“ސާޖިދް؟؟”
“ޑރ. ރޫޔާ” ހޭވެރިކަން ވީ ޔަމީން ގޮވައިލި އަޑު އިވިފައެވެ. ރޫޔާ އަވަހަށް ޔަމީނަށް ނަޒަރު ހިންގައިލުމަށްފަހު، ގާރނީ މަތީ އޮތް ސާޖިދަށް ބަލައިލިއެވެ.
އަމިއްލަ އިހުސާސްތައް އެއްފަރާތް ކޮށްލުމަށްފަހު އޭނާ ސީރިއަސްވިއެވެ.
“ޔަމީން، ގެޓް މީ އަ ފުލް ސެޓް އޮފް ވައިޓަލްސް. ރީހާ، ސެޓް އަޕް ފޯ ބާރން އެސެސްމެންޓްސް. އައި ވާންޓް ހެޑް ސީ.ޓީ. ޗެސްޓް އެންޑް އެބްޑަމެން ސީ.ޓީ. އެންޑް އޭން އޭޓްރިއަލް ބްލަޑް ގޭސް. ހީ ވާޒް އިން އަ ސްޓްރަކްޗުއަލް ކޮލާޕްސް. އައި ނީޑް ޓު ރޫލް އައުޓް ކްރަޝް ސިންޑްރޮމް، އިންޓާރނަލް ބްލީޑިން، އެންޑް އެއާރވޭ ބާރންސް. އިނާޝާ، ޓޫ ލާރޖް ބޯ އައި.ވޯ. ސްޓާރޓް ލެކްޓޭޓެޑް ރިންގާރސް ވައިޑް އޯޕެން. ނަސްރާ، ގެޓް މީ ދި ބާރން ކިޓް”
ރޫޔާ އެންމެނަށް އަމުރު ދިނުމަށްފަހު ސާޖިދުގެ މޫނާ ގާތް ވެލިއެވެ. ހޭވެރިކަމުގެ އެއްވެސް އަސަރެއް ފެނޭތޯ ބަލަން ހުރެފައި އޭނާ ސާޖިދަށް ގޮވަން ފެށިއެވެ.
“ސާޖިދް، ސާޖިދު ލޯ ހުޅުވަބަލަ.. މިއީ ރޫޔާ އޭ..” ރޫޔާ ތަކުރާރުކޮށް ގޮވަމުން ދިޔައެވެ. ރޫޔާގެ އަޑަށް ސާޖިދު ލޯ ހުޅުވައިލި ވަގުތު ރޫޔާ ގާތް ވެލިއެވެ.
“ރޫ…” ސާޖިދު ބަލި އަތް އުފުލައި ގެންދިޔައީ ރޫޔާއާ ދިމާލަށެވެ. ރޫޔާ އަވަހަށް އެއަތުގައި ހިފައިލިއެވެ.
“ފަހުން، މިހާރު ތިހުރީ ހޮސްޕިޓަލުގައި. އަހަރެން މިއުޅެނީ ސާޖިދަށް ފަރުވާ ދޭންވެގެން..”
“މައި…” ބުނަން އުޅުނު ބަސް ބޭރުވުމުގެ ކުރިން ސާޖިދު ހޭ ހުސްވިއެވެ. ހަމަ އެވަގުތު މޮނީޓަރުން އެލާމް އަޅުވަން ފެށިއެވެ.
“ގެޓް މީ އޭން އަލްޓްރާސައުންޑް، އައި ނީޑް ޓު ރޫލް އައުޓް އިންޓާރނަލް ބްލީޑިން. ޕްރެޕް ދި އޯ.އާރ، އިފް ހީ އިޒް ބްލީޑިން އިން ޓު ހިޒް އެބްޑޮމެން، ވީ އާރ އޯޕެނިން ހިމް ރައިޓް ހިއަރ އިން ދި ޓްރައުމާ ބޭއި އިފް ވީ ހޭވް ޓޫ..”
ރޫޔާގެ އަޑާއެކު މީހަކު އެ ބޭއި ތެރެއަށް އަލްޓްރާސައުންޑް މެޝިނު ގެނައެވެ. އެކުއްޖާ އަވަހަށް ރޫޔާ އަތަށް ޕްރޯބް ދިނުމަށްފަހު، ޖެލް ފުޅި ނަގައި، ސާޖިދުގެ ބަނޑުމަތީ ޖެލް އުނގުޅައިލިއެވެ.
ޕްރޯބު ބަނޑުގައި ޖެއްސުމަށްފަހު، ރޫޔާ ސްކްރީނަށް ސަމާލުކަން ދިނެވެ. އެކި ދިމާލަށް ޕްރޯބް ގެންދަމުން ގޮސް ހުއްޓުނީ، ސްކްރީނުން ފްރީ ފްލުއިޑް ފެނިގެންނެވެ. އެތެރެއިން ލޭ މަނާ ނުވެ، ލޭ އޮހެރެމުންދާ މަންޒަރު ސްކްރީނުން ބަލަން ހުރެފައި ރޫޔާ ނޭވާއެއް ދޫކޮށްލިއެވެ. މިވަގުތު އެންމެ މުހިންމު ކަމަކީ، އެ ކަފައިގެން ގޮއްސަ އޮތް ތަން ރަނގަޅުކޮށް ލޭ މަނާ ކުރުމެވެ. ފިހިފައި ހުރިތަން ފަހުންވެސް ފަރުވާ ކުރެވިދާނެއެވެ.
“ކެންސަލް ދަ ސީ.ޓީ. ހީ އިޒް ގޮއިން ސްޓްރެއިޓް ޓު އޯ.އާރ. ޔަމީން، ޔޫ އާރ މައި ފަސްޓް އެސިސްޓް. ރީހާ، ޕޭޖް އެނެސްތީޝިއާ އެންޑް ޓެލް ދެމް ވީ އާ ކަމިން އަޕް ރައިޓް ނާއު. އިނާޝާ، ގެޓް ހިމް ކްރޮސް މެޗްޑް ފޯ ސިކްސް ޔުނިޓް އޮފް ޕެކްޓް ސެލް.. މޫވް!!” ގާރނީގެ ބުރެކި ނައްޓައިލަމުން ރޫޔާ އޭގައި ހިފައި، އީ.އާރުން ނެރެންވެގެން ކޮއްޕަން ފެށިއެވެ. ދެން ތިބި މީހުންވެސް އޭގައި ހިފައި، ގައިގައި ހުރި ބާރެއް ލާފައި ދުއްވައިގަތީ އީ.އާރު އިން ނިކުމެ، އޯ.އާރ ވިންގަށް ދާން ވެގެންނެވެ.
އޮޕަރޭޝަނަށް ތައްޔާރުވެގެން ރޫޔާ ހޭ ނައްތައިފައި އޮތް ސާޖިދު ކައިރީ މަޑުކޮށްލިއެވެ. މޮނީޓަރުތައް ކައިރީގައި މަޑުކޮށްގެން ހުރި ޑރ. ޗަންދްރާ ބަލިމީހާގެ ވައިޓަލްސްތައް އެންމެންނަށް އަޑުއިވޭވަރަށް ކިޔައިލިއެވެ. “ޕްރެޝަރ ސްޓިލް ޑްރޮޕިން، ސެވެންޓީ ފައިވް އޮވަރ ފޯރޓީ ފައިވް. ހާރޓް ރޭޓް 135، ހީޒް ޓެކީކާރޑިކް އެންޑް ހައިޕޯޓެންސިވް. އައި ހޭވް ގޮޓް ޓޫ ޔުނިޓް އޮފް ޕެކްޓް ސެލް ރަނިން، ބަޓް ހީޒް ލޫޒިން އިޓް ފާސްޓާ ދެން އައި ކޭން ޕުޝް އިޓް..”
“ދެން ވީ ސްޓޮޕް ދަ ބްލީޑިން..” ޕޭޝަންޓްގެ އަނެއް ފަރާތުގައި މަޑުކޮށްގެން ހުރި ޔަމީނަށް ބަލަން ހުރެފައި ރޫޔާ އެހެން ބުނި އިރު، އޭނާގެ އަޑު އައީ މާސްކުގެ ދަށުންނެވެ. ޔަމީން ބޯ ޖަހައިލުމަށްފަހު، ސާރޖިކަލް އިންސްޓްރުމެންޓް ކައިރީގައި ހުރި ރީހާއަށް ބަލައިލިއެވެ.
