Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-39

Zidu Level 110 Stories
July 27, 2026 4 Mins Read
0 Comments

*”ޕޮލިހުން މިހާރު އެބަ މަސައްކަތް ކުރޭ ކާކުތޯ ހޯދަން. މާދަން ހެނދުނު އަންނާނެ މިންގެ ބަޔާން ނަގަން. އެއްވެސް ކަމެއް ނުފޮރުވާތި. ހުރިހާ ވާހަކަ އެއް ބުނާތި. މިންގެ ވެސް ފުލް ކޯޕަރޭޝަން ބޭނުން ވާނެ.” ރީހާން ސީރިއެސް ވެލިއެވެ.*

“އޯކޭ. ދެން ގޮސްލީއޭ. މާދަން ހެނދުނު އަންނާނަން.” މިންހާ ނުކުމެގެން ދިޔައެވެ.

ހެނދުނު މިންހާ ހޮސްޕިޓަލަށް ދާން ނުކުތެވެ. ގޭތެރޭގައި އެކަކު ވެސް ފެންނާކަށް ނެތެވެ. ރިޝްފާ އާއި ރައުފާހެ އިތުރުން ރަނާ ބަދިގޭގައި އުޅޭ އަޑު އިވެއެވެ.

“ދަރިފުޅާ. ސައިވެސް ނުބޮއިތަ ދަނީ؟” ނިކުންނަން ދިޔަ މިންހާ ފެނިފައި ރިޝްފާ ގޮވައިލި އެވެ.

“ސައިބޯ ހިތެއް ނެތް.”

“ތިހެން ކަމަކު ނުދާނެ. މަންމައަށް އެނގެއޭ ތިބެގެން އުޅޭގޮތް. ދަރިފުޅަށް މަންމަ ހުންނާނީ އޮރެންޖު ޖޫސް ހަދާފަ. އެ ބޮއިގެން ދާންވާނީ. އާދޭ.”

ރިޝްފާ ބުނުމުން މިންހާ ދެކޮޅު ނުހަދާ ދިޔައެވެ. އޭނާ ކާމޭޒު ދޮށުގައި އިންދައި މާޔަން ވަދެގެން އައެވެ.

“ހޮސްޕިޓަލަށްތަ؟” ކައިރީގައި ހުރި މިންހާގެ ހޭންޑް ބޭގް ފެނިފައި މަޔާން އަހައިލި އެވެ.

މިންހާ ހަމަ އެކަނި ބޯޖަހައިލި އެވެ.

“އަހަރެން ވެސް މިދަނީ ބޭރަށް. މިން ލައިދޭން ގޮސްދާނަން.” މަޔާން ވާހަކަ ދެއްކީ އާދައިގެ ގޮތަކަށެވެ.

“އަހަރެން ދާނީ ބައްޕަ އާއި އެއްކޮށް.” މިންހާ ވަގުތުން ދެކޮޅުހެދި އެވެ.

“ކީއްތަވީ. ބައްޕަ އާއި އެއްކޮށް ވެސް ދޮންތަބޭ އާއި އެއްކޮށް ވެސް ހަމަ ދެވޭނީ ހޮސްޕިޓަލަށް.” މަޔާން އާއި މިންހާގެ ދެމެދު ދެކެވުނު ވާހަކަތައް އަޑު އިވިފައި ރިޝްފާ ބުންޏެވެ.

“ކަމެއް ނުވޭ. އަހަރެން ބޭނުމީ ބައްޕަ އާއި އެކު ދާން.”

މަޔާން އާއި އެކު ދާކަށް މިންހާ އައް އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް އޭނާގެ ހިތް ބުނަމުން ދިޔައީ ކޮންމެވެސް ގޯހެއްް އުޅޭކަމުގަ އެވެ. އޭނާ މަޔާން އާއި މެދު ޝައްކު ކުރަނީ އެއްވެސް ނޫނެވެ.

މަޔާން އެތަނުން ނުކުންގޮތަށް ފޯނުން ކޮންމެވެސް މީހަކަށް ގުޅައލި އެވެ.

“މަ ބުނި ކަންތައް ވެއްޖެ؟” ފޯނު ނެގުމާއި އެކު ޝާމް އެހިއެވެ.

