Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް 31 ވަނަ ބައި

wish
wish Level 3100 Login10 Stories
August 13, 2026 6 Mins Read
6 Comments

“ވަޓް އިޒް ދިސް، ޔޫލީ؟” މާންގެ އަޑު އައީ ފިއްތާލެވިފައިވި ދަތްތަކުގެ ތެރެއިންނެވެ. އެ އަޑުގައިވި ފިނިކަމުން މުޅި ކޮޓަރި ތެރެއަށް ތޫފާނެއްގެ ވައި އައި ފަދައެވެ.

“ވަޓް….. އައި އެމް ރެޑީ” މާންގެ އަޑުގައިވި އަސަރުން ފަސް ޖެހުނު ނަމަވެސް ޔޫލީ ހިނިތުން ވެލަމުން ބުނެލިއެވެ.

“އައި ސެންޓް ޔޫ އަ ޑްރެސް! ކޮންކަހަލަ ހެދުމެއްތަ ތިހިރީ ލާފަ؟ އަހަންނަކަށް ނުބުނެވޭތަ އަހަރެން ބޭނުންވާ ގޮތަށޭ ޔޫލީ ހެދުން އަޅަން ޖެހޭނީ؟” މާން ޔޫލީގެ ކުރިމައްޗަށް ހުއްޓެމުން، ޔޫލީގެ މޫނާއި ދިމާއަށް ގުދުވެލިއެވެ. “ވެއަރ އިޒް ދަ ޑްރެސް އައި ސެންޓް؟” އަކުރުތަކަށް ބާރު ލަމުން ލަސް ލަހުން މާން ބުނެލިއެވެ.

“ނޯ ވެއަރ ނިއަރ މައި ބޮޑީ” ޔޫލީ އިސްއުފުލާ ސީދާ މާންގެ ދެލޮލަށް ބަލާލިއެވެ. އޭނާގެ ދެލޮލުން ފެންނަން ހުރީ ގޮންޖެހުމާއި ސާބިތުކަމެވެ.

މާންގެ ކެތްތެރިކަން ކޮޅުންލިއެވެ. ‘މި އަންހެނާއާއި ހެދި ހަފްލާ ފެށެންވާއިރަށް ވެސް ދެވޭނެ ކަމެއް ނޭނގެއެވެ.’ މި ކަންތައްގަނޑުގެ ސަބަބުން މާންގެ ސިކުނޑިއަށް ބާރު ބޮޑުވިއެވެ. “އައި ކޭން ސީ ދެޓް… އެންޑް ދަ ޑްރެސް ޔޫ ޗޯސް ޓު ވެއަރ އިސް ފިޓް ފޮ އަ ޕޮ******… އޭސް ލޯންގް އޭސް ޔޫ އަރ މައި ވައިފް ޔޫ ކާންޓް ގޯ އައުޓު ވެއަރިން އަ ޑްރެސް ލައިކް ދެޓް” އޭނާ ކުއްލިއަކަށް ޔޫލީގެ ހެދުމުގެ ކަރުގައި ދެއަތުން ބާރަށް ހިފަހައްޓައި، އަދިވެސް އިތުރަށް އޭނާއާއި ގާތަށް ދަމާލަމުން ބުނެލިއެވެ.

“ނޯ ވަން ސީޒް ޔޫ ލައިކް ދިސް” ހެދުމުގެ މެދުން ވީދާލަމުން މާން އިތުރުކޮށްލިއެވެ. އައިސްފައިވާ ރުޅިން އޭނާގެ ލޮލުގެ ރަތްކަން އިތުރު ވެފައިވިއެވެ.

“މާން” ހިތަށްވެސް އަރުވާފައި ނެތް ކަމެއް މާންގެ ފަރާތުން ފެނުމުން ޔޫލީ ސިއްސައިގެން ގޮސް ހައިރާންކަމާއިއެކު ހަޅޭއްލަވައިގަތެވެ.

