Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަޤުދީރު -14

Vaahaka_by_Az
Vaahaka_by_Az Level 110 Stories
June 29, 2026 8 Mins Read
2 Comments

ފަތިސް ނަމާދުގެ ބަންގީގެ އަޑަށް މުސައްލަ މަތީގައި ނިދިޖެހިފައި އިން ލިއަމް ލޯ ހުޅުވާލަމުން މޯޅިއަކަށް ދެމިލިއެވެ. ތަހައްޖުދް ނަމާދު ކޮއްލައިގެން ޒިކުރު ކުރަން އިންދާ ނިދި ޖެހުނީއެވެ. މުޅި ރޭ ނުނިދާ ހުރުމުގެ ސަބަބުން ނިދި ޖެހުނީއެވެ. ބޮލުތެރޭގައި ހިނގަމުންދާ ހާސްކަމާއި ހިތަށް ވެރިވެފައިވާ ނުތަނަވަސް ކަމުން ހިތަށް ހަމަ ޖެހުމެއް ލިބޭތޯ ލިއަމް ނަމާދު ކުރިއެވެ. އަދި ޔަލްވީ ހެޔޮ ޙާލުގައި ލެއްވުމަށް އެދި ދުޢާ ކުރެވުނެވެ. ޔަލްވީ އާއި ދޭތެރޭ ބެހެއްޓޭ ގާތް ކަމާއި އެކުއްޖާ އާއި މެދު ދެކެވޭ ގޮތުން ލިއަމް އަށް ބައެއް ފަހަރު އަމިއްލަ ނަފްސާވެސް ސުވާލު ކުރެވެއެވެ. ޔަލްވީ އާއި ދުރުގައި ހުރުމަށް ކުރާ މަސައްކަތް ވަނީ ބޭކާރެވެ. އެ މައުސޫމު މޫނު ފެނިލުމުންވެސް ހިތް ވިރޭހެން ހީވެއެވެ. ވެރި މީހާ އާއި މުވައްޒަފެއްގެ ގުޅުމަށްވުރެ ގާތް ގުޅުމެއް އެދެމެދުގައި ބޭއްވެން ނެތް ކަމުގައި ވިއަސްމެއެވެ.

ބަންގީގެ އަޑު ކެނޑުމުން ލިއަމް ތެދުވެ ނަމާދު ކޮށްލައިގެން ގުޅާލީ އިރުޝާމް އަށެވެ. އެންމެ ރިންގަކުން އިރުޝާމް ފޯނު ނަގައިފިއެވެ. އަލުން ޔަލްވީ ހޯދުމުގެ މަސައްކަތް ފެށުމަށް އިރުޝާދު ދީފައި ލިއަމް ގުޅާލީ އަޒާން އަށެވެ. އަޒާން ގާތު ވީއެންމެ އަވަހަކަށް ބައްދަލު ކޮއްލަން ބުނެ ލިއަމް ގަރާޖުން ކާރު ނެރެ ދުއްވާލީ އަޒާން އުޅޭ އެޕާޓުމެންޓާ ދިމާއަށެވެ. އަޒާން ދިރިއުޅެނީ ޒާހިރުމެންގެ ގޭގެ އެންމެ މަތީ ފަންގިފިލާގައެވެ.

ލިއަމް ކާރު މަޑުކޮށްލި ވަގުތަކީ އަޒާން އިމާރާތުން ނުކުތް ވަގުތެވެ. އަޒާން ކާރަށް އެރުމުން ލިއަމް ކާރު ދުއްވާލިއެވެ.

”ޔަލްވީގެ އަޕްޑޭޓެއް ލިބުނީތަ؟“ އަޒާން އާފުރިލަމުން މޯޅިއަކަށް ދެމިލާފައި ސީޓުގައި ހަމަޖެހިލިއެވެ.

”އެހެން ކަމަށް މި ބަލަނީ…. ރޭގަ އަހަރެން ވަރަށް ބެލިން ޔަލްވީ ފަހަތުން އަޅުވާލި ދެ ފިރިހެނުންގެ މައުލޫމާތެއް ލިބޭތޯ“ ލިއަމް ކާރުގެ ދުވެލި ބާރުކޮއްލަމުން ބުނެލިއެވެ.

”އެންޑް؟“ ޝައުގުވެރި ވެލާފައި އަޒާން ނިއް އަރުވާލީ ލިއަމް ބުނަން އުޅޭއެއްޗެއް އަޑުއެހުމަށެވެ.

”ހަނދާންވޭތަ މީގެ ދެމަހެއް ކުރިން އަހަރެންގެ ޖިމުން ބޭން ކޮއްލީމެއްނު އިބްރާހިމް މުފީދު….ސީސީޓީވީ ފުޓޭޖަށް ރަނގަޅަށް ބަލާލީމަ އެނގުނީ އެތަނުން އެއްފިރިހެން މީހާ އަކީ އޭނަކަން…..ދެން ހުރި މީހާ މާބޮޑަށް ސާފު ވާ ވަރެއް ނުވޭ“ ލިއަމް ގެ އަޑުގައި ވީ ނުރުހުންތެރި ކަމެވެ.

