Skip to content
އެސްފިޔަ

ތިޔަ ނަން މި ހިތުގާ 28

“ދޮންތައަށްވެސް އެނގޭތަ؟” އަޝްދާއަށް ބަލާލަމުން ޝަދާ ކުރި ސުވާލެއް އަޝްދާއަކަށް ނުވިސްނުނެވެ.

“ކޯޗެއް؟” އަޝްދާ އެހިއެވެ.

“ރީންގެ ކުރީގެ ފިރިމީހާއަކީ އަޒްޔަން ކަން ދޮންތައަށްވެސް އެނގޭތަ؟” ޝަދާ ސުވާލު ފުރިހަމަ ކުރިއެވެ.

“އަސްލުވެސްތަ؟” އަނގަމަތީ އަތް އަޅާލަމުން އަޝްދާ އަހާލި ގޮތުން އެއީ އަޝްދާއަށްވެސް މުޅިން އާ މަޢުލޫމާތެއް ކަން ޝަދާއަށް ވިސްނުނެވެ.

“ރީން ކައިރީ އަހަރެން އަޒްޔަންގެ ވާހަކަ ބުނި އިރު ރީން ކީއްވެ އެހެން ނުބުނީ؟ އަޅެ ދޮންބެއަށްވެސް އެނގޭ އިރު ދޮންބެ ނުވެސް ނުބުންޏޭ.. ރީންއަށް ގޮވާފަ އަހާބަލަ އަހަރެން އެ ހުރިހާ އެއްޗެއް ކީ އިރު އެ ވަރުގެ ކަމެއް ނުބުނެ ސިއްރު ކުރީ ކީއްވެގެން ހޭ؟ ދޮންތަ ގުޅާބަލަ! ނޫނީ އަހަރެން ގޮސް އަހަންވީތަ؟” ފާއިތުވެގެން ދިޔަ ކޮންމެ ސިކުންތަކާ އެކު ޝަދާ ރުޅިގަދަވަމުން ދިޔައެވެ. ދެ އަތުން މޫނު ފޮހެލަމުން ހޯލްތެރެއަށް ވަންނަން ދިޔަ ޝަދާގެ އަތުގައި އެއްއަތުން ހިފަހައްޓާފައި އަޝްދާ އަނެއް އަތުން ފޯން ނަގާ ދާނިޝްއަށް ގުޅިއެވެ.

ދާނިޝްއާއެކު ނޫރީންވެސް އައެވެ. ޝަދާ ރޮއެފައި ހުރިހެން ހީވެ ފުރަތަމަ ސުވާލު ކުރީ ނޫރީންއެވެ.

“ޝަދާ، ރޮނީތަ؟ ކިހިނެއްވީ؟ އަޝްދާ، ކަމެއް ވީތަ؟” ނޫރީން އެހެން އަހާލަމުން ޝަދާގެ ކޮނޑުގައި އަތް ޖައްސާލިއެވެ.

“ރީންގެ ފިރިމީހާއަކީ އަޒްޔަން ކަން ސިއްރު ކުރީ ކަމެއް ވެގެންތަ؟ ތި ދެ މީހުންގެ މެދުގަ އަދިވެސް ކަމެއް އޮތީތަ؟” ނޫރީންގެ އަތުގައި ނުޖެހި ދުރަށް ޖެހިލަމުން ޝަދާ އެހިއެވެ.

“ޝަދާ!” ޝަދާ ބުނި ގޮތުން ހިތްހަމަ ނުޖެހިފައި ދާނިޝް ގޮވާލިއެވެ.

“ދޮންބެއަށްވެސް އެނގޭ. އަހަރެންގެ ފީލިންގްސް އެނގޭ އިރު ދޮންބެވެސް އަހަންނަށް ސިއްރު ކުރީ” ޝަދާގެ ރުޅި ދާނިޝްއަށްވެސް އަމާޒުވިއެވެ.

“އަޒްޔަންތަ ޝަދާ ކައިރީ ބުނީ؟” ދާނިޝް އަހާލިއެވެ.

