ސައިކަލުގައި ޔައުލާން ގޮވައިގެން މީކައިލް ދިޔައީ އޭނާއާއި ވިޝާހާގެ ގެއަށެވެ. ގެއަށް ވަދެ ސިޓިންގ ރޫމުގައި އިށީނދެފައި ޔައުލާންގެ ކޮޑުގައި މީކައިލް ފިރުމާލިއެވެ. “އިންޝާ ﷲ އަދި ރަނގަޅު ވާނެ. މީވެސް އިމްތިހާނެއް. ކެތްތެރިވޭ ޔައު” ހިތްވަރު ދިނުމުގެ ގޮތުން މީކައިލް ބުނެލިއެވެ. ނުރޯން ވެގެން ކެތްކޮށްލައިގެން އިން ޔައުލާންއަށް ކެތްވީ އެހިސާބަށެވެ. އަޑުން އަޑު ނަގާ ރޯން ފެށުނެވެ. ރޮމުން ރޮމުންއޭނާއަށް ބިންމައްޗައް ޖެހިގަނެވުނެވެ. މީކައިލް ބިންމަތީގައި އިށީނެވެ. ޔައުލާންގެ ހަށިގަނޑުގައި ބައްދާލިއެވެ. ޔައުލާންގެ އަޑުގައިވީ ވޭން އިވި ކޮންމެ މީހެއްގެ ހިތްވެސް ފިސް ފިސް ވާނޭކަން މުޖައްރިބެވެ. ހުދު މީކައިލްގެ ލޮލުގައި ވެސް ކަރުނައިގެ މުތީތައް ބަބުޅަން ފެށީ އެހިތުގައި ޔައުލާންއަށްޓަކައި އުފެދުނު ހަމްދަރުދީގެ ސަބަބުންނެވެ.
(77 ވަނަ ބައި)
އަޒީން ޑައިލަސިސް ހަދަން ވަނުމުގެ ކުރިން ފެންފުޅިއެއް ގަތުމަށް ނިކުން ރުޒައިކް ކުޑަ ހިނދުކޮޅެއް ތެރޭގައި އައެވެ. އެއް އަތުގައި ‘ބޮނަކުއާ’ ފެންފުޅިއެއް އޮތް އިރު އަނެއް އަތުގައި އޮތް އޭނާގެ ‘އައި ފޯން 17 ޕްރޯ މެކްސް’ އަށް އޭނާގެ ދެލޯ ވަނީ ‘ތަތް’ ވެފައެވެ. އަންހެން ކުދިންގެ ނަޒަރުތައްވެސް އޭނާއަށް ހުއްޓެމުން ދިޔައީ އެއްވެސް ސަބަބެއް ނެތިއެއް ނޫނެވެ. ފޯނަށް ގެއްލިގެން ހުރި ރުޒައިކް އެވަގުތު އެތަނުގައި ހުރި ކޮޓަރިން ނިކުން ނަރުސް ކުއްޖާ އޭނާގެ ހަށިގަނޑުގައި ލައިގަތެވެ. ހުޝިޔާރު ކަމާއި އެކު ރުޒައިކް އޭނާގެ ހަށިގަނޑުގައި ހިފިއެވެެ.
އޭނާގެ އަތު ތެރޭގައި އޮތް ހޫރުޕަރީއަށް ބަލަން ރުޒައިކް ހުރީ ދެލޯ ބޮޑުވެފައެވެ. ހަޔާތުގައިވެސް އެހާ ރީތި ކުއްޖެއް އޭނާއަށް ފެނިފައެއް ނުވެޔެވެ. ފުރަތަމަ ފެނިލުމުންވެސް އެ ހިތުގައި ޖަހައިލީ ލޯބީގެ ވިންދެވެ. ނަމަވެސް އެކުއްޖާގެ ކަރުގައި އޮތް މުވައްޒަފުގެ ކާޑުގައި އިން ނަން ފެނި ރުޒައިކްގެ މޫނުމަތީގައިވީ ކުލަވަރު ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގެޔެވެ.
“މަޢާފް ކުރޭ، ޒާލާ..” ޒާލާގެ ހަށިގަނޑު ތެދުކޮށްލަ ދެމުން ރުޒައިކް ބުނެލިއެވެ.
