“އަހަރެމެން ދެމީހުން ވަރިވެފަ”
ނިދަން އޮށޯވެ އޮތް ރޫޔާގެ ސިކުނޑީގައި ގުގުމަމުން ދިޔަ އެ ބަސްތަކާ ހެދި ނިދިވެސް ފިލައިފިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ އެނދުގައި އިށީނދެ، އެނދުގެ ހެޑްބޯޑުގައި ބުރަކަށި ޖައްސައިލުމަށްފަހު އޭނާ ފޯނު ހުޅުވައިލިއެވެ. މެސެޖެއް އައުމާއެކު އޭނާ އެ ހުޅުވައިލިއެވެ.
___
ޝަފަޤް: ޔޫ ގާއިސް އަވޭކް؟
ޝެހެނާ: ޔަޕް.
މައިރާ: އައި އޭމް އަވޭކް
ރޫޔާ: ޔެސް. އަވޭކް.
ޝަފަޤް: އައި ހޭވް ނިއުސް…
މައިރާ: ބުނެބަލަ
ޝެހެނާ: ވަޓް އިޒް އިޓް؟؟؟
____
ކުއްލިއަކަށް ފޯނު ރިންގުވާން ފެށުމާއެކު ރޫޔާ ސިއްސައިގެން ދިޔައެވެ. ގްރޫޕު ވީޑިޔޯ ކޯލެއް ކަން އެނގުމާއެކު އަވަހަށް ކޯލް ނެގިއެވެ. އޭނާގެ ތިން އެކުވެރިންގެ މޫނު ފެނުމާއެކު ހީލިއެވެ.
“ދެން ބުނެބަލަ.. ކޮން ޚަބަރެއް؟” ޝެހެނާގެ އަޑާއެކު ޝަފަޤް ހީލިއެވެ. ފޯނު މޭޒުމަތީ ބޭއްވުމަށްފަހު ކޮންމެވެސް އެއްޗެއް އަތަށް ނެގިއެވެ.
“ޝަފަޤް އޯ މައި ގޯޑް”
“ޝަފް.. ވަޓް ދަ”
“ޝަފޫ…”
ޝަފަޤް ސްކްރީނަށް އަރުވައިފައި އިން ކިޓުގައި އަރައިފައި އިން ދެރޮނގު ކޮޅު އެންމެނަށް ފެނުމާއެކު ދެން ތިބި އެންމެން ހަޅޭއްލަވައިގަތެވެ.
“ކޮންގްރެޓްސް…ސޭމަށް އެނގޭތަ؟”
“ޔާ.. އެނގޭ…” އަނެއްކާވެސް އެ ކިޓަށް ބަލައިލަމުން ޝަފަޤް ޖަވާބު ދިނެވެ.
“ދެން ކަލޭ ދެމީހުން އަވަހަށް އުޅޭ މީހަކާ އިންނަން.. ރޫޔާ ބަލާބަލަ، ރޫޔާއަށްވުރެ ކުރިން ރަހާ އިންނަން އެއުޅެނީ” ޝެހެނާ ފެށީ ރޫޔާއާ މައިރާއަށް ދިމާކުރަންށެވެ.
“ތެދެއް. ތި ދެމީހުންނާ ހެދި އަހަރެމެންނަށް ހަ އަހަރު ތެރޭ ވެޑިންނެއް ނުލިބުނީ…” ޝަފަޤް ޝެހެނާއާ އެއްބައިވެލިއެވެ.
“ތިހެން ބުނީމަ މި ހަނދާންވީ..ގެސް ވަޓް؟” މައިރާ ނޭވާއެއް ދޫކޮށްލިއެވެ.
“ކޯންޗެއް؟”
“ރަޒާން އިޒް ޑިވޯސްޑް…”
“ވަޓް؟”
“ސީރިއަސްކޮށް؟”
“ޔަޕް. އޭނާގެ އެކްސް ވައިފް އިޒް ފްރެންޑްސް ވިތް ރޫ..” މައިރާ މާ ބޮޑު ތަފްސީލެއް ނުދިނެވެ.
“ރޫ… ކިހިނެއް ވަނީ؟” ޝެހެނާގެ އަޑުގައިވާ ސަމާސާކަން ގެއްލިގެން ދިޔައީ އޭނާއަށް އެ ހާމަވި ސިއްރުގެ ބޮޑުކަން އިހުސާސްވުމުންނެވެ.
“ދެން.. އޯކޭ… އޭނާ މޭރީ ކޮށްގެން ހުއްޓަސް ޑިވޯސްކޮށްގެން ހުއްޓަސް އަހަންނަށް ހެޔޮ” ރޫޔާ އެއްވެސް ކަމެއް ނުވާކަމަށް ހެދުނެވެ. އެހެނަސް އެ ހިތުގައި އުފެދިފައި އޮތް ހައިޖާނު އެނގޭނީ ޚުދު އޭނާއަށެވެ.
“އެގެއިން، ޑިނަޔަލް އިޒް ރިވާ އިން އީޖިޕްޓް”
***
ޓެކްސީ އިން ރޫޔާ ފޭބުމަށްފަހު ހިނގައިގަތީ ރާޝިދުގެ ގެއާ ދިމާލަށެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން އޭނާ އެގޭ މައިދޮރު މަތީ ހުއްޓުނެވެ. ބެލް އަޅުވައިލުމަށްފަހު މަޑުކޮށްލީ ދޮރު ހުޅުވާނެ އިރަކަށެވެ
އެތެރެއިން ދޮރު ހުޅުވައިލުމާއެކު ދޮރުގައި ހިފައިގެން ހުރި މީހާ ފެނިފައި ރޫޔާ ހުއްޓުން އެރިއެވެ. ކުރީ ދުވަހު ޔޫޝާ ދެއްކި ވާހަކަތައް ޚިޔާލަށް ގެނަވުނީ ބޭއިޚްތިޔާރުގައެވެ.
“ބޭބޭ، ޢާއިޝާ އަތުވެއްޖެ” ރޫޔާއަށް ވަންނަން ތަން ދިނުމަށްފަހު ރަޒާން ގޮވައިލިއެވެ. އެއްޗެކޭ ނުބުނެ ރޫޔާ އެގޭ ތެރެއަށް ވަދުނެވެ.
“ރޫޔާ.. ހާދަ ދުވަސް ވެއްޖޭ ނުފެންނަތާ. ރަނގަޅުތަ؟ ސިޓިން ރޫމުގެ ތެރެއަށް ވަދެގެން އައި ރޫޔާ ފެނިފައި މޭޒުމަތީ ކާ އެއްޗެހި އަތުރަން އުޅުނު އަޒުރާ ގޮވައިލިއެވެ.
“ރަނގަޅު. އަޒުރާއްތަ ކިހިނެއް؟” ރޫޔާ ލުއި ހިނިތުންވުމެއް މޫނުމައްޗަށް ގެންނަމުން އަހައިލިއެވެ.
“ރަނގަޅު.. ރަނގަޅު.. މިހުރީ ރަޒާނާ ބޭބެ ކައްކާފަ.. ރޫޔާއާ ދައްތަމެންނޯ ކެއްކި އެއްޗެހި ޖަޖުކުރަން އުޅެން ޖެހޭނީ” ހިނިގަނޑެއް ޖަހައިލަމުން އަޒުރާ ބުނި ބަސްތަކުން ރޫޔާ ގަނޑުވިއެވެ. އޭނާ ރަޒާނަށް ބަލައިލިއެވެ. ރަޒާނާ ހަތަރު ކަޅި ހަމަވުމާއެކު އޭނާ މޫނު އަނބުރައިލިއެވެ. ހިތުގައި އެވަގުތު އުފެދުނު ސުވާލާއެކު އޭނާ ހިތް މޯޅިވިއެވެ.
