Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް 32 ވަނަ ބައި

wish
wish Level 3100 Login10 Stories
August 18, 2026 5 Mins Read
2 Comments

‘ މި ބީސްޓް ގަނޑު ހުވާ…. ކޮންޓްރޯލިންގ ލައިކް ހީ އޯންސް މީ’ ޔޫލީގެ ހިތުގައި ފޫހި ކަމާއިއެކު ދައުރު ކޮށްލި ހިޔާލުގެ ސަބަބުން އޭނާ ނަޒަރު ދުރަށް ހިންގާލިއިރު ހަފުލާގެ ތެރެއަށް ވަދެގެން އައި މެހެމާނުންގެ ތެރެއިން ފެނުނު ސޫރަ އަކުން އޭނާގެ މުޅި ހަށިގަނޑު ގަނޑުވި ފަދައެވެ.

މީހުންތަކުގެ މެދުގައި ހުރީ ޒޯޔާ އެވެ.

****

މާންއާއި ޔޫލީ މެހެމާނުންގެ ތެރެއަށް ވަދެގެން ދިޔަ މަންޒަރު ބަލަން މާހިން އާއި ޝިފްނާ ކުޑަކޮށް ދުރުގައި ތިއްބެވެ.

ޝިފްނާ އޭނާގެ ހެދުން ރީތިކޮށްލަމުން، މާހިންގެ މޫނަށް ބަލައިލިއެވެ. މާހިންގެ ނަޒަރު ދުރަށް ހުއްޓިފައި ހުރުމުން، ޝިފްނާ މަޑުމަޑުން އޭނާގެ ކޯޓުގެ އަތުކުރީގައި ހިފާލަމުން ގޮވާލިއެވެ.

“މާހިން…” ޝިފްނާގެ އަޑުގައިވީ ނުހަނު މަޑުމައިތިރި، ލޯބިވެތި އަސަރެކެވެ.

މާހިން ސިއްސައިގެން ގޮސް، ޝިފްނާއަށް ބަލައިލިއެވެ. އަދި އޭނާގެ މޫނުމައްޗަށް ވަގުތުން އޯގާތެރި ހިނިތުންވުމެއް ވެރިކުވިއެވެ.

“ޔެސް، ޝިފޫ؟” މާހިން ޝިފްނާގެ ކައިރިއަށް ޖެހިލަމުން އަހާލިއެވެ.

“ކަމަކާއިމެދު ވިސްނަނީތަ؟” ޝިފްނާ މާހިންގެ ދެލޮލަށް ސީދާ ބަލާލަމުން އަހާލިއެވެ.

“ނޫން… އަހަރެން ހަމައެކަނި މި ވިސްނާލީ، މިވަގުތު މި މުޅި ހޯލުގައި ހުރި އެންމެ ރީތި އަންހެންކުއްޖާ ހުރީ އަހަރެންގެ ކައިރީގައޭ” މާހިން މަޑުމަޑުން ބުނެލަމުން، ޝިފްނާގެ ކޯތާފަތްމަތީގައި އޭނާގެ އިނގިލިތަކުން ފިރުމާލިއެވެ.

ޝިފްނާގެ މޫނުމައްޗަށް ލަދުވެތި ހިނިތުންވުމެއް ވެރިވިއެވެ. އޭނާ މާހިންގެ ދެލޮލަށް ބަލައިލީ އުއްމީދުން ފުރިގެންވާ ނަޒަރަކުންނެވެ.

ޝިފްނާގެ އެ މައުސޫމުކަމާއި، އޭނާ މާހިންއަށް ކުރާ ފުރިހަމަ އިތުބާރުގެ ސަބަބުން، މާހިންގެ ހިތަށް އެ ވަގުތުކޮޅު އަޖައިބެއްފަދަ ހަމަޖެހުމަކާއި އުފަލެއް ލިބެމުން ދިޔައެވެ. މި އިހުސާސް ތަކުން އޭނާގެ ސިކުނޑީގެ ހަމަޖެހުމަށްވެސް އަސަރު ކުރާ ފަދައެވެ. ޝިފްނާއާއެކު ވާ ވަގުތުތަކަކީ އޭނާގެ ހިތަށް ހަގީގީ އުފަލެއް ގެނެސްދޭ، އޭނާ އިންތިހާއަށް ގަޔާވާ ވަގުތުކޮޅެކެވެ. ނަމަވެސް، އޭނާގެ ހިތް ވަނީ ޔޫލީ އަށް ހަދިޔާ ކުރެވިފައި ނޫން ހެއްޔެވެ؟

