Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 13)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
May 2, 2026 9 Mins Read
6 Comments

ކަކުލުން ތިރިއަށް ގައިގެ ބައްޓަމަށް ހިފާލާފައި ހުރި ކަޅުކުލައިގެ ’އޯފް ޝޯލްޑަރ‘ ހެދުމުގައި އޭނާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ.ފަލަމަސްގަނޑާއި ހިސާބުން ހެދުމުގައި ފަޅާލާފައި ހުރި ކުޑަ ތަންކޮޅުން ޝަފްކާގެ ދޮން ފަލަމަސްގަނޑުގެ ބައެއް ފެނިލި ހިނދު އަހަންނަށް ތުންފަތުގައި ދައިގަނެވުނެވެ.މި އަންހެން ކުއްޖާ މިއުޅެނީ އަހަރެން ހަމަ ރަނގަޅަށްވެސް މޮޔަކޮށްލަންބާވައޭ އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ.އޭނާގެ ފަން އިސްތަށިގަނޑަށް ހިސާބެއްގެ ރާޅުބާނިކަމެއް ގެނެސް ސުޓައިލުކޮށްލާފައިވާ ގޮތުން އޭނާގެ އެ ’ލުކަށް‘ އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ.ލުއި ލުއި މޭކަޕުވެސް އެ ދޮން މޫނާއި ނުހަނު ގުޅެއެވެ.

”ބޭބް…ޔޫ ލުކް-“ ޝަފްކާގެ ރީތިކަން ސިފަކޮށްދޭނޭ ލަފުޒެއްވެސް އަހަރެންގެ ދުލާ ހަމައަކަށް ނައެވެ.އޭރުވެސް ބެކްގްރައުންޑްގައި އެޑް ޝީރަންގެ ޕާފެކްޓް ގުގުމާލާފައިވެއެވެ.

”ޑާރލިން ޔޫ ލުކް ޕާފެކްޓް ޓުނައިޓް…“ޝަފްކާގެ ރީތި ދެލޮލުގެ ޖާދޫގައި ޖެހިފައި ހުރެ ލަވައިގެ ފަހު ލަފުޒުތައް ކަންފަތުގައި ހަރުލި ހިނދު އަހަންނަށްވެސް ބުނެވުނީ ހަމަ އެހެންނެވެ.އެ އަޑު އަހާފައި ޝަފްކާ ހޭންފެށިއެެވެ.އެ ހުނުމުގައިވި އާދަޔާ ހިލާފު ހިތްގައިމުކަމަކުން އަހަންނަށް ހަމަ ކަޅިވެސް ޖަހާނުލާ ބަލަން ހުރެވުނެވެ.ހަގީގަތުގައިވެސް އެއީ ރީތިކަމުގެ ނަމޫނާއެކެވެ.މިރޭ އެކަމަކު އަދި ވަކިން އޭނާ ފުރިހަމަހެން އަހަންނަށް ހީވެއެވެ.ދެލޮލުގެ ވަށައިގެން ކަޅުކުލައިގެ ’އައި ލައިނާރ‘ ފަވާލާފައިވާ ހުނަރުވެރި ގޮތަކުން އެ ދެލޮލުގެ ސިހުރުވެރިކަންވެސް އެތައް ގުނައެއް އިތުރުކޮށްދީފައިވެއެވެ.މަސްކަރާގެ ހަމަ އެންމެ ފަށަލައަކުންވެސް އެ ދިގު ދިގު އެސްފިޔަތަކުގެ ދިހުން ކުލައަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. އެފަދަ ރީތި އެސްފިޔަތަކަކަށް މީހުން ހަސަދަވެރިވާނޭކަން އަހަންނަށް ހަމަ ޔަގީނެވެ.ހިނިތުންވެލައިގެން ހުންނަ އިރު ކޮލަށް އެ އެޅިފައި ހުންނަ އަޑިކޮޅު ފެނިފައިވެސް ހިތްތައް ވިރިގެންދާހާވެއެވެ.

”ސަޕްރައިޒްޑް މަޗް ހަނ؟“އަަހަރެން ބަލަން ހުރި ގޮތުން ޝަފްކާގެ ތުންފަތް ދެމިލީ ލާނެތް ހިނިތުންވުމަކުންނެވެ.އަހަރެންގެ ސަމާލުކަން އަތުލައި، އަހަރެން ހައިރާންކޮށްލުމުގައި އޭނާ ކާމިޔާބު ހޯދައިފިކަން އަހަރެންގެ މޫނުމައްޗަށް ވެރިވި ކުލަވަރުތަކުން ވަަރަށް ރަނގަޅަށް ކަށަވަރުކޮށްދީފިއެވެ.

”ޔާ ޔޫ ޑިޑް ގްރޭޓް…ހަމަ ބުނާނެ އެއްޗެއްވެސް ނޭނގިފައި މިހުންނަނީ…ލަވް ދެޓް އައުޓްފިޓް…ލުކްސް ޕާފެކްޓް އޮން ޔޫ ބޭބީ…ވަރަށް ވަރަށް ރީތި…އެކަމަކު ތެދަށް ބުނަންތަ؟ އައި ޑޯންޓް ތިންކް ޔޫ ވިލް ބީ ވެއަރިން ދެޓް ފޮރ ލޯންގް ޓުނައިޓް….“ޝަފްކާއާއި ނަޒަރު ވަކިކޮށް ނުލައި ހުރެ ،އަަޑަށް ސިރީޔަސްކަން ވެރިކުރުވަމުން އެއްވެސް ފޮރުވުމެއް ނެތި އަހަރެން ބުނެލީމެވެ.ހިތުގައި ހަމަ އޮތް ގޮތަށެވެ.އަކުރުން އަކުރަށެވެ.އެ އަޑު އަހާފައި ޝަފްކާގެ މޫނުމަތިން ފާޅުވޭވޭ ހުރި ލާނެތް އަސަރުތައް ފިލައި، އިސާހިތަކު އެ ދެކޮލަށް ޖަންބު ކުލަ ފާއްދާލައިފިއެވެ.ދެން އާކިއޭ ކިޔައި ތުންކޮޅު އޫކޮށްލި ގޮތުން އަހަންނަށް ހެވުނެވެ.

”ހިއަރ…ފޮރ ޔޫ“ ސޯފާމަތީގައި އަހަރެން ބޭއްވި މާބޮނޑި މަތިންވެސް އަހަރެން ހަނދާންވީ ދެނެވެ.އަހަރެން އަވަހަށް އެ މާބޮނޑި ނަގައި ޝަފްކާއަށް ދިއްކޮށްލީމެވެ.ވަގުތުން އެ މޫނުމަތި އަދި ވަކިން އުޖާލާވެގެން ދިޔައެވެ.އޭނާގެ ފުޅާވެގެން ދިޔަ ހިނިތުންވުން އެ ހިތަށް ލިބިގެން ދިޔަ އުފާވެރިކަމުގެ ސާބިތު ހެއްކަކަށް ފުދުނެވެ.

