Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މި ލޯތްބާއި ތި ވަޢުދު (29)

Thea reminisces
Thea reminisces Level 210 Stories
August 12, 2026 9 Mins Read
1 Comment

އަތުގެ އޮތް ފޯނަށް ނަޒަރު ހިންގައިލުމަށްފަހު ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. ފޯނު ތިރިކޮށްލުމަށްފަހު، އޭނާ އަނެއްކާވެސް ރެސްޓޯރެންޓްގެ ދޮރާ ދިމާލަށް ބަލައިލިއެވެ. ސާޖިދުގެ އިންތިޒާރުގައު އޭނާ އެތާ އިންނާތާ ކިތައްމެ އިރެއް ވެއްޖެއެވެ.
“ރޫ..”  ކުރިމަތީ އިން ހުސްގޮނޑީގައި އިށީނި ސާޖިދު ފެނިފައި ރޫޔާ މޫނު ކުނިކޮށްލިއެވެ. ރުޅިއައިކަމަށް ހަދާފަ އޭނާ ބޯ ހޫރައިލިއެވެ.
“ސޮރީ.. ލީނާ ގުޅައިގެން ލަސްވި” މޭޒުމަތީ ފޯނު ބާއްވަމުން ސާޖިދު ބުންޏެވެ. ރޫޔާ ސާޖިދަށް ނަޒަރު ހިންގައިލުމަށްފަހު ނޭވާއެއް ދޫކޮށްލިއެވެ.
“ދެން ބުނެބަލަ، ކޮން ވާހަކައެއް ދައްކަން އަހަރެން ތި ގެނައީ؟” ރޫޔާ މޭމަތީ ހަށަން ބަންނަމުން އަހައިލިއެވެ.
ސާޖިދު ރޫޔާއަށް ބަލަން ހުރެފައި ނަޒަރު ވަކިކޮށްލުމަށްފަހު އަތަށް ބަލައިލިއެވެ. ދައްކަން އުޅޭ ވާހަކަ ފަށާނީވެސް ކިހިނަކުން ހެއްޔެވެ؟

“އަހަރެންގެ ޑިވޯސް ފައިނަލައިޒް ވެއްޖެ. ލީނާގެ އިއްދަ ހަމަ ވާން އަދި ދެތިން ހަފްތާ އެބައޮތް… އިއްދަ ހަމަވުމާއެކު..” އޭނާ އަނެއްކާވެސް ރޫޔާއަށް ބަލައިލިއެވެ.
“އަހަރެން ރަނާއާ އިންނަން އުޅޭނަން. އެކަމަކު އޭގެ ކުރިން… އަހަރެން ބޭނުން ރޫޔާގެ އިޒުނަ؟ ރަނާގެ ދައްތައަށްވެފައި، އަހަރެންގެ އެކުވެރިޔަކަށްވެފަ، ރޫޔާގެ އިޒުނައާނުލާ މި ކައިވެނި ފުރިހަމައެއް ނުވާނެ.”
ރޫޔާ ސާޖިދަށް ބަލަން ހުރެފަ ކުޑަދޮރުން ބޭރު ބަލައިލިއެވެ. ސިކުނޑީގައި އެ ދެމީހުންގެ އެކުވެރިކަމުގެ ދުވަސްތަކުގެ ހަނދާންތައް ކުޅެލަން ފެށިއެވެ.
“ސާޖް، އަހަރެން މިހާ ހިސާބަށް އާދެވުނީ ސާޖިދުގެ އެހީއާއެކު، އެނގޭ އަހަރެމެންގެ އެކުވެރިކަން ފެށުނީ ރުޅިވެރިކަމުންކަން. އެކަމަކު، ރަނާ ރަނގަޅަށް ބަލައި، ޕްރޮޓެކްޓްކުރެވޭ ވަރުގެ މީހަކަށް ހުރީ ސާޖް.”
ލޮލަށް ޖަމާވި ކަރުނަތަކާއެކު ރޫޔާ ސީލިންގަށް ބަލައިލިއެވެ. ގަދަކަމުން އެކަރުނަތައް ހިފަހައްޓަމުން ނޭފަތް ދަމައިލިއެވެ. ބޭއިޚްތިޔާރުގައި އަތް ގެންދެވުނީ، މިހާރު ކުރަމަކާލި ލާން ފަށާފަ އިން ކަރުގައި އިން ޒަޙަމް މައްޗަށެވެ.
“މީގެ ދުވަސްކޮޅެއް ކުރިން، އައި ވޯޒް އެޓޭކްޑް. އެވަގުތު ހިތަށް އެތައް އެއްޗެއް އެރި…މަންމަމެން އެންމެން މަތިން ހަނދާންވި.. އަހަރެންގެ ބައްޕަގެ ޢާއިލާގައި ހުރި ހަމައެކަނި މީހަކީ އަހަރެން… އަހަރެން ނެތް ދުނިޔޭގައި އެމީހުން ބަލާނީ ކާކުތޯ އަމިއްލައަށް ސުވާލުކުރެވުނު..” ރޫޔާ ސާޖިދާ ކަޅިހަމަކޮށްލިއެވެ.
“ސާޖިދު، ސާޖިދު ތިކަމުގައި އުޅެންޏާ، އޭގެ އަސަރު ރަނާއަށާއި ލަމްޔާއަށްވެސް ކުރާނެ.. ސާޖިދު ތިކުރަނީ ކުޑަ ކަމެއް ނޫން…އެކަމަކުވެސް، އަހަރެން ސާޖިދަށް ކުރާ އިތުބާރު ބޮޑުވީމަ، އަހަރެން ތި ކައިވެންޏަށް ދެކޮޅު ހަދާކަށް ނެތް”
____
“ސާޖިދު، ސާޖިދު ތިކަމުގައި އުޅެންޏާ، އޭގެ އަސަރު ރަނާއަށާއި ލަމްޔާއަށްވެސް ކުރާނެ.. ސާޖިދު ތިކުރަނީ ކުޑަ ކަމެއް ނޫން…އެކަމަކުވެސް، އަހަރެން ސާޖިދަށް ކުރާ އިތުބާރު ބޮޑުވީމަ، އަހަރެން ތި ކައިވެންޏަށް ދެކޮޅު ހަދާކަށް ނެތް”