“އެއޯކޭ ވާނެ. އަޅުގަނޑަށްވެސް ބަލާ ނުލާ ނިކުމެވުނީ.” ހިނިތުންވެލަމުން ޒާލާ ހިނގައިގަތެވެ. ޗާލު ހިނިތުންވުމެކެވެ. އެ ހިނިތުންވުން ފެނި ރުޒައިކްގެ ދެފައި ތުރުތުރުލާން ފެށިއެވެ. ދުވަހަކުވެސް އަންހެން ކުއްޖަކު ފެނިގެން އޭނާއަށް އެހެނެއް ނުވެޔެވެ. މިހެން މިވީ އަދި އަލަށެވެ. އެވެސް އެންމެ ނުބައި ކުއްޖާއަށެވެ.
ރުޒައިކް އެނބުރި ދިޔަ އިރު އަޒީން އިން ގޮތައް އިނެވެ. ދިރުމެއް ނެތް މީހެއް ފަދައިންނެވެ. ފުންނޭވާއެއް ދޫކޮށްލަމުން އަޒީން ގާތުގައި އޭނާ އިށީނެވެ. މާ ގިނަ އިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ޑައިލަސިސް ހަދާ ކޮޓަރި ތެރެއިން ޒާލާ ނިކުމެ ބޯ ދިއްކޮށްލަމުން ވަނުމަށް، ޒާލާ އިށާރާތް ކޮށްލިއެވެ. ރުޒައިކް ގާތުގައި ދަނީއޭ ބުނެލަމުން އަޒީން އެތެރެއަށް ވަނެވެ.
އެނދުގައި އޮށޯވެލަމުން އޭނާ ގާތުގައި ހުރި މެޝިންތަކައް އޭނާ ބަލައިލިއެވެ. އެއީ މިހާރު ފެނި ފެނި އާދަ ވެފައި ހުރި މަންޒަރު ތަކެކެވެ. އެހެން ވިޔަސް ކޮންމެ ފަހަރަކުވެސް އެހިތުގައި އުފެދެނީ ބިރުވެރިކަމެވެ.
އަޒީންގެ އަތައް ކަށި ގުޅުވަން އުޅުން ޒާލާގެ ނަޒަރު ހުއްޓުނީ ސީދާ އަޒީންގެ ދެލޮލަށެވެ. އެދެލޮލުން އޭނާއަށް ފެނުނީ ވޭނެވެ. އުދާހެވެ. މޫނުމަތީގައިވީ އަސަރުތަކުން އޭނާއަށް ފެނުނީ ލޯބި ނުލިބިފައި ހުރި ކުޑަ ކުއްޖެކެވެ. މަންމައާއި ބައްޕަގެ ލޮތްބައް ދަހިވެތި ވެފައިވީ ކުޑަ ކުއްޖެކެވެ. އެ ލޮތްބައް ފެންބޮވައިގަނެފައިވީ ކުޑަ ކުއްޖެކެވެ.
“އަޒީން…؟” އަޒީންގެ އަތުގައި ޒާލާ މަޑުމަޑުން ފިރުމާލިއެވެ. އަޒީން ޒާލާގެ އެ ޗާލު މޫނަށް ބަލައިލިއެވެ. މޮޔަވާވަރުގެ ރީތިކަމެކެވެ. އެވަގުތު އޭނާގެ ހިތުގައި ޒާލާއަށްޓަކައި އިންތިހާ ލޯބިވީކަން އަޒީންއަށް އެނގި ޔަގީންވިއެވެ. ނަމަވެސް އޭނާ ކުރާނީ ކީއްހެއްޔެވެ؟ އޭނާއަކީ ޒާލާގެ ލޯބި ހައްގު ވާ ވަރުގެ މީހެއް ނޫނެވެ.
މަޒީނާ އެނބުރި ގެެއަށް ވައިން އިރު ޒެން އިނީ ކުޑަ ކުއްޖަކު ކުޅެން ދާން ނުފޮނުވުން މޫނު ހަދާހެން މޫނު ހަދައިގެންނެވެ. “ކަލޭ މަ ހައިބަނޑާ މަރާލާނަމޭ ހިތާތަ ތިއުޅެނީ އޭނ؟؟؟” މަޒީނާގެ އަތުގައި އޮތް ތަށި ކޮތަޅު އަތުލަމުން ޒެން ބުންޏެވެ. މަޒީނާ އިސްޖަހާލަމުން ޒެން ގާތުގައި އިށީނެވެ.
“މީ ކޮންހާ ތައްޓެއް؟ ކީއްކުރަން ތިން ތަށި ގެނައީ؟” ޒެން އަހައިލިއެވެ.
