Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 79

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
August 8, 2026 3 Mins Read
11 Comments

“ދަރިފުޅާ… އިނގޭ… މިއީ މަޢާފު ހައްގުވާ ވަރުގެ ބައްޕައެއް ނޫންކަން.. އެކަމަކު… މި ނުލަފާ ބައްޕައަށް މަޢާފު ކޮށްދީ ދަރިފުޅާ.. ބައްޕަ ދަރިފުޅުދެކެ ވަރަށް ލޯބި…” އިމްރާންއަށް ލިޔެވުނީ އެހިސާބަށެވެ……

(79 ވަނަ ބައި)

ޑައިލަސިސް ހަދާ ކޮޓަރި ތެރޭގައި އޮތް އަޒީންގެ ނިއްމަތީގައި އަތް ބާއްވާލެވިފައި އޮތް އިރު އޭނާއަށް ވިސްނެމުން ދިޔައީ މިއަދު ރުޒައިކް ބުނި ވާހަކައެވެ. ތެދެކެވެ. ހަގީގީ ލޯބިވާ މީހަކު އެމީހެއްގެ މާޒީގައި ވެފައި ހުރި ކަންކަމުގައި ހިފާ ނުދަމާނެއެވެ. އަބަދުވެސް ލޯބިވާނެއެވެ.

ނިތުން އަތް ހިއްލާލަމުން ތަންކޮޅެއް ދުރުގައި ފައިލެއް ހިފައިގެން އިން ޒާލާއާއި ދިމާލަށް އޭނާ ބަލައިލިއެވެ. މިއޮށް ހާއިރުވެސް ޒާލާ އިނީ އޭނާއާއި ދިމާލަށް ބަލަންކަން އޭނާއަށް އެނގެޔެވެ. ނަމަވެސް އަޒީން ބަލައިލިކަން އެނގުމުން ޒާލާ އަނެއްކާވެސް ފައިލާއި ދިމާލަށް ބަލައިލިއެވެ.

ޒާލާ އަނެއްކާވެސް ބަލައިލަންދެން އަޒީން ބަލަން އިނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޒާލާ އަނެއްކާ ބަލައިލިއެވެ. އަޒީން އަތުގެ އިޝާރާތުން އައުމަށް އެދުނެވެ. ކަރުކެހިލަމުން ޒާލާ ލަސް ހިނގުމުގައި ގޮސް އަޒީން ގާތުގައި އިށީނެވެ.

“ކިހިނެތްތަ؟” އަޒީން ހިނިތުންވެލަމުން އަހައިލިއެވެ. އެ ހިނިތުންވުން ފެނި ޒާލާގެ ދެފައިކޮޅުން ވާގި ދިޔަ ފަދައެވެ. އަދި އަޒީން ހިނިތުންވެލައިގެން ހުއްޓާ އޭނާއަށް މިފެނުނީ އަލަށެވެ. އޭނާ ހިނިތުންވެލި އިރު ކަނާތު ކޮލަށް އެރި އަޑި ކޮޅު ފެނި ޒާލާގެ ހިތުގެ ހިނގުން އަވަސް ވެގެން ދިޔައެވެ.

“ރ.. ރަނގަޅު.. އަޒީން ކިހިނެތްތަ؟…” އަޅައަޅައިގަންނަމުން ކަހަލަ ގޮތަކަށް ޒާލާ ވެސް އެހިއެވެ.

“ރަނގަޅެއް ނޫނެއްނުން” ހިތި ހިނިތުންވުމަކާއި އެކު އޭނާ ގާތުގައި ހުރި މެޝިނުތަކަށް އަޒީން ބަލައިލިއެވެ. “އަހަރެން ބޭނުން ކުއްޖަކާ ވާހަކަ ދައްކާލަން. އެހެންވެ މި ގޮވާލީ.. އަހަރެންނާއި ދިމާލަށް އެވަރަށް ބަލަން އިނީމަ އެނގުން ޒާލާ ނަރުސް ހުރީ އަހަރެންނާއި މެދު ޝައުގު ވެރިވެފައި ކަން…” އަޒީން އެހެން ބުނުމުން ޒާލާ ލަދުން ދުރުބަލައިލިއެވެ.