ދެތިން މޭޒު ދުރުގައި އިށީނދެއިން ރަޒާންގެ ކަންފަތުގައި ރޫޔާގެ އެބަސްތައް އިވުމާއެކު ހިތް ތެޅިގަތެވެ. ކުރިމަތީ ސަމާސާ ކުރަން ތިބި އެކުވެރިންނަށް ސަމާލުކަން ނުދީ އޭނާ ރޫޔާއަށް ބަލަން އިނެވެ. ސާޖިދު ދިއްކޮށްލި ޓިޝޫގައި ރޫޔާ ހިފީ ހިނިތުންވުމަކާއެކުއެވެ. އެ ޓިޝޫއިން ލޮލަށް ޖަމާވި ކަރުނަތައް ފޮހެލުމަށްފަހު ރޫޔާ ސާޖިދަށް ބަލައިލިއެވެ. ދެން ދައްކަމުން ދިޔަ ވާހަކަ ތަކެއް އޭނާއަކަށް ނީވުނެވެ. އޭނާ ކަންފަތުގައި ގުގުމަމުން ދިޔައީ ރޫޔާގެ އެބަސްތަކެވެ.
އޭނާގެ އަތުން ރޫޔާ ބީވެގެން ދާން އުޅެނީ ހެއްޔެވެ؟
އޭނާ އެގޮތް ވެގެން ދާން ދޫކޮށްލައިގެން ހުންނަން ވީހެއްޔެވެ؟
ފުން ވިސްނުމެއްގެ ތެރޭ އިން ރަޒާން ނޭވާއެއް ދޫކޮށްލިއެވެ. ރޫޔާއަށް ދެލޯ ހަނިކޮށްލުމަށްފަހު އޭނާ އެއްޗެކޭ ނުބުނެ ގޮނޑިން ތެދުވެ، އެ ރެސްޓޯރެންޓުން ނިކުންނަން ދިޔައެވެ.

***
އޭގެ ދެދުވަސް ފަހެވެ.
އޮފީހުގެ ދޮރުގައި މީހަކު ޓަކި ދިން އަޑަށް ރަޒާން ބޯ ހިއްލައިލިއެވެ.
“ވަދޭ”
ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަތް މިއުވާނާއި ފިރާޝް ފެނިފައި ރަޒާން ނޭވާއެއް ދޫކޮށްލިއެވެ.
“ރަޒާން. ވަރަށް ކޮންސާންވެފަ މި އަހަނީ… ވަޓް ދަ ހެލް އިޒް ރޯންގް ވިތް ޔޫ؟” މިއުވާން ރަޒާންގެ އޮފީސް މޭޒުގެ ކަނުގައި އިށީނަމުން އަހައިލިއެވެ.
“ކީއްވީ؟” ރަޒާން ފަރުވާ ކުޑަ ގޮތަކަށް އަހައިލީ، ފިރާޝް ދިއްކޮށްލި ފައިލްގައި ހިފަމުންނެވެ.
“ކީއްވީ ހެއްޔޭ ތިއަހަނީ؟” މިއުވާން ކޮސްވިއެވެ.
“ހޫމް..”
މިއުވާން ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާގެ ފޯނު ނެގިއެވެ. ފޮޓޯ އަލްބަމެއް ހުޅުވުމަށްފަހު އޭނާ ފޯނު މޭޒުމަތީ ބޭއްވީ ރަޒާނަށް ފެންނާނެ ހެންނެވެ.
“އަހަންނަށް ވެގެން އުޅޭ ކަންތައް ނޭނގި ދިޔަނަމަ، މުޅި މީސްމިޑިޔާގައި އޮންނާނީ ރަޒާން ވާރެއާ ތެމެން ހުއްޓި ހުރި ފޮޓޯ… ކްރައިސިސް ފޯ ޕީ.އާރ ޓީމް.” މިއުވާން ޕިސް ތަޅަން ފެށިއެވެ. “ފިރާޝް، ވީ އާ ނޮޓް ގެޓިން ޕެއިޑް އިނަފް ފޯ ދިސް”
މިއުވާންގެ ބަހަށް އެއްބަސް ވާން ވެގެން ފިރާޝް ބޯ ޖަހައިލިއެވެ.
“ފިރާޝް، މަ ބުނި ކަންތައް ކިހިނެއް ވަނީ؟” ފައިލް ލައްޕައިލަމުން ރަޒާން އެހިއެވެ.
“އެ ދޯ.. އެމީހުން ގުޅާފި އިރުކޮޅެއް ކުރިން، ރަޒާނަށް ނާދެވޭތީ ޑެލިވާރ ކޮށްދޭނަމޭ ބުނި… އިރުކޮޅަކުން އެމީހުން އަންނާނެ…” އެ ދެމީހުން ދައްކަމުން ދިޔަ ވާހަކައިގެ މައޫޟޫ ނޭނގިހުރެ މިއުވާން ދެމީހުންނަށް ބަލައިލިއެވެ.
“ކޮން ޑެލިވަރީއެއް؟؟”
***
ޑިއުޓީ ނިންމުމާއެކު ރޫޔާ އަވަސް ފިޔަވަޅުތަކެއް އަޅަމުން ވަދުނީ، ވެޓް ކްލީނިކަށެވެ. އޭނާ އެތަނަށް ތާރާ ކައިރިއަށް އަންނަތާ ހަފްތާއެއް ވަރު ވީއެވެ. ލުއި ހިނިތުންވުމަކާއެކު ކްލީނިކަށް ވަދެ، އޭނާ ކައުންޓަރު ކައިރީ ހުއްޓުނެވެ. އެހެނަސް ރެސެޕްޝަނިސްޓްގެ މޫނު މައްޗަށް އަރައިފައިވާ ކުލަތައް ފެނުމާއެކު ރޫޔާގެ ހިނިތުންވުން ގަނޑުވިއެވެ.
“މީހަކު ތާރާ އެޑޮޕްޓު ކޮށްފި” ރެސެޕްޝަނިސްޓްގެ ބަހާއެކު ރޫޔާއަށް ހެދުމުގެ ފަސްބައިގައި ހިފައިލެވުނެވެ. އޭނާއަށް ދެން ތާރާ ނުފެންނާނެކަން އިހުސާސްވުމާއެކު ދެރަވެސް ވިއެވެ. އެހެނަސް ތާރާ އެޑޮޕްޓުކުރި މީހާ، ތާރާ ރަނގަޅަށް ބަލާނެކަމުގެ އިހުސާސް ކުރެވުމާއެކު ރޫޔާ ހިތްހަމަ ޖެހުނެވެ.
***
“މިއީ ޑެލިވަރީ؟!!” ރަޒާންގެ އޮފީސް ތެރޭ ގުގުމައިލީ މިއުވާންގެ އަޑެވެ.
މިއުވާނަށް ފެންނަމުން ދިޔަ މަންޒަރުތައް ގަބޫލުކުރަން ދަތިވެގެން އަނގަމަތީ އަތް އަޅައިލިއެވެ.
“ފިރާޝް، ފޮގެޓް އަންޑަރ ޕެއިޑް..ރަޒާން ނީޑްސް ތެރަޕީ އެޓް ދިޒް ޕޮއިންޓް” ނޭފަތް ދަނޑީގައި ފިތަމުން މިއުވާން ބުންޏެވެ.

