކައިލް ގާތު ކުޑަގޮނޑި ހިފައިގެން އައިސް އިށީދެގެން އިނދެ ޗޮކްލެޓް ކަމުން އެކި ވާހަކަތައް ކިޔާދޭން ފެށިއެވެ. އެވަގުތަކީ މެހެކް އާއި ޔުވާންވެސް އައިސް ވަތް ވަގުތެވެ.
”ދަރިފުޅުމެން ސައި ބޯން ވަދޭ އަވަހާ….މެހެކް ސައިބޮއެގެން އާދޭ ދައްތަ އާއެކީ ފަތް ތެލުލަން ދަރު އުނދުން ރޯކުރަން ދާން“ މެހެކް ބޯޖަހަާލުމުން ފަރީދާ ހިނިތުން ވެލިއެވެ. ސައިބޮއި ނިންމާލައިގެން މެހެކް ދިޔައީ ފަރީދާއާއެކު ބިއްދޮއް ފަރާތަށެވެ. ދަރުތައް އެއްކޮއްގެން އައިސް އުނދުނަށް ލައި އަލިފާން ރޯކުރިއެވެ. އަދި ތެޔޮގަނޑު ހޫނުކުރަން އުދާފައި މެހެކްގާތު ބަލާލުމަށް އެދިފައި ފަރީދާ ދިޔައީ ފިލުވާފައި ހުރި ފަތްކޮޅު ބަލައެވެ.
ފަތްކޮޅު ހިފައިގެން އައިސް ތެޔޮ ތާހަށް އަޅާލުމާއެކުހެން ތެޔޮތައް ބުރައިގެން އައީ ފަރީދާގެ ގަޔަށެވެ. ވީތަދުން ފަރީދާއަށް ހަޅޭއްލަވައި ގަނެވުނެވެ. އިޝާހިތަކު ފަރީދާގެ އަޑަށް އެންމެން އެތަނަށް ދުވެފައި އައެވެ. ޔަލްވީ ވަގުތުން ފަރީދާއަށް ފަރުވާދޭން ފެށިއެވެ.
ޔުވާން ދުވެފައި އައިސް ބެލީ މެހެކް ރަނގަޅުތޯއެވެ. ނަސީބު ރަނގަޅު ކަމުން މެހެކްއަށް އެއްވެސް ގެއްލުމެއް ނުވެއެވެ. ވަގުތުން ފަރުވާ ދިނުމުން ފަރީދާގެ އަތަށް މާބޮޑުވަރު ނުވެ ހޮސްޕިޓަލަށް ދާކަށް ނުޖެހުނެވެ.
ފަރީދާއަށް ވީގޮތް ފެނިފައި އިޒްޔަން ބިރުން ރޯންފެށުމުން މީކައިލް ދިޔައީ އިޒްޔަން ގޮވައިގެން ބޭރަށެވެ.
……………………….
އަޒާން އާއި ލިއަމް ބައްޕަ މެނާއެކު ގެއަށް އައިރު މެންދުރުން އަނބުރައި 3 ޖެހީއެވެ. އޭރު ފަތް ތެލުލައި ނިމިގެން ޒީނާ އާއި ޖޫލިޔާ އުޅުނީ ފަތްތައް ޑަބިޔާއަށް އެޅުމުގައެވެ. ފަތް ހުސްކޮށްފައި ހުރި ބޮޑު ތެލީގައި ބަތާއި ރިހާކުރު އަޅައިގެން އެއްކުރުމުގައި ރާމިޒާ އުޅުނެވެ. ޔަލްވީ ރާމިޒާއަށް އެހީ ވިއެވެ. އާޔަތު އުޅުނީ ދަރު އުނދުނުން އަލިފާން ނިވޭތޯއެވެ. މަހީރް އިނީ ކާފަ ގާތު ކާފަގެ ދުފާ ތަބަކުން ކަރަންފޫ ކާށެވެ.
”އާޔޫ ދޭބަ ޔަލް އާއެކީ ޑަބިޔާތައް އެތެރެއަށް ވައްދަން“ ޒީނާ ގޮވުމުން އާޔަތު އައިސް ދެޑަބިޔާ އެއްފަހަރާ ނެގިއެވެ. ”ފަހަރަކު އެއްޗެއް ހިފާނީ …..ނުހިފޭ ވަރުން ނޫޅެބަލަ“ ޔަލްވީ ގެ ބަހަށް އާޔަތު ދިނީ ބީރު ކަންފަތެކެވެ. ދެ ޑަބިޔާ އެއްކޮށް އުފުލާލައިގެން ބަދިގެއަށް ވަންނަން ހިނގައިގަތެވެ.
