Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 14

Shyyyms
Shyyyms Level 510 Stories100 Login
June 17, 2026 5 Mins Read
0 Comments

ނަމަވެސް އެމީހަކު އެއަށްވުރެ މާ ހުށިޔާރެވެ. ޔަޝްމީގެ އަނގަމަތީގައި އަތްއަޅައި އަނބުރާލި ގޮތަށް ގެންގޮސް ލައްކޮށްލީ ފާރުގައެވެ. “ހަޝް، ލަވް.” . އެހެން ބުނެފައި އަނގަމަތިން އަތް ނަގައި ޔަޝްމީގެ ދެފަރާތުގައި ފާރުގައި އޭނާގެ އަތް ވިއްދާލުމަށްފަހު ދެވޭނެ އެއްވެސް ޖާގައެއް ނެތް ވަރުކޮށްލިއެވެ. އޭރު މިފަދަ ކަމަކަށް ނުވިސްނާ ހުރި ޔަޝްމީއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެނެވެ. އޭނާގެ ނޭވާ ވެސް އުފުރައިގެން ދިޔަ ކަހަލައެވެ.

“ނައު.. އާ ޔޫ ސްޓިލް ގޮނަ ޕްރެޓެންޑް ވީ ޑޯންޓް ނޯ އީޗް އަދާ، ޔަޝްމީ؟” އެމީހާގެ އެއްމިޔަކަނުން ހީލިއެވެ. އަދި ކުޑަކޮށް ކައިރިވެލުމަށްފަހު ޔަޝްމީގެ ކަންފަތް ދޮށުގައި މަޑުމަޑުން ބުނެލިއެވެ. “އޮރް.. ޝުޑް އައި ކޯލް ޔޫ… ޝިމް؟”

————————

ޔަޝްމީގެ މޫނުމައްޗަށް ތަރިބުރައިގެން ދިޔަ ކަހަލައެވެ. އޭނާ ފާރާއި ލައި ބަންދުކޮށްފައި ހުރީ ދެވަނަ ދެމީހެއް ނޫނެވެ. ޝަޔާލެވެ. “ހަހް؟”

“ޝިމް. އަދިވެސް އަހަރެން ނުދަންނަ ކަމަށް ހަދަންތަ ތިއުޅެނީ؟ ހުމް؟” ޝަޔާލް ދުރުވެލާފައި ބަލާލީ ސީދާ ޔަޝްމީގެ ދެލޮލަށެވެ. “ޓެލް މީ، ސްވީޓް ހާޓް. ޑިޑް ޔޫ ހޭވް ފަން ތިންކިން އައި ވޯޒް އެ ފޫލް؟”

ޔަޝްމީއަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ޝަޔާލް އެހާ ކައިރީގައި ހުރުމުން އޭނާގެ ސިކުނޑި މަސައްކަތް ވެސް ނުކުރާ ކަހަލައެވެ. ނޫނީ ޝަޔާލްގެ ގައިން އެއަންނަ ހޫނުން އޭނާގެ ސިކުނޑި ފިހުނީ ބާވައެވެ. ގަޔަށް ޖަހާފައި އެވާ މީރު ސެންޓުގެ ވަހުން އޭނާގެ ހިއްސުތަކަށް ރަނގަޅަށް ވެސް އަސަރުކޮށްފިއެވެ.

“ވެލް.. ޔޫ ވާ ރައިޓް. އައި ވޯޒް އެ ފޫލް. ބަޓް އައި ވޯޒް އެ ފޫލް އިން ލަވް.” ޝަޔާލް ޔަޝްމީގެ ދަތްދޮލީގައި ހިފާ އުފުލާލިއެވެ. “އިނގޭތަ؟  ޝިމް ހީކުރީ އަހަރެންނަށް ތީ ކާކު ކަމަށް ނޭނގޭނެ ކަމަށްދޯ؟ އެކަމް އައި ނިއު.. ފެށުނިއްސުރެ. އަހަރެން ފްރެންޑް ރިކުއެސްތް ފޮނުވީ ވެސް. އަދި އެންމެ ފުރަތަމަ މެސެޖު ކުރީ ވެސް ޝިމް ތީ ކާކު ކަން އެނގިހުރެ. ޝިމް އިތުރަށް އެނގެން ބޭނުން ވާތީވެ. ޝިމް. ލުކް އެޓް މީ.” ޝަޔާލް ވާހަކަ ދައްކަމުން ދިޔައީ ވަރަށް ވެސް މަޑުމަޑުންނެވެ. އޭރު ޔަޝްމީ ހުރީ ދެލޯ ބޮޑު ކޮށްލައިގެނެވެ. މިއޮށް ހުރިހާ ދުވަހު ޝަޔާލަށް ޔަޝްމީ އަކީ ކާކު ކަން އެހެންމަ އެނގޭތާއެވެ.

