Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 12

Shyyyms
Shyyyms Level 510 Stories100 Login
June 13, 2026 6 Mins Read
0 Comments

އައިކަނާއި ޒިވްޔާ ދިމާވިތާ ހަފްތާއެއް ވީއިރުވެސް އައިކަން ކޮލެޖަށް ނާދެއެވެ. އެކަމާ ޒިވްޔާ ވަރަށް މާޔޫސްވިއެވެ. އައިކަން ނުފެންނާތީއެއް ނޫނެވެ. އެއީ އައިކަން އެފަދަ ގޮތަކަށް ރެސްޓޯރެންޓުން ނުކުމެގެން ދިޔުމުން ކަމަށް ޒިވްޔާ ހިތާހިތުން ނިންމިއެވެ. އެހެންނަމަވެސް އޭނާއަށް ނޭނގުނީ އޭނާގެ ހިތުގެ ތެރޭގައި ތޫފާނެއް އުފެދެން ފަށާފައިވާ ކަމެވެ. އަދި އެ ތޫފާނުގެ އެންމެ މެދުގައި ވަނީ އައިކަން ކަމެވެ.

ދުވަސްތައް އައިކަނާއި ދުރުގައި ފާއިތުވަމުން ދިޔަ ނަމަވެސް އިޒިކިއަލާއި ދިމާ ނުވާ ދުވަހެއް ނުދެއެވެ. ޒިވްޔާ ފެންނަ އިރަށް ފަހަތުން އަޅުވާލައެވެ. އެކި އެކި ސުވާލުތައް ޖެއްސުންކޮށް ހަދައެވެ. ޒިވްޔާގެ ފޮތްތައް އަތުލައިގެން ޒިވްޔާގެ ކުލާހަށް ވެސް ގެންގޮސްދެއެވެ. ހައްތާވެސް ޒިވްޔާގެ ނުގަބޫލުގައެވެ. ނަމަވެސް އެކަމަށް އިޒިކިއަލްގެ ފަރުވަލެއް ނެތެވެ.

ޒިވްޔާއަށް އެންމެ އުނދަގޫ ވަނީ އިޒިކިއަލް އެގޮތަށް ކަންތައް ކުރުމުން އޭނާއަށް އެހެން ކުދިންގެ ފަރާތުން ސަމާލުކަން ލިބޭތީއެވެ. އެއް ބަޔަކު ޒިވްޔާ ކައިރީ އޭނާއާއި އިޒިކިއަލާއި ދެމެދު ގުޅުމެއް ވަނީތޯ ވެސް އަހާ ސުވާލު ކުރިއެވެ. އަނެއް ބަޔަކު ޒިވްޔާ އާއި ވާހަކަ ނުދެއްކި ނަމަވެސް ހަސަދައިގެ ނަޒަރުތައް ޒިވްޔާ އާއި އަމާޒު ކުރުވަމުން ދިޔައެވެ. ކޮންމެ އަކަސް ޒިވްޔާ ދާ ކޮންމެ ތަނަކުން ކޮންމެ ދިމާއަކުން މިހާރު އެންމެ ބަލައެވެ. ކުރިން ހަމަޖެހިލައިގެން އުޅޭހެން މިހާރު އުޅެވޭކަށް ނެތެވެ. އިޒިކިއަލްގެ ކަންތަކެވެ.

އާއެކެވެ. އިޒިކިއަލަކީ ކޮލެޖުގެ ގިނަ އަންހެންކުދިންގެ ހިތުގެ ސާހިބެވެ. އޭނާގެ ރީތިކަމުންނާއި ހުންނަ ލާނެތް މިޒާޖުގެ ސަބަބުންނެވެ. އިނގިރޭސިން ބުނާނަމަ އޭނާއަކީ ‘ބޭޑް ބޯއި’ އެކެވެ. މިޒަމާނުގެ ގިނަ އަންހެން ކުދިންނަށް ބޭޑް ބޯއިސަކީ ވަރަށް ކަމުދާ ބައެކެވެ. އަދި އިޒިކިއަލަކީ މުއްސަނދި ވެސް އާއިލާއެއްގެ ޒުވާނެކެވެ. އެއާއިލާގެ އެންމެ ދޮށީ ދަރިއެވެ. ހަމައެކަނި ފިރިހެން ކުއްޖާއެވެ.