“މިޑްލައިން ލެޕަރޮޓޮމީ.. ލެޓްސް ސީ ވަޓް ވީ އަރ ޑީލިން ވިތް، ސްކަލްޕެލް” ރީހާ ރޫޔާގެ އަތަށް ސްކަލްޕެލް ލުމާއެކު، ރޫޔާ އޭގައި ހިފައިލިއެވެ. އެއްވެސް އިރަކު އޭނާ އިސްވެ ހުރެ، އޭނާގެ ގާތް މީހެއްގެ އޮޕަރޭޝަން ކުރާނެ ކަމަކަށް ނުވިސްނައެވެ. އެހެނަސް ކަންތައް ވެގެން އައި ގޮތް ނިކަން ދެކި ބަލާށެވެ.
ފުން ނޭވާއާއެކު ބިސްމިން ކިޔުމަށްފަހު ރޫޔާ އެ ތޫނު ވަޅިން ސާޖިދުގެ ހަންގަނޑު ކަފައިލިއެވެ. ކަފައިލުމާއެކު ހަންގަނޑު ދެފަރާތަށް ދެމިގެން ގޮސް، ޖާގަ ހެދުނެވެ. ޕެރިޓޯނިއަލް ކެވިޓީއާ ހަމައަށް ކެފިގެން ދިއުމާއެކު، ރަތް ކަޅު ލޭ އޮހިގެން ބޭރުވާންފެށިއެވެ. ހަމަ އެސިކުންތުގައި އިނާޝާ ސަކްޝަން ހޮޅި ހިފައިގެން އައިސް، އެތަން ސާފުކުރަން ފެށިއެވެ.
“މޯ ސަކްޝަން. ޕެކް ދަ ކުއާޓްރެންޓްސް. އައި ނީޑް ޓު ސީ ވެއަރ ދިޒް އިޒް ކަމިން ފްރޮމް”
ޔަމީން ރޫޔާގެ އިރުޝާދާ އެއްގޮތަށް، އެކަން ކުރިއަށް ގެންދިޔައެވެ. ސަކްޝަން ހޮޅިން ލޭ ސާފުކުރަމުން ދިޔަ އަޑު ކަފައިލައިފާ އިވުނީ ޑރ. ޗަންދްރާގެ އަޑެވެ. “ޕްރެޝަރ ނޮޓް އިޕްރޫވިން، ވީ އާރ އެޓް ސެވެންޓީ އޯވަރ ފޯޓީ”
“އައި އޭމް ގޮއިން ޓު ކްރޮސް ކްލޭމްޕް ދި އައޯޓާ. ރީހާ،ގެޓް މީ އަ ވަސްކިއުލަރ ކްލޭމްޕް.”
ރީހާ ރޫޔާގެ އަތަށް އެ ކްލޭމްޕް ދިނުމާއެކު، ހުސް އަތުން އެ ލޭގެ ނާރު ފާހަގަ ކުރުމަށްފަހު ކްލޭމްޕް އަޅުވައިލިއެވެ. އޭނާ ޗަންދްރާއަށް ބަލައިލުމާއެކު، ޗަންދްރާ ބޯ ޖަހައިލީ މިހާރު ރަނގަޅު ކަމަށް އަންގަންވެގެންނެވެ.
“ސަކްޝަން، ލެޓްސް ފައިންޑް ދަ ބްލީޑަރ…”
ލޭ އަންނަނީ ކޮން ދިމާލަކުން ކަން ރޫޔާއަށް ފާހަގަވުމާއެކު ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ޔަމީނަށް ބަލައިލީ، ކަމެއް ހަނދާން ކޮށްދޭންވެގެންނެވެ.
“އިޓްސް ދަ ސްޕްލީން. ޑެމޭޗްޑް ޓު ދަ ޕޮއިންޓް އޮފް ނޯ ރިޓާން…” ޔަމީން މާސްކުގެ ދަށުން ބުންޏެވެ.
“ޔެސް. ވީ ހޭވް ޓު ޑޫ ދަ ސްޕްލީނެކްޓޮމީ. ޔަމީން، ލިގޭޓް ދަ ސްޕްލެނިކް އާރޓެރީ އެންޑް ވެއިން.. ރީހާ، ގެޓް މީ ދަ ވަސްކިއުލަރ ސްޓެޕްލަރ. އިނާޝާ، ކޯލް ދަ ބްލަޑް ބޭންކް އެންޓެ ޓެލް ދެމް ވީ އާރ ގޮއިން ޓު ނީޑް އަނަދަރ ފޯރ ޔުނިޓްސް. ހީ އިޒް ގޮއިން ޓު ކީޕް ބްލީޑިން އަންޑިލް ވީ ގެޓް ދިޒް އޯގެން އައުޓް…”
ޔަމީން ސްޕްލެނިކް ހިލުމް ފާހަގަކުރުމަށްފަހު، ފަރުވާތެރިކަމާއެކު ލޭ ހޮޅިތައް ވަކިކުރަންފެށިއެވެ. ރީހާގެ އަތުން ސްޓެޕްލަރ ނެގުމަށްފަހު، އާރޓެރީ އާއި ވެއިންގެ މަތީ ސްޓޭޕުލް ކޮށްލިއެވެ. އެއަށްފަހު ފަރުވާތެރިކަމާއެކު،އެ ގުނަވަން ވަކިކުރުމުގައި އުޅުނެވެ.
“ޕްރެޝަރ ސްޓޭބަލައިޒިން، ނައިންޓީ އޯވަރ ސިކްސްޓީ، ހާރޓް ރޭޓް ކަމިން ޑައުން ޓު 110. ވަޓް އެވަރ ޔޫ އަރ ޑުއިން، އިޓްސް ވޯކިން” ރޫޔާ ޑރ. ޗަންދްރާއަށް ބަލައިލުމާއެކު، ޑރ. ޗަންދްރާ އޭނާ ބޮޑުވައި އިނގިލި ދައްކައިލިއެވެ.
“ގުޑް، ކީޕް ޕުޝިން ފްލުއިޑްސް އެންޑް ބްލަޑް. އައި އޭމް އޯލްމޯސްޓް ޑަން.” ހަލާކުވެފައި އޮތް ސްޕްލީން ޓްރޭއަށް ލުމަށްފަހު ރޫޔާ ނޭވާއެއް ދޫކޮށްލިއެވެ.
“ލެޓްސް ޗެކް ފޯ އަދަރ އިންޖަރީސް. ޔަމީން، ރަން ދަ ބޮވެލް. އައި ވިލް ޗެކް ދަ ލިވާރ އެންޑް ދި ރެޑްރޯޕެރިޓޯނިއަމް..”
އޮޕަރޭޝަން ކުރިތަން ޗެކުކޮށް، ފަހައި ނިމުމަށްފަހު ރޫޔާ ދުރަށް ޖެހިލިއެވެ. ދެން ހަދަންވީ ގޮތް ކިޔައި ދިނުމަށްފަހު އޭނާ އޯ.އާރުން ނިކުމެގެން ގޮސް ހުއްޓުނީ ސިންކު ކައިރީގައެވެ. ފާރުގައި ހަރުކޮށްފައި އިން ލޯގަނޑަށް ބަލަން ހުރެފައި އޭނާ ފެން އިސްކޫރު ދޫކޮށްލިއެވެ.
“ޢާއިޝާ” ކައިރިން ރާޝިދުގެ އަޑު އިވިފައި ރޫޔާ މޫނު އަނބުރައިލިއެވެ.
“އެއްކަލަ ސޮރު ގެނާ ވާހަކަ ބުނި..” ރާޝިދު އެ ދައްކަނީ ސާޖިދުގެ ވާހަކަ ކަން އެނގުމާއެކު ރޫޔާ ބޯ ޖަހައިލިއެވެ.
“ހޫމް.. ދެންމެ މި ނިންމީ އޮޕަރޭޝަން، ކިހިނެއްވަނީ އީ.އާރ؟”
“ހަމައަކަށް އެޅެނީ..އެކަމަކު އަދިވެސް މީހުން ގެނޭ އެބަ..” އަތް ދޮންނަމުން ރާޝިދު ޖަވާބު ދިނެވެ.