ސިލްކު ހެދުން ފެޅިގެން ގޮސް، ޔޫލީގެ ކޮނޑުމަތިން ތިރިއަށް ވެއްޓުނެވެ. މާން ޔޫލީގެ ހަށިގަނޑު ކައިރިއަށް ދަމާލާ، އޭނާގެ ކޮނޑުގައި ބާރަށް ހިފަހައްޓާލިއެވެ. ޔޫލީގެ ކޯތާފަތަށް ޖަންބު ކުލަ އަރައިގެން ދިޔައީ މާންގެ ކުރިމަތީ އޭނާގެ ހަށިގަނޑު ކަޝްފުވެގެން ދިއުމުންނެވެ. އެ ރީތި ހަށިގަނޑުގެ ބޮޑުބައެއް ފޭރާމަކާއި ނުލާ ކުރިމަތީވީ އިރު މާން ދިޔައީ އޭނާގެ ހިއްސުތަށް ހަމަ އަކަށް އަޅުވަން އިންތިހާއަށް މަސައްކަތް ކުރަމުންނެވެ. ދެމީހުން ވަނީ އެކަކު އަނެކަކުގެ ނޭވާ އިހްސާސްވާހާ ގާތުގައެވެ. މާންގެ ނަޒަރު ޔޫލީގެ މޫނަށް އަމާޒުވިއިރު، އޭނާގެ ހިތުގައި އުފެދިފައިވަނީ ބުނެދޭން ނޭނގޭފަދަ ހަސަދަވެރި ކަމެކެވެ. އެހެން އެއްވެސް ފިރިހެނަކަށް ޔޫލީ އެ ފަދަ ނިވާކަން ކުޑަ ހެދުމެއްގައި ފެންނާކަށް އޭނާގެ ހިތެއް ނޭދެއެވެ.

“ޔޫ ތިންކް ދިސް އިޒް އަ ގޭމް؟” މާންގެ ތޫނު ނަޒަރު ޔޫލީގެ ދެލޮލަށް ހުއްޓުނެވެ. “އަހަރެން ބުނީމެންނު ޔޫލީއަށް ހިނގާނީ އަހަރެންގެ އަމުރޭ؟ ޔޫ ތިންކް ޔޫ ކޭން ޗެލެންޖް މީ؟”

“ވައި ނޮޓް، މާން؟” ޔޫލީ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިކޮށްލިއެވެ. “އަހަރެންނަކީ އަބަދުވެސް އަހަރެން ބޭނުން ގޮތަކަށް ހެދުން އަޅާ މީހެއް… ތިއުޅެނީ ތި މީހާގެ ރީތި އަދާ ތަކަށް މީހުން މަލާމާތް ކޮށްފާނެ ތީނު؟ ހުމްމް .. އަހަންނަށް އެނގެއޭ ތިޔަ ފުރޭތައިގެ ސްޓޭންޑާޑްސް އަށް ނުފެތިގެން. އެހެންނު؟ ބަޓް ލެޓް މީ ރިމައިންޑް ޔޫ … ދިސް އިސް މައި ހޯމް ނޮޓް ޔުއަރ އޮފީސް … އޯރ އަރ ޔޫ ސުކެއަރޑް ދެޓް ޕީޕަލް ވިލް ސީ އައި ޑޯންޓް ބިލޯންގް ޓު ޔޫ؟”

މާން ޔޫލީގެ ގައިގާ ކުރިއަށް ވުރެ ވެސް ބާރަށް ހިފަހައްޓާލަމުން އަދިވެސް ކައިރިއަށް ދަމާލިއެވެ. ފޭރާމެއް ނެތް ޔޫލީގެ ހަށިގަނޑު މާންގެ ފުޅާ މޭގާ ޖެހި ފިތުނެވެ. އޭނާގެ ހިތުގައިވި ލޯބި އުތުރި އެރި ނަމަވެސް ފާޅުވީ ރުޅިވެރިކަމުގެ ސޫރައިގައެވެ.

“ލިސަން ޓު މީ ވެރީ ކެއަރފުލީ، ޔޫލީ” މާން ޔޫލީގެ މޫނާ ދާދި ކައިރިއަށް ގުދުވެލަމުން، މަޑުމަޑުން އިންޒާރުދިނެވެ. “ޔޫ ބިލޯންގް ޓު މީ. އެވްރީ ސިންގަލް އިންޗް އޮފް ޔޫ. އަހަރެން ނޭދެން މީހެއްގެ އެންމެ ނަޒަރެއްވެސް ތި ހަށިގަނޑަށް އަމާޒުވާން. ޑަ** އިޓް ޔޫލީ ..ޔޫ އަރ ނޮޓް މޭކިން އިޓް އީޒީ ފޮ މީ”

މާން ޔޫލީގެ އަތުން ދޫކޮށްލުމަށްފަހު، އެދުމަތީ އޮތް ހެދުން ނަގައި، ޔޫލީގެ މޭމަތީގައި ޖައްސާލިއެވެ.

