މެންދުރު ނަމާދު ކޮށްލައިގެން ގެއަށް އެނބުރި އައި ޝަރަފްގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އޭނާގެ ގޭ ކައިރީ ގުދުވެގެން ހޮޑު ލާން އޮތް އަންހެން ކުއްޖާއެވެ. ވަގުތުން އޭނާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ގެއަށް ވަދެ ފެންފުޅިއެއް ހިފައިގެން ނިކުތެވެ. އޭރު އޭނާ އިނީ ބިންމައްޗައް ޖެހިފައެވެ. އިށީނދެގެން އިން ނަމަވެސް އޭނާގެ ހަށިގަނޑުގައި އެއްވެސް ފަދައެއް ނެތެވެ. “މަޒީނާ…؟” އޭނާގެ ކުރިމަތީގައި ހުއްޓުނު ޝަރަފް ދިޔައީ ސިއްސައިގެންނެވެ. މާބަނޑުވެފައި ހުއްޓާ އޭނާ މިހެން މަގުމައްޗަށް ދޫކޮށްލީ ކާކު ބާއެވެ؟
(76 ވަނަ ބައި)
މަޒީނާގެ ހަށިގަނޑުގައި، ހިލޭ ފިރިހެނެއްގެ މަގާމުގައި ހުރެ ބީހޭކަށް ޝަރަފްއަކަށް ނުކެރުނެވެ. އެތެރެއަށް އަނެއްކާވެސް ވަނީ އެހެންވެއެެވެ. “މަންމާ.؟ މަންމާ؟.” އެތެރެއަށް ވަދެ ޝަރަފް ގޮވީ އޭނާގެ މަންމަ ޝަރާއަށެވެ.
“ކީކޭ ދަރިފުޅާ؟” މެންދުރަށް ބަތް ކައްކަން ދޮވެ ދޮވެ ހުރި ހަނޑޫ ތެލި ހިފައިގެން ޝަރާ ބަދިގެ ތެރެއިން ބޯ ދިއްކޮށްލިއެވެ.
“ގޭ ދޮރު މަތީގަ އެބައިން ހޮޑު ލައި ލައި ހާންތިވެފައި އިން ކުއްޖެއް. އާދެބަލަ” ޝަރަފް އެހެން ބުނުމުން ތެލި ބައިންދާފައި އަރުވާ ޖަހައިލަމުން ޝަރާ އަވަސް އަވަހަށް ނިކުތެވެ. އަދި ގޮސް މަޒީނާ ގާތުގައި އިށީނެވެ.
“އެކޮއެ؟ ކިހިނެތްވެފަތަ ތީނީ؟ ހިނގާ ދައްތައާއި އެކު ގެއަށް” ޝަރާ އޭނާގެ އަތުގައި ހިފާލުމުން ވަރުބަލި ގޮތަކަށް މަޒީނާ ދެލޯ ހުޅުވާލިއެވެ. ޝަރާގެ އެހީގައި ތެދުވެ، މަޒީނާ އެތެރެއަށް ވަނެވެ. އަދި ޝަރާގެ ކޮޓަރީގައި މަޒީނާ ބާއްވާލިއެވެ.
“އެކޮއެ، އަންނާނަން ލުނބޯ ފަނި ތައްޓެއް ގިރައިގެން” މަޒީނާގެ ބޮލުގައި ފިރުމާލަމުން ޝަރާ ކޮޓަރިން ނިކުތީ ޝަރަފްގެ އަތުގައި ހިފައިގެންނެވެ.
“ކީކޭ މަންމާ؟” ޝަރާއާއި އެކު ބަދިގެއަށް ވަދެވުމުން ޝަރަފް އަހައިލިއެވެ.
“އެއީ ދޯ ދަރިފުޅު މިހާރު ތި ކުރަހާ ކުއްޖާއަކީ؟” ޝަރާ ކޮށްލި ސުވާލުން ޝަރަފްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ.
“އޭނ؟ ކީކޭ؟” ކަރުކެހިލާފައި ޝަރަފް އެހެން ބުނީ ޝަރާ އެދައްކާ ވާހަކަ ނޭނގޭ ކަމަށް ހަދާފައެވެ.
