Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 21

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
August 3, 2026 6 Mins Read
10 Comments

ޒިވްޔާއަށް ހޭލެވުން އިރު އޭނާގެ މަންމަ އިނީ ސޯފާގައި އިށީނދެ އިނދެ ނިދިފައެވެ. އެހެންކަމުން ވަރަށް ހިތްވަރުކޮށްފައި އެނދުން ތެދުވަން އުޅުނެވެ. މަންމައަށް ނުގޮވައި ތެދުވެވޭތޯއެވެ. މަންމަ ނުނިދާތާ ކިތަންމެ އިރެކެވެ. އޭނާއަށް އެކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން މަންމައަށް ނިދިފައި އޮތް ވަގުތު އުނދަގޫ ކުރާކަށް ބޭނުން ނުވީއެވެ.

އަމިއްލައަށް ތެދުވާން ޒިވްޔާއަށް ވަރަށް އުނދަގޫވިއެވެ. އޭނާގެ އުނަގަނޑުން ތިރިއަށް އަރަމުން ދިޔަ ވޭނުގެ ސަބަބުނެވެ. އެހެންނަމަވެސް އޭނާ ހިތްވަރުކުރިއެވެ. މަޑުމަޑުން ތެދުވުމަށްފަހު އެނދުން ފައި ވެސް ތިރިކުރިއެވެ. ވާ ތަދުން ހަޅޭލަވައިގަނެވިދާނެތީވެ ދުލުގައި ދަތް އަޅާލިއިރު އޭނާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. އިސާހިތަކު އެކަރުނަތައް އޭނާގެ ކޯތާފަތަށް ބޮސްދީފިއެވެ. ޒިވްޔާ އެނދުން ފޭބުމަށްފަހު ފާރުގައި ހިފަހައްޓާލައިގެން ހުރެ މަޑުމަޑުން ގޮސް ފާހާނާއަށް ވަދެ ދޮރު ލައްޕާލިއެވެ. އަދި އެނބުރި ލޯގަނޑަށް ބަލާލިއެވެ.

ޒިވްޔާއަށް ހިންދިރުވާލަން މަޖުބޫރުވީ އަމިއްލަސިފަ ފެނިފައެވެ. އޭނާގެ ދެލޯ ރަތްވެ ދުޅަވެފައިވާ އިރު ހުރީ ވަޅުވަދެފައެވެ. ހީވަނީ ދުވަހަކުވެސް ނުނިދާ ހުރި މީހެއް ހެނެވެ. މޫނުމަތީގެ ތަންތަންގަނޑު އަދިވެސް ހުރީ ޒަހަމްވެ ނޫފައި ގަތްފައެވެ.

 

ޒިވްޔާ އިތުރަށް ހިތްދަތިވީ ވެގެން އުޅޭގޮތެއް އޭނާއަށް ނުވިސްނޭތީއެވެ. ހަނދާންނުވާތީއެވެ. އޭނާއަށް އެނގޭހާ ވެސް އެއްޗަކީ އޭނާއަށް އެވީ ކަމެއް ހަނދާންނެތް ކަމެވެ. އަދި އޭނާގެ މައިންބަފައިން އެކަމާ ހިތާމަކުރާކަމެވެ. އޭނާއަށް އެކަމެއް ސިއްރުކުރާ ކަމެވެ.

އޭނާގެ މުޅި ހަށިގަނޑުގައި ވޭން އަޅައެވެ. އެހެނަސް އޭނާއަށް އެންމެ ބޮޑު ވޭނެއް އަޅަނީ އޭނާގެ ޅަ ހިތުގައެވެ. އެވޭނަކީ ދުލުން ބަޔާން ކުރެވޭ ވަރަށް ވުރެވެސް މާ ހިތި ވޭނެކެވެ.

ޒިވްޔާ އޭނާގެ ހިތުގައި މަޑުމަޑުން އަތް އަޅާލީ ތަދުވާން ފެށުމުންނެވެ. ކޮންމެވެސް ވަރަކަށް ނޭވާ ވެސް ލާން އުނދަގޫ ވާން ފެށުމުން ދޮރުގެ ތަޅުގައި ހިފާލައި އަމިއްލަ ނަފްސު މަސަލަސް ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެތައް އިރެއް ފަހުން މީހާ ހަމައަކަށް އެޅިލައިގެން ފާހަނާ ކޮށް ނިންމާފައި ޒިވްޔާ ނުކުމެލިއެވެ. އޭރު ވަރަށް ބޯކޮށް ވާރޭ ވެހެނީއެވެ.

