Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މި ލޯތްބާއި ތި ވަޢުދު (31)

Thea reminisces
Thea reminisces Level 210 Stories
August 18, 2026 10 Mins Read
1 Comment

މީގެ އެއްގަޑިއިރު ކުރިން….

ތެޅެމުން ދިޔަ ހިތަކާއެކު ޔޫޝާ އަވަހަށް ލިފްޓަށް އެރީ ގަނެފައި ހުރި ބިރާއެކުއެވެ. އަތުގައި އޮތް ފޯނަށް އިރުއިރުކޮޅާ ނަޒަރު ހިންގައިލެވެނޭ، އޭނާގެ މަންމަ އެޑްމިޓްކޮށްފަ އޮތް ހޮސްޕިޓަލުން ފޮނުވައިފައިވާ އޮތް މެސެޖަށެވެ.
“ޓްރީޓްމެންޓް ޝެޑިއުލްޑް ފޯ 6:00 ޕީ.އެމް. ޕޭޝަންޓް: އަމީރާ ޔޫސުފް. ކޮންސެންޓް ވެއިވްޑް. ފެމިޅި ނޯޓިފިކޭޝަން ޕަރ ޕްރޮޓޮކޯލް”
ޔޫޝާއަށް އޭނާގެ މަންމައަށް ލިބެމުންދާ ފަރުވާ ހިތުން އެނގެއެވެ. މަންމަ ސްޓޭބަލްކަމަށް ހޮސްޕިޓަލުން އޭނާއަށް އެންގިތާ އަދި ދެތިން ދުވަސްވެސް ނުވެއެވެ.
ދެން ކޮން ޓްރީޓްމެންޓެއް ހެއްޔެވެ؟

އަނދިރިކޮށްފައި އޮތް ސިޓިން ރޫމުގެ ތެރެއަށް ވަދެވުމާއެކު، ޔޫޝާއަށް ފެނުނީ ސޯފާ މަތީ ހަމަޖެހިލައިގެން އިން ނަސީރެވެ. މުޅި މީހާ ފިނިވީ ކަން ވެގެން ދިޔަ ގޮތް ރޭކާލުމުންނެވެ.
ނަސީރު އޭނާގެ މަންމަގެ ފަރުވާ ބަދަލުކުރަން ބާރު ފޯރުވިކަން ޔަޤީނެވެ. ހޮސްޕިޓަލުން ޔޫޝާއަށް އެ މެސެޖު ފޮނުވީ ނަސީރުގެ އަމުރުންނެވެ.

“ޔޫޝާ.. ބައްޕަ ހީކުރީ ޔޫޝާ އަދި އަންނަން ގަޑިއިރެއް ނަގާނެ ކަމަށް…” އަސަރެއް ނެތް ގޮތަކަށް ނަސީރު ހިނިތުންވެލިއެވެ.

އަތުގައި އޮތް ފޯނަށް ބާރުކޮށްލުމަށްފަހު ޔޫޝާ ހިނގައިގަތީ ސޯފާއާ ދިމާލަށެވެ. ގަނެފައި ހުރި ބިރަށް ވުރެ، އައިސްފައި ހުރި ރުޅި ބޮޑެވެ. “މިހާރު ކީއްކުރަން ތިއުޅެނީ؟”

ޔޫޝާ ހުއްޓުނީ ނަސީރުގެ ކުރިމަތީގައެވެ. ނަސީރު ދެކޮޅަށް ބޯ ހޫރައިލުމަށްފަހު ޖީބުން ސިނގެރޭޓު ފޮށްޓެއް ނެގިއެވެ. ފޮށިން ސިނގެރޭޓު ދަނޑިއެއްނަގައި ތުންފަތުގައި ޖެއްސުމަށްފަހު، ޖީބުން ލައިޓަރެއް ނަގައި އެ ރޯ ކޮށްލިއެވެ.
“ތިބުނީ؟” ފަރުވާ ކުޑަގޮތަކަށް ނަސީރު އެހީ، ޔޫޝާއަށް ޖެއްސުން ކުރަންވެގެންނެވެ.
“ހޮސްޕިޓަލުން ދެންމެ އިންފޯމް ކުރީ ނިއު ޓްރީޓްމެންޓްއެއް އެޕްރޫވް ކުރި ވާހަކަ. އަހަންނެއް އެއްވެސް ޓްރީޓްމެންޓަކަށް އެޕްރޫވްއެއްނުކުރަން.”
“ޔޫޝާ.. އަހަރެން ތެދަށް ބުނާނަމަ،” ތުންފަތް ދޭތެރެއިން ސިނގެރޭޓު ނެގުމަށްފަހު، އޭނާ އެ ދުންތައް ބޭރުކޮށްލީ ޔޫޝާއާ ދިމާލަށެވެ. “ޔޫޝާއެއްނު ބައްޕަ ކައިރީ ބުނަންވީ… ޔޫޝާ ކުރަމުން އައި ކަންތައް؟ ހޫމް؟؟ޑރ. ރޫޔާ.. މައިރާ..”
އެ ސުވާލާއެކު ޔޫޝާގެ މޭ ފިނިވިއެވެ. އަނެއްކާ ބައްޕައަށް ހުރިހާ އެއްޗެއް އެނގުނީ ހެއްޔެވެ؟
“ނޭނގުނު ތިބުނި އެއްޗެއް” ޔޫޝާ އަވަހަށް އުޅުނީ އޮޅުވައިލަންށެވެ.

ނަސީރު ޔޫޝާއަށް ނަޒަރު ހިންގައިލުމަށްފަހު އޭނާ ބޯ ހޫރައިލިއެވެ. “ބައްޕަ ހަނދާނެއް ނުވޭ، ޔޫޝާއަށް ދޮގު ހަދަން ދަސްކޮށްދިން ހަނދާނެއް” ނަސީރުގެ ނަޒަރު ފިނިވެގެން ދިޔައެވެ. “ބައްޕަ ދަރިފުޅަށް ކޮށްދިން ކަންތައްތަކުގެ ބަދަލު ދޭން އެނގުނު ގޮތަކީ މިއީ ދޯ. ބައްޕައާ ދެކޮޅަށް ކޭސް އެއް ބިލްޑުކޮށް، ބައްޕަގެ އޮފީސް ހާވައި، ޑޮކިއުމެންޓާއި ބެންކް ސްޓޭޓްމެންޓްތައް ހޯދާ…”
“ބައްޕަ މަށަށް ކޮށްދިނީ ކޮންކަމެއް؟” އަޑު ބާރުވެ އޭނާގެ ދެލޮލުގައި ރުޅިވެރިކަމުގެ އަލިފާން ކަނި ބުރަންފެށިއެވެ.
“ބައްޕަ ކޮށްދިން ކަންތައް މަ ބުނެފާނަން. އަހަރެންނާއި އަހަރެންގެ މަންމަ ދުރުކުރި. އަހަރެންގެ ލޯ މަތީގައި އަހަރެންގެ ކޮއްކޮއަށް އަނިޔާ ކުރި. އެހެންމީހަކާ ކައިވެނި ކުރަން އަހަންނަށް މަޖުބޫރުކުރި.. ނުވިތާކަށް އަމިއްލަ ހޮސްޕިޓަލުން ވައްކަންކޮށްގެން، އެހެން މީހުންގެ ހައްޤުތަކަށް އަރައިގެން ތިއުޅެނީ.. ބައްޕަ ކޮށްދިން ކަމަކީ އަހަރެންގެ މުޅި ދިރިއުޅުމާއި، އަހަރެންގެ މުޅި މާހައުލު ނަރަކައަކަށް ހެދުން..” ފަހު ޖުމުލައާއެކު ޔޫޝާ ހަޅޭއްލަވައިގަތެވެ. އޭނާ މާނޭވާ ނަގަމުން، ދުރަށް ބަލައިލުމަށްފަހު އެކަރުނަތައް ފޮހެލިއެވެ.