ވޭތުވެ ދިޔަ ދުވަސްތަކުގައި އޭނާ ހޭދަކުރި ވޭން ވީ ކޯންޗަކަށް ހެއްޔެވެ؟
ރަޒާނަކީ އެހެން މީހެއްގެ ހައްޤެއްކަން އަމިއްލަ ނަފްސަށް ވިސްނައިދިން ވަގުތު ވެގެން ދިޔައީ ބޭކާރު ވަގުތުތަކަކަށް ހެއްޔެވެ؟
“ޢާއިޝާ…” ސިޓިން ރޫމަށް ނިކުތް ރާޝިދަށް ރޫޔާ ފެނުމާއެކު ގޮވައިލިއެވެ. ރާޝިދުގެ އަޑު އިވިފައި ރޫޔާ އަވަހަށް އެ ޚިޔާލުތަކުން ބޭރުވިއެވެ.
“ކީކޭ ބޭބޭ؟” އަތުގައި އޮތް ދަބަސް ސޯފާ މަތީ ބެހެއްޓުމަށްފަހު ރޫޔާ ދިޔައީ އެހެން އެންމެންނަށް އަތް ގާތް ކޮށްދޭންވެގެންނެވެ.
“ބޭބެއާ އަހުމަދު ވެގެން މިރޭ މި ކެއްކީ.. ޢާއިޝާއާއި އަޒުރާ ވާނެ ރަހަ ބަލަން” ދެއަތް އުރައިލަމުން ރާޝިދު ބުންޏެވެ.
“އެހެން، އަޒުރާއްތާ.. މަށަށް ފެންނަނީ އަވަހަށް އެމްބިއުލޭންސްގެ ނަމްބަރު ސްޕީޑު ޑައިލްގައި ސޭވްކުރަން”
“ޢާއިޝާ ދައްކާ ވާހަކަ، ބޭބެ މިހުރީނު.”
ރާޝިދުމެންނާ ސަމާސާކުރަން ހުރި ރޫޔާގެ މޫނު މަތިން ފެންނަމުން ދާ ހިނިތުންވުމާއި އުފާވެރިކަން ބަލަން ހުރި ރަޒާންގެ ހިތުގައި ވަނީ އެތަކެއް އަސަރުތަކެއް އުފެދިފައެވެ. އެ ހިނިތުންވުން އޭނާއަށް އަމާޒުވާނީ ކޮންދުވަހަކުން ހެއްޔެވެ؟ އޭނާއަށް އެގޮތަށް ރޫޔާއާ ސަމާސާކޮށްލެވޭނީ ކޮން ދުވަހަކުން ހެއްޔެވެ؟ ކުޑަކޮށް ނަމަވެސް އޭނާގެ ހިތް ރާޝިދާ ދޭތެރޭ ހަސަދަވެރިކަން އުފެދުނެވެ.
“ހިނގާ ކާން އުޅެމާ!” ރާޝިދުގެ ބަހާއެކު އެންމެން ކެއުމަށް އިންސާފުކުރަން ފެށިއެވެ.
އެ އެންމެން ކެއުމައިގެން ކުރިއަށް ދިޔަސް، ރޫޔާގެ ނަޒަރު ހުއްޓިހުރީ ރާޝިދާ އަޒުރާގެ ސަމާސާއަށެވެ. ދެމީހުން އެކަކު އަނެކަކަށް ފަސޭހަކުރަންވެގެން ތަށި ގާތްކޮށްދޭ ގޮތާއި، އެކަކު ނުކައި އެއްޗެއް ތަށިން ހޮވަން އުޅޭގޮތް ފެނިފައި ރޫޔާގެ ހިތް އިތުރަށް އުނދަގޫވިއެވެ. އޭނާ އެ އިހުސާސްތައް ފޮރުވަމުން، ރާޝިދުގެ ކެއްކުމަށް ފާޑުކިޔަން އުޅުނެވެ.
“ބަލަ، މިހުރީ އަހުމަދު ތައްޔާރު ކޮށްފަ ހުރި ފްރައިޑް ރައިސް..” ރާޝިދު ތައްޓަކަށް އިޝާރަތް ކޮށްލިއެވެ. “ޢާއިޝާ، އޭގެ ރަހަ ބަލާބަލަ..”
ރާޝިދުގެ އެދުމަށް ރޫޔާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެ ތަށިން ބަތް ސަމުސާކޮޅެއް ނަގައި އަމިއްލަ ތަށްޓަށް އެޅުމަށްފަހު އޭގެ އެތިކޮޅެއް އަނގަޔަށް ލިޔެވެ. ރޫޔާ ހީކުރި ގޮތާ ޚިލާފަށް އެބަތުގެ ރަހަ މީރެވެ.
“ވަރަށް.. މީރު” ރަޒާނަށް ބަލައިލުމެއް ނެތި ރޫޔާ ބުންޏެވެ.
“ޝުކުރިއްޔާ” ރަޒާންގެ އަޑު އިވުމާއެކު ރޫޔާ މޫނު އިސްދަށަށް ޖަހައިލިއެވެ. އޭނާއަށް ރަޒާނާ އެއްތަނެއްގައި ހުރެވޭނީ ވަކި އިރެއް ވަންދެންނެވެ. އިތުރަށް އެތާ ހުންނަންވެއްޖިއްޔާ އޭނާގެ ހިތް ބަންޑުންވެގެން ދާނެކަން ޔަޤީނެވެ.
ކައި ނިމުމާއެކު ރޫޔާ އުޅުނީ އެގެއިން ދާން ވެގެންނެވެ. އެހެނަސް، ގުގުމާލި ގުގުރިއާއެކު އޭނާ ހުއްޓުން އެރިއެވެ. ފޯނު ނަގައި ޓެކްސީ އެޕް ހުޅުވައިލުމަށްފަހު ޓެކްސީއަކަށް ރިކުއެސްޓް ކޮށްލިއެވެ. ފަނަރަ މިނެޓު ވެގެން ދިޔައިރުވެސް ޓެކްސީއެއް ލިބޭ ވަރެއް ނުވިއެވެ.
“ބޭބެ، އެބައޮތްތަ ކުޑައެއް..ކާރެއް ނުލިބުނު؟” ރޫޔާ އެންމެ ފަހުން ގޮތެއް ނެތިގެން ރާޝިދު ކައިރީ ކުޑައަކަށް އެދުނެވެ.
“އަހުމަދާ އެއްކޮށް ދާން..”
“ނޫން، އަހަންނެއް ބޭނުމެއް ނޫން.. އަހުމަދަކަށް އުނދަގޫ ކުރާކަށް…”
“އަހަންނަކަށް އެއްވެސް އުނދަގުލެއް ނުވާނެ.. އެހެންނޫނަސް، ރޫޔާއާއި އަހަރެން އުޅެނީ އެއް ބިލްޑިނެއްގައެއްނު” ރަޒާން އެހެން ބުނުމާއެކު އަޒުރާއާއި ރާޝިދުވެސް ރަޒާނާ ބައިވެރިވިއެވެ.
ރޫޔާ އެންމެ ފަހުން ރަޒާނާއެއްކޮށް ދާން އެއްބަސްވިއެވެ. ކުޑައެއް ހިފައިގެން އަޒުރާ ނިކުތުމާއެކު، ދެމީހުން އެކުޑަ ދަށަށްވަދެ، ކާރާ ހަމައަށް ދިޔައެވެ. ރަޒާން ހުޅުވީ ކާރުގެ ޕަސެންޖަރ ސީޓެވެ. ހާލަތު ތަން ނުދޭތީވެ، ރޫޔާ ދެކޮޅު ހެދުމެއްނެތި އަވަހަށް ކާރަށް އެރިއެވެ.
