ލޯބިން ބުނާތީ 43
ސޯފާގައި އިސްޖެހިފައި ކައިލް އިންއިރު ދެ ކަކުލުގައި އުޅަނބޮށި ވިއްދާލައިގެން ދެއަތުން ބޮލުގައި ހިފާއްޓާލާފައި ވެއެވެ. އަދިވެސް ޔުނީފޯމްގައި އިންއިރު އޭގައި ލިއާގެ ބޮލުން ފޭބި ލޭތައް ހިކިފައިވެއެވެ. އެ ޔުނީފޯމް ބަދަލުކުރާކަށް ކައިލް ނޫޅެއެވެ. އޭނާގެ ހިތާއި ސިކުނޑީގައިވަނީ އަދިވެސް ލިއާއެވެ. އޭނާއަށް ލިއާ އުމުރަށް ގެއްލުނީއޭ ހިތާ އެވަގުތު އެ ކުރެވުނު އިހުސާސްގެ އަސަރު އަދިވެސް ހިތުން ނުފިލައެވެ. ހޮސްޕިޓަލަށް ދިއުމަށް އެމްބިއުލެންސްގައި އިންއިރު ކައިލްއަށް ކަރުނަތައް ހިފަހައްޓައިގެން އިނދެވުނީ ކިރިޔާއެވެ. އިމަޖެންސީ ރޫމަށް ލިއާ ވެއްދި ވަގުތު އެ އަތުތެރެއިން ލިއާގެ އަތްތިލަ ބީވި ވަގުތު ކައިލްއަށް ކުރެވުނީ މުށުތެރެއިން ދުނިޔެ ބީވެގެން ދިޔަކަހަލަ އިހުސާސެކެވެ. ފޯނުކޯލެއް ނިންމާލާފައި އައި ޒޭޑެން ދެއްކި ވާހަކަތައް ކައިލްއަކަށް ނީވުނެވެ. އޭނާ ހުރީ ހުސްކަމުގެ ތެރެއަށް ގެއްލިފައެވެ. އެތައް އިރެއްފަހުން ހޭވެރިކަން ވީ ސްކޫލްގެ ފަރާތުން އައި ބަޔަކާއެކު އައި އަކީލް އާއި އާމިރު ފެނުމުންނެވެ. އަކީލްގެ މޫނުމަތީގެ ކުލަވަރު ހުރި ގޮތުން ހިތްހަމަ ނުޖެހިފައިހުރި ވަރު ހާމަވެއެވެ. ކައިލްއަށް އަކީލް އަމުރުކުރީ ގެޔަށް ދިއުމަށެވެ.
ކައިލް ގާތު ހިމޭންވެފައި އާލިކް ކޮޅަށް ހުރީ ކަންބޮޑުވެފައި ބަލާށެވެ. އޭނާ ދުވަހަކުވެސް ކައިލް މިފަދަ ހާލެއްގައި ވަނިކޮށް ނުދެކެއެވެ. ކައިލްގެ މޫނުމަތީ މިހާރު ރުޅިވެރިކަމެއް ނެތެވެ. އެ ނަޒަރުގައި ވަނީ ހުސްކަމެވެ. ގޮތްހުސްވެފައި ވާކަހަލައެވެ. މާބްލް މުށިތަކަށް ނަޒަރު ހުއްޓާލައިގެން އިންނަމަވެސް ޔަގީނުންވެސް އެ ހިޔާލުތައް ވަނީ މާދުރުގައެވެ.
އަކީލް ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. މޫނުމަތިން ހިތްހަމަނުޖެހިފައި ވާވަރު ހާމަވެއެވެ. ކައިލްއަށް އިރުއިރުކޮޅާ އަކީލްގެ ނަޒަރު ހުއްޓެމުންދިޔައެވެ.
“ބައްޕަ މި އަހަނީ ކައިލް ކީއްވެގެންހޭ އެކަމުގެ ތެރެއަށް ވަނީ…؟ ކީއްވެގެންހޭ ސްކޫލުން ގުޅާފަ ބައްޕަ ގާތު ބުނަން ޖެހުނީ ކައިލް ފައިޓެއްގަ އިންވޯލްވީ އޭ…؟!” އަކީލް އެންމެ ފަހުން ވާހަކަދެއްކިއެވެ. އަޑުގައިވި ރުޅިވެރިކަން ކޮންޓްރޯލް ކުރަން މަސައްކަތްކުރަމުން އަކީލް ކައިލްއަށް ބަލަން ހުއްޓެވެ.
“އެ ވާހަކަ ބުނި މީހަކު ބުނީ ކައިލް އަންހެން ކުއްޖަކު ކޮއްޕާލީއޭ…އެހާ ސީރިއަސް ހާލަތެއް މެދުވެރިވެފަ އޮއްވާ ކައިލް ކީއްވެގެންހޭ އިތުރަށް ކަންތައް ގޯސް ތިކުރީ…؟! ބައްޕައަށް އެނގޭ ކައިލްގެ ހަށިގަނޑުގަ ބާރު ހުންނާނެކަން…އެކަމަކު އޭގެ މާނައެއް ނޫން އަންހެނެއްގެ ގަޔަށް އަތް އިސްކުރާށޭ…!” އަކީލްގެ އަޑު ބާރުވިއެވެ. ކައިލް ކުރިކަމަކުން އަކީލްގެ ގަދަރަށް އުނިކަމެއް އައިސްފައި ވާކަހަލައެވެ.