“ޝިފް…” މާހިން، ޝިފްނާގެ ދެއަތްތިލައިގައި މަޑުމަޑުން ހިފާލިއެވެ. “އަހަރެން ޝިފް ކައިރީ އެހި އެހުމަށް… ޝިފް ‘އާނ’ އެކޭ ބުނެފިއްޔާ، އަހަރެން ވަރަށް އުފާވާނެ. އެއީ އަހަރެންގެ ހަޔާތުގައި ލިބޭނެ އެންމެ ބޮޑު އުފާ.”

ޝިފްނާގެ ހިތް އުފަލުން ފުރިގެން ދިޔައެވެ. މާހިންގެ އަޑުގައިވާ މަޑުމައިތިރިކަމުން އޭނާއަށް ކުރެވުނީ ތާޒާ އިހުސާސެކެވެ.

“އެކަމަކު…” މާހިން ޝިފްނާގެ ކަންފަތާ ކައިރިވެލަމުން، ސިއްރު އަޑަކުން ބުނެލިއެވެ. “އަހަރެމެންގެ މި ގުޅުން އިތުރަށް ކުރިއަށްގެންދިޔަސް… އަދި މިކަން ސިއްރެއްގެ ގޮތުގައި ބާއްވަން އަހަރެން ބޭނުން. އެއްވެސް މީހަކަށް، ހާއްސަކޮށް މާންއާއި ޔޫލީއަށްވެސް މިކަން އެނގިގެން ނުވާނެ. އެމީހުންގެ ކުރިމަތީގައި އަހަރެމެން އުޅޭނީ ހަމައެކަނި އެކުވެރިންގެ ގޮތުގައި.”

ޝިފްނާ ކުޑަކޮށް ހައިރާންވިއެވެ. “ޔޫ އަށް ވެސް ސިއްރުކުރަންވީ؟ ކީއްވެ؟”

“ބިކޮޒް، ޔޫލީއަށް އެނގިއްޖެއްޔާ ދޮންބެ އަށް އެނގިދާނެ…. އެންޑް ދޮންބެ އަށް އެނގިއްޖެޔާ މިކަމަށްވެސް ނުފޫޒު ފޯރުވަން އުޅޭނެ. އަހަރެން ބޭނުމެއްނޫން އަހަރެމެންގެ ގުޅުމުގެ ތެރެއަށް އެއްވެސް މީހަކު ވަންނާކަށް” މާހިން ވަރަށް ވިސްނުންތެރިކަމާއިއެކު ބުނެލިއެވެ.

ޝިފްނާ އެކަމާއި ގަބޫލުވެ، މަޑުމަޑުން ބޯޖަހާލިއެވެ. އޭނާއަށް ހީވީ މާހިން އެކަން ސިއްރުކުރަން އުޅެނީ މާންގެ ނުފޫޒުން އެމީހުންގެ ގުޅުން ރައްކާތެރިކުރަން ކަމަށެވެ.

މާހިންގެ ހިތުގެ އަޑީގައިވާ އަސްލު ސިއްރަކީ… އޭނާ އަދިވެސް ޔޫލީ ބޭނުންވާކަމެވެ! ޔޫލީއަށް އޭނާއާއި ޝިފްނާގެ ގުޅުން އެނގިއްޖެނަމަ، ޔޫލީ އޭނާއާ މުޅިން ދުރުވެދާނެތީ، މާހިން ބޭނުންވީ ޔޫލީގެ ކުރިމަތީގައި އޭނާއަކީ “ސިންގަލް” މީހެއްގެ ގޮތުގައި ހުންނާށެވެ.

“އަހަރެން އިންތިޒާރުކުރާނަން ޝިފްގެ ޖަވާބަކަށް…” މާހިން ޝިފްނާގެ އަތްތިލައަށް މަޑުމަޑުން ބޮސްދެމުން ބުނެލިއެވެ.