“ޝިމް.. ގޯޑް. ޔޫ އާ ސޯ މަޗް މޯ ބިއުޓިފުލް މިހާ ކާރިން ފެނުނީމަ އަދި. ޑިޑް ޔޫ ނޯ.. އަހަރެމެން ދެމީހުން ދިޔައީ ސޭމް ސްކޫލަށޭ އެންމެ ކުޑައިރުއްސުރެ. ގްރެޖުއޭޓް ވީ ވެސް ސޭމް ސްކޫލް އިން. ޝިމް ރާއްޖެ އައި ތަނާ އަހަރެންވެސް ރާއްޖެ މޫވް ކުރީ ހަމަ. އައި ހޭވް އޯލްވޭސް ނޯން ޔޫ. އައި ސެންޓް ދި ވެރީ ފަސްޓް މެސެޖް.. ޓު ފައިނަލީ މޭކް ޔޫ މައިން، ޝިމް. ސޯ ޓެލް މީ.. އަދިވެސް ބޭނުމީ ޕްރެޓެންޑް ކުރަންތަ، ޝިމް؟” ޝަޔާލް އިތުރަށް ޔަޝްމީ އާއި ގާތް ވެލިއެވެ. ޔަޝްމީއަށް އިސް ޖަހާލެވުނެވެ. ގަތް ލަދުންނެވެ.

“އޮހް. ޑޯންޓް ޑޫ ދެޓް ޓު މީ ނައު..” ޝަޔާލް ޔަޝްމީގެ ދަތްދޮޅީގައި ހިފާ ދެމީހުންގެ ލޮލާއި ލޯ ސީދާކޮށްލިއެވެ. “ކަޒް އައިމް ޑަން ޕްރެޓެންޑިން ނައު. ބަޓް މައްސަލައެއް ނެތް. ޔޫ ކޭން ކޮންޓިނިއު. ޑޯންޓް އެކްސްޕެކްޓް މީ ޓު ސްޓޭ ސްޓިލް. އަހަރެން ޝިމް އަހަރެންގެ ހައްޤަކަށް ހަދަން ބޭނުން. ސޯ.. ކޭން އައި ބީ ޔުއާ ބޯއި ފްރެންޑް، ލަވް؟” ޝަޔާލް ޔަޝްމީ ގާތު އަހާލިއެވެ.

ޔަޝްމީގެ ހިތް އޭނާގެ މޭފަޅާފައި ނިކުތް ކަހަލައެވެ. ގަތް ލަދުންނާއި ވީ އުފަލެއްގެ ބޮޑު ކަމުންނެވެ. އެހެންނަމަވެސް އޭނާގެ އިހުސާސްތައް ދުލުގެ ކުރިއާ ހިސާބަށް ގެނައުމަށް އޭނާއަށް ނުކުޅެދުނެވެ. އޭނާގެ ދުލުގައި ތަޅެއް ލެވިފައިވާ ފަދައެވެ.

“ޝިމް-”

“ދަރިފުޅާ. ޔަޝްމީ! ހާދަ އިރެކޭ.” ކުއްލިއަކަށް އިވުނީ ޔަޝްފާގެ އަޑެވެ. ސިއްސައިގެން ދިޔަލެއް ބޮޑު ކަމުން ޔަޝްމީ ޝަޔާލް ގެ ގައިގައި އަޅައި ކޮށްޕާލިއެވެ. ޝަޔާލް ވިއްސައިގެން ގޮސް ވެއްޓުނީ ބިންމައްޗަށެވެ. ނަމަވެސް ބިންމައްޗަށް ޖެހުމާއެކު އޭނާ ވަގުތުން ތެދުވިއެވެ.

އެވަގުތު އެތަނަށް އައިސް ވަނީ ޔަޝްފާ އާއި ސުހާނާއެވެ. “އަނހަ. ދެކުދިން ވެސް މިހިރީނު. ދަރިފުޅު ކިހިނެތް ވެފަ ތިހިރީ؟” ސުހާނާއަށް ޝަޔާލް ފެނުމުން އަހާލިއެވެ.