”އަޅޭ ތެންކްޔޫ ލަވް…އަޅޭ ހާދަ ލޯތްބޭ…ރެޑް ރޯޒެސް…މައި ފޭވްރިޓް!“ އުފާވެފައި ހުރިވަރުން އޭނާގެ އަޑު ނުކުތީވެސް އާދައިގެ ވަރަށްވުރެ ތޫލިކޮށެވެ.ދެލޯ މަރާލާފައި އެ މާތަކުން ޝަފްކާ ވަސްބަލާލި ގޮތްފެނި އަހަރެންގެ ހިނިތުންވުން ކުރިއަށްވުރެވެސް ފުންވެގެން ދިޔައެވެ.

”ޔޫ ލައިކް އިޓް؟“ ހިނިތުންވެފައި ހުރެ އަހަރެން އަހައިލީމެވެ.

”އާރ ޔޫ ކިޑިން…ޑޫ އައި ލައިކް އިޓް؟!…އައި ލަވް އިޓް އާކީ!“ ޝަފްކާގެ ލުއި ލުއި ހިނިތުންވުން އަހަރެންގެ ކަންފަތް ކައިރީގައި ކުޅެލި މިޔުޒިކްގެ ނޯޓުތަކެއް ފަދައެވެ.އޭނާގެ އެ އުފާވެރިކަން ފެނި އަހަރެންގެ ހިތަށް ލިބިގެން ދިޔައީ ބަޔާން ކުރަން ދަތި ހިތްހަމަ ޖެހުމެކެވެ.

އަހަރެން ކަޅި ޖަހާނުލާ ބަލަން ހުރި ގޮތުން އަހަންނާ ހަތަރުކަޅި ހަމަކޮށްގެން ހުންނަން އުނދަގޫވެގެން ޝަފްކާ އިސް އޮބައިލިއެވެ. އަނެއްކާވެސް މާބޮނޑި ގެންގޮސް އެ މޫނާ ކައިރިކޮށްލި ގޮތުން ހީވީ އެ ލަދުވެތިކަން ފަރުދާކޮށްލަން އޭނާ މަސައްކަތް ކުރަނީހެންނެވެ.އެ ތުންފަތުގައިވާ ރަތްކަންވެސް އެ މާތަކުގެ ރަތްކަމާއި ވާދަ ޖަހަމުންދާ ކަހަލައެވެ.ލިޕް ގުލޮސްގެ ސަބަބުން ހިސާބެއްގެ އޮފުކަމެއް އެ ދެ ތުންފަތުގައިވާއިރު ރަތްކަން ގަދަ ޗެރީއެކޭ ތަފާތެއް ނެތެވެ.އެހާވެސް ފުރިހަމައެވެ.ނިތްކުރި މައްޗަށް ވެއްޓިފައިވާ ބައެއް އިސްތަށިތައް އެ މޫނަށް އުނދަގޫ ކުރަމުން ދިޔަަ މަންޒަރު ފެނިފައި އެ މޫނުގައި ބީހިލާ ހިތްވިވަރުން އަހަރެންގެ އަތް އެ މޫނާއި ދިމާލަށް ގެންދެވުނެވެ.ލޯ ކުރިމަތިން އެ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލައި ކަންފަތުގެ ފުރަގަހަށް ލައްވައިލުމުން ޝަފްކާ ލަސް ގޮތަކަށް އިސް އުފުލާލައި އަހަންނާ ހަތަރުކަޅި ހަމަކޮށްލިއެވެ.އޭރު އެ ދެލޮލުން ފާޅުވޭވޭ ހުރީ މާނަ ކުރަން އުނދަގޫ ފުން އަސަރުތަކެކެވެ.

”ޔޫ އޯކޭ؟“އެ އަސަރުތަކުން ހިތަށް ކުރުވި ތުރާލަކުން އަހަންނަށް ޝަފްކާ ކުރެން އަހާލެވުނެވެ.އެ ހިތުގެ ހާލު އެނގެން އަހަރެން އިންތިހާއަށް ބޭނުންވިއެވެ.

”އަމް މޯރ ދެން އޯކޭ އާކީ… އަހަރެންގެ މުޅި ހަޔާތުގައިވެސް މިހާ އުފާވެރި ދުވަސްތަކެއް ނާދޭ…އަމް ސޯ ގްރޭޓް ފުލް ފޮރ ޔޫ އާކީ…ޔޫ ނެވަރ ފެއިލްޑް ޓު މޭކް މީ ސްމައިލް…ޔޫ މޭކް މީ ކޮމްޕްލީޓް…އައި ޑޯންޓް ނޯ ވަޓް އައި ވުޑް ޑޫ ވިތައުޓް ޔޫ…ނޮޓް އެނީމޯރ… އަހަންނަކަށް ހިޔެއް ނުވޭ ދެން އާކިއާ ނުލާ އަހަންނަކަށް އުޅެވިދާނެހެނެއް.“ ޝަފްކާގެ އަޑުގައިވި ރިހުން އަހަންނަކަށް ސިއްރެއް ނުވިއެވެ.ސީދާ ސީދަލަށް ނުބުންޏެއް ކަމަކު ޝަފްކާ އެބުނަން އުޅުނު އެއްޗެއްގެ މާނަ އަހަންނަށް ވިސްނުނެވެ.އެކަމުން ހިތަށް ވަރަށް އަސަރުވެސް ކުރިއެވެ.އެހެނަސް މިއީ އެ މަޢުޟޫއަށް ވާހަކަ ދައްކަން އެންމެ އެކަށޭނަ ވަގުތާ މާހައުލު ނޫންކަން އެނގޭތީ އަހަރެން އެވާހަކަ އިތުރަށް ދައްކާކަށް ނުހަދަމެވެ.ޝަފްކާވެސް އެކަމާ ގުޅޭ ގޮތުން އިތުރަކަށް އެއްޗެކޭ ނުބުނެއެވެ.އެހެނަސް ދެމެދަށް ވެރިވި ނުތަނަވަސް ހިމޭންކަން އަހަންނަށް އުނދަގޫ ކުރުވިއެވެ.މިފަދަ ޚާއްސަ ރެއެއްގައި މޫޑު ޚަރާބުކޮށްލަން ބޭނުން ނުވާތީ ތަނުގައި ހިފާފައިވާ އުދާސްކަން ކުޑަކޮށްލަން އަހަރެން ބޭނުންވިއެވެ.އެހެނަސް އަހަންނަށް އެއްޗެކޭ ބުނެވުމުގެ ކުރިން އަަހަރެމެން ދެމީހުންވެސް ސިހުނީ ޓީވީން ދައްކަން ފެށްޓި ފާޑެއްގެ ހެވީ މެޓަލް ލަވައެއްގެ އަޑަށެވެ.ހަމަ ހީވީ ބޮލުގައި ތަޅަން ފެށިހެންނެވެ.މޫނަށް ވައްތަރެއް ޖައްސާލަމުން ޝަފްކާ އަވަސް އަވަހަށް ރިމޯޓް ނަގާ ޓީވީ ނިއްވާލިއެވެ.އެއާއެކު ދެމީހުންނަށްވެސް ދެމީހުންގެ މޫނަށް ބަލާލާާފައި ހޭން ފެށުނެވެ.