ނަސީރު ޔޫޝާއަށް ބަލަން ހުރެފައި ހޭންފެށިއެވެ. އޭނާގެ ހުނުމުގެ ގަދައަޑު މުޅި ސިޓިންރޫމު ތެރޭ ގުގުމައިލިއެވެ. “ޔޫޝާ… ހަމަ މަންމަގެ ބަސްތައް ތި ބުނީ.. އަމިރާވެސް ހަމަ ތިގޮތަށް ރުޅިއައިސް.. ހަޅޭއްލަވާނީ.. އެކަމަކު އޭގެ ސަބަބުން ޔޫޝާގެ މަންމައަށް ވީ ކިހިނެއް؟ ބުނެބަލަ”

ނަސީރު ބޯ ހޫރައިލުމަށްފަހު ޔޫޝާއަށް ނަޒަރު ހިންގައިލިއެވެ. މޭޒުމަތީގައި އޮތް ރިމޯޓު ނެގުމަށްފަހު އޭނާ ތުންފަތުގައި އެ ސިނގެރޭޓު ޖައްސައިލިއެވެ.
“މަންމަ ދެކިލަން ބޭނުންތަ؟”
ފަހަތުން އަލިކަމެއް ފެތުރިގެން ދިޔުމާއެކު ޔޫޝާ އެނބުރި ބަލައިލީ، މިހާރު ހުޅުވިފައި އިން ޓީވީއަށެވެ. ޓީވީއިން ދައްކަމުން ދިޔަ މަންޒަރުތައް ފެނުމާއެކު އޭނާގެ ހިތް ބިންމައްޗަށް ވެއްޓިގެން ދިޔައެވެ.
ޓީވީ އިން ދައްކަމުން ދިޔައީ، ސެކިއުރެޓީ ފުޓޭޖުން ނަގައިފައި އޮތް ވީޑިޔޯއެކެވެ. ލައިވް ވީޑިޔޯއެކެވެ.
“މަންމާ” ވީޑީޔޯއިން ފެންނަމުންދާ އަންހެން މީހާ ފެނުމާއެކު ޔޫޝާގެ ދެލޯ ބޮޑުވިއެވެ. ތެދަށް ބުނާނަމަ، އެއަންހެންމީހާ އޮތް ގޮތް ފެނިފައެވެ.
“ކީއް..ކުރަން ތިއުޅެނީ؟”
“އީ.ސީ.ޓީ…” ޔޫޝާގެ ކަންފަތުގައި ހޮނުގުގުރިއެއް ޖެހިފަދައެވެ. ލުއްކެއް ޖަހައިފައި އޭނާ ނަސީރަށް ބަލައިލީ ޤަބޫލުކުރަން ދަތިވެފައެވެ.
މުޅި މީހާ ގަނޑުވީ ނަސީރުގެ އިންސާނިއްޔަތުކަމެއް ނެތް އަނިޔާވެރިކަމުގެ ބޮޑުކަން އިހުސާސްކުރެވުމާއެކުއެވެ.

“ހުއްޓާލާ…”
“ވެއަރ އިޒް ޔޫޝާ؟ މައި ޑޯޓަރ؟” ޓީވީ އިން މަންމަގެ އަޑު އިވިފައި ޔޫޝާ ޓީވީއާ ދިމާލަށް އެނބުރުނެވެ. މަންމަ އެހާލުގައިވެސް ގޮވަމުން ދިޔައީ ޔޫޝާގެ ނަމެވެ. ދެލޯ އެކީ ފެންކަޅިވެ، ފެންނަމުން ދިޔަ މަންޒަރުތައް ނުސާފުވިއެވެ.
ނުސާފުވެފައިވާ އެ ދެލޮލަށް ފެނުނު މަންޒަރާއެކު ޔޫޝާ އަނގަމަތީ އަތް އަޅައިލެވުނީ ބޭ އިޚްތިޔާރުގައެވެ. ޑޮކްޓަރ އަށް ހުރި މީހާ މެޝިނުގެ ފިތަކަށް ފިތައިލުމާއެކު، އެނދުމަތީގައި އޮތް މަންމަ ތެޅެން ފެށިއެވެ. މިހާގެ އަތާއި ފައި އެކި ގޮތްގޮތަށް ލެނބި، ކަޅި މައްޗަށް އެރި މަންޒަރަކީ، ބިރުވެރި މަންޒަރެކެވެ. ހިތުގެ ތެރޭގައި އިންސާނިއްޔަތުގެ ކަންފުޅެއް ހުރި މީހަކަށް ބަލަން ކެތްވާވަރުގެ މަންޒަރު ތަކެއް ނޫނެވެ.

“ހުއްޓާލާ…” ޔޫޝާ އަވަހަށް ނަސީރަށް ބަލައިލިއެވެ. “އާދޭސްކުރަން.. ހުއްޓާލާ.. މަންމަ… ނޫން…މަންމައަށް އެހެން ނުހަދާ..” ޔޫޝާގެ ދެފައިން ވަރު ދޫވެގެން ވެއްޓުނީ ކާޕެޓު މައްޗަށެވެ. ކޯތާފަތިން ދަތުރުކުރަމުން ދިޔަ ކަރުނަތައް ނުފޮހެ، އޭނާ އަނެއްކާވެސް ޓީވީއަށް ބަލައިލިއެވެ. “ގޯސް ހެދީ އަހަރެން…އަހަންނަށް އަދަބު ދީ.. މަންމައަށް ނޫން… ބައްޕާ”

ނަސީރު ޔޫޝާގެ އާދޭހަށް ބީރު ކަންފަތް ދީގެން ހުރެ، ޓީވީ އިން ދައްކަމުން ދިޔަ އަމީރާއަށް ބަލައިލިއެވެ. ސިނގެރޭޓު އެތެރެއަށް ދަމައިލުމަށްފަހު ޔޫޝާއަށް ކަޅިއެއް އެއްލިއެވެ.
“އަދަބު؟  ޔޫޝާ… މިއީ ޔޫޝާގެ އަދަބު.. އަހަންނަށް ބޭވަފާތެރިވުމުން ލިބުނު އަދަބު..” ސިނގެރޭޓު އަނގަޔާ ކައިރިކޮށްލަމުން ނަސީރު އަނެއްކާވެސް ޓީވީއަށް އަރައިފައި އިން އަމީރާއަށް ބަލައިލިއެވެ. “އިމުން ބޭރުވާ ކޮންމެ ފަހަރަކު އަދަބު ދާނީ ގޯސްވަމުން” ސިނގެރޭޓުގެ ދުންތައް ބޭރުކޮށްލަމުން ނަސީރު ތެދުވިއެވެ. “މިއަދު އީ.ސީ.ޓީ.. މާދަން ނޭނގޭ ވާނީ ކިހިނަކުން ކަމެއް…” އޭނާ ހިނގައިފައި ގޮސް ހުއްޓުނީ، ވެއްޓިފައި އިން ޔޫޝާގެ ކައިރީގައެވެ. ހުސް އަތް ގޮސް ޔޫޝާގެ ދަތް ދޮޅީގައި ހިފާ، ޔޫޝާއާ ހަތަރު ކަޅި ހަމަ ކުރިއެވެ.
“މިއަދަށް ފަހު އެ ރޫޔާއާއި މައިރާއާ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ. ދޭ. ފޮށި ތައްޔާރުކުރޭ.. މަންމައަށްޓަކައި ތިހާ އާދޭސްކުރާތީވެ، މަންމަ ކައިރިއަށް ދާން މިއޮތީ ރަނގަޅު ފުރުސަތެއް…”