ދެޑަބިޔާ ހިފައިގެން ހުރުމުން އާޔަތުއަށް ތިރިއެއް ނުފެނެއެވެ. ދޮރުގެ އޮޅީގައި އަޅާފައި ގޮސް ވެއްޓުނީ ތަޅުންގަނޑު މައްޗަށެވެ. އޭރުވެސް ޑަބިޔާ ތަކުން ދޫކުރާކަށް ގަސްދެއް ނުކުރިއެވެ. ޔަލްވީ އަށް ހިނިގަނޑު ކޮންޓްރޯލެެއް ނުކުރެވުނެވެ. އާޔަތު އޮތްގޮތް މަޖާ ވެގެން އެންމެނަށް ވެސް ހެވެނީއެވެ.
”އަނހާ މަގޭ ދަރި……ކިހިނެއް ތިހެދީ“ ކާފަ ހުރީ ކަންބޮޑުވެފައެވެ. އަޒާން ދުވަމުން އައިސް އާޔަތު ނަގާތެދުކުރިއެވެ. ގައި ތަނެއް މަށައިގެން ދިޔަތޯ ބަލަމުން ތަދުވިތޯ ވެސް އެހިއެވެ. އާޔަތު ބޯ ހޫރުވާލުމުން އަޒާން ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮއްލިއެވެ.
……………………………
އެންމެން ބަތް މޮޑެގެން ބޮޑުތެލީގައި ކެއެވެ. މީކައިލް އަށް އެކަންވީ ވަރަށް ގަޔާ ވާ ކަމަކަށެވެ. އެހާ ބޮޑު އާއިލާއެއް ތެރޭގައި އެންމެން އެކުވެގެން އުޅުމަކީ މަޖާކަމަކަށްވިއެވެ.
ކެއި ވަގުތުވެސް އިޒްޔަން އަށް މަޖާވެގެން އިރުއިރުކޮޅާ އާޔަތު ވެއްޓިފައި އޮތްގޮތް އަތުން ދައްކަމުން ހެނީއެވެ. އާޔަތު އިނީ ލަދުން އިސްއުފުލާލަން ވެސް ނުކެރިފައެވެ.
”ކޮބާ އޭރުވެސް ބުނީމެއްނު ނުހިފޭވަރުން ނޫޅެން“ އާޔަތު އޮތް ގޮތް ހަނދާންވެފައި ޔަލްވީ އާއި މަހީރް އަށް ވެސް ހެވެނީއެވެ. ލިއަމް އިންގޮތުން ހީވަނީ ހިނިގަނޑު ކޮންޓްރޯލް ކޮއްލައިގެން އިންހެނެވެ.
”ދެން ތިމީހުން މަލާމާތް ނުކޮއްބަލަ މަގޭ ދަރިފުޅަށް“ މާމަ އާޔަތު ދިފާއު ކުރިއެވެ.
ކެއުމުގެ ތެރެއިން އެންމެން ރާވަމުން ދިޔައީ މާދަމާ ފެކްޓްރީގެ ކަންކަމުގައި އެހީވުމަށް ދިއުމަށެވެ. މާދަމާ އަކީ ވަރަށް ގިނަ މަސްދޯނިތައް މަހަށް ނުކުންނާނެ ދުވަހަކަށް ވުމުން ފެކްޓްރީގެ މަސައްކަތްވެސް އިތުރުވާނެ ދުވަހެކެވެ. އެކަހަލަ މަސައްކަތް ގިނަ ދުވަސްތަކުގައި އާއިލާގެ އެންމެންވެސް ފެކްޓްރީގެ ކަންކަމުގައި އެހީވުމަށް ގޮސް އުޅެއެވެ.
……………………..
ހަވީރުގެ ވަގުތެވެ. ޔަލްވީ ނުކުތީ ބަގީޗާތެރެއަށް ވައި ޖައްސާލުމަށެވެ. ދުވަހުގެ ވަރުބަލިކަމާއި މާދަމާ ފެކްޓްރީ މަސައްކަތް ކުރަން އޮތުމުން އެންމެންވެސް ނިންމީ ހަވީރު އަރާމް ކޮއްލުމަށް ގޭގައި މަޑުކޮއްލާށެވެ.
