“އަހަރެން މިކަން ކުރާނަން… އެކަމަކު… ބޮސްގެ ވައުދު ހަނދާން ކުރާތި. އަހަރެންގެ އާއިލާ ބަލާތި…” ޒާވިލް އެހެން ބުނުމުން ‘ހޫމް’ ލައްވާލާފައި ބޮސް ފޯނު ބޭއްވިއެވެ. ޒާވިލް އިސްޖަހާލިއެވެ. އޭނާގެ ދިރިއުޅުން މި ހަލާކުވީ ނައުރީންއަށް އޭނާ ބޭވަފާތެރި ވެވުމުންނެވެ. މިކަމުން ސަލާމަތް ވުމަށް އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ދުރުގައި ތިބި އޭނާގެ އާއިލާއަށް ބަލައިލީ އިރު އޭނާގެ ލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ.
(78 ވަނަ ބައި)
ދެލޯ ފުހެލަމުން ޒާވިލް އޭނާގެ ލޯބިވާ އާއިލާ ގާތައް އެނބުރިއައެވެ. މިހާރު އެމޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ދެންމެ އެމޫނުމަތިން ފެނުން ހިތާމަވެރިކަން ވަނީ ވަރަށް ކުޅަދާނަކަމާއި އެކު ވަންހަނާ ކޮށްފައެވެ. ރުއިމުގެ ބޭނުމަކީ ވެސް ކޮބައި ހެއްޔެވެ؟ އެއީ އޭނާ އަމިއްލައަށް ބުއި ބޮނޑިއެކެވެ.
“މިހާރު އެއޮށް ވަންނަ ގަޑި ޖެހެނީ. ބައްޕަ ދަނީމި އިނގޭ” ޒާލާއާއި ޒަވުލްގެ ހަށިގަނޑުގައި ކުޑަކޮށް ބައްދާލަމުން ޒާވިލް ބުނެލިއެވެ.
“އަޅެ ދެން. ކޮން އިރަކުންތަ ދެން ބައްޕަ އަންނާނީ؟” ޒާލާ ތުންކޮޅު އޮޅާލިއެވެ.
“ދެން ނޭނގެ ދޯ؟ ހެހެ” ހިތި ހިނިތުންވުމެއް ޒާލާއަށް ހަދިޔާ ކޮށްލަމުން އޭނާ ނައުރީންގެ ހަށިގަނޑުގައި ބައްދާލިއެވެ. އަދި އޭނާގެ ބޮލު މެދުގައި ބޮސް ދިނެވެ. “ދެކުދިން ބަލައްޗޭ. ވަރަށް ލޯބިވޭ” އޭނާގެ އަތުތެރޭގައި ނައުރީން ބޮނޑިކޮށްލަމުން ޒާވިލް ބުނެލިއެވެ. ނައުރީންވެސް ހުރީ ޒާވިލް ދާތީވެ، ނުހަނު ދެރަވެފައެވެ.
މަޑުމަޑުން ނައުރީންގެ އަތުން ދޫކޮށްލަމުން ޒާވިލް ފުރާމީހުން ވަންނަ ދޮރާއި ދިމާލަށް ދިޔައެވެ. އަދި އަނެއްކާވެސް ފަހަތައް އެނބުރި އޭނާގެ ލޯބިވާ އާއިލާއަށް އޭނާ ބަލައިލިއެވެ. ފަހުފަހަރަށެވެ…
އިންޑިއާއަށް ފުރަން ތައްޔާރު ވެގެން އޮތް ބޯޓު ދުއްވަން އިނީ ޒާވިލްއެވެ. ކުރިިމަތީގައި ހުރި ކޮންޓްރޯލް ފިތްތަކަށް ބަލަން އިން އިރު އޭނާއަށް ވިސްނެމުން ދިޔައީ ރޭ ދަންވަރު އެބޯޓު ތެރެއަށް އޭނާގެ އަތުން ލީ ބޮމާއި މެދުއެވެ. ބޯޓު ދުއްވަން ފަށާއިރަށް އޭތި ވަގުތު ގުނަން ފަށާނެއެވެ. ބަރާބަރު 45 މިނިޓް ފަހުން އެ ބޮންގޮވާނެއެވެ. އޭނާ ދެއަތަށް ބަލައިލިއެވެ. އެ ދެއަތުން މިއަދު މަރުވެގެން އެދަނީ 180 ފުރާނައެވެ.