“އޭނަ އެއްބަހެއް ނުވި. އެހެން ގޮތެއް ހޯދަން ޖެހޭނީ.” މަޔާން ބުންޏެވެ.

“ކައޭ އަށް އެއްކަމެއް ވެސް ރަނގަޅަށް ވާކަމަކަށް ނުވޭ. ކައޭ ކައިރީ ބުނީ ހަމަ އެކަނި މިންހާ ގޮވައިގެން ނުކުންނާށޭ ދެން ކުރަން ހުރި ކަމެއް މަ ކުރާނަމޭ. ކައޭ އަށް އެވަރު ވެސް ނުވި.” ޝާމް ރުޅި އައިސްފައި ފޯނު ކަނޑައިލިއެވެ.

ހަސަން ސައިކަލު ހޮސްޕިޓަލް ކުރިމައްޗަށް ހުއްޓައިލުމުން މިންހާ ފޭބި އެވެ. އެވަގުތު ދުރުގައި މޫނުމަތި ނިވައި ކޮއްގެން ހުރި މީހަކު މިންހާ އަށް ފެނުނެވެ.

“ބައްޕަ މަޑުކޮއްލައްޗޭ މިތާ އަޅުގަނޑު ހޮސްޕިޓަލަށް ވަދެވެންދެން.” މިންހާ ބުންޏެވެ.

ހަސަން ވެސް ސުވާލުނުކޮށް މިންހާ އެދުނު ފަދައިން މަޑު ކޮއްގެން ހުރީ އެވެ. މިންހާ ގޮސް ހޮސްޕިޓަލަށް ވަދެވުމުން އޭނާ އެތަނުން ދިޔައެވެ. މިހުރިހައި މަންޒަރެއް ތަންކޮޅެއް ދުރުގައި ހުރި ނައުޝާން އަށް ފެނުނެވެ. މޫނުމަތި ނިވައިކޮއްގެން ހުރި މީހާ ވެސް ފެނުނެވެ. ނަމަވެސް އެމީހާ ކައިރި އަށް ދާކަށް އޭނާ ނުހަދަ އެވެ. އެމީހާގެ ކޮންމެ ހަރަކާތެއް ފަރުވާތެރި ކަމާއި އެކު ބަލަން ހުރީ އެވެ.

“ކިހިނެއް މިހާރު؟” މައިހާ އޮތް އެނދު ކައިރި އަށް ހުއްޓިލަމުން މިންހާ އެހި އެވެ.

“ބަޑުގަ ވަރަށް ބޮޑަށް ރިއްސާ.” މައިހާ ބުންޏެވެ. އޭނާގެ އަޑުގައިވީ ވަރުބަލިކަމެވެ.

“ޕެއިން ކިލާ ދޭނަން ބްރެކްފަސްޓް އަށް ފަހު. ރަނގަޅަށް ކާންވާނޭ. ރީހާން. ތިއްތަ ނުކައިފިއްޔަ އަހަރެން ކައިރީ ބުނާތި.”

“މިން. އެމީހާ ފެނިއްޖެތަ؟” ވިސްނަން އޮވެފައި މައިހާ އަހައިލިއެވެ.

“އަދި ނުފެނެ. އެކަމަކު އެބަ ހޯދާ. ތިއްތަ އެކަންކަމާ ނުވިސްނަބަލަ.”

“މިން ކީއްވެ މިން ފަހަތުން މީހަކު އުޅޭ ވާހަކަ ކުރިން ނުބުނީ؟” މައިހާ އެހިއެވެ. މިންހާ ޖަވާބެއް ނުދެއެވެ.

“އަސްލުވެސް. މިން ކުރިން ބުންނަމަ އެމީހާ ހޯދުނީހޭ.” ރީހާން ބުންޏެވެ.

“ދެން އެއީ އެހާ ބޮޑު ކަމަކަށް ނުހެދީ އަހަރެން.” މިންހާ ބުންޏެވެ.

“އެއީ ވަރަށް ބޮޑު ކަމެއް. ކޮންމެވެސް މީހަކު ކައިރީ ބުނަން ވާނެ.” ރީހާން ހިތްހަމަނުޖެހިފައި ބުންޏެވެ.