“މަށަށާ އަޒޭއަށާ…” މަޒީނާ މަޑުމަޑުން ބުނެލިއެވެ.
“އެ ކީއްކުރަން؟ މަ ބުނިން ދޯ އެއްވެސް ބޭކާރު ހަރަދެއް ކޮށްގެން ނުވާނޭ؟ އަޒޭއަށް ދެންޏާ ދީ. ކަލޭ ކައިގެން ނުވާނެ”
“އެއީ… އެއީ ކީއްވެތަ..؟ އަހަރެންވެސް ނުކާތާ ދެ ދުވަސް ވަނީ އޭ… މިދަރިފުޅަށް ގޮތެއް ވެއްޖެއްޔާ؟”
“މަށަށް ރަނގަޅީވެސް ތި ދަރި މަރުވީއާ” މިހެން ބުނެ ޒެން އެ ތަށިބަރި ހިފައިގެން ކާގެއަށް ވަނެވެ. މަޒީނާ އިސްޖަހައިލިއެވެ. ޒެން އެހުރީ އެދެމީހުންގެ ދަރިފުޅު މަރާލަން އަތު ކުރި އޮޅާލައިގެން ކަން އެވަގުތު އޭނާއަށް އެނގި ޔަގީން ވިއެވެ. އެއީ ކޮން ކަހަލަ ބައްޕައެއް ހެއްޔެވެ؟
އާއިލާއާއި އެކުގައި ދުވަސްތަކެއް ހޭދަ ކޮށްލާފައި އަލުން ދާން ވުމުން ނައުރީން، ޒާލާއަދި ޒަވުލްވެސް ހުރީ ދެރަވެފައެވެ. ޒާވިލްގެ މޫނުމަތީގައިވެސް ވީ އިންތިހާ ދަރަޖައިގެ ވޭނެވެ. އެއިން އެކަކަށްވުރެ ވެސް ޒާވިލް ހުރީ މާ ދެރަވެފައިހެން ހީވެޔެވެ. އެއީ ކީއްވެގެން ބާއެވެ؟
ކުއްލިއަކަށް ޒާވިލްގެ ފޯނު ރިންގުވާން ފެށިއެވެ. “އެބަ އަންނަން އިނގޭ. ބޮސް އެގުޅަނީ” މިހެން ބުނެ ޒާވިލް ދުރަށް ޖެހިލިއެވެ. ނަގަން ނުނަގަން ހުރެފައި އޭނާ އެ ފޯނު ނެގިއެވެ. “ހަލޯ؟”
“ކޮބާ ތައްޔާރުތަ؟” ވާހަކަ ދެއްކީ ބޮސްއެެވެ.
“ބޮސް… އަޅެ… އަހަރެންގެ ފުރާނަ ސަލާމަތް ވާނެހެން މިކަމެއް ނުވާނެތަ..؟” ޒާވިލްގެ އަޑު ކުރެހުނެވެ. އެހެން އެންމެނަށް ވުރެ ޒާވިލް ދެރަވެފައި ހުރީ އެހެންވެގެންތާއެވެ. އެއީ އޭނާއަށް އޭނާގެ އަނބިމީހާއާއި ދަރިން ފެންނާނެ ފަހުދުވަސްކަން އޭނާއަށް އެނގޭތީއެވެ.
“އަހަރެންގެ ފުރާނަ ސަލާމަތް ވެދާނެ ގޮތަކަށްހޭ؟ ޒާވިލް މޮޔަވީތަ؟ ނައުރީންއަށް ދައްކަންވީތަ ކަލޭ ޕާޓީތަކައް ގޮސް ހިލޭ އަންހެނުން ގޮވައިގެން ތެޅޭ ވައްތަރު؟” ދެން ބޮސް ކުޅެލީ ޒާވިލްގެ ބަލިފަޔަށެވެ.
“ކޮބާތަ އަސްލު ބޭނުމަކީ؟ އެ އެންމެން މަރާލުމުގެ…؟” އަހަން ނާހަން ހުރެފައި ޒާވިލް އެހިއެވެ.