 

އޭނާ ބެލްކަންޏަށް ނުކުމެލީ ހޮސްޕިޓަލުގެ އެކޮޓަރިތެރޭގައި އޭނާ އިތުރަށް ހާސްވާހެން ހީވުމުން ހިތަށް ފިނިކަމެއް ލިބޭތޯއެވެ. ޒިވްޔާ ނުކުތީ ސީދާ ވާރޭގެ ތެރެއަށެވެ. އޭނާގެ ގައިގައި އަޅާފައި ހުރި ބެންޑޭޖުތައް ތެމެމުން ދިޔައެއް ކަމަކު އޭނާގެ ފަރުވަލެއް ނެތެވެ.

ޒިވްޔާ މަޑުމަޑުން ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލިއެވެ. އަދި އުޑުމައްޗަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ. އޭނާގެ މަޑުމުށި ކުލައިގެ އެ ރީތި ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭނާގެ މޫނަށް ބޮސްދެމުން ދިޔަ ވާރޭގެ ކަނިތަކާއި އެއްވަމުން ދިޔައެވެ. އެހިނދު ވާރޭ އިތުރަށް ބޯކޮށްލިއެވެ. ގުގުރާ ވެސް ލިއެވެ. ހީވާ ކަހަލައެވެ. އެ ނިކަމެތި އަންހެން ކުއްޖާގެ އާދޭހާއި ދުޢާގައި އެ ވާރޭވެސް ބައިވެރި ވަނީއެވެ. އެކުއްޖާއަށް އޭނާގެ އިންސާފު ލިބޭތޯއެވެ.

އެ މޫސުން ވެސް އެކުއްޖާއަށް ހަމްދަރުދީވާ ފަދައެވެ. އޭނާގެ ހިތުގައިވާ ޝަކުވާތަކާއި އެއްވަރަށް ވަޔާއި ކެރި ވެސް ގަދަވިއެވެ. އެ ގުގުރާލާ ގުގުރުން ތަކުން ވެސް ޒިވްޔާގެ ހިތުގެ ހާލު އަންގާދޭ ފަދައެވެ.

ވާރޭގެ އެގަދަފަދަ އަޑުފަތްގަނޑުގެ ތެރެއިން ޒިވްޔާގެ މަޑު ގިސްލުމުގެ އަޑު އިވިގެން ދިޔައެވެ. އެއަޑު އިވިއްޖެ މީހެއްގެ ހިތް ހަމަ ޔަޤީނުން ވެސް ކުދިކުދިވާނެ ކަން ޔަޤީނެވެ. އެ މައުސޫމު ކުށެއް ނެތް ކުއްޖާ ގިސްލަމުން ރޮމުން އެދަނީ އޭނާ އެވަރަށް އެރޮނީ ކޮން ސަބަބަކާއި މެދު ކަން ވެސް ނޭނގި ހުރެއެވެ. ހަމަ އެ ނާޒުކު ކުޑަކުޑަ ހިތުގައި އަޅާ ވޭނުން ކެތްނުވެގެނެވެ.

 

އޭނާގެ ކުށަކީ ކޮބާ ހެއްޔެވެ؟ މިހާ ބޮޑު އަނިޔާއެއް އޭނާއަށް އެލިބުނީ ކީއްވެ ހެއްޔެވެ؟ އޭނާގެ މައިންބަފައިން މިހާ ހިތާމަ އެކުރަނީ ކީއްވެ ހެއްޔެވެ؟ އޭނާގެ އެކުވެރިންގެ ހަބަރެއް ނުވަނީ ކީއްވެ ހެއްޔެވެ؟ އޭނާއަށް އެރޭ ވީ ކިހިނެއް ހެއްޔެވެ؟ އެއްވެސް އޭނާއަށް ހަޤީގަތް ކިޔައިދޭން ބޭނުން ނުވަނީ ކީއްވެ ހެއްޔެވެ؟ އޭނާ އަކީ ވެސް އިންސާނެކެވެ. ކެތްވާނީ ވަކި ވަރަކަށް ނޫން ހެއްޔެވެ. އޭނާގެ ހިތަށް ޒަހަރު ލާފައި ވާކަހަލައެވެ. އެހާވެސް އެ އަޅާ ވޭން ގަދައެވެ. ހަށިގަނޑަށް ހަންޖަރެއް ހެރިޔަސް އޭނާއަށް އެވާވަރު ނުވާނެއެވެ.