ބޯޓަށް އަރާ ވަގުތު ޖެހުމުން ޖާވިދު އިމްރާންގެ އަތުގައި ހިފާލިއެވެ. “ހިނގާ ދޯ ދާން؟” އިމްރާންގެ އިތުރު ފަރުވާތަކަށް އިންޑިއާއަށް އޭނާ ގޮވައިގެން އެ ދަނީ ޖާވިދެވެ.
“ކަލޭ އަސްލުވެސް މަށަށް ހިތްކީތަ؟ އަބަދު މަގޭ އަތުގަ ތި ހިފަނީ؟ ގައިމު މަގޭ އަންހެނުންނާއި ދަރި ވެސް ނައި މަށާ އެކު އިންޑިއާއަށް ދާކަށް. ދެން ކަލޭ ކޯއްޗެއް ހަނދާން ވެގެންތަ ތިއުޅެނީ؟” ޖާވިދުގެ އަތް ފޮޅާލަމުން އިމްރާން ބުންޏެވެ. ކޮންމެ ގޮތެއްވިޔަސް އޭނާއަށް ދެއްކޭނެ މާ ބޮޑު ގަދައެއް ނެތެވެ. އަތުގައި އިން ބިޑީގެ ސަބަބުންނެވެ.
“އިމްރާން. އިމްރާންގެ ހުރިހާ ކަމަކަށް ހަވާލުވެގެން ހުރި ފަރާތަކީ އަޅުގަނޑު. އެހެން ނޫނަސް، އިމްރާންގެ ދަރިފުޅު އައެއްނުން ތޯ؟ އިމްރާންއެއްނުން ތޯ އޭނާ ފޮނުވާލީ؟”
“ކަލޭ މަށާ ޒުވާބުވެސް ކުރަން ފެށީތަ؟” ޖާވިދުގެ ވާހަކައިން އިމްރާން ގާތައް ރުޅިއައެވެ.
“މަޢާފް ކުރައްވާ..” ޖާވިދު މަޢާފަށް އެދުނެވެ. އަދި އިމްރާން ގޮވައިގެން ބޯޓަށް އެރުމަށް ހިނގައިގަތެވެ.
ބޯޓަށް އަރާ ހަމަ ޖެހިލާފައި އިމްރާން ދެލޯ މަރާލިއެވެ. އިންޑިއާއަށް ދެވުމުން ނޫނީ ލޯ ނުހުޅުވަން އިން އިމްރާން ދެލޯ ހުޅުވާލީ ކުޑަކުއްޖެއްގެ އަޑަށެވެ. އޭރު އޭނާއާއި ޖެހިގެން އިން ސީޓުގައި ދެމަފިރިއަކު އިނެވެ. ފިރިހެން މީހާގެ އަތުގައި ލޯބި ލޯބި އަންހެން ކުއްޖެއް އިނެވެ. އެކުއްޖާގެ ބައްޕަ ލައްވަމުން ދިޔަ އަޑު ތަކުން އެކުއްޖާ މައުސޫމް ގޮތަކަށް ހެމުން ދިޔައެވެ. އެމަންޒަރު ކައިރީގައި އިން އޭނާގެ އަންހެނުން ދިޔައީ ފޯނުގައި ރައްކާކުރަމުންނެވެ.