“އަމް.. ނުބަލަ ދަނިކޮށް ފާރުގަ ޖެހުނީ.” ޝަޔާލް ބޮލުގައި އަތް ކާތާލަމުން ބުނެލިއެވެ. އަދި ޔަޝްމީއަށް ބަލާލިއެވެ. ޔަޝްމީގެ މޫނު އަދިވެސް ހުރީ ޖަންބު ކުލަ އަރާފައެވެ. ނަމަވެސް އޭނާއަށް ބަލާލުމުން އޭނާ ހުރީ ހިނިގަނޑު ހިފަހައްޓައިގެން ކަން އެނގެއެވެ.

“އެތެދެއް؟” ޔަޝްފާ ވެސް ޔަޝްމީ ގާތު އަހާލިއެވެ. “ހުމް.. ނުބަލަ ދިޔަ ގޮތަށް ފާރަށް ޖެހުނީ.” ޔަޝްމީ އެހެން ބުނެފައި ދާން ހިނގައިގަތެވެ. ފަހަތުން ޝަޔާލް ވެސް އައެވެ. މަންމަމެނަށް ނުފެންނަ ހިސާބަށް ގޮސް ޝަޔާލް ޔަޝްމީގެ އަތުގައި ހިފައި ދަމައިގަތެވެ. އެއާއެކު ޔަޝްމީ އައިސް ލަށްވީ ޝަޔާލްގެ ތަނަވެސް މޭގައެވެ. އެއާއެކު އެ މޭގައި ބޮނޑިވެލަން ޔަޝްމީގެ ހިތް އެދި ރޮއެގަތެވެ.

“ލާނެތް ވެސް ކުއްޖެކޭ ދޯ؟ މައްސަލައެއް ނެތް. އައި ލަވް ދެޓް ސައިޑް އޮފް ޔޫ އޭޒް ވެލް. އަހަރެން އިންތިޒާރު ކުރާނަން ޝިމް ގެ ޖަވާބަކަށް. ބަޓް ޕްލީޒް.. ޑޯންޓް މޭކް މީ ވެއިޓް ޓޫ ލޯންގް. އަހަރެން ޝިމް އަށް ވަރަށް އިންތިޒާރު ކޮށްފިން. ސޯ ޕްލީޒް. ޑޯންޓް ޓޯޗާ މީ ޓޫ މަޗް އިނގޭ، ލަވް. ނައު ގޯ.” ޝަޔާލް ހިތާ ދެކޮޅަށް ޔަޝްމީގެ ގައިން އަތް ދޫކޮށްލިއެވެ.

ވަގުތުން ޔަޝްމީ ދުރަށް ދާން ހިނގައިގަތެވެ. ނަމަވެސް އޭރު އެފަކީރަށް ވާނެ އެއްޗެއް ވެއްޖެއެވެ. އޭނާގެ ހިތާ މުޅި ފުރާނަވެސް ޝަޔާލްގެ ހިމާޔަތްކަމަށް އެދި ރޮއެގަތްފި ފަދައެވެ. އޭނާގެ ހިތުގެ ވިންދާއި ސިކުނޑި ވެސް އެދެނީ ޝަޔާލެވެ. “އޮހް ގޯޑް.” ޔަޝްމީއަށް ވައި އަޑުން ބުނެވުނެވެ. އޭނާގެ މުޅި އަތާއިފައި ފިނިވެފައި ވީ އިރު ޝަޔާލްގެ ޢަމަލުތަކުންނާއި ބަސްތަކުން އޭނާގެ އެންމެ ހިމަ ނާރާއި ހަމައަށް އަސަރު ކޮށްފިއެވެ. އެހެންނަމަވެސް ޝަޔާލްގެ ބަސްތަކަށް ޖަވާބެއް ދޭނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އޭނާ ޖަވާބު ދޭން ބޭނުންވި ނަމަވެސް އޭނާގެ ދުލާއި ހަމައަށް އެ ބަސްތައް ގެންނަން ސިކުނޑި ނުކުޅެދިފައިވާ ކަހަލައެވެ.

ޔަޝްމީ ވަރަށް ނޭނގެހުރި ކަމަށް ހަދާފައި މަޑުމަޑުން ސިއްރު ސިއްރުން ފަހަތް ބަލާލިއެވެ. އެއާއެކު ޝަޔާލްގެ ފިރިހެންވަންތަ އަޑު އިވިގެން ދިޔައެވެ. “ކީޕް ވޯކިން، ލަވް.”

 

………………………….