”އެހެންވީމަ ހިނގާ ދޯ އޭނަ ޓްރެކް ކުރަން…..ހީ ވިލް ލީޑް އަސް ޓު ޔަލްވީ….މަށަށް ފެންނަނީ ޔޫވީ ކައިރީ ނުބުނެ ދާން…އޭނަ މިހާރުވެސް ހުރީ ވަރަށް ހާސްވެފަ“ އަޒާންގެ ޙިޔާލަށް ލިއަމް އެއްބަސްވިއެވެ.

ހުޅުމާލޭގެ ހައިވޭއިން އަރާ ހިސާބުގައި މަގުގެ އެއްފަރާތެއްގައި ކާރު މަޑުކޮއްލުމުން ލެޕްޓޮޕް ނަގައިގެން އަޒާން މުފީދު ޓްރެކް ކުރުމުގެ މަސައްކަތް ފެއްޓިއެވެ. އަޒާން އަކީ އައިޓީ ކަންކަމުގައި ވެސް ވަރަށް ތަޖުރިބާކާރު މީހަކަށް ވުމުން އެހެން މީހެއްގެ އެހީ ހޯދާކަށް ނުޖެހުނެވެ. ލިއަމްގެ ޖިމްގައި ހުރި ރިކޯޑު ތަކުން މުފީދުގެ  މައުލޫމާތު ހޯދުން އުނދަގުލެއް ނުވިއެވެ. ”ބްރޯ…. މި މުފީދުގެ ކޯލް ހިސްޓްރީ އިން އެބަހުރި އެއް ނަންބަރަކަށް ވަރަށް ގިނައިން ގުޅާފަ…..މަ ބެލިއިރު މި ނަންބަރު މީ ގޭންގެއްގެ މީހަކަށް ނިސްބަތްވާ ނަންބަރެއް….މަށަށް ފެންނަނީ އޭނަ ހޯދީމަ އަހަރުންނަށް ވަރަށް ފަސޭހަ ވާނެ މުފީދު ހޯދަން“ ފަލަމަސްގަނޑުގައި އިނގިލިތަކުން ޖަހާލަ ޖަހާލައިން ލިއަމް އަށް ބަލާލަމުން އަޒާން ބުނެލިއެވެ. ބޯ ޖަހާލަމުން ލިއަމް ކާރު ދުއްވާލީ އަޒާން ބުނި ލޮކޭޝަނަށެވެ.

ބާރު ދުވެލީގައި މާލޭގެ މަގުތަކުން ދުއްވަމުން ދިޔަ ލިއަމްގެ ކާރު ހުއްޓާލީ ހަނި ގޯޅިގަނޑެއްގެ ކުރިމައްޗަށެވެ. އެހިސާބުގަނޑަކީ ގޭންގު ތަކުގެ އައްޑާއެކެވެ. މާލޭގެ ނަންމަޝްހޫރު ގޭންގު ތަކުން ޤާނޫނާ ޙިލާފު ކަންކަން ކުރުމުގައި ރެޔާ ދުވާލު ހޭދަކުރާ ހިސާބު ގަނޑެކެވެ. ދެތިން ދުވަހުން އެއްދުވަހު ފުލުހުންގެ ހާއްސަ އޮޕަރޭޝަން ތަކުން އެތަނުން މީހުން އަތުލައިގަނެއެވެ. ބަންދު ކުރުމަށްފަހު ހަފްތާއެއް ތެރޭ ދޫކޮއްލަނީ މައްސަލަ ސާބިތު ނުވާ ކަމުގައި ބުނަމުންނެވެ.

ހަނި ގޯޅިގަނޑު ތެރެއިން ވަދެގެން ދެވެން ހުރީ ބޮޑު ގުދަނެއް ނުވަތަ ގަރާޖެއް ފަދަ ތަނަކަށެވެ. ގުދަނުގެ ކުރިމަތީގައި ގޮނޑިއެއް ބަހައްޓައިގެން ނިދާފައި މީހަކު އޮތެވެ. ބަލާބެލުމަށް އޭނަ އޮތީ ހަމަހެޔަކު ނޫނެވެ. ”އޭތް މިތާ އެތެރެއަށް ވަދެވެނީ ކިހިނެއް؟ މި ދޮރު ހުޅުވަބަލަ“ ގޮނޑިއަށް ވެޑުވިފައި އޮތް މީހާގެ ކޮނޑުގައި ދެތިން ފަހަރަކު ޖަހާލަމުން އަޒާން ގޮވާލިއެވެ. ކަންނެތް ގޮތަކަށް ލޯ ހުޅުވާލަމުން އޭނަ ތެދުވެ ފެށީ ހޭށެވެ. ދުނިޔެއިން މޮޔަވެފައި ހުރި މީހަކު ފަދައިން ހެމުން ކޮޅަށް ތެދުވިއެވެ.