ޔޫޝާއާ ދުރަށް ހިނގައިގަންނަމުން، ނަސީރު ޖީބުން ފޯނު ނެގިއެވެ. ގެއިން ނިކުމެ، ޕާކުކޮށްފައި އޮތް ކާރަށް އަރަމުން އޭނާ މީހަކަށް މެސެޖެއް ކުރިއެވެ.
__
ނަސީރު: ފައިންޑް އެވްރިތިން އެބައުޓް ޑރ. ރޫޔާ އެންޑް މައިރާ
__

***
“ޓްރޯކާ އިން” އަތުގައި އޮތް ކެމެރާ، ރަނާގެ ބަނޑުމަތީ ހަދާފައި އިން ކުޑަ ލޯވަޅުގެ ތެރެއަށް ވައްދަމުން ރޫޔާ ގޮވައިލިއެވެ. “ލެޓްސް ފައިންޑް ދަ އެޕެންޑިކްސް..”
“ވިޝުއަލައިޒިން ދި އެޕެންޑިކްސް، އިޓްސް އިންފްލޭމްޑް، ނޯ ޕާރފޮރޭޝަން، ބަޓް ކްލައުޑީ ފްލުއިޑް އިން ޕެލްވިސް އިޒް ނޯޓެޑް” މޮނީޓަރަށް ސަމާލުކަން ދީގެން ހުރި ރީހާއަށް އެ ގުނަވަން ފެނުމާއެކު ރޫޔާއަށް އެންގިއެވެ.
“ގުޑް ކެޗް، ޑރ. ރީހާ، ލެޓްސް އެސްޕިރޭޓް ދެޓް ފްލުއިޑް އެންޑް ސެންޑް އިޓް ފޯ ކަލްޗަރ.. ދެން ވީ ލިގޭޓް” ރޫޔާ އެހެން ބުނުމަށްފަހު އުޅުނީ ރީހާއަށް ޑިސެކް ކުރާނެ ގޮތް ކިޔައިދޭން ވެގެންނެވެ. ރީހާގެ އަތު މަސައްކަތަށް ތަޢުރީފުކޮށް، އިރުޝާދު ދީ ހެދުމަށްފަހު، އޮފަރޭޝަން ކޮށް ނިންމައިލިއެވެ.
“ނައިސް ވޯކް އެވްރިވަން… ޝީ ވިލް ބީ އިން ރިކަވަރީ އިން ޓުވެންޓީ މިނެޓްސް، ރީހާ، ޗެކް އޮން ހާ އިން ދަ ޕޯސްޓް-އޮޕް ބޭއި، އައި ވިލް ސްޕީކް ޓު ދަ ފެމިލީ”
ޕޭޝަންޓާ ދުރަށް ޖެހިލަމުން ރޫޔާ އަތުގައި އަޅައިފައި އޮތް އަންގި ނަގައި ޑަސްބިނަށް ލިއެވެ. ތިއޭޓަރުން ނިކުންނަމުން، ލައިގެން ހުރި ސާރޖިކަލް ގައުން ބާލައި، ވަށިގަނޑަށް ލުމަށްފަހު އަތް ދޮންނަން ދިޔައެވެ.

އޮޕަރޭޝަންގެ ވެއިޓިން އޭރިޔާއަށް ރޫޔާއަށް ނިކުމެވުމާއެކު، ރަޒާންގެ ޢާއިލާ އަވަހަށް ގޮނޑިން ތެދުވިއެވެ. ރަހުމާ އަވަސް އަވަހަށް ގޮސް ރޫޔާ ކައިރީ ހުއްޓިހުރެ ރަނާގެ ހާލު އެހިއެވެ.
“އަލްޙަމްދުﷲ، އޮޕަރޭޝަން ކާމިޔާބު… ރަނާ މިހާރު އޮތީ ރިކަވަރީގައި،”
ޝުކުރުން ފުރިފައިވާ ލޮލަކާއެކު ރަހުމާ ރޫޔާގެ އަތުގައި ހިފައިލިއެވެ. “އަހަރެމެންނަށް ރަނާ ފެންނާނީ ކޮން އިރަކު؟”
ރޫޔާ މަޑުމަޑުން އެއަތަށް ފިތައިލުމަށްފަހު، އޯގާތެރިކަމާއެކު ހީލިއެވެ. “ރަނާ ހޭ އެރިހާ އަވަހަކަށް، ރިކަވަރީ ނަރުހުން އަންގާނެ.. ދައްތަ އެހާ ހާސްނުވޭ، ރަނާ ވަރަށް ހިތްވަރު ގަދަ. އެހެންވީމާ ދައްތަވެސް ހިތްވަރު ގަދަ ކޮށްލާ..” ރަހުމާގެ ކޮނޑުގައި ފިރުމައިލަމުން ރޫޔާ އޭނާގެ ނަޒަރު ބަދަލުކޮށްލީ ރަޒާނަށެވެ.
އެއްޗެކޭ ނުބުނެ، އޭނާ އިސްމާޢިލަށާއި ރާއިފަށް ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު، އެ ހޯލްވޭ އިން ނިކުމެގެން ހިނގައިގަތީ އޭނާގެ އޮފީހަށެވެ.

އަނދިރިކޮށް އޮފީހަށް ވަދެވުމާއެކު ރޫޔާ މޯޅިއަށް ދެމިލިއެވެ. ބޮލުގައި އަޅުވައިފައި އޮތް ސާޖިކަލް ކެޕް ނަގައި، މޭޒުމަތީގައި ބޭއްވުމަށްފަހު އޭނާ މަޑު ހިނގުމެއްގައި ހިނގައިފައި ގޮސް އޮށޯތީ ސޯފާގައެވެ. އޮފީހުގެ ކުޑަދޮރުން ހަނދުވަރުގެ އަލިކަން އެތެރަށް ވަދެފައި އޮތުމާއެކު، ކުޑަ އަލިކަމެއް އެ އޮފީހުގެ ތެރޭގައިވެއެވެ. ޖީބުން ފޯނު ނަގައި އެލާމަށް ލުމަށްފަހު، އެ ފޯނު ކޮފީ މޭޒުމަތީ ބޭއްވުމަށްފަހު ސޯފާގައި ހަމަޖެހިލިއެވެ.