”ވަޓް ދި ހެލް ވޯޒް ދެޓް…؟“ ހެމުން ޝަފްކާ ބުނެލިއެވެ.އެ ނުތަނަވަސްކަން ފިލުވާލިކަމަކަށް އެ ލަވަގަނޑު ވީތީ އަހަރެން ވަރަށް ހިތްހަމަޖެހުނެވެ.

”އެވެސް މިއުޒިކުގެ ޖޯންރާއެއް…އަހަރެމެންގެ ޓޭސްޓް ނޫންވީމާ އަހަރެމެނަށް ކަމު ނުދަނީ…“ އަހަރެން ހެމުން ބުނެލީމެވެ.

”ޔޫ ލުކް ސޯ ހޭންްޑްސަމް…އާކި ބްލެކް ލީމަ އަހަންނަށް ވަރަށް ރީތި…“އަހަންނާ ގާތަށް ޖެހިލައި، ދޭތެރޭ އޮތް ދާއިރާ ހަނިކޮށްލަމުން ވައި އަޑުން ޝަފްކާ އަހަރެންގެ ކަންފަތް ކައިރީގައި ބުނެލިއެވެ.އެހެނަސް ތަނަށް ވެރިވެފައިވި ހަމަހިމޭންކަމާއި އެކުގައި އެ އަޑު އަހަންނަށް އިވިގެން ދިޔައީ ނުހަނު ސާފުކޮށެވެ.އަހަރެންގެ މުޅި ގައިން ހީބިހި ހިލުވާލިއެވެ.

”އެބަ އަންނަން ނޫކުއަށް ބަލާލާފަ…މި ބުކޭ ވެސް އެބަ ޖެހޭ ވާސްއަކަށް ޖަހާލަން… ދެން ކޮންމެހެން ހިފައިގެން ދާނެކަމެއް ނެތެއްނު…އަނެއްކާ ލަސްވާނެތަ؟“ ޝަފްކާ އަހައިލިއެވެ.

”އައްދޭ ފޮޓޯއެއް ނުނަގާނަންދޯ؟… އަހަންނަށް ހަމަ އޯކޭ އިނގޭ…ކީއްވެ ލަސްވާންވީ…ހެހެ..“ އަހަރެން ބުނެލީމެވެ.

”އައި ވޯޒް ނެވަރ އެ ފޮޓޯހޯލިކް ޕާރސަން…ޔޫނޯ ދެޓް…މީގެ ޕިކެެއް ނުނަގާނަމެކޭ ނޫން ހެހެ“ ޝަފްކާ ބުނެލިއެވެ.

”ހެހެ…ޝަފް ބޭނުން ގޮތެއް…އޭ ޝަފް ހެލްމެޓް ހިފައިގެން އަންނައްޗޭ…އަޅެ ނަސީބެއްނު ހަނދާންވިކަން…“ ހަމަ އަސްލަށްވެސް އަހަރެން ހުރީ އޭގެ މަތިން ހަނދާން ނެތިފައެވެ.އަހަރެންގެ ޕްލޭން ރޭވިފައި އޮތީ ހުޅުމާލޭގައިކަމުން ސައިކަލުގައި ދާން ރާވާފައިވާތީ ހެލްމެޓްގެ ބޭނުން ޖެހޭނެއެވެ.

”ޔޭ…ބަސްޓުވީ….ހުޅުމާލެއަށް ދާށެއްނު ތިއުޅެނީ؟“ ޝަފްކާ އަހަންނާ ދިމާކޮށްލިއެވެ.

”ހުޅުމާލެއަކަސް ސީދާ ދާން މިއުޅެނީ ކޮން ތަނަކަށް ކަމެއް ޝަފްއަކަށް ނޭނގެއެއްނު…؟ސޯ؟ “ އަހަރެން ރައްދުގައި ބުނެލީމެވެ.

”އާާރގގގހް! އަޅެ ހަމަ އެންމެ ހިންޓެއް ނަމަވެސް ދީބަލަ ދޯ…އައި ހޭޓް ސަޕްރައިޒެސް…މުޅި މީހާ ޓެންޝަނަށް ދުއްވާލާ އެއްޗެއް އެއީ…“ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން ޝަކުވާގެ ރާގެއްގައި ޝަފްކާ ބުނެލިއެވެ.

”ނޯ ނޯ…ޝަފް އަޅެ ހާދަ އިމްޕޭޝަންޓޭ ދޯ…ތިހެން އުޅެންޏާ ލަނޑެއް ދޭން ޖެހިދާނެ އިނގޭ“ އަހަރެން ދިމާކޮށްލީމެވެ.

”ލަނޑަކަށް ލަނޑެއް… ޝަފްވެސް ދުލެއް ނުކުރާނަމޭ“ ކޮޓަރި ތަޅުގައި ހިފަމުން ޝަފްކާ ބުނެލިއެވެ.

ޝަފްކާގެ ކޮންމެ ހަރަކާތަކަށްވެސް އަހަންނަށް ބަލަން ހުރެވުނީ ވަރަށް ފަރުވާތެރި ނަޒަރަކުންނެވެ.އެންމެ ކުދި ކުދި ތަފްސީލުތައްވެސް ފާހަގަވާ ވަރަށެވެ.

ޝަފްކާ ކޮޓަރި ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ.އަހަރެން ދަނޑިވަޅު ބަލާފައި އަވަސް އަވަހަށް އެއްކަަލަ ކޮތަޅުގައި އޮތް ކުޑަ ޕެކޭޖް ނަގައި ކަނޑައިލީމެވެ.މާހިން އެވަރަށް އެ ޕެކު ކޮށްފައި އޮތުމުން އަހަންނަށް އެވަގުތު ހިތާ ހިތުން އޭނާއަށް އަޑު ވެސް ލެވުނެވެ.އޭގައި އޮތް ކުޑަ ކުޑަ އަނގޮޓި ފޮށި ނަގައި އަހަރެން އަވަސް އަވަހަށް ޖިންސްގެ ޖީބަށް ކޮއްޕާލީމެވެ.ޕެކޭޖް ކެނޑި ކުނިތައް ގެންގޮސް ޑަސްބިނަށް އަޅާފައި އައިސް ސޯފާ ކައިރީ ހަމަ ހުއްޓުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ.ޝަފްކާ ނުކުތީ ކަޅު ކުލައިގެ އަންހެން ކުދިންނަށް ޚާއްސަ ގޮތަކަށް ބޭރު ފަރުމާކުރެވިފައިވާ ހެލްމެޓެއް ހިފައިގެންނެވެ.ނުކުމެ ދޮރު ލައްޕާލުމުގެ ކުރިން އަދިވެސް އެއްފަހަރު އެތެރެ ބަލާލާފައި މޭގައި އަތް އަޅައި، ފުން ނޭވާއެއް ދޫކޮށްލި ގޮތުން އޭނާ ހިތްހަމަ ޖެހުނުކަން އަހަންނަށް އެނގުނެވެ.

