Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ނަން މި ހިތުގާ 30

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
July 7, 2026 5 Mins Read
17 Comments

އަޒްޔަންގެ އެ ދުރުކަމުން ނޫރީންގެ ހިތަށް ތަދުވެއެވެ. ނަމަވެސް އެއީ ނޫރީން އަމިއްލައަށް ބުނުމުން އަޒްޔަން ބަހައްޓަމުން އަންނަ ދުރުކަމެއް ކަން އެނގޭތީ އެއްޗެއް ބުނަން ނުކެރެނީއެވެ.

އެހެން ނަމަވެސް އެ ގޮތުގައި ނޫރީންއަށް ގިނަ ދުވަހަކު ހިފަހައްޓައެއް ނުލެވުނެވެ. ދެ ހަފްތާއަށް އައިސް ހުރެފައި ފުރާ ދުވަސް ގާތްވަމުން ދިޔަ ވަރަކަށް ނޫރީންގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. އެންމެ ފަހުން ނޫރީން އަނެއްކާވެސް ހިތުގައިވި ޝަކުވާތައް ހިއްސާ ކުރީ ޝަބާއާއެވެ.

“ރަނގަޅު އެއް ގޮތެއްވެސް ދެން ރީންއަކަށް ނެތެއްނު؟ އަޅެ ރީން ބުނެގެންނެއް ނޫންތަ އަޒްޔަން ދުރުގަ އެ ހުންނަނީ؟” ޝަބާ ބުންޏެވެ.

“އެނގެޔޭ! އެކަމަކު އެއީ އޭރު އަހަރެން ދާނިޝްއާ އެކީ ރިލޭޝަންޝިޕްއެއްގަ ހުރީމައެއްނު؟ މިހާރު އެހެންނެއް ނޫނެއްނު؟” ތުއްތު ޝާޔާ އުނގަށް ލައިގެން އިނދެ ނޫރީން ބުންޏެވެ.

“އޭރުވެސް ދުރުގަ ހުންނަން ބުނީވެސް ރީންއެއްނު؟ ދެން ކައިރިއަށް އަންނަންވެސް ބުނަން ޖެހޭނީ ހަމަ ރީން. އަޒްޔަން އެ ހުންނަނީ ރީން ބުނި ގޮތް ހަދައިގެން. ދެން ގޮތެއް ހަދަން ޖެހޭނީ ރީން” ޝަބާ ބުންޏެވެ.

ނޫރީން ވިސްނާލިއެވެ. ޝަބާ އެ ބުނަނީ ތެދެކެވެ. ކޮންމެ ފަހަރަކުވެސް ގޮތް ނިންމަނީ ނޫރީންއެވެ. އަޒްޔަން ކިތަންމެ ބޭނުން ނުވިޔަސް، އަދި ކިތަންމެ ދެކޮޅު ހެދިޔަސް އެންމެ ފަހުން އަބަދުވެސް ކަންތައް ކުރަނީ ނޫރީން ބުނާ ގޮތަށެވެ. ކޮންމެ ފަހަރަކު އަޒްޔަންއަށް ނޫރީންއާ ދުރަށް ދިޔުމަށް މަޖުބޫރު ކުރީ ނޫރީން އަމިއްލައަށެވެ. ހިތާ ދެކޮޅަށް ނޫރީންއާ ދުރުގައި އަޒްޔަން ހުންނަނީ އެއީ ނޫރީން އެދޭ ގޮތް ކަމުގައި ގަބޫލު ކޮށްގެންނެވެ. ޝަބާ އެ ބުނިހެން ދެން ގޮތެއް ހަދަން ޖެހޭނީ ނޫރީންއެވެ.

 

ނޫރީން ފުރަން އޮތް ދުވަހުގެ ކުރީ ދުވަހެވެ. ޝަފަގުގެ އެދުމަށް އެ ދުވަހު މެންދުރުން ފެށިގެން ނޫރީން އުޅުނީ ޝަފަގުމެން ގޭގައެވެ. އަނެއް ދުވަހު ހެނދުނު ފުރަން އޮތް އިރު، ޝަފަގު އެދުނީ އެރޭ ނޫރީން އެ ގޭގައި، ޒާއިންގެ ކޮޓަރީގައި މަޑު ކުރާށެވެ. ދެކޮޅު ނުހަދާ ނޫރީން އެއްބަސްވިއެވެ.