މީހަކު ޓަކި ނުޖަހާ ދޮރު ހުޅުވައިލިއަޑު އިވިފައި ރޫޔާ ބޯ ހިއްލައިލިއެވެ. އޮފީހުގެ ތެރެއަށް ވަދުނު ރަޒާން ފެނިފައި އޭނާއަށް ނޭވާއެއް ދޫކޮށްލެވުނެވެ. އަނެއްކާވެސް ސޯފާގައި ބޯ ޖައްސައިލުމަށްފަހު، ލޯ މަތީގައި އަތް އަޅައިލިއެވެ. ވިސްނަމުން ދިޔައީ ޔޫޝާގެ މެސެޖާމެދުއެވެ.

“ރޫޔާ…” ރަޒާން ގޮސް ހުއްޓުނީ ރޫޔާގެ ކުރިމަތީގައެވެ. ރޫޔާ އޭނާގެ ގޮވާލުމަކަށް އިޖާބަ ނުދީ އޮތް ތަން ފެނުމާއެކު އޭނާ މުށިގަނޑުމަތީ އިށީނެވެ. ކޮފީ މޭޒުގައި ބުރަކަށި ލެނގިލުމަށްފަހު އެއްފައި ލަނބައިލައި، ކަކުލު މަތީ އަތް ބާއްވާލިއެވެ. ނަޒަރު ހުއްޓިފައި ހުރީ ދެލޯ މަރައިލައިގެން އޮތް ރޫޔާއަށެވެ.
“ރަޒާން މަންމަ ކައިރީ ނުހުރެ ކީއްވެގެން މިތަނަށް ތިއައީ؟” ލޯ މަތީ އަޅައިގެން އޮތް އަތް ނަގައި ރޫޔާ ރަޒާނަށް ކަޅިއެއްލިއެވެ.
“މަންމަ ކައިރީގައި ދޮންބެއާއި ރާއިފް އެބަހުރި.” ރަޒާން ރޫޔާއާ ހަތަރުކަޅި ހަމަކުރަމުން ބުންޏެވެ. އޭނާ އިރުކޮޅެއް ވަންދެން ހަނު ހުރުމަށްފަހު އަނެއްކާވެސް ރޫޔާއަށް ގޮވައިލިއެވެ. “ރޫޔާ”
“ހޫމް”
“ތެންކްޔޫ..”
“ކޮންކަމަކަށް؟ އަހަރެންގެ މަސްއޫލިއްޔަތު އަދާކުރީމަ؟” ރޫޔާ އެހެން ބުނުމާއެކު ރަޒާނަށް ކުޑަކޮށް ހެވުނެވެ. ދެކޮޅަށް ބޯ ހޫރައިލުމަށްފަހު އޭނާ ނޭވާއެއް ނަގައިލިއެވެ.
“މެއިބީ..”
އަނެއްކާވެސް އެދެމީހުންގެ ދެމެދުގައި ހަމަހިމޭން ކަމުގެ ސާލެއް ފެތުރުނެވެ. ރޫޔާ ރަޒާނަށް ވާގޮތަށް އެއްއަރިއަކަށް އޮށޯތުމަށްފަހު ރަނގަޅަށް ރަޒާނަށް ބަލައިލިއެވެ.
“ރޫޔާއާއި ޔޫޝާ ދިމާވީ ކިހިނަކުން؟” ހަމަ ހިމޭންކަން ފޫ ދުއްވައިލީ ރަޒާންގެ އަޑެވެ.
“ޔޫޝާއަކީ އަހަރެންގެ ޕޭޝަންޓެއް.. ފެނުނު ދުވަހު އެނގުން ޔޫޝާއަކީ ރަޒާންގެ….” ރޫޔާގެ އަޑު ފަނޑުވިއެވެ. ޖުމުލަ ފުރިހަމަ ނުކޮށް ދޫކޮށްލި ބަސްތައް ދެމީހުންނަށްވެސް އެނގުނެވެ.
“އޭރު ނޭނގޭ ޔޫޝާއާއި ރަޒާން ޑިވޯސްވިކަމެއް.. އަހަރެމެން ދެމީހުން… ފްރެންޑްސްއަށް ވި ފަހުން ޔޫޝާ ބުނި.. އޭނާ ބުނި ނަސީރުގެ އަނިޔާގެ ވާހަކަތައްވެސް..” ކައިރީގައި އަތް ބާއްވަމުން ރޫޔާ ބުންޏެވެ.
ރަޒާން ރޫޔާގެ އެ އަތަށް ބަލަން ހުރެފައި، ކަކޫ މަތީ ބާއްވައިފައި އޮތް އަތް ގެންދިޔައީ ރޫޔާގެ އެ އަތާ ދިމާލަށެވެ. ދެމީހުން ތިބި ގޮތުން، ރަޒާންގެ ކަށި އިނގިލި، ރޫޔާގެ ކަށި އިނގިލީގައި ޖެހުނެވެ
“އަދިވެސް އަހަރެން ދެކެ ރުޅިއައިސްތަ ހިހުރީ؟” އެނާގެ ކަށި އިނގިލިން، ރޫޔާގެ ކަށި އިނގިލީގައި އަޅުވައިލަމުން ރަޒާން އެހިއެވެ.
ރޫޔާގެ ނަޒަރު ގެންދިޔައީ، އެދެމީހުންގެ އަތާ ދިމާލަށެވެ. އޭނާ ހަގީގަތުގައިވެސް ހުރީ ރަޒާން ދެކެ ރުޅި އައިސްހެއްޔެވެ؟ ނޫނެކެވެ. މިހާރު އޭނާ ހުރީ ރުޅި އައިސްފައެއް ނޫނެވެ. އޭގެ ބަދަލުގައި، އޭނާ ހުރީ، އޭނާގެ އަމިއްލަ އިހުސާސްތައް ނޭނގިފައެވެ. ބުއްދި ބުނަނީ، ރަޒާނާ ދުރަށް ދާން އުޅޭށެވެ. ހިތް ބުނަނީ އެހެން އެއްޗެކެވެ. މުޅި ހަށިގަނޑުވެފައިވަނީ، އިހުސާސްތަކުގެ ހަނގުރާމައިގެ މައިދާނަކަށެވެ.
“ރުޅި އަންނަން މަޖުބޫރު.. އެކަމަކު އަހަންނަކީ އެހާ ގިނަ ދުވަހަށް ހިތު ތެރޭ ރުޅި ހިފައިގެން އުޅޭ މީހެއް ނޫން.”
“ދެން އަހަންނަށް މަޢާފް ކޮށްފިންތަ؟”
ރޫޔާގެ އިނގިލި، ރަޒާންގެ އިނގިޔަށް ބާރުކޮށްލިއެވެ. “ރަޒާނަށް އަހަރެންގެ ގޮތް އަދިވެސް ނޭނގޭދޯ..” ނޭވާއެއް ދޫކޮށްލަމުން ރޫޔާ އަނެއްކާވެސް ރަޒާނަށް ބަލައިލިއެވެ. “އަހަރެން ރަޒާނަށް މަޢާފު ނުކުރާނަމަ، މިއަދަކު މިގޮތަކަށް ވާހަކައެއް ނުދައްކާނެ. އޭގެ މަނާއެއްނޫން އަހަރެން ރަޒާނާއެކު ވާން ބޭނުމެކޭ.. އެއްގޮތަކުން ބުނާނަމަ، އައި އޭމް ޓޮލަރޭޓިން ޔޫ ފޯ އަދަރސް ސޭކް. ލަމް، ރާޝިދުބޭ..ޔޫޝާ”
ރަޒާނަށް ރޫޔާގެ ޖަވާބު އިވިފައި ހެވުނެވެ. އިރުކޮޅަކަށް ވިސްނަން ހުރެފައި ސުވާލުކުރަން އުޅުނެވެ.
“ރަނާއާއި ރަހާ އެއްއަހަރެއް ދޯ”
“ހޫމް.. އެކާވީސް އަހަރުވިޔަސް ހަމަ އުޅެނީ ކުޑަ ކުއްޖެއްހެން” ރޫޔާ ލުއި ގޮތަކަށް ހީލަމުން ބުންޏެވެ.
“ޓެލް މީ އެބައުޓް އިޓް”
“ނަސީބެއްނު އަހަންނަށް ދެން އިތުރަށް ރަހާ ބަލަން ނުޖެހޭކަން…”
“އެކީއްވެ؟”
“ރަހާ މެރީކުރަން އުޅެނީ…”
“ކާކާ؟”
“ސާޖިދު…” ސާޖިދުގެ ނަން އިވިފައި ރަޒާން ހުއްޓުން އެރިއެވެ. މީގެ ދުވަސްކޮޅެއްކުރިން، ރެސްޓޯރެންޓުން ރޫޔާ ދެއްކީ ސާޖިދާއި ރަހާގެ ކައިވެންޏާ ބެހޭގޮތުން ހެއްޔެވެ؟
“ޝީޝް…” އަމިއްލަ ވިސްނުމުގެ މޮޔަކަން ހިތަށް އަރައި ރަޒާނަށް ހެވުނެވެ. ގަންނާކުރެއްވި ލަދުން އޭނާ ލޯ މަތީ އަތް އަޅައިލިއެވެ. “އޯލް ދެޓް ފޯ ނަތިން”
“ކޯންޗެއް؟”
“އަހާބަލަ ކީއްވެގެން ހެއްޔޭ އަހަރެން އެ ބުޅާ އެޑޮޕްޓް ކުރީ؟” ރަޒާންގެ ސުވާލު އިވިފައި ރޫޔާ ދެބުމަ ގޮށްޖަހައިލިއެވެ.
“ކީއްވެ؟” ޝައުޤުވެރިވެ ހުރެ ރޫޔާ އެހިއެވެ.
“އަހަރެން ހީކުރީ ރޫޔާއާއި ސާޖިދު މެރީކުރަން އުޅެނީ ކަމަށް. އެހެންވެ އަހަރެން އެ ބުޅާ އެޑޮޕްޓް ކުރީ.. ފިރާޝަށް ފެނުނު ރޫޔާ އެ ބުޅާ ސަލާމަތް ކުރަނިކޮށް..ކޮންމެވެސް ގޮތަކުން، އަހަރެން ބޭނުންވީ ރޫޔާ އަހަންނާ ބައްދަލުކުރާނެ އުޒުރެއް ހޯދަން”
“ވަޓް ދަ…” ޤަބޫލުކުރަން ނޭނގިފައި ރޫޔާއަށް ހުރެވުނީ ރަޒާނަށް ބަލަންށެވެ. ރަޒާނަށް އެ ޚިޔާލު އައީ ކިހިނަކުން ހެއްޔެވެ؟ އޭނާއާއި ސާޖިދު؟؟!!
“ރަޒާން ޔޫ މަނިޕިއުލޭޓިވް..” ރޫޔާއަށްވެސް އެ ޚިޔާލާމެދު ކޮސްވެ ހުރެ ހެވުނެވެ.
“ތެދަށް ބުނާނަމަ..” ރޫޔާ ނޭވާއެއް ދޫކޮށްލަމުން ބޯ ހޫރައިލިއެވެ. ” އައި އޭމް ސޯޓް އޮފް ގްލެޓް ދެޓް އިޓް ވޯޒް ޔޫ…” ރޫޔާ ރަޒާނަށް ހީލަމުން ބުންޏެވެ.
“ޑޯންޓް ގެޓް މީ ރޯންގް، އައި އޭމް ނޮޓް ގޮއިން ބެކް ޓު ޔޫ. އެކަމަކު އަހަންނަށް އެނގޭ ރަޒާނަށްކަން އެ ބުޅާ ރަނގަޅަށް ބެލޭނެ ކަން..” އާ ފުރެމުން ރޫޔާ ބުންޏެވެ.