އިތުރަށް ރޯނެހާ ހިތްވަރު ނުލިބުމުން ޒިވްޔާ އިންތަނަށް ތިރިވެލިއެވެ. ގައިގައި އެޅި ވޭނަށް ބީރު ކަންފަތެއް ދެމުންނެވެ. އެއަށްވުރެ އޭނާގެ ހިތުގައިވާ ހައިޖާނުގަނޑު ބޮޑެވެ. އޭނާގެ ދިރިއުޅުމަށް ވެރިވެފައިވާ ތޫފާނީ ވިލާގަނޑު އިންތިހާއަށް ބޮޑުކަން އިހުސާސް ވުމުން ކަމަށް ވެސް ވެދާނެއެވެ. މިއީ ކޮންފަދަ އިމްތިހާނެއް ބާވައެވެ؟ ޔާ ﷲ އެވެ. މިއަޅާއަށް ކެތްތެރިކަން ދެއްވާށިއެވެ. މި ވޭނުން މިއަޅާ ސަލާމަތް ކޮށްދެއްވާށިއެވެ.

 

ކުއްލިއަކަށް އިވުނީ ދުމްޔާ ރޮއިގަތް އަޑެވެ. ޒިވްޔާ ދިޔައީ ސިއްސައިގެނެވެ. އަދި އޭނާއަށް ގަދަކަމުން ފިޔަވަޅު ނެގުން އެންމެ އަވަހަކަށް ފާރުގައި ހިފަހައްޓަމުން އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ. އޭރު އޭނާގެ ހެދުމުން ފެންތިކި ޖަހައެވެ.

ދުމްޔާ ހުރެގެން މުޅިތަން ހޯދަނީއެވެ. ރޮމުންނެވެ. ހީވަނީ މުޅި ދުނިޔެ ފެނު ޖެހިގެން އުޅޭހެނެވެ. ފާހަނާ ދޮރު ލައްޕާލާފައި އަނެއްކާވެސް ރޮއެގަތް ދުމްޔާ ހުއްޓުން އެރީ ޒިވްޔާގެ ހާސްވެފައިވާ އަޑު އިވުމުންނެވެ. “މަންމާ…”

ދުމްޔާގެ ލޮލުގައި ޒިވްޔާ އަޅައިގަތުމާއެކު އޭނާއަށް ވީގޮތް ވެސް ނޭނގުނެވެ. ރޮއެގަތްފައި އައިގޮތަށް އައިސް ޒިވްޔާގެ ކުޑަކުޑަ ހަށިގަނޑުގައި އޮޅުލައިގަތެވެ. “މަގޭ ދަރިފުޅާ” އޭ ކިޔައެވެ. ދުމްޔާގެ ހިތް އޭރު ނެގިނެގިފައި ޖެހެއެވެ. އޭނާ ރަނގަޅަށް ވެސް ބިރުގަނެއްޖެއެވެ. އޭނާ ވަރުބަލި ވެގެން ތާއްޔާ ޖެހިފައި، ހޭލެވުން އިރު އޭނާގެ ދެލޮލުގެ ނޫރުފަދަ ލޯބިވާ ދަރިފުޅު ފެންނާކަށް ނެތް ވިއްޔާއެވެ. އޭނާ ރަނގަޅަށް ވެސް ހީކުރީ އެ ކުއްޖާ ގެއްލުނީ ކަމަށެވެ. އޭނާގެ ލޮލުގެ ކޮޅުން އެކުއްޖާ ގެއްލޭކަށް އޭނާ ނޭދެއެވެ. އެހާވެސް އެ ދަރިފުޅު ދެކެ ލޯބިވެއެވެ. އެހެންނަމަވެސް އެފަދަ އަނިޔަލެއްގައި ތިމާގެ ދަރިފުޅު ފަނާ ވެގެން ދާތަން ބަލަން ކެތްވާނީ ވަކި ކޮން މަޔަކަށް ހެއްޔެވެ؟ ގައިމެވެ. އެއްވެސް މަޔަކަށް ކެތް ނުވާނެއެވެ.

 

ދެމައިން އެކަކު އަނެކަކުގެ ގައިގައި އޮޅުލައިގަނެގެން ހުރެ އެތައް އިރަކު ރުޔެވެ. ހީވަނީ އެކަކު އަނެކަކުގެ ގައިން ދޫކޮށްލަން ވެސް ބެނުން ނުވާ ހެނެވެ.