އެރޭ ކެއުމަށް ފަހު އާދައިގެ މަތިން ދިހަގަޑިބައި ހާއިރު ވަންދެން އެންމެން ސިޓިންގރޫމްގައި ތިއްބެވެ. އަނެއް ދުވަހު ނޫރީން ފުރާތީ އެރޭ ޝަބާ އައުމުން ނޫރީންއާ ޝަބާ އެކި ވާހަކައިގައި ކޮފީއާއި ލުއިކާނާ ހިފައިގެން ބެލްކަނީގައި ތިއްބެވެ. ޝަފަގުއާ ޔާސިރު ނިދަން ވަނުމުން އަޒްޔަންވެސް ކޮޓަރިއަށް ވަނެވެ.

“ދެން..؟ ހަމަ އަޅާނުލާ ފުރައިގެން ދާނީތަ؟” ޝަބާ އަހާލިއެވެ.

“އޭނަ ހަދާ ގޮތް އެހެރީނު؟ ދެން އެއްޗެއް ބުނަން ކެރޭތަ؟” ތުން ދަމާލަމުން ނޫރީންއަށް ޝަކުވާ ކުރެވުނެވެ.

“އޭނަ އެހެން ހަދަނީ ރީންއާ ހެދިއޭ. ގޮތް ދޫކުރަންވީ ރީންއޭ. ކިހާ ދެރަ ކަމެއް؟ މީނައަށް މި ޖެހެނީ ކޮންމެ ކަމެއްވެސް ކުޑަ ކުއްޖަކަށް ކިޔާދޭހެން ކިޔާދޭން ވިއްޔަ! އަޅެ ތީ ކުރިން އިނދެގެން އުޅުނު ދެ މީހުންނޭ..! އަޒްޔަން މިހާރުވެސް ރީންއާ މެރީކުރަން ބޭނުން ކަން، އަދި ރީން ބުނެފިއްޔާ ވަގުތުން ކުރާނެކަން ރީންއަށް އެނގޭ. ދެން ރީން ބޭނުމިއްޔާ އެކަން އަޒްޔަންއަށް އަންގަން ޖެހޭނީ ރީންއެއްނު؟ މި ސިކުނޑިއަކަށް އެކައްޗެއްވެސް ނުވިސްނޭތަ؟” ޝަބާ ވާހަކަ ދައްކަމުން ނޫރީންގެ ނިތްކުރީގައި ޝަހާދަތް އިނގިލި ޖައްސާ ކޮއްޕާލިއެވެ.

“އައޫ..!” ޝަބާގެ އަތް ފޮޅުވާލަމުން ނޫރީން ނިތްކުރީގައި ފިރުމާލި ނަމަވެސް ޝަބާގެ ވާހަކައާ މެދު ވިސްނަމުން ދިޔައެވެ.

އެގާރަ ޖެހިތަނާ ޔޫޝައު ބަލާ އައިސް ގުޅުމުން ޝަބާ ދިޔަ ފަހުންވެސް ނޫރީން އިރުކޮޅަކު ވިސްނަން އިނެވެ. އެންމެ ފަހުން ނޫރީން ތެދުވީ ގޮތެއް ނިންމާފައެވެ. ކޮޓަރިއަށް ވަދެ ކުޑަކޮށް ތައްޔާރު ވެލުމަށް ފަހު ނިކުމެ އަޒްޔަންގެ ކޮޓަރި ދޮރުމަތީގައި ނޫރީން ހުއްޓިލިއެވެ. އެހެން ހުރެފައި ނޫރީން އަތް ހިއްލާ ދޮރުގައި ޓަކި ޖަހާލާފައި މަޑުކޮށްލިއެވެ. މިނަޓެއްހާ އިރު ވީ އިރުވެސް ދޮރު ނުހުޅުވުމުން އަޒްޔަން ނިދީއޭ ހިތަށް އަރާ ދާން އެނބުރިލި ތަނާ ދޮރު ހުޅުވާލުމުން އެނބުރި ބަލާލި ނޫރީންއަށް ނޭވާ އެތެރެއަށް ދަމާލި ގޮތަށް އަޒްޔަންއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

ދޮރުގައި ޓަކިޖަހާލި އަޑު އަޒްޔަންއަށް އިވުނީ ފާހާނާގައި ހުއްޓައެވެ. އަވަސް ކޮށްލައިގެން ފެންވެސް ނުހިއްކާ އުނަގަނޑުގައި ތުވާލި އޮޅާލި ގޮތަށް ނިކުމެ އަޒްޔަން ދޮރު ހުޅުވާލި އިރު ދޮރުމަތީ ނޫރީން ހުރެދާނެ ކަމަކަށް އަޒްޔަން އެއްގޮތަކަށްވެސް ހިތަކަށް ނާރައެވެ.