“ނިދި އައީ ދޯ…” ރަޒާން އިން ތަނުން ތެދުވެ، ގޮސް އަތަށް ނެގީ، ރޫޔާ ގޮނޑީގައި އަޅުވައިފައި އޮތް ހުދު ކޯޓެވެ. އެ ހިފައިގެން އޭނާ ސޯފާކައިރީ މަޑުކުރުމަށްފަހު، އެ ކޯޓު ރޫޔާގެ ގައިމަތީ އަޅައިލިއެވެ.
“ވަގުތު އޮއްވާ ނިދަން އުޅޭ.” ކުރިން އިން ތަނުގައި އިށީނަމުން ރަޒާން ބުންޏެވެ.
“ނޫޅެންތަ މަންމަމެން ކައިރިއަށް ދާކަށް؟”
“ދާނަން.. ރޫޔާ ނިދީމަ” ރޫޔާގެ ދެލޯ މެރެމުންދާ މަންޒަރު ބަލަން ހުރެފައި ރަޒާން ބުންޏެވެ. މަޑުމަޑުން ހުވެފެނީ ކަނޑުގެތެރެއަށް ފީނަމުން ދިޔަ ރޫޔާއަށް ބަލަން ހުރެފައި އޭނާ ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ރޫޔާގެ ކަށި އިނގިލީގައި ހިފައިލުމަށްފަހު ދެލޯ މަރައިލިއެވެ.

ރޫޔާގެ ފޯނު ރިންގުވި އަޑަށް ދެލޯ ހުޅުވައިލިއެވެ. ހޭލެވުނީ މީހެއްގެ ހިލަމެއް ނެތް ކޮޓަރިއަކަށެވެ. އޭނާ ސޯފާގައި އިށީނަމުން، ދެކޮޅު ބަލައިލިއެވެ. ރަޒާން ފެންނާކަށެއް ނެތެވެ. އެހެނަސް، ހިތުގައި ކުޑަ ހިތްހަމަ ޖެހުމެއް ވެރިވެފައި ވެއެވެ.

