Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް

wish
wish Level 2100 Login10 Stories
November 17, 2025 3 Mins Read
0 Comments

ވިއްސާރަ ރެއެކެވެ. ބާޒާރަށް ނިކުންނަން އުޅުން ޔޫލީ ވެސް އެންމެ ފަހުން އެކަން ނުވާނެކަން ޔަޤީންވުމުން ވާހަކަ ފޮތެއް ހިފައިގެން ސޯފާގައި ޖައްސާލިއެވެ. އޭނާ ކިޔަން އިނީ އިގިރޭސި ވާހަކައެކެވެ. މުއްސަދި ތަޙުޒީބު އާއިލާއަކަށް އުފަން ކުއްޖެއްކަމުން އޭނާގެ މުޅިންވެސް ހުންނަނީ ޔޫރަޕް ގޮތްގަޑެވެ. މާ ބޮޑު ސަމާލު ކަމެއް ދިވެހި ބަހަކަށް ނެތެވެ. އަދި އިސްލާމްދީނަށް ވެސް ސަމާލުކަމެއް ނުދެއެވެ. ޤުދުރަތުން ޔޫލީއަށް ލިބިފައިވަނީ ކުލަ އަލި ހަންގަނޑެކެވެ. އަދި ހަމަ އެހާ ލޫޅާފަތި ރީތި ބައްޓަމެކެވެ. ކުޑަ ކުޑަ ވައް މޫނެކެވެ. ހަމަ އެހާ ކުޑަ ނޭފަތެކެވެ، ބުމަ އެހާމެ ހިމަވެފައި ހިތްގައިމެވެ. ބޮޑު ރީތި ލޮލެކެވެ. މަޑު ނޫ ކުލައެއްގެ ކަޅިއެކެވެ. ދިވެއްސެކޭ ނުވެސް ބުނާނެއެވެ. އެހާވެސް ތަފާތެވެ. ފަން އިސްތަށިގަނޑެކެވެ. މެރޫން ކުލައެއް ޖައްސާލައިފައިވާއިރު އިސްތަށިގަނޑު އޮތީ ކުރުކޮށް ކޮށާލައިފައެވެ.

“ދަރިފުޅާ ޔޫލީ” ޒާހިރާ ގޮވާލިއެވެ. ޔޫލީ އެއަޑަށް ސަމާލުކަމެއް ނުދެއެވެ.

“ދަރިފުޅާ ޔޫލީ” ތަންކޮޅެއް ބާރަށް ޒާހިރާ ގޮވާލިއެވެ.

“އޯތް މަންމާ، ވާހަކައެއް ކިޔާލަން ވެސް ނީނދެވޭނެ ގޮވާ ވަރުން” ޔޫލީ ޒާހިރާ އަށް ޖަވާބު ދިނުމަށްފަހު ކުދި ކިޔައިގަތެވެ. ކިޔަން އިން ވާހަކަ ފޮތް ސޯފާ މައްޗަށް އެއްލައިލާފައި ޒާހިރާގެ ކޮޓަރިއަށް ހިގައިގަތެވެ.

“ދަރިފުޅާ އިޝާ ނަމާދަށް އަރައިފިންތަ؟” ގޮސް ވަނުމާއިއެކު ޒާހިރާ ސުވާލު ކޮށްލިއެވެ. ޔޫލީ މަޑުމަޑުން ބޯ ހޫރުވާލިއެވެ.

“ދަރިފުޅާ ޔޫލީ، މަންމަ އަބަދުވެސް ބުނަމެއްނު ނަމާދަށް ފަރުވާތެރިވާން. ދަރިފުޅުގެ އުމުރުން މިހާރު 19 އަހަރު ވީ. .. އަބަދު މަންމައެއް ނުހުންނާނެ ދަރިފުޅު ކައިރީގަ މިވާހަކަތައް ދައްކާކަށް..” ޒާހިރާގެ ވާހަކަ މިހިސާބަށް ދިއުމުން ޔޫލީ ޒާހިރާއާއި ގާތްވެލައިފައި ބައްދާލިއެވެ.

“މޯމް.. އަހަރެން ނޫޅެމޭ ނަމާދު ނުކުރާކަށް. ދެން މޮމް ތިކަހަލަ ވާހަކަ ނުދައްކާ.. ވަރަށް ބަޑުހައިވެއްޖެ. މޮމް ލެޓްސް ގޯ ޓު އީޓް”

“މޮމް ކޮން އިރަކުންތަ ޑޭޑް އަންނަނީ؟” ކާން އިން ޔޫލީ އަހާލިއެވެ.