“ތިހާ ވަރަށް ތި ބަލަނީ ކީއްވެ؟ އަލަށްތަ ނޫރީންއަށް އަހަރެން ފެނުނީ؟” އެސްފިޔަ ޖަހާލުމެއް ނެތި އަޒްޔަންއަށް ބަލަން ނޫރީން ހުރުމުން ހިތުގެ ތެޅުން އަވަސްވެގެން ދިޔަ ނަމަވެސް އެކަން ނުދެއްކުމަށް އަޒްޔަން ހިނިއައިސްފައި ހުރެ ނޫރީންއާ ސަމާސާ ކޮށްލިއެވެ.

މޫނު ރަތްވެގެން ދިޔުމާއެކު ނޫރީން އިސްޖަހާލިއެވެ. އެއާއެކު އަޒްޔަންގެ ހުނުމުގެ އަޑު އިވުމުން ނޫރީން ހައްތަހާ ބޮޑަށް ލަދުގަތެވެ. އެހެން ނަމަވެސް ކޮންމެ ގޮތެއް ހަދާފައިވެސް އެރޭ އަޒްޔަންއާ ވާހަކަ ދައްކަން ނިންމައިގެން އައިސް ހުރި ނޫރީން ދުރަށް ދާ ޚިޔާލެއް ނުކުރިއެވެ.

“ވާހަކަ ދައްކާލެވިދާނެތަ؟” އިސްޖަހައިގެން ހުރެ ނޫރީން އަހާލިއެވެ.

“ނޫރީން..!” އަކުރުތަކަށް ދަމާލަމުން އަޒްޔަން ނޫރީންގެ ނަން ކިޔާލި ގޮތުން ނޫރީން އިސް އުފުލާ އަޒްޔަންގެ މޫނަށް ބަލާލިއެވެ.

“އަހަރުމެން ދައްކާނެ ވާހަކަ އަދިވެސް އެބަ ހުރިތަ؟” އެ ސުވާލު ކޮށްލި އިރު، ކުޑަ އިރުކޮޅެއް ކުރިން އަޒްޔަންގެ އަޑުގައި ހުރި ސަމާސާ ގޮތެއް ނެތެވެ. ނޫރީންއާ ދިމާއަށް ބަލަން ހުރި ލޮލުން ނޫރީންއަށް ފެނުނީ އަޒްޔަންގެ ހިތުގައި ވީ ރިހުމެވެ.

“އަޒްޔަން އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫންތަ؟” ނޫރީން އަހާލިއެވެ.

“އަހަރެން ބޭނުމީ އެންމެ ކަމެއް.. ހަމަ އެންމެ ކަމެއް.. ނޫރީންއަށް އެ ކަން ކޮށްދެވޭނެތަ؟” އަޒްޔަން އަހާލިއެވެ.

“ކޮން ކަމެއް؟” އަޒްޔަންއާ ހަތަރުކަޅި ހަމަކޮށްގެން ހުރެ ނޫރީން އަހާލީ، އަޒްޔަން ކޮންމެ ކަމަކު އެދުނު ނަމަވެސް އެ ކަމެއް ކޮށްދިނުމަށް ތައްޔާރަށް ހުރެއެވެ.