ރަޒާން ކާރަށް އެރުމަށްފަހު އިންޖީނު ސްޓާޓުކޮށްލިއެވެ. ކާރު ޕާކިން އޭރިޔާއިން ނެރުމަށްފަހު މަގުމަތީ ދުއްވަން ފެށިއެވެ. ހަމަހިމޭންކަމުގެ ސާލެއް އެދެމީހުން ދެމެދުގައި ފެތުރުނެވެ. ހަމައެކަނި އިވިގެން ދަނީ ކާރު އިންޖީނުގެ އަޑާއި، ވެހެމުން ދިޔަ ވާރޭ ތިކިތައް ކާރުގެ ފުރާޅުގަޔާއި ބިއްލޫރިގަނޑުގައި ޖެހޭ އަޑެވެ.
ކާރު ދުއްވަމުން ދިޔަ ވަގުތު ރޫޔާ އިނީ، ކާރުގެ ދޮރާ ދިމާލަށް މޫނު އަނބުރައިލައިގެންނެވެ. ސިކުނޑީގައި ފުނި ޖެހިފައިވާ ކަންތައްތައް މަތިން ހަނދާން ނައްތައިލަންވެގެން، އޭނާ އުޅުނީ، ކާރުގެ ބޭރުން ފެންނަން އޮތް ދުނިޔޭގެ މަންޒަރުތައް ބަލަންށެވެ. ދަން ގަޑިއެއްކަމުން، މާގިނަ މީހުންގެ ހިލަމެއް ނުވެއެވެ. އެހެނަސް، ކައިރީގައި ރަޒާން އިންކަން އިހުސާސްވާ ހިނދަކު އެކަން ނުވާނެކަން އޭނާއަށް ވިސްނުނެވެ.
ކާރުގެ ހުންގާނުގައި ހިފަހައްޓައިގެން، ކާރު ދުއްވަން އިން ރަޒާން އިރުއިރުކޮޅާ ވައްކަޅިން ރޫޔާއަށް ބަލަމުން ދިޔައެވެ. ކާރަށް އެރީއްސުރެ، ރޫޔާ އޭނާއާ ބަލައިވެސް ނުލާކަން އޭނާއަށް ފާހަގަވިއެވެ. ދެމީހުންގެ ދެމެދުގައިވާ ހަމަހިމޭނުން ރަޒާންގެ ހިތަށް އުނދަގޫވާން ފެށިއެވެ. އަތް ޖެހޭ ހިސާބުގައި ރޫޔާ އިން ކަމުގައި ވިޔަސް، ރޫޔާގެ އެ ޢަމަލުގެ ސަބަބުން ހީވަނީ، އެދެމީހުންގެ ދެމެދުގައި ދުރުމިނެއް އޮތް ހެންނެވެ.
“ކޮން ޚިޔާލެއްގައި؟” ރޫޔާގެ ސަމާލުކަން ހޯދަން ރަޒާން އުޅުނެވެ.
“ކީއްކުރަން ރަޒާން އަހަރެން ވިސްނާ އެއްޗެއް ބަލަން ތިއުޅެނީ؟” ރޫޔާގެ ބަސްތައް ބޭރުވީ ހީކުރި ވަރަށް ވުރެ ރުންކުރުކޮށެވެ.
ރޫޔާގެ ބަހުގައިވާ ރާގު އިވިފައި ރަޒާން ރޫޔާއަށް މޫނު އަނބުރައިލިއެވެ. ކުރިން ސަމާސާކުރާ މޫޑެއްގައި ހުރި ރަޒާން ސީރިއަސްވިއެވެ. އަނބުރާ މަގަށް ނަޒަރު ބަދަލުކޮށްލުމަށްފަހު އޭނާ ވިސްނައިލިއެވެ.
“ރޫޔާ މާ ބޮޑު ފިކުރެއްގައި އިނީމަ.. ކުރީދުވަހުވެސް ކަމަކާ ފިކުރުބޮޑު ކޮށްގެން ހުންނަގައިގެން އުޅުނީ” ރަޒާނަށް އެވަރު އެނގޭކަން ރޫޔާއަށް ވިސްނުމާއެކު ރުޅިވެސް އަންނަންފެށިއެވެ. ރަޒާނަށް އޭނާގެ ހުރިހާ އެއްޗެއް އެނގޭއިރު، އޭނާއަށް ރަޒާންގެ ހަޔާތުގެ އެކައްޗެއްވެސް ނޭނގެއެވެ. އެއަށްވުރެ ބޮޑަށް އޭނާ ރުޅިއައީ އަމިއްލަ މީހާ ދެކެއެވެ.
“މަ ފިކުރު ކުރަނީ ކޮންކަމަކާ ކަން ބުނަންތަ؟ ރަޒާން އާއި ޔޫޝާ ވަރި!!” ރަޒާނާ ދިމާލަށް ކުއްލިއަކަށް މޫނު އަނބުރައިލުމަށްފަހު ރޫޔާ ބުންޏެވެ. ދެލޯ މަރައިލައި ފުންނޭވާއެއް ނަގައިލީ، ރޮވެން އުޅޭތީއެވެ.
ރޫޔާގެ ބަސްތައް އިވިފައި ރަޒާން ހައިރާންވިއެވެ. ރޫޔާއަށް އެކަން އެނގުނީ ކިހިނަކުން ހެއްޔެވެ؟ އަނެއްކާ އެރޭ….
“ރަޒާންގެ ހިތަށް ކެތްވިކަން.. އަހަންނަށް ހަޤީގަތް އޮޅުވައިލައިގެން، އެހުރިހާ ކަމެއްކުރި އިރު…” އަމިއްލަ ނަފްސަށް މަލާމަތްކުރާ ހާލު ރޫޔާ ހީލިއެވެ. ރަޒާން ކާރު މަޑުކޮށްލުމާއެކު އޭނާ އަވަސްއަވަހަށް އެކާރުން ނިކުތީ ވާރޭގެ ތެރެއަށެވެ. ރަޒާނަށް މަޑުކުރުމެއްނެތި، ޕޭވްމެންޓުމަތީ އޭނާ ހިނގައިގަތެވެ.
ވެހެމުންދިޔަ ވާރެއަށް އަޅައިލުމެއް ނުދީ އޭނާ އަވަސް ފިޔަވަޅުތަކެއް އަޅަމުން ދިޔައިރު، އެ ވާރޭގެ ތިކިތަކުތެރޭގައި އޭނާގެ ކަރުނަތައް ފޮރުވިގެން ދިޔައެވެ.
“ރޫޔާ…މަޑުކޮށްބަލަ..” ކާރު ޕާކުކޮށްފައި ރަޒާން އަވަހަށް ކާރުން ނިކުތެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް އޭނާ ރޫޔާގެ އަތުގައި ހިފައި، ރޫޔާ އޭނާއާ މޫނު ވާގޮތަށް އަނބުރައިލިއެވެ.
“ރޫޔާއަށް ކިހިނެއް” ރަޒާން ރޫޔާއާ ކަޅި ހަމަކޮށްލީ، އެ ކަރުނައިން ފުރިފައިވާ ދެލޮލުން ޖަވާބެއް ލިބޭނެކަމުގެ އުންމީދުގައެވެ.
“ޔޫޝާ. ރަޒާނަށް އަހަރެން ކައިރީ ތެދުވެރިވާން ނޭނގުނުތާ އޭނާއަށް އެނގުނޭ އަހަރެން ކައިރީ ތެދު ބުނަން…” ރަޒާންގެ އަތް ފޮޅައިލަން ރޫޔާ އުޅުނެވެ. އެހެނަސް ރަޒާން އެއަތަށް ބާރުކޮށްލުމަށްފަހު އެއަތަށް ދަމައިލިއެވެ.