ނަމަވެސް ޒިވްޔާ އަކީ އެކަހަލަ ބޭޑް ބޯއިސްދެކެ ފޫހިވާ ކުއްޖެކެވެ. އޭނާ ދެކޭ ގޮތުގައި ފޮނި ދައްކަން ވެގެން އެ ފިރިހެނުން އެގޮތަށް އުޅެނީއެވެ. މާ މޮޅުކަމެއް ކަމަށް އެމީހުން ހީކުރަނީއެވެ.

ފޮތްތައް ހިފައިގެން ކުލާހުން ނުކުތް ޒިވްޔާގެ މޫނުމައްޗަށް ފޫހިކަން ވެރިވެގެން ދިޔައީ އިޒިކިއަލް ފެނިފައެވެ. “ކޭން ޔޫ ޕްލީޒް ގިވް މީ އެ ބްރޭކް؟” ވީ ފޫހިނާއި ބޮލަށް އުނދަގޫ ވެފައި ހުރިވަރުން ޒިވްޔާ ބުނެލިއެވެ. އޭނާ މިއަދު އަސްލުގައި ވެސް ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އެހެންކަމުން ކިތަންމެ ފޫހި ވިޔަސް އިޒިކިއަލް އޭނާގެ އަތުން ފޮތްތައް އަތުލުމުން ޝަކުވާއެއް ނުކުރެއެވެ.

“ވަރުބަލި ވީތަ؟” އިޒިކިއަލް އަހާލިއެވެ.

“ހުމްމްމް. ސޯ ޕްލީޒް.. މިގަޑީގަ ސަކަރާތް ޖަހަން ނޫޅޭތި.” ޒިވްޔާ ބޮލުގައި އަތްހާކާލީ ބޮލުގައި ރިއްސާ ވަރުންނެވެ. “ކިހިނެއް ވީ؟ އޯކޭ ތަ؟” އިޒިކިއަލްގެ އަޑުގައި ވީ އޯގާތެރި ކަމެވެ. އެހެންކަމުން ޒިވްޔާ ހައިރާންވިއެވެ. ނަމަވެސް ޒުވާބު ކުރާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ.

“ބޮލުގަ ރިއްސަނީ ހަމަ.” ޒިވްޔާ އިޒިކިއަލް އާއި އެކު މަޑުމަޑުން ހިނގަމުން ދިޔައެވެ. އޭރު އެދިމާއަށް އެތައް ބައެއްގެ ލޯތައް އަމާޒުވަމުން ދިޔައެވެ.

“އަޅޭ. ގެއަށް ދާން ވީނު؟”

“ކާންޓް. ބައްޕަ ވީ އެހެން ރަށެއްގަ. ކުލާހުގަ އިނދެގެން އަވަސް ރައިޑަކަށް ވެސް ޖަހައިފިން އެތައް ފަހަރަކު މިހާރު. އެކަމް ނުލިބުން.” ޒިވްޔާ މަޑުމަޑުން ބުނެލިއެވެ. ދެމީހުން މަޑުމަޑުން ހިނގާފައި ގޮސް ލިފްޓަށް އެރިއެވެ. “އަހަރެން ޒިވްޔާ ގެއަށް ގެންގޮސްދީފާނަން.” އިޒިކިއަލް ޒިވްޔާއަށް ބުނެލިއެވެ. އެއާއެކު ޒިވްޔާ އިޒިކިއަލަށް ބަލާލިއެވެ. “އުހުން ހެޔޮ. ޔޫ ހޭވް ކްލާސް އެއްނު.”