”ކައެ މެން ހީކުރީ މީ ޗެރިޓީ ތަނެއް ކަމަށްތަ ބޭނުން އިރަކު އައިސް ވަދެވެން…..މިތަނަށް ވަދެވޭނީ އަހަރުމެންގެ ބޮސް ބޭނުން މީހަކަށް….އެޕޮއަިންޓްމެންޓު ހައްދައިގެން އާދޭ…..ނޫނީ ލާރި“ ނުބައިވައްތަރަކަށް ހީގަންނަމުން  އެމީހާ އަނެއްކާވެސް ގޮނޑި މައްޗަށް ވެއްޓިގަތެވެ. އަޒާން އަނެއްކާވެސް އެމީހާގެ ކޮނޑުގައި ހިފައި ތަޅުވައިލިއެވެ. އޭނާ އޮތީ ހަބަރު ހުސްވެ އެއްކޮށް ދެމިފައެވެ. ލިއަމްއަށް ބަލާލަމުން ދެފަރާތަށް ބޯހޫރާލަމުން ގޮސް ބިންމަތީގައި ވެއްޓިފައި އޮތް ޓެގު ނަގައި ތަޅުގައި ޖައްސާލުމުން ދޮރު މައްޗަށް ކެހިގެން ދިޔައެވެ.

އެތެރެއަށް ވަދެގެން ދިޔަ ލިއަމް އަދި އަޒާން އަށްވެސް އައީ  ކުއްލި ހަމަލާއެކެވެ. އެހަމަލާއިން އަޒާން ރެކުނު އިރު ނުވިސްނާހުރި  ލިއަމްގެ އަތުގެ މަސްގަނޑަށް އެރީ ވަޅީގެ ހަމަލާއެކެވެ. ދިހަވަރަކަށް މީހުންގެ ލަޝްކަރެއް އައިސް އެދެމީހުން ވަށާލިއެވެ. އަޒާން އާއި ލިއަމް އެކަކު އަނެކަކަށް ބަލާލަމުން ތައްޔާރުވެލިއެވެ. ފަހަރަކު މީހެއްގެ ހަމަލާއިން ރެކެމުން ރައްދުގައި ހަމަލާދެމުން ގޮސް ދިހަ މީހުންވެސް ބަލި ކޮއްލެވުނެވެ. ބިންމަތީގައި ވެއްޓިފައި އޮތް އެކަކުގެ ގަމީހުގެ ގިރުވާނުގައި ހިފާ ލިއަމް ދެތުކުރިއެވެ.

”ކޮބާ ތިމީހުންގެ ބޮސް؟ ބުނޭ އޭނަ ވީތަނެއް“ ދަތްކުނޑި ވިކާލަމުން ލިއަމް އެހެން ބުނެލުމުން އެމީހާ ވަގުތުން ބޯޖަހާލިއެވެ. ތިމާއަށް ވުރެ ބާރުގަދަ ދެމީހުން ކުރިމަތީގައި ގަދަ ދެއްކުމަކީ ބޭކާރު ކަމެއް ކަން އެމީހާއަށް ވިސްނުނީއެވެ. ގައިގެ ތަދުވާ ތަންތަނުގައި އަތް ހާކަމުން އެމީހާ ހިނގައި ގަތީ ބާކޮޓަރިގަނޑެއްހެން ހުރި ތަނަކާ ދިމާއަށެވެ. ފަހަތުން އަޒާން އާއި ލިއަމްވެސް ވަނެވެ.

އެޅިގަލުން ރާނައި ސިމެންތިވެސް ނުޖަހައި ހުރި ކޮޓަރިގަނޑު ތެރޭގައި ހުރި ބާ ސޯފާ ގޮނޑިއެއްގައި ނިދާފައި އޮތީ ހަށިގަނޑުން ވަރުގަދަ ޒުވާނެކެވެ. އޭނާ އޮތްގޮތުން ހީވަނީ މުޅި ރޭ ޕާޓީ ކޮއްފައި  މަސްތުގެ އެހީގައި އަރާމު ނިންޖަކުން ނިދާލާފައި އޮތް ހެނެވެ. އަޒާން މެނާއެކު ވަތް މީހާ ބިރުން ހުރެ މަޑުމަޑުން ގޮވާލިއެވެ. ދެން ފެނުނީ އެމީހާ އެއްލިގެން ގޮސް ފާރުދޮށަށް ގުޅަވަރަކަށް ޖެހުނު ތަނެވެ. އެމީހުން ބޮސް އޭ އެކިޔާ ހަށިގަނޑުން ވަރުގަދަ ޒުވާނާގެ އަތުގެ ހަމަލާއެއް އެމީހާގެ ކަންކަށި މައްޗަށް އެރިލެއް ބާރުކަމުން މަތަނުވެ ގޮސް ވެއްޓުނީއެވެ.

”ކިތައްފަހަރު ބުނަންވީ ކައެމެން ކައިރީ މަގޭ ހުއްދަ އާ ނުލާ މިތަނަށް ނުވަންނާށޭ“ ރުޅިއައިސް ފުފިފައި ހުރި ޒުވާނާގެ ނަޒަރު ދެން އަމާޒުވީ އަޒާން އާއި ލިއަމް އަށެވެ. އެޒުވާނާގެ ނިއްކުރި މައްޗަށް އަރާފައި ހުރި ރޫތައްވީ އިތުރެވެ. ”ކައެމެން ކޮން ކަމަކު މަގޭ އައްޑާއަށް އަންނަން ޖެހުނީ؟“ ފަހަރަކު މީހެއްގެ ބޮލުން ފެށިގެން ފަޔާ ހަމައަށް އެޒުވާނާ ފަރުވާތެރި ކަމާއެކު ބަލާލިއެވެ.