“ރޫޔާ… އަހަރެން…”
“ނޫން..ރަޒާން އެކައްޗެއްވެސް ކިޔާނެކަމެއް ނެތް.. އަހަންނެއް ބޭނުމެއްނޫން އުޒުރެއް. ރަޒާން އަހަންނަށް ހަޤީގަތް ފޮރުވައިގެން ޔޫޝާއާ އިނީ ކީއްވެގެންކަން އަހަންނަށް އެނގޭ” ރޫޔާ ހުސް އަތް ނަގައި އިނގިލި ޖައްސައިލީ ރަޒާންގެ މޭމަތީގައެވެ.
“ރަޒާނަށް އެނގޭ ރަޒާން އަހަންނަށް ހުރިހާ އެއްޗެއް ކިޔައިދީފިނަމަ އަހަރެން ރަޒާން ކައިރީ އެކައިވެންޏާ އެއްކޮށް ދާން ބާރު އަޅާނެކަން.. އެހެންނު” ރޫޔާ ހާމަކުރި ތެދާއެކު ރަޒާންގެ މުޅި ހަށިގަނޑު ގަނޑުވިއެވެ. ވެހެމުން ދިޔަ ވާރޭގެ ފެންތިކިތައް އެދެމީހުން ތެތްމަމުން ދިޔައެވެ.
“ރޫޔާ..”
“ރަޒާނަށް މުހިންމުވީ އަހަރެންގެ މަޢާފަށް ވުރެ އަހަރެންގެ ނަފްރަތު..” ރޫޔާ ބަލި ހިނިތުންވުމެއް ތުންފަތް މައްޗަށް ގެނައެވެ. “ހަނދާން އެބަހުރިތަ، އަހަރެން ބައްޕަގެ ވާހަކަ ދެއްކި ދުވަހު ރަޒާން އަހަންނަށް ވީ ވަޢުދު؟”
___
“ރޫޔާ….އަހަރެން އަބަދުވެސް ހުންނާނަން ރޫޔާއާއެކު. ކިތަންމެ ދުރުގައި ވިޔަސް، ކިތަންމެ ކައިރީގައި ވިޔަސް. އެއީ އަހަރެންގެ ވަޢުދު.”
___
“ރަޒާން އަމިއްލައަށް ބުނީ، އަހަރެން ރަޒާނަށް ދިން އިތުބާރު ގެއްލުވައިނުލާނެކަމަށް. އެކަމަކު ރަޒާން އެކަންވެސް ކުރި” ރަޒާންގެ ދެލޮލަށް ބަލަމުން ރޫޔާ އަސަރާއެކު ބުންޏެވެ.
“އަހަރެން ނެތިން ވެގެން ދިޔަ ކަންތައްތަކަކީ ރަޒާންގެ ސަބަބުން ވީ ކަންތައްތައް ކަން ޤަބޫލުކޮށް ރަޒާން ކުށްވެރިކުރަން. ރަޒާން ހީކުރި ގޮތާ ޚިލާފަށް އަހަރެން އެހާ ގިނަ ދުވަހެއް ނުވެ ރަޒާނަށް މަޢާފް ކުރިން…”
ރޫޔާގެ ވާހަކަ އަޑުއަހަން ހުރި ރަޒާންގެ މޫނު މަތިން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.
“އަހަރެން ގަޔަކު ރަޒާން ދެކެ ނަފްރަތުކުރާހާ ހިތްވަރެއް ނެތް. އެކަމަކު ރަޒާން އަހަންނަށް އަނެއްކާވެސް އޮޅުވާލަން އުޅުނުކަން..” ރޫޔާ ލުއްކެއް ޖަހައި ރަޒާންގެ އަތް ފޮޅުވައިލިއެވެ.
“އެއް އިރެއްގައިވެސް ވިސްނާލިންތަ އަހަންނަށް ހަޤީގަތް ހާމަކުރަން؟”
“ރޫޔާ.. އެހާ ފަސޭހަ” ނަސީރުގެ މަތިން ހަނދާންވުމާއެކު ރަޒާން ކުރިއަށް ޖެހިލިއެވެ.
“ފަސޭހަލެއް ނޫނޭތަ ބުނަން ތިއުޅުނީ؟” ރޫޔާ ޤަބޫލުކުރަން ދަތިވެ ހުރެ ބޯ ހޫރައިލިއެވެ.
“ރޫޔާ އަޑުއަހާބަލަ…”
“ނޫން.. ރަޒާން ބޭނުންހާ ގޮތަށް ކަންތައްތައް ވާން ބޭނުންވާތީވެ، އަހަރެން ނެތިން ދެން ހިތް ސާފުކޮށްގެން ހުންނާކަށް. ރަޒާން ބޭނުންވިގޮތަށް…” ހިންދިރުވައިލުމަށްފަހު ރޫޔާ ރަޒާނަށް ބަލައިލީ ރުޅިވެރިކަމުގެ ދެލޮލުންނެވެ.
“….އަހަރެން ރަޒާނަށް ނަފްރަތު ކުރާނަން” އެހެން ބުނުމަށްފަހު ރޫޔާ ރަޒާނަށް ފަސް ދީފަ ހިނގައިގަތެވެ.
ރޫޔާގެ ޖުމުލަ އިވުމާއެކު ރަޒާންގެ ހިތް ބިރުން ތެޅެން ފެށިއެވެ. އެއް އިރެއްގައި ރޫޔާގެ މަޢާފަށް ވުރެ ރޫޔާގެ ނަފްރަތާއި ރުޅިވެރިކަމާއެކު އުޅެވިދާނެކަން އަމިއްލަ ނަފްސަށް ވިސްނައިދެވުނަސް، އެ ކަން ދެލޯ ކުރިމަތީ ފާޅުވުމާއެކު، އެ އިހުސާސާއެކު ނޫޅޭވެނެކަން އޭނާއަށް ރޭކާލަން ފެށިއެވެ. އެޕާޓްމެންޓު އިމާރާތަށް ދާންވެގެން ރޫޔާ ގޯޅިއެޅި މަންޒަރު ބަލަން ހުރި ރަޒާން ދެފަޔަށް ބާރު ލައިފައި ދުއްވައިގަތެވެ. އެދިޔަ ގޮތަށް ގޮސް ރޫޔާގެ އުނަގަނޑުގައި އަތް އަޅުވައިލުމަށްފަހު ރޫޔާގެ ކޮނޑުމަތީ ބޯ އަޅައިލިއެވެ.
“ރޫޔާ.. ނޫން…” ހިތުގައި އެތަކެއް އިހުސާސްތަކެއް ބަންޑުންވަމުން ދިޔައިރު، ރަޒާންގެ ދުލުން ބޭރުވީ ހަމައެކަނި ދެ ލަފުޒެވެ.
“ރަޒާން!! ދޫކުރޭ…” ރޫޔާ އުޅުނީ ރަޒާންގެ އަތް އޭނާގެ އުނަގަނޑުން ނައްޓަންށެވެ. އެހެނަސް ރަޒާންގެ ހިފުން ކުރިއަށްވުރެ އިތުރަށް ބާރުވިއެވެ.
“މަޢާފްކުރޭ ރޫޔާ… އަހަރެން އަސްލުވެސް ރަނގަޅަކަށް ނުވިސްނަން ހާލަތާމެދު، ކޮންމެ ގޮތެއްވިޔަސް އަހަރެން… އަހަރެން އުޅުނީ ރޫޔާ ޕްރޮޓެކްޓް ކުރަން”
ރަޒާންގެ އަޑާއެކު ރޫޔާ ދެއަތް މުއްކަވައިލިއެވެ. ދަތްކުޑިވިކައިލުމަށްފަހު، ރަޒާންގެ ބަހަށް ނުހެއްލެން އަމިއްލަ ނަފްސަށް މަޖުބޫރުކުރިއެވެ. އަމިއްލަ ހިތް ހަރުކޮށްލުމަށްފަހު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ
“އާދޭސްކުރޭ”
“އަހަރެން އާދޭސްކޮށްފަ މިބުނަނީ.. އަހަންނަށް މަޢާފްކުރޭ..”