“ރަޒާން، މި ފައިލްތައް…” އެވަގުތު އެ އޮފީހަށް ވަދުނު އުސްމާނަށް މިއުވާންގެ މޫނު ފެނިފައި ހުއްޓުން އެރިއެވެ. ކަމެއްވެއްޖެ ކަމުގެ އިހުސާސް ކުރެވިގެން އޭނާ އެތެރެއަށް ވަދެ މިއުވާން ކައިރީ ހުއްޓުނެވެ. މިއުވާން ބަލަން ހުރި ދިމާލަށް މޫނު އަނބުރައިލުމާއެކު އޭނާގެ އަނގަވެސް ހުޅުވުނެވެ.
“މީ ކޮންކަމެއް؟”
“ތިއެއްނު މަ މި އަހަނީ؟” މިއުވާންގެ ފަރާތުންވެސް އައީ ސުވާލެކެވެ.

“ތި ދެމީހުން ތިއުޅެނީ ހަޔާތުގައި ބުޅަލެއް ނުފެނިފައި އުޅޭހެން..” ސޯފާ މަތީ އިށީނދެއިން ރަޒާން، އޭނާގެ އަތު ތެރޭ އޮތް ބުޅަލުގެ ދަތްދޮޅީގައި ކޮށްޓަމުން ބުންޏެވެ.
“މިއުވާން، މަގޭ ލޯ މަށަށް އޮޅުވައިލަނީތަ؟” އުސްމާނު މޫނު އުނގުޅައިލިއެވެ.
“ބޭބެ، ބޭބެގެ ލޯ އެކަންޏެއް ނޫން..” މިއުވާން ޖަވާބު ދިނެވެ.

“ސަރ، ތި ބުޅަލަށް ނަން ދޭން ބޭނުންތޯ؟ ނޫނީ ކްލީނިކުން ދީފަ އިން ނަން ތޯ ބޭނުން ކުރާނީ؟” ފިރާޝްގެ ސުވާލު އިވިފައި ރަޒާން އެ ބުޅާ ވައިގެ ތެރެއަށް އުފުލައިލިއެވެ.
“ކްލީނިކުން މީނައަށް ދީފަ އިނީ ކޮންނަމެއް؟” ބޯ އަރިކޮށްލުމަށްފަހު ރަޒާން އެބުޅަލަށް ރަނގަޅަށް ބަލައިލިއެވެ.
“ތާރާ” އެނަން އިވުމާއެކު ބުޅާ ރުޅިއައިސްގެން އޭތީގެ ހަތަރެސްފައި ވައިގެ ތެރޭ ހޫރަންފެށިއެވެ.
“ކަމަކު ނުދޭ..” ރަޒާން އެ ބުޅަލުން ނަޒަރު ވަކި ކުރުމެއް ނެތި ބުންޏެވެ.
“ދެން ކޮން ނަމެއް؟”
“މިއައު” އެ ބުޅާ ގޮވިއެވެ.
“މިއައު. ބުޅަލަށް ކިޔަނީ މިއައު” ރަޒާން ޖަވާބުގެ އިވިފައި ދެން ތިބި ތިން މީހުން ރަޒާނަށް ބަލައިލީ، ރަޒާން މޮޔަވެގެން އުޅޭހޭ އަހާ ފަދަ ނަޒަރަކުންނެވެ.
“މިއައު؟” ފިރާޝަށް އިވުނީ ރަނގަޅަށްތޯ ޗެކު ކުރަންވެގެން އެހިއެވެ.
“ހޫމް. މިއައު”
“ރަޒާން، ކާކު ކޮން ދުނިޔެއަކު މީހަކު ބުޅަލަށް މިއައު ކިޔާފަ ގޮވާނީ؟ މިއުވާން ކުރިއަށް ޖެހިލަމުން އެހިއެވެ.
“މިއައު.” އެ ބުޅާ މިއުވާންގެ ޖުމުލައާއެކު ގޮވިއެވެ.
“ސީ، ހީ އިޒް ރެސްޕޮންޓިން ވެލް” އުނގުމަތީގައި ބުޅާ ބާއްވަމުން ރަޒާން ބުނިއެވެ.
“ހީ އިޒް ރެސްޕޮންޑިން ބިކޯޒް ދެޓްސް ދަ ސައުންޑް ހީ މޭކްސް” މިއުވާންގެ އަޑު ބާރުވިއެވެ.
“ސޯ؟”
“ނޯ ވަން ނޭމްސް އަ ކެޓް މިއައު”
“މިއައު” ބުޅާ ގޮވައިލިއެވެ.
“ޝަޓް އަޕް”
***

އަތުގައި އޮތް ފައިލްގައި ބާރަށް ހިފައިގެން ހުރެ ޔޫޝާ ލިފްޓް ކައިރީ މަޑުކޮށްލިއެވެ. މުލަށްދަނޑީގައި އަޅުވައިފައި އޮތް ގަޑިއަށް ނަޒަރު ހިންގައިލުމަށްފަހު އޭނާ ލިފްޓް އަންނަން ދެން މަޑުކޮށްލައިގެން ހުރިއެވެ. ހިތުގެ ކަނެއްގައި، ކަމެއް ނުބައި ވާން އުޅޭކަމަށް ގޮވަމުން ދިޔައެވެ.
ލިފްޓް އެ ފަންގިފިލާއަށް މަޑުކޮށްލުމާއެކު، ޔޫޝާ އެތެރެއަށް ވަންނަން ނެގި ފިޔަވަޅަށް މަޑު ޖެހުނީ، ލިފްޓް ތެރޭ ހުރި ރަނާއާއި ރާއިފް ފެނިފައެވެ.
“ޔޫޝާއްތާ؟ ދޮންބެ ކައިރިއަށްތަ؟” ޔޫޝާ ފެނުމާއެކު ރަނާ ހީލިއެވެ. ޔޫޝާ އެތެރެއަށް ވަދެ ފިއްތައިލީ ސާދަ ވަނަ ނަމްބަރަށެވެ.
“ނޫން.. މިދަނީ..ފްރެންޑެއް ކައިރިއަށް.” ޔޫޝާ ލުއި ހިނިތުންވުމަކާއެކު ބުންޏެވެ.
“ދޮންބެ ބުނީ ޔޫޝާއްތަ އުޅެނީ ޔޫޝައު މެންނާ އެކުއޭ..” ލައިގެން ހުރި ފަޓުލޫނުގެ ޖީބަށް ދެއަތް ޖަހައިގެން ހުރި ރާއިފް އެ މަޝްވަރާގައި ބައިވެރިވިއެވެ.
“އާނ…” ސާދަ ފަންގިފިލާއަށް ލިފްޓް ހުއްޓުމާއެކު ޔޫޝާ ލިފްޓުން ނިކުންނަން އުޅުނެވެ.
“ބާއި، ދެކުދިން..” ޔޫޝާ ހަނާ އެޅުމަށްފަހު ގޮސް ހުއްޓުނީ ރޫޔާ އުޅޭ އެޕާޓްމެންޓް ދޮރު ކައިރީގައެވެ. ލިފްޓްގެ ދޮރު ލެއްޕުމާއެކު، ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.