“ހެހެ. މަށަށް ކިޔަނީ އަހުމަދު އަޒީން. އުމުރުން 21 އަހަރު. އަހަރެންގެ ހުންނަނީ ދޮންތައެއް. އަސްލު ކޮއްކޮ ދޮންތަ ކިޔަސް.. ދޮންތައަށް 19 އަހަރު.. ދޮންތައާއި އަހަރެންގެ ހުންނަނީ ދެ ބައްޕައެއް. މިއީ އެއްބަނޑު ދެބެން. ދޮންތައެއީ މަންމަ ރަށް މެދަށް ވިހޭ ކުއްޖެއް. ރަށަށް އަރުވާލި މީހެއްގެ ދަރިއަކަށް މަންމަ ބަލިވެ އިނީ.. މަންމަ ބަނޑުބޮޑު ކޮށްލާފަ ދިޔަ ގޮތައް ދެން ނޭނގެ އެމީހާ ވީ ތަނެއްވެސް. އަހަރެންގެ ބައްޕަ މަންމަދެކެ ވަރަށް ލޯބިވޭ. މަންމަގެ ބޭވަފާތެރިކަމުގެ ހިތި ރަހަ ލުމުން ބައްޕަ ބޯ ގޮވައިގެން ފުރަތަމަ ދިޔައީ ސިނގިރޭޓަށް.. ދެން ބިޑިޔާ އޭތި މީތި ބޮމުން އެންމެ ފަހުން ބައްޕަ ޖެހުނީ މަސްތުވާތަކެތީގަ. އެދުވަސް ކޮޅު މަންމަ ނިޔާވީވެސް. މަންމައާއި ބައްޕަގެ ކައިވެންޏަކީ ނުގަބޫލުގައި ކުރެވުނު ކައިވެއްޏެއް ކަމުން މާމަނެން މަށަށް ވަރަށް ނަފުރަތު ކުރޭ. މަސްތުވާތަކެތި ބޯ ފުރޭތައެއް ކައިރީ ދޮންތަ ނުބަހައްޓަން ވެގެން މާމަމެން ދޮންތަ ގެންދިޔައީ. ބައްޕަގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް އަހަރެންވެ ދިޔައީ.. ގިނަ ދުވަސް ދުވަހު އަހަރެންނަށް ކާންވެސް ދިނީ މަސްތުވާތަކެތި. އޭރު އަހަރެންގެ އުމުރުން އެންމެ 7 އަހަރު… ބައްޕަ ދިން އެއްޗެއްގަ ދޯ ހިފާނީ..؟ އޭގެ އަވައިގައި އަހަރެން ޖެހުނީ އެހިސާބުން. ބޮޑުވެ ފުރާވަރަށް އެރި ފަހުން މާމާ މެނާއި ސިއްރުން މަށާ ދޮންތަ ގުޅުން ބަދަހި ކުރިން.. 20 އަހަރުގަ އަހަރެން ޖަލަށް ލީ. އަހަރެން ޖަލުގައި އޮށްވާ ބައްޕަ ނިޔާވީ.. ބައްޕަވެސް މަރުވީ މިކަމުގަ.. ޖަލަށް ލީތާ 8 މަސް ފަހުން އެނގުނީ ކިޑްނީ ފެއިލް ވެފައި ކަން.. ދެން ކޯޓުގައި ވާހަކަތަށް ދައްކާ އެގޮތް މިގޮތުން އަހަރެން ގޭބަންދަށް ބަދަލު ކުރީ. ދެން އަހަރެން ޖަލުން ދޫކޮށްލި އިރު ދޮންތަ ހުރީ ކައިވެނި ކޮށްގެން. ދޮންތަބެއާއި އެކު އަހަރެމެން މިކޮޅަށް އެކީ ބަދަލުވީ މި… އަބަދު ޑައިލަސިސް ހަދަން އަންނަން އުނދަގޫވީމަ…” ހުރިހާ ވާހަކައެއް ކިޔާދީ ނިމުން އިރު އަޒީންއަށް ގިސްލަ ގިސްލާފައި ރޮވެމުން ދިޔައެވެ.

ބަދިގެ ތެރޭގައި މެންދުރަށް ކައްކަން ހުރި ނައުރީން ހުރީ ރޭޑިއޯ އަޅުވައިގެންނެވެ. 2 ގެ ޙަބަރުގެ ކުރިން އަންނަ ޕުރޮގުރާމެއް އަޑު އަހަން ހުއްޓައި ދޭއް ޖެހި ކަމަށް އިއުލާން ކޮށްފިއެވެ. ޙަބަރު ކިޔަން ތައްޔާރުތައް ވަނިކޮށް ދުވެފައި ކަހަލަ ގޮތަކަށް ޒަވުލް ވަނެވެ. އަދި އަވަސް އަވަހަށް ރޭޑިއޯ ނިވާލިއެވެ.