އެވަގުތު އޭނާގެ ހަނދާނަށް އައީ ލަޝްކާ އެއުމުރުގެ ދުވަސްވަރެވެ. ލަޝްކާއަށް އޭނާ އަނިޔާވެރި ނުވި ނަމަ، މިއަދު އޭނާއާއި އެކު އެބޯޓުގައި ލަޝްކާއާއި ލީރާވެސް ތިބީސް ކަންނޭނގެއެވެ. ފުރަތަމަ ފަހަރަށް އޭނާއަށް ކުރެވުނީ ބޮޑު ކުށެކޭ އޭނާ ހިތައް އެރިއެވެ. ލަޝްކާއެއީ އޭނާގެ ހުރި ހަމަ އެކަނި އަންހެން ދަރިއެވެ. ހުރި ހަމަ އެކަނި ދަރިވެސްމެއެވެ. ދެވަނައަށް ލިބެން އުޅުން ދަރިފުޅު މަރުވި ކަމުގެ ހިތާމައިގައި ލީރާއާއި އެކު ބައިވެރި ނުވިތާކައި އޭނާއަށް އެ އެރުނީ ހުރި ހަމަ އެކަނި ދަރީގެ ގަޔަށެވެ. އެއީ ކިހާ ނުބައި ބަފައެއް ހެއްޔެވެ؟
އިމްރާންގެ ދެލޯ ކަރުނުން ފުރި ފޯވީ ބަސް ބުނާހާ އަވަހަށެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ދެލޮލުން ކަރުނަ އަންނަން ފެށިއެވެ. “ދަރިފުޅާ… ބައްޕައަށް މަޢާފު ކުރޭ…” ހިތާ ހިތުން އިމްރާން ބުނެލިއެވެ.
“ކޮބާ ޒާވިލް” ޙިޔާލު ތަކުގައި ޤަރަގު ވަމުން ދިޔަ ޒާވިލް ސިއްސައިގެން ދިޔައީ ފަހަތުން އައި ‘ކޯ ޕައިލެޓް’ އާސިފް އައިސް އޭނާގެ ކޮނޑުގައި ޖަހާލުމުންނެވެ. “ކަމެއް ވެއްޖެތަ؟ ވަންހަނާ ކުރަން މަސައްކަތް ކުރިނަމަވެސް، އޭނާގެ މޫނުމަތީގައިވީ ކަންބޮޑުވުން ފޮރުވުން އޭނާއަށް ވީ އުނދަގޫ ކަމަކަށެވެ.
“ހީވަނީ ވަރަށް ބޮޑަށް ކަމަކާ ބޯ ގޮވާފަ އިންހެން. އަނެއްކާ ރަށަށް ގޮސް އަނބި ގޮއްޔެއާ ޒުވާބެއް ކުރީތަ؟” ތާޒާ ފެންފުޅިއެއް ކަނޑާލަމުން އާސިފް އޭގެން ކޯވަރެއް ބޯލިއެވެ.
“ނޫނޭ. އެކަހަލަ ކަމެއް ނުވޭ. ދެން އަނބި ގޮއްޔެ ގޮވައިގެން އުޅިފަ އޭނާ ދޫކޮށްލާފަ އަންނަންވީމަ ދެރަވާނެ ދޯ ހެހެ” ބޯ ކަހާލަމުން ޒާވިލް ބުނެލިއެވެ.
“ހަހަ ހޫން ހޫން. ދެން އެހެން ޗުއްޓީއެއްގަ މާ ފޮޅުވާނީ. އަވަހަށް އިންޖީނު ޖައްސާ” ގޮނޑީގައި ހަމަ ޖެހިލަމުން އާސިފް ބުނެލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ޒާވިލް ބޯޓުގެ އިންޖީނު ޖެއްސިއެވެ.