ޒިވްޔާއަށް ވެސް އޭނާގެ މަންމަގެ އަތުގެ ހިމާޔަތްކަން ލިބުމުން އިތުރަށް ރޮވުނެވެ. އޭނާގެ ހިތަށް ކެތްނުވީއެވެ. އޭނާއަށް ވީ ގޮތެއް ނޭނގުނު ނަމަވެސް އޭނާ ވަނީ އޭނާގެ މަންމަގެ ހިމާޔަތްކަމަށް ފެންބޮވައި ގެންފައެވެ. އޭނާއަށް އެނގެއެވެ. މުޅި ދުނިޔެ އޭނާއަށް ފުރަގަސަ ދިނަސް އެމަންމަ އޭނާއަށް ޓަކައި ހުންނާނެއެވެ.

 

ކޮޓަރި ދޮރު ހުޅުވާލާފައި ވަތް އަޒްހިރު ހުއްޓުން އެރީ ދެމައިން ތިބި ގޮތް ފެނިފައެވެ. އޭނާގެ ހިތުގައި ރިއްސާލިއެވެ. އޭނާގެ ކުޑަކުޑަ އާއިލާ މިވަނީ ބޮޑު ނިކަމެތި ކަމެއް ޖެހިފައެވެ. ނަމަވެސް އޭނާ ކެތްތެރިވާން ޖެހޭނެއެވެ. އޭނާގެ ލޯބިވާ ދަރިފުޅަށާއި، އަނބިމީހާއަށް ޓަކައެވެ.

“ދަރިފުޅާ…، ދުމް….” އަޒްހިރް ގޮވާލިއެވެ. އެއާއެކު މަޑުމަޑުން ޒިވްޔާގެ ގައިން ދުމްޔާ އަތް ދޫކޮށްލިއެވެ. “ހިނގާ ފެންވަރާލަން ދޯ؟ އެއްކޮށް ތެމިފައެއްނު ތިހިރީ، މަންމަގެ ދަރިފުޅު.” ދުމްޔާ ޒިވްޔާ އާއި ވާހަކަ ދެއްކީ ވަރަށް ލޯބިނެވެ. އަދި ޒިވްޔާ ގޮވައިގެން ގޮސް ފާހަނާއަށް ވަނެވެ.

އަޒްހިރް އަވަސް އަވަހަށް އޭނާ ގެނައި ފޮތްތައް ނެގިއެވެ. އެއީ ބައިވަރު ވާހަކަފޮތް ތަކެކެވެ. އޭނާގެ ދަރިފުޅުގެ ހިތަށް ހަމަޖެހުމެއް ލިބޭތޯ އޭނާ އައީ ވާހަކަ ފޮތް ގަނެގެނެވެ. އޭގެ އިތުރުން ދެތިން ޕްލަޝީސް އާއި، ކުލަ ޖައްސާ އެއްޗެއްސެވެ. އަދި އެކި އެކި ކާ އެއްޗެއްސެވެ. ހައްތާވެސް ޒިވްޔާގެ މޫނަށް ހިނިތުންވުމެއް ވެރިވޭތޯއެވެ.

 

ފާހަނާއިން ނުކުމެގެން އައި ޒިވްޔާ އެނދުގައި އިށީނދެލިއެވެ. އިރުކޮޅެއް ނުވެ ދެ ނަރުހުން އައިސް އޭނާގެ ގައިގައި ވާ ބެންޑޭޖުތައް ބަދަލުކުރިއެވެ. އެއަށްފަހު ޒިވްޔާ ހިތާއި ދެކޮޅަށް ކެޔެވެ. އޭނާގެ މަންމަ އާއި ބައްޕަ ހިތްހަމަ ޖައްސާދޭށެވެ. ނަމަވެސް ކެއުން އޭނާއަށް ވީ ބުރަ ކަމަކަށެވެ. އަނގަޔަށް ލީ ކޮންމެ އެތިކޮޅެއް ހީވަނީ އަނބުރާ ނުކުމެދާނެ ހެނެވެ. އެންމެފަހުން އޭނާ ކާން ޖެހުނީ ފެނާއި ލައިގެން ގަދަކަމުންނެވެ.

…………..