“ކިހާ ވަރެއް މިހާރު؟” ރޫޔާ ޖެހިލުންވެ ހުރެ އަހައިލީ މަރުވި މީހުންގެ އަދަދާ ބެހޭގޮތުންނެވެ.
“ތިނެއް..”
***
އަތް ސާފު ކުރުމަށްފަހު ރޫޔާ އަނެއްކާވެސް ވަދުނީ އީ.އާރ ގެ ތެރެއަށެވެ. ދެން އަންނަމުން އައި ޕޭޝަންޓުންނަށް ފަރުވާ ދިނުމަށްފަހު ނޭވާއެއް ދޫކޮށްލި ވަގުތު، ޕެރެމެޑިކުން ވެއްދި ގާރނީ މަތީ އޮތް އަންހެން ކުއްޖާފެނިފައި ރޫޔާ ހައިރާންވިއެވެ.
“މައި..” އެ ނަން ފުރަތަމަ ކިޔައި ލެވުނީ މަޑު މަޑުން ނެވެ. ދެވަނަ ސިކުންތުގައި އަވަސް ފިޔަވަޅުތަކެއް އަޅަމުން އޭނާ މައިރާ ގާތު ހުއްޓުނެވެ. އޮކްސިޖެން މާސްކު އަޅައިގެން އޮތް މައިރާގެ އަޅިން ކަޅުވެފައިވާ މޫނު ފެނުމާއެކު އެތަކެއް ސުވާލުތަކެއް ހިތުގައި އުފެދުނެވެ.
“ސްމޯކް އިންހަލޭޝަން، ތިން ވަނަ ބުރީގެ ސިޑި ކައިރިން ފެނުނީ..ކޮންޝިއަސް ބަޓް ޑިސްއޮރިއެންޓެޑް، އޮކްސިޖަން ސްޓެޓް %88 އޮން ސީން، އަޕް ޓު %93 އޮން ފިފްޓީން ލީޓަރސް.. ނޯ ބާރންސް، ޕޯސިބަލް ކާރބޮން މޮނޮކްސްސައިޑް އެކްސްޕޯޝަރ….”
“މައީ..މައީ..އަހަރެންގެ އަޑު އިވޭތަ؟” ރޫޔާ ހާސްވެފައި މައިރާއަށް ގޮވައިލިއެވެ. ރޫޔާގެ އަޑު އިވުމާއެކު މައިރާ ފުސްވެފައިވާ ދެލޮލަކާއެކު ރޫޔާއަށް ބަލައިލިއެވެ. އެކުވެރިޔާ އެއްޗެކޭ ބުނަން ތުން ތަޅުވާތަން ފެނުމާއެކު ރޫޔާ ގާތް ވެލިއެވެ.
“މި…މިއު…މިއުވާން” ނަން ބުނެފައި މައިރާ އަނެއްކާވެސް ކެއްސަން ފެށިއެވެ. ރޫޔާގެ އަތުގައި ހިފައިގެން ހުރެ، އޭނާ އިޝާރަތް ކުރީ، އެވަގުތު ދެވަނަ ޕެރެމެޑިކް ޓީމުން އެތެރެއަށް ވެއްދި ގާރނީ މަތީގައި އޮތް ފިރިހެން މީހާއަށެވެ.
މިއުވާން އޮތް ހާލު ފެނިފައި ރޫޔާ ހުއްޓުން އެރިއެވެ. ލެއިންނާއި، އަޅިން މުޅި މިހާ ތަތްތެޅިފައިވާއިރު، އެކި ތަންތަނުން ފިހިފައި ހުރި ތަންތަނުގައި ފެންބޮކި ހެދިފައި ހުރިތަން ފެނުމާއެކު ރޫޔާ އެ ވޭނާ މެދު ވިސްނައިލެވުނެވެ. އެއް ޕެރެމެޑިކް، އަމްބު ބޭގްގައި ހިފައިގެން ހުރި އިރު، އަނެކަކު ހުރީ މިއުވާންގެ ބޮލުން އޮހެރެމުން ދިޔަ ލޭ މަނާކުރަންވެގެން، ހަލާކުވެފައި އޮތް ދިމާލުގައި އަތް އަޅައިގެންނެވެ.
“މިއުވާން..” ޑރ. ރާޝިދު އަވަހަށް އޭނާ ކައިރިއަށް ދިޔައެވެ. ކައިރީގައި ހުރި ޕެރެމެޑިކަށް ބަލައިލުމަށްފަހު ވެގެން އުޅޭ ގޮތް އެހިއެވެ.
“އޭނާ ގައި މައްޗަށް ސީލިންގ ވެއްޓުނީ. އަހަރެމެން މީނަ ސަލާމަތް ކުރި އިރު ހޭ ހުރި. މީގެ ދެމިނެޓް ކުރިން ހޭ ނެތުނީ.. އެމްބިއުލޭންސް ތެރޭ އިންޓިއުބޭޓް ކުރި..”
ރާޝިދު ރޫޔާއަށް ބޯ ޖަހައިލިއެވެ. “އަހަރެން މިކޭސް ނަގާނަން. ރޫޔާ މައިރާއާއެކު”
“ރޫ.. މިއުވާން… އޭނާ؟” ކުރެހިފައިވާ އަޑަކުން މައިރާ އަހައިލިއެވެ.
“މައި.. އިޓްސް ގޮނަ ބީ އޯކޭ. ޑރ. ރާޝިދު މިއުވާނަށް ފަރުވާ ދޭންވެގެން އެއުޅެނީ.. ސޯ ލެޓް މީ ޓޭކް ކެއަރ އޮފް ޔޫ” މައިރާ ތެދުވާން އުޅުމުން ރޫޔާ އޭނާގެ އަތުގައި ހިފިއެވެ. އަމިއްލަ ހާލަށް ވުރެ، މައިރާ ހުރީ މިއުވާންގެ ހާލާމެދު ހާސްވެފައެވެ.
“ރޫ.. ކޮންމެ ގޮތެއް ހަދާފަ ވިޔަސް..ޕްލީޒް، އޭނާ…” ރޮވިފަ، މައިރާ ބުންޏެވެ. “އޭނާ..އަހަރެން ސަލާމަތް ކުރީ.. އަހަރެން…އަހަރެން…” ގިސްޖަހަމުން މައިރާ ބޯ ހޫރައިލިއެވެ.
“މައި.. މައީ!” ރޫޔާގެ އަތު ތެރެއަށް މައިރާގެ މޫނު ގެނައެވެ. ބޮޑުވާ އިނގިލިން މައިރާގެ ކަރުނަތައް ފޮހެމުން ރޫޔާ މައިރާއާ ހަތަރު ކަޅި ހަމަކުރިއެވެ. “ފަހުން ވީ ގޮތް ކިޔައި ދޭނީ.. ފޯ ނައު، އައި ވާންޓް ޔޫ ޓު ބީ ބްރޭވް އެންޑް ލެޓް މީ ޓްރީޓް ޔޫ. މައިގެ އޮކްސިޖަން ލެވެލް ދަށް. މައިގެ އެއަރވޭ ޗެކު ކުރަން އެބަޖެހޭ. ޔޫ ހިއަރ މީ؟”
ރޫޔާގެ ލޮލަށް ބަލަން ހުރެފައި މައިރާ ބޯ ޖަހައިލިއެވެ. ރީހާ ގާރނީއާ ކައިރިއަށް ޖެހިލުމާއެކު ރޫޔާ ހަށިގަނޑު ތެދުކޮށްލިއެވެ. “ބޭއި ތްރީ، އައި ވާންޓް އަ ޗެސްޓް އެކްސްރޭ، އޭން އޭބީޖީ، އެންޑް އަ ކާރބޮކްސިހެމަގްލޯބިން ލެވެލް. ސްޓާޓް ހާރ އޮން ހައި ފްލޯ އޮކްސިޖެން އެންޑް ގެޓް މީ އަ ބްރޮކޯސްކޮޕީ ކާރޓް. އިފް ޝީ ގޮޓް ސޫޓް އިން ހާރ އެއަރވޭ، އައި ވާންޓް އިޓް އައުޓް.” ބޭއި ތްރީއާ ދިމާލަށް ގާރނީ ކޮއްޕަމުން ރޫޔާ ރީހާއަށް ހަދަންވި ގޮތް ކިޔައިދިނެވެ.
