Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 13

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
June 15, 2026 5 Mins Read
18 Comments

އެދުވަހު ހަވީރު ޔަޝްމީ އުޅުނީ ހޮސްޕިޓަލުގައެވެ. ޒިވްޔާގެ ހާލު ދެރަކަމުން އެތަނުގައި އަތްގާތްކޮށްލަދޭން ހުރެދިނީއެވެ. އަނބުރާ ގެއަށް އައި އިރު ރޭގަނޑު 7 ޖަހައިފިއެވެ.

ހެދުން ބަދަލުކޮށްލައިގެން އައިސް އެނދުގައި އޮށޯވެލައި ޔަޝްމީ އަވަސް އަވަހަށް ފޯން ހުޅުވާލިއެވެ. އިންސްޓާގްރާމް ހުޅުވާލިއިރު ޝަޔާލްގެ ފަރާތުން ލައްކަ މެސެޖު އައިސް ހުއްޓެވެ. އެ މެސެޖުތައް ފެނުމާއެކު ޔަޝްމީގެ މޫނުމަތި ވަގުތުން ރަތް ވެގެން ދިޔައީ ޔަޤީނުން ވެސް މިއަދު ކޮލެޖުގައި ހިނގާ ދިޔަ ހާދިސާ ހަނދާންވެފައެވެ.

ޝަޔާލްގެ މެސެޖުތައް ފެށިފައި ވަނީ ހަވީރު 3 ގެ ފަހުންނެވެ. އެކި ފަހަރު މަތިން ގޮވާފައި ހުއްޓެވެ. ބިޒީތޯ ވެސް އަހާފައި ހުއްޓެވެ.

ޔަޝްމީ ސިއްސައިގެން ދިޔައީ އެވަގުތު ޝަޔާލްގެ އިތުރު މެސެޖެއް އައުމުންނެވެ. އަތުގައި އޮތް ފޯނު އެއްލާނުލެވުނީ ވެސް ކިރިޔާއެވެ. ތެޅިތެޅި އޮތް ހިތަކާއެކު އޭނާ ފޯނުން  ތިރިއަށް ސްކްރޯލް ކޮށްލުމަށްފަހު ޝަޔާލްގެ މެސެޖު ކިޔާލިއެވެ.

 

ޝަޔާލް: ހެއި. ފައިނަލީ ޔޫ ސީން ކުރީ ދޯ.

ޝަޔާލް: ބިޒީ ޑޭ؟

ޝަޔާލް: ވަޓް އާ ޔޫ ޑުއިން؟

ޝަޔާލް: ހައި ހައި. ހެލޯ ހެލޯ.

 

ފުލުފުލުން ޝަޔާލްގެ މެސެޖުތައް އަންނަން ފެށިއެވެ. ޔަޝްމީ ފޯނާއި ދިމާއަށް ލޯ އަޅާލިއެވެ. “ހާހް. ހީ ވޯންޓްސް ޓު ޓޯކް ޓު މީ ނައު؟ ހާހްހްހް! މިއަދު ހަދާލިގޮތް ހަނދާންނެތުނީ ދޯ އެހާ އަވަހަށް؟” ޔަޝްމީ ޝަކުވާ ކުރަންފެށިއެވެ. އަދި އަވަސް އަވަހަށް މެސެޖެއް ލިޔަން ފެށިއެވެ.

“ޔޫ ސްޓުޕިޑް. ޑަމްބް-” އެހިސާބަށް ލިޔެފައި ޔަޝްމީ މަޑޫ ޖެހުނެވެ. އޭނާއަށް ހަނދާންވީ ދެނެވެ. ޝަޔާލަށް އޭނާއަކީ ކާކު ކަމެއް ނޭނގޭނެއެވެ. އެހެންވީމާ އެ މެސެޖު ފޮނުވައިފިނަމަ ޝައްކު ވެސް ވެދާނެ ނޫން ހެއްޔެވެ؟ “އާފްފްފްފްފްފް!!!! އައި ފީލް ސޯ ހިއުމިލިއޭޓެޑް. ދިސް ޝަޔާލްގަނޑޫ!!! ވަރަށް ފޫހި!!!!!” ފޯނު ބާލިސް މައްޗަށް އެއްލާފައި ޔަޝްމީ ތެޅިގަތެވެ. އަތްފައި ތަޅުވަމުން ދިޔަ ގޮތުން ހީވަނީ ޕާކަށް ނުގެންދާނަމޭ ބުނުމުން ބޮޑާހާކަމުން ދިޔަ ކުޑަކުއްޖެއް ހެނެވެ.