 

3 ދުވަސް ފަސް

____________

“މޯމް. އަޅެ ދެން. ޒިވީ އޯކޭ އޭ ނައު. ހާސް ނުވެބާ. ދެން އިޓްސް ސޯ ބޯރިން މުޅި ދުވަހު ގޭގަ އިންނަން. ޕްލީޒްޒްޒް.. ޒިވީ މިއަދު ދެން ކޮލެޖަށް ދިޔަ ދީބާ.” ކާމޭޒު ދޮށުގައި އިން ޒިވްޔާ އޭނާގެ މަންމަ ދުމްޔާ ގާތު އާދޭސް ކުރަމުން ދިޔައީ އޭނާ ކޮލެޖަށް ފޮނުވާ ދިނުމަށެވެ. ޒިވްޔާ ބަލިވެގެން ހާލު ދެރަވީ ވަރުން ހޮސްޕިޓަލުން ގެއަށް ދޫކޮށްލީ ހަމަ ރޭގައެވެ. އެހެންކަމުން ޒިވްޔާ އަދި ކޮލެޖަށް ދާން ދުމްޔާ ނުރުހުނެވެ.

“ޒިވީ. އަދި މާ އަވަހެއްނު؟ އެއްޔެ ވިއްޔަ ދޫކޮށްލީ ވެސް.” އަޒްހިރް ވެސް ދުމްޔާއާއި އެއްބަސްވެލިއެވެ. “ދެން އަޅޭ. ޑޭޑް، ކޮލެޖް ޓެލެންޓް ފެސްޓިވަލް އައިސް ޖެހެނީ އޭ ނައު. އައި ހެވެންޓް އީވެން ސަބްމިޓެޑް ދި ފޯމް ޓު ޕާޓިސިޕޭޓް. މިއަދު މީ އެންމެ ފަހު ދުވަސް. ޕްލީޒްޒްޒް.” ޒިވްޔާ އާދޭސް ކުރަމުން ދިޔައެވެ.

އެންމެފަހުން ދުމްޔާ އަޒްހިރަށް ބަލާލީ އިތުރުގޮތެއް ނެތް ކަން އެނގުމުންނެވެ. ޒިވްޔާ އަކީ ވަކި ކަމަކަށް ގޮތެއް ނިންމައިފިނަމަ ފަސޭހަ އިން އެކަމަކުން ދޫ ކުރާ ކުއްޖެއް ނޫން ކަމުން އަޒްހިރް ބޯ ޖަހާލީ ހިތާ ދެކޮޅަށް ނަމަވެސް ޒިވްޔާ ކޮލަޖަށް ދިޔުމަށް އެއްބަސް ވުމަށެވެ. “އެންމެ ރަނގަޅު. މަންމަގެ ބޯހަރު ކުއްޖާ.” ދުމްޔާ ހެމުން ޒިވްޔާގެ ބޮލުގައި ވަރަށް ލޯބިން ފިރުމާލިއެވެ. ޒިވްޔާ އަކީ އެދެމަފިރިންގެ ލޮލުގެ ކޮއެވެ. ހިތުގެ ވިންދެވެ. ފުރާނައެވެ.

“ވަޓް ކޭން އައި ސޭ؟ އައި ލާންޓް ބޯ ހަރުވާން ފްރޮމް ޔޫ.” ޒިވްޔާ ހޭން ފެށިއެވެ. “އެހާމެ ލާނެތް ވެސް ކުއްޖެކޭ، ދޯ ދުމް؟” އަޒްހިރް ދުމްޔާއަށް ދޯ ދިނެވެ. “ހުމްމް.” ދުމްޔާ ޒިވްޔާއަށް ބަލާލީ ލޯބިން ފުރިގެންވާ ބެލުމަކުންނެވެ.

“އިފް ޔޫ ފީލް އައުޓް އޮފް ބްރެތު އޮރް އެނީތިން ލައިކް ދެޓް، ވަގުތުން ގުޅައްޗޭ އިނގޭ؟ އޭރުން އަންނާނަން ބަލާ.” އަޒްހިރް ގޮނޑިން ތެދުވިއެވެ. ޒިވްޔާ އުފަލުން ބޯ ޖަހާލިއެވެ. އަޒްހިރް ތެދުވެގެން އައިސް ޒިވްޔާގެ ބޮލުގައި ފިރުމާލިއެވެ. އަދި ދުމްޔާގެ ނިތްކުރިއަށް ބޮސްދިނެވެ. “ދެން ދަނީ އިނގޭ.” ދަބަސް ނަގައި ކޮނޑުގައި އަޅުވާލަމުން އަޒްހިރް ބުނެލިއެވެ. އޭނާގެ ކުޑަކުޑަ އާއިލާއަކީ އޭނާގެ އުންމީދެވެ.