“މެރީ މީ ނޫރީން! މޭކް މީ ޔޯރސް.. ބީ މައިން ނޫރީން! އައި ލަވް ޔޫ! އަހަންނަށް ނޫރީން ނުލިބެންޏާ އެހެން އެއްވެސް ކަމެއް ދެން ބޭނުމެއް ނޫން.. ދެން އިތުރަކަށް މި ކަމެއް ނުވާނެ! ނޫރީންއާ ދުރުގައެއް ނުހުރެވޭނެ.. މި ފީލިންގްސްއާ ފައިޓެއް ނުކުރެވޭނެ! އައި އޭމް ސޮރ—” އަޒްޔަން އެންމެ ފަހުން ބުނަން އުޅުނު ބަސް ފުރުހަމަ ކުރާނެ ފުރުޞަތެއް ނޫރީން ނުދިނެވެ. ކުރިއަށް އަޅާލި ފިޔަވަޅާއެކު އަޒްޔަންގެ މޭގައި އެއް އަތް ޖައްސާލުމާއެކު އަނެއް އަތް އަޒްޔަންގެ ކަރުގައި އަޅުވާލާ ނޫރީންއާ ކައިރިއަށް ދަމާލާ ނޫރީންގެ ތުންފަތުން އަޒްޔަންގެ ބަސް ހުއްޓުވިއެވެ.

އަޒްޔަންއަށް އިރުކޮޅަކު ގަނޑުވެފައި ހުރެވުނު ނަމަވެސް އެ ފުރުޞަތުގެ ބޭނުން ކުރާކަށް ގިނަ ވަގުތެއް ބޭކާރެއް ނުކުރެއެވެ. ދެ އަތުން ނޫރީންގެ ގައިގައި ހިފާ އުރާލަމުން ނޫރީންއާ ފުރިހަމައަށް ބައިވެރިވިއެވެ. ދެ މީހުންނަށް އެކުގައި އެހެން ދުނިޔެއަކަށް ދެވުނު ކަހަލައެވެ. އެކަކުވެސް އަނެކަކާ ދުރުވާކަށް ބޭނުމެއް ނުވިއެވެ. އެއްވެސް ބަހެއް ބުނުމުގެ ބަދަލުގައި ހިތުގައި ވާ އެއްޗެއް އަމަލުން އެކަކު އަނެކަކަށް ބުނެދެމުން ދިޔައެވެ.

“މެރީ މީ..!” ދެ މީހުން ދުރުވެލާ ހަމަޖެހިލުމާއެކު އަޒްޔަން އަނެއްކާވެސް އެދުނެވެ.

“ޔެސް! އަޒްޔަން ބުނި އިރަކަށް އަހަރެން ރެޑީ!” ނޫރީން ޖަވާބުދިނެވެ.

“މަޑުކުރާކަށް ބޭނުމެއް ނޫން. އެންމެ ދުވަހެއްވެސް ދެން މަޑެއް ނުކުރެވޭނެ” އަޒްޔަން ކެތްތެރިކަމެއް އެއްވެސް ވަރަކަށް ނެތްކަން ބަހުންނާ އަމަލުން ދައްކަމުން ދިޔައެވެ.

“އެކަމަކު—” ނޫރީން އެއްޗެއް ބުނަން އުޅުނެވެ.

“މާދަން ނޫރީން ދާ އިރު އަހަރެންވެސް ދާނަން. ދާ ގޮތަށް އެ ކޮޅުން މެރީ ކުރާނީ” އަޒްޔަން ބުންޏެވެ.

“އޭރުންނޯ؟ މަންމަމެން ކީކޭ ބުނާނީ؟” ނޫރީން ދުރަށް ޖެހިލަން އުޅުނެވެ.

“އަހަރެން ނޫރީންއާ ކައިވެނި ކޮށްގެން މަންމަމެން އެއްޗެއް ބުނެފާނެހެން ނޫރީންއަށް ހީވޭތަ؟ އާނއެކޭ ބުނޭ!” ތެދުވަން އުޅުނު ނޫރީންގެ އަތުގައި ހިފަމުން އަޒްޔަން ބުންޏެވެ.

“ނޫނެކޭ ނުބުނަމެއްނު؟ އެކަމަކު މަންމަމެން ކައިރީ ބުނަން ވާނެއެއްނު؟” އަލުން އަޒްޔަން ކައިރީ އިށީނދެފައި ނޫރީން ވާހަކަ ދެއްކީ ކުޑަ ކުއްޖަކަށް ވިސްނައިދޭން ބުނާ ހެންނެވެ.