 

ޒިވްޔާ ގެއަށް ދޫކޮށްލީ އޭގެ 3 ދުވަސް ފަހުންނެވެ. އޭނާ ހޮސްޕިޓަލުގައި އޮތް 3 ދުވަހުގެ ތެރޭގައި ވެސް ބައެއް ދުވަސް ދުވަހު ފުލުހުން އައިސް އުޅުނެވެ. އެމީހުން ކޮންމެ ދުވަހަކުވެސް ޒިވްޔާއަށް އެއްވެސް ކަމެއް ހަނދާންވޭތޯ އެހިއެވެ. ނަމަވެސް ނޫނެކޭ ބުނުމުން އިތުރަކަށް ސުވާލެއް ނުކުރެއެވެ. އެމީހުން އޭނާގެ މައިންބަފައިނާއި ސިއްރުން ވާހަކަ ދައްކާ ހެދިއެވެ.

ޒިވްޔާ ގެއަށް ދޫކޮށްލި ފަހުން އަބަދު އިންނަނީ މަޑުޖެހިފައެވެ. އޭނާގެ މަންމަ އިރު އިރުކޮޅާ ކޮޓަރިއަށް އައިސް ރަނގަޅުތާ އަހާލާނެއެވެ. ނޫނިއްޔާ ކާން ބޭނުމީ ކޯއްޗެއްތޯ އަހާނެއެވެ. އައިސް ބޮލުގައި ފިރުމާލާނެއެވެ. ކޮޓަރިން ނުކުންނަ ގޮތަށް ރޯ އަޑު އިވޭނެއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ޒިވްޔާ އަކީ ދުމްޔާގެ ފުރާނަ ފަދަ ދަރިފުޅު ވިއްޔާއެވެ. އެހާލުގައި ދަރިފުޅު އުޅޭތަން ބަލަން ކެތްވާނީ ވަކި ކޮށްފައެވެ.

ދެން ހުރީ އޭނާގެ ބައްޕައެވެ. އަޒްހިރެވެ. އަޒްހިރް ހުންނަނީ ޒިވްޔާ އާއި ވާހަކަ ވެސް ނުދައްކައެވެ. ހަގީގަތުގައި އޭނާގެ ދަރިފުޅަށް އެހާ ބޮޑު އަނިޔަލެއް ލިބުނީތީ އޭނާއަށް ކެތްނުކުރެވެނީއެވެ. އޭނާއަށް އޭނާގެ ދަރިފުޅު ސަލާމަތް ވެސް ނުކުރެވުނެވެ. އޭނާއަށް އިހުސާސް ކުރެވެނީ ކުށްވެރިއެއްގެ ގޮތުގައެވެ. ބައްޕައެއްގެ ޒިންމާ ވެސް އޭނާއަށް އަދާ ނުކުރެވުނީއެވެ.  އޭނާ އަކީ ކޮންކަހަލަ ބައްޕައެއް ހެއްޔެވެ؟  އޭނާގެ ލަގޮނޑިއަށް ކެތް ނުވާ ވަރު ވިއެވެ. މީ ކޮންފަދަ ހިތާމައެއް ހެއްޔެވެ؟

އަޒްހިރްގެ ކަމަކީ އަބަދު ޒިވްޔާއަށް ހަދިޔާ އެއްޗެސް ގެނައުމެވެ. ކިރިޔާ ވެސް އެކުއްޖާގެ މޫނު މައްޗަށް ހިނިތުން ވުމެއް ވެރިވޭތޯއެވެ.

އެންމެން މިހާރު އޭނާ އާ މެދު ކަންތައް ކުރާގޮތުން ޒިވްޔާއަށް ދިޔައީ އެތަކެއް އުނދަގޫ ވަމުންނެވެ. ހީވަނީ އެއިން މީހަކު އެސްފިޔަ ޖަހާލާ ވަގުތު އޭނާ ގެއްލިދާނެތީ އުޅޭހެނެވެ. އެކަމާ ބިރުން ހުންނަ ހެނެވެ. އެ ބިރު އެމީހުންގެ ލޯތަކުން ނިކަން ސާފުކޮށް ފެންނަން ހުރެއެވެ. އޭނާ އާއި ވާހަކަ ދައްކާއިރު އެ ގެންގުޅޭ މަޑުމައިތިރި ކަމެވެ. އޯގާތެރި ކަމެވެ. ރަޙުމެވެ.