*****

މާޝާއާއި ރާހިލް ތިބީ އެމީހުން ދިރިއުޅޭ ގޭގެ ސިޓިންރޫމު ސޯފާގައެވެ. ރާހިލްގެ ތަނަވަސް މޭމަތީގައި މާޝާ ބޯއަޅާލައިގެން އޮތްއިރު، އެ ރީތި ދެލޮލުން ކަރުނަ އޮހޮރުން ހުއްޓޭގޮތެއް ނުވެއެވެ. ރާހިލް ލައިގެން ހުރި ގަމީހުގެ މޭމަތި މާޝާގެ ކަރުނުން ތެމެމުން ދިޔައިރު، މުޅި ސިޓިންރޫމުގައި ގުގުމަމުން ދިޔައީ މާޝާގެ މަޑު ގިސްލުމުގެ އަޑެވެ.

ރާހިލްގެ ކަނާތުން މާޝާގެ ކޮނޑުގައި ވަރަށް ފަރުވާތެރިކަމާއެކު ހިފަހައްޓާލައިގެން އިންއިރު، އޭނާގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. އޭނާގެ ހިތުގައި އުފެދެމުންދިޔަ ބިރުވެރިކަމާއި ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރިނަމަވެސް، އެ ދެލޮލުން އޮހޮރެން ތައްޔާރުވެފައިވާ ކަރުނަތިކިތަކުން އޭނާގެ މަޖުބޫރުކަން ހާމަވަމުން ދިޔައެވެ.

“މާޝް…” ރާހިލްގެ އަޑު ތުރުތުރުއަޅައިގެން ދިޔައެވެ. އޭނާ ކަރުބުޑުން އަޑުއުފައްދަމުން، މާޝާގެ ބޮލުގައި މަޑުމަޑުން ފިރުމާލިއެވެ. “މާހިންއާއި މާންއަށް މިއަދު މިއީ އަންގަންޖެހޭނެ ކަމެއް… އެމީހުންނަށްވެސް އެނގެންޖެހޭނެ.”

“ނޫން…!” މާޝާ ވަގުތުން ރާހިލްގެ މޭމަތީގައި އަތްއަޅައި ކުޑަކޮށް ދުރަށް ކޮއްޕާލަމުން، އިސްއުފުލާލިއެވެ. އޭނާގެ ރަތްވެފައިވާ ދެލޮލާއި ކަރުނައިން ތެމިފޯވެފައިވާ މޫނު ފެނި ރާހިލްގެ ހިތް ކުދިކުދިވެގެން ދިޔައެވެ. “އަދިއެއް ނޫން… ހެޔޮނުވާނެ ރާހިލް… އަދިއެއް ނޫން!”

މާޝާއަށް ވާހަކަދެއްކުނީ އިންތިހާއަށް އުނދަގުލުންނެވެ. ކަރުނައިގެ ސަބަބުން އޭނާގެ އަޑު ތާށިވެ، ނޭވާ ކުރުވަމުން ދިޔައެވެ.

“ހިނގާ… ހިނގާ އަވަހަށް ބޭރަށް ދާން… ރާއްޖޭން ބޭރަށް ގޮސް، ޑޮކްޓަރަށް ދައްކައިގެން މުޅިން ޔަގީންވީމަ… އޭރުން އެމީހުން ގާތު ބުނެވޭނެއެއްނު؟” މާޝާ ރާހިލްގެ ގަމީހުގެ ގޮށްތަކުގައި ވަރުގަދައަށް ހިފާމުން، އާދޭހުގެ ނަޒަރަކުން އޭނާގެ ދެލޮލަށް ބަލާލިއެވެ. “އޭގެ ކުރިން… އޭގެ ކުރިން އެމީހުންނަށް އެއްވެސް ކަމެއް އެނގިގެން ނުވާނެ… ޕްލީޒް…”

ރާހިލް ދެލޯ މަރާލުމަށްފަހު ފުން ނޭވާއެއް އެތެރެއަށް ދަމާލިއެވެ. މާޝާގެ ހިތުގައިވާ ބިރުވެރިކަމާއި، އާއިލާއަށް މި ހިތްދަތި ހަގީގަތް ހާމަވެދާނެތީ އުޅޭ ތަކުލީފު އޭނާއަށް ވަރަށް ރަނގަޅަށް އިހުސާސްކުރެވުނެވެ. އޭނާ މަޑުމަޑުން މާޝާގެ މޫނުގައި ދެއަތުން ހިފަހައްޓާލުމަށްފަހު، މާޝާގެ ނިއްކުރިއަށް ބޮސްދިނެވެ.