”ދެމީހުން އެބައޮތް ވަރަށް ލޯބިކޮށް ނިދާލާފައި…ހިނގާ އަވަހަށް ދަމާ“  ޝަފްކާ އެނބުރި އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓިލަމުން ބުނެލިއެވެ.އަހަރެން ކުރި ކަމަކީ ޝަފްކާ ނުވިސްނާ ހުއްޓާ އެ ދެ އަތުގައި ހިފާ ގާތަށް ދަމާލިގޮތަށް ގެނެސް އަހަރެންގެ ދެއަތު ތެރޭގައި އޭނާ ހައްޔަރުކޮށްލީއެވެ.އެވަގުތު ޝަފްކާގެ އަނގައިން މަޑު އާހެއް ބޭރުވެގެން ދިޔައެވެ.އެ ދެއަތް އަހަރެންގެ މޭމަތީގައި ތަތްވެފައިވާރު އަހަރެން ހުރީ އޭނާގެ މެދު ހަށީގައި ބާރަށް ހިފަހައްޓާލައިގެންނެވެ.ދެމެދަށް ވައި ރޯޅިއަކަށްވެސް ނުވަދެވޭހާ ގާތްކޮށްލައިގެންނެވެ.ދެ މީހުންގެ ހޫނު ނޭވާތައް އެއްވެސް ހުރަހަކާ ނުލާ ދެމޫނުގައި ބީހެން ފެށުމުން މުޅި ސިޓިން ރޫމަށް ވެސް އުދާސްކަން ވެރިވާން ފެށިހެން އަހަންނަށް ހީވިއެވެ. ޝަފްކާ އަހަރެންގެ މޫނަށް ބަލައިލި މަސްތީ ނަޒަރުން އަހަންނަށް ފުން އަސަރުތަކެއް ކުރުވިއެވެ.ހިއްސުތައް ހޭލަން ފެށިއެވެ.އެހެނަސް ރޭގެ ބާކީ އޮތްބައި ފުރިހަމަކުރުމަށްޓަކައި އެ އިހުސާސްތަކުގެ މައްޗަށް ގަދަވެ ގަނެ،އަމިއްލަ ނަފްސުގެ ކޮންޓްރޯލް ހޯދަން އަހަންނަށް މަޖުބޫރުވީއެވެ.ނަމަވެސް ޝަފްކާގެ ދެލޮލުގައިވި ތޫނު ސިހުރުވެރިކަމެއްގެ ސަބަބުން ހިނގަމުން ދިޔަ ކޮންމެ ސިކުންތަކުވެސް އަހަރެންގެ ކެތްތެރިކަން ދިޔައީ އިމްތިހާނު ކުރެވެމުންނެވެ.

”ހިނގާ ދަމާ…“އެ އިހުސާސްތަކުގެ މައްޗަށް ކުރި ހޯދައި، ޝަފްކާގެ ގައިން ދޫކޮށްލަމުން އަހަރެން ބުނެލީމެވެ.އެއާއެކު އޭނާ ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލި ގޮތުން ހީވީ އެ ހިނދުކޮޅު އޭނާ ހުރީ ލައި ލައި ހުރި ނޭވާވެސް މަޑު ޖައްސާލައިގެންހެންނެވެ.

އަހަރެން ޝަފްކާގެ އަތުގައި ހިފާލައިގެން ނުކުމެ ސައިކަލާ ދިމާލަށް މިސްރާބު ޖެހީމެވެ.މާ ދުރަށް ހިނގާކަށްވެސް ނުޖެހުނެވެ.ސައިކަލު ޕާކު ކޮށްފައި ހުރީ ހަމަ ވަރަށް ކައިރީގައެވެ.އަހަރެން ގޮސް ސައިކަލަށް އަރާ ޕާކިން ޒޯނުން ނެރެ މަގަށް ސީދާކޮށްލުމުން ޝަފްކާވެސް އަވަހަށް ފަހަތު ސީޓަށް އަރާ ހަމަޖެހިލައިފިއެވެ.އޭނާ އަހަރެންގެ މެދުހަށީގައި ދެއަތް ވަށާލައި އަހަރެންގެ ބުރަކަށީގައި ތަތްވެލި ގޮތުން އަހަރެންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.މިއީ އަހަރެން ޝަފްކާ ގޮވައިގެން ސައިކަލަކަށް އަރާ ފުރަަތަމަ ފަހަރެވެ.އެހެންކަމުން އަހަރެން އިނީވެސް ވަރަށް ހިތް އަވަސްވެފައެވެ.އަހަރެން ސައިކަލެއް ނުދުއްވާތާ މިހާރު އެތައް އަހަރެއް ވެދާނެއެވެ.މާލޭގެ މަގުތަކަށް ހިސާބަކަށް ނުފަރިތަވެފައި ވީނަމަވެސް ކުޑަ ތަންކޮޅަކަށް ދުއްވާލި ތަނާ ނަސީބަކުން އަހަރެން ހަމައަކަށް އެޅިއްޖެއެވެ.

ޓުރްފިކްގެ ބާރު ބޮޑުކަމުން އެތެރޭގެ މަގުތަކުން ދުއްވަން އުނދަގޫވެ އަހަރެން ނުކުތީ ސީދާ ބޮޑުތަކުރުފާނު މަގަށެވެ.ދުއްވަން އިން އިރު ދޭތެރެއަކުން އަހަންނަށް ޝަފްކާގެ އޮމާން ކުޑަ ކަޅުވާގައި ފިރުމާލެވެއެވެ.އެހެނަސް މަގަށް ވިސްނަން ޖެހޭތީ އެހާ ގިނައިރު އެއް އަތް ހުންގާނުން ދޫކޮށްލައިގެނެއްވެސް ނީނދެވުނެވެ.

****

ސިނަމާލެ ބުރިޖު މައްޗަށް އަރާފައި،ސައިކަލުގެ ދުވެލި ބާރުކޮށްލި ވަގުތު ޝަފްކާ އަހަރެންގެ މެދުހަށީގައި ކުރިއަށްވުރެވެސް ބާރަށް ބައްދާލިއެވެ.އެ ހަރަކާތުން އަހަންނަށް ހިނިތުންވެވުނެވެ.ޝަފްކާއާއި އެހާ ގާތުގައި ހުރެވޭ ހަމަ ކޮންމެ ވަގުތެެއްގައިވެސް އަހަރެންގެ ހިތުގެ ހިނގުން އަވަސްވެ ހިއްސުތަކަށް އެނގުންވެލައެވެ.