“ޔޫ ތިންކް އައިމް ކުލާހަށް ވަރަށް ގަވާއިދުން ދާ މީހެއް ކަމަށްތަ؟ އައި ތޯޓު ޔޫ ނޯ މީ ބެޓާ ދޭން ދެޓް، ޒިވްސް.” އިޒިކިއަލް ގާތަށް ހިނިއައެވެ. “އެހެންތަ؟ ދެން އެގްޒާމްގަ ބައިވެރި ނުވެވުނީމަ ރޯނީކީ ނޫން.” ޒިވްޔާ އައި ރޯލް ކޮށްލިއެވެ.

“ޑޯންޓް ވޮރީ. އެގްޒާމް ގަ ބައިވެރިވެވޭ ވަރުކުރަން. އެނީވޭ.. އިޓް ޑަޒްންޓް މެޓާ. ޔޫ އާ ނޮޓް ފީލިން ވެލް. އެން އައި ކޭން ޓޭކް ޔޫ ހޯމް.”

“އެ ކިހިނެއް؟”

“ސީރިއަސްލީ؟ އަހަރެން ގެންގުޅެމޭ ސައިކަލް. ނައު ކަމް ވިތު މީ، ޒިވްސް.” އިޒިކިއަލް ޒިވްޔާގެ އަތުގައި ހިފާ ދަމާލިއެވެ. ޒިވްޔާ އިތުރަށް ޝަކުވާ ކުރުމެއްނެތި އިޒިކިއަލްގެ ފަހަތުން ދިޔައީ ގެއަށް ދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. އޭނާގެ އެކުވެރިން މިވަގުތު ތިބޭނީ ކުލާހުގައެވެ. ބައްޕަ ވީ ރާއްޖެތެރޭ ރަށަކަށް ގޮހެވެ. އޭނާގެ ޑްރައިވަރު މިއަދު ވީ ސިކް ލީވް ނަގާފައެވެ.

ޒިވްޔާ އޭނާގެ ފޮތްތައް ދަބަހަށް އެޅުމަށްފަހު އިޒިކިއަލްގެ އެޔާބްލޭޑް ސައިކަލަށް އެރިއެވެ. އަދި ސައިކަލުގެ ފަހަތު ބައިގައި ހިފަހައްޓާލިއެވެ. ނަމަވެސް އިޒިކިއަލް ސައިކަލު ދުއްވާލިލެއް ބާރުކަމުން އޭނާ ގޮސް ލައްވީ އިޒިކިއަލްގެ ގައިގައެވެ. ފަހަތަށް ޖެހިލާއިރަށް އަނެއްކާވެސް އިޒިކިއަލް ބާރުކޮށްލައެވެ. އެހެންކަމުން އެންމެ ފަހުން ޒިވްޔާ އެއިން ގޮތަށް އިނީއެވެ. އިޒިކިއަލްގެ ކޮނޑުގައި ހިފަހައްޓާލައިގެނެވެ. އޭރު އޭނާގެ ބޮލުގައިވީ ރިހުން އެތައް ގުނައަކަށް ގަދަވެއްޖެއެވެ.

……………….

 

ކޮލެޖު ޕާކު ކުރާ ސަރަހައްދުގައި ފޯނު ކޯލެއްގައި ހުރި ޒުވާން އަންހެން ކުއްޖެކެވެ. “ބައްޕާ. އަޅެ ދެންންން… އައިމް ސޯ ޓަޔަޑް އޮފް ދިސް. އަހަރެން ބޭނުމެއް ނޫން ކާރު ވިއްކާލާކަށް…… ހެޔޮ. ނުވާނެ ތިކަމެއް…… ލޯނެއް ނަގާފަ ވިޔަސް އެ ރުފިޔާ ދައްކަބަލަ! ……………… ހާހް! ބައްޕާ! ………….. އަހަރެން ލަދުން ބޯ ހަލާކު! …………. ހައު އޭމް އައި ގޮނާ ފޭސް ދެމް؟! …………………….. އަހަރެންގެ ސައިކަލް ވިއްކާލައިފިއްޔާ އެމީހުން ކުރިމައްޗަށް އަރަން ވެސް ނުކެރޭނެ! ………….. ޔޫ ޑޯންޓް އަންޑަސްޓޭންޑް!!! އައިމް އޯލްރެޑީ ގޮއިން ފޯ ސޯ މެނީ ޕާޓް ޓައިމް ޖޮބްސް! ……………………………އެހެންވީރު ރުފިޔާ ހޯދަބަލަ. ކޮންމެވެސް ގޮތަކަށް. އަހަރެން ވެސް ބޭނުމޭ އެހެންމީހުންހެން ޚިޔާލެއް ފިކުރެއް ނެތި ބޭނުން ވަރަކަށް ރުފިޔާ ހަރަދުކޮށްލާފަ އުޅެން! ………. ވައި ޑޫ އައި ހޭވް ސަޗް އަ ޝި* ލައިފް؟… އަފްފްފް ވަޓެވާ!” އެކުއްޖާ ފޯނު ކަނޑާލިއެވެ.