“ނާއިލް އަށް އެނގޭ.” މިންހާ މަޑުމަޑުން ބުންޏެވެ.

“ނާއިލް އަށް އެނގޭއޭ؟ ދެން ނާއިލް ވެސް އަހަރެން ކައިރީ ނުބުނެ ހުރީ.” ރީހާން ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.

“އަހަރެން ބުނީ އެކަމު ކައިރީގަިއ ވެސް ނުބުނަން.” މިންހާ ބުންޏެވެ.

“ދޮންތީ. ދޮންތި ހޯދަން ޕޮލިހުން އައިސް އެބަތިބި.” މާޔާ ދޮރުހުޅުވައިލަމުން ބުންޏެވެ.

“އޯކޭ މިދަނީ.” މިންހާ ބުންޏެވެ. މާޔާ ބޯޖަހައިލައިފައި ދިޔައެވެ.

މިންހާ ކޮންފަރެންސް ރޫމް އަށް ވަންއިރު ނައުޝާން އާއި އިތުރު ޕޮލިހެއް އިނެވެ.

“މިންހާ؟” ނައުޝާން އަހައިލި އެވެ.

“ލައްބަ. އެއީ އަޅުގަނޑު.” ނައުޝާން އާއި ކުރިމަތި ވާގޮތަށް އިން ގޮޑީގައި މިންހާ އިށީނެވެ.

“މިކަންތައް ފެށުނު ދުވަހުން ފެށިގެން މިއަދާއި ހަމައަށް ކަންވީގޮތް ކިޔައިލަދެއްވައިފާނަންތޯ.”

މިންހާ ކިޔައިދިނެވެ. ނައުޝާން ހުރީ ކަނުލާ އަޑުއަހާށެވެ. ބައެއްފަހަރު ސުވާލު ވެސް ކުރެއެވެ. ދެން ހުރި ޕޮލިސް މީހާ ދިޔައީ ގޮތެއްގައި މިންހާ ދައްކާ ވާހަކަތަކުގެ ނޯޓް ނަގަމުންނެވެ.

“ޝުކުރިއްޔާ. އިތުރުކާމެއް ވެއްޖެއްޔާ ވަގުތުން އަންގާތި. މިމައްސަލައަގައި އަދިވެސް މިންހާ އާއި ކޮންޓެކްޓް ކުރެވިދާނެ. އަބަދުވެސް އެލާޓްގައި ހުންނާތީ. ދެން އަޅުގަނޑުމެން ގޮސްލީ.” ނައުޝާން އާއި ފެން ހުރި މީހާ ނުކުތެވެ. އިރުކޮޅަކުން މިންހާ ވެސް ނުކުތެވެ.

ނައުޝާން ހޮސްޕިޓަލުން ނުކުންނަން ދަނިކޮށް ރީހާން ފެނުނެވެ. އޭނާ ރީހާން ކައިރި އަށް ދިޔައެވެ.

“އެއްވެސް ކުރިއެރުމެއް ލިބިއްޖެތަ؟” ރީހާން އެހައިލިއެވެ.

“މިހާރުވެސް ހޯދަމުން މިދަނީ. މިންހާގެ ބަޔާން ވެސް ނެގިއްޖެ. މަށަށް ވެސް އެމީހާ މިއަދު ފެނިއްޖެ. ބެލެވޭ ގޮތުން އެމީހާ އަބަދުވެސް މިންހާއަށް ފާރަލާ.” ނައުޝާން ކިޔައިދިނެވެ.

“އެހެންތަ؟ މިންހާ ވެސް ކުރިން ނުބުނީމައޭ މައްސަލައަކީ.”

“ހަގީގަތުގައި މާ އެކަމާ އުޅޭތާ ދުވަސް ކޮޅެއް ވެއްޖެ.” ނައުޝާން ބުންޏެވެ. ރީހާން އޭނާ އާއި ދިމާލަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

“ނާއިލް އެއްދުވަހަކު އެވާހަކަ ކުޑަ ގޮތަކަށް ކިޔައިދިން. އެއީ އަޅައިނުލާ ހުންނަ ވަރަށް ވުރެ ބޮޑުކަމެއް ކަން އެނގޭތީ މަ ކޮންމެވެސް ވަރަކަށް އެކަމާ އުޅުނިން. އެއްވެސް ކަމެއް ނޭނގެނީސް ރީހާން ކައިރީ ނުބުނަން ހުރީ.”