ހުޅުމާލެ އަރާފައި ހެލްމެޓް ނަގަންވެގެން އަހަރެން މަގުގެ ވާތްފަރާތަށް ސައިކަލު މަޑުޖައްސައިލީމެވެ.ޝަފްކާ ހެލްމެޓް މަޑި ދޮށަށް ލާންވެގެން ފަހަތު ސީޓުން ފޭބިއެވެ.އޭނާ ބޮލުން ހެލްމެޓް ނެގުމުން ޖެހެމުން ދިޔަ ލުއި ލުއި ވައިރޯޅިތައް އައިސް އެ އިސްތަށިގަނޑަށް ގޯނާކޮށްލައި،ތަރުތީބު ގެއްލުވާލިއެވެ.އެ ފިލްމީ މަންޒަރު ބަލަން އަހަންނަށް ހުރެވުނީ އާގަމަވެފައެވެ.

”ކީހިނެއްވީ؟“ އަހަރެން ބަލަން ހުރިގޮތުން ޝަފްކާ އަނގަޔަށް ގޮތެއް ހަދާލަމުން އަހާލިއެވެ.

”ކަމަނާ ރީތި ކަމުން ހަމަ ބަސް ހުއްޓިފަ މީނީ“ އަހަރެން ސަމާސާ ރާގުލާފައި ބުނެލި ނަމަވެސް އެއީ ހަމަ ތެދު ހަގީގަތެވެ.ހިތުގައި އޮތް ގޮތެވެ.

”ހޫނ ސާބަސް…ދެން ތިވަރަށް ތައުރީފު ނުކުރިޔަކަސް ހެވޭ…މިހާރު ގަބޫލު ކޮށްފީމޭ“ ޝަފްކާ ޑުރާމާ ގޮތްގަނޑު ދައްކާލާފައި އަހަންނަށް ކަޅި އަޅައިލިއެވެ.

”އޯކޭ.އޯކޭ…އަވަހަށް އަރާ…“ އަހަރެން ހިނިގަނޑެއް ޖަހާލާފައި ބުނެލީމެވެ.

****

ސައިކަލުގައި އަހަރެން ގޮސް މަޑުކޮށްލީ ޝާމިން ދިން އެޑުރެހަކަށެވެ.ދިހަ ބުރީގެ އެ ޢިމާރާތުގައި ހައިބަތު ހުއްޓެވެ.އެ އިމާރާތުގެ ފަރުމާކުރުމުގައިވާ ޝާހީކަން ފެނި ޚުދު އަހަރެންވެސް އާޝޯޚުވިއެވެ.ވަރަށް ފެންވަރުގައި ހަދާލާފައި ހުރި ތަނެއްކަން ބަލައިލި ކޮންމެ ދިމާލަކުންވެސް ދިޔައީ ހެކި ދެމުންނެވެ.ބަލާ ބެލުމަށް ވައްތަރީވެސް ކުޑަވަރެއްގެ ގަނޑުވަރަކާއެވެ.އެފެންވަރުގެ ތަނަކަށް އަހަރެމެން ފޮނުވުމުން އަހަރެން ހިސާބަކަށް ޖެހިލުންވެސްވިޔެވެ.އެެހެނަސް ނަސީބަކުން އެވަގުތު އެކަމާ މާބޮޑަށް ވިސްނާކަށް އަހަންނަކަށް ފުރުސަތެއްވެސް ނުލިބުނެވެ.

ޝަފްކާ ގޮވައިގެން ވަދެ އެ އިމާރާތުގެ ލިފްޓަށް އަރާފައިވެސް އަހަންނަށް ހުރެވުނީ އަޖައިބުވެ އަންތަރީސްވެފައެވެ.އެތަނުގެ އެތެރެވެސް ރީތިކަމުންނެވެ.ޝާމިން ބުނިހެން އަހަރެން މިސްރާބު ޖެހީ އެ އިމާރާތުގެ ޓެރަހަށެވެ.ޚުދު އަހަންނަށްވެސް ލިބެން މިއުޅެނީ ސަޕްރައިޒެކެވެ.ސަޕްރައިޒް ދޭން ރޭވި މީހަކީ އަހަރެން ވިޔަސް އެތަން ތައްޔާރުކޮށް ހެދީ އެހެން ބައެކެވެ.ކުޑަމިނުން ތައްޔާރުކުރެވިފައި އޮތީ ކިހިނެއް ކަމެއްވެސް އަހަންނަކަށް އެނގެނީކީ ނޫނެވެ.އެހެނަސް ޝަފްކާގެ ހިތުގައި ސުވާލު އުފެދިދާނެކަމަށްޓަކައި އަހަރެންގެ މޫނުމަތިން އެ އަސަރުތައް ފޮރުވާލަން އަހަންނަށް މަޖުބޫރުވިއެވެ.

****

ޓެރަސްގެ ވަންނަ ތަނުން ފެށިގެން މަގަކަށް ވާނޭހެން ދެފަރާތުގައި އަތުރާލެވިފައިވާ އެކި ސައިޒްގެ މަސްނޫއީ އުއްބައްތިތަކުން މުޅި ޓެރަސް އޮތީ ހުޅުދާންވެފައެވެ.އެ މަގުގެ ނިމޭ ކޮޅުގައި ޓެރަސްގެ އެއްކަނަކަށްވާ ގޮތަށް ދެ ގޮނޑިއާއި ވަށް މޭޒެއް ބެހެއްޓިފާ ހުރިއިރު ރަތް ކުލައިގެ ފޮތިގަނޑެއް މޭޒުމަތީގައި އަޅާލާފައިވެއެވެ. ތިރީގައިވި މަސްނޫއީ އުއްބައްތިތަކާ ޚިލާފަށް މޭޒުމަތީގައި ބެހެއްޓިފައިވާ އުއްބައްތި ސްޓޭންޑުގައި ބޭނުން ކުރެވިފައި ހުރީ ހަމަ އަސްލު އުއްބައްތިއެވެ. އުއްބައްތިތައް ރޯކޮށްފައި ހުރުމުން އުއްތައް ވިރެމުންދިޔައިރު ޖައްވުގައި އެއް ވަހަކަށް ހިފާލާފައިވަނީ ލުއި ލުއި ’ސިޓްރަސް‘ ވަހެކެވެ. އެ ވަހުގެ ހިތްގައިމުކަމުން ނަފްސާއި ރޫހަށް އިތުރު ދިރުމެއް ގެނެސްދެމުން ދިޔައެވެ.އެހިސާބުގައި ވައި ރޯޅިއެއްގެ އަސަރު ނެތީ ހަމަ ނަސީބެކޭ އަހަރެންގެ ހިތަށް އެރިއެވެ.

****

”އޯ މައި ގޯޑް އާކީ!“

އެމަންޒަރު ފެނިފައި އާޝޯޚުވިވަރުން ޝަފްކާގެ އަޑު ނުކުތީވެސް ތޫލިކޮށެވެ.ނޭފަތާއި ހަމައިން ދެއަތް މޫނުމަތީގައި އަޅައިގެން އޭނާ ހުރިއިރު އެދެލޯ ވެސް ހުރީ ބޮޑުކޮށްލެވިފައެވެ.ގަބޫލުކުރަން ދަތިވެފައިވާ ގޮތަކަށް އޭނާ އަހަރެންގެ މޫނަށް ބަލާލިއެވެ.އަހަރެން ހިނިތުންވެލަމުން ބޯޖަހާލިތަން ފެނިފައި ޝަފްކާ ފޮނިވެލާފައި އައިސް އަހަރެންގެ އަތުގައި އެލިގަތެވެ.