“ހެހެ. ދެން އޮޅުވާލަން އުޅޭނެކަމެއް ނެތް. ދަރިފުޅު ރޭގަ ނިދާފަވެސް އޮތީ އެކުރެހުންގަނޑު ހިފައިގެންނޭނުން. މަންމައަށް އެނގިއްޖެ އެމަންޖެ ފެނުނީމަ އެއީ އޭނާކަން. ދަރިފުޅު އެމަންޖެދެކެ ލޯބިވޭތަ؟ އެއީ ކޮން ކުއްޖެއްތަ؟”
ޝަރަފް އިސްޖަހާލީ ލަދުންނެވެ. އެންމެ ފުރަތަމަ މަޒީނާ ފެނުން ދުހުން ފެށިގެން އޭނާގެ ހިތްވަނީ މަޒީނާއަށް ދެވިފައެވެ. ކުޑައިރުން ސުރެވެސް އޭނާއަކީ ވަރަށް މޮޅު ކުރެހުން ތެރިއެކެވެ. ހިތުގައި ބިންވަޅު ނެގިފައިވާ މަންޒަރުތައް ފޮޓޯއަކާއި ނުލާވެސް ކުރަހާލުން އެއީ އޭނާއަށް އެއްވެސް ކަމެއް ނޫނެވެ. “އެއީ މަޒީނާ.. އަސްލު… ލޯބިވޭ… އެކަމަކު… އެއީ… އެއީ… އެއީ މީހެއްގެ އަންބެއް. ދެމަފިރިންގެ ދެމެދަށްވަދެގެން ލިބޭނެ އުފަލަކީ، ހިތްހަމަ ޖެހުމަކީ ކޮބާ…؟” އިސްޖަހާލަމުން ޝަރަފް ބުނެލިއެވެ.
“ޔަގީންތަ؟” ޝަރާ ސުވާލު ކޮށްލިއެވެ.
“ހްމްމް. އޭނާ ބަނޑުވެސް ބޮޑު. އެކަމަކު ހިޔެއް ނުވޭ އޭނާގެ ފިރިމީހާ އެހާ ރަނގަޅުހެނެއް” މިހެން ބުނެ ފުރަތަމަ މަޒީނާއާއި ދިމާވި ދުވަހު ކަންވީ ގޮތް ޝަރަފް، އަލިފުން ޔާއަށް ކިޔައިދިނެވެ.
“ހްމްމް.. ދަރިފުޅު އަޅެ ތިކަން ރަނގަޅަށް ބަލަންވީނުން؟ އެއީ އަނިޔާވެރި ކައިވެންޏެއް ކަމުގައިވަނީ ނަމަ ދަރިފުޅު ވާނެ މަޒީނާ ސަލާމަތް ކުރަން.” ޝަރަފްގެ ކޮނޑުގައި ފިރުމާލަމުން ޝަރާ ބުނެލިއެވެ. ޝަރަފް ބޯ ޖަހައިލިއެވެ.
ލުނބޯ ޖޫސްތަށި ހިފައިގެން ޝަރާ ގޮސް ކޮޓަރިއަށް ވަނެވެ. ޝަރާ ފަހަތުން ޝަރަފް ވެސް ވަނެވެ. “އަން. އަވަހަށް ބޯލާ. ބިސްމިން ކިޔާލައްޗޭ” މަޒީނާގެ އަތަށް ތަށި ދެމުން އޭނާގެ ބޮލުގައި ޝަރާ ފިރުމާލިއެވެ. މަޒީނާއަށާއި ޝަރަފްއަށް ވަގުތު ކޮޅެއް ދިނުމަށް، ޝަރާ ދެން ނިކުތީ ބޭރަށެވެ.
“ކީއްކުރަންތަ ތިވަރަށް ހޮޑު ލެވޭ އިރު ބޭރަށް ނިކުތީ؟” މަޒީނާއާއި ތަންކޮޅެއް ދުރުގައި ޝަރަފް އިށީނެވެ.
“ކާއެއްޗަކަށް އޯޑަރު ދޭން…” މަޒީނާ އިސްޖަހައިލިއެވެ.
“މަށަށް ގުޅާލި ނަމަ؟ ހުރެ. އަހަރެން އޯޑަރު ޖަހައިދޭނަން. ކޯއްޗެއް ނަގަންވީ؟”
“3 ތަށި ޓޮމާޓޯ ބަތް ރަނގަޅުވާނެ. ފިރިމީހާއަށާއި ކޮއްކޮއަށް…” މަޒީނާ ބުނެލިއެވެ.
“އާނ. މި އޯޑަރ ނަގާލަނީ”
ލަސް ދުވެއްޔެއްގައި ސައިކަލުގައި އައި ޔައުލާން ވަނީ އެލާރާމެންގެ ގެއަށެވެ. އޭރު ބޭރު ޖޯލީގައި އެލާރާ އިށީނދެލައިގެން އިނެވެ. ނޫކުލަޔާއި ހުދު ކުލައިގެ ރޮގު ދެމި ކަކުލާ ހަމައަށް އަރާ ކުރު ހެދުމެއް ލައިގެން އިން އެލާރާގެ އަތުގައި ‘ސްކުއިޝީ’ އެއް އޮތެވެ. އޭނާ ލައިގެން އިން ހެދުމުގައި ބަނޑާއި ދިމާލުގައި އިން ރަބަރު ގަނޑުން އޭނާގެ ބަނޑު ވަރަށް ރީތިކޮށް ފެންނަމުން ދިޔައެވެ. ހިނިތުންވެލަމުން ޔައުލާން ގޮސް އޭނާ ގާތުގައި އިށީނެވެ.