***

ޔޫޝާ ޤައުމުން ފުރައިގެން ދިޔަކަން ރަޒާނަށް އެނގުނީ ހަފްތާއެއްހާ ދުވަސްކޮށްފައެވެ.
“އަހަރެމެންނަށް އެނގޭ އެއްޗަކީ އަމީރައްތަގެ ސިޗުއޭޝަން ކްރިޓިކަލް ވެގެން އުޅޭތީވެ ޔޫޝާ ފުރީ. ދެމީހުންވެސް ތިބީ ޔޫ.ކޭގައި.. ކޮން ފެސިލިޓީއެއް ކަމެއް ނޭނގޭ..” މިއުވާން އަތުގައި އޮތް ޓެބްލެޓަށް ބަލަން ހުރެ ރަޒާނަށް އަޑު އިވޭވަރަށް ބުންޏެވެ.
ޓައިޕް ކުރަން އިން ރަޒާންގެ އިނގިލިތައް ހުއްޓުން އެރިއެވެ. ލޯ ހަނިކޮށްލުމަށްފަހު އޭނާ މިއުވާނަށް ބަލައިލިއެވެ.
“ސިޗުއޭޝަން؟؟”
ފިރާޝްވެސް މިއުވާނަށް ބަލައިލިއެވެ. ޔޫޝާގެ ހާލާމެދު ކަންބޮޑުވެ ހުރެ އޭނާ ހުރީ މިއުވާންގެ އިންތިޒާރުގައެވެ.
“މުމްބައިގެ ފެސިލިޓީ ރިކޯޑުން ދައްކާ ގޮތުގައި، ޔޫޝާގެ މަންމަ ކުރިއަށްވުރެ ބޮޑަށް ސަކަރާތްވި.. ނިއު… ވަޓް ދަ ހެލް؟؟ އީ.ސީ.ޓީ؟؟” މިއުވާން ބުނި ބަހާއެކު ދެމީހުން އިން ތަނުން ތެދުވިއެވެ.
“ތްރީ ސެޝަން އޮފް އީ.ސީ.ޓީ. އެވްރި ވީކް.. މިއީ މީގެ ތިން ހަފްތާ ކުރިން ކޮށްފަ އޮތް ޑައިގްނޯސިސްއެއް”
“އަމީރާއްތައަކީ އަނެއްހެން އީ.ސީ.ޓީ ބޭނުންވާ މީހެއްވެސް ނޫން” ހާސްވެފައި ފިރާޝް ބުންޏެވެ.
“މިއުވާން… ވެގެން އުޅޭ ގޮތް ރަނގަޅަށް ބަލާ.. ފިރާޝް.. ޔޫޝާއާ ކޮންޓެކްޓް ކުރެވޭތޯ ބަލާބަލަ. ޔޫޝައު މެންނަކަށްވެސް ވެގެން އުޅޭ ގޮތެއް ނޭނގޭތީއޭ މައްސަލައަކީ”
“އޯކޭ….” މިއުވާންގެ އަޑު މަޑުވީ، އޭނާގެ ފޯނަށް މެސެޖެއް އައުމާއެކުއެވެ. ފޯނު ހުޅުވައިލުމާއެކު، އެ ފެނުނު މެސެޖަކުން އޭނާ ކުއްލިއަކަށް ތެދުވެވުނެވެ.
“ރަޒާން، އައި އޭމް ޓޭކިން އޮފް ފޯ އާފްޓަނޫން. ފެމިލީ އެމެޖެންސީ” އެއްޗެކޭ ނުބުނެ، އޭނާ އަވަހަށް އެ އޮފީހުގެ ދޮރު ހުޅުވައިލުމަށްފަހު އެތަނުން ދިޔައެވެ.

***
މައިރާއަށް ފޮނުވި މެސެޖަށް ރައްދެއް ނުލިބޭތާ ގަޑިއިރުތަކެއް ވާން ފެށުމާއެކު ރޫޔާގެ ހިތަށް ގޮތެއް ވާން ފެށިއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އިހުސާސްކުރެވުނެވެ. އެހެނަސް ޝައިތޯނީ ވަސްވާސްކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެމުން، ރޫޔާ ކޮފީތަށިން ކޯ ވަރެއް ބޯލިއެވެ. ރޭގަނޑު ޑިއުޓީ ކަމުން، އޭނާ އިނީ އޮފީހުގައެވެ.

ކޮފީ ހުސްކުރި ކަރުދާސް ތަށި ޑަސްބިނަށް ލާން އުޅުނު ވަގުތު އޭނާގެ ޕޭޖަރ ރިންގު ވާން ފެށިއެވެ. ޖީބުން އެނަގައި، އަރައިފައި އޮތް މެސެޖު ކިޔައިލުމާއެކު ދެލޯ ބޮޑުވިއެވެ. އަތުގައި އޮތް ކަރުދާސްތަށި ދޫކޮށްލުމަށްފަހު، އެ ފަޅި ސިކުންތުގައި އޭނާ އޮފީހުން ނިކުމެ ދުއްވައިގަތީ އީ.އާރ އާ ދިމާލަށެވެ. އޭރުވެސް ހޮސްޕިޓަލުގެ ޕީ.އާރ ސިސްޓަމުން ގޮވަމުން ދިޔައެވެ.
“ކޯޑް ޓްރިއާޖް.މާސް ކެޝުއަލްޓީ އިންސިޑެންޓް. އޯލް އެވެއިލަބަލް މެޑިކަލް ޕާރސަނަލް ރިޕޯޓް ޓު ދި އިމަޖެންސީ ޑިޕާޓްމެންޓް އިމީޑިއެޓްލީ.. ކޯޑް ޓްރިއާޖް، މާސް ކެޝުއަލްޓީ އިންސިޑެންޓް. ދިޒް އިޒް ނޮޓް އަ ޑްރިލް”

____
“…ވީ އާރ ގެޓިން ބާންސް، ސްމޯކް އިންހަލޭޝަން.. ކްރަޝް އިންޖަރީސް… ފްރޮމް އަ ޕާރޝިއަލް ސީލިންގް ކޮލާޕްސް. ފަސްޓް އެމްބިއުލޭންސް އަރ އިން ތްރީ މިނެޓްސް އައުޓް. ވީ ހޭވް އެކްޓިވޭޓެޑް ދަ ފުލް އެމް.ސީ.އައި ޕްރޮޓޮކޯލް” އީ. އާރަށް ވަދެވުމާއެކު ރޫޔާގެ ކަންފަތުގައި ޖެހުނީ، އީ.އާރ ގެ ނާރސް އިންޗާޖު ޝިފާގެ އަޑެވެ.
“ހައު މެނީ ރެޑްސް؟” ޑޮކްޓަރުންގެ ތެރޭގައި ހުއްޓިހުރި ރާޝިދު އެހިއެވެ.
“އަންނައޮން، އެޓް ލީސްޓް އަ ޑޮޒެން، ދޭ އަރ ސްޓިލް ޕުލިން ޕީޕަލް އައުޓް…” ޝިފާ މޫނު އަނބުރައިލި ވަގުތު ރޫޔާ ފެނުނެވެ. “ޑރ. ރޫޔާ، ސެޓް އަޕް ބޭއި ވަން. ޔޫ ވިލް ޓޭކް ސާރިޖިކަލް ރެޑްސް. އެނީވަން ހޫ ނީޑްސް އޭން އޯ.އާރ ގޯސް ތްރޫ ޔޫ… ޑރ. ފައިސަލް އެންޑް އަބްދުއްސަމަދު އާރ އޮން ދެއަރ ވޭ. އައި ވިލް ކޯޑިނޭޓް ވިތް ދި އީ.އާރ ފިޒިޝިއަން އެންޑް ބާރން ޔުނިޓް…”

ޝިފާގެ އަމުރަށް ބޯ ޖެހުމަށްފަހު އޭނާ ދުއްވައިގަތީ ޓްރައުމާ ބޭއި ތެރެއަށެވެ.