މައިދޮރު ބެލް އެޅުވުމާއެކު އެތެރެއިން ދޮރު ހުޅުވީ، ރޫޔާއެވެ. ރޫޔާ ފެނުމާއެކު ޔޫޝާ އަތުގައި އޮތް ފައިލް ދައްކައިލިއެވެ.
“ވަދޭ، މައިރާވެސް އެބަ އިން” ރޫޔާ ތަން ދިނުމާއެކު ޔޫޝާ އެތެރެއަށް ވަދުނެވެ. ފައިވާން ކަބަޑުތެރެއަށް އަރައިގެންހުރި ބޫޓު ބެހެއްޓުމަށްފަހު، ރޫޔާއާއި ދެމީހުން ގޮސް އިށީނީ ސޯފާގައެވެ.
“ބައްޕައަށް ޝައްކުވެއްޖެ ހެން ހީވަނީ” ސޯފާގައި ހަމަޖެހިލަމުން ޔޫޝާ ހާމަކުރިއެވެ.
“އަހަރެމެން ބަސްޓް ވީތަ؟” ދެލޯ ބޮޑުކޮށްލައިގެން ހުރެ ރޫޔާ އަހައިލިއެވެ.
“ނޫން. އެކަމަކު… ބައްޕަ… ސުވާލުކުރި މިއަދު. އަނެއްހެން ތެދަށް ބުނާނަމަ، އަހަރެން އުޅެނީ ބައްޕައާ ވަކިން، ކޮއްކޮމެންވެސް އުޅެނީ އަޅުގަނޑާއެކު، ރަޒާން އެގޮތަށް ހަމަޖައްސާފަ އޮތީމަ. މި ކަމަށް މޯ އެވިޑެންސް ހޯދަންވެގެން ވޭތުވެ ދިޔަ ދުވަސްތަކުގައި އެގެއަށް ގިނައިން ގޮސްފައި ހުރިކަން ބައްޕައަށް ރޭކާލައިގެން ސުވާލުކުރި. ނަސީބަކުން ގޭ ސްޓާފުން އެކްސްކިއުޒެއް ދެއްކީ…” ޔޫޝާ ބުންޏެވެ.
މައިރާއާއި ރޫޔާ އެކަކު އަނެކަކަށް ބަލައިލިއެވެ. ޔޫޝާގެ ސަލާމަތަށްޓަކައި ދެމީހުންވެސް ބިރުގަންނަން ފެށިއެވެ.
“ޔޫޝާ. އަހަރެމެންނެއް ބޭނުމެއްނޫން ޔޫޝާގެ ލައިފް ރިސްކުކޮށްފައި މިކަން ކުރަން.” ރޫޔާ ޔޫޝާގެ އަތުގައި ހިފައިލުމަށްފަހު ލުއި ހިނިތުންވުމެއް ދިނެވެ.
“މިހާރުވެސް ތިކުރަނީ ކީއް ކުޑަ ކަމެއް ނޫން.” މައިރާ ރޫޔާއާ ބައިވެރިވިއެވެ. “އަހަރެމެންނަށް މިހާ ހިސާބަށް މި އާދެވުނީ ހަމަ ޔޫޝާގެ އެހީގެ ސަބަބުން”