“މަންމަމެން ކައިރީ ބުނެފިއްޔާ ލަސްވާނެ. މަންމަ ބޭނުން ވާނީ މާލޭގަ ކުރަން. މި ކޮޅުގަ އެހާ އަވަހެއް ނުވާނެ. އެ ކޮޅުގަ މެރީކޮށްފަ އައިސް މަންމަމެންނަށް ސަރޕްރައިޒްއެއް ދޭނީ. އޭރުން މަންމަ މާ އުފާވާނެ. ތިހާ ވަރަށް ނުވިސްނާ އާނއެކޭ ބުނެބަލަ. އަހަންނަށް ދެން ނޫރީންއާ ދުރުގަ އެންމެ ދުވަހެއްވެސް ކެތެއް ނުވާނެ. އައި ވޯންޓް ޔޫ ޓު ބީ މައިން ރައިޓް ނައު!” ނޫރީން ގެނެސް އަނެއްކާވެސް އުނގުގައި ބައިންދަމުން އަޒްޔަން ބުންޏެވެ.

“އޯކޭ އޯކޭ.. އެކަމަކު ޓިކެޓް؟ އަނެއްކާ.. އަހަންނާ އެކީ އަޒްޔަން ދާން މަންމަ ކައިރީ ކީކޭ ބުނާނީ؟” ހަމަ އެ ވަގުތު އަޒްޔަންގެ މީހަކަށް ވާން ބޭނުންވި ނަމަވެސް ނޫރީންއަށް އެކިއެކި ކަންކަމާ ވިސްނެނީއެވެ.

“ހުރިހާ ކަމެއްވެސް ހަމަޖެހޭނެ..” އެހެން ބުނަމުން އަޒްޔަން ފޯން ނަގާ ޓިކެޓް ލިބޭތޯ ބަލާލިއެވެ. އަޒްޔަން ބޭނުންވާ ގޮތަށް އަނެއް ދުވަހަށް ނޫރީންއާ އެކު ދެވޭނެހެން ޓިކެޓް ލިބެން ހުރުމުން އަޒްޔަން އިރުކޮޅަކަށްވެސް މަޑުނުކޮށް ޓިކެޓް ނެގިއެވެ. ނޫރީންވެސް އިތުރަށް އެއްވެސް ކަމަކާ އެއްޗެއް ނުބުނެއެވެ. އަޒްޔަން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ދޫކޮށްލީއެވެ. ނޫރީންވެސް ބޭނުން ވަނީ ވީ އެންމެ އަވަހަކަށް ކައިވެނި ކުރާށެވެ. އަޒްޔަން ބުނި ހެން ނޫރީންއާ އަޒްޔަން ކައިވެނި ކޮށްގެން ޝަފަގުއާ ޔާސިރު މައްސަލައެއް ނުޖައްސާނެ ކަން ނޫރީންއަށްވެސް ޔަގީންވެއެވެ.

“ދެން އަހަރެން ދޫކޮށްލާ އަޒްޔަން.. މަންމަ ނިކުމެދާނެ” އެކިއެކި ވާހަކައިގައި އަޒްޔަން ކައިރީ އިނދެފައި ދޭއް ޖެހުމުން ނޫރީން އެދުނެވެ.

“އަންޓިލް ޓުމޯރޯ..” އަޒްޔަން ދެކޮޅު ނުހަދާ ނޫރީންއާ އެކު ކޮޓަރީގެ ދޮރާ ހަމައަށް އައިސްފައި ބުންޏެވެ.

އަނެއް ދުވަހު ހެނދުނު ނޫރީން ފުރުވަން ޝަފަގުއާ ޔާސިރު ދިޔަ އިރު، އެ މީހުންނާ އެކުގައި ދިޔުމުގެ ބަދަލުގައި އަޒްޔަން ދިޔައީ އޮފީހަށެވެ. އަޒްޔަން އެއާރޕޯޓަށް ދިޔައީ ކިރިޔާ ޗެކްއިން ވެވޭނެހާ އިރަށެވެ. ދެތިން ދުވަހަށް ބޭނުން ވާނެ އެއްޗެހި ކުރީރޭ ނޫރީން އަތަށް ދީފައި ވާތީ، ހަމައެކަނި ޕާސްޕޯޓާ ލެޕްޓޮޕް ނޫން އެއްޗެއް އަޒްޔަން ނުގެންދެއެވެ. އަޒްޔަން ޝަފަގުއަށް ގުޅީ ޗެކްއިން ނިންމާ ފްލައިޓަށް އަރާފައެވެ.