“ޑޭޑް. ޒިވީ ކޮލެޖަށް ލާ ދީބަ. ހަޔާ ބުނީ ހާ ކާރ ގެ މައްސަލައެއް ޖެހިގެނޯ އުޅެނީ. ސޯ  ޒިވީ ބަލައެއް ނާދެވޭނެ އޯ. ޔަޝް ވެސް ވިޝާލާ އެއްކޮށޯ ކޮލެޖަށް ދަނީ.” ޒިވްޔާ އަވަސް އަވަހަށް ތެދުވެލިއެވެ.

“އޯހް އެހެންތަ؟ ހިނގާ ދާން.”

 

………………………………

 

“ޒިވީ!!!!” ޒިވްޔާ އަޒްހިރުގެ ކާރުން ފޭބުމާއެކު ޔަޝްމީ އައިސް އޮޅުލައިގަތެވެ.

“ޔަޝްޝްޝް! ދޫކޮށްބާ! އައި-ކާންޓް… ބްރީތު!” ޒިވްޔާގެ ގައިގައި ޔަޝްމީ ބައްދައިގަތްލެއް ބާރުކަމުން ނޭވާލާން އުނދަގޫވިއެވެ. އޭނާއަށް އެހެން ބުނެވުނީވެސް ކިރިޔާއެވެ. “އޯހް ނޯ! އައިމް ސޯ ސޮރީ!!!” ޔަޝްމީ ވަގުތުން ދޫކޮށްލިއެވެ.

“ގާލް. އައި މިސްޑް ޔޫ. އަޅޭ ޔަޝް ހާދަ ވޮރީ ވިއޭ. އައިމް ސޯ ގްލޭޑް ޔޫ އާ އޯކޭ ނައު.” ޔަޝްމީ އަނެއްކާވެސް ޒިވްޔާގެ ގައިގައި ބައްދާލިއެވެ. ނަމަވެސް ވަރަށް މަޑުމަޑުންނެވެ. ހީވަނީ އެއަށް ވުރެ ކިރިޔާ ބާރުކޮށްލިޔަސް ޒިވްޔާއަށް ތަދުވެދާނެތީ ހެނެވެ.

“ހޫންންން ސަންޕާފުޅާ. ޒިވީ މީ ކުޑަކުއްޖެއް ނޫނޭ. ހެޔޮނުވާނެ ދެން ދޫކުރޭ.” ޒިވްޔާ ޔަޝްމީ ދުރުކުރަން އުޅުނެވެ. ނަމަވެސް ޔަޝްމީ ހުރީ ދުރުކުރަން ނިންމައިގެނެއް ނޫނެވެ.

“ޔަޝްމީ!!! ދެންންންން!!!”

“ވެއިޓް ކޮށްބަ.. ޖަސްޓް ޓިލް ހީ ލީވްސް.” ޔަޝްމީ ޒިވްޔާއަށް އެކަނި އިވޭނެހާ މަޑުމަޑުން ބުނެލިއެވެ. “ހޫ؟؟؟”

“ހިމްމްމް.”

“ޔަޝްމީ.” ޒިވްޔާ ޔަޝްމީގެ ބޮލުގައި ޖަހާލިއެވެ.

“ޝަޔާލް.” ޔަޝްމީ ޒިވްޔާގެ ކަންފަތް ދޮށުގައި ވައި އަޑުން ބުނެލިއެވެ.

“އޮހް.” ޒިވްޔާ ގާތަށް ހިނިއައެވެ. މިދިޔަ 3 ދުވަސް ތެރޭގައި ވެސް ޔަޝްމީގެ ދުލުން ޝަޔާލްގެ ނަން ނުފިލާ ވިއްޔާއެވެ. އެހެންނަމަވެސް ޒިވްޔާއަށް ނޭނގުނު ކަމަކީ އޭނާއަށް އެއަށް ވުރެ ބޮޑު ކަމަކާއި ކުރިމަތިލާން ޖެހިފައިވާ ކަމެވެ.

 

“ހެއި، ޑާލިން.” އޭނާގެ ކުރިމައްޗަށް އައިސް ހުއްޓުނީ އައިކަނެވެ. “ޑިޑް ޔޫ ހޭވް އެ ފަން ޓައިމް ވިތު އިޒިކިއަލް؟”

 

=========================

މި ބައިގައި ލޯ އަނބުރާލުން ބުނެފައި އެވަނީ ‘އައި ރޯލް’ ކޮށްލުމަށެވެ.

 

Hope you all enjoyed this episode as well. Lots of love.

Shyyyms

 

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ގޮތް ހުސްވެފައި ހުރީމޭ 24 (ފަހު ބައި)

Previews
June 17, 2026

ގޮތް ހުސްވެފައި ހުރީމޭ 24 (ފަހު ބައި)



All Right Reserved!