ގުޅުވާލައިގެން އިން ދެއަތްތިލައިގެ އިނގިލިތަކަށް ކައިލްއަށް ބާރުކޮށްލެވުނެވެ. އެ މޫނުގައި އަދިވެސް ވީ ހިމޭންކަމެވެ. ކައިލްގެ ދަތްކުނޑިވިކިގެން އައި މަންޒަރު އާލިކްއަށް ފެނުނެވެ. އަކީލް އަނެއްކާވެސް ކައިލްއަށް އެއްޗެކޭ ބުނަންއުޅެނިކޮށް އާލިކް ކަންބޮޑުވެފައި އަކީލްއަށް ގޮވާލިއެވެ. ކައިލްއަށް ހަމަޖެހެން ވަގުތު ދޭށޭ ބުނާކަހަލައެވެ. ނަމަވެސް އަކީލް ހުރީ އެއަށްވުރެ ރުޅިއައިސްފައެވެ.
“ނޮޓް ނައު އާލިކް…!” އާލިކް އަށް އިންޒާރުގެ ނަޒަރަކުން އަކީލް ބަލާލިއެވެ. އަނެއްކާވެސް އެ ނަޒަރު ކައިލްއަށް ހުއްޓުނެވެ.
ކައިލް ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ވާހަކަ ދައްކަންވީ ވަގުތު ޖެހުނީކަން އެނގުނެވެ.
“ޝީ ހާރޓް ލިއާ…” ކޮންމެ ގޮތެއްވިޔަސް ވަރިހަމަކަމަށް ކައިލް ބުނެލިއެވެ. ކައިލްގެ އެ ޖުމްލައާއި އެކު އަކީލްގެ ދެބުމަ ގޮށްޖެހުނެވެ.
“ބައްޕަ ނާހަމޭ ލިއާއަށް އަނިޔާކުރީ ކާކުހޭ…މި އަހަނީ ކައިލް އެކަމުގެ ތެރެއަށް ވަންނަންޖެހުނީ ކީއްވެހޭ…؟!” މިފަހަރު އަކީލްގެ އަޑުން ރުޅިވެރިކަން ފާޅުވިއެވެ.
ކައިލްއަށް ދަތްކުނޑިވިކިފައި އިންއިރު ދަތްތަކަށް އިތުރަށް ބާރުކޮށްލެވުނެވެ. އޭނާއަށް އެ ސުވާލަށް ދޭންވީ ޖަވާބު އެނގެއެވެ. ސަބަބަކީ ކައިލް ލިއާދެކެ ލޯބިވާތީއޭ ބުނަން ބޭނުންވިއެވެ. ލިއާ އެ ހާލުގައި އޮތް މަންޒަރު ފެނުނު ވަގުތު އޭނާގެ ބުއްދި ފިލައިދިޔައީއެވެ. އިފާގެ ވާހަކައިން، އަލީޝާ ލިއާއާއި ދޭތެރޭ އެގޮތަށް ކަންތައް ކުރުމުގެ މަގުސަދަކީ ކައިލްއާއި ލިއާ ދުރުކުރުންކަން އެނގުމުން ކައިލްގެ ކެތްތެރިކަން ކޮޅުންލީއެވެ. ލިއާއަށް އެހެންވުމުގައި ކުށްވެރިއަކީ ކައިލްކަން އިހުސާސްވަނީއެވެ. އެވަގުތުކޮޅުގައި އޭނާގެ މުޅި ހިތާއި ސިކުނޑީގައިވެސް ވީ ހަމައެކަނި ލިއާއެވެ. އެހެންނަމަވެސް ކައިލްގެ އަނގައިން ބަހެއް ނުނިކުތެވެ. ކުރިމަތީ ހުރީ އަމިއްލަ ބައްޕައަށް ވާތީއެވެ. ހިތާއި ސިކުނޑި ހައިޖާންގަނޑަކަށް ގެނބިގެންދިޔަ ވަގުތު ކައިލްއަށް ދުރު ބަލާލެވުނެވެ. އަކީލްއަށް އެކަން ފާހަގަވިއެވެ.
“ޔޫ ނިއު ދެއަރ ވުޑް ބީ ކޮންސެކުއެންސަސް…” އަކީލް ބުނެލިއެވެ.
“އައި ޑޯންޓް ކެއަރ…!” ކައިލް ބުނެލި ވާހަކައިން އާލިކްވެސް ސިހިގެން އައެވެ. އޭނާއަށް ކަންބޮޑުވުމާއެކު ބަލާލެވުނީ އަކީލްގެ މޫނަށެވެ. އަކީލްވެސް ހުރީ ގަބޫލުކުރަންދަތިވެފައި ކައިލްއަށް ބަލާށެވެ.
“ކީކޭ ތިބުނީ…؟” އަކީލްގެ އަޑުގައިވެސް ވަނީ ގަބޫލުކުރަން ދަތިވެފައި ވާކަމުގެ އަސަރެވެ. މި ބީދައިން ކައިލް އޭނާއާއި ވާހަކަދެއްކި މީ ފުރަތަމަފަހަރެވެ. އަކީލްއަށް ކައިލްގެ ބަހުރުވަ ހުރިގޮތް ނަގައިނުގަނެވުނެވެ. ނަމަވެސް އާލިކްއަށް އެކަން ފާހަގަވިއެވެ. ކައިލްގެ އަޑުގައިވި ހިތްހަމަނުޖެހުން އަމާޒުވަނީ އަކީލްއަކަށް ނޫނެވެ. އާލިކްއަށް އިހުސާސްވީ ކައިލްގެ ހިތުގައިވާ ގަދަފަދަ ތޫފާނުގެ އަސަރު ބޭރަށް ފާޅުވިޔަ ނުދިނުމަށް ކައިލް މަސައްކަތްކުރަމުން ދިޔަކަމެވެ.