“އާނ! އޭނަ ބުނީ. އަދި އެނގޭތަ އަޒްޔަން ދެން ބުނި އެއްޗެއް؟ އޭނަ އަދިވެސް ލޯބިވަނީ ރީން ދެކެއޭ ބުނީ. ރީންއާ ނޫނީ ގުޅޭކަށް ބޭނުމެއް ނޫނޭ. އަހަރެން.. އަހަރެން އޭނައާ ދޭތެރޭ ފީލްވާ ގޮތް ބުނީމަވެސް އޭނަ އެކަން ގަބޫލު ކުރާކަށް ބޭނުމެއް ނުވި. އޭނަ ބޭނުން ވަނީ ރީން” ޝަދާއަށް ރުޅި އާދެވުނީ ނޫރީން ދެކެއެވެ.

“ޝަދާ—” ނޫރީން އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ޝަދާ އަޑެއް ނޭހިއެވެ.

“އޭނަ އެހާ ވަރުން ރީންގެ ފަހަތުން އުޅެނީ ރީންގެ އެއްވެސް އެއްބާރުލުމެއް ނެތިތަ؟ ދޮންބެއާ އެކީ ރީން ޓައިމްޕާސް ކުރަނީ—”

“ކޮން ކަހަލަ ވާހަކައެއްތަ ޝަދާ ތި ދައްކަނީ؟ އަހަންނާ އަޒްޔަންގެ މެދުގަ މިހާރަކު އެ ކަހަލަ އެއްވެސް ގުޅުމެއް ނޯންނާނެ” ޝަދާގެ ވާހަކަ މެދުކަނޑާލަމުން ނޫރީން ބުންޏެވެ.

“އެހެންވެތަ އެ މީހުން އައިސް ތިގޭގަ ތިބެނީ؟ އަޒްޔަންގެ މަންމައާ ބައްޕައަށް ނޫރީންވެސް މަންމައާ ބައްޕަ ކިޔަނީ؟” ޝަދާގެ ރުޅި ކުޑަކޮށްވެސް މަޑެއް ނުވެއެވެ. ކަންތައް ވީ ގޮތުން ޝަދާއަށް ކުށްވެރި ކުރެވުނީ ނޫރީންއެވެ. އެ ހުރިހާ ދުވަހު ނޫރީންއާ މެދު ދެކެމުން އައި ގޮތް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބަދަލުވިއެވެ.

“ޝަދާ..” ޝަދާ ވާހަކަ ދައްކަމުން ދިޔަ ގޮތާމެދު ހިތްހަމަނުޖެހިގެން އަޝްދާ ގޮވާލިއެވެ.

“އެ މީހުންނަކީ އަހަރެން ކުޑަ އިރުން ފެށިގެން އަހަރެންގެ މަންމައާ ބައްޕަގެ އެންމެ ގާތް އެކުވެރިން. އަހަރެންގެ މަންމަ ބަލިވެ އުޅުނު އިރު އާއިލާއިން ނުލިބުނު އެހީތެރިކަން ލިބުނީ އެ މީހުންގެ ފަރާތުން. އަހަރެންގެ މަންމަ ބަލިވި ފަހުން އަޒްޔަންގެ މަންމަ އަހަރެން ގެންގުޅުނީ އަމިއްލަ ދަރިއެއް ހެން. އެހެންވެ އަހަރެން ކައިރީ އެ މީހުން އައިސް އެ ތިބީ. އަހަންނާ އަޒްޔަން ވަކިވިޔަސް އެ މީހުންނާ އޮތް ގުޅުމެއް ނުކެނޑޭނެ. އަހަންނާ އެ މީހުންގެ އޮތް ގުޅުމެއް އޮތީ އަހަރެން އަޒްޔަންއާ ކައިވެނި ކޮށްގެންނެއް ނޫން. މަންމަމެން ތިބިއްޔާ އަޒްޔަން އަންނާނެ، ވާހަކަވެސް ދައްކާނެ. އެކަމަކު އޭގެ މާނައަކީ އަހަރެންނާ އަޒްޔަންގެ މެދުގަ ގުޅުމެއް އޮތީއެކޭ ނޫން” ޝަދާގެ ވާހަކަ ހުރި ގޮތުން ނޫރީން ހިތްހަމަނުޖެހުނެވެ.

“ދެން ކީއްވެ ކުރިން އިނދެގެން އުޅުނީ އަޒްޔަންއާ ކަން ސިއްރު ކުރީ؟” ޝަދާ އަހާލިއެވެ.