“އޯކޭ… މާޝް ބޭނުންވާ ގޮތަކަށް. އަހަރެމެން ބޭރަށް ދާނީ… އެކަމަކު ހިތްވަރުކުރޭ،” ރާހިލް ހަމަޖެހޭ ގޮތް ދައްކަން މަސައްކަތްކުރި ނަމަވެސް، އޭނާގެ ދެލޮލުން ކަރުނައިގެ ތިއްކެއް މާޝާގެ ކޯތާފަތްމައްޗަށް ވެއްޓުނެވެ.

*****

ޒޯޔާ ލައިގެން ހުރީ ހަމަ ސީދާ ޔޫލީ ލައިގެން ހުރި ހެދުމުގެ ކުލައާއި ފޮތީގެ، ހައިބަތު ހުރި ރީތި ހެދުމެކެވެ. ހެދުމަކީ އަތް ދިގު ހެދުމަކަށް ވިޔަސް އެ ހެދުމުގެ އެއް ކޮޑުމަތިން ވައްޓާލެވިފާވެއެވެ. އަދި ހެދުމުގެ ކޮނޑުމަތިން ފެށިގެން މޭމައްޗާއި އުނަގަނޑާ ހަމައަށް ރަންކުލައިގެ ފުރިހަމަ ފަރުމާގައި އެސްތަކުން ޒީނަތްތެރިކުރެވިފައިވިއެވެ. ވާއަތްފަރާތު ކޮނޑުމަތީގައި މައްޗަށްވާ ގޮތަށް ވިހޭ ފަންކަލެއްގެ ބައްޓަމަށްވާ ރަންކުލައިގެ ހާއްސަ ފޮތިގަނޑުގެ ސަބަބުން އޭނާގެ މުޅި ސޫރައަށް ވަރަށް ޖެހިލުންކުޑަ އަދި ގޮންޖަހާފަދަ ހައިބަތެއް ގެނެސްދެއެވެ. އުނަގަނޑުން ފެށިގެން ތިރިއަށް އޮއްސިފައިވާ ސިލްކު ފޮތިގަނޑާއި، އޭނާގެ ދިގު ކަޅު އިސްތަށިގަނޑު ކޮނޑުމައްޗަށް ވައްޓާލެވިފައިވާއިރު، ތުންފަތުގައިވަނީ ގަދަ ރަތްކުލައިގެ ލިޕްސްޓިކެކެވެ.

ޒޯޔާގެ އެ ފުރިހަމަ ސޫރަ ފެނުމާއިއެކު، ޔޫލީގެ ހިތުތެރޭގައި ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ ބޮޑު ރާޅެއް ނަގައިގަތެވެ. އޭނާއަށް ބޮޑަށް އަސަރުކުރުވީ ސިކުނޑީގައި އެނބުރެންފެށި ނުރައްކާތެރި ހިޔާލަކުންނެވެ.

‘މިއީ މާންގެ ރޭވުމެއް…’ ޔޫލީގެ ހިތް ގޮވާލިއެވެ.

ޔޫލީގެ ނަޒަރު ވަގުތުން މާންގެ ކޯޓުގައި ޖަހާފައި އިން ފިނިފެންމަލުގެ ގޮފިކޮޅަށް ހުއްޓުނެވެ. އެ މަލުގެ ކުލައަކީ ހަމައެކަނި ޔޫލީގެ ހެދުމުގެ ކުލައެއް ނޫނެވެ. އެއީ ޒޯޔާ ވެސް ލައިގެން ހުރި ހެދުމުގެ ސީދާ ކުލައެވެ!