”ސީދާ މައުލޫއަށް ދާނަން….ތެދު ތެދަށް ޖަވާބު ދޭނެ ކަމަށް އުންމީދު ކުރަން…..އަހަރުން މިއައީ ތަޅާ ފޮޅުމެއް ހިންގާކަށް ނޫން……ތީނައަށް މުފީދު އެނގޭނެ ކަން އަހަރުންނަަށް އެނގޭ…އެހެންވީމަ  ނޭނގޭ ކަމަށް ހެދުމުގެ ބޭނުމެއް ނެތް…..އޭނާ ވީތަނަކާއި އެންމެފަހުން ކަލެއާއި  ދެއްކުނީ ކޮން ވާހަކައެއްކަން ބަލަން މަ ބޭނުންވަނީ“ ލިއަމް އެތަނަށް އައި ބޭނުން ވަރަށް ސާފުކޮށް ކިޔާލިއެވެ.

”ހަހަހަ….ކައެ ހީކުރީ މަމީ މޮޔައެއް ކަމަށްތަ…..ބުނާހާ އަވަހާ އަދި މަ ޖެހޭތަ ތިމީހުނަށް ހުރިހާ އެއްޗެއް ކިޔާދެން….. ގާއްޓެ މަސައްކަތް ކުރާނީ ލާރިއަށް…. ގިނައިން ލާރި ދިން ބަޔަކު ކޮޅަށް މިގާއްޓެ ޖެހޭނެ އަބަދުވެސް….ކައެ މެން ތިބި ގޮތައް ބަލާފަވެސް އެނގޭ ވަރަށް ލާރި އޮންނާނެކަން…..އެހެންވީމަ މުފީދަށްވުރެ ގިނައިން ލާރި ދީފިއްޔާ ފަހަރެއްގަ ކޮޅު ބަދަލު ވެދާނެ“ ގާއްޓެ ބާރަށް ހީ ގަންނަމުން ސޯފާ މައްޗަށް ވެއްޓިގަތެވެ.

”މައްސަލައެއް ނެތް ތީނަ ބުނި ވަރަކަށް ފައިސާ ދެވިދާނެ….މުފީދު ވީތަނެއް ބުނޭ“ ލިއަމް އަވަސް އަވަހާ ބުނެލިއެވެ. ހީކުރި ވަރަށް ވުރެ ފަސޭހައިން ގާއްޓެ ފަރާތުން މައުލޫމާތު ލިބުމުން ލިއަމް އާއި އަޒާން އަނެއްކާވެސް ކާރުގައި މިސްރާބު ޖެހީ ހުޅުމާލެއަށެވެ. ޔުވާންގެ އެތައް މިސްކޯލަކަށް ފަހު އަޒާން ކަންތައް ވަމުންދާ ގޮތް ޔުވާންއަށް ކުރުގޮތަކަށް ކިޔާލަދިނެވެ. ޔުވާން ބޭނުންވީ ވަގުތުން އަޒާން މެނާއެކު ޔަލްވީ ހޯދަން ނުކުންނާށެވެ. ނަމަވެސް އަޒާން ވިސްނަދިނީ މިވަގުތު މަހީރް އާއި އާޔަތު ގާތު މަޑުކުރުން މުހިންމު ކަމުގައެވެ. އެންމެފަހުން އަޒާން ކުރު ނުކުރުމުން ޔުވާން ޖެހުނީ ގޮތްދޫ ކުރާށެވެ. ކޮއްކޮ ހޯދުމުގެ ކަންތައް އެންމެ ގާތް ދެއެކުވެރިންގެ އަތް މައްޗަށް ދޫކޮއްލެވުނީ ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންނެވެ.

…………………..

ކުނާ މަތީގައި އޮށޯވެލައިގެން އޮތް ޔަލްވީ ދިޔައީ ތުރުތުރު އަޅަމުންނެވެ. ހުމާ ފިހިފިހި އޮތްއިރު ހީކަރުވައިގެން ހަށިގަނޑު ރޫރޫ އަޅަނީއެވެ. އެ ޖަލެއްފަދަ ތަނައް ގެނައި ފަހުން ކާއެއްޗެއް ނޫން ފެންފޮދެއްގެ މިންވަރުވެސް ނުލިބެއެވެ. ކަރުހިއްކައިގެން އަރުތެރެ އޮތީ އެއްކޮށް ހިކިފައެވެ. ސަލާމަތް ކޮއްދޭނެ މީހަކު ކައިރި ހިސާބެއްގައި ވެސް ނޫޅޭނެ ކަން އެނގޭއިރުވެސް ސަލާމަތައް އެދި އެ ދަގަނޑު ފާރުތަކުގައި ތަޅާ ހަޅޭއްލެވުނު އަދަދެއްވެސް ނޭނގެއެވެ. ހަޅޭއް ލެވުމުގެ ސަބަބުން އަޑު ކުރަކިވެ ރަނގަޅަށް އަޑު ބޭރުވެސް ނުވެއެވެ. މެހެކް ކުރި އަނިޔާތަކުން ގައިގެ އެތަން މިތަން ނޫފައިގަނެ ނުފިލާ ރިހުމެއް ހުރިއެވެ. އެކަނިވެރިކަން އިހްސާސްވެ ޔަލްވީގެ ދެލޮލުން ކަރުނަ އޮހެމުން ދިޔައީ ހުއްޓުމެއް ނެތިއެވެ. ރޮއިރޮއި ދެލޯ ރަތްވެ ދުޅަވެފައި ވިއެވެ.