“އަހަރެން ދާނިޝް ކައިރީ ބުނިން. ޝަދާ ކައިރީ ނުބުނުން އެއީ ދާނިޝްގެ މައްސަލައެއް. އެންމެން ކައިރީ އަހަރެންގެ ޕާސްޓްގެ ވާހަކަ ދައްކާކަށް ނުޖެހޭ. އަހަރެންގެ ފަރާތުން އެކަން އެނގެން ޖެހޭ މީހަކަށް ވިއްޔާ އެނގިފަ އޮންނާނީ” ނޫރީން ބުންޏެވެ.

“ހީ ރިޖެކްޓެޑް މީ ބިކޯޒް އޮފް ޔޫ! ނޫރީންއާ ހެދި އަޒްޔަން އަހަންނާ ގުޅެން ބޭނުން ނުވީ” ޝަދާ އެންމެ ރުޅި އައި ސަބަބު ހާމަކުރިއެވެ.

“ތި ކަމަކާ އަހަންނާ އެއްވެސް ގުޅުމެއް ނެތް—” ޝަދާއަށް ނުވިސްނޭތީ ނޫރީން ހައިރާންވިއެވެ. ޝަދާގެ ބަސްތަކުން ނޫރީންގެ ރުޅިވެސް ދިޔައީ ގަދަވަމުންނެވެ.

“ރީން..” ޝަދާ އެހާ ރުޅިއައިސްފައި ހުރި އިރު ނޫރީންވެސް އެ ރާގުގައި ވާހަކަ ދައްކަމުން ދާތީ އެ ގޮތް ކަމުނުގޮސްގެން ދާނިޝް ގޮވާލިއެވެ. ނަމަވެސް ޝަދާ ކުރި ތުހުމަތަށް ފަހު ނޫރީންގެ ދިފާޢުގައި ދާނިޝް އެއްޗެއް ނުބުނީތީ ހިތްހަމަނުޖެހިފައި ހުރި ނޫރީން ދާނިޝްގެ އަޑެއް ނޭހިއެވެ.

“ޝަދާގެ ވާހަކަ ދާނިޝް ބުނި ދުވަހު އަހަރެން ދާނިޝް ކައިރީ ބުނިން އަޒްޔަންއާ އަހަރެންގެ ކައިވެނީގެ ވާހަކަ ބުނާށޭ. ޝަދާ ކައިރީ ބުނަން ޖެހޭނީ އަހަންނެއް ނޫން. ސޯ ޝަދާ ކޮން ކަމަކާތަ އަހަރެން ދެކެ ރުޅި އަންނަންވީ؟” ނޫރީން ބުންޏެވެ.

“މިތާ ތިބެއެއް ނޫން ތި ޒުވާބު ކުރާނީ. ގެއަށް ގޮސްވެސް ތި ވާހަކަ ދެއްކޭނެ. ހިނގާ ދެން ގެއަށް ދާން” އެ ކަންތައް ބޮޑު ޒުވާބަކަށް ވުމުގެ ކުރިން ހުއްޓުވުމަށް އެ ވަގުތު އަޝްދާ ބުންޏެވެ.

ނޫރީން ޖަވާބެއް ނުދީ އެނބުރިލަމުން އެ މީހުންނާ ދުރުގައި ހުއްޓި ލޯމަރާލަމުން، އައިސްފައި ހުރި ރުޅި ފިނިކޮށްލުމަށް ފުންކޮށް ދެތިން ނޭވާ ލިއެވެ. ނަމަވެސް ރުޅި މަޑެއް ނުވިއެވެ. އިރުކޮޅަކު ހުރެފައި ނޫރީން ދަބަހުން ފޯން ނަގާ ޒާއިންއަށް ގުޅާލިއެވެ.

“ޒާއިން، އަހަރެން ގޮވައިގެން ގެއަށް ގޮސްދެވިދާނެތަ؟” ޒާއިން ފޯން ނެގުމާއެކު ނޫރީން އެދުނެވެ. ނޫރީންގެ އަޑު އިވިފައި ކޮންމެވެސް ކަމެއް ވެއްޖެ ކަން ޒާއިންއަށް ނަގައިގަނެވުނެވެ. އެހެން ކަމުން ސުވާލެއް ކުރުމަކާ ނުލާ ޒާއިން ވަގުތުން އެއްބަސްވިއެވެ.

“ރީން ގެއަށް ދާން ބޭނުމިއްޔާ އަހަންނާ އެކީވެސް ދެވޭނެއެއްނު؟” ނޫރީން ކައިރިއަށް އައި ދާނިޝްއަށް ނޫރީން ފޯނުން ދެއްކި ވާހަކަ އަޑު އިވުމުން ބުންޏެވެ.