”ވަަރަށް ރީތި… ސަޕްރައިޒް ވަރަށް ކަމުދޭ…“ ހިނިތުންވެލައިގެން ހުރެ ޝަފްކާ ބުނެލިއެވެ.

އަހަރެން ޝަފްކާގެ އަތުގައި ހިފާލައިގެން ގޮސް އޭނާ ގޮނޑީގައި ބައިންދާފައި އޭނާގެ ކުރި މައްޗަށް ވާނޭހެން އިށީނީމެވެ.ޝަފްކާ އިނީ އަދިވެސް ގަބޫލު ކުރަން ދަތިވެފައި އިން ކަހަލަ ގޮތަކަށް އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ.އަހަރެން ނިތް އަރުވާލާފައި ހިނިތުންވެލުމުން އޭނާ ވާހަކަ ދައްކަން ފެށިއެވެ.

”ސީރިޔަސްލީ އިޓްސް ސޯ ބިއުޓިފުލް…މިއިނީ ހަމަ ބުނާނެ އެއްޗެއްވެސް ނޭނގިފަ…ތެންކްޔޫ  ސޯ މަޗް ލަވް…އައި ލަވް އިޓް!“ ޝަފްކާ އަހަރެންގެ އަތް ތިލައިގައި ހިފާލާފައި ބުނެލިއެވެ.

****

މޭޒުމަތީގައި ބަހައްޓާ ލެވިފައިހުރި ބެލް އަކަށް ފިތާލުމުން ވެއިޓަރަކު އައެވެ.އެކަމާވެސް ޝަފްކާ އިނީ އަންތަރީސްވެފައެވެ.އޭނާ ސުވާލު ކުރަން ފެށުމުން މިހާރު ޕްރައިވެޓް އިވެންޓްތަކަށް ކޭޓަރ ކޮށްދޭ ތަން ތަން ހުންނަ ކަމުގައި ބުނުމުން ހަމަޖެހިލައިފިއެވެ.އެމީހާ މެނޫ ދިނުމުން ވަރަށް ބަލަ ބަލާފައި ޝަފްކާ އޯޑަރ ދިނީ ޗިކެން ރައިސްއަކާއި ކަރާ ޖޫހަކަށެވެ. އަހަރެން ނެގީ ޗިކަން ރައިސްއަކާއި އަނބު ޖޫހެކެވެ. އޯޑަރު ނަގައިގެން އަދަބު އިހުތިރާމު އަދާކޮށްފައި އެ މީހާ ގޮސްފިއެވެ.

އެހިސާބުން ދެން ފެށުނީ ދިރިއުޅުމާ މެދު ކުރެވޭ އުންމީދުތަކުގެ ވާހަކައެވެ.ނުހައިކުވެސް ތަންކޮޅެއް ބޮޑުވެލުމުން ޝަފްކާވެސް ވަޒީފާއަކަށް ދާން ފަށަން ބޭނުންވާ ވާހަކަ ބުނުމުން އަހަރެން އެކަމާ ހިތުން ރުހުމުން އެއްބަސްވީމެވެ.ޝަފްކާވެސް އޭރު އޭނާ ކިޔަވަމުން ދިޔަ ކޯސް ކޮންމެ ހާލެއްގައި ނަމަވެސް ފުރިހަމަ ކުރިއެވެ.އަދި އިތުރަށް ކިޔަވަން ބޭނުންވާނަމަ އެކަންވެސް ކުރަން އަހަރެން ބާރު އެޅީމެވެ.

”އާކީ އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ…އާކި އާނއެކޭ ބުނާނެ ކަމަށް އަހަރެން ވަރަށް އުންމީދު ކުރަން “ ވަަރަށް ސިރީޔަސްވެފައި ޝަފްކާ ބުނެލިއެވެ.ނަމަވެސް އެވާހަކަ އަކީ ކޮބައިތޯ އަހާ ނުލެވިގެން އުޅެނިކޮށް ވެެއިޓަރ ކާއެއްޗެހި ހިފައިގެން އަތުވެއްޖެއެވެ.

”ކައިގެން ދޯ އެވާހަކަ ދައްކާނީ ދެން…މި އެއްޗެހި ފެނުނީމަ ބަނޑުހައިވެފައި އިންވަރު މި އިހުސާސްވީ… ބަނޑުން އަޑު ކިޔައިފި.“ އަހަރެން ބުނެލީމެވެ.ހަގީގަތުގައިވެސް އަހަރެން އިނީ ނިކަން ހައިވެފައެވެ.ޝަފްކާވެސް އާނއެކޭ ބުނެފައި ކެއުމަށް އިންސާފު ކުރަން ފެށްޓިއެވެ.އެވަގުތު ލުއި ލުއި މިޔުޒިކެއްގެ އަޑު އިވެން ފެށިއެވެ.

ފުރަތަަމަ ސުވާ އަނގަޔަށް ލާފައިވެސް މީރުކަމުން އަހަންނަށް ތަޢުރީފު ކޮށްލެވުނެވެ.ޝަފްކާގެ މޫނަށްވެސް އެރި ކުލަވަރުން އޭނައަށްވެސް ވަރަށް ކަމުދިޔަކަން އަހަންނަށް އެނގުނެވެ.

މާގިނަ ވާހަކަތަކެއް ނުދެކެވި ކައި ނިންމާލެވުނެވެ. ވެއިޓަރު އައިސް ތަށިތައް ގެންދިއުމުން އަހަރެން ޝަފްކާގެ އަތުގައި ހިފާލައިގެން ތެދުވީމެވެ.އުއްބައްތިތައް އަތުރާލެވިފައިވާ މަގުގެ ނިމޭ ހިސާބުގައި އަހަރެން ޝަފްކާ ގޮވައިގެން ގޮސް ހުއްޓިލުމުން އޭނާ އިނީ މިވަނީ ކީއްކަމެއް ނޭނގިފައެވެ.އަހަރެންގެ ޖީބުން ނެގި ކުޑަ އަނގޮޓި ފޮށި ފެނުމާއި އެކުގައި ޝަފްކާ އަނގަމަތީގައި އަތް އަޅާލިއެވެ.

”އާކި ޔޫ ޑިޑިންޓް…“ ޝަފްކާގެ އަޑުގައި އެކުލެވިފައިވި އުފާވެރިކަން ސިއްރެއް ނުވެއެވެ.

އަހަރެން އެ އަނގޮޓި ފޮށި ހުޅުވާލައި، އެއް ކަކޫ މައްޗަށް ތިރިވެލުމުން ޝަފްކާގެ ލުއި ހީލުމުގެ އަޑު އިވިލިއެވެ.

”އާކީ…“ ޝަފްކާ އަޑަށް ދަމާލާފައި އަހަރެންގެ ނަމުން ގޮވައިލިއެވެ.