“އައި ސެޑް އައި ޑޯންޓް ކެއަރ…!” ކައިލް ދުރުބަލާލިއެވެ. އަކީލްގެ ދަތްތަކަށް ބާރުވެގެން އައެވެ.
“ތީ މައްސަލައަކީ…ކައިލްއަށް ހެޔޮ ދޯ އަހަރެމެންގެ ސްކޫލަށް ކޮންމެ ގޮތެއްވިޔަސް…؟ ސްކޫލުގެ ނަން ހަޑިވިޔަސް…؟ ހުދު ކައިލްގެ ފެންވަރާއި މެދު އެއްވެސް ފަރުވާލެއް ނެތީތަ…؟ ކައިލްގެ އަމަލުތަކުގެ ސަބަބުން މި އާއިލާގެ ނަމަށް އަރާނެ ހުތުރަކަށް ކައިލްގެ އެއްވެސް ފަރުވާލެއް ނެތް…!” އަކީލްގެ އަޑު ބާރެވެ. ދަރިފުޅަށް އޭނާ ބަލަން ހުރީ ރުޅިވެރި ނަޒަރަކުންނެވެ. ކައިލްގެ މޫނުމަތީގައިވި އަސަރުތައް އޭނާއަކަށް ނަގައިނުގަނެވުނެވެ.
އަކީލް ހުއްޓުނީ ކައިލްގެ ކުރިމައްޗަށެވެ. މާހައުލުގައި އުފެދިފައިވާ އުދާސްކަމުގައި ހުޅު ހިފައިގެންދާނެހެން އާލިކްއަށް އިހުސާސްކުރެވުނެވެ. ނަމަވެސް މިވަގުތު އޭނާ އެއްޗެއް ނުބުނެ ހުރީ ކަންތައްތައް މާ ރަނގަޅުނޫންވީމައެވެ.
“މި ހުރިހާކަމެއް ކައިލް ކުރަން ޖެހުނު ސަބަބަކީ ކޮބާހޭ…؟!” އަކީލްގެ ހަރުކަށި އަޑު އިވުނެވެ. “ފޯރ ލިއާ…؟” އަކީލްގެ ޖުމްލައާއިއެކު ސިހިފައި ކައިލް އިސްއުފުލާ އަކީލްއަށް ބަލާލިއެވެ.
އާލިކްގެ ނޭވާ ހިފޭއްޓިގެން އައީ އަކީލްގެ އަތް މުއްކެވިގެން އައި މަންޒަރު ފެނުމުންނެވެ. އޭނާގެ ނަޒަރު ކައިލްއަށް ހުއްޓުނެވެ. އަކީލްވެސް ބަލަން ހުރީ ކައިލްއަށެވެ. ކައިލް އިނީ ބަހެއް ނުބުނެ ހިމޭންވެފައެވެ. ކައިލް އެ ސުވާލަށް ޖަވާބު ނުދިނަސް އަކީލްއަށް ހުރިހާކަމެއް ނަގައިގަނެވިފައި ވެއެވެ. މާ ކުރިންވެސް މެއެވެ. ކައިލްގެ އަމަލުތައް އެ ހިސާބަށް ދާން ޖެހުނީ ކީއްވެކަން އަކީލްއަށް މީހަކު ބުނެދޭކަށް ނުޖެހެއެވެ. ލިއާއަށް ދެރަގޮތެއް ވެއްޖެނަމަ ކައިލްއަށް އެކަން ބަރުދާސްތު ނުކުރެވޭނެކަން އަކީލްއަށް އެނގެއެވެ. ނަމަވެސް އޭނާއަށް މި ހުރިހާކަމެއް އެނގޭކަން ހާމަކުރާކަށް އަކީލް ބޭނުމެއް ނޫނެވެ. އެކަން ހާމަކުރުމަކީ ލިއާ އެ އާއިލާއަށް މުހިއްމު މީހެއްކަން ކައިލްއަށް ހާމަވެދާނެފަދަ އަމަލެކެވެ. ލިއާއަށް އެ ޝަރަފު ދޭކަށް އަކީލް ބޭނުމެއް ނޫނެވެ. އޭނާގެ ހިތުގައި ލިއާއާއި ދޭތެރޭ ވާ ރުޅިވެރިކަން ފުންވެގެން އައެވެ.
“އެ އަންހެންކުއްޖަކާ ދިމާވި ފަހުން ކައިލްގެ އަމަލުތައް ތިހުންނަނީ އިމުން ބޭރުވެފަ…!” އަކީލް ނުރުހުމާއެކު ވާހަކަ ދެއްކިއެވެ. ކައިލްގެ ދެބުމަ ގޮށްޖެހިގެން އައި މަންޒަރު އަކީލްއަށް ފެނުނެވެ.
“ޑޯންޓް ބްލޭމް ހާރ…!” ކައިލް ކޮޅަށް ތެދުވިއެވެ. ލިއާގެ ދިފާއުގައި އަކީލްއާއި ދެބަސްވާންވެސް ތައްޔާރަށް ހުރިކަހަލައެވެ. އަކީލްއަށް އޭނާގެ ހިތުގެ ހާލު އެނގުމުން ކޮންމެހެން ސިއްރުކުރުމުގެ ބޭނުމެއް ނެތެވެ.