‘މާން އަހަރެން ލައްވައި މި ހެދުން ލެއްވީ ކީއްވެގެންކަން މިހާރު އެނގިއްޖެ… މިއީ މާން ކުޅޭ ގޭމެއް! މާން ބޭނުންވީ އަހަރެންގެ ހެދުން، ޒޯޔާއާ އެއްކުލައެއްގައި ވުމަށް. އޭރުން މުޅި މީޑިއާއަށާއި އެންމެންނަށް ޝައްކެއް ނުވާނެތާ … އޭނާގެ އެ ބުރޫޗާއި ޒޯޔާގެ ހެދުމާއި ގުޅުވާފައި އެވަނީ …. އަދި އަހަރެން މިވީ އެ މީހުންގެ އެ ގުޅުން ސިއްރު ކުރަން ބޭނުން ކުރި އުކުޅަކަށްތާ … އޭނާގެ ހިތުގައި އަދިވެސް ވަނީ ޒޯޔާ…!’ ޔޫލީގެ ހިތުގައި އުފެދުނު ނުރައްކާތެރި ހިޔާލުތަކުގެ ސަބަބުން އޭނާގެ ލޯ ކަރުނުން ފުރިގެން ދިޔައެވެ.

ޔޫލީ މާންގެ އަތްތިލައިގެ ތެރޭގައި އޮތް އޭނާގެ އަތް މަޑުމަޑުން ވަކިކޮށްލަން އުޅުނެވެ. އެ ހަރަކާތުން މާން އޭނާގެ ހިފެހެއްޓުން ބާރުކޮށްލިއެވެ. ކަރުނަތައް ހިފަހައްޓާލުމަށް ޔޫލީ ތުންފަތުގައި ދަތް އަޅާލިއެވެ. ނަމަވެސް މޫނުމަތިން އެ އަސަރުތައް ފޮރުވަމުން، އޭނާ މާންއަށް ބަލާލީ އިންތިހާ ނަފުރަތުގެ ނަޒަރަކުންނެވެ.

ޒޯޔާއަށް އެމީހުން ފެނުމުން މީހުންތަކުގެ ތެރެއިން ނިކުމެގެން ހިނގާލާފަ އައި އިރު ރަންވޭ ގައި ހިނގާފައި އައި މޮޑެލް އެކޭ އެއްވަރެވެ. ބަނޑި ބަނޑި ލައްވަމުން އައި އިރު ބުޅަލަކަށްވެސް އެހާ ފަރިކޮށް ނުހިނގޭނެއެވެ. އޭނާގެ ކޮންމެ ހަރަކާތަކަށް ލައިގެން ހުރި ހެދުންވެސް ތައުރީފު ކުރާ ކަހަލައެވެ.

“މަންނު” ފަހަތުން މާންގެ ކޮނޑުގައި އަތް ޖައްސާލަމުން ތުއި ގޮތަކަށް ޒޯޔާ މާންއަށް ގޮވާލިއެވެ.

“ޔެސް” އެ ބީހުމުން ދުރުވެލަމުން މާން ޖަވާބުދިނެވެ. ޔޫލީގެ ހިތުގައި ސުވާލު އުފެދުނެވެ. އެ ހަރަކާތުން އޭނާއަށް އުނދަގޫ ވިހެން ހީވީމައެވެ. ‘ ޒޯޔާގެ ކޮންމެ ބީހުމަކަށް މާންގެ ފަރާތުން އަހަރެންނަށް ނުރުހުން ފެންނަހެން ހިވަނީ ކީއްވެބާ؟ މީ ވެސް މާންގެ އުކުޅެއްބާ.. އެކަމަކު ދެޓް ރިއެކްޝަން ވޯސް ނޮޓް ފޯސްޑް… އިޓް ވޯސް ނެޗުރަލް.’ ޔޫލީގެ ހިތުގައި މި އުފެދުނު ސުވާލަކުން އޭނާގެ ނަޒަރު މިފަހަރު މާންއަށް އަމާޒުވީއިރު އެ ލޮލުގައި ވީ ތަފާތު އިހުސާސެކެވެ. ޖަވާބަކަށް ބޭނުންވެފައިވީ ކަހަލައެވެ.

ފަސްއެބުރި މާން ޒޯޔާއަށް ބަލައިލިއެވެ. ޒޯޔާ ފެނުމާއިއެކު އޭނާގެ ތަބިއްޔަތު ގޯސްވިއެވެ. ‘ ވަޓް އިސް ރޯންގް ވިތް ދިސް ވުމަން. ވައި ޝުޑް ޝީ ޗޫސް ދަ އެކްޒެކްޓް ޝޭޑް އައި ސެއިޑް ނޮޓް ޓު ޔޫސް..’ މާން ގެ މޫނުގެ މަސްތަކަށް ވާންވެގެން ދިޔައީ އައި ރުޅިންނެވެ.