ގާރނީގެ ފުރޮޅު ބްރެކި އަޅުވުމަށްފަހު، ރޫޔާ އަވަހަށް އަތަށް އަންގިލެއްވިއެވެ. ކައިރީގައި ހުރި ޝައުފާ އަވަހަށް މޮނީޓަރ ތަކުގެ ޕެޗުތައް ނަގައި، މެޝިނުތައް ތައްޔާރުކުރުމުގައި އުޅުނު އިރު، ނުސްރާ އުޅުނީ މައިރާގެ އަތުން ލޭ ނަގަނެށެވެ.
އަތަށް ބްރޮންކޯސްކޮޕް ނެގުމަށްފަހު ރޫޔާ ނޭވާއެއް ނަގައިލިއެވެ. މިއަދު ވީ ކަންތައްތަކަކީ އިއްތިފާޤުން ވީ ކަންތަކެއް ނޫންކަން އޭނާއެއް އެނގުނެވެ. އެހެންނޫންނަމަ، ސާޖިދު، މައިރާ އާއި މިއުވާން އެކީ އެއްފަހަރާ ޒަޚަމްވެގެންނެއް ހޮސްޕިޓަލަކަށް ނާންނާނެއެވެ. ސާޖިދުގެ މަސައްކަތާއި، މައިރާ ކުރިން އުޅުނު ކޯޓު ކޭހާ މެދު އޭނާ ވިސްނައިލެވުނެވެ.
“ނަސީބަކުން ސޫޓެއް ނެތް..” ބްރޮންކޯސްކޮޕީ ނިންމުމަށްފަހު ރޫޔާ ބުންޏެވެ. ދެން ހުރި ޓެސްޓުތަކަށް ރިއާޔަތް ކޮށްފައި ރޫޔާ ނިންމީ މައިރާ އޮބްޒަވޭޝަންގައި ބާއްވަންށެވެ.
“މައި.. ޔޫ އާރ ގޮއިން ޓު ބީ އިން ދި އޮބްޒަވޭޝަން. އޮކްސިޖެން ލެވެލްއާއި ލަންގްސް މޮނީޓަރ ކުރަން އެބަޖެހޭ”
“މިއުވާން؟”
“އައި ވިލް ޗެކް އޮން ހިމް…” ދެތިން ނަރުހުންނާއެކު މައިރާ އޮތް ގާރނީ ކޮއްޕަމުން ރޫޔާ ބުންޏެވެ.
“ޑރ. ރޫޔާ،” އިނާޝާ ގޮވައިލި އަޑަށް ރޫޔާ މޫނު އަނބުރައިލިއެވެ. “ޑރ. ހޯދަން އެބަހުރި މީހަކު އައިސް،” އިނާޝާ ކައިރިއަށް ޖެހިލަމުން ރޫޔާގެ ކަންފަތާ ކައިރިވެލިއެވެ. “އެޕޭރެންޓްލީ، ހީ އިޒް އަ ޕޮލިސް..”
ރޫޔާ އިނާޝާއަށް ބަލަން ހުރެފައި ބޯ ޖަހައިލިއެވެ. “ޝިފާ، އިތުރު ޕޭޝަންޓެއް އަންނަން އުޅޭތަ؟” ކައުންޓަރު ކައިރީގައި ހުރި ޝިފާއަށް ރޫޔާއަށް ގޮވައިލިއެވެ.
“ނޯ. އަންނަންޏާ އިންފޯރމް ކުރާނަން. ގުޑް ވޯކް ޑޮކް”
***
އައި.ސީ.ޔޫ ދޮރުމަތީ، ފާރުގައި ލެނގިގެން ހުރި މީހާ ފެނިފައި ރޫޔާ އެމީހާ ކައިރިއަށް ހިނގައިގަތެވެ. މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވިފައި އެމީހާ ރޫޔާއަށް މޫނު އަނބުރައިލިއެވެ.
“ޑޮކްޓަރ ރޫޔާ؟؟” ހަށިގަނޑު ތެދުކޮށްލަމުން އޭނާ އަހައިލިއެވެ.
“ޔެސް، ތީ ކާކު؟” ރޫޔާ ހުދު ކޯޓުގެ ދެ ޖީބަށް އަތް ޖަހައިލަމުން އޭނާއަށް ރަނގަޅަށް ބަލައިލިއެވެ.
“ހިނގާ ޓެރެހަށް. އޭރުން ހަމަ ޖެހިގެން ވާހަކަ ދެކެވޭނީ.” ޖީބުން ސިނގެރޭޓު ފޮއްޓެއް ނަގަމުން އޭނާ ރޫޔާ ފަހަނަ އަޅައި ދިޔައީ، ލިފްޓާ ދިމާލަށެވެ.
ޓެރެހަށް ނިކުމެވުމާއެކު، ރޫޔާ ހީކަރުވައިގަތެވެ. ފަތިހުގެ ފިނި ވައިރޯޅިއާއެކު، މުޅި ފަޒާވަނީ ދުންފިނިން ތެތްވެފައެވެ. އެމީހާގެ ފަހަތުން ރޫޔާ ހިނގައިފައި މަޑުކޮށްލީ ޓެރެހުގެ ރެއިލިން ކައިރީގައެވެ.
އެމީހާ ސިނގެރޭޓު ތުނބުގައި ޖެއްސުމަށްފަހު، ލައިޓަރ ނަގައި އެ ރޯ ކޮށްލިއެވެ. އެތެރެއަށް ދަމައިލުމަށްފަހު އޭނާ ވައިގެ ތެރެއަށް ދުންކޮޅު ދޫކޮށްލުމަށްފަހު ރޫޔާއަށް ބަލައިލީ ވަށްކަޅިންނެވެ.
“ސޯ.. ޑޮކް ތަ ސާޖިދު އޮޕަރޭޓް ކުރީ؟”
“ޔެސް..”
އެމީހާ ރެއިލިންގައި އަތް އަޅުވައިލުމަށްފަހު ބޯ ހޫރައިލިއެވެ. “ދެޓް މޭން…” އޭނާ ހުސް އަތް ނަގައި، ޖީބުން އެއްޗެއް ނެގިއެވެ. ޕޮލިސް އައި.ޑީ ކާޑު ފެނިފައި ރޫޔާ ދެލޯ ހަނިކޮށްލިއެވެ.
“ބައެއް މީހުންނަކީ، ބޮޑުމީހާ ބުނި ކޮންމެ އެއްޗަކަށް އާނއެކޭ ބުނެ، އިސްދަށަށް ޖަހައިގެން މަސައްކަތް ކުރާ މީހުން. އަނެއް ބައި މީހުން މަސައްކަތް ކުރާނީ އިންސާފަށް..” ހަމްޒާ ފެށީ ދުރުދުރުންނެވެ.
“އިންސާފަށްޓަކައި ކޮންމެ ކަމެއް ކުރަން އެމީހުން ތިބޭނީ ތައްޔާރަށް.. އެހެޔޮ އަމިއްލަ ފުރާނަ ދިޔަސް…” އަރަމުން އަންނަ އިރަށް ބަލަން ހުރެފައި ހަމްޒާ ބުންޏެވެ.
“ދެޓްސް ވަން ތިން އައި ޑޯންޓް އަންޑަސްޓޭންޑް އެބައުޓް ސާޖިދު. އަހަރެންނަށް ސާޖިދު ކިތައްމެ ކަމު ނުދިޔަސް، އޭނާގެ ޚަބަރުދަބަރު ބަލަން ހުރި މީހަކީ އަހަރެން….ސޯ ޓެލް މީ.. ސާޖިދު މިހާރު ކިހިނެއް؟”
ރޫޔާ މޫނު އަނބުރައިލީ އިރާ ދިމާލަށެވެ. މުޅި ރޭގަނޑު ދިޔަ ގޮތް ނުވެސް އެނގި ހުއްޓައި، އާ ދުވަހަކަށް އިރު އަރަނީއެވެ.