“ޗޭންޖް. ރައިޓް ނައު” މާންގެ މޫނުމައްޗަށް ވެރިވީ ނުރައްކާތެރި، ފިނި ހިނިތުންވުމެކެވެ. “އަހަރެން ދޭނީ ފައިވް މިނިޓްސް. ޗޭންޖް އިންޓު ދިސް ޑްރެސް، އޯރ އައި ސުވެއަރ… ވީ ވޯންޓް އީވަން ލީވް ދިސް ރޫމް ޓުނައިޓް. ” އަޑަށް ބާރު ލަމުން މަސްތީ އަސަރާއިއެކު ބުނެލި ފަހު ޖުމްލައިން ޔޫލީއަށް ތެޅިގަނެވުނެވެ. އެ އަޑުގައިވީ މަސްތީ އަދި އެހާމެ ނުރައްކާތެރި އަސަރުން އޭނާގެ މުޅި ހަށިގަނޑުގައި ފިނިރޯޅިއެއް ދުވެލިއެވެ. މާން އެ ބުނި ވާހަކައިގެ ނުރައްކާތެރިކަން ޔޫލީއަށް ވަރަށް ރަނގަޅަށް ސާފުވިއެވެ. މިއީ މާންއާ އިތުރަށް ގޮންޖަހައި، ޖަދަލުކުރަންވީ ވަގުތެއް ނޫންކަން އޭނާގެ ސިކުނޑި ވިސްނައިދިނެވެ.

“އިޔޫ .. ފައިން ކޮންޓްރޯލިން ބީސްޓް… އައި ހޭޓް ޔޫ… ޖަސްޓް ގެޓް ލޮސްޓް .. އައި ވިލް ބީ ޑައުން އިން ފައިވް.” މާންގެ ވިސްނުން އެހެން ދިމާއަށް އެބުރޭހެން ހީވުމުން އަވަސް އަވަހަށް ޔޫލީ ބުނެލިއެވެ. އަދި އޭނާ އަތުން އެ ހެދުން އަތުލާ މޭމަތި ފޮރުވޭނެހެން ޖައްސާލިއެވެ.

“ޑޯންޓް ބީ ލޭޓް” އިތުރަށް ޔޫލީއާއި ބަހުސްކޮށްގެން ގަޑިޖެހޭނެކަން އެނގޭތީ މާން ކޮޓަރިން ނިކުތެވެ.

ޔޫލީ ހަލުވިކޮށް ހެދުންލާ ސެންޓު ޖަހައިލައިގެން ކޮޓަރިން ނިކުތެވެ. ޔޫލީ ސިޑިން ތިރިއަށް ފައިބައިގެން އައިއިރު، ފެންނަމުންދިޔައީ އިންތިހާ ހައިބަތާއި ރީތިކަމެވެ.

އޭނާ ލައިގެން ހުރި ގަދަ ފެހި ކުލައިގެ ސިލްކު ސެޓިން ގައުން، އޭނާގެ ނާޒުކު ހަށިގަނޑަށް ފެތި، އުނަގަނޑުން ފެށިގެން ތިރިއަށް ރީތި ރާޅުތަކެއްހެން އޮއްސެމުން ދިޔައެވެ. ހެދުމުގެ ކަރުން ފެށިގެން މޭމައްޗަށް ދާންދެން ވަރަށް ފަރުވާތެރިކަމާއެކު ޖަހާފައިވާ ރިހި އަދި ފެހި ކުލައިގެ އެސްތަކާއި މިނާތައް، ގޭގެ އަލިކަމުގެ ތެރޭގައި ތަރިތަކެއްފަދައިން ބަބުޅަމުން ދިޔައެވެ. ދިގު އަތްކުރިއަށް ދާންދެން އެސްޖަހާ ފުރާލެވިފައިވާއިރު، ކޮނޑުމަތިން ފެށިގެން ދެފަރާތަށް ވައްޓާލެވިފައިވާ ތުނި ފޮތިގަނޑު ބިންމައްޗަށް ދެމިގެން ގޮސްފައިވަނީ ރާނީއެއްގެ ހައިބަތު އޭނާއަށް ގެނެސްދެމުންނެވެ. އެ ފޮތިގަނޑުގައިވާ އެސްތައް އޭނާގެ ކޮންމެ ހަރަކާތަކާއިއެކު ވިދާ ބަބުޅަމުން ދިޔައެވެ.