މައިރާގެ ބަސްތަކާއެކު ޔޫޝާ ބޯ ޖަހައިލިއެވެ. އެ ދެމީހުންގެ އޯގާތެރި ބަސްތަކުން އެ ބިރުގަނެފައިވާ ހިތަށް ކުޑަ ތަސައްލީއެއް ލިބުނެވެ.
“މިއޮތީ، ކޮޕީއެއް ލިބޭ ވަރު ވީ” ޔޫޝާގެ އަތުގައި އޮތް ފައިލް މޭޒުމަތީ ބޭއްވުމާއެކު މައިރާ އެ ނެގިއެވެ. ފައިލް ހުޅުވައިލުމަށްފަހު އޭގެ ތެރޭގައި ހުރި ގަނޑުތައް ނަގައި، ކޮފީ މޭޒުމަތީ އަތުރައިލިއެވެ.
އެ ގަނޑުތަކަކީ ވަޔަރ ޓްރާންސްފަޔަރ ކޮންފަމޭޝަން ކޮޕީތަކާއި، އިންޓާނަލް މެމޯ ތަކުގެ ކޮޕީތަކެވެ. އެ ހުރިހާ އެއްޗެއް ތެރޭގައި އިން ސިޓީއެއްގެ ކޮޕީއެއް ނަގައި މައިރާ އެ ކިޔަން ފެށިއެވެ. އާދަމް ނަސީރުގެ ސޮއި ފެނިފައި މައިރާ ޔޫޝާއަށާއި ރޫޔާއަށް ބަލައިލިއެވެ.
“ދިޒް އަ ޑައިރެކްޓް ލިންކް” އެ ސިޓީ ދެމީހުންނަށް ފެންނަ ގޮތަށް ބާއްވައިލިއެވެ. “ސީ؟ މި ލެޓަރ މި އިނީ ސިންގަޕޫރ ބެންކަކަށް އެޑްރެސް ކޮށްފަ.. އެކައުންޓެއް ހުޅުވަން އޮތަރައިޒްކޮށްފަ، ޔޫޝާގެ ބައްޕަ ސައިން ކޮށްފަ.” އޭނާ އެހެން މެމޯ ތަކާއި އީމެއިލްގެ ގަނޑުތައް އަތުރައިލިއެވެ. “މެމޯ ތަކުން އެނގޭ ނަސީރު ޕާސަނަލީ އިންވޯލްވްޑް ވެގެން އުޅޭކަން. އަހަރެމެންނަށް މި ހުރިހާ އެއްޗެއްގެ އަސްލު ލިބޭނަމަ ދޯ. ބެންކް ރިކޯޑްސް، ޝިޕިން ރިކޯޑްސް. އޭރުން ނަސީރުގެ ލޯޔަރުންނަށް ފޫ ނުދުއްވާލެވޭނެ ވަރުގެ ކޭސްއެއް ބިލްޑް ކުރެވޭނީ”
“އިޓްސް ސްޓިލް ނޮޓް އިނަފް؟” ރޫޔާ ޤަބޫލުކުރަން އުނދަގޫވެފަ ހުރެ އެހިއެވެ.
“އާނ، އަސްލު އޮރިޖިނަލް ނުނީ އެތެރޭގައި އުޅޭ މީހެއްގެ ޓެސްޓިމޮނީ. ކަން ރަނގަޅަށް އެނގޭ، ފެނިފައި، އަޑު އެހިފައި ހުރި މީހެއްގެ ޓެސްޓިމޮނީ އިން ކޭސް ބިލްޑް ކުރެވޭނެ. ތާމިރު އެއްބަހެއް ނުވާނެ މިކަމަކަށް…އެކަމަކު…އިތުރަށް ޓެސްޓިފައި ކުރެވޭނީ….” މައިރާގެ ނަޒަރު ހުއްޓުނީ ޔޫޝާއަށެވެ.
“އަހަންނަށް. ބައްޕަގެ ކަންތައްތައް ރަނގަޅަށް އެނގޭ މީހަކަށް ހުރީ އަހަރެން..”
“ޔޫޝާ..” ރޫޔާގެ އަޑުގައިވާ ހާސްކަން އިހުސާސްވުމާއެކު ޔޫޝާ ރޫޔާއަށް ބަލައިލިއެވެ.
“ރޫޔާ. އަހަރެން ބޭނުން އަހަރެންގެ ބައްޕަގެ އަނިޔާވެރިކަމުން މިންޖުވާން. އަހަރެންގެ މަންމަ ސަލާމަތްކުރަން.. ކޭސްއެއް ބިލްޑުކުރެވޭ ވަރަށް އެވިޑެންސް ހޯދުމާއެކު ޓެސްޓިފައި ކުރާނަން”
***
“ދޮންބޭ، ކޮން އިރަކު ބުޅާ ގެން ގުޅެން ފެށީ؟” ރަޒާންގެ އެޕާޓްމެންޓު ދޮރުމަތީ އިން ބުޅާ ފެނުމާއެކު ރަނާ އަށް ހީވީ ދެދުނިޔެ ފެނުނު ހެންނެވެ. އެހެނަސް ރަނާ ގާތް ވުމުގެ ކުރިން އޭތީ ހޭރިގަނެފައި ރަޒާންގެ ފައިދޮށަށް ވަދުނެވެ.
“ހާދަ ރުޅިގަދަ އެއްޗެކޭ” ރާއިފް ބޯ ހޫރައިލިއެވެ.
“ކޮން ނަމެއް ކިޔަނީ ބުޅަލަށް؟” ބަދިގެއާ ދިމާލަށް މިސްރާބު ޖެހި ރަޒާނަށް ބަލަން ހުރެފައި ރަނާ އަހައިލިއެވެ.
“މިއައު…”
“މިއައު” ރަޒާންގެ އަޑުގެ ފަހަތުން އެބުޅާ ގޮވައިލިއެވެ.

މުޅި އެޕާޓްމެންޓު ފުން ހިމޭންކަމުގެ ތެރެއަށް ދިޔައެވެ. ރަނާއާއި ރާއިފް އެކަކު އަނެކަކަށް ބަލައިލީ ކޮސް ވެފައެވެ.
“މިއައު؟”
“މިއައު” ރާއިފްގެ އަޑު އިވިފައި އެ ބުޅާ ރާއިފަށް ބަލައިލިއެވެ.

ގަންނާ ކުރެއްވި ލަދުން ރަނާ ލޯ މަތީ އަތް އަޅައިލުމަށްފަހު ވޭނީ އާހެއް ބޭރުކޮށްލިއެވެ. ރާއިފް ނޭފަތް ދަނޑީގައި ހިފައިލުމަށްފަހު ބޯ ހޫރައިލިއެވެ.
“ސާބަސް ދޮންބެއަށް.. ބުޅަލަށް މިއައު ކިޔާނީ ކާކު؟” ރަނާ ބަދިގެއަށް ވަދެ އެހިއެވެ.
“މިއައު” ބަދިގެ އެއިލެންޑް މައްޗަށް ބުޅާ ފުންމައިލުމަށްފަހު ގޮވައިލިއެވެ.
“ސީރިއަސްލީ؟ މިއައު ކިޔާ ގޮވާ ކޮންމެ ފަހަރަކު އޭތި ރެސްޕޮންޓް ކުރޭ އެބަ”
“މިއައު..”
“އޭއްޗަށް އޭތީގެ ނަން އެނގޭތީނު ރެސްޕޮންޓް އެކުރަނީ” ކާ ތަށި ތެރެއަށް ޕާސްތާކޮޅު އަޅަމުން ރަޒާން ބުންޏެވެ. އެތަށިތައް ހިފައިގެން ރަޒާން ކާ މޭޒުމަތީ މަޑުކުރުމަށްފަހު، މޭޒުމަތީގައި އެތަށިތައް އަތުރައިލިއެވެ.
“މިއައު ނޫން ނަމެއް ދޭން ނޭނގުނީތަ؟” ރާއިފް ގޮނޑީގައި އިށީނެވެ.
“މިއައު”
“ނޫން. މިއައު މާ ފަސޭހަވީމަ ދިނީ” ބުޅާ ކާ ތަށި ތެރެއަށް ކިބިލް ކޮޅެއް އަޅަމުން ރަޒާން ޖަވާބު ދިނެވެ.
“މިއައު”
ރަނާ ކޮސް ވެފަ ބޯ ހޫރައިލިއެވެ. “އަހަރެމެން މިއައު ކިޔާ ކޮންމެ ފަހަރަކު އޭތިވެސް މިއައު އޭ ކިޔާފަ ގޮވާއެބަ.. މިއައު”
“މިއައު” ރަނާއަށް ބަލަން އިނދެ އޭތި އަޑުލައްވައިލިއެވެ. އެއަށްފަހު ބަދިގެ އައިލެންޑުން ފައިބައިގެން، ރަޒާން އެ ކުޑަ ތަށި ބަހައްޓައިފައި އިން ދިމާލަށް ދިޔައެވެ.
“ބައިދަވޭ. ޔޫޝާއްތަ ފެނުނު ލިފްޓުން. ފޯޓީންތް ފްލޯއަށް ދިޔައީ” ޕާސްތާ ކޮޅެއް އަނގަޔަށް ލަމުން ރަނާ އެވާހަކަ ފެށިއެވެ.
“އެހެން.. ކީކޭ ބުނީ؟” ރަނާ ކައިރީ އިށީނަމުން ރަޒާން އެހިއެވެ.
“ބުނީ ފްރެންޑަކާ މީޓް ކުރަންށޭ”
ޔޫޝާ އެދިޔައީ ރޫޔާ ކައިރިއަށް ކަން ރަޒާނަށް ވިސްނުނެވެ. އެކަމަކު ކީއްކުރަން ހެއްޔެވެ؟ ރޫޔާއާ ޔޫޝާގެ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟

****

ޑިއުޓީ ނިންމުމަށްފަހު، ގެއަށް ދާން ނިކުތް ރޫޔާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ، ވެޓް ކްލީނިކުގެ ކުޑަދޮރުން ތާރާ ފެނުނު ހެން ހީވެގެންނެވެ. ތާރާ ފެނުމާއެކު ވީ އުފަލެއްގެ ބޮޑުކަމުން ރޫޔާއަށް މަޑަކުން ނުހުރެވުނެވެ. އަވަސް ފިޔަވަޅުތަކެއް އަޅައި އެ ކްލީނިކުގެ ދޮރު ހުޅުވައިލުމަށްފަހު ވަދުނެވެ. ތާރާގެ ބަލަދުވެރިޔާ ހޯދަން އޭނާ ދެކޮޅު ބަލައިލިއެވެ. ކައުންޓަރ ކައިރީގައި މަޑުކޮށްގެން ހުރި ފިރިހެނާ ފެނިފައި އޭނާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.
“ޑޮކްޓަރ ރޫޔާ” ރިސެޕްޝަނިސްޓަށް ރޫޔާ ފެނުމާއެކު ހަނާ އަޅައިލިއެވެ. ލުއި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އޭނާ އެ ފިރިހެނާއަށް ކަޅި އެއްލިއެވެ.
“ޑޮކްޓަރ ރޫޔާ، މިހުރީ ތާރާ އެޑޮޕްޓް ކުރި ސަރ. ސަރ، މިހުރީ ތާރާ ސަލާމަތްކޮށްދިން މީހާ” ރެސިޕްޝަނިސްޓް ތަޢާރާފެއް ދިނުމާއެކު ރޫޔާ ކައުންޓަރާ ކައިރިވެލިއެވެ. ސަލާމް ގޮވަންވެގެން އަނގަ ހުޅުވައިލި ވަގުތު މީހާ ހުއްޓުން އެރީ އެމީހާ ރޫޔާއަށް ފެންނަ ގޮތަށް ހަށިގަނޑު އަނބުރައިލި ވަގުތު ފެނުނު ސޫރައިންނެވެ.
“ރަޒާން؟” ރޫޔާ އެ ނަން ކިޔައިލެވުނެވެ.
ރަޒާން ރޫޔާއަށް ބަލައިލީ ވައްކަޅިންނެވެ. މަޑުމަޑުން ރޫޔާ އަށް ބޯ ޖަހައިލުމަށްފަހު ރިސެޕްޝަނިސްޓަށް ބަލައިލިއެވެ.
“އެހެންވީމާ ނިމުނީ ދޯ.. ގެއަށް ގެންދިޔަސް އޯކޭތޯ؟” ޖީބުން ވޮލެޓު ނަގައި، ރުފިޔާ ނަގަމުން ރަޒާން އެހިއެވެ.
“ޔެސް،”

ރަޒާން ރޫޔާއަށް ބެލުމެއް ނެތި ގޮސް ތާރާ/މިއައު އަތަށް ނެގިއެވެ. ތަޅުންގަނޑު މަތީ ބަހައްޓާފައި އޮތް ކޮށި ތެރެއަށް ތާރާ/މިއައު ލުމަށްފަހު ކްލީނިކުން ނިކުތެވެ.

ދޮރު ލެއްޕުނު އަޑަށް ރޫޔާ ހޭވެރިކަންވިއެވެ. އޭނާ ރަނގަޅަށް ބަލައިލިއިރު، ރަޒާން ފެންނާކަށް ނެތެވެ. އަވަސް އަވަހަށް އޭނާ ދުވެފައި ދޮރާ ދިމާލަށް ދުއްވައިގަތެވެ.

މަގުމައްޗަށް ނުކުމެވުމާއެކު ރޫޔާ ދެކޮޅު ބަލައިލިއެވެ. އެޕާޓްމެންޓާ ދިމާލަށް މަޑު ހިނގުމެއްގައި ހިނގަމުން ދިޔަ ރަޒާން ފެނިފައި ރޫޔާ ފަޔަށް ބާރުލަމުން ހިނގައިގަތީ، އެދިމާލަށެވެ.
“ރަޒާން، މަޑުކޮށްބަލަ…” ރޫޔާގެ އަޑު އިވުމާއެކު ރަޒާން ހުއްޓުނެވެ. އޭނާ މަޑުމަޑުން ރޫޔާއާ ދިމާލަށް އެނބުރުނެވެ.
“ތި.. ބުޅާ.. ކިހިނަކުން؟؟؟” މާނޭވާ ލަމުން ރޫޔާ އެހިއެވެ. ތެދެކެވެ. ރަޒާނަށް އެބުޅާ ފެނުނީ ކިހިނަކުން ހެއްޔެވެ؟
ލުއި ގޮތަކަށް ހިނިތުންވެހުރެ ރަޒާން އެ ކޮށި ބިންމަތީގައި ބެހެއްޓިއެވެ. އޭނާ ތިރިވުމަށްފަހު، އެކޮށި ދޮރު ހުޅުވައިލިއެވެ.