“މިހާރު ރަނގަޅު ވަމުން ދަނީ. އަދި ހެޔެއް ނާރާ..” ރޫޔާ ރެއިލިންގައި ހިފަހައްޓައިލުމަށްފަހު ހަމްޒާއަށް ބަލައިލިއެވެ. “މިއަދު.. އަލިފާން ރޯވި ތަނަކީ…” ރޫޔާގެ ވިސްނުމުގައި، ލިބިފައިވާ މައުލޫމާތު ތަކުގެ ތެރެއިން ހުސް ޖާގަ ހެދިފައި ހުރިތަންތަން ފުރިހަމަކޮށްލިއެވެ. “އެމީހުން… ޓްރެފިކު ކުރަންވެގެން…”
ރޫޔާގެ ފުރިހަމަ ކުރަން އުޅުނު ޖުމުލަ އިވިފައި އެމީހާ ބޯ ހޫރައިލިއެވެ. “ޔޫ ސްމާރޓް ޑޮކް… އެކަމަކު ތެދަށް ބުނާނަމަ، އިޓް ވޯޒް އަ ކްލަބް އިން ޑިސްގައިޒް. ޑްރަގްސް، އަލްކޮހޯލް.. ދެން… ” ޖުމުލަ ފުރިހަމަ ނުކޮށް ހަމްޒާ ހުއްޓައިލިއެވެ. ރޫޔާއަށް ކަމުގެ ގޯސްކަން އަންދާޒާކުރެވިގެން ދެލޯ ބޮޑުކޮށްލެވުނެވެ.
***
ރޫޔާ ޓެރެހުގެ ރެއިލިންގައި އަތް އަޅުވައިލައިގެން ހުރެ ފުންނޭވާއެއް ދޫކޮށްލިއެވެ. ހަމްޒާ ދެއްކި ވާހަކަތަކާ މެދު ވިސްނައިލެވުނެވެ. އޭނާ ގޮތް ހުސްވެ ހުރެ، ރެއިލިންގައި ބޯ ޖައްސައިލިއެވެ. މުޅި ހަށިގަނޑު ދިޔައީ ރިއްސަމުންނެވެ.
ޖީބުގައި އޮތް ފޯނު ރިންގުވާ އަޑު އިވިފައި ރޫޔާ ބޯ ހިއްލައިލިއެވެ. އަވަސްއަވަހަށް ފޯނު ނަގައި، ކޯލު ޤަބޫލުކޮށްލުމަށްފަހު ކަންފަތުގައި ފޯނު ޖައްސައިލިއެވެ
“ޑޮކް ރޫޔާ… ވީ ހޭވް އަ ޕްރޯބްލަމް” ފޯނުން އިވުނީ އިނާޝާގެ އަޑެވެ. “ޑޮކްޓަރ ގެ ފްރެންޑް.. މައިރާ… އޭނާ ރޫމްއަކު ނެތް…”
“އޭނ؟ ނެތޭ؟” ޓެރެހުން ނުކުމެ، ލިފްޓާ ދިމާލަށް ދުވަމުން ރޫޔާ އިތުރަށް ސުވާލުކުރަމުން ދިޔައެވެ.
އޭނާ އޮބްޒަވޭޝަނަށް ނުގޮސް މިސްރާބު ޖެހީ އޯ.ޓީ ވެއިޓިން އޭރިޔާއާ ދިމާލަށެވެ. އޭނާ ހީކުރީ ރަނގަޅަށެވެ. ހުސްފަޔާ، ގޮނޑީގައި އިށީނދެ އިން މައިރާ ފެނުމާއެކު ރޫޔާއަށް ނޭވާއެއް ދޫކޮށްލެވުނެވެ.
“މައި..” އެކުވެރިޔާގެ ހާލާމެދު ދެރަވެ، ކަންބޮޑުވެ ހުރެ އޭނާ މައިރާއާ ދިމާލަށް ހިނގައިގަތެވެ. ރޫޔާގެ އަޑު އިވިފައި މައިރާ ތެދުވިއެވެ. ރޫޔާ ފެނުމާއެކު އޭނާ ފެންކަޅިވިއެވެ.
ރޫޔާ ގޮސް އޭނާގެ އަތުގެ ތެރެއަށް މައިރާ ގެނައެވެ. އެއާއެކު މައިރާ ރޫޔާގެ ކޮނޑުގައި ބޯ އެޅުމަށްފަހު ރޯންފެށިއެވެ. އެ ހުސް އޭރިޔާ ތެރޭ ފެތުރިގެން ދިޔައީ މައިރާގެ ވޭނީ ރުޔުމުގެ އަޑެވެ.
***
މިއުވާން އޮތް އެނދުކައިރީ މަޑުކޮށްލައިގެން ހުރި ރަޒާންގެ ނަޒަރު ހުއްޓިފައި ހުރީ އޭނާގެ އެކުވެރިޔާއަށެވެ. އޭނާ ރަނގަޅަށް އެކުވެރިޔާގެ ޒަޚަމްތަކަށް ބަލައިލިއެވެ.
“ކިތައްމެ ވަރަކަށް ބެލިޔަސް، އެހާ އަވަހަކަށް ރަނގަޅެއް ނުވާނެ” ދެލޯ ހުޅުވަމުން މިއުވާން ބުންޏެވެ.
“ހިތަށް މި އަރަނީ، މިއުވާންގެ ބޮލުގައި ޖަހަންވީ ބާއޭ؟” ރަޒާން ނިތް އަރުވައިލިއެވެ.
“އޭތް.. އަހަރެން މީ ބަލިމީހެއް.”
މިއުވާން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ އެއް އަތް ނަގައި ބަލައިލިއެވެ. އެއަތަކީ، މައިރާގެ އިއްފަތްތެރިކަން ސަލާމަތްކުރަންވެގެން، މީހެއްގެ ގައިގައި ޖަހަން ނެގި އަތެވެ.
“މަރުވި މީހުންގެ ތެރޭގައި ޝިއަމްވެސް ހިމެނޭ” ރަޒާންގެ ބަހާއެކު މިއުވާން ދެލޯ މަރައިލިއެވެ.
“މަންމަމެން އެއްޗެކޭ ބުނިތަ؟” ދެބެންގެ ދެދަރީގެ މަރާމެދު ނުވިސްނަންވެގެން މިއުވާން އަހައިލިއެވެ.
“ނޫން.. އަދި ނުބުނޭ.. އެކަމަކު…”
“އެކަމަކު ކޯންޗެއް؟”
ރަޒާން ޖީބުން ފޯނު ނަގައި ހުޅުވައިލުމަށްފަހު ހުޅުވީ އޮންލައިން ނިއުސްގެ ވެބްސައިޓެވެ. އެއަށްފަހު ފޯނު ސްކްރީން ދައްކައިލީ މިއުވާނަށެވެ.
“ޝިޓް! ސީރިއަސްކޮށްތަ؟”
***
“ސާޖިދު އިޒް އޭން އަންޑާރކަވަރ؟” ކުޑަދޮރު ކައިރީ ހުއްޓިހުރި މައިރާ، ސާޖިދަށް ބަލަން ހުރީ ދެލޯ ބޮޑުކޮށްގެންނެވެ. “އަހަރެން ހީކުރީ…ރެސްޓޯރެންޓްތަކުން ފުޑް ޑެލިވަރީ ކުރަން އުޅެނީކަމަށް، ކޮންމެ ރޭއަކު ބޭރަށް ދާތީވެ؟؟”
ސާޖިދު، ރޫޔާ އާއި މައިރާ ތިން މީހުން އެކަކު އަނެކަކަށް ބަލައިލިއެވެ. ތިން މީހުންވެސް ތިބީ، ސާޖިދު އެޑްމިޓުކޮށްފައި އޮތް ޕްރައިވެޓް ކޮޓަރީގައެވެ.
ސާޖިދު ނޭވާއެއް ދޫކޮށްލުމަށްފަހު ރޫޔާއަށް ބަލައިލިއެވެ. “ހަމްޒާ ބުނި ރޫޔާއަށް ވެގެން އުޅޭ ގޮތް އެނގޭކަމަށް” ރޫޔާ ބޯ ޖަހައިލިއެވެ. އޭނާ ވިސްނައިލީ މިއަދު ޚަބަރުގައި އޮތް ސުރުޚީތަކާ މެދުއެވެ.