ބަގީޗާތެރެއިން ވަދެގެން ދިޔައިރު އުނދޯލިގޭގައި ލިއަމް އިންތަން ފެނުނެވެ. އެނބުރި އައިކޮޅަށް ދާން ބޭނުންވި ނަމަވެސް ނޭގޭ ބާރަކުން ޔަލްވީގެ ދެފައި ގައިދު ކޮއްލާފައި ވާކަހަލައެވެ. ދަގަތްފާނު ގެ ބާރަށް ދަމާހެން ޔަލްވީއަށް ލިއަމް އިން ދިމާއަށް ދެވުނީ ބޭއިޙްތިޔާރުގައެވެ. ޔަލްވީގޮސް ވަނުމުން ލިއަމް އަތުން ހަދާލާފައި އެދުނީ ލިއަމް ގާތު އުނދޯލީގައި އިށީނުމަށެވެ. ޔަލްވީގޮސް އުނދޯލީގައި އިށީނީ އެދެމެދުގައި ކުޑަ ޖާގައެއް ބާއްވާފައެވެ.
”ޕްރިންސެސް ކީއްވެ އެހާ ދުރުން ތިއުޅެނީ؟…..މިހާރު ހާދަ ބަސް މަދުވެއްޖޭ“ ލިއަމް ޔަލްވީގެ މޫނަށް ބަލާލަމުން ބުނެލިއެވެ.
ޔަލްވީ އިސްޖަހާލީ ކަމެއް ނުވާކަމުގައި ބުނަމުންނެވެ. ޔަލްވީގެ ދަތްދޮޅީގައި ހިފައި ލިއަމްއާ ވީފަރާތަށް އަނބުރާލިއެވެ. އަދި ފުންކޮށް އެ މޫނަށް ބަލާލިއެވެ.
”ބޭބީ….އައިކާންޓް ސީ ޔޫ ސޭޑް…..ތިހެން ހުންނަތަން ބަލާކަށް މިހިތަކަށް ކެތެއް ނުވާނެ…..އައި ވޯންޓު ސީ ދެޓް ޕްރިޓީ ސްމައިލް“
”ދެން ކީއްވެ އަހަރެންގެ ސުވާލަށް ޖަވާބު ނުދެވެންވީ؟…..އަހަންނަށް ވެސް އެނގޭ ދޮންބެ ގެ އެކުވެރިއަކަށް ވީމަ ނޫންކަން ލިއަމް އަހަންނާ ދޭތެރޭ އެހާ ކެއާފުލް ވަނީ…..ލިއަމްގެ ސްޓާފްއަކަށް ވީމައެއް ވެސް ނޫން ތިހެން ތިކަންތައް ކުރަނީ…..އައި ނޯ ދެއާޒް މޯ ބިޓްވީން އަސް….. އެހެން ނޫނީ ކީއްވެ ދެން؟ ބުނެބަލަ އިތުރު ސަބަބެއް……ބުނާށޭ!!“ ޔަލްވީ އިސްއުފުލާ ލިއަމް އަށް ބަލާލިއިރު އެދެލޮލުގައި ތާޒާ ކަރުނަ ވިދަވިދާ ހުއްޓެވެ.