ދޮރު ހުޅުވުމާއެކު ތާރާ/މިއައު އެކޮށިން ފުންމައިގެން ނިކުތެވެ. ބިންމަތީގައި ފޫ ޖެއްސުމަށްފަހު އޭތި ދެކޮޅު ބަލައިލީ ދަންނަ މީހެއްގެ ވަސް ޖެހުނީމައެވެ. ބޯ ހޫރައިލި ވަގުތު، ދެތިން މީޓަރު ދުރުގައި ހުރި ރޫޔާ ފެނުމާއެކު އޭތި ދުއްވައިގަތީ ރޫޔާ ކައިރިއަށެވެ.
“ތާރާ” ތާރާ/މިއައު ރޫޔާއާ ދިމާލަށް ދުވެފަ އަންނަތަން ފެނުމާއެކު ރޫޔާ ތިރިވެލިއެވެ. އޭތި ދުވެފައި އައިސް ވަދުނީ ރޫޔާގެ އަތުތެރެއަށެވެ.
“އޯހް، ހައު އައި މިސްޑް ޔޫ” ރޫޔާ ފިރުމަމުން ބުންޏެވެ.

ރޫޔާއަށް ރަޒާން ބަލަން ހުރިކަން ރޭކާލުމާއެކު މޫނުމަތިން އެ އުފާވެރިކަން ފިލައި ދިޔައެވެ. ތާރާ/މިއައު ދުރުކޮށްލަން އުޅުނު ވަގުތު އޭތީ ހޭރިގަތީ ރުޅިއައިސްފައެވެ. ރޫޔާ ކޮނޑުމަތީ އޭތީ އޮޅުލައިގަތެވެ.
ރަޒާން އެއްޗެކޭ ނުބުނެ ރޫޔާއާ ކައިރިއަށް ޖެހިލިއެވެ. ބުޅަލުގެ އުނަގަނޑުގައި ހިފައި، ރޫޔާއާ ވަކިކުރަން އުޅުމާއެކު އޭތި އަނެއްކާވެސް ހަޅޭއްލަވަންފެށިއެވެ.
“މީ… ކިހިނެއް މިވީ؟” ރޫޔާ އަނެއްކާވެސް އުޅުނީ ތާރާ/މިއައު އޭނާގެ ކޮނޑުން ވަކިކުރަންށެވެ. ގުޑައިވެސް ނުލިއެވެ.
“ރަޒާން.. މި..”
“ސީމްސް ލައިކް ހީ އިޒް އެޓޭޗްޑް. އެހެން ވެގެން ނުވާނެ ދޯ.. މި ބުޅަލަކީ އަހަރެންގެ ބެލުމުގެ ދަށުގައި އޮތް ބުޅަލެއް.” ރަޒާންގެ އަޑުގައި އެއްވެސް އަސަރެއް ނެތް ކަމުގައިވިޔަސް، އެ ބަރު އަޑު އިވިފައި ރޫޔާގެ ބަދަ މަތިން، ފިނިކަމުގެ ރާޅެއް ދަތުރުކުރިއެވެ.
“ސޮރީ.. ހިޔެއްނުކުރަން… ދެން..”
“އަހަންނެއް ނޫޅެން އަހަރެންގެ ބުޅާ ނުދަންނަ މީހަކާ އެކު ދޫކޮށްލާކަށް” ރަޒާން އެކޮށި ނަގަމުން ބުނި ޖުމުލައާއެކު ރޫޔާ ގާތަށް ރުޅިވެސް އައެވެ. އަނެއްކާވެސް ރަޒާން ކުރަން މިއުޅެނީ ކޮންކަމެއްހެއްޔެވެ؟
“އާދޭ..” ރޫޔާއަށް ނަޒަރެއް އެއްލުމަށްފަހު އޭނާ އެޕާޓްމެންޓްގެ އިމާރާތާ ދިމާލަށް ހިނގައިގަތެވެ.