“އިމާރާތުގައި އަލިފާން ރޯވީ، ކަރަންޓު ޝޮކަކުން”
“ނިޔާވި ޝިއަމް އުޅުނީ ތާށިވެފައި ތިބި މީހުންނަށް އެހީވާން”
“ހޫމް.. ކުރީ ދުވަހު ހޮސްޕިޓަލަށް އައީ… ” ރޫޔާ ފޯނު ހުޅުވައިލަމުން ބުންޏެވެ. “ކޮންމެވެސް ވަރަކަށް ވެގެން އުޅޭގޮތް ކިޔައިދިން..”
“އެ ނިޔާވި ޝިއަމް، އެއީ މިއުވާންގެ ފެމިލީ މީހެއް” މައިރާ ވިސްނަން ހުރެފައި ހާމަކުރިއެވެ.
“ހަމްޒާ ބުނި، މިއުވާންގެ ފެމިލީން އުޅެނީ މައިރާގެ ފަހަތުންނޭ..” ސާޖިދު ދެބުމަ ގޮށްޖެހުނެވެ. “މަޑުކޮށްބަލަ، މިއުވާން ކީއްވެ އެރޭ އެތަނަށް އެއައީ؟”
މައިރާ ނޭވާއެއް ދޫކޮށްލުމަށްފަހު ސާޖިދު އޮތް އެނދުކައިރީގައި އިން ހުސްގޮނޑީގައި އިށީނެވެ.
“އަހަރެން އުޅުނީ އެ ޕާޓީގައި އުޅުނު ކުއްޖަކާ ފާރަލާން ވެގެން. އެކަން ޝިއަމް އަށް ބަސްޓުވީ. ޝިއަމަށް އެނގުނު އަހަންނަކީ ކާކުކަން..ޔޫ ނޯ، ލޯޔަރ ހޫ ސެންޓް ހިޒް އަންކަލް ޓު ޖެއިލް؟ އޭނާއަށް ކޮންމެވެސް ގޮތަކުން މިއުވާން ކައިރީ ބުނީ.. މިއުވާން އައީ. ބޮޑު ފައިޓެއް ހިނގީ.. ދެން އެނގުނު އެއްޗަކީ މުޅި ތަނުގައި އަލިފާން ރޯވެގެން އުޅޭކަން…”
ސާޖިދު ނޭފަތް ދަނޑީގައި ހިފައިލުމަށްފަހު ބޯ ހޫރައިލިއެވެ.
އެވަގުތު އެ ކޮޓަރިއަށް ވަދެގެން އައި ރަހާ ފެނިފައި ތިން މީހުންގެ ވާހަކަ ހުއްޓައިލިއެވެ.
“ރަހާ.. ކޮބާ ލަމް؟” ރަހާ ކައިރީގައި ލަމްޔާ ފެންނަން ނެތުމާއެކު މައިރާ އަހައިލިއެވެ.
“ލީނާއާ އެކު.. ލީނާ ކައިރިއަށް ދާން ކިޔާތީ އެހެންވެ އެގެއަށް ލާފަ މިއައީ…”
“ރަހާ…” ސާޖިދު ނުރުހިފައި ގޮވައިލިއެވެ.
“ސާޖިދު… އަހަންނަށް އެނގޭ… އެކަމަކު ލީނާއަކީ ލަމްގެ މަންމަ ދޯ.” ރަހާގެ އަޑު ބޭރުވީ ނުތަނަވަސްކަމާއެކުއެވެ.
ރޫޔާ އެ ދެމީހުންނަށް ނަޒަރު ގެންދަމުން ރަހާގެ އަތުގައި ހިފައިލިއެވެ. “އެހަ ހިނގާ އަހަންނާއެކު ކެންޓީނަށް ދާން.. މައި، ސާޖް. ތިދެމީހުން ދައްކަން އުޅޭ ވާހަކަ ދައްކާ މިގަޑީގައި” ރަހާގެ އަތަށް ދަމަމުން އޭނާ އެކޮޓަރިން ނިކުމެ، ލިފްޓަށް އެރިއެވެ.
***
“ރަހާ.. ދޮންތަ ސުވާލު ކުރީމަ ތެދު ތެދަށް ޖަވާބު ދޭނަންތަ؟” ރޫޔާ ވިސްނަން ހުރެފައި ރަހާއަށް ބަލައިލިއެވެ. ރަހާގެ މޫނަށް އައި ބަދަލު އޭނާއަށް ރަނގަޅަށް ފެނުނެވެ.
“ކޮން.. ސުވާލެއް؟” ހިންދިރުވައިލަމުން ރަހާ އަހައިލީ، ޖެހިލުންވެ ހުރެއެވެ. ރޫޔާ އަހަން އުޅޭ ސުވާލު އޭނާއަށް ހަމަ ރަނގަޅަށް އެނގެއެވެ.
“ކީއްވެ ކުއްލިއަކަށް ލީނާއަށް ލަމްޔާ ހަވާލުކޮށްފަ ތިއައީ؟..” ރޫޔާ ބަލަން ހުރި ގޮތުން ރަހާއަށް އިތުރަށް ސިއްރު ކުރާކަށް ބޭނުމެއް ނުވިއެވެ.
“ދޮންތާ.. އަހަރެން ސާޖް ގާތު މިވާހަކަ ނުދައްކަނީސް ނުދައްކާތި އެހެން މީހެއްގެ ގާތު.. ހުވާކުރޭ.”
“ޕްރޮމިސް.”
ރަހާ ފުންނޭވާއެއް ދޫކޮށްލިއެވެ.
“ލީނާ.. ވަރަށް..އެހެން ކަހަލަ މެސެޖުތަކެއް ފޮނުވި މިދޭތެރޭ.” ރަހާ އޭނާގެ ދޮންތައަށް ބަލައިލިއެވެ. އަތުގައި އޮތް ފޯނު ހުޅުވައިލުމަށްފަހު އޭނާ ރޫޔާއަށް ފެންނަ ގޮތަށް ފޯނު ބާއްވައިލިއެވެ.
ރަހާގެ ފޯނު ސްކްރީނަށް އަރައިފައިވާ މެސެޖުތައް ފެނި ރޫޔާ ދެލޯ ބޮޑުވިއެވެ. ކިޔައިލެވޭ ކޮންމެ މެސެޖާއެކު އޭނާގެ ހިތް އިތުރަށް ހާސްވިއެވެ.
“ރަހާ. މީ.. ސާޖް އަށް އިނގޭތަ؟ މިއީ ކުޑަކަމެއްނޫން. އަމިއްލަ ނަފްސަށް އަނިޔާކުރާނަމޭ ކިޔާފަ މެސެޖު ފޮނުވުމަކީ”
“ނޫން.. ސާޖް މިހާރުވެސް ހުންނާނީ ލަމްއާ މެދު ފިކުރު ބޮޑުވެފަ. އަނެއްކާ ބަލިވެ އެ އުޅެނީވެސް.. އަހަންނެއް ބޭނުމެއްނޫން އޭނާ އިތުރަށް އުނދަގުލެއް ވާކަށެއް.” ރަހާ ނޭވާއެއްދޫކޮށްލުމަށްފަހު ގޮނޑީގައި ލެނގިލިއެވެ..
އެފޯނު ވައިބްރޭޓްވި އަޑަށް އެ ދެމީހުން އަވަސް އަވަހަށް ފޯނު ބަލައިލިއެވެ.
——–
ލީނާ: އައި އޭމް ގޮއިން ޓު ކިލް މައިސެލް އިން ފްރޮންޑް އޮފް ލަމްހާ އިފް ޔޫ އެގްރީ ޓު މެރީ ސާޖިދް.
——–
މެސެޖު ފެނުމާއެކު ދެމީހުން ގަނޑުވިއެވެ.
“ރަހާ… އަވަހަށް ރަހާއަށް ގުޅާބަލަ.. ލަމްގެ އައިޕެޑަށް ވިޔަސް..” ރޫޔާ އަވަސްއަވަހަށް އަމުރުކުރިއެވެ.
ދޮންތަގެ ބަހަށް ކިޔަމަންވެގެން ރަހާ އަވަސްއަވަހަށް ލަމްޔާގެ ޓެބްލެޓަށް ގުޅިއެވެ. ކޯލް ރިންގުވީ ފަނަރަ ސިކުންތަށެވެ. އެކޮޅުން ކޯލް ނެގުމާއެކު އިވިގެން ދިޔައީ ލަމްޔާގެ ތުރުތުރު އެޅިފައިވާ އަޑެވެ.