“ބައްޕަ ބުނުއްވީ އަދި ދެ ހަފްތާވަރު ވާނެ ކަމަށް، އައު ވިޔަފާރިއެއް ފަށަން ބޭނުންވާތީ ބައްދަލުކޮށްލަން ޖެހޭ މީހުންނާ ބައްދަލުކޮށް ވިޔަފާރީގެ ކަންތަށް ނިންމާލާފަ އަންނަން މަޑު ކުރަނީ ކަމަށް ބުނުއްވި” ޒާހިރާ ޖަވާބު ދިނެވެ.

“ޑޭޑް އަށް އާދެވޭނީ ޢީދު ހޮލިޑޭސް އަށް ދޯ؟ މޮމް ކޭން އައި ގޯ ޝޮޕިން ޓުމޯރޯ ނައިޓް؟”. ޔޫލީ އަހާލިއެވެ.

“ކާކާ އެކު ޝޮޕިންއަށް ދަނީ؟ ކޯއްޗެއް ގަންނަން؟”

“ވިތް ޝިފް.. ކޮސްމެޓިކްސް ހުސްވެފަ ހުރީ.. ދެން ޢީދަށް ހެދުން ގަންނަން.. މޮމް ޢީދް ހޮލިޑޭސްގަ މެލޭޝިޔާއަށް ދާން ޑޭޑް ގާތު ބުނުއްވައްޗެ.”.

ޝިފްނާ އަކީ ޔޫލީގެ ސުކޫލް ދައުރުން ފެށިގެންވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެކުވެރިކަން ބޮޑަށް ބަދަހިވެފައި ވަނީ ޒާހިރާ އާއި ޝިފްނާގެ މަންމަ ޝިޔާނާ އަކީވެސް ގާތް ދެ އެކުވެރިންނަށް ވާތީއެވެ.

“ބައްޕަ ބުނުއްވި މިފަހަރު ޢީދު ބަންދަށް ރާއްޖެތެރޭ ރަށަކަށް ދާ ވާހަކަ.. ރަށެއްގަ ގެސްޓް ހައުސް އެއް އަޅަން ބިމެއް ގަންނަން ބޭނުންވާތީ ޢީދު ބަންދާ ދިމާކޮށް ބިން ބަލާލަން ދާ ވާހަކަ ބުނުއްވީ..” ޒާހިރާ ބުނެލިއެވެ.

“ހޮލިޑޭސް ސުޕޮއިލްޑް..” ކާ މޭޒު ދަށުން ތެދުވެގެން ދަމުން ޔޫލީ ފޫހި ރާގަކަށް ބުނެލިއެވެ.

އޮފީސް ތެރޭ މާން އުޅުނީ ވަރަށް އަވަދިނެތިއެވެ. މާދަމާގެ މީޓިންއަށް ބޭނުންވާ ލިޔެ ކިޔުންތަކުއް ހޯދަނީއެވެ. ރިސޯޓް ޕުރޮޖެކްޓެއް ކަމުން މީޓިން ފަސް ކުރެވޭކަށް ނެތެވެ. ކޮންމެހެން ވެސް މާދަން ކޮންސެޕްޓް ހަވާލް ކުރަން ޖެހެއެވެ. ނަމަވެސް އޭނާ އަށް އެ ލެވުނު ތަނެއް އެއް ގޮތަކަށް ވެސް ނޭނގުނެވެ.

އެކަމުގައި އޭނާ އުޅެނިކޮށް ފޯން ރިންގް ވާން ފެށިއެވެ.

” ހަލޯ. . ކީއްކޭ. . މިރޭވެސް . . އަހަރެން މި ދަނީ. . “ ވަރަށް ރުންކުރު ރާގެއްގައި ވާހަކަ ދއްކުމަށްފަހު މާން ފޯން ކަނޑާލިއެވެ.

” ލަޔާލް، ރިސޯޓް ކޮންސެޕްޓް ހޯދާލައިފަ އަހަންނަށް މެއިލް ކޮށްލާ.“ އޭނާގެ އެސިސްޓެންޓްއަށް އިރުޝާދު ދިނުމަށްފަހު މާން ބާރު ހިނގުމުގައި އޮފީހުން ނިކުމެ ސައިކަލަށް އަރާ ދުއްވާލިއެވެ.