ހަދާނެ އިތުރުގޮތް ނުވިސްނޭ ހާލު ރޫޔާ ރަޒާންގެ ފަހަތުން ދިޔައެވެ. ދެމީހުން އެކީ އެ އިމާރާތަށް ވަދެ، ލިފްޓަށް އެރިއެވެ. ރަޒާން ފިއްތައިލީ ފަނަރަ ވަނަ ފަންގިފިލާއަށެވެ.
“އަހަންނެއް ނެތިން ތި ބުޅާ ރޫޔާގެ އެޕާޓްމެންޓަށް ފޮނުވަން” ރޫޔާ އެހުމުގެ ކުރިން ރަޒާން ޖަވާބު ދިނެވެ. ފަނަރަ ވަނަ ފަންގިފިލާއަށް ލިފްޓް ހުއްޓުމާއެކު ދޮރު ހުޅުވުނެވެ. އިތުރަށް އެއްޗެކޭ ނުބުނެ، ރަޒާން ގޮސް ހުއްޓުނީ، އެ ފަންގިފިލާގައި އިން ހަމައެކަނި އެޕާޓްމެންޓް ދޮރުމަތީގައެވެ. ޖީބުން ކާޑު ނެގުމަށްފަހު، ސްމާޓް ލޮކްގައި ޖެއްސުމާއެކު ވަގުތުން ދޮރު ހުޅުވުނެވެ.
ދޮރު ހުޅުވައިލުމަށްފަހު ރަޒާން އެތެރެއަށް ނުވަދެ، ދުރަށް ޖެހިލިއެވެ. އޭނާ ރޫޔާއަށް ބަލައިލިއެވެ. ނަޒަރުން އޭނާ ބުނަނީ ކީކޭކަން ރޫޔާއަށް ވިސްނިގެން، އޭނާ އެ އެޕާޓްމެންޓް ތެރެއަށް ވަދުނެވެ.
އެ ޕެންތް ހައުސްގެ ތަނަވަސްކަން ފެނި ރޫޔާ އަނގަ ބިމުގައި ޖެހުނެވެ. ދެލޯ ބޮޑުކޮށްލުމަށްފަހު އޭނާ އެކި ދިމާލަށް މޫނު އަނބުރައިލީ، އެތަނުގެ ޝާހީކަމަށް ތަޢުރީފުކުރަމުންނެވެ. އަތުގައި އޮތް ބުޅާ ބިންމައްޗަށް ދޫކޮށްލުމަށްފަހު އޭނާ އެތެރެއަށް ހިނގައިގަތެވެ. ސިޓިން ރޫމަށް ފެންނަ ގޮތަށް، ބިއްލޫރި ފާރުން ވަކިކޮށްފައި އޮތް ޕޫލް ރޫމާކާއި، ޖިމް ރޫމް އެއް އެޕާޓްމެންޓްގައި އިނެވެ. މަތީ ފަންގިފިލާއަށް ދާން އިން ސިޓި ފެނިފައި ރޫޔާ އިސްނަގައި މައްޗަށް ބަލައިލިއެވެ. ސީލިންގުގައި ހަރުކޮށްފައި އިން ޗާންދެލިއާ ފެނިފައި ރޫޔާ ދެލޯ ބޮޑުވިއެވެ.
ރަޒާންގެ އެހާ މުއްސަނދިހެއްޔެވެ؟
އެތަނާ މެދު ވިސްނިވަރަކަށް ރޫޔާގެ ހިތުގައި އިތުރު ސުވާލުތަކެއް އުފެދުނެވެ. އޭނާ އަވަސްއަވަހަށް އެނބުރި ބަލައިލީ ރަޒާނަށެވެ. މޭމަތީ ހަށަން ބަދެ ހުރެ، ފާރުގައި ލެގިލައިގެން ހުރި ރަޒާން ފެނިފައި ރޫޔާގެ ދެލޯ ހަނިވިއެވެ.
“މިތާ ޕޫލް އޮއްވާ ކީއްކުރަން ރެސިޓެންޝިއަލް ޕޫލް ބޭނުން ކުރީ؟” ރޫޔާ ރުޅި އަންނަކަމަށް ހެދެމުން އެހިއެވެ.
ރައްދުގައި ރަޒާން ކުޑަކޮށް ހުނުނެވެ. އޭނާ ރޫޔާއަށް ބަލަން ހުރެފައި ބޯ އަރިކޮށްލިއެވެ.
“ބޭނުންވާތީވެ” ހަށިގަނޑު ތެދުކޮށްލަމުން ރަޒާން ކުރިއަށް ޖެހިލިއެވެ. ރޫޔާއަށް، އެދެމެދުގައިވާ ދުރުމިން ކުޑަ ވެގެން އަންނަކަން އިހުސާސްވުމާއެކު ފަހަތަށް ފިޔަވަޅެއް ނެގިއެވެ.
“ތާރާ އެޑޮޕްޓް ކުރީވެސް ހަމަ ރަޒާން ބޭނުންވެގެންތަ؟”
“ހޫމް…”
ރޫޔާ ނުރުހުމުގެ ނަޒަރަކުން ރަޒާނަށް ބަލައިލިއެވެ. އޭނާ އިސްނެގުމެއްނެތި ރަޒާނަށް ބަލަން ހުރި ތަން ފެނުމާއެކު ރަޒާންގެ މޫނުމައްޗަށް ލާނެއް ހިނިތުންވުމެއް އެރިއެވެ.
“ތާރާއެއްނޫން. މިއައު”
“މިއައު” ބުޅާގެ ނަން އިވުމާއެކު ގޮވައިލިއެވެ.
“މިއައު؟؟” އައިސްފައި ހުރި ރުޅި ބޯ މަތިން ފިލައިގެންދާން ނެގީ ކުޑަ ވަގުތުކޮޅެކެވެ. ޤަބޫލުކުރަން ދަތިވެފައި ރޫޔާ އެ ބުޅަލަށް ބަލައިލިއެވެ.
“މިއައު” ރޫޔާ އެނަން ތަކުރާރުކޮށްލިއެވެ.
“މިއައު” މިއައު ޖަވާބު ދިނެވެ.

“ރަޒާން މޮޔަވީތަ؟” ރޫޔާއަށް ނުހުރެވިގެން ބުނި ބަސްތައް ބޭރުވީ ބާރަށެވެ. އޭނާ ގޮއްމުއްކަވައިލުމަށްފަހު އުޅުނީ އެ އެޕާޓްމެންޓުން ނުކުންނަން ދާން ވެގެންނެވެ.
އެހެނަސް…

މީހަކު އޭނާގެ އަތުގައި ހިފައި ދަމާލުމާއެކު ރޫޔާގެ ހަށިގަނޑު ހުއްޓުނީ ރަޒާންގެ ކުރިމަތީގައެވެ. އެދެމެދުގައިވާ ކުޑަ ޖާގަ އިހުސާސްވުމާއެކު ރޫޔާ ހިތް އަވަސްވިއެވެ. ރަޒާންގެ އަތް ފޮޅުވައިލަން ކުރި މަސައްކަތް ވީ ބޭކާރެވެ.
“ޔެސް، މޮޔަވެގެން މިއުޅެނީ” ރަޒާން ރޫޔާގެ މޫނަށް ބަލަން ހުރެފައި ޖަވާބު ދިނެވެ.
“ހަނދާން ނެތުނީތަ އަހަރެން މިހުރީ ރަޒާން ދެކެ ރުޅި އައިސްފައި ކަން؟ ރަޒާން ހުރެ ބަހައްޓާފަ އަހަންނަށް ކަންތައްތައް އޮޅުވައިލީނު” ރޫޔާ ދެލޯ އަޅަމުން ބުނީ ރުޅިވެރިކަމާއެކުއެވެ..
“އަހަރެން އެކަމާ މެދު ވިސްނައިފިން” ރަޒާންގެ ބަހާއެކު ރޫޔާ ހުއްޓުން އެރިއެވެ.
“ވެލް، ކޮންގްރެޓްސް…” ޖެއްސުމަށް ރޫޔާ ބުންޏެވެ.
“މޯ ރީޒަން އައި ޝުޑް ވިން ޔޫ އެގެއިން.. ރޫޔާ އަބަދު ދައްކަމުން ދިޔައީ އަހަރެންގެ ކައިވެނީގެ ވާހަކަ. ދެން ބުނެބަލަ، ސިންސް އައި އޭމް ޑިވޯސްޑް، ކޮބާ މިފަހަރު ރޫޔާގެ އުޒުރަކީ؟” ރޫޔާގެ މޫނާ ކައިރިވެލަމުން ރަޒާން އެހިއެވެ.

Share Article

Thea reminisces
Follow Me Written By

Thea reminisces

Level 210 Stories

Currently a uni student who decided to fill her free time writing stories. Be ready to dive into thea's world of imagination and drama. Have a happy reading

Other Articles

Previous

ނޭނގި ވެވުނު ލޯބި 6

Previews
August 12, 2026

ނޭނގި ވެވުނު ލޯބި 6

One Comment

  1. Anonymous says:
    August 12, 2026 at 10:00 pm

    grl mi part nice🤍
    haadha curious kofa ey thinimaalee😮
    whn nxt?
    cant wait to see what happen nxt😊

Comments are closed.



All Right Reserved!