ޔަޝްމީގެ ފޯނު ރިންގުވިއެވެ. ފޯނު ނެގުމަށް ފަހު ޔަޝްމީ ބަލާލިއެވެ. އެއާއެކު އޭނާގެ ތޫލި އަޑުން އަޑުނަގައި އަޑުގައި ނެތްކޮޅަށް ހަޅޭލަވައިގަތެވެ. އަދި ހަމައެއާއެކު ހުރިބާރެއް ލާފައި ފޯނު އެއްލާލިއެވެ. އޭނާގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ. ފޯނު ގޮސް ވެއްޓުނީ ސޯފާ މައްޗަށެވެ.

“ޔަޝްމީ!!! ސްޓޮޕް ސްކްރީމިން ވުމަންންން!” ވިޝާލް އައިސް ޔަޝްމީގެ ދޮރުގައި ތަޅައިގަތެވެ. “ގެޓް ލޯސްޓް ވިޝާލްލްލްލްލް!!!!” ޔަޝްމީ ހަޅޭލަވައިގަތެވެ.

ތެޅިތެޅި ހިތަކާއެކު ޔަޝްމީ ސޯފާއިން ފޯނު ނަގައި ބަލާލިއެވެ. އޭނާގެ ފޯނަށް އިންސްޓާގުރާމުން 3 މިސްދް ކޯލްސް އައިސްފައި އިނެވެ. ހުސް ޝަޔާލްގެ ފަރާތުންނެވެ. ‘1 ވިޑިއޯ ކޯލް އެން 2 މިސްޑް ކޯލްސް’.

“ވަޓް ދި ފަ******!!!”

 

ޝަޔާލް: ހެއި. ވައި ސީން ޒޯންޑް މީ؟

ޝަޔާލް: ހެލޯ!!!!

ޝަޔާލް: ޝިމް. ރިޕްލައި.

ޝަޔާލް: އެވްރީތިން އޯކޭ؟

ޝަޔާލް: ޑިޑް އައި ޑޫ ސަމްތިން ޓު އަޕްސެޓް ޔޫ؟ ޓޯކް ޓު މީ.

ޝަޔާލް: ސޮރީ އިފް އައި ޑިޑް.

 

ޔަޝްމީ ފޯނު ނަގައި މެސެޖު ކޮށްލިއެވެ.

ޔަޝްމީ (ޝިމް_ޔާ): ހެއި.

 

ވަގުތުން ޝަޔާލްގެ ފަރާތުން ޖަވާބެއް ލިބުނެވެ.

ޝަޔާލް: ހެއި، ޝިމް. ހައު އާ ޔޫ؟

 

ޔަޝްމީ ލޯ އަނބުރާލިއެވެ.

ޔަޝްމީ: ގުޑް.

ޝަޔާލް: ޖަސްޓް ގުޑް؟ ޔޫ ނޯމަލީ އެޓްލީސްޓް ސޭ އެމޭޒިން. ވަޓްސް ސޯ ޑިފެރެންޓް ޓުޑޭ؟

 

“ޔޫ. ޑަހް.” ޔަޝްމީ ކުދި ކިޔާލިއެވެ. ވާނީވެސް އެހެންތާއެވެ. މިއަދު އެއްކޮށް އޭނާގެ ސިކުނޑި ހިސޯރު ކޮށްފައި ވަނީ ޝަޔާލް ކޮށްލި ކަންތަކެވެ. ކީ އެއްޗެއްސެވެ.

 

އެވަގުތު ޔަޝްމީގެ މަންމަ، ޔަޝްފާ އައިސް އެމީހުން މިރޭ ކާން ދަނީ އޭނާގެ ބައްޕަ، ވާރިޝްގެ ބިޒްނަސް ޕާޓްނަރެއްގެ ދަޢުވަތަށް ރެސްޓޯރެންޓަކަށް ކަމަށް ބުނެލިއެވެ. އެހެންކަމުން ޔަޝްމީ އަވަސް ވެގަތީ ތައްޔާރު ވާށެވެ.