………………….

ގާއްޓެގެ ފަރާތުން އެނގުނު ތަންނަށް އެތައް ފަހަރަކު ދުއްވިއްޖެއެވެ. މުޅި ދުވަސް ހޭދަވެގެން ދިޔައީ  ޔަލްވީ ހޯދަން ކުރި މަސައްކަތް ބޭކާރުވެގެންނެވެ. ދުވަސް ނިމި އިރުއޮއްސެމުން ދިޔަ ވަރަކަށް ލިއަމްގެ ހިތްވަރު އެލި ގޮތް ހުސްވާން ފެށިއެވެ. ޔަލްވީ ހޯދަން ނުދެވޭ އެއްވެސް ތަނެއް މުޅިމާލެ އަދި ހުޅުމާލޭގައި ވެސް ނެތެވެ. ބޮޑެތި ބޯޓު ފަހަރުތަކާއި ކޮންޓެއިނާތައް އުފުލާ ބޯޓުތައް ޖައްސާދިމާލުގައި މަޑުކޮއްލައިގެން ތިބި ލިއަމް އާއި އަޒާން އަދި މީކައިލް ދިޔައީ އިތުރު ތަނެއް ނުބެލި ހުރިތޯ ވިސްނަމުންނެވެ. އެންމެފަހުން މީކައިލްވެސް ލިއަމް އަށް އެހީވުމަށް ބައިވެރިވީއެވެ.

އެއް އަތުން ބޮލުގައި އަތް ހިންގާލަމުން ކޮންޓެއިނާ ތަކުގެ ތެރެއަށް ވަދެގެން ދިޔަ ލިއަމް ކުރަމުން ދިޔަ މަސައްކަތައް ކުރިއެރުމެއް ނުލިބުމުގެ ސަބަބުން ދިޔައީ ރުޅި ގަދަވަމުންނެވެ. ގޮއްމުއް ކަވާފައި އަތުގެ ހަމަލާއެއް އަރުވާލީ  ކައިރީގައި ހުރި ކޮންޓެއިނާއަށެވެ.

މީކައިލް ގޮސް ލިއަމް އާއި ތަންކޮޅެއް ދުރުގައި  ހުރި ކޮންޓެއިނާގައި ކަންފަތް ޖައްސާލީ މަޑުމަޑުން އަޑެއް އިވޭ ކަމުގެ ހީއެއް ވުމުން އެކަން ޔަޤީން ކުރާށެވެ.

”ލިއަމް ސަރ……ލިސެން ކެއާފުލީ….ހީވަނީ ކޮންމެވެސް މީހަކު މީގެ ތެރޭގައި އެބައުޅޭހެން“ މީކައިލް ގޮވުމުން ލިއަމް އާއެކު އަޒާންވެސް މީކައިލް ގާތައް އައެވެ.

”ވެދާނެ ދޯ މީގެ ތެރެއަށް ބުޅަލެއް ވެއްޓިފައި އޮތީކަމަށް ވެސް…..ހިނގާބަލަ ބަލަން“ އަޒާން ގެ ބަހަށް ދެންތިބި ދެމީހުންވެސް އަވަސް ވެގަތީ އެކޮންޓެއިނާގެ އެތެރެ ބެލުމަށެވެ.

ކޮންޓެއިނާގެ މަތިގަނޑު ހުރީ  ތަޅެއް އަޅުވައި ބަންދު ކޮއްފައެވެ. ލިއަމް ބިންމަތިން ނެގި ގާބުރި އަކުން ތަޅުގައި ޖަހައި ތަޅު އެއްކޮއް ނައްޓުވާލިއެވެ. ފައިން ޖަހައި ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ދެމިގަތެވެ. އިވުނު ބާރު އަޑުފައްގަނޑާއެކު އައި ނައިތަނެއް ނޭނގި ހަށިގަނޑުން ބިޔަ ވަރުގަދަ ތިން ފިރިހެނުން އެމީހުނާ ދިމާއަށް އައެވެ. އޭރު ޔަލްވީ ހޯދަމުން ދިޔަ ފުލުހުން އަދި ސެކިއުރިޓީ ޓީމަށް ލިއަމްގެ އެދުމަށް މީކައިލް ޚަބަރު ދިނެވެ. ލިއަމް ގާތު އެތެރެއަށް ވަދެ ބެލުމަށް ބުނެފައި އަޒާން އާއި މީކައިލް އެތިން މީހުނާ ކުރިމަތިލިއެވެ.