“މަންމާ، ކަމެއް ޖެހިގެން ވަރަށް އަވަހަށް ފުރަން ޖެހިގެން މިހާރު މިހުރީ އެއާރޕޯޓްގަ. މި ކަން ނިންމާފަ މާލެއަށް ދެވުނީމަ މަންމަމެންނަށް ކިޔާދޭނަން. ލޭންޑް ވީމަ ގުޅާނަން އިނގޭ” ޝަފަގު ސުވާލު ކޮށްފާނެތީ އަޒްޔަން އަވަސް އަވަހަށް އެހެން ބުނެފައި ފޯން ކަނޑާލިއެވެ.

ލަހުން ޓިކެޓް ނެގި ނަމަވެސް ފްލައިޓްގައި ހުސް ޖާގަ ހުރުމުން ދަތުރުގައި އަޒްޔަންއާ ނޫރީންއަށް ކައިރީގައި ތިބެވުނެވެ. މެލޭޝިއާއަށް ދެވުމުން ނޫރީން އުޅޭ އެޕާޓްމެންޓަށް ގޮސްފައި އަނެއް ދުވަހަށް ހުރިހާ ކަމެއް ތައްޔާރު ކުރުމަށް އަޒްޔަން މަސައްކަތް ފެށިއެވެ.

ތިން ދުވަސް ތެރޭ ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެހި ހަތަރުވަނަ ދުވަހުގެ ހެނދުނު އަޒްޔަންއާ ނޫރީންގެ ކައިވެނި ކުރެވުނެވެ. ޝަފަގުމެންނަށް ނާންގާ ކައިވެނި ކުރަން ވުމުން ދެ މީހުންނަށްވެސް އެ ހުސްކަން އިހުސާސްވި ނަމަވެސް، އެހާ ދުވަސް ފަހުން ދެ ހިތުގެ އެދުން ފުރިހަމަ ވީތީ އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް އެ އުފާވެރިކަން ދެ މީހުންގެ ހިތުގައިވެސް ވިއެވެ.

ފުރަތަމަ ކައިވެނި ކުރި ދުވަހާ ޚިލާފަށް އެ ދުވަހު ނޫރީން ލީ ގަދަ ރަތް ކުލައިގެ އިންޑިއާ ފާޑުގެ ފަސްބައި ފުޅާ ހެދުމަކާ އެކު، ސްކަރޓެއް ހެން ފުޅާކޮށް ހުރި ހަރުވާޅެކެވެ. ކައިރިފަށުގައި ރަން ކުލައިގެ ރޭނދާ އަޅާފައި ހުރި ދޯޕައްޓާ ޝޯލްއެއް ގޮތުގައި ބޭނުން ކުރިއެވެ. އަޒްޔަން ތައްޔާރުވެގެން ހުރީ ހުސް ކަޅު ކުލައިންނެވެ.

އެގާރަ ޖަހަން އުޅެނިކޮށް އެޕާޓްމެންޓަށް އާދެވުމުން ނޫރީން ކޮޓަރިއަށް ވަނުމުން އަޒްޔަން ސިޓިންގްރޫމްގައި މަޑުކޮށްލިއެވެ. ނޫރީން ގޮވާނުލީތީ ނޫރީންގެ ފަހަތުން ވަންނަން ނުކެރިފައި އަޒްޔަން ހުރި އިރު، ކޮޓަރީގައި ނޫރީންވެސް އިނީ އަޒްޔަން ނައުމުން ގޮވާލަން ނުކެރިފައެވެ. އެ ގޮތުގައި ދިވަ ވަރަކަށް މިނަޓް ދިޔަ ފަހުން އަޒްޔަން ތެދުވެގެން ގޮސް ޓަކި ޖަހާލާފައި މަޑުނުކޮށް ދޮރު ހުޅުވާލާ އެތެރެއަށް ދެތިން ފިޔަވަޅު އަޅާފައި ހުއްޓުނެވެ.

އެނދުގެ މަގަތުން އިށީނދެގެން އިން ނޫރީން އަޒްޔަން ވަނުމުން ބަލާލިއެވެ.

“އޯކޭތަ؟” ނޫރީން ކައިރީ އިށީނދެ ނޫރީންގެ ދެ އަތްތިލައިގައި ހިފާލަމުން އަޒްޔަން އަހާލިއެވެ.

ނޫރީން ޖަވާބުގައި ބޯ ޖަހާލިއެވެ.