****
ރޫޔާ އެއްވެސް އިރެއްގައި ރަޒާން، އޭނާގެ ގޮތް ދޫކޮށްލައިފައި މަޢާފަށް އެދި އާދޭސްކުރާނެ ކަމަކަށް ނުވިސްނައެވެ. އެހެނަސް، މީގެ ދެހަފްތާ ކުރިން، އެ ވިސްނުމުގެ ގޯސްކަން ރަޒާން ވަނީ ސާބިތު ކޮށްފައެވެ.
އެދުވަހަށް މިއަދު ދެ ހަފްތާ ވީއެވެ. ފާއިތުވި ދުވަސްތަކުގައި އޭނާ އުޅުނީ ގެއާ ވީހާވެސް ދުރުގައެވެ. ތެދަށްބުނާނަމަ، ރަޒާނަށް ފިލައިގެންނެވެ. އެރޭ ރަޒާން އޭނާގެ މަޢާފަށް އާދޭސްކުރަން އިން ތަން ފެނިފައި އޭނާ އަވަހަށް އެތަނުން ދުއްވައިގަތީއެވެ. އެހާލުގައި ރަޒާން ދޫކޮށްލައިގެންނެވެ.
ކުރެވުނު ކަންތައްތަކުގެ މޮޔަކަން ހިތަށް އެރުމާއެކު އޭނާ މޭޒުމަތީ ބޯ އަޅައިލިއެވެ.
“ޑރ. ރޫޔާ” އެއޮފީހަށް ބޯ ދިއްކޮށްލި ޕްރިޔާގެ އަޑު އިވިފައި ރޫޔާ ބޯ ހިއްލައިލިއެވެ.
“ޔޫ އާރ ނީޑެޑް އިން އީ.އާރ”
“އޯކޭ ޑރ. ޕްރިޔާ” ގޮނޑި ތެދުވެ، ގޮނޑީގައި އަޅުވައިފައި އޮތް ހުދު ކޯޓު އަޅަމުން އެ އޮފީހުން ނިކުތެވެ.
“ޑރ. ފައިސަލް. ދޭއާރ ސައިންސް. ޕޭޝަންޓްގެ ޕްރެޝާރ ޑްރޮޕް ވަމުން އަންނަތާ ވިހި މިނެޓް ވެއްޖެ. ހީޒް ޓެކީކާރޑިކް، އެބްޑޮމެން ޑިސްޓެންޑިން، އަލްޓްރާ ސައުންޑް ސްކޭނުން…” އީ.އާރުގެ ތެރެއަށް ވަދެވުމާއެކު ޔަމީންގެ އަޑު ރޫޔާގެ ކަންފަތުގައި ޖެހުނެވެ. މޫނު އަނބުރައިލި ވަގުތު، އީ. އާރު އެނދު ތިނެއް ކައިރީ ތޮއްޖެހިފައި ތިބި އީ.އާރު ނަރުހުންތައް ރޫޔާއަށް ފެނުނެވެ.
“އަލްޓްރާސައުންޑް ސްކޭން ވޯޒް އިންކޮންކްލޫސިވް.” ޖެނެރަލް ސާރޖަން ޑިޕާޓްމެންޓްގެ ސީނިއަރ އެޓެންޑިން، ޑރ. ފައިސަލްގެ ހަރު އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. “އަހަރެން އެ ސްކޭންތައް ރިވިއު ކޮށްފިން. ނެތް އެއްވެސް ފްރީ ފްލުއިޑެއް. ނޯ އެވިޑެންސް އޮފް އިންޓާރނަލް ހެމޮރޭޖް. ހީ އިޒް ސްޓޭބަލް. ހީ ގޯޒް ޓު އޮބްސަވޭޝަން”
“ޑރ. ފައިސަލް، ވިތް ރިސްޕެކްޓް. ދަ ފާސްޓް ސްކޭން އައި ޕާފޯމްޑް ޝޯސް އަ ފްލުއިޑް ޕޮކެޓް އިން މޮރިސަންސް ޕައުޗް. އިޓް ވޯޒް ސަޓަލް ބަޓް އިޓް ވޯޒް ދެއަރ. ދި ރޭޑިއޯލޮޖިސްޓް އެގްރީޑް ވިތް މީ…..”
“ރޭޑިޔޯލޮޖިސްޓް އިޒްންޓް އަ ސާރޖަން” ރޫޔާ އެމީހުންގެ ތެރެއަށް ވަދެ، ކުރިއަށް ޖެހިލި ވަގުތު ، ޑރ. ފައިސަލް ޔަމީނާ ގާތް ވެލިއެވެ. ކިބުރުވެރި ނަޒަރަކުން ޔަމީނަށް ބަލަން ހުރެ އޭނާ ބުންޏެވެ. “ޑރ. ޔަމީން، ޔޫ އާ އަ ރެސިޑެންޓް. ފޯތް އިޔަރ. އައި ހޭވް ބީން ޑުއިން ދިޒް ފޯ ތާރޓީ އިޔާޒް. ވެން އައި ސޭ ދަ ޕޭޝަންޓް އިޒް ސްޓޭބަލް، ދަ ޕޭޝަންޓް އިޒް ސްޓޭބަލް.”
“ޑރ. ފައިސަލް، ވަޓްސް ދަ ސިޗުއޭޝަން؟” ރޫޔާ ނޭވާއެއް ދޫކޮށްލުމަށްފަހު ކުރިއަށް ޖެހިލިއެވެ. ޕޭޝަންޓް ކައިރީ ހުއްޓުމަށްފަހު އޭނާ އަތުކުރި އޮޅައިލިއެވެ.
“ޑރ. ރޫޔާ. މިއީ ޑރ. ރޫޔާއާ ބެހޭ ކަމެއް ނޫން.”
“ނޫން. މިއީ އަހަންނާ ބެހޭ ކަމެއް” އަތަށް އަންގި ލައްވަމުން ރޫޔާ ފައިސަލަށް ބަލައިލި ނަޒަރުގައި ވަނީ ފިނިކަމެވެ. އޭނާ ޕޭޝަންޓާ ގުޅުވައިފައި ހުރި މެޝިނުތަކުގެ މޮނީޓަރުތަކަށް ބަލައިލިއެވެ.
“ޑރ. ޔަމީން، ޓެލް މީ ވަޓް ޔޫ ފައުންޑް” ޔަމީނަށް ބޯ ޖަހައިލުމަށްފަހު ރޫޔާ އަމުރު ކުރިއެވެ.
ރޫޔާގެ ނަޒަރުން އޭނާއަށް ކުޑަ ހިތްވަރެއް ލިބުނެވެ. ޕޭޝަންޓަށް ބަލައިލުމަށްފަހު އޭނާ ރޫޔާއަށް ނަޒަރު ބަދަލުކޮށްލިއެވެ.