”ބިކޯޒް އައި ލަވްޔޫ…..މަރިޔަމް ޔަލްވީ ޔާސިރު އައި ލަވަޔޫ ސޯ މަޗް….. އައި ކާންޓް ސްޓޭ އަވޭ ފްރޮމް ޔޫ…..ޕްލީޒް ޑޯންޓް ޑޫ ދިސް ޓު މީ…..ޓޯ ކް ޓު މީ ޕްރިންސެސް……އައި މައިޓް ނޮޓް ނޯ ހައު ޓު އެކްސްޕްރެސް މަޗް….ބަޓް ޖިމް އިން ފުރަތަމަ ފެނުނު ދުވަހުވެސް މައި ހާޓް ވޯޒް ބީޓިން އިން އަ ޑިފަރެންޓް ވޭ…..އައި ކާންޓް ސްޓޮޕް ސްޓޭރިން އެޓް ޔޫ…..ޔޫ އާ ދަ މޯސްޓް ބިއުޓިފުލް ވިމެން އައި ލެއިޑް މައި އައިޒް އޮން….. ދަ ވޭ ޔޫ ކެރީ ޔޯ ސެލްފް…..ސޯ ޑޭމް ގޯޖަސް….. ވެން ޔޫ ޓޯކް ޓު އަދާ މެން އައި ގެޓް ސޯ ޖެލަސް ދެޓް އައި ވޯންޓު ބީޓް ދެޓް ޕާސަން ސޯ ބޭޑް…….އަހަރެން ކޮންމެ ކަމެއް ވެސް ބަރުދާސްތު ކޮއްފާނަން އެކަމް އައި ކާންޓް ލޫޒް ޔޫ ބޭބީ…….ކިޑްނެޕްވި ދުވަހު ވެސް ހީވީ އަހަރެންގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖެހިނު ހެން……އައި ވެންޓް ކްރޭޒީ…..އައި ލަވްޔޫ ސޯ މަޗް….ފުރަތަމަ ނަޒަރުން ވެސް ހިތް ދެވިއްޖެ…..ތީ މިހިތުގެ ރާނީ އަކީ…..ދުވަހަކުވެސް މިކަހަލަ އިހްސާސްއެއް އަދި ނުކުރެވޭ….ޕްލީޒް ޑޯންޓް ލީވްމީ…..އައި ވޯޒް ސޯ ސްކެއާރޑް ޓު ކޮމިޓް….އަހަރެން ދޫކޮއްފަ ގޮސްދާނެތީ…..އަހަރެން ލޯބިވާ އެންމެން އަބަދުވެސް އަހަރެން ދޫކޮއްފަ ދަނީ….“ ލިއަމްގެ ހިތުގެ ހާލު ޔަލްވީގެ ކުރިމަތީ ބަންޑުން ކޮއްލިއެވެ. ޔަލްވީ އިތުރަށް ލިއަމް އާ ގާތްވެލީ އެދެމެދުގައި އޮތް ޖާގަ ނައްތާލަމުންނެވެ. އެދެލޮލުގައި ވާ ރިހުން ޔަލްވީއަށް ފުރަތަމަ ފަހަރަށް ފާހަގަވިއެވެ.
ލިއަމް ކަހަލަ ހަރުކަށި ހިތްހަރު މީހެއްގެ ހިތްވެސް އެހާ ތަކުލީފު ގައި ވެދާނެހެއްޔެވެ. ދެތިން ލަފްޒަށް ވުރެ އިތުރަށް ބަހެއް ބުނެ ނުލާ މީހެއް މިއަދު އެހިތް ޔަލްވީގެ ކުރިމަތީގައި ހުޅުވާލީއެވެ. އާއެކެވެ. މީހެއް ހުންނަ ގޮތަކުން އެމީހެއްގެ ހަޤީގަތެއް ނޫނީ ތަހައްމަލު ކުރާ ވޭނެއް ނޭގޭނެއެވެ.
ލިއަމްގެ ބަސްތަކުން ޔަލްވީއަށް ނުހަނު އަސަރު ކުރިއެވެ. ޔަލްވީ ދެކެ އިންތިހާއަށް ލޯބިވާނޭ މީހަކު ހުންނާނެކަމަށް މިއަދު ޤަބޫލުވެސް ކުރެވިއްޖެއެވެ. ޖަޒުބާތުން ފުރިގެންވީ ނަޒަރަކުން ލިއަމްގެ މޫނަށް ބަލާލަމުން އެމޭގެތެރޭގައި ބޮނޑިވެލީ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ކޯތާފަތް މައްޗަށް އޮހެން ދޫކޮއްލާފައެވެ. ލިއަމް ޔަލްވީގެ އުނަގަނޑުގައި ދެއަތް ވަށާލާ އިތުރަށް ގާތް ކޮއްލީ ލޯބިން ފުރިގެންވީ ބެލުމަކުން ޔަލްވީއަށް ބަލާލާފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


Hey all, good newss!!
Thaqdheer will be up 3 days a week. Sunday, Wednesday and Saturday.
Hope you all like it……enjoy reading!!
OMGGG.. liam CONFESSED!!! I wasn’t expecting that. Aaaaaahh i love it sm. Cant wait for the next ep. I love this family sm. And pls aayu vehtun goiy was so funnyyy.
took him a while to confess💗 hahaha yes ayath is so clumsy 😭
Next part Wednesday right
Yes