އަދި އައިސްފައި ހުރިން ރުޅިން އެތާހުރި ގޮނޑިއެއްގައި ބާރަށް ފައިން ޖަހައި ވައްޓާލިއެވެ. “ފަ* ދިސް.”

އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ޒިވްޔާއެވެ. އިޒިކިއަލްގެ ސައިކަލަށް އަރައިގެން އެ ދުއްވާލީ ދެވަނަ ދެމީހެއް ނޫނެވެ. ޒިވްޔާއެވެ. އޭނާގެ ހިތް އަތަށް ނައީ ކިރިޔާއެވެ. “ދެޓް ބި*. އައި ހޭޓް ހާ ސޯ މަޗް! ތިމާ ވަރުގެ މީހެއް ނެތިގެން އުޅޭހެން ހީވަނީ! އައި ޑޯންޓް ނީޑް ހާ ފޭކް ސްމައިލްސް އެން ފާކް ސިމްޕަތީ! ވައި ޑަޒް އެވްރީވަން ލައިކް ހާ އެނީވޭ؟ ފަސްޓް އައިކަން. ނައު އިޒިކިއަލް.. ހަހް! ސަޗް އެ ޕިކް މީ ގާލް! ވައި އޯލްވޭސް ހާ؟!”

……………………..

 

“ހަޔާ. ޒިވީ ސެއިޑް ގެއަށް ދިޔައީ އޯ ބޮލުގަ ރިއްސާތީވެ. ހުންގަދަ ވެގެން ހޮސްޕިޓަލަށް ދިޔައީމަ އެޑްމިޓް ކޮށްފިޔޯ.” ޔަޝްމީ ހަޔާލް ގާތު ބުނެލިއެވެ. ދެ އެކުވެރިން ތިބީ ކެންޓީނުގައެވެ. “އެހެންތަ އަޅޭ. ޒިވީ ވަރަށް ފަސޭހަ އިން ބަލިވޭ ދޯ އަބަދުވެސް.” ހަޔާލް އޭނާގެ ޕިއްޒާ ސްލައިސްގައި ދަތްއަޅާލަމުން ބުންޏެވެ. “ޔެއާ. ޒިވީ ކުޑައިރުއްސުރެ ވެސް އަބަދު ބަލިވާނެ. އައި ފީލް ސޯ ސޭޑް. ވާނެ ވިޒިޓް ކޮށްލަން ދާން ކްލާސް ނިންމާފަ.” ޔަޝްމީ ހުރީ ވަރަށް ވެސް ދެރަވެފައެވެ.

“އަޅޭ. އައި ވިޝް ދެވޭނޭ. ބަޓް ޑިއުޓީއަށް ދާން ޖެހޭ އެބަ.” ހަޔާލް ދެރަވެފައި ބުނެލިއެވެ. “އާން ދޯ.. އައި ފޮގޮޓް. ޔަޝް ދާނަން އެހެންމަ. ބައި ދަ ވޭ-” ޔަޝްމީއަށް ބުނަން އުޅުން ޖުމްލަ ހުއްޓާލަން މަޖުބޫރުވީ އެތަނަށް ވަދެގެން އައި ޝަޔާލް ފެނިފައެވެ. އެއާއެކު އޭނާގެ ހިތުގެ ހިނގުން އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ. އޭނާގެ ހިތެކޭ މަރަށް ތެޅެމުންދިޔަ މަހެކޭ ތަފާތެއް ނެތެވެ. “ޑޭމްން.” އޭނާއަށް މަޑުމަޑުން ބުނެލެވުނެވެ.