“ޕޭޝަންޓް ވޯޒް އަ ޑްރައިވަރ އިން އަ ހައި-ސްޕީޑް ކޮލިޝަން. އެއަރ ބޭގް ޑިޕްލޮއިޓް. އިނީޝިއަލް އެސެސްމެންޓް ޝޯވްޑް ކޮންޓިއުޝަން ޓު ދަ ޗެސްޓް އެންޑް އެބްޑޮމެން. އައި ޕާރފޯމްޑް ފާސްޓް އެގްޒާމް ޓެން މިނެޓްސް އެގޯ. ދެއަރ އިޒް އަ ސްމޯލް ބަޓް ވިޒިބަލް އަނެކޮއިކް ސްޓްރައިޕް އިން މޮރިސަންސް ޕައުޗް. ދަ ރޭޑިއޯލޮޖިސްޓް ކޮންފާމްޑް އިޓް ލުކް ލައިކް ފްރީ ފްލުއިޑް. ސިންސް ދެން، ހިޒް ޕްރެޝަރ ހޭޒް ބީން ޑްރޮޕިން ފްރޮމް 110 ޓު 92. ހިޒް ހާރޓް ރޭޓް ހޭޒް ކްލައިމްބްޑް ފްރޮމް 95 ޓު 115. ހީ އިޒް ބިކަމިން ޓެކީކާޑިއެކް އެންޑް ހައިޕޯޓެންސިވް. އައި ބިލީވް ހީ އިޒް ބްލީޑިން އިންޓާނަލީ، ލައިކް އަ ސްޕްލެނިކް އޯރ ހެޕަޓިކް ލެސަރޭޝަން ދެޓް އިނީޝިއަލް ސްކޭން މިސްޑް”
“ފާސްޓް ސްކޭން ރިޕީޓު ކުރިންތަ؟” ރޫޔާގެ ސުވާލާއެކު ޔަމީން ޖެހިލުންވެ ހުރެ ފައިސަލަށް ބަލައިލިއެވެ.
“ޑރ. ފައިސަލް ބުނީ ސްކޭން ނެސެސެރީއެއް ނޫނޭ..”
ރޫޔާ ބޯ އަނބުރާލުމެއްނެތި ކަޅި އެއްލީ ފައިސަލަށެވެ. ފައިސަލްގެ ރަތް ވެފައިވާ މޫނުން، އޭނާ ކަންތައްތައް ވެގެންދާ ގޮތާ މެދު ހިތްހަމަ ނުޖެހިފައި ހުރިކަން ރޫޔާ އަށް އެނގުނެވެ.
“ކީއްވެ ފާސްޓް ސްކޭން ބޭނުންނުވާ ކަމަށް ތިބުނީ؟”
“އެއީ..އަހަންނަށް މިކަހަލަ ބައިވަރު ކޭސްތައް ފެނިފަ ހުރީމަ.. އޭނާގެ ވައިޓަލްސް އިޒް ކޮންސިސްޓެންޓް ވިތް ޕެއިން އެންޑް ޝޮކް ފްރޮމް ދި އެކްސިޑެންޓް. ހީ ނީޑްސް ފްލުއިޑް އެންޑް އޮބްސަވޭޝަން. ނޮޓް އަ ސާރޖަރީ”
“އެހެން ދެއްތޯ؟” ރޫޔާގެ އަޑު ބޭރުވީ މަޑުން ކަމުގައިވިޔަސް، އެބަހުގައި ހުރި ތޫނުކަން އެކަކަށްވެސް އިހުސާސްނުވެ ނުދިޔައެވެ.
“ޑރ. ޔަމީން، ގެޓް މީ އަ ޕޯޓަބަލް އަލްޓްރާސައުންޑް، ނާއު”
ރޫޔާގެ އަމުރާއެކު ޔަމީނާއި، އީ.އާރުގެ ނަރުހެއް އަވަހަށް އެ މެޝިނު ގެނައެވެ. ރޫޔާ އަވަސްއަވަހަށް ޖެލް ފުޅި ނަގައި، ބަލިމީހާގެ ބަނޑުމަތީ އެ ޖެލް އުނގުޅުމަށްފަހު، މެޝިނުގެ ޕްރޯބް ނަގައި ބަނޑުގައި ޖެއްސިއެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ދިޔައީ މެޝިނުގެ ސްކްރީނަށެވެ.
“ސީ ދެއަރ” ސްކްރީނަށް ރޫޔާ އިޝާރަތް ކޮށްލުމަށްފަހު، ޕްރޯބް ހިފަހައްޓައިގެން ހުރި އަތް މަޑުޖައްސައިލިއެވެ. “ފްރީ ފްލުއިޑް.” އޭނާ ފައިސަލަށް ބަލައިލިއެވެ.
“ދެޓް ކުޓް ބީ އެސައިޓީސް. އެނާ ކުރިން ހުރި ބައްޔެއްގެ…”
“ޕޭޝަންޓްގެ ޗާޓުގައި ނެތް އެއްވެސް ޕްރި އެގްޒިސްޓިން ކޮންޓިޝަންގެ ވާހަކައެއް ބުނެފަ. ހީ އިޒް ޓުވެންޓީ ސިކްސް. އިޓްސް ނޮޓް އެސައިޓީސް، އިޓްސް ބްލަޑް…”
އަތުގައި އޮތް ޕްރޯބް ނަރުސް ކުއްޖާއާ ހަވާލުކުރުމަށްފަހު ރޫޔާ އަތަށް ލައްވައިފައި އިން އަންގި ބޭލިއެވެ. “އައި އޭމް ޓޭކިން ހިމް ޓު އޯ.އާރ. ޔާމީން، ސްކްރަބް އިން، ޔޫ އާ މައި ފަސްޓް އެސިސްޓް” ތޮތްޖެހިފައިވާ މީހުންތައް ދުރަށް ޖައްސަމުން ރޫޔާ ހިނގައިގަތީ އީ.އާރުން ނުކުންނަންވެގެންނެވެ.
“ޑރ. ރޫޔާ. އަހަރެންގެ ނިންމުންތައް ބަދަލުކުރުމުގެ ބާރެއް ނޯންނާނެ ޑރ. ރޫޔާއަކަށް.” ފައިސަލްގެ ބަހާއެކު ރޫޔާގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. އޭނާ ނޭވާއެއް ނެގުމަށްފަހު، ކުޑަކޮށް ފަހަތަށް އެނބުރި، ފައިސަލަށް ބަލައިލިއެވެ.
“އަހަންނަކީވެސް މި ހޮސްޕިޓަލުގެ އެޓެންޑިންނެއް. ޑރ. ފައިސަލާ އެއް ލެވެލެއްގައި އިންނަނީ. ދެމީހުންގެ ޕޭޗެކްވެސް އިންނަނީ އެއްވަރެއްގައި. ޕޭޝަންޓްގެ ފުރާނައަށް ނުރައްކާވާ ހާލަތެއްގައި އަހަންނަށް ކަން ނިންމުމުގެ ބާރު އޮވޭ..” އޭނާ ނަރުހަކަށް ނަޒަރު ހިންގައިލިއެވެ. “ބުކް އޯ.އާރ ތްރީ، ޓެލް އެނެސްތީޝިއާ ވީ އާރ ކަމިން އަޕް. ޕޭޖް ދަ ބްލަޑް ބޭންކް، އައި ވާންޓް ފޯ ޔުނިޓްސް އޮފް ޕެކްޓް ސެލްސް ކްރޮސްމެޗްޑް އެންޑް ރެޑީ”
“ތިހަދަނީ ބޮޑު ގޯހެއް. ޑރ. ރޫޔާ.. އަހަރެން މިކަން މޯޓަލިޓީ އެންޑް މޯބިޑިޓީ ކޮމިޓީ އަށް ގެންދާނަން”
***
“ސްކަލްޕެލް” ސްކަލްޕެލް އަތަށް އެރުމާއެކު ރޫޔާ އޭގެއިން ބަނޑު މަތީ ދަމާލި ރޮނގާއެކު، ތޫނު ތިލައިގެ ދަށުން ފަށަލަތައް ވަކިވަމުން ދިޔައެވެ. ބަނޑުގެ އެތެރެ ހުޅުވުމާއެކު، ކަޅުކުލަ އަރައިފައިވާ ލޭތައް އޮހޮރިގަތެވެ.
“ސަކްޝަން، ގެޓް މީ އަ ކްލީއަރ ފީލްޑް” ޔަމީން އަވަހަށް ސަކްޝަން ކަތީޓަރ ނަގައި، އެ ލޭތައް ސާފުކުރަން ދެށިއެވެ. ލޭ އަންނަނީ ކޮން ދިމާލަކުންކަން ދެމީހުންނަށް ފާހަގަވިއެވެ.