“ޒާއިންއާ އެކީ މި ދަނީ.. މި ވަގުތު އެކަކާވެސް ވާހަކަ ދައްކާކަށް ބޭނުމެއް ނޫން” ދާނިޝްއާ ދިމާއަށް ނުބަލާ ހުރެ ނޫރީން ބުންޏެވެ.

“ރީން..” ދާނިޝް އެއްޗެއް ބުނަން ބޭނުންވެ ގޮވާލަމުން ނޫރީންގެ އަތުގައި ހިފާލަން އުޅުނެވެ. ނަމަވެސް އެ ވަގުތު އެ ބެލްކަންޏަށް ނިކުތް ޒާއިން ފެނުމުން ދާނިޝްގެ އަތުގައި ނުޖެހި ނޫރީން ޒާއިންއާ ދިމާއަށް ދިޔައެވެ.

“ކަމެއް ވީތަ؟” ޓެކްސީގައި ގެއާ ހަމައަށް ދިޔަ އިރުވެސް ނޫރީން އަނގައިން ނުބުނާތީ ޒާއިން އަހާލީ އިމާރާތުގެ ލޮބީއަށް ވަދެފައެވެ.

ނޫރީން ދެފަރާތަށް ބޯ ހަލުވާލިއެވެ.

“ދޮންބެ އެއްޗެއް ބުނީތަ؟” ނޫރީން ގުޅުމުގެ ކުޑަ އިރުކޮޅެއް ކުރިން އަޒްޔަން އައިސް ޒާއިން ގާތު ދަނީއޭ ބުނި އިރު އަޒްޔަންގެ މޫޑް ރަނގަޅު ނޫން ކަން ފާހަގަ ކުރެވިފައި ވީތީ ޒާއިން އެހިއެވެ. ޒާއިންއަށް ހީވީ ޕާޓީ ތެރޭ އަޒްޔަންއާ ނޫރީންގެ މެދުގައި ދެބަސްވުމެއް ހިނގީ ކަމުގައެވެ.

“ޒާއިންގެ ދޮންބެއާ ހެދި އަހަންނަށް ހަމަޖެހުމެއް ލިބޭކަށް ނެތް!” ނޫރީން ބުންޏެވެ.

“ދޮންބެ ކީއްކުރީ؟” ޒާއިން މަޑުކޮށްލާފައި ނޫރީންގެ އަތުގެ އުޅަނބޮއްޓާ ހިސާބުން ހިފަހައްޓާލަމުން އަނެއްކާވެސް އަހާލިއެވެ.

އެ މީހުންގެ ފަހަތުން ކަހަލަ ގޮތަކަށް ދާނިޝްމެން އައިސް އިމާރާތުގެ ތެރެއަށް ވަންތަން ފެނި ނޫރީން ކުރިއަށް ހިނގައިގަތެވެ.

“ނަތިންގ! މި ގަޑީގަ އެ ވާހަކަތަކެއް ނުދެއްކޭނެ..” ދެފަރާތަށް ބޯ ހަލުވާލަމުން ނޫރީން ބުންޏެވެ.

ހަ މީހުންނަށް ލިފްޓަށް އެރުނީ އެކީގައެވެ. މައްޗަށް އެރެންދެން ނޫރީން އިސްއުފުލާ ބަލައެއް ނުލައެވެ. ލިފްޓް ހުޅުވުމާއެކު އަވަހަށް ނިކުމެގެން ގެއަށް ވަންނަން ދިޔަ ނަމަވެސް ދާނިޝް ގޮވާލުމުން ނޫރީން ހުއްޓުނެވެ.

“ވާހަކަ ދައްކާލެވިދާނެތަ؟” ޒާއިންއަށް ބަލާލަމުން ދާނިޝް މަޑުމަޑުން ބުންޏެވެ.

“އެބަ އަންނަން. ޒާއިން ދޭ” ކައިރީ ހުރި ޒާއިންއަށް ބަލާލަމުން ނޫރީން ބުންޏެވެ.

ބޯ ޖަހާލި ނަމަވެސް އެތެރެއަށް ވަނުމުގެ ކުރިން އެތާ ތިބި މީހުންނަށް ޒާއިން ވަކިވަކިން ބަލާލިއެވެ.