ސިޓިންރޫމް ސޯފާ ގައި، އިންތިޒާރުގައި އިން މާންގެ ނަޒަރު ޔޫލީއަށް އަމާޒުވުމުން އޭނާގެ ނޭވާވެސް ހުއްޓުނު ފަދަ އިހުސާސެއް ވިއެވެ.

މާންގެ ތޫނު ދެލޯ ވަނީ ޔޫލީގެ މޫނުން ފެށިގެން ގޮސް، އޭނާގެ މުޅި ހަށިގަނޑަށް ހުއްޓިފައެވެ. މާން ބޭނުންވި ގޮތަށް މުޅި ހަށިގަނޑު ނިވާވެފައިވީ ނަމަވެސް، އެ ހެދުމުގައި ޔޫލީ ފެންނަލެއް ކުރިއަށްވުރެވެސް މާ ފުރިހަމަ ހެން އޭނާއަށް ހީވިއެވެ. އެއީ ނުރައްކާތެރި ފުރިހަމަކަމެކެވެ. ފިރިހެނުންގެ ހިތް ދަމާ ބާރެކެވެ. ހެދުމުގެ ކުލައިން ޔޫލީގެ އޮމާން، އަލި ހަމުގެ ކުލަ އިތުރަށް ފާޅުކޮށްދޭއިރު، އޭނާގެ ކުރު އިސްތަށިގަނޑާއި މަޑު ނޫކުލައިގެ ދެލޯ އެ ހެދުމުގެ ފުރިހަމަކަމާއި ނުހަނު ގުޅެއެވެ.

‘ކޮންފަދަ ރީތިކަމެއް ހެއްޔެވެ…’ މާންގެ ސިކުނޑީގައި ވަނީ އެންމެ ހިޔާލެކެވެ. އޭނާގެ ތޫނު ދެލޮލުން ފެނިގެންދިޔައީ ފޮރުވަން އުނދަގޫވި ތައުރީފާއި، އޭނާގެ ހިތުގައި ޔޫލީއަށްޓަކައިވާ އިންތިހާގެ ލޯތްބެވެ. ނަމަވެސް އެ އަސަރުތަށް ސިކުންތު ކޮޅެއްގެ ތެރޭ ނެތި ދިޔައީ މާކުރިންސުރެ އޭނާ ހިތުގައި އުފެދިފައިވި ޝައްކާއި ކެކެމުންދިޔަ ހަސަދަވެރިކަމެއްގެ ސަބަބުންނެވެ.

ޔޫލީ ސިޑިން ފޭބުމާއިއެކު، މާން ސޯފާއިން ތެދުވެ އޭނާގެ ހެދުން ރީތިކޮށްލިއެވެ. ދެމީހުންގެ ދެމެދުގައި ސިއްރު ނަޒަރުތަކާއި ތަފާތު އިހުސާސްތަކެއް ބަދަލުވެގެން ދިޔަނަމަވެސް، އިތުރު ބަހެއް ނުބުނެ، ދެމީހުން އެކުގައި ގޯތިތެރޭގައި އޮތް ކާރަށް އަރައި މިސްރާބުޖެހީ ހަފުލާ ބާއްވާ ފަސްތަރީގެ މާހައުލު ކަމުގައިވާ ނާސަންދުރަ އަށެވެ.