“ކިހިނެތްވީ ދަރިފުޅާ؟” ޒަވުލްގެ އެ އަމަލުން ނައުރީން ހައިރާންވިއެވެ. ޒަވުލް ކުރިއަށް ޖެހިލިއެވެ. ދާހިތްލާ ފޯވެފައި ހުރުމުން އޭނާ އެއައިތާކުން އެއައީ ދުވެފައިކަން ދޭހަވެޔެވެ. ދެލޯ ރަތްވެފައި ހުރި އިރު ހުއްޓި ނުހުރެ ލޮލުން ކަރުނަތައް އަންނަމުން ދިޔައެވެ.

“ދަރިފުޅާ… ޒަވުލް… ކިހިނެތްވީ…؟”  ޒަވުލްއާއި ދިމާލަށް ސުވާލުގެ ނަޒަރަކުން ބަލައިލަމުން ގޮސް ނައުރީން އަނެއްކާ ރޭޑިއޯ އަޅުވާލިއެވެ. އޭރު ޙަބަރު ކިޔަމުން ދިޔައެވެ. “މިއަދު ހެނދުނު އިންޑިއާއަށް ދާން މާލޭން ފުރި ބޯޓުގައި ރޯވެ މޫދަށް ވެއްޓިއްޖެ. އަދި އަދަށް އެއްވެސް މީހަކު ފެނިފައި ނުވާއިރު، ލޮނުގަނޑުން ފެނުނީ ހަމަ އެކަނި ކުދި ކުދިވެ، އަނދާފައި ހުރި ބޯޓުގެ ތަންކޮޅު ކޮޅު. ކޯސްޓު ގާޑުން އެތަން ބެލުމުގައި އަދިވެސް ކުރިއަށް ދަނީ. އިތުރު ތަފުސީލު އަންނަނީ. ދެން އަޅުގަނޑު މި ބަލާލަނީ…”

ނައުރީންގެ މޫނުމައްޗަށް އަރައިފައިބަމުން ދިޔަ އަސަރުތަކަށް ބަލަން ހުރި ޒަވުލްއަށް އަނެއްކާވެސް ރޮވެން އުޅުނެވެ. “ޒާ… ޒާ… ޒާވިލް… މަގޭ … މަގޭ ޒާވިލް…” އަޑު އަޑު ނަގާ ރޯން ފަށަމުން ނައުރީންއަށް ބިންމަތީގައި އިށީނދެވުނެވެ. ނައުރީން ގާތުގައި އިށީންނަމުން ޒަވުލްއަށް އޭނާގެ ހަށިގަނޑުގައި ބައްދާލިއެވެ.

އެވަގުތު ގޭ ދޮރުހުޅުވުނު އަޑަށް ނައުރީންގެ ހަށިގަނޑުގައި ކަރަންޓު ޖެހުނު ފަދައެވެ. ކުއްލިއަކަށް ތެދުވެ ރޭޑިއޯ ނިވާލިއެވެ. އަދި ތެތްވެފައިވާ ކޯތާފަތް އޭނާ ފުހެލިއެވެ. ހަމަ ޖެހެން ކުރެވުނު ހުރިހާ ކަމެއް ކުރަން ނައުރީން މަސައްކަތް ކުރިއެވެ.

އެހެން ވިޔަސް ބަދިގެއަށް ވައިން ޒާލާއަށް ކޮންމެވެސް ކަމެއް ގޯސް ވެއްޖެ ކަމުގެ ސިގުނަލް ލިބުނެވެ. “މަންމާ؟ ކިހިނެތްވެފަ؟ ހާދަ ވަރަކަށް ދެލޯޯ ރަތްވެފަ؟”

“ކަމެއް ނުވޭ ދަރިފުޅާ” ޒާލާއަށް އެހެން އަހާ ނުނިމެނީސް ނައުރީން ބުނެލިއެވެ.

ކައިރީގައި އިން ގޮނޑީގައި ޒަވުލް ޒާލާ ބޭނދިއެވެ. “ނޫން މަންމާ… ދެން ދޮންތައަށް އޮޅުވާލުމުގެ އެއްވެސް މާނައެއް ނެތް.. ދޮންތާ… ބައްޕަ.. ބައްޕަ މިއަދު އިންޑިއާއަށް ދާން ދަތުރުކުރި މަތިންދާ ބޯޓުގައި ރޯވެގެން މޫދައް ވެއްޓިއްޖެ.. އަދިވެސް އެއްވެސް މީހަކު ފެނިފައެއް ނުވޭ…” ޒަވުލް ކެތްކޮށްލައިފައި ބުނެލިއެވެ. ވަގުތުން ޒާލާ އަޑުން އަޑުނަގާ ރޯން ފެށިއެވެ.