17 އަހަރުގެ ޝަޔާލަކީ ވަރަށް ވެސް ރީތި ޒުވާނެކެވެ. ބާމަތިފުޅާ ހަށިގަނޑަކާއި ހެޔޮވަރުގެ އިސްކޮޅެކެވެ. އޭނާގެ ކަޅުކަންގަދަ އިސްތަށިގަނޑު ހޭވިފައިވުމުން އެ ރީތިކަން އިންތިހާއަށް އިތުރުވާކަހަލައެވެ. އޭނާގެ ލޮލުގެ އިސްފިޔަތައް އުފުލާލުމާއެކު މަޑުމުށިކުލައިގެ އެދެލޮލުގެ އަވައިގައި އެތައް އަންހެން ކުދިންނެއް ޖެހިގެން ދިޔައެވެ. ހަމަ ޔަޤީނުންވެސް އެއަންހެން ކުދިންގެ ތެރެއިން އެކަކީ ޔަޝްމީކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

 

ޝަޔާލާއި އެއްކޮށް ކެންޓީނަށް ވަދެގެން އައި އައިކަންގެ މިސްރާބު ހުރީ ޔަޝްމީ މެނާއި ދިމާއަށެވެ. އެކަން އެނގުމުން ޔަޝްމީގެ ހިތް ތެޅިގަތެވެ. ޝަޔާލް އެދިމާއަށް އެއަންނަނީ ކީއްވެބާއެވެ؟ އަނެއްކާ ޔަޝްމީ އަކީ ކާކު ކަން އެނގުނީބާވައެވެ. “والله أعلم. ހީ އިޒް ކަމިން ދިސް ވޭ. އޮހް ނޯ.” ޔަޝްމީ ވަގުތުން އޭނާގެ ދަބަހުން ވާހަކަފޮތެއް ނަގައި މޫނު ފޮރުވާލުމަށްފަހު ވާހަކަ ކިޔާ ކަމަށް ހަދާލިއެވެ. ނަމަވެސް ސިއްރުން އިސްއުފުލާލައި އޭނާ ޝަޔާލަށް ބަލަމުން ދިޔައެވެ. އޭނާ އާއި ދިމާއަށް ޝަޔާލް ނަގަމުން ދިޔަ ކޮންމެ ފިޔަވަޅަކުން ޔަޝްމީއަށް އެތައް ގޮތެއް ވަމުން ދިޔައެވެ. އޭނާގެ އަތްފައި ގަނޑުވިއެވެ. ނޭވާ ކުރުވިއެވެ. އޭނާގެ ބަނޑު ތެރޭގައި ކޮކާ އެނބުރޭފަދައެވެ. ނޫނެކެވެ. ކޮކަލެއް ނޫނެވެ. އެނބުރެނީކީ ވެސް ނޫނެވެ. ދުވެނީއެވެ. އެތައް ހާސް ޖަނަވާރެކެވެ. ޔަޝްމީގެ ބަނޑުތެރޭގައި ބޮޑު ޒޫއެއް ވާކަހަލައެވެ.

“ހެއި.” އައިކަން އައިގޮތަށް އައިސް މޭޒުގައި ޖަހާލިއެވެ. “ކޮބާ ޒިވްޔާ؟” އޭނާ ހަޔާލް ގާތު އަހާލިއެވެ. “ވަޓް؟” ހަޔާލް އަހާލިއެވެ. “ޒިވްޔާ. ހުމް. ޒިވްޔާ އަޒްހިރް. ހޫ އެލްސް ވުޑް އައި ބީ އާސްކިން އެބައުޓް؟” އައިކަން އެއް ބުމަ އަރުވާލިއެވެ.