“ރަހާއްތަ. ލަމް އެއް ބޭނުމެއްނޫން ރަހާއްތައެއް. ލަމް ބޭނުމީ މަންމައާއި ބައްޕަ. ރަހާއްތައަކީ ގޯސް މީހެއް. ރަހާއްތަ ތިއުޅޭނީ ލަމްގެ މަންމައާއި ބައްޕަ ލަމްއާ ދުރުކުރަން” ލަމްޔާ ބޭރުކުރީ، ކުރިންވެސް ބުނެފައި ހުރި ބަސްތަކެވެ. ކަމެއް ހަމަ ރަނގަޅަށްވެސް ގޯސްވެއްޖެކަން އެދެމީހުންނަށް ޔަޤީންވިއެވެ.
“ލަމްކޮ.. ރަހާއްތަ ނޫޅެމޭ ލަމްގެ މަންމައާއި ބައްޕަ ދުރުކުރާކަށް. ދައްތަ ޕްރޮމިސް ކުރީމެއްނު.”
“ޔެސް.. ދައްތަ ޕްރޮމިސްކުރި” އެކުއްޖާގެ އަޑު މަޑުވިއެވެ. ދެން ކުއްލިއަކަށް އިވުނީ އޭނާ ރޮއެގެން އަޑެވެ.
“ލަމް.. ލަމް… ކިހިނެއްވީ؟” ހާސްވެ ހުރެ ރަހާ ގޮވައިލިއެވެ.
“މަންމަ… ލޭ… މަންމަ އަތުގައި” ރޫޔާ އަނގަމަތީ އަތް އަޅައިގަތީ، ވީގޮތް އެނގިގެންނެވެ. ލަމްޔާ ކުރިމަތީ، ލީނާ އޭނާގެ އަމިއްލަ އަތުގައި ވަޅި އެޅިކަން އޭނާއަށް ރޭކާލެވުނެވެ.
“ލަމް.. ދައްތަ އެބަދަން. ފޯނު ކަނޑާނުލާތީ” މޭޒުމަތިން ދަބަސް ނަގައި ރަހާ ދުއްވައިގަތުނީ ދޮރާ ދިމާލަށެވެ. ފަހަތުން ރޫޔާވެސް އައެވެ.
***
މިއުވާނާ ބައްދަލުކޮށް ނިމިގެން، ކާރަށް އަރަން އުޅުނު ރަޒާން ހުއްޓުން އެރީ، ހޮސްޕިޓަލުން ދުވެފައި ނުކުމެގެން އައި ރޫޔާއާއި ރަހާ ފެނިފައެވެ. ފިރާޝްއަށްވެސް އެ މަންޒަރު ފެނުނެވެ. ރޫޔާ މަގުގެ އެއްކައިރީގައި ހުރެ، ޓެކްސީއަށް ހަނާއަޅަމުންދިޔައީ އެއްވެސް ކާމިޔާބު ކަމެއް ނެތިއެވެ. މޫނު އަނބުރައިލި ވަގުތު، ރަޒާންގެ ކާރު ފެނިފައި، ރަހާގެ އަތުގައި ހިފައިގެން އޭނާ ދުއްވައިގަތީ، އެ ކާރާ ދިމާލަށެވެ.
“ރަޒާން.. ޕްލީޒް.. މި އެޑްރެސްއަށް އަހަރެމެން ގެންގޮސްދީބަލަ.. އަވަސް” ރޫޔާގެ މޫނުމަތިން ފެންނަމުންދާ ހާސްކަމާއި، ލޮލުގެ އާދޭހާއެކު ރަޒާން އެއްވެސް ސިކުންތެއް ބޭކާރު ކުރާކަށް ނުހުރިއެވެ. ފިރާޝް ކައިރީ ކާރު ސްޓާޓު ކުރަން ބުނެފައި އޭނާ އެރީ ޕަސެންޖާރ ސީޓަށެވެ. ފަހަތު ސީޓަށް ރޫޔާއާއި ރަހާ އެރިއެވެ.
“ރަހާ.. ޕޮލިހަށް މިގުޅަނީ.. މައިރާއަށް މެސެޖުކޮށްފިންތަ؟” ރޫޔާ ޕޮލިހުގެ ނަމްބަރު ޓައިޕް ކުރަމުން ރަހާއާ ސުވާލުކުރިއެވެ.
ޕޮލިހުން ފޯނު ނެގުމާއެކު، ރޫޔާ އަވަސްއަވަހަށް ވެގެން އުޅޭ ކަންތައް ކިޔައިދިނެވެ. ރޫޔާ ދެމުންދާ ތަފްސީލުތައް، ކާރުގެ ކުރީ ސީޓުގައި ތިބި ދެ ފިރިހެނުންނަށް އިވުނެވެ. ފިރާޝްގެ މުޅި މޫނު އެކީ ހުދުވިއެވެ. ރަޒާން ދަތްކުޑިވިކައިލުމަށްފަހު ދެލޯ މަރައިލީ ރުޅި ކޮންޓްރޯލު ކުރަންވެގެންނެވެ.
ކަން ދިމާކުރި ގޮތުން، އެމީހުންނަށް އާދެވުނީ ޕޮލިހުންނަށްވުރެ ކުރިއަށެވެ. ޕޮލިހުން އަންނަންދެން މަޑުކޮށްފިނަމަ، ލަމްޔާގެ ފުރާނައަށް އޮތް ނުރައްކާ އިތުރަށް ބޮޑުވާނެކަން ވިސްނިގެން، ހަތަރު މީހުން ކާރުން ނުކުމެގެން ދުއްވައިގަތީ އެ އިމާރާތަށެވެ. ހަށިގަނޑަށް ލިބިފައިވާ ހަކަތައެއްގެ ސަބަބުން ލިފްޓްގެ ބަދަލުގައި އެ ހަތަރު މީހުންވެސް ބޭނުން ކުރީ ސިޑިއެވެ.
ހަތަރުވަނަ ފަންގިފިލާގެ ވާތް ފަރާތުގައި ހުރި ދޮރުގެ ތަޅުގައި ރަހާ ހިފައި ދޮރުގައި ތަޅުވައިލިއެވެ. ތަޅުލައިފައި ހުރިކަން އެނގުމާއެކު އޭނާ ލީނާއަށް ގޮވަންފެށިއެވެ. ގޮށްމުއްކަވައިފައި އެދޮރުގައި ތަޅަން ފެށީ އިތުރު ގޮތެއް ނެތިގެންނެވެ. އެތެރެއިން ލަމްޔާގެ ރޯ އަޑު އިވިފައި އެ ހަތަރު މީހުންގެ ހާސްކަން އިތުރުވިއެވެ.
“ދުރަށް ޖެހޭ” ރޫޔާއާއި ރަހާ ފަހަތަށް ޖެހުމާއެކު ފިރާޝްއާއި ރަޒާން އެ ދޮރުގައި ކޮނޑުން ޖަހަންފެށިއެވެ. ދޮރުން އަޑު ކިޔަން ފެށުމާއެކު ރަޒާން ދުރަށް ޖެހިލިއެވެ. ކަނާތުފައި ނަގައިފައި، ގައިގައި ހުރި ބާރެއްލައި، އޭނާ އެދޮރުގައި ފައިން ޖަހަންފެށިއެވެ. ފަސްވަނަ ފަހަރަށް ޖެހުމާއެކު، އެ ދޮރުގެ ތަޅު ހަލާކުވެގެން، އެތެރެއަށް ދޮރު ހުޅުވުނެވެ.