ކާރު ގޮސް ނަސަންދުރައިގެ މައި ދޮރާއްޓާ ހަމައަށް މަޑުކޮށްލިއިރު، މުޅި ސަރަހައްދު އޮތީ ދިއްލާލެވިފައެވެ. މީޑިއާގެ ކެމެރާތަކުގެ ފްލޭޝްލައިޓްތަކާއި، ނޫސްވެރިންގެ ހަލަބޮލިކަމުން މުޅި މާހައުލު ގުގުމަމުން ދިޔައެވެ. މާން ކާރުން ފޭބުމަށްފަހު، ސާބިތުކަމާއިއެކު ގޮސް ޔޫލީ އިން ފަރާތުގެ ދޮރު ހުޅުވާލައި، އޭނާގެ އަތް ދިއްކޮށްލިއެވެ. ޔޫލީ މާންގެ އަތުގައި ހިފާލައިގެން ކާރުން ފޭބި ވަގުތު، ކެމެރާތަކުގެ އަލިން މުޅި ސަރަހައްދު އަލިވެގެން ދިޔައެވެ.

އެމް ޑިޒައިންސްގެ 7 ވަނަ އަހަރީ ދުވަހުގެ ހާއްސަ ތީމަކީ ފެހި ކުލައާއި ހުދު ކުލަ ކަމަށްވުމުން، މުޅި ނަސަންދުރަ ވަނީ އެ ދެ ކުލައިން ޒީނަތްތެރިކުރެވިފައެވެ. ހަފުލާ ބާއްވާ ބޮޑު ހޯލަށް ވަދެގެންދާއިރު ރަތް ދޫލައިގެ ބަދަލުގައި އޮތީ ގަދަ ފެހިކުލައިގެ ދޫލަ އެކެވެ. ދެފަރާތުގައިވަނީ ސާފު ހުދުކުލައިގެ ތާޒާ ލިލީ އާއި އޯކިޑް މަލުގެ ބޮޑެތި ގުލްދަސްތާ ތަކެވެ. މަތީ ސީލިންގުން އެލުވާލެވިފައިވާ ކްރިސްޓަލް ޗާންދެލިއަރުތަކުގެ އަލި، ހުދު އަދި ފެހި ކުލައިގެ ސެޓިން ފޮތިގަނޑުތަކަށް އެޅެމުންދިޔައިރު، މުޅި މާހައުލުން ފެންނަނީ ނުހަނު މަތީ ފަންތީގެ، ތަފާތު ހައިބަތެކެވެ.

ހަފުލާއަށް ހާޒިރުވެތިބި އެންމެހައި މެހެމާނުންނާއި، ވިޔަފާރިވެރިން އަދި ކުންފުނީގެ މުވައްޒަފުންވެސް ތިބީ ތީމާ އެއްގޮތަށް، ފެހި ކުލައިގެ ތަފާތު ޝޭޑްތަކުގެ އަގުބޮޑު ހެދުންތަކުގައެވެ. މާންއާއި ޔޫލީ ހޯލުގެ ތެރެއަށް ވަދެގެން އައި ވަގުތު، މުޅި ހޯލުގެ ސަމާލުކަން އެކީގައި އެ ދެމީހުންނަށް ހުއްޓުނެވެ.

ޔޫލީގެ ކޮނޑުމަތިން ދެމިގެން ގޮސްފައިވާ އެސްޖެހި ތުނި ފޮތިގަނޑުން އޭނާގެ ސޫރައަށް ރާނީއެއްގެ ހައިބަތު ގެނެސްދެމުން ދިޔައިރު، މާން އޭނާގެ އުނަގަނޑުގައި ހިފާލައިގެން ހުރި ގޮތުން، އެއީ ހަމައެކަނި އޭނާގެ ހައްގެއްކަން އެ ހަފުލާއަށް ހާޒިރުވެ ތިބި މީހުންނަށާއި މީޑިއާއަށް ސާފުކޮށް އަންގައިދޭ ފަދައެވެ. މިރޭގެ އެންމެ މަގުބޫލު އަދި ފުރިހަމަ ޖޯޑަކީ އެއީ ކަމުގައި ބުނުމުން ދޮގަކަށް ނުވާނެއެވެ.

މީޑިއާގެ ސުވާލުތަކާއި ކެމެރާތަކުގެ ކުރިމަތީގައި ދެމީހުންވެސް ތުންފަތްމައްޗަށް ވެރިކޮށްގެން ތިބީ އުފާވެރި، ފުރިހަމަ ހިނިތުންވުމެކެވެ. ނަމަވެސް، އެ ހިނިތުންވުންތަކުގެ އަޑީގައި، އެކަކު އަނެކަކަށް ދެމުންދިޔަ ގޮންޖެހުންތަކާއި، ފޮރުވިފައިވާ ޖަޒުބާތުތައް ދެނެގަނެވޭނީ ހަމައެކަނި އެ ދެމީހުންނަށް އެކަންޏެވެ.