މަދު ވަގުތުކޮޅެއްގެ ތެރޭގައި މުޅި އެމެޖެންސީ ޑިޕާޓްމެންޓް ވަނީ ބަދަލުވެފައެވެ. ފާރުތައް ކައިރީ އިތުރު އެނދުތައް އަތުރައިލެވިފައިވާއިރު، ކޮންމެ އެނދެއް ކައިރީ އައި.ވީ ކިޓުތައް ވަނީ ތައްޔާރު ކޮށްފައި ހުއްޓެވެ. ރަތް، ރީނދޫ ފެހި ކުލަ ތަކުން އެކި ސަރަހައްދު ވަކި ކުރެވިފައިވާއިރު، ނަރުހުންތައް އުޅުނީ ޕޯޓަބަލް މެޝިންތައް ތައްޔާރުކުރުމުގައެވެ. ދުރުގައި ކަޅުކުލައިގެ ކެންވާސް ގަނޑަށް ރޫޔާ ބަލައިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. ވާނެ ގޮތެއް އެކަކަށްވެސް ނޭނގޭއެވެ.
“ދިމްޔާ، ޔޫ އާ އޮން ރެޑްސް. އައިރާ، ޔޫ އޮން ގްރީން އެންޑް ޔެލޯސް….އިނާޝާ، ނަސްރާ.. ޔޫ އާރ ވިތް ސާރޖިކަލް ޓީމް، އެނީވަން ހޫ ނީޑްސް އަ ޗެސްޓް ޓިއުބް އޯ އަ ސާރޖިކަލް އެއަރވޭ، ގެޓް ދެމް ޓު ބޭއި ވަން އޯ ބޭއި ޓޫ” ޝިފާގެ އަޑުގެ ތެރެއިން ރޫޔާއަށް ސަހާގެ އަޑުވެސް އިވެމުން ދިޔައެވެ. “ޔަމީން، ރީހާ ޔޫ އަރ ވިތް މީ އޮން ރެޑް އެސެސްމެންޓް. ޝާނާ، ސަޖާހް، ޔޫ އާރ އޮން ލައިންސް އެންޑް ލެބް. ޕީ.ޖީ.ވައި-ޓޫ، ޔޫ އާރ އޮން ޗެސްޓް ކޮމްޕްރެޝަން އެންޑް ޑޮކިއުމެންޓޭޝަން. އައި ވޯންޓް ދީޕަކް އެންޑް އާޝިޔާ އޮން ދަ ކޯޑް ކާރޓް. ޒައުރާ އެންޑް ހިޝާން، ޔޫ އާރ ވިތް ރެސްޕިރޭޓަރީ…”

އެމްބިއުލޭންސް ސައިރެންގެ އަޑާއެކު އެންމެންގެ ނަޒަރު އަމާޒުވީ ދޮރާ ދިމާލަށެވެ. ނޭވާ ހިފަހައްޓައިގެން ތިއްބާ، އެ ދޮރު ދެފަރާތަށް ކެހިގެން ހުޅުވުނެވެ. ދެ ޕެރެމެޑިކުންވެގެން އެތެރެއަށް ވެއްދި ގާރނީގައި އޮތް ޒުވާން އަންހެންމީހާ ފެނުމާއެކު ރޫޔާ އަވަހަށް އެދިމާލަށް ދުއްވައިގަތެވެ. ހަމަ އެވަގުތު އެހެން ޕެރެމެޑިކުން އިތުރު ތިން ގާރނީގައި ބާއްވާފައި އޮތް މީހުންތައް އެތެރެއަށް ގެނައެވެ
“ބޭއި ވަން. ދިޒް ވަން އިޒް ކްރޭޝިން. ޕްރެޝަރ ސެވެންޓީ އޮވާރ ޕަލްޕް، ހާރޓް ރޭޓް 140، ތާރޑް ޑިގްރީ ބާން ޓު ފޯރޓީ ޕާރސެންޓް އޮފް ހާރ ބޮޑީ” ރޫޔާ ފެނުމާއެކު އެ ޕެރެމެޑިކުން އެކަކު ގޮވައިލިއެވެ.

“އިންޓިއުބޭޓް ހާރ ނާއު، ޔަމީން. ގެޓް މީ އަ 7.0 އެންޑޯޓްރެކިއަލް ޓިއުބް، ރީހާ ސެޓް އަޕް ދަ ވެންޓިލޭޓަރ. އިނާޝާ، ޓޫ ލާރޖް ބޯރ އައި.ވީ، ސްޓާޓް ފްލުއިޑް ވައިޑް އޯޕެން.. ޝީޒް ގޮއިން ޓު ނީޑް އަ ސާރޖިކަލް އެއަރވޭ އިފް ދެޓް އެޑެމާ ޕްރޮގްރެސެސް، ސަމްވަން ޕޭޖް އީ.އެން.ޓީ” އެ އަންހެން މީހާއާ ކައިރިއަށް ޖެހިލަމުން ރޫޔާ އަމުރު ކުރިއެވެ. ރޫޔާގެ އަޑަށް އެ އަންހެން މީހާ ލޯ ހުޅުވައިލިއެވެ. ލޮލުގައިވާ ބިރުވެރިކަމާއި ތަދު ފެނިފައި ރޫޔާ އޭނާގެ މޫނާ ގާތްވެލިއެވެ.
“ކޮއްކޯ.. ހޮސްޕިޓަލްގަ މިހާރު ތިހުރީ، ޑޮކްޓަރ ފަރުވާ ދޭން ވެގެން މިއުޅެނީ، ލަސްލަހުން ނޭވާލާން މަސައްކަތް ކޮށްލަބަލަ.. ހޫމް؟” ރޫޔާގެ ބަސްތަކުން ކުޑަ ހިތްވަރެއް ލިބި އެއަންހެންމީހާ ބޯ ޖަހައިލިއެވެ. އޭނާ ނޭވާލާން މަސައްކަތް ކުރިއެވެ. އެހެނަސް އުނދަގޫވެގެން އުޅޭކަން އެނގުމާއެކު ރޫޔާ ޔަމީނަށް ބަލައިލިއެވެ.
“ޔަމީން، ޗޭންޖް އޮފް ޕްލޭންސް…ވީ ނީޑް ޓު ޑޫ އަ ކްރިކޯތައިރޮއިޑޮޓޮމީ.. ހާރ އެއާރވޭ އިޒް ކްލޯޒިން…ސްކަލްޕެލް”
ރޫޔާ އެހެން ބުނުމާއެކު ޔަމީން ރޫޔާގެ އަތަށް ސްކަލްޕެލް ލައިދިނެވެ. އަތަށް ސްކަލްޕެލް ލިބުމާއެކު، ހުސް އަތުން ކްރައިކޯތައިރޮއިޑް މެމްބްރޭން ފާހަގަ ކުރުމަށްފަހު، އެތަން ކަފައިލައި ހޮޅި ލެއްވިއެވެ. މެޝިނުގެ އެހީއާއެކު އޮކްސިޖެން ލިބެން ފެށުމާއެކު އެ އަންހެން މީހާގެ ނޭވާ ލާން ފެށިއެވެ. މޮނީޓަރުން ރަނގަޅުވާނީ ކަމަށް ދައްކަން ފެށުމާއެކު ރޫޔާ ސަހާއަށް ބަލައިލިއެވެ.
“ގުޑް، ގެޓް ހާރ ޓު ސީ.ޓީ، ދެން ސްޓްރެއިޓް ޓު ދަ ބާރން ޔުނިޓް، ސަހާ، ޔޫ އާރ ވިތް ހާ”
ސަހާ ވަގުތުން އާނއެކޭ ބުނެފައި އެ ގާރނީ ގައި ހިފައި ކޮށްޕަމުން ދިޔައީ ސީ.ޓީއާ ދިމާލަށެވެ.