…………………

 

“ބްރީޒް” ރެސްޓޯރެންޓްގެ ގޯތި ތެރެއަށް ޔަޝްމީ މެންގެ ކާރު ވަނުމާއެކު އެމީހުންގެ އިސްތިޤުބާލުގައި ބަޔަކު ތިއްބެވެ. “އައްސަލާމް ޢަލައިކުމް.” ވާރިޝް މެދުގައި ހުރި ފިރިހެންމީހާ އާއި ސަލާމްކޮށްލިއެވެ. “މީ އަހަރެންގެ އަންހެނުން، ޔަޝްފާ. ދެން މީ ޔަޝްމީ އާ ވިރާޝް. އަހަރެންގެ ދެކުދިން.” ވާރިޝް ޔަޝްމީ މެނަށް އިޝާރާތް ކޮށްލިއެވެ.

“މީ އަހަރެންގެ އަންހެނުން، ސުހާނާ. ދެން އަހަރެންގެ ފިރިހެންސޮރަށް އަދި މިހިސާބަށް ފޯރުން ކަމަކަށް ނުވޭ. ހިނގާ އެތެރެއަށް ދޯ؟” ހެމުން ޒުބައިރު ބުނެލިއެވެ. އަދި ދެ އާއިލާ އެއްކޮށް އެތެރެއަށް ވަނެވެ. އެންމެން ހަމަ ޖެހިލިތާ މާ ގިނަ އިރެއް ނުވަނީސް އިތުރު އާއިލާއެއް ވެސް އައިސް އެމީހުނާއި ބައިވެރި ވެލިއެވެ. އެއީ ރާއްޖޭގެ ނަން މަޝްހޫރު “ބްލޫމްސް” ކޮމްޕެނީގެ ފަޒީލާއި އޭނާގެ އާއިލާއެވެ. އޭނާގެ އަނބިމީހާ ޖުމާނާ އާއި، ދެ ދަރިން ކަމަށްވާ އާހިލާއި އަލީނެވެ. 3 އާއިލާ އިން ކެއުމަށް އިންސާފު ކުރަމުން ދިޔައިރު ދެވެވެމުން ދިޔައީ ހުސް ވިޔަފާރީގެ ވާހަކަތަކެވެ.

 

“ހެއި މޮމް.”

ވަދެގެން އައި ޒުވާނާގެ އަޑު ޔަޝްމީގެ ކަންފަތުގައި ޖެހުމާއެކު އޭނާގެ އަތްފައި ގަނޑުވި ކަހަލައެވެ. އޭނާގެ އަތުގައި އޮތް ސަމްސަލާއި އޫ ވެސް ބިންމައްޗަށް ނުވެއްޓުނީ ކިރިޔާއެވެ. މީ ކޮންފަދަ އިއްތިފާޤެއް ބާވައެވެ؟

ޝަޔާލް ވަދެގެން އައި ގޮތަށް އައިސް އިށީނީ ސުހާނާ އާއި ޖެހިގެނެވެ. “ހާދަ ލަސްވީ ދަރިފުޅު؟” ސުހާނާ އަހާލިއެވެ. “ޔެއާ. މެޗް ނިމުން ގޮތަށް ހަމަ މިއައީ.” ޝަޔާލް ކާ ތަކެތި ތައްޓަށް އަޅަމުން ވާހަކަ ދެއްކިއެވެ. “އެހެންތަ؟ މެޗް ކިހިނެއް ދިޔައީ؟” އާހިލް އަހާލިއެވެ. “5، 2 ކުން އަހަރުން މޮޅުވީ.” ޝަޔާލް ހެވިފައި ޖަވާޞު ދިނެވެ.

“ގަދަ އިނގޭ.” އަލީން ވެސް އެވާހަކައިގައި ބައިވެރިވިއެވެ.

ދުރުގައި ހުރި ތަށިން ޕާޕަރު ނަގަން އަތް ދިއްކޮށްލި ޝަޔާލް މަޑު ޖެހުނީ ކުރިމަތީގައި އިން އަންހެން ކުއްޖާ ފެނިފައެވެ. އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