މީޑިޔާގެ ސުވާލުތަކުން ސަލާމަތްވެ ހަފުލާއަށް ނަޒަރު ހިންގާލިއިރު، ހަފުލާގެ ތީމާ ގުޅޭ ގޮތަށް ތައްޔާރުވެގެން ތިބި މާހިން އާއި ޝިފްނާ އެ ދެމީހުންނާ ދިމާއަށް އަންނަނިކޮށް ފެނުނެވެ.

މާހިން ހުރީ ފެހި ކުލައިގެ ލިނެން ސޫޓެއް ގައެވެ. އެތެރެއިން އޮފް-ވައިޓް ގަމީހެއް ލައި، އަދި ކޯޓުގެ އެއްވެސް ގޮށެއް ނެތުމުން އޭނާގެ ސޫރައިން ފެންނަނީ ވަރަށް ކެޝުއަލް-ފޯމަލް އަދި ކްލާސީ ގޮތެކެވެ. އޭނާގެ ކައިރީގައި ހުރި ޝިފްނާ ލައިގެން ހުރީ މަޑު ސޭޖް ގްރީން ކުލައިގެ ވީ ކަރެއްވާ ހެދުމެކެވެ. އަތްކުރީގައި އެސްޖަހާފައިވާ އެ ދިގު ހެދުމުގައި ޝިފްނާ ފެންނަލެއް ނުހަނު ފުރިހަމައެވެ.

“ޔޫ!” ޝިފްނާގެ މޫނުމައްޗަށް އެކުވެރި ހިނިތުންވުމެއް ވެރިވިއެވެ. “ޔޫ ލުކް އެބްސޮލިއުޓްލީ ސްޓަނިންގ!”

ޝިފްނާ އައިސް ޔޫލީގެ އަތުގައި މަޑުމަޑުން ހިފާލަމުން ތައުރީފުކޮށްލިއެވެ.

“ޝިފޫ ވެސް ވަރަށް ލޯބި… އެންޑް މާހިން ޔޫ ލުކް ހެންޑްސަމް”ޔޫލީވެސް ރައްދުގައި މަޑުމައިތިރި ހިނިތުންވުމެއް ބަދަލުކޮށްލަމުން އެ ދެމީހުންނަށް ތައުރީފު ކޮށްލިއެވެ.

ޔޫލީގެ ދުލުން މާހިންއަށް ކޮށްލި ތައުރީފަކީ އޭނާގެ ހިތުގައި މާ ބޮޑު ޖަޒުބާތުތަކެއް ނެތި ބުނެލި އާދައިގެ ބަހަކަށްވީ ނަމަވެސް މާހިން އާއި މާންއަށް އެބަސް ވިސްނުނީ މުޅިން އެހެން ގޮތަކަށެވެ.

‘އަހަރެން ކުރިމަތީ ބަހައްޓައިގެންވެސް އެ ފްލާރޓް ކުރަނީ އަހަރެންގެ ކޮއްކޮއާއި ވިއްޔާއެވެ. މިއީ އަޅެ އެއްވެސް ގޮތެއް ނެތް އަންހެނެކެވެ.’ މާންގެ ވިސްނުން

‘ އަހަންނަށް އެގޮތަށް ޔޫލީ ތައުރީފު ކުރާނީ އޭނާއަށް ވެސް އަހަރެން ކަމުދާތީތާއެވެ. އެހެންވީމާ އަހަންނަށް މިކަން ކާމިޔާބު ވާނެއެވެ.’ މާހިންގެ ވިސްނުން

އެވަގުތު މާހިންގެ ތޫނު ނަޒަރު ޔޫލީއަށް ހުއްޓުނެވެ. ޔޫލީގެ ފުރިހަމަކަމުން މާހިންގެ ދެލޮލުގެ ކަޅި ތަންކޮޅެއް ބޮޑުވެގެން ދިޔައެވެ. އޭނާގެ ނަޒަރު ޔޫލީގެ މޫނުން ފެށިގެން، ހެދުމުގެ ކަރުގައިވާ ރިހި އެސްތަކާއި، ކޮނޑުމަތިން ވައްޓާލެވިފައިވާ ފޮތިގަނޑަށް ހިންގާލިއެވެ. މާހިންގެ އެ ތައުރީފުން ފުރިގެންވި ނަޒަރު، ކައިރީގައި ހުރި މާންއަކަށް ސިއްރެއް ނުވިއެވެ.