”އައި ވޯނަ ޑޫ ދިސް ޕްރޮޕަލީ… ޝަފް ހަނދާންވޭތަ އަހަރެން ބުނީމެއްނު…ދެޓް އަލް ގިވް ޔޫ އެވްރިތިންގް އޭ…އައި މެންޓް އިޓް ބޭބީ…އައި ހޭވް ބިން ޑްރީމިން އޮފް ދިސް ފޮރ ސޯ ލޯންގް…“ ޖަޒުބާތިވި ވަރުން އަހަރެންގެ އަޑު ކުރެހޭ ގޮތްވިއެވެ.

”ސޯ އަމް އާސްކިން ޔޫ އަގެން…ވިލް ޔޫ މެރީ މީ؟“ އަހަރެން ފެންކަޅިވެފައިވާ ހާލުގައި އަހައިލީމެވެ.މިއީ ފުރަތަމަވެސް ޝަފްކާގެ ގާތުގައި ކައިވެންޏަށް އަހަން އަހަރެން ބޭނުންވި ގޮތެވެ.

”ވީ އާރ އޯލްރެޑީ މެރިޑް…ބަޓް ޔެސް…އިން އެ ހާރޓް ބީޓް!“ ޝަފްކާ ޖޯޝުން ފުރިފައިވާ އަޑަކުން ބުނެލިއެވެ.

އަހަރެން ޝަފްކާގެ ކަށި އިނގިލީގައި އެ ރޫބީ އަނގޮޓި އަޅުވާލާފައި ތެދުވެ ހަށިގަނޑު ސީދާކޮށްލުމުން އޭނާ އަހަރެންގެ މެދުހަށީގައި ދެއަތް ވަށާލައި ބާރަކަށް ބައްދާލިއެވެ.އަހަރެންވެސް އެ ގާތްކަމަށް އިޖާބަދީ އެ ހަށިގަނޑުގައި ދެއަތް ވަށާލައި ބާރުކޮށްލީމެވެ.

”ވަރަށް ހެޕީވެއްޖެ…އައި ލަވް އިޓް “ޝަފްކާ ބުނެލިއެވެ.

”ނަސީބެއްނު ބޭބީކޮޅު ތިހާ އުފާވިކަން…ކޮބާތަ ބުނަން އުޅުނު ވާހަކަ…އަދި މިހިރީ ހަނދާން ނެތިފައޭ…“ އަހަރެން ކުއްލިއަކަށް ހަނދާން ވެގެން ބުނެލީމެވެ.ވަގުތުން ޝަފްކާގެ މޫނުމައްޗަށް ސީރިއަސްކަން ވެރިވިއެވެ. އޭނާ ހިސާބަކަށް ޖެހިލުންވިހެންވެސް އަހަންނަށް ހީވިއެވެ.

”އަމް.. ހިނގާބަލަ އެކޮޅަށް.“ ޝަފްކާ ފާޑަކަށް ހުރެ  ރެއިލިންއާ ދިމާލަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ.

”ކީއްވެތަ އަހަންނަށް ހީވަނީ ޝަފް ތިއުޅެނީ އަހަރެން އެހާ އޯކޭ ނުވާނެ ކަހަލަ ވާހަކައެއް ދައްކާށޭޭ؟ ވައި ޑޫ ޔޫ ލުކް ސޯ ޓެންސް އޯލް އޮފް އެ ސަޑަން؟“ އަހަރެން ގޮސް ރެއިލިންގައި ލެނގިލައި،ޝަފްކާގެ ކުރި މައްޗަށް ވާނޭހެން އެނބުރި އަހައިލީމެވެ.އޭރު ޝަފްކާ ހުރީ ރެއިލިންގައި ދެއަތް ވިއްދާލައިގެން ކާރޫ ބާރޫ ބޮޑު މަގު މައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ.

”އަހަންނަކަށް ނޭނގޭ މި ވާހަކަ ފަށާނެ ގޮތެއްވެސް. އަހަރެން ދައްކާ ވާހަކަ އާކި އިންޓަރަޕްޓް ނުކޮށް އަޑު އަހައްޗޭ ޕްލީޒް…“ އާދޭހުގެ ރާގެއްގައި ޝަފްކާ ބުނެލިއެވެ.

”އާކީ… އަހަރެން-“ ފަށާފައިވެސް ޝަފްކާ ފަސްޖެހުނެވެ.

”ރިލެކްސް ލަވް…ތި ހަމަ ޖެހިލާފައި ކިޔާބަލަ..ނޯ ޕްރެޝަރ..“ އަހަރެން ޝަފްކާގެ އަތް ތިލައިގައި ފިރުމާލަމުން ބުނެލީމެވެ.އެއާއެކު ޝަފްކާ ދޫކޮށްލީ ފުން ނޭވާއެކެވެ.

”އަހަރެން ނިންމައިފިން އަހަރެންގެ އެއް ކިޑްނީ އާކިއަށް ދޭން…“ ޝަފްކާގެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ.

”ކީކޭ؟!“ އަހަންނަށް ލިބިގެން ދިޔައީ ވަރުގަދަ ޝޮކެކެވެ.ޝަފްކާގެ ދުލުން ބޭރުވެގެން އެ ދިޔައީ އަހަރެން ހީވެސް ނުކުރާ ފަދަ ބަސްތަކެކެވެ.

”ޔެސް އާކީ… ގަބޫލުކުރޭ…އާކިގެ ބްލަޑް ޓައިޕަކީ އޭބީ ޕޮޒިޓިވްއެއްނު… ދެޓް މޭކްސް ޔޫ އެ ޔުނިވަރސަލް ރެސިޕިޔަންޓް…އަމް އޯ ޕޮޒިޓިވް.. އަަހަރެން މިހިރީ އާކިއަށްޓަކައި ހިތުން ރުހުމުން މިކަން ކުރަން…ކުރޮސްމެޗް ހަދާފަ ނެގިޓިވް ވިއްޔާމުން އަދި މިކަންތައް ކުރެވެން އަންނަނީ…އަހަރެން މިވާހަކަ މަންމަ ގާތުގައިވެސް އޮންނާނީ ދައްކާފައި…ޝީ ސަޕޯޓްސް މީ ނައު..ސޯ ޕްލީޒް އާކި މިކަމާ ދެކޮޅު ނުހަދައްޗޭ…އައި ހޭވް ޕްލޭންޑް ޓު ޓޭކް ޔޫ ޓު އިންޑިއާ ފޯރި ދި ޓެސްޓްސް އެން ދި ޓްރާންސްޕްލާންޓް…“ ޝަފްކާގެ ދެލޮލުގައި ވަނީ އާދޭހެވެ.