ރަޒާންގެ ފަހަތުން ރަހާ ކުރިއަށް އަރައި މިސްރާބު ޖެހީ، އެ އެޕާޓްމެންޓްގެ ކޮޓަރިއާ ދިމާލަށެވެ. އޭނާއަށް އެ ދޮރު ހުޅުވުމާއެކު ފެނުނު މަންޒަރުން ލޭ ކެކިގަތެވެ. ދެވަނަ ސިކުންތުގައި އޭނާ ދުއްވައިގަތީ، ލަމްޔާގެ ކުރިމަތީ، ލެއިން ފޯވެފައިވާ ވަޅިއެއް ހިފައިގެން ހުރި ލީނާއާ ދިމާލަށެވެ. އެ ދިޔަ ގޮތަށްގޮސް އޭނާ އުޅުނީ ލީނާއާ ލަމްޔާ ދުރުކުރަންވެގެންނެވެ. ރޫޔާއަށް އެކޮޓަރިއަށް ވަދެވުނީ އެވަގުތުވެ. ލީނާގެ ދެއަތް ފެނިފައި އޭނާގެ މުޅި މޫނު ހުދުވިއެވެ. ދެއަތުގައި، މުލައްދަނޑީގައި ހުރި ލޭ ރޮނގުތަކުން ފައިބަމުންދާ ލޭއިން މުޅި މުށިގަނޑު އޮތީ ރަތްވެފައެވެ. އޭނާ ނަޒަރު ބަދަލުކޮށްލީ ލަމްޔާއަށެވެ. އެކުއްޖާއަށް ފެނިގެންދިޔައީ އެއްވެސް ކުޑަކުއްޖަކު ފެންނަންނުވާނެ މަންޒަރުތަކެވެ. އަވަހަށް ގޮސް އޭނާ ލަމްޔާގެ ކުރިމައްޗަށް އެރިއެވެ. އޭނާ އުޅުނީ ލަމްޔާ އެތަނުން ނެރެންވެގެންނެވެ. އެހެނަސް ލަމްޔާ އިންތަނުން ގުޑާވެސް ނުލިއެވެ.
ރަހާ ލީނާ އެނދަށް ވައްޓައިލުމަށްފަހު އޭނާ ހިނގައިގަންނަން އުޅުނީ ލަމްޔާއާ ދިމާލަށެވެ. އެހެނަސް މީހަކު އޭނާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތުނެވެ. ލީނާ އަތުގައި އަދިވެސް އެ ވަޅި އޮތްކަން އިހުސާސް ވުމާއެކު އޭނާގެ ޢަމަލުތައް މަޑު ޖެހުނެވެ.
“ލީނާ.. ތި ވަޅި ތިރިކުރޭ..” ރަހާ ހަޅޭއްލަވައިގަތެވެ.
ޖަވާބުގައި ލީނާވެސް ހަޅޭއްލަވައިގަތުނެވެ. “ކަލޭ… ކަލޭއާ ހެދި މަގޭ މުޅި ދިރިއުޅުން ޚަރާބުވީ. ހީކުރީތަ މަގޭ ފިރިމީހާއާ ދަރި ޖަހައިގަނެގެން ދިރިއުޅެވޭނެކަމަށްތަ؟ ހީވީތަ؟”
“ލީނާ.. ހަމަޖެހިފައި ތި ވަޅި ތިރިކޮށްބަލަ” ރޫޔާއަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ. ވަޅީގެ ތިލައެއްގެ ދަށުވެ ހުރި އޭނާގެ ކޮއްކޮ ފެނިފައި ހިތް ދިޔައީ ތެޅެމުންނެވެ.
ލޯ ކުރިމަތިން ކުޅެމުންދާ މަންޒަރުތައް ވެގެންދިޔައީ ލަމްޔާއަށް ބަލަން ކެތްވާ ވަރު މަންޒަރުތަކެއް ނޫނެވެ. އޭނާގެ ލޯބިވާ މަންމަ ވަޅި ޖައްސައިގެން އެހުރީ އޭނާ ހަމަ އެހާމެ ލޯބިވާ ރާއްތަގެ ކަރުގައެވެ. އެ މަންޒަރަށް ހެކިވާން ލަމްޔާއަކަށް ނުހުރެވުނެވެ. ރޫޔާގެ އަތުން ދެމިގަނެގެން އޭނާ އަވަސް އަވަހަށް އެކޮޓަރިން ނުކުމެ ދުއްވައިގަތީ އެ އެޕާޓްމެންޓުން ނުކުންނަންވެގެންނެވެ.
“ލަމް.. ލަމް” ރަހާއަށް ލަމްޔާއަށް ގޮވައިލީ ހާސްވެ ހުރެއެވެ. އަމިއްލަ ފުރާނައަށް ބެލުމެއްނެތި އޭނާ އުޅުނީ ލީނާގެ ބާރުގެ ދަށުން މިންޖުވާންށެވެ. އޭނާ ވީ ނާކާމިޔާބެވެ.
“ދޮންތާ.. ދޭބަލަ ލަމްގެ ފަހަތުން. އަވަސް” ރަހާ ހަޅޭއްލަވައިގަތުނެވެ. ރޫޔާ ގުޑިނުލާ ހުރުމާއެކު އޭނާ އަނެއްކާވެސް ހަޅޭއްލަވައިގަތުނެވެ.
“އަހަރެން އޯކޭވާނެ. ދެންވެސް ދޭބަލަ ލަމްގެ ފަހަތުން”
ރޫޔާއަށް އެ އިމާރާތުން ނުކުތުމާއެކު އެރެވުނީ ފުލުހުން ގެ ކުރިމައްޗަށެވެ. އޭނާ އަވަސްއަވަހަށް ވެގެން އުޅޭ ގޮތް ކިޔައިދިނުމާއެކު، އެމީހުން އަވަހަށް އެ އިމާރާތަށް ވަދެގަތުނެވެ. އިތުރު ދެމީހުން ރޫޔާއާއެކު އުޅުނީ ލަމްޔާ ހޯދަންވެގެންނެވެ.
ރޫޔާ މަގުގެ ދެކޮޅު ބަލައިލީ ލަމްޔާގެ ހިލަމެއްވޭތޯ ބަލަންވެގެންނެވެ.. އެ ވަގުތު ދުރުން، ކާރުބާރު ބޮޑު މަގު ހުރަސް ކުރި ކުއްޖާ ފެނިފައި ރޫޔާގެ މޭގަނޑު އަނގައަށް ނޭރީ ކިރިޔާއެވެ. އޭނާ ބަލާކަށް ނުހުރެ ދުއްވައިގަތެވެ.
ކުޑަކުއްޖަކު އެކަނި މާއެކަނި، ބާރުބޮޑު މަގު ހުރަސްކުރަން އުޅޭ މަންޒަރު ފެނިފައި، ޕޭވްމެންޓު މަތީ ތިބި މީހުން މަޑު ޖެހިގެން އެކި މީހުންނަށް ގޮވަމުން ދިޔައެވެ. އެހެން ތޮތްޖެހިފައި ތިބި މީހުންގެ ތެރޭ ފީނަމުން، ރޫޔާ އެމީހުންގެ ކުރިމައްޗަށް އެރިއެވެ. އޭރު ލަމްޔާގެ ފަހަތުން މަގަށް ނުކުތް ރަޒާނަށް، ލަމްޔާގެ އަތުގައި ހިފައި، ލަމްޔާ އުފުއްލާލަނީއެވެ.
ކާރެއް ހޮނު އަޅާ އަޑު އިވިފައި ރޫޔާ މުޅި ހަށިގަނޑު ފިނިވިއެވެ. އިސް ނަގައި ނަޒަރު ހިންގައިލިވަގުތު ފެނުނު މަންޒަރުން އޭނާ ހުއްޓުން އެރިއެވެ. ވަގުތާއެކު އެ ހިތާއި ނޭވާވެސް ހުއްޓުނެވެ.
ރަޒާން ވެއްޓިގެން ދިޔައީ ކާރުގެ އަނެއް ފަރާތަށެވެ. ރޫޔާއަކަށް ރަޒާން ވެއްޓުނު ގޮތެއް، ލިބުނު އަނިޔާއެއް ނުފެނެވެ. މީހުންގެ ހަޅޭކުގެ އަޑާއެކު މަގުގެ އަނެއް ފަރާތުގައި ތިބި މީހުން އަވަހަށް ހިނގައިގަތީ، އެކްސިޑެންޓް ވި ދެމީހުންގެ ހާލު ބަލަންށެވެ. ކާރު ދުއްވަން އިން މީހާވެސް ކާރުން ނުކުމެ، ރަޒާނާއި ލަމްޔާ ވެއްޓުނު ދިމާލަށް ދިޔައެވެ.
އެހެނަސް ރޫޔާ…
ރޫޔާއަށް ހުރެވުނީ ހުއްޓުން އަރައިފައެވެ.