އާއެކެވެ. އޭނާގެ ދެލޮލުގެ ކުރިމަތީގައި އެއިނީ ދެވަނަ ދެމީހެއް ނޫނެވެ. އެއީ ޔަޝްމީ އެވެ. އޭނާގެ ޝިމްއެވެ. ޔަޝްމީގެ ރީތިކަން ފެނިފައި އޭނާގެ ކަރުތެރެ ބެދޭ ގޮތްވިއެވެ. ނޭވާ ލާންވީ ގޮތް ވެސް ހަނދާން ނެތުން ކަހަލައެވެ. ހާދަހައި ރީއްޗެވެ. ނިކަން ޗާލު ހޫރެކެވެ. ޔަޝްމީގެ ކުޑަކުޑަ މޫނު އުޖާލާ ކޮށްދީފައިވަނީ މަޑު ފިޔާތޮށި ކުލައިގެ މޭކަޕުންނެވެ. ހަމައެއާއެކު އާންމުކޮށް ހާވާލައިފައި ރަންކުލައިގެ ފަށުވިކޮޅެއްހާ ފަންފަން އިސްތަށިގަނޑު ހުޅި ޖަހާފައި ވާއިރު، އޭނާގެ މޫނުގެ ދެއަރިމަތިން އޮޅާލެވިފައިވާ ދެ އިސްތަށިކޮޅުން އެމޫނު އިތުރަށް ފުރިހަމަ ކަމަށް ދައްކުވާދެއެވެ. ލައިގެން ހުރި ފިޔާތޮށި ކުލައިގެ ވަށްތިރި ހެދުން އޭނާ އާއި ވަރަށް ގުޅެއެވެ.

ޝަޔާލް ކަރުކެހިލުމަށް ފަހު އޭނާގެ ގޮނޑީގައި އިށީނެވެ. ޕާޕަރު މަތިން ވެސް ހަނދާން ނެތުނީ ކަހަލައެވެ. އެއަށްވުރެ އޭނާގެ ސިކުނޑިއާއި ހިތުގައި ހިނގަމުން ދިޔަ ހައިޖާނުގަނޑު މާ ވަރުގަދައެވެ.

ޔަޝްމީގެ ހާލަކީތޯއެވެ؟ އެކުއްޖާފުޅަށް ޝަޔާލް ފެނުމާއެކު ކޮށި ނޭރީ ވެސް ކިރިޔާއެވެ. ބޯން އިން ޖޫސްތަށި ބާންދާލާފައި ހަމަޖެހިލި އިރު އޭނާގެ ހިތް ނެގިނެގިފައި ޖެހެނީއެވެ. އޭނާގެ އަތްފައި ގަނޑުފެންހައި ފިނި ވެގެން ދިޔައިރު، މުޅި މޫނު ރަތްވެގެން ދިޔައެވެ. ހީވަނީ ހަމަ ދޮންވެ ފައްކާވެފައި އިން ޓޮމާޓޯއެއް ހެނެވެ. ތެޅެމުން ދިޔަ އޭނާގެ ނުކިޔަމަންތެރި ހިތް ހަމަޖައްސާލުމަށް އިސްޖަހާލައިގެން އިން ޔަޝްމީ ކުޑަކޮށް އިސްއުފުލާލީ ޝަޔާލާއި ދިމާއަށް ބަލާނުލާ ނީނދެވިގެންނެވެ. ޝަޔާލްގެ ރީތިކަން ފެނިފައި އޭނާއަށް ފުން ނޭވާއެއް ލެވުނެވެ. އަދި އެނޭވާ ހިފަހައްޓާލަން މަޖުބޫރުވީ ޝަޔާލް އެދިމާއަށް ބަލަހައްޓައިގެން އިންތަން ފެނުމުންނެވެ. އެއާއެކު އޭނާގެ ތުންފަތްމަތީގައި ކުޅެލީ ލަދުރަކި ހިނިތުންވުމެކެވެ.