އެތެރެއަށް ވަދެގެން ދިޔަ ލިއަމްއަށް ފުރަތަމަ ވެސް ފެނުނީ ކުނާ މަތީގައި ފާރާ ވީ ފަރާތައް އެނބުރިގެން ފާރުގައި މަޑުމަޑުން އެއްއަތުން ޖަހާލަ ޖަހާލަ އޮތް ޔަލްވީއެވެ. ”ޕްރިންސެސް؟“ ލިއަމްގެ އަޑަށް ބަލި ގޮތަކަށް ޔަލްވީ އެނބުރިލިއެވެ. ޔަލްވީއޮތް ހާލުފެނިފައި ލިއަމްގެ ހިތުގައި ރިއްސާލިއެވެ. ތެދުވަން މަސައްކަތް ކޮއްކޮއްވެސް ގައިގެ ހަކަތަ ނެތުމުގެ ސަބަބުން ޔަލްވީ އަށް ތެދުވެވޭ ގޮތެއް ނުވިއެވެ. ލިއަމް މަޑުމަޑުން ޔަލްވީ ކައިރިއަށް ތިރިވެލަމުން ކުޑަކަކޫ ޖަހާލައި ޔަލްވީ ގެނެސް މެޔާލާ ބޮނޑިކޮއްލިއެވެ.

އެހިނދު ޔަލްވީގެ ގިސްލުމުގެ އަޑު ބާރުވެގެން ދިޔައެވެ. ލިއަމްގެ އަތުތެރޭގައި ރައްކާތެރިކަން އިހްސާސް ވުމުން އެހިތުގެ އިހްސާސްތައް ކޮންޓްރޯލު ނުކުރެވުނީއެވެ.

”ޝްޝްޝް….އިޓްސް އޯކޭ ޕްރިންސެސް ޔޫ އާ ސޭފް ނައު…..ޑޯންޓް ކްރައި ބޭބީ…..އަމް ސޯ ސޮރީ ހޯދަން އެހާ ގިނައިރު ވީމަ…..ދޫނީ ދެން ނުރޮއެ ހުއްޓާލާ އަމް ހިއާ އޭ“ ޔަލްވީގެ ދެލޯ ފޮހެލަދެމުން ނިތައް ބޮސް ދިނެވެ. ލިއަމްގެ އަޅާލުމުން ޔަލްވީ އިތުރަށް ރޮވޭގޮތްވިއެވެ. ޔަލްވީގައިގަ ބައްދާލައިގެން ލިއަމް އެ އިން ގޮތައް އިނީއެވެ.

”ބްރޯ….ފުލުހުން އައިސް އެމީހުން ހައްޔަރު ކޮއްފި….ހިނގާ ޔަލް ގޮވައިގެން މިތަނުން ނުކުންނަން“ އަޒާން އެތެރެއަށް ވަދެގެން އައިސް ހުއްޓުން އެރީ ޔަލްވީ އިން ހާލަތު ފެނިފައެވެ. ލިއަމް ބޯ ޖަހާލަމުން ޔަލްވީ އަތް ދަނޑިމައްޗަށް އުފުލާލައިގެން އެތަނުން ނުކުމެ ކާރުގެ ފަހަތު ސީޓައް އެރިއެވެ.

ފުލުހުންގެ އިސް މީހަކާއި ވާހަކަ ދައްކަން ހުރުމަށްފަހު އަޒާން އާއި މީކައިލް ވެސް ކާރުގެ ކުރިއަށް އެރިއެވެ. އަޒާން ކާރުގެ ޑްރައިވަރު ސީޓައް އަރަމުން ޔަލްވީގާތު ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް ބުނީ އެފަކީރު އިން ހާލުން ހިތުގައި ހަމްދަރުދީ އުފެދިގެނެވެ. އަޒާން ކާރު ދުއްވާލިއިރު ޔަލްވީ އޮތީ ލިއަމްގެ އުނގުގައި ބޯއަޅާލައިގެން ލޯމަރައިގެނެވެ. އަދިވެސް ޔަލްވީގެ ލޮލުން ފެންފައިބަމުން ދިޔައެވެ. ލިއަމް އިރު އިރުކޮޅާ ޔަލްވީގެ ލޯފޮހެލަދެމުން ބޮލުގައި ފިރުމާލައެވެ.

…………………

ސިޓިންރޫމުގެ ސޯފާގައި އާޔަތު އާއި މަހީރް ތިބި އިރު ޔުވާން އޮތީ ކޮޓަރީގައެވެ. އެއިން އެކަކުވެސް ރެއިންސުރެ ލޮލުފިޔައެއް ޖަހާނުލައެވެ. ޔަލްވީ ގެއްލުނު ޙަބަރު  ލިބުން ފަހުން އެންމެންގެ ވެސް ހާލަކީ އެއީއެވެ. ޔަލްވީދެކެ އެންމެންވެސް އިންތިހާއަށް ލޯބިވެއެވެ. ޔަލްވީ ހެޔޮ ހާލުގައި ލެއްވުމަށް އެދި ދުޢާ ކުރިއެވެ. ކަމުގެ ސީރިއަސް ކަމުން ޔުވާން އެންގީ ރަށުގައި ތިބި މައިންބަފައިންނަށް އެކަން ސިއްރު ކުރުމަށެވެ. މާބޮޑަށް އެންމެން ހާސްވެ ކަންބޮޑުވާނެކަން އެނގޭތީއެވެ.