“އޭނާއަށް ބްލޭމްއެއް ނުކުރަން…އައެމް ޓެލިން ޔޫ ޓު ތިންކް އެބައުޓް ދަ ކޮންސެކުއެންސެސް އޮފް ޔުއަރ ޗޮއިސެސް…!” އަކީލް ބުނެލިއެވެ. ކައިލް އެ ހުރި ގޮތަށް ހުރެ އަކީލްގެ ލޮލަށް ބަލާލިއެވެ.
“ޝީ ޑިޑިންޓް އާސްކް މީ ޓު ފައިޓް އެނީވަން…! ޝީ ޑިޑިންޓް އާސްކް މީ ޓު ޕްރޮޓެކްޓް ހާރ…!” ކައިލް އަޑު މަޑެއް ކަމަކު ހަރުކަށިކަން ވިއެވެ.
އަކީލްގެ މޫނުމަތިން ރުޅިވެރިކަން ފެނުނެވެ. “ބަޓް ޔޫ ޑިޑް އިޓް އެނީވޭ…!”
“ޔެސް…!” އަކީލްގެ ލޮލަށް ބަލަން ހުރެ ކައިލް ބުނެލިއެވެ.
އަކީލްގެ ހިތުގައި ލިއާއާއި މެދު ވީ ރުޅިވެރިކަމުގެ ހުޅު ފަޅައިގެންދިޔަކަހަލައެވެ. ލިއާގެ ސަބަބުން އޭނާގެ ދަރިފުޅު އޭނާގެ މޫނުމަތީ ބަސް ބުނެފިއެވެ. އެއީވެސް ލިއާގެ ދިފާއުގައެވެ. ކައިލްގެ އަމަލުތައް މިހާ ހިސާބަށް ދިއުމުގައި އަކީލްއަށް ކުށްވެރިކުރެވުނީ ލިއާއެވެ. އަކީލްއަށް އަތް މުއްކަވާލެވުނެވެ. “ޔޫ އަރ މައި ސަން ކައިލް…! އައި އެކްސްޕެކްޓެޑް ބެޓަރ ފްރޮމް ޔޫ…!” އަކީލް މަޑުމަޑުން އެހެނަސް ހަރުކަށި ގޮތަކަށް ބުނެލިއެވެ. ކައިލް އިސްޖަހާލިއެވެ. ބައްޕަގެ އެ ޖުމްލައިން ހިތަށް އަސަރުކުރިކަން ހާމަވީ ކައިލްގެ ލޮލުންނެވެ.
“ބައްޕާ…ކެލްއެއް ނޫނޭނު ތި ތަޅާފޮޅުންގަނޑެއް ފުރަތަމަ ފެށީކީވެސް…!” ހިތުގައިވި ރުޅިވެރިކަމުގެ ހުޅު ފަޅައިގެންދިއުމުގެ ކުރިން ބޭރަށް ދާން ހިނގައިގަތް އަކީލްއަށް ގޮވާލާފައި އާލިކް ބުނެލިއެވެ. ކައިލް ހުރިގޮތުން އޭނާގެ ހިތަށް އަސަރުކުރިއެވެ.
“އެހެންވިޔަސް އެއީ އޭގެ ފަހުން ކައިލް ކުރި ކަންތަކަށް ދެވޭ އެކްސްކިއުޒެއް ނޫން…!” އަކީލް އާލިކް އަށް ބަލާލާފައި ބުނެލަމުން ގެއިން ނިކުންނަން ހިނގައިގަތެވެ.
ކައިލް އިސްޖަހާލިއިރު ނަޒަރު ހުއްޓުނީ ލައިގެން ހުރި ޔުނީފޯމަށެވެ. އޭގައި އަދިވެސް ލިއާގެ ލޭ ހިކިފައިވެއެވެ. ކައިލްއަށް ޔުނީފޯމްގައި ހިފާ މުއްކަވާލެވުނެވެ. އެ މޫނުމަތީގައިވި ރުޅިވެރިކަން ފަރުދާވިއިރު މޫނުމަތިން ފެންނަމުންދިޔައީ ރިހުމުގެ އަސަރެވެ. ހިތުގައި އަޅަމުންދިޔަ ވޭނަށް ކައިލްއަށް ކެތްވާގޮތެއް ނުވިއެވެ.
“އައި ތޯޓް ޝީ ވޯޒް ގޮއިން ޓު ޑައި…” އަކީލްގެ ފިޔަވަޅުތައް ހުއްޓުނީ ކައިލްގެ ހިތްހަލާކުވެފައިވާ އަޑު ޖެހުމުންނެވެ. ކައިލް ބުނެލީ ކިތައްމެ މަޑުން ކަމަށްވިޔަސް އަކީލްއަށް އެ ޖުމްލަތައް އަޑު އިވުނެވެ.
“ވެން އައި ސޯ ހާރ އޮން ދަ ފްލޯރ……” ޖުމްލަ ފުރިހަމަ ނުކުރެވި ކައިލްއަށް ހިންދިރުވާލެވުނެވެ. އެ ވަގުތުކޮޅުގެ މަންޒަރުތައް ސިފަވިޔަސް ހިތް ކުދިކުދިވާކަހަލައެވެ. އާލިކްއަށް ކައިލްއަށް ބަލަން ހުރެވުނީ ކަންބޮޑުވުމާއެކުއެވެ. ކައިލްއަށް އުނދަގޫ ގޮތަކަށް ނޭވާއެއް ދޫކޮށްލެވުނެވެ. ”……އައި ކުޑުންޓް ތިންކް…“ މަޑުމަޑުން ނަމަވެސް ކައިލް ޖުމްލަ ފުރިހަމަކޮށްލިއެވެ.