އެ ވަގުތު ދާނިޝްމެންގެ އެޕާޓްމެންޓަށް ދާން ބޭނުން ނުވެފައި ހުރެ، އެ ފްލޯރގައި ހުންނަ ކުޑަ ސިޓިންގް އޭރިއާއަށް ގޮސް ނޫރީން މަޑުކޮށްލިއެވެ. ނޫރީންގެ ފަހަތުން އައުމަށް ދާނިޝް އިޝާރާތް ކޮށްލި ނަމަވެސް ޝަދާ މަޑުނުކޮށް ގެއަށް ވަނީއެވެ.

“ކީކޭ؟” ސޯފާތައް ކައިރިން ލާފައި ގޮސް ކުޑަދޮރު ކައިރީ ހުއްޓި ދާނިޝްއާ ކުރިމަތިލަމުން ނޫރީން އަހާލިއެވެ.

“އަދި ރުޅި އަންނާކަށް ނުވެއެއްނު ރީން؟” ނޫރީން ރުޅިއައިސްފައި ހުރުމުން ދާނިޝް ބުންޏެވެ.

“ތިހެން ބުނަންތަ މި ތަނަށް އައީ؟” ނޫރީން އަހާލިއެވެ.

“ރުޅިއައިސް ހުރެ ރީން ގެއަށް އައީމަ.. ޝަދާ ބުނާ އެއްޗަކަށް ރީން އަޅާނުލައްޗޭ—”

“ސީރިއަސްލީ؟ ތިހެންތަ ދާނިޝް ބުނަންވީ؟” ދާނިޝް ބުނި އެއްޗެއް ގަބޫލު ކުރަން ދަތިވެފައި ހުރެ ނޫރީން އެ ވާހަކަ މެދުކަނޑާލަމުން އަހާލިއެވެ.

“އަހަރެން ޝަދާއާ ވާހަކަ ދައްކާނަމޭ. އިހަށް ރީން ރުޅިމަޑު ކޮށްބަލަ!” ނޫރީން އެހާ ރުޅި އަންނަން ވީ ސަބަބެއް ދާނިޝްއަކަށް ނުވިސްނުނެވެ.

“ދާނިޝް ކުރިމަތީ އަހަންނާ ދިމާއަށް ޝަދާ އެހެން ބުނި އިރު ދާނިޝްއަށް އެތާ ހުރެ އަހަރެން ދިފާއު ކުރެވެން ޖެހޭނެ! ފަހުންނެއް ނޫން ޝަދާއާ ވާހަކަ ދައްކާނީ. އޭރު ބުނަން ޖެހޭނެ. އަހަންނާ އަޒްޔަންގެ ފެމިލީއާ އޮންނަ ގުޅުމާ ބެހޭގޮތުން އެއްވެސް މީހަކު އެ ގޮތަށް އެއްޗެއް ބުނާ އަޑު އަހާކަށް ނުހުރެވޭނެ. އެއީ އަހަރެންގެ އުފަން މައިންބަފައިން ނޫނަސް، އަހަރެންގެ މަންމައާ ބައްޕަ ނިޔާވި ދުވަހުން ފެށިގެން އެ މީހުން ނޫނީ އަހަރެންނާ އަޅާލާނެ ބަޔަކު ނެތް” ނޫރީން ބުންޏެވެ.

“އޯކޭއޭ. ތިކަން އަހަރެން ގަބޫލު ކުރަމޭ. އެކަމަކު ޝަދާ އެހާ ހަރޓްވީ އަޒްޔަން އެހެން ހެދީމަ، އެހެންވެ ޝަދާ ދެރަވެފަ ހުރީމަ އެހެން ވާހަކަ ދެއްކުނީ. އަޒްޔަން އެހެން ބުނީމަ އޭނަ ދެރަވީ ވަރުން އެހެން އެވީ. ރީން ބަލާބަލަ އަޒްޔަންއާ ވާހަކަ ދެއްކޭތޯ. އަޒްޔަން ޝަދާއާ ގުޅުމަކުން މައްސަލައަކީ ކޮބާ؟” ދާނިޝް ބުންޏެވެ.