މަތިންދާ ބޯޓު މަޑުމަޑުން ބިމުން މައްޗައް އެރިއެވެ. މައްޗައް އެރިފަހުން އެދާ ކޮންމެ މިނެޓަކީ އެބޯޓު ވެއްޓުމައް ކައިރިވަމުން ދާ ސިކުންތުކޮޅެކެވެ. އާސިފް އިނީ ހަމަޖެހިލައިގެން ނަމަވެސް، ޒާވިލް އިނީ ބިރުން ތުރުތުރުލާ ހާލުގައެވެ. އަމާން އޮމާންކޮށް ބަރާބަރު 45 މިނިޓްވަންދެން ބޯޓު ދިޔައެވެ. ނަމަވެސް ދެން އިވުން ބާރު އަޑު ފައްގަނޑުން އެންމެގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ.
“ކިހިނެތްމިވީ؟” ‘އެލާޓް’ އަށް ގޮވަ ގޮވާ ހުރި މޮނީޓަރު ތަކަށް ބަލައިލަމުން އާސިފް ބަލައިލީ ޒާވިލްގެ މޫނަށެވެ.
“ބޭކާރު ސުވާލު ނުކޮށް ދެން ތިބި މީހުންގެ ހާލު ބަލަން ދޭބަލަ. ބުނޭ ސީޓްބެލްޓު އަޅުވާށޭ” ބޯ ގޮވައިފައި އިން ވަރުން އެވަގުތު ޒާވިލްއަށް އިސްކުރެވުނީ ރުޅިވެރިކަމެވެ. އިތުރަށް އެއްޗެއް ނުބުނެ އާސިފް ނިކުތެވެ.
“ހުރިހާ ޕެސެންޖަރުންވެސް ސީޓުބެލްޓު އެޅުއްވުން އެދެން” އާސިފް ދައްކާ ވާހަކަ އެއްވެސް މީހަކަށް އިވޭ ހެނެއް ހިޔެއް ނުވެޔެވެ. އެންމެންވެސް ތިބީ ހާސްވެ ކަންބޮޑުވެފައެވެ. ކުޑަކުދިން ރޮނީއެވެ. އަންހެނުންވެސްމެއެވެ. “ޝިޓް…” އެތަނުގައި ތިބި 6 މަސް ނުވާ ވަރުގެ ކުޑަ ކުދިންނާއި މާބަނޑު އަންހެނުންތައް ފެނި އާސިފްއަށް އަތްފުނާއަޅާލެވުން އިރު ދެލޮލުގައި ކަރުނަތައް ބޮނޑިވެލިއެވެ.
ކުއްލިއަކަށް ވިލާ ގަނޑެއްގައި ޖެހި ބޯޓު އަރި އަޅާލިއެވެ. އެކަމާ ވިސްނާނުލެވިފައި ހުރި އާސިފް ބިންމައްޗަށް ވެއްޓި ބޯ ފަޅައިގެން ދިޔައެވެ. އެމަންޒަރު ފެނުން އިމްރާންގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ޖަހާލިއެވެ. އޭރު ބޯޓު ތެރޭގައި އޮކްސިޖަން ދަށްވުމުގެ ސަބަބުން ނޭވާލުންވެސް ވަނީ އުނދަގޫ ކަމަކަށެވެ. ބިޑިއަޅުވާފައި އިނުމުން އުނދަގޫވީ ނަމަވެސް ކައިރީ އިން ޖާވިދުގެ ޖީބުގައި އޮތް ފޯނު އިމްރާން ނެގިއެވެ. މެސެންޖާ އެޕަށް ގޮސް ލަޝްކާގެ ނަންބަރު ސާޗު ކޮށްލިއެވެ. އޭނާގެ ނަންބަރު ހަނދާން ހުރުމުންވެސް އެވަގުތު އޭނާއަށް ހަމްދު ކުރެވުނެވެ.