ޝަޔާލް ލައިގެން ހުރީ ކަޅު ކުލައިގެ ގަމީހުން އޭނާގެ ފުޅާ ކޮނޑާއި ވަރުގަދަ މޭމަތީގެ ބައްޓަން ނުހަނު ފުރިހަމައަށް ހާމަވެއެވެ. އަތުގެ ބާރުގަދަ މަސްތަކަށް ގަމީހުގެ އަތްކުރި ބާރުވެފައި ހުރި ގޮތުން، އޭނާގެ ހަށިގަނޑުގެ ވަރުގަދަކަން ފާހަގަކޮށްލެވެއެވެ. ލައިގެން ހުރި ގަމީހާއި ގުޅޭ ކަޅު ފަޓުލޫނުގެ ސަބަބުން އޭނާ ފެންނަނީ ނުހަނު ރީތިކޮށެވެ. އެއްވެސް މަސައްކަތެއް ނެތި އެހެން މީހުންގެ ސަމާލުކަން ދަމައިގަންނަ ފަދަ ގޮތަކަށެވެ. ޝަޔާލްގެ ކަޅުކަންގަދަ އިސްތަށިގަނޑު ހުރީ ކުޑަކޮށް ހޭވިފައެވެ. ހީވާގޮތުންނަމަ އިރުކޮޅެއް ކުރިން އޭނާގެ އަތުން އިސްތަށިގަނޑު ރީތިކޮށްލުމުގެ މަގުސަދުގައި އަތްހާކާލާފައެވެ. ނިތްކުރިމައްޗަށް ފައިބާފައި ހުރި އިސްތަށިކޮޅުތަކުގެ ސަބަބުން އޭނާގެ މޫނުގެ ތޫނު ސިފަތަކަށް ހިތްގައިމު މަޑުމޮޅިކަމެއް ގެނުވައެވެ. އޭނާގެ ވަރުގަދަ ދަތްދޮޅިއާއި، ކަތުރުކަށިގަނޑާއި، ބޯ ބުމަ، އަދި އެ މަޑުމުށިކުލައިގެ ފުން ބެލުމުގެ ސަބަބުން އޭނާއަށް ލިބިފައިވަނީ ތަފާތު، އަދި އެހާމެ ބާރުގަދަ ހިތްގައިމުކަމެކެވެ. އޭނާގެ ކޮންމެ ހަރަކާތަކުންވެސް ފެންނަނީ ސާބިތުކަމާއި ހަމަޖެހުމެވެ. އެއީ އޭނާގެ ސަބަބުން އެހެން މީހުންނަށް ކުރާ އަސަރު ހުދު އޭނާއަށް ރަނގަޅަށް އެނގޭ ފަދަ، ނަމަވެސް އެކަމަށް އެއްވެސް ފަރުވާލެއް ނެތް ފަދަ ގޮތަކަށެވެ.

ޔަޝްމީއަށް ހުރެވުނީ ޝަޔާލާއި ދިމާއަށް ބަލަހައްޓައިގެން ކަން ރޭކާލީ އަދި އިރުކޮޅެއް ފަހުންނެވެ. އެއީވެސް ޝަޔާޅް އޭނާއާއި ދިމާއަށް އެއްމިޔަކަނުން ހީލުމަށްފަހު އެއްލޯ މަރާލީމައެވެ. ޔަޝްމީގެ މޫނު ވިއްޔާވީ އިތުރަށް ރަތެވެ. އެމަންޒަރު ފެނިފައި ޝަޔާލްގެ ގާތަށް އިތުރަށް ހިނިއައެވެ. އެހެންނަމަވެސް ކެތްކޮށްލީ އެތާގައި އެދެމީހުންގެ އިތުރުން އެހެން ބަޔަކު ތިބިކަން ހަނދާންކޮށްލަމުންނެވެ. އެހެންނަމަވެސް އޭނާގެ ހިތާހިތުން ޔަޝްމީގެ ފުރިހަމަ ކަމަށް ތަޢާރަފު ކޮށްލިއެވެ. އަދި އެގޮތަށް ރަކި ވުމުން އެ މޫނު އިތުރަށް ލޯބިކަމަށް އޭނާގެ ހިތާއި އެއްބަސްވެލިއެވެ.

“ޔަޝްމީ. މީ ޝަޔާލް. މައި ސަން. ޔަޝްމީ އާ އެއް ކޮލެޖަކަށް ދަނީ. ދުށިންތަ ކުރިން؟” ސުހާނާ އަހާލިއެވެ. “ހަހް؟” ސިހިފައި ޔަޝްމީއަށް އަހާލެވުނެވެ. އަދި މަޑުމަޑުން ޝަޔާލަށް ބަލާލިއެވެ. ޝަޔާލް އިނީ ޔަޝްމީއަށް ބަލަހައްޓައިގެނެވެ. އެހެން އިނދެފައި ޔަޝްމީ އާއި ދިމާއަށް އެއްބުމަ އަރުވާލިއެވެ. ހީވާގޮތުން އެއިނީ ޔަޝްމީގެ ޖަވާބުގެ އިންތިޒާރުގައެވެ.

ޔަޝްމީ ސުހާނާއަށް ބަލާލިއެވެ. “އުހުން. ނުދަންނަން.” ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ޔަޝްމީ ޖަވާބު ދިނެވެ. އެއާއެކު ޝަޔާލް އޭނާގެ ދެލޯ ހަނިކޮށްލިއެވެ. އޭރު އޭނާގެ ތުންފަތްމަތީގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ. ހިތާހިތުން ކޮންމެވެސް އެއްޗެއް ރާވާލީ ކަމަށް ވެސް ވެދާނެއެވެ.