ސޯފާގައި އޮށޯވެގެން މަހީރް އޮތްއިރު ފައިކޮޅުގައި އާޔަތު އިނީ ހިޔާލަކަށް ގެއްލިފައެވެ. ދޮރުގެ ބެލް އެޅީ އެވަގުތުއެވެ. އަވަސް ފިޔަވަޅުތަކުގައި އާޔަތު ގޮސް ދޮރު ހުޅުވިއިރު މަހީރް ސޯފާ މަތިން ބޯދިއްކޮއްގެން އޮތެވެ. ޔަލްވީ އަތްދަނޑި މައްޗަށް ލައިގެން ހުރި ލިއަމްފެނި މަހީރް ފުންމައިގެން ސޯފާއިން ތެދުވެ ދުއްވައިގަތީ ޔުވާންއަށް އެނގުމަށެވެ.

އާޔަތު ބޮޑަށް ދޮރު ހުޅުވާލުމުން ލިއަމް ވަދެ ޔަލްވީ ސޯފާގައި ބޭންދިއެވެ. ފަހަތުން އައި އަޒާން އާއި މީކައިލްވެސް ގޭތެރެއަށް ވަނެވެ. ދޮރު ލައްޕާލައިފައި އާޔަތުގޮސް ޔަލްވީގާތު އިށީނެވެ. އޭރު ޔުވާންވެސް މަހީރް އާއެކު ކޮޓަރިން ނުކުމެގެން އައެވެ.

”ޔައްލު ހައު އާޔޫ ލޯބީ“ ޔުވާން ޔަލްވީގެ ބޮލުގައި ފިރުމާލިއެވެ. ޔަލްވީ އެއްޗެއް ބުނަން އަނގަ ހުޅުވާލާފައިވެސް އެއްޗެކޭ ނުބުނެވުނީ އަޑު ބޭރު ނުވުމުންނެވެ.

”ޔަލްވީ އަރާމް ކޮއްލަން އެތެރެއަށް ވަދެލަންވީނު ދޯ“ ލިއަމް ޔަލްވީގެ އުނަގަނޑުގައި ހިފައި ތެދުކުރުމުން ޔަލްވީ އެކަމާއެއްބަސްވިއެވެ. ލިއަމް ގޮސް ވަނީ ޔަލްވީގެ ކޮޓަރިއަށެވެ.

ލިއަމް ދިއުމުން އަޒާން ވީގޮތް ކިޔާދޭން ފެށިއެވެ. އާޔަތުވެސް ޝައުގުވެރި ވެލާފައި އަޑުއަހަން އިނެވެ. މަހީރް އާއި މީކައިލް ނުކުތީ ބެލްކަންޏަށެވެ. ” ތޭންކްސް ކައި ޔަލް ދޮންތި ހޯދަން ހެލްޕް ވީމަ…..ވީ އޯލް ވާ ސޯ ވޮރީޑް“ މަހީރް ހިނިތުންވެލިއެވެ. މީކައިލް ވެސް ބޯޖަހާލަމުން ހިނިތުން ވެލިއެވެ.

”ދެން އެހާ ވޮރީ ނުވޭ އިނގޭ ޝީ އިޒް ސޭފް މިހާރު….އެކަން ކުރި މީހުން ހޯދައިގެން އަދަބު ދޭނަން….ލިއަމް ސަރ އެމީހުން ދުލެއް ނުކުރާނެ“ މީކައިލް މަހީރްގެ ހިތްހަމަ ޖައްސައިދެވޭތޯ ބެލިއެވެ. އެވަގުތު މީކައިލްގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގައި ޖަހާފައި އިން ނަން މަހީރް އަށްވެސް ފެނުނެވެ. މީކައިލްއަށް ވީގޮތްވެސް މަހީރް ރަނގަޅަށް ބެލިއެވެ. ކަމެއް ޖެހިއްޖެ ކަމުގައި ބުނެ މީކައިލް އަވަހާ ނުކުމެގެން ދިޔައީއެވެ. މީކައިލް އަށް ވީގޮތާ މެދު މަހީރް ވިސްނަން ހުރުމަށްފަހު ގޭތެރެއަށް ވަނެވެ.