“ހީމް. އިތުރު އެއްޗެއް އެނގިއްޖެއްޔާ މަށަށް އަންގާލަތި.”

“އާނ. ކަލޭ ހާސްނުވޭ. މަ މިކަމާ އުޅޭނަން. ކަލޭ ކަލޭގެ އަނބިމީހައަށް ރަނގަޅަށް ބަލާ. ދެން ގޮސްލީ އޭ.” ނައުޝާން ދިޔައެވެ.

އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު ވެސް ޝާމް ހޯދޭ ގޮތެއްނުވި އެވެ. ނަމަވެސް އެރަށް ފަހަރެން މަތިން މިންހާ އަށް ޝާމް ފެނިފައި ވެއެވެ. އޭނާ އަބަދުވެސް ހުންނަނީ މޫނުމަތި ނިވައިލޮއްފައެވެ. މިންހާ ކޮންމެ ފަހަރަކީ ވެސް ރީހާން އަށް އަންގައެވެ.

މަޑުމަޑުން މައިހާގެ ހާލުވެސް ރަނގަޅުވެ ވަޒީފާ އަށް ވެސް ނުކުންނަން ފެށިއެވެ. އޭގެފަހުން ރީހާން ވެސް ނައުޝާން އާއި އެކު ޝާމް ހޯދުމުގެ މަސައްކަތް ފެށިއެވެ.

އެއްދުވަހެވެ. ރަނާ ހެދުންލާ އަލަމާރިން އެއްޗެއް ހޯދަން އުޅެނިކޮށް މަޔާންގެ ގަމީސްތަކުގެ ތެރެއިން ހުދުކުލައިގެ އެއްޗެއް ހުރި ކުދި ޕެކެޓް ތަކެއް ފެނުނެވެ. ރަނާ ހައިރާން ވެފައި އެއެއްޗެހިތަށް ނަގައި ރަނގަޅަށް ބަލައިލި އެވެ.

މީހަކު ދޮރުގައި ޓަކިދިނުމުން ރަނާ އަވަހަށް އެއްޗެހިތައް ފޮރުވިއެވެ. ފަހުން މަޔާން ކައިރީ އަހާލާއެވެ.

އެރޭ އެގާރަ ޖެހި އިރު ވެސް މަޔާން އެއް ގެއަކަށް ނާދެއެވެ. ރަނާ އިނީ އިންތިޒާރުގައެވެ.

މަޔާން ގެއަށް އައި އިރު މެންދަމުން އަލިވެ ދެއެއް ޖަހަނީ އެވެ. އޭރު ރަނާ އަށް އޮތީ ނިދިފަ އެވެ. މަޔާން ވަން އަޑަށް އޭނާއަށް ހޭލެވުނެވެ.

“ހާދަ ލަހުން ގެއަށް އައީ. ކޮންތާކު އުޅުނީ؟” ރަނާ އަހައިލި އެވެ.

“ކުޑަ މަސެއްކަތެއްގަ އުޅުނީ.”

“މީ ކޯއްޗެއް؟” ރަނާ އަލަމާރި ހުޅުވައި ޕެކެޓް ތައް ނަގަމުން އެހިއެވެ. މަޔާންގެ ދެލޯ ބޮޑުވި އެވެ.

“ތީ އެއްވެސް އެއްޗެއް ނޫން.” ރަނާގެ އަތުން އެއެއްޗެހިތަށް ޖަހައިގެން ނަމުން މާޔަން ބުންޏެވެ.

“މަޔާން. ކޮންއިރަކު ކުރަން ފެށިކަމެއް؟”

“މަ ކުރާ ކަންކަމާ ނުބެހޭތި.”