އޭނާގެ މަންމަ ވެސް އޭނާއާ މެދު ކަންތައް ކުރާގޮތުން ހީވަނީ އޭނާ އަކީ ބިއްލޫރިކޮޅެއްހެނެވެ. ހަމަ އެންމެ ނުބައި އިޝާރާތަކުން، ނުވަތަ ބުނެވޭ ކުޑަކުޑަ ބަހަކުން، ނޫނީ ލާ ނޭވާގެ ވައިގެ ސަބަބުން ވެސް އެކުއްޖާ ފުނޑުފުނޑު ވެ، ދުވަހަކުވެސް އަނބުރާ ނުގުޅެވޭނެ ވަރަށް ބިނދިގެން ދާނެހެނެވެ.

“ބީ ކެއަފުލް.”

ބީ. ކެއަފުލް.

ބީ. ކެ-އަ-ފު-ލް.

ޒިވްޔާގެ ހިތުގައި އެބަސް ދެކެ ފޫހި ކަމެއް އުފެދިގެން ދިޔައެވެ. އެބަސްތައް އޭނާގެ ފަހަތުން ދުވާ ކަހަލައެވެ. އޭނާ ދާތާކަށް ފަސް ފަހަތުން އާދެއެވެ. އޭނާގެ ހިޔަނި ފަދައިނެވެ. އޭނާގެ ހިތް އެދެމުން ދިޔައީ އަޑުގެ ނެތް ތަނަށް ހިތް ފުރެންދެން ހަޅޭލަވައިގަންނާށެވެ. އެމީހުން އެހެން ބުނާ ކޮންމެ ފަހަރަކު އޭނާއަށް އިތުރަށް ޔަގީން ކަން ލިބިގެން ދާތީއެވެ. ކޮންމެވެސް ކަމެއް ހިނގައިފިއެވެ. އޭނާގެ ހިތް ކިތަންމެ ވަރަކަށް ގަބޫލު ކުރަން ދެކޮޅު ހެދި ނަމަވެސް އެއީ ހަގީގަތް ކަން އޭނާގެ ސިކުނޑި އަންގަމުން ދިޔައެވެ. އޭނާ ކިތަންމެ ވަރަކަށް ހަޅޭލަވަން ބޭނުންވިއެވެ. މުޅި ދުނިޔެއަށް އޭނާގެ ވޭން އަންގާދޭށެވެ. އޭނާގެ ޝަކުވާތައް ބަންޑުން ކޮށްލާށެވެ. އޭނާގެ ހިތުގައިވާ އުފެދުނު ކުޑަކުޑަ އަލިފާންކަނި ހުއްޓުމެއްނެތި އަނދަ އަނދާ ހުރި އަލިފާންގަނޑަކަށް ބޮޑުވެގެން ދިޔައިރު އޭގެ ހޫނުން މުޅި ދުނިޔެ ފިއްސާލާށެވެ.

އެހެނަސް…

އޭނާގެ އެ އަޑު އޭނާގެ އަރަކުން ބޭރެއް ނުވިއެވެ. އެއަޑު ވަނީ އޭނާގެ ހިތުގެ ވޭނީ ކަސްތަޅުގައި އެޅި ބެދިފައެވެ.

 

އޭނާގެ އެންމެ ލޯބިވާ މީހުންގެ ނަޒަރުގައި އޭނާ ނިކަމެއްޗަކަށް ވީ ކިހިނެއް ހެއްޔެވެ؟ އެމީހުނަށް އޭނާ އަކީ ތަފާތު ކުއްޖެއްގެ ގޮތުގައި ފެންނަން ފެށީ ކޮން އިރަކު ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟

އެމީހުން އޭނާއަށް ބަލާ ބެލުމުގައި ވަނީ ހިތްދަތި ކަމެވެ. ލޮލުގައި ވަނީ ހަމްދަރުދީއެވެ. ނަމަވެސް ވިސްނާ ވިސްނާ ވެސް ވެގެން އުޅޭ ގޮތެއް ޒިވްޔާ އަކަށް ނޭނގުނެވެ. ގައިމުވެސް ވެގެން އުޅޭ ކަމެއް އޭނާ ފިޔަވާ އެންމެނަށް ވެސް އެނގޭ ކަހަލައެވެ. އޭނާއަށް އިހުސާސް ވަމުން ދިޔައީ އެންމެން އޭނާ ބާކީ ކޮށްލާފައި ވާ ފަދައިނެވެ.