“އަދިވެސް ދާނިޝައަކަށްވެސް ނުވިސްނޭތަ؟ ޝަދާ ބޭނުމަކަސް އަޒްޔަން ބޭނުން ނުވަންޏާ އެ ދެމީހުންނަކަށް ނުގުޅެވޭނެ. އެކަން ޝަދާއަކަށް ނޫންތަ ވިސްނެންވީ؟ އަހަރެން ހިއެއް ނުކުރަން ޝަދާއަށް އެހާ ވަރުގެ ކަމެއް ނުވިސްނޭނެ ކަމަކަށް. ދެ މީހުން ބޭނުންވެގެން ނޫނީ އެއްވެސް ގުޅުމެއް ނުފެށޭނެ، އަދި ކުރިއަކަށްވެސް ނުގެންދެވޭނެ. ޝަދާ ބުނީމަ އަޒްޔަން ދޮގު ނުހަދާ އެ ބުނީ. ދެން ޝަދާއަށް އެންމެ ރަނގަޅު ވާނީ އެ ހިޔާލު ދޫކޮށްލިއްޔާ” ނޫރީންއަށް ވިސްނޭ އެންމެ ރަނގަޅު ގޮތް ހާމަ ކުރިއެވެ.

ނޫރީން ދެއްކި ވާހަކަ އަޑުއަހާފައި ދާނިޝް ނޫރީންއާ ދިމާއަށް ބަލަން އިރުކޮޅަކު ހުއްޓެވެ. އޭގެ ކުރިން ހިތަށް ނާންނަ އެތައް އެއްޗެއް ދާނިޝްގެ ހިތަށް އަރަމުން ދިޔައެވެ. ނޫރީންއާ މެދު ޝައްކު ކުރަން ޖެހޭ ފަދަ ކަމެއް ނޫރީންގެ ފަރާތުން ފެނިފައި ނުވި ނަމަވެސް އެރޭ ފުރަތަމަ ފަހަރަށް ދާނިޝްގެ ހިތުގައި ޝައްކެއް އުފެދިއްޖެއެވެ.

“އަޒްޔަން އެހެން މީހަކާ އެކީ އުޅެން ރީންވެސް ބޭނުން ނުވަނީތަ؟ ނޭނގިގެން ވިޔަސް ޝަދާއަށް އެ ބުނެވުނީ ތެދަށްތަ؟” ނޫރީންއާ ކައިރިއަށް ފިޔަވަޅެއް އަޅާލަމުން ދާނިޝް އަހާލިއެވެ.

“އަހަންނާ ކައިވެނި ކުރަން ލަސްވެގެން އުޅޭ އިރު ތީތަ ދާނިޝް އަހަންނާ މެދު ދެކޭ ގޮތަކީ؟” ދާނިޝް އެ ބުނި އެއްޗެއް އަޑުއިވުނީ ރަނގަޅަށް ކަމާމެދު ޝައްކުވެފައި ހުރެ ނޫރީން އެހިއެވެ.

“ޓެލް މީ ރީން.. އަދިވެސް އަޒްޔަން ދެކެ ލޯބިވޭތަ؟” ދާނިޝް އަހާލިއެވެ.

“އަހަންނަށް ގަބޫލު ކުރަން އުނދަގޫވޭ.. ޝަދާ އެހެން ބުނެގެން ދާނިޝް އަހަންނަށް ޝައްކު ކުރަނީތަ؟” ދާނިޝް ކުރި ސުވާލުން ނޫރީންއަށް އަހާލެވުނެވެ.

“ކީއްވެ ޖަވާބު ނުދިނީ؟ އެހެންވެތަ އޭނަގެ ފެމިލީ ރީންއަށް އެހާ މުހިންމު ވަނީ؟ އެހެންވެތަ މިހާ ދުވަސްވީ އިރުވެސް އަޒްޔަން މަތިން ހަނދާން ނައްތާނުލެވިގެން ތި އުޅެނީ؟ އޭނަގެ ފެމިލީ ތްރޫކޮށް ވިޔަސް އޭނައާ ކޮންމެވެސް ގޮތަކުން ކަނެކްޝަންއެއް ބާއްވަން ބޭނުން ވަނީތަ؟” ދާނިޝްގެ ހިތުގައި ވި ޝައްކު ފޮހެވުމުގެ ބަދަލުގައި ކުރިލާ ހެދެމުން ދިޔަ ފަދައެވެ.