އަކީލްއަށް އޭނާގެ ދަރިފުޅަށް ބަލާލެވުނެވެ. ކައިލްގެ އަޑުގައިވި ރިހުން އަކީލްގެ ހިތް އެކީ މަޑުކަފަކޮޅަކަށް ވާން އުޅުނެވެ. ނަމަވެސް ހިނދުކޮޅަކަށެވެ. ކުއްލިއަކަށް އޭނާ ހަނދާންވީ ސްކޫލުން ލިބުނު ފޯނު ކޯލެވެ. ކައިލް ނަންކޮށްފައި ދެއްކި ވާހަކަތަކެވެ. އެ އާއިލާގެ ގަދަރާއި އިއްޒަތް ގެއްލުނުހެން ހީވި ވަގުތުކޮޅު ކުރެވުނު އިހުސާސްތަކެވެ. އެއާއެކު އަނެއްކާވެސް އޭނާގެ ދެބުމަ ގޮށްޖެހިއްޖެއެވެ.
“ޔޫ ނީޑް ޓު ލާރން ސަމްތިން ކައިލް…މީހެއް ދެކެ ލޯބިވުމަކީ ތިމާގެ ބުއްދިއާއި އަމަލުތައް ހައްދުން ނައްޓަންޖެހޭ ކަމެއް ނޫން…! އިފް ޔޫ ޓްރޫލީ ކެއަރ އެބައުޓް ދެޓް ގާލް، ދެން ޔޫ ޝުޑް ހެވް ބީން ދަ ޕާސަން ހޫ ކެޕްޓް ދަ ސިޗުއޭޝަން ފްރޮމް ބިކަމިން ވޯރސް…!” އަކީލް ރުޅިވެރިކަމާއެކި ވާހަކަ ދެއްކިއެވެ.
ކައިލް އެއްޗެކޭ ނުބުންޏެވެ. އިސްތަށިގަނޑު ހޭވިފައިވީއިރު އެ ފިރިހެންވަންތަ މޫނުމަތީގައިވަނީ ބަޔާންކުރަން ދަތި އަސަރެކެވެ. ހިތުގެ ކަނަކުން ބައްޕަ ބުނި ވާހަކައަކާ އެއްބަސްވެވުނެވެ. އޭނާގެ އަމަލުތައް ހައްދުން ނެއްޓީއެވެ. ސިކުނޑިން ވިސްނުމުގެ ބާރު ކެނޑުނީއެވެ. އަދި އޭގެ އިތުރުން ކައިލްއަށް ޔަގީންވާ އިތުރު ކަމެއް އެބައޮތެވެ. ދެވަނަ ފަހަރަކުވެސް ލިއާ އެފަދަ ހާލަތެއްގައި ވަނިކޮށް ފެނިއްޖެނަމަ ދެންވެސް އޭނާއަކަށް އޭނާގެ އަމަލުތައް ނުހުއްޓުވޭނެކަމެވެ. އޭރުންވެސް ދެން މި ހާލަތާއި އެދުވަހަކުން ވަކި ތަފާތެއް ނުވާނެއެވެ. އޭނާގެ ފުށުން އެދުވަހަކުން ފެންނާނީ މިއަދުވެސް ފެނުނު އަސަރުތަކެވެ.
އަކީލް ދާން ހިނގައިގަންނަމުން ކައިލްއަށް ބަލާލިއެވެ. “ތި ޔުނީފޯމް ބަދަލުކުރޭ…!” އަކީލް ބުނެލިއެވެ. ކައިލް ފުން ނޭވާއެއް ދޫކޮށްލަމުން ތުންފަތުގައި ދަތް އަޅާލިއެވެ.
“އެންޑް ކައިލް…!” ހިނގަހިނގާ ހުރެފައި އަކީލް ހުއްޓުނެވެ. “ސްޓޭ އަވޭ ފްރޮމް ޓްރަބަލް……” ޖުމްލައިގެ އެއްބައި ބުނެފައި އަކީލް ހުއްޓި ކައިލްގެ ލޮލަށް ބަލާލިއެވެ. “…އެސްޕެޝިއަލީ ޓްރަބަލް އިންވޯލްވިން ލިއާ…!” އިހުނަށްވުރެ ހަރުކަށި އިންޒާރުގެ ކުލަވަރާއެކު އަކީލް ބުނެލިއެވެ.
ކައިލްގެ މޫނުމަތިން ހަރުކަށިކަން ފާޅުވިއެވެ. ނަމަވެސް އޭނާއަށް އެއްޗެކޭ ނުބުނެވެނީސް އަކީލް ހިނގައިގަތެވެ. އާލިކް އަވަހަށް ކައިލް ގާތަށް އައެވެ. އޭނާ މަޑުމަޑުން ކައިލްގެ ކޮނޑުގައި އަތް އަޅުވާލިއެވެ. ހާލަތުގެ ގޮތުން ކައިލްގެ ސިކުޑިއަށް އިތުރަށް ބުރަކުރާކަށް އާލިކް ބޭނުމެއް ނުވިއެވެ. “ކަމް ވިތް މީ…” ކައިލްގެ ކޮނޑުގައި އަތް ވަށާލުމާއެކު އާލިކް ކުރިއަށް ހިނގައިގަތެވެ. އާލިކްގެ ބާރުގައި ކަހަލަ ގޮތަކަށް ކައިލްވެސް ކުރިޔަށް ފިޔަވަޅު އެޅިއެވެ.