 

“އެހެންތަ؟ ހަހަ. ދެން މިހާރު އެކަމް އިނގޭނެތާ ދޯ؟ ޝަޔާލް އެހީ ވައްޗޭ ޔަޝްމީއަށް އިފް ޝީ އެވާ ނީޑްސް ހެލްޕް، އިނގޭ.” ސުހާނާ އެހެން ބުނެލަމުން ޔަޝްމީއަށް ލުއި ހިނިތުންވުމެއް ދިނެވެ. ޔަޝްމީ ލަދުގަތެވެ.

“އޮފްކޯޒް މަމް. އައިލް ޑެފިނައިޓްލީ ހެލްޕް ހާ.” ޝަޔާލް ޖަވާބު ދިނީ ޔަޝްމީއަށް ބަލަހައްޓައިގެން އިނދެއެވެ.

………..

ކައި ނިމިގެން ޔަޝްމީ ދިޔައީ އަތް ދޮވެލާށެވެ. “ހާހް. ވައި އިޒް ހީ އެކްޓިން ލައިކް ދެޓް؟! ވެއިޓް… އަނެއްކާ.. އޭނާއަށް އެނގުނީބާ؟” ޔަޝްމީ ދިޔައީ އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުންނެވެ. “ނަހްހްހް! ނޭނގޭނެ! އައިމް ޖަސްޓް ޓޫ ވޮރިޑް.” އަތް ދޮއެ ނިންމާލުމަށްފަހު ފަސް އެނބުރި ބަލާލި ޔަޝްމީ ސިހިފައި ބާރަށް ހަޅޭލަވައިގަންނަން އަނގަ ހުޅުވާލީ ކުރިމަތީގައި ހުރި މީހާ ފެނިފައެވެ.

ނަމަވެސް އެމީހަކު އެއަށްވުރެ މާ ހުށިޔާރެވެ. ޔަޝްމީގެ އަނގަމަތީގައި އަތްއަޅައި އަނބުރާލި ގޮތަށް ގެންގޮސް ލައްކޮށްލީ ފާރުގައެވެ. “ހަޝް، ލަވް.” . އެހެން ބުނެފައި އަނގަމަތިން އަތް ނަގައި ޔަޝްމީގެ ދެފަރާތުގައި ފާރުގައި އޭނާގެ އަތް ވިއްދާލުމަށްފަހު ދެވޭނެ އެއްވެސް ޖާގައެއް ނެތް ވަރުކޮށްލިއެވެ. އޭރު މިފަދަ ކަމަކަށް ނުވިސްނާ ހުރި ޔަޝްމީއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެނެވެ. އޭނާގެ ނޭވާ ވެސް އުފުރައިގެން ދިޔަ ކަހަލައެވެ.

“ނައު.. އާ ޔޫ ސްޓިލް ގޮނަ ޕްރެޓެންޑް ވީ ޑޯންޓް ނޯ އީޗް އަދާ، ޔަޝްމީ؟” އެމީހާގެ އެއްމިޔަކަނުން ހީލިއެވެ. އަދި ކުޑަކޮށް ކައިރިވެލުމަށްފަހު ޔަޝްމީގެ ކަންފަތް ދޮށުގައި މަޑުމަޑުން ބުނެލިއެވެ. “އޮރް.. ޝުޑް އައި ކޯލް ޔޫ… ޝިމް؟”

 

=======================================

އައްސަލާމް ޢަލައިކުމް. އުންމީދު ކުރަން މި އެޕިސޮޑް ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް.

Shyyyms

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ގާތުގާ… 29

Next

ޒާޔާ – 2 (ހަތަރުވަނަ ބައި)

Next
June 15, 2026

ޒާޔާ – 2 (ހަތަރުވަނަ ބައި)

Previews
June 15, 2026

ގާތުގާ… 29

18 Comments!

  1. 🌷AAL'S LOVER🌷 says:
    June 15, 2026 at 7:27 pm

    Maasha allah 🌷🌷
    Mi prt vs vrh reethi MA.🌷🌷
    Yashmee n shayaal…… Sssssooooooo cuteeee 🌷🌷🌷
    Shayaal knows shym is yashmee😭😭🌷🌷
    But Yashmee dunno that😭😭😭😭😭😭🌷🌷
    No Zivya in this prt??????🌷🌷🌷
    This prt is on fire🌷🌷🌷
    Love this prt so muchhhhhh🌷🌷🌷🌷
    Good luck🌷🌷🌷🌷🌷
    Anyways when next????🌷🌷
    Lysm n tc 🌷🌷🌷🌷💋💋💋💋💋

    1. Shyyyms Shyyyms says:
      June 16, 2026 at 9:16 am

      Thank u soooo muchh🩷
      Haha yess. I want huriha characters ge ves parts innan my story ga.