އަޒްޔަން އެ ވަގުތު ފޯން ނަގާ ކެމެރާ ހުޅުވާލާފައި ނޫރީންގެ ކޮނޑުގައި އަތް އަޅުވާ ކައިރި ކޮށްލާފައި ނޫރީންގެ މޫނު ސާފު ނުވާނެހެން ކައިރި ވެލަމުން ސެލްފީއެއް ނެގިއެވެ. އަދި ޒާއިންއަށް ފޮނުވާލިއެވެ. ދެތިން ސިކުންތު ތެރޭ ޒާއިންގެ ކޯލެއް އައެވެ. ނަމަވެސް އެ ކޯލަށް ޖަވާބު ނުދީ ހެމުން އަޒްޔަން މެސެޖް ކޮށްލިއެވެ.

“ޖަސްޓް ގޮޓް މެރިޑް! އަދި މަންމަމެންނަކަށް ނޭނގޭނެ، ސަޕްރައިޒްއެއް އެއީ! ޒާއިންވެސް ނުބުނާތި!” މެސެޖް ފޮނުވާފައި އަޒްޔަން ނޫރީންއަށް ފޯން ދައްކާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ބާކީ ނުކުރަމާ

Next

ލޯބި-24

Next
July 7, 2026

ލޯބި-24

Previews
July 7, 2026

ބާކީ ނުކުރަމާ

17 Comments!

  1. Mar Sha Mar Sha says:
    July 7, 2026 at 1:35 pm

    hello, here’s ep 30, next on Thursday, hope u like this, kiyaalaafa comment kollahchey. ❤️

  2. Koklila modi says:
    July 7, 2026 at 1:50 pm

    Aww Thank you mi part varah reethi. Zaain fakeeru hunaabe mihaaru suvaalu mark jehifa hitha araane mihaaru kaakaa baary mi merri kuri

    1. Mar Sha Mar Sha says:
      July 7, 2026 at 11:49 pm

      thank u Kokila, hehe, Zaain ah engen vaane dho Nooryn aa noony Azyan marry nukuraane kan

  3. Gurrly currly says:
    July 7, 2026 at 2:16 pm

    Maashaa Allah mi part vx varah varah reethi…
    When next?

    1. Mar Sha Mar Sha says:
      July 7, 2026 at 11:50 pm

      thank u Gurrly, next Thursday ga, but if i finish typing maadhamaves upload kollaanan

  4. Anonymous says:
    July 7, 2026 at 2:54 pm

    Story nimeny tha

    1. Mar Sha Mar Sha says:
      July 7, 2026 at 11:51 pm

      feshunu konme ehchaky ves nimeyne ehchehnu dear, so yes storyves dhen nimen ulheny

  5. Aami says:
    July 7, 2026 at 4:45 pm

    Varh varh reethi

    1. Mar Sha Mar Sha says:
      July 7, 2026 at 11:52 pm

      thank u Aami

  6. Mary says:
    July 7, 2026 at 7:08 pm

    Wow. 👏🏻 Varah salhi. 😍 Vaahaka nimentha miulhenee. 😭 but maa bodah drag veema ves aslu hadi vaane thaa dho. Marsha vaahaka kuriyah thigendhanee hama enme salhikoh. Keep it up. Can’t wait to read the next episode!

    1. Mar Sha Mar Sha says:
      July 7, 2026 at 11:53 pm

      thank u Mary, we share the same first name! yes drag nukoh ninmaaleveytho mi balany, hope readers will like the end

  7. Anonymous says:
    July 7, 2026 at 7:46 pm

    I love it!!

    1. Mar Sha Mar Sha says:
      July 7, 2026 at 11:54 pm

      thank u dear

  8. Eym says:
    July 7, 2026 at 9:26 pm

    Yayyy Finallyyyy axyan n noorin gulhuny😍😍so cute🥰😍

    1. Mar Sha Mar Sha says:
      July 7, 2026 at 11:55 pm

      hehe.. thank u Eym

  9. Mar sha ge fan says:
    July 8, 2026 at 1:11 pm

    Naacho
    Gaao
    Muskuraao
    Mitaaee baato
    Azyan aa noorin gulhuniyoh.. yay yay

    1. Mar Sha Mar Sha says:
      July 8, 2026 at 4:54 pm

      hehe, nice comment, thank u, aan dho

Comments are closed.

Next Episodeތިޔަ ނަން މި ހިތުގާ 31 (ފަހުބައި)←


All Right Reserved!