ރޭގަނޑު ދިހައެއް ޖަހަންވީއިރު ހޮސްޕިޓަލް ގޯތިތެރޭ މީހުން މަދުވެއްޖެއެވެ. ޓިކްޓޮކް ފަދަ ސޯޝިއަލް މީޑިއާތަކުގައި ވައިރަލްވެގެން ދިޔަ ވީޑިއޯއަށްފަހު މީހުންގެ ފާޑުކިޔުން އޭއޭއެޗްއީއަށް އަމާޒުވަމުންދިޔައެވެ. މީގެ އިރުކޮޅެއް ކުރިން އެ ރަށުގައި ތިބި ގިނަ ބަޔަކު ހޮސްޕިޓަލުކައިރިއަށް އެއްވެފައި ތިބިއިރު ކަންބަލަން އައިސްތިބިކަން ހާމަވެއެވެ. އެމީހަކަށް ދެކެވުނު ގޮތަކަށް އެ ވާހަކަ ދައްކަމުންދިޔައެވެ. އެއްބަޔަކު ނުރުހުން ފާޅުކުރަމުން، އެފަދަ ސްކޫލްތަކުން ނިކަމެތި ކުދިންނަށް ކަންތައް ކުރަނީ ދެރަކޮށް ކަމަށް ބުނެ އެކި އެއްޗެހި ކިއެވެ.
ބޮލުގައި ބޭސްގަނޑެއް އަޅާފައިވީއިރު ލިއާ އޮތީ ފުން ނިންޖެއްގައެވެ. މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ލިއާގެ އެނދުކައިރި ޝަރީފާ ދެއަތް އުރާލައިގެން ހުރިއިރު ޝަރީފް ހުރީ ޝަރީފާގެ ކުރިމަތީގައެވެ. އެމީހުންގެ ކުރިމައްޗަށް ވާ ގޮތަށް ސްކޫލްގެ ފަރާތުން އައިސްފައި ތިބި ދެމީހަކު ތިއްބެވެ. ހެދުން އަޅާފައި ތިބި ގޮތުން މަތީ މަގާމެއްގައި ވާ ދެ ފަރާތްކަން އެނގެއެވެ.
“އަޅުގަނޑުމެންގެ ދަރިއަކު ދެން ތި ސްކޫލަކަށް ނުފޮނުވޭނެ…!” ވާހަކަ ދެކެވެމުން ގޮސް ޝަރީފާ ނުރުހުމާއެކު ބުނެލިއެވެ. ޝަރީފްގެ މޫނުމަތިންވެސް ފެންނަނީ ޝަރީފާ ބުނި ވާހަކައަށް ރުހޭކަމެވެ. ޝަރީފާގެ ވާހަކަ އަހާފައި އެތަނުން އައިސް ހުރި އެކަކު މަޑުމަޑުން ބޯ ހޫރާލިއެވެ.
“އަޅުގަނޑުމެންނަށް ވިސްނޭ މިފަދަ ކަމެއް ދިމާވުމުން ތިބޭފުޅުން ހިތްހަމަނުޖެހޭނެ ވަރު…އެކަމަކު އަދިވެސް ވިސްނާ……”
“ކޯންޗެއްތޯ ވިސްނަން އޮތީ…؟” އެމީހުންގެ ވާހަކަ ފުރިހަމަ ނުވަނީސް ޝަރީފާ ވާހަކަ ދައްކަން ފެށިއެވެ. “ތި ބޭފުޅުން ބަލަން ވާވަރަށް ނުބެލޭތީ، އަދި ތި ސްކޫލްތެރެއިން ދިމާވި ކަމެއްގެ ސަބަބުން ނޫންތޯ އަޅުގަނޑުމެންގެ ދަރިފުޅު މިއަދު މިތާ އޮންނަން މި ޖެހުނީ…އަދިވެސް ތި ބުނަނީ ވިސްނާށޭތޯ…؟” ޝަރީފާ ނުރުހުމާއެކު ވާހަކަ ދެއްކިއެވެ.
“ލިއާއަށް ދިމާވި ކަންތަކާ އަޅުގަނޑުމެން ހިތުގެ ފުންމިނުން މާފަށް އެދެން…” އެމީހުން ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ.
“މާފަށް އެދުމަކުން ހިނގައިދިޔަ ކަންތައް ބަދަލެއް ނުވާނެ…އަޅުގަނޑުގެ ދަރިފުޅަށް އަނިޔާ ނުލިބޭ ކަމަކަށްވެސް ނުވާނެ…!” ރުޅިއައިސް ހިތްހަމަނުޖެހި ހުރެވެސް ޝަރީފާއާއި ހިލާފަށް ޝަރީފް ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ.
ސްޓާފް މެންބަރު އިސް ތިރިކޮށްލިއެވެ. “އަޅުގަނޑުމެންނަށް މި ހާލަތުގެ ސީރިއަސްކަން ވިސްނޭ…ޕޮލިހާ ގުޅިގެން ސްކޫލުން މި މައްސަލަ ތަހުގީގު ކުރަމުން ދަނީ…އަޅުގަނޑުމެން މަސައްކަތް ކުރާނަން ކުރިޔަށް އޮތްތާ މިކަހަލަ ކަމެއް ތަކުރާރު ނުވޭތޯ…” މަޑުމައިތިރިކަމާއެކު ސްޓާފް ވާހަކަ ދެއްކިއެވެ.