      Next part will be uploaded soon insha’Allah 🩷
      Lysmm n tc💗

  2. Haana says:
    June 15, 2026 at 7:46 pm

    Whoahh this is so good
    I honestly thought we’ll get an episode about aikan getting jealous. But THIS? This is even better 😄
    I mean we need the story of Shayaal and Wishaal dho.
    This part is so good🫠
    So curious about next pat

    1. Shyyyms Shyyyms says:
      June 16, 2026 at 9:17 am

      Thank u sooo muchhh 🩷

  3. Jerry says:
    June 15, 2026 at 7:48 pm

    Heskiyaafa salhi igen.
    Shayaal aharunge hih thakaa kulheny dho mihaaru 😭
    He literally trapped her in between the walls. I’d melt if I were her😏🔥

    Definitely willing to switch places with Yashmy🥹

    1. Shyyyms Shyyyms says:
      June 16, 2026 at 9:17 am

      Thank uuu😭🩷

  4. Anonymous says:
    June 15, 2026 at 7:50 pm

    Ths is insane. Insanely good 😭
    If I was Zivya I’d throw away both Izikial and aikan qnd just run to Shayaal. 😭

    1. Shyyyms Shyyyms says:
      June 16, 2026 at 9:18 am

      Thank u so much 🩷🤣

  5. V says:
    June 16, 2026 at 4:37 am

    Yayyy my favourite storyu🖤
    V reethi mi bai Masha Allah 🖤

    1. Shyyyms Shyyyms says:
      June 16, 2026 at 9:18 am

      Thank u so much🩷

  6. Yooshal bin says:
    June 16, 2026 at 4:44 am

    Please please dheeba next part dhen😭
    I can’t wait to see what happens 😁
    Kei madu vefa mihiry mihaaru ves😭💙

    1. Shyyyms Shyyyms says:
      June 16, 2026 at 9:18 am

      Haha will upload next episode soon insha’Allah 🩷

  7. ޒުލްފާ ޝަމީމް says:
    June 16, 2026 at 10:31 am

    ވަރަށް ރީތި މި ވާހަކަ. ޝަޙުސިއްޔަތު ތަކުގެ އިހުސާސްތައް ކިޔާދީފައިވާލެއް ވެސް ވަރަށް ފުރިހަމަ. އަދި ބަސް ކޮށާރު އިތުރަށް ފުރިހަމަ ކޮށްލީމަ މާ ރީތި ވާނެ. އުންމީދު ކުރަން ކުރިއަށް އޮތް ތާނގަ ރަނގަޅު ކޮށްލާނެ ކަމަށް.

    1. Shyyyms Shyyyms says:
      June 16, 2026 at 4:51 pm

      Thank u🩷

  8. Black Lily🖤 says:
    June 16, 2026 at 10:35 am

    Varah kiyaa hithun mi kiyaaly. Shai ge mi story ves varah reethi. But very sad about discontinuing loabi eyge aslugai story. Is there any chance you will continue it? I truly enjoyed that story.

    And mi story ga Hayaal eh ulhen hedhyma adhi vakin dhera vey eba. Aaliya mathin hama hadhaan vany

    Miss Yakzal💔

    1. Shyyyms Shyyyms says:
      June 16, 2026 at 4:51 pm

      Aw.. sorry. I might not continue that story🥲

  9. Azuko <3 says:
    June 18, 2026 at 7:49 pm

    This Story is So Inspiring. This Is The Best Story I Have Read This Far.
    Take Care of Yourself
    Lysm
    When Next?

    1. Shyyyms Shyyyms says:
      June 26, 2026 at 3:24 pm

      Thank u so much🩷

Comments are closed.

Next Episodeހިތް ދެވިއްޖޭ ކަލާއަށް ޓަކައި 14←


All Right Reserved!