އޭނާގެ ދިރިއުޅުމުގައި ބޮޑު ކަމެއް ހިނގިއިރު ހުދު އޭނާގެ ކިބައިން އެކަމެއް ސިއްރު ކުރެވެން ވީ ކީއްވެ ހެއްޔެވެ؟ އެހެނަސް ކުރާނީ ކީއް ހެއްޔެވެ؟ އޭނާގެ ކުރިމަތީގައި އެވާހަކަ ދެއްކުން މަނަލެވެ. އެއާ ބެހޭގޮތުން ސުވާލެއް ކުރިޔަސް މަޢުލޫ ބަދަލު ކޮށްލައެވެ. އޭނާ އެންމެ ހިތްދަތިވީ އަމިއްލަ ހަނދާން ތަކުން ވެސް އޭނާ މަހުރޫމުވެފައި ވާތީއެވެ. އެ ހަނދާން ތަކައި ނުލާ އޭނާ ތާށިވެފައި ވާ ކަހަލައެވެ. ތަނެއް ދޮރެއް ނޭނގޭ އަޑި ގުޑަނެއް ތެރޭގައެވެ. ކަޅު އަނދިރި ކިއްލާއެއްގެ ތެރޭގައެވެ.

ކޮންމެ ރެއަކު އޭނާ ނިދަނީ އެހާ ހާލުންނެވެ. ނިދޭ އިރަށް އޭނާއަށް ރޮއެ ގަނެފައި ހޭލެވެއެވެ. ހުވަފެނުގައި މަންޒަރުތަކެއް ފެނެއެވެ. އޭނާގެ މުޅި މީހާ ރޫރޫ އަރާވަރު ކުރުވައެވެ. ބިރުން ގޮސް ނޭވާ ނުލެވޭ ވަރު ވެއެވެ. ނަމަވެސް ހޭ ލެވުމާއެކު އެ ފެނުނު މަންޒަރުތައް މަތިން ހަނދާން ނެތެއެވެ. ރޮވެނީ ކީއްވެ ކަމެއް ވެސް ނޭނގި ހުރެ ގިސްލެވެއެވެ. އެ ހުވަފެންތަކުން – އެ ގޮތް ނޭނގޭ އަނިޔާތަކުން އޭނާ ދުރުވާން ބޭނުން ވެއެވެ. އެއާއެކު ދެން ވެސް އޭނާގެ ހިތުގައި އުފެދެނީ ސުވާލެކެވެ.

އޭނާގެ ހަނދާނުގައި ނެތް ކަމަކުން އޭނާ ވަކި ސަލާމަތް ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ހަށިގަނޑު ސަލާމަތްވީ ނަމަވެސް އޭނާގެ ނަފްސު ސަލާމަތެއް ނުވެއެވެ. އޭނާގެ ހިތާއި ސިކުނޑި ސަލާމަތެއް ނުވެއެވެ. ވީއިރު އޭނާގެ ދިރިއުޅުމުގެ ތެރޭގައި ކަމެއް ހިނގިއިރު އެ ކަމެއް ނުވާ ކަމަކަށް ހަދާނީ ކިހިނެއް ހެއްޔެވެ؟ ދެން ވެސް އުފެދެނީ ސުވާލެކެވެ. އޭނާގެ ދިރިއުޅުމުގައި ހިނގާ ދިޔަ ކަންތަކުގެ ތެރެއިން ހަނދާ ނުވާ ކަމަކަށް އޭނާ ހިތާމަ އެކުރަނީ ކީއްވެ ހެއްޔެވެ؟ ކިހިނަކުން ހެއްޔެވެ؟

 

“ޒިވީ އަދިވެސް އެބަހުރީމެވެ.” ޒިވްޔާ އޭނާގެ ލޯބިވާ އާއިލާ އަށާއި އެކުވެރިންނަށް ބުނަން ބޭނުންވިއެވެ. “އަހަރެންނަކީ އަދިވެސް ހަމަ ކުރީގެ ޒިވްޔާއެވެ. އާދޭސް ކޮށްފައި ބުނަމެވެ. އަހަރެން ދުނިޔޭގައި ހުރެ ގެއްލިފައިވާ މީހެއްގެ ގޮތުގައި ނުހަދާށެވެ. އަހަރެންނާއި ދިމާލަށް އެގޮތަށް ނުބަލާށެވެ. އަހަރެންނަކީ އަދިވެސް ޒިވްޔާ އަޒްހިރެވެ. ތިހެން ނުހަދާށެވެ. އަހަރެން އަދިވެސް އެބަހުރީމެވެ.” ނަމަވެސް އެ ޖުމްލަތައް އޭނާގެ ކަރުބުޑުގައި ތާށިވެފައި ވާ ކަހަލައެވެ.