“ޒޯޔާ… ތި ކޮންކަމެއް .. އައި ޓޯލްޑް ޔޫ ނޮޓް ޓު ޔޫސް ..”

“ޔެސް މާން ޔޫ ލުކް ހެންޑްސަމް.. އެންޑް ތޭންކްސް ފޮ ސަޖެސްޓިން ދިސް ޝޭޑް ” ފަރި ހިނިތުން ވުމަކާއި އެކު ހެދުމަށް އިޝާރާތް ކޮށްލަމުން ޒޯޔާ ބުނެލިއެވެ.

ޔޫލީގެ ދެލޯ ހަނިވެލީ މިވާ ގޮތެއް ނަގައިގަންނަން ނޭނގިގެންނެވެ.

“ވެން ….”

“މަންނު .. އިންތި އިސް ސަރޗިން ފޮ ޔޫ.. މުހިންމު ވާހަކަ އެއް ބުނަން ވެގެންނޭ ބުނި” އަނެއްކާ ވެސް މާންގެ ވާހަކަ މެދު ކަނޑާލަމުން ޒޯޔާ ބުންޏެވެ.

އިމްތިޔާޒް އޭނާ މުހިންމު ކަމަކު ހޯދާ ވާހަކަ ބުނުމުން މާންގެ ސަމާލުކަން މުޅިން އެކަމަށް ދެވުނެވެ. އަދި ކޮންތާކުތޯ އަހާލަމުން ޔޫލީގެ އަތުން ދޫ ކޮށްލިއެވެ. “މި އަންނަނީ .. ޑޯންޓް ގޯ އެނީވެއަރ .. އެންޑް ޑޯންޓް މޭކް އަ ސީން… އައި ސްވެއަރ އިފް ޔޫ ޑިޑް، ޔޫ ވިލް ރެގްރެޓް އިޓް.” މަޑު މަޑުން ޔޫލީގެ ކަންފަތާއި ގާތްވެލަމުން ބުނެލިއެވެ.

ޒޯޔާ އޭނާގެ ދިގު އިނގިލިތަކުން ހެދުމުގެ ކޮނޑުމަތީގައިވާ ޑިޒައިން ރީތިކޮށްލަމުން، ޔޫލީގެ ބޮލުން ފެށިގެން ފަޔަށް ދާންދެން ނަޒަރު ހިންގާލިއެވެ. އެ ބެލުމުގައިވީ މަލާމާތާއި ފުރައްސާރައެވެ.

” ޔޫ ތިންކް ޔޫ ވޮން؟” މާން މީހުންގެ ތެރެއަށް ވަދެގެން ދިޔުމުން ޒޯޔާ ޔޫލީއަށް ބަލާލަމުން ބުނެލިއެވެ.

“ވަޓް” ޔޫލީ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. އޭނާ ޒޯޔާ އާއި މައްލަވަ ކުރާކަށް ބޭނުމެއްނޫނެވެ. އެހެން ކަމުން ދާން ހިނގައިގަތެވެ.

ޒޯޔާ ކުޑަކޮށް ކުރިއަށް ޖެހިލައި، ޔޫލީގެ މަގު ބަންދުކޮށްލިއެވެ. އޭނާގެ ހެދުމުން ދުވި ވަރުގަދަ ސެންޓުގެ ވަހުން ޔޫލީގެ ސިކުނޑިއަށް އުނދަގޫވިއެވެ.

“ޔޫ އަރ ނޮޓް ހިސް ޓައިޕް .. ޔޫ ނެވަރ ވިލް ބީ… ހީ ހޭޓްސް ޝޯޓް ހެއަރޑް ވޮމެން.” ޒޯޔާ ތުންފަތަށް ގެނައި ނުރައްކާތެރި ހިނިތުންވުމަކާއިއެކު، ޔޫލީގެ ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑަށް އިޝާރާތްކޮށްލިއެވެ. އޭނާގެ އަޑުގައިވަނީ ސިއްރު ނުރުހުމާއި ހަސަދައެވެ.