ޝަޔާލްގެ ދެލޯ އަމާޒުވެފައި ވަނީ ޔަޝްމީއަށެވެ. ޔަޝްމީ ކުޑަކޮށް ބޯ އުފުއްލާލާފައި ބަލާލި ވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ދެން ފެނިގެން ދިޔައީ ޔަޝްމީ އަވަސް އަވަހަށް އަނެއްކާވެސް މޫނު ފޮރުވާލިތަނެވެ. އެއާއެކު ޝަޔާލްގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ހީވާގޮތުން ނަމަ އޭނާ އެހުރީ ހިނިގަނޑު ހިފަހައްޓާލައިގެނެވެ.

“އެން ވަޓް ދި ހެލް އިޒް ރޯންގް ވިތު ޔޫ؟ ވައި އާ ޔޫ ސްޓަފިން ޔުއާ ފޭސް ވިތު އަ ބުކް؟” ޔަޝްމީ އިން ގޮތް ފެނިފައި އައިކަންގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. “ވާހަކަ ކިޔަނީ ނު މީ. ދެލޯ ކަނީތަ، އައިކަން؟” ޔަޝްމީ ބުނެލިއެވެ.

އެއާއެކު ޝަޔާލްގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. “ރީޑިން؟ ކޫލް. ޔޫ އާ ވެރީ ޓެލެންޓެޑް ޓު ބީ ރީޑިން އިޓް ލައިކް ދެޓް.” ޝަޔާލް އެހެން ބުމުން ޔަޝްމީ ކުޑަކޮށް އެފޮތް ތިރިކޮށްލިއެވެ. ހަމައެކަނި ލޯ ފެންނަ ވަރަށެވެ. “ހަހް؟”

ޝަޔާލް ގުދުވެލައި މޭޒުގައި އަތް އަޅުވާލުމަށްފަހު ޔަޝްމީ އާއި ކައިރިވެލިއެވެ. “އިޓްސް އަޕްސައިޑް ޑައުން، ލަވް.”

ޔަޝްމީއަށް ހީވީ މީހާ އެއްލިގެން ދިޔަ ހެނެވެ. ވަގުތުން ފޮތުގައި ލިޔެފައިވާ އަކުރުތަކަށް ބަލާލިއެވެ. ދޮގެއް ނޫނެވެ. އެފޮތް އެއޮތީ ރަނގަޅަށް ވެސް އިދިކޮޅަށެވެ. އޭނާ ދެލޯ މަރާލުމަށްފަހު އަމިއްލަ ނަފްސަށް ކުދި ކިޔާލިއެވެ. އަދި ފޮތް ތިރިކޮށްލިއެވެ. އެވަގުތު ޝަޔާލްގެ މޫނު އެހާ ކައިރިން ފެނުމުން އޭނާ ދިޔައީ ސިއްސައިގެނެވެ. އޭނާގެ މުޅިމޫނު ޖަންބެއްހާ ރަތް ވެގެން ދާން ނެގީ ހަމައެކަނި ފަޅި ސިކުންތެކެވެ.

ދެން ފެނުނީ އޭނާ އެފޮތް މޫނުމަތީގައި އަޅައި މޭޒުމަތީގައި ފޮތާއެކު ބޯޖެހި މަންޒަރެވެ. “އައި ލައިކް ރީޑިން ބުކްސް އަޕްސައިޑް ޑައުން އޭ!!!” އަދި ބާރަށް އެހެން ބުނެލިއެވެ. އެއާއެކު އެތަނުގައި ގުގުމާލީ ޝަޔާލްގެ ހުނުމުގެ އަޑެވެ.