ޔޫލީއާއި ޝިފްނާ ހިނގަމުން އައީ މަޖީދީމަގުގެ ފިހާރަތަކަށް ވަންނަމުންނެވެ. ގަނޑިއިރެއްވީ އިރުވެސް ޔޫލީއަށް ކަމުދާ އެއްޗެއް ނުފެނެއެވެ.

”ޔޫ، ތިހާ ދޯދިޔާކޮށް އެއްޗިސް ގަންނަން އުޅެގެން ފިހާރަތައް ބަންދު ކުރާއިރުވެސް މިކަން ނުވާނެ.“ ޝިފްނާ މިހެން ބުނެލީ ފިހާރަތައް ބަންދު ކުރަން ގާތްވެފައިވާކަން ޔޫލީއަށް އންގާށެވެ.

”ޝިފް ތިބުނީ ތެދެއް 10 ޖަހަންވާއިރަށް ފިހާރަތައް ބަންދު ކުރާނެ. އެކަމަކު ކޮންމެ ކޮންމެ އެއްޗެއް ނުގަނެވޭނެ. ރީތި ހެދުމެއް ނުފެނުނުތާ ރަނގަޅު ލިޕްސްޓިކް އެއްވެސް ނުފެނުނު.“ ޔޫލީ ވެސް ހުރީ ހިނގާ ހިނގާ ވަރުބަލިވެފައެވެ.

”ޔޫ، ބަލާބަލަ އެ ފިހާރައިގަ އެބަހުރި ލޭޑީސް ޑްރެސް. ކޮސްމެޓިކްސް ވެސް އެބަހުރިހެން ހީވޭ“ ޝިފްނާ ކުޑަ ގޯޅިގަޑެއް ތެރޭ އިން ފިހާރައަކަށް އިޝާރާތްކޮށްލާފައި ބުނެލިއެވެ.

”އައި ތިންކް ތެޓްސް އަ ނިއު ޝޮޕް. ހިނގާ ވަންނަމާ.“

”ޝިފް، މި ދޭތި ވެސް އަހަންނަށް ވަރަށް ރީތި. ކޯއްޗެއް ނަގާނީ“ ޔޫލީ ކުކުޅު ބިސް ކުލައަށްދާ އަތްދިގު ގަމީހަކާއި މަޑު ނޫ ކުލައިގެ އަތްކުރު ބުލައުސް އެއް ދެ އަތަށް ހެޔޮވަރު ކޮށްލާ އަހާލިއެވެ.

”ދޭތިވެސް ރީތި، މީތި ކިހިނެއް ވަނީ“ ޝިފްނާ އަތުގައި އޮތް ރަތް ކުލެއިގެ ކުރުތާ ޔޫލީއަށް ދައްކާލަމުން ބުނުލިއެވެ.

”ޔަކް. ކުލަވެސް ހަޑި، ކުރުތާ ދެން މާ އޯލްޑް ފެޝަން“ ޝިފްނާއަށް ރައްދު ދިނުމަށްފަހު ޔޫލީ އަވަސްވެލީ ފިޓިން ރޫމް ހޯދާލާށެވެ. ޔޫލީ ކަޅި ހިންގާލީ ފިހާރައިގައި މަސައްއްކަތް ކުރާ ކުއްޖެއް ހޯދާލާށެވެ. ކައުންޓަރގައި އިން ކުއްޖާ ފިޔަވާ އިތުރު މީހެއް ފިހާރަ ތެރެއިން ނުފެނެއެވެ. ކައުންޓަރުގައި އިން ފިރިހެން މީހާ އިނީ ފޯނަށް ގެއްލިފައެވެ. ޔޫލީ ފޫހި ގޮތަކަށް ތުންފަތް އަނބުރާލިއެވެ. ”އެކްސްކިއުސް“ ކައުންޓަރ ކައިރިއަށް ޖެހިލާ ޔޫލީ ބުނެލިއެވެ. އަޑު އިވުމާއެކު ބުމަ ހިއްލާލަމުން އެ މީހާ ޔޫލީއަށް ބަލާލިއެވެ. އެމީހާގެ މަޑު މުށި ކުލައިގެ ރީތި ލޮލަށް ގެއްލިފައި ޔޫލީއަށް ހުރެވުނެވެ.