“އޯ އެހެންތަ؟ އެކަމަކު ކީއްކުރާނީ ދޯ.. އައި އެމް ދަ ވައިފް” އަކުރުތަކަށް ބާރުލަމުން މަޑުމަޑުން ޔޫލީ ބުނެލީ މަލާމާތުގެ ހިނިތުންވުމަކާއި އެކުގައެވެ.

ޖަސްޓް އަ ލޭބަލް، ޔޫލީ…” ޒޯޔާ ކައިރިއަށް ޖެހިލައި މަޑުމަޑުން ބުނެލިއެވެ. “ޓު މެޗް ވިތް ހިމް ހީ ޗޯސް ދިސް ކަލަރ ފޮ މީ” ޒޯޔާ ރުޅިގަނޑު މަތަ ކޮށްލަމުން ޔޫލީއާއި ދިމާއަށް ބުނެލީ ހަމަ އެ މަލާމާތް ރައްދުކޮށްލާ ފަދައަކުންނެވެ.

“އަރ ޔޫ ބްލައިންޑް؟ އައިމް ވެއަރިން ދަ ސޭމް ކަލަރ.. އެންޑް ނޮޓް އޮންލީ ދަ ކަލަރ ، މައި ޑްރެސް އިސް އޯލްސޯ ހިސް ޗޮއިސް” ހިތުގައި ވަރުގަދަ އޮޅުންބޮޅުންގަނޑެއް އުފެދިފައިވީ ނަމަވެސް ޔޫލީގެ އަޑުގައިވީ ސާބިތު ކަމެވެ. މާންއަށް ބާރު ފޯރުވަން ނޫޅޭށޭ ބުނާ ކަހަލައެވެ.

“ލޭޑީސް އެންޑް ޖެންޓްލްމެން…” މާންގެ އަޑު މުޅި ހޯލުގައި ގުގުމައިގަތެވެ.

ހަފުލާގެ ބައިވެރިންނާއި މުހާތަބުކޮށް މާން ވާހަކަދައްކާ ގަޑިޖެހުނީއެވެ. ތަނަށް ވެރިވި ހިމޭންކަމާއިއެކު ޔޫލީއަށް ހިތްހަމަޖެހުމުގެ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެފަދަ މާހައުލެއްގައި ޒޯޔާއަށް އިތުރަށް އޭނާއާ ބަހުސްކުރަން ނުކެރޭނެކަން އެނގޭތީއެވެ.

ޒޯޔާގެ މޫނުމަތިން ފެނުނު ނުރައްކާތެރި ހިޔަޅު ހިނިތުންވުމުގެ ސަބަބުން ޔޫލީގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ‘ އެއީ ހަމަ ގައިމުވެސް ކަމެއް އެނގިގެން އަދި ރާވައިގެން ހުންނަ މީހަކު ތުންފަތަށް ގެންނާނެ ބަދަލެއްކަން ގައިމެވެ.’ ޔޫލީގެ ހިތުގައިވިއެވެ. މާ ގިނަ އިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ނަމަވެސް ދެނެގަނެވުނު ކަންތަކުގެ ސަބަބުން ޔޫލީގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

***ނުނިމޭ***

Share Article

wish
Follow Me Written By

wish

Level 3100 Login10 Stories

WISH, words breathe and stories come alive. Each piece is a reflection of silent thoughts, untold emotions, and dreams waiting to be heard. This is where ink meets imagination.

Other Articles

Previous

އާއެކޭ ލޯބިވޭ… ފަންސާސްނުވަވަނަބައި (ނާމާންކަމުގެ ފިނި އުދާސް)

Previews
August 18, 2026

އާއެކޭ ލޯބިވޭ… ފަންސާސްނުވަވަނަބައި (ނާމާންކަމުގެ ފިނި އުދާސް)

2 Comments!

  1. BlackOrchid says:
    August 18, 2026 at 4:05 pm

    Salhi. dhen vanee kihineh baaa

    1. wish wish says:
      August 18, 2026 at 4:15 pm

      Thank You for the lovely comment BlackOrchid. Dhen vaa goiy balaalan jeheyneee Thursday ge episode in dho 😊

Comments are closed.



All Right Reserved!