“ޔޫލީ ވެސް…. ވަރަށް ފުރިހަމަ” މާހިންގެ އަޑުގައިވި ތައުރީފުގެ އަސަރުން މާންގެ މުޅި ހަށިގަނޑު ހޫނުވެގެން ދިޔައެވެ.

މާން އަށް ދަތްކުނޑިވިކައިގަނެވުނެވެ. އަމިއްލަ ކޮއްކޮގެ ދެލޮލުން އޭނާގެ އަންހެނުންނަށް ދެވުނު އެ ތައުރީފުގެ ބެލުމަކީ މާންގެ ހަސަދަވެރިކަން އިންތިހާއަށް ކައްކުވާލި ކަމަކަށް ވިއެވެ. އޭނާގެ ކަނާތުން ޔޫލީގެ އުނަގަނޑުގައި ބާރަށް ހިފާލައި، އޭނާއާ އިތުރަށް ކައިރިކޮށްލިއެވެ. އެއީ މާހިންއަށް އަންގައިދިން ވަރުގަދަ މެސެޖެކެވެ. ‘އޭނާއަކީ އަހަރެންގެ އަންހެނުންނެވެ. މާހިންގެ ފަހަރިއެވެ’ އޭނާގެ އަމަލުތަކުން މާހިންއަށް ބުނެދޭން އުޅޭ ކަހަލައެވެ. މާންގެ ތޫނު، ނުރައްކާތެރި ނަޒަރު ސީދާ މާހިންގެ މޫނަށް އަމާޒުވިއެވެ. އޭނާގެ ދެލޮލުން ފެންނަން ހުރީ ކެކެމުންދިޔަ ހަސަދަވެރިކަމާއި، ސިއްރު ރުޅިވެރިކަމެވެ. އޭނާގެ ލޮލުގެ ކުރިމަތީ މިހާރުވެސް ހިނގަމުންދާ ކަމެއްހެން ޔޫލީއާއި މާހިން ޕޫލްގެ ތެރޭވި މަންޒަރުވިއެވެ. ޔޫލީގެ ނާޒުކު ހަށިގަނޑާއި މާހިންގެ އަތުގެ ގާތްކަން، އަދި ފެންގަނޑުގެ ތެރޭގައިވީއިރު ދެމީހުންގެ ދެމެދުގައި ވީ ގައިގޯޅިކަން ފެނި، އެދުވަހުވެސް މާންގެ ލޭ ކެކިގެން ދިޔައެވެ. ހަމަ އެ އިހުސާސް ތާޒާކަން މަތީ މިއަދުވެސް އޭނާއަށް ކުރެވެމުން ދިޔައެވެ. އޭނާގެ އަންހެނުންގެ އެހާ ގާތުގައި ހުރެ، އޭނާގެ ހަށިގަނޑުގައި ހިފާލައިގެން ކޮއްކޮ އުޅުނު ގޮތް މާންގެ ހަނދާނުން އެންމެ ސިކުންތަކަށްވެސް ނުފިލައެވެ.

މާންގެ ތޫނު ނަޒަރު މާހިންގެ ދެލޮލަށް ސީދާކޮށްލިއެވެ. “އޮފްކޯސް މައި ވައިފް ވިލް ލުކް ޕާފެކްޓް. ކާކުގެ ވައިފްއެއް ތަ؟ އެއީ އަހަރެންގެ އަންހެނުން. އެންޑް އިން އަ ޑްރެސް ދެޓް އައި ޗޯސް މައިސެލްފް، މާ ބޮޑަށްވެސް ޕާފެކްޓްވާނެއެއްނު”