އަޑުން އަޑު ނަގާ ރޮމުން ދިޔަ ޒާލާ ކުރިމަތީގައި ޒަވުލް ކުޑަކަކޫ ޖެހިއެވެ. އެހިތުގައި ރިއްސައިގަތީ އިންތިހާއަށެވެ. އެހެން ވިޔަސް ކުރާނީ ކީއްހެއްޔެވެ؟ މަރަކީ އެއްވެސް މީހަކަށް ހިފެހެއްޓޭނެ އެއްޗެއް ނޫނެވެ. ދެދަރިން ރޮމުން ދިޔަ މަންޒަރު ފެނި ނައުރީންވެސް ހުރީ ހިތް ހުއްޓޭ ވަރުވެފައެވެ. އެހެން ވިޔަސް އެ އާއިލާއަށް ނޭނގުނީ ޒާވިލްގެ މަރުގެ ސިއްރެވެ. އެކަން އެނގުމުންވެސް އެމީހުން ހަމަ އެހެން ރޯނެ ބާއެވެ؟

(ނުނިމޭ)

އައްޑިހަނަބައިގެ ތެރެއިން:

ގަބުވެފައި ހުރި ލަޝްކާ ފެނި ދާއިޔަލްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައި ލަޝްކާއާއި ދިމާލަށް ދިޔަ ދާއިޔަލްއަށް ދެވުމުގެ ކުރިން ލަޝްކާގެ އަތުގައި އޮތް ފޯނު ވެއްޓުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

މި ލޯތްބާއި ތި ވަޢުދު

Next

މަލާމާތް ލޯބި – 14

Next
August 8, 2026

މަލާމާތް ލޯބި – 14

Previews
August 8, 2026

މި ލޯތްބާއި ތި ވަޢުދު

11 Comments!

  1. Your fav bab Your fav bab says:
    August 8, 2026 at 12:40 pm

    Oh my god😭😭 azeen ge past kiyaafa hama huvaa rovijje!
    Alhe e plane ga in ekaku vx adhi nufeney dhw? Zaavil just aarghh!!
    Anyways mi part vx vrh reethi MA!
    Then enme inthixaar kureveny azeen and zaalaa gulheyne dhuhakah😁 istg they r so cute n made4eachother! No cap!
    When next?
    Lyssm💗

    1. shihaamaa ali shihaamaa ali says:
      August 8, 2026 at 8:09 pm

      Alheyyyy sorry rovvalevuniima 😭😭
      Yes adhi nufeney evvs meeheh.. only plan ge baibai.. im assuming they will float? I mean dead humans dont fot sure idk abt boatuge bai bai omzzz i’m soo bad at physics😭😭😭😭
      Jazaakillah khair your fav bab🩶🫶🏻
      Haha lets see dhww dhn what happens..
      In sha allah next soon
      Likeiwse🩶🫶🏻

  2. BLack says:
    August 8, 2026 at 6:13 pm

    MA.. KEEP IT UP DEAR ❤️
    WHEN’S KI NEXT? KHUSHE MARI WAITING KI…

    1. shihaamaa ali shihaamaa ali says:
      August 8, 2026 at 8:12 pm

      Jazaaillah khair Black 🩶🫶🏻
      In sha allah next soon🩶🫶🏻

  3. anonymous says:
    August 15, 2026 at 7:07 pm

    hey shiher
    when’s the next episode?
    can’t wait to read 🫶🏼

    1. shihaamaa ali shihaamaa ali says:
      August 23, 2026 at 1:07 pm

      Stay tuned anonymous 🩶

  4. Anonymous says:
    August 22, 2026 at 7:11 pm

    When’s next???

    1. shihaamaa ali shihaamaa ali says:
      August 23, 2026 at 1:08 pm

      In sha allah soon🩶

  5. shihaamaa ali shihaamaa ali says:
    August 23, 2026 at 1:08 pm

    salaam readers,
    i haven’t been able to upload the stories as promised since my little brother is very sick and has been admitted on the hospital. because of that i haven’t got time to write it. in sha allah i will upload as soon as my little brother starts to feel well. hope everyone understands, and please keep my little brother in your prayers
    shihaa🩶

  6. Your fav bab Your fav bab says:
    August 31, 2026 at 1:43 pm

    It’s fine dear.. I understand from the bottom of my heart!
    Wishing ur lil bro speed recovery💗
    Take care of urself shier

    1. shihaamaa ali shihaamaa ali says:
      September 13, 2026 at 7:12 pm

      🥺🫶🏻

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 76←


All Right Reserved!