“ހުރިހާ ކަމެއް އެނގިހުރެ ދާނިޝް އަހަންނާ ގުޅުނީ، އަދި ކައިވެނި ކުރަން ބުނީވެސް. އެހެން ވީމަ އަޒްޔަންގެ އާއިލާއާ އަހަންނާ އޮންނަ ގުޅުމުގެ ސަބަބުން އަޒްޔަންއާ އަހަންނޭ ކިޔާފަ ދާނިޝްއަށް އެއްވެސް އެއްޗެއް ނުބުނެވޭނެ. މިހާރު ތި ކަހަލަ ސުވާލު ކުރާއިރު ދާނިޝް ފަހުން އަހަރެންގެ ބޮލުގަ އަޅުވާނީ ކޮން ކަހަލަ ކަންތައްތަކެއް ކަން މި ވަރުން އަހަންނަށް ވިސްނޭ.. އަހަރެން ހިއެއް ނުކުރަން ދާނިޝްއަކީ ތި ކަހަލަ މީހެއް ކަމަކަށް”

ނޫރީންއާ މެދު ދާނިޝްގެ ވިސްނުން ހުރި ގޮތް އެނގުމުން ނޫރީން ހަގީގަތުގައިވެސް ދެރަވިއެވެ. ނޫރީން ދާނިޝްއާ ގުޅުނީ ކުޅިވަރަކަށް ނޫނެވެ. ފުރަތަމަ ކައިވެނި ރޫޅުމަށް ފަހުވެސް ރީތި ދިރިއުޅުމެއް އުޅެން ބޭނުން ވީތީ، ދާނިޝްވެސް ބޭނުންވީ އެ ގޮތް ކަމުގައި ގަބޫލު ކުރެވުމުން އެ ގުޅުމަށް ފުރުޞަތެއް ދިނީ ފަހުން މި ކަހަލަ ގޮތެއް ވެދާނެ ކަމަކަށް ނޫނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (16)

  1. Mar Sha

    hello everyone. here is ep 28. next ep on Sunday. Hope you all like this ep too.

  2. Aisha

    Reethi ♥️.. but mihaaru ehkameh abdhu vanee abdhu konme vx juvaanehgaa konme vx ehkoleh gaa hama jahsabala eyrun dhw vaahaka kiyaa hivaanee

    1. Mar Sha
      Aisha

      Aisha ah kamunudha gothakah dho mihaaru mi dhany, balaanan change eh geneveytho inge, dhen anna bai rangalhu kollaanan. thank u for reading dear

  3. Aami

    Varh Varh reethi

    1. Mar Sha
      Aami

      thank u Aami

  4. 🥀

    Mi part ves vrh reethi MA!
    I kinda like the way it’s going now
    Azyan and Nooreen alun gulheyne kamun kolhumathi fennan fashaifi
    Can’t wait!!

    1. Mar Sha
      🥀

      thank u dear, Dhaanish aa Nooryn nugulhunas adhi Azyan ah chance oiy kameh neynge ehnu, but lets see dho

  5. ^_^ @!I

    Shadhaa vs dhw. Pis pis
    Dhaanish aslu jeheynee reen ge faraathah aran.
    But instead he is blaming reen.
    Shadhaa………. Face the reality bro.
    Mihen dhaan hedheema heevanee shadhaa hen villain ge bai kulhenee
    Reen ge massalaeh neih mithaaku..
    Shadhaa maa kantah falaee
    N dhaanish too
    Pls nooreen n azyan gulhuvahcheyyyy
    Lysm n tc

    1. Mar Sha
      ^_^ @!I

      thank u, Marsha ves eba balan readers like vaa gothah Azyan ah Nooryn dheveytho, ekamaku Nooryn ruhigen dho ehen vaany. hmm Shadha ge kuda massalaeh eba ulhey, gotheh hadhan jeheyny

  6. Koklila modi

    Aachaa vara salhi kuriya midhaa goi marsh ah ingeyni emme molha kantha kuranvaa goi
    Noorin loabi nuvaa iruves dhaanish aa ekee huhtaa e trust nukoh e suvaalutha e kuri

    1. Mar Sha
      Koklila modi

      Dhaanish amilla ah dho bad side ah mi arany, kihineh dhen hadhan vy? koba Kokila ge khiyaalaky, n thanks for reading dear

  7. Anonymous

    Aslu Azhan ah Reen liben vaany eyra salhi vaanee

    1. Mar Sha
      Anonymous

      hmm thihen vaan readers beynun vany, lets see, thank u dear

  8. Cherri

    Aslu Azhan ah Reen liben vaany eyra salhi vaanee

    1. Mar Sha
      Cherri

      mee repeat vefa in comment eh dho, but thanks anyways

  9. Anonymous

    Koba next ep????

Comments are closed.