“ކިވް؟ ކޮން ބުރެއް؟” ޔައުލާން ފެނުމުން އެލާރާގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ.
“ރަނގަޅު. ލޯލާ ކިހިނެތް؟ ދަރިފުޅު ކިހިނެތްތަ؟” އެލާރާގެ ބަނޑަށް ބަލައިލަމުން ޔައުލާން އެހިއެވެ. ހިނިތުންވެލައިގެން އިން ނަމަވެސް އޭނާގެ ލޮލުގައިވީ އިންތިހާ ދަރަޖައިގެ ވޭނެވެ.
“ރަނގަޅު. މިއަދު ބޭބީ ވަރަށް ތޮޅުން ދުހެއް. އަތްލަބަލަ” ޔައުލާންގެ އަތުގައި ހިފާ އޭނާގެ ބަނޑުގައި ބާއްވާލިއެވެ. އެވަގުތު އަނެއްކާވެސް އެ ތުއްތު ފުރާނަތޮޅިލިއެވެ. ޔައުލާންގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ.
“ކިވްވް.. ލޯލާ ބޭނުން ދަރިފުޅު އުރާލަން. ކޮން އިރަކުންތަ ދަރިފުޅު އަންނާނީ؟” ޔައުލާންގެ އަތުގައި އެލިގަންނަމުން އެލާރާ އެހިއެވެ.
“ދެން ނެތެއްނުން މާ ދުހެއް. މާދަން 7 މަސް ވާނެއްނުން” އެލާރާގެ ބޮލުގައި ފިރުމާލަމުން ޔައުލާން ބުނެލިއެވެ. އަދި އޭނާގެ ބޮލުގައި ޔައުލާން ބޯ ޖައްސާލިއެވެ. އެވަގުތު އެލޮލުގައި ބޮނޑިވެފައިވީ ކަރުނަތައް އަންނަން ފެށިއެވެ.
ގޭ ދޮރާށި ހުޅުވާލި އަޑަށް އެލާރާގެ ނަޒަރު ދޮރާއި ދިމާލަށް ހުއްޓުނެވެ. ގެއަށް ވައިން މިކްޔާ ފެނި އެލާރާގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. “ދޮންބެ ދައްތާ؟ އަވަހަށް އާދޭ” ހިނިތުންވެލަމުން އެލާރާ އަތް ދިއްކޮށްލިއެވެ. މިކްޔާއަށާއި އޭނާގެ ފަހަތުން ވައިން މީކައިލްއަދި ވިޝާހާއަށް ވެސް ޔައުލާން އަނެއް ފަރާތައް އެނބުރި ދެލޯ ފުހެލި މަންޒަރު ފެނުނެވެ. ތިން ހިތުގައި ވެސް އޭނާއަށްޓަކައި ހަމްދަރުދީ އުފެދުނީ އިންތިހާއަށެވެ.
އެލާރާގެ އަތުގައި ހިފާލަމުން މިކްޔާ ޖޯލީގައި އިށީނެވެ. “އެލާ. މިއީ ދޮންބެ ދައްތަގެ ދޮންބެ. މީކައިލް. ދެން އެއީ ދޮންބެގެ އަންހެނުން ވިޝާހާ” މިކްޔާ އެދެމީހުން އަލުން އެލާރާއަށް ތަޢާރަފު ކޮށްދިނެވެ.
“ހޭ. ކިހިނެތްތަ؟ ކުއްޖަކު ހުރޭތަ ދެކުދިން” ވިޝާހާގެ އަތުގައި ހިފާލަމުން އެލާރާ އެހިއެވެ.
“ހެހެ ނޫނޭ. އަދި ނޫޅެން ކުއްޖަކު ހޯދާކަށް. ވަރަށް ފަހުން ކައިވެނި ކުރީވެސް” ވިޝާހާ ބުނެލިއެވެ. “އެލާ ކިހިނެތްތަ؟ ދަރިފުޅު ކިހިނެތް؟” އެލާރާގެ ބަނޑުގައި ވިޝާހާ ފިރުމާލިއެވެ.
“އަލްހަމްދުލިއްލާހި. ވަރަށް ރަނގަޅު. މިއީ އަހަރެންގެ ލޯބިވެރިޔާ. ޔާކިވް” ޔައުލާންގެ އަތުގައި ހިފާލަމުން އެލާރާ ބުނެލިއެވެ. ހިނިތުންވެލަމުން ޔައުލާން ސަލާމް ކޮށްލީ އެލާރާއަށް ބުނެވުނީ ނުބައިކޮށްކަން އޭނާއަށް ވިސްނުނަ ނުދޭށެވެ.