”ޔެސް“ އެ މީހާގެ އަޑު އިވިފައި ޔޫލީ ސިހުނެވެ. ” ކިބާތޯ ފިޓިން ރޫމް“ އަވަސް އަވަހަށް ހަމަޖެހިލަމުން ޔޫލީ ބުނެލިއެވެ.

ފިރެހެން މީހާ ފިހާރައިގެ ކަނަކަށް އިނގިލި ދިއްކޮށްލިއެވެ. ފިޓިން ރޫމް ކައިރީ ވަނީ މަތި މައްޗަށް ފޮށިތަކެއް ޖަހާލާފައެވެ. ބަލާ ބެލުމަށް ހީވަނީ ގުދަނެއް ހެންނެވެ.

” މާފްކުރައްވާ އަދި މިތަން ހަމަ އަކަށް އަޅުވާނުލެވޭ.“ އެ މީހާ ބުނެލިއެވެ. ޔޫލީގެ މޫނުމަތިން ފާޅުވި ފޫހިކަމުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ.

އެ މީހާގެ މާ ބޮޑު ސަމާލްކަމެއް ނެތެވެ. އޭނާގެ ނަޒަރު ވަނީ ފޯނަށް ހިއްޓާލާފައެވެ.

ޔޫލީ ވީ ފޫހިން ތުން އަނބުރާލާފައި ދެބުމަ އަރުވާލަމުން ފިޓިން ރޫމްއަށް ވަނެވެ.

ޔޫލީ ނިކުތުމުން ޝިފްނާ ހަތަރު ލިޕްސްޓިކް ދައްކާލިއެވެ. ޔޫލީއަށް ކަމުދިޔައީ މެކް ބްރޭންޑްގެ މެރޫން ލިޕްސްޓިކެވެ. ފިހާރަ ބަންދުކުރާ ގަޑި ގާތްވާތީ އޭނާ އަވަސްވެލީ ލާރި ދެއްކުމަށެވެ. ކައުންޓަރު ކައިރިއަށް ގޮސް ހުއްޓިލި އިރުވެސް އެ މީހާ އިނީ އޭނާގެ ފޯނަށް ގެއްލިފައެވެ. ޔޫލީ ދެ ފަހަރަކު ”އެކްސްކިއުސް“ އޭ ބުނެލުމުން ވެސް އެމީހާގެ ސަމާލްކަމެއް ނުލިބުނެވެ.

”ހޭ، ކޭޝިއަރ ކަސްޓަމަރުން މިތާ ޕޭ ކުރަން އައިސް ތިބޭ އިރުވެސް އެނގޭކަމަށް ނުހަދާ ފޯންއާއި ކުޅެލަ ކުޅެލާ ތި އިންނަނީ.“ ޔޫލީ ރުޅިވެރިކަމާއެކު ބާރަށް ބުނެލިއެވެ.

”ސޮރީ“ އެމީހާއަށް ލިބުނު ސިހުމާއިއެކު އަވަސް އަވަހަށް އިސް އުފުލާލަމުން ބުނެލިއެވެ.

” އައި ޑޯންޓް ނީޑް ޔުއަރ ސޮރީ. ޑޮސް ޔުއަރ ބޮސް ނޯ ދެޓް ޔޫ އަރ ކެއަރލަސް އެންޑް އެރޮގެންޓް. މި ފިހާރައިން އެއްޗެއް ގަންނާކަށް އަހަރެން ބޭނުމެއްނޫން. ޗަސްޓް ކީޕް ދެމް.“ އޭނާ ނެގި ވަށިގަނޑު ކައުންޓަރު މައްޗަށް ޖެހުމަށްފަހު ޝިފްނާގެ އަތުގައި ހިފައިން ބާރަށް ފިހާރައިން ނުކުތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

wish
Follow Me Written By

wish

Level 2100 Login10 Stories

WISH, words breathe and stories come alive. Each piece is a reflection of silent thoughts, untold emotions, and dreams waiting to be heard. This is where ink meets imagination.

Other Articles

Previous

ހިތް އެދޭ މަންޒިލަކީ… 7

Next

އުއްމީދު ގެ ހުޅު ކޮޅު

Next
November 17, 2025

އުއްމީދު ގެ ހުޅު ކޮޅު

Previews
November 17, 2025

ހިތް އެދޭ މަންޒިލަކީ… 7



All Right Reserved!