“ކީއްވެ؟ މަޔާން ތީ މަގޭ ފިރިމީހާއާ. މަށަށް ސުވާލު ކުރެވޭނެ. އެހެން ނޫނަސް މަޔާން ތިކުރަނީ ރަނގަޅުކަމެއް ނޫން.”

“މާ މިބުނީނު މަ ކުރާ ކަންކަމާ ނުބެހޭށޭ. ކަލޭ މިހާރު މާގިނައިންތި ވާހަކަ ދައްކަނީ.”

“މަޔާން އަށް އެނގޭތަ ފިކުރެވޭ ކަންތަށް؟ ކިހާ ބޮޑު ފާފަ އަކަށް ތިއަރައިގަނެވެނީ. ހެޔޮނުވާނެ ތިކަން ހުއްޓާލާ.” ރަނާ އާދޭހުގެ ރާގަކަށް ބުންޏެވެ. މަޔާން ބަހެއް ނުބުނެ އަނެއްކާ ވެސް ގެއިން ނުކުމެގެން ދިޔައީ އެވެ.

ދެތިން ދުވަސް ފަހެވެ. ރޭގަނޑުގެ ވަގުތެވެ. ދުނިޔެ ވަނީ ނިދާފަ އެވެ. ގޭތެރެއިން ވެސް އެއްވެސް އަޑެއް ނީވެއެވެ.

ކުއްލިއަކަށް ރީހާންގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ނައުޝާން އެވެ.

“ހަލޯ. ކިހިނެއްވީ؟” ރީހާން ފޯނު ކަންފަތުގައި ޖައްސާލަމުން ނިދި އަޑަކުން ވާހަކަ ދެއްކި އެވެ.

“ވަރަށް އަވަހަށް އައިސްބަލަ.”

“އެއީ؟ ކަމެއްވީތަ؟”

“ވަލުތެރެ ހުރި ގުދަނެއްގަ އެބަތިބ ބަޔަކު. ޑްރަގްސް ނަގައިގެންތިބީ. އެކަކުގެވެސް ހެއެއް ނެތް. އެތާ ޝާމް ހުރިކަމަށް ވެސް ބެލެވޭ.” ނައުޝާން ބުންޏެވެ. ރީހާންގެ ނިދި އެކުހެން ފިލި އެވެ.

“އެމީހުން ބަލާ ފޮނުވާ. މަ ފަސްމިނެޓު ތެރޭ މިދަނީ ސްޓޭޝަން އަށް” ރީހާން ފޯނުކަޑައިލަމުން އެނދުން ތެދުވި އެވެ.

“ކޮންތާކަށް؟” ރީހާން ނުކުންނަން ދަނިކޮއް މައިހާ އަށް ހޭލެވުނެވެ.

“ކުޑަކަމެއް ދިމާވެގެން.” ރީހާން ބުންޏެވެ.

“އޯކޭ. ބަލައިގެން އުޅޭތި.” މައިހާ އަނެއްކާ ވެސް ނިދިއެވެ.

ރީހާން އަށް ދެވުނު އިރު އެމީހުންނަށް ތިބީ ވަށައިގެން ބިއްލޫރި ހަރުކޮށްފައިވާ ކޮޓަރިއެއްގައި ބަންދު ކޮއްފަ އެވެ. ނައުޝާން އެތާ ކައިރީ އެމީހުންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

“އެކަން ކުރާތާ ވަރަށް ދުވަސްވެއްޖެ. ވަރަށް ވަގަށް އުޅުނު ބައެއް.” ނައުޝާން ބުންޏެވެ.

“ހިމް. ދެން ކިހިނެއް އެތަން ބަލަން އެނގުނީ ކުއްލިއަކަށް؟”

-ނުނިމޭ-

ސަމާލުކަމަށް: ލޯބި-38 ގައި އަޅުގަނޑުގެ ނަމުގައި ކޮންމެވެސް ބޭފުޅަކު ވަނީ ކޮމެންޓް ކޮއްފައި. އެގޮތަށް ކަންތަށް ނުކުރުމަށް އެދެން.

Share Article

Follow Me Written By

Zidu

Level 110 Stories

Other Articles

Previous

ހިމޭން 14

Previews
July 26, 2026

ހިމޭން 14



All Right Reserved!