ބޯޓު ތިރިޔައް ދަމުން ދިޔަ އިރު ޒާވިލްގެ ނޭވާ ކުރުވަމުން ދިޔައެވެ. ބޯޓު ތެރޭގައި އޮކްސިޖަން ނެތްކަން އޭނާއަށް އެނގެޔެވެ. ދެލޯ މަރާލި އިރު ދެލޮލުގައި ބޮނޑިވެފައިވީ ކަރުނަތައް އަންނަން ފެށިއެވެ. “އަހަންނަށް މަޢާފް ކުރޭ ނައު…” ހިތާހިތުން ޒާވިލްއަށް ބުނެވުނެވެ. ބޯޓު ލޮނުގަނޑަށް ވެއްޓުމުގެ 10 ވަރަކަށް ފޫޓު އޮށްވައި ބޯޓުގައި ރޯވެ، މުޅި އެތި އެކީގައި ގޮވިއެވެ. ލޮނުގަނޑަށް ވެއްޓުނީ ކުދި ކުދިވެފައިވީ ބޯޓުގެ ތަންކޯކޮޅެވެ. މީހުންގެ ހަށިގަނޑުވެސް ބައިބައިވެ، ލޮނުގަނޑަށް ވެއްޓުން އިރު ބޯޓު ތެރޭގައިވީ އެންމެންގެ ރުއިމުގެ އަޑު އެކީގައި ކެނޑިގެން ދިޔައެވެ…
“ދަރިފުޅާ… އިނގޭ… މިއީ މަޢާފު ހައްގުވާ ވަރުގެ ބައްޕައެއް ނޫންކަން.. އެކަމަކު… މި ނުލަފާ ބައްޕައަށް މަޢާފު ކޮށްދީ ދަރިފުޅާ.. ބައްޕަ ދަރިފުޅުދެކެ ވަރަށް ލޯބި…” އިމްރާންއަށް ލިޔެވުނީ އެހިސާބަށެވެ……
(ނުނިމޭ)
ހަތްދިހަނުވަވަނަބައިގެ ތެރެއިން:
“ނޫން މަންމާ… ދެން ދޮންތައަށް އޮޅުވާލުމުގެ އެއްވެސް މާނައެއް ނެތް.. ދޮންތާ… ބައްޕަ.. ބައްޕަ މިއަދު އިންޑިއާއަށް ދާން ދަތުރުކުރި މަތިންދާ ބޯޓުގައި ރޯވެގެން މޫދައް ވެއްޓިއްޖެ.. އަދިވެސް އެއްވެސް މީހަކު ފެނިފައެއް ނުވޭ…” ޒަވުލް ކެތްކޮށްލައިފައި ބުނެލިއެވެ. ވަގުތުން ޒާލާ އަޑުން އަޑުނަގާ ރޯން ފެށިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Yoo!! I thi vrh rovvaalan heyo vaane thaarr??😭
Boss kaaku maran vegen tha e flight govvalan bunee?
Anyways kinda satisfied imran e flight therey ineema! Heyo visnun vx liben v alhe vaguthu faaithu vi fahun dhw?
Feeling so bad for ZAAVILL😭!
This part hit me right in the heart💘
Lysmm
AAAHHH sorrry darling Your fav bab 😭😭😭☹️
he was planning to kill a specific person, as he said in the previous episode killing is a way that he brings himself peace, and it’s like a hobby of him yk.. as Elara has been found and the baby in her womb can reveal who the BOSS is , OBVIOUSLY he is gonna be petrified.. so he did that as a way of calming himself down yk.. thats js how psychopaths areee😭
lollll everyone has been telling me that Imran dying was the best part 🤣 but i lowkey felt bad for him there ngl..
welll… fir’aun vess maruvaniikan enguniima shahaadhaiy kiyan ulhunehnun that’s js how life is…
ZAAVILL is bye bye sadly 😭😭😭
awwhh jazaakillah khair 🫶🏻🥹 honestly this episode made me a bit emotional asw.. likewise 🫶🏻
That’s what’s wrong with ppl nowadays
Abadhuves vaguthu faaithuvumun heyo visnun libeny 😥
🙁🙁🙁🙁
NICE
jazaakillah khair fathimath rishma 🫶🏻