އަހަރެންގެ މޫނު މަތިން ތަރި ބުރައިގެން ދިޔައެވެ.ލިބުނު ސިހުމުގައި ޝަފްކާގެ އަތުންވެސް ދޫކޮށްލެވުނެވެ.އަހަރެން އެކަމާ އެއްބަސްވާނީ ކިހިނެއް ހެއްޔެވެ؟އަހަންނަށްޓަކައި ޝަފްކާ އެފަދަ ބޮޑު ގުރުބާނީއެއް ވިޔަ އަހަރެން ދޭނީ ކިހިނެއް ހެއްޔެވެ؟

”ޝަފް މޮޔަވީތަ؟!ކީކޭތަ ތި ކިޔަނީ އަޅެ؟!!އަހަރެން ކިހިނެއް ތިކަމަށް އާނއެކޭ ބުނާނީ ޝަފް….؟!ބުނެބަލަ… އަހަންނަށްޓަކައޭ ކިޔާފަ ތި ހަށިގަނޑުން އެންމެ ގުނަވަނެއްވެސް ވަކިކޮށްލާކަށް އަހަރެން ބޭނުމެއް ނޫން…ޝަފް ބަލާބަލަ… އަހަންނަށް މިހާރުވެސް މި އުޅެވެނީއެއް ނޫންތަ؟ އުނިވާ ކަމެއް އެބައޮތްތަ؟ އެހުރީ އަދި ނޫކްވެސް ވާވަރު…އެއީ އަދި ބުއް ބޯ ކުޑަ ކުއްޖެކޭ… އަހަންނަށްޓަކައި ޝަފް ބަލި ތަންމަތީގައި އެންމެ މިނެޓަކުވެސް އޮންނާކަށް އަހަރެންގެ ހިތެއް ނޭދޭ…އައި ކާންޓް ޑޫ އިޓް ޝަފް….އައި ޖަސްޓް ކާންޓް…އަމް ސޮރީ…ޝަފް ތި ނޫން ކަމަކަށް އެދުނުނަމަ އަހަރެން ހިތުން ރުހުމުން އެކަމެއް ކޮށްދިނީމުސް…“ފެންކަޅިވެފައި ހުރެ ވަރަށް އަސަރާއެކު އަހަންނަށް ބުނެވުނެވެ.އެއާއެކު ޝަފްކާގެ ދެލޯ ފުރި ބަންޑުން ވެއްޖެެެެއެވެ.

”އަޅެ އާކި ޕްލީޒް ތިހެން ނުބުނޭ…އާކި ތިއުޅޭ ހާލު އަހަންނަށް ފެނެޔޭ…އާކި ނުބުންޏަސް އެއްބަސް ނުވިޔަސް ތި ހަށިގަނޑުގައިވެސް ވޭން އަޅާނެކަން އަހަންނަށް އެނގެޔޭ…ބުނެބަލަ މީ ދޮގެކޭ…ކިތައް ދުވަހު ހޮސްޕިޓަލުގައި އެތައް ވަގުތެއް އާކި ހޭދަކުރަނީ؟ އާކިއަށް ހީވަނީތަ އެއީ އަހަންނަށް ބަލަން ފަސޭހަ މަންޒަރެކޭ…؟ ޑައިލިސިސް ހަދާފައި އަންނަ ކޮންމެ ދުވަހަކު އާކި ވެފައި ހުންނަ ވަރުބަލި އަހަންނަށް ފެނެޔޭ…ހަމަ އަހަރެމެން ދެމައިންނަށްޓަކައި ރެޔާދުވާލު ތި މަސައްކަތް ކުރަނީ ޑައިލިސިސްވެސް ހަދަމުން…ކިހާ ތެޅުމެއް އާކި ތެޅެނީ…ތި ހަށިގަނޑަށް ހާދަ ބާރެއް ކުރާނެޔޭ… އަހަރެންވެސް ބޭނުން އާކި ގިނަ ދުވަހު ދުނިޔޭގައި ބަހައްޓަން….އާކިއަށް ނޫކް ބޮޑުވާތަންވެސް ފެންނަން…އަދި ދެމީހުން އެކުގައި އުމުރު ހޭދަކޮށްލައި މުސްކުޅި ޢުމުރަށް ފޯރަންވެސް..ޓްރާންސްޕްލާންޓް ހެދީމަ އާކިގެ ލައިފް އެތައް ގޮތަކުން އިމްޕްރޫވް ވާނޭ…އޭރުން ތި ހާލުގައި އާކި އުޅޭކަށް ނުޖެހޭނޭ…ހެޔޮނުވާނެ އާކީ…ޕްލީޒް މިކަމަށް ފުރުސަތެއް ދީ….ނޫކުއަށް ދެ އަހަރު ވަންދެން އަހަރެން މަޑުކޮށްފާނަން…އެކަމަކު ހެޔޮނުވާނެ… މިކަން ކުރަން އޯކޭއޭ ބުނެބަލަ.“ ޝަފްކާ ރޮމުން އާދޭސްކުރިއެވެ.އަހަރެންގެ ހިތުގައި މީހަކު ހިފާ ބާރުކޮށްލި ފަދަ އިހުސާސެއް އަހަންނަށް ކުރެވިގެން ދިޔައެވެ.އަހަރެންވެސް ޝަފްކާއާއި އެކުގައި މުސްކުޅިވެ މުޅި އުމުރު ހޭދަކޮށްލަން ބޭނުމެވެ.ނުހައިކު ފުރާ ފުރިހަމަވެ ކާމިޔާބު ކުއްޖަކަށް ވާތަންވެސް ދެކެން ބޭނުމެވެ.އެހެނަސް ޝަފްކާގެ އެ އެދުމަށް އަހަރެން އިޖާބަދޭނީ ކިހިނެއް ހެއްޔެވެ؟އެ ހަށީގައި އެންމެ ލަކުނެއްވެސް ލައްވާލާކަށް އަހަރެން ބޭނުމެއްނޫނެވެ.

(ނުނިމޭ)

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ވަޢުދޭ ވެވޭމީ 18

Next

ނޭދެން ވަކިވާކަށް 9 ވަނަ ބައި

Next
May 2, 2026

ނޭދެން ވަކިވާކަށް 9 ވަނަ ބައި

Previews
May 2, 2026

ވަޢުދޭ ވެވޭމީ 18

6 Comments!

  1. Aira says:
    May 2, 2026 at 7:35 pm

    Omg… Mi part varah loabi…. Aaky okei vaan baa kidney dhayn? Can’t wait for next part love

    1. Lamtty Lamtty says:
      May 3, 2026 at 11:46 am

      Thank you Aira 🥺🥰
      Let’s see dhen vaa gotheh…
      Stay tuned ❤️

  2. Anaq says:
    May 2, 2026 at 7:54 pm

    Vvv reethi❤️😍

    1. Lamtty Lamtty says:
      May 3, 2026 at 6:10 pm

      Thank you Anaq ❤️ 🥺

  3. Laina says:
    May 2, 2026 at 10:07 pm

    I love this soo much!!!!🥺 Mashaallah Haadha reecehy, I cant wait to see aaki ge answer! I hope next part very soon!
    Tc☺️

    1. Lamtty Lamtty says:
      May 3, 2026 at 11:46 am

      Thank you Laina 🥺🥰
      Let’s see dhen vaa gotheh…
      Stay tuned ❤️

Comments are closed.

Next Episodeވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 14)←


All Right Reserved!