އޭނާގެ މައިންބަފައިންގެ ލޮލަށް ބަލާލާ ކޮންމެ ފަހަރަކު ޒިވްޔާގެ ހިތުގައި އަދި އިތުރު ސުވާލެއް އުފެދުނެވެ. އެމީހުން އެހިތާމަ ކުރަނީ އެމީހުންގެ ގެއްލުނު ދަރިފުޅާ މެދުގައި ބާވައެވެ؟

ފަހަރުގައި… ހަމަ އަސްލަށް ވެސް އެއީ ހަގީގަތަކީ ހެއްޔެވެ؟

ސަބަބަކީ، އެ ގެއްލުނު ހަނދާންތަކުގެ ތެރެއިން ކޮންމެވެސް ހިސާބެއްގައި، އެ ހަނދާންތަކާއެކު އެދުވަހު އޭނާގެ އަމިއްލަ ނަފްސުގެ ބައެއް ވެސް އުނިވެފައިވާ ކަމުގެ އިހުސާސް އޭނާއަށް ކުރެވުނީތީއެވެ. ފަހަރުގައި… ދުވަހަކުވެސް އެބައި އަނބުރާ ނާންނާނެކަމުގެ އިހްސާސް އޭނާއަށް ކުރެވުނެވެ.

އެހެނަސް ހިތްވަރުކޮށްފައި އޭނާގެ ހިތް ބުނަމުން ދިޔައެވެ.

“އަހަރެންނަކީ ހަމަ ޒިވްޔާއެވެ. ހަމަ ޒިވްޔާ އަޒްހިރެވެ. އަހަރެން އަދިވެސް އެބަހުރީމެވެ. އަހަރެން ދިރިހުއްޓާ މަރާނުލާށެވެ.”

 

 

============

Hope you enjoyed this episode as well. Thank u for ur support and love.

Shyyyms.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ލޯބިން ބުނާތީ 38

Next

ހިތް ބުނަނީ އަދި އަންނާނޭ!

Next
August 3, 2026

ހިތް ބުނަނީ އަދި އަންނާނޭ!

Previews
August 3, 2026

ލޯބިން ބުނާތީ 38

10 Comments!

  1. Anonymous says:
    August 3, 2026 at 3:49 pm

    ❤️❤️❤️❤️❤️❤️❤️❤️

    1. Shyyyms Shyyyms says:
      August 3, 2026 at 7:49 pm

      🩷🩷🩷

  2. Anonymous says:
    August 3, 2026 at 3:49 pm

    ❤️❤️❤️❤️❤️
    Love ittt💋

    1. Shyyyms Shyyyms says:
      August 3, 2026 at 7:48 pm

      Thank u🩷

  3. Azu says:
    August 3, 2026 at 3:51 pm

    Mi Bai Kiyuneema Ves Hama Rovenee. Mashallah Varah Reethi Mi Bai Ves. Adhi Ithuru Hihvarakaa Eku Mi Vaahakaige Aneh Vaahaka Liyelan Masahakai Kohlaa…
    Take Care
    LY <3

    1. Shyyyms Shyyyms says:
      August 3, 2026 at 7:47 pm

      Thank u so much 🩷
      Will upload next episode also very soon insha’Allah 🫶🏻

  4. Liva says:
    August 3, 2026 at 7:51 pm

    Hama reechasves rovihje. Adji haahsoh aharen dhirihuhtaa maraa nulaashe. It really hit home. Zivy ge ihusaasthah kiyaadhyfa hurigothun varah reethi. Ekam hama rovuny kee varakah.
    When next?

    1. Shyyyms Shyyyms says:
      August 4, 2026 at 8:42 am

      Thank you. Will be uploading the next episode soon insha allah

  5. lara_11 says:
    August 4, 2026 at 10:24 pm

    zivy ge ihusaastha kiyaafaa huri gothun my heart break vage
    but i really wish she will be well soon and het love life start an with again the boy that paint i frogot the name but vrh vs reethi mi part mashallah
    when next
    TAKE CARE=====
    LYSM

  6. lara_11 says:
    August 4, 2026 at 10:26 pm

    zivy ge ihusaastha kiyaafaa huri gothun my heart break vage
    but i really wish she will be well soon and her love life start againi with the boy that paint forogot the name but vrh vs reethi mi part mashallah
    when next
    TAKE CARE
    LYSM

Comments are closed.

Next Episodeހިތް ދެވިއްޖޭ ކަލާއަށް ޓަކައި 20←


All Right Reserved!