ސްޕްލީންގެ ބޭރު ފަށަލައިގައި ކަފައިގެން ގޮސް އިން ތަން ދެމީހުންނަށްވެސް ފެނުނެވެ. ޔަމީން އޭރު ލަފާކުރި ގޮތް ދިމާވިއެވެ.
“ގުޑް ޖޮބް ޔަމީން.” ރޫޔާ ކުރިއަށް ގެންދަމުން ބުންޏެވެ. “ހީ އިޒް ލަކީ. އިތުރު ގަޑިއިރަކަށް އޮބްސަވޭޝަންގައި ބޭއްވިނަމަ، ދިޒް ކުޑް ހޭވް ރަޕްޗާޓް ކޮމްޕްލީޓްލީ. ހީ ވުޑް ހޭވް ބްލެޑް އައުޓް ބިފޯ އެނީވަން ކުޑް ނޯޓިސް”
“ދެން…” ބަލިމިހާގެ ހަށިގަނޑު ތެރޭ އޮތް ސްޕްލީނަށް ނަޒަރު ހުއްޓިލައިގެން ހުރި ޔަމީން ވިސްނައިލިއެވެ. “ސްޕްލެނެކްޓޮމީ؟”
ރޫޔާ ކުޑަކޮށް ބޯ ހޫރައިލިއެވެ. “ނޫން. ވީ އާ ޓްރައިން ޓު ސޭވް އިޓް. ހީ ނީޑްސް ހިޒް އިމިއުން ސިސްޓަމް” ރޫޔާ ފަރިތަކަމާއެކު ވަކިކުރަންފެށިއެވެ. “ސީ، ހައު އައި އޭމް ލިގޭޓިން ދަ ޝޯޓް ގޭސްޓްރިކް ވެސެލްސް ހިއަރ؟ ޔޫ ވާންޓް ޓު ޕްރިޒާވް އޭޒް މަޗް އޮފް ސްޕްލެނިކް އާރޓެރީ އޭޒް ޕޯސިބަލް، އިފް ވީ ކޭން ގެޓް ދަ ބްލީޑިން ކޮންޓްރޯލްޑް އެންޑް ރިޕެއަރ ދަ ކެޕްސުލް، ދޭ އިޒް އަ ޗާންސް ވީ ކޭން ސޭވް ދި އޯގަން”
ރޫޔާގެ ބަސްތައް އަޑުއަހަމުން ޔަމީން ބޯ ޖަހައިލިއެވެ. ރޫޔާގެ އަތުގެ ހަރަކާތްތަކަށް ސަމާލުކަން ދީގެން ހުރެ އޭނާ ވިސްނަން ފެށިއެވެ.
“ޓްރައުމަރ ރޮޓޭޝަންގައި ކުރިން ހުރި ޑޮކްޓަރ އުޅޭނީ ސްޕްލީން ނަގަން، ހީ ސެއިޑް ސްޕްލީނިކް ސަލްވޭޖް އިޒްންޓް ވޯތް ދި ޓައިމް.”
“ދެން ހީ އިޒް ރޯންގް” ރޫޔާގެ އަޑު އިވުމާއެކު ޔަމީން އެއްބަސްވާން ބޯ ޖަހައިލިއެވެ. “އަހަރެމެން ސާރޖަނުންނަށް ވީ، ގުނަވަންތައް ފަސޭހަލުން ނަގާކަށް ނޫން. އެ ގުނަވަން ރަނގަޅު ކުރަންވެގެން. އެވްރި ޓައިމް ޔޫ ޓޭކް އަ ސްޕްލީން، ޔޫ އާރ ކޮމިޓިން އަ ޕޭޝަންޓް ޓު އަ ލައިފްޓައިމް އޮފް އެންޓިބަޔޯޓިކްސް އެންޑް ވެކްސިން ބޫސްޓާރސް. ޑޫ ޔޫ ތިންކް އިޓްސް ފެއަރ؟”
ޔަމީން ބޯ ހޫރައިލިއެވެ.
“ޑރ. ރޫޔާ.. ޑރ ފައިސަލް؟” ޖެހިލުންވެ ހުރެ ޔަމީން އަހައިލިއެވެ.
“ޔަމީން، ނަސޭހަތެއް ދެންތަ؟”
“ޔެސް ޑރ.”
“ޔޫ ޑިޑް ދަ ރައިޓް ތިންގް. ޔަމީން ޑރ. ފައިސަލް ބުނި ގޮތަށް ހެދި ނަމަ، މި ޕޭޝަންޓްގެ ފިޔުޗަރ އޮންނަ ގޮތް އަންދާޒާކޮށްލެވޭތަ؟” ރޫޔާގެ ސުވާލާއެކު ޔަމީން ދެންމެ ދެކެވުނު ވާހަކަތަކާމެދު ވިސްނައިލިއެވެ. އޭނާއަށް އެ މަންޒަރު ސިކުނޑީގައި ޚިޔާލުކުރެވުމާއެކު އާނއެކޭ ބުންޏެވެ.
“ވެން އައި ވޯޒް އަ ރެސިޑެންޓް އިން ނޭޕާލް. އައި ހެޑް އަ ސިމިލާ ސިޗުއޭޝަން. އަހަންނާ ހަވާލުވެގެން ހުރި އެޓެންޑިން އަބަދުވެސް ބުނާނެ، އިންޓާނުންނާއި ރެސިޑެންޓުންގެ މަސައްކަތަކީ އެސިސްޓް ކުރުމާއި އޮބްޒާވް ކުރުމޭ. ވިސްނުން އެއީ އެޓެންޑިންގެ ކަމެކޭ..” ރޫޔާ އޮޕަރޭޝަން ނިންމަން އުޅެމުން ކުރިއަށް ގެންދިޔައެވެ.
“ވީ ހެޑް އަ ޕޯސްޓް އޮޕް ޕޭޝަންޓް، ހިޒް ލެގް ވޯޒް ގޮއިން ކޯލްޑް. ސައިން އޮދް އޭޓްރިއަލް އޮކްލޫޝަން. އައި ޑިޑް ވަޓް ޔޫ ޑިޑް. ދަ ގްރާފްޓް ވޯޒް ފެއިލިން. ވަޓް ޑިޑް ދަ އެޓެންޑިން ޑޫ؟ ރިމައިންޑް މީ އޮފް މައި ޕްލޭސް އިން އަ ހައިރަކީ ސިސްޓަމް..”
“ދެން ކިހިނެއް ވީ؟”
“ޕޭޝަންޓް ލޮސްޓް ހިޒް ލެގް. އޭޒް އައި ސެއިޑް، ގްރާފްޓް ފެއިލް ވުމުގެ ސަބަބުން. ހީ ސްޓޫޑް އިން އެމް.އެންޑް.އެމް މީޓިން، ހުރެ ބަހައްޓާފަ ވީ ކަމެކޭ ބުނި” ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ.