………………

ޔަލްވީ އެނދުގައި ބޭންދުމަށްފަހު އަރާމް ކޮއްލުމަށް ބުނެ ކޮޓަރިން ނުކުތުމަށް އެނބުރުނު ލިއަމްގެ އަތުގައި ޔަލްވީ ހިފިއެވެ. އަދި ލިއަމް ގާތައް ދަމައި ގެނެސް ޔަލްވީ ގާތުގައި އިށީނަން އެދުނެވެ. ”ތެންްކް ޔޫ ފޯ ސޭވިން މީ“ ޔަލްވީ ލިއަމްއަށް ޝުކުރު އަދާކުރިއެވެ. ”ހައު ކުޑް އައި ނޮޓް ސޭވް ޔޫ؟ ޔަލްވީ ގެއްލިގެން އައި ކުޑުންޓް އިވެން ޑޫ އެނީތިން ޕްރޮޕަލީ“ ލިއަމް ޔަލްވީގެ މޫނައް ފަފުވާތެރިކަމާއެކު ބަލާލިއެވެ. ”ކީއްވެ އެކަމް އެހާ ބޮޑަށް ކެއާ ކުރަނީ؟ ދޮންބެގެ ފްރެންޑެއް ވީމަތަ؟ ނޫނީ ލިއަމްގެ އެމްޕްލޯއި އެއް ވީމަތަ؟“ ޔަލްވީގެ ހިތުގައި އުފެދުނު ސުވާލު އެންމެފަހުން ލިއަމް އާއި ކުރިއެވެ.

އެއްޗެކޭ ނުބުނެ ލިއަމް އިންގޮތައް އިނީއެވެ. އެސުވާލައް ދޭނެ ޖަވާބެއް ލިއަމް އަކަށް ވެސް ނޭގެއެވެ. އެހެން އިނުމަށް ފަހު ޔަލްވީ ގާތު އޮށޯވެލަން  ބުނެފައި ލިއަމް ނުކުތީ ބޭރަށެވެ.

ސޯފާގައި އިން އާޔަތު ގާތު ޔަލްވީއަށް އެއްޗެއް ކާންދިނުމައް ބުނެފައި ލިއަމް ގޮސް ކާރައް އަރައި ދުއްވާލިއެވެ.

………………….

ޔުވާން ނިދާލަން ދަނީ ކަމުގައި ބުނެ ކޮޓަރިއަށް ވަނުމުން މަހީރް ގާތު ޔަލްވީ ކައިރީ މަޑު ކުރުމަށް ބުނެފައި އާޔަތު ދިޔައީ ޔަލްވީއަށް ދިނުމަށް ސޫޕް ކައްކާށެވެ.

”މްމްމް…..ސްމެލް އޮފް ލިލީޒް“ އެތެރެއަށް ނޭފަތް ދަމާލަމުން ފްރިޖުގައި ލެގިލައިގެން ހުރި އަޒާން މޭޒުމަތީ ހުރި ވާސްގައި ޖަހާފައި ހުރި ހުދު ލިލީ ތަކުގައި ފިރުމާލިއެވެ. އާޔަތު ވައްކަޅިން އަޒާންގެ ހަރަކާތް ތަކަށް ބަލަން ހުއްޓެވެ. ”ކޯޗެއް ކާން ހުރީ…..ވަރަށް ބަނޑުހައި“ އާޔަތު އާއި ގާތް ވެލަމުން އަޒާން ބުނެލިއެވެ. ”މިއަދު ނުކައްކަން“ އާޔަތު އަޒާންއަށް  ބަލާލަމުން ބުނެލިއެވެ.

”ދެން ކައްކަ ދީބާ ކޮންމެވެސް އެއްޗެއް“ އަޒާން އާޔަތު ދާން އުޅުމުން އަތުގައި ހިފާ ގާތައް ދަމާލިއެވެ. ”އަޒާން….ސްޓޮޕް އިޓް…..ބުނިން ދޯ ގައިގަ އަތް ނުލާށޭ….ހީނުކުރާތި އެދުހު އަޒާން އާއެކު ދިޔައީމަ އަހަރެން އޯކޭވީއޭ…..އައި ފެލްޓް ބޭޑް ފޯ ޔޫ އެއްޗެހި ކިޔުނީމަ އެންޑް އައި ހާޑް ޔޯ ޑޭޑް ކީ އެއްޗެހިވެސް…..އައި ޖަސްޓް ފެލްޓް ސިމްޕަތީ ފޯ ޔޫ….ޑޯންޓް ޔޫ ޑެއާ ޓޭކް އަ ބޭޑް މީނިން“ އާޔަތު އަޒާންގެ އަތް ފޮޅުވާލިއެވެ. ހެވިފައި ހުރި އަޒާންގެ ހިނިތުންވުން އޮއްސުނުތަން ބަލަން ހުރި ކޮންމެ މީހަކަށް ވެސް ފެންނާނެއެވެ.

Share Article

Vaahaka_by_Az
Follow Me Written By

Vaahaka_by_Az

Level 110 Stories

Pages that feel like alternate realities, where every chapter feels personal!

Other Articles

Previous

ނޭދެން ވަކިވާކަށް 20 ވަނަ ބައި

Next

ހިމޭން 4

Next
June 29, 2026

ހިމޭން 4

Previews
June 28, 2026

ނޭދެން ވަކިވާކަށް 20 ވަނަ ބައި

2 Comments!

  1. zahra says:
    June 29, 2026 at 1:18 am

    OMG !!!!!! Yal fenihje naseebknnn yayyyyyy

  2. Zdmr says:
    June 29, 2026 at 1:20 am

    Alheyyy.. i feel bad for azaan hes so genuine. Mi ep ves vrh reethi. Can’t wait for Thursday 💗

Comments are closed.



All Right Reserved!