“ހިނގާ ދާން ބްރޯ ކޮފީއަކަށް” ކަރުނައި ފުރި، ރަތްވެފައިވީ ޔައުލާންގެ ދެލޮލަށް ބަލައިލަމުން މީކައިލް ބުނެލިއެވެ.
“ތެދެއް. އަހަރެމެން ތިބޭނަން އެލާ ގާތުގަ” މީކައިލްއާއި ބައިވެރި ވެލަމުން ވިޝާހާ ވެސް ބުނެލިއެވެ. އެލާރާގެ ބޮލު މެދަށް ބޮސް ދެމުން ޔައުލާން އެގެއިން ނިކުތެވެ.
ސައިކަލުގައި ޔައުލާން ގޮވައިގެން މީކައިލް ދިޔައީ އޭނާއާއި ވިޝާހާގެ ގެއަށެވެ. ގެއަށް ވަދެ ސިޓިންގ ރޫމުގައި އިށީނދެފައި ޔައުލާންގެ ކޮނޑުގައި މީކައިލް ފިރުމާލިއެވެ. “އިންޝާ ﷲ އަދި ރަނގަޅު ވާނެ. މީވެސް އިމްތިހާނެއް. ކެތްތެރިވޭ ޔައު” ހިތްވަރު ދިނުމުގެ ގޮތުން މީކައިލް ބުނެލިއެވެ. ނުރޯން ވެގެން ކެތްކޮށްލައިގެން އިން ޔައުލާންއަށް ކެތްވީ އެހިސާބަށެވެ. އަޑުން އަޑު ނަގާ ރޯން ފެށުނެވެ. ރޮމުން ރޮމުން އޭނާއަށް ބިންމައްޗައް ޖެހިގަނެވުނެވެ. މީކައިލް ބިންމަތީގައި އިށީނެވެ. ޔައުލާންގެ ހަށިގަނޑުގައި ބައްދާލިއެވެ. ޔައުލާންގެ އަޑުގައިވީ ވޭން އިވި ކޮންމެ މީހެއްގެ ހިތް ވެސް ފިސް ފިސް ވާނެކަން މުޖައްރިބެވެ. ހުދު މީކައިލްގެ ލޮލުގައިވެސް ކަރުނައިގެ މުތީތައް ބަބުޅަން ފެށީ އެހިތުގައި ޔައުލާންއަށްޓަކައި އުފެދުނު ހަމްދަރުދީގެ ސަބަބުންނެވެ.
(ނުނިމޭ)
ހަތްދިހަހަތްވަނަބައިގެ ތެރެއިން:
އޭނާގެ އަތު ތެރޭގައި އޮތް ހޫރުޕަރީއަށް ބަލަން ރުޒައިކް ހުރީ ދެލޯ ބޮޑުވެފައެވެ. ހަޔާތުގައިވެސް އެހާ ރީތި ކުއްޖެއް އޭނާއަށް ފެނިފައެއް ނުވެޔެވެ. ފުރަތަމަ ފެނިލުމުންވެސް އެ ހިތުގައި ޖަހައިލީ ލޯބީގެ ވިންދެވެ. ނަމަވެސް އެކުއްޖާގެ ކަރުގައި އޮތް މުވައްޒަފުގެ ކާޑުގައި އިން ނަން ފެނި ރުޒައިކްގެ މޫނުމަތީގައިވީ ކުލަވަރު ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގެޔެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Mi part ves vrh Reethi MA 💗
I feel bad for yaulaan 😭💔
How old is mazeena
Jazaakallah khair Anonymous 🩶🫶🏻
Dhww i feel soooo bad for him asw 😓
Mazyna is 19
Vrh furihama mi part vx MA!✨
Yau!! His situation so devastating, can’t hold back my tears😭
Yoo!! Anekka ruzaik and azeen falling for the same person tha?😱 I low key think ruzaik athu therey e othee zaalaa hen!
Can’t wait for next part!!
Lysm💗
Jazaakillah khair Your fav bab 🩶🫶🏻
Dhww i was also kinda tearing up e scene liyun iruu…
Aaahhhhh.. haha let’s see dhww.. i don’t think dhn mi story ah character eh gennaane hnneh.. most probably i won’t.. soooo it is someone you guys already know….🫢🫢🫢
Next ep ga ingeyne eiii kaaku kan keke.. stay tuned in sha allah next soon.. likewise 🫶🏻
Omg dntttt make azeen and ruzaik fall for the same gurlll😭😭😭😭
Anyway this ep was soooo gooddd Masha’Allah 🩵
Waiting for the nexxtt epp😩
Jazaakillah khair MaZy🩶🫶🏻
Aaaaaa lets see dhww haha
In sha allah next sooon stay tuned🫶🏻🫶🏻