“ސޯ އިފް ޔޫ އާރ ފީލިން ގިލްޓީ ފޯ ގޮއިން އެގެއިންސްޓް ޑރ. ފައިސަލް، ޑޯންޓް. ޔޫ ޑިޑް ވަޓް ޔޫ އާރ ސަޕޯސްޑް ޓު ޑޫ އޭޒް އަ ޑޮކްޓަރ. ވީ ޑޯންޓް ސޭވް ޖަސްޓް ބޮޑީސް، ވީ ސޭވް ލައިވްސް ޓޫ. ބިކޯޒް އޮފް ޔޫ، ދަ ޕޭޝަންޓް ވިލް ނޮޓް ހޭވް ޓު ސްޕެންޑް ހިޒް އެންޓަޔަރ ލައިފް އޮން މެޑިކޭޝަން އެންޑް ވެކްސިން ބޫސްޓަރސް”
“ދެން ޑރ. ފައިސަލް ކޮމްޕްލެއިން ފައިލް ކޮށްފިއްޔާ؟”
“ދެން އައި އޭމް ގޮއިން ޓު ފައިލް އަ ރެސްޕޮންސް. އެމީހުން ހުރިހާ އެއްޗެއް ރިވިއު ކުރީމަ ފެންނާނެ، ވަޓްސް ރައިޓް އެންޑް ރޯންގް. ދޭ ވިލް ސީ، ހައު މަޗް ދޭ ޝުޑް ބީ ޕްރައުޑް އޮފް ހޭވިން އަ ސާރޖަން ލައިކް ޔޫ” ރޫޔާ މަސްކުގެ ދަށުން ހިނިތުންވެލިއެވެ.
“ޔޫ ޝުޑް ބީ ޕްރައުޑް އޮފް ޔުއަރ ސެލްފް”
****
ޑިއުޓީ ނިންމައިފައި ހޮސްޕިޓަލުން ނުކުމެގެން އައި ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. ހަވީރުގެ ހިތްފަސޭހަވައި ޖެހުމާއެކު، ހިތަށް ކުޑަ ލުއިކަމެއް ލިބުނެވެ. ކޮނޑުފައި އަޅުވައިފައި އިން ދަބަސް ރަނގަޅުކޮށްލުމަށްފަހު އޭނާ ގެއަށް ދާން މިސްރާބު ޖެހިއެވެ.
“މިއައު” ކައިރިން ބުޅަލެއްގެ ބަލި އަޑު އިވުމާއެކު ރޫޔާ ކުޑަކޮށް ހުއްޓުން އެރިއެވެ. އަޑުއައި ދިމާލަށް ބޯ އަނބުރައިލުމާއެކު، ކުނި ވަށިގަނޑެއްގެ ފަހަތުގައި، ލެއިން ތަތްތެޅިފައި އޮތް ފަޔަކާއެކު ކުކުރަން އޮތް ބުޅާ ފެނުނެވެ.
“އޯ…އަޅޭ” ލޭ ފެނުމާއެކު ރޫޔާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. މަޑުމަޑުން އޭނާ ފިޔަވަޅުތައް އަޅައިލީ އެ ބުޅަލާ ދިމާލަށެވެ.
“ބަލަ..” އެއާ ދިމާލަށް އަތް ދިއްކުރަމުން ރޫޔާ ކައިރިވެލިއެވެ. އޭތީގެ ފައިގައި އަޅާ ވޭނާ ހެދި އިން ތަނުން ގުޑައިނުލެވުނެވެ.
ރޫޔާ އަވަސްއަވަހަށް ދަބަހުން ވިއްސާރަ ކޯޓު ނެގިއެވެ. ބިން މަތީ އެ ކޯޓު އަތުރައިލުމަށްފަހު، މަޑުމަޑުން އެބުޅަލުގައި ހިފައިލިއެވެ. އެބުޅާ ދެކޮޅުހަދަން އޭތީގެ އަޑު ލެއްވިއެވެ.
“ޝޫޝް ޝޫޝް.. އިޓްސް ގޮނަ ބީ އޯކޭ” ކޯޓު މަތީ އެ ބުޅާ ބޭއްވުމަށްފަހު ރޫޔާ އަވަހަށް އޭތީގެ ގައިގައި އެ ކޯޓު އޮޅައިލިއެވެ. ކޯޓާއެއްކޮށް ބުޅާ އަތަށް ނެގުމަށްފަހު އޭނާ ދުއްވައިގަތީ، ހޮސްޕިޓަލު ކައިރީގައި އިންނަ ކުޑަ ވެޓެރިނަރީ ކްލީނަކާ ދިމާލަށެވެ. އެ ކްލީނިކަކީ، ހޮސްޕިޓަލުގެ ޚަރަދުގައި ކުރިއަށްގެންދާ ކްލީނިކެވެ.
ކްލީނިކަށް ވަދުމާއެކު ރޫޔާ އަވަހަށް ހިނގައިގަތީ ކައުންޓަރާ ދިމާލަށެވެ. ރޫޔާ ފެނުމާއެކު ރެސެޕްޝަނިސްޓު ގޮނޑިން ތެދުވިއެވެ.
“ކަނާތު ފައި ހަލާކުވެފަ އިނީ” ރެސެޕްޝަނިސްޓް ބޯ ޖަހައިލުމަށްފަހު ރޫޔާގެ އަތުން އެ ބުޅާ ނެގިއެވެ.
އެބުޅާ ހިފައިގެން އޭނާ އެތެރެއަށް ވަތް ގަޑީގައި އެހެން ރެސެޕްޝަނިސްޓް ރޫޔާއާ ކައިރިވެލިއެވެ.
“އޮޅުކޮށްގެން ގެންގުޅޭ ބުޅާތޯ އެއީ؟” އެ އަންހެން ކުއްޖާގެ ސުވާލާއެކު ރޫޔާ ބޯ ހޫރައިލިއެވެ.
“މިތާ، މަގުމަތިން ފެނުނީ”
“އެޑޮޕްޓް ކުރަން ބޭނުންތޯ؟”
ރޫޔާ ވިސްނަން އިނދެފައި ބޯ ހޫރައިލިއެވެ. އޭނާއަށް ބުޅާ ގެންގުޅޭ ވަރަށް ވުރެ މާ ބިޒީއެވެ. ބައްޕަގެ ކަންތައްތަކާއި، ހޮސްޕިޓަލުގެ ކަންތައްތަކުގައި އުޅޭއިރު އޭނާ އެ ބުޅަލަށް އަޅައިލެވޭނީ ކިހިނަކުން ހެއްޔެވެ؟
“އަނެއްހެން، މިވަގުތަކު ނެތް ގެންދެވޭކަށް”
ރޫޔާގެ މޫނުމަތިން ފެންނަމުންދާ ހިތާމަތައް ފެނިފައި އެ އަންހެންކުއްޖާ ދެރަވިއެވެ. “އެހަށް މަޑުކޮށްލަންވީނު، ވެޓް ބަލައި ނިމުނީމަ، ބައްދަލުކޮށްލެވޭނެ.” އެތަނާ އިންވެގެން އިން ކެޓް ކެފޭއަކަށް އިޝާރަތް ކުރަމުން އެ އަންހެން ކުއްޖާ ބުންޏެވެ.
އޯރިޔޯ މިލްކްޝޭކް ތައްޓެއް ބޯން އިން ރޫޔާއަށް ގާތަށް އެއަންހެން ކުއްޖާ އައީ އިރުކޮޅެއް ފަހުންނެވެ. ދެމީހުން ކްލީނިކު ތެރެއަށް ވަދެ، ގޮސް ހުއްޓުނީ ކުޑަ މޭޒު ކައިރީގައެވެ. ފައިގައި ބޭސްގަނޑު އަޅައިގެން، ނިދިފައި އޮތް ބުޅަލާ ރޫޔާ ކައިރިވެލިއެވެ. އޭނާ އަތް ނަގައި އެ ބުޅަލުގެ ބޮލުގައި ފިރުމައިލިއެވެ.
“އެޑޮޕްޓް ކުރާނެ މީހެއް ލިބެން ދެން މިތަނުން ބަލާނަން. އެކަމަކު އޭގެ ކުރިން، އަޅުގަނޑުމެން ބޭނުންވަނީ، ޑރ. މި ބުޅަލަށް ނަން ދެން” ނިދާފައި އޮތް ބުޅަލަށް އިޝާރަތް ކުރަމުން އެ އަންހެން ކުއްޖާ ބުންޏެވެ.
“ތާރާ”