“ކަލޭ ދުހާކުވެސް މީހަކު މަރާލިންތަ؟ މަރާލި ނަމަ އެނގޭނީ އެއީ ކިހާ ހިތްހަމަ ޖެހޭ ކަމެއްކަން. އެލާރާގެ ބަނޑުގައި އޮތީ މަގޭ ދަރިއަކަށް ވެދާނެތީ މަ މިހުންނަނީ މޮޔަވާ ވަރުވެފަ. އެހެންވެ މިހާ އަވަސް އަރުވާލީވެސް މިކަން މި” ބޮސްގެ އަޑުގައިވީ ހާސްކަން ޒާވިލްއަކަށް ވަންހަނާއެއް ނުވިއެވެ.
“އަހަރެން މިކަން ކުރާނަން… އެކަމަކު… ބޮސްގެ ވައުދު ހަނދާން ކުރާތި. އަހަރެންގެ އާއިލާ ބަލާތި…” ޒާވިލް އެހެން ބުނުމުން ‘ހޫމް’ ލައްވާލާފައި ބޮސް ފޯނު ބޭއްވިއެވެ. ޒާވިލް އިސްޖަހާލިއެވެ. އޭނާގެ ދިރިއުޅުން މި ހަލާކުވީ ނައުރީންއަށް އޭނާ ބޭވަފާތެރި ވެވުމުންނެވެ. މިކަމުން ސަލާމަތް ވުމަށް އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ދުރުގައި ތިބި އޭނާގެ އާއިލާއަށް ބަލައިލީ އިރު އޭނާގެ ލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ.
(ނުނިމޭ)
ހަތްދިހައަށްވަނަބައިގެ ތެރެއިން:
ބޯޓު ތިރިޔައް ދަމުން ދިޔަ އިރު ޒާވިލްގެ ނޭވާ ކުރުވަމުން ދިޔައެވެ. ބޯޓު ތެރޭގައި އޮކްސިޖަން ނެތްކަން އޭނާއަށް އެނގެޔެވެ. ދެލޯ މަރާލި އިރު ދެލޮލުގައި ބޮނޑިވެފައިވީ ކަރުނަތައް އަންނަން ފެށިއެވެ. “އަހަންނަށް މަޢާފް ކުރޭ ނައު…” ހިތާހިތުން ޒާވިލްއަށް ބުނެވުނެވެ. ބޯޓު ލޮނުގަނޑަށް ވެއްޓުމުގެ 10 ވަރަކަށް ފޫޓު އޮށްވައި ބޯޓުގައި ރޯވެ، މުޅި އެތި އެކީގައި ގޮވިއެވެ. ލޮނުގަނޑަށް ވެއްޓުނީ ކުދި ކުދިވެފައިވީ ބޯޓުގެ ތަންކޯކޮޅެވެ. މީހުންގެ ހަށިގަނޑުވެސް ބައިބައިވެ، ލޮނުގަނޑަށް ވެއްޓުން އިރު ބޯޓު ތެރޭގައިވީ އެންމެންގެ ރުއިމުގެ އަޑު އެކީގައި ކެނޑިގެން ދިޔައެވެ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Hiiii shihaa
V gina dhuvas kohffa story eh mikiyaalee
V reethi mi part MA
CW4THENEXTP
Tc
Heyy Sheex
Hehe yea.. jazaakillah khair 🩶🫶🏻
In sha allah next soon likewise🩶🫶🏻
varah asarugadha loabeege vaahakei
Jazaakallah khair އަހުމަދު އިބްރާހީމް ދީދީ ހަސަންފުޅު 🩶🫶🏻
As always mi part vx hama fantastic✨
Zaavil! Wtf?? I genuinely thought e soru loyal vaane ey😭 he dug his own grave..
Btw next ep ge there in kiyaafa vrh curious vejje!
Waiting for next!
Lysm💗
Jazaakillah khair Your fav bab 🩶🫶🏻
Plot twist😔✋🏻 i made everyone like him first MUEHEHE🤣 yessss dhww.. lowkey traumatised by that paragraph only😔 in sha allah next soon .. likewise🫶🏻🩶
Btw shiha!
I have a genuine question to ask you!!
You see pfp aruvaairu there’s this blue tag ehnu esfiya konmes ehchekey liyefa! How’d you get rid of that! My pfp in a blue tag negeyne gotheh nuvi😭😭
Help !e
Profile picture laa kuraa iru or story ah photo laa iru ethaa add files kanne innaanee.. eyah fihthaaleema dhw gallary ah vadheveynee.. eyge thiriyah innaane “auto watermark” kiyaa ehcheh.. eythi off kollan jeheynee eyrah nuvaane 🩶🫶🏻