މާހިން އަށް ހީވީ މާން އަށް އޭނާގެ ހިތް ބޭޒާރުވަނީ ކަމަށެވެ. އެހެންކަމުން އަވަސް އަވަހަށް މޫނު މަތީގެ ކުލަވަރު ބަދަލުކޮށްލަމުން  ކައިރީގައި ހުރި ޝިފްނާގެ އުނަގަނޑުގައި ހިފާލައި، އޭނާއާ ކައިރިކޮށްލަމުން ބުނެލިއެވެ. “ ޔެސް ދޮންބޭ…. ޔުއަރ ޗޮއިސް ވިލް އޯލްވޭސް ބީ ޕާފެކްޓް” އޭނާގެ އަމިއްލަ ފައިދާއަށް އަނެއްކާވެސް ޝިފްނާގެ ބޭނުން ހިފާލީއެވެ. އެއީ މިހާރު މާހިންގެ އާންމު ކަމެކެވެ. ޝިފްނާ އަކީ އޭނާ ކަންކަން ހާސިލުކުރަން މަގުފަހިކޮށްދޭ ވަސީލަތަކަށް ވެއްޖެއެވެ.

‘ މި ބީސްޓް ގަނޑު ހުވާ…. ކޮންޓްރޯލިންގ ލައިކް ހީ އޯންސް މީ’ ޔޫލީގެ ހިތުގައި ފޫހި ކަމާއިއެކު ދައުރު ކޮށްލި ހިޔާލުގެ ސަބަބުން އޭނާގެ ނަޒަރު ދުރަށް ހިންގާލިއިރު ހަފުލާގެ ތެރެއަށް ވަދެގެން އައި މެހެމާނުންގެ ތެރެއިން ފެނުނު ސޫރަ އަކުން މުޅި ހަށިގަނޑު ގަނޑުވި ފަދައެވެ.

***ނުނިމޭ***

Share Article

wish
Follow Me Written By

wish

Level 3100 Login10 Stories

WISH, words breathe and stories come alive. Each piece is a reflection of silent thoughts, untold emotions, and dreams waiting to be heard. This is where ink meets imagination.

Other Articles

Previous

މި ލޯތްބާއި ތި ވަޢުދު (29)

Next

މަލާމާތް ލޯބި – ތިންވަނަ ބައި

Next
August 13, 2026

މަލާމާތް ލޯބި – ތިންވަނަ ބައި

Previews
August 12, 2026

މި ލޯތްބާއި ތި ވަޢުދު (29)

6 Comments!

  1. BlackOrchid says:
    August 13, 2026 at 9:01 am

    WOW!! speechless. so cool. varah reehchah vaahaka thereyah vadhevey kiyamundhaairu. hiy dhamai ganna kahala.

    1. wish wish says:
      August 13, 2026 at 9:48 am

      Thank You BlackOrchid… thikahala loabi comment eh libunyma varah varah ufaa vehje… vaahaka thidhehvaa tharuheebah Shukuriyyaa.. mikahala comments akee hama Wish ah libey varah bodu hiyhama jehumeh.. once again thank you 😊

  2. ELL says:
    August 13, 2026 at 12:34 pm

    wowwww..happy to get epsiodes this early. this one also cute, but dont let others to interfere them, let them fight argue, but dont bring anyone in between

    1. wish wish says:
      August 13, 2026 at 2:44 pm

      Thank you for the amazing comment ELL… I am really happy that you are loving the story and this story will be published on each Thursday, however I love to give bonuses if possible… Interesting suggestion, cant give any promises yet… I do hope you will love the upcoming parts as much as you love the story now… Lets see how it turns out 🙂

  3. Koklila modi says:
    August 13, 2026 at 12:39 pm

    Asluves hama hyvani ethaa balan hureveyhen v furihama sifakuruntha genesdheefa huna goi ei aslu mi vaahakayau shauguveri vy emme bodu sababakives. Maan is so cute

    1. wish wish says:
      August 13, 2026 at 2:46 pm

      Awwwn.. Happy to see you my one of the most loving Reader… Koklila modi kohlaa thaureefun hama blush vey ingey…. Varah ufaa vey koklila modi ge comment eh fenunyma hama adhi thi dhehvaa support ah.. abadhu ves Wish ah support dheythy varah varah happy… And yesss I do agree Maan is too too cute .. lets hope we can continue loving Maan dho 🙂

Comments are closed.



All Right Reserved!