ޝަރީފް ބަލާލީ އެނދުގައި އޮތް ދަރިފުޅަށެވެ. ފުން ނޭވާއެއް ދޫކޮށްލުމާއެކު ޝަރީފަށް އިސްޖަހާލެވުނެވެ. “ތި ސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިން ފަދައިން އަޅުގަނޑުމެންނަކީ އެވަރަށް ލާރި އޮތް ބައެއް ކަމުގައި ނުވެދާނެ…އަޅުގަނޑުމެންނަކީ ފަގީރުން…އެކަން އަޅުގަނޑުމެން ގަބޫލުކުރަން…އެހެންނަމަވެސް ތިބޭފުޅުންގެ އަތްމައްޗަށް އަޅުގަނޑުގެ ދަރިފުޅު ދޫކޮށްލީ ވަރަށް އިތުބާރު ކޮށްފައި…ތިފަދަ މަތީ ފަންތީގެ މީހުންނަށް ހާއްސަކުރެވިފައިވާ ސްކޫލަކަށް ވާތީ ތިތަނަށް ދަރިފުޅު ފޮނުވުމާ މެދު ކުރިންވެސް އަޅުގަނޑު ހުރީ ދެ ހިޔާލެއްގައި…އެހެންނަމަވެސް ހީކުރީ ތިފަދަ ސްކޫލެއްގެ ގަވައިދުތައްވެސް ހަރުކަށިވާނެއޭ…އެހެނެއް ނޫނޭނުންތޯ މިވީ…؟ ތިފަދަ ސްކޫލަކުން އަޅުގަނޑުގެ ދަރިފުޅާމެދު ކަންތައް ކުރި ގޮތް ބަލައެއް ނުގަނެވޭ…!” ޝަރީފް ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ލިއާއަށް ދިމާވި ކަންތަކުން ޝަރީފަށް އަސަރުކޮށްފައި ވެއެވެ.
“އެއްގޮތަކަށްވެސް ހީނުކުރައްވައްޗޭ އަޅުގަނޑުމެން ވަކި ލިއާއާއި މެދު ތަފާތު ގޮތެއް ބަހައްޓަނީކަން…އަޅުގަނޑުމެންނަށް ހުރިހާ ދަރިވަރުންވެސް ހަމަހަމަ…ސްކޯލާޝިޕް ސްޓޫޑެންޓެއް ކަމަކު ލިއާ އަކީވެސް ހަމަ އަޅުގަނޑުމެންގެ ދަރިވަރެއް…ލިއާގެ ރައްކާތެރިކަމާމެދު އަޅުގަނޑުމެން ސަމާލުކަން ދެން…” ސްޓާފް މެންބަރު ވާހަކަ ދެއްކިއެވެ.
“ދެން އެހެންވީއިރު ކީއްވެތޯ މިހެން ވާންވީ…؟!” ޝަރީފަށް ވުރެ ކުރިން ޝަރީފާ ނުހުރެވިގެން ވާހަކަ ދެއްކިއެވެ. ޝަރީފާގެ ސުވާލާއެކު ސްޓާފް މެންބަރުންގެ ފަރާތުން ފެނުނީ ހިމޭންކަމެވެ.
“މިއީ ލިއާއަށް އެންމެ މުހިއްމު ދުވަސްކޮޅު…ފަހު އިމްތިހާނު މިއޮތީ ބޯމަތިވެފައި…!” ޝަރީފާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ޝަރީފާގެ ވާހަކަ އަޑު އިވިގެން ސްޓާފް މެންބަރަކު އަވަސްއަވަހަށް ބޯ ޖަހާލިއެވެ.
“އަޅުގަނޑުމެން މިތަނަށް މި އައީވެސް ތިކަމާ ބެހޭގޮތުންވެސް ވާހަކަ ދައްކާލަންވެގެން…ފަހު އިމްތިހާނު މިވަނީ ގާތްވެފައި…މި ދުވަސްކޮޅު ލިއާ ސްކޫލުން ވަކިކޮށްފިނަމަ ލިއާގެ ތައުލީމީ ހަޔާތަށް އަސަރު ކުރާނެ…އެހެން ނޫންތޯ…؟” ޝަރީފާ އާއި ޝަރީފަށް ވިސްނައިދޭފަދަ ގޮތަކަށް ސްޓާފް ވާހަކަ ދެއްކިއެވެ.
“އަޅުގަނޑުމެންނަށް ލިއާގެ ރައްކާތެރިކަން މާ މުހިއްމު…!” ޝަރީފް ބުނެލިއެވެ.
“އަޅުގަނޑުމެން މި އެދެނީ ހިނގައިދިޔަ ކަންތައް ނުވާ ކަމަކަށް ހަދާށެކޭ ނޫން…ތިބޭފުޅުން ތި ތިއްބެވީ މިވަގުތު ވަރަށް ހިތްހަމަނުޖެހިފައި…އަޅުގަނޑުމެންނަށް އެކަން ނަގައިގަނެވޭ…އަޅުގަނޑުމެން މި އެދެނީ ތި ރުޅީގައި އެއްވެސް ނިންމުމެއް ނުނިންމުމަށް…” ސްޓާފް ވާހަކަ ދެއްކިއެވެ.