އައިކަން ހުރީ ރަނގަޅަށް ވެސް ބުނާނެ އެއްޗެއް ނޭނގިފައެވެ. މި ޝަޔާލް މިއަދު މިއުޅެނީ ކޯއްޗެއް ކައިގެން ހެއްޔެވެ؟ އައިކަން ޝަޔާލްގެ ބޮލުގައި އަތްއަޅައި ކޮށްޕާލިއެވެ. “ވަޓް ދި ފަ*، ޑޫޑް؟!”  ޝަޔާލް ބިންމައްޗަށް ވެއްޓުމާއެކު ވަގުތުން ތެދުވިއެވެ. “މި ޗެކް ކޮށްލީ ތީ ހަމަ މަގޭ ބެސްޓްފްރެންޑް ތޯ.. ނޫނީ އޭނަ ކައިގެން އަރާ ހުރި ހަންޑިއެއްތޯ.” އައިކަންގެ ޖަވާބަކަށް ވީ އެޔެވެ. އެއާއެކު ޝަޔާލް ޗުސްތަޅާލިއެވެ.

“އެނީވޭސް.. ލެޓް މީ އާސް އެގެއިން. ވެއާ އިޒް ޒިވްޔާ؟” އައިކަން އަހާލިއެވެ.

“ޝީ ވޮޒްންޓް ފީލިން ވެލް. ގެއަށް ގޮސް ވީ ނައު.” ހަޔާލް ބުންޏެވެ. ހޮސްޕިޓަލަށް ޒިވްޔާ ދިޔަ ވާހަކަ ބުނުމުގެ ބޭނުމެއް ނެތީމައެވެ. “އެން ޝީ ވެންޓް ވިތު…؟” އައިކަން ދެބުމަގޮށް ޖަހާލިއެވެ.

“އިޒިކިއަލް.” ހަޔާލް ‘އައި ރޯލް’ ކޮށްލިއެވެ. ޔަޝްމީ އިސް އުފުލައި ބަލާލީ ހަޔާލާއި ދިމާއަށެވެ. “ވަޓް؟”

“ހީވިޔޭ އޭރުވެސް. ހީ އިޒް ސޯ ޑެޑް.” އައިކަންގެ ދެއަތް މުށްކެވިގެން ދިޔައެވެ. އަދި އޭނާ އެނބުރި ދިޔުމަށް ހިނގައިގަތެވެ. “ސީ ޔޫ ލޭޓާ، ޔަޝްމީ.” ޝަޔާލް ވެސް ޔަޝްމީއަށް އެއްލޯ މަރާލުމަށްފަހު ދާން ހިނގައިގަތެވެ. އައިކަން ދަމުން ދިޔައީ ކެންޓީނުގެ ދޮރު ބަންލާފައި ޖަހާފައެވެ.

“ޑިޑް ޙި ޖަސްޓް ސޭ މައި ނޭމް؟ އެން… ވިންކްޑް އެޓް… މީ؟!” ޔަޝްމީގެ މޫނަށް ތަރި ބުރައިގެން ދިޔަ ކަހަލައެވެ. “އެނީވޭސް.. ހަޔާ.. ކީއްވެ ތިބުނީ އިޒިކިއަލާ އެއްކޮށޭ ޒިވީ ދިޔައީ؟ ޝީ ޑިޑްންޓް ޓެލް މީ ދެޓް!!!”

 

===================

އުންމީދު ކުރަން މި އެޕިސޮޑް ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް.

 

Dear readers, I’d like to apologies for not reply to all the comments. On esfiya we authors don’t get notifications for each episode and going back all the time to previous episodes to look for new comments is not an easy thing to do. But I appreciate your comments and support.

Another thing I would like to mention is that as most of you already know I started writing after almost 4 yrs, I am not going to lie.. I have lost touch with my actual writing style. But to find that me again, I have to keep writing. So in the meantime you may see issues in my story. I will try my best to become better and improve.

And if you are find any issues or mistakes or want me to change things, please let me know in the comment section or through my insta acoount (shyyyms_writes).

Once again, thank you for your support.

Love

Shyyyms

 

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

މާފުކުރާށޭ ލޯބިވާ 4

Previews
June 12, 2026

މާފުކުރާށޭ ލޯބިވާ 4



All Right Reserved!