ހަމަޖެހިލަން ވަގުތުކޮޅެއް ނުލިބެނިކޮށް، އަނެއްކާވެސް އާ ގާރނީއެއް، އެ ބޭއި ތެރެއަށް ވެއްދުނެވެ. ގާރނީގައި އޮތް ފިރިހެން މީހާއަށް ސީޕީއާރ ދޭން ހުރި ޕެރެމެޑިކް ރޫޔާއަށް ނަޒަރު ހިންގައިލިއެވެ. “ކާރޑިއެކް އެރެސްޓް އެން ރައުޓް، ލޮސްޓް ޕަލަސް ޓޫ މިނެޓްސް އެގޯ.. ޕޯސިބަލް ޓެންޝަން ނިއުމޮތޮރެކްސް، ވީ ހޭވް ޑީކޮމްޕްރެސްޑް ވަންސް، ބަޓް އިޓްސް ރި-އެކިއުމަލޭޓެޑް”
“ގެޓް ހިމް އޮން ދި މޮނީޓަރ، ކޮންޓިނިއު ކޮމްޕްރެޝަން. ރީހާ، ސެޓް އަޕް ފޯ އަ ޗެސްޓް ޓިއުބް. ދީޕަކް، އާޝިޔާ، ޔޫ އާރ އޮން ކޮމްޕްރެޝަން، ސްވިޗް އެވްރި ޓޫ މިނެޓޤސް، އައި ވާންޓް އަ ރައުންޓް އޮފް އެޕީ ޕުޝްޑް ނާއު، ޝިފާ، ވަޓްސް ދަ ރިތިމް؟”
“ޕީއީއޭ.. ނޯ ޝޮކް އެޑްވައިޒްޑް” ޝިފާގެ ރައްދާއެކު ރޫޔާ އަތްމަތި އަވަސްކުރިއެވެ. މޭ ކަށިގަނޑު ކައިރިން ކަފާލުމަށްފަހު، ޗެސްޓް ޓިއުބް ލައްވާލުމާއެކު، ވައި އަޑަކާއެކު، ލޭތައް ބޭރުވާން ފެށިއެވެ. ފުއްޕާމޭ ފުފިގެން ދިޔަ ތަން އެ އެންމެންނަށް ފެނުނެވެ. މޮނީޓަރުން ރިތިމް ލިބުނުކަމަށް އަޑު ލައްވައިލިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި ފްލެޓްލައިންވެގެން ދިޔަތަން އެ އެންމެނަށް ފެނުނެވެ.
“ރެޒިއުމް ޗެސްޓް ކޮމްޕްރެޝަން.. ޗާރޖް ދަ ޑެފިބްރިލޭޓަރ ޓު 200. އެޕި، ވަން މިލިގްރާމް…”
“ޗާރޖް”
“ކްލިއަރ.. ޝޮކް” ކަރަންޓު ޕަލްސް ފޮނުވާލުމާއެކު އެންމެން ބަލި މީހާއާ ދުރަށް ޖެހިލިއެވެ. އަނެއްކާވެސް ޗެސްޓް ކޮމްޕްރެޝަން ހަދަން އާޝިޔާ ގާތް ވެލިއެވެ.
އެންމެން ނޭވާ ހިފަހައްޓައިލައިގެން ހުރީ، ވިންދެއް ލިބޭނެ އިރަކަށެވެ. ރޫޔާ ފަހު ފަހަރަށް އެޕި ދޭން އަމުރު ކުރިއެވެ. އެގޮތަށް ބާވީސް މިނެޓް ވެގެން ދިޔައެވެ.
“ޓައިމް އޮފް ޓެތް: 22:43، ޑރ. ފައިސަލް ކޭން ޔޫ ކޮންފާރމް؟” ޖެހިގެން ހުރި ބޭއި ގައި ހުއްޓިހުރި ފައިސަލަށް ގޮވައިލަމުން ރޫޔާ ހާމަކުރިއެވެ.
ޑރ. ފައިސަލް މޮނީޓަރ ޗެކު ކުރުމަށްފަހު، ލޯ ޗެކު ކުރިއެވެ. ނޭވާއާއި ވިންދު ޗެކު ކުރުމަށްފަހު އޭނާ ބޯ ޖަހައިލިއެވެ.
“ކޮންފާރމްޑް، ޓައިމް އޮފް ޓެތް: 22:43”

އަތުގައި އޮތް އަންގި ބާލައި ބިނަށް ލުމަށްފަހު އޭނާ ނޭވާއެއް ނަގައިލިއެވެ. ގެއްލިގެން ދިޔަ ފުރާނައާ މެދު ހިތާމަކުރާކަށް ވަގުތެއް ނެތެވެ. އޭނާ މުޅި އީ.އާރ އަށް ނަޒަރު ހިންގައިލިއެވެ. ހުރިހާ އެނދެއް ވަނީ ފުރިފައެވެ. މުޅި ތަނުގައި ގުގުމައިލެވިފައިވަނީ މީހުންގެ ވޭނީ ރުއިމުގެ އަޑާއި، ޑޮކްޓަރުންނާއި ނަރުހުންގެ އަޑެވެ.

ދެން އޮތް ޕޭޝަންޓް އަންނަން ވާއިރަށް، ތައްޔާރު ވާން ވެގެން ރޫޔާ އަތަށް އާ އަންގި ލައްވައިލިއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޕެރެމެޑިކުން، ގާރނީއެއް ބޭއި ތެރެއަށް ވެއްދިއެވެ. ގާރނީގައި ލެއާ ތަތް ތެޅިފައި އޮތް މީހާ ފެނިފައި ރޫޔާގެ މުޅި ހަށިގަނޑު ގަނޑުވިއެވެ. ހިތުގައި އެހެން ކަހަލަ ބިރުވެރިކަމެއް ފެތުރިގެން ދިޔައީ އިސާހިތަކުއެވެ.

Share Article

Thea reminisces
Follow Me Written By

Thea reminisces

Level 210 Stories

Currently a uni student who decided to fill her free time writing stories. Be ready to dive into thea's world of imagination and drama. Have a happy reading

Other Articles

ކަނޑުގެ ލޮނާއި ހިތުގެ ކަރުނަ .
Previous

ކަނޑުގެ ލޮނާއި ހިތުގެ ކަރުނަ (ދެވަނަ ބައި)

Next

އާއެކޭ ލޯބިވޭ… ފަންސާސްނުވަވަނަބައި (ނާމާންކަމުގެ ފިނި އުދާސް)

Next
August 18, 2026

އާއެކޭ ލޯބިވޭ… ފަންސާސްނުވަވަނަބައި (ނާމާންކަމުގެ ފިނި އުދާސް)

Previews
August 18, 2026

ކަނޑުގެ ލޮނާއި ހިތުގެ ކަރުނަ (ދެވަނަ ބައި)

ކަނޑުގެ ލޮނާއި ހިތުގެ ކަރުނަ .

One Comment

  1. Anonymous says:
    August 18, 2026 at 2:31 pm

    how is the person in strecher?
    omg naseer is so inhuman he shhould atlesat show some care for his wife and children
    cant wait to know what happen nxt
    whnnxt?
    mi part ves vrh reethi keep it up

Comments are closed.



All Right Reserved!