“މިކަންތައް ރަނގަޅު ކުރުމަށް އަޅުގަނޑުމެންނަށްވެސް ފުރުސަތެއް ދެއްވާ…މި ހިނގައިދިޔަ ކަންތަކަށްފަހު ކްލާސްތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ވަނީ ވާހަކަ ދެކެވިފައި…އަދި މިކަންތައް ކުރި ކުދިން ވަނީ ސަސްޕެންޑް ކުރެވިފައި…މިހާރުވެސް ޕޮލިހުގައި މި މައްސަލަ ބެލެމުން ދަނީ…ލިއާ އެނބުރި އައިސްފިނަމަ ލިއާއަށް ބޭނުންވާ ފުލް ސަޕޯޓް ލިބޭނެ…” ދެން ހުރި ސްޓާފް ވާހަކަ ދެއްކިއެވެ.
“ތިބޭފުޅުން އުއްމީދުކުރަނީ ލިއާ އެނބުރި ގޮސްފާނެ ކަމަށް ތޯ…؟” ޝަރީފާ ނުރުހުމާއެކު ބުނެލިއެވެ.
“އަޅުގަނޑުމެންގެ އުއްމީދަކީ އެއީ…!” ސްޓާފް ބުންޏެވެ.
“އަދި އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ މިކަމުގައި ފަހުގެ ނިންމުން ނިންމަންޖެހޭ މީހަކީ ލިއާ ކަމުގައި…!” އިރުކޮޅެއް ފަހުން އަނެއް ސްޓާފް ބުންޏެވެ. މިފަހަރު ޝަރީފާގެ މޫނުމަތިން ރުޅިވެރިކަން ފެނުނެވެ.
“އެ ފަކީރަށް ހޭވެރިކަން ވެގެންނޭނު ނިންމުމެއް ނިންމޭނީ…” ޝަރީފާއަށް ހަރުކަށިކޮށް ބުނެވުނެވެ.
“އާދެ…އެހެންވިޔަސް ލިއާއަކީ މިކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުން ވީ ފަރާތް…ލިއާގެ ބަހެއް މިކަމުގައި މުހިއްމު…” ޝަރީފާގެ ރުޅިވެރިކަމަށް ނުބަލާ ސްޓާފް މެންބަރު ސާބިތުކަމާއެކު ވާހަކަދެއްކިއެވެ. ޝަރީފް ހުރީ ބަހެއް ނުބުނެއެވެ. ސްޓާފްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
“ލިއާގެ ބެލެނިވެރިންނަށް ވާތީ ތިބޭފުޅުންގެ ނިންމުންވެސް އަޅުގަނޑުމެންނަށް މުހިއްމު…އެހެންވިޔަސް ލިއާ ހަމަޔަކަށް އެޅުނީމަ، ލިއާ ނިންމާ ގޮތެއް ބަލަން އަޅުގަނޑުމެން ބޭނުން…” މަޑުމައިތިރިކަމާއެކު ސްޓާފް ވާހަކަ ދެއްކިއެވެ. ދެން ވެރިވެގެން ދިޔައީ ހިމޭންކަމެވެ. ބަހެއް ބުނުމެއް ނެތި ޝަރީފާ ހިނގާލާފައި ގޮސް އެނދު ކައިރި ހުރި ގޮނޑީގައި އިށީނެވެ. ޝަރީފް ލިއާއަށް ބަލަން ހުރީ ކަމަކާ ވިސްނާ ކަހަލަ ގޮތަކަށެވެ.
“ލިއާ ހަމަޔަކަށް އެޅުނީމަ ތިބޭފުޅުން ލިއާއާއި ސުވާލުކުރައްވާ…ލިއާ ކޮންމެ ނިންމުމެއް ނިންމިޔަސް އެ ނިންމުމަށް ތިބޭފުޅުން އިހުތިރާމް ކުރާނެ ކަމަށް ހީކުރަން…” އެންމެފަހުން ޝަރީފް ގޮތެއް ނިންމިއެވެ. ސްޓާފް މެންބަރުންގެ މޫނުމަތިން ހިތްހަމަޖެހުން ފާޅުވިއެވެ. އެމީހުން އެތަނަށް އައީއްސުރެ އެއްގަލަކަށް އެރެވުނު ވަގުތަކީ އެއީއެވެ. ފަހުން އަންނާނެ ކަމަށް ބުނެފައި ލިއާއަށް އަވަސް ޝިފާއަކަށް އެދެމުން އެ ދެމީހުން ދާން ހިނގައިގަތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Nooooooo…. No no no no no no no no no no no no no no no no no no no no no no no no no no no no no no noooooooooooo….. 😭😭😭
Poor lia… 😭😭😭😭
I feel bad for Kyle too…. I mean, his dad could have talked to him yeah vure reethikoh… Like, he’s an adult dhw… So isn’t he supposed to understand Kyle ge e situation???
And liaa avahah rangalhuvegen gos aleeshaa mennah filaavalheh nagaadheeba… Ik she won’t say anything to them, or fight with them… But still… Do sth…
And Kyle… Oh god 😭😭😭
Anyways….
Next part avas kohdhehcheyyyyy…..
It’s sooooo prettyyyyyyyy….
Can’t wait for the next part…..
Please don’t make Kyle’s dad hate Lea or follow the typical love-story storyline where they’re forced to separate because of family drama. I really want Kyle and Lea to be endgame. Please make their story different from all the usual predictable romances, with conflicts that challenge them but don’t constantly tear them apart. I’d love for them